އިންތިޒާރު 48
އިންތިޒާރު 48
“އަހަރެން އެބެއް އެދުމެއް، ޒާ މިކަމަށް އެއްބަސް ވެއްޖިއްޔާ އަހަންނަށް ވަރަށް ރަނގަޅު” ކޮޓަރިއަށް ވަދެފައި ރާއިން ބުނެލިއެވެ.
“އަހަރެން ކުރިންވެސް ބުނިންދޯ އަހަރެން ވަޒީފާއަށްދާން ބޭނުމޭ، ރާއިން އޭރުބުނީ އޯކޭއޭ، ދެން މިހާރު ނުބުނާތި ނުދާށޭ” ޒާޔާގެ ވާހަކަ ހުންނާނީ އެގޮތަށްކަން މާކުރިންވެސް ރާއިންއަށް އެނގެއެވެ. އެހެންވެ އެއާވިއްދާފައި އެއްވެސް އެއްޗެއް ނުބުނަން ނިންމައި އޭނަ ބޭނުންވާގޮތް ހާމަ ކުރިއެވެ.
“ޒާ ސުކޫލަށް ގެންގޮސްދޭންށާ ބަލާ އަހަރެން ދާނަން، ނޫނީ މަންމަމެންނަށް ޝައްކުވާނެ، އަހަރުންގެ އުޅުން ބަލާލީމަ އެނގޭނެ އަދިވެސް އޯކޭނޫންކަން، ސޯ އިތުރު ކަމެއް ޝައްކުކުރަން ދޭކަށް އަހަރެން ބޭނުމެއްނޫން، އަހަންނަށް ގުޅާނެކަމެއްނެތް ވާހަކަ ދައްކާނެ ކަމެއްވެސް ނެތް، ޖަސް ޓެކްސްޓް މީ، އަހަންނަށް ޔަގީން ޒާވެސް ބޭނުންވާނެގޮތަކީ މިއީކަން” ޒާޔާއަށް ފުރަގަސްދީގެންހުރެ ރާއިން ވާހަކަދެއްކިއެވެ. އިތުރު އެއްޗެއްޒާޔާއަކަށް އެކަމަށް ނުބުނީ އެއީ ރަނގަޅުގޮތެއްކަން އިހުސާސްވީމައެވެ.
**************************
ދުވަސްތައް ފާއިތުވެގެން ދިޔަވަރަކަށް ޒާޔާއާއި ރާއިންގެ މެދުގައި ހަމަހިމޭން ކަމުގެ ފާރެއް ލެވިގެންދިޔައެވެ. ގިނަ ދުވަސްވީވަރަކަށް އެފާރުގެ ބޯމިން ދިޔައީ އިތުރުވަމުންނެވެ. ރާއިން ޒާޔާއާ ދުރުގައި އުޅެމުން ދިޔައީ އެއީ ޒާޔާ ބޭނުންވާގޮތް ކަމުގައި ދެކިގެނެވެ. ޒާޔާ ނުރުހިގެން އެއްޗެއް ބުނާނެ ފުރުސަތު ދޭކަށް އޭނަ ބޭނުމެއް ނުވެއެވެ. ޒާޔާއާ ދުރުގަ އުޅެން އަމިއްލަ ނަފްސަށް މަޖުބޫރު ކުރީއެވެ. ޒާޔާ އެގޮތަށް ބަދަލުވީ އޭނައާހެދިގެންކަން ވިސްނޭތީއެވެ. ދުވަހުގެ އެތައްއިރެއް އޭނަ ވިސްނުމުގައި ހޭދަކުރެއެވެ. ޒާޔާ އޭނައަށް މަޢާފް ކުރޭތޯ ދުޢާ ކުރެއެވެ. ނިވެން ކައިރިވެފައިވާ އުންމީދުގެ ހުޅުކޮޅު އަދިވެސް ދިގުދެމިގެންދޭތޯއެވެ.
ރާއިންއާ ވާހަކަ ދައްކަން ޒާޔާ ބޭނުންވިކަމުގައި ވިނަމަވެސް އެހިތްވަރެއް މިއަދު އޭނައަކަށް ނުލިބުނެވެ. އެދެމެދުގައި ވިދުރުކަން ޒާޔާއަށް އުދަގޫކުރެއެވެ. ހިތުގައި ހުސްކަމެއްގެ އިހުސާސްވިނަމަވެސް އިސްނަގާ ވާހަކަ ދައްކާނެ ހިތްވަރެއް ނުލިބެއެވެ. ގޭތެރޭގައި އެހެންމީހުންގެ ކުރިމަތީ ބުނެލާ ދެތިން ބަހެއްފިޔަވާ އިތުރު ވާހަކައެއް އެދޭތެރޭ ނުދެކެވެއެވެ.
