Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 47

darkangel Level 210 Stories
August 22, 2016 5 Mins Read
20 Comments

އިންތިޒާރު 47

(ނޯޓް: ކުރިން އަޕްލޯޑް ކުރެވިފައިވާ ޕާރޓްގަ ބައެއް މަދުކޮށް އަޕްކުރެވިފައިުމުން 47 ވަނަ ޕާރޓް މިވަނީ އަލުން އަޕްލޯޑް ކުރެވިފަ)

ޖެހިގެން އައި ދުވަހުގެ ހެދުނެވެ. ގޭގެ އެންމެން ތިބީ ސައިބޯށެވެ. ދެކެވެމުން ދިޔައީ ރޭގެ ޕާޓީގެ ވާހަކައެވެ.
“ސޯ ހަނީމޫންއަށް ދާނެ ތަނެއް ފައިނަލް ވެއްޖެތަ؟” އެންމެންގެ ސަމާލުކަން ޝާންގެ ސުވާލަށް ހުއްޓުނެވެ.
“ތަންކޮޅެއް ފަހުން ދޯދާނީ” ރާއިން ޒާޔާއަށް ދޯދެމުން ބުނެލިއެވެ. ރާއިންގެ ޖަވާބު އިވިފައި ޒާޔާ ހައިރާންވިއެވެ. އޭނަ ހީކުރީ އެންމެންނަށް އެދެމީހުންގެ ތެރޭގައި މައްސަލައެއް ނެތްކަން އަންގަންވެސް ރާއިން އަވަހަށް ދާނެ ކަމަށެވެ. ނަމަވެސް އެންމެންގެ ކުރިމަތީގައި ޒާޔާއަކަށް ރާއިންއާ ދެކޮޅަށް އެއްޗެކޭ ބުނާކަށެއް ނުކެރުނެވެ.
ރާއިން ތިއުޅެނީ މަންމަމެން ކުރިމަތީ އަހަރެން ގޯސް ކުރާނެ ގޮތެއް ނޭގިގެންތަ، ތިގޮތަށް ކަންތައް ކުރީމަ އެމީހުން ހީކުރާނީ އަދިވެސް އަހަރެން ރާއިންއަށް މާފް ނުކުރަނީއޭ، އެއީ ދޯބޭނުންވާ ގޮތަކީ، އެންމެން ކުރިމަތީގައި އަހަރެން ގޯސްކުރަން، އަހަންނަށް އެނގެއޭއެކަން” ރުޅިއައިސްފައި ހުރެ ޒާޔާއަށް ވާހަކަ ދެއްކުނީވެސް ބާރަށެވެ.
“އަހަރެން ހީކުރީ ޒާ ދާންބޭނުން ނުވާނެ ކަމަށް، އެހެންވެއެގޮތަށް ބުނީ..”
“ރަނގަޅޭ، ބޭނުމެއް ނޫނޭ ދާކަށް، އެކަމް އެކަން އެހެން މީހުންނަށް އަންގަނީ ކީއްކުރަންތަ، އަހަރެން ބޭނުމެއް ނޫން އެންމެންގެ ކުރިމަތީ ގޯސްވާކަށް، ސޯ އަހަރެން ބޭނުން ދާން، ދެން ރާއިންއަށް އެނގޭނީ” ރާއިންގެ ވާހަކަ ނުނިމެނިސް ޒާޔާ އޭނަ ބޭނުންވާގޮތް ހާމަ ކުރިއެވެ.
ޒާޔާއާ ދެކޮޅަށް އިތުރު އެއްޗެއް ނުބުނެ ރާއިން އެތަނުން ނުކުމެގެންދިޔައީ އޭނައާ ޖަދަލު ކުރަން ބޭނުންނުވީމައެވެ. ރާއިން ކޮންމެފަހަރަކު މިގޮތަށް ކަންތައް ކުރާތީ ޒާޔާ ހައިރާންވިއެވެ. ނަމަވެސް ލިބިގެން ދިޔައީ އިތުރު ހިތްވަރެކެވެ.
ކުޑައިރުކޮޅެއްފަހުން އަނެއްކާ ރާއިން ކޮޓަރިއަށް އައިސް އޮފީހަށްދާން ރެޑީވާންފެށިއެވެ. އެހުރިހާއިރުވެސް ޒާޔާ އިނީ ރުޅިމޫނުހަދައިގެނެވެ. އެންމެފަހަރަކު ރާއިންއަށް ބަލާވެސް ނުލައެވެ. ނަމަވެސް ރާއިން ނުކުމެގެން ދިއުމުން ފަޅުކަމެއް އިހުސާސްވިއެވެ.
ރާއިންއޮފީހަށް ދިއުމުން ޒާޔާ ކޮޓަރިން ނުކުމެގެން ތިރިއަށް ފޭބިއެވެ. އޭރު ބަދިގޭގައި ސަނާމެން މެންދުރުކެއްކުމަށް ތައްޔާރީވާން އުޅެއެވެ. ކުރިއަށްވުރެވެސް މިހާރު ޒާޔާ މީހުންގެ ތެރޭގައި އުޅޭއިރު މަޑުމައިތިރިކަން ސަލްމާއަށް ފާހަގަވެއެވެ. އަބދުވެސް ހުންނަނީ ނެގިމަޑުވެފައެވެ. އޭނަ އުންމީދުކޮށްގެން އެހުންނަނީ ކައިވެންޏަށްފަހު އެއުޅުމަށް އެދެވޭ ބަދަލެއް އަންނާނެ ކަމަށެވެ. ބަދިގެ ތެރޭގައި އުޅުނުއިރުވެސް ޒާޔާ މާގިނައެއްކޮށެއް ވާހަކައެއް ނުދައްކައެވެ.
