Skip to content
އެސްފިޔަ

އިތުބާރު

އެއީ ބަލައިލަން ކިތަންމެހާވެސް ރީތި މަންޒަރެވެ. އިރު އޮއްސެމުން ދާ ވަގުތު ދުނިޔެ މައްޗަށް ވެރިވެފަ މިހުންނަނީ ކޮންފަދަ ޖާދުވީ ކުލަތަކެއް ހެއްޔެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ. މިމަންޒަރު ބަލާ ފޫހިވާނީ ކޮން އިންސާނެއް ހެއްޔެވެ. ރަތާ އޮރެންޖާ ރީދުލާ ނޫކުލަ އަހަންނަށް އެންމެ ކަމުދާ ކުލަތަކަށްވީވެސް މިހިތްގައިމު މަންޒަރުގެ ސަބަބުންނެވެ. އެރީތި ރަތްކުލައިން ސާފު ނޫއުޑު މި ވަނީ ހުޅުދާން ވެފައެވެ. ކަނޑުގެ ސަތަހައަށް އިރުގެ ހިމޭން ދޯދިތަށް އެޅިފަވާއިރު ރަތް އޮރެންޖް ޖަވާހިރު ކޮޅުތަކެއް ހެން ކަނޑުގެ ލޮނުގަނޑު ވިދަމުން ދިޔައެވެ. ދޭތެރެއަކުން ޖެހިލާ ހިތްގައިމު ވައިރޯޅިތަށް އަހަރެންގެ ހިތަށް އިތުރު ފިނިކަމެއް ގެނެސް ދިނެވެ. އަހަންނަށް އިނދެވުނީ އަޖައިބުވެފައެވެ. އިރު އޮއްސޭ މަންޒަރު ފެނިފެނި އަހަރެން ފޫއްސެއް ނުވިއެވެ. މިއީ ކޮންމެ ދުވަހެއްގެވެސް އަހަރެންގެ ބަދަލް ނުވި އާދައެކެވެ. ގަދަވެ  ސަލާމަތުން ހުރީޔާ ކޮންމެ ދުވަހެއްގެވެސް މި މަންޒަރު ހަމަ ލޮލުން ދެކިލުމަށް މި ތުނޑިއަށް އަހަރެން އަންނަމެވެ. މިކަންކަމުން އަހަރެންގެ އަނިޔާ ލިބިފައިވާ ހިތަށް ފިނިކަމެއް ލިބެއެވެ. އަހަރެންގެ އެކަނިވެރި ދިރިއުޅުމަށް ހިތްހަމަ ޖެހުން ލިބޭ މާހައުލެއް ކަމުގަ މި ތުނޑިމަތިވިއެވެ.

އަހަރެން އިނީ ސާފު ހުދު ދޮންވެލިގަނޑުގަ އިށީނދެލައިގެން ކަނޑަށް ކުރިމަތި ލައިގެންނެވެ. ވަގުތުގެ ގޮތުން މީހެއްގެ ހިލަމެއް އެހިސާބަކުން ނުވެއެވެ. މިވަގުތު ކޮޅު ވޭތުކޮށްލަން އަހަރެން ބޭނުމީ އެކަންޏެވެ. އިތުރު މީހަކު އެތަނަށް އައުމަކަށް އަހަރެން ނޭދެމެވެ. އެގޮތުގަ އިންދާ އަހަރެންގެ ކަންފަތުގަ ޖެހުނީ ޒުވާން އަންހެން ކުދިން ތަކެއްގެ ތުއި ހުނުމުގެ އަޑެވެ. ބުނެދޭން ނޭނގޭ ފޫހިކަމެއް އަހަރެންގެ ހިތަށް ވެރިވިއެވެ. އަންހެނުންނާ އަންހެންކުދިންނަކީ މިދުނިޔެމަތިން އަހަރެން އެންމެ ނަފްރަތު ކުރާ ބައެވެ. އަހަރެން އެނބުރިލި ބަލައިލީމެވެ. އެކުދިން ތިބި ގޮތް ފެނިފަ ވީ ފޫއްސެއްގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އެތަނުގަ ޒުވާން ފަސް ކުދިން ތިބިއިރުވެސް ރަނގަޅަށް އައުރަ ނިވާ ކޮށްގެން ހުރި އެކަކުވެސް ނެތެވެ. ދެކުއްޖެއްގެ ބޮލުގަ ބުރުގާ އޮތް އިރު އެއީވެސް ނަމެއްގަ އޮޅާފަ އޮތް އެއްޗެކެވެ. ލާފަ ތިބި ކުރު ކުރު ޓީޝާޓް ކޮޅުން ކިރިޔާ އަތް މައްޗަށް ހިއްލައިލިޔަސް ބަނޑު ފެންނާނެކަން ކަށަވަރެވެ. ތިރި އަށް ލާފަ ހުރި ޖިންސްގެ ބާރުކަމުން ހީވީ ހާމައަށް ފައި ފެންނަން ހުރިހެނެވެ. އަހަރެން ހިތަށް އެރިއެވެ. މިމީހުން މި އެއްޗެހި ލާ ބާލަނީ ތެޔޮ އުނގުޅައިގެން ބާއެވެ. އެހާވެސް އެ ބާރެވެ. މީ މި އަންހެންކުދިން އުޅޭ ވައްތަރެވެ. އޭރުވެސް އަސްދޫންޏެއް ހެން ތުން ދަމާފަ އުޅުނީ ސެލްފީ ނަގާށެވެ. މިހާ މި ތުއިވަނީ ކާކަށް ކޮން ފަރިއެއް ދެއްކެން ހެއްޔެވެ.މި މީހުން ހެދުން މިލަނީ ކޮންބޭނުމަކު ހެއްޔެވެ.  އެ ޓީޝާޓް ކޮޅުވެސް ނުލާ ތިބިނަމަ ގައިމު ބަލާނެ ފިރިހެނުން ގިނަވީސްތާއެވެ. އެމީހުންގެ ބޭނުމަކީވެސް އެއީ ވިއްޔާއެވެ. އެމީހުން ބަލައިލަން ކިތަންމެ ހާވެސް ރީއްޗެވެ. ނަމަވެސް ރީއްޗަކަސް އެރީތި ކަން އެއޮތީ ފައިދަށުގަ ނޫން ހެއްޔެވެ.