ރާއިންގެ ހަމަހިމޭންކަން ފެނިފައި ޒާޔާއަށް އަމިއްލަ ކުށް އިހުސާސްވެއެވެ. އޭނަގެ ޑައިރީ ހިފައިގެން ރާއިން އެތަށް އިރަކު ބެލްކަނީގައި އިންނަ މަންޒަރު އޭނައަށް ފެނުނުނަމަވެސް އެއް ފަހަރުވެސް ރާއިން ކައިރިއަށް ދާކަށް ނުކެރެއެވެ. ރާއިންގެ ހަމަހިމޭންކަމުން ކުރީގަ ޒުވާބުކުރާހެން އެއްޗެކޭ ބުނާކަށްވެސް ނުކެރެއެވެ. ރާއިން އެފުރުސަތު އޭނައަށް ނުވެސްދެނީއެވެ. ކޮންމެކަމަކަށްވެސް ޒާޔާއަށް ދޫދެނީއެވެ. ދުވަސްތަކެއް ވީއިރު އެއީ ދެބީރައްޓެހިންނަށް ވެއްޖެއެވެ. އެއް ކޮޓަރީގައި އުޅޭއިރުވެސް ދެމީހުން އަނގައިން ނުބުނާ ދުވަސްތައް ގިނަވަމުން ދިޔައެވެ. އަދިވެސް ރާއިންގެ ހުރިހާކަމެއް ކުރަނީ އޭނަ އަމިއްލައަށެވެ. ކޮންމެދުވަހަކު ރާއިން އެއްޗެހި އިސްތިރިކުރާތަން ފެނިފައި ޒާޔާ ލަދުގަންނަން ފެށިއެވެ. އެއްދުވަހަކު ޒާޔާ އެއްޗެހި ދޮވެގެން ގެނެސްދީފައި ރާއިންގެ އެއްޗެހިތައް އިސްތިރިކުރަން ހުއްޓަ ރާއިން ދެވަނަފަހަރަށްވެސް އެކަން ހަނދާންކޮށްދިނުމުން ދެން އެކަމެއްވެސް ކުރާކަށް ނުކެރުނެވެ. އެއްޗެހި ދޮންނަން ޒާޔާއާ ހަވާލުކުރަނީވެސް ހަމައެކަނި ގޭގެ އެހެންމީހުންނަށް އެނގިދާނެތީއެވެ. ކޮޓަރިފޮޅާ ސާފުކުރަނީވެސް ރާއިންއެވެ.
އޭގެތެރެއިން ރެއެކެވެ. ރާއިން ގެއަށް އަންނާނެއިރަކަށް މިރޭވެސް ޒާޔާއިންތިޒާރު ކުރަމުންދިޔައެވެ. ނަމަވެސް 12 ޖަހަން ކައިރިވީއިރުވެސް ރާއިން ނާދެއެވެ. ހަފްތާ ބަންދު ދުވަހެއްވެއްޖެނަމަ އެއީ ރާއިންގެ އާދައެވެ. ވާހަކައެއް ނުދެއްކިނަމަވެސް ޒާޔާމިހާރު ކޮންމެރެއަކުވެސް ރާއިން އަންނަންދެން ނުނިދައޮވެއެވެ. ނިދުމުގެ ކުރިން އެމޫނުދެކިލާހިތުންނެވެ. ނަމަވެސް ކޮންމެރެއަކުވެސް ރާއިންއަންނައިރު އޮންނަނީ ނިދާކަމަށް ހެދިގެނެވެ.