“ޒާ ހެޕީތަ” މީހުން މަދުވިގަޑި ބަލާފައި މޭޒުކައިރީ ތަރުކާރީއެއް ކޮށަން ހުރި ޔާނާ ޒާޔާކުރެން ސުވާލުކުރިއެވެ. ހިނިތުންވެލާފައި ބޯޖަހާލަމުން ޒާޔާ އެއަށް ޖަވާބުދިނެވެ. އޭނަ އެމައުޞޫއަށް އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާކަން އަންގަދިނުމަށާއެއްކޮށެވެ. ޔާނާ އެސުވާލު ކުރީ ޒަޔާންގެ އެދުމުގެމަތިންނެވެ. ޒާޔާ އުފަލުގަ ހުރުން އެއީ ޒަޔާންއަށް އެންމެ މުހިންމު އެއްކަންތައްކަން ޔާނާއަށްވެސް އެނގެއެވެ. ނަމަވެސް ޒާޔާ ކަންތައްކުރިގޮތުން އތުރަށް އެވާހަކަ ނުދައްކަ މަޑުކުރީއެވެ.
ހެނދުނު އޮފީހަށް ދިޔަ ރާއިން ގެއަށް އައިއިރު އިރުއޮއްސެނީއެވެ. އޭރު ޒާޔާވެސް އުޅުނީ ކޮޓަރިތެރޭގައެވެ. ޓައީ ދޫކުރަމުން ކޮޓަރިއަށް ވަތް ރާއިން ފެނިފައި މިފަހަރުވެސް ޒާޔާގެ ހިތްތެޅިލިއެވެ. އެދެއަތުގެ ބީހިލުމަށް އެވަގުތުވެސް އެދެވުނެވެ. ރާއިންއަށް ކަމެއްފާހަގަ ކުރެވުމުގެ ކުރިން އަވަހަށް ކުރަން ހުރި މަސއްކަތަށްއޭނަ އެނބުރުނެވެ.
އެނދުމަތީގައި ލެޕްޓޮޕް ދަވަސް ބަހައްޓާފައި ރާއިން އޭގެން ދެޓިކެޓް ނެގިއެވެ. ޓިކެޓަށް ބަލާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ” ތިންދުވަސް ތެރޭ ފުރަން ރެޑީވޭ، ދާތަނާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް ބޭނުންނަމަ ރީޑް ދިސް، މިއޮތީ ޓިކެޓް، ރިޓާން ޓިކެޓް ކޮންފަރމް ނުކުރަން، ޒާ ބޭނުންވާ މުއްދަތެއް ބުނީމަ ހަމަޖައްސަދޭނަން” އެނދުމަތީގައި ޓިކެޓް ބާއްވަމުން ރާއިން ބުނެލިއެވެ. އަދި ޒާޔާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ކޮޓަރިން ބޭރަށް ނުކުތެވެ. ރާއިން ދިޔަދިމާއަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން ޒާޔާ ހުރީ ވިސްނުމެއްގެ ތެރޭގައެވެ. އެހާއަވަހަށް ހުރިހާ ކަމެއް ހަމަޖައްސަފާނެ ކަމަށް އޭނަ ކުޑަކޮށްވެސް އުންމީދެއް ނުކުރެއެވެ. އޭނަ ހިތްހަމަޖައްސަދޭން ރާއިން އެހުރީ އަތުކުރި އޮޅާލާފައޭ ހިތާހިތުން ކިޔާލިއެވެ.
***************
އާއިލާއަށް އަނެއްކާވެސް އުފާވެރި ޙަބަރެއް ލިބިގެން ދިޔައީ ޖެހިގެން އައިދުވަހުގެ މެންދުރު ކެއުމުގެ ތެރެއިންނެވެ. ނާޔާއާއި ސަނާ ބަލިވެއިނީއެވެ. ނާޔާގެ ބަނޑަށް މަހެއް ވާން ކައިރިވިއިރު ސަނާގެ ބަނޑަށް ތިންމަސްވެއްޖެއެވެ. ކައިނިމިގެން ދެން ދިމާކުރެވެން ފެށުނީ ނޫރާއާއި ޒާޔާއާއެވެ. އެންމެން ދިމާކުރަންފެށުމުން ޒާޔާ ލަދުން އެތަނުން ނުކުމެއްޖެއެވެ.
