“މަން.. އަހަރެން އެބަ އަންނަން ފެންވަރައިގެން އަހަރެން ގައިންދުވަނީ މަސްވަސް….” އަޒީމްގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. މަންޝާ ދިޔަ ގޮތަށް ގޮސް އަޒީމްގެ ތުންފަތުގައި އަނގަ ޖެހުމަށްފަހު އޭނާގެ ހަށިގަނޑުގައި މަންޝާ ބައްދާލިއެވެ. އަޒީމްގެ ހަށިގަނޑުން ވަސްބަލަމުން ދިޔައިރު އެނާ ހީވަނީ އެތައް ދުވަހަކަށް ފަހު ނުލިބި ހުރި މީރު ކާއެއްޗެއް ލިބިގެން އުޅުނު ހެނެވެ.
“މަން އޭއި… މަން…. އަހަރެން އެބަ އަންނަން ފެންވަރައިގެން….” މަންޝާގެ ހަށިގަނޑުގައި ހިފާ ދުރުކޮށްލަމުން އަޒީމް ވާހަކަ ދެއްކިއެވެ.
“ނޫން އަޒީމް… އައި ނީޑްޔޫ…” މަންޝާގެ ދުލުން ނުކުންނަމުން ދިޔަ ލަފްޒުތަކުން އަޒީމަކަށްވެސް ހިމޭނަކުން ނުހުރެވުނެވެ. މަންޝާގެ އުނަގަނޑުގައި ހިފާ ބައްދާލިއެވެ. އަދި ދެމީހުން އެކީ ފާޚާނާއަށް ވަތް އިރު ހީވަނީ އެކަތިގަނޑެއް ހެންނެވެ. މާގަނޑު ދަށަށްވަދެ މާގަނޑު ދޫކޮށްލިއެވެ. މާގަނޑު ފައިބަމުންދިޔަ ފެންތަކުން އެ ދެހަށިގަނޑު ތެއްމާލިއެވެ.
*** *** *** *** *** ***
ފެނުގެ ތެރޭގައި ހުރި ފަތްތައް ނަގައިގެން ސަކޭރާ ލެފިގަތީ އޭނާގެ ބޭސްތައް ތައްޔާރު ކުރާށެއެވެ. ސަކޭރާއަކީ ޖިންނީންގެ ތެރޭގައި އެކި ކަހަލަ ބޭސްތައް ތައްޔާރު ކުރާ ބޭސްވެރިއެކެވެ. މަންޝާއަށް ދޭންޖެހޭ ބޭސްތައް ތައްޔާރު ކުރަން ޒިބާންގާތު ގެނެސްދޭން ސަކޭރާ އެދުނު ތަކެތި ހަމައަށް ޒިބާން ގެނެސްދީފައި ހުއްޓެވެ. ސަކޭރާ ގާތުގައި ޒިބާން ހުރީ އޭނާ ކުރަމުން ދިޔަ މަސައްކަތްތަކަށް ބަލާށެވެ.
“ޒިބާން… އެހިށި ރައްކުލައި ފިޅި ދެރެފެލަ… ޒިބާން….” (ޒިބާން… އޭނި ރަތްކުލައިގެ ފުޅި ދިއްކޮށްލަބަލަ… ޒިބާން….) ސަކޭރާ ޒިބާނަށް ގޮވާލިއެވެ. ނަމަވެސް ޒިބާނަށް ސަކޭރާ އެ ދެއްކި ވާހަކަ އަޑު ނީވޭ ކަހަލައެވެ.
ޒިބާނަށް ސިހުންވީ އޭނާގެ އަތުގައި ސަކޭރާ ހިފާލުމުންނެވެ. “ޒިބާން… ކޮން ފިކުރަކި؟.. ކެހެނެކަށް ވެފައި ތެހިށީ؟.. ކޮން ކަމަކާއި ތެ ވިސްނަނީ؟… މަންޝާ ސަލާމަތް ކޮށްދޭށުމައު އަވަ ބެނިންނު… ދެން އެހެއި ވަރަށް ތިކަމާއި ނިވިސްނަ…” (ޒިބާން… ކޮން ފިކުރެއްގަ… ކިހިނެއް ވެފަ ތިހުރީ… ކޮން ކަމަކާ ތި ވިސްނަނީ… މަންޝާއަށް ސަލާމަތް ކޮށްދޭނަމޭ ބުނީމެއްނު.. ދެން އެހާ ބޮޑަށް ފިކުރު ނުކުރޭ…)
“މަކަށް ނިއެނގެއި މިވޭގޮށް ކެއިދޭކަށް… ބޮޑުދައިތައި ކަހާ ޒޭބާ ނިއޭއި؟.. އެއަ ވީތަން ނިއެނގޭ ހެދި އެންމެ ބޮނޑަށް ޖެހުލުން ވޭށީ…” (އަހަރެންނަކަށް ނޭނގެ މިވާ ގޮތް ކިޔައިދޭކަށް… ބޮޑުދައިތަ ކައިރިއަށް ޒޭބާ ނާދޭތަ؟… އޭނާ ވީ ތަނެއް ނޭނގޭތީ އެންމެ ބޮޑަށް ޖެހިލުންވަނީ…) ޒިބާން ވިސްނުމުގެ ތެރޭގައި ހުރެ ވާހަކަ ދެއްކިއެވެ. އޭރު ސަކޭރާ ދުރުގައި ހުރި ރަތްކުލައިގެ ބިއްލޫރިފުޅި ހިފައިގެން މަސައްކަތްކުރަން ހުރި މޭޒެއް ކަހަލަ ތަނަށް ކައިރިވިއެވެ.
“ހާން.. ކިތަންމެ ދުވަހަށް؟… ނިއެނގެއި ކެހެނެކަށް ވެގެންކަމަށް އެ ވޭނޑެނީ… އެކޮއްޔާ ނިއޭހެދި މާސް މިހިންނައި އަޖައިބުވެފައި… އެޔަގެ އެ ހިންނެއި އެޔަގެ އަމާގެ ގޮށްގަނޑު…” (އާން ކިތަންމެ ދުވަހެއް؟… ނޭނގެ ކިހިނެއްވެގެން ކަމެއް އެ އުޅެނީކީ… އެމަންޖެ ނާންނާތީ އަަހަރެންވެސް މިހުރީ އަޖައިބުވެފަ… އޭނަ ގައިގަ އެ ހުންނަނީ އޭނަގެ މަންމަގެ ގޮތްގަނޑު…) ސަކޭރާ އަތުގައި ހުރި ހުދުކުލއިގެ ފެންތައްޓާކަށް އެ ރަތްކުލައިގެ ފުޅިން ތިންވަރަކަށް ތިކި ޖަހާލަމުން ވާހަކަ ދެއްކިއެވެ.