ރާއިންގެއަށް އައި އިރު 1 ޖަހަނީއެވެ. ޒާޔާއަވަސްއަވަހަށް ލޯމަރާ ނިދާކަމަށްހެދުނެވެ. ކޮޓަރިއަށް ވަތްގޮތަށް ރާއިން ވަނީ ފާޙާނާއަށެވެ. ޒާޔާ ލޯހުޅުވާލިއެވެ. އޭނަ މިހާރު އެއިންތިޒާރު ކުރަމުން އެދަނީ އެންމެކަމަކަށެވެ. ރާއިން ފާޙާނާއިން ނުކުތްއިރު ޒާޔާ އަނެއްކާވެސް އޮތީ ނިދާކަމަށް ހަދައިގެނެވެ. ތުވާލިބަހައްޓާފައި ރާއިން މަޑުމަޑުން ޒާޔާކައިރިއަށް އައެވެ. ޒާޔާބޯއަޅައިގެން އޮތްކޮޅުގައި ސޯފާކައިރީ ތިރީގައި ރާއިން ކަކޫޖަހައިގެން އިށިއިނެވެ. ޒާޔާގެ ބޮލުގައި މަޑުމަޑުން ފިރުމާލާފައި ކިރިޔާ ބީހޭހާވަރަށް ނިތުގައި ބޮސްދީފައި ރާއިން ތެދުވިއެވެ. ރާއިން ދިއުމުން ޒާޔާ އިރުކޮޅަކު އެހެން އޮތުމަށްފަހު ލޯހުޅުވާލިއެވެ. އެނދާދިމާ ބަލާލާފައި ރާއިން ނެތުމުން ތެދުވީ އޭނަ އިންނާނީ ކޮންތާކުކަން އެނގިގެނެވެ.
ބެލްކަނި ދޮރުކައިރީގައި ޒާޔާ މަޑުކޮށްލިއެވެ. ޒާޔާގެ ޑައިރީ ހިފައިގެން ރާއިން ބެލްކަނީގައި ހުރި ގޮނޑިއެއްގައި އިށިއިނދެގެން އިނެވެ. ރާއިންއަށް ބަލާލުމުން އޭނަ ރޮނީކަން އެނގުމުން ޒާޔާގެ ހިތަށް އުނދަގޫވިއެވެ. އެއީ މިހާރު ކޮންމެ ރެއެއްގެވެސް އާދައެވެ. ރާއިން އެޑައިރީ ނުކިޔާ އެއްރޭވެސް ނުދެއެވެ. ކިތަންމެ ދެރަވިނަމަވެސް އޭނަޒާޔާގާތުން އިތުރަށް އާދޭސްކުރާކަށް ބޭނުމެއްނުވެއެވެ. ޒާޔާ ބޭނުންވާނެހާ ވަގުތެއްދޭން އޭނަ ބޭނުންވެއެވެ. އުންމީދުކޮށްގެން ހުރީ ޒާޔާހިތުން ހުރިހާ ޝަކުވާއެއް ދުރުވިދުވަހަކުން އޭނައަށް މާފުކުރާނެ ދުވަހަކަށެވެ. އެދުވަހަކަށް އޭނަ މުޅިއުމުރުވެސް އިންތިޒާރުކުރަން ހުރީ ތައްޔާރަށެވެ.
މާޔޫސްވެގެން ހުރެ ޒާޔާ ސޯފާގައި އިށިއިނެވެ. ރާއިންގެ އެދުރުކަން މިއަދު އެހިތް ރޮއްވާލައިފިއެވެ. ނަމަވެސް އޭނަ އެހުންނަނީ ރާއިން ވާހަކަ ދައްކާނެ އިރަކަށެވެ. ދެހިތުގައި ލޯބިވިނަމަވެސް އިސްވެ އެކަކުވެސް ވާހަކަދައްކާކަށް ނޫޅެއެވެ. ކަންތައް ކުރެވުނީ އަދި އެންމެރަނގަޅަށް ނޫންކަން ޒާޔާއަށް އިހުސާސް ކުރެވުނީ އެދެމެދަށް ވެރިވެފައިވާ ބީރައްޓެހިކަމުންނެވެ. ރާއިން އެހާބޮޑަށް ބަދަލުވެދާނެކަމަކަށް އެއްފަހަރުވެސް އޭނަ އުންމީދެއް ނުކުރެއެވެ.
