Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީ

އަވާމެންދުރު 5

Rozy Level 210 Stories
September 14, 2016 4 Mins Read
11 Comments

ކޮޓަރީގެ މާހައުލުވެސް ޔާނިޝް ވަނީ ބަދަލު ކޮށްލާފައެވެ. އެނދަށް ރަތްފިނިފެންމާ އަޅާ ފުރާލާފަ ކާރީ ހުރި ކުޑަ މޭޒުމަތީގާ ދެތަށީގައި ބޯން ކޮންމެވެސް އެއްޗެއް ހުއްޓެވެ. އެރީތި އެނދު ފެނުމުން ސިމްރަން އުފަލުން ތެޅިގަތެވެ. އެއީ ހިންދީ ފިލްމުން ފެންނަ ކަހަލަ ކާވެނީގެ އެނދެކެވެ. ތަފާތަކީ އޭނާގެ މިއެނދު މިހިރީ ކާވެނީގެ ކުރިން ހެދިފައެވެ. އެއްވެސް ރަސްމިއްޔާތެއް ނެތި ހަމައެކަނި އެނދު ލިބިފައެވެ. ސިމްރަން ގައިގާ ޔާނިޝް ލޯތްބާއެކު ބައްދާލަމުން އެތަނުން އެއްތަށި ނަގާ ސިމްރަންގެ އަނގާގައި ޖައްސާލިއެވެ. ފުރަތަމަ ކޯވަރުން އޭނާ ކޮށިއަރާގޮތް ވިއެވެ އެހެނަސް އެކުގައި އޭނާ އެތަށި ހުސްކޮށްލީ ދުވަހަކުވެސް ބުއިމެއް ލިބިފައިނުވާ މީހަކުގެ ކަރުހިއްކުން ފިލުވާލާ ގޮތަށެވެ. ސިމްރަންގެ އަމިއްލަ އެއްވެސް ބާރެއްނެތި ސިމްރަން ޔާނިޝްގެ އަތުތެރެއަށް ދެމިލެވުނެވެ. އެންމެ ފަހުން ޔާނިޝް ސިމްރަން ގެ ހެދުން އެއްކޮށް ނަގާ ހޫރާލިއެވެ. އޭނާގެ ކުރިމަތީ މިހާރު އެއޮތީ އެއްވެސް ނިވާކަމެއްނެތިއޮތް ރީތި މައުސޫމް އަންހެންކުއްޖެކެވެ. އޭނާ ސިމްރަން އެނދުގައި ބޭއްވިއެވެ. އޭގެފަހުން ދެންވެގެން ދިޔައެއްވެސް ކަމެއް ސިމްރަންއަށް އިހްސާސް ނުވިއެވެ. އެހެނަސް ސިންގާއެއް ފަދައިން ޔާނިޝް ސިމްރަން ހަށިގަނޑުގެ ހުރިހާ ތަނެއްް ލޫޓުވާލިއެވެ. އަދި އޭނާގެ ކަރުހިއްކުން ފިލުވާލީ އެއްވެސް ރަހުމެއް ނެތިއެވެ. އެއީ ލޯތްބެއް އެއްނޫނެވެ. ހަމަޔަގީނުން ސިމްރަންގެ ހޭވެރިކަން ހުރިނަމަ އެފަދަ ޢަމަލެއް ނުހިންގުނީސް ކަންނޭގެއެވެ.

ޔާނިޝް ވަޒީފާއަކަށް ނުގޮސް ގޭގައި ހުންނަތާ  ދެމަސް ވިއެވެ. ކުލާހަށް ދަމޭކިޔާފައި އޭނާ ބޭރަށް ދެއެވެ. އެކަމަކު ފޮތެއް އެއްޗެއް ގެންދާތަނެއް ނުފެނެއެވެ. ސިމްރަންގެ މައިންބަފައިންވެސް މިހާރަކަށް އައިސް ސިމްރަން މާ ޚަރަދު ބޮޑުވެގެން އެވާހަކަ ދައްކަން ފަށަފިިއެވެ. ވާނީިވެސް އެހެންނޫންތޯއެވެ. ދިހަހާސް ރުފިޔާ ޖަމާކުރިޔަސް ދެދުވަހުން އަނެއްކާ ލާރި ފޮނުވަން ޖެހެއެވެ. ކުރިން ކިޔަވަން އުޅުނުއިރު ދާވަރަަށްވުރެ ހަރަދު މާބޮޑުކަމަށް އެމީހުންނަށް ފާހަގަ ވާންފެށިއެވެ. އެމީހުން ޕޫނާއަށް އަންނަން ބުންޏަސް މިދުވަސްކޮޅު މަންމަމެން ނާންނާށޭ އޮފީސް މާބިޒީޔޭ އެކްސްޓުރާ ކުލާސް އޮންނަނީޔޭ ބުނެ، ސިމްރަން އެމީހުން އެތަނަށް އައުން މަނާކުރިއެވެ.