އަހަރެންގެ ހަޔާތަށްވެސް ފިރިހެނަކު މޮޔަވާހާ އެފަދަ ރީތި އަންހެނެއް އައެވެ. އެއީ ދުނިޔޭމަތި ހުރި އެންމެ ރީތި އަންހެނާއޭވެސް ބުނެވޭހާ ފުރިހަމައެވެ. އާދަޔާ ހިލާފް ދޮންކަމެއް ލިބިފައިވާ ބައްޓަން ރީތި ހަށިގަނޑެވެ. އޭނާގެ ވަނާތަކުގެ ފުރިހަމަ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. އޭނާއާ ކައިރި ވެއްޖެ ފިރިހެނަކު މޮޔަވާހާ ވާނެއެވެ.  ނަމަވެސް އަހަންނަށް އޭރު ނުވިސްނުނީ އެރީތި ކަމުގެ ފަހަތުގަ ފޮރުވިފައިވާ ޝައިތޯނެއް ވީކަމެވެ. އެއީ ހަމަ ރީތި ވިހަލާ ހަރުފައެކެވެ. އެ ހަރުފަ ދިޔައީ އަހަރެންގެ ހަޔާތަށް ވިހަ ޒަހަރު ލާފައެވެ. ތިން އަހަރު ކުރީގެ އެ ހަނދާންތަށް އަހަރެންގެ ހިތުގަ ތާޒާ ކަންމަތީ އަދިވެސް އެބަ ހުއްޓެވެ. މިއަދު އަހަރެންގެ އެކަނިވެރިކަމުގެ އަސްލަކީ އެއީއެވެ. އެހަރުފަ ދަމުން ދިޔައީ ވަކި ނުވެވޭނެ ހިތްދަތި ކަމަކާ ހަނދާންތަކެއް އަހަރެންގެ އަތްމައްޗަށް ދޫކޮށްލާފައެވެ.

އެއީ މީގެ ތިން އަހަރު ކުރިއެވެ. އަހަރެން ޔަލާއާ ކައިވެނި ކުރީ އިންތިހާއަށް ބޭނުންވެ ލޯބިންނެވެ. ޔަލާ އަކީ އަހަރެންގެ ފުރާނަ ކަމުގަ ވިއެވެ. ޔަލާ އަށްޓަކާ އަހަރެން ހުރީ މަރުދޭށެވެ. އެހާވެސް އަހަރެންގެ އަންހެނުންދެކެ އަހަރެން ލޯބިވީމެވެ. ޔަލާގެ ފަރާތުންވެސް އަހަންނަށް ލިބުނީ ދުވަހަކު ހިތުން ފޮހެނުލެވޭނެ ފަދަ ލޮތްބެކެވެ. ދެ މީހުންމެ ކައިވެނި ކުރީ ރައްޓެހިވެގެން އުޅެތާ ހަތަރު އަހަރަށް ފަހުގައެވެ. ޔަލާގެ ފަރާތުން އަހަންނަށް ފެންނަމުންދިޔައީ އަހަރެން އެންމެ ހިތް އެދޭ ކަހަލަ ރިވެތި ސިފަތަކެކެވެ. އަހަރެން އެންމެ އުފާވަނީ ޔަލާ އަހަރެންގެ ބަސް އަހާތީއެވެ. އެއީ ކިޔަމަންތެރިކަމުގެ ނަމޫނާއެއް ކަމަށް ހީކުރީމެވެ. އެއީ ލާ މަސީލު އަނތްބެކޭ އަހަރެން ރަހްމަތް ތެރިންގާތު ބުނަނީ ވަރަށް ފަހުރުވެރިކަމާއެކުގައެވެ. އަހަންނަށް އޭރު ނުވިސްނުނީ އެ ޝައިތޯނާގެ ނުބައިކަމެވެ.

ކައިވެންޏަށް އަހަރެއް ވެލި އިރަކަށް ޔަލާ ބަލިވެ އިނެވެ. އެކަން އެނގުނު ދުވަހު އަހަރެން ހާދަ އުފާކުރީމެވެ. ބަލިވެ އިނދެގެން ވިހަން ވަންދެންވެސް އަހަރެންގެ ނިމުނެއް ނެތް ލޮތްބާއި އޯގާތެރިކަން ޔަލާއަށް ދިނީމެވެ. ޔަލާގެ ބަނޑުން އަހަރެންގެ ދަރިފުޅު އުފަންވި ދުވަހަކީ އަހަރެންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ. އެކުޑަ ކުޑަ ފުރާނަ އަހަރެންގެ އަތްމައްޗަށް އެރިވަގުތު އަހަންނަށް އުފަލުން ރޮވުނެވެ. ދޮން ފުށްގަނޑެއް ފަދަ އަހަރެން ގެ ދަރިފުޅު ތެޅިލަ ތެޅިލާ އަހަރެންގެ އަތުތެރޭގަ އޮތެވެ. އަހަންނަށް އުފަލުން ގޮސް މަންމަ މެން ތިއްބާވެސް ޔަލާގެ މޫނުގަ ބޮސްދެވުނެވެ. އެދުވަހަށް ފަހު އަހަރެންގެ ހިތުގަ ޔަލާއާ މެދުގަވާ ލޯބި ދެގުނައަށް އިތުރުވިއެވެ. އޭރު ނުވިސްނުނީ އެވީ މަތިވެރި ލޯބީގެ ސަބަބުން އަހަންނަށް ލިބުނު ހިތާމައެވެ.

