Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވަން ޔާރާ އޭ 1

shooty Level 310 Stories100 Comments
September 29, 2016 3 Mins Read
34 Comments

ލޯބި ވަން ޔާރާ އޭ…1
‘އޭލެވެލް’ އިން ލިބުނު ނަތީޖާ ފާހަގަ ކުރުމުގެ ގޮތުން މިޝެލް އާއި އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ނެހާ ފިހާރަ އަކުން އައިސްކޯން ގަނެލައިގެން އޮލަ ވާހަކައިގައި ތިބެ ހިނގަމުން ދިޔައެވެ. އެކުދިންނަކި މާލިބޭ އާއިލާ ތަކަކަށް ނިސްބަތްވާ ކުދިންނަށް ނުވިޔަސް އެފަދަ އުފާވެރި ކަންކަން އެފަދަ ކުދި ކުދި ގޮތް ގޮތުން ފާހަގަ ކުރާ ދެކުދިންނެވެ. ‘އޭލެވެލް’ ގެ ނަތީޖާ ރަނގަޅު ވުމާއި އެކު މައިންބަފައިންގެ ހަރަދުގައި އިތުރަށް ކިޔަވަން ބޭނުން ނުވާތީ އާއި އެކު ދެކުދިން ވިސްނަމުން ދިޔައީ ވަޒީފާ އަކަށް ވަންނާށެވެ. މިޝެލް އަކީ އިސްކޮޅުން މާ ދިގު ނޫނަސް ރީތި ކުއްޖެކެވެ.ބޮޑު ހެޒެލް ކުލައިގެ ލޮލަކާއި ހިމަ ިމަ ރީތި ނޭފަތެއްގެ އިތުރުން ބައްޓަން ރީތި ތުންފަތެއް ޤުދުރަތުން މިޝެލް އަށް ލިބިފައި ވެއެވެ. މިޝެލްގެ ބައްޕަ އަކީ ގްރީސް މީހެއް ކަމުން ރާއްޖެ މީހުނާ މިޝެލް ގެ ސިފަތައް ކުޑަކޮށް ތަފާތު ވީއެވެ. ބައްޕަ ގެ ގިނަ ސިފަ ތަކެއް ލިބުމާއި އެކުވެސް މަންމަ ގެ ބުޅި އިސްތަށިގަނޑު މިޝެލް އަށް ލިބިފައިވުމުން އެރީތިކަން އިތުރަށް ފުރިހަމަ ވެފައިވެއެވެ. ހިތާމަ އަކީ ހިނގި ކާރު އެކްސިޑެންޓެއް ގައި މިޝެލް ގެ ބައްޕަ މީގެ 7 އަހަރު ކުރިން މަރުވެފައިވާ ކަމެވެ. ހަމަ އެފަދައިން ނެހާ އަކީ ވެސް ހަޑި ކުއްޖެކޭ ނުބުނެވޭނެ އެވެ. ޝޯލް އަޅާފައި ހުންނައިރު ސްޓައިލިޝް ގޮތެއްހުރެ އެވެ. އިސްކޮޅުން މިޝެލް އަށް ވުރެ ދިގުވެފައި ހަންގަނޑު އޮމާނެވެ. އެހާ ދޮންނުވިޔަސް ނެހާ އަކީ ކަޅު ކުއްޖަކަށްވެސް ނުކިޔާނެ އެވެ.
