Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަ

ބައްޕާ މިދޭ އިޙްތިރާމް(ފުރަތަމަބައި)

leem Level 110 Stories100 Comments
November 13, 2016 4 Mins Read
27 Comments

ދަންވަރުގެ ހަމަހިމޭން ވަގުތެވެ.ނަމަވެސް އެހަމަހިމޭންކަން މިރޭ ނަގާލާފައިވަނީ ފޭރުގަސްދޮށުގެއިން އިވެމުންދިޔަ ވޭނީ ރުއިމުގެ އަޑުންނެވެ.ކައިރި އަވަށްޓެރިންނާއި ގާތްތިމާގެ މީހުންނާއިގެން އޭރުވެސް އެގޭދޮށްްވަނީ ތޮއްޖެހިފައެވެ.އެހެން ނުވާންވީވެސް ކީއްވެހެއްޔެވެ؟ އެގޭ ހަދީޖާ އޭނާގެ ދެވަނަ ދަރިފުޅު ވިހެއުމަށްފަހު ނިޔާވީއެވެ.އެެއީ ވިހެއުމަށްފަހު ގިނައަދަދަކަށް ހަށިގަނޑުން ލޭފޭބުމުގެ ސަބަބުންކަމަށް ފޫޅުމައިން ބުނަމުންދިޔައެވެ.ހަދީޖާއަށް އޭނާ ވިހޭ ތުއްތުތުއްތު ފިރެހެން ދަރިފުޅު އުރާލާ ލޯބިކޮށްލަންވެސް ފުރުސަތެއް ނުލިބުނެވެ.

ގާތްތިމާގެ މީހުންނާއި އަވަށްޓެރިން ރޮއެ ހޭރޭއިރު ހަދީޖާގެ ފިރި ހަސަނުއިނީ ހުއްޓުން އަރާފައެވެ. އަށިގަނޑުމައްޗަށް އެއްފައިނަގައިގެން ކަކުލުގައި އުޅަނބޮށިޖައްސާ އެއަތުން ބޮލުގައި ހިފަހަށްޓައިގެން އިންއިރު އޭނާގެ ލޮލުން ކަރުނަ އޮހޭތަނެއް ނުފެނެއެވެ. “ބޭބޭ.! މިހާރު ހަދީޖާ ހިނަވާނިމިއްޖެ. އަހަރެމެންވީ ދެން ހިތްވަރުކޮށްފައި އޭނާ ވަޅުލުމުގެ ވާޖިބު އަދާކުރަން. ކޮންމެގޮތެއްވިޔަސް މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް.” ހަސަނުގެ ކޮއްކޮ ހުސޭނު އައިސް އަށިގަނޑުމަތީގައި އިށީންނަމުން ބުނެލިއެވެ.ހުސޭނަކީ ހަދީޖާގެ ކޮއްކޮ ހަސީނާގެ ފިރިމީހާވެސްމެއެވެ. ހުސޭނާ.. އަހަރެން ކިހިނެއް ހަދީޖާ އާއި ނުލާ އެދެކުދިން ބަލާނީ..ޝަަހީމާއަށް ވެސް މިވީ އެންމެ ދެއަހަރު. އަހަރެން ކުޑަކޮށްވެސް ހިޔެއްނުކުރަން ހަދީޖާ އެހާއަވަހަށް އަހަރެމެން ދޫކޮށްފައި ގޮސްދާނެކަމަކަށް.. އަހަރެން ކިހިނެއް… ކިހިނެއްދެން ހަދާނީ؟” ހަސަނުގެ އަޑު ފަޅައިގެންދިޔައެވެ.މިއޮއްހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ފުރިގެން ބަންޑުންވީއެވެ. ހަސަނުގެ ރުއިމުގެ އަޑަށް ގޭދޮށުގައިތިބި އަންހެންވެރިންގެ ރުއިމުގެ އަޑުވެސް އިތުރަށް ގަދަވެގެންދިޔައެވެ. ހަސަނުގެ ހާލުފެނި އެވަގުތު އެތަނުގައިތިބި ހިތްވަރުގަދަ އެތައް ފިރެހެނެއްގެ ލޮލުންވެސް ކަރުނަ ނީރާލިއެވެ. “ހަސަނާ. ކެތްތެރިވޭ. ކުފުރުވެވިދާނެ.ފާޑުފާޑުގެ އެއްޗެހިނުކިޔާ. އެފުރާނައެއްގެ ވަގުތުޖެހުމުން އެފުރާނައެއް ގެންދަވާނެ.ދިރިތިބީން ޖެހޭނީމައްޔިތާއަށް ހެޔޮދުޢާ ކޮށްދޭން.ދެންވެސް އެތިބަ ދެކުދިންނަށްޓަކައިވިޔަސް ހިތްވަރު ކުރޭ.އެކުދިންގެ މުސްތަގުބަލަށް ވިސްނާ.” އަވަށްޓެރިއަކު ހަސަނުކޮނޑުގައި އަތްޖައްސާލަމުން ހިތްވަރުގެ ބަސްކޮޅެއް ބުނެލިއެވެ.