ޔާނިޝްގެ އަތުން ލާރި ހުސްވިއެވެ. މިހާރު އޭނާގެ ހުރިހާ ހަރަދެއް ކުރަނީ ސިމްރަންއެވެ. ނުވިތާކަށް އޭނާގެ ކާޑުވެސް އޮންނަނީ ޔާނިޝް އަތަށް ދީފައެވެ. މަންމަމެން ފޮނުވާ ފައިސާއަށް ވާގޮތެއް ސިމްރަންއަށް ނޭނގެއެވެ. އަދި އޮފީހުން އޭނާއަށް ލިބޭއެއްޗެއްވެސް އޭނާއަށް ނޯވެއެވެ. ކޮންމެ ދެދުވަހުން ޔާނިޝް އަށް 300 ޑޮލަރ ބޭނުން ވެއެެއެވެ.

އެންމެ ފަހުން ސިމްރަން ލަދުން ހުރެ އޭނާގެ ސުކޫލްގެ އެކުވެރި ނަދާއަށް ގުޅިއެވެ އެއީވެސް މުއްސަނދި ކުއްޖެއްކަމުން އެހީއެއް ހޯދާށެވެ. ސިމްރަން ކުރުގޮތަކަށް ޔާނިޝް ގެ ވާހަކަ ނަދާއަށް ކިޔާދިނެވެ. އަދި ކައިވެނި ކުރަން އުޅޭވާހަކަވެސް ބުންޏެވެ. މަންމަމެން ކާރީ ލާރީ ދޭށޭ ނުބުނެ ނަދާ ކާރީ ފައިސާދޭށޭ ބުނީ އަދި ޔާނިޝްގެ އެއްވެސް ކަމެއް މަންމަމެންނަށް ނޭނގޭތީީ ކަމަށް ސިމްރަން ބުންޏެވެ.

“އެކަމަކު ސިމްރަން ހިލޭފިރިހެނަކު ތިގޮތަށް ގެޔަށް ވައްދައިގެން ނަތީޖާ ރަނގަޅުވާނެތަ؟. އަނެއްކާ ތީ ކޮންތާކު ކޮން ހިސާބެއގެ މީހެއް ކަމެއްވެސް ނޭނގޭނު”

” ސާބަސް ތީހަމަ ފައްކާ ލޯޔަރެއް ތިޔަ ވިސްނަނީ އެފަދަ ގޮތަކަށް. ހިލޭވެފައި ކޮބާތަ އެއީ މަގޭ ފިއުޗާ ހަޒް އެއްނު”

“އެކަމަކު މަންމަމެން ކާރީ ބުނެލުން އޯކޭވާނެނު”

“ދެން ނަދޫ ޕްލީސް މިފަހަރު އެކަނި ހެލްޕުވޭ”

“ސިމް އަށް ހެލްޕުވާކަށް މައްސަލަައެއްނެތް. އަހަރެން އެބަ ބަލަން އަހަރުން ކޮމްޕެނީގެ ފަރާތުން ޔާނިޝް އަށް ވަޒީފާ. ފަހަރެއްގައި ޕޫނޭ ސައިޑްގައި ރަނގަޅު މަގާމެއް ހުސްކޮށް އޮވެދާނެ.”

ދެދުވަހެއްގެ ތެރޭ އިންޓަވިއު ކޮށްގެން ޔާނިޝްގެ ވަޒީފާ ނަދާއާއި އެއްއޮފީހަކުން ހަމަޖެހުނެވެ.  ޔާނިޝް އާއި ސިމްރަންވެސް ވަރަށް އުފާވިއެވެ.