އެރޭގެ ވަގުތެއްގައި ޔަޝްރާގެ އާއިލާފުރުމުން ގޭތެރެއަށް ކުޑަ ހިމޭންކަމެއް އައެވެ. ބޭރުންއައިސް ކޮޓަރިއަށްވަތް ރާއިންއަށް މިރޭވެސް އެންމެފުރަތަމަ ބަލާލެވުނީ ސޯފާއާއި ދިމާއަށެވެ. ގައިގައި ރަޖާއަޅައިގެން އަދި ބުރުގާވެސް އަޅައިގެން ޒާޔާ ނިދަން އޮތްތަންފެނިފައި މިރޭވެސް އެހިތުގައި ރިއްސާލިއެވެ. ހަމަޖެހިލައިގެން ނިދަންވެސް ޒާޔާބޭނުން ނުވަނީހެއްޔެވެ؟ ޒާޔާ އޭނައަށް ހަމައެހާނަފްރަތު ކުރަނީހެއްޔެވެ؟ ކޮޓަރި ތަޅުލުމަށްފަހު އެނދުގައި އެތައްއިރަކު ވިސްނުމަށް އޭނައިނެވެ. އެންމެފަހުން ނީދެވިގެން ތެދުވެއްޖެއެވެ. މަޑުމަޑުން ހިނގަމުން ގޮސް ޒާޔާއޮތް ސޯފާކައިރީގައި އިށިއިނެވެ. އެމޫނަށް ފުންކޮށްބަލާލުމަށްފަހު ނިތިގައި ލުއިކޮށް ބޮސްދިނެވެ. ޒާޔާއަށް އޮތީ ރަނގަޅަށްވެސް ނިދިފައިކަން ޔަގީންވުމުން ހަމަޖެހުމުގެ ނޭވައެއްލަމުން ތެދުވިއެވެ. އަދި މަޑުމަޑުން ޒާޔާ އޭނަގެ އަތްދަނޑިމައްޗަށް ނަގާފައި އެނދުގައި ބޭއްވިއެވެ. މަޑުމަޑުން ބުރުގާނަގާފައި ގައިގައި ރަޖާއަޅާލަދިނެވެ. އަދި ބާލީހެއް ހިފައިގެން ގޮސް އޭނަ ސޯފާގައި އޮށުއޮތެވެ.
ހެނދުނު ހޭލެވުނު ޒާޔާއަށް އެންމެފުރަތަމަވެސް ވިސްނާލެވުނީ އޮށުއޮވެގެން އޮތަތަނާ މެދުގައެވެ. ބުރުގާ އެނދުމަތީގައި އޮތޮތަން ފެނިފައި އަވަހަށް އެއެޅިއެވެ. އޭރު ސޯފާގައި އުނދަގޫގޮތަކަށް ރާއިން ނިދާފައި އޮތެވެ. ހިތްހަމަނުޖެހިގެން ހެދުމާއި ތުވާލިހިފައިގެން ފާޙާނާއަށް ވަދެ ބާރާކަށް ދޮރުލެއްޕިއެވެ. ރާއިންއަށް ހޭލެވުނީ މިއަޑަށެވެ. ސޯފާއިން ތެދުވެފައި ބޮލުގައި ދެއަތުން ހިފަހައްޓައިލައިގެން އިނދެވުނީ ވިސްނަންވީއެއްޗެއްވެސް ނޭނގިފައެވެ. އިރުކޮޅަކުން އެހެން އިނދެފައި ތެދުވެ ސޯފާގައި އޮތް ރަޖާގަނޑު ފަތްޖަހާލިއެވެ. އަދި ބާލީސްވެސް ނަގާފައި އެނދުމަތީގައި ބެހެއްޓިއެވެ. ޒާޔާއަށް ނުކުމެވުނީ ރާއިން އެނދުތަންމަތި ރީތިކުރަން ހުއްޓައެވެ. ޒާޔާ ދެންވެސް ހިތްހަމަ ނުޖެހުނެވެ. ތުވާލި ޑްރެސިންގ ޓޭބަލް ކައިރީ ހުރިގޮނޑީގައި ބާއްވާފައި ރާއިން އެމަސައްކަތުން ދުރުކުރުވިއެވެ. ރާއިން ދެފަހަރަކު ޒާޔާއަށް ގޮވާލިނަމަވެސް އޭނަ އަނގައިން ނުބުންޏެވެ.
“އެއްފަހަރުވެސް އަހަންނާ ވާހާކަ ދައްކަފާނަންތަ”
“ކީއްކުރަންތަ ވާހަކަ ދައްކަނީ، ބެޑްގަ ނިދަން ބޭނުން ނުވާތީދޯ ސޯފާގަ ނިދާނީ، ކަމެއްވެގެންދޯ ބުރުގާވެސް އަޅައިގެން ނިދާނީ، ބަޓް ރާއިން ނުވިސްނާއޭގެން އެއްވެސް އެއްޗެއް، ދެން ރެއަކުން ނޭނގެ އަހަރެން ކައިރީނޫންކަމެއްވެސް ނިދާނީ، އަތްނުލާނަމޭ ބުންޏަސް އަހަންނަށް އެނގޭ ރާއިން ނުހުންނާނެކަން”
“ޒާޔާ ކިހިނެތްތަ ތިވިސްނަނީ، އަހަރެން ނޫޅެމޭ ޒާގައިގަ އަތްލާކަށް، ބެޑްގަ ފަސޭހަވާނެ ދޯ ނިދަން،” ފުންނޭވައެއް ދޫކޮށްލަމުން ރާއިން ބުނީ ވިސްނަދޭފަދަގޮތަކަށެވެ.
“ހޫން ދެން އެއްޗެކޭ ބުނެފިއްޔާ އަހަރެން ވިސްނާގޮތް ގޯހީ، ދެން ކީއްކުރަންތަ ކޮންމެހެން އެއްޗެކޭ ނުބުނެގެން އުޅުނީ، އެއްޗެކޭ ބުންޏަސް ގޯސް ނުބުންޏަސް ގޯސް” ދެންވެސް ޒާޔާގެ ރުޅިމަޑުވާކަށް ނޫޅުނެވެ.
“ސޮރީ، އޯކޭ، ދެން ނުވާނެ އެހެނެއް” މިފަހަރުވެސް ދޫދޭންޖެހުނީ ރާއިންއަށެވެ.
