Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

އަވާމެންދުރު 6

Rozy Level 210 Stories
September 14, 2016 7 Mins Read
21 Comments

ސިމްރަން ގޮވައިގެން ކޮޓަރިޔަށް ވަނެވެ. ސިމްރަން އެނދަށް ބަންޑުން ވެއްޓި ރޮމުން ގެންދިޔައެވެ.

“ނަދާ … ޔާނިޝް ގެނޭ… މިހާރު ގެނޭ”

“އިހަށް ހަމަޖެހިބަލަ ކިހިނެތްތަ މިވީ ކީކޭތަ ސިޓީގަ އޮތީ.. ޕޮލިހަށް ގުޅަންތަ؟…..” ނަދާ ސިމްރަންގެ ބުރަކަށީގައި ފިރުމަމުން ބުނަމުން ދިޔައެވެ.

” ނޫން …ނޫން .. ނަދާ އެހެން ނަހަދާތި .. އެކަމުން އަހަރެން ބަދުނާމުވެދާނެ… ” ސިމްރަން މޫނުބާލީހުގައި ފޮރުވައިގެން ރޮމުންދިޔައެވެ.

“ޔާނިޝް ވީ އަހަރެންދެކެ ހަޤީޤީ ލޯބިއެއްނޫން ނަދޫ އޭނާ އަހަރެން ދޫކޮށްލައިފި”

ނަދާ ފޯނު ނެގިއެވެ.

“ތިހެންވާނީ ކިހިނެއް ގެނޭ ޔާނިޝް ގެ ނަމްބަރު ދައްކާ މަށަށް، ހާދަ ހެއްވާ މިހެކޭ އެއީ މަބުނީމެއްނު ތިޔައީ އަވާމެންދުރެކޭ”  ނަދާ ރުޅިއައިސްގެން ޔާނިޝް އަށް ފޯނު ކުރިއެވެ. އެކަމަކު އެފޯނު އޮތީ ނިވާލާފައެވެ.

ދުވަސްތައް މާޒީވެގެން ދިޔައީ ވަރަށް ހިތްދަތި ގޮތަކަށެވެ. ސިމްރަންއަށް އެއްވެސް އެއްޗެއް ނުކެވެއެވެ. ދެތިންދުވަސްވަންދެން ނަދާ ސިމްރަން އާއިއެކު އެގޭގައި އުޅުނެވެ. ޕުރޮޖެކްޓެއްގައި ދިއްލީ އަށް ދާންޖެހިގެން ނަދާ ވެސް ފުރީއެވެ. މުޅިން ސިމްރަން އެކަނި ވިއެވެ. ސިމްރަންގެ ކަމަކީ ފޯނުން ޔާނިޝްގެ ނަމްބަރަށް ގުޅުމެވެ. އެކަމަކު އެނަމްބަރ އޮންނަނީ އޮފް ކޮށްފައެވެ. އަސްލު އެއީ ރާއްޖޭގެ ކޮންގެއެއްގެ ކާކުކަމެއް ސިމްރަން އަށް ނޭގެއެވެ. އެމީހުން އެކުގައި ރަނގަޅަށް އުޅުނު ދުވަސްކޮޅުވެސް ދުވަހަކުވެސް ޔާނިޝް އާއިލާ މީހުންގެ ވާހަކަ ދައްކާ ނަހަދައެވެ. ސިމްރަންގެ ހަނދާނަށް އައީ ނަދާ ބުނިވާހަކައެވެ. އެއީ އަސްލު ކާކުކަން ނޭނގުމުގެ ހިތާމައެވެ.

ނަދާ ކޮންމެ ދުވަހަކު ސިމްރަންއަށް ގުޅާ ޙަބަރު ބަލައެވެ އެކަމަކު މަސައްކަތާ ހެދި ނަދާ ވެސް ދިއްލީގައި ހައްޔަރުވިއެވެ.

ގޯސް ރަހުމަތްތެރިޔަކާ ގުޅި އެންމެ ފަހުން ސިމްރަން ޑުރަގުސް ބޭނުން ކުރަންފެށިއެވެ. އަދި ސިނގިރެޓް އެއީ ގާތް އެކުވެރިޔަކަށް ހެދިއެވެ. ސިމްރަން ހިތުން އެރަހްމަތްތެރިޔާ އެދެނީ އޭނާއަށް ބޭހެކެވެ. ވަގުތީ ހިތްހަމަޖެހުމެކެވެ އެހެނަސް އެވެސް ހައްލެއް ނޫންކަން ސިމްރަންއަށް ޔަގީންވިއެވެ. ނަދާ ފަށް ފަށުން އެކަން ހުއްޓުމަށް ސިމްރަން ކާރީ ބުނަމުން އާދޭސް ދިޔައެވެ. އެކަމަކު ދުރުގައި ހުރެގެން ނަދާއަށް ވަކި ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ. އެންމެ ފަހުން ސިމްރަން އޮފީހުން ވަކި ކުރިއެވެ. މަސްތުވާތަކެތި ބޭނުން ކޮށްގެން ޝައްކުވެގެންނެވެ. ސިމްރަން އޮފީހުގެ ހުރިހާ މީހުން މިކަމާ ހައިރާންވިއެވެ.

