މަންޝާގެ ކަނދުރާގައި ބޮސްދެމުން ހަސަނާ މަންޝާގެ ގުޅުން ފެށުނު ހިސާބު ކިޔައިދޭން ފެއްޓިއެވެ. “ހަސަނުބެއަށް ކޮންކަހަލަ ސަޕްރައިޒެއް ތި ދިނީ… މީ ހާދަ ބޭނުންވި ދުވަހެކޭ.. މަންޝާ ހަސަންބެ ދެކެ ލޯބިވާނެކަން އިނގޭ… ކޮން ދުވަހެއް ހަސަންބެ މަންޝާ ގައިގަ ފިރުމާތާ.. އެންމެ ތުއްތު އިރުއް ސުރެ އަހަރެން މަންޝާ ގައިގާ ފިރުމާ ހަދަން… މަދީހާއާ މުނީރާއާ ދެބެން ކުނިކަހަން، ނޫނީ އެހެންވެސް މަސައްކަތްތަކުގައި ދިޔައިމަ މަންޝާ ބަލަން އަހަރެން ހުންނަނީ ގޭގަ… އަހަރެން މަންޝާ ގައިގާ ހާދަ ބީހެމޭ… ހީސްލީމަ ހީސް ދޮއްވާ އިރުވެސް ހާދަ ބަލައިގެން މަޑުމަޑުންނޭ ހަސަންބެ އެކަން ކޮށްދެނީ.. ދެން ހަސަންބެ މާލެ ބަދަލުވާން ޖެހުނީ.. އެއީ މަންޝާ ވަރަށް ކުޑައިރު… މަންޝާ ހަނދާންވެސް ނުހުންނާނެ… ދެން ހަސަންބެ ކައިރިއަށް މަންޝާ ކިޔަވަން އައިމަ ކިހިނެއް ދުރުގަ ބަލަން ހުރެވޭނީ…. މުނީރާއާ އަފްނާނުއާ ފުރައިގެން ދިޔުމުގެ ކުރިންވެސް މަންޝާ ގައިގަ ފިރުމަން… މަންޝާއަށް އެކަން ނޭނގޭކަން ހަސަންބެއަށް އެނގުނު.. އެހެންވެ ނިދާބޭސް ދީގެން ބެހުނީވެސް… އަސްލު ގަދަކަމުން ކުރީ މަންޝާ ގަދަ ހެދީމަ.. އެހެންނޫނީ ހަސަންބެ ނުލާހިކު ލޯބިން ފުއްދައިދޭނަމޭ… އަދޭ ހަސަންބެ ކައިރިއަށް…އާދޭ… މިރޭ ފުރަން ކައިރިވީމަ ދޯ ދާނީ…”
މަންޝާގެ ކަނދުރާ މައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް އެއްކައިރިއަށް ޖައްސާލަމުން ހަސަނު ނޯށް ދަމާލިއެވެ. އެގަޑީ ހަސަނުގެ ނޭފަތުގަ ޖެހުނީ ފަރުހަކި ވަހެވެ.
ޖެހިލުންވެ ހުރެ ވަށައިގެންވާ މާހައުލަށް ހަސަނު ކަޅި ހިންގާލިއެވެ. އޭރު އެ ކަނދުފަތި ރަށު ފުއްޓަރު ފަރާތުން ބޭރުގައިވާ ފަރުތަކާ ގާތްވަަނީއެވެ. ދިޔަވަރު ހިކިފައިވާތީ މި ސަރަހައްދުން ފަރުވަސް ދުވާނެކަން ހަސަނަށް އެނގުނެވެ.
މަންޝާގެ ކޮނޑުގައި ހިފާ ކަނދުފަތި މަތީގައި ބާއްވާލަމުން ހަސަނު އޭނާގެ ހަށިގަނޑާ ގާތްވެލިއެވެ. އެވަގުތު ޖެހުނު ވައި ރޯޅިއާ އެކީ މަންޝާގެ ހޭވިފައިވާ އިސްތަށިގަނޑުން މޫނު ފޮރުވުނެވެ.
ހަސަނުގެ ކަޅި އަމާޒްވީ މަންޝާގެ ހަށިގަނޑަށެވެ. މަންޝާގެ ހެދުންވަނީ ތެމިިފައެވެ. ކޮނޑަށް ވާކޮޅެއް ލާފައިވާ ކުރު ހެދުން ފިޔަވާ އިތުރު ފޭރާމެއް މަންޝާގެ ހަށިގަނޑުގައި ނެތްކަން އެނގުނީ އެ ހެދުން ތެމިފައިވާތީއެވެ. ހަށިގަނޑުގެ ވަނާތައް ފުރިހަމަ ފާޅުވާން ހުއްޓެވެ. ކޮނޑަށް އައްސާފައިހުރި ވާތައް މޮހެލަމުން މަންޝާގެ ހަށިގަނޑުގައި ހަސަނު ފިރުމަމުން ދިޔައީ ފެން ބޮވައިގެންފައިވާ ހިޔަޅެއްހެނެވެ. މަންޝާގެ ކޮނޑުމަތިން ފާޅުވަމުން ދިޔަ ކަޅުކުލައިގެ ކެހެރިތައް ރޭގަނޑުގެ އަަނދިރިކަމުގެ ތެރެއިން ހަސަނުގެ ލޮލުގައި އަޅައެއް ނުގަތެވެ.
މަންޝާގެ މޫނާ ގާތްވަމުން ހަސަނު އޭނާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ދުރުކޮށްލިއެވެ. މަންޝާގެ މޫނުފެނި ބިރުން ހަސަނު ފަހަތަށް ޖެހުނެވެ. މަންޝާގެ ދެލޯވަނީ ރަތްކުލައިން ދިއްލިފައެވެ. ރަތްކަމުން ހީވަނީ ލޮލުން ލޭ އައިސްދާނެ ހެންނެވެ. ބަލަބަލާހުއްޓާ އިސްތަށިގަނޑުވެސް މުޅިން ބަދަލު ވެއްޖެއެވެ. އޭނާގެ އިސްތަށިގަނޑު ނުރަވިއެވެ. ވަަޔާ ވިހުރެމުން ދިޔަ އިސްތަށިގަނޑަށް ހަސަނު ބަލާލިއެވެ. އެވަގުތު މަަންޝާގެ މޫނުގެ ހަންގަނޑު ކަޅުވަމުން ދިޔައީ މުޅި މޫނުގައި ކެހެރި ފަޅަމުންނެވެ. މަންޝާގެ ސިފަ މުޅިންހެން ބަދަލު ވެއްޖެއެވެ.
“ތީ… ތީ ކާކު؟؟… މީހެކޭ މަ ސަލާމަތް ކުރޭ….. މީހެކޭ…” މަންޝާއާ ދުރަށް ޖެހެމުން ހަސަނު ވާހަކަ ދެއްކީ ވަށައިގެން ވާ މާހައުލަށް ބަލަމުންނެވެ.
ފަސްފަހަށް ޖެހެމުންދިޔަ ހަސަނުގެ ފައި އެ ކަނދުފަތިން ބޭރަށް ކައްސާނުލީ ހަމަ ކިރިޔާއެވެ. ހަސަނު ވަށައިގެން ހޯދަމުން ދިޔައީ ކާށިދޫ ފެނޭތޯއެވެ. ނަމަވެސް އެހިސާބުން ރަށެއް ނުފެނުނެވެ. ރަށާ އެހާ ދުރަށް ދެވޭނެހާ ވަގުތެއްވެސް ނުވެއެވެ. ކަނޑު މެދުގައި އެމީހުން ތިބި އިރު ކައިރި އެއްވެސް ހިސާބަކުން ރަށެއް ފެންނާކަށް ނެތެވެ. ހަސަނު ހާސްވިއެވެ. ކަނދުފަތިމަތީ ކޮޅަށް ހުރި ހަސަނު އަނެއްކާވެސް ބަލާލީ މަންޝާ އޮތް ދިމާއަށެވެ. މިފަހަރު އެތަނުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެ ކަނދުފަތި މަތީ ހުރީ ހަސަނު އެކަންޏެވެ. ބިރުން ހަސަނު ތުރުތުރު އަޅަަން ފެށިއެވެ.