*******************
މިހާރު ޒަޔާންއާއި ޔާނާގެ ކައިވެނިވެސް ކުރެވިއްޖެއެވެ. ޔާނާ އުފަލުގަ ބެހެއްޓުމަށް ޒަޔާން މަސައްކަތް ކުރެއެވެ. އެއްފަހަރުވެސް ހިތުގައި ޒާޔާއަޤ އޮތް ލޯބި ބޭޒާރުވިޔަކަ ނުދެއެވެ. ޔާނާއަށް ޝަކުވާކުރާނެ އެންމެފުރުސަތެއްވެސް ނުދީ އޭނައަށް އަޅާލައެވެ. އެހެންމީހަކާ އެއްކޮން އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ކަމަށް ހިތުގައި އޮތް ޝައްކު ޔާނާ ފިލުވައިދިނެވެ. ޔާނާގެ ކޮންމެ އަމަލެއްގައި ޒަޔާންއަށްވާ ލޯބި އޭނައަށް އިހުސާސްކުރެވެއެވެ. ބިރުގަންނަނީ އެންމެ ކަމެއްދެކެއެވެ. އެހިތަށް އޭނަގެ ސަބަބުން ކުޑަނަމަވެސް ދެރައެއް ލިބިދާނެތީއެވެ. އޭނަ ހައިރާންވަނީ އެންމެފަހަރަކުވެސް ޔާނާގެ ދުލުން ލޯބިވަމޭ ނުބުނާތީއެވެ. އެހެން ބުނެފިނަމަ ބަދަލުގައި ޒަޔާންގެފަރާތުން ލޯބިވަމޭއަޑުއަހަން ނުލިބިދާނެތީކަންނޭނގެއެވެ.
ސަނާގެ ބަނޑަށްވެސްވަނީ ދުވަސްފުރެން ކައިރިވެފައެވެ. ގޭތެރޭގެ އެންމެންވެސް އިންތިޒާރު ކުރަމުން އަންނަ އެއްދުވަހަކީ އެއީއެވެ. ގޭތެރޭގައި ވާހަކަ ދެކެވޭއިރު ޒާޔާއާއި ރާއިންއަށް އެއްލާބަސްތަކުން އެމީހުން މިހާރު އެދެމަފިރިންގެ ފަރާތުންވެސް ކުއްޖަކުލިބުމަށް އުންމީދުކޮށްގެން ތިބިކަން ހާމަވެއެވެ. ނަމަވެސް އެދެމެދުގައިވި ހަމަހިމޭންކަން އިހުސާސްވާނީ ކާކަށްހެއްޔެވެ؟
**********************
ޖެހިގެން އައި ދުވަހެވެ. ޒާޔާއުޅުނީ އޭނަގެ ފައިލެއް ލެވުނުތަނެއް ނޭނގިގެނެވެ. ފޮތްތަށް ލާފައި ހުރި ކަބަޑް ދެތިންފަހަރު ބެލިއިރުވެސް ނުފެނުމުން ރާއިންގެ އޮފީސް ބައެއް ފައިލްސްތައް އަޅާފައި ހުރި ވަތްގަނޑުވެސް ބަލާލަން ނިންމިއެވެ. ފައިލްތައް ނަގަމުން ދިޔަ ޒާޔާއަށް ހުއްޓެވުނީ އެތަނުންފައިލްއެއްގެ ދޭތެރެއިން ފެނުނު ކަރުދާހަކުންނެވެ. ހިނދުކޮޅަކަށް ނޭވާވެސް ހުއްޓުނުހެން ހީވިއެވެ. އެފައިލްނަގައިގެން އެނދުގައި ޒާޔާ އިށިއިނެވެ. އަދިވެސް އޭނަ ހުރީ ޝޮކެއްގައެވެ. އެހެންނުވާނީ ކީއްވެހެއްޔެވެ؟ އޭނަގެ އަތުގައި އޮތީ ވަރީގެ ފޯމެކެވެ. ރާއިން ހަމައަސްލަށްވެސް އެހެން ކަންތައް ކޮށްފާނެހެއްޔެވެ؟ އޭނަ ވަރިކުރަން ރާއިންއަށް ކެރިދާނެހެއްޔެވެ؟ ދެން އޮތްއެއްޗަކުންވެސް އޭނަހުރީ ވިސްނާނެ އެއްޗެއް ނޭނގިފައެވެ. އޭގަ އޮތީ ޒާޔާގެ ނަމުގައި ގެއެއް ރަޖިސްޓްރީ ކުރެވިފައިވާ ކަމަށްބުނާ ލިޔުމެކެވެ. ރާއިން ހިތަށްއަރަނީ ކީކޭހެއްޔެވެ؟ ރާއިން އޭނަ ވަރިކޮށްފައި ރާއިންގެ ފަރާތުން ދޭތަނެއްގައި އޭނަ ހުންނާނެ ކަމަށްހެއްޔެވެ؟ ނޫނީ މިއީ އޭނަ ރާއިންއަށް މަޢާފް ކުރޭތޯކުރޭތޯ ކުރާކަމެއްހެއްޔެވެ؟ ޒާޔާ ރުޅިގަދަވީ ކުއްލިއަކަށެވެ. އެންމެފުރަތަމަވެސް ބެލީ ފޯނު ފެނޭތޯއެވެ. ޗާރޖަށް ޖަހާފައި އޮތްފޯނު ފެނުމުން އެނަގައިގެން ރާއިންއަށް ގުޅިއިރު ހިތުގައި އުފެދުނު ޝަކުވާތަކުން ލޮލަށް ކަރުނަ ޖަމާވެފައި ހުއްޓެވެ.