އަހަރެންގެ ދަރިފުޅަށް ތިންމަސް ވެލުމުން ވަޒީފާ އަދާކުރުމަށްޓަކާ އަހަރެން ދިޔައީ މާލެ ކައިރި ރިޒޯޓަކަށެވެ. އަހަރެންގެ ކުޑައާއިލާއަށް އެއްވެސް ވަރަކަށް ފައިސާގެ ދަތިކަން ވެރިވާން އަހަރެން ނޭދޭތީއެވެ. އަހަރެން މަސައްކަތް ކުރީ ޒިންމާދާރު ހަރުދަނާ ފިރިޔަކަށް،އަދި ބައްޕަޔަކަށް ވާށެވެ. އޭރު އަހަރެންގެ އެ އުފާވެރި ދިރިއުޅުމަށް އަންނަން އެއުޅެނީ ކިހާވަރެއްގެ ތޫފާނެއްކަމެއް ނުވިސްނެއެވެ.

އޭރު އަހަރެމެން ދެމަފިރިންނަށް ރަށުންވަނީ ގެވަޅެއް ލިބިފައެވެ. އަހަރެން ރިޒޯޓްގަ ހުރެ ވަޒީފާ އަދާކޮށްގެން ރަށަށް ފައިސާ ފޮނުވުމުން އަހަރެންގެ ބައްޕަޔާ އެއްބަނޑު އެއްބަފާ ބޭބެއިންގެ ބުރަ މަސައްކަތުން އަހަރެންގެ ގެ ރާނާދީ ތަޅުން އަޅާ ހިޔާކޮށްދިނެވެ. އެކޮށްދިން ބުރަ މަސައްކަތަށް މުޅި އުމުރުގާވެސް އަހަރެން އެމީހުނަށް ޝުކުރު ވެރިވާނަމެވެ. އަހަރެން އެނބުރި ރަށަށް އައީ އަހަރެންގެ ދަރިފުޅު ޒީކަށް އެއް އަހަރު ވެފަ ވަނިކޮށެވެ. ދުވަސްތަކަކަށް ފަހު ލޯބިވާ އަންހެނުންނާ ދަރިފުޅު ހަމަ ލޮލަށް ފެނިލުމުން އަހަންނަށް އެ ލިބުނު އުފަލާއި އެކުރެވުނު އެ އުފާވެރި އިހްސާސްތަށް މިގޮތަށް ބަޔާން ކޮށެއް ނުދެވޭނެއެވެ. އެވަގުތު އުފަލުން އެދެމައިން ގައިގަ ވަރަށް ބާރަށް ބައްދާލެވުނެވެ.

ރަށަށް އާދެވުން ފަހަރު އަހަރެން ބޭނުންވީ އަހަރެންގެ ގެއިން ޒަމާނީ ގޮތަށް އެއްކޮޓަރި ހަދާފަ އެގެއަށް ދިރިއުޅުން ބަދަލް ކުރުމަށެވެ. ޔަލާވެސް އެގޮތަށް ބޭނުންވެގެން އަހަރެންގެ ގާތުގައި އެވާހަކަ ދައްކާފަ ވުމުންނެވެ. އަހަންނަށް އޭރު ނުވިސްނުނީ ޔަލާ އެޖެހީ ކިހާވަރެއްގެ މަކަރުވެރި މަޅި ފައްޗެއް ކަމެވެ.

ރެއާ ދުވާލު ނުނިދާ އަހަރެން ގެ ހެދުމައިގެން މަސައްކަތް ކުރީމެވެ. މިކަމުގަ ރަހްމަތްތެރިންނާ ބޭބެމެންގެ އެހީތެރިކަން އަހަންނަށް ވަރަށް ބޮޑަށް ލިބުނެވެ. އެމީހުން އެހީނުވިނަމަ އަހަރެން އެކަނި ނަފްސަކަށް މި ބޮޑު މަސައްކަތެއް ނުކުރެވުނީހެވެ. ބުރަކޮށް ކުރި މަސައްކަތުގެ ނަތީޖައަކަށް ވީ ދެ ހަފްތާ ތެރޭގައި ގޭގަ ދޮރުފަތްތަށް ހަރުކުރެވި އަހަރެން އެންމެ ހިތްހަމަ ޖެހޭކަހަލަގެ ފެންވަރުގެ ރީތި ކޮޓަރިއެއް ހެދުމެވެ. ގޭގެ އެހެން ތަންތާ ތަށިމުށިވެސް ނުޖަހާ ބޭއްވީ ފަހުން އަދި ރުފިޔާކޮޅެއް އެއްކޮށްލައިގެން އެކަން ކުރާށެވެ. އެއްވަގުތަކާ އެހުރިހާކަމެއް ނުކުރެވޭނެތީއެވެ. ނަމަވެސް ވަކި ހިލޭ ވެގެން ދިރިއުޅުމަކަށް ފަށައިގަންނަ އިރު ބޭނުންވާނެ ހުރިހާކަމެއް އަހަރެން ޔަލާއަށްޓަކާ އެގޭގަ ކޮށްދިނީމެވެ. އެގޭގަ ނިދި ފުރަތަމަ ރޭ ބަޔާން ކުރަންވެސް ދަތި ހިތްހަމަ ޖެހުމެއް އަހަންނަށް ލިބުނެވެ. ޔަލާގެ މޫނުމަތީންވެސް އަހަންނަށް އެއުފާވެރިކަން ފެނުނެވެ. އަހަރެން ހީކުރި ވަރަށްވުރެވެސް ޔަލާ މުރާއްޔެވެ. އަހަރެންގެ ލޯމަތީގައި ޔަލާވީ ގެވެހި އަތްބަކަށެވެ. ޔަލާ އަބަދު ބާއްވަނީ ގޭދޮށް ކުނިކަހާލާފައެވެ. ތަންތަން އެހާ ތަރުތީބެވެ. އަހަރެންގެ ދަރިފުޅުވެސް ހުންނަނީ ކުޅެ ހަދަން ބޮޑު ގެއެއް ލިބުމުން ވަރަށް އުފަލުންނެވެ.

