Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (16 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
September 20, 2016 7 Mins Read
25 Comments

އިރުކޮޅެއް ފަހުން އަންޖޫދާ ކޮންމެވެސް އެއްޗެކޭ ކިޔާފައި އެގެއިން ދިއައެވެ. އޭރުވެސް އާޔާ ދިއައީ ޖޯލީގައި އިނދެ އަންޖޫދާގެ ސިކުނޑި ހަމައަކަށް އެޅުވުމަށް ކުރާނެ ކަމަކާ މެދު ވިސްނަމުންނެވެ. ނަމަވެސް އަންޖޫދާ ގާތު އެއްވެސް އެއްޗެއް ކިޔަސް ގަބޫލު ނުކުރާނެކަން އޭނާއަށް އެނގެއެވެ. އަންޖޫދާގެ ބޯހަރުކަމާ ގޮތް ދޫނުކުރުން އޭނާއަށް އޮޅިފަކާ ނެތެވެ. ކުއްލިއަކަށް އެ ހިތަށް ވެރިވި މޮޅު ހިޔާލެއްގެ ސަބަބުން އެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. ކޮންމެ ގޮތެއް ހަދާފައި ވެސް އޭނާ އަންޖޫދާ އާ އެ ނިކަމެތި ބަންގާޅި މީހާ އާ ދުރު ކުރުވާނެއެވެ. އެކަހަލަ ކަޓު މީހަކާއެކީ އޭނާގެ އެކުވެރިޔެއް އުޅުނަކަ އޭނާއެއް ނުދޭނެވެ. އެއް މިޔަކުން ހިނިތުންވެ ހުރެ އޭނާ ބިންމައްޗަށް ވެއްޓިފައި އޮތް މަޖާ ހުސްކުރި ތަށި ނަގައިގެން ގޭ ތެރެއަށް ވަންނަން ހިނގައިގަތެވެ.

***

އަންޖޫދާ ގެއަށް ދިޔައިރު ހަވީރު ވެއްޖެއެވެ. އޭނާ ގެއަށް ވަދެ ފުރަތަމަ ވެސް ހޯދާލީ ރާހުލް ފެނޭތޯއެވެ. ރާހުލް ފެންނަން ނެތުމުން މާޔޫސްވެފައި ހުރެ އޭނާ ގޭތެރެއަށް ވަދެގެން ދިއައެެވެ. ކޮޓަރިއަށް ވަދެ ފެންވަރާ ހަދާލައިގެން އަންޖޫދާ ނިކުތީ ތުވާލިން ބޯ ހިއްކަމުންނެވެ. ކުޑަކޮށް ބޯ ހިއްކާލުމަށްފަހު އޭނާ ބޮލުގައި ތުވާލި އޮޅާލައިގެން ހުރެ ސިޓިންގްރޫމު ސޯފާގައި ޖައްސާލިއެވެ.

“ކޮންތާކަށް؟” އާމިނާގެ އަޑަށް އަންޖޫދާ ސޯފާއިން ތެދުވެ ގޮސް ބޭރު ގޯތިތެރެއަށް ނަޒަރު ހިންގާލިއެވެ. އޭރު ގޯތިތެރޭގައި ހުންނަ ޖޭމު ގަސް ދޮށުގައި ހުރި ޖޯލިފަތީގައި އާމިނާ އާ ސައްތާރު އިށީންދެގެން އިނެވެ. އެ މީހުންގެ ކުރިމަތީގައި ހުއްޓި ހުރި ރާހުލް ފެނި އާމިނާ އެ ވާހަކަ ދެއްކީ ރާހުލްއާ ކަން އަންޖޫދާއަށް އެނގުނެވެ.

“ހިނގާލަން ދަނީ..” ރާހުލް ކުރުގޮތަަކަށް ޖަވާބު ދިނެވެ. އެ ދުވަހު ހަވީރު އެއްވެސް މަސައްކަތެއް ނެތުމުން ރާހުލް ބޭނުންވީ ނަޝްފާ އާ އެކު ހިނގާލަން ދާށެވެ.

“އާމިނާ.. އޭނަ ދިޔަ ދީބަލަ… އޭނަ ވެސް ތަންތަނަށް ދާ ހިތްވާނެއްނު؟” ސައްތާރު އާމިނާއާ ދިމާއަށް އެހެން ބުނެލުމުން އާމިނާ ތުން އަނބުރާލިއެވެ. “އެކޮއި… އަވަހަށް ދޭ..” ސައްތާރު ރާހުލް ގާތު އެހެން ބުނެލުމުން ރާހުލް ގޭ ދޮރާށިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ދަމުން އޭނާ ވަށްކަޅިން ސިޓިންގްރޫމަށް ވަންނަ ދޮރު ކައިރީގައި ހުރި އަންޖޫދާއަށް ބަލާލިއެވެ.