މޫޑުގޯސްވެފަހުރިވަރުން ރާއިން އޮފީހަށްދިޔައީ ސައިވެސް ނުބޮއެވެ. ސަލްމާ ޒާޔާކުރެން މިވާހަކަ އެހުމުން ޒާޔާއަށްދޭނެ ޖަވާބެއް ނޭގުނެވެ. އޮފިހަށްދިޔައަކަސް ރާއިންއަށް ކުރެވުނު އެއްވެސް މަސައްކަތެއް ނެތެވެ. އަދި މިއުޅެނީ ކައިވެންޏަށް ދެދުވަސް ނުވެގެނެވެ. އެކަމަކު މިހާރު ވިސްނާވިސްނާ އޭނަގެ ބޯގޮވާވަރު ވެއްޖެއެވެ.
“ދަރިފުޅު ހާދަލަހުން ތިއައީ، މެންދުރު ކާންވެސް ނާދޭ، ހެނދުނުވެސް ސައިނުބޮއި ދިޔައީ” އިރުއޮއްސުނުފަހުން ގެއަށް ވަދެގެންއައި ރާއިންއަށް އެންމެފުރަތަމަވެސް ސަލްމާގެ ސުވާލުތަކާ ކުރިމަތި ލާންޖެހުނެވެ.
“މާދާމާ ފުރާތީ ކޮންމެހެން ނިންމަން ޖެހޭ ކަންތައްހުރީމަ އެހެންވެގެން ނާދެވުނީ، މަންމަ މާބޮޑަށޭ ތިހާސްވަނީ، ކޮބާ ޒާޔާ” ރާއިން ބޭނުންވީ އަވަހަށް ވާހަކައިގެ މައުޟޫބަދަލުކޮށްލާށެވެ. ޒާޔާވީ ކޮޓަރީގައޭ ބުނުމުން ޒާޔާކައިރިއަށޭ ކިޔާފަ އަވަހަށް ގޮސްފިއެވެ.
ރާއިން ކޮޓަރިއަށް ދިޔައިރު ޒާޔާހުރީ ފޮށި ޕެކްކުރާށެވެ. ރާއިންގެ ބައެއް އެއްޗެހި އޭރު ފަތްޖަހާފައި އެނދުމަތީގައި ހުއްޓެވެ. އަދިވެސް ބޭނުންވާނެ ބައެއް އެހެން އެއްޗެހި ނަގާފައި ހުއްޓެވެ. މަޑުހިނގުމެއްގައި އައިސް ރާއިން އެނދުކައިރީ ހުއްޓުނެވެ. އަދި އޭނަގެ ފޮށިގެނެސް ބެހެއްޓިއެވެ. އަދި ފަތްނުޖަހާހުރި ބައެއް އެއްޗެހިތަކުގެ ތެރެއިން އެއްޗެއް ނަގާ ފަތްޖަހަންފެށިއެވެ.
“އަހަރެން ޕެކްކޮށްދީފާނަމޭ” ރާއިންއަށް އިރުކޮޅަކު ބަލަންހުރެފައި ޒާޔާބުންޏެވެ.
“އެނގޭ” ރާއިންގެ ޖަވާބު ކުރެވެ.
“ދެން އެނގެންޏާ ބަހައްޓަންވީނުން” ދެންވެސް ރާއިން އެކަންތައް ހުއްޓާލަން ނޫޅުމުން ޒާޔާ ރުންކުރުވިއެވެ.
“އެނގުމާ އަހަރެން ޒާ ލައްވާ މިމަސައްކަތް ކުރުވަން ބޭނުންވުމާ ތަފާތެއްނު” ޒާޔާއާ ދިމާބަލާވެސް ނުލާ ރާއިން އިއްވާލިއެވެ.
“މިހާރު އަހަރެން ކީއްކުރީ،” ރާއިންއަތުގައި އޮތް ޓީޝާޓް އަތުލަމުން ޒާޔާ ސުވާލުކުރިއެވެ.
އަހަރެން އެންމެފަހަރަކުވެސް ބުނެފިންތަ ޒާ ކަމެއްކުރިއޭ، ޒާ ތިގޮތަށް ފައިޓް ނުކޮށްފާނަންތަ، އެނގޭ ހިތްހަމަނުޖެހިފަކަން، ބަޓް ތިގޮތަށް ވާހަކަ ނުދައްކަފާނަންތަ، އަހަރެން ޒާއާ އަނގައިންވެސް ނުބުނެއުޅެފާނަން ޒާ ހިތްހަމަނުޖެހެންޏާ” ބާރަށް ނުބުނިކަމުގައިވިނަމަވެސް ރާއިންއަށް އެހެންބުނެވުނީ ހިތްހަމަނުޖެހިފަ ހުރެއެވެ. އެކަން ޒާޔާއަށްވެސް އިހުސާސްވީކަންނޭނގެއެވެ. އެއްޗެކޭނުބުނެ މޫނު އަނބުރާލީ އެހެންވެކަންނޭގެއެވެ.
ރާއިން މޫނުގައި އަތްހާކާލަމުން ފުންނޭވައެއް ބޭރުކޮށްލިއެވެ. އަދި ޒާޔާއާދިމާ އެނބުރުމަށްފަހު މަޑުމަޑުން އެއަތުގައި ހިފަމުން ބުންޏެވެ.
