މިގަޑީގަ ދެން އަންނާނީވެސް ކާކުބާވައޭ މަންޝާގެ ހިތަށް އެރިއެވެ. ދޮރު ހުޅުވަން ދާން ހިނގައިގަތް ވަގުތު ސޯފާ ކައިރީ ހުރި ހަދިޔާ ކޮތަޅު މަންޝާގެ ލޮލުގައި އަޅައިގަތެވެ. އެއީ ޒުހާއަށް ހަވާލުކުރި ހަދިޔާ ދަޅުތަކެވެ. އެކޮތަޅު ހިފައިގެން ގޮސް ދޮރު ހުޅުވާލަމުން މަންޝާ ވާހަކަ ދެއްކިއެވެ. “މި ބަހައްޓާފަ ދެވުނީމަދޯ ތިއައީ… ސާބަ….” ދޮރު ހުޅުވާލަމުން ކޮތަޅު ދިއްކޮށްގެން ވާހަކަ ދައްކަމުން ދިޔަ މަންޝާއަށް ހުއްޓުމެއް އައީ ދޮރުމަތީ ހުރި ޒުވާނާ ފެނުމުންނެވެ.
އެއީ ހަމުގެކުލަ ދޮން ރީތި އަންހެން ކުއްޖެކެވެ. ހާވާލާފަ އޮތް ކުދިބުޅީގެ ދިގު އިސްތަށިގަނޑެކެވެ. އެއީ ދެންމެ ޒުހާ ކިޔައިދިން ސިފަތަކެވެ. އެއީ ހަމަ އެ ބުނާ އަންހެން ކުއްޖާ ހެއްޔެވެ. ގައިމުވެސް އެއީ މަންޝާ ދަންނަ މޫނެއް ނޫނެވެ. އެއީ އަޒީމް ހިތާވި އަންހެން ކުއްޖާކަން މަންޝާއަށް އެނގުނެވެ. އެ އަންހެންކުއްޖާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެެވެ.
“ކަލޭ ކީއްކުރަން މިގެއަށް ތިއައީ؟… އެހެންނޫނަސް ތި ހޯދަން އައި މީހާ މިގެއަކު ނެތް؟… އޭނަ ވީ ޑިއުޓީގަ… މާދަމާ އޭނަ ހޯދަން އާދޭ…” އެއީ އަޒީމް ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާކަން މަންޝާއަށް އެނގުނެވެ. މަންޝާ ވާހަކަ ދައްކާ ނިންމާލުމާއި އެކީ ގޭގެދޮރު ލައްޕާލަންް އުޅުނީ އެ އަންހެން ކުއްޖާގެ ފަރާތުން އިތުރު ޖަވާބެއް އަޑުއަހަން ބޭނުން ނުވާތީއެވެ.
“އޭއި.. މަޑުކޮށްބަލަ… އަހަރެން މިތަނަށް މިއައީކީ އަޒީމާ ބައްދަލުކުރާކަށް ނޫނޭ… މި އައީ މަންޝާ ކައިރިއަށް…” ޒޭބާގެ މޫނުމައްޗަށް ލައްޕާލަން މަންޝާ އުޅުނު ދޮރުފަތުގައި ހިފަހައްޓަމުން ޒޭބާ އެ ދޮރު ހުޅުވާލީ ސާބިތުކަމާއި އެކީގައެވެ. ހައިރާންވެފައި މަންޝާއަށް މަޑުކޮށްލެވުނީ އެ އަންހެން ކުއްޖާ މަންޝާއާ ބައްދަލުކުރަން އައި ވާހަކަ ބުނުމުންނެވެ. ހުޅުވުނު ދޮރުގެ ތަޅުގައި އަތް ވިއްދާލަމުން މަންޝާ ފުންނޭވާއެއް ބޭރުކޮށްލިއެވެ.
“އަަހަރެންނަކަށް ނުވިސްނުނު… އަހަރެންނާ ބައްދަލުކުރަންޖޭހޭ ސަބަބެއް އެބައޮތްތަ؟… އަހަރެންނަށް ހެޔޮ އަޒީމް ކޮންމެ މީހަކާއެކީ އުޅުނަސް… ތި މީހުން ކައިވެނި ކުރަންޏާ އެކަންވެސް ކުރަންވީ… ބޭނުމިއްޔާ އަޒީމް މިތަނުން ގެންދިޔަސް އަހަރެންގެ މައްސަލައެއް ނެތް؟… އަހަރެންނަށް މާ ރަނގަޅު އެގޮތް… ކަލޭ މިގެއަށް ތިއައީ އަހަރެން ރުޅި އައިސް ޒުވާބު ކުރާނެކަމަށްތަ؟… އަަހަރެންނާ ދިމާކޮށް އެއްޗެހި ކިޔަންތަ؟… ބަލަ ތިހެން އުޅޭ އަންހެން ކުދިންގެ ފާޑުތީ؟…” މަންޝާ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ އަޑުގައި ނުރުހުމުގެ ކުލަވަރު ފާލުވަމމުން ދިޔައެވެ.
“އަމްދަކުން އަހަރެންނެއް ވެސް ނޫޅެން އަޒީމް ބޭނުންވެގެންނެއް… ކާކު އެކަހަލަ ބޭވަފާތެރިއެއް ބޭނުންވާނީ… އެއް ފުޅަށް މަތިން ފުންމާލި ބަކަރި ހަތް ފުޅަންމަތިން ފުންމާލައޭ ބުނަނީ ކަމެއް ވެގެން…” ޒޭބާ ބުނި ޖުމްލައިން މަންޝާއަށް އިތުރު ހައިރާންކަމެއް ލިބުނެވެ. ޒޭބާ އެބުނި އެއްޗަކާ ދޭތެރޭ ވިސްނާލަން މަންޝާ މަޑުޖެހުނެވެ. ރައްދުގައި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަނެއްކާވެސް ވާހަކަ ދެއްކީ ޒޭބާއެވެ.
“މަންޝާއަށް ވުރެއް އަހަރެން ކަންނޭނގެ އަޒީމް ބޭނުންވެގެން އުޅެންވީ… ގައިމު އަހަރެންގެ ބަނޑުގަ މިއޮތީ އަޒީމްގެ ދަރިއެއް… އެކަމަކު މަންޝާގެ ބަނޑުގަ ތިއޮތީ އަޒީމްގެ ދަރިއެއް ނޫން ކަން އަހަންނަށް އިނގޭ… ނޫންތަ؟…” އެއްމިޔަކަނުން ހިނިއައިސް ހުރެ ޒޭބާ ވާހަކަ ދައްކަމުން ދިޔައީ ޖެއްސުމަށްކަން މަންޝާއަށް އެނގުނެވެ. ނަމަވެސް ޒޭބާގެ ބަސްތަކުން މަންޝާ ބިރުގަންނަ ގޮތްވިއެވެ.