ހަދީޖާ ވަޅުލެވިއްޖެއެވެ.ކުޑަކުޑަ ދެކުދިން ޔަތީމުވެއްޖެއެވެ.ފިރިޔަކު އެކަނިވެރިވެއްޖެއެވެ. އެތައްބައެއްގެ ހިތް ހަލާކުވެގެންހިނގައްޖެއެވެ. ނަމަވެސް މާތްﷲ ދުނިޔެއަށް ފޮނުއްވާ ކޮންމެ އިންސާނަކުވެސް ފޮނުއްވަނީ އެމީހަކަށް ހަމަޖެހިފައިވާ ރިޒްގާއި އެކުގައޭ ބުނާހެން ހަދީޖާގެ ދެކުދިންވެސް އެކުދިންގެ ރިޒްގާއިގެން ދުނިޔޭގައި އުޅޭނެތާއެވެެ. “ދަރިފުޅާ ހަސީނާ.. ތިވަރަށް ރޮއެ ހިތާމަ ނުކުރޭ.މިމަންމަ ދުނިޔޭގައި ހުއްޓައި މަންމަގެ ދަރިއަކު އެދިޔައީ މަރުވެގެން.އެކަމަކު މަންމަ މިކެތްކުރަނީ. ދަރިފުޅަށްވެސް ކެތްވާނެ. މިއަދު ހަދީޖާގެ ވަޞިއްޔަތް ފުރިހަމަކޮށްދެވޭތޯ ބަލާ.އޭނާގެ ދެދަރިންގެ މަންމައަކަށް ހަސީނާވެދީ.” ހަސީނާގެ މަންމަ މަރީނާ އޭނާގެ ލިބާހުގެ ފަސްބައިން ލޮލާއި ނޭފަތް ފޮހެލަމުންް ހިތްދަތިވެފައިވާ އަޑަކުންބުންޏެވެ. “މަންމާ ކޮބާ މަގޭ ސާނިޔާ؟” ހަސީނާ ނުރޯން ހިތްވަރުކުރަމުން އަހާލިއެވެ. ” ނިދިފައި އޮތީ. ހަދީޖާގެ ސޮރުވެސްއޮތީ ނިދިފައި.ވަރަށް ރޮއެފައި ނިދުނީވެސް.އެސޮރަށްވެސް އެސޮރު މަންމަ ދެން ނާންނާނެކަން އެނގެނީކަންނޭންގެ.”މަރީނާ ހިތްވަރު ކުރިނަމަވެސް ގިސްލާފައި ރޯންފެށުމުން ހަސީނާއަށްވެސް ރޮއެގަނެވުނެވެ.”މަންމާ..ދައް..ތަ. ދައްތަ…އެދިޔައީ..އަހަ..ރެން.. އަހަރެން ހާދަދެރަވެޔޭ.. އިރާދަކުރެއްވިއްޔާ ދައްތަގެ އެ.. އެ އަމާނާތަށް އަހަރެން ހިޔާނާތެއްނުވާނަން..” ރޮމުން ރޮމުން ހަސީނާ ވާހަކަދައްކަމުން ދިޔައެވެ. “އާނ ދަރިފުޅާ..ދަރިފުޅަކީވެސް ގާތުންދޭ މައެއް.އެހެންވީމަ އެތުއްތު ދަރިފުޅު ގެންގުޅެވޭނީވެސް ދަރިފުޅަށް.” މަރީނާ ހިތްވަރުކޮށްލާ ލޯފޮހެލަމުން ބުންޏެވެ.