ޒާޔާ ގުޅާތަން ފެނުމުން ރާއިންވެސް ހައިރާންވިއެވެ. ކޮންމެކަމެއް ކުރަން ޖެހުނަސް ޒާޔާ އޭނައަށް ކުރަނީ މެސެޖެކެވެ. ފޯނަށް އިރުކޮޅަކު ބަލަހައްޓައިގެން އިނދެވުނީ އެހެންވެގެނެވެ. އޭނަ އިނީ ޔާސިރު ދެއްކިވާހަކަ އެއްގެ ސަބަބުން ބޯގޮވާފައެވެ. އެކަމާގުޅޭގޮތުން ޔާސިރުއާ ދެފަހަރަކު ވާހަކަ ދެކެވުނުއިރުވެސް ޔާސިރުގެ ޖަވާބު ބަދަލު ނުވުމުންނެވެ. މިހާރު އަނެއްކާ ކޮންކަމެއް ލައިގަތީބާއޭ ހިތަށް އަރަމުން ފޯނު ކެނޑެންވާއިރަށް އަވަހަށް ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ކޮންތާކު؟” ފުރަތަމަވެސް އިވުނީ ސުވާލެކެވެ. އަޑުން އެކަނިވެސް ޒާޔާހުރީ ހިތްހަމަނުޖެހިފަކަން ރާއިންއަށް އެނގުނެވެ.
“އޮފީހުގަ،” ރާއިންގެ ޖަވާބު އައީ ފިނިކޮށެވެ.
“އަހަރެން ބޭނުން މިހާރު މިވަގުތު ރާއިންއާ ވާހަކަދައްކަން” ރުންކުރުވެފައި ހުރެ ޒާޔާބުނެލިއެވެ.
“މިގަޑީގަ ނުދެވޭނެ، އަދި އިރުކޮޅެއްވާނެ،” ރާއިން ދެކޮޅުހެދުމުން ޒާޔާއިތުރަށް ހިތްހަމަ ނުޖެހުނެވެ.
“މިބުނީނު މިހާރު ، މި ވަގުތުއޭ”
“ޒާއަކަށްއަޑެއް ނީވޭތަ އަހަރެން މިގަޑީގަ ބިޒީއޭ ބުނީމަ، ތިހާ މުހިންމުވާހަކައެއް ވެއްޖިއްޔާ ބުނެބަލަ ފޯނުން”
“ތިހާ ބިޒީވިއްޔާ ކޮންމެހެން ފޯނުންވެސް ވާހަކަ ދައްކާނެ ކަމެއްނެތް” މިހެން ބުނެ ޒާޔާ ފޯނުކަނޑާލިއެވެ. ރާއިން ދެވަނަފަހަރަށް ގުޅާތަންފެނުމުން ރުޅިއައިސްގެން ފޯނުވެސް ނިވާލިއެވެ. ރުޅިއައިސްފަ ހުރިވަރުން އެންމެފަހުން އޭނައަށް ރޮވުނީއެވެ.
ރާއިންއައީ އޭގެ ދެގަޑިއިރެއްހާއިރު ފަހުންނެވެ. ކޮޓަރި ދޮރުހުޅުވާލަމުން އޭނަހުއްޓުންއެރީ ޒާޔާފެނިފައެވެ. އޭރު ޒާޔާހުރީ ޑްރެސިންގ ޓޭބަލްކައިރީ ފުނާއަޅާށެވެ. ޒާޔާ އެގޮތަށް ހުއްޓަ ރާއިންއަށްފެނުމުން ހިތްހަމަނުޖެހޭނެއޭ ހިތަށް އަރާފަވެސް ބޭރަށް ދާހިޔާލެއް ނުކުރެއެވެ. ދުވަސްގަނޑަކަށްފަހު ޒާޔާ ރުޅިއައިސްގެން އެއްޗެކޭބުނިދުވަހު ބޭނުންވީ އޭނައާ ވާހަކަ ދައްކުވާށެވެ. ރާއިންގާތު ބޭރަށް ދާށޭ ނުބުނާނަމޭ ހިތަށްއަރާފަވެސް އައިސްފަހުރި ރުޅިގަނޑު އެކަމަށް ހުރަސްއަޅައިފިއެވެ.
