Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 46

darkangel Level 210 Stories
August 15, 2016 13 Mins Read
88 Comments

އިންތިޒާރު 46
“ޒާ ބޭނުމީ އެނބުރި ރާއްޖެދާން ޕްލީޒް، ދައްތަ ގާތު ބުނޭ އަހަރެންގެ ހިތަކު ނެތޭ އެއްވެސް ބުރަކަމެއް، ޕްލީޒް….” އިންގޮތަށް އިނދެ ޒާޔާ ބުނެލިއެވެ.
“ޒާ ހަމަޖެހިބަލަ، އެއްފަހަރު ދައްތަކައިރިއަށް ދާން ހިނގާބަ، ދައްތަ ވަރަށްބަލި، އެހެންވެ މިއެދެނީ”
“އެހެންވެގެންތަ ރާއިންވެސް އެއައީ އަހަރެންބަލާ، ދައްތަ ބަލިކަމުންތަ؟ ނޫނީ އަހަރެން ގެންދަން ބޭނުން ވެގެންތަ؟”
“ތިބަހުސް ފަހުންވެސް ކުރެވިދާނެއްނު” ޒަޔާން ވިސްނަދޭފަދަގޮތަކަށް ބުނެލިއެވެ. ޒާޔާ އެންމެފަހުން ރުޅިމަޑުކޮށްފައި ދާން ރެޑީވިއެވެ.
“ޒަޔާން މޫނަށް ކިހިނެތްވެފަ ތިހުރީ….” ކޮޓަރިން ނުކުންނަމުން ޒާޔާ ސުވާލު ކޮށްލިއެވެ.
“ކުޑަ ފައިޓެއް ހިނގީ، އެހެންނުވާނީ މީހަކު ހުރީ މޮޔަވެފަ ވިއްޔަ ޒާޔާ ނުފެނިގެން…. އަދިވެސް ހީކުރާތި ރާއިން ޒާ ދޫކޮށްލާނެއޭ، ރާއިންގެ އަތުން މިއަދު އަހަރެން މަރުވެސް ވާނެ މަމްމެން ނެތްނަމަ” ފާޑަކަށް ލޯއަޅާލުމަށްފަހު މަޖާ ރާގެއްގައި ޒަޔާން ބުނެލިއެވެ. ޒާޔާ ހުރީ ގަބޫލުނުކުރެވިފައެވެ. ރާއިން އެވަރު ކޮށްލަފާނެކަމަކަށް އޭނަ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ހިތުގައި އުފާވެރިކަމުގެ ރާޅެއް ދައުރުކޮށްލީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ.
“އަދި ފަނީ ޕާރޓް އޮތީ އިނގޭ، ގެއަށް ގޮސްފަ އެވާހަކަ ކިޔާދޭނަން….” ދޮރާހަމައަށް އައިސްފައި ޒަޔާން ބުނެލިއެވެ.
“ރެން އެމް ސޮރީ، އެވްރީތިންގް ވިލްބީފައިން ވީއޯލް އާރ ޓްރައިންގް ފޯދެޓް، ޕްލީޒް