ޗުއްޓީ ހަމަވުމުން އަނެއްކާވެސް އަހަރެން އެނބުރި ރިޒޯޓަށް ދިޔައީމެވެ. ވަޒީފާގައި ބުރަކޮށް އުޅެން ޖެހުނެއް ކަމަކު ފަޅި ސިކުންތަކަށްވެސް ލޯބިވާ އަނބިމީހާ އާ ދަރިފުޅުގެ ހަނދާންތަކަކާ އަހަންނަކަށް ދުރަކަށް ނުދެވެއެވެ. ކިރިޔާ ވަގުތެއް ވެލާއިރަށް އަހަރެން ޔަލާއަށް ގުޅަމެވެ. ރޭގަނޑުގެ އެތަށް ދަމެއްވާންދެންވެސް ދެމީހުން ލޯބިން ވާހަކަދައްކަން ތިބެމެވެ. އޭރު އަހަރެންގެ ދަރިފުޅަށްވެސް ވަނީ ތުއްތު ބަހުރުވައިން ވާހަކަ ދައްކަން ދަސްވެފައެވެ. އެ ޅަ އަޑުން ދައްކާ ވާހަކަތަށް އަޑުއަހަން އަހަންނަށް އިނދެވެނީ އުފަލުން ހެވިފައެވެ. ބައެއް ފަހަރު ނޭނގި އަހަރެންގެ ލޮލުން ކަރުނަވެސް އަންނަނީ އުފަލުންނެވެ. އެ ދަރިފުޅު ބުނާ ކޮންމެ އެއްޗެއް އަހަރެން އުފަލާއެކު ފޮނުވަމެވެ. އަހަންނަށް ބިޒީވެގެން ނުގުޅޭ ފަހަރެއްގަ ވިޔަސް ޔަލާ ޝަކުވާއެއް ނުކުރާނެއެވެ. ތީ ދުނިޔެމަތީގަވާ އެންމެ ރަނގަޅު އަނބިމީހާއޭ އަހަރެން ބުނަމެވެ. އަހަންނަށް ނޭނގުނީ އެއީ ޔަލާ އަހަރެންގެ ލޮލުގަ އަޅުވާފައިވާ މަކަރުވެރި އަނދުނެއް ކަމެވެ.

އޭގެ ހަ މަސް ފަހުން އަހަންނަށް ޗުއްޓީ ލިބުނެވެ. ޔަލާ އަށާ ދަރިފުޅަށް ސަޕްރައިޒެއް ދޭން އަހަރެން ބޭނުންވީ ނުބުނެ ދާށެވެ. އަހަރެން ފެނުމުން އެމީހުން ހާދަ އުފާވާނޭ ހިތަށް އެރިއެވެ. ރިޒޯޓުން މާލެ ގޮސް އެދެމައިންނަށް ގެންދާން ހަދިޔާ ހޯދީމެވެ. ރަށަށް ދެވޭތީ އަހަރެން ހުރީ އުފަލުން ނެވެ. އޭރު އަންނަން އުޅޭ ވަރުގަދަ ތޫފާނުގެ ހިލަމެއްވެސް އަހަންނަކަށް ނުވެއެވެ.

އަހަންނަށް ރަށަށް ދެވުނީ ހަވީރުވެ އިރު އޮއްސެއް ގާތްވެފަ ހުއްޓެވެ. ޔަލާއާ ދަރިފުޅު ދެކޭ ހިތުން ކެއްމަދުވެފަ ހުރިވަރުން ކޮނޑުގަ ދަބަސް އަޅުވާލަމުން ބާރުލާފަ އަހަރެން ހިނގައިގަތީ ގެއަށް ދާށެވެ. އޭރު އިރު އޮއްސި މަގު ތަކަށްވަނީ އަނދިރިކަން ވެރިވާން ފަށާފައެވެ. އަހަރެން ހިތް އެދުނު ގޮތަށް އަހަރެން ދަންނަ މީހަކާ ދިމާނުވެ ގެއާ ހަމައަށް ފޯރިއެވެ.