ދުންފިނީގެ އަސަރު ފާޅުވަމުން ދިޔައެވެ. ވަށައިގެންވާ މާހައުލު ނުފެންނަހާ ފުސްވެއްޖެއެވެ. ދުންގަނޑެއްހެން އެ ކަނދުފަތި ވަށާލާފައިވަނީ ނާމާންކަމާއި ބިރުވެރިކަމެވެ. ބިރުން ހަސަނު ދެފައި ކުރުކޮށްލައިގެން ހިމޭނުން ކަނދުފަތި މަތީ އިނީ ހަދާނެގޮތް ހުސްވެފައެވެ. ލޯމަތިން އެއްޗެއް ފެންނަހެން ހީވިއެވެ. ހަސަނު ދެލޯ ހަނިކޮށްލަަމުން ކުރިއަށް ބަލާލީ ފުސްގަނޑުގެ ތެރެއިން އެ ފެންނަ އެއްޗެއް ޔަގީންކުރާށެވެ. އެ ކަނދުފައްޗާ ދިމާއަށް އޮޔާއެކީ އެ އަންނަނީ ބޮޑު ފޮށިގަނޑެކެވެ. ރަނގަޅަށް އެ މަންޒަރު ބަލަން ހަތަރު މޮށްގަނޑުޖަހާ ހަސަނު ކުރިއަށް ޖެހިލިއެވެ. އެއީ ފޮށިގަނޑެއް ނޫނެވެ. އެއީ ސަންދޯކެކެވެ. ވަށައިގެން އެކި ހިސާބުތަކުން ލޮނުގަނޑުމަތިން ދަތުރު ކުރަމުން ދިޔަ ސަންދޯއްތަައް ފާޅުވިއެވެ. ހަސަނުގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.
ކަނދުފަތި މަތީ އޮތް ދިގު ދަނޑި ބުރިއެއް ފެނުމުން އެ ދަނޑިބުރި ނަގާ މޫދުގެ ލޮނުގަނޑަށް ކޮށްޕާލަމުން ފަލި ޖަހަން ފެށިއެވެ. ހަސަނަށް ދާންވީ ވަކި މަންޒިލެއް ނޭނގޭތީ ފަލިޖެހީ އެ ސަންދޯއްތަކާ ދުރަށްދާށެވެ. ނަަމަވެސް ފަލި ޖަހާ ޖަހާ ވަރުބަލި ވީއިރުވެސް އެ ކަނދުފަތި ދިމާލަކަށް ގުޑާލިހެންވެސް ހިއެއް ނުވިއެވެ. ދެން ފެނުނީ ދިމަދިމާލުން ރަތްކުލައިގެ އަލިގުޅަ ތަކެކެވެ. ހަސަނު ބިރުން ސިހުންވި ވަރުން އަތުގައި އޮތް ދަނޑިބުރި މޫދުގެ ތެރެއަށް ދޫވިއެވެ. ކަނދުފަތި ކައިރިން ރެނދަންގެ އަސަރުވެސް ފާޅުވަމުން ދިޔައެވެ.
ކުއްލިއަކަށް އިވިގެން ދިޔައީ ބާރު ހިނިގަނޑެއްގެ އަޑެވެ. އެއަޑު ވަރަށް ވެސް ބަރެވެ. ބިރުވެރިއެވެ. ފަޒާގެ ތެރޭގައި އެ އަޑު ގުގުމާލިއެވެ. “ތީ ކާކު؟… ތީ ކާކުހޭ؟..” ތުރުތުރު އަޅާ ހާލުގައި ހަސަނު އަހާލިއެވެ.
އެ ވަގުތު ހަސަނު ގެ ކުރިމައްޗަށް ފާޅުވީ އިންސާނެއް ފަދައިން ދެއަތާއި ދެފައި ލާފަ ހުރި އެއްޗެކެވެ https://erektilemed.de/. އެނާ ހުރީ މޫދުގެ ލޮނުގަނޑުގައި ފައި ނުޖެހި ވައިގެ ތެރޭގައެވެ. އޭނާގެ ހަމުގެ ކުލަ ކަޅެވެ. ރަތްކުލައިން ދިއްލިފައިވާ ދެލޮލެވެ. އިސްތަށިގަނޑު އޮތީ ކަނދުރާއާ ހަމައަށް ކުރުކޮށެވެ. ވަޔާއެކު އޭތީގެ ހުދު އިސްތަށިގަނޑު ވިހުރެމުންދާ އިރު ހީވަނީ ދުންކޮޅެއް ހެންނެވެ. އެއީ ބިރުވެރި ސޫރައަކަށް ހުރި ވަރަށް ބިޔަ އެއްޗެކެވެ. އިސްކޮޅުގައި ދިހަވަރަކަށް ފޫޓު ހުންނާނެއެވެ. ކަނދުފަތި މަތީ އިން ހަސަނު ކަރު މައްޗަށް ޖަހައިގެން އެ މަޚްލޫގާ ދިމާއަށް ބަލާލިއެވެ.
“ކަލޭ…. ހަހަހަ … ކަލެއަަށް އަހަރެން އެހާ ދުއްތުރާ ކުރީމަވެސް މަންޝާއާ ބެހުން ހުއްޓޭ ގޮތެއް ނުވިދޯ… އެގޭ ސިޑިން ކަލޭ ވައްޓާލީވެސް އަހަރެން…. ބަލަ މުނީރާ ކައިރިން ކަލޭ ސަލާމަތް ކޮށްދިނީ މަންޝާއެއް ނޫން… އެކަންވެސް ކުރީ އަހަރެން… އަހަރެން ބޭނުން ނުވީ މުނީރާ އަތުން ނުބައެއް ހަދަން… ކަލޭ މަރާލަން އަހަރެން ބޭނުންވީ އަހަރެންގެ އަތުން…. ކަލޭ ހީކުރީތަ ބޭނުންހާ ގޮތަކަށް އުޅެވޭނެ ކަމަށް… މަންޝާއަށް ތިހާ ދުއްޕާންކޮށްފަ ކަލޭގެ ލަދުހަޔާތްކުޑަކަމުން އަމިއްލަ ދަރިއާވެސް ބެހެފި… ކަލޭތީ އިންސާނެއްގެ ސިފައިގަ ހުއްޓަސް ޝަައިތޯނެއް…” ބަރު އަޑަކުން ވާހަކަ ދައްކަމުން ދިޔަ އިރު ޒިބާންގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.
“ތިހެން ނުހަދާ… އަހަރެންނަށް މާފް ކުރޭ.. އަހަރެން ދެން އެކަހަލަ ކަމެއް ދުވަހަކުވެސް ނުކުރާނަން… އަންހެނަކާ ދިމާއަށް އެފަަދަ ނަޒަރަކުން ނުވެސް ބަލާނަން…. އަހަރެން ދޫކޮށްލާ….” ދެކަކޫ މައްޗަށް ތިރިވެގެން ހުރެ ހަސަން އާދޭސްކުރަން ފެށިއެވެ. ވިދާލި ވިދުވަރާ އެކީ ލޯމަތިން ފެންނަން ހުރި މަޚްލޫގު އެތަަނުން ގެއްލުނެވެ. ހަސަނު ވަށައިގެން އެ މާހައުލަށް ބަލާލިއެވެ. ވަށައިގެން ވަނީ އަނދިރިކަމެވެ. މާ ގިނައިރެއް ނުވެ ވައިބާރުވެ ކަނޑު ގަދަވެއްޖެއެވެ. ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ތެރޭގައި ހަސަނު ކަނޑަށް ނުވެއްޓި ކަނދުފަތިމަތީ ހުންނަން ވަރަށް މަސައްކަތް ކުރިއެވެ. ބަނޑުން އޮށޯވެގެން ކަނދުފަތީގެ އެއް ފަރާތުގައި ހަސަނު އެލިގެން އޮންނަަ ފަހަރު ގިނައެވެ.