ޒޭބާއަށް މަންޝާގެ ބަނޑުގައި އޮތް ދަރިފުޅުގެ ހަގީގަތް އެނގެނީ ކިހިނެއްކަމެއް މަންޝާގެ ސިކުންޑިއަކަށް ނަގައެއް ނުގެނެވުނެވެ. އެއަށް ވުރެއް ބޮޑަށް މަންޝާ ހުރީ ގަބުވެފައެވެ. ސިއްސައިގެންގޮސް ޒޭބާއާ ދިމާއަށް މަންޝާ ބަލާލީ އޭނާ އަތްތިލައިގައި ޒޭބާ ހިފާލުމުންނެވެ. ޒޭބާގެ އަތްވަރަށް ފިންޏެވެ. ތަޅުމަތީގައި އަތް އަޅުވާލައިގެން ހުރި މަންޝާ އޭނާގެ އަތަށް ބަލާލިއެވެ.
“އަހަރެން ބުނަންތަ އެއީ ކާކުގެ ދަރިއެއްކަން…” ޒޭބާގެ މޫނުމަތިން ފާޅުވަމުން ދިޔަ ވިހަ ހިނިތުންވުން ފެނި މަންޝާ ބިރުގަތެވެ. ޒިބާނަށް ގޮވާލަން ބޭނުންވެގެން ދޫހަރަކާތް ކުރަން މަސައްކަތް ކުރިވެސް މެއެވެ. ނަމަވެސް މަންޝާގެ ދޫވަނީ ބަނދުވެފައެވެ. މަންޝާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ދުރަށްޖެހެން ބޭނުންވި ފަހަތަށް ފިޔަވަޅެއް އަޅަން މަސައްކަތް ކުރި ނަމަވެސް އެ ހުރި ފިޔަވަޅުމަތިން ގުޑާވެސް ނުލެވުނެވެ. ޒުހާ ބުނި ފަދަ ސިހުރުވެރި ނުބައި އަންހެނެކޭ މަންޝާގެ ހިތަށް އެރިއެވެ.
“ތީ ޒިބާންގެ ދަރިއެއް… އެއީ އިންސާނެއްވެސް ނޫން… އަހަރެންވެސް މީ ހަމަ ޒިބާން ކަހަލަ ޖިންނިއެއް… އަހަރެންނަކީ ޒިބާންގެ ކޮއްކޮ ޒޭބާ….” އެހިސާބަށް ޒޭބާގެ ވާހަކަ ދިޔައިރު އޭނާގެ އަޑުވަނީ ބަދަލުވެފައެވެ. މަންޝާއަށް ބަލާލެވުނީ ޒޭބާގެ ލޮލަށެވެ. އެލޮލުން ނޫކުލައިގެ އަލިކަމެއް ފާޅުވެގެން ދިޔަކަން މަންޝާއަށް އެނގުނެވެ. އެ އަލިކަން ގަދަވާން ފެށުމުން މަންޝާ ދެލޯ މަރާލިއެވެ. އޭރުވެސް ޒޭބާގެ ފިނި އަތްތިލަ އޮތީ މަންޝާގެ އަތް މަތީގައެވެ.
މުޅި ގޭތެރެއަށް ޒޭބާގެ ހަށިގަނޑުން ފާޅުވަމުން ދިޔަ ނޫކުލައިގެ އަލީގެ ދަޅައެޅިފައި ވިއެވެ. މާ ގިނަ އިރުތަކެއްނުވެ އެއަލިކަން މަޑުވެގެން ދިިޔައެވެ. ތަޅުގައި ހިފަހައްޓައިގެން ހުރި މަންޝާގެ އަތްތިލަ ތަޅުން ދޫވިއެވެ. އޭރު ޒޭބާ އެތާކު ނެތެވެ. މަންޝާގެ ދެލޯ ހުޅުވާލީ ފުން ނޭވާއެއް އެތެރެ ކޮށްލަމުންނެވެ. މަންޝާގެ ބޮޑު ދެލޮލުން ފާޅުވީ ޒޭބާގެ ލޮލުން ފެނުނު ނޫކުލައިގެ ވިދުމެވެ. އެވަގުތު މަންޝާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. ދޮރުން އެތެރެއަށް ވައްދާލި ވައިރޯޅިއާ އެކީ މަންޝާގެ މޫނުމައްޗަށް ވެއްޓިފައިވާ ކުދި އިސްތަށިތައް ވިހުރިލިއެވެ. ދޮރުފަތް ލައްޕާލަމުން މަންޝާ އެތެރެއަށް ވަނުމަށް ހިނގައިގަތެވެ.
*** *** *** *** *** ***
ބިންމައްޗަށް ވެއްޓުނު ފޯނު ނަގަމުން މުނީރާ ވާހަކަ ދެއްކީ މަދީހާއާއެވެ. “ކާކުތަ ދެންމެ ގުޅީ؟… ރަށުންތަ؟… މަޖުދީތަ؟…” ގެ ބަލަހައްޓަން ތަޅުދަަނޑި ދިނީ މަޖުދީ އަތަށް ކަން މުނީރާއަށް އިނގޭތީ އަހާލިއެވެ.
ގަބުވެފައިއިން މަދީހާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ކާން ބަތް ތައްޓަަށް އަތް ލައިގެން އިން އަފްނާން ހާސްވަމުން ދިޔައީ އެލިބުނު ޚަބަރަކާ އޭނާއާ ގުޅުމެއް ވާކަން އިހްސާސް ވާތީއެވެ. މަދީހާ ހުއްޓުމެއް ނެތި އަފްނާނާ ދިމާއަށް ބަލަމުން ދިޔަކަން އަފްނާނަށް އެނގުނެވެ. ކުޑަ ބަތްކޮޅެއް އަރު ތެރެއިން ދިރުވާލެވުނީވެސް ފެންފޮދެއްގެ އެހީގައެވެ. އިތުރަށް ކާން އަފްނާނަށް އުނދަގޫ ވިއެވެ.