“ސައްތާރަކަށް ނޭނގޭނެ… އެ ރާހުލް އެ އުޅެނީ އެ ފިހާރައިގައި އިންނަ ނަޝްފާ އާ ހިތާވެގެން… އެ ގޮތަށް އޭނަ ނަޝްފާ އާ އެކީ ދާން ދޫކޮށްލީމަ ކުށްވެރިވާނީ ހަމަ މަށޭ…” އާމިނާ ދެބުމަ ގޮށްޖަހާލަމުން ސައްތާރު ގާތު ބުނެލިއެވެ. ނަމަވެސް ސައްތާރު އިތުރު އެއްޗެކޭ ނުބުނެ ހަމަ އެ އިން ގޮތަށް އިނީއެވެ. ނަމަވެސް މިއަޑު އަހަން ހުރި އަންޖޫދާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލޮޅުމެއް އަރާފިއެވެ. ރާހުލް ނަޝްފާ އާ އެކު އެކަނި ތަންތަނަށް ދާން އޭނާއަށް ރުހެވޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ ރާހުލް ދެކެ ނުލާހިކު ލޯބިވެއެވެ. ކުއްލިއަަކަށް ހިތަށްއެރި އެއްޗެއްގެ ސަބަބުން އަންޖޫދާ ބޮލުގައި އޮތް ތުވާލި ނިއުޅާލުމަށްފަހު ސިޓިންގރޫމް ސޯފާއަށް ހޫރާލިއެވެ. އަދި ދުވަމުން ކަހަލަ ގޮތަަކަަށް ގޭ ބޭރު ދޮރާށިން ނިކުމެގެން ދިއައީ އާމިނާ އޭނާއަށް ގޮވަ ގޮވާ ހުއްޓައެވެ.

އަންޖޫދާ ގެއިން ނިކުތްއިރު ރާހުލް ޖެހިގެން ހުރި ގޯޅިން އަޅާލަނީއެވެ. ހާވާލެވިފައިވާ އިސްތަށިގަނޑުގައި ދެއަތުން ހިފައި ގޮށެއް ޖަހާލަމުން އޭނާ ރާހުލް ފަހަތުން ދުއްވައިގަތެވެ.

ރާހުލް ސިހުނީ މީހަކު ފަހަތުން އައިސް އޭނާ ގާތު ހުއްޓުމުންނެވެ. ކައިރީގައި އަންޖޫދާ ހުއްޓާ ފެނުމުން އޭނާ ހުރި ފިޔަވަޅު މަތީގައި ހިނދުކޮޅަކަށް ހުއްޓުނެވެ. އަދި މަގުގެ ދެފަރާތް ހޯދާ ބަލާލީ އެމަގުން އާމިނާ ނުވަތަ ސައްތާރު ފެންނަން ހުރިތޯއެވެ.

“އަރަހެންވެސް ދާނަން ރާހުލް އާއެކު..” އަންޖޫދާ ރާހުލް އޭނާއާ ދިމާއަށް ބަލަން ފެށުމުން ބުނެލިއެވެ. އެ މޫނުމަތީގައިވާ ލޯބި ހިނިތުންވުން ފެނި ރާހުލް ވެސް ހީލަމުން ބޯ ޖަހާލިއެވެ. އަދި ކުރިއަށް ހިނގަން ފެށިއެވެ. އަންޖޫދާ ވެސް އޭނާ އާ އެއްހަމައެއްގައި ހިނގަމުން ދިއައެވެ.

“ކޮންތާކަށް މިދަނީ؟” އިރުކޮޅެއް ފަހުން އަންޖޫދާ އަހާލިއެވެ.

“ނަޝްފާ ކައިރީ އަންނާނަމޭ ބުނެފަ އޮތީމަ ދަނީ… އަހަރެން ނުދަނީމަ ނަޝްފާ ދެރަވަނީ..” ރާހުލް ހީލަމުން ބުނެލިއެވެ. އެއާއެކު އަންޖޫދާގެ މޫނުމަތީގައިވި ހިނިތުންވުން ވަގުތުން ފަނޑުވެގެން ދިއައެވެ. މިމަންޒަރު ފެނުނު ރާހުލް އަށް އެ ބުނެވުނު އެއްޗަކާ މެދު ވިސްނާލެވުނެވެ. އޭނާ އެހެން ބުނުމުން އަންޖޫދާ ދެރަވީ ހެއްޔެވެ؟