“ޒާ އަހަރެންގެ އެއްވެސް ކަމެއްކުރާނީ ޒާ ހިތްހަމަޖެހިގެން މިކައިވެނި ބަލައިގަނެވުނު ދުވަހަކުން، އަހަންނަށް ހެޔޮހިތުން މަޢާފް ކުރެވުނުދުވަހަކުން، އެހެންނޫނީ އަހަންނަށް މާބޮޑަށް ގިލްޓީ ފީލް ވާނީ، ޒާ ބޭނުންވާގޮތަށް އަހަރެން މިއުޅެނީ، ޒާއަށް އުނދަގޫ ނުކޮށް، ޒާއަށް އެހާގިނައިން ނުފެނި، ޒާ ބޭނުންވިދުވަހަކުން ބެޑްގަވެސް ނިދާނީ، އަހަރެން ކުރިމަތީ ބުރުގާވެސް ނަގާނެކަމެއް ނެތް، ރޭގަވީކަހަލަ ކަމެއް ދެން ނުވާނެ ޕްރޮމިސް، ސޯ އަހަރެން އެދޭގޮތަށް މިކަންތައް ކޮށްދީ، ޒާ އަހަންނަށް މާފު ނުކޮށް އަހަރެން ބޭނުމެއްނޫން އަހަރެންގެ އެއްވެސް ކަމެއްކުރާކަށް، ދެން ބުނާނީކީނޫން ޒާ އަހަރެން ހިތްހަމަޖައްސަނުދޭތީ އަހަރެން ކުރާކަމެކޭ މިއީ، ޑޯންޓް ތިންކް ލައިކް ދެޓް ޕްލީޒް، އެކޮޅުން ހިފާފަ ހުންނާނީ ދެރޫމްގެ އެޕާރޓްމެންޓެއް، ސޯ ޔޫކޭން ހޭވް ޔުއަރ ޕްރައިވެސީ” ރާއިން އެހާމަޑުމައިތިރިކޮށް ބުނުމުން ޒާޔާއަށް އެއްވެސް އެއްޗެކޭ ބުނާކަށް ނުކުރެއެވެ. ޒާޔާގެ އަތުގައި އޮތް ޓީޝާޓް ނަގައި އެފަތްޖަހާލާފައި ދެންވެސް ހުރި އެއްޗެހިތައް ފޮއްޓަށް އަޅާ ޕެކްކޮށް ނިންމާލިއެވެ. އެހުރިހާއިރުވެސް ޒާޔާހުރީ ބަލަހައްޓައިގެނެވެ.
**************
ދެހަފްތާ ހޭދަވެގެން ދިޔައީ ހީވެސް ނުކުރާއަވަހަށެވެ. މިވޭތުވެގެން ދިޔަދުވަސްތަކުގައިވެސް ޒާޔާއާއި ރާއިންގެ ގުޅުމަށް އެދެވޭ ބަދަލެއް ނާންނަކަން ސަލްމާއަށް އެނގުނެވެ. ރާއިންގެ ކަމަކީ ގެއަށް ނުވަދެ ވޭތޯބެލުމެވެ. ހެނދުނު އޮފީހަށް ދާގޮތަށް އަންނަނީ އިރުއޮއްސޭފަހުންނެވެ. ދެން އަނެއްކާ ބޭރަށް ދާގޮތަށް އަންނަނީ އެންމެން ނިދާހާކޮށްފައެވެ.
ހަނީމޫންއިން އައިގޮތަށް ޒާޔާވެސް ވަޒީފާއަށް ކުރިމަތިލިއެވެ. ދެހަފްތާއެއްހާދުވަސް ފަހުން ވަޒުފާހަމަޖެހުމުން އޭނަ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ރާއިންގާތު އެވާހަކަ ނުވެސް ބުނެ ޒާޔާއެވާހަކަ އެންމެންގާތު ބުނީ ރޭގަނޑު ކާންތިބެފައެވެ. ހިތްހަމަނުޖެހުނު ނަމަވެސް ރާއިން އެކަމެއް ފާޅެއްނުކުރެއެވެ.
“އަހަރެން އެބެއް އެދުމެއް، ޒާ މިކަމަށް އެއްބަސް ވެއްޖިއްޔާ އަހަންނަށް ވަރަށް ރަނގަޅު” ކޮޓަރިއަށް ވަދެފައި ރާއިން ބުނެލިއެވެ.
“އަހަރެން ކުރިންވެސް ބުނިންދޯ އަހަރެން ވަޒީފާއަށްދާން ބޭނުމޭ، ރާއިން އޭރުބުނީ އޯކޭއޭ، ދެން މިހާރު ނުބުނާތި ނުދާށޭ” ޒާޔާގެ ވާހަކަ ހުންނާނީ އެގޮތަށްކަން މާކުރިންވެސް ރާއިންއަށް އެނގެއެވެ. އެހެންވެ އެއާވިއްދާފައި އެއްވެސް އެއްޗެއް ނުބުނަން ނިންމައި އޭނަ ބޭނުންވާގޮތް ހާމަ ކުރިއެވެ.
“ޒާ ސުކޫލަށް ގެންގޮސްދޭންށާ ބަލާ އަހަރެން ދާނަން، ނޫނީ މަންމަމެންނަށް ޝައްކުވާނެ، އަހަރުންގެ އުޅުން ބަލާލީމަ އެނގޭނެ އަދިވެސް އޯކޭނޫންކަން، ސޯ އިތުރު ކަމެއް ޝައްކުކުރަން ދޭކަށް އަހަރެން ބޭނުމެއްނޫން، އަހަންނަށް ގުޅާނެކަމެއްނެތް ވާހަކަ ދައްކާނެ ކަމެއްވެސް ނެތް، ޖަސް ޓެކްސްޓް މީ، އަހަންނަށް ޔަގީން ޒާވެސް ބޭނުންވާނެގޮތަކީ މިއީކަން” ޒާޔާއަށް ފުރަގަސްދީގެންހުރެ ރާއިން ވާހަކަދެއްކިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 12 ވަނަ ބައި )

