Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މީވީގޮތޭ!

Rozy Level 210 Stories
September 15, 2016 13 Mins Read
19 Comments

މީވީގޮތޭ……..!

މުސައްނިފާ ރޯޒީ ޝަރީފް

އަހަރެން އެނދުގެ ފަރާތް ފަރާތަށް ފުރޮޅި ފުރޮޅި އޮތީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ. މަގުމަތިން އިވެމުންދިޔަ ބަރުގޮނު އަޅާ އަޑު ހުއްޓުމެއްނެތި އަހަރެންނަށް އިވެމުން ދިޔައެވެ. އަހަރެންގެ މައްސަލައަކީ ނިދިނައުމެވެ. ދުވަހަކަށް ވުރެ ދުވަހެއް އެ ފަދަ ރޭތައް އަންނަނީ ގިނަވަމުންނެވެ. ފޮތެއް ނަގައިގެން ކިޔަން ފެށީމެވެ. ގިނަރޭރޭ ފޫހިފިލުވަނީ އެގޮތުގައެވެ.

އެސްފިޔަ ތަކުގެ ގިނަ ވާހަކަތަށް ހުޅުވާ ހުޅުވާ ޝައުގުވެރިކަމެއް ދެވޭނެ ކަހަލަ ވާހަކަޔަކާ ދިމާނުވިއެވެ.

ބިންމާގެ ކުރުވާހަކަ ފޮތް ހުޅުވާލީމެވެ. ބިންމާ ވަހީދުގެ ވާހަކަތަކަކީ އަހަރެންޝައުގުވެރިކަމާއެކު ކިޔާ ހަމައެކަނި ދިވެހި ވާހަކަތަށް  ކަމަށް ވެދާނެއެވެ. އޭނާގެ ގިނަ ވާހަކަތަށް އެއީ ދިވެހި މުޖުތަމަޢުގާ ހިނގާ ކަންތަކާ ވަރަށް އެއްގޮތެވެ. އިއްތިފާގެއް ކަމެއް އަހަރެންނަށް ނޭނގެއެވެ. އަހަރެންގެ ހަޔާތުގެ ވާހަކަވެސް ހަވީރު ނޫހުގަ 2006 ވަނަ އަހަރު ލިޔުނީ ހަމަ ބިންމާ ވަހީދެވެ. މިއީ އަހަރެންނަށް ބިންމާގެ ވާހަަކަ ތަކާއި ބިންމާ ތަޢާރަފްވިގޮތެވެ. އެހެންގޮތަކަށް ދަންނަވާނަމަ  ބިންމާޔާ އެކުވެރިވި ގޮތެވެ. އޭނާ އަަކީ އަހަރެން ގަބޫލްކުރާ ފެންވަރުގެ މުސައްނިފެކެވެ.

އަހަރެންގެ ފިރިމީހާއަށް ކައްކާދީ ހެދުން ދޮވެދޭކަށް އަހަރެން ނުޖެހެއެވެ. ސަބަބަކީ ދެމީހުން ވަކިން އުޅޭކަމެވެ. އަހަރެން އުޅެނީ ރަށުގައެވެ. ފިރިމީހާ އުޅެނީ ރިސޯޓުގައެވެ. ފިރިމީހާ އަހަރެން ކާރިޔަށް އަންނަނީ އަހަރަކު މަދުފަހަރެއްގައެވެ. ވަޒީފާގެ ކަންތަށް ހުންނަގޮތުން ޗުއްޓީ ނުލިބެނީއެވެ. ފިރިމީހާއަށް އާދެވޭ ވަގުތު އޭނާއަށް  އެންމެ މީރު ސީނި ސަންބޯލް ހަދާދެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރަމެވެ. މިއީ ލަންކާއަށް ނިސްބަތްވާ ކެއުމެކެވެ. ހަޔާތުގެ ޒުވާން ދުވަސްވަރު ލަންކާގައި އުޅެން ދިމާވުމުން ކައްކަންވެސް އަހަރެން ފަރިތައީ ލަންކާ ކާއެއްޗިހިއެވެ. ގިނަ ފަހަރު އެއީ އަހަރެންގެ އަމިއްލަ ރެސިޕީއަކަށް ހަދާ އެއްޗެކަށް ވެއެވެ. ދެންލަނީ ލަންކާ ރަހައެވެ. ގިނަ އެކުވެރި ކުދިންނަށް އަހަރެން ކައްކާ އެއްޗެތި ވަރަށް ކަމުދެއެވެ. ހިނިތުންވުމާއެކު އަހަރެންގެ ފިރިމީހާ އެކާއެއްޗެއްސައް ތަޢުރީފް ކުރެއެވެ. މިކަމުން އަހަރެން މީރު ކަމެއް ލިބިގަންނަމެވެ.   “”ވަރަށް މީރު
ވަރަށް ގިނަފަހަރު އަހަރެން ސީނި ސަންބަލް ހެދިގޮތް ނަވީން އަށް ކިޔާދެމެވެ. އުފަލުން އިނދެއެވެ. ފަޙުރުވެރިކަމާއެކުގައެވެ.

“މީހަމަ ލަންކާ މީހުންނަށް ނޫނީ ހަދަން ނޭނގޭ އެއްޗެއްދޯ.”!

ކާންއިދެފަ އަހަރެންގެ ކޮއްކޮ ރޫބީ ބުނެލައެވެ.

“ވަސް ޖެހުނަސް ބަނޑު ފުރިއަރާ!” އަހަރެންގެ ޅިޔަނު މަސީހް ބުނެލައެވެ.
“އޭ! މަގޭ އަންހެނުން މިއަދު މީތި ހަދާދިނީ  މަށައް އެކަނިދޯ!” ނަވީން މަޖާވެފަ ބުނެލިއެވެ. .

އަހަންނަށް ލިބިފައިވަނީ ޒިންމާދާރު ފިރިއެކެވެ. އެއް ފަހަރު ކަމަކު ބުނުމުން ދެން އެ ކަމެއް ހަނދާން ކޮށްދޭކަށް ނުޖެހެއެވެ. ރިސޯޓުން ޗުއްޓީ ނަގައިގެން ރަށަށް އައުމާއެކު ވަރަށް ގިނަފަހަރު ވިޔަފާރިގަ އަހަރެންނާ ބައިވެރި ވެއެވެ. އަހަރެން ކުޑަވަރެއްގެ ފިހާރައެއް ހުރެއެވެ.. ފިރިމީހާއަށް އެކަނި ލިބޭ މުސާރައިން ގޭގެ ހަރަދު ކޮށްލަން ފަސޭހަ ޔެއް ނޫނެވެ. .
ނަވީން ގެ އެއްވެސް ރައްޓެއްސެއް ނުހުރެއެވެ. އެހެންވެ ރަށަށް އަޔަސް އޭނާ މުޅިން ހުންނާނީ ގޭގައެވ. އެއްވެސް ތަނަކަށް ނުދާނެއެވެ.

ގިނަފަހަރު އާދޭސް ކޮށްގެންނޫނީ އަހަރެން ގޮވައިގެންގެން ވެސް ތަަނަކަށް ނުދާނެއެވެ. ނަވީންގެ ކޮންމެ ރައްޓެއްސަކީ އަހަރެންގެ ވެސް ރައްޓެއްސެކެވެ. އެއީވެސް ދެމީހުން ކުރިން އެއްކޮމްޕެނީއެއްގަ ވަޒީފާގަ އުޅެވުމާއި ދެމީހުން އެއްސުކޫލެއްގަ ކިޔެވީމައެވެ. އަންހެން ކުއްޖަކާ ނަވީން އާގުޅުމެއް އޮވެދާނެއޭ ދުވަހަކުވެސް އަހަރެންގެ ހިތެއް ނުބުނެއެވެ.އަހަންނަށް ލިބިފައި ވަނީ އެހާ ވަފާތެރި ފިރިއެއް ކަން ޔަގީނެވެ.އަހަރެންގެ ބައެއް ލާނެއް ރައްޓެހިކުދިން ނަވީންއާއި ދިމާ ކޮށް ލޯބި ހުށަހަޅާކަން ވެސް އަހަންނަށް އެނގެއެވެ. ނަވީންގެ ދުލުން އެ ވާހަކަތައް ކިޔާނުދިނަސް ފޯނަށް ފޮނުވާ މެސެޖް ތަކުން އަހަރެންނަށް އެކަން އެގުނެވެ.