ދުވަސްތައް ފާއިތުވަމުންދެއެވެ.ތުއްތު ތުއްތު ފާއިޒުވެސް ބޮޑުވަމުން އާދެއެވެ. ހަސީނާމެން ފާއިޒު އާއި ޝަަހީމާވެސް ގެންގުޅެނީ ވަރަށް ލޯބިންނެވެ.މިމަންޒަރުފެނި، ހަދީޖާ ވަކިވެ ދިޔުމުގެ ހިތާމަ ހަސަނުގެ ހިތުންފިލައިގެން ދިޔަކަހަލައެވެ. އެހެންކަމުން ފާއިޒުއަށް އަހަރެއްވެސް ނުވަނީސް ހަސަނު ކައިވެންޏެއްކުރީއެވެ.ހަދީޖާ ނިޔާވިތާ ކުރީކޮޅުގައި ދެކުދިން ކައިރިއަށް ލައިގެން ރޮއެލަރޮއެލާއިން ހަސަނު މިހާރު އެކުދިން ދެކެލަން އަންނަނީވެސް މަދުފަހަރަކުއެވެ.އަލަށް ލިބުނު އަނބިމީހާޔާއި އެކު އުފާވެރި ދިރިއުޅުމެއް ހޯދޭތޯ ހަސަނު މަސައްކަތްކުރަމުން ދިޔައެވެ.