ސިއްރު ފިޔަވަޅުތަކެއްގާ ގެއަށް ވަނީމެވެ. ގޭތެރޭގަ ވަނީ ހިމޭންކަމެވެ. ޔަލާއާ ދަރިފުޅު ވާނީ ކޮޓަރީގަ ކަން ވިސްނުނެވެ. އަހަންނަށް ހައިރާން ކަމާއެކު ހުއްޓިލެވުނީ އަހަރެންގެ ކޮޓަރި ދޮރުމަތީގައި ޔަލާގެ ފައިވާނުގެ އިތުރަށް ފިރިހެނެއްގެ ފައިވާނެއް އިނުމުންނެވެ. އަހަރެން ޔަލާއަށް ޝައްކު ކުރާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން މަޑުމަޑުން ގޮސް ކޮޓަރި ތަޅުގަ ހިފާލީމެވެ. ހުރީ ތަޅު ލާފައެވެ. ނޭނގޭ ބިރުވެރިކަމެއް ހިތަށް ވެރިވިއިރު ޝައްކުގެ އޮއެވަރެއް ހިތުގަ ދުވެލިއެވެ. ގެންނަންވީ ހަރަކާތެއް ނޭނގިފަ ހިމޭންކަމާއެކު އިރުކޮޅަކު އަހަންނަށް ދޮރުމަތީގައި ހުރެވުނެވެ. ދެން ބަލައިލެވުނީ އެ ފިރިހެން ފައިވާނަށެވެ. އަހަރެންގެ ހިތް ވަނީ ހާސްވެފައެވެ. އެތެރޭގަ ވާކަމެއް ބަލަން އަހަރެން ބޭނުންވިއެވެ. ކަރު މައްޗަށް ޖަހާލަމުން އަހަންނަށް ބަލައިލެވުނީ ކޮޓަރި ދޮރުގެ އެންމެ މަތީގައި ހަރުކޮށްފަ އިން ފުޅާ ފެން ލައިޓަށެވެ. އެ ފެންލައިޓް ހުރީވެސް ކުޑަކޮށް ހުޅުވާލާފައެވެ. ހިތް ހާސްވެފަ ވާހާލު އަހަރެން ސިއްރު ފިޔަވަޅުތަކެއްގާ ނިކުތީ ގޭ ގޯތިތެރެއަށެވެ. ކޮޅު ކޮޅު ހޯދަނިކޮށް ލޮލުގަ އަޅައިގަތީ ގޭ ފާރު ގަ ލައްކޮށްފަ އިން ލަކުޑި ހަރުގަނޑެވެ. އަހަރެން ވަރަށް މަޑުން އެ ހަރުގަނޑު ގެނެސް ކޮޓަރި ދޮރުކައިރީގަ ލައްކޮށްލީމެވެ. ފަހަރަކު ހަރުފަތެއް ގިރާކޮށް އެއަށް އަރަމުން ދިޔަ އިރު ނޭނގޭ ބިރުވެރިކަމެއްގަ އަހަރެންގެ ހިތް ތެޅެމުން ދިޔައެވެ. ފެންލައިޓާ ހަމައަށް އެރުމާއެކު ކޮޓަރި ތެރޭން އަހަރެންނަށް ފެނުނީ ދުނިޔޭގެ ދިރިއުޅުމުން ދުވަހަކު ކޮޅުންވެސް އަހަރެން ދެކެން ބޭނުން ނުވާ މަންޒަރެކެވެ. އެއީ ބިރުވެރި ހުވަފެނަކަށް ވާނެ ނަމައޭ ހާސް ފަހަރު ހިތަށް އެރިއެވެ. ބޮލަށް އެނބުރުން އަރައިގަނެގެން ނުވެއްޓުނީވެސް ކިރިޔާއެވެ. އެވަގުތު އަހަރެންގެ މޫނުމައްޗަށް އަނދިރިވެސް ވިއެވެ. ނަމަވެސް ދޮރު ދާރައިގަ އަހަރެން ހިފެހެއްޓީމެވެ. އަހަރެންގެ އަމިއްލަ ގޭގައި އަހަރެންގެ އެނދުމަތީގައި އަހަރެންގެ އަންހެނުން އެއޮތީ އެހެން ފިރިހެނަކާއެކީގައެވެ. އެއިން އެކެއްގެ ހަށިގަނޑުގަވެސް ނިވާކަމުގެ އެންމެ ފޮތިކޮޅެއްވެސް ނުވެއެވެ. އެމީހުން ތިބީ ރަނގަޅަށް ޒިނޭގެ ތެރެއަށް ވަދެއެވެ. މީހަކު ބަލަން ހުރި ކަމެއްވެސް އެދެ ޖަނަވާރުންނަކަށް އިހުސާސްއެއް ނުވިއެވެ. އަހަރެންނަށް އެންމެ ބޮޑު ސިހުމެއް ލިބުނީ އެފިރިހެނާގެ މޫނު ފެނުމުންނެވެ. މިދުނިޔޭން އަހަރެން ދެން އިތުބާރުކުރާނީފަހެ ކާކަށް ހެއްޔެވެ. ނުވިތާކަށް އަހަރެންގެ ދެއަހަރުގެ ކުޑަ ދަރިފުޅު އެކުއްޖާގެ މަންމަ އެކުރާ ފާހިޝް އަމަލު ބަލަން ޓައިލްސް ތަކު މަތީގައި ކުޅޭ އެއްޗެހިތަކެއް ހިފައިގެން އިނެވެ. އަހަރެންގެ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ އަހަރެންގެ ލޮލުގެ  ކޮއެ ފަދަ އެ ތުއްތު ދަރިފުޅު ޒިނޭގެ އެ ނުބައި މަންޒަރު ބަލަން އެތާ ބައިންދާފަ އިނުމުންނެވެ. ވަގުތުން އަހަރެންގެ ލޮލުން ކަރުނަތަށް