“ތިވަރަށް ނުބަލަ އަހަރެން ރީތިވެ ނިމެންދެން ބޭރަށް ގޮސްފާނަންތަ؟” ޒާޔާއަށް ރާއިން އޭނައާ ދިމާ ބަލާހެން ހީވުމުން ބުނެލިއެވެ. ރުންކުރުކޮށް ޒާޔާ މިހެން ބުނުމުން ރާއިން ޒާޔާގެ ފައިން ފެށިގެން ބޮލަށް ބަލާލިއެވެ. ރާއިންގެ މިއަމަލުން ޒާޔާ ލަދުގަތްނަމަވެސް އެއިން އެއްވެސް ކަމެއްނުދެއްކީ ވަރީގެ ފޯމުމަތިން ހަނދާންވެފައެވެ.
“އަހަރެންގެ ގެ، އަހަރެންގެ ކޮޓަރި، އަހަރެންގެ އަންހެނުން” ލެޕްޓޮޕް މޭޒުމަތީގައި ބާއްވަމުން ރާއިން ބުނެލިއެތިން ޒާޔާއަށް ހުރެވުނީ ބުނާނެ އެއްޗެއްނޭނގިފައެވެ. މޫނު އަނބުރާލަމުން ފުނާއަޅަންފެށީ ކުރިއަށްވުރެ ހިތްހަމަނުޖެހިފަހުރެއެވެ. ރާއިންއާ ދައްކާނެ ހުރިހާ ވާހަކައެއް އެހިތުގައި ވަނީ މިހާރު ރާވާލެވިފައެވެ.
“އެކަމަކުވެސް އަންހެނުން ބޭނުންގޮތެއް، ގުޅާ ނިމުނީމަ، ތިރީގަ މިއިނީ، ޒާޔާ ދައްކަން ތިއުޅޭވާހަކަ ދައްކަން” ޒާޔާއާ ދިމާ އިރުކޮޅަކު ބަލަންހުރެފައި ރާއިން ދޮރާދިމާއަށް ހިނގައިގަތެވެ.
ކުޑައިރުކޮޅެއްފަހުން ޒާޔާ ނިމުމުން ރާއިން ގުޅިއެވެ. ރާއިން ކޮޓަރިއަށް އައިސް ސޯފާގައި އިށިއިނުމުން މޭޒުމައްޗަށް ކުރިން ގެންގުޅުނު ފައިލް އެއްލަމުން ހަށަމްބަނދެލިއެވެ. “މިއީ ކޯޗެއް” ރާއިންއަށް ކުރެވުނީ ސުވާލެކެވެ.
“ތިއީ އަހަރެން ކުރަންވީ ސުވާލުކަންނޭނގެ، އެތެރޭގަ ތިހުރި އެއްޗެހި ބެލީމަ އެނގޭނެ ކޮންއެއްޗެއްކަން، އަހަންނަށް މިއުޅެނީ ނޭނގިގެން ތިޔައީ ކޮންއެއްޗެއްކަމެއް” ރާއިންގެ ސުވާލާ ވިއްދާ ޒާޔާވެސް އިއްވާލިއެވެ.
“މިއީ ކޮންއެއްޗެއްކަން ނޭނގިގެން އަހަރެންނަށް އެހާ ރުޅިގަދަވެގެން ގުޅީ، މިއީ ވަރީގެ ފޯމެއްނު” ރާއިންގެ މޫނުން އިތުރުކުލަވަރެއް ނުފެނުނެވެ.
“ތިއީ ކޮންއެއްޗެއްކަން ނޭނގިގެނެއް ނޫޅެން އަހަންނެއް، ނޭނގިގެން މިއުޅެނީ ރާއިންއަތުގައި ވަރީގެ ފޯމެއް އޮންނަންވީ ސަބަބު ނޭނގިގެން، އަދި ތީގަ އަހަރެންގެ ނަންމަތީގަ ތިއޮތީ ކީއްކުރާ ގެއެއްކަން ނޭނގިގެން، ރާއިން ހީކުރީތަ ރާއިން އަހަރެން ވަރިކުރީމަ ރާއިން ދައްކާތަނެއްގަ އަހަރެން ހުންނާނެކަމަށް، އެންމެ ފުރަތަމަ ރޭ ބުނިބަސްއަދިވެސް އަހަރެން ހަނދާން އެބަހުރި، ދުވަހަކުވެސް ވަރިއެއް ނުކުރާނަމޭ ކިޔާފަ، އަހަންނަށް އޭރުވެސް އެނގޭ ރާއިންއަކަށް ނޫޅެވޭނެކަން” ޒާޔާ ވާހަކަ ދައްކަމުންގޮސް އޭނަގެ އަޑުބެދުނެވެ.