މުނީރާ ބަދިގެ ތެރެއިން ނުކުތުމުން އަފްނާނަށް ހަމަ ނޭވާ ލެވުނު ކަހަލައެވެ. މުނީރާ ދިޔައީ ޗާޖަށް ޖަހާފައި އޮތް އެނާގެ ފޯނު ބަލައެވެ. ބަތް ތަށި ހާވާލަ ހާވާލަ އިން އަފްނާން ގޮނޑިން ތެދުވެ އެ ބަތްތަށީގައި ހުރި ބަތްތައް ކުނި ވަށިގަނޑަށް އަޅާލުމަށްފަހު ތަށި ދޮންނަން ސިންކު ދޮށަށް ލެފިގަތެވެ. އަފްނާން އަތް ދޮވެ ބަދިގެއިން ނުކުތުމަށް އެނބުރުނު ތަނާ މުނީރާ ބަދިގެއަށް އައިސް ވަނީ ފޯނާ ކުޅެމުންނެވެ.
“އަޅެ މި މަޖުދީ ނަންބަރަކަށް ނުވެސް ގުޅޭ… ފޯން ބިޒީޔޯ…” މުނީރާ ވާހަކަ ދައްކަމުން އައިސް ކާމޭޒުކައިރީ ހުރި ގޮނޑިއެއް ދަމާލާފަ އިށީނެވެ. މުނީރާ ފޯނު ހިފަހައްޓައިގެން މަޑުކޮށްލީ އިރުކޮޅަކުން މަޖުދީއަށް ގުޅަން ކަަމަށެވެ. މިވަގުތު މަޖުދީވެސް މީހަކަށް ގުޅަން މަސައްކަތް ކުރާތީ އޭނަގެ ފޯނަށް ނުގުޅެނީ ކަން މުނީރާއަށް އެނގުނެވެ. މުނީރާ ކުރި ހުރަސްކޮށްފައި ދާން ފަސްޖެހިފައި ހުރުމުން އަފްނާން ސިންކު ކައިރީ މަޑުކޮށްލިއެވެ. ސިންކު ތެރޭގައި ނުދޮވެ ހުރި ތަށިތައް ނަގަން ސްޕޮންޖަށް މާމާ ލެމަން ކޮޅެއް ޖަހާލަމުން އިސްކުރު ދޫކޮށްލިއެވެ.
އެންމެންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. މަދީހާއަށް މުނީރާއާ ދިމާއަށް ބަލާލެވުނެވެ. އޭނާ އެވާހަކަ ބުނަން އަނގަ ހުޅުވާލިއެވެ. “މުނީރާ…. ހަސަނު…..” މަދީހާ ވާހަކަ ދައްކަން ފެށުމުން އެންމެންގެ ސަމާލުކަން ހުއްޓުނީ މަދީހާއާ ދިމާއަށެވެ. އިތުރު އެއްޗެއް މަދީހާއަށް ނުބުނެވެނީސް މުނީރާގެ ފޯނު ރިންގް ވާން ފަށައިފިއެވެ. މުނީރާ އޭނާގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ.
“އެގުޅަނީ މަޖުދީ… މަޑުކުރޭ…” މުނީރާ މިހެންބުނެ ފޯނުނަގާ ކަންފަތުގައި ޖަހާލަމުން އަވަސްއަވަހަށް ހަލޯއޭ ބުނެލިއެވެ.
“މުނީރައްތާ… މަޖުދީއޭ… މި އުޅެނީ ވަރަށް ބޮޑު ވާހަކައެއް ބުނަން… މަދީހައްތަ ފޯނަށްވެސް ގުޅިން… ވާހަކަ ދައްކަދައްކަ ހުއްޓާ ފޯނު ކެނޑުނީ.. ދެން ގުޅި އިރު ފޯނު ނިވާލާފަ އޮތީ…” މަޖުދީ ވާހަކަ ދައްކަމުން ދިޔައީ މާ ނޭވާ ލަމުންނެވެ.
“އާން ކީކޭ މަޖުދީ… ކިހިނެއްވީއްޔޭ… ދައްތަ ފޯނު ވެއްޓުނީ… ދައްތައަތަށް ފޯނު ދޭންވީތަ…” ގޮނޑީގައި ރަނގަޅަށް ހަމަޖެހިލަމުން މުނީރާ ވާހަކަ ދެއްކިއެވެ. ނަމަވެސް އެވަގުތު މަދީހާ ބޯހޫރާލީ އޭނާއތަށް އެފޯނު ނުދޭށޭ ބުނާާށެވެ. ތަށިދޮންނަން ހުރި އަފްނާންގެ ހިތްވެސް އަވަސް ވަމުން ދިޔައެވެ.
“ނޫން… ދައްތައަތަށް ދޭނެ ކަމެއް ނެތް… މި ވާހަކަ ދައްކަން ޖެހޭނީ މުނީރައްތައާ… އަސްލު ވީ ގޮތަކީ… ފުއްޓަރު ފަރާތަށް މަސްހިފަން ދިޔަ ކުދި ބަޔަކަށް މީހަކު މަރުވެފަ އޮއްވާ ފެނިގެން އެކުދިން އައިސް ބުނީ އަަހަރެމެން އަތިރި ކައިރީ އަނގަ ތަޅަން ތިއްބާ… ދެން އަހަރެމެން ގޮސް އެތަން ބެލީ.. އެތާ އޮތީ ހަސަނު… އޭނާ އޮތީ ރޯ އޮރިޔާމުން… މިހާރު ފުލުހުން އައިސް އެބައުޅޭ… އޭނާ މަރުވީ އަމިއްލައަށްހެން ހީވަނީ… އެއް އަތުގައި ފިޔޮއްސެއް އޮތް… އަނެއް އަތުގަ އޮތީ… އޭނާގެ… ކުރިމަތިފަރާތް… އެތަން ބުރިކޮށްލާފަ އޮތީ… މުޅި ތަނުގަ އޮތީ ހުސް ލޭ… އަހަރެން… އަހަރެންނަށް ފެނުނު… އެއްޗެއް ނެގިން… އަފްނާނާ ހަސަންބެގެ ކަމަކާ ގުޅިގެންހެން ހީވަނީ ހަސަނު މިކަމެއް ކުރީ… މުނީރާއަށް މިކަންތައް އެނގިގެންދޯ ހަސަނު ބަހައްޓާފަ މާލެ ދިޔައީ… އަހަރެން އެހެންމީހަކަށް އެ ނުދައްކާ ފޮރުވައިފިން…” މަޖުދީ ވާހަކަ ދައްކަމުން ދިޔައިރު އެނާ ޖެހިލުންވެފައި ހުރިކަން ދޭހަވެއެވެ. މުނީރާ މާގިނަ ވާހަކައެއް ނުދައްކައެވެ. މަޖުދީ ކީ ކޮންމެ އެއްޗަކަށް އާން ހޫން ކިޔަމުން ފޯނުކޯލު ނިންމާލިއެވެ.