ދެތިން މަހެއް ފާއިތުވިއެވެ. ޔާނިޝް އަބަދުވެސް ބަހަނާ ދައްކަނީ އޭނާގެ އޮފީހުގެ ބިޒީ ކަމުގެ ވާހަކަ އެވެ. އެހެންވެ ސިމްރަންއަށް ވަގުތު ނުދެވޭނެ ވާހަކައެވެ. ސިމްރަން ތަފާތު ގޮތްގޮތުން ޔާނިޝްގެ ޝައުގު ވެރިކަން ހޯދަން މަސައްކަތް ކުރިއެވެ. ތާފާތު ގޮތަކަށް ވާހަކަދައްކައިގެންނާއި ތަފާތު ގޮތްގޮތަށް ހެދުން އަޅައިގެންނެވެ. އެހެނަސް ޔާނިޝް އެއްވެސް ވަރަކަށް ސިމްރަންއަށް ބަލާނުލައެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް ނޫނީ ނުބުނެއެވެ. ގިނަވަގުތު އޭނާ އުޅެނީވެސް ބޭރުގައެވެ ރައްޓެހިންނާ އެކުގައެވެ. ޔާނިޝް ގެޔަށް އައުމާއެކު ސިމްރަން ޝަކުވާ ކުރަންފަށައެވެ. ނަތީޖާއެއްގެ ގޮތުން ޔާނިޝް ސިމްރަންއަށް އަނިޔާ ކުރަންފަށައެވެ. އަދި ހުތުރުބަހުން ސިމްރަންއަށް އެއްޗިހިގޮވާ ހަދައެވެ. ސިމްރަންއަށް ލިބެމުންދިޔަ އަނިޔާއާއި ވޭނަކީ މީގެ ކުރިން އޭނާ ތަހައްމަލް ކުރި ކަންތަކެއް ނޫނެވެ. އޭނާ ހަނދާނަށް އަންނަމުންދިޔައީ ކުރީގައި ޔާނިޝް ކަންތައް ކުރަމުންދިޔަ ލޯބިވެތި ގޮތެވެ. އެގޭގައި ދެމީހުން އުޅުނު ރޮމޭންޓިކް ގޮތެވެ. އޭނާ ސިމްރަންދެކެ ވަރަށް ލޯބިން އުޅުނެވެ އެކަމަކު އެއީ ހުސް ދަޅަކަން މިއަދު ސިމްރަންއަށް އިހްސާސްވިއެވެ. ހިތްދަތިވެގެން އޭނާ ސޯފާގައި އިނދެފައި މޫނުގައި އަތްއަޅާ ބާރަށް ރޯންފެށިއެވެ. އެކަމަކު މިއަދު އޭނާގެ އަޑުއަހާނީ ކާކުހެއްޔެވެ. ހަތަރު ފާރު ފިޔަވާއެއްވެސް އެއްޗެއްނެތެވެ. އޭނާ ތަފާތު އެކިދުވަސްމަތިން ޔާނިޝް އަށް ލާރި ހޯދައިދޭން ގޭގެ އަގުބޮޑު ފަރުނީޗަރުތައް ވެސް ވިއްކާ ހުސްކުރީއެވެ. ބައްޕަ އޭނާއަށް ގަންދިން ކާރުވެސް އޭނާ ވިއްކާލީއެވެ. އެކަމަކު މިއިން އެއްވެސް ވާހަކައެއް އޭނާ މަންމަމެން ކާރީ ކިޔާ ނުދެއެވެ. މަންމަމެންގެ ލޯތްބާ މާލޭގެއެ އެދުވަސްތަކުގެ ހަދާންތައް އޭނާއަށް އަންނަމުން ދިޔައެވެ. ކުޑަކުއްޖަކު ފަދައިން އޭނާ ކޮކާލެއް ހެން ގޭތެރޭގައި ދުވެ ދުވެފައި އުޅުނެވެ. މަންމަގެ ގައިގައި އެލިގަނެފައި ބައްޕަ ގަައިގައި ބައްދާލާފައި ސަކަ ހިނިގަނޑުތައް ޖެހިއެވެ. ރުއިން އެއީ އޮތް އެއްޗެއް ކަމެއް އޭރު އޭނާ ނުދަނެއެވެ. ﷲ ވަނީ ހުރިހާ އުފަލެއް އޭނާއަަށް ދެއްވާފައެވެ. ހަމައެކަނި ޝުކުރު ނުކުރީ އޭނާއެވެ. އަނެއްކާވެސް ބައްޕަ އެންމެ ފަހު ދުވަހު ދެއްކި ވާހަކަ އޭނާގެ ހަނދާނަށް އައެވެ. އޭނާ ހެދުން ކަބަޑު ކާރިޔަށް ގޮސް ހުރިހާ ހެދުމެއް ބަލާލިއެވެ. އެތާ ކާރިޔަށް ތިރިވެފައި ކަކޫ ޖަހައިގެން އިނދެ އޭނާ ރޯންފެށިއެވެ. އެއިން އެއްވެސް ހެދުމެއް ދެން އޭނާ ނުލާނެއެވެ. ބައްޕަގެ ނަސީހަތް އޭނާ އަޑު ނޭހީ ކީއްވެބާވައެވެ. އެހާވަރަށް އޭނާ މަގުއޮޅުނީ ކީއްވެބާވައެވެ.