“އޯހް..” އިސްޖަހާލަމުން އަންޖޫދާ ބުނެލީ ހަމައެކަނި އެހެންނެެވެ. ރާހުލް އަބަދު ނަޝްފާ ކައިރިއަށް ދަނީ ކީއްވެގެން ހެއްޔެވެ؟ ރާހުލް ނައުމުން ނަޝްފާ ދެރަވާންވީ ކީއްވެގެން ހެއްޔެވެ؟ ރާހުލް ނަޝްފާއަށް އެވަރަށް އެ އަޅާލަނީ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ … ރާހުލް އާ ނަޝްފާ އާ ދެމެދު ޚާއްސަ ގުޅުމެއް އޮތީ ހެއްޔެވެ؟ މިހެން ހިތަށް އެރުމާއެކު އަންޖޫދާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. ނޫނެކެވެ. ރާހުލް ހަމައެކަނި ލޯބިވަނީ އޭނާ ދެކެއެވެ.

“އަހަރެންވެސް ބޭނުން ނަޝްފާ ގާތުން މާފަށް އެދެން….” އަންޖޫދާ އިސްޖަހައިގެން ހުރެ އެހެން ބުނެލުމުން ރާހުލް އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.

***

ފިހާރައިގެ ކައުންޓަރު މަތީގައި އޮންނަ ފޮތުގައި ގަލަމަކުން ކުރަހާލަ ކުރަހާލަ އިން ނަޝްފާގެ މޫނުމަތިން ފާޅުވަނީ ކަންބޮޑުވުމެވެ. ހީވާގޮތުން އޭނާ އެއިނީ ކޮންމެވެސް ކަމަކާ ވިސްނާށެވެ. އެހެން އިންދައި މީހަކު އައިސް ފިހާރައަށް ވަނުމުންވެސް އޭނާއަކަށް ނޭނގުނެވެ.

“އެހެމް އެހެމް…” ކުރިމަތީގައި ހުރި މީހާ ކަރުކެހެލި އަޑަށް ނަޝްފާ ދިއައީ ސިހިގެންނެވެ. އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރި އާޔާ ފެނި ނަޝްފާގެ ދެލޯ ހަނިވެގެން ދިއައެވެ.

“ސާބަސް.. މަ ނޫޅެމޭ ކަލެއަށް ޖެއްސުން ކުރާކަށް… މަ މިއައީ އެއްޗެއް ގަންނަން…” ނަޝްފާ ބަލަން ހުރި ގޮތުން އާޔާ އެހެން ބުނެލީ ތުން އަނބުރާލުމަށްފަހުގައެވެ. ދެން ވެސް ނަޝްފާ ޖެހި ބުދެއްހެން އޭނާ އާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ.

“ޕިސް ޕިސް… ސޭޓެއް ގޮތަަށް އަމަލު ކުރަން ނޭނގެންޏާ ސޭޓަކަށް ނީނދެބަލަ… މަށަށް އެނގެއޭ މަ ރީތިކަމުންކަން ކަލޭ ތި ބަލަނީ.. ފިރިހެނެއް ނަމަ ވެސް ރަނގަޅު ތިވަރަށް ބަލަން…” އާޔާ ދެބުމަ ގޮށް ޖަހާލަމުން އެހެން ބުނެލުމުން ނަޝްފާ އިސްޖަހާލިއެވެ.

“ނަގައިދީބަލަ ދެ ކިލޯ އަލުވި…” އާޔާ ރުންކުރު ގޮތަކަށް އެހެން ބުނެލުމުން ނަޝްފާ ތެދުވެގެން ގޮސް ދެކިލޯއަށް ވާވަރަށް އަލުވި ކިރައިދިނެވެ. އާޔާވެސް އަގު އަދާކުރުމަށްފަހު އިތުރު އެއްޗެކޭ ނުބުނެ ފިހާރައިން ނިކުމެގެން ދިއައީ ރުޅި މޫނާއެކީގައެވެ.