ހަސަނު ލައިގެން ހުރި ފަޓުލޫނު ތެރޭ އެއްޗެއް އުޅޭކަމުގެ އިހްސާސްވުމުން ހަސަނު އޭނާ ލައިގެން ހުރި ފަޓުލޫނު ބޭލިއެވެ. އެވަގުތު ފަޓުލޫނު ޖީބުން ވެއްޓުނު ފިޔޮހި މޫދަށް ނުވެއްޓެނީސް ހަސަނު ނެގިއެވެ. ނަމަވެސް ވަޔާއި އެކީ ހަސަނު ބޭލި ފަޓުލޫނު މޫދަށް ހިނގައްޖެއެވެ. މިހާރު ހަސަނު އެހެރީ ރޯ އޮރިޔާމުންނެވެ. ރޭގަނޑުގެ ފީނީގައި ކަނޑުމަތީ ތެމިފޯވެގެން ހުންނަން ޖެހުުމުން ހަސަނު ހީކަރުވަން ފެށިއެވެެ. ތުރުތުރު އަޅާ ވަރުން ސީދަލަށް ހުރެވޭ ގޮތެއް ނުވިއެވެ. ދެފައި ކުރުކޮށްގެން ހަސަނު ކަނދުފަތިމަތީ އޮށޯތެވެ.
ދެން ފެށީ ގުގުރާށެވެ. ވިދާ ގުގުރާ ވާރޭވެހެން ފެށިއެވެ. ވާރޭގެ ބޮޑެތި ކަނިތައް ގައިގައި ޖެހުމުން ހަސަނުގެ ހަންގަނޑުން ތޫނު ދިލައެއް ނަގަމުން ދިޔައެވެ. ނަމަވެސް ކެތްކޮށްގެން އޮތީ ސަލާމަތުގެ އައްސޭރިއަކަށް ފޯރަން ދެނެވެ. ލޮލުކޮޅަށް ރަށެއްގެ މަލަަމަތި ފެނުމުން ހަސަނު އުފަލުން ފޮޅުނެވެ. މޫދުގެ ތެރެއަށް ގުދުވެ އަތް ކޮށްޕާލައިގެން ފަލިޖަހަން ފެށީ އަވަހަށް އެރަށާ ހަމައަށް ދިއުމުގެ ބޭނުމުގައެވެ.
އެރަށާ ފުދޭ ވަރަކަށް ގާތްވެއްޖެއެވެ. ހަސަނުގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. އުފަލުންގޮސް ހަސަނަށް ރޮވެން ފެށުނީ އެއީ ކާށިދޫކަން ހަސަނަށް ރޭކާލުމުންނެވެ. ރަށާ ފުދޭ ވަރަކަށް ކައިރިވުމުން ހަސަނު މޫދަށް ފުންމާލިއެވެ. ހީކަރުވާފަ ހުރުމުން އެހާ ބާރަށް ފަތައިގަންނަހާ ހިތްވަރެއްވެސް ނެތެވެ. ކަށިން ހިތްވަރު ނެރެ ހަސަނު ހަތަރެސްފައި ފަލިޖަހާލިއެވެ. ރަށުގެ ގޮނޑުދޮށާ އަރާ ހަމަވުމުން ހަސަނު ތެދުވެ މޫދުން އެއްގަމަށް އެރުމަށް ހިނގައިގަތެވެ. ނަމަވެސް އެވަގުތު ހަސަނުގެ ފައިގައި އެއްޗެއް އޮޅާލި ކަމުގެ އިހުސާސް ވުމުން ފަޔަށް ބަލާލިއެވެ.
ފިޔަވަޅު މަޑުކޮށްގެން ހުރި ހަސަނުގެ ދެލޯ ބޮޑުވެގެން ދިޔައީ އޭނާއަށް ފެނުނު އެއްޗަކުންނެވެ. ކަޅުކުލައިގެ ވިދުމެއް ހުރި ނަންނުގައްޗެއް ކަހަލަ އެއްޗެކެވެ. ހަސަނު ގަނެފައި ހުރި ބިރުން ހަޅޭއްލަވަމުން އޭތިން މިންޖުވާން ތެޅިގަނެވުނެވެ. ކުއްލިއަކަށް އަތުގައި އޮތް ފިޔޮހިމަތިން ހަނދާންވިއެވެ. ފިޔޮހި ހުޅުވާލުމަށްފަހު އޭއްޗަށް ހަމަލާ ދޭން ހަސަނު މަސައްކަތް ކުރިއެވެ.
މޫދުގެ ރާޅުޖަހާ ހިސާބަށް ހަސަނަށް އާދެ ވުނީ ވަރަށް ހިތްވަރުންނެވެެ. ދުއްވައިގަންނަން ފިޔަވަޅު އެޅި ވަގުތު އެ ނަންނުގަތި ހަސަނުގެ ފައިގައި ބާރަށް އޮޅާލިއެވެ. ދޮންވެލިގަނޑު މައްޗަށް ބަނޑުވަތަށް ހަސަނު ވެއްޓުނެވެ. ހަސަނު ފޮރޮޅެމުން އެއްގަމަށް އެރީ ވަރަށް ހާލުންނެވެ. އެ ނަންނުގަތި ފައިގައި އޮޅެމުން މައްޗަށް އަރަން ފެށި އިރު އޭތީގެ އަނގަވަނީ ތަންމިނަށް ހުޅުވާލާފައެވެ. ހަސަނަށް އޭތީގެ ކުޑަދޫ ފެންނަހާ އެ ނަންނުގަތީގެ އަަނގަ ފުޅާ ކޮށްލިއެވެ. ހަސަނުގެ ބަނޑާ ހަމައަށް އޭތި އަރައިފިއެވެ. ބިރުން ހުރި ހަސަނަށް ހިފުނީ އޭތީގެ ބޮލުގައެވެ. ތެޅެމުން ފޮޅެމުން ހަސަނުގެ އަތުން މިންޖުވާންް އޭތި މަސައްކަތް ކުރިއެވެ. ބަލާކަށް ނުހުރެ އޭތީގެ ބޮލުގައި ހިފާފައި ހުރި ދިމާލު ބުޑުގައި އަތުގައި އޮތް ފިޔޮހި ޖައްސާ ހަސަނު ބާރު ބާރަށް ކާއްތާލިއެވެ. މުޅިތަނަށް ލޭ ބުރައިގެން ދިޔައިރު ހަސަނުގެ ހާޅޭކުގެ އަޑުން އެ ސަރަަހައްދު ގުގުމާލިއެވެ.
*** *** *** *** *** ***
އަވަސް ފަރުވާދޭ ކޮޓަރިއަށް ޑޮކްޓަރ ޝީލާ ވަދެ މީރާ އެނދުމަތި ކޮށްފައިވާ އެނދާ ދިމާއަށް އަވަސް ވެގަތީ ކައުންޓަަރުން ހަވާލުކުރި ލިޔެކިޔުންތަކާއި އެކީގައެވެ.
“ހައި މީރާ…. މިއަދު ޑޮކްޓަަރަށް ދައްކަން އައިން ދޯ… ކިހިނެއްވީ ސިޑިން ވެއްޓުނީ؟؟…” މީރާގެ އަތުގެ ވިންދު ބަލާލަމުން ޑޮކްޓަރ ވާހަކަ ދެއްކީ ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ.
“ކުޑަކޮށް ބޯ އެނބުރީ… އެންޑް ޓަަޔަޑް… ބޭބީ ރަނގަޅުތޯ…” މީރާ ބަލަން ބޭނުންވީ ބަނޑުގައިވާ ދަރިފުޅުގެ ހާލެވެ.
“އެންމެ ފަހުން ހެދި ސްކޭން ތަކުން 6 ހަފްތާ ދެއްކިއަސް… މިހާރު ބަނޑަށްވީ 8 ހަފްތާ…. ސިސްޓަރ ބްރިންގް ދަ ޑޮޕްލަރ…” މީރާގެ ހެދުން މައްޗަށް އަރުވާލަމުން ޑޮކްޓަރ ޝީލާ މެޝިންގައި ޖެލްކޮޅެއް އުނގުޅާލިއެވެ. އަދި ދަށްބަނޑުގައި ޖައްސާލިއެވެ. ވަރަށް ފަސޭހައިން ކުޑަ ދަރިފުޅުގެ ވިންދު ލިބިއްޖެއެވެ.