ފޯނު ކަނޑާލިއިރު އޭނާގެ ލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ. ލައިގެން ހުރި ހެދުމުގެ ކަރުވަޅުން ދެލޯ ފޮހެލުމަށްފަހު އިސްއުފުލާލިއެވެ. އެވަގުތު މުނީރާއަށް ފެނުނީ ސިންކުކައިރީ ހުރި އަތްފުހިން އަފްނާން އަތް ފޮހެން ހުއްޓައެވެ. “އަފްނާން… ކަލޭގެ ބަފާ މަރުވެއްޖެ…” ގޮނޑިން ތެދުވަމުން ރުޅިވެރިކަމާއެކީ މުނީރާ ވާހަކަ ދެއްކީ އަފްނާނާ ދިމާއަށް އަތް އުކަމުންނެވެ. މަދީހާ އަވަސް ވެގަތީ ބަދިގޭގެ ދޮރު ލައްޕާށެވެ. އެމީހުން ދައްކާ ވާހަކަ ބޭރަށް އަޑު އިވޭކަށް އޭނާއެއް ނޭދެއެވެ. ސިޓިންގް ރޫމުގަ ހުރި އޭނާގެ މުސްކުޅި މަންމައާ މުނީރާގެ ދެ ފިރިހެން ކުދިންނަށް އެ އަޑު އިއްވަން ބޭނުން ނެތީމައެވެ.
އަފްނާން ހައިރާން ވެހުރެ އެނާގެ މަންމައާ ދިމާއަށް ބަލާލިއެވެ. “އާން ހަސަނު މަރުވެއްޖެޔޯ… އޭނަ މަރުވީ އަމިއްލައަށް.. އޭނާގެ ލަދުވެތި ގުނަވަން ބުރިކޮށްލައިގެން… ބަލަ މަރުވާންވީ ހަގީގަތުގަ އަހަރެންނެއް ނޫންތަ… ލަދުން ބޯ ހަލާކު… ދެން ރަށު ރައްޔިތުން މަށަށް ގުޅާވަރުން ބޮލާ ނުކުޅަދާނަ ވާނެ… މަދީހާ އެހެރަ ޓީވީން އެ ޚަބަރު އައިސްދާނެ… ކުދިން މާލެ ޓީވީއަށް އެޅުވިޔަ ނުދެއްޗޭ…” ދެބުމަ ގޮށް ޖަހަމުން ވާހަކަދެއްކި ނަމަވެސް މުނީރާގެ އަޑުގައި ރުޅިއައިސްގެން ހުންނަ ފޯރިއާ ބާރެއް ނެތެވެ. އޭނާ ހުރީ ހިތުގަ ޖެހިފައެވެ. ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުނު ކަހަަލައެވެ.
ގޮޮނޑިން ތެދުވެ ފޯނު ހިފައިގެން މުނީރާ ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. މަދީހާ ވެސް މުނިރާ ފަހަތުން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. ބަދިގޭގަ އޭރުހުރީ އަފްނާން އެކަންޏެވެ. އޭނާގެ މަންމަ އެ ބުނި ވާހަކަތަކުން އަފްނާންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އޭނާގެ ބައްޕަ އަމިއްލައަށް އެ މަރުވީ ކީއްކުރަން ހެއްޔެވެ. އަނެއްކާ ބައްޕައަށް އޭނާ ފޮނުވި މެސެޖް ލިބިގެން އެކަމާ ހިތްދަތިވެގެން މަރުވީ ހެއްޔެވެ. އަފްނާން އަވަހަށް ދުއްވައިގަތީ އޭނާގެ ކޮޓަރިއަށެވެ. ހަސަނު މަރުވިގޮތް މުނީރާ ކިޔައިދިނުމުން އަފްނާން މޭނުބައިކުރާ ގޮތްވިއެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ދޮރުގައި އަފްނާން ލެނގިލިއެވެ.
ރުއިން ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް އަފްނާނު ވަނީ ވަރަށް ބޮޑަށް ހިތުގަ ޖެހިފައެވެ. ދޮރުބުޑަށް ތިރިވެ އަފްނާންގެ ކަކޫ މަތީ ނިތްކުރި ޖައްސާލުމަށްފަހު އަޑުންއަޑު ނަގާ ރޯން ފެށިއެވެ. އޭނާގެެ ބައްޕަގެ ފުރާނަ މި ދުނިޔެއާ އަލްވަދާއު ކީ ހާދަ ހިތި ގޮތަކަށެވެ. ފަހު ފަހަރަށް ބައްޕައާ ވާހަކަ ދައްކާލާނެ ފުރުސަތެއްވެސް ނުލިބުނެވެ.
ކޮޓަރީގައި އަފްނާނު އެހެންް އިންނަތާ އެތައް އިރެއް ވެއްޖެއެވެ. ރޮއިރޮއި އެ މޫނު ވަނީ ދުޅަވެފައެވެ. އަފްނާނަށް ކުށްވެރިކުރެވުނީ އެނާގެ އަމިއްލަ ނަފްސެވެ. މިހުރިހާ ކަމެއްވެސް މި ދިމާވީ އޭނާގެ ސަބަބުންކަން އޭނާއަށް ވިސްނުނެވެ. އެއިންތަނުުން ތެދުވެގެން ގޮސް މޭޒުމަތީގައި އޮތް އަފްނާންގެ ފޯނު ނަގާ ފޯނަށް ބަލާލިއެވެ. އަފްނާންގެ ނަންބަރަށް އެއްވެސް މީހަކު ގުޅާފަ ނެތުމުން އޭނާ ހުޅުވާލީ ޚަބަރު ފަތުރާ ނޫސްތަކުގެ އެޕްލިކޭޝަންއެކެވެ. ކޮންމެ ނޫހެއްގެ ފަލަ ސުރުޚީގައި ލިޔެފައިވާ އަވަސް ޚަބަރު އަފްނާން ކިޔާލިއެވެ.
“ކ.ކާށިދޫ ގޮނޑުދޮށުގައި ބަރަހަނާ ހާލުގައި މީހަކު މަރުވެފަ އޮއްވާ ފެނިއްޖެ….” ޚަބަރު އެކީ ކިޔާލުމުންވެސް އޭގެން މާބޮޑު ތަފްސީލެއް ނެތެވެ. އިތުރު މަޢުލޫމާތު ލިބެމުން ދިޔަހެން މައުލޫމާތު ގެނެސްދޭނެ ކަމަށް ޚަބަރުގައި ބުނެފައި އޮތެވެ.