ފިހާރައިން ނިކުތް އާޔާއަށް އެރުނީ ދާދި ކައިރިން އެ ފިހާރައާ ދިމާއަށް ހިނގާފައި އައި ރާހުލް އާ އަންޖޫދާ ގެ ކުރިމައްޗަށެވެ. އެ ދެމީހުން އެހާ ކައިރިން ހިނގާފައި އައި ތަން ފެނުމުން އާޔާ ވީ ހައިރާނެވެ. އެހާ ކަޓު މީހަކާ އެއްކޮށް މަގުމަތިން ހިނގާފައި އަންނަން އަންޖޫދާ ލަދެއް ނުގަނޭ ބާވައޭ އެ ހިތަށް އެރިއެވެ. އެ ބަންގާޅި މީހާ އާ އެކީ އަންޖޫދާ ހުރި ތަން ފެނުމުން އެ ހިތަށް ވެރިވީ ފޫހިކަމެވެ. އަންޖޫދާ އަށް ލޯ އަޅާލުމަށްފަހު އޭނާ އެއްވެސް އެއްޗެކޭ ނުބުނެ ބާރު ބާރަށް ހިނގާފައި ދިޔަ ތަން ފެނުމުން އަންޖޫދާ ދެރަވިއެވެ. ނިކަމެތި ބަންގާޅިއެއް ދެކެ ލޯބިވެެވުމަކީ ކުށެއް ހެއްޔެވެ؟ އޭނާއަށް ރާހުލް ދެކެ ލޯބިވެވުނީ އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ރާހުލް ވެސް އޭނާ ދެކެ ލޯބިވެއެވެ. ވީއިރު އޭނާ ރާހުލް އާ އެކީ ނޫޅެންވީ ކީއްވެގެން ހެއްޔެވެ؟ ރާހުލްގެ ލޯބި އޭނާއަށް ހައްޤުނުވާންވީ ސަބަބަކީ ކޮބާހެއްޔެވެ؟

އާޔާ ފިހާރައިން ނިކުމެގެން ދިޔަ ދިމާއަށް ފާޑަކަށް ބަލަހައްޓައިގެން އިން ނަޝްފާގެ މޫނަށް ކުއްލި ހިނިތުންވުމެއް ވެރިވީ ފިހާރައަށް ވަދެގެން އައި ރާހުލް ފެނިފައެވެ. ރާހުލް ފެނުމުން އެހިތަށް ލިބިގެންދަނީ ބަޔާންކުރަން ދަތި ހަމަޖެހުމެކެވެ. ނަމަވެސް އޭނާގެ މޫނުގެ ކުލަވަރު އޮއްސިގެން ދިއައީ ރާހުލްގެ ފަހަތުން އެތަނަށް ވަތް އަންޖޫދާ ފެނިފައެވެ. އަންޖޫދާ މިތަނަށް ރާހުލް އާ އެކީ އެއައީ ކީއްކުރަން ބާވައޭ އެ ހިތަށް އެރިއެވެ. އަނެއްކާވެސް އަންޖޫދާ އެއައީ ރާހުލްގެ ކުރިމަތީގައި އޭނާއާ ދިމާކޮށް އެއްޗެހި ކިޔާށޭ ހީވުމާއެކު އޭނާއަށް މަޑުމަޑުން ދެއަތް މުއްކަވާލެވުނެވެ.

“ކޮބާ ސޭޓު ނަޝްފާ… ކިހިނެއް؟” ރާހުލް އެއައި ގޮތަަށް އައިސް ނަޝްފާގެ ކުރިމަތީގައި ފުޅާ ހިނިތުންވުމަކާއެކު ހުއްޓެމުން އަހާލިއެވެ. ނަމަވެސް ނަޝްފާ އިނީ ހިނިތުންވާންވެސް ނޭނގިފައެވެ. ރާހުލްގެ ފަހަތުން އައި އަންޖޫދާ ވެސް އޭނާއަށް ބަލާލުމަށްފަހު ހީލީ ކުރިން ދުވަހަކުވެސް ނުދެކޭހާ ހިތްހެޔޮކޮށެވެ. މިމަންޒަރު ފެނުމުން ނަޝްފާގެ ހިތް ނުބައި ގޮތަކަށް ތެޅެލިއެވެ. އަނެއްކާ އަންޖޫދާ އެއުޅެނީ ކީއްކުރަން ބާވައޭ އެ ހިތަށް އެރިއެވެ. ނަޝްފާ ފާޑަކަށް އަންޖޫދާއާ ދިމާއަށް ބަލަން ހުރި ގޮތުން ނަޝްފާއަށް އެވީ ކީއްކަން ރާހުލްއަށް ވިސްނުނެވެ.

“ނަޝްފާ… މީ ކާކުކަން އެނގެނީތަ؟ މީ އަހަރެންގެ ގާލްފްރެންޑް…” އަންޖޫދާ ދައްކާލަމުން ހެވިފައި ހުރެ ރާހުލް އެހެން ބުނެލި ވަގުތު ނަޝްފާގެ މެއަށް ހީވީ އެއްފަހަރާ ސަތޭކަ ތީރު ހަރާލިހެންނެވެ. މުޅި ތަން އެނބުރޭ ކަހަލަ އިހުސާސެއް އޭނާއަށް ކުރެވެމުން ދިޔައިރު އެއްއަތުން އަނެއް އަތުގައި ބާރަކަށް ހިފަހައްޓާލެވުނެވެ.