“މި އައިސްކޯން އަށް ހާދަބައިވަރެކޭ މިހިރީ އަޅާފަ.މެލްޓް ވެގެން މިހާރު އަތަށްވެސް ފައިބަން ފަށައިފި. ޔޫ ވެއިޓް ނެހާ، އެބަ އަންނަން އޭނދަ ޑަސްބިން އަށް މި އެއްލާލާފަ” ނެހާ ބޯޖަހައިލުމުން މިޝެލް ހިނގައިގަތީ ދިހަވަރަކަށް ފޫޓް ދުރުގައި ހުރި ޑަސްބިން އާއި ދިމާއަށެވެ. އައިސްކޯން ގަނޑަށް ސަމާލުވެގެން ދާން ހަދައިގެން ކުރިމަތިން ހިއްލިފައި އިން ގާގަނޑެއް މިިޝެލް އަކަށް ނުފެނުނެވެ. ދުރުގައި ހުރި ނެހާ އަށް ފެނުނީ މިޝެލް ބިންމައްޗައް ވެއްޓިފައި އޮއްވަ އެވެ. ނެހާ އަވަހަށް މިޝެލް އަށް އެހީ ވާން ހިނގަިއިގަތެވެ.
“އާ ޔޫ ބްލައިންޑް އޯ ސަމްތިންގް؟” އެ އިވުނީ ރުޅިވެރި އަޑެކެވެ. ނެހާ އަވަސް އަވަހަށް މިޝެލް ތެދުވާން އެހީތެރިވެދިނެވެ. ދެ ޒުވާނުން ކަންބޮޑު ވެފައި ކުރިމަތީހުރި ޒުވާނާ އަށް ބަލާލިއެވެ. ހުދު ގަމީހާ އި އެކު ބޭރުން ލައިގެން ހުރި ޑަކްސީޑޯ ގައި އައިސްކްރީމް އުނގުޅިފައި ހުރީ މީހަކު ރުޅިނާންނަ ވަރަކަށް ނޫނެވެ.
“ވަރަށް ބޮޑަށް މާފު ކުރައްވާ، އެއީ މިޝެލް ގަސްތުގަ ކުރި ކަމެއްނޫން.” ނެހާ އަވަސް އަވަހަށް މިޝެލްގެ ދިފާއުގައި ވާހަކަ ދެއްކިއެވެ.
“ޔޫ ޝަޓް އަޕް! އަހަރެން ވާހަކަ ދެއްކީ ތިކުއްޖާ އަކާ ނޫން” އެ ޒުވާނާގެ ޖުމްލަ އާއި އެކު ނެހާގެ ދޫ ބަންދުވީ ކަހަލައެވެ. ހާދަ ފޮނި ފިރިހެނެކެވެ.
“އައި އޭމް ސޮރީ” އެންމެ ފަހުން މިޝެލް މާފަށް އެދުނެވެ.
“ސޮރީ އޭ ބުނީމަ ވީކަމެއް ނުވާ ކަމަކަށް ވާނެ ތަ؟ ފުރަތަމަވެސް އަނގަ ބަންދު ކޮށްގެން ހުރީމަ ހީވެއްޖެއޭ ގަސްތުގައޭ. ތާކުން ރީތި މީހެއް ފެންނަން ވާ އިރަށް އައިސް ޖެހިގަތުން އެއީ ތިކަހަލަ ކުދިންގެ ވައްތަރު” ކުރިމަތީ މިހިރީ ހާދަ ބޮޑާ ފިރިހެނެކޭ މިޝެލްގެ ހިތިށް އެރިއެވެ. އެހެން ނޫނަސް އެއީ މިޝެލް ގަސްތުގައި ކުރިކަމެއްވެސް ނޫން ވިއްޔާއެވެ.
“މުޅި ދުވަސް ހަރާބު މި ވީ. މަގުމަތިން ދާހާ ބަޔަކު މަށަށް މަލާމަތް ކޮށްފަ ހެނީ. ތި މޮޔަ އަންހެން ކުއްޖާ އާ ހެދި. ގެޓް ލޮސްޓް އޮފް މައި ސައިޓް!” ވަރުގަދަ އިންޒާރެއް ދިނުމަށް ފަހު އެ ޒުވާނާ ތަންކޮޅެއް ދުރުގައި ޕާކްކޮށްފައި އޮތް ކަޅު ކާރަކަށް އެރިއެވެ. މިޝެލް އައިސްފައިވާ ޝޮކް ފިލައިގޮސް ހިނިތުންވެލިއެވެ.
“އާ ޔޫ އޯކޭ؟” ނެހާ މިޝެލް ގެ ކޮނޑަށް އަތްވައްޓައިލަމުން އަހައިލީ ކަންބޮޑުވެފައި ހުރެ އެވެ.
“ހޫމް. ފޮނި މީހެއް ދޯ؟ ރީތި ކަމެއް ލިބިފަ ހުރީމަ ތިމާ އަށް ތިމާ ފެނިފަ” މިޝެލް އަނގަ އަށް ގޮތެއް ހަދާލަމުން ބުންޏެވެ.