“ބޭބީ އިޒް ފައިން… ބަނޑުގަ ރިއްސާތަ؟… އެއްވެސް ވަރަކަށް މުށިކުލަ ނޫނީ ރަތް ފާޑު ކުލައަކަށް ހުންނަ ޑިސްޗާޖެއް އަންނަންޏާ ލަސްނުކޮށް ހޮސްޕިޓަލަށް އަންނާތި…. ގައިގަ ނޫވެފަ ހުރިތަންތަނުގަ އުނގުޅަން ބޭސް އަދި ކާންވެސް ބޭސްް އެބަ ލިޔަން… ޕްލީސް ބީ ކެއަރފުލް އިނގޭ… އެންޑް އެތަންތަނުގަ އައިސް އަޅާތި…” ޑޮކްޓަރ ވާހަކަ ދައްކާ ނިންމާލަމުން ކައިރީހުރި ނަރުސް ކުއްޖާ ގާތު ބޭސްތަކެއްގެ ނަންތައް ކިޔަމުުން ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ.
ދުރުގައި ބަލަން ހުރި ޞަފޫރާ ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭރު ޞަފޫރާއަށް ވަނީ ރޮވިފައެވެ. މީރާ އެކަނި މައްޗަށް ފޮނުވުނީތީ އޭނާ އެހުރީ އަމިއްލަ ނަފްސު ކުށްވެރި ކޮށްގެންނެވެ. މީރާއަށް ދެރަގޮތެއް ނުވުމަށް ހިތުގެ އަޑިން ދުޢާ ކޮށްލަކޮށްލާ އެ ހުރީ އޭނާގެ ލަގޮނޑިއަށް ކެތްނުވާތީއެވެ.
ޓޮޕްކޮޅު ތިރިކޮށްލުމަށްފަހު ޓައިޓް މައްޗަށް އަރުވަމުން މީރާ އެނދުގައި ހަމަޖެހިލިއެވެ. އެވަގުތު މިރާގެ ބަނޑުގައި ރިޔާޒް ފިރުމާލިއެވެ. “އަހަރެން ހީކުރީ ސިކްސް ވީކްސް ކަމަށް…. އަލްހަމްދު ލިއްލާހި… ބޭބީ އޯކޭދޯ…” މީރާގެ ބޮލުގައި ރިޔާޒް ފިރުމާލިއެވެ.
“ސާބަސް… ސްކޭން ކުރިފަހުންވެސް ޓޫ ވީކްސް ވެއްޖެ… މަގޭ ހިތަށްވެސް އެރިއޭ ރިޔާއަށް އޮޅުނީއޭ…” މީރާ ހިނިގަނޑެއް ޖަހާލިއެވެ.
“ނޯޅޭ ވަރެއްތަ؟… އަހަރެން ހާދަ ބިރުގަތޭ… މީރާއަށް ގޮތެއް ވެއްޖިއްޔާ…. ކީއްކުރާކަށްތަ ސިޑިން އެރީ… ދެން ބުނެބަލަ.. ހަމަ ބޮލަށް އެނބުރުން އެރީތަ؟…” މީރާ ސިޑިން ވެއްޓެން ދިމާވި ސަބަބު އޮޅުން ފިލުވަން ރިޔާޒް ބޭނުންވިއެވެ.
އެނދު ވަށާ ދަމާފައިވާ ފަރުދާ ކަހާލި އަޑަށް ރިޔާޒާ މީރާއަށް ބަލާލެވުނީ އެ ދިމާއަށެވެ. ޟިރާރު ކުރިއަށް ޖެހިލަމުން މީރާ ކިހިނެއްތޯ އަަހާލިއެވެ. “ރަނގަޅު… ޑޮކްޓަރ ޑިސްޗަރޖް ކޮށްލީމަ ގެއަށް ދާންވީދޯ….” މީރާގެ ބޮލުގައި ފިރުމާލަމުން ރިޔާޒް ވާހަކަ ދައްކަމުން އެނދުކައިރިން ފޫހިއްލާލިއެވެ.
“އެހެންވިއްޔާ މަންމަ ގެއަށް ގޮސްލަނީ… ކަމެއް ވިޔަސް މަންމައަށް ނުގުޅާ ނުހުއްނައްޗޭ… ދެން ދަނީ…” މީރާގެ އަތުގައި ފިރުމާލަމުން ޞަފޫރާ ވާހަކަ ދެއްކިއެވެ.
*** *** *** *** *** ***
މިރޭ މާލެއަށް ފުރަން ގަޑި ކިޔާފަ އޮތީ އެގާރަ ޖަހާއިރަށެވެ. އެގާރަ ޖެހުމުގެ އެއްގަޑިއިރު ކުރިން މަންޝާމެން ގެއަށް މަޖުދީ އައިސް އެންމެންގެ ފޮށި ތަންމަތިތައް ޕިކަޕަށް އަރުވައިގެން ދޯނި އޮތް ދިމާއަށް ގެންދިއުމަށް އަވަސް ވެގަތެވެ. މަންޝާއާ އެކީ އަފްނާނު ހުރީ މަންޝާގެ ކޮޓަރީގައެވެ. އަފްނާނު ލައިގެން ހުރީ ގަޔަށް ދޫ ކަޅުކުލައިގެ ޖިލްބާބަކާ ކަޅު ބުރުގާއެކެވެ. މަންޝާ ލައިގެން ހުރީ ކަޅު ކުލައިގެ މައްޗަކާ ޖީންސެކެވެ. އެކޮޓަރި އެނދުމަތީ ދެމީހުން ތިބިއިރު އިރުއިރުކޮޅުން އަފްނާން އެނާގެ ފޯނަށް ބަލާލައެވެ.
ހިތް އަވަސްވެފައި އިން އަފްނާނުގެ ލޮލަށް ކަރުނަ ޖަމާވާތަން މަންޝާއަށް ފެނެއެވެ. “ދޮނާ އަދިވެސް ބައްޕަ ނުގުޅާ….” އަަފްނާނަށް ކެތްނުކުރެވިގެން ބުނެވުނެވެ. އަބަދު އެއް ވާހަކައެއް އަޑު އަހައަހާ އިން މަންޝާގެ ބޮލުގައިވެސް ރިއްސަން ފެށިއެވެ. މަންޝާގެ ފޯނުން ހަސަންބެގެ ނަންބަރަށް ގުޅަން ޑައަލް ކޮށްލީ އަފްނާނު އޭނާގެ މަންމަ ނުރުހޭނެ ކަމެއް ނުކުރާނެކަަން މަންޝާއަށް އިނގޭތީއެވެ. ފޯނު ރިންގް ވޭވޭ ގޮސް ކެނޑުނު އިރުވެސް ހަސަންބެ ފޯނަކަށް ޖަވާބެއް ނުދެއެވެ. މަންޝާ ފުލުފުލުން ހައެއްކަ ފަހަރު ގުޅި އިރުވެސް ވީ ހަމަ އެހެންނެވެ. ހަސަނުގެ ފޯނަށް އެއްވެސް ޖަވާބެއް ނުދެއެވެ.
ފޯނު ކަންފަތުގައި ޖަހައިގެން އިން މަންޝާއަށް ތެޅިގަނެވުނީ ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލުމުންނެވެ. ފޯނު ކަންފަތުން ދުރުކޮށްލަމުން ދޮރާ ދިމާއަށް މަންޝާ ބަލާލިއެވެ.
“އާދޭ… ޕިކަޕު އަތުވެއްޖެ… ހިނގާ.. އެއްވެސް އެއްޗެއް ބެހެއްޓިފަ އެބަހުރިތަ؟… ރަނގަޅަށް ބަލާތި؟…” މަދީހާ ކޮޓަރި ތެރެއަށް ވަދެ މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އޭރު އަފްނާނާ މަންޝާ އެނދުމަތިން ތެދުވެ ކޮނޑުގައި އަަތްދަބަސް އަޅުވާލިއެވެ. އަފްނާން ޗޫސް ދަމާލި އަޑަށް މަންޝާ ބަލާލިއެވެ. އަދި އަފްނާނުގެ އަަތުގައި އޮތް ދަބަސް މަންޝާ ޖަހައިގަތެވެ.