ނަޝްފާގެ ކުރިމަތީގައި ރާހުލް އެހެން ބުނުމުން އަންޖޫދާ ރަކިވިއެވެ. މިހާރު ނަޝްފާ އާ ރާހުލްގެ ދެމެދުގައި ވަނީ ސާފު، ރަހުމަތްތެރިކަމުގެ ގުޅުމެއްކަން އޭނާއަށް ޤަބޫލުކުރެވުނެވެ. އޭނާއަކީ ރާހުލްގެ ގާލްފްރެންޑޭ ރާހުލްގެ ދުލުން ބުނެލި އަޑު އިވުމުން އެ މޫނަށް ޖަންބުކުލަ އަރައިގެން ދިއައީ ލަދުގަތް ވަރުންނެވެ. އޭނާ އަކީ ހަމަ ހަޤީޤަތުގައިވެސް ރާހުލްގެ ލޯބިވެރިޔާ ހެއްޔެވެ؟ އެއްފަހަރާ އެތައް ހުވަފެނެއް ސީދާވެގެން ދިޔަ ކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފެށުނެވެ.

“ދޯ އަންޖޫ؟” ލާނެތް ހިނިތުންވުމަކާއެކު ލަދުގަނެފައި ހުރި އަންޖޫދާއާ ދިމާއަށް ރާހުލް އެހެން ބުނެލީ އިތުރަށް އަންޖޫދާ ލަދުގަންނަވާލުމުގެ ބޭނުމުގައެވެ.

“ދެން ރާހުލް…!” އަންޖޫދާ ލަދުގަނެ ހުރެ ރާހުލްގެ އަތުގެ މުލަށްދަނޑީގައި ހިފަހައްޓާލަމުން އެހެން ބުނެލުމުން ރާހުލް ގާތައް ހިނިއައެވެ.

މަންޒަރު ބަލަން ހުރި ނަޝްފާއަށް ދުރު ބަލާލީ އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރަމުންނެވެ. އެހެން އަންހެއް ކުއްޖަކާ އެކި ރާހުލް އެގޮތަށް ސަމާސާކޮށް އުޅޭތަން ފެނުމުން އެ ހިތަށް ތަދުވިއެވެ. ނަމަވެސް ރާހުލްއާ އަންޖޫދާ ގުޅުނީ ކޮންއިރަކުހެއްޔެވެ؟ ރާހުލް އަންޖޫދާ ދެކެ ވާ ލޯބި ނަޝްފާއަށް އޮޅިފައި ނެތް ނަމަވެސް އަންޖޫދާ ރާހުލް ދެކެ ލޯބިވާ ކަމާމެދު އެހިތުގައި ޝައްކު އުފެދުނެވެ. އަންޖޫދާ ކަހަލަ ސްޓައިލިޝް ކުއްޖަކު ރާހުލް ކަހަލަ ބަންގާޅި އަކާ ގުޅުމަކީ ވަރަށް ވެސް ހައިރާންކުރަނިވި ކަމެކެވެ. ދެލޮލުން ފޭދުނު ކަރުނަތައް އެތެރެއަށް ހިންދަން މަސައްކަތްކުރަމުން ނަޝްފާ އިސްޖަހާލިއެވެ.

“ނަޝްފާ… ހިނގާލަން ނުދަނީތަ މިޔަދު؟” ރާހުލް ނަޝްފާ އެއްޗެކޭ ނުބުނުމުން އަހާލިއެވެ. ނަޝްފާ އެއްޗެކެ ނުބުނެ ހޫ ލައްވާލިއެވެ.

“އެހެންނޫނީ ނަޝްފާ އުޅޭނެ އަހަރެން ނާންނާތީ… އެކަމު މިޔަދު އަހަރެން އައީމަ ވެސް ހިނގާލަން ނުދަނީ ދޯ…” ރާހުލް ދެރަވާ ކަމަށް ހަދާލާފައި އެހެން ބުނެލުމުން ނަޝްފާ ރާހުލް އާ ދިމާއަށް ބަލާލީ ބީރައްޓެހި ގޮތަކަށެވެ. އަދި ހަމަ އެ ނަޒަރުގައި ރާހުލް ގާތު ހުރި އަންޖޫދާއަށް ބަލާލުމަށްފަހު ކޮޅަށް ތެދުވިއެވެ.