އީތަން އައިސްހުރި ރުޅިގަނޑު ފިނި ކުރުމަށްޓަކައި އެޕާޓްމެންޓަށް ވަދެވުމާއި އެކު ވަނީ ފާހާނާ އަށެވެ. މާގަނޑުން ފިނިފެންތައް ފައިބައިގަތުމާއި އެކު އީތަން ލޯމަރައިލިއެވެ.އެވަގުތު އޭނާ އަށް ސިފަވީ މިޝެލް ގެ މޫނެވެ.
“ދުވަހަކު ނުގަންނަ ވަރަށް ލަދުގެންފި. ހުހް.. އަހަރެން، ދަ ސީ.އީ.އޯ އޮފް ޑްރީމް ޕްރައިވެޓް ލިމިޓެޑް. ޑޭމް އިޓް” އީތަން އަށް ހުރިހާ ރުޅި އެއް ބޭލުނީ ފާރަށެވެ.
އީތަން އަކީ ރާއްޖެ އަށް މަޝްހޫރު ވިޔަފާރި ވެރިއެއް ކަމައްވާ އަލްހާންގެ ހުރި ހަމަ އެކަނި ފިރިހެން ދަރިފުޅެވެ. އަލްހާންގެ ސިއްޙީ ހާލަތު މާ ރަނގަޅު ނޫން ކަމުން އީތަން އަލްހާންގެ ‘ޑްރީމް ޕްރައިވެޓް ލިމިޓެޑް’ އާ ހަވާލު ވީއެވެ. އަލްހާން މިހާރު ހަމައެކަނި އެތަނުގެ ކަން ހިނގާ ނުހިނގާ ގޮތް ބަލައިލާ ކަން އެކަންޏެވެ. އެ ކްމްޕެނީގެ އެތައް ބްރާންޗެއް ވާއިރު ގެސްޓް ހައުސް، ރިޒޯޓް، ރެސްޓޯރެންޓް އަދި ޝޮޕިން މޯލްެތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ވެއެވެ. އުމުރުން 18 އަހަރު ވުމާއި އެކު އީތަންގެ ބައްޕަ އީތަން އަށް އަގުބޮޑު ދެބުރީގެ ގެ އެއް ހަދިޔާ ކުރިއެވެ. އެއާއި އެކު އީތަން ބޭނުން ވީ އަމިއްލަ ޒިންމާތައް ނަގައިގެން އެގޭގައި އުޅޭށެވެ.ޒުވާން ގިނަ އަންހެން ކުދިންގެ މެދުގައި އީތަން މަޝްހޫރު ވެފައިވަނީ ‘ޕްލޭބޯއީ’ އެއްގެ ގޮތުގަ އެވެ. މުއްސަނދި ކަމާއި އެއްވަރަށް ގުދުރަތުން އޭނާ އަށް ވަނީ ރީތިކަން ވެސް ދެއްވާފަ އެވެ. ހަ ފޫޓުގެ އިސްކޮޅަކާއި ބައިމަތި ފުޅާ ހަށިގަނޑެކެވެ.އިސްތަށިގަނޑު ބޯވެފައި ފަނެވެ. ރާއްޖޭގެ އެންމެ ރީތި ފިރިހެނާ ހޮވާނަމަ އެއްވަނަ ލިބޭހާވެސް އީތަން ރީއްޗެވެ.
ފެން ވަރާލިއިގެން އީތަން ނުކުންނަން ވާއިރަށް ނުދަންނަ ނަމްބަރަކުން ގުޅާތަން ފެނި އެ ދެ ބުމަ ގޮށްޖަހައިލެވުނެވެ. ނަމަވެސް އެންމެ ފަހުގެ އައިފޯން ނަގައި ކަންފަތުގައި ޖަހައިލިއެވެ.
“ސަޕްރައިޒް ސޕްރައިޒް!” އެ އިވުނީ ޔޫލީގެ އަޑެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shooty