ނަދާގެ އެތައް އާދޭސްތަކެއް ސިމްރަން އަޑުނޭހިއެވެ ނޫނީ ސިމްރަން ބޭނުންވީ ހަލާކުވާށެވެ.

ސިމްރަންގެ ހާލަތު ގިނަފަހަރަށް ހުންނަނީ ހަމަޔަކު ނޫނެވެ. އެއްދުވަހު  ޙިޔާލެއް އައިސްގެން ސިމްރަން ޔާނިޝްގެ ކޯލް ސުޓޭޓްމަންޓް ނެގިއެވެ. އަދިވެސް ޔާނިޝް އެކައުންޓުގެ ޕާސްވޯޑް ސިމްރަން އަށް އެނގެއެވެ. އެހެންވެ ފޯނުގެ ކޯލްސުޓޭޓްމަންޓް ނެގިއެވެ. ވަރަށް ގިނަހަފަހަރަށް އެއްނަމްބަރަކަށް ޔާނިޝް ކޮންމެދުވަހަކު  ގުޅާފައި އޮތެވެ. ސިމްރަން އެނަމްބަރަށް ގުޅާލިއެވެ. ފޯނު ނެގީވެސް ޔާނިޝް އެވެ. ހަމަސް ދުވަސް ފަހުން އޭނާގެ އަޑުޖެހުމުން ވެސް އެއީ ޔާނިޝް ކަން ސިމްރަންއަށް އެނގުނެވެ.

“ޔާނިޝް ކީއްވެ….. ޔާނި…”

“ކޮން ޔާނިޝް އެއް އަހަރެންގެ ނަމަކީ ރޯހާން. ބައްޔެއްނު. މިނަމްބަރަށް ކަލޭ ދެން ނުގުޅާތި މިއީ މަގޭ ލޯބިވެރިޔާގެ ނަންބަރު. އަހަރެން އޮތީ ބުނެފައެއްނު މަށަށް ނުގުޅާށޭ ކިހާވަރުގަދަ ކަމެއް. މިއީ ވިގަނިތަ ނެއްޓެން ނޭގިގެން…ކީއްކުރަން ކަލޭ މަށަށް ތިގުޅަނީ ކޮންމެ ދުވަހަކު. ކަލޭ ދޭބަލަ ހަށި ވިއްކާތާކަށް އިންޑިޔާގެ ބޮޑު އަގު ކަލެއަށް ލިބޭނެ.”  މިވިހަގަދަ ބަސްތަށް ބޭނުންކޮށްފަ ޔާނިޝް ފޯނު ކަނޑާލީއެވެ.

ފޯނު ކަނޑާލީމާވެސް އެގޮތަށް ފޯނު ހިފަހައްޓައިގެން ގަނޑުވެފައި ސިމްރަން އިނެވެ. މުޅިގޭތެރޭގެ އެކި ދިމަދިމާލުން ސިމްރަންއަށް އިވެންފެށީ މީހަކު ބާރަށް ހޭއަޑެވެ. މަލާމާތް ކޮށްފައެވެ. އަދި ސިމްރަންއަށް ހީވީ އޭނާގެ ވަށައިގެން ދުނިޔެ އެނބުރޭހެން އެނބުރެމުން ދިޔަހެންނެވެ. ގޭގެ ފާރުގައި ހުރި ފޮޓޯލަގަނޑުތަށް ވެސް އެނބުރެމުން ދާހެން ސިމްރަން އަށް އިޙްސާސްވިއެވެ.

“މަންމާ…..މަންމާ…..މަންމާ ޔާ ﷲ ޔާﷲ ﷲ…” ބާރަށް ކިޔާފައި ސިމްރަން ކަންފަތުގައި އަތްއަޅާފައި ހަޅޭއްލަވަމުން ތެދުވަން އުޅެނިކޮށް އަރިއަޅާލާފައި ސޯފާ މައްޗަށް ދެމުނެވެ. އެގޮތަށް އޮވެވުނީ ކިހާއިރެއްވަންދެން ކަމެއްނޭގުނެވެ.

ސިމްރަންއަށް ހޭލެވުނީ އިރުގެ ދަޅަތަކުގެ ދޯދި މޫނައަށް އެޅިގެންހޫނުވެގެންނެވެ. ރޭގައި ކަންތަށްވީގޮތް އޭނާގެ ހަނދާނަށް އައެވެ. މޫނުގައި އަތްއަޅާފައި ބާރަށް ސިމްރަން ރުއިއެވެ.

ސިމްރަން މާލެދާން ޓިކެޓް ނެގިއެވެ. ގެވެސް ދޫކޮށްލީއެވެ. ނަދާއާއި ތަޅުދަނޑި ހަވާލު ކޮށްފައި ސާމާނު ކާގޯކޮށް މާލެއަށް ފޮނުވަން ބުނެފައެވެ. އެންމެ ހިނދުކޮޅަކުވެސް އެގޭގައި ހުންނަން އޭނާގެ ޒަމީރު ގަބޫލެއް ނުކުރިއެވެ. މުޅި ގޭތެރެއިން ސިމްރަންއަށް  އިވެނީ މީހުން ހޭއަޑެވެ. މަލާމާތް ކޮށްފައެވެ. ނޫނީ ފުރޭތަ ތަކެއް ފެންނަހެންވެސް ސިމްރަން އަށް އިހްސާސް ކުރެވެއެވެ.