“ތި ހާލުގަވެސް ދަބަސް އަަޅާތި… ދީބަލަ ދޮނާ އަތަށް…” މަންޝާ އާ އެކީ އަފްނާނު އެގެއިން ނުކުތް އިރު އެހެން އެންމެން ތިބީ ޕިކަޕުގައެވެ. ގެއިން އެންްމެން ނުކުތުމުން ހުރިހާ ދޮރުތައް ތަޅުލުމަށްފަހު މަދީހާ އައިސް ޕިކަޕަށް އަރަމުން މަޖުދީ އަތަށް ތަޅުދަނޑި ހަވާލުކުރިއެވެ. މަޖުދީއާ އެކީ ކުރީ ސީޓުގަ އިނީ މަންޝާގެ މާމަ ހަދީޖާއެވެ. ދެން ތިބި އެންމެން އެރީ ޕިކަޕުގެ ފަހަތަށެވެ.
މަޑު ދުވެލީގައި އައިސް ފާލަން ދަށަށް ޕިކަޕު ގާތްކޮށްލުމުން އެންމެން ޕިކަޕުން ފޭބިއެވެ. ދޯންޏަށް އަރާނީ އަދި ފަހުންނޭ ކިޔާ މަންޝާއާ އަފްނާން މަޑުކުރީ އަތިރި ކައިރީ ހުރި ހިލަ ގޮނޑިއެއްގައެވެ. “އަފޫ… ދޮނާ ވަރަށް ގުޅައިފިން ހަސަންބެއަށް… ހަސަންބެ ފޯނެއް ނުނަގާ…” ކައިރީގައި މީހަކު ނެތް ވަގުތެއް ބަލާފައި ހަސަންބެއަށް ގުޅި ވާހަކަ އަފްނާނު ގާތު މަންޝާ ބުންޏެވެ.
އޭރުވެސް އެ މާހައުލަށް ވަށައިގެން ކަޅި ހިންގަމުން އަފްނާނު ހޯދަމުން ދިޔައީ އޭނާގެ ބައްޕައެވެ. އޭނާގެ ބައްޕައާ ބައްދަލުކޮށްލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. އަފްނާނު ފޮނުވި މެސެޖް ބައްޕައަށް ލިބުނުތޯ ޔަގީންކުރަން އޭނާ ބޭނުމެވެ. އަފްނާން ފުރާ އިރު މިތަނަށް އަައިސް ދާނެ ކަމަށް އަފްނާންގެ ހިތް ބުނަމުން ދިޔައެވެ.
ބޯޓު ނައްޓާލާ ގަޑި ކައިރި ވުމުން މަޖުދީ އައިސް މަންޝާއާ ސަަލާމް ކޮށްލިއެވެ. އަފްނާނާ މަންޝާއާ އެކީ ގޮސް ތޮށިގަނޑު ކައިރީގައި އޮތް ބޯޓަށް އެރިއެވެ. އަދި މަތީ ޑެގުގައި ތިބި އާއިލާ މީހުންގާތަށް އެމީހުން ދިޔައެވެ. ބޯޓުގައިވާ ކުޑަދޮރުތަކުން ބޭރުބަލަން ހުރި އަފްނާނުގެ ހިތް ތެޅި ފޮޅެނީއެވެ. ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައިވަނީ އަށަަގެންފައެވެ. ފޯނަށް ބަލަން ހުރުމަށްފަހު އެންމެފަހު ފަހަރަށް ބައްޕަގެ ނަންބަރަށް ގުޅާލަން ފިއްތާލީ ހިތާ ދެކޮޅަށެވެ. ވަށްކަޅިން މުނީރާއާ ދިމާއަށް ބަލަމުންނެވެ.
އެފޯނު ކެނޑުނު އިރުވެސް ހަސަނު އެކޯލަކަށް ޖަވާބެއް ނުދިނެވެ. އަފްނާނުގެ ލޯ ކަރުނުން ފުރުނެވެ.
*** *** *** *** *** ***
ރޭގަނޑު ދިހަގަޑި ބައިވީއެވެ. ހޮސްޕިޓަލުން މީރާ ޑިސްޗަރޖް ކޮށްލީ ދެ ހަފްތާ ފަަހުން ޑަކްޓަަރަށް ދައްކަން އައުމަށް އެޕޮއިންޓްމަންޓް ހަމަޖައްސާފައެވެ. ހޮސްޕިޓަލުން ބޭރަށް ނުކުންނަށް މީރާއާ އެކީ ރިޔާޒާ ޟިރާރު ހިނގައިގަތެވެ. ގެއަކީ އޭ.ޑީ.ކޭ ހޮސްޕިޓަލާ މާ ދުރުގައި ހުރިތަނަކަށް ނުވުމުން އެމީހުން ގަސްތުކުރީ އެންްމެން އެކީގައި ހިނގާފައި ގެއަށް ދާށެވެ. މީރާގެ އަތުގައި ހިފަހައްޓައިގެން ހުރެ ސިންދިތާއާ ދިމާއަށް އެމީހުން ހިނގައިގަތެވެ.
ގެއަށް ވަދެ ލިފްޓްގެ ސްވިޗަށް ރިޔާޒް ފިއްތާލިއެވެ. ލިފްޓު އޭރު ވަނީ ހަތްވަަން ބުރީގައި ކަމުން ތިރިއަށް އަންނަން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. މީރާ ހުރީ ލިފްޓް އަންނަ ސްޕީޑް ލަސްވެފައެވެ. އިރުއިރުކޮޅުން ލިފްޓަށް މީރާ ބަލާލައެވެ. އެއަށްފަހު ސިޑިއާ ދިމާއަށް މީރާ ބަލާލީ މިއަދު ދިމާވި ހާދިޡާ ލޯ މައްޗަށް ސިފަވުމުންނެވެ. ކުއްލިއަކަށް އެސިޑިއާ ދިމާއަށް ހުރި ހޮޅިބުރި ކަނިޖަހާފައި ނިވި ދިއްލުނެވެ.
މީރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ބިރުގަނެ ހިތް އަވަސްވިއެވެ. ފަހަތަށް ފިޔަވަޅެއް އަޅާލީ ސިޑިއާ ދިމާއަށް ރަނގަޅަށް ބަލާލާށެވެ. މީރާގެ ދެލޯ އިތުރަށް ބޮޑުވެގެން ދިޔައީ ސިޑިމަތިން އޭނާއަށް ފެންނަމުންދިޔަ މީހާ ހުރިގޮތުންނެވެ. އުއްޑުން އޮވެ ހަތަރު މޮށްގަަނޑު ޖަހައިގެން ސިޑިން ފައިބައިގެން އެ އަންނަނީ މާބަނޑު އަންހެނެކެވެ. އެނާގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ސިޑިން ފައިބަމުން އައި އިރު އޭނާ ލައިގެން ހުރި ހުދުކުލައިގެ ގަޔަށްދޫ ޓޮޕްކޮޅުވަނީ މައްޗަށް އަރާފައެވެ. ބަނޑުގެ ބޮޑުބައި އޮތީ ހާމައަށް ފެންނާށެވެ. ބަނޑުގައި ތަންތަަންގަނޑު ހުރީ ކަޅުވެފަައެވެ. ހީވަނީ މުޅި ގައިގަ ކިސަޑު އުނގުޅާފަ ހުރިހެނެވެ. ސިޑި މައްޗަށް އަލިވާގޮތަށް ހުރި ބޮކީގެ އަލި ނިވި ދިއްލުނު ވަގުތު މީރާއަށް އެ އަންހެން މީހާގެ މޫނު ރަަނގަޅަށް ފެނުނެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އެއީ މީރާގެ ގާތްް އެކުވެރިޔާއެވެ.
“މަންޝާ…” ވައިއަޑުން މީރާ ގޮވާލީ ލޮލަށް ފެންނަމުންދިޔަ މަންޒަރު ގަބޫލު ނުކުރެވޭތީއެވެ.