“ދެން އަހަރެން އެއްޗެއްބުނަންތަ، ތިއީ ކައިވެނި ކުރަން ފޯމުނަގަންދިޔަ ދުވަހު ނެގި ފޯމެއް، ހިތަށްއެރީ ކައިވެނީގެފަހުންވެސް ޒާއަށް މިގުޅުން ނިންމައިލުމަށް ފުރިހަމަ އިހުތިޔާރު އޮތްކަން އަންގައިދޭން، އެކަމް އެނގޭ އެދުވަހު ބުނިނަމަވެސް ޒާއަށް ވިސްނޭނީ ތިހެންކަން، އެހެންވެ ފަހުން ހިތަށްއެރީ ނުބުނާނަމޭ، ދެން ތިގެ، ތިއީ މަންމަގެ ފަރާތުން ޒާއަށްދިން ކައިވެނީގެ ހަދިޔާ، މަންމަ ހީކުރީ ޒާއަށް އުނދަގޫވާނެއޭ ކަންތައްވެފައޮތްގޮތުން އެންމެންނާއެއްކޮން އުޅެން، އެހެންވެ ޑޭޑްއާ ދެމީހުން ނިންމިނިންމުމެއް ތިއީ، އެކަމް އެނގޭ އެކަމަށްވެސް ޒާ ރިއެކްޓް ކުރާނީ ތިކަހަލަ ގޮތަކަށްކަން، އެހެންވެ އަޅާނުލީ، އެން ޔެސް އަހަރެން ބޭނުމެއްނޫން ޒާޔާ ދޫކޮށްލާކަށް ދުވަހެއްގެ ކޮޅުންވެސް، ބަޓް މިހާރު މިބުނަނީ، ޒާ މިހާރުވެސް ބުނޭ ޒާ އުޅެން ބޭނުންނުވަންޏާ މިވަގުތުވެސް މިނިވަންކޮށްދޭނަން، އެންމެފަހަރަކު ބުނަންޖެހޭނީ، އެއީ ކޮންމެހެން އަހަރެން އެގޮތްބޭނުންވާތީކީ ނޫން، އަހަރެން ދެރަނުވާނެތީކީ ނޫން، އަހަރެން ލޯބިނުވާތީކީވެސް ނޫން، ނޫނީ އަހަރެން ޒާބޭނުން ނުވާތީކީނޫން، ބަޓް އެއީ އަހަންނަށް ޒާޔާއެދޭ އެންމެއެދުމެއް ނަމަވެސް ފުރިހަމަ ކޮށްދެވޭތޯ” ވާހަކަ ދައްކަމުން ރާއިން ތެދުވިއެވެ. އަދި ޒާޔާއާއި ކައިރިއަށް އައެވެ.
“ޒާ މިހާރުވެސް ބުނޭ ބޭނުންވާގޮތެއް، ޒާ ބޭނުންވިއިރަކުން ޒާއަށް ދިއުމުގެ ހުއްދައެބެއް، ބިކޯޒްއައި ނޯވ ޒާ އަހަންނަށް ދުވަހަކުވެސް މާފެއް ނުކުރާނެކަން، އެކަމަކު އަހަރެން މުޅިއުމުރަށްވެސް ޒާއަށް އިންތިޒާރުކުރާނަން” ރާއިންގެ ވާހަކައަށް ޒަޔާއަށް އިސްޖަހާލުން ފިޔަވާ އިތުރު ކަމެއް ނުކުރެވުނެވެ. އެލޮލުގައިވި ކަރުނައިން އެދެއްކިވާހަކައިގެ ތެދުކަން ހާމަވެއްޖެއެވެ. ހިތުގައިވި ޝަކުވާތައްވެސް މިހާރުފިލައިފިއެވެ.
“އަހަންނަށް މިރޭ ކަމެއްކޮށްދެވިދާނެތަ، މިރޭ…. މިރޭ އަހަންނާއެކު ޕާރޓީއަކަށް ދެވިދާނެތަ؟” އަހަންނާހަން ހުރެފައި އެންމެފަހުން ރާއިން އަހާލިއެވެ.