*** *** *** *** *** ***
ރޭގަނޑު ކާން އެންމެން އެކީ ތިބީ ކާމޭޒު ދޮށުގައެވެ. ޓީވީން އޭރު ކިޔަމުން ދިޔަ ޚަބަރަށް އެންމެންގެ ސަމާލުކަން ދިޔައެވެ. ޚަބަރުގައި ދައްކަމުން ދިޔަ ޚަބަރަށް ސަމާލުކަން ދީގެން ހުރި ޟިރާރު ވާހަކަ ދައްކަން ފެއްޓިއެވެ. “މަށަށް ހީވަނީ ބޯލައިގެން ހުރި މީހެއް ކަންނޭނގެ.. ދެން އެހާ ފަސޭހައިން ވާ ކަންކަންތައެއީ… ރިޔާޒް ތި ޗެނަލް ބަދަލުކޮށްލަބަލަ… އިރު އޮއްސުނީއްސުރެ ތި ނޫން ވާހަކައެއް ނުދައްކާ…” ޟިރާޜުގެ އެދުމަށް ރިޔާޒް އަތުގަ އޮތް ރިމޯޓުން ޗެނަލް ބަދަލުކޮށްލިއެވެ.
މީރާ ކައި ނިމިގެން ތަށިތައް ނަގާ މޭޒުމަތި ސާފު ކުރުމަށްފަހު ކޮޓަރިއަށް ދިޔައެވެ. މިރޭ ރިޔާޒްވެސް ބޭނުންވީ އަަވަހަށް ނިދަަން ދާށެވެ. “ބައްޕާ އަހަރެން މި ދަނީ ނިދަން… މާދަން ވަރަށް އަވަހަށް އޮފީހަށް ދާން ޖެހޭ…” ރިޔާޒް ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. “އާން ބައްޕަ ފަތިސް ނަމާދަށް ތެދުވެފަ ގޮވާނަން… އަވަހަށް ދޭ ނިދަން….” ޟިރާރު ވާހަކަ ދެއްކީ ޓީވީއަށް ބަަލަން ހުރެއެވެ.
ރިޔާޒް ކޮޓާރިއަށް ވަދެ ލައިގެން ހުރި ޓީޝާޓް ބޭލިއެވެ. އަދި ހެދުން އަޅުވާތަނުގައި ޓީޝާޓް އަޅުވާލުމަށްފަހު އެނދުގައި އިށީނެވެ. އޭރު މީރާ ވީ ފާޚާނާގައި ކަމުން ރިޔާޒް ފޯނާ ކުޅެން މަޑުކޮށްލިއެވެ. މީރާ ފާޚާނާއިން ނުކުތުމަށްފަަހު ލޯގަނޑު ކައިރިއަށް ޖެހިލިއެވެ. އިސްތަށިގަނޑުގައި ފުނާ އަޅާލުމަށްފަހު އެނދަށް އަރާ ހަމަޖެހިލީ ދެފައި ކަފަ ރަޖާގަނޑު ތެރެއަށް ކޮށްޕާލަމުންނެވެ.
“ދޭ ފާޚާނާއަށް ވަދެފަ އަންނަން….” މީރާ އެހެން ބުނެލީ ބޯ އަޅާ ބާލީހުގައި ތަޅާލާ ބާލިސް ރަނގަޅު ކޮށްލަމުންނެވެ. ފާޚާނާއަށް ވަންނަން ދާނި ފަހުންނޭ ހިތާ ރިޔާޒް މީރާގެ ގާތުގައި ޖައްސާލިއެވެ. ރިޔާޒްގެ ގައިގައި ބައްދާލަމުން ރިޔާޒްގެ ކަރުދަށުން މީރާ ވަސް ބަލާލިއެވެ.
“މީރާ… އަޅެ ބުނެބަލަ… ކިހިނެއްތަ އެދުވަހުވީ… ސިޑިން ވެއްޓުނު ދުވަހު… އަދި އެވާހަކަ ނުކިޔައި ދެމެއްނު…” މީރާގެ އިސްތަށިގަނޑާ ކުޅެމުން ރިޔާޒް ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.
“އަސްލު ވީ ގޮތް ބުނެފިއްޔާ ރިޔާޒް ހިނި އަންނާނެ… އަހަރެންނަށް ސިޑި މައްޗަށް ހީސް ލެވުނީ… ދެން އެގަޑީ ފައި ކައްސާލީ… އެއީ ވީ ގޮތަކީ… އެހެނ މީހެއް ކައިރީ އެހެން ނުބުނައްޗޭ…” މީރާ ވާހަކަ ދައްކަމުން އެނާގެ އަތުގައި އޮތް ތަވީދުގައި އަތް ޖައްސާލިއެވެ. އަދިވެސް މީރާއަށް އެ ދުވަހު ފެނުނު ބިރުވެރިސޫރަ ލޮލަށް ފެންނަ ކަހަލައެވެ. ތަވީދު އެލީފަހުން އެކަހަލަ ކަމެއް ނުވާކަން މީރާއަށް ފާހަގަ ވިއެވެ.
“ހެހެހެ… އެހެންވެދޯ އެތަނުން އެހާ ހީސްވަސް ދުވީ… މަގޭ ހިތަށްވެސް އެރިއޭ ހާދަ ހީސްވަސް ގަދައޭ ސިޑިއާ ދިމާލުން… ހެހެހެ…. މީރަ ނެޕީ ޖަހަންވީ ދޯ… އަަބަދު ލެވިފަ ހުންނަނީ…” ރިޔާޒް ދިމާކޮށްލީ މީރާ ހިތްހަމަ ޖައްސައި ދޭށެވެ. “ނޫޅެން ދެން… ރިޔާޒޫ…. ރުޅި…” މީރާގެ ޅަ ގޮތް ދައްކާލަމުން ބޮޑަ ހާކާލިއެވެ. ރިޔާޒް މީރާގެ ހަށިގަނޑުގައި ލޯބިން ބައްދާލަމުން މީރާގެ ނިތްކުރިއަށް ބޮސްދިނެވެ.