“ހިނގާ ދާން… މަންޝާއަށް ގުޅާނީ މައްޗަށް ގޮއްސަ…” ރިޔާޒްގެ އަޑަށް ސިހިފައި މީރާ ބަލާލީ ލިފްޓާ ދިމާއަށެވެ. އޭރު ޟިރާރު ލިފްޓު ތެރޭގައި ދޮރު ހިފަހައްޓަައިގެން ހުއްޓެވެ. ރިޔާޒް އައިސް މީރާގެ އަތުގައި ހިފިއެވެ. މީރާއަށް ބަލާލެވުނީ ސިޑިއާ ދިމާއަށެވެ. މަންޝާ ހުރި ގޮތް ރިޔާޒަށް ދައްކަން ބޭނުންވެފައި ހުރެއެވެ. ނަމަވެސް އޭރު ސިޑި މަތީ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވާހަކަ ދައްކަން އަަނގަހުޅުވި މީރާގެ އަތް އޭރު އަމާޒްވެފަައިވަނީ ސިޑިއާ ދިމާއަށެވެ. މީރާގެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ.
މީރާއަށް ވަމުންދާ ގޮތް ރިޔާޒަށް ނޭނގޭނެކަން ކަށަވަރެވެ. އެ ފެންނަ ރޫހާނީ އެއްޗިސް އެ ފެންނަނީ މީރާއަށް އެކަންޏެވެ. ރިޔާޒަށް ވިސްނުނީ އެއީ މީރާ ސިޑިން ވެއްޓުނީމަ ވީ ގޮތެއް ކަމަށެވެ. ގެއަށް ވަދެ އަރާމު ކޮށްލަނިކޮށް މީރާ ހަމައަކަށް އެޅިދާނެކަމަށް ރިޔާޒްގެ ހިތް ގަބޫލުކުރިއެވެ. އަތުގައި ހިފައިގެން ގެނެސް ލިފްޓަށް މީރާ އެރުވީ ރިޔާޒެވެ. ލިފްޓުގެ ލެއްޕި ލެއްޕި ހުރި ދޮރު ދޭތެރެއިން ސިޑިއާ ދިމާއަށް މީރާ ހުރީ ބަލާށެވެ. ދެލޯ ބޮޑު ކާއްޓެއްހެން ހަދައިގެން ބަލަބަލާ ހުއްޓާ ލިފްޓްގެ ދޮރު މުޅިން ލެއްޕިިއްޖެއެވެ.
ލިފްޓު މައްޗަށް ދާން ނައްޓާލި ވަގުތު މީރާގެ ބޮލަށް ތޫނު ރިހުމެއް ވިއެވެ. ކަންފަތް ބަށްވީހެންވެސް ހީވިއެވެ. ފަސްވަނަ ބުރިއަށް ލިފްޓް އައިސް މަޑުކޮށްލި ވަގުތު މީރާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ފަހަތަށް ފިޔަވަޅެއް އެޅުނީ ބޭއިޚްތިޔާރުގައެވެ. ފުން ނޭވާތަކެއް ލަމުން ދެލޯ ބޮޑުކޮށްގެން މީރާހުރީ ލިފްޓްގެ ދޮރު ހުޅުވޭތޯ ބަލަބަލައެވެ. ލިފްޓުގެ ދޮރު ހުޅުވުމާއި އެކު ރިޔާޒް ލިފްޓުން ނުކުތެވެ. މީރާ އެހުރި ފިޔަވަޅުމަތީ ގުޑިވެސް ނުލާ ހުރީ ސިޑިއާ ދިމާއަށް ބަލާށެވެ. ލިފްޓު ތެރޭ ޟިރާރު ހުރީ މީރާ ނުކުންނަން ދެނެވެ.
“ދަރިފުޅާ… ނުކުންނަންވީނު… މި އާދެވުނީއްޔޭ…” މީރާގެ ކޮނޑުގައި ހިފާލަމުން ޟިރާރު ވާހަކަ ދެއްކީ މީރާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އޭރު މީރާގެ ހަށިގަނޑު އެކީ ރޫރޫ އަޅަމުން ދިޔަކަަން ޟިރާރަށް އެނގުނެވެ. ދެލޯ ބޮޑުކޮށްލަމުން ރިޔާޒާ ދިމާއަށް ޞިރާރު ބަލާލިއެވެ.
މީރާއަށް އެތަނުން އެއްވެސް މީހަކު ނުފެންނަ ކަހަލައެވެ. ޟިރާރާ ރިޔާޒް އެތާ ތިބިތަން ވަނީ މީރާގެ ލޮލަށް ވަންހަނާ ވެފަައެވެ. މީރާއަށް ފެންނަނީ ސިޑިކައިރީ ފުރަގަސްދީގެން ރޯ އޮރިޔާމުން ހުރި އަންހެން ކުއްޖާއެވެ. އެކުއްޖާގެ ފަލަމަސްގަނޑާ ހަމައަށް އަންނަ ބުޅި ދިގު އިސްތަށިގަނޑުން ފުރަގަސް ނިވާވެފައި ހުއްޓެވެ. އޭރު އެ އަންހެން ކުއްޖާ މަޑުމަޑުން މީރާއާ ދިމާއަށް އެނބުރެނީއެވެ. މީރާއާ ދިމާއަށް ސީދާ ބަލަހައްޓައިގެން ހުރުމަށްފަހު އޭނާގެ ނަޒަރު ތިރިކޮށްލީ މީރާގެ ބަނޑާ ދިމާއަށެވެ. ބިރުން ހުރި މީރާއަށް ހޫނުވެ ދާހިއްލަން ފެށިއެވެ. ދެބުމަ ގޮށް ޖަހައިގެން މީރާ ހުރި އިރު ތުންފަތުގައި ތުރުތުރެއް ހުއްޓެވެ. މީރާގެ ކަންހުޅިތެރެއިން ދާތިކި އޮހޮރެމުން ދިޔައިރު މީރާ ހާސްވެ ބިރުގެންފައިވާކަން އޭނާގެ މޫނުމަތިން ދޭހަވެއެވެ.
ކަޅި ޖަހާނުލާ މީރާ ހުރީ އެ ފެންނަ މަޚްލޫގާ ދިމާއަށް ބަލާށެވެ. ދެން ފެނުނީ އެ އަަންހެން ކުއްޖާގެ ކުދި ބުޅި އިސްތަށިތައް ފޯލި ފޯއްޔަށް ވައިގެތެރޭ ވިހުރެން ފެށިތަނެވެ. އޭނާގެ އިސްތަށިގަނޑެކޭ ބޯވަ ފައިތަކެކޭ ތަފާތެއް ނެތެވެ. ގައިގެ ހަންގަނޑު ހުދުވެގެން ދިޔައެވެ. މުޅިގައިގަ ހުޅުނބު ފަޅަން ފެށިއެވެ. އޭނާގެ ދެލޯ ވަނީ ނޫކުލައިން ދިއްލިފައެވެ. މީރާ ހާސްވެ ދެލޯ ބޮޑުވީ އެ މަޚްލޫގު މީރާއާ ދިމާއަށް ކުރިއަށް ޖެހުމުންނެވެ. އޭރު އެ މަޚްލޫގު ހުރީ އުޑަކު ބިމަކު ނުޖެހިއެވެ. މީރާ ގައިން ހީބި ހިލުވާލިއެވެ. މީރާގެ ގައިގައި އޭތީގެ އަތް ޖައްސާލުމާއެކީ ރޯމަހެއްހެން މީރާ ތެޅެން ފެށިއެވެ.
ދެއަތުން ތަޅަމުން މީރާ ހަޅޭއްލަވާ ރޯން ފެށިއެވެ. “ނޫން.. ނޫން… އަހަރެން ގައިގަ އަތް ނުލާތި… މިތަނުން ދޭ… ނޫން… އަތްނުލާށޭ…. ކަލޭ ތިއުޅެނީ އަހަރެން ކޮށްޕާލަން… އަހަރެން މަރާލަން… އަހަރެންގެ ކުއްޖާވެސް މަރާލަން… ނޫން.. ނޫން…”
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
144 Comments!
Comments are closed.