އާއަހަރު ފެށުމާއެކު އަހަރެމެންގެ ހުރިހާ ރަހްމަތްތެރިންނަށް ތަހުނިޔާގެ މެސެޖް ފޮނުވަމުންދިޔައީމެވެ. އަހަރެންގެ ފޯނުގެ ކުރެޑިޓް ހުސްވެގެން ނަވީންގެ ފޯނުން އޮފީސް ރަހްމަތް ތެރިއަކަށް އެސް އެމްއެއް ފޮނުވުމުންވަގުތުން އޭނާ ގުޅިއެވެ. އަދި އަހަރެންނަށް ހަލޯއޭ ނުބުނެވެނީސް މާލޯބިން ވާހަކަދައްކަން އޭނާ ފެށިއެވެ. ނަވީންގެ މެސެޖަކަށްޓަކާ،އަދި އިށާރާތަކަށްޓަކާ ކެއްމަދުކަމާއެކު ނަވީނަށް އިންތިޒާރު ކުރާވާހަކަ ބުންޏެވެ. ފޯނުކުރީ އަހަރެންކަން އެނގުމުން ލަދުން އެއަންކުއްޖާ ފޯނު ކަޑާލީއެވެ.އަދި އޮފީހުންވެސް ވަކިވީއެވެ. އެކަމަކު އޭގަވެސް ނަވީންގެ ކުށެއްނެތެވެ. އަހަރެންގެ ރައްޓެހިންނަށް އަހަރެން އެ ވާހަކަތައް ކިޔައިދެމެވެ. ހެމުން ހެމުންނެވެ. ޝައްކުގެ ނަޒަރުން ނުދެކޭ އެއްވެސް ރައްޓެއްސަކާ ދިމައެއް ނުވެއެވެ.
ނަވީން ބޭރުގަ ހުރެފަ ކޮޓަރިޔަށް ވަންނަ އިރަށް ރީތިވާން ލޯގަނޑު ކައިރީގައި ހުރެގެން ފަރިބެލުމާއި ރީތިވުމަކީ އަހަރެންގެ އާދައެކެވެ. ގިނަފަހަރު އަހަރެންގެ ދިގު އިސްތަށިގަނޑަށް އާގޮތްތައް ހަދާލާ ދައްކާލަމެވެ. ﷲ ގެ ރަހުމަތުން އަހަރެންގެ އިސްތަށިގަނޑު އިންތިހާއަށް ދިގެވެ. އުމުރުން ތިރީސް އަހަރު ފުރިފައި ވާއިރު ވެސް އަހަރެންގެ އިސްތަށިގަނޑު އޮންނަލެއް ވަރަށް ރީއްޗެވެ. ފަން ވެފައި ބޮލެވެ.އަހަރެންނަކީ މޭކަޕް ވެސް ކުރާމީހަކީމެވެ. ޙާއްސަ ކޮށް ނަވީން އަށްޓަކައި ރީތި ވުމަކީ އަހަރެންގެ އުފަލެކެެވެ. ލޮލުގައި އަޅާފައި ހުރި އަނދުން އިތުރަށް ފަވާލީމެވެ. ލިޕްސްޓިކް ރީތި ކޮށްލީމެވެ. އަހަރެން ހުރީ ވަރަށް އުފާ ވެފައެވެ.

ކުއްލިއަކަށް އަހަރެން ގާ ވި ކަހަލައެވެ. އަތުގެ ހަރަކާތް ހުއްޓުނެވެ. އަހަންނާ ދިމާއަށް ލޯގަނޑުން އަހަރެން ބަލަހައްޓައިގެން ހުރީ ބީރައްޓެއްސަކަށް ބަލާ ނަޒަރުންނެވެ.

އަހަންނަކީ ކާކުކަން އަހަންނަށް އޮޅިފައިވާ ކަހަލައެވެ. ފޮހެވޭތޯ މަސައްކަތް ކުރަމުންދިޔަ ފިކުރުތައް ހިތުގައި ވަކިހިއްޕައިލިއެވެ. ނުވެސް އެނގި ހުއްޓައި ލޮލުން ކަރުނަ ފޭދެން ފެށިއެވެ. ހުވަފެނުގެ ބަގީޗާއެއްގައި އުދުހެމުން ދަނިކޮށް ކުއްލިއަކަށް ވަރަބިނދި ހުވަފެން ބިލާހަކަށް ވެގެން ހޭލެވުނީއެވެ. ރޯކަށް އަހަރެން ބޭނުމެއް ނޫނެވެ. ލޮލުން ކަރުނަ ވެއްޓިގެން މޭކަޕް ހަޑި ވާކަށް ވެސް ބޭނުމެއް ނޫނެވެ. އެކަމަކު ކަންތައް ވީ އެހެންނެވެ. އަހަރެންގެ ފިރިމީހާ އައިގޮތަށް އައިސް ބަލާވެސް ނުލާ ނިދަން އޮށޯތީއެވެ. އަހަރެން ރީތިވީ ކޮންބޭނުމަކު ހެއްޔެވެ؟

“ވަރަށް ފޫހިވޭ!”

މަޑުމަޑުން އަހަންނަށް ބުނެލެވުނެވެ

އަހަރެން ކޮންމެހެން އެ ވަރަށް މޭކަޕް ކުރާކަށް ނުވެސް ޖެހެއެވެ. އަހަރެން ދާން ތައްޔާރުވީ ލޯބިވެރިޔަކާ ބައްދަލު ކުރާކަށް  ޕާރޓީއަކަށް ދާކަށް ނޫނެވެ. ހަމައެކަނި އަހަރެންގެ ފިރިމީހާގެ ފަރާތުން ތައުރީފްގެ ބަހެއް ހޯދާށެވެ.އަހަރެން މޫނު ސާފުކޮށްލީވެ. އާދައިގެ ގޮތަކަށް ބޯ އައްސާލީމެވެ. ނިދަން ކާރިގަ އޮށޯތީމެވެ. އެކަމަކު، ހިތާމައިގެ އަސަރު މޫނުމަތިން ފާޅު ވާކަށް އަހަރެން ނޭދެމެވެ. ލޮލުން ފޭދެމުން ދިޔަ ކަރުނަ ފުހެވޭތޯ ބެލީމެވެ. ކަރުނައަކީވެސް ހާދަ ބޭވަފާތެރި އެއްޗެކެވެ. އަހަރެމެން ބޭނުން ނޫނަސް އާދެއެވެ. އުފާވިޔަސް އާދެއެވެ. ހިތްދަތިވިޔަސް އާދެއެވެ. ތަފާތަކީ ރަހައެވެ. ކަރުނައިގެ ރަހަ އެނގޭނީ ކަރުނަ އަޅާ މީހަކަށެވެ. އާއެކެވެ. އުފާވެރި ކަމުގަ ލޮލުން އޮހެމުންދާ ކަރުނަ ފޮނި ވާނެއެވެ. ހިތާމައިގެ ލޮލުން އޮހޭ ކަރުނައިގަ ލާނީ މަޑު ލޮނު ރަހައެކެވެ. މިއީތެދެއްތޯ އަޖުމަ ބަލާލާށެވެ. މިހުރިހާ ވާހަކައެއް ހިތަށް އެރި ނަމަވެސް ލޮލަކުން ކަރުނައެއް ނުއެއް ހިކުނެވެ. ފިރިމީހާވެސް އަޅާ ނުލިއެވެ. ތިޔަ ރޮނީ ކީއްވެތޯ ސުވާލެއް ނުކުރިއެވެ.  ދެން ހިތަށްއެރިއެވެ. ތެދުވެގެން ދަރިފުޅު ނިދަން އޮތް ކޮޓަރިޔަށް ދިޔައީއެވެ. ކިތަންމެ މޭކަޕެއް ކުރިޔަސް ނަވީން ބަލާކަށް ނައަންނާނެއެވެ.އަދިވެސް އަހަރެން ވީ އޭނައަށް ކަންކަން ފޮރުވަން ހެއްޔެވެ؟

ވާ ކަންތައް ނުވާ ކަމަކަށް ހަދައިގެން އުޅެންވީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ހިތްދަތި ވެގެން ގޮސް ނޭވާ ކުރު ވެއްޖެއެވެ. މިއީ ކޮންފަދަ އިމްތިޙާނެއް ހެއްޔެވެ؟
“ނަވީން! ދަނީ!”

ހެދުނު އޮފީހަށް ދަމުން ނަވީން އޮތް ކޮޓަރި ދޮރު ހުޅުވާފަ  އަހަރެން ބުނެލީމެވެ. މުޅި ރޭ އަހަރެން ހޭދަކުރީ ނަވީން އާއި ވަކިން ކުދިންގެ ކޮޓަރީގައެވެ. އަހަރެން ހޯދާކަށް ނަވީން ނުމެ އާދެއެވެ.

“މިއަދު ހިއެއް ނުވޭ އަވަހަކަށް އާދެވޭނެހެން ވަރަށް ގިނަ އެޕޮއިންޓްމަންޓް ވެސް އެބައޮތް އެކަމަކު އެތާ އުޅޭ ކުދިން އައިމާ ކާން ގެޔަށް އަންނާނަން” ނަވީން އެއްވެސް އެއްޗެކޭ ނުބުންޏެވެ. އަހަރެން މަޑުމަޑުން ދޮރުލައްޕާލާފަ ދިޔައިއެވެ.