ދުވަސްތައް މާޒީއާއިއެކުވަމުންގޮސް ފާއިޒަށްވެސްް ސަތާރައަހަރު ފުރިއްޖެއެވެއެވެ.ފާއިޒުއަކީ އެފުރާގެ އެހެންކުދިންނާއި އަޅާބަލާއިރު ހިތްވަރުގަދަ މުރާލި ކުއްޖެކެވެ.ނަމަވެސް ނަމާދު ކުރުމާއި ފައިވާނަށް އެރުމަކީ އެއްވެސް އިރެއްގައި އޭނާ ކުރާ ކަންތައްތަކެއްނޫނެވެ.އޭނާގެ މަސައްކަތަކަށްވެފައިވަނީ މަހަށްދިޔުމެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ހަސަނާއިއެކު ފާއިޒު ދިޔައީ މަހަށްދިޔުމަށްޓަކައެވެ.ދޯނިމަތީގައިކެއުމަށްޓަކައިގެނައި ބޯކިބާފަޅި ފެނުގައި ނުޖެހޭނެހެން ހިއްލާލައިގެންހުރެ ފާއިޒުގޮސް ދޯންޏަށްއެރިއެވެ. ދޯނީގެ ދެތިން ފަޅުވެރިންވެގެން ދޯނީގެ އެހެނިހެންމަސައްކަތުގައި އުޅެމުންދިޔައެވެ. އޭރު ދޯނީގެ ދިރުނބާކޮޅުގައި ހުރި ހަސަނުގެ ކަޅި އަމާޒުވެފައިވަނީ ފާއިޒުއަށެވެ.އޭނާ މަޑުމަޑުންއައިސް ފާއިޒުގާތު އިށީނުމުން ހައިރާންވެފައިވާހާލު އޭނާއާއިދިމާއަށް ބަލަން ފާއިޒުއިނެވެ. އެހެންނުވާނީވެސް ވަކި ކީއްވެހެއްޔެވެ؟ފާއިޒު އެދޯނިން މަހަށްދާން ފެށިފަހުންވެސް މިހާރު ދެއަހަރުވާންއުުޅެނީއެވެ. ނަމަވެސް އޭނާގެ އުފަންބައްޕަ އޭނާ ގާތު އިށީންދެލީ މީ ފުރަތަމަ ފަހަރެވެ. “ދަރިފުޅާ ފާއިޒު. ކޮބާ ދައްތަ؟” ހަސަނު އެހެން އަހާލިއިރު އެއަޑުގައިވަނީ ބީރައްޓެހިކަމެވެ. އެއްރަށެއްގައި އުޅޭއިރު ދައްތަގެހާލު ބައްޕައަށް ނޭންގެންވި ސަބަބެއް ފާއިޒުއަކަށް ނުވިސްނުނެވެ. “ގޭގައި.އަހަރެން އައިއިރު ނިދާފައިއޮތީ.” ފާއިޒު އޭނާގެ އިހުސާސްތައް ކޮންޓުރޯލްކުރަމުން ބުންޏެވެ. “އެހެންތަ؟ ފާއިޒޫ. ބައްޕަ އެބަވިސްނަން މިހާރު މި ދޯނި ވިއްކާލާފައި އެހެން ދޯންޏެއް ބަންނަން. އެހެންވީމަ ފާއިޒުވާނެ ދޯނި ބަންނަ މަސައްކަތުގައި ބައިވެރިވާން އިނގޭ.އެދޯނި ބަނދެ ނިމުނީމަ ފާއިޒު ޖެހޭނެ މިދޯނީތި ދުއްވާހެން އެދޯނީގެވެސް ކެޔޮޅުކަން ކޮށްދޭން.” ފާއިޒުގެ ބޮލުގައި ފިރުމާލަމުން ހަސަނު އެހެންބުނުމުން ފާއިޒު މަޑުމަޑުން ބޯޖަހާލިއެވެ. ބައްޕަ އޭނާގާތު އެހާ ބޮޑުކަމަކު ކިޔާފާނެކަމަކަށް އޭނާ ފަހަރެއްގަވެސް ހީކޮށްފައެއްނެތެވެ.އޭނާ މިހާރުވެސް އެދުއްވާދެނީ ބައްޕަގެ ދޯންޏެކެވެ.ނަމަވެސް އެއީ ބައްޕަ އެދިގެނެއްނޫނެވެ. އެއީ ހުސޭނުގެ އެދުނު އެދުމަކަށެވެ.ފާއިޒުގެ ހިތް ފޫހިކަމުން ފުރެމުން ދިޔައިރުވެސް ބައްޕައާއި ދިމާއަށް އެއްޗެއް ނުބުނެއެވެ.ހަމައެކަނި ބޯޖަހާލީ އޭނާގެ އެބަސްމަދުކަމުން އެއްޗެއްބުނަންވެސް ނުކެރުނީމައެވެ.