މަގު...... ހަމަ ޔަގީނުންވެސް އަހަރެންގެ އުއްމީދަކަށް ދުވަހަކުވެސް ބަދަލެއް ނުގެންނަމެވެ. ހެޔޮލަފާ ދިރިއުޅުމެއް އުޅުމަކީ އަހަރެންގެ އަޒުމެވެ. އަދި އަހަރެންނަށް ލިބުނު 2 އަންހެން ދަރިންނާއި 2 ފިރިހެން ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކޮއްކޮއް އަހަރެން ފޫއްސެއްވެސް އަދި ވަރުބަލި ވުމެއްވެސް ނެތެވެ. މާތް ﷲ އަށް ފުރިހަމައަށް އީމާންވުމަކީ ހެޔޮ މިންވަރަށް އީމާންވާ ފަދައިން ނުބައި މިންވަރަށްވެސް އީމާންވެގެން ނޫނީ ފުރިހަމަ ނުވާނެ ކަމެކެވެ. އެނޫން ގޮތެއް ނެތީމައެއް ނޫނެވެ. އަހަރެންގެ ވެރި އިލާހް ﷲ އަށް ފުރިހަމަ ގޮތުގައި އީމާންވާށެވެ. އަހަރެންނާއި ފައިސަލް ދިމާވީ ގްރޭޑް ދިހައެއްގައި ކިޔަވަމުން ދިޔައިރުއެވެ. އޭނާ އޭރު މަސައްކަތް ކުރަމުން ދިޔައީ އެއާ ޕޯޓުގައެވެ. އަހަރެންގެ ޖީ.ސީ ހަމަ ނިމުމާއި އެކު އޭނާއާއި ކައިވެނި ކުރީ ވަރަށް ފޮނި އަދި އަބަދުގެ އަބަދަށް އޭނާއާއި އެކު ދިރި އުޅޭށެވެ. ފައިސަލް އަކީވެސް އަހަރެން ފަދައިން ރާއްޖެތެރޭ މީހެކެވެ. އެކަމަކު އޭނާ އަކީ އަހަންނަށް ވުރެ ތައުލީމީ މީހެކެވެ. ރަނގަޅު މުސާރަ ލިބޭ ވަޒީފާއެއްގައި ހުރި މީހެކެވެ. އަހަރެން ވިސްނީ އަހަރެން ގޮވައިގެން ދިރިއުޅެވޭނެ ފެންވަރު ހުރި މީހަކަށްވުމެވެ. ކުރިން އޭނާ ކުރި ކައިވެނި ރޫޅުނީ ކޮންސަބަބަކާއި ހުރިތޯ ކޮނެކޮނެގެން އަހަރެން ނުބަލަމެވެ. އަދި އޭނާ ކުރިން ކުރި ކައިވެންޏަށް ދަރިއެއް ލިބިފައިވުމަކީވެސް އަހަރެންނަށްވެސް އަދި އަހަރެންގެ މައިންބަފައިންނަށްވެސް މައްސަލައެއް ނޫނެވެ. ކައިވެނި ކުރީ އަހަރެންގެ އުމުރުން 18 އަހަރުގައެވެ. އޭރު ފައިސަލްގެ އުމުރުން 26 އަހަރެވެ. ފައިސަލްވީ އަހަރެން ހީކުރި ވަރަށް ވުރެވެސް ރަނގަޅު މީހަކަށެވެ. އަހަރެން ދެކެ ވަރަށް ލޯބިވިއެވެ. އަޅާލިއެވެ. އޭނާ ކުރިން ކުރި ކައިވެންޏަށް ލިބުނު ދަރިފުޅަށްވެސް އޭނާ ބަރާބަރަށް ކަންތައްތައް ކޮއްދެމުން ދިޔައެވެ. އަހަރެންގެ ކައިވެންޏަށް ދެއަހަރު ވީއިރު އަހަރެންގެ ބަނޑު ބޮޑުވިއެވެ. ފައިސަލްގެ ފަރާތުން ލިބެމުން އައި ލޯބި އިތުރުވިއެވެ. އިތުރަށް އާމްދަނީ ހޯދުމަށްޓަކައި އޮފީހުގައި އިތުރުގަޑީގައިވެސް މަސައްކަތް ކުރަންފެށިއެވެ. އަހަރެންނާއި އެކު ހޭދަ ކުރެވޭ ވަގުތު މަދުވިއަސް ޝަކުވާއެއް ނުކުރަމެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ އަހަރެންގެ ދިރިއުޅުމަށްޓަކައި ކަމަށްވީތީ އުފާކުރީމެވެ. ދިގު އިންތިޒާރަކަށް ފަހު އަހަރެންނަށް އައިޝާ ލިބުނު ރެއަކީ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ދުވަހެވެ. އަހަރެމެންގެ ތިންވަނަ ދަރިފުޅު ހައިލަމްއަށް 2 އަހަރު ވީތަނާ އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. ޑޮކްޓަރަށް ދެއްކުމުން އެނގުނީ ލޭގައި ޖަރާސީމެއް ހުރިކަމެވެ. ވީއެންމެ އަވަހަކަށް އިންޑިއާއަށް ފައިސަލް އާއި އަހަރެން ފުރީ މަންމަމެން މާލެ ގެނެސް ދަރިން ކޮޅު ބަލަން ހަވާލު ކޮއްފައެވެ. އަހަރެންގެ ހަށިގަނޑު ހިކި އަނަރޫފަ ވެގެން ދިޔަ ގޮތެއް ބުނެދޭންވެސް ނޭގެއެވެ. އަހަރެންގެ ގައިގައި އެޅި ވޭނަކީ ދިލަ ވޭނެކެވެ. އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަކަކީ އެދިލައިގެ ވޭނެއްނޫނެވެ. އެކަމަކު އަހަރެންގެ ދަރިންނާއި ދުރަށް ފުރައިގެން ދާންޖެހޭތީ ދަރިންނާއި މެދު ކުރެވިފައިވާ އުއްމީދުތަކުން އައި ކަރުނަތަކެކެވެ. ފައިސަލް އަހަރެންނަށް ވަރަށް ހިތްވަރު ދިނެވެ. އަހަރެން ކެތްކުރީމެވެ. ޝަކުވާގެ އެންމެ ލަފުޒެއްވެސް ނުބުނަމެވެ. ﷲއަށް ވަކީލު ކުރީމެވެ. އަހަރެން އިންޑިއާއަށް ގެންދިޔަ ގޮތަށް ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ. ފައިސަލް އާއި ޑޮކްޓަރުން ވާހަކަ ދައްކަމުން ގެންދިޔަ އަޑު މަޑުމަޑުން އިވެމުން ދިޔައެވެ. އަހަރެން ބާއްވާފައި އޮތީ ފަރުދާއް ދަމާފައެވެ. ކުއްލިއަކަށް މާޔޫސްވީ ބޭސްކައިގެން ބަލި ރަނގަޅު ވުމުގެ ފުރުސަތު ނެތްވާހަކަ ޑޮކްޓަރު ބުނީމައެވެ. އަހަރެންގެ ހަށިގަނޑުގައިވާ ލޭތައް ބަދަލުކޮށް އޮޕްރޭޝަން ކުރަންޖެހޭ ވާހަކަ ބުނުމުން ގައިން ހީބިހި ނަގައިގަތެވެ. ރާއްޖެން ބޭރުން ހަށިގަނޑަށް ލޭ އަޅަންޖެހުމުން ވަރަށް ބިރު ގަތެވެ. އަހަރެންގެ ދަރިންގެ މަތިން ހަނދާންވެ ހިފެހެއްޓުމެއްނެތް