އޮފީހަށް ދިޔުމުގެ ބަދަލުގައި އަހަރެންދިޔައީ އަހަރެންގެ އެކުވެރި ޝުއައިބު އާބައްދަލު ކުރާށެވެ. ބުނެވޭގޮތުން އެއީ ފެމިލީ މައްސަލަތަށް ހައްލު ކޮށްދޭމީހެކެވެ. ކައުންސިލިންދީ މީހުންގެ ހިތްހަމަޖައްސާ  ރަނގަޅު ޑޮކްޓަރެކެވެ. އޭނާއަކީ ވަރަށް ހަރުދަނާ މީހެކެވެ. ޕޭށަންޓުންގެ ލައިން ދިގު ކުރަން އެއްގޮތަކަށްވެސް އޭނާ މަސައްކަތެއް ނުކުރެއެވެ.  ދުވާލަކު ދިހަ މީހުންނަށް އޭނާ އެޕޮއިންޓް މަންޓް ލިބެއެވެ. އެއަށްވުރެ ގިނަ ނުކުރެއެވެ.  އަހަރެންނަށް އެކުލިނިކަށް ދެވުނު އިރު މާ ގިނަ މީހުނެއް އެ ތާ ނެތެވެ. ކޮންސަލްޓޭޝަން ރޫމަށް ވަންނަ މީހަކު ވީޔާ ވަރަށް ގިނަ ވަގުތު ނަގައެވެ.  އަތުގައި އޮތް ނަންބަރަށް އަހަރެން ބަލާލީމެވެ.  ދެމީހުން ނިންމާފަ ޖެހޭނީ އަހަރެންނެވެ. އަހަރެންނަކީ އެންމެ ފަހު މީހާއެވެ. ސުކޫލްގަވެސް އަހަރެންނަށް ލިބެނީ 10 ވަނަ އެވެ. މިނަމްބަރަކީ އަހަރެންގެ ޙަޔާތާ ގުޅިފައިވާ ނަމްބަރެކޭ އެއްފަދަ އެވެ. ދެން ޖެހޭނީ އަހަރެންގެ ނަންބަރެވެ. ނަރުސް ކުއްޖާ ގޮވާލަމުން އަހަރެން ކާރީ ބުނެލިއެވެ. އަހަރެން ބޯޖަހާލީމެވެ. މިހާރު އަހަރެން އިނީ ދެ ފިކުރެއްގައެވެ. އަހަންނަށް އެންމެ ރަނގަޅު ގޮތަކީ އެ ތަނުން ނުކުތުން ނޫންބާއެވެ؟ ނޫނީ ބޭޒާރު ވާން މަޑުކުރަންވީ ހެއްޔެވެ؟ ދާޙިޔާލުގަ ތެދުވި ތަނާ ނަރުސް ކުއްޖާ އަހަރެންގެ ނަމްބަރު އަރައިގެން އަހަރެންނަށް ގޮވާލިއެވެ. ބޭރަށް ދާން އެޅި ދެފިޔަވަޅު އަނބުރާ އަހަރެން އެތެރެއަށް އެޅީމެވެ. މަޑު ހިނގުމެއްގައި ގޮސް އަހަރެން ނަރުސް ކުއްޖާ ހުޅުވަ ދިން ދޮރުން އެތެރަށް ދެމިލީމެވެ.  ޑޮކްޓަރ ޝުޢައިބު އިންނެވީ  ފޮތެއްގެ ތެރެޔަށް ގެއްލިފައެވެ ދޮރަށް ފުރަގަސް ވާގޮތަށެވެ. އަހަރެން ކޮޅަށް ހުންނާނީ ބާވައޭ އިށީންނާނީ ބާވައޭ ހިތަށް އަަރާ ހުރީމެވެ.

ޑޮކްޓަރ ޝުޢައިބު އެނބުރިލާފަ އަހަރެންނަށް ވަރަށް ފުންނަޒަރަކުން ބަލާލިއެވެ. އަދި އިށީންނަން އިށާރާތް ކުރިއެވެ. ހީމޭން ކަމުގެ ވަގުތު ކޮޅެއް ދިޔައެވެ. އެވަގުތު ފޯނު ރިންގުވީ އަހަރެންގެ ނޫނީ އަހަރެމެން ދެމީހުންގެ ނަސީބެވެ. ކުއްލިއަކަށް އޭނާ ކާރީގަ ހުރި ފެންތަށިން ފެންކޯވަރެއް ބޯލަމުން އަހަރެންނާ ދިމާލަށް އެނބުރުނެވެ.  .
ޔޭސް!” އަހަންނާ ހަތަރު ކަޅި ހަމަ ކޮށްލަމުން ޝުޢައިބު ބުނެލިއެވެ. ”
ހިތް އަވަސްވީ އަހަރެންގެއެވެ.ހައިރާން ވެސްވީ އަހަންނެވެ. ޝުޢައިބުގެ މޫނުމަތިން އެއްވެސް ހައިރާންކަމެއް ނުފެނެއެވެ. އަހަރެން ހިނިތުންވެލީ ގަދަކަމުންނެވެ. ތަނުގަ ވާ ހިމޭންކަން ފުނޑު ކޮށްލީ އަހަރެންނެވެ. .
ނޭނގުނު ދޯ މަށެއް؟” އަހަރެން އެހީމެވެ.  ”
” “މަށަކީ ސައިކޮލޮޖިސްޓެއް،” ޝުޢައިބު ވަރަށް އޯގާތެރިކަމާ އެކުގައި ބުނެލިއެވެ.

“ތި ގޮނޑީގަ އިންނާނީ މަގޭ ޕޭޝަންޓު. އެއީ މަށަށް އެނގެން ޖެހޭ ވަރަކީ. ވެދާނެ ރަޙްމާ ހީކުރި ޝޮކު އަހަރެންގެ މޫނުމަތިން ނުފެނުނީމަ ކަމަށް މަށާ ތިޔަ ސުވާލު ތި ކުރީދޯ؟ މި ތަނަށް  ޕޭށަންޓު ވަނުމުގެ މާ ކުރިން މަށަށް އެނގޭނެ ވަންނާނީ ކާކުކަން. ދެންމި ނަމާ މި އެޑްރެހެއް ނޯޅޭނެ ދޯ؟ ހިނގާ އަސްލު މައުޟޫޢަށް ދަމާ! ކޮން ކަމަކު ތި އައީ؟” ޑޮކްޓަރ ޝުޢައިބު ވަރަށް ހަރުދަނާ ކަމާއެކު ބުނެލިއެވެ. އަނގަ ބެދުނީ އަހަރެންގެ އެވެ. ކުރެވުނު މޮޔަ ސުވާލަށްޓަކައި ލަދުގަތީވެސް އަހަރެންނެވެ. އަހަރެންނާމެދު އަބަދު މިކަހަލަ ގޮތްތަށް މިވަނީ ކީއްވެބާވައެވެ.

“ރަޙްމާ ދެން ވާހަކަ ދައްކަބަލަ މަށަކީ ރަޙްމާގެ ޑޮކްޓަރޭ..” އަނެއްކާވެސް ޑޮކްޓަރ ޝުޢައިބު ބުނެލިއެވެ. އަދި ނަރުސް ކުއްޖާ އެތަނުން ދިޔުމަށް އިށާރާތް ކޮށްލިއެވެ. ހީމޭން ކަމާއެކު އޭނާވެސް ދޮރު ލައްޕާލަމުން ދިޔައީ އެވެ،މިހާރު ތިބީ އަހަރެމެން ދެމީހުންނެވެ. ހަމަ އިންގޮތަށް އަހަރެން އިސްޖަހާލީމެވެ.
ޝުޢަައިބް އަކީ، ސުކޫލް ދައުރުގަ އަހަންނަށް ލޯބި ހުށަހެޅި މީހެކެވެ. އަހަރެން އެ ލޯބި ޤަބޫލު ނުކުރީއެވެ. ޝުއައިބުދެކެ އަހަރެންގެ ދައްތަ  ލޯބިވާކަން އަހަރެންނަށް  އޭރު އެނގެއެވެ.ޝުޢައިބުގެ ދަޢުވަތު އަހަރެން ގަބޫލު ނުކުރީ އެހެން ވެގެންކަން އަދިވެސް ޝުޢައިބުއަށް ނޭނގޭނެއެވެ. މީހުންނަށް ކަންކަން ފޮރުވައިގެން އުޅުމަކީ އަހަންނަށް ލިބިފައިވާ ހުނަރެކެވެ. އިއްތިފާގުން ނޫނީ އަހަރެންގެ ނަސީބު ދެރަކަމުން ޝުޢައިބު ކައިވެނި ކުރީ މުޅީން އެހެން މީހަކާއެވެ. އޭގެ ސަބަބެއް އަހަންނަކަށް ނޭނގެއެވެ. އެގޭކަށް ވެސް މިހާރު ބޭނުމެއްނޫނެވެ. ސަބަބަކީ އަހަރެންގެ  ހަޔާތާ ނަވީން ގުޅިފައިވާކަމެވެ. .

“ހޫން މިތަނަށް ވަންނަ މީހުން ވާހަކަ ދައްކައިގެން ކަންތަށް ހައްލުވާނީ ފައިގެ ބޮޑުވާ އިނގިލިން ބިންމަތި ކޮށްޓިޔަސް ވެގެން އުޅޭގޮޮތެއް މަށަށް ނޭނގޭނެ ކަމަނާ” ވަރަށް މަޑުމައިތިރި ކަމާއެކު ޑޮކްޓަރ ޝުޢައިބު ބުނެލިއެވެ.
“ޑޮކްޓަރު އަމިއްލަޔަށް ސުވާލުކުރޭ މަށަކަށް ނޭނގެ މަށަށް ވާ ގޮތް ކިޔައިދޭކަށް،”

އިސްޖަހައިލައިގެން އިނދެފައި އަހަރެން ބުނީމެވެ.
ޝުޢައިބު ހިނިތުންވެލިއެވެ. ވަރަށް މާނަ ފުން ގޮތަކަށެވެ. ސުކޫލް ދައުރުގެ ބައެއް މަޖާ ވާހަކަ ދެއްކިއެވެ. އަދި ކާރީ ހުރި ހޫނު ފެންޖަގު ޖައްސަމުން ކޮފީ ބޯނަންތޯ އަަހަރެން ކާރިން އަހާލިއެވެ. އެއްބަސް ވުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ. އަހަރެން ނުރުހޭ އެންމެ ސުވާލެއް ވެސް ވާހަކައެއްވެސް  ޝުޢައިބު ނުކުރެއެވެ. އަހަރުމެން ވާހަކަދެއްކީ، ދުވަސްވީ  ދެ އެކުވެރިން ވާހަކަދައްކާ ގޮތަކަށެވެ. ނުރަސްމީކޮށް، ސާދާ ބަހުރުވައިންނެވެ. ހެމުން ހެމުންނެވެ. ތެދެކެވެ. ޑޮކްއާއި ޕޭށަންޓުގެ ގުޅުން ވާންވާނީ އެހެންނެވެ. ހުސްވަމުން ދިޔަ ކޮފީތަށި ނިމެންވާއިރަށް އަހަރެންގެ ވާހަކަ ޑޮކް އަށް ކިޔާދެވުނެވެ.  އެ ތަނުން އަހަރެން ނުކުތީ އަހަރެންގެ މައްސަލަ ހައްލު ހޯދައިގެންނެވެ. އޭގެ ސަބަބުން، އޮޅުންބޮޅުން ވެފައިވާ ހާދިސާތައް ތަރުތީބު ކޮށްލަން ފަސޭހަ ވިއެވެ..
އަހަރެންގެ ކައިވެނި ގެންދަންވީ މިސްރާބު އަހަންނަށް ގެއްލުނީއެވެ. ކައިވެނި ކުރިތާ އަށް އަހަރު ވެއްޖެއެވެ. އަހަރެމެން ދެމީހުންނަށް ދަރިޔެއް ލިބިފަ ނެތެވެ. މައްސަލައަކީ މިއީބާވައެވެ.

