އުޑުމަތި ވަނީ ކަޅުވިލާތަކުން ފުރިފައެވެ. ވާރޭ ވެސް ހުއްޓުމެއްނެތި ވެހެނީއެވެ. ވާރޭ އާތެމުމުގެ ނިޔަތުގައި 17 އަހަރަށްދާ މާނާ ހުދުކުލައިގެ ކުރު ސޯޓުކޮޅަކާއި މަޑުފިޔާތޮށި ކުލައިގެ އަތްކުރު މަތިކޮޅެއް ލައިގެން މަގުމަށް ނިކުތެވެ. ވާރޭ އާތެމުމަކީ މާނާ އެންމެ ކުރާހިއްވާކަމެވެ. މާނާގެ އޮމާން ދޮން މޫނުގައި ފެންތިކިތަށް ބީހިލާއިރު ވަރަށް ވެސް ފުރިހަމައެވެ. މިތަން ފެންނަ ކޮންމެމީހެއްގެ ވެސް ހިއްސުތައް ހޭލަށްވާލާނެކަން ގައިމެވެ. ވާރެއާތެމެމުންދިޔަ މާނާގެ މޫނުގައި މީހަކު އަތްއެޅިއެވެ. މާނާ ފަހަތް ބަލާލިއިރު އޭނަގެ މޫނުގައި އަތް އަޅައިގެން މިހުރީ ޒުވާން ފިރިހެނެކެވެ. އޭނަވެސް ވަނީ ވާރެއާތެމި ފޯވެފައެވެ. އެޒުވާނާ ހުރީ މާނާގެ މުށިކުލައަށްދާ ކަޅިރަވައާދިމާލަށް ބަލަހައްޓައިގެނެވެ. މާނާއަކަށްވެސް އެދިމާލުން ނަޒަރުވަކިކޮށެއް ނުލެވުނެވެ. މަޑުމަޑުން ދެމީހުންގެ މޫނު ކައިރިވަމުން ދާކަން އިހްސާސް ވެއެވެ. މާނާއަށް ކުއްލިއަކަށް ހޭލެވުނެވެ. ލައިގެން ހުރި މަތިކޮޅުގައިގާ ތަތްލާތީ ބަލާލިއިރު ކަމަކުދާކަށް ނެތެވެ. އޭނަގެ ގައިގާ މިއޮތީހުސް ކުކިންގ އޮއިލް ތެލެވެ. މާނާގެ ކުރިމަތީގައި އޭނަގެ ކޮއްކޮ މައުނާ މިއިނީ ބޮޑުކުކިންގ އޮއިލް ތޭފުޅިއެށް ހިފައިގެން އަނގަމަތީ އަތްއަޅައިގެންނެވެ. މައުނާއަށް ހިނިގަނޑު ހިފަހައްޓާ ނުލެވުމުން އެންމެފަހުން އަޑުނެތްކޮޅަށް ހީގަނެވުނެވެ. މައުނާ މާބާރަކަށް ހޭއަޑަށް އެދެކުދިންގެ މަންމަ ހާނިމާ ވެސް އެތަނަށް އައެވެ. ހާނިމާއަށް ވެސް މާނާ ފެނިފަ ހިނިގަނޑު ފަޅައިގެންދިޔައެވެ. މާނާ ލޯގަނޑުން އަމިއްލަ ސޫރަފެނިފަ ހަޅައިލަވައިގަތެވެ. އޭނަގެ ގައިގާ އޮތީ ހަމައެކަނި ތެލެއްނޫނެވެ. އޭނަގެ މޫނުގައިވަނީ ގޮދަން ހުސް ގޮދަން ފުށް ނުވިތާކަށް މޭކަޕުކުރާސާމާނުން މޭކަޕުވެސް ކޮއްފައެވެ. އޭނަމިހާރު ވައްތަރީޖޯކަރަކާއެވެ. މާނާ ދުވެފަގޮސް ފާހާނައަށް ވެންނިއެވެ. އޭނަފާހާނައިގެ ތެރޭގައި ވިސްނަމުން ދިޔައީ މައުނާއަށް ލަނޑެއްދޭނެ ގޮތަކާމެދުއެވެ. ފެންވަރައިގެން ނިކުމެގެން މާނާދިޔީ ބަދިގެއާދިމާލަށެވެ. އޭރުއޭނާގެ މަންމަ އުޅެނީ އަލުވިރިހަ ކައްކާށެވެ. މާނާ ފަހަތުން ގޮސް އޭނަގެ މަންމަ ގައިގާ ބައްދާލިއެވެ. މަންމާ ކޮއްކޮ މިހާރުމާސިޔާސަވެގެން އެއުޅެނީ. މާނާ ޝަކުވާ ކޮއްލިއެވެ. ދެން މަންމަ ކީއްކުރާނީ ދަރިފުޅާ މަންމާ އަހަރެން ބުނާކަމެށް ކޮއްދީފާނަންތަ؟ ކޮންކަމެއްތަ؟ މާނާ އޭނަގެ މަންމަގެ ގާތުގައި މާދަމާގެ ޕްލޭން ކިޔައިދިނެވެ. ހާނިމާ ވިސްނާނެކަމަށް ބުނުމުން މާނާ ކޮޓަރިއަށް ގޮސް އޭނަގެ ރައްޓެހިންނަށް ގުޅައިފައި މިއަދު ހަވީރު 4.00 ޖަހާއިރު ތުނޑިއަށް ދިއުމަށް ބުންޏެވެ. މާނާގެ އާއިލާއަކީ މެދުފަންތީގެ އާއިލާއެކެވެ. މާނާގެ ބައްޕަ ރަޝީދު އަކީ މަސްވެރިއެކެވެ. މައުނާ އުޅެނީ ގުރޭޑް 7 ގައެވެ. މާނާ ކިޔަވައިނިމުނީއެވެ. 4.00 ޖެހީއެވެ. މާނާ ހުރީ ތުނޑިމަތީގައެވެ. އޭނަގެ ކައިރީގައި އޭނަގެ ރައްޓެހިން ކަމަށްވާ ރޫޔާ އާއި މަލާކް ތިއްބެވެ. އޭބަލަ މާނާ ހިނގާބަލަ މާދަމާ އަނބުމަޖާހަދަން މިހާރު އެކަހަލަކަމެށް ނުކުރާތާ ވަރަށްގިނަދުވަސް ވެއްޖެއެއްނު. ތެދެއްއެބުނީ. ރޫޔާވެސް މަލާކް އާއިއެއްބައި ވެލިއެވެ. ކުއްލިއަކަށް މީހަކު މާނާގެ ލޮލުމަތީގައި އަތްއެޅިއެވެ.
16 Comments!
Comments are closed.

Reethi.. ekamaku haadha kurey..?
understand eh nuvey mi story eh?
Heevanii reethii vaanehen.. Numeh feney stwriige ehbai.. i think esfiyain typ koffa.. Ryt??
Nw ok.. Stwrii vrh salhiii.. Paragraph thah vaki kollafa dhekevey vaahaka thakuga ” mi symbol beynun kolliima ithurah furihama vaane… Ur a nw writr dw… 1st stwrii aa balaafa vvvvv salhi.. Mistake thah vx fudhey varakah madhu.. eba hurii baeh thanthan kolhu. Bt u can do bettr than thixx Dhyna.. Ushaa bunii kanthahthah rangalhu kollaifiyya vrh vrh Happy vaane.. Gudluk Girl.. U can do thixxx….
thank you ushaa i really loved to take your advice
vr reethi. ekm meehun dhakka vaahaka “” beynunkohggen liyuneema bodah furihamavaane
Furathama faharaa balaafa vvvv reethi .. ekamu ebahuri mistakes… adi thankolheh kury… mi bayahthure den baeh digukohlaane kamah ummeedhu kuran ……… storrry vvvv reethi
Vrh reethi? First one aa balaafa ?? ekam thankolheh kuru. Then Ushaa buni symbol jahaigen meehun bunaa than than liyefiyyaa it would be awesome ?? Unmeedhu kuran gavaidhun up kohdhee vaahaka dhigu koh dhey ne kamah? Good luck bae?❤️?
Maanaa v hadi nameh …..change kohlaba pls pls
ehcheh neh thaakah k
salhi:-) comma koalhi beynun kuryma ithurah furihama vaane. gud luck dhy.
Mi story ga vigothe nengunu adhi ma kury den faharakun dhigu kilhache
Thankolheh dhigu kohlaafa koma koalhi jeheema this will b the best story ever (new writer akaa balaafa)
Reply
Thank you nax the 3rd story will be long
Reethi
Varah reethi.