“ބައްޕާ އައިމް ސޮރީ…..ސޮރީ..” ގިސްލަމުން ގިސްލަމުން އެނާއަށް ކިޔުނީ އެހެންނެވެ.މިހާރު މާލަސްވެއްޖެ ކަން އޭނާވެސް އިހްސާސްވިއެވެ. ތަޢުލީމް ކިތަންމެ ވަރަކަށް ލިބިފައި ހުރިކަމުގާވިޔަސް އޭނާއަށް މަގު އޮޅުނީއެވެ. މިރޭ ޔާނިޝް ގެޔަށް އައުމާއެކު ހުރިހާ ވާހަކައެއް އޭނާ ދައްކާނެއެވެ. މަންމަ މެންނަށް ވެސް ޔާނިޝްއާއި އެކުގައި އުޅޭވާހަކަ މާދަމާ ކިޔާ ދޭނެއެވެ. ފުރަތަމަ މަންމަ މެން ރުޅި އަންނާނެއެވެ އެކަމަކު ފަހުން އޯކޭވާނެއެވެ. އެކަމަކު މިހާރު އޭނާ އެވަނީ މަންމަ މެންގެ އިތުބާރު ގެއްލުވާލާފައެވެ. މިހާރު އޭނާއަކީ އިއްފަތްތެރި މައުސޫމް ސިމްރަން އެއްނޫނެވެ. ޔާނިޝް އެގެޔަށް އައިދުވަސް އޭނާ ހަނދާނަށް އަންނަމުން ދިޔައެވެ. އެލެވުނު ހެދުމެވެ. އެލޫޓުވިގެން ދިޔަ އޭނާގެ ޢިއްޒަތެވެ. ކަބަޑުގައިވާ ހުރިހާ ހެދުންތައް ނަގާ ބިންމައްޗަށް އޭނާ އެއްލާލިއެވެ. މީގެ ކުރިން އޭނާލަމުން ދިޔަ ސާދާ ހެދުން އެތާނުވެސް ނެތީއެވެ. އަނެއްކާވެސް އޭނާ މޫނުގައި ދެއަތް އަޅައިގެން ބާރަށް ރޯންފެށިއެވެ. ގޭގެ އެއްކަނުން އަނެއްކަނަށް ރޮމުން އޭނާ ދުވިއެވެ. އެބޮޑުގެއިން އޭނާއަށް ހީވަނީ އޭނާފަހާ ދުވަމުން އަންނަ ފުރޭތަތަކެއް އަންނަ ހެންނެވެ. އުކާލެވެން ހުރި ހުރިހާ އެއްޗެއް އޭނާ އުކާލިއެވެ. ޑުރެސިން ޓޭބަލްގެ ޗާޓު ގެއްލިފައިވާ ކަހަލައެވެ. ބަދިގޭ މޭޒުމަތި ހީވަނީ ތޫފާނެއް އައިސް ހުރި ތަނެއް ހެންނެވެ. ކުރެވުނު އެއްވެސް ކަމަކުން އޭނާގެ ސިކުނޑި ހަމަޔަށް ނޭޅުނެވެ. އޭނާގެ ރޭނގަޑު ދިޔައީ ކިހިނެއްކަމެއް އޭނާއަށް ނޭނގުނެވެ. ހޭލެވުނު އިރު ހުރީ އޮފީހަށް ދާގަޑި ޖެހި ލަސްވެފައެވެ. ފާއިތުވި ދެއަހަރު ތެރޭ އޭނާ އޮފީހަށް ގަޑި ޖެހިފައި ނުވާނެއެވެ.