ގިނަފަހަރު ކާންތިބެނީ ދެމީހުން އެކަނި ވީމަ ހެނދުނުގެ ނާސްތާކުރަން އަހަރެމެން ދަނީ ބުފޭހަދާފަ ހުންނަ ރެސްޓޯރަންޓަށެވެ. އެކަމަކު މިއީ މުޅިން ރަނގަޅު ގޮތް ނޫންކަން އަހަރެންނަށް އެނގެއެވެ. ފަތިހާ ތެދުވަން އަހަރެން ބޭނުމެވެ. އަމުދުން ނަވީން ހުރިއްޔާ ފަތިހު ތެދުވަން އަހަރެން ވަރަށް ބޭނުމެވެ.

ވަރަށް ފަތިހާ ހޭލައިގެން އަހަރެން ރޮށިފިހެ ސިނީސަންބޯލް ހެދީމެވެ. ތަފާތު ގޮތަކަށެވެ. ބޭނުންވީ ރެސްޓޯރަންޓަށް ނުގޮސް ގޭގައި ނާސްތާ ކުރާށެވެ. އާދައިގެ މަތިން ނަވީން އަހަރެންގެ ކައްކާފަ ހުރި ކާއެއްޗިއްސަށް ތަޢުރީފް ކުރިއެވެ.

އަހަރެން ހިނިތުންވެލީމެވެ. ފިރިމީހާގެ އެ ފަދަ ތަޢުރީފުތަކުން ހިތަށް ފިނިކަން ލިބޭކަމަށް ހެދުނީމެވެ.އެކަމަކު، ބޭރު ފުށުން ކިތަންމެ އުފާ ވެފައި ހުއްޓަސް އަހަރެންގެ ހިތަށް ވެރިވެފައި ވަނީ ފަޅުކަމެވެ. ނުތަނަވަސް ކަމެވެ. ހެނދުނު ހޭލީއްސުރެ ނިދަން ވަންދެން އަހަރެން އުޅެނީ ވަރަށް އަވަދިނެތިއެވެ.އޮފީސް ކަންތަކުގައެވެ. ފިރިމީހާއަށް ކޮށްދޭން ޖެހޭ ކަންތައްތަކަށް ވުރެއޮފީސް ކަންތަށް ގިނައެވެ. އަހަރެމެންގެ ވިޔަފާރިއަށް މީހުން ލާފަތިބެއެވެ. އެކަމަކު އެއީ ނަމަކަށެވެ.

ގޭތެރޭގައި ކުރަން ހުންނަ ކަންތައްތައްވެސް އެހާ ގިނައެވެ.އަހަންނަކީ ދުވާލު ޗާބީ ދީފައި ހުންނަ ބުދެކެވެ.ހިއްސުތައް ސަލާމަތުން ހުރި އިންސާނެއްހެން ޚުދު އަހަންނަކަށް ވެސް ހިއެއް ނުވެއެވެ. ރޭގަނޑު ނިދަންވީމާ ޝަޓް ޑައުން ކޮށްލަނީއެވެ. އަހަރެންނެކޭ ހިންދީ ލައިފް އޯކޭ ޗެނެލް އިން ދައްކާ “ބަހޫ ހަމާރީ ރަޖްނީ ކާންތު” ގަ އުޅޭ ރޮބަޓް އާއި އެއްގޮތެވެ އަހަރެންގެ އުފާތަކާއި އުންމީދުތައް ކޮބައި ހެއްޔެވެ؟ އަރާމާއި އިހުސާސްތައް ކޮބައި ހެއްޔެވެ؟ އަހަރެން ބޭނުންވި ދިރިއުޅުން ކޮބައި ހެއްޔެވެ؟
ފިރިމީހާ،ހަމައެކަނި ނަމަކަށް ބަދަލު ވެއްޖެއެވެ. ލޯބި، ކުލުނަށް ބަދަލު ވެއްޖެއެވެ. ދެމަފިރިކަމުގެ ގުޅުން، ވަޒީފާއަކަށް ބަދަލު ވެއްޖެއެވެ. ގަޔާވުމެއް ނެތް، ހިތްހަމަޖެހުމެއް ނެތް، ފޫހިދިރިއުޅުމަކަށެވެ. ހަޔާތަކީ ވަޒީފާއަކަށް ބަދަލު ވީ ނުވެސް އެނގޭހާލުގައެވެ.

ޒަވާޖީ ހަޔާތަށް އައި ހީނަރުކަމެއް ވެސް ނުވިސްނެއެވެ.ފިރިއެއްގެ މަޤާމުން ވިޔަފާރީގަ ވާނުވާ އަހާ މީހަކަށް ނަވީން ބަދަލު ވީއެވެ. މާނަޔަކީ ދުރުގަ ރިސޯޓުގައިހުރެގެން ހަމައެކަނި އޭނާ އަހާ ވާހަކަޔަކީ ވިޔަފާރީގެ ވާހަކައެވެ. މިއަދު ޝޮޕަށް ކިހާވަރެއް ލިބުނުތޯ ކިތައް މީހުން ވަންތޯ ސުވާލުކޮށް އަހާލައެވެ. އަހަރެންގެ ހާލު އަހާނުލައެވެ. އަހަރެން ނެތިގެން އޭނާ މިސްވާވާހަކައެއް ނުބުނެއެވެ. މިސްނުވަނީ ކަންނޭނގެއެވެ. އަހަރެންނަކީ ޝަކުވާ ކުރާމީހެއް ނޫނެވެ. އެހެންވެ ހިމޭނުން ކަންތަށް ވާނެ ގޮތަކަށް ވާންދޫކޮށްލައިގެން އިންނަނީއެވެ. ހިތާ ހިތުން ރޯލަ ރޯލަ އެވެ.

ނަވީން ކުރިން އަހަރެންނަށް ދިން ލޯބި ހަނދާން ނެތުނީއެވެ. އަހަރެން އެ ވާހަކައެއް ނުދައްކަމެވެ. އެ ކަން އޮންނާނީ އެހެން ކަމުގައި ގަބޫލު ކޮށްލީއެވެ. ކޮންމެ ދުވަހަކު އަހަރެން ވަނީ އަހަރެންގެ އަމިއްލަ ހިތާއި، ޒަމީރާއި، ހަނގުރާމަ ކުރާ ފަހުލަވާނަކަށެވެ.

ކުރިން ނަވީންގެ ލޯބި ލިބުނީ ބިޓެއް ގެ ގޮތުގައި ހުއްޓާ ތާއެވެ. ކައިވެނި ވީމާ ކުރީގެ ގޮތް ބަދަލު ވާނެ ކަން  އަހަރެންގެ މައުސޫމް ހިތަށް ވިސްނަ ދިނީމެވެ.

އަރުތެރޭގައި އުފެދޭ ކަރުހިއްކުން ފިލައިގެން ދަނީ ފެންފޮދެއް ނުލިބިއެވެ. ގޭގެ މަސްޢޫލިއްޔަތު ކޮނޑުގައި އަޅައިގެން އަހަރެން ހިންދެމިލީ އުއްފު ވެސް ނުބުނެއެވެ. ދެ ފައި ތުރުތުރުއަޅާ ހާލުގައެވެ. ޝަކުވާ ކުރަންވީ ދަނޑިވަޅު ހަނުހުރުމަކީ، ލޯބީގެ ހުޅުކޮޅަށް ޖެހިލާ ފުރަތަމަ ރޯޅިއެވެ. ސުކޫލް ޗުއްޓީވީމާ ގޭގަ ޢާއިލާގެ އެންމެން ތިބޭތީ އެކަހެރި ވަގުތު ކޮޅެއް ނުލިބެއެވެ.އެފަދަ ވަގުތުކޮޅަކަށް އަހަރެން ބޭނުން ވެފައިވާ މިންވަރު ނަވީން ނުވިސްނައެވެ.ގެޔަށް އައިސް އަހަރެންގެ ކޮއްކޮ މެންނާ އެކު ނަވީން މަޖާކުރެއެވެ.

އަހަރެން ހިތަށްއެރިއެވެ. އަހަރެން ވާންވީ އުފާ ހެއްޔެވެ؟ އާއިލީ އުފަލަކީ އަހަރެންގެ ވެސް އުފަލަށް ވާން ޖެހޭނެއެވެ. ނޫން ނަމަ، އަހަރެން އަމިއްލަ އެދުން ބޮޑީ ހެއްޔެވެ؟ ހަމައެކަނި އަހަރެން އަމިއްލަ  ނަފުސާއި ދޭތެރޭގައި ވިސްނަނީ ހެއްޔެވެ؟
އަހަރެންގެ ހިތަށް ވެރިވެފައިވާ ފަޅުކަން ދެނެހުރީ ކާކު ހެއްޔެވެ؟ ކައިވެންޏަކީ އުޅަނދެކެވެ. އޭގެ ހުންގާނު، ގިނަ ވަގުތު އޮންނަނީ ފިރިމީހާގެ އަތުގައެވެ.އެ ހުންގާނަށް އިތުރަށް ސަމާލު ވާން ޖެހެއެވެ. މަންޒިލަށް ދަތުރު ކުރަން ޖެހެއެވެ.