Level 310 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

ކަފުން ނުކުރެވުނު ލޯބި

Next

ހިނިތުންވުމުން 1

Next
September 29, 2016

ހިނިތުންވުމުން 1

Previews
September 29, 2016

ކަފުން ނުކުރެވުނު ލޯބި

34 Comments!

  1. sally says:
    September 29, 2016 at 11:47 am

    wow me first dhw

  2. ken? says:
    September 29, 2016 at 11:49 am

    its quite short…hope next time u ll up a longer episode…goodluck?

  3. shooty says:
    September 29, 2016 at 11:49 am

    HURIHA KUDHIN MIOTHY FURATHAMA PART UP VEFA. HURIHA KUDHIN VES KIYAALAAFA COMMENT KOLLAANE KAMAH UMMEDHU KURAN
    LOVE [SHOOTY]

  4. alexa says:
    September 29, 2016 at 11:51 am

    Varah reethi mivaahaka masha allah

  5. Shaa xee says:
    September 29, 2016 at 11:53 am

    V reethi feshun. When next part?

  6. Shaa says:
    September 29, 2016 at 11:57 am

    wow varah habeys .. keep it up

  7. ken? says:
    September 29, 2016 at 11:59 am

    feshunu thanuga in ” maalibey aailaa thakei” ge badhaluga ehaa thanavas aailaathakei nooney liyunu nama maa furihama vaane…
    n nehaa akee lead ei noon dhw…mihen mibuny shawl alhaafa in vaahak liyefa othyma cover ga in pic ga in 2 kudhinves burugaa naalhaa…

  8. shooty says:
    September 29, 2016 at 12:11 pm

    madhu vegen konme week, aku insha allah. ekamu hama emergency eh ves dhimaavun gaai. ekam story nimendhen genesdheynan insha allah..

  9. shooty says:
    September 29, 2016 at 12:13 pm

    thankyou readears your comments are lot to me.. gina episodes up vaan hiyvvarakah readers ge comments beynun.

  10. Shuha says:
    September 29, 2016 at 12:33 pm

    A moya shooty magey gayahh shoot nukurahche..hehe story varah hadi..magey comment ahh reply dheebala moya shooty

    1. mishka says:
      October 1, 2016 at 5:16 pm

      kae ah rythi koh vaahaka liyan neyngey thi dhw.. kae ah tha ingeny rythi vaahak aa hadi vaahaka vaki kura.. maa molhu myhakah vegn.. amihla ah amihla myhaa fenifa..
      kae liyeba dhw ingenyaa vaahaka.

  11. MISHKA says:
    September 29, 2016 at 12:48 pm

    WOW.. V SAHLHA… keep it up.. mey socond dhw.. :p

    1. Shuha says:
      September 29, 2016 at 1:07 pm

      Kae ehvana eh non bala

    2. mishka says:
      October 1, 2016 at 5:12 pm

      ey shuha ah rep kuraakah nujehey.. amihla fenvaruga hurey.. meyna behuny key ehves nooney faadakah anga aruvany

  12. mala says:
    September 29, 2016 at 12:56 pm

    Moya shuha
    Vaahaka varah reethi

  13. Sheeby says:
    September 29, 2016 at 1:10 pm

    Finally up vejje… Feshun v salhi… Keep updating????… We are with you shooty…. ?????

  14. thooo says:
    September 29, 2016 at 1:21 pm

    V salhi …avahah up kuraati

  15. Fan girl says:
    September 29, 2016 at 1:28 pm

    V furihama..? keep it up shooty.. dnn oii bayah kehmaduvefaa…

  16. Aaf says:
    September 29, 2016 at 2:41 pm

    Wow nice <3<3 ?

  17. Kudabe says:
    September 29, 2016 at 2:44 pm

    Varah habeys. Snooty kudabe..

  18. ninaa says:
    September 29, 2016 at 2:55 pm

    V rerthi story feshun . Ekoh story nimendhen kayan libeyne kamah unmeedukuran .

  19. RaM says:
    September 29, 2016 at 3:06 pm

    Vv reethi

  20. shooty says:
    September 29, 2016 at 3:09 pm

    insha allah nimendhen kiyaalan libeyne:-)

  21. Shahittey says:
    September 29, 2016 at 4:57 pm

    Varah reethi masha allah

  22. nishu says:
    September 29, 2016 at 8:50 pm

    Vaahaka reethi unmeedhu kuran fahun miahvere reethi vaane kamah

  23. sotti says:
    September 29, 2016 at 10:02 pm

    Wrh salhi ❤

  24. nuxu says:
    September 29, 2016 at 10:27 pm

    V reethi feshumeh..kuriah huri baithah ves v reethi vaane kamah ummeedhu kuran…keep up the good work! Good luck 🙂

  25. Eenoo ? says:
    September 29, 2016 at 10:46 pm

    Luv the story…waiting 4 the next part ?

  26. Ushaa says:
    September 29, 2016 at 11:01 pm

    Vvvvvvvvvvvvv salhiii..

  27. ully says:
    October 1, 2016 at 11:14 am

    Keep it up dear..good luck..??

  28. a says:
    October 2, 2016 at 1:05 pm

    goooooooooood

  29. yaana says:
    October 2, 2016 at 5:37 pm

    VVV reethi

  30. Xzaa says:
    October 2, 2016 at 9:49 pm

    Nice story… keep it up shootyy….
    ???

  31. His girl ? says:
    October 10, 2016 at 8:29 pm

    Rythi varah…❤❤

Comments are closed.

Next Episodeލޯބިވަން ޔާރާ އޭ 2←


All Right Reserved!