އައި ލަވް ޔޫ………
އޭރުވެސް ލުޔޫން ދިޔައީ އޭނާގެ ރައްޓެހިންނާ އެކު ސަކަރާތް ޖަހަމުންނެވެ.
ބާލީސްތަށްއެކަކު އަނެކަކުގެ ގަޔަށްއުކަމުން ދިޔައެވެ. ލުޔޫން އަކީ
އަންހެން ކުއްޖަކަސް އޭނާގެ ގިނައި ހުސް ވެސް ފިރިހެން
ރައްޓެހިންނެވެ. މިސަކަރާތުގާ ތިއްބާ އެންމެން ހުއްޓުނީ ކޮޓަރި
ދުރުގައި ޖަހާލި އަޑަށެވެ’ ލުޔޫން! މަންމަ ބުނީ ކާން
އަންނާށޯ އެންމެން ގޮވައިގެން.
އަވަސް ކުރާތި އިނގޭ.’ ލުޔޫންގެ
އެންމާބަނޑުދައްތަ ލަޔޫން ގޮވާލިއެވެ. މިދެކުދިންނަކީ
އެއްމާބަނޑު ދެކުދިން ކަމުގައި ވިޔަސް
އެއްވެސް ގޮތަކަށް ދެކުދިން ވައްތަރު
ގޮތެއްނުހުރެއެވެ. އެހެން ނަމަވެސް
އެދެކުދިންގެ މިޒާޖާއި އުޅުން އެއްގޮތެވެ.
‘ އޭ ލުޔޫން ހިނގާބަ ކާންދާން
އަސްލު މަ ވަރަށް ބަނޑުހައި.
މަ ބަނޑަށް މަރުނުވަނީސް މަ ގޮވައިގެން ކާން ހިނގާބަ.’
ލުޔޫންގެ އެކުވެރިންތަށް ތެރެއިން އިޒާން ބަނޑުގައި އަތް
ޖަހާލަމުން ބުނެލިއެވެ. ‘ އޯކޭ ޒާން ކާން ބޭނުމިއްޔާ
ދޭ ކާން. އެކަމް ލުޔޫންމެން ދާނީ އައިސް ކްރީމް ބޯން.’
އިޒާން އަށް ލުޔޫންގެ އަތުގައި އޮތް ރުފިޔާ ދަށްކާލަމުން ބުނެލިއެވެ.
‘ އަހަރުން ވެސް ދާނަން.’ ދެން ތިބި އަބާން އާއި ނާއިޝް އަށް
ބުނެވުނީ ދާދި އެއް ކޮށްކޮށެވެ. މި ހަތަރު ކުދިން އައިސް ކްރީމް
ބޯން ސްކޫޕަށް ދާން ހަމަޖެއްސުމަށް ފަހު ތައްޔާރު ވާން ފެށިއެވެ.
ލުޔޫން މަޑު ފިޔާތޮށި ކުލައިގެ ޓީ-ޝާރޓް އެއް ލުމަށް ފަހު
އިސްތަށިގަނޑަށް ރީތި ގޮތެއް ހަދާލިއެވެ. އަދި ފިޔާތޮށި
ކުލައެއް ތުންފަތުގައި ޖެއްސުމަށްފަހު ކޮޓަރިން ނިކުތެވެ.
‘ ލެޓްސް ގޯ ގާއީސް.’ ލުޔޫންގެ ރީތި ކަން ފެނިފަ
އަބާން އިނީ ލުޔޫން އާއި ދިމާ އަށް ބަލަހައްޓައިގެންނެވެ.
އެންމެ ކުރީއްސުރެވެސް އަބާންގެ ހިތުގައި ވަނީ
ލުޔޫންގެ މައްޗަށް ބިންވަޅު އެޅިފައެވެ.
ނަމަވެސް މި ވާހަކަ އަބާން އެކަކު ކާއިރި ވެސް
ނުބުނެ ހުންނަނީ ލުޔޫންގެ ފަރާތުން ގޯސް ޖަވާބެއް ލިބިދާނެތީއެވެ.