އަހަރެންގެ ސިފައަށް ތަޢުރީފު ނުކުރިޔަސް ހެވެވެ. އަހަރެންގެ ހެދުމުގެ ރީތިކަމަށާއި، ކެއްކުމުގެ ކުޅަދާނަކަމުގެ ވާހަކަ ނުދެއްކިޔަސް ހެވެވެ. އެހެން ކިތަންމެ ބަޔަކު ވެސް އެ ކަން ކޮށްދެއެވެ. ނަވީންއަށް ވުރެ މާ ކުޅަދާނަކޮށް އެ ކަން ކުރާ މީހުންނާ ދިމާވެއެވެ. އެހެންވުމުން، އަހަންނަށް އިހުސާސް ކުރެވެނީ ތަޢުރީފު ކުރަން ވެސް ނަވީން އަށް ކިހާ ނޭނގޭ ކަމެވެ. ފިރިޔަކީ ހަމައެކަނި އޭނައަށް ކޮށްދެވޭ ކަންތައްތަކެއްގެ ސަބަބުން ޚާއްޞަވާ ބައިވެރިއެކެވެ. ހަމައެކަނި އޭނައަށް ނޫނީ ނުބުނެވޭ ލަފުޒުތަކެއްގެ ސަބަބުން މަތީ ހަރުފަތެއްގައި ބެހެއްޓިފައި ހުންނަ ޖާދޫގަރެކެވެ. އަހަރެންގެ ހިތުގައި ޖަހާ ވިންދުގެ އަޑު އަހަރެންގެ ފިރިމީހާއަށް އިވެން ޖެހޭނެއެވެ. އަހަރެން ބުނާކަށް ނުޖެހޭނެއެވެ. އަހަރެންގެ ވަރުބަލިކަން ފިލުވައިލަދޭން އޭނައަށް އެނގެން ޖެހޭނެއެވެ. އެސްފިޔަތަކަށް ލޮޑުކަން ގެނެސްދިނުމުގެ ހުނަރު އޭނަގެ ކިބައިގައި ހުންނަން ޖެހެއެވެ.ލޮބުވެތި އަދާ ތަކުން އަހަރެން ހެއްވަން ޖެހޭނެއެވެ. ކޮންމެ ކަމަށް އެކަށޭނަ ހާލަތާއި ދަނޑިވަޅު ވިސްނެން ޖެހޭނެއެވެެ.
ޑޮކްޓަރ ޝުއައިބުއާ އަހަންނާ ދެމެދުގައި އޮންނަ ގުޅުން ބަދަހިވަމުންދިޔައެވެ.ވަރަށް ގިނަވަގުތު އޭނާ އަހަރެންނަށް ގުޅާފަ ހާލު އަހައެވެ. ކައިފިންތޯ ސުވާލު ކުރެއެވެ. ރޭގަ ނިދަން އުނދަގޫވިތޯ އަހައެވެ. އެ ސުވާލުތަކާ އަދާތަށް ކިހާ މަޢުސޫމް ހެއްޔެވެ. އެކަމަކު އެއީރަސްމީ ކަމެއްކަހަލައެވެ، ޑޮކް އަކާއި ޕޭޝަންޓުގެ ގުޅުމެވެ.އަހަރެންނަށް އެކަމުން ފޮނިކަމެއް ލިބެއެވެ. ގައިމު ވެސް އަހަރެންގެ ހިތުގައި ކިލަނބުކަމެއް ނެތެވެ. ޑޮކްޓަރެއްގެ މަޝްވަރާ އަހަރެން ހޯދީ އަހަރެންގެ ކައިވެނިން ކެނޑެމުންދިޔަ ފޮނި ރަހަ އަލުން ގެނައުމަށް ޓަކައެވެ.

އަހަންނާއި ނަވީންއަށް ނޫނީ ނޭނގޭނެ ކަހަލަ ޒާތީ ވާހަކަތައް ވެސް ޑޮކްޓަރ އާއި އަހަރެން ދެއްކީމެވެ.އަމިއްލަ އަޑުން އެ ފަދަ ވާހަކަތައް ދައްކަން ނުކެރިގެން އަހަރުމެންވާހަކަދެއްކީ ފޭސްބުކް މެދުވެރި ކޮށްގެންނެވެ..
“ނަވީން ކައިރިން ބޭނުމެއް ނޫން ވަރިވާކަށް،”

ފެންކަޅި ވެފައި އިނދެގެން އަހަރެން ލިޔުނީމެވެ.

“އަސްލު އޭނައަކީ ވަރަށް ކެއަރިން މީހެއް. ވަރަށް ޒިންމާދާރު ވަރަށް ނައިސް މީހެއް. އެކަމަކު، މަ ހެޕީއެއް ނޫން. ހުރިހާ ވަގުތެއްގަ ވެސް އެކްޓު ކޮށްގެން މި އުޅެނީ. ވަރަށް ވަރަށް އުނދަގޫ ލައިފެއްގަ މި އުޅެނީ”.
ޝުއައިބު ބޭނުންވީ ނަވީން އާ ވެސް ވާހަކަދައްކާށެވެ. އަހަރެން އިންކާރު ކުރީމެވެ. އަހަރެމެން ދައްކާފައިވާ ވާހަކަ ނަވީން އަށް އެނގިއްޖެއްޔާ ނަވީން ލަދުގެންފާނެ ކިތަންމެ ވާހަކައެއް ޝުއައިބު ގާތުގައި ދެއްކިއްޖެއެވެ. އެ ނޫން އެހެން ގޮތެއް ނެތީއެވެ.ބައްޔެއްގެ ޝިފާ ހޯދޭނީ ޑޮކްޓަރު ގާތުގައި ތެދަށް ވާހަކަދައްކައިގެންނެވެ.

އަހަރެންގެ މަޤްޞަދަކީ، ރައްޓެހިވެގެން އުޅުނުއިރު ބައްދަލުވި ނަވީން އަލުން އަނބުރާ އަހަރެންގެ ޙަޔާތަށް އައުމެވެ.  ޝުއައިބުގެ އެހީގައެވެ. ހެދިދާނެ ވަރަށް ގިނަ ގޮތް ޝުއައިބު ކިޔައިދިނެވެ…
“ތި ނޫން އެހެން ގޮތެއް.”

ކޮންމެ ފަހަރަކު ވެސް އަހަންނަށް ބުނެވެނީ އެހެންނެވެެެ.
“ރައްޓެހިވެގެން އުޅުނުއިރު ނަވީން އަބަދު ފޭސްބުކް އިން އަހަރެންނާ ވާހަކަ ދައްކާ.ސުކައިޕުން އަހަރެން ނުފެނިއްޖެއްޔާ ނުނިދާ. އެކަމަކު މިހާރު އެއީ މުޅިން އެހެން މީހެއް. އަހަރެންގެ ކައިރީ ހުންނައިރު ރައްޓެހިންނާ ވާހަކަ ދެއްކުމަށް އަބަދު ފޭސްބުކް އަށް ވަދެފަ އިންނަމީހާ،ރިސޯޓަށް ދިޔުމާ އެކު ނުވެސް ފެނޭ ޗެޓަކުންވެސް”.

ޝުއައިބު ކާރީ ޗެޓުން އަހަރެން ބުނީމެވެ. އެންމެ ކުޑަ މިންވަރުން މިހާރު ނަވީން އަށް އަހަރެންނަށް ގުޅާލުންވެސް އޮންނަނީ ބޮޑުކަމަކަށް ވެފައެވެ.އަހަރެން ދެތިން ފަހަރު ގުޅާފީއްޔާ ނަވީން ގުޅަނީ އެއްފަހަރު އެވެ. މިއީ މިހާރުގެ ހާލަތެވެ. ގުޅޭ ފަހަރުވެސް ކޮންމެސް ޒުވާބެކެވެ،ހިތްހަމަ ނުޖެހިގެން ފޯނުބާއްވަމެވެ. ރޮއިރޮއި ނިދާލަނީއެވެ. މިއީ ވެސް ދިރިއުޅުމެވެ. އަހަރެންގެ އުފަންދުވަހެވެެެ.އާގޮތަކަށް އުފަންދުވަސް ފާހަގަ ކޮށްލަން ބޭނުންވެގެން އަހަރެމެންގެ ކޮޓަރިގެ އެނދު ތަފާތު މާތަކުން ފުރާލީމެވެ. ކުޑަމޭޒެއް ސޯފާކައިރީގަ ބަހައްޓާލީމެވެ.އަދި އޭގެ މަތީގަ ޕިއްޒާއަކާއި ދެތަށި ކޯކް ބަހައްޓާލީމެވެ. އަދި އުފަންދުވަހުގެ ކޭކް ބަހައްޓާލީމެވެ.މާބޮޑު އުންމީދުތަކެއް އޮތީއެއްނޫނެެވެ. ބޭނުންވިކަމަކީ ނަވީން އާއި އެކު އަހަރެންގެ އުފަންދުވަސް އާގޮތަކަށް ފާހަގަ ކޮށްލުމެވެ .ދެމީހުން އެކަނި އެެވެ. ރިސޯޓުން ނަވީން އައީ ހަވީރުއެވެ. މުޅި ދުވަސް ކޮޓަރި ޑެކެރޭޓް ކުރަން ހިތަކަށް އަހަރެންނަށް ލިބުނެވެ.