“މަ އެބަ އަންނަން ފާޚާނާއަށް ވަދެފަ….” ރިޔާާޒްގޮސް ފާޚާނާއަށް ވަނެވެ. އެވަގުތު މީރާ ކޮޓަރި ތެރޭ އެކަނިވުމުން އޭނާ ޖެހިލުން ވިއެވެ. އެނދުކައިރީ ހުރި ބޮކި ދިއްލާލަމުން މުޅި ކޮޓަަރިތެރެއަށް ވަށައިގެން ބަލާލެވުނެވެ. ކޮޓަރީގެ ކުޑަ ދޮރުތަކާ ދިމާއަށް ކަޅި ޖަހާނުލާ ބަލަން މީރާއަށް އިނދެވުނެވެ. އެހެން ބަލަން ހުއްޓާ ކުއްލިއަކަށް އިވިގެންް ދިޔަ އަޑުން މީރާއަށް ސިހުންވިއެވެ.
“ހެއީ މީރާ މީ މަށޭ….” ބިރެއް ފެނިގެންް މީރާ ތެޅިގަތެވެ. ރިޔާޒް އަވަަހަށް މީރާ ގާތަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ. އަދި އެނދުކައިރީ ހުރި ބޮކި ނިއްވާލަން ރިޔާޒް ސްވިޗަށް ފިއްތާލިއެވެ.
“ނޫން.. ރިޔާ… ބޮކި ނުނިއްވާ ޕްލީސް….” މީރާގެ އެދުމަށް ރިޔާޒް ބޮކި ދިއްލާލިއެވެ. އަދި މީރާ ގާތުގައި އޮށޯތެވެ. ފަހަކަށްއައިސް މީރާ އުޅޭ ގޮތުން ރިޔާޒް ކަންބޮޑުވާން ފަށައިފިއެވެ. މީރާއަށް މިވާ ގޮތަކީ އަނެއްކާ ބައެއް ބަނޑުބޮޑު މީހުންނަށް ދިމާވާ ކަމަކީ ބާވައޭ ރިޔާޒްގެ ހިތަށް އެރިއެވެ. ކައިރީ އޮތް ފޯނުން ގަޑި ބަލާލުމަށްފަހު ރިޔާޒް ދެލޯ މަރާލިއެވެ.
*** *** *** *** *** ***
ބެލްކަނި ކައިރިއަށް ހުއްޓުނު ރަތް އަލިގުޅަ ޒިބާންގެ ސިފައަށް ބަދަލުވިއެވެ. ބެލްކަނީގެ ރޭލިންގް ދަގަނޑުގަނޑު މަތީގައި އިށީނދެލައިގެން އޭނާ ހުރީ ބެލްކަނީގެ ބިއްލޫރިގަނޑުން އެތެރެ ފެންނާތީއެވެ. އެނދުގައި އޮށޯވެގެން އަރާމް ނިންޖަކުން ނިދާފައި އޮތް މަންޝާއާ ދިމާއަށް ބަލާށެވެ. ދަތުރުގެ ވަރުބަލިކަން މަންޝާއަށް އިހްސާސް ވާތީ ޒިބާން ބޭނުންވީ މަންޝާއަށް އުނދަގޫ ނުކުރާށެވެ. މަންޝާ ކައިރިއަށް އަޒީމް ގޮސްފިނަމަ އޭނާއަށް އުނދަގޫ ވެދާނެތީއެވެ. އަދި ސަކޭރާ ބުނެފައިވާ ފަދައިން މިދުވަސްކޮޅު އަޒީމް ހުންނަން ޖެހޭނީ ބަލަބަލައެވެ. މަންޝާއަށް ލިބިދާނެ ކޮންމެ ގެއްލުމަކަށް އޭނާ ވިސްނަން އެބަ ޖެހެއެވެ.
ޒިބާން އެހެން އިންނަތާ އިރުގަނޑެއް ވެއްޖެއެވެ. ފަތިސްވެ އަލިވާން ފެށުމުން ޒިބާން އެތަނުން ދާން ޖެހޭ ވަގުތު ޖެހުމުން ތެދުވިއެވެ. ދަގަނޑުގަނޑުމަތީ ކޮޅަށް ހުރެ އޭނާ މައްޗަށް ބަލާލިއެވެ. މީ ސަކޭރާއާ ބައްދަލުކުރަން ދާން ޖެހޭ ވަގުތެވެ. މަންޝާ ވިހަންވާއިރަށް ތައްޔާރުކުރަންޖެހޭ ކިތަންމެކަމެއް އެބަހުއްޓެވެ.
ވިދާލި ވިދުވަރާ އެކީ ބެލްކަނި ކައިރީ ހުރި ޒިބާން ގެއްލުނެވެ. އެވަގުތު އެނދުގައި އޮތް މަންޝާގެ ދެލޯ ތަންް މިނަށް ހުޅުވާލިއެވެ. އެނދުގައި އިށީނދެ ހަށިފުރާ ނޭވާއެއް ދަމާލީ އޭނާއަށް މީރުވަހެއް ދުވާތީއެވެ. ދެލޯ މަރައިގެން ހުރެ ފުން ނޭވާތައް އެތެރެކުރަމުން ދިޔައިރު މަންޝާގެ މޫނު މައްޗަށް ވެރިވެފައިވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެވެ. އެވަގުތު އަޒީމް ދޮރު ހުޅުވާފަ ކޮޓަރި އެތެރެއަށް ވަނެވެ. ޑިއުޓީ ނިންމާފަ އަޒީމް އައިސް ވަނުމުން އަޒީމާ ދިމާއަށް މަންޝާ ބަލަން އިނީ ބުޅާ މަސްގަނޑާ ދިމާއަށް ބަލާ ފަދަ ގޮތަކަށެވެ.
ހިނިތުންވުމެއް ރައްދުކޮށްލަމުން އަޒީމް މިސްރާބް ޖެހީ ފާޚާނާއާ ދިމާއަށެވެ. އޭނާ ލައިގެން ހުރި ޔުނީފޯމް ބާލަމުން ޔޮނީފޯމުން ވަސް ބަލާލިއެވެ. “މީގެން ފަރުވަސް ދުވާދޯ… ޑިއުޓީ ނިންމާފަ އެންމެން ތޮށިގަނޑުމައްޗަށް މަސްހިފަން ދިޔައީ… މިއައީ ފަރު މަހެއްވެސް ހިފައިގެން… މަންޝާ މިއަދު ކޯއްޗެއް ކެއީ…” ތުވަލި ނަގައިގެން ފާޚާނާއަށް ވަންނަންދަމުން އަޒީމް ވާހަކަ ދައްކަދައްކާ ހުއްޓެއް ކަމަކު މަންޝާގެ އަމަލު ހުރި ގޮތުން އަޒީމް ހައިރާން ވިއެވެ.