“އެހެންވިއްޔާ ހިނގާ ދާން ދޯ… އަހަރެން އެބަ އަންނަން މަންމަ ގާތު ފިހާރައަށް އަންނާށޭ ބުނެފަ..” ގަދަކަމުން ކަހަލަ ގޮތަކަށް ހީލަމުން ނަޝްފާ ބުނެލިއެވެ. އަދި ބާރުބާރަށް ހިނގާފައި ގޮސް ފިހާރަތެރެއިން ނިކުތެވެ. ރާހުލް އާ އަންޖޫދާވެސް އޭނާގެ ފަހަތުން ފިހާރައިން ނިކުތް އިރު ނަޝްފާ ދުވެފައި ގޮސް އޭނާގެ ގޭތެރެއަށް ވަންނަނީއެވެ.

“މަންމާ… ދޭބަަލަ ފިހާރަ ބަލާލަން… އަހަރެން ރާހުލް އާ އެކީ ހިނގާލަން ދާން މިއުޅެނީ..” ސިޓިންގރޫމު ސޯފާގައި ޓީވީ ބަލަން އިން ޞާބިރާއާ ދިމާއަށް މަޑުމަޑުން އެހެން ބުނެލުމަށްފަހު ނަޝްފާ ގޮސް ކޮޓަރިއަށް ވަނެވެ. އެތެރެއަށް ވަދެ މަޑުމަޑުން ކޮޓަރީގެ ދޮރުޖަހައި ތަޅުލީ ހިނދު އެދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ރާހުލް އޭނާއަށް އެހެން އެ ހެދީ ކީއްވެބާއޭ އެހިތަށް އެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެކަމުގައި ރާހުލްގެ ކުށެއް ނެތްކަން އޭނާއަށް ވިސްނުނެވެ. ރާހުލް ގާތު ލޯބިވާ ވާހަކަ ނުބުނީ ހަމަ އޭނާ އަމިއްލައަށެވެ. ގިސްލެވެން ފެށުމުން ނަޝްފާއަށް މަޑުމަޑުން އަނގަމަތީގައި އަތް އަޅާލެވުނެވެ. ނަމަވެސް ކަރުނަތައް ފުހެލަމުން އޭނާ އަވަސް އަވަހަށް ފާހާނާއަށް ވަނީ ރާހުލްމެން އޭނާގެ އިންތިޒާރުގައި  ހުންނާނެކަން އިނގޭތީއެވެ.

ޞާބިރާ ބޮލުގައި އޮތް ބުރުގާ ހެޔޮވަރުކޮށްލަމުން ބޭރަށް ނިކުންނަން ހިނގައިގަތެވެ.  ނަޝްފާ ދެންމެ ގެއަށް ވަދެގެން އައި ގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން އޭނާގެ ސިކުނޑީގެ ކަނަކުން ބުނަމުން ދިޔައެވެ. ގޭ ދޮރުމައްޗަށް ނިކުމެ އޭނާ މަގުގެ ދެފަރާތް ހޯދާ ބަލާލީ ފިހާރައަށް މީހަކު އާދޭތޯއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ އެގޭ ފިހާރަ ބޭރުގައި ކޮޅަށް ހުރި ރާހުލް އާ އަންޖޫދާއެވެ. ރާހުލް އާ އެކު އަންޖޫދާ އެއައީ ކީއްވެގެންބާއޭ އޭނާގެ ހިތަށް އެރިއެވެ. އަންޖޫދާއަކީ އެކަހަަލަ ކަޓު މީހުންނާ އެއްކޮށް އުޅޭ ކުއްޖެއް ނޫންކަން އޭނާ ވެސް ދަނެއެވެ. ރާހުލް އަންޖޫދާ އާ ވާހަކަ ދައްކަމުން ގެންދިޔައިރު އަންޖޫދާ ރަކި ގޮތަކަށް ހީލައިގެން ހުރި ތަން ފެނުމުން ޞާބިރާގެ ނިތަށް ރޫތަކެއް ޖަމާވިއެވެ. އަނެއްކާ ނަޝްފާ ދެރަވެގެން އެއައީ އަންޖޫދާ ރާހުލް އާ އެކި ހުރުމުން ބާވައޭ އެ ހިތަށް އެރިއެވެ.

ޞާބިރާ ސިއްސައިގެން ދިއައީ އޭނާގެ ފަހަތުން މީހަކު އައިސް ކުޑަކޮށް ދުރަށް ކޮއްޕާލުމުންނެވެ. އޭރު ފަހަތުގައި ފުރިހަމަ ހިނިތުންވުމެއްގައި ހުރި ނަޝްފާ ފެނި ޞާބިރާގެ ހުރިހާ ޝައްކުތަކެއް ފިލައިގެން ދިއައެވެ. އެ ބަންގާޅި މީހާ އާއެކު ނަޝްފާ ދިއުމަށް އެހިތް ނުރުހުނު ނަމަވެސް އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އުފަލުގައި ބަހައްޓަން ބޭނުންވާތީވެ އެއްޗެކޭ ނުބުނެ ހުންނަނީއެވެ. ވަރަށް އަވަހަށް އަންނާނަމޭ ކިޔާފައި ނަޝްފާ ރާހުލްމެންނާ ދިމާއަށް ޞާބިރާ ފަސްދީފައި ހިނގައިގަތް އިރު އޭނާގެ މޫނުގައި ކުރިން ހުރި ހިނިތުންވުމެއް ނެތެވެ.