އޮހޮރިގަތެވެ. އަޑުގާނެތްތަނަށް ހަޅޭއްލަވައިގަންނަން ބޭނުންވިޔަސް އަހަރެންގެ އަރު ތެރޭން އަޑެއް ނުނިކުތެވެ. ރުޅިން އަހަރެންގެ ލޭ ކެކެމުން ދިޔައެވެ. އަހަރެން ލޯބިވެގެން މަރުދިން އަންހެނާ ޒިނޭކުރަން އެއޮތީ ކޮން ފިރިހެނަކާއެކީ ކަން އެނގޭ ހެއްޔެވެ. ތިޔަ ކިޔުންތެރިން ފަހަރުގަ ގަބޫލްވެސް ނުކޮށްދާނެއެވެ. ނަމަވެސް މިއީ ހަމަ ހަގީގަތެވެ. އަހަރެންގެ ލޮލުގެ ފެނުން އަދި އިރާދުކުރެއްވިއްޔާ ސަލާމަތުން އެބަ ހުއްޓެވެ. މި ލޮލުގެ ފެނުމަށް އަހަރެން އިތުބާރު ކުރަމެވެ. އެ ފިރިހެން މީހާ އަކީ ޔަލާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އަހަރެންގެ ހަމަ ލޮލަށް މި މަންޒަރު ނުފެނުން ނަމަ އަހަރެންނަށްވެސް ގަބޫލް ނުކުރެވުނީހެވެ. ނަމަވެސް ސީދާ އަހަރެންގެ ދެ ލޮލަށް ފެނުމުން ގަބޫލް ނުކޮށް އަހަރެން ކުރާނީ ކީއްހެއްޔެވެ. މިފަދަ ނުބައި ވަހްޝީ އަންހެނަކަށް ޔަލާ ވެދާނޭކޭ ދުވަހަކުވެސް އަހަރެން ހީނުކުރަމެވެ. ފެންނަފެނުމަށް ބޮޑެތި ކަޅު ހެދުން ތެރެއަށް އެރެގެން ހުންނައިރު އެއީ ވަރަށް މާތް އަންހެނެކޭ ހީވެދާނެއެވެ. ނަމަވެސް އޭނާގެ އަނދިރި ފަރާތް އަހަރެންގެ ލޯ ކުރިމަތީގައި މިއޮތީ ފެންނާށެވެ. މުޅި ހަޔާތުގައިވެސް އަހަރެން އެންމެ ގަދައަށް ރުޅި އައި ވަގުތު ކޮޅަކީ އެއީއެވެ. އަހަރެން އެވަގުތު އައި ރުޅީގައި ބޭނުންވީ އެދެ މީހުން އަހަރެންގެ އަތުން މަރާލާށެވެ. އެ ފުޅާ ފެން ލައިޓް ތެރެއިން ކޮޓަރި ތެރެއަށް އަހަރެން ފުންމާލީ އެ ނިޔަތުގައެވެ. ކޮޓަރި ތެރެއަށް އަހަރެން ފުންމާލި އަޑު އިވުމުންވެސް ފާފަ ކުރަން ތިބި އެ ޝައިތޯނުންނަކަށް އެކަމެއް ރޭކާއެއް ނުލިއެވެ. ނަމަވެސް އަހަރެންގެ ދަރިފުޅު ސިހިފާ ބަލައިލިއެވެ. ނަމަވެސް އެވަގުތު އަހަރެން ހުރީ ދަރިފުޅާ މެދު ވިސްނޭ ހާލަތެއްގަ ނޫނެވެ. އޭރު އަހަރެންގެ ހިތާ ނަފްސުގަ ވީ އެދެމީހުން މަރާލުމުގެ ނިޔަތެވެ. އަހަރެން އެދިޔަ ގޮތަށް ގޮސް ޔަލާގެ ބޭބެ ޝިފާޒް ގެ ގައިގަ ހިފާ ދުރަށް ހޫރާލީމެވެ. ޝިފާޒް ފުންމައިގެން ތެދުވެ ބަލައިލާފަ ދުއްވައިގަތީ ނިކުންނާށެވެ. އަހަރެން އޭނާ ހިފަހައްޓަން އުޅުނީމެވެ. ނަމަވެސް އެއީ ހުށިޔާރު ފިރިހެނެކެވެ. އޭނާ އެހުރިގޮތަށް ބަރަހަނާ ކަންމަތީ ދުވެފަ ކޮޓަރިން ނިކުތެވެ. އަހަރެން ހަމަ އެރުޅިގަނޑު މަތީގައި ކުރިމަތީލީ ޔަލާ އާއެވެ. އަހަންނަށް ހުރިހާ ކަމެއް އެނގުނު ކަން އެނގުމުން ޔަލާ އޭނީ ބިރުގެންފައެވެ. ” ގޮތް ކުޑަ އަންހެނާ.” އަހަރެން ޔަލާގެ އިސްތަށިގަނޑު އަތަށް އޮޅާލަމުން ދަތްކުނޑި ވިކާފަ ބުނެލީމެވެ. އައިސް ހުރި ރުޅިން ޔަލާގެ މޫނުމަތީގައި ދެތިން ބޮޑިވެސް އަޅާލީމެވެ. އަހަރެންގެ ރުޅިގަނޑު ފިނިވީ ދަރިފުޅުގެ ރުއިމުގެ އަޑު ކޮޓަރި ތެރޭގަ ގުގުމާލުމުންނެވެ. އެއީވެސް ނަސީބެއް ކަންނޭނގެއެވެ. އެހެންނޫންނަމަ އެދުވަހު އަހަރެންގެ އަތުން ޔަލާ މަރުވީހެވެ. އެހެންވި ނަމަ އަހަރެން މިއަދު އޮތީހީ ޖަލުގަ ތާއެވެ. އަހަރެން ޔަލާގެ ގައިން ދޫކޮށްލާފައި ގޮސް ކުޑަކުޑަ ޒީކް އުރާލީމެވެ.