ސިމްރަން ބަލާ އެއަރޕޯޓަށް އެކަކުވެސް ނާދެއެވެ. މަޑުމަޑުން ހުސްއަތާ ގޮސް ކާރަށް އެރިއެވެ.

“ކޮބާ ލަގެޖް” ކާރު ޑުރައިވަރ އަހާލިއެވެ.

“ނުގެންނަން އެއްވެސް އެއްޗެއް. އަހަރެން ގެޔަށް ގެންގޮސްދީ” ކަރުނައިން ފުރިފައިވީ އަޑަކުން ސިމްރަން ބުންޏެވެ.

“ދާންވީ ކޮންގެޔަކަށް”

“މާފަންނު ހިމިތި ކުލިނިކް”

ގެޔަށްކާރު މަޑުކުރިއިރު ބައްޕަ ކުލިނިކަށް ދާން ނިކުންނަނީއެވެ. ސިމްރަން ފެނުމުން ހައިރާންވިއެވެ.

“ޝިޔާރާ….ބަލާބަލަ މިޔޮއްއައީ އެމަންޖެ”

އާމިރު ސިމްރަންގައިގައި ބައްދާލަމުން ސިމްރަންގެ މަންމަ އަށް ގޮވިއެވެ. މަންމަ އެވަގުތު އިނީ ޕޭޝަންޓަކާ އެކުއެވެ. އެހެނަސް އަވަސް އަވަހަށް ނިކުމެ ސިމްރަންގެ ގައިގާ ބައްދާލިއެވެ

“ކީއްވެތަ ނުބުނެ އައީ؟” މަންމަ ޝަކުވާކުރިއެވެ

“އެއްވެސް ލަގެޖެއްނެތޭ ކާރު ޑުރައިވަރު މީހާބުނީ .. ތެދެއްތަ ދަރިފުޅާ؟..” ބައްޕަ ބޯ ކަހަމުން އެތެރެއަށް ވަދެ އަހާލިއެވެ.

އާނއެކޭ ބުނުމުގެ ގޮތުން ސިމްރަން ބޯޖަހާލިއެވެ. އަދި މަޑުމަޑުން ކޮޓަރިޔަށް ގޮސް ކޮޓަރި ތަޅުލައިގެން، ވުޟޫކޮށްގެން މެންދުރު ނަމާދު ކުރިއެވެ. އެއީ ފާއިތުވި 3 އަހަރު ސިމްރަން ކުރި ފުރަތަމަ ނަމާދެވެ. ނަމާދުގައި ހުރެގެން ގިސްލާފައި އަޑުން އަޑުނަގާ ރޯންފެށިއެވެ. ކުރީގައި ސިމްރަން އަކީ ހުރިހާ ނަމާދެއް ބަރާބަރަށް ކުރި ކުއްޖެކެވެ. އެހެނަސް ޔާނިޝް އާއި ގުޅުނު ފަހުން މަގު އޮޅުނީ އެވެ. ސިމްރަން ބާރަށް  ރޮމުން ދިޔައެވެ. ތައުބާ ވުމަށް ދުޢާ ކުރިއެވެ.

ޝިއާރާއާއި އާމިރު ކޮޓަރީ ދޮރުމަތީ އެއަޑު އަހަން ހިމޭނުން ތިއްބެވެ. އެމީހުންގެ ދަރިފުޅަށް ކޮންމެވެސް ބޮޑުކަމެއް ދިމާވިކަން އެމީހުންނަށް އެނގުނެވެ. އިރުތަކެއް ވީފަހުން ޝިއާރާ ދޮރުގައި ޓަކި ޖެހިއެވެ. އެހެނަސް ސިމްރަން ދޮރު ނުހުޅުވިއެވެ. އެއްނަމާދަށް ފަހު އަނެއް ނަމާދު ކުރިއެވެ. އެނަމާދުން ތަކުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ސިމްރަންއަށް ލިބުނެވެ. މީގެ ކުރިން ނަމާދު ނުކޮށް އުޅެވުނު ކަމުގެ ހިތާމަ ކުރިއެވެ. އިސްލާމް ދީނަކީވެސް ކިހާމާތް ދީނެކޭ ސިމްރަންހިތަށް އެރިއެވެ.

“ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ މިއަޅާގެ ފާފަ ފުއްސަވާނދޭނ…” މަޑުމަޑުން ސިމްރަން ދުއާ ކުރަން ފެށިއެވެ. ގަޑިއެއްހާއިރު އެނަމާދުގައި ﷲ އަށް ދުޢާ ކޮށް ކަރުނަ އޮހޮރުވިއެވެ. ހަމައެއާކުޚަތިމް ނަގައިގެން  ކިޔަންފެށިއެވެ. ރޮއި ރޮއި އޭގެ އަކުރުތައް ފޭދޭވަރަށް ރުއިއެވެ.

މަންމަ އަނެއްކާވެސް ކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ. ސިމްރަން ދޮރު ހުޅުވާލުމަށް ފަހު އެއްވެސް މީހަކާ ވާހަކަވެސް ނުދައްކާ ކާގެޔަށް ގޮސް ޖޫސް ތަށްޓެއް އަޅައިގެން ބޯލާފަ އަނެއްކާ ކޮޓަރިއަށްވެދެ ދޮރު ތަޅުލިއެވެ.