އޮފީހަށް ދާން ދިޔައިރުވެސް ޔާނިޝް އެއް ނާދެއެވެ. އޭނާ އޮފީހުގެ މަސައްކަތަށް ކޮންސެންޓުރޭޓް ނުވެވުނެވެ. ގެޔަށްދާން އޭނާ ކޮޅަށް ތެދުވިއެވެ. ބޮލުގައި ހީވަނީ މާބަރު އެއްޗެއް އޮތްހެންނެވެ. އޭނާ އަނބުރައިގަތެވެ އަރިއަޅައިގެން އޭނާގެ ކެބިންތެރެޔަށް ވެއްޓުނެވެ. އޭނާވެއްޓެން ދިޔަ އިރު ކޮމްޕިޔުޓަރގައި އޭނާއަށް ހިފުނެވެ. އެވެސް އަރިއަޅައިގެން އޭނާގެ ގައިމައްޗަށް ވެއްޓުނެވެ. ކާރީގައި ތިބި ސުޓާފުން ދުވެފައި އޭނާގެ ކެބިންއަށް ވަނެވެ. އަދި އޭނާ ނަގައިގެން ސިކް ރޫމަށް ވެއްދިޔެވެ ފަސްޓު އެއިޑަކުން ހައްލުނުވިއެވެ ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދޭންފެށިއެވެ. ހޮސްޕިޓަލުގައި އޭނާ ދެދުވަހަށް އޮންނަންޖެހުނެވެ. މިއިން އެއްވެސް ދުވަހަކު ޔާނިޝް ހޮސްޕިޓަލަށް ނާދެއެވެ ނުވެސް ގުޅައެވެ. . އޭނާއަށް އެހީވީ ނަރުސް ކުދިންނާ އޮފީސް ސުޓާފުންނެވެ. ނަދާ އޭނާގެ ކާރީ އިނދެއެވެ. އެންމެ ފަހަރަކުވެސް އޭނާ އެކަނި ނުކުރެއެވެ. ތިމާގެ މީހަކު ނެތްތަނެއް ނުދައްކައެވެ.  އެކަމަކު އޭނާ އިންނަނީ ހިތްހަމަ ނުޖެހިފައެވެ.

“ސިމް އަަހަރެން އެހާ ހިތްހަމަ ނުޖެހޭ ތިޔަ ގެންގުޅޭ މިހާޔާ” އެންމެ ފަހުން ނަދާ ހިތްހަމަ ނުޖެހިފައި އިންސަބަބު، ސިމްރަން ކުޑަކޮށް ހަމަޔަކަށް އެޅިލީމާ ބުނެލިއެވެ.

“މަންމަ މެންނަށް މިއަދު ގުޅާނަމޭ، އަދި ބުނާނަން އޭނާގެ ވާހަކަވެސް”

ސިމްރަން ގެޔަށް އައީ ނަދާ އާއި އެކުގައެވެ. ގޭގެ ހުރިހާ ދޮރެއް ވަޔާ ހޫރިލަ ހޫރިލަ ހުއްޓެވެ ހީވަނީ ޒަމާންތަކެއްވަންދެން އެތަންހުރީ އެހެން ހެންނެވެ. ދެމީހުން ދުވެފައި އެތެރެއަށްވަނެއެވެ. ސިމްރަންގެ ކަބަޑުގެ ހުރިހާ ވައްގަޑެއް ހުރިހާ ހާޔަށް ހުޅުވާފައެވެ. ކުރިން އެތާހުރި އެއްވެސް ގަހަނާއެއް ނެތެވެ. އޭނާގެ ގެ ވަނީ ލޫޓްވާލެވިފައެވެ.ހުރިހާ ގަހަނާއަކާ އަގުބޮޑު އެއްޗެއްނެތެވެ.

އެދެމީހުން އަވަސްވީ ޔާނިޝް ގެ ކޮޓަރި ބެލުމަށެވެ. ޔާނިޝްގެ ކަބަޑުވެސް ހުރީ ހުސްކޮށްފައެވެ. މޭޒުމަތީ ބަރެއްބާއެްފަ އޭގެ ދަށުގައި ސިޓީ އެއްކަހަލަ އެއްޗެއް ވަޔާ ހޫރިހޫރި އޮތެވެ. ނަދާ ކުރިޔަށް ޖެހިފައި އޭތި ނެގިއެވެ ލިޔެފަ އޮތީ ދިވެހިބަހުން ކަމުން އޭނާ ސިމްރަންއަށް އޭތި ދިއްކޮށްލިއެވެ.