ކޮޓަރިއަށް ވަދެފަ ތަނުގެ އަލި ފަނޑުކޮށްލާފަ ނަވީން އައިސް ޖެހިގެން ހުރި ގޮޑީގައި އިށީނެވެ. ކޭކް ފެޅީ ދެމީހުންނެވެ.އެއްވެސް ހަދިޔާއެއް އަހަރެންނަށް ނުލިބެއެވެ.އެންމެ ކުޑަމިނުން ކިސްއެއް ނުލިބުނުތާ ވިޝްވެސް ކޮށްނުލައެވެ. .ލިބުނު މާޔޫސްކަމެއްގެ ސަބަބުން ހިތަށް ވަރަށް ތަދުވިއެވެ. ކުރެވުނު ބުރަމަސައްކަތުގެ ވަރުބަލިކަން އަހަރެންނަށް އިހްސާސްވީ ދެނެވެ.

އަހަރެން ހައިރާންވީ،ތަނަށް ވެރިވެފައިވާ ލެމަން ގުރާސްގެ ވަހާއި،ދިމާއަށް ފެންނަން އޮތް މާބޮނޑި އާއި، ލެޕްޓޮޕުން އިވެމުންދިޔަ ރޮމޭންޓިކް މިޔުޒިކަށް ނަވީންގެ ސަމާލުކަން އެއްވެސް ވަރަކަށް އަތުނުލެވުމުންނެވެ.
އާދައިގެ ރޭތަކާ އެއްގޮތަށް އަހަރެން ރީތިވެލައިގެން އައިސް އެނދުގައި އޮށޯވެލީމެވެ.ނަވީންްވެސް  އައިސް އަޅާވެސް ނުލާ އޮށޯތެވެ. ލޯބީގެ ހުޅުކޮޅު ނިވުނުތަން އަހަރެންގެ ލޮލަށް ފެނުނު ކަހަލައެވެ. ދެން އެ ހުޅުކޮޅު ރޯކުރަން ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ނަވީންގެ ދިރިއުޅުން ބަދަލުވެ، އެ ބަދަލަށް އަހަރެން އާދަވެ ނިމިއްޖެއެވެ. އަހަރެން އުންމީދު ކުރާ ގޮތަކަށް ދެނެއް ނަވީން އާއި އެކު ދުނިޔެއެއް ނުފެންނާނެއެވެ. އަނގައިން ނުބުނެވޭތޯ ކެއްކޮށްފަ އަހަރެން ވާހަކަ ދައްކަން ފެށީމެވެ. އެހެނަސް ނަވީން އޮތީ ނިދާފައެެވެ.
ކައިވެންޏަށް ފަހުގައި، ކޮންމެ މީހަކަށް ވެސް އިވެނީ އެ މީހަކު އަޑުއަހަން ބޭނުންވާ ތަންކޮޅުގެ އަޑުު އެކަންޏެވެ.
އަހަރެން ދިން އެތައް ސިގުނަލެއްގައި  ނަވީން އަޅައެއްނުގަތެވެ. އަނބިމީހާގެ ޙަޤީޤީ ބޭނުމެއް ނަވީންއަށް ނޭނގުނެވެ. އަހަރެން ދިނީ ލޯބީގެ ކެކުޅުންތަކެއް އުތުރިއަރަމުންދާ ކަމުގެ ސިގުނަލުކަމެއް ނުވިސްނުނެވެ. އާނއެކެވެ. ބޭނުންވާ ކަންތައް ދުލުން ބުނެވުނީހެވެ. އަކުރުން އަކުރަށެވެ. ފިލިން ފިއްޔަށެވެ. އެކަމަކު އެ އަށް އަހަރެން ލޯތްބެކޭ ނުކިޔަމެވެ. ކައިވެނީގެ އުފަލަކީ، ކޮންމެ ފަހަރަކު ބުނެކިޔައިގެން ހޯދޭނެ އެއްޗެއް ނޫނެވެ. އެއީ އެއަށްވުރެ މާމާތް ގުޅުމެކެވެ. ލޯބީގެ ހުޅުކޮޅު ނިވުނަ ނުދިނުމަށްޓަކައި ދެމީހުން މަސައްކަތް ކުރަންޖެހެއެވެ.

ޙަޔާތުގެ ޑައިރީގައި ލިޔަންޖެހެނީ އަހަރެން އެކަންޏެއް ނޫނެވެ. އޭގެ ސޮފްހާތަކުގައި ކުލަ ޖައްސާނީ ދެމަފިރިންނެވެ. ތެދެކެވެ. އަހަރެންގެ ވޭނާއި އުދާސް އަހަރެން މިލިޔަނީ ވާހަކައެއްގެ ގޮތަށް އަހަރެން އަމިއްލަޔަށެވެ.  އަހަރެން ދަންނަ ފުރެއްޑުން ބުނާނީ ރަހްމާ އެލިޔުނީ ހަމަ ރަހްމާގެ ހަޔާތުގެ ވާހަކައޭ އެވެ.

“މަހިތަށް އަރާ މަށަށް ވެސް ސިންޑުރެއްލާއަށް ލިބުނު ކަހަލަ ޖާދޫ ގެ މާމައެއްލިބޭނެ ނަމައޭ، ވަގުތުން ޖާދޫއިން ހުރިހާ ކަމެއް ހައްލުކޮށްލާނަމެެވެ.” ފޭސް ބުކްް ޗެޓުން  ޝުޢައިބު ކާރީ ބުނީމެވެ.

ޝުޢައިބު އާދަވެ ގުޅައެވެ. ޙަބަރު ބަލާލައެވެ. ސަމާސާވެސް ކުރެއެވެ.
އަޅެ، އަހަންނަށް ނަވީން ބޭވަފާތެރިވާނެ ނަމަ ކިހާ ރަނގަޅު. އޭރުން ގިލްޓީ ނުވެ މަށަށްއޭނަޔާ ވަކިވެވުނީސް”  .”
އަހަރެން އެ ކަހަލަ އެއްޗެއް ބުނާނީ ކިހާ ހިސާބަކަށް ދިޔައީމަކަން ޝުޢައިބަށް ވިސްނެއެވެ. އެހެންނަމަވެސް، ޖަޒުބާތުގައި އަހަރެން ޖެހުނަ ނުދޭން ޝުޢައިބު މަސައްކަތް ކުރިއެވެ  .

“ރަޙްމާ ތީ ހެއްވާ މަންޖެއެެއް،” ސަމާސާ ރާގެއްގައި ޝުޢައިބު ބުންޏެވެ.

“ކުރިއަކުން ނޭނގޭތަ ރައްޓެހިވެގެން އުޅޭއިރު އުޅޭ ގޮތަށް އެކަކު ވެސް އިނީމަކާ ނޫޅޭނެކަމެއް. ގޭމީހުންގެ ކުރިމަތީ މާރޮމްވެގެން ނޫޅެވޭނެކަމެއް ނޭނގޭތަ؟ އެެހެންނޫނަސް ކާކުތަ އަބަދު ލޯބީ ޔޭ ޑާލިންގޭ ބޭބީޔޭ ކިޔާނީ ކާވެނީގެ ފަހުން”
“ޝުޢައިބު ބުންޏަސް ތި ވާހަކަ ގަބޫލެއް ނުކުރާނަން،”

އަޑަށް ބާރުލާފައި އަހަރެން ބުނީމެވެ.

“ރައްޓެހި ވެގެން އުޅުނުއިރުގެ ފީލިންގްސް ފަހުން ވެސް ހުންނަން ޖެހޭނެ. އެކަކު ފެނުމުން އަނެކަކުގެ ހިތުގެ ވިންދު އަވަސް ވާން ޖެހޭނެ. ކުރިން ކުރެވުނު ސަމާސާތައް ފަހުން ވެސް ކުރާހިތް ވާން ޖެހޭނެ. ކޮންމެވެސް ލާނެތްކަމެއް ކުރަން ހިތް އެދެން ޖެހޭނެ. ކުރިން ދިޔަހެން އެކުގައި އަތުގުޅައިގެން ހިނގާލަން ދެވެން ޖެހޭނެ. ސައިކަލް ބުރުވެސް ޖަހަންގެންދަން ޖެހޭނެ. ފަލަވީކީ އަހަރެންގެ ކުށަކުންނޫން. ކަޅު ހެދުން ލީމާ އަހަރެން ތާންގި ފަޅިޔަކަށްވިޔަސް އަހަރެންނާ އެކު ހިގާލަންދާން ލަދުގަނެގެން ނުވާނެ. އަހަރެންގެ ރީތި ކަމަށް ތަޢުރީފް ކުރުން ހުއްޓާ ލައިގެން ނުވާނެ. ކައިވެންޏަށް 10 އަހަރު ވިޔަސް ލޯބި ނިވިގެން ނުވާނެ، ވާހަކަދައްކާލަން ތިބެވެން ޖެހޭނެ. އަނެކަކު ރަކިވާ ކަހަލަ އެއްޗެހި ބުނެލެވެން ޖެހޭނެ. ކައިވެންޏަށް ދުވަސް ވިޔޭ ކިޔާފަ  މުޅިން އެހެން މީހަކު އަހަރެންގެ  ލޯބީގެ ގަނޑުވަރުގައި އުޅެގެން ނުވާނެ. ކައިވެނި ކުރާއިރަށް ލައިފް ނުޖެހޭ ވަޒީފާއަކަށް ބަދަލު ވާކަށް.  ނަވީން ރައްޓެހި ވެގެން އުޅުނުއިރު އެ ފެނުނު ސިފަތައް ދެކެއޭ މަ ލޯބިވީ. އެ ކަންކަން ދޫކޮށްލާފަ، ކުރިން ނެތް ކަންތައްތަކެއް މި ފެންނަން ފެށީ”.”