ފާއިތުވި ކޮންމެ ދުވަހެއް އޭނާ ރޯދަ ހިފިޔެވެ. މުޅި ހަފްތާދިޔައީ ރޯދަ ހިފުމާއި އަޅުކަންތަކުގައެވެ. އެއްވެސް މީހަކާ ވާހަކަ ދެއްކުމެއް ނެތެވެ.

ޝިއާރާ ގަޑިއެއް ހޯދައިގެން ސިމްރަންގެ ކޮޓަރިއަށް ގޮސް ސިމްރަން އާއި ވާހަކަ ދައްކަން ފެށިއެވެ.

“ދަރިފުޅާ ވެގެން އުޅޭގޮތެއް މަންމަޔަށް ކިޔާދީބަލަ، ކޮންމެ ގޮތަކަށް ކަންތަށް ވީނަމަވެސް މަންމަމެން ދަރިފުޅާއެކު ވާނަމޭ” މަންމަގެ ލޮލުން ކަރުނަ ފާއްދާލާފަ ހުއްޓެވެ. މިއަދު ސިމްރަން އަށް ބޭނުންވަނީ އެލޯތްބާއި އަޅާލުމެވެ.

ސިމްރަން މަންމަޔާ ވާހަކަ ދައްކަން ފެށިއެވެ ލޯތްބާ އަސަރާ އެކުއެވެ. މަންމަގެ މައިވަންތަކަމު ލޯބި އޭނާއަށް އިހްސާސްވިއެވެ. ރޮމުން ރޮމުން މަންމަޔަށް ޔާނިޝް ގެ ވާހަކަ ކުރުގޮތަކަށް ކިޔާދިނެވެ. ޔާނިޝް ބޭވަފާތެރި ވީގޮތެވެ. ސިމްރަން މަގުއޮޅުނު ގޮތެވެ. ސިމްރަންގެ ބައްޕަ ކޮޓަރީ ބޭރުގައި އެދެމައިންގެ ވާހަކަ އަޑުއަހަން ހުރިއެވެ. އޭނާގެ ލޮލުންވެސް ހޯސްލާފަ ކަރުނަ ފައިބަމުން ދިޔައެވެ.  ފަހަރެއްގައިވެސް ބައްޕަ އެދެމީހުންގެ ވާހަކަ އަޑުއަހަން ހުރިކަން އެނގުނު ނަމަ މަންމަޔަށް އެވާހަކަތައް ކިޔާނުވެދުނީސް ކަންނޭނގެއެވެ. އެހެންވެ ސިމްރަން ބައްޕަ ހިމޭނުން އަޑުއަހަން ހުރިއެވެ. އެއީ އެންމެ މުނާސަބު ގޮތްކަމުންނެވެ.

“މަންމާ ﷲ އަހަރެންގެ ތަޢުބާ ޤަބޫލް ކުރައްވާނެދޯ….؟” ރޮމުން ރޮމުން ސިމްރަން   މަންމަޔާ ސުވާލު ކުރިއެވެ.

“ގައިމެއްނު ދަރިފުޅާ…! ﷲ އީ އެންމެ މަތިވެރި އެންމެ ފާފަ ފުއްސަވާ ރަޙީމް ވަންތަ  ރަހްމާން ވަންތަ ރަސްކަލާންގެ، އެކަލާންގެ ތައުބާގެ ދޮރު އަބަދުވެސް ވަނީ އެކަލާންގެ އަޅުތަކުންނަށް ހުޅުވިފަ..ގިނަފަހަރަށް ޝައިތާނުން ތިބޭނެ އިންސާނުންގެ ސިފައިގައި އެހެންވެ އަވަހަށް ތައުބާ ވާނެޖެހެނީ. ﷲ ރަހުމަތް ވަރަށް ބޮޑު ދަރިފުޅާ، ނިކަން ބަލާބަލަ މާ ނިކަމެތި ހާލު ޖެހިފައި ހަލާކުވެގެން ދާ މީހުން އެބަތިބި. އެކަމަކު ﷲ ދަރިފުޅު ސަލާމަތް ކުރައްވާފި ތިޔައީ ބުއްދި ވެރި ކުއްޖެއް. ﷲ ދަރިފުޅު ގެއްލެނި ނުކުރައްވާނެ. ﷲ ތެދުމަގު ދައްކަވާފި އަޅަކު މަގުފުރެއްދޭނެ އެއްވެސް މީހެއް ޝައިތާނެއް ނުހުންނާނެ މަގޭ ދަރިފުޅާ” ޝިއާރާ އޭނާގެ ލޮލުން އޮހެމުންދިޔަ ކަރުނަ ފޮހެލާފަ އޭނާގެ ދަރިފުޅުގެ ލޮލުން އޮހެމުންދިޔަ ކަރުނަވެސް ފޮހެދިނެވެ. ސިމްރަން މަންމަގެ މޭގައި ބޯއަޅައިގެން ވަރަށް ރުއިއެވެ. އެއީ މިއަދު ވޭނީ ރުއިމެވެ. އެކަމަކު އެއީ ފަތަހައިގެ ރުއިމެވެ. ހިތަށް ހަމަޖެހުން ގެނައި ރުއިމެވެ. މައިވަންތަކަމުގެ ލޯބި ލިބުމުން އޮހޮރުނު ލޯބީގެ ކަރުނައެވެ.