މިހުރިހާ މަންޒަރެއް އެންމެގާތުން ބެލި އެކަކީ ހުސޭނެވެ. ހަސަނު ފާއިޒުއާއި ދެއްކިވާހަކަ އޭނާއަށް އަޑު އިވުނެވެ.”ދަރިފުޅާ ފާއިޒު..ބައްޕަ އެދެއްކި ވާހަކައަށް ދަރިފުޅު އެއްބަސްވީތަ؟” ހުސޭނު ފާއިޒު ގާތައް ލެފިލަމުން ސިއްރުސިއްރުން އަހާލިއެވެ. “އާާނ އޭނަ ކަމަކު ކީމައިވެސް އެކަމެއް ކޮށްދޭން ޖެހެނެއެއްނު.”ފާއިޒު ހަސަނަށް ބައްޕަކިޔާކަށް ބޭނުމެއްނުވެއެވެ.އެހެންކަމުން ހައްތާހާވެސް ކިޔާނީ “އޭނާ” އޭކިޔައިގެންނެވެ. ގޮވާލަންވެއްޖެނަމަވެސް “އޭތް” ވޭ ކިޔާފައިނޫނީ ނުގޮވައެވެ. “ދަރިފުޅު މިއީވެސް ބައްޕައެއްކަމު ދެކޭތީދޯ ބައްޕަ ތިކިޔަނީ؟ އެހެންވިއްޔާ މިބައްޕަ ދޭ ނަސޭހަތެއްވެސް އަޑުއަހާލަންވީނު.” ހުސޭނު އޭނާގެ މޭގައި އަތްޖަހާލަމުން ބުންޏެވެ.ފާއިޒު އެއްޗެކޭ ނުބުނުމުން އަނެއްކާވެސް ވާހަކަ ދައްކަންފެށީ ހުސޭނެވެ. “ހަސަނަކީ މަގޭ އެއްބަނޑު އެއްބަފާާ ބޭބެ ކަމަށްވިޔަސް ބޭބެގެ އެނިންމުން ކަމަކުނުދޭ. ބައްޕަގެ އެއްވެސް އަޅާލުމެއްނުލިބި ތިދެބެއިން ބޮޑެތިިވެފައި ތިތިބީ.އެއީ ބައްޕައަށް ވީތީ ބައްޕަ އެދޭ ކަންތައްތައްވެސް ކޮށްދޭން ޖެހޭނެ.އެކަމަކު އެވަރުގެ ބޮޑުކަމެއްކުރަން ފާއިޒުކޮށްގެން ވާނެ ފައިދާއެއް އޮންނާނެހެނެއް ބައްޕައަކަށް ހިޔެއްނުވޭ. މިހާރުވެސް އެ އާމިރާ ކިޔާއެއްޗެހި ދަރިފުޅަށްވެސް އިވޭނު” ހުސޭނު އޭނާގެ ހިޔާލު ހުށަހަޅާލިއެވެ. “ދެން  މިކަންތައް ނުކޮށްދީފިނަމަ ނޭންގެ ދުވަހަކުވެސް އޭނަ އަހަރެންގާތު ކަމަކު ކިޔާނެކަމެއް.” ފާއިޒު ދެރަވެލާފައި ބުންޏެވެ.ކިތަންމެ ބޭނުމަސް ހުސޭނު ނުކުރާށޭ ބުނެފިކަމެއް ފާއިޒުއަށް ކުރާކަށް ނުކެރޭނެއެވެ.އެކަން ހުސޭނުއަށްވެސް އެނގެއެވެ. “ދަރިފުޅު ބޭނުމިއްޔާ ބައްޕަގެ މައްސަލައެއްނެތް. ދަރިފުޅަށް އެއްވެސް ދެރައެއްލިބޭތަންދެކެން މިބައްޕައަކަށް ކެތެއްނުވާނެ.” ހުސޭނުގެ ޖަވާބުލިބުމުން ފާއިޒުއަށް ހަމަޖެހުމެއްލިބުނެވެ. ހަސަނު ކޮންމެގޮތެއް އެދެބެންނަށް ހެދިޔަސް ބައްޕަވާނީ ހަމަ ބައްޕަޔަކަށް ނޫންހެއްޔެވެ؟

އޭގެ ދެމަހެއްހާދުވަސްފަހުން ހަސަނު ދޯންޏެއް ބަންނަންފެށިއެވެ.ދޯނި ބަނުމުގެ ހުރިހާ މަސައްކަތެއްގައިވެސް އެންމެ އިސްމީހަކަށް އުޅުނީ ފާއިޒުއެވެ.ހުސޭނާއި އެކު އޭނާވަނީ ކޮންމެވެސްވަރަކަށް ވަޑާމުގެ މަސައްކަތްވެސް ދަސްކޮށްފައިކަމަށްވުމުން އޭނާވީ އޮޑިހަރުގެ ތެރޭގައިވެސް މަގުބޫލުމީހަކަށެވެ. ހަސަނުވެސް އެހާމެބުރަކޮށް އެމަސައްކަތުގައިއުޅެމުން އަހަރެއްހާ ދުވަހުގެ ބުރަ މަސައްކަތުން އެދޯނި ބަނދެ ނިންމާލިއެވެ..