“މިސާލަކަށް؟” ޝުއައިބު ސުވާލު ކުރިއެވެ.”

ހުރިހާ ވާހަކައެއް ޝުއައިބު ގާތަކު ވެސް ނުދެއްކެއެވެ. ވައިފަކަށް ވުމަކީ، އަހަރެން ކުރިމަތީގައި ބޭނުންހާ ކަމެއް ކުރުމަށް ފިރިމީހާއަށް ދެވޭ ހުއްދައެއް ނޫނެވެ. ކޮންމެ ކަމެއް ކޮށްފައި ހިނިގަނޑަކުން ނިންމައެއް ނުލެވޭނެއެވެ. އަޑުގެ ކޮޅަށް ވައި ލާފާނެއެވެ. ވަސް ނުބައި ކޮށްފާނެއެވެ. ކުދިކުދި ކަންތައްތައްކަން އެނގެއެވެ. އެހެންވިޔަސް، އެ ފަދަ ކަންކަން ކުރުމުން އަހަރެން ފަކުރުގަންނަކަން ނަވީންއަށް އެނގެން ޖެހޭނެއެވެ.  އަހަރެންގެ ލޮލަށް ފެންނަ މަންޒަރުތަކުން  ނަވީން އަށް އަހަރެންގެ ހިތުގައި ދެވިފައި އޮންނަ މަޤާމަށް ބަދަލު އާދެއެވެ.ހަތަރުދަމު، އެންމެ ގާތުގައި ހުންނަ މީހާ ކުރާ ހަރަކާތްތަކުން އޭނަޔާ ދޭތެރޭ ދެކޭ ގޮތް ބަދަލު ވެއެވެ. އަބަދަކު އެއް ވާހަކައެއް ނުދެއްކޭނެއެވެ. ޙަޤީޤަތުގައި ނަވީން ގާތް ވުމުން އަހަންނަށް މިހާރު ލިބެނީ ނުތަނަވަސްކަމެކެވެ. ކިތަންމެ މަސައްކަތެއް ކުރިޔަސް އެ ނުތަނަވަސްކަމެއް ނުފިލައެވެ. މީ ލޯތްބެއް ނޫނެވެ. ޤުރުބާނީއެކެވެ. އިރެއްގައި ލޯބި ވެވުނު މީހާއަށް ޓަކާ ވާޤުރުބާނީއެވެ.  .
“އަޅާނުލާ!”

އަހަރެން ޖަވާބު ކުރުކޮށްލީމެވެ.
ހިތުގެ ވިންދު އަވަސް ވާން ޖެހެނީ ތަންމައްޗާ ހިސާބަކުން ނޫނެވެ. ފިރިމީހާ ބަލައިލާ ގޮތާއި، ބުނެލާ ލަފުޒު ވެސް ހަޔާތުގަ މާނަ ފުން ދައުރެއް އަދާ ކުރެއެވެ. އެ ފަދަ ކުދިކުދި ކަންތައްތައް ނަވީން ހަނދާން ނެތެން ފެށުމުން އަހަރެންގެ ހިތް ރޮއެހަދައެެވެ.

އެ ރުއިން އަޑުނާހައި، އަހަންނަށް އުފާ ހޯދައިދިނުމުގެ ބޭނުމުގައި ނަވީން ދެން ކުރި އެއްވެސް ކަމަކުން އަހަރެންގެ ހިތެއް ނުފުރުނެވެ. ހިތް ނުފުރުމުން ހަށިގަނޑު ނުރުހުން ވެއެވެ. ސިކުނޑިއަށް އިހުސާސް ފޯރުކޮށްދިނުން ހުއްޓައިލައެވެ. އެއް ފަހަރު ވެސް އެ ކަން ހުއްޓައިލައިފި ނަމަ ދެން އަލަކުން ނުފަށައެވެ. އެހާ ހިސާބުން މަޖުބޫރު ވަނީ ކައިވެނި ރޫޅާލާށެވެ. ނުވަތަ ފިރިމީހާއަށް ދޮގުހަދާށެވެ. ނުލިބުނު އުފާ ލިބުނުކަމަށް ހެދޭށެވެ. ކައިވެނި ހިމާޔަތް ކުރަން ބޭނުން ވާތީއެވެ. ފިރިމީހާ ހިތުގައިޖައްސަން ބޭނުން ނުވާތީއެވެ. މުސްތަޤްބަލު ރައްކާތެރި ކުރަން ބޭނުން ވާތީއެވެ. ދަރިން ލިބުމުން ކައިވެންޏަށް ފަހުގައި ދެން މުޅި އުމުރު އުފަލުގައި ހޭދަ ކުރެވޭނެހެން ހީކުރެވެއެވެ. އެކަމަކު، އެއީ ކުރެވޭ ކުށްހީއެކެވެ. ކައިވެންޏަށް ފަހުގައި ވެސް އަދި ދަރިން ލިބުމުން އޮންނަނީ ޒިންމާ ބޮޑު ހަޔާތަށް ފެށިފައެވެ. ބުރަ ދިރިއުޅުމެކެވެ. އެއް މައްސަލައަށް ފަހު އަނެއް މައްސަލައެވެ. އެކަމަކު ހިތް އެދެނީ ފިރިމީހާގެ ލޯތްބާ އަޅާލުމެވެ. މިއީ ހުރިހާ ކަމެއްގެ ހައްލެވެ.  .

އެއްފަހަރާ ދެ އަލިފާންދަނޑީގައި ރޯކުރިޔަސް އޭގެ ހުޅުކޮޅުގެ އުމުރު ވަރަށް ކުރު ވާނެއެވެ. އަލިފާންދަނޑި ނިވުމުގެ ކުރިން އަލުން ހުޅުކޮޅެއް ރޯކުރަން ޖެހޭނެއެވެ.ފިރިއެއްގެ ކިބައިގައި އެ ހުނަރު ހުންނަން ޖެހެއެވެ. ނަވީންއަށް ދޮގުހަދަން އަހަންނަށް މަޖުބޫރެވެ. ހުރިހާ އުފަލެއް ލިބެއޭ ކިޔައި އޮޅުވާލުމަކީ އަހަރެން އެންމެ ބޭނުންވި ގޮތެއް ނޫނެވެ. އެކަމަކު، ކައިވެނި ރޫޅޭކަށް ބޭނުމެއް ނޫނެވެ. ނަވީން ދޫކޮށްލާކަށް ހިތަކަށް ކެތެއް ނުވިއެވެ. އަހަރެން އުފާކޮށް ނުދެވުނަސް ވެހެވެ.

އަހަރެންގެ ފިރިމީހާއަށް ވުރެ އޯގާތެރި ފިރިއެއް ނުހުންނާނެއެވެ. އޭނަގެ އެހީތެރިކަމާއި ހެޔޮކަން އަދަދެއް ނުކުރެވޭނެއެވެ. އުފަލާއި ހިތާމައަކީ ވެސް އެއީއެވެ. ލޯތްބަށް އެދި ސަލާންޖަހަމުން ގޮސް އެންމެ ފަހުން އަހަރެންގެ ހަށިގަނޑު ފިނި ވެއްޖެއެވެ. މީ ވަރަށް ހިތްދަތި ދިރިއުޅުމެކެވެ. ކަމެއް ނުވެސް ވާ ކަމަށް ހެދިގެން އުޅެވިދާނެއެވެ. އެހެންނަމަވެސް، ހިތަށް ވަރަށް ތަދުވެއެވެ. ގިނަ ރޭރޭ އަހަރެންގެ ލޮލަކަށް ނިންޖެއް ނާދެއެވެ. އަހަރެން ފެންނަ މީހަކަށް ހީވާނީ އަހަރެން ވަރަށް އުފަލުގައި އުޅޭހެންނެވެ. އެއީ ބޭރުފުށަށް އަހަރެން ދައްކާ ދަޅައެކެވެ. ޙަޤީޤަތުގައި، އަހަރެންގެ ހިތުގެ ސަހަރާއަކަށް ހަނދުވަރުގެ އަލިކަމެއް ނުފޯރައެވެ. އެހެން ވިޔަސް އަހަރެން މިހެން އުޅޭނަމެވެ. އަހަރެން ނަވީން ބޭނުން ވާ ވަރަށް ވުރެ މާ ބޮޑަށް ނަވީންއަށް އަހަރެން ބޭނުން ވެއެވެ. އެކުގައި އުޅެން އަހަރެން ބޭނުންވާ މީހަކީ ނަވީންއެެވެ. އަހަރެން ވަރި ވެއްޖެއްޔާ ނަވީން ވަރަށް ދެރަ ވާނެއެވެ. ވަރަށް އެކަނި ވާނެއެވެ. އެ މަންޒަރު ފެނުމަށް ވުރެ އަހަރެންގެ ފުރާނަ ގެންދެވިޔަސް މާ ރަނގަޅެވެ. އެކުގައި އުޅުމަކީ އަހަރެންގެ އަމިއްލަ ނިންމުމެކެވެ. އެހެން މީހަކު ކުށްވެރި ކުރާކަށް ނެތީމެވެ.

މާބަނޑު ދުވަސްވަރުގެ ވޭނާއި ތަދު އިޙްސާސް ކުރެވެމުންދިޔައެވެ. ކޮންމެ ރެޔަކު ވަމުންދާ ތަދު އަހަރެންގެ މިފޮތުގައި ލިޔަމެވެ. މާދަމާޔަށެވެ. އަހަރެން ބިރުގަނެއެވެ. ވިހާ ދުވަސް ކާރިވާތީއެވެ. ނަވީން ނެތީމައެވެ.

ހޮސްޕިޓަލަށް ރަހްމާ ގެންދިޔައީ އެމެޖެންސީ ހާލަތުގައެވެ.