އޭރު މަންޝާ އެނދުމަތިން ތެދުވެ އަޒީމާ ދިމާއަށް އަންނަނީއެވެ. މަންޝާގެ ހޭވިފައިވާ އިސްތަށިތައް ފަންކަލުގެ ވަޔާ އެކީ ވިހުރިލިއެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ނައިޓީއާ ހާދަ ފުރިހަމައޭ އަޒީމްގެ ހިތަށް އެރިއެވެ. މަންޝާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފެނި އަޒީމް ގަނޑުވި ކަހަލައެވެ. އަޒީމާ ގާތްވަމުން ދިޔަ މަންޝާ އާ ދުރަށް ޖެހެން އަޒީމް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.
“މަން.. އަހަރެން އެބަ އަންނަން ފެންވަރައިގެން އަހަރެން ގައިންދުވަނީ މަސްވަސް….” އަޒީމްގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. މަންޝާ ދިޔަ ގޮތަށް ގޮސް އަޒީމްގެ ތުންފަތުގައި އަނގަ ޖެހުމަށްފަހު އޭނާގެ ހަށިގަނޑުގައި މަންޝާ ބައްދާލިއެވެ. އަޒީމްގެ ހަށިގަނޑުން ވަސްބަލަމުން ދިޔައިރު އެނާ ހީވަނީ އެތައް ދުވަހަކަށް ފަހު ނުލިބި ހުރި މީރު ކާއެއްޗެއް ލިބިގެން އުޅުނު ހެނެވެ.
“މަން އޭއި… މަން…. އަހަރެން އެބަ އަންނަން ފެންވަރައިގެން….” މަންޝާގެ ހަށިގަނޑުގައި ހިފާ ދުރުކޮށްލަމުން އަޒީމް ވާހަކަ ދެއްކިއެވެ.
“ނޫން އަޒީމް… އައި ނީޑްޔޫ…” މަންޝާގެ ދުލުން ނުކުންނަމުން ދިޔަ ލަފްޒުތަކުން އަޒީމަކަށްވެސް ހިމޭނަކުން ނުހުރެވުނެވެ. މަންޝާގެ އުނަގަނޑުގައި ހިފާ ބައްދާލިއެވެ. އަދި ދެމީހުން އެކީ ފާޚާނާއަށް ވަތް އިރު ހީވަނީ އެކަތިގަނޑެއް ހެންނެވެ. މާގަނޑު ދަށަށްވަދެ މާގަނޑު ދޫކޮށްލިއެވެ. މާގަނޑު ފައިބަމުންދިޔަ ފެންތަކުން އެ ދެހަށިގަނޑު ތެއްމާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
69 Comments!
Comments are closed.





V reethi. Waiting for next part
Haadha kurey.. v salhi vaahaka ekam vx..
V v reethi?
wooowww!!!!zeba ves ulhey goii dhow.. azeem fenna irahh thai vaan… i misss zibaan.. ❤varahh intrestinngg ingey.. aslu mansha body ga now zeba dhow eulheny
v v v v v v v furihama… waiting for the next part..
Interesting..
Emme fahun hasonbe amilla ah ekan nimmaaly dho
nice..??
V nice story ekamu haadha kurey waiting for next part dhen konirakun next part kiyaalan libeynee
vv reethi story eh..??
reeeeeeehchehhhhh noooon
And I was right. What a way to die. Lolol. What I don’t understand is how “Zibaan” in this story seems to sense that “Mansha” is in trouble sometimes and completely fails at other times. Or is “Hasanbe” the only credible threat for him? Really looking forward to seeing a confrontation between “Zebey” and “Zibaan”. Cheers!
alhey dhen zibaan ah kihineh vaany? vvvvv reethi.. love ur stories… waiting for more
I hatr zeyba ??? zibaan mi zebaa hey aruwaalana ?
mi vaahaka varah reeethi
Oh my god??
Zibaan haada dera vaaney 🙁
Varah dhera kiyaahithun indha e nimunee.. Varah reethi… Waiting for next part
Wooow vvvvvv reethi ….
mansha ulhey gothun meyboduvefa mi iny. i hate reef fish smell
mansha dheenuge eves kame nukurey dho. mansha ge lo nookulain dhilunyma i thought it is zeyba now. mihaaru zeyba ves preg
dhn mansha and azeem gulhuvaa. e dhari maraalaa. dharin nulibigen etha ahare vy iru kyve duaa nukurany. myge ekakauves namaadhu kura vahaakeh nudhakaa. zibaan nd zeybaa ves dhn maraalaa. cox both are non muslims. ehnvethaa namadhu gadiya sakarai vany. dhn anekaa hama bodu faafae. aslu azeem beyvafatheri e nuvey dhoo. jinni aku ais evatharu jesyma ehn vaaanethaaa dho.
omg….haahaahahah hassanbe ah v goi…its so funnniiii hahaha..well yeah i found that xibaaan can identify troubles only sometimes..hope eythankolhu rangalhu kohllaane kamah ..but mi story hama v reethi i loves it.. <3
Vrh joke… Xibaan ah mansha ah undhaguleh vaaakan ingenee bayeh faharu dhww……
mansha jinni kanthah veema ehaa dheenah aslu noolhevenwe…cux bangi ge adahves e baby jinni ulheygothun mansha ah v undagu vey…plus thaveedhu ge kanthakuga ves ehaa undgu vieinnu..
n c’mon ppl this is juz a story so ekahalage hidden kanthah thah hunnaane…keevebaa meege aulhey meehun puppulaa vaahaka nuliyanee…n e kahalage kithanme kamei nuliyeveyne dhw…so it duxnt mean emeehun ekan nukureyey…ziraaru n riyaz family namaadhu kureynu cuz emeehunnah aslu jinni kamei dhimaa nuveynu adhi ei..dnt think too much abt every lil details..read it n enjoy…?
Puppu lumaa namaadhaatha alhaathikiyanee???? Puppu lumakee newborn baby’s ves kuraakameh…. Ekm namaadhaa nulaa dheen furihamaeh nuvaane dhw… Ken thee abadhuves story ga hunna mistakes thah cover kuran hunna meehehtha??? Negative n positive comments ves meehun kuraane…. Hajam plx…
V habeys. Haashsakoh sifakurumuge bai hama v salhi.
The worst story ever
??
This is SHIT?