“ކަލޭ ތިހިރީ ތިންފަށް ވަރިއަކުން ވަރިކޮށްފަ..ތިކަހަލަ ޖައްބާރު އަންހެނެއްގެ ސޫރަ ދެކެންވެސް އަހަރެން ބޭނުމެއް ނޫން..” އަހަރެން އަނެއްފަރާތަށް މޫނު އަނބުރާލަމުން ބުނެލީމެވެ. އޭރު އަހަރެންނަށް ގިސްލަ ރޮވިއްޖެއެވެ. ވޭނާއެކު ރޮމުން އަހަރެން ދަރިފުޅު ގައިގަ ބައްދާލީމެވެ. އެޔާއެކު އަހަރެން ދިޔައީ ދަރިފުޅު ގޮވައިގެން ނިކުންނާށެވެ. އަދި ކުރިއަށް ދިހަ މިނެޓް ތެރޭގައި އެގެއިން ނިކުމެގެން ދިއުމަށް ޔަލާއަށް އެންގީމެވެ.

މިހާރު އޭގެ ފަހުން ތިން އަހަރު ފާއިތުވެ ދިޔައީއެވެ. ޔަލާއަށް ފަހު އަހަރެންގެ ދިރުއުޅުމަށް އިތުރު އަންހެނަކު ނާދެއެވެ. ގެންނަން އަހަރެން ބޭނުންވެސް ނުވީއެވެ. ނަމަވެސް އަހަރެންނަކީ އަދި އެންމެ އަށާވީސް އަހަރުގެ ޒުވާނެކެވެ. އެހެންވިޔަސް އަހަރެން ދެން އިތުރަކަށް މީހަކާ އިންނާކަށް ބޭނުމެއް ނޫނެވެ. މާޒީގެ އެދުވަސް ތަށް ތަކުރާރު ވެދާނެތީ އަހަރެން ބިރުގަނެއެވެ. ޖެހިލުންވެއެވެ. އެއްވެސް އަންހެނަކަށް އިތުބާރު ކުރުމަކީ ދެން އަހަންނަށް ވާނެ ކަމެއް ނޫނެވެ. އެދުވަހަށްފަހު އަހަރެން އަންހެނުންނަށް ނަފްރަތު ކުރަމެވެ. ހުރިހާ އަންހެނުން އެއްގޮތް ނުވާނެކަންވެސް އެނގެއެވެ. އެކަން އަހަރެން ދަންނަމެވެ. އެހެންވިޔަސް އަންހެނަކާމެދު އަހަންނަށް ދެން ހެޔޮގޮތަކަށް ނުވިސްނޭނެއެވެ. އަހަރެންގެ ދަރިފުޅަށް މިހާރު ފަސް އަހަރުވެއްޖެއެވެ. އެދަރިފުޅު ހުރީ އަހަރެންގެ މަންމަ ގާތުގައެވެ. ޔަލާ އެކުއްޖާ ނުގެންދިޔަ ކަމަށްޓަކާ އަހަރެން ﷲއަށް ޝުކުރު ވެރިވީމެވެ. ޔަލާގެ ތަރުބިއްޔަތު އެދަރިފުޅަށް ލިބޭ ކަށް އަހަރެން ބޭނުމެއް ނޫނެވެ.

ހިޔާލީ ދުނިޔޭން އަހަންނަށް ނިކުމެވުނީ އިޝާ ނަމާދު ބަންގީގެ އަޑު އިވުމުންނެވެ. އަސްތާއެވެ. މަގްރިބް ނަމާދުވެސް ކެޓީއެވެ. އޭރު މުޅި ތުނޑިއަށް ވެރިވެފަ ވަނީ ކަނު އަނދިރި ކަމެވެ. ފޯނުން ލައިޓް ޖައްސާލައިގެން އަހަރެން އަވަހަށް ހިނގައިގަތީ މިސްކިތަށް ދިއުމަށެވެ. މީ މިހާރު އަހަރެންގެ ދިރިއުޅުމެވެ. ﷲއަށް އަދާކުރަން ޖެހޭ އަޅުކަންތަށް އަދާކުރުން މަތީ އަހަރެން ދެމި ހުރީމެވެ. މިކަންކަމުން އަހަރެން ހިތްހަމަޖެހެއެވެ. އަންހެނަކު ނެތަސް މި ދިރިއުޅުން އަހަންނަށް ފުދެއެވެ. އަތްބަކު އަހަރެން ބޭނުމެއް ނެތެވެ. މިހާރު އަހަރެންގެ ހުރިހާވެސް އުފަލަކީ ފަސް އަހަރުގެ އަހަރެންގެ ދަރިފުޅެވެ. އަހަރެންގެ ހުރިހާވެސް ދުއާއަކީ އެދަރިފުޅަކީ އެދަރިފުޅުގެ މަންމަ ފަދަ އަންހެނަކަށް ނުވުމެވެ.

( ނިމުނީ )

 

Comments (65)

  1. reesham

    heyy guyzzz…mee reesham ge kuru vaahakaeh…kamudhaane kamah ummeedhu kuran.

  2. ************

    Vvvvv rythi.

    1. ************
      ************

      Btw reesham mee hageehatheh thr???

  3. reesham

    yess…mee sh atoll ge rashehga higaafa oii kamehh…v gabool kuran dhathi dhww

    1. ************
      reesham

      Yeah!!! V udhagoo gaboolu kurannn..just too disgusting.. Ehbadu ehbafaa beybe vihyaa… Pis pis….

  4. Sidhu

    Ooo. ..haaadha reehthii vhk ekeyy dw. …
    Hama habeys

    1. reesham
      Sidhu

      thankoooo

  5. Ainaan

    Hama vvv nice igey

  6. Aminathainaan

    Hama vvv nice igey

  7. sam

    vrh vrh reethi

  8. reesham

    thankss sidhu,ainaan and sam

  9. Sabeeha

    v reethi..??