ކަރުނަތަކުން ބާލީސް ތެމެމުން ދިޔައެވެ. ފައިސަލް ފަރުދާ ކަހާލުމަށްފަހު އަހަރެންގެ މޫނަށް ބަލައިލިއެވެ. އަހަރެންނަށް ހުރިހައިކަމެއް އޮޅުން ފިލައިފިކަން އޭނާއަށް އިގުމުން އިސްޖަހާލިއެވެ. އަހަރެން ދެތުންފަތަށް ބާރުލަމުން ލޯމަރާމީލެވެ. ފައިސަލް މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލިއެވެ. ހިތްވަރު ދިނެވެ. އަހަރެންގެ އެދުމަށް ބީ-ނެގެޓިވް ލޭ ހުރި ދިވެހިން ލިބޭތޯ އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވުމުން އަހަރެން އިންޑިއާ މީހުން ގައިން ލޭ އެޅީމެވެ. ހުރިހައި ކަމެއް ﷲ ވަކީލު ކޮއްގެން ކުރީމެވެ. އަލްހަމްދު ﷲ އެވެ. އޮޕަރޭޝަންވެސް ކާމިޔާބު ވިއެވެ. އަވަސްއަވަހަށް އަހަރެންގެ ދަރިންނަށް ގުޅީމެވެ. އެކުދިންނާއި ވާހަކަ ދައްކާލައި ހިތްހަމަ ޖެހުން ހޯދީމެވެ. އޮޕަރޭޝަނަށް ފަހު މަސްދުވަހު އިންޑިއާގައި މަޑު ކުރުމަށްފަހު ރާއްޖެ އައިސް ދަރިން ކޮޅު ފެނުމުން އުފަލުން ރޮވުނެވެ. އަހަރެންގެ ފިރިމީހާއަށް ޝުކުރު އަދާ ކުރީމެވެ. މަޑުމަޑުން އަނެއްކާވެސް ދިރިއުޅުން ހަމަޔަކަށް އެޅެމުން ދިޔައެވެ. އޮޕަރޭޝަން ކުރިތާ 1 އަހަރު ވީއިރު އަހަރެން ހުރީ މުޅިން ރަނގަޅު ވެފައެވެ. ނަމަވެސް އުމުރު ދުވަހަށް ކާންޖެހޭ ބޭހެއް ހުއްޓެވެ. އަހަރެންގެ އެންމެ ކުޑަ ދަރިފުޅު ހައިފާ ލިބުނީ ދޮށީ ދަރިފުޅަށް 14އަހަރު ފުރުނު ފަހުންނެވެ. އޭރު ފައިސަލް ވެސް މާލޭގެ ކުލިތައް ބޮޑުކަމުން އިތުރު އާމްދަނީ ހޯދުމަށް ކުދިކުދި ވިޔަފާރި ކުރަން ފެށިއެވެ.. މިގޮތުން ލަންކާއަށް ހިކި ކަނޑުމަހާއި، ލޮނުމަސް ބޭރު ކުރަމުން ދިޔައެވެ. މަސް ހިފައިގެން ކޮންމެ ބަންދު ދެދުވަހު އޭނާ ލަންކާއަށް ދާނެއެވެ. މިގޮތައް ވިޔަފާރި ކުރަމުން ވިޔަފާރި ބޮޑުކުރަމުން ދިޔައީ އަހަރެންގެ ވެސް ލަފާ ހޯދަމުންނެވެ. މީހަކަށް ނުދަރައި ފައިސަލް ވިޔަފާރި ކުރިއަރުވަމުން ދިޔައެވެ. މަސްގެންނަ ބޯޓު ފަހަރުގެ ހިސާބު ކިތާބުގެ ކަންކަން ނިންމާފައި ނޫނީ ނުވެސް ނިދާނެއެވެ. ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތްތައް ނިންމާނެއެވެ. ވިޔަފާރި ފުޅާވެ އަތްމަތި ތަނަވަސް ވަމުން ދިޔައެވެ. ފައިސަލް ލަންކާގައި އެތަނުގެ މީހަކާއި ގުޅިގެން 4ބުރީގެ ހޮޓަލެއް އަޅަން އުޅޭވާހަކަ އަހަރެން ގާތުގައި ބުންޏެވެ. އަހަރެން އެހީމެވެ. އެހާ ފައިސާ ކޮންތާކުން ހެއްޔެވެ؟ ފައިސަލް ނިންމާފައި ވަނީ ލޯނެއްނަގައިގެން އެކަން ކުރާށެވެ. އޭރު އަހަރެންނަކަށް އިންޓަރެސްޓް ލޯނު ތަކާއި ބެހޭގޮތުން ދީނީ އެއްވެސް މައުލޫމާތެއް ނުލިބެއެވެ. އެހެން ކަމުން އެކަމަށް އިންކާރެއް ނުކުރަމެވެ. އިސްލާމް ދީނުގައި އިންޓްރެސް ލޯނުގެ ހުކުމް އަކީ ހަރާމް ކަމެއްކަން ކުރިން އެގުނުނަމަ އެކަން ފައިސަލް ކުރުމުގެ ކުރިން އަހަރެން ހުއްޓުވީމުހެވެ. އެކަމަކު އެކަން އަހަރެންނަށް އެގުނީ މާލަސްވި ފަހުންނެވެ. ލަންކާގައި ހަދާ ހޮޓެލް ހަދަން ފެށިފަހުން ފައިސަލް ލަންކާއަށް ގޮސް ހަފުތާ ދެހަފްތާ ވަންދެން ދެފަހަރަކު މަޑުކުރިއެވެ. އޮފީހުގެ އަހަރީ ޗުއްޓީ މިގޮތައް ހުސްކޮއްލިއެވެ. އަހަރެންގެ ކަންބޮޑުވުން ފެށުނީ މިހިސާބުންނެވެ. ފައިސަލް އަކީ އޮފީސް އެންމެ މުހިއްމު ތަންކަމުގައި ދެކިގެން އުޅުނު މީހެކެވެ. ނަމަވެސް މަސްދުވަސް ފަހުން ފައިސަލް ވަޒީފާއިން ކެޑޭވާހަކަ އަހަރެން ގާތުގައި ބުންޏެވެ. އަހަރެން ދެކޮޅު ހެދީމެވެ. ނަމަވެސް ފައިސަލް އަހަންނަށް ވިސްނައިދިނީ ލަންކާގައި އެޕާޓްމަންޓް ހަދައިގެން އެކޮޅަށް ބަދަލުވެގެން ދިރިއުޅުނީމަ މާ ހަރަދު ކުޑަވާނެކެމެވެ. އަދި ދަރިންގެ ކިޔެވުމަށްވެސް އެގޮތްމާ ރަނގަޅު ވާނެކަމަށެވެ. އަހަރެމް ގަބޫލް ކުރީމެވެ. އަހަރެންގެ ދިރިއުޅުމަށް ބޮޑު ލޮޅުމެއް އަންނަން އުޅޭކަމެއް އިހުސާސެއް ނުކުރެވެއެވެ. އެއްދުވަހަކު ހަވީރު އަހަރެންގެ ރައްޓެއްސެއް ފައިސަލް އަންހެނަކާއި އެކު ލަންކާގެ ހޮޓަލަކަށް ވަންނަނިކޮށް ފެނުނު ވާހަކަ ބުންޏެވެ. އަހަރެން ގަބޫލެއް ނުކުރަމެވެ. ލިބުނީ ކުއްލި ސިހުމެކެވެ. ފައިސަލް މާލޭގައި ހޭދަ ކުރާ ދުވަހަށް ވުރެ ލަންކާގައި ހޭދަކުރާ މުއްދަތު އިތުރުވުން ފިޔަވައި އެހެން ބަދަލެއް އޭނަގެ ފަރާތުން ނުފެނެއެވެ. އަނެއްކާވެސް ހަމަ އެފޯން ކޯލް އޭގެ މަސްދުވަސް ފަހުން އައެވެ....
Next