Ya.full poop
Kamakunudgey.vara foohi
Hadi varah.jumla tha ves reeche noon.very boring
Ehen nannamuga annaane vara hajannuvegen comment tha.The story is bullshit
Emme hamanujehey story in this site.?
Yeeeeessssss.thedhe thee
Bodu kame.mee koache.boring
Hadi
Hadiness to the maximum ?
Vara hadi ecchis kiyaane eyna ehen nan namuga comment koffa.aharunna Kon balaaa eh.hadiyyaa bunaanee hadiyey
This is ??????????
keekuraanee dho.Nufooaraafothin foogalhan ulhuneema vaagoi mee
Pooooooop faaaaaaaàaart end of story haha
True . varah hadi
Dhen nei echhakka okay.ekamaku tis story por ka deo porka puttaana waffanculo
Reechenoon
huh… yageeney mi story hadiey kiyaaha ekaku kan mihunnany comment kohffa.. thee dhen body varu dhw.. chiii!!! Hajamizz plx.. dnt worry shaax..this story hama awesome. .kaalhun heyri heyri thibeyne.. alhaanulaa ☺☺☺☺
bodu*
Mee v hamanujeheyy foohi story eh.. dhynuge ehvx kameh mistory aku nehh.. kurin mi story kyy v kiyaahithun..but v mihaaru v foohivey..haasakh story ge bathalaa ulheygoi v kada.. shazlyn kadufen vaahakayaky v asarukuri rythi vaahaka eh..bt mansha aky v hadi vaahakathakeh genes huri kamunudha storyy eh
varah reethi..cant wait for the next part
Reechenoon.huvaa mi ehaa nice eh noon.
Hadee yaa nukeema veenu.???
Kk haadhavaraka thi kekeny hatharu thanun kekey undhuneihen.Beynun ecche buneveyne.it’s called freedom of expression without slangering. Thahuzeebee meehun nu ulheyne hajamnuvegen meehaku echekey bunaairah hedhevi nuheddhevi ah govamun.
V.reethi story eh.. ekamaku dhefirin gengulhey anhenaku ulheythee dheraee…
Kaalhakas maakanakas kovveyyakas heyo.kiyanvee kiyaanan. hadiyya hadiyey bunaanan.rreethiyya reechey ves bunaanan.negative comments hajam nuvaameehun vaahaka nuliyanvee.
Ur right berebedhimaa..
varah rythi 🙂 🙂
hi all readers…. well I see so many ppl like n dislike this story… its not a problem.. assu eki meehunnah kamudhaanee eki kahala vaahaka… and I appreciate that ur freely expressing ur views and ideas… komme commentakah vakivakin reply kkureveyne haa vaguthu netheema bunelan othy hurihaa kudhinnahves varah bodah shukuriyyaa ey… 🙂 thanks u for the support…. 🙂 <3
You are welcome.
Remember me? I’m the nurse 🙂
Varah reethi Ingey mi part ves, Ekam thankolheh kuree.
Reechenoon.fake name and commented as me.
Too much.this story created evil.ppl who think others are fools will pretend to be someone.
hahaha then shaz ge vaahakaige comments ithuruvaane vaahaka hadivegen comment kuriyas.. will see… hama thi same ppl will comment on next epiaode. hadivegen nukiyaa hurebaya… noontha… kameh neiy meeheh…. i think mi sitega vaahaka liyaa kujjeh hen… mansha is being the most popular story in esfiya and ekamaa j vaa writersves writers ge friends inves thibeyne… ehenve vaahaka kada kuraasho assu comment mi kuraneee… but by doing this ur increasing the number of conments… well as being a fan of shaz i wud say thanks to all the hater… shaz dont worry… i know u wud know.. cox writer can see the ip address of each comment… so can identify its from same person kan…. hahaha….. well the story is habeys… n curiously waiting to see more scenes of zeyba… ???????????
Assssluvessss.thi comment kuraneeves writer hen heevany. KiyaaNan.comment ves kuraAnan.heyo j vanee yo?!!! Hahaha! Thee hama dhuniyeyge evvana story.award libeyne.thee cool kuraa fankaa.Ac. Thee mummy noodles? Writer akee Shakespeare.Dhen j vaane eh nun.hahahahaha.ip address engeyne!?!? Thee secret federal police investigator.Thee emme molhu Hecker. Thee wonder woman.theena varah molhu.????????????
C riouslyyyyy! Aharen hama mithaa bisgadu alhaala alhaalaa mi comments kiyaafa hevenee.Ulhey faaade dho! KiyaaNan.comment ves kuraanan.up kolladheythi avaha next part ves.mee vara ehemehem vaahakaeh.ehenve mi kiyaneeves.mi nuliyaane rangalhu meehe.
Haaaaaaadha reeeeeecheeeeeyyyyyy mi vaaaaaaaahaka.Mivaruge vaaaaaaaahakaeh adhi nuliye vey adhi ekkakkavesss.jjjjjjjj vegan gos aharun mi thibee dj jassaugen palm Beach Resort ge beach ga “on the beach in the rain” lava ah dance kuran.ehaaves reethi. Haadhahaa jjjjjjjj eba veyeyy.Aaaaaaaarrrrrrgggghhhh! Mee twilight half moon Harry Potter ah vure haguna reethi istoaree eh.very nice.haaaaaaahaaaaaahaaaa?
Reeeeeeeaaaaaaalllllly! Maves j vejje.ehaa reethi.heevanee igireysi vilaathuge bageechaaaeh hen.Heevanee roa nufilaa oi kukulhu faeh hen. Heevanee emzoge kurimathee onna moodhuhen.ok.aharun Kandaalee.salaaan wedhun.hadi thoalee eh.Chao.
Jealousy doesn’t even fit for a crap like dat.it’s not jealousy it’s calld hatred with passion.learn to swallow it.If you are so allergic to bad comments you are like a baby.All you do is cry and nag.waaaaahwaahwaaah.grow up whoever you are n thank that hater who is making your story famous.hats off to the hater(s)
is this world war thry. mi varu kameh adhi nudheken. hahahaha… well the writer is being famous. haters ah thanks. but i love this story. waiting for episode 42
Aharen mee nurse eh, E gothun aharen beynun mi vaahaka alah vihaa kudhin nah kiyai dheyn. Fotheh ge sifaiga mi vaahaka nikunnan nee kihaa dhuvahakun tha?
-nurse Sama-
well thee nurse ah sama vegen ulhey kujjeh kan ingey. i know her… ur pretending tobe her. what a joke.
Its very lovely i really loved it when next part
Next part now out.
?
-nurse Sama-