    1. reesham
      Sabeeha

      thanksss sabeee

  10. Thaaniya

    Reesham ge story eh tha… story is awesome..:-)

    1. reesham
      Thaaniya

      thanksss thaaniya

  11. Shaa

    Wow! V v nice… Keep it up reesham

  12. roona

    Wow v nice.. I have a story. If anyone want it please call 7997991

    1. ??
      roona

      Nuhahgu loaby ga bunii mii shara ey stry ah interest vanyaa hama thi num ah gulhan..n uge num ga viberga iny ariphjahaafa …what’s all this about…story othihyaa mi site ah up kohba faharaku meehehge namuga faharaku vaahaka akah konhaa comment eh thi kurany….

    2. reesham
      roona

      thankss roona..bt thi number aky mi site ge admin ge number..ariph aky admin

    3. faya
      roona

      thi admin aa jahsaalafa huri meeheh dhw :p

  13. ~minty~

    Vrh salhi story eh…v different…nd gaboolu vx nukurevey dhw sslu…btw dhn e yalaa nd her bro GE kanthah ehn meehunnah falhaa eri thr

    1. reesham
      ~minty~

      yes mintyy..mihaadhisaa higi rashuge rayyithunnahvx egeyne mikan..e atoll ge gina bayakahvx egeyne hama..

  14. Afy

    V v v v salhi

  15. migu

    v salhi vaahakaeh…

  16. reesham

    thankss afyy and migu

  17. migu

    reesham ge story thah v salhi…v asaru kuruvaa…

  18. reesham

    oh asluthrr migu…thankuuuu

  19. ????

    Reesham e ee konrasehtha…. ma ves me sh.atoll kujjeh ekam neygun kon rashehkameh…… v salhi story eh….. kurin liyun story ves v Salhi…..

    1. reesham
      ????

      ehnthrr…thanksss…but sorry dear..reesham ah e rashuge name buneveykah neh

  20. ????

    e ee konrashehtha reesham.. ma ves sh.atoll ekam neygun…. story v salhi….???

  21. Ahhagsha

    Hey varahh hadi

  22. Shaa xee

    V reethi story….. Reesham ge ehen story eh v avahah kiyaalan libeyne kamah waiting ga ?

  23. reesham

    thankss shaa xee…try kuraanan v avahah dhigu story eh geneveythw

  24. Shara

    Hey!!! Reesham ,,v surprise vi stry eh,, aslu surprise v sh, atoll ey buny ma,, shara ge atoll aky vx sh,, he he,, v v salhi mi story,, adhi vx mikahala stry eh kiyaalan libeyne kamah inthizaaru kuran,,

  25. reesham

    oh…asluthr shara…reeshamvx sh atoll..shara kon rasheh

  26. Shara

    Feydhoo,, hehe, reesham o

  27. reesham
  28. Shara
  29. reesham

    ehnthrr…yaa..thankss shara

  30. Muniyaa

    Gina ginain kuruvaahak liyachy.v nice

  31. Jool

    Nice

  32. Reesham

    Ya..thanks muniya

  33. Azu

    Vaahaka vv reethi…mee mihaatu mi mujuthamauga v gina in hingaa kameh….keehkuraanee mi noon dhuvaheh onna kan handhaan nuhunnanee kan neynge…reesh ge ehen vaahaka yakah inthizaaru kuran ????

    1. reesham
      Azu

      ya dhw azu..thankss

  34. Saajidh

    WOW… v v v reethi… v qaboolu kuran dhathi haadhisaaeh…

    1. reesham
      Saajidh

      thankss saajidh

  35. Rix

    Alhe haadha gothehnehy dhemyhunney dhw. Cheeedi………. I vx sh… Atol…. Hehehehhehe. ….. Adeh naahan thikahala haadhisaaeh hingi kameh…..konrashehga baaaa dhw…..

    1. reesham
      Rix

      thankss rixx…mee thankolheh kurin higi kameh..so fahuge kudhinnah neygidhaane

  36. Nikko

    Even um too frm sh atoll… Bt i haven’t heard anythng like that…. Btw story v rythi…. Hw can someone be so desperate to do that with own brother…. Its so disgusting….

    1. reesham
      Nikko

      thanksss nikkko….yap dhww nikkko….v udhagoo dhw gaboolu kuran

    2. Yaal
      Nikko

      NIkko its nt coz desperate. Its sumthing that happens a lot, especially if sister is attractive, n they are living together. They both want it.

  37. yal

    kobaitho mihaaru e anheh kujjaa??

    1. reesham
      yal

      ebaulheyy ehn myhakaa marry khgen

  38. Mufeed

    Hebahulhey

  39. Appy

    Um also frm sh atoll bt adeh naahan dhn ehaa kuryge kameh v ma kanneynge btw story v rythi …..

    1. reesham
      Appy

      ya appy thankss …ae reesham vx fudheyvarakah young iru..but i remember hama..

    2. Eye Es
      Appy

      reesham mi vaahaka mi othy kommes varakah badhalu kollaafa tha??

      i heard sumthin similar bt ekam very different from this story.

      Reesham ge FB page eh echeh indeytha??

  40. Reesham

    Yess..eye es..kudakh thafaathuvaane. So u knw mi haadhisaa dhw

  41. Reesham

    Bt ehaa bodu thafaatheh nynnaane..emyhunge age kahala kanthah thafaathuvefa innaanyy..bt maigadu gothehga aslu haadhisaa aa ehgoi vaane

    1. Eye Es
      Reesham

      haha, ehendho. i heard with a big difference. but nt sumthin to say in comments..

      bt ur genesdhinun v nice n emotional.
      🙂

  42. Reesham

    Oh..thankss eye es

    1. Eye Es
      Reesham

      Dhen Fb page eh needheytha?? Nt personal page.. author page mibuni.

  43. Reesham

    Yes eye s..nynnaane

  44. Shaayaa

    V v reethi vaahaka eh….

  45. Reesham

    Thankss shaaya

Comments are closed.