************************************************
ރާއިން ބުނިގަޑިއަށް ޒާޔާ ރެޑީވެގެން ހުއްޓެވެ. ދާވަކިތަނެއް ބުނެފަ ނެތުމުން ޒާޔާ އެސުވާލުކުރަން އުޅެފަވެސް އަޅާނުލާހުރީއެވެ. އުފާވެރިކަން ނުދެއްކިނަމަވެސް އޭނަހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ގެކައިރިއަށް އައިސްފައި ރާއިން ޒާޔާއަށް ނުކުތުމަށް މެސެޖުކޮށްލިއެވެ. ޒާޔާހީވީ މާކުރީއްސުރެ އެކަމަށް ތައްޔާރު ވެގެން އިންހެނެވެ. އަވަހަށް ރިޕްލައި ކޮށްލާފައި ތިރިއަށް ދާންފޭބިއެވެ.
ޒާޔާ ސައިކަލަށް އަރާ ހަމަޖެހުމުން ރާއިން ދުއްވާލިއެވެ. ވަކި ތަނަކަށް ދާން ނޫޅެ ރާއިން މާލެ ވަށާބުރެއްޖަހާލިއެވެ.
ޒާޔާ އެއްޗެކޭބުނޭތޯ އިނދެއިނދެ ނުބުނުމުން އެންމެފަހުން ރާއިން ހުޅުމާލޭ ފެރީޓާރމިނަލް އާ ދިމާއަށް މިޝްރާބު ބަދަލުކޮށްލިއެވެ.
“ހުޅުމާލެއަށްތަ ދަނީ” ޓާރމިނަލް ކައިރިއަށް ސައިކަލުމަޑުކޮށްލުމުން ޒާޔާ ނާހަންއިނދެފައިވެސް އަހާލިއެވެ. ރާއިން މަޑުމަޑުން ހޫމް އަޅުވާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
33 Comments!
Comments are closed.


next part will be uploaded in Friday insha Allah,
Mi vaahaka geh 45 vana part nufenigen mi ulhenee.. link fonuvaala devidaanetha. Varah dhuvahah fahu vaahaka laafa otheema nufenunee..
Mi story nimeyn kithah part eba oiy tha.
V reethi mi story.dhen avahaa ninmaa
Alhe haadha kurey. Ehaa inthizaaru kuruvaafa plx thankolheh dhigu kon genesdhybala.
Wowwww… v v salhi.. waiting for the next part ???
v reethi mi vaahaka .hama inthizaaru kuranikoh up kuree .waiting for next part……
Waitting for the next part
mi part v reethi
Story super waiting for next part ?????
Story v v v nice…waiting for next part…
Aharen ebeth edhumeh.mihen nukiyaane. Ragalhu gothakee aharenge ebaoth edhumeh.
Xaa and raain hama dhimaa nuvaane tha den. So sad ?
Mu vaahaka upload kuran feshee kon iraku tha?? 45 vana part nufenigen mi ahaalee.. knmes kujjaku 45 vana part geh link fonuvadeefaanan tha
Mi vaahaka upload kuran feshee kon iraku tha? 45 vana part nufenigen mi ahaalee.. eh part geh link fonuvadeebala knmes kujjekey.
45 vana part nufenigen help vedeefaanantha knmes kujjaku ti thanun
Dhen zaaya haadha fuppaa fayey ulhenee..varah foohi mihaaru…
Writer ge name jahaafa eyniinu vaahak hulhu v ma.. So eyh click , eyrun annaane e writer liyefa huri hurihaa vaahaka ei.. Its easy to find partx.. Shahu..
Thank you ??
Miadh friday.vaahakaige habare velaabala
Huh, nukuraanan raain akah maafeh ??
Hey dear it’s Friday .. kobaa vaahaka….avaha upkollaa☺☺☺
it’s friday today.. where’s the next part …. please upload soon… & this story is awesome…
Next part please… Mihaaru mi Friday mioh nimeneee
Koba adhives nuvey…. CNT wait…this is my favorite story. Darkangle please humor your readers
Pls.. pls.. pls..
Plz upload plz plz plx
Anehkaa story huhtunee thoache.dhen nulhiye venyaa ninmaan veen.miyadhu up kuraa vaaka buni
Kobaatha…Haadha lahey..vaahaka update nuvegen nunidhigen miulhenee… Irukolhakaa beley
Kobaaaa vaaaahaka…
Kobaaaaaaaaaaaaaa
Kobaa vaahaka up nuvaneetha avas kolla dheebala
Mee kon dhuvahakun upkuraan oiy vsahaka eh