“އަހަރެން ބޭނުމެއް ނޫން ކަލެއެއް ދެން. ވެދިޔަ ކަންތަކަށް، އަދި ކޮށްދިން ކަންތަކަށް ޝުކުރީއްޔާ. މަހޯދަން ނުއުޅޭތި. މަށޭ ކިޔާގެން ކިރިޔާ ވާހަކައެއްދެއްކިޔަސް ކަލޭގެ …..ފޮޓޯތައް ޕަބްލިކް ކޮށްލާނަން. ހަމަ ހުވާ ކަލޭގެ އަގު ވައްޓާކަށް ކަލޭވެސް ބޭނުމެއް ނުވާނެ. އަހަރެންނަށްދެން ކަލޭގެ ބޭނުމެއްނެތް. މިހާރު ކަލޭގެ ފަރާތުން ފޮނިކަމެއް އަހަރެންނަށް ނުލިބޭ އަހަރެންގެ ކަރުހިއްކަން ފިލުވުން ކަލެއަށް ކުޅަދާނަ ނުވި. ވީމާ އަހަރެން ކަލޭ ދޫކޮށްލީ..ތިކަހަލަ މާތައް ގޮނޑުގައިވެސް އެބަހުރި.

ޔާނިޝް

ސިމްރަން އަރިއަޅާލައިގެން ވެއްޓުނީ ނަދާގެ އަތްމަށްޗަށެވެ.” ޔާނިޝް…. ޔާނިޝް..ނޫން…ނޫން ބާރަކަށް ސިމްރަން ޔާނިޝް އަށް ގޮވަމުން ރޮމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Rozy

Level 210 Stories

“A SIMPLE ACT OF CARING CREATES AN ENDLESS RIPPLE” Rozy

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 14

Next

އަވާމެންދުރު 6

Next
September 14, 2016

އަވާމެންދުރު 6

Previews
September 14, 2016

ނޭނގޭހެ ހާދަ ލޯބިވޭ 14

11 Comments!

  1. Sabeeha says:
    September 14, 2016 at 6:08 pm

    vv reethi..??

    1. Kail says:
      September 14, 2016 at 6:30 pm

      Sabeeha comment kurany vaahaka kiyaafathr..oh just hama comment kuranyrhr…sabeehava mivaahaka rythi..mi dhn alhe vaahaka ehthr..koachh mee…hus eyna eynaa..

  2. Madhy says:
    September 14, 2016 at 6:28 pm

    Vv v salhi ❤❤

  3. Kail says:
    September 14, 2016 at 6:33 pm

    Mivaahaka ginaee hama hus eynaa eynaa…liyuntheriyaa write khfa kiyaalaafathr up kuranyy..eynaavx liyanjeheyne..abadhu name nuliyveyne…bt ehaa ginain liyunyma v v bolah udhagoo…mi site ga up vaa story thah mihaaru kobaathr alhefahe

    1. lol says:
      September 14, 2016 at 8:01 pm

      mi vaahaka v rythi. kail ah rythi nuvias thihen kiyaakah nuvaane

  4. Zika says:
    September 14, 2016 at 7:36 pm

    Liyunthrin kuraa kanthakuge agu jeheyne vazan kuran! If u write a dhivehi story I’m sure that u will use eyna myna thyna! It’s not a big deal

  5. Ushaa says:
    September 14, 2016 at 7:41 pm

    Last prtge ehbai kii irah ushaayah heevejjje e yaanish evanii lwbbeh noon kan.. BTW stwrii Nyc..

  6. Niusha says:
    September 14, 2016 at 8:14 pm

    Rythi .. but mifaharu thankolheh “eyna” ginaee… Dhen up kuraa iru rangalhah kiyaalaafa up kohlaa eyrun mistakes thah rangalhu kohleveynun kiyamundhaa gady faahaga vaa dhw.. keep it up ..

  7. faathun says:
    September 14, 2016 at 8:46 pm

    V v v v v v v v v v v reethi..

  8. Rozy says:
    September 15, 2016 at 12:09 am

    ހުރިހާ ބޭފުޅުންނަށްވެސް ތިޔަދެއްވާ ތަރުހީބަށް ވަރަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން
    ރޯޒީ

  9. lol says:
    September 15, 2016 at 9:57 am

    hehe hadi

Comments are closed.

Next Episodeއަވާމެންދުރު 6←


All Right Reserved!