ނަޝްފާ އެމީހުންނާ އަރާ ހަމަވުމުން ތިން މީހުން އެކީ ހިނގައިގަތީ ކުރިން ވެސް ރާހުލް ނަޝްފާ އާއެކު ގޮސްއުޅޭ ދިމާ އަތިރިމައްޗަށެވެ. ރާހުލް ހިނިތުންވެ ހުރެ އަންޖޫދާ އާ ވާހަކަ ދައްކަމުން ދިއައިރު ނަޝްފާގެ މޫނުމަތި ހުރީ މިލާމޯޅިވެފައެވެ. އަންޖޫދާ ކިހާ ނަސީބުގަދަހެއްޔޭ އެވަގުތު އޭނާގެ ހިތަށް އެރިއެވެ. އަންޖޫދާ ހަމައަސްލުވެސް ރާހުލް އާ ރައްޓެހިވެގެން އެ އުޅެނީ ރާހުލް ދެކެ ލޯބިވާތީބާވައެވެ؟ ނަޝްފާ ސިއްރުސިއްރުން އަންޖޫދާގެ މޫަނަށް ބަލާލިއެވެ. އެ މޫނުމަތިން ފާޅުވަމުންދާ ކުލަވަރުން އަންޖޫދާ ހަމައަސްލުވެސް ރާހުލް ދެކެ ލޯބިވާހެން އޭނާއަށް ހީވިއެވެ.

އަތުން ބޮޑު ދެ ކޮތަޅު ހިފައިގެން އައި ޒުލޭހާގެ މޫނުމަތިން ފާޅުވަނީ ވަރުބަލިކަމެވެ. އޭނާ އެއަންނަނީ މިޔަދު އޭނާގެ ދައްތަމެން މާލެއިން ފޮނުވި ހަދިޔާ ކޮތަޅުތަކެއް ހިފައިގެންނެވެ. ހީކުރިވަރަށް ވުރެ ވެސް އެއެއްޗެހި ބަރުވުމުން އޭނާ އުޅުނީ އެއެއްޗެހި ނުހިފިގެންނެވެ. މާ ބޮޑަށް ބަރުވާން ފެށުމުން އޭނާ ކައިރީގައި ހުރި ގޭގެ ތިރިކޮށް ރާނާފައިވާ ވަށާފާރު މަތީގައި އެދެކޮތަޅު ބަހައްޓާލަމުން ހިންދެެމެލިއެވެ. ނިތްކުރިމަތީގައިވާ ދާތިކިތައް ފުހެލަމުން އޭނާ ލައިގެން ހުރި ހައުސްކޯޓުގެ ޖީބަށް އަތްކޮށްޕާލަމުން ބިލަތްގަނޑަކާ ދެތިން ފޯށް ފޮތި ނެގިއެވެ. އަނގައަަށް ލުމަށްފަހު އެ ހަފަމުން އޭނާ ފާރަށް ލެނގިލި ހިނދު ފެނުނު މަންޒަރަކުން އޭނާއަށް އެމަގުގެ ކޮޅާ ދިމާއަށް ބަލަން ހުރެވުނީ ޝަޢުޤުވެރިކަމާއެކުގައެވެ. އެ ދިމާ އަތިރިމައްޗާ ދިމާއަށް އަންޖޫދާއާއި ރާހުލް އަދި ނަޝްފާ ދާތަން ފެނުމުން އޭނާ ދަތްދޮޅީގައި އަތް ހާކާލިއެވެ. އަދި ރޭ ފަތިހު އޭނާއަށް ފެނުނު މަންޒަރު އަނެއްކާވެސް ސިކުނޑީގައި އާވެގެން ދިއައެވެ. ސިއްރުސިއްރުން އަންޖޫދާ އެމަގުގެ ދެކޮޅު ހޯދާލުމަށްފަހު އެގޭ ފާރުމަތިން ފުންމާލުމާއި އޭގެ ފަހުން ރާހުލް އެ ފާރުމަތިން ބޯ ދިއްކޮށް ބެލުމުގެ ފަހަތުގައި ވަނީ ކޮންކަމެއް ބާވައޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ. ނުލަފާ ހިނިތުންވުމަކާއެކު އޭނާ ރާހުލްމެން އެމަގުން ގޮސް އަތިރިއަށް ފައިބަންދެން ބަލަހައްޓައިގެން ހުއްޓެވެ. އަދި އެއަށްފަހު ފާރުމަތީގައި ހުރި ދެކޮތަޅު ނަގައިގެން އޭނާ މިސްރާބުޖެހީ ގެއާ ދިމާއަށެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ލޯބިވެރިޔާގެ މާފް 5