މަގު(4)

August 22, 2016

މަގު(4)

Previews
August 21, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 12 ވަނަ ބައި )

20 Comments!

  1. Shara says:
    August 22, 2016 at 2:20 am

    New epsd eh up vaany kn irakun

  2. sabeeha says:
    August 22, 2016 at 4:51 am

    nice

  3. Petite says:
    August 22, 2016 at 6:10 am

    Salhi…waiting for the next part ?

  4. Rahil says:
    August 22, 2016 at 7:04 am

    Hadha kurukohly

  5. Depika says:
    August 22, 2016 at 7:05 am

    V loabi mi part vs

  6. ken? says:
    August 22, 2016 at 7:21 am

    mee hama same part einnu..??

  7. Sin says:
    August 22, 2016 at 7:25 am

    Aslu dhevana Faharu up kureema kiyan foohi,,,,

  8. lnu says:
    August 22, 2016 at 9:46 am

    vvvvvvvv nice mi part vs

  9. Koka says:
    August 22, 2016 at 12:10 pm

    Dharumavaane beykaaru vaahaka nuliye vaguthuge beynun heyogothuga hifaaba.maadhamaaves maruvedhaane.thibage athun liyefavaa eche ge sababun aakhirathugai azaabulibeyne Kahala kame nukurey.

    1. ken? says:
      August 23, 2016 at 8:48 pm

      dn keeveyo vaahaka kiyaafa or nukiyaa viyas comment thikuranee…comment kurumahves vaguthu dhaane dhw…
      plx dnt make everything related to religion or anything else…do wats good for u n de rest will b jux fine…i giess so…☺

    2. ken? says:
      August 23, 2016 at 8:48 pm

      dn keeveyo vaahaka kiyaafa or nukiyaa viyas comment thikuranee…comment kurumahves vaguthu dhaane dhw…
      plx dnt make everything related to religion or anything else…do wats good for u n de rest will b jux fine…i guess so…☺

  10. Afy says:
    August 22, 2016 at 12:37 pm

    V v v v reethi kon irakun up vanee aneh part thankolheh avas kolladheebala pls pls pls

  11. iyram says:
    August 23, 2016 at 8:53 am

    Varah varah rythi story eh, darkangle ge mi story is the best,
    Please ekakuves koma akah nufonuvaathi,
    Twist akah koma v hadi vaane,

  12. . ... says:
    August 24, 2016 at 1:17 pm

    Kn irakuntha up kuraany

  13. papaya says:
    August 24, 2016 at 1:39 pm

    When nxt prt plx avahah up kohdhey ba ??

  14. @@@@@@@ says:
    August 24, 2016 at 1:59 pm

    Whn is next part….

  15. flower says:
    August 24, 2016 at 6:31 pm

    kabaaatha story??????? mihaaru kitheh faharu belihje vaahaka up veytho……avahah up kohba dhn….anekkaa miadhu up vaane tha??? if nt plz inform

  16. **** says:
    August 24, 2016 at 7:59 pm

    Avahah up khdhybala

  17. ken? says:
    August 24, 2016 at 8:43 pm

    inthizaaru ga..dn ehaavarah inthizaaru nukuruvaba…foohovedhaane ..writer ves jeheyne bunaa bahuga ithubaaru onnan…up nukurevey vaahaka inform kohlun v muhinmmu eyrah yageen vaanee dhw…ehen nooony beykaaru ummmedhu thakei kurevidhaane….☺

  18. Pinkoo says:
    August 24, 2016 at 10:19 pm

    Mi story nimen noolhey tha

Comments are closed.

Next Episodeއިންތިޒާރު 48←

All Right Reserved!