ދޯނި ބަންދުވަސްވަރު ރަށުގެ އެކިމީސްމީހުންގެ ފަރާތުން ހަސަނަށްވަނީ މަލާމާތާއި ފުރައްސާރަކުރުންތައް ލިބިފައެވެ. “ފިރެހެން ދަރިއަކު ހުރިކަން އެނގުުނީ މީހަކު އެކުއްޖާ ބަލާބޮޑުކުރި ފަހުންނޭ މިހާރު މަށަށްނަމަ އެކުއްޖާޔާ ހަތަރުކަޅިވެސް ހަމަކޮށްލަން ނުކެރުނީހޭ” ކިޔާ މިފަދަ އެތައް ބަހެއް ހަސަނަށް އިއްވިމީހުން މަދެއްނޫނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އާމިރާ އާއި އިންފަހުން ހަސަނަށް ހަދީޖާގެ ޔަތީމު ދެބެންނަށްވުރެ އާމިރާ މުހިއްމުވިއެވެ.އަދި އެދެކުދިން އެވަރުވަންދެންވެސް ހަސަނުގެ ފަރާތުން ފެންނަމުންދިޔައީ ދުރުހިލޭކަމެވެ. އެކަން މިހާރު ހަސަނުވެސް ގަބޫލުކުރެއެވެ.އަދި އެކަމާއި ދެރަވެ ހިތާމަކުރެއެވެ.އަދި އޭރު ނުދެވުނު ލޯބީގެ ބަދަލު ދޭނެގޮތަކާއިމެދު ވިސްނަންފެށިއެވެ.

އާދޯނީގައި މަހަށް ނިކުންނަންފެށިއެވެ.ހަސަނަށްލިބޭ އާމްދަނީވެސް އިތުރުވަމުންދިޔައެވެ.އެހެންކަމުން ހަސަނުގެ ދޮށީދަރި ސިޔާމާއަށް، އެކިއެކި ހާއްސަ މުނާސަބާތު ތަކުގައި ހެދުންފެހުމަށް ދިހަރުފިޔާ ދޭންފެށިއެވެ.އެއީ ހަސަނު އެންމެ ލޯބިވާ އޭނާގެ ދޮށީ އަންހެންދަރިވިއްޔާއެވެ.ނަމަވެސް ފާއިޒުއަށް ހަސަނު އެއްޗެއްދިންހަނދާން ހުދް ހަސަނުވެސްނެތެވެެ. އެވަރުންވެސް ހަސަނުގެ އަންހެނުން އާމިރާ އާއި އޭނާގެދަރިންގެ ރުޅިއާއި ހަސަދަވެރިކަންވަނީ އިންތިހާއަށް ގޮސްފައެވެ.އެއީ ހަސަނުގެ ދޯނި ފާއިޒު ދުއްވާތީއެވެެ.ފާއިޒުއަށްވުރެ ދޮޅުއަހަރު ހަގު ހަލީމް މިހާރުވެސް އެއީ އޭނާގެ ދޯންޏެއްކަމާއި ފާއިޒު އެދޯނިން ބާލަންޖެހޭކަމަށްބުނެ ހަސަނަށް އަޑުލައެވެ.އަދި އާމިރާވެސް އެކަމުގެ ރުޅީގައި ހަސަނާއި ދިމާއަށް އެއްޗެހިގޮވާ ކާންނުދީ ހުންނަފަހަރުވެސް އާދެއެވެ. އެހެންކަމުން ހަސަނު ނެތްދުވަހަކުން އާމިރާ ނޫނީ ދެންތިބި ދަރިން ފާއިޒުގެ މައްޗަށް ގަދަވެގަންނާނެކަން އޭނާއަށް ވިސްނުނެވެ.އޭނާއަށް ކުރެވުނު ކުށުގެ ޝަަޒާ މިއަދު ލިބެމުންދާއިރު ފާއިޒުމެނަށް ދެން ދެރަގޮތެއް ވިޔަނުދިނުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ.އެހެންކަމުން އޭނާގެ އެންމެފަހުގެ ނިންމުން ނިންމާ ފާއިޒުއަށް ހުށަހެޅިއެވެ..