“ދަރިފުޅާ ދެން ހުއްޓާލާ” ސިމްރަން ގެ ބޮލުގައި ފިރުމަމުން ޝިއާރާ ބުނެލިއެވެ.

“މަންމާ އަޅުގަނޑު ބޭނުން މަސައްކަތެއް ފަށަން…”

“ކޮންކަމެއް ދަރިފުޅު ބޭނުނީ ބުނެލަބަލަ ..ވެގެންވާ އެހީއެއް މަންމަ މެންވެސް ވާނަން”

“އަޅުގަނޑު ބޭނުމީ ޢެން. ޖީ. ޢޯ އެއް ހުޅުވަން..ކުޑަކުދިންނާ އަންހެނުންނަށް އެހީވާ މަރުކަޒެއް. ކަންތަކު ބޭނުން ވެގެން އަންނަ މީހުންނަށް އެހީވާން..”

ޝިއާރާ އޭނާގެ ދަރިފުޅުގެ އޭނާގެ ކާރިޔަށް ދަމާލާފަ އެދަރިފުޅުގެ ނިންކުރީގައި ބޮސް ދިނެވެ. ދަރިފުޅުގެ މަޢުސޫމް ކަމާ ހިތްވަރުގަދަ ކަމަށްޓަކާ ހިތާހިތުން ﷲއަށް ޝުކުރު ދެންނެވިއެވެ

“ދަރިފުޅުތީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. މަންމަމެން ދަރިފުޅާމެދު ފަހުރުވެރިވޭ”

ވާހަކަ މިހިސާބަށް ދިޔުމުން ސިމްރަން ބައްޕަ ކޮޓަރިއަށް ވެންނެވިއެވެ. އުފާވެރި ކަމާއެކުގައެވެ. ލޯފޮހެލަމުން ޓީޝޫ ކޮޅު ޑަސްބިންތެރެއަށް ވައްޓާލިއެވެ.

“ދެމައިން ކޮން ކަހަލަ ހަނގުރާމައެއް ފަތަހަ ކުރީ”

“ބައްލަވާ ސިމްރަން ބޭނުންވަނީ…”

“ސިމްރަންއަށްވެސް ބުނެވޭނެ ބޭނުން ކަމެއް މަންމަ މެދުވެރިޔަކަށް ވާކަށް ނުޖެހޭނެ ދޯ ދަރިފުޅާ” ނުހަނު ލޯތްބާއެކު ބައްޕަ ސިމްރަންގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. ދެބައިފައިންގެ ލޯބި ފެނިފަ ޝިއާރާ ހިނިތުންވެލިއެވެ.

“ލައްބަ ބައްޕާ އަޅުގަނޑު ބޭނުމީ އެންޖީ އޯ އެއް ހުޅުވަން”

“ތީވަރަށް ފައްކާ ކަމެއް! އަދި މާލެ ކީއްކުރަން ރާއްޖޭގައިވެސް ނެތެއެއްނު.. ތިކަހަލަ ކަމެއް. ދަރިފުޅު ފަށާއިރަށް މީހުން ތިކަންވެސް ކޮޕީ ކުރާނެ ޙާއްސަކޮށް މާލޭމީ އާބާދީ ގިނަ ރަށެއް ވީމާ ތިޔައީ ވަރަށް ރަނގަޅު ކަމެއް ބައްޕަމެން ކިހިނެއް ހަދާދޭންވީ؟”

ދެތިން މަސް ތެރޭ ސިމްރަން އެންޖީއޯ ހުޅުވިއެވެ. އެތާނގެ ނަމަކަށް ކީ “އާސް” އެވެ. މާނަޔަކީ އުއްމީދެވެ. ރެއެއް ދުވާލެއް ފަރަގު ނުކޮށް ސިމްރަން “އާސް” ގެ މަސައްކަތުގައި މަޝްއޫލުވިއެވެ. މިކަމުގެ ސަބަބުން ހިތުގެ ވޭން ކުޑަވެ މާޒީގެ ކަޅުދުވަސްތައް ފޮހެވިގެން ދިޔަ ކަހަލައެވެ. ސިމްރަންގެ  މައިންބަފައިން ހުރިހާކަމެއްގައި އެހީތެރިވެދިނެވެ. އެދަރިފުޅުގެ ހިޔަނި ހެން ފަހަތުގައި ތިއްބެވެ. އެންމެ ހިނދުކޮޅަކުވެސް އޭނާ އެކަނި ކޮށްނުލައެވެ. ދީނީ ނަސޭހަތްދީ ހެދިއެވެ. ތަފާތު ޝައިހުންގެ ޕޮރުގުރާމްތަށް އެކުގައި ބެލިއެވެ. އޭގެ ތެރޭގައި ޝައިޙް މުފްތީ މެނިކްގެ ސީރީޒްތަށް ބަލަމުންދިޔައެވެ. އަބަދުވެސް  ސިމްރަން އަށް ލޯބި އެމީހުން ދިނެވެ. އެހީތެރިކަން ފޯރު ކޮށްދިނެވެ. ބައްޕަ ޝޮޕިންއަށް ސިމްރަން ގެންގޮސް ބޭނުން ހުރިހާ އެއްޗެއް ގަނެދިނެވެ. ސިމްރަންގެ އެން ޖީ އޯ ފުރިހަމަ ކޮށްދެއްވިއެވެ.