ސާޅީސް ވަނަ އެޕިސޯޑް އަޕް ކޮށްދޭނީ ބުރާސްފަތި ދުވަހު…. ކިޔުންތެރިންނަށް މި ބައި ކަމުދާނެކަމަށް ހީކުރަން…
Addu bahun nethyma mi part Varah sakarai. Ekamu hassanbe oriyaamun dhuvi part kiyaafa ufaave hiyy Hama jehun. Bodah ebai genes dheeba Ingey.
heheh.. addu bahun anna baithah adhi kuriyah eba huri keep reading.. thanks for the support 🙂
Love this story…
thanks 🙂
Ohhhh woooww
thanks 🙂
Thanks
nice..?
thanks 🙂
Habeys ingea vvvvv reethi.. Obi.. story e….
thanks 🙂
Varah reethi mibaaves
thanks 🙂
mibai ves salhii ingey…
thanks bell 🙂
V v nice
thank u shafff
Wow varahh reethi meera mennge part thahh maa ginain gennaathy foohi xibaan nd mansha ge part thah kiyaa hiyy vany☺
ooohhh…. dhen huribaives aima dhw vaahaka complete vaaneee… dhen mansha n ziban ge bai thankolheh fahun annaanee…. keep reading 🙂
dhen kihineh abadhu ebbai genes dheyneee… jeh kobbaa… lakka faharu ebai thahves genai dhw… komme baehves limited koshey genesdheyneee… dhen hiyeh nuvey rom scenea annaane heneh… fahu thlhaalumah dhaan ulhey hen haadha heeveyey….
Hehe mashehh nubunann ekahala thakolhehh genessdheyshekey ehh
Can someone pls tell me onasaalhees eyii kitheh tha??
39…. 🙂
Nice..
thanks 🙂
Bad girl haadha vahushee wy dhw. Btw shaax v reethi vaahaka.keep it up.
thanks maasha
Vahushee eyii koncheh??haha
Kaaka ge geyah tha valhi herunee
keep reading… wait for the upcomming episodes… 🙂
This part was awsum.. man n zibaan ge bayeh ves ai nama vv salhi veess.. zeybaa kyhvetha myra ge fahathun e ulheny?? Riyaz bappa ge direct descendents aa tha jassaalaigen e ulheny?? Shaz lyn u r grt!!!
thanks Marsha… 🙂 I hope u liked it 🙂
Assalaam alaikum Majilis feshunee.Hurihaa kudhinves majilisge gavaaidha comment kurun edhen
Amayyyaaaai,haaaadha biruveriye.birun gos hama halaaaku?
Ekoi majilis ge karaa karaamaatha unikame genna kahala vaahaka nudhakkavaa beyra nikunnavaa?
hahahaha ??
Thanks…. biruveri vaahaka eh veema biruveri vane dhw… 🙂
Thee dhivehintha… Laduves ganeyyy
Mee raw ingireysin
zibman mathin v miss vey…??
ziban eh noontha hassana ekee manshage sifaiga e ulheneee….
“zibaman” as in zibaan n manshaa….
zibman dhw…. hehehe.. thanks ken for reading 🙂
Ladhu gannan gossinama nugane dhaane ekakuves nei.ehaa Ladhu ebaoi.
Ladhu ge vaahaka dhakkaairu ladhuvethi vaahaka liyuneema evanee non-ladh ah.
Vvvv nice vahaka..waiting for next part
thanks Lonely girl 🙂
I will be right here waiting for you.oceans apart?????
that’s a nice song 🙂
Saabahey kuriah kuriah baarah kuriah.vara boda sukuriyaa walhamdhulillaah
varah reethi
thanks
ވަރަށް ރީތި
thanks
Hahaha. Six weeks ga heart beat neyngeyneye buneema varah visnaigen ethankolhu cover up kollaifi. But dear shaaz, you won’t get the heartbeat form a doppler even at 8 weeks. Only at 8 weeks you could detect it from an ultra sound scan. From a doppler one could get a heartbeat only at 10 – 12 weeks the earliest.
Atleast do a research before you write something. That would show how efficient you are.
HI Sama….
Thnks a lot for informing that information… assu previous episode ga 6 months jehifaa inee olhumakun I was about to write 8 but shaz ah ekan engunu iru maa lasvejje already somany readers kiyaifi.. so brought a change to this episode…
and Doppler ge vaahaka aima… yes I was too busy n research nukurevuneema ehen e dhimaavee.. or else most of the time ekahala kameh viyyaa id o research…. cox I do a lot of research while I write… thank you for the help… n I will keep it in mind… happy to have such lovely fans who helps… once again thanks a lot 🙂
Warah warah salhi.. ❤❤
thanks iyaaa 🙂
Sama koifulha zamaan thar tharaqee vaavaraka one weekgaves heartbeat balaaleveykahala doppler eejaadhu koffaebahuttey. Nizaamee nukuthaa eh kama balaeh nugane vey.
I am a nurse. Adhi ekahala doppler raajjeyga neiy. Maybe there are living in jinni world. Hehehe.. Shaaz ves ma kurin dhekki vaahaka ves gabool koffikan ingeyne mi part ga 8 weeks eh kiyaigen thankolhi genessa oiy gothun. ?
thanks sam… but ehaaa muhimmu baeh noon kanneyge ei ki… dhen ok varah salaam… gui kolheh feneytho ulhey kahala…. hahahaba gui sama
Shaaz ge vaahakaiga beynunkuree ekahala doppler eh thoache ❤???
Kuni au Nikey ethibeu that thafiriye.vaahakaai etherun kuruba hevaan fani nagaahen fani ninagai keybeynun baakiye Keu.nikey beynun baakiye nikeu. Iya leynele etha engeynei Eyya. Thafinnakanun. Hmmm mm varah foohivei.shaz kuriah gine dhonaa?????
Wot???? Can’t understand anything….
Mivaahakaiga miulheny hus addu jinni dho
Alhey man beynumeh noon meera ge baby ah dheragotheh hadhaakah.zeyba kan anga bala man ge sifa nudhahkaa :'(
hehehe aan dhw…. ehen evaneee… thanks for reading 🙂
hassanbege 4oh kadaaaaly thr shaz….???? v reethi mi story
Saabas moad ah dhahkaa jinni vaahaka dhw
Wow. Very interesting. Hadha molhey biruveri baithah liyaaleh. Can picture it well. Splendid work. Keep going like that.
thank u so much Reen 🙂
Shaaxu ah varah saaabas…hama sifa kurevey vahaka kiyamun dhaa iru..??
Thanks Suzan 🙂
Kokko sama varah bodah salaam thihaa varah visnaigen vaahaka ki iru kokko ah hama ekani vaahakain nagai ganevuny six weeks ga doppler Iin heart beat nulibeyne kan…aharun nah visnuny vaahakaige biruveri kankamah… shaazu varah 6 beys… loved every bit…and waiting for the next episode…
That’s my profession. I am a nurse. Ehenve ekahala kan kan alhaigannaane dho? Shaaz normally makes it very realistic. That’s why I noted.
Dhnn abadhu thy nurse wkey nukiyass vaane bala sama kii buri
Wow shalhi
Thanks 🙂
aammukoh shaz ge vaahaka varah realustic… but mYbe she missed that point…. but vaahaka is still amazing…. haadha fakkaley…. liyuntgerikamah amunaalaa aa bolheh….
Thanks LOL…. 🙂
V salhi
Thanks Shiny
Freedom of expression is every one’s right.Express your beautiful comments without any foul language. -un report-
Kobaa heevey eothy UN in report aissa. Majilis ge koarum hamanuvegen miadhuge jalsa mihaahisaabun nimunee.varah boda sukuriya walhamdhulillah
never thought mihen vedhaane kamakah… its creepy…. and hassanbe salaamaiy vaane dhw… dont kill him…. hassanbe dhiyaima vaahakaige foari kendeyne…. plus i love this part…. its really beautiful….
kaloa bad boy thi haada vahushee sorekey… n bad boy abadu vex comment kuraanee vahushee vaahakathakah… lyk dis n vabaa stry… thihama bad boy eh tha noonie good boy eh tha? i mean hamaekani vahushee vaairu bad vefa….. noonie thi girl eh boy akah hedifatha?