Next

ނޭނގޭހެ ހާދަ ލޯބިވޭ 17

Next
September 20, 2016

ނޭނގޭހެ ހާދަ ލޯބިވޭ 17

Previews
September 19, 2016

ލޯބިވެރިޔާގެ މާފް 5

25 Comments!

  1. Liaa says:
    September 20, 2016 at 12:46 pm

    Hii,,, hope kuran mibai ves reethi vaane kamah… And gina kudhinge hiyaalaa eh gothah stry ge cover ah kurin in cover laafa mi iny 🙂
    Feel free to leave ur comments 🙂 <3

  2. Ayya says:
    September 20, 2016 at 12:54 pm

    Salhi..ekam haadha lahey mihaaru update vaaleh

  3. Liaa says:
    September 20, 2016 at 12:59 pm

    And dhen mi stry up kureveynee weekly koh… komme week ehge SUNDAY ehga.. 🙂

  4. Shooya says:
    September 20, 2016 at 1:08 pm

    Anehkaa mihaaaru zuleyhaa keeh kuran tha eulhenee

  5. Shaa says:
    September 20, 2016 at 1:39 pm

    interesting ☺

  6. Sabeeha says:
    September 20, 2016 at 1:56 pm

    v salhi…?

  7. anjoo says:
    September 20, 2016 at 2:23 pm

    v habeys hama

  8. Metal 0-1 says:
    September 20, 2016 at 2:40 pm

    Weekly koh ves nimendhen genesdhey thi

  9. Metal 0-1 says:
    September 20, 2016 at 2:42 pm

    Story is nice

  10. Khajja says:
    September 20, 2016 at 2:50 pm

    Wow v rythi mi prt ves n zuleyhaa avas aruvaaly avahah aamina kairiah gos aaminage boa kaalanvegen dhw nooney varegge zuleyhaa eh thy

  11. sheyn says:
    September 20, 2016 at 3:02 pm

    varahh reethi

  12. Eshoo says:
    September 20, 2016 at 4:09 pm

    15th episode nethehnu

    1. Mal says:
      September 20, 2016 at 4:36 pm

      1. Identify the concepts relevent to comprehensive nursing care.
      2. Discuss the underlying scientific principles of advanced nursing techniques identified in the subject.
      5. Discuss the importance of identifying patient need.
      9. Review nursing process.

    2. Mal says:
      September 20, 2016 at 4:39 pm

      Sorry.. ? I copied the wrong thing…
      17th September ga ebain upload kohfa..

  13. athi says:
    September 20, 2016 at 4:11 pm

    Kobaa 15 vana episode liaa..

    1. Mal says:
      September 20, 2016 at 4:37 pm

      17th September ga eba in upload kohfa..

  14. zambi says:
    September 20, 2016 at 4:17 pm

    Nice ?

  15. Mal says:
    September 20, 2016 at 4:40 pm

    Varah reeethi ?

  16. shini says:
    September 20, 2016 at 6:17 pm

    Alhe nashfaa haadha dheravaane ey dhw?????????

  17. Ushaa says:
    September 20, 2016 at 10:45 pm

    Vvvvvvvvvvvvvvvvvvvvvvvvvvvvv reeethii.. ill kyp waitin.. Gudluk..

  18. reema says:
    September 21, 2016 at 7:32 am

    WowowowUB❤❤❤

  19. Tizzz says:
    September 21, 2016 at 3:11 pm

    V v v reethi. But liyumuge kuhthah v gina. Sometimes bunedheyn ulhey ehchehves nen’ge

  20. MunchKin ? says:
    September 23, 2016 at 12:27 am

    Just read this part
    As always amaxing liaa ❤
    ???

  21. Liaa says:
    September 24, 2016 at 5:58 pm

    ޝުކުރިއްޔާ ހުރިހާ ކުދިން 🙂

  22. Khajaa says:
    October 8, 2016 at 8:30 pm

    Love this story

Comments are closed.

Next Episodeނުހައްޤު ލޯބި (17 ވަނަ ބައި)←


All Right Reserved!