ނަދާ ސިމްރަން އުޅުނު ގޭގެ ހުރިހާ ސާމާނެއް ކާގޯއިން ފޮނުވާދިނެވެ. އަދި ގޭގެ އެޑްވާންސް ފައިސާޔާ އޮފީހުން ދިން މުސާރަވެސް ބޭންކު ކޮށްދިނެވެ.

ހުރިހާ ފައިސާ އެއްކޮށްލީމާ ރާއްޖޭގެ އެއްލައްކަ ރުފިޔާވިއެވެ. ސިމްރަން ވަރަށް އުފާވިއެވެ. އަދި ﷲ އަށް ޝުކުރު ކުރުމާއެކު ނަދާއަށް ޝުކުރު އަދާކުރިއެވެ.

ދެއަހަރެއްހާ ދުވަސްތެރޭ “އާސް” އަކީ މަޝްހޫރު ތަނަކަށް ވިއެވެ. ބޭނުންޖެހިގެން އަންނަ ގިނަ އަންހެނުންނަށް ކައުންސިލިންދީ ތަފާތުޚިދުމަތް ލިބެމުން ދާ ތަނަކަށް ވިއެވެ. ޑޮކްޓަރުންގެ ގޮތުގައި ސިމްރަންގެ މަންމަޔާ ބައްޕަ އެތަނުގައި މަސައްކަތް ކުރެއެވެ. މީހުންނަށް ކައުސިލިން ދެނީ ޙުދު ސިމްރަންއެވެ.

އެތަނަށްޚިދުމަތް ހޯދަން އަންނަ މީހުން އޭނާއަށް ތަޢުރީޕް ކުރެއެވެ އަދި ހެޔޮ ދުޢާ ކުރެއެވެ.

ސިމްރަން އޮފީހުގެ ގޮނޑީގައި އިނދެ ލޯމަރާލިއެވެ. މިއަދުވެސް ސިމްރަން 5 މީހުންނަށް ކައުންސިލިން ދިނެވެ. އެމީހުންގެ ހަޔާތުގެ ވާހަކަތަށް ތަފާތެވެ.

“މަންމަ އެބުނީ ތެދެކެވެ. އަހަރެންނަށް ދިމާވި ކަންތަށް އެއީ އެއްވެސް ކަމެއްނޫނެވެ. އަދި ދުނިޔޭގައި މާނުބައިކޮށް ކަންތައް ދިމާވެ އޭގެން ސަލާމަތްނުވެފައި ތިބީ ކިތައް މީހުން ބާވައެވެ .މިއަދު އަހަރެން އެމީހުންނަށް މި އެހީވަނީ އެވެ.” ހިތާހިތާ ސިމްރަން ކިޔާލިއެވެ.

ސިމްރަންގެ އޮފީސް ފޯނު ރިންގުވާންފެށީ އޭރުގައެވެ. ރިސެޕްޝަންގެ އެވަގުތު މަސައްކަތް ކުރާ ކުއްޖާ ނެތުމުން ފޯނު ނެގީ ސިމްރަން އެވެ.

“ވާހަކަ ދައްކަނީ ނަދާ.. ސިމްރަން މެޑަމް އާއި ގުޅިދާނެތަ؟”

“ވާހަކަ ދައްކަނީ ސިމްރަން. ހަލޯވެސް ނުކިޔެނީސް އެއްނު ތިކޮޅުން ވާހަކަ ދައްކަން ތިފެށީ.. ކޮބާ ކިހިނެއްތަ  ހާލު؟”

” ބުނަންތަ ވާހަކައެއް ހާލުގެ ވާހަކަ ދައްކާކަށް ނޫން މިގުޅީ މަށަށް ނުގުޅަނީ ކީއްވެ؟ ދިމާވެގެން މިއުޅޭ ކަންތަކުގަ ކަލޭ ޤަބޫލް ތޯ  ހުއްދަ އޮތްތޯ ބަލާކަށް ނޫން މިގުޅީ ހަމަ އެކަނި މިކަންތަށް ކަލެއަށް އަންގަން މިގުޅީ….”

“ދައްތާ އެއީ އަނެއްކާ ކޮންކަމެއްތަ؟ ސިމްރަން އާއި ގުޅުން އޮތްކަމެއްތަ؟”

ނަދާ ހުރީ ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފައެވެ. މަސައްކަތް ހުރިގޮތުން މިހަފްތާގަވެސް ސިމްރަންވަނީ ނަދާއަށް ނުގުޅި ފައެވެ. ނަދާ މިއައީ އެކަމުގެ ރުޅިއެވެ. އެދެމީހުންވެސް އެކަކު އަނެކަކު ދެކެ އެހާ ލޯބިވއެވެ. ސިމްރަންގެ އެއްބަޑު އެއްބަފާ ދައްތައެއްނެތެވެ. ނަދާ އަކީ ސިމްރަންއަށް ވުރެ ދުވަސް ގިނަ މީހާއެވެ. އެހެންވެ ސިމްރަން ނަދާޔާ މުޙާތަބު ކުރަނީ ދައްތާ އޭ ކިޔާފައެވެ.