“އަހަރެން ކާރިޔަށް ނަވީން ގެނޭ” ސުޓުރެޗަރ މަތީގައި އޮވެފައި ރަހްމާ ބުނެލިއެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

ނަވީން ރަހްމާ ކާރިޔަށް ޖެހިލިއެވެ.

“އަހަރެންދެކެ ލޯބިވޭތަ؟”

“ރަހްމާ ހިތްވަރު ކުރަންޖެހޭނެ ﷲ ރަހްމާއަށް ވިހެއުމުގެ ވޭނުން ސަލާމަތް ކުރައްވާށީ” ނަވީން ރަހްމާގެ އަތުގައި ހިފައިގެން ބުނެލިއެވެ.

“އަޅެ ބުނެބަލަ އަހަރެންދެކެ ލޯބިވޭތަ؟ އަހަރެން މަރުވެއްޖެއްޔާ ދެރަވާނެތަ؟”

ރަހްމާގެ އަޑު ތުރުތުރު އަޅަމުން ދިޔައެވެ. އެންމެ ފަހުކަމަށް ރަހްމާ ނަވީންއަތަށް ފޮތެއް ދިއްކޮށްލިއެވެ. އަދި ފުންކޮށް ނޭވާލާން ފެށިއެވެ. ޑޮކްޓަރުން އަވަސް ކަމާއެކު ރަހްމާ ލޭބަރ ރޫމަށް ވެއްދިއެވެ.

ނަވީން ހާސްކަމާއެކު ލޭބަރ ރޫމް ކާރީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.

ޑޮކްޓަރ ސޫރަޖް އައީ އިރު ކޮޅަކުންނެވެ. އޭނާ ދިން ހަބަރަކީ ދެމައިންވެސް ނިޔާވި ޙަބަރެވެ. އާއެކެވެ. ދެމައިންއިންވެސް ނިޔާވީއެވެ. މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކީއެވެ. ނިޝާނެއްވެސް ދޫކޮށް ނުލައެވެ. ނަވީން ގިސްލަ ގިސްލާފަ ރޯންފެށިއެވެ. ރަހްމާގެ ފުރާނަ ނެތް މަސްގަޑުގައި ހިފައިގެން ކަރުނަ އެޅިއެވެ. ވަކިވެ ދިޔައީތީ ޝަކުވާ ކުރިއެވެ. އެކަމަކު އެއަޑު އަހާން ރަހްމާ މިހާރު ނެތެވެ. ނިޔާވެފައި އޮތްއިރު ވެސް އޮތީ ހީލައިގެންނެވެ. ހީވަނީ ކާމިޔާބު ވީހެންނެވެ.

“އަހަރެންނަށް މާފް ކުރޭ ރަހްމާ އަހަރެން ވަރަށް ލޯބިވޭ ރަހްމާ ދެކެ”  ނަވީން ރޮމުން މިހެން ބުނަމުން ރަހްމާގެ ކަށުކަމާ ކެމީގެ ކަންތަށް ކުރިއެވެ. އާއިލާގެ ހުރިހާ މީހުންގެ އެހީލިބުނެވެ.

ރަހްމާ ފަސްދާނު ލުމަށްފަހު ގެއަށް އައިސް އޭނާ ރަހްމާ ދިންފޮތް ހުޅުވާ ކިޔަންފެށިއެވެ. އަދި ބާރަށް ރޮމުން ދިޔައެވެ.  ކޮންމެ ގަޑެއް ކިޔާފަ ރޮމުން ދިޔައެވެ. އެފަޮތުގައި އޮޅުލައިގެން އެނާ ރުއީ އެވެ. އަޑުގަދަ ވެގެން އޭނާގެ އެއްބަޑު އެއްބަފާ މީހުން ދޮރު ހުޅުވައިގެން ކޮޓަރިއަށް ވަންއިރު ނަވީން އެންމެ ފަހު ނޭވާ ލަނީ އެވެ. އަތުގައި ހުޅުވިފައި އޮތީ ރަހްމާ ދިން ފޮތުގެ ފަހު ސޮފްހާއެވެ. ނަވީންވެސް ނިޔާވީއެވެ.  ހިތްދަތިވެގެން ހާޓް އެޓޭކެއް ޖެހުނީ ކަމަށް ޑޮކްޓަރ ބުންޏެވެ.

ހަމަ ރަހްމާ ފަސްދާނު ލެވިފައިވާތަނުގަ އޭނާގެ ކާރީ ނަވީންވެސް ފަސްދާނު ލެވުނެވެ. ގޭމީހުން ގެ ލޮލުންވެސް ވަނީ ކަރުނަ ފާއްދާލާފައެވެ. މިއަދު އެގެއިން އެއްފަހަރާ ދެމީހުން ވަޅުލާން ޖެހުނީ އެވެ.

ލޯބިވާމީހުން ކާރީ ލޯބިވެޔޭ ބުނުން ލަސް ނުކުރާށެވެ. އެއީ ގެއްލުމެކެވެ. ވަގުތު ފާއިތު ވުމުގެ ކުރިން ތިމާގެ ހިތް ހަދިޔާ ކޮށްފައިވާ މީހާއާއި ލޯބިން ވާހަކަ ދައްކާށެވެ. ލޯބިވެޔޭ ބުނާށެވެ.ޙާއްސަ ކޮށް އަނބި މީހާ ކާރީ ލޯބިވެޔޭ ބުނާށެވެ. ޝުކުރިއްޔާ

“މީވީގޮތޭ… އަދުބަދަލްވެއްޖެޔޭ މުޅި ޒަމާން”

ނިމުނީ

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

މަންޝާ (ސަޔާޅީސް ވަނަ ބައި)

Next

ނުހައްޤު ލޯބި (14 ވަނަ ބައި)

Next
September 16, 2016

ނުހައްޤު ލޯބި (14 ވަނަ ބައި)

Previews
September 15, 2016

މަންޝާ (ސަޔާޅީސް ވަނަ ބައި)

19 Comments!

  1. Me says:
    September 15, 2016 at 11:56 pm

    Thafaathu salhi story eh ????

  2. Anonymous says:
    September 15, 2016 at 11:59 pm

    Lovely story

  3. dhiv says:
    September 16, 2016 at 12:10 am

    hadi vaahaka eh… kuhves varah gina. sukun thakuge mistakes… and emeehunge dharieh neiy iruga rahuma nidhan ove roveuthy kotarin nukume dhiyaee dharifulhu kotariah.. ei kon dharifulhu kotarieh.. heevanee vaahaka liye nimmaafa check kollanves nukiyaahen… pls improve these areas. n english wirds madhu kurey

  4. Rozy says:
    September 16, 2016 at 12:46 am

    Konme commente alhu gadu ufalun qabool kuran.. div shukuriyya.. amila darin noon kudhin ves geyega thibe dane..any ways thankx
    Rozy

  5. Nux says:
    September 16, 2016 at 12:47 am

    Not bad.. aslhu mi vaahaka me rozyge fenvareh noon miah vureh reethi vaahaka kurin liyefaa hury. baeh jumula hama nujehumaai, aharenvess maaginain baynun kohfa hurikan faahaga kurevay. Vaahaka kiyaalan vess varah undhagoovi. Dhen liyaa story eh hope kuran rangalhu kohlaane kamah good luck my dear roxy ????

    1. Rozy says:
      September 16, 2016 at 4:03 am

      Thank you yes i will make it better…
      Rozy

  6. rose says:
    September 16, 2016 at 12:55 am

    mee hama hageegai… vr salhi

  7. Nux says:
    September 16, 2016 at 1:40 am

    Aslhu rozy eh noon dhw eyne reply kohfa ????

  8. enaash says:
    September 16, 2016 at 1:48 am

    V boring story eh gina than thanun vaa nuvaa eh neyge… dhen faharakun rangalhu vaane kamah ummeedh kuran

  9. Booooo says:
    September 16, 2016 at 1:56 am

    Aharen kiyaigen liyamun gos badhalu kollee. Vaahaka huthuruvaa varah haasaru ginavefai. Vaahakayakahvure heyluntherikuran liyefaivaa mazumoonakaa faadee.
    miyaa varah ehgoiy vaahakaeh binmaaves liyunu.
    evaahakaigai batholu marehnuvey.

  10. Rozy says:
    September 16, 2016 at 4:05 am

    Konme commente alhugandudekeni kuri erume kama.. thank you for reading..
    Thank you

  11. Shaa says:
    September 16, 2016 at 8:36 am

    Vvvv reethi ….. ebai thanthaa mistake huri …. rangalhu kohlaane kamah unmeedhu kuran ….keep it up…

  12. Sabeeha says:
    September 16, 2016 at 9:23 am

    v reethi..??

    1. Sabeeha says:
      September 16, 2016 at 9:25 am

      v loabi maheh..?

    2. Rozy says:
      September 16, 2016 at 10:00 am

      Mas ekanitha Sabeeha reethivi 🙂

    3. Sabeeha says:
      September 16, 2016 at 10:37 am

      nope..story vs v v obi..??

  13. Kadheedha says:
    September 16, 2016 at 3:29 pm

    Mee aslu hageegee vahakaehtha? rozy kudhikudhi mahsala ulhunas jumlakoh varahreethi mivaahakaves.

  14. Shahu says:
    September 17, 2016 at 4:51 pm

    V reethi. Hope boys will understand . hama gaimu vx me husband egothah kanthah kohfiyya v v dhera vaane.thanks for writing this story. Good luck rozy 🙂

  15. Kippy says:
    September 18, 2016 at 5:26 pm

    Nice story well done rozy

Comments are closed.



All Right Reserved!