ނުނިމޭ..

Share Article

Follow Me Written By

leem

Level 110 Stories100 Comments

Other Articles

Previous

ރިޔާޝާ (22ވަނަ ބައި)

Next

މިހިތުގެ ފަސާނާ 24

Next
November 13, 2016

މިހިތުގެ ފަސާނާ 24

Previews
November 13, 2016

ރިޔާޝާ (22ވަނަ ބައި)

27 Comments!

  1. leem says:
    November 13, 2016 at 9:05 am

    މިވާހަކަ ހުރިހާ ކުދިންނަށްވެސް ކަމުދާނެކަމަށް ހޯޕްކުރަން. ޕްލީސް މި ވާހަކައަށް ކޮންމެ ކުއްޖަކުވެސް ދެކޭގޮތް ހާމަކޮށްލަދެއްޗޭ..

  2. Luyoona says:
    November 13, 2016 at 9:20 am

    hadi eh nun reethi dhen

    1. leem says:
      November 13, 2016 at 9:34 am

      Adhi reethivaane mivaahaka rangalhah.feshuneema. thank for the comment luyoona

  3. Anonymous says:
    November 13, 2016 at 9:23 am

    VV reethi mi vaahaka

    1. leem says:
      November 13, 2016 at 9:36 am

      Adhi miahvure reethivaane next part ingey anonymous. Thanks..

  4. shooty says:
    November 13, 2016 at 9:52 am

    v salhi.. hyvany v heart touching story akah vaane hen.. gud luck leem.. God bless you ??

    1. leem says:
      November 13, 2016 at 10:04 am

      Aslugaves miee v heart touching story eh.hageegy meeheh aslu faiz aky.storygai name change vefa inakas. Thanks shooty..

  5. Hassu says:
    November 13, 2016 at 9:55 am

    Vvvvv thafaathu vahaka eh..varah salhi ..thedheh hama mi baeh meehuh nah dharih fehnanii bodey thivey vazeefa thahkah dhaan feshima..eygey kurih nufehney..keep it up..next avahah up koh dheythii

    1. leem says:
      November 13, 2016 at 10:07 am

      Aadhw hassu.hama v ginameehunah vaagotheh eyee. Hasanahves evee ehendhw.dhen vaagothehves engidhaanethaa dhw.mi story v thafaathuvaane. Miulhey thineskan loabeege bai madhuvaane kanneynge. Thanks ingey

  6. MM says:
    November 13, 2016 at 11:33 am

    Reethi varah. Aamukoh miliyaa vaahaka thakaa balaafa thafaathu vaahakaeh.

    1. leem says:
      November 13, 2016 at 2:07 pm

      Thanks mm..asluves thafaathuvaane

  7. Appy says:
    November 13, 2016 at 11:52 am

    Hi leem. .appy hykury leem kurin liyunu vaahaka nunimmma kamah v kiyaahithun hury …dhn miadhu new story eh up vefa inyma mi balaaly e story nimmaafa thw iny …..v v ufaavi nimifa inyma dhenme mi kiyaaly v v v v rythi ..n mi story vx ehaa interesting story akah vaane kamah

    1. leem says:
      November 13, 2016 at 2:09 pm

      Evaahaka.nimunuthaa v dhuvas vejje.ufaavejje ehaa dhuvasfahunves leem ge story kiyaaleethy.mi vaahakaves shauguverikamaaieku Appy kiyaanekamah hope kuran.