“ދައްތާ މައިތިރިވެ ބަލަ … ކޮބާތަ މައްސަލަޔަކީ! ނުގުޅިފަ ނެތެއްނު އަދި، މިއަދު ގުޅަންށޭ މިހިރީވެސް؟”

“މައްސަލަޔަކީ ކަލާގެ އެކުސް މައުޝޫގާ ޔާނިޝް އުފް ރޯހާން، މީނާ އޮފީހުން ވައްކަންކުރީ، އިއްތިފާގުން މަށަށް މިޖެހުނީ އޭނާގެ މައްސަލަ ކޯޓުގައި ޑިފެންސް ލޯޔަރަކަށް ވާހަކަދައްކަން. މަ އެކަލޭގެ ޑިފެންސް ކުރެވިދާނެތަ.. މަށަށް ވެގެންވަނަމަ އޭކަލޭގެ ކަރަށް ވާގަޑު މަހާލާނީ މަގޭ އަތުން އޭނާގެ އަތްބުރި ކޮށްލާނީވެސް މަގޭ މިދެއަތުން”

“ހަހަހަހަހްހަހަހް އެހެންދޯ މިވި..” ހިސްޓީރިޔާ ޖެހިފަވާމީހެއް ހެން ސިމްރަން ހެމުންދިޔައެވެ. ރިސެޕްޝަނުގަ އިންނަ ކުއްޖާ އައިއިރުވެސް ސިމްރަން ދިޔައީ މިގޮތަށް ހެމުންނެވެ. އެކުއްޖާ ހައިރާންވެފަ ސިމްރަންއަށް ބަލަން ގަނޑުވެފަ ހުއްޓެވެ.

“ބުނަންތަ ދައްތާ ވާހަކައެއް އަހަރެންވަނީ މީގެ އަހަރުތަކެއް ކުރިން އޭނާއަށް މާފުކޮށްފަ. ދައްތަވެސް އޭނާ ދޫކޮށްލާ.. އެއީ އަހަރެން ދަންނަ މީހެއްނޫން”

“ދޫކޮށްލާށޭ.. ކަލެޔާމެދު އޭނަ ކަންތަށް ކުރިގޮތް އަހަރެން އަދި ހަނދާން ނުނެތޭ ނުވެސް ނެތޭނެ.. އޭނާއަށް ޙައްޤު އަދަބު ނުދީފީޔާ މަގޭނަމަކަށް ނަދާއެކޭ ނުކިޔާނެ އެނާގެ ލޮލުން ލޭ ކަރުނަ އަންނަ ވަރު ކޮށްލާނަން”

“ދައްތާ ހަނދާން ނެތުނީކީނޫން، އެއީ ކަޅުމާޒީގެ ބަނަވިލާގަނޑެއް މިހާރު އެވިލާގަނޑު ކެހިގެން ގޮސް ﷲ އަހަރެންގެ ހަޔާތުގައި އަލިވިލުމެއް ލައްވާފިއާދުވަސްތަކަށް އިރު އަރާ އަލިވިލައިފި، އޭނަޔާ ހެދީ އަހަރެންނަށް ހަޔާތުގަ ރަނގަޅު ފިލާވަޅެއް ދަސްވީ. އަދި މިއަދު އަހަރެން މިހިރަ މަގާމަށް ނާދެވުނީސް އެފިލާވަޅު އަހަރެން ދަސްނުކުރިނަމަ. އަހަރެންނަށް މާލެވެސް ނާދެވުނީސް އޭނާގެ އަންބަކަށް ނުވިކަން އެއީ އަހަރެންގެ ނަސީބު ﷲ އޭނާގެ ކިބައިން އަހަރެން ސަލާމަތް ކުރެއްވީ އެކަލާންގެ އަށް ހަމްދު ކުރަން ދައްތާ، އޭނާ ކުރި ކުށުގެ ސަޒާ އޭނާއަށް ﷲ ދެއްވާނެ. އަހަރެންނަށް ދުވެވުނީ އަވާމެންދުރެއްގެ ފަހަތުން . މިހާރު އަހަރެން އަހަރެންގެ ފިޔަވަޅު ސީދާކޮށްފިން. އަދި ﷲ އާއި ވަކީލު ކޮށްފިން.”

“އޯހް ސިމްމޫ އަހަރެން ކަލެއާއި މެދު ފަޙުރުވެރިވޭ ﷲ ގަންދީ ބުނަން ކަލޭތީ ވަރަށް ހިތްވަރު ގަދަ އަންހެން ދަރިއެއް ދިވެހި ދަރިންގެ ނަމޫނާއެއް.” ނަދާ ފޯނު ބާއްވަމުން ލޯފޮހެލިއެވެ. ތެދެކެވެ. ސިމްރަން އަށް ދެވުނީ އަވާމެންދުރެއްގެ ފަހަތުންނެވެ. އެކަމަކު ﷲ ގެ ކުޅަދުންވަންތަވެރިކަން ކޮންމެ މީހަކުވެސް ސަލާމަތް ކުރައްވާނެއެވެ. ހިތާހިތާ ނަދާ ކިޔާލިއެވެ.