Mee ehaa muhimmu comment ehh tha bad boy reply dheyn hehe
curious2no ah
aharen eh irakuves nubunan mee vahushee vaahaka ekey…
theena mi vaahakayaa vabaa vaahaka yaa keema dho thiben thi bunanee… assu baeh meehunge visnumuge fenvaru dhashee… dhen keekey bunaanee. mashakee firihenehtho anhenehtho balaigen theenayah kon ufaleh. ajaibuvaane. aharen nama ulheynee vaahakaiga vaane gotheh olhun nufuvigen dhw. hahahahaha… dhen varah salaamey… chao pakaaaas
I have a feeling that “Hassan” just cut off his own d*ck because he hallucinated that it was a scorpion. What a way to die ?
What ever point I raised was for the professional development of a new and enthusiastic writer. No doubt about how talented shaaz is. Good writers do lots of researches when they bring out any discriptive writing. What ever commed I wrote was not to please people like “bad boy”. Who wants people refer them as bad and even mock people when they try to do something good. Hope you take this positively shaaz. It was just an advice. Cause i have been following your strories. I just love it. Specially this part. It had started to become scary again. 🙂
Comment*
hahahaha
bad boy rply eh kolachey…
Thanks Sama….. I took it really positively…. vaahakaiga faaga kollevey mistakes dhakkaidhinumakee shaz ah libeyene kuri erumeh…. I appreciate it… 🙂
A well wisher is not the one who Praises you even when you do a mistake,but a well wisher is the one who acts like a mirror to show you and guide you who you really are. So far Sama’s comments must very well appreciated since she cleared some weeds from that story.If you really care about your garden you must cut out the weeds.And if someone is giving a helping hand while you are doing that pls do appreciate it and never insult that person. To be a great writer you must learn to crawl before running.If you try to run before learning how to walk you will stumble and maybe you will get hurt.
Thank u Wellwisher….. 🙂
Majority of the Maldivians very much consider themselves as civilised.But the truth is being civilised is being polite and we’ll mannered in their speech and actions. Name calling,insulting,mockery,slandering doesn’t belong in a civilised society.Maybe their way of being civilised is like the animals.
Well. I don’t see any good reading such stories.It’s totally full of craps and filthy contents.As practising Muslims we mustn’t spend reading and writing such useless stories etc.I know stones will be thrown at me regarding this comment but advising and showing good ways is a duty for Muslims. Accepting and not accepting is some other thing.May Allah guide us all.
Thank u for the advice…. 🙂
Yaa thy rangalhu vaahaka ehh ekamm mihaaru mi stwry mee dhiri ulhuMuge ehbai kamuga vehjje
Shaxx meesmeehunnge negative comments thakahh bodahh visnaagenn kuriyahh dhaany but mashahh heevany mee esfiya ge mihaaru kuriyahhdhaa emme hit story henn ehnve ehnnun mihaa gina meehunn mi comment kurany dho??hehe eyii shaxx ahh libeyne kuri erumehh ufaa vaane dho comment thahh gina v ma heheh mashahh vss vaa gothey mii coxx im a writer dho????varahh reethi ingey dhnn comme meeehaku ves perfect ehh nuvaane ehnnu dho even the moon is not perfect hehe anyways thi gothuga kuriyahh dhey ingey….shaxxx gudu ge mi comment ahh reply ehh dheefiyyaa varahh ufaavaane eyrunn dho ingeyny shax ahh mi comment libunukann
hi GuDuMeeNa… Thanks for commenting… happy to c u reading this story…. 🙂
The Moon is beautiful.Some people say “she is like a moon”.But Moon is nice only to see.There are rocks inside and God knows what else. That means if a girl is like a moon then she is beautiful outside and mysterious in inside.Everybody wants hidden treasures. They don’t want cheap items which are on sale.Be like the moon.I wonder what zibaan finds in maasha. She is a trash used by her uncle.that’s a lot of trash.yikes.there are a lot of treasures Ziban pls convert to islam and leave her.she is not worth…anything.Only dogs licKS borns used by other dogs.Don’t be a dog.Be a decent modest man.
then thibunanee… heyolafaa rabgalhu decent firiheneh ehen firihenaku aiy laafa beynun hifaafa huri anhenakaa gaatheh nuvaaneytha… lol … r u for real… how come mansha become a trash becox of hassanbe… u can say afnan ia full of trash ey… hahaha
Jealousy love.maasha eh noon.mansha ey.pispis?
Every magic comes with a price.heeeeheee deary
Rumpletiltskin. I command you to get the hell outer here?
Bad boy .life is full of trash.But clever people make treasures out of those trashes.
Bad boy thi gothahh comment kuriima ehvvs kuhjjehh hiyhama ehh nujeheyne e gothahh comment kuriima yei dhw
Hurihaa membarunves majilihuge gavaaidha hurumai theriko hiththevuma dhannavan
Thiyohh majeleeheh olhaayabeya
I like girls. ❤️
pis pis hassanbe adhi vs islaaheh nuvaanan dhw..hehe
Izzatheri membarun majilis ge gavaaidha hurumai theriko hiththevuma dhannavan ???
Hasanbe maraa nulahchey.. e irun vaahaka hadi vaane.. meera aa ves dhimaa kuree dhw emme fahun.. sifakurun hama v salhi. Shax thy hama super esfiya site ga gavaidhun vaahaka up kuraa writer eh.. shax ge hurihaa story thakeh v reethi vr kamudhey.. keep it up…
Mi vaahaka ah vure comment tha maa fakkaa obi hama habeys??????
Very entertaining comments.story is boring.but comments are way too superb.keep it up.
OldmcDonald had a farm
E I E I O
And on his farm he has some ducks eieio haha??
hehehe ??
nice story..
Bohoth khoob comments.
Comments vara fakkkaaa
Mirus.kihinetha comments fakkkaaaanee.Comments ge mouth hureytha????
Vaanuvaamenaka neygeyne evaa gothe bunedhinas. Bovenjeheyne bovenvaane koifulha avaha rakkaavey wara boda sukuriyya walhamdhulillaah
Maakana men buriju mathin javva fazaaa ya dhigu harugandun kaalaamanna hoadhan aburuge burujahamun udhuhi dhey
Comments hama nalla irke pode??
Wot?cant understand??
This story is superb!!!! Keep it up dear.
Thee lanka ga ulhey aana dho? ❤️
What the hell … Mi kudhin kolhah biteh nuvaneetha abadhu miayah thi msg kuranee…
Vaahaka liyaneeves kiyaneeves comment kuraneeves biteh netheema that? Thiee haadha hevvaa vaahaka ekey.I think ppl need to be open minded.
Heekuraane gothaka heekoffaaane eh nun.Aharunna Kon kame tha? Dhai falhaairu thadhuvaane.varah boda sukuriyaa walhamdulilaah
?Hurihaa kudhin let’s sing
Nono nono nono nono nono nono
Nonononoonono Nonononoonono NO ENTRY?? ?
(Koi mal se gaya, koi tal se gaya
Koi jan se gaya, koi jahan se gaya) – (2)
Lut gayee lut gayee saree country
Ishk dee galli vich no entry – (2)
No no no no no no no no no….. no entry – (2)
Sare najare yahan dekhe aye joh meree galiyo me
Divana duba duba jaye khwabon kee rangraliyo me
Meree aankho me nasha nasha nasha, badee mastanee ada ada ada – (2)
Joh bhee dekhe mujhe ho jaye fida
Hoo ishk dee galli vich no entry, no no no no
whats all this about….. freaksss….
who the hell r u bad boy kii bahchey…kae thi ulheny moya vegennn tha eee…..bakahtekey ehvarey huh varahh foohi
hi u ,, firihenn kulhi vegenn thi ulhrny
bad boy haadha vahushy ey dhw
u haadahaa,,,, f,,,,c y aaaaaaaa/.,,,,,,
Sheyyn haadha lobi namekeyyy… Omg.. Nan adu ahaahaves ma vahushee vehje
?
What’s wrong with these people??? Grow up….
balaaennu huvaa!!!! kaemen enmen goru bovigen tha thiulhenyky..????