“މަންޝާއަށް ހައުދަހައި އުނދަގޫވޭށިއޭ… އެޔަ ފިރިމީހާ އަތި ތެބޮށް ވަރޮގަދަ ތަވީދަށް… މަށް މިވޭ އިހްސާސަކީ މަންޝާއަށް އެ ތަވީދުން އުނދަގޫތައް ވޭހެދި ކަންނިއަނގި.. މަންޝާއާ ދޭރެތޭ ހަމަ ވިސްނެނީ…” (މަންޝާއަށް ހާދަ އުނދަގޫވާނޭ…. އޭނަގެ ފިރިމީހާގެ އަތުގަ އެބަ އޮތް ވަރުގަދަ ތަވީދެއް… އަހަންނަށް މިވާ އިހްސާސަކީ މަންޝާއަށް އެތަވީދުން އުނދަަގޫތައް ވާތީކަންނޭނގެ…. މަންޝާއާ ދޭތެރޭ ހަމަ ވިސްނެނީ…) ޒިބާންގެ ވާހަކަ މެދުކެނޑުނީ އެމީހުން ތިބި ތަނަށް އަލިކަމެއް ފާޅުވުމުންނެވެ. ހުދު ކުލައިގެ ހެދުމެއްގައި ހުރި ބިޔަ މީހެކެވެ. އޭނާގެ އެހެރީ ޒިބާނަށް ލިބިފައިވާ އިސްކޮޅާއި ރޫފައެވެ. އެމީހާގެވެސް އޮތީ ޒިބާންގެ އޮންނަކަހަލަ ހުދު ފަން އިސްތަށިކޮޅެކެވެ. ނަމަވެސް އެމީހާއަކީ ހަމުގެ ކުލަ އަލި މީހެކެވެ.
ސައިބްރޯތުކަަން އެނގުމުން ޒިބާން މަޑުމަޑުން ފަހަތަށް ޖެހުނެވެ. ސަކޭރާ ކުރަމުން ދިިޔަ މަސައްކަތް އެހިސާބުން ހުއްޓާލާ އެއްފަހަރު ޒިބާނަށް އަނެއްފަހަރު ސައިބްރޯތާ ދިމާއަށް ބަލާލިއެވެ. ސަކޭރާގެ މޫނުމަތިންވެސް ފާޅުވަމުން ދިޔައީ ނުތަނަވަސްކަމެވެ.
“ސަކޭރާ އަދިއަސް ޒިބާނަށް އެހީވެނީއްޔާ؟… ތި ތައްޔާރުކެރަނާ ކޮން ބޭހަށްކަން މަށް އިނގެއި… ޒީބާން އެކެހި ތެކަން ނިކެރާށްކެނައު ބެނިމެއިއަސް ގޮށްދޫކެރާ ގޮތާށް ނިވި…. ކައޭޝާގޮތަށް ބޯހަރުވީމެއި ވޭ ގޮތަކީ… އެކަމަކި ހަނދާންކެރާހެތި.. ޒިބާނަށް ދިމާވޭ އެއްވެސް ނިރައްކަލަކި އެހީވޭށް މި އާއިލާއިން އެކަކާސް ނިއޭހެއް… އަފިރިންނަކީ އިންސާނުންނަށް އުނދަގޫކެރާ ބާކިއަށް ނުނާ… ދެން އެކަން ޒިބާން ގަބޫލުނިކޮށްގެން ތެހެނގަނީ ކިއަންވީ؟.. ބައްޕާ ދޭ ނަސޭހަށް ގަބޫލުނުކުރާހެދިއޭ ތެހެންވަނީ… ހަނދާންކެރާހެތި ސަކޭރާ… އެ އިންސާނާއަށް އެހީވޭއް އެމީހުން ކަވަރިއަށް ނިއޭހެތި…” )ސަކޭރާ އަދިވެސް ޒިބާނަށް އެހީވަނީތަ؟… ތި ތައްޔާރުކުރަނީ ކޮން ބޭހެއްކަން އަހަންނަށް އެނގޭ… ޒިބާން ގާތު ތިކަން ނުކުރާށޭ ބުނީމަވެސް ގޮތް ދޫކުރާ ގޮތެއް ނުވި… ކައޭޝާ ގޮތަށް ހަމަ ބޯހަރުވީމަ ވާގޮތަކީ.. އެކަމަކު ހަނދާންކުރާތި ޒިބާނަށް ދިމާވާ އެއްވެސް ނުރައްކަލެއްގަ އެހީވާން މިއާއިލާއިން އެކަކުވެސް ނުދާނެ… އަހަރެމެންނަކީ އިންސާނުންނަށް އުނދަަގޫ ކުރާ ބައެއް ނޫން… ދެން ޒިބާން އެކަން ގަބޫލު ނުކޮށް ތިއުޅެނީ ކީއްވެތަ؟… އަހަރެމެން ހެއްދެވި ފަރާތަށް ބިރުވެތި ވާން ޖެހޭކަން ޒިބާނަށް ނޭނގެނީ ކީއްވެތަ؟.. ބައްޕަަ ދޭ ނަސޭހަތް ގަބޫލު ނުކުރާތީއޭ މިހުރިހާ ކަމެއް މި ދިމާވަނީ… ހަނދާންކުރާތި ސަކޭރާ އެ އިންސާނާއަށް އެހީވާން އެމީހުންގެ ގާތަށް ނުދާާތި…) ސައިބްރޯތު ބުނަން ބޭނުން ހުރިހާ ވާހަކައެއް ދައްކާ ނިއްމާލުމަށްފަަހު އެނބުރި އެތަނުން ނުކުންނަން ހިނގައިގަތެވެ.
“ބައްޕާ… މަށް މައުފްކޮށްލަ… މަށް އިންސާނަކާ ދެކެ ލޯބިވެވިގެ… އަވަ އެޔަ މުއަ ނިކެރަން… މަގޭ ބާރޮގެ ދަށަކަށަސް ނިގިނެން… މަގޭ ހަގީގައް އެނގިހިށެއަސް މަދެކެ މަންޝާ ވަރަށް ލޯބިވެއި… މި އާއިލާއާއި ބައްދަލުކެރާށަސް އެޔަ ހިށީ ތައްޔާރަށް…. މަށް އެޔައި ނިލައި ނިވޭނޑުވޭހެއް…” (ބައްޕާ.. އަހަރެންނަށް މާފްކުރޭ!.. އަހަރެންނަށް އިންސާނެއް ދެކެ ލޯބި ވެވިއްޖެ… އަހަރެން އޭނަަ މޮޔައެއް ނުކުރަން… އަހަރެންގެ ބާރުގެ ދަށަކަށްވެސް ނުގެންނަން… އަހަަރެންގެ ހަގީގަތް އެނގިހުރެ އަހަރެންދެކެ މަންޝާ ވަރަށް ލޯބިވޭ… މިއާއިލާއަ ބައްދަލުކުރަންވެސް އޭނަ ހުރީ ތައްޔާރަށް… އަހަންނަަށް އޭނާއާ ނުލާ ނޫޅެވޭނެ…) ޒިބާންގެ އަޑު ސައިބްރޯތުގެ ކަަންފަތުގައި ޖެހުމުން އޭނާގެ ފިޔަވަޅު މަޑުކޮށްލިއެވެ.