  8. Saandy says:
    November 13, 2016 at 12:15 pm

    ވަރަށް ވަރަށް ރީތި… ހަމަ ކުރިން ލިޔުނު ވާހަކަހާ ރީތި ނޫނީ އެއަށްވުރެވެސް ރީތި ވާހަކައަކަށް ވާނެކަމަށް އުންމީދުކުރަން… އަދި މީ ކުރީ ޒަމާނުގެ ހާދިސާއަކަށް ލިޔެފައި އިން ވާހަކައެއް ވަރަށް ޝަޢުޤުވެރި… 2ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… 2ވަނަ ބައިވެސް އަވަހަށް އަޕްކޮށްލަދެއްޗޭ

    1. leem says:
      November 13, 2016 at 2:17 pm

      އިރާދަކުރެއްވިއްޔާ މިވާހަކަ އަކީވެސް ވަރަށް ރީތި ވާހަކައަކަށް ހެދޭތޯ ލީމް ވަރަށް މަސައްކަތް ކުރާނަން.އިނގޭsaandy. ކިޔުންތެރިންގެއެއްބާރުލުން ލިބެންޏާ ވަރަށް އުފާވާނެ.އަދި ސައިޓަށް ވާހަކަ ލިޔާކުދިންނާއި ކަމުގެ ތަޖުރިބާހުރި ބޭފުޅުންގެ ހިޔާލު ލީމް ވަރަށް ބޭނުން. ވީހާވެސް އަވަހަށް ދެވަނަ ޕާރޓުވެސް އަޕްކޮށްދޭނަން.އިންޝާﷲ

    2. leem says:
      November 13, 2016 at 2:21 pm

      Konme dhuvahaku up kohdheynamey bunaakah nukereyne.ey leem husvaguthu kiraakameh.miee story liyumaky.time.vaanama dhuvaalaku 2partves up kohdhineemus.engey kiyuntherin eyrun ufaavaanevaru.amy vaane mivaahaka nimendhen kiyan ingey..thanks loabi amy..

  9. Amy says:
    November 13, 2016 at 1:11 pm

    V reethi story v kiyaahihvehje konme dhuvahaku up kohdheynama kiyuntherin v happyvaane plx plx knmedhuvahaku up kohdhehchey loabi best of luck leem ?????????????

  10. candycane says:
    November 13, 2016 at 2:47 pm

    Leem mivaahaka ah faiz leema thanks ?? leem ge kuhlhavahfaa kahala interesting story akah mi story ves vaane kamaa medhu shakkeh nukuran..
    Miss vey leem and maash ❤
    Btw its me riffu ?

    1. leem says:
      November 13, 2016 at 4:41 pm

      Hey riffu. Miss u too ey darling.. faiz aee aneh ekkala kujjaage nametha??omg..miee kulhavahfaa ahvureves reethi story akah vaanekamah balamaadhw dhen..

    2. candycane says:
      November 13, 2016 at 6:58 pm

      Faiz aky my fiancé ehnu ?? husband in 6 days in sha Allah ?❤
      Dhn kon iraku next part?

  11. axoo says:
    November 13, 2016 at 8:09 pm

    Hi.. mi story v rythi vaanehn hyvey .. avahah up kurahchey.. waiting..

    1. leem says:
      November 14, 2016 at 12:12 am

      Hi axoo..up kuran try kurany hama mi..

  12. rifuu says:
    November 15, 2016 at 2:06 pm

    Dhn kon iraku next part?

  13. haula says:
    November 18, 2016 at 11:05 am

    vara reethi

  14. raf says:
    November 22, 2016 at 12:32 pm

    v v v nice… 🙂

  15. raf says:
    November 22, 2016 at 1:12 pm

    Kobaa 2nd vana part… 😕

  16. leem says:
    November 23, 2016 at 7:30 pm

    ލީމް ބިޒީކަމުން މިއުޅެނީހަމަ އަޕް ނުކުރެވިގެން. އިރާދަކުރެއްވިއްޔާ ވަރަށްް އަވަހަށް ދެވަނަބައި އަޕް ކޮށްދޭނަން.

Comments are closed.



All Right Reserved!