‘އޭ އޭ ކަލޭމެން ކޮންތާކަން
ދާން ތިއުޅެނީ މަ ނުލާ.’ ލަޔޫން ލުޔޫން އަށް
ލޯއަޅާ ލަމުން ބުނެލިއެވެ. ‘މި ދަނީ ސްކޫޕަށް
ދާން.’ ލުޔޫން ލަޔޫން އަށް ދޫ ދިއްކޮށް ލަމުން
ބުނެލިއެވެ. ލުޔޫން ހުއްޓާ ނުލާ އަނގަ ތަޅަމުން
ދިޔަ އިރު ލަޔޫންގެ ނަޒަރު ހުއްޓީފައިވީ
އަބާންއަށެވެ. އަބާން ފެންނަ ކޮންމެ
ފަހަރަކުވެސް ލަޔޫންގެ
ހިތުގެ ވިންދު ދަނީ ބާރު ވަމުންނެވެ.
މީ ކީއްވެ ވާކަމެއްކަމެއް ޙުދު ލަޔޫން
އަކަށް ވެސް ނޭގެއެވެ.
‘ އޭ ސްކޫޕަށްދާނަން ހޭޭ؟؟؟؟.’ ލަޔޫންގެ
ފަރާތުން ޖަވާބެއް ނައުމުން ލުޔޫން ހަޅޭއް ލަވައިގަތެވެ.
‘އާނ އާނ ދާން ހިނގާބަލަ މަ ރެޑީ އޭ.’
ލަޔޫން އޭނާގެ ނަފްސު ހަމައަކަށް އަޅުއާލިއެވެ. ލުޔޫން
އަވަސް އަވަހަށް އޭނާގެ ދަބަސް ނެގުމަށްފަހު އިޒާންގެ
އަތުގައި ހިފާލިއެވެ. ލުޔޫން އަށް ވެސް
ވަނީ ކުރިން ލޯބިވެވިފައެވެ. އެހެން ނަމަވެސް ކުރިން
ދުވަހަކުވެސް ނުކުރެވޭ ކަހަލަ ތަޖްރިބާ
އެއް މިއަދު ލުޔޫން އަށް ވަނީ ކުރަން ޖެހިފައެެވެ.
ލުޔޫންގެ ހިތުގާއި މިހާރު ވަނީ އިޒާންގެ
ލޯތްބެވެ. އެހެންނަމަވެސް ލޯބި ހުށައަޅަން
ނުކެރިފައި ލުޔޫން ހުންނަނީ އޭނާ އަކީ އަންހެން
ކުއްޖެއް ކަމަށް ވާތީއެވެ. ނަމަވެސް ލުޔޫންގެ
ހިތުން އިޒާން އެއް ފިލާއިގެންނެއްނުދާނެއެވެ.
މި ތިން ކުދިންގެ ހިޔަލު ގައި ވަނީ ތަފާތު
އެއްޗެހި ތަކެކެވެ. އަދި ތަފާތު އިހްސާސް
ތަކެކެވެ. ނަމަވެސް ކޮންމެ ކުއްޖެއްގެ ހިތުގައި
ވަނީ ‘އައި ލަވް ޔޫ ‘އެވެ.
ނުނިމޭ
13 Comments!
Comments are closed.

nice,, ??
but ehbai fennany..??
baeh bas thah nufeney
mi haaru rangalhukohlaifa innaany
actually im a new writer. i beleive that there will be mistakes. so readers mistakes buneladhyfiyya warah rangalhu. and mi waahaka knme dhuwahaku up kohdheynan and also ehen stories ehen mi waahaka iraadhakurewiyyaa stop ei nukuraanan. thank you readers. love yuh
Adhives fenany ehbaa
ahcheedi
please comment for my post
ones again so sorry mihaar okay waane story check it out.
and cuty if yuh dont like dhn tell me the problem. eyrah ragalhu kohlaanan, okay guyss
Adhives nuvey rangalheh. Ebbai fennany. Evves hama eh nujehey
Haadha hamanujehey gothakah liyefa oiy story eh kiyaa hitheh nuvey ehenve.
kuda kudin vaahaka liyuneema vaane goiy vefa miouthee.
dhn molhu meehun vaahaka liyan vnu dhw…eyrun nehnu thihuri molhu kameh ves ingeyny….comment eh kohlan ves…hehe
Ehaa Ehaa eh noon…sorry to say this.