ސިމްރަން ފޯނު ބޭއްވަމުން ލޯފެހެލިއެވެ. އެހެނަސް މިއަދު އެއީ އުފާވެރި ކަމުގެ ކަރުނައެވެ. ކާމިޔާބީގެ ކަރުނަ އެވެ. އޭނާ އާއި ކައިވެނި ކުރަން މަތީ ޚާންދާންތަކުގެ އެތަށް ކުދިންނެއް މިއަދު އެބަތިއްބެވެ.  މިއަދު ސިމްރަންގެ މައިންބަފައިންނާ މުޅި ރާއްޖެވެސް ސިމްރަން އާއި މެދު ފަހުރު ވެރިވެއެވެ.

ސިމްރަން އޭނާގެ ފޮތްލައްޕާލިއެވެ. އެފަތުގެ ފަހު ސޮފްހާ މިއަދު ސިމްރަން އެލިޔުނީ އެވެ. އަޅުގަނޑުގެ ކުރިމަތީގައެވެ. އާއެކެވެ “އަވާމެންދުރު” މިއީ ސިމްރަންގެ ހަޔާތުގެ ވާހަކަ ޙުދު އޭނާގެ އަތުންލިޔެފައެވެ. ސިމްރަންގެ މިފޮތް އަޅުގަނޑަށް ލިބުމުން ތިޔަކުދިންނަށް ޢިބުރަތެރި ފިލާވަޅެއް ދިނުމަށް މިއަދު މިވާހަކަ އެސްފިޔައިގެ އެހީގައި 6 އެޕިސޯރޑްގެ މަށްޗަށް ބިނާކޮށް އަޅުގަނޑު ހުށައަޅާލަ ދިނީއެވެ. ރޯޒީ

ނިމުނީ

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

އަވާމެންދުރު 5

Next

މަންޝާ (ސަޔާޅީސް ވަނަ ބައި)

Next
September 15, 2016

މަންޝާ (ސަޔާޅީސް ވަނަ ބައި)

Previews
September 14, 2016

އަވާމެންދުރު 5

21 Comments!

  1. mash says:
    September 14, 2016 at 11:12 pm

    V v rythi vaahaka eh n v Iburaii theri keep it up rozy??

  2. Booooo says:
    September 14, 2016 at 11:17 pm

    Rozy the great. Hehehe. Aslu vaahaka liyaahithun liyaa liyuntherieh thee. Shukuriyyaa.

  3. ?Shue? says:
    September 14, 2016 at 11:33 pm

    Iburaiitheri vaahaka ehh.. V reeethi.. Thnkzz rozy

  4. maisha says:
    September 15, 2016 at 12:10 am

    Varah asaru gadha ???…….rosy mikahala vaahaka eh liyunee thy shukuriyya and vaahaka vvvvvvvv reethi❤❤❤❤

  5. Rai says:
    September 15, 2016 at 12:18 am

    Jumla thah ithurah fashuvi kohleveynama v furihama vees. Vaahakaige hiyaalu rangalhu. Jumlathah genes dhevifai huri goi baeh faharah hamanujehey hen heevey. Keep it up dear. U can do a lot better in future.

  6. Nux says:
    September 15, 2016 at 12:46 am

    Well done rozy v asarugadha mi part hama rovihje ???? waiting for new story ?????

  7. Nux says:
    September 15, 2016 at 12:46 am

    Well done rozy v asarugadha mi part hama rovihje ???? waiting for new story ?????

  8. Nux says:
    September 15, 2016 at 12:46 am

    Well done rozy v asarugadha mi part hama rovihje ???? waiting for new story ?????

  9. Madhy says:
    September 15, 2016 at 1:41 am

    Vaahkaka v touching and salhi ❤❤❤

  10. Sabeeha says:
    September 15, 2016 at 6:10 am

    vv reethi..??

  11. Rozy says:
    September 15, 2016 at 7:57 am

    Thank you so much for the love and support you have for my stories.. more comments will make me motivate..
    Thank you

  12. Love says:
    September 15, 2016 at 8:29 am

    Vvvv nice. ❤❤❤❤❤❤?????

  13. Shahi says:
    September 15, 2016 at 9:59 am

    V v reethi asarugadha

  14. heehee says:
    September 15, 2016 at 10:15 am

    reethi vaahakaeh…. thihennves hurihaa kudhin ragalhuvaane nama

  15. Maal . N says:
    September 15, 2016 at 12:33 pm

    Hey rozyy!!! Haadha lwbey story! Hama rovijje! Rozy ge new story eh maadhan nikunnaane kamah ummeedhu kuran!’ Love from your biggest fan nux maal

  16. Best friend says:
    September 15, 2016 at 1:23 pm

    Hei roxy vaahaka vvvvvvvvvvvvreethi varah kiyaahithun kiyuny ekam rovihje?????

  17. Me says:
    September 16, 2016 at 1:52 pm

    Ehaa ennoon.mashah varah hadii. Sorry ????

  18. Rozy says:
    September 16, 2016 at 4:46 pm

    Thank you me:(

  19. Kippy says:
    September 18, 2016 at 5:29 pm

    Lovely story rozy

  20. baD BOY says:
    September 22, 2016 at 8:36 am

    I LOVE TISH STORY

  21. nasru says:
    October 21, 2016 at 8:21 pm

    Hama Varah Touching…

Comments are closed.



All Right Reserved!