“ޒިބާނަކީ މަގޭ އެންމެ ހަގޮ އަނބީގެ އެންމެ ހަގޮދަރި… މަގޭމި ބޮޑުއާއިލާއި އެތަށް ދަރިން ތެތިބި… އޭގެތެރެއިން އެއްބާކިން ގެއްލިގެންގެއި އިންސާނުންނާއި ކަހާ ގޮސް ވޭނޑުމުގެ ތެރޭ އިންސާނުންނާ ގާށްވީމެއި… އެހެންވެ މިބެނަނީ ތެކަން ހުއްޓަލާށްކެނައު… ބައްޕާ ބެނިހެން ތަޒްކިޔާއާއި ކައިވެނި ކެރިއެއްތެއްނާސް މާ ރަނގަޅަވީސް… ތަޒްކީޔާއާ ޒިބާނާ ނިލާހިކަ ގުޅޭހެ… ޒިބާންގެ ހިޔާލަ ބަދަލުކެރާފެހޭ އަދިއަސް ތަޒްކިޔާ ހިށީ އެގޮތެ…” (ޒިބާނަކީ އަހަރެންގެ އެންމެ ހަގު އަަނބީގެ އެންމެ ހަގު ދަރި… އަހަރެންގެ މި ބޮޑު އާއިލާގެ އެތައް ދަރިންނެއް އެބަހުރި… އޭގެތެރެއިން އެއްބަޔަކު ނެތިގެން ދިޔައީ އިންސާނުންގެ ގާތަށް ގޮސް އުޅުމުގެ ތެރޭގައި އިންސާނުންނާ ގާތްވުމުން… އެހެންވެ މި ބުނަނީ.. ތިކަން ހުއްޓާލާށޭ…. ބައްޕަ ބުނިހެން ތަޒްކިޔާއާ ކައިވެނި ކުރި ނަަމަ ކިހާ ރަނގަޅުވީސް… ތަޒްކިޔާ ޒިބާނާ ނުލާހިކު ގުޅޭނެ…. ޒިބާންގެ ހިޔާލް ބަދަލުކުރަންޏާ އަދިވެސް ތަޒްކިޔާ ހުރީ އެގޮތުގަ…) ސައިބްރޯތު މިހެން ބުނެ އޭނާ އެތަނުން މައްޗަށް އަރައިގެން ދިޔައެވެ.
“ތަޒްކީއޭ…. މަށް ނިއަސް އިނގެއި… ދެން ލޯބިވޭށް މީހަކާ އެއްކޮށްނުން ވޭނޑުވޭނެއި… އެހެނވެޔާ ތަޒްކީ މަށް ފާރަލަނީ….” (ތަޒްކީއޭ… އަހަންނަކަށް ނުވެސް އިނގޭ… ދެން ލޯބިވާ މީހަކާ އެކީއެއް ނޫންތަ އުޅެވޭނީ… އެހެންވެތަ ތަޒްކީ އަހަންނަށް ފާރަލަނީ…) ޒިބާން އައިސް ސަކޭރާ ކުރިމައްޗަށް ހުއްޓެމުން ހަށަން ބަނދެލިއެވެ.
“ތަޒްކީގެ ވާހަކަ ބެނާ ހަވާލުކެރީ މާއި… އެވާހަކަ ބެނާވެގެން ގެއި ވަގުތެ ޒިބާން މަންޝާގެ ވާހަކަ ދެއްކިމެއި މަ އެވާހަަކަ ނިބެނީ… މަށް އެނގެނެ ޒިބާން ތިގޮށް ދޫ ނިކެރާހެއްކަން…” (ތަޒްކީގެ ވާހަކަ ބުނަން އަހަރެންނާ ހަވާލުކުރީ.. އެވާހަކަ ބުނަން ދިޔަ ވަގުތު ޒިބާން މަންޝާގެ ވާހަކަ ދެއްކީމަ އަހަރެން އެވާހަކަ ނުބުނެހުރީ… އަހަންނަށް އެނގުނު ޒިބާން ތި ގޮތް ދުލެއް ނުކުރާނެކަަން….) ސަކޭރާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އޭނާ ކުރަމުން ދިޔަ މަސައްކަތަށެވެ. ފުޅިއެއްގެ ތެރޭގައި އިން ހުދު ކުލައިގެ މަލެއް ނަގާ ވަނެއްގެ ތެރެއަށްލާ ޗިސްކުރަމުން ދިޔަ ސަކޭރާއަށް ޒިބާން ހުރީ ބަލާށެވެ.
” މަންޝާއެއީ ވަރަށް ތަފާތު ކޫދަށް… އެއީ ވަރަށް ހިތްހެޔޮ ރަނގަޅަ ކޫދަށް… ރަނގަޅައު މި ބެނީ… ވަރަށް ރަނގަޅަ ކޫދަކައު… އެޔަ ހަމަ ތަފާތީ… އެކަމަކި ޒޭބާ ވީތަނަކަސް ބަލާށް ވެގެ…” (މަންޝާ އެއީ ވަރަށް ތަފާތު ކުއްޖެއް… އޭނަ އެއީ ވަރަށް ހިތްހެޔޮ ރަނގަޅު ކުއްޖެއް espanolviagra.net… ރަނގަޅޭ މި ބުނީ…. ވަރަށް ރަނގަޅު ކުއްޖެކޭ… އޭނަ ހަމަ ތަފާތީ… އެކަމަކު ޒޭބާ ވީތަނެއްވެސް ބަލަން ވެއްޖެ….) ޒިބާންގެ ވާހަކަ މެދުކަނޑާލީ ޒިބާންގެ އަތަށް ސަކޭރާ ދިއްކޮށްލި ހުސް ފުޅީގައި ހިފަމުންނެވެ. ޒިބާން ބަލާލީ ސަކޭރާގެ މޫނަށެވެ.
“ޒިބާން އަދި ކަޅޮ ދިރިކެޑަށް ބޭނުން…” (ޒިބާން… އަދި ކަޅު ދިރި ކޮޅެއް ބޭނުން…..) ސަކޭރާގެ އެދުމަށް ޒިބާން އެފުޅި ހިފައިގެން އެތަނުން ނުކުތެވެ. ޒިބާން ތިރިއަށް ބަލާލީ ދެ ހިތެއްގައި ހުރެއެވެ. ބައްޕަގެ ރުހުން ނުލިބޭތީ ޒިބާން ހުރީ އެކަމާ ވަރަށް ދެރަވެފައެވެ.
*** *** *** *** *** ***
ރޮއި ރޮއި ދުޅަވެފައިވާ މޫނަށް އަފްނާނު ބަލާލިއެވެ. ފާޚާނާއަށް ވަދެ ފެންފޮދަކުން މޫނު ދޮވެލި އިރު އަފްނާނަށް އޭނާގެ މޫނު ފުސް ބުރާފައިވާ ލޯގަނޑުން ފެނުނެވެ. ބައްޕަ މަރުވާން ޖެހުނީ އަފްނާނުގެ ސަަބަަބުން ކަމަށް އޭނާއަށް ވިސްނުނެވެ. އެހެންކަމުން އަދިވެސް އޭނާ ދިޔައީ އަމިއްލަ ނަފްސު ކުށްވެރި ކުރަމުންނެވެ. އަފްނާނުގެ ސިކުނޑިއަށް ވަނީ ބާރުކޮށްފައެވެ. ބޭރަށް ނުކުންނަން ބޭނުން ނުވާތީ އޭނާ ގަސްތު ކުރީ ދުވަހުގެ ބާކީބައި އެ ކުޑަ ކޮޓަރި ތެރޭގައި ހޭދަކުރާށެވެ.
ރޭގަ އަފްނާނަށް ނިދޭ ގޮތެއްވެސް ނުވިއެވެ. މުނީރާ ބުނި ބަސްތައް އޭނާގެ ސިކުނޑީގައި ހަރުލާފައި ވިއެވެ. ހެނދުނުވީވެސް އެހިޔާލުތަކުގައި އަފްނާން ނުނިދާ ރޯން އޮއްވައެވެ. ފާޚާނާއިން ނުކުމެގެން އައިސް އެނދުކޮޅުގައި އަޅުވާފައި އޮތް ތުވާލިން މޫނު ހިއްކާލިއެވެ. އެވަގުތު އެނދުމަތީގައި އޮތް އަފްނާނުގެ ފޯނު ރިންގްވިތަން އޭނާއަށް ފެނުނެވެ. އެ ގުޅަނީ އަފްނާން ނުދަންނަ ނަންބަރަކުންނެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އަފްނާން ބަހެއް ނުބުނެ ހުރީ އެކޮޅުން ގުޅި މީހާ ވާހަކަ ދައްކާތޯއެވެ.
އަފްނާާނަށް އިވުނީ ފިރިހެނެއްގެ އަޑެވެ. މަޑުމަޑުން ޖަވާބުގައި ހަލޯއޭ ބުނެލުމުން އެ ޒުވާނާ އަފްނާނަށް ގޮވާލިއެވެ. އަފްނާނުގެ ނަމުން މުޚާތަބުކުރުމުން އެއީ އަފްނާން ދަންނަ މީހެއްކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އެއީ ކާކުތޯ ބަލަން އަފްނާނު ސުވާލުކުރީ ދެ ހިޔާލެއްގައި ހުރެއެވެ. އެ ފޯނު ކޯލަށް ޖަވާބުދެމުން ދިޔަ ޒުވާނާގެ ވާހަކަތައް އަޑުއަހަން ހުރި އަފްނާނުގެ ހިތް އަަވަސްވެ އެތައް އުނދަގޫތަކެއް ވަމުން ދިޔައެވެ. ކަރުގައި އަޅާފައި އޮތް ރިހި ފަށުގައި އިނގިލި އަޅުވައިގެން ހުރި އިރު އޭނާގެ މޫނު ރަތްވަމުން ދިޔައެވެ. އެކޮޅުން ދައްކަމުން ދިޔަ ވާހަކަތަކުން އޭނާ ލަދުގަތެވެ. ދެލޯމަރާ ފިއްތާލައިގެން ހުރީ ދޭނެ ވަކި ޖަވާބެއް އެނާއަށް ނުވިސްނޭތީއެވެ.
ފޯނުގައި ހުރި އަަފްނާނަށް ސިހުމެއް ލިބުނީ އެކޮޓަރި ތަޅުގައި މީހަކު ހިފާލި އަޑު އިވުމުންނެވެ. ދޮރާ ދިމާއަށް އަފްނާނު ބަލާލީ ޖެހިލުންވެ ހުރެއެވެ. ދެން އިވުނީ ދޮރުގައި ޓަކި ޖަހާލިއަޑެވެ.
“ހަލޯ… މިވަގުތު ފޯނު ބޭއްވީ… އަހަރެން ފަހުން ގުޅާނަން.. ތިވާހަކަ އެއްވެސް މީހެއް ގާތު ނުބުނާތި… ޕްލީސް.. ތިކަން އަހަންނަށް ސިއްރުކޮށްދީ…” ފޯނު ކަނޑާލުމަށްފަހު އަފްނާން އޭނާގެ ފޯނު ބާލީސް ދަށަށް ކޮށްޕާލިއެވެ. އަދި ކޮޓަރީގެ ދޮރާ ދިމާއަށް ހިނގައިގަތެވެ. އޭރު މަދީހާ ދޮރު ކައިރީ ހުރެ އަފްނާނަށް ގޮވަމުން ދެވަނަ ބުރަށް ޓަކި ޖަހާލިއެވެ.
ކޮޓަރީގެ ދޮރު އަފްނާން ހުޅުވާލިއެވެ. އެ ކޮޓަރި ތެރޭގައި ވަނީ އަނދިރިކަމެވެ. އަފްނާން ގާތުގައި ސައިބޯން އައުމަށް މަދީހާ އެދުނެވެ. އަފްނާން ބަނޑުހައި ނުވެއޭ ބުނެ ދެއަތަށް ބޯ ހޫރާލިއެވެ. އެނާ ކާން ބޭނުމެއް ނޫނެވެ. ނަމަވެސް މަދީހާ ގޮތެއް ދުލެއް ނުކުރިއެވެ. ޖޫސްތައްޓެއް ނަމަވެސް ބޯން ވާނޭ ބުނެ ޖޫސްތައްޓެއް ހިފައިގެން އަފްނާނު ކޮޓަރިއަށް ވަނެވެ. ކޮޓަރި ތެރެއަށް މަދީހާ ވަދެ ހޮޅިބުރި ދިއްލާލީ އެކޮޓަރި ތެރެއިން އެއްޗެއް ނުފެންނާތީއެވެ.
އަލިވުމުން އަފްނާން އޭނާގެ ދެލޯ ހަނިކޮށްލަމުން ހޮޅިބުރިއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ލޮލަށް އުނދަގޫވާތީ އޭނާގެ ލޮލަށް އެޅެމުންދިޔަ ހޮޅިބުރީގެ ދަޅައިން ސަލާމަތްވުމަށެވެ. މަދީހާ ގެނައި ޖޫސްތަށި ބޮއި ނިމިގެން އަފްނާނު އެނދުގައި އޮށޯތެވެ. މަދީހާ ވާހަކައެއް ދައްކަން ފަށާފާނެތީއެވެ. މަންމައާ ބައްޕައާ ގުޅުން ހުރި ވާހަކައެއް އަޑުއަހަން އަފްނާން ބޭނުމެއް ނޫނެވެ. އެކަންތަކާ ދޭތެރޭ ވިސްނާ ފިކުރުކޮށް އަފްނާންގެ ބޯ ގޮވަން ކައިރިވެއްޖެއެވެ.
“އަފްނާން… މަންމަވީ ކާށިދޫގަކަން އިނގެޔެއްނު… ދެން ކީއްވެ ބޭރަށް ނުނިކުމެ ތި އޮތީކީ…. މަންމަ ބުނި މާދަމާ އަންނަ ވާހަކަ…” މަދީހާ އަފްނާންގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ. އަފްނާނަށް އޭނާގެ މަންމަ ރޭގަ ރަށަށް ފުރިކަން އެނގެއެވެ. ހަސަނުގެ މަރާ ގުޅިގެން ރަށުގައި ތިބި ހަސަނުގެ އާއިލާ މީހުން ގުޅުމުން މުނީރާ ފުރީ އޭނާގެ އެއްވެސް ކުއްޖެއް ނުލައެވެ. ކުދިންނަށް ބައްޕައޮތް ހާލު އަންގަން ބޭނުންނުވާތީ ކަމަށް މުނީރާ ބުނެ ރަށަށް ދިޔައީ އެކަނިމާ އެކަންޏެވެ.
އަފްނަންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އަފްނާން ހިތްދަތިވާނެވަރު މަދީހާއަށް އިހްސާސްވާ ކަހަލައެވެ. އެހެންވެ މަދީހާވެސް ބޭނުންވީ އަފްނާން އެކަނި ބާއްވާށެވެ. ޖޫސްތަށި ބޯލުމުންވެސް މަދީހާއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އަފްނާންގެ ބޮލުގައި ފިރުމާލުމަށްފަަހު މަދީހާ އެ ކޮޓަރިން ނުކުތުމަށް ހިގައިގަތެވެ.
މަދީހާގެ ފަހަތުން ކޮޓަރީގެ ދޮރު ލެއްޕެން ދެން އަފްނާންއޮތީ ބަލާށެވެ. ދޮރު ލެއްޕުމާއިއެކީ އަފްނާން ބޯއަޅަައިގެން އޮތް ބާލީސް ދަށަށް އަތް ކޮށްޕާލިއެވެ. ބާލީސް ދަށަށް ލީ ފޯނު އަފްނާނު ނެގިއެވެ. އަދި ކުރިން ގުޅި ނަމްބަރަށް ގުޅަން ޑައަލް ކޮށްލިއެވެ. އެކޮޅުން ފޯނުނެގުމާއި އެކީ އަފްނާން ވާހަކަ ދައްކަން ފެށިއެވެ. “ހަލޯ…. އަހަރެން ކޮންމެވެސް ގޮތެއް ހޯދައިދީ… މިހެން އަހަރެން ކިހިނެއް އުޅޭނީ….” އަފްނާންގެ އަޑުގައި ވޭނީ ރިހުމެއް ވިއެވެ. އޭނާގެ ވާހަކަ ދެއްކުން އަވަސްވެފައި ކުރެވެ. ހީވަނީ ކަމަކާ ވަރަށް ބޮޑަށް ހާސްވެފައި އޮތް ހެނެވެ.
“އަފްނާން ބޭނުމިއްޔާ އަހަރެން މިހުރީ އަފްނާނަށް އެހީވާން… ހަދަންވީ ގޮތާ ދާންވީ އެޑްރެސް އަހަރެން މެސެޖް ކުރާނަން… ހުރިހާ ކަމެއްވެސް އޯކޭވާނެ… ދެން ބޭއްވީ… މިވަގުތު ވަރަށް ބިޒީ…” ފޯނުން އެމީހާ ވާހަކަ ދައްކާ ނިއްމާލިއިރު އަފްނާނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އުއްޑުން އޮތް އަފްނާން ނިތްކުރި މައްޗަށް އެއް އަތް ވައްޓާލައިގެން އޮތީ އެމީހާގެ މެސެޖް ލިބޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.
*** *** *** *** *** ***
އިންތިޒާރުކޮށްގެން ހުރިވަގުތު އައިސް ޖެހުނީއެވެ. މަންޝާ ކުރީބައިގައި ފާޚާނާއިން ނުކުތީ ބޮޑު ބޭނުމެއްގައެވެ. ނައިޓީ މަހާލުމަށްފަހު ތެމި ފޯވެފައިވާ އިސްތަށިގަނޑު ތުވާއްޔާ އެކީ އޮޅާލަމުން ލޯގަނޑު ކުރިމަތީ ހުއްޓި މަންޝާގެ ސޫރައަށް ބަލާލިއެވެ. ލޯގަނޑުން ފެންނަމުން ދިޔައީ މަންޝާގެ ސޫރައެއް ނޫނެވެ. ލޯގަނޑުން ފެންނަމުން ދިޔައީ ޒޭބާގެ ސޫރައެވެ. އޭރުވެސް އަަޒީމްވީ ފާޚާނާގައެވެ.
މަންޝާ ކޮޓަރިން ބޭރަށް ނުކުތެވެ. އެވަގުތު މަންޝާ ހަށިފުރާ ނޭވާއެއް ދަމާލިއެވެ. ކޮޓަރި ދޮރު ލައްޕާލަމުން މަންޝާ މިސްރާބުޖެހީ ބަދިގެއާ ދިމާއަށެވެ. އޭރު މުޅި ގޭތެރޭގައި ހިއްޕާލާފައިވަނީ މަސްވަހެވެ.
އަޒީމް ފާޚާނާއިން ނުކުތީ މަންޝާއަށް ފަސޭހަ ކޮށްދޭން ފާޚާނާ ދޮވެލާފައެވެ. ކޮޓަރިއަށް ނުކުމެ ބަލާލި އިރު މަންޝާ ފެންނަން ނެތުމުން އަޒީމަށް މަންޝާ ވީ ބޭރުގައި ކަން އެނގުނެވެ. ގޭގައި ލާން އުޅޭ ޝޯޓުބުރި މަހާލައިގެން ތުވާލިން ބޯ ހިއްކަމުން އަޒީމް ބޭރަށް ނުކުތެވެ. ދޮރު ހުޅުވާލުމާ އެކީ އިވިގެންް ދިޔައީ ޓީވީން ދައްކަމުންދިޔަ ޕްރޮގްރާމްގެ އަޑެވެ. ޓީވީ ބަލަން ސޯފާގައި މަންޝާ އިނީ ދެފައި ވަށްކޮށްލައިގެންނެވެ.
އަޒީމް ނުކުތުމާއެކީ އަޒީމާ ދިމާއަށް މަންޝާ ބަލާލިއެވެ. ލުއި ހިނިތުންވުމެއް ރައްދުކޮށްލަމުން މަންޝާ ޓީވީއާ ދިމާއަށް ބަލާލިއެވެ. އަޒީމް އަނބުރާ ކޮޓަރިއަށް ވަނީ ތުވާލި ބާއްވާށެވެ. ތުވާލި ބާއްވާފައި ބޭރަށް ނުކުމެ މަންޝާ ގާތު މަސްފިހަން ލޮނުމިރުސްގަނޑެއް ހަދަން އެދުނެވެ. އަދި ބަދިގެ ސިންކާ ގާތްވެލިއެވެ. އަޒީމަށް ފެނުނު މަންޒަރުން ދެލޯ ބޮޑުވިއެވެ. ސިންކުތެރޭގައި އަޒީމް ބާނައިގެން ގެނައި ފަރުމަސް އޮތީ ނޮޅާ ހަފުސް ކޮށްލާފައެވެ. މަސް އޮތް ގޮތުން ހީވަނީ އެމަސް ނޮޅާއިގެން ކައިފަ ހުރި ހެނެވެ. ކަށިފަތިވެސް އޮތީ ފެންނާށެވެ.
“މަންޝާ…. މި މަހަށް ކިހިނެއް ހަދާފަ މިއޮތީ… އަހަރެން މަސް ގެނައީ ވަރަށް ރީއްޗަށް ސާފުވެސް ކޮށްލައިގެން… ހުޅޫނބުކަހާ މަހުގަ ޅިޔަ އަޅައިގެން.. އެކަމު ބަލަ މި މަސް އޮތް ގޮތް…..” މަހުގެ ނިގުލުގައި ހިފައިގެން ހުރެ އަޒީމް ވާހަކަ ދައްކަމުން މަންޝާއާ ދިމާއަށް އެނބުރުނެވެ.
ނޭނގެއޭ ބުނާ ފަދަ ގޮތަކަށް މަންޝާ ކޮނޑު އަރުވާލަމުން ވާހަކަދެއްކިއެވެ. “އަޒީމް ގެއަށް ވަނީ ރަނގަޅަށް ދޮރުވެސް ނުލައްޕައެއްނު… އަހަރެން ނުކުތް އިރު މިތާ ދޮރު ބުޑުގަ ބުޅަލެއް އޮތް… އަހަރެން ނުކުތްތަނާ އޭތި ހިނގައްޖެ…”
“އެހެންތަ.. ތިވާނީ މަސްހިފައިގެން އައިސް ވަދެ ދޮރު ނުލެއްޕުނީ ކަމަށް… ބުޅާމަސްކާލީދޯ.. މަ އެވަރުން މަންޝާއަށް ކާންދޭން މަސް ގެނައިމަ ވީގޮތްދޯ…. ސޯ ކާން ހިނގާ ތަނަކަށް ދާން…” އެފަރުމަސް ކޮތަޅަކަށްލާ ގޮށް ޖަހާލުމަށްފަހު އަޒީމް އަތް ދޮވެލިއެވެ. އަދި އައިސް މަންޝާ ގާތުގަ އިށީނެވެ.
“ނޫން… ކާން އެއްޗެއް ގެންނާނީ ދޯ… އެކަމު އަހަރެން ވަރަށް ބަަނޑު ފުރިފަ މީނީ….” މަންޝާ ސޯފާއިން ތެދުވަމުން ވާހަކަދެއްކިއެވެ.
“އެހެންތަ… މަންޝާ ކޯއްޗެއް ކައިގެން އެހާ ފުލްވީ…” އަޒީމް ހައިރާންވެފަ އިނދެ އަހާލިއެވެ.
ސޯފާ ކައިރީ ހުރި ގުޅަ ދަޅަށް އިޝާރާތް ކޮށްލަމުން މަންޝާ ގޮސްވަނީ ކޮޓަރިއަށެވެ. އެ ދިޔައިރު ޝަހާދަތް އިނގިލިން އަނގައިތެރެއަށް ލައިގެން ހުރެ މަންޝާގެ ދަތް ކޮއްޓާލިއެވެ. ދެދަތް ދޭތެރޭ ހަރުލާފައިވާ ފަރުމަހުގެ ހަންކޮޅެއް ނެއްޓުމުން އޭތި ކޮޅު ކޮލަށްލާ ހަފާލުމަށްފަހު ދިރުވާލިއެވެ. އަދި ދަތްކޮއްޓި ޝަހާދަތް އިނގިއްޔަށް ބަލާލަމުން އެ އިނގިލި އަނގަޔަށްލާ ބޯލި އިރު މީރުކަމުން މަންޝާގެ ދެލޯ މަރާލިއެވެ.
*** *** *** *** *** ***
ދެލޯ މަރައިގެން ގަދައަށް ނިދާފައޮތް މީރާއަށް ހޭލެވުނީ ސިއްސައިގެން ގޮސް ކައިރީގައި މީހަކު ހުރިކަމުގެ އިހްސާސްވާތީއެވެ. ދެލޯ ބޮޑު ކޮށްލަމުން މީރާ ފުންމައިގެން ތެދުވިވަގުތު މީރާގެ ނިތްކުރި ޖެހުނީ ހަރު އެއްޗެއްގައެވެ.
“އައްދޯއި… ކިހިނެއްވީ؟…” ނިތްކުރީގައި ފިރުމަމުން ރިޔާޒް އެނދުންތެދުވިއެވެ. އޭރު ރިޔާޒް ހުރީ އޮފީހަށް ދާން ތައްޔާރުވެގެންނެވެ. ކަޅު ކުލައިގެ އަތް ދިގު ގަމީހެއްގައި ބެގީ ޖަހައިގެން ހުރި ރިޔާޒް ވަރަށް ސްމާޓްވެފަ ރީއްޗެވެ. މީރާގެ ބާލީސް ކައިރީ އޮތް ފޯނު ނަގާ ގަޑިއަށް ބަލާލަމުން މީރާވެސް އޭނާ ގެ ނިތްކުރީގައި ފިރުމާލިއެވެ.
“ރިޔާޒް ގަޑި ޖެހެނީދޯ… ކީއްވެ އަހަންނަށް ނުގޮވީ…” ޝަކުވާގެ ރާގަކަށް މީރާ ވާހަކަ ދެއްކިއެވެ.
“މީރާ އޮތީ ނުލާހިކު ލޯބިކޮށް ނިދާފަ.. އަދި އަހަރެން ގުޑްބައި ކިސްއެއް ދޭން މިގާތްވީ… އެގަޑި ތި ތެދުވީ….” ލޯގަނޑު ކުރިމތީ ހުރެ ރިޔާޒް އޭނާގެ ނިތްކުރިއަށް ބަލާލިއެވެ.
“އަޅެ.. ސޮރީ.. ރިޔާއަށް ތަދުވީތަ… މަށަށްވެސް ވަރަށް ތަދުވޭ… މީރާއަށް ހުވަފެނެއް ފެނުނިއްޔޭ… އެހެންވާނީ…” މީރާ ތެދުވެ ރިޔާޒާ ގާތްވަމުން ވާހަކަ ދެއްކިއެވެ.
“އޯކޭ… އަހަރެން ގަޑި ޖެހެނީ.. އައި ހޭވް ޓު ގޯ… ޕްލީސް… ބީ ކެއަރފުލް.. ޑޮކްޓަރ ބުންޏެއްނު ފުލް ބެޑް ރެސްޓޭ… ކަމެއް ބޭނުމިއްޔާ ގުޅާލާ… އިނގޭ.. ފޯނު ނުނެގިއޖިއްޔާ… މެސެޖްމީ… ދަނީ…” މީރާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ރިޔާޒް އޮފީހަށް ދާން ނުކުތެވެ.
ކޮޓަރިން ބޭރަށް ރިޔާޒް ނުކުތް އިރު ބޭރު ސޯފާގައި އާމިނައާ ޟިރާރު ތިބީ ޓީވީ ބަލާށެވެ. ރިޔާޒް ބޫޓު ނަގައިގެން ބޫޓަށް އަރަން މަޑުކޮށްލި ވަގުތު ޓީވީން ދައްކަމުން ދިޔަ ޚަބަރަށް ސަމާލުކަން ދިޔައެވެ.
ހަސަން މަނިކުގެ މަރުގެ ވާހަކަ ދައްކަމުން ދިޔަ ވަގުތެވެ. ފުލުހުން ކުރި ތަހްގީގުން އެނގުނު ގޮތުގައި އޭނާއަކީ ދުވަހަކުވެސް މަސްތުވާތަކެތި ބޭނުންކޮށްފައިވާ މީހެއް ނޫންކަމަށާ އޭނާގެ ހަށިގަނޑުން އެފަދަ މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާކަން ފާހަގަ ނުވާކަމަށް ޚަބަރުގައި ކިޔައިދެމުން ދިޔައެވެ. އަދި ފުލުހުންނަށް ލަފާ ކުރެވެނީ އޭނާ މަރުވެފައިވަނީ އަމިއްލައަށް ކަމަށް ބުންޏެވެ.
ފޯނުނަގާ އަޒީމްގެ ނަންބަަރަށް ރިޔާޒް ގުޅާލީ އެވަގުތެވެ. މަންޝާމެން ރަށު މީހަކަށްވުމުން އެއީ މަންޝާ ދަންނަ މީހެއްތޯ އޮޅުން ފިލުވާލުމުގެ ބޭނުމުގައެވެ. ނަމަވެސް ފޯނުގެ ރިންގް ކެނޑުނު އިރުވެސް އަޒީމްގެ ޖަވާބެއް ނުލިބުމުން ރިޔާޒް އޮފީހަށް ދާން ނުކުތީ ގަޑިއަށް ބަލާލަމުންނެވެ. އޭރު ކޮޓަރި ދޮރުން ބޭރަށް ބޯ ދިއްކޮށްގެން މީރާ ހުއްޓެވެ. މީރާ ފެނުމާއެކީ ޟިރާރު ގޮވާލިއެވެ. “ދަރިފުޅާ… ތިހޭލެވުނީދޯ.. އާދޭ ސައިބޯން…”
ސޯފާއިން ތެދުވެގެން މީރާ ކައިރިއަށް އާމިނަ ދިޔައެވެ. “މިހާރު ކިހިނެއް… ގައިގަ ރިއްސާތަ…. ދޭ ފާޚާނާއަށް ވަދެލަން… ސައިބޮއިގެން ބޭސްކައި އެތަންތަނުގަ ބޭސް އުނގުޅަން ޖެހޭނެއްނުދޯ….” އާމިނަގެ އޯގާތެރި ބަސްތަކުން މީރާގެ ހިތް ފުރުނެވެ. މިއަންނަނީއޭ ބުނެ މީރާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
މީރާ އަވަސްވެގަތީ ފާޚާނާއަށް ވަންނާށެވެ. ކުއްލިއަކަށް މީރާގެ ފިޔަވަޅު މަޑުކޮށްލެވުނެވެ. ފާޚާނާއަށް ވަނުމުގެ ކުރިން މީރާގެ އަތް ޖައްސާލެވުނީ އޭނާގެ އަތުގައެވެ. ތަވީދު އޮތްތޯ ޔަގީން ކުރާށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
88 Comments!
Comments are closed.





Nyyc stry shaxx
Wooowww.. But why so late..
Wow vv reethi
Thanks Shiyaa , Sherr, Andhu…. Next episode will be uploaded on Monday 🙂 (Mondays and Thursdays…)
Wow. V reethi. Mansha salaamaiyy kurachchey…
Nice
Aslu ziban men addu bahun talk kureema ehaa nice eh noon………. Jinnin vyma ehaa eh nugulhey addu baheh
Gulhey Hama.
Thakah niyengey he’ vaa!!! ?
-nurse Sama-
vvvv reeethi ?? alhey shaz week aku 3 days genesdhey nama mi story reethi kamun hma kiyaa hii vany…. you are so good at this??. shaz ge kuryge story eh nehtha biruveri I want to read..
read kandufen story… its on esfiya the previouse story of this writter… varah reethi vaahaka e eves
E kahala jinnin roamas kaane tha?? Hama ahaalee story v habeys
Yes, they eat roa mas.
Source:
Trust me, I’m a nurse!
Alhe zeybaa nereba manshaage gaitherein..
Noon. Eyrun manshaa aa Azeem aa kanthah kuraa baeh naannaa ne ???
v v v nice mibaives … really you the best .. love all your storys…
V salhi. Addu jinnin thakeh dho miulheny ?
Mi vaahaka kolhehga jahsan ulhey
Ehen noony anehka dhigulaigen gos meehun foohivaan fashaafaane
But story good
v hadi zeyba masnshage gai there ah vadhegen uIheythy…n zibaan aa mansha ge baeh nethyma ves v foohi…mansha mas kaan v sababeh neygun..ebai ehn genes dhinyma ves eha eha noon..mivahaka dhany hadi vamun miharu
meera n afnaange bai ves eha intersting eh ves noon…avahah mi vahaka nihmaafa aa vahahaka eh kiyan beynun
dhen mivaahaka nukiyaa ehen vaahakayeh kiyaa… nuhaggu loabi ei varah salhi vaahakaeh… try that story…
Dhn mihaaru v foohi mi story. Addu bas maaginain hunnaathee. Dhn e bas anekka translate vx kuran jehey. Ehn ve story v kuru ?
Mah niengey vaki balhakaa.
Varah Reethi mi part ves.
Massala akee hospital aa behey baeh nethyma. Sama akee nurse eh veema Varah hospital ga ulhey bai thah kiyaa hiyy vey. Ummeedhu kuran Dhen anna part rangalhu vaane kamah mi ah vureh.
-Nose Sama-
… I mean -nurse Sama-
sama abadhu kyvve thr thimanna my nurse ekey kiyaafa foni vany…….meehun kairi tihen nukiyaa allah ah shukuru kohbba …………abadhuI I AM NURSE, I AM A NURSE, I AM A NURSE,MEE DHEN BODUVARU DHW SAMA
Of course I am a nose… I mean nurse. ?
Nurse eh veema nurse ey bunanee.
Black angel you ah keehtha.
Seriously! Never knew that I am so fabulous that people male fake comments pretending to be me. 🙂
Blackangel, thats not me. But a huge fan of mine. 🙂
Make*
Addu bahun thi dhamaa haasaru gadu huttaalabala..ehaa reecheh noon addu bahun hunnaathee..addu bahun genesfa adhi dhivehi bahun tharujamaa kuranjehey..ehenveema vaahaka v v v kuru.
vv reethi..??
this story is amazing
varah salhi. just curious to knw whats afnans up to. ur a v creative n talented writer. thanks for this beautiful story.
dhn mansha nd azeem gulhuvaaa. fuhi dhn. mi mas kaathy mi vahaaka kiyeyvare nun. hodu lavaa goi vaathy. vv,fui dhn. hus goas kantha kurany. dheenunge eves kame nei.
whos forcing u to read dhen varah rangalhu kameh thi kuranee. hodu lai. seeves lai. mashah mi vaahaka hama habeys.
Dheenu ge vaahaka dhahkan aadhe bala ma mi oiy golhi ah. Mikan rangalha has dheenee vaahaka dhahkai dheynan. ❤️
sama ah bunelan othy sama nonas naruhun ulhey mi dhuniyeyga. so thivarh nurse nurse nukiyas thi naruhenkan ingey. boduvaru dhen
Ekam Sama akee Shaz ge enme bodu fan nurse. ?
awwnnn ziban…?? i feel sad 4 u…cux miulhey zeybaa hama nulafaakan aruvanee ey…i guess roohee ves maraalaafa hunnaanee hama eynakan…? kobaatha zibman ge part…v miss vey…2 kudhinves nulaahiku rom vaane…
btw we shud respect all de dhivehi languages…even if v dnt understand them..?? hehe…ekam dn shax indheynu translate kohfaves so no confusion at all…?✌
feeling curious to knw wats gng on with afnaan… ? may b she is preg or smthin… ?? dn egulhee majudhee ah ves vedhaane…cux i guess he knws wats betwn afnaan n her so called dad….?
waiting for monday….☺
Nice.
But I think its getting too lengthy now.haasaru
As a nurse I want to tell everyone that some people are jealous and saying things at me for being a nurse. ?
Is it my fault that I was a bright student and studied hard and became a nurse who gets a good salary and awesome benefits.?
Jealous vaa kudhin nah bu ekan othee jealous viyas mi Sama eh dhuvahaku ves Shaz ge fan akah vun nuhuttaa namey.?
-Nurse Sama-
Bunelan othee*
-Nurse Sama-
Keke! Mashah adi mi engunee nurse akah vaan varah kiyavan jehey kan. Keke. grade 10 in kandaalaafa thibey meehun ves nurse in nah ulhey. Kekekeke
Hey guys I am a doctor…I am a intelligent student who studied from azhar university….I am real doctor…sama would u like to work with me????????????????????
I would like tell you that I don’t like your grammar!
-Nurse Sama-
Like to*
Lol
-Nurse Sama-
beautiful..?
Hey… Can anyone tell me ryn n shax Lyn ge Facebook page… Anonymous… Plyxx tell me
SHAZ ge vaahaka
I think you better become an English teacher.. nd actually here no one is interested with your salary or from where you have studied… adhi shaz ge fan akah vumeh vx nun mahsala aky… Maa varakah foni kandaa thy… shaz, stry is awsome..
Shaz is best.
I just wrote facts about what she had written earlier in her story.
Dhen ehen rangalaha kah vaahaka eh buneema jealous vegen Ulhen vey tha you.
Sama never be too proud of who u r and what position you hold be. Don’t be so proud of the things you have Allah gives and if he wants he can take them away. N u don’t have a kind heart n the discipline. If u r a nurse o whatever you have to maintain ur discipline. Don’t showoff the world that ur a nurse. Where ever there are so many enemies also u hv to trt them well. There are so many doctors n nurses like us u r not the only nurse in this whole world. I guess u r just a starter… for ur kind information we luv our author shaxlyn too.
That’s not me. 🙁
A fake person whose commenting on my name.
-Nurse Sama-*
Heyyy…. Some one…. Tell the Facebook pages….
Thee story ah comment kuraa meehuntr nooni nurse sama ah comment kuraa meehuntr. Dhen thee kon kameh.
hahah asluves dhw…
Miadhu ingijje dhivehinnaky varah ladhukuda, rahum kuda bayeh kan. Meehehgge aburu nagaalaa iru hama hithah ves naaraa mee kureveny kihaa varehgge kameh kameh!. Alhugandaky nurse ekey kureega jehy medical vaahaka eh nubai koh inyma. And eyge authenticity prove kodhdheyn. even shaaz accepted it. Dhen ekamaa hedhy alhugandu’ge namugai fake comments liye beyzaaru kureema varah hadi dho?
Eyru e comment kury ves shaaz ah rangalhakah. Eyee eyna ah kuri erun libeyne kamakah vaathyve. Dear fake sama If you are a true fan of her why don’t help her in a way in which she could develop professionally? Rather than mocking others and embarrassing others who try to help her. ??
Othuvalan nooley. Thee varah gina meehun kuraakameh. kada kameh kurevuneema ehen meehaku kuri kamakah hedhun. Kada kameh veema den olhuvaalaakah nujehe do?
Thimaa ah thimaa fenunas thee boduvaru.. mi dhuniyeygaves huri hama ekani naruhakee thee.. lol..???
Keekey dhen bunaanee.. mikahala dhekkun therinves dhuniyeyga ulheyviyya.
Dear fake Sam
Please don’t use my name and pretend that you are me! ? Ok!
-Nurse Sama-
Heeves vejje fake sama eh hen mi ulheny maa nurse eh koyaigen comment koh koffa. Hahaha
Thee hama bayeh dhivehinge faadu. Dhimaa kurumaa malaamaaiy kurun ekani bayeh meehunah dhasvefa hury.
Dho.
Varah foohiwey.
Nurse akah ma vee aa aee massala ehtha? Neyngey ehchehi bunedhineema veethaa ingeynee. Ekamaku dhivehin ulhey goiy aee, keeh kuraanee. Boa halaaku.
aann dhw..even i dont think ei aslu sama heneh..eyna eulheni dhuniyein moya vegeneh noon kanneynge..sama dont worry. there r ppl who r jealous of u becox they cant be u..:) hope u do good in ur profession
V V V HABEYS STORY THANKS SAAZ
Maldivians never fail to amaze me. Some people find it very cool to make fun of others. And some people are so dumb that they can’t even make out when someone is faking it. And even post rude comments without even thinking twice. Oh please!! Do you people think that a true professional person would be so showy that she would write the name of her profession every time she comments?
Meega miothy vaahaka ah oiy comment eh noon dho? Anekka sama fakeeraa behun. Saabahey!! Dhivehinge haalath.
Thikan kuraa meehaku thi kurany dhera kameh. Binaa kuranivi faadu kiyumah huras elhumaky liyun theriyaa ah libey gellumeh. Liyumugai hunna kuh faahaga kohdhdhinumaky kuri erumah libeyne furusatheh. Malaamaaiy koh, fake comment koh hadhanya ehen meehunves faadu kiyan jehilun vaane
Faadu kiyaanee fiction aa non fiction vaki kuran engigen mikahala vaahaka ah aslu. Sama ehdhuvahu ulhunu goiy maves dhekunin. Maa nurse vegen. Fake Sama or not mashah Varah majaa e ulhey meehaa konme akas.
Story Varah Salhi. Dhen oiy part kiyan keh ma dhuvefa meenee.
Good luck shaz?
Gud nyt teddy bear….. :-* :-*
Ok gud nyt…. Love…
Boduhothah ?
Nice story ? Keep it up. Sama gth
Fake samaa meehunge aburah arai gathass bodu varu thee.
Mas kaa baithah huryma varah fakuru. But that also shows the perfection of your descriptions. And I am very curious to know who that mysterious caller is.
Great work Shaaz.
Btw, try and upload weekly three episodes. 🙂
Mi oi reethi isstoooary eh.iz like Italian pasta.
Kon iraku tha Aneh part upload kuranee?
?hey Shaz ! La tua storia è come il movie’The Nota book’.I hanno mai letto una superba storia come this.Its come se le mani sono magici e siamo tutti incantati.
Most beeeeeeaaaaaautiful storyz ever.n I checked ur fbprofilo u luks beautiful.Gud gal.
Mihaaru foreigners ves mi story kiyanfashaifi.Ehaaves reethi veema vaanee ves ehen.?☺
Dho
-nurse Sama-
Hello shaazlyn
Kon irakun Dhen oiy part nereny? Keh madhu vefa meenee.
Ummeedhu kuran mi part ga hospital adhi ethanuga gengulhey aalaiy thakaa behey gothun liyane kamah.
Pls avahah upload kohla ba new part eh!
I hate dhivehin ?
I have no humore in me, I hate Maldivians, are kada baeh, jahsaalan ulheynee. ?
Shaz ves positive koh negi kameh ga dhivehin ulheny mashaa jahssa laigen. Huvaa Varah foohi vey.
Doppler… Yeah!!! Doppler!!!
I am a nose!!! I mean nurse!!!
-Nurse Sama-
puhhhhh thii mudhi sama
Seriously man!!
Shame on you!. Mocking is not cool!! Sounds as if you are jelous to see how educated Sama is, cause she pointed a mistake in the story, which some people blindly accepted. I don’t even work on the medical field but even I laughed while reading that line, when the guy said that his wife is “six weeks pregnant” and when the nurse checked from a doppler. ?. It is all about general knowledge. But mocking her by making fun of her feild and knowledge is so unacceptable. May Allah guide you to the right path
Dhoonyaa mee hageegatheh noon.
-Nurse Sama-
Aslu sama aa jassaalaigen ulhenee dhivehinne noon.dhivesse. eyee mi vaahaka liyaa meehaa aa eynaage auvaanun.alhaanulaa.let’s the dogs bark??????
Thi liyevun ethi adhi eh faharu kiyaaka bala,
Next part koba????
ey konmehen nujehey thi hurihaa ehcheh dhamaa vaakah. enmenahves ingey dho mie hayaaly vaahakaehkan… adhi neyngeynun maadhamaa nun kamehves furathama dhuvahun feshigen beley varuge dopler eh ufahdhaany. any ways vaahaka v salhiey buneveyny.
shaax i love ur story.. waiting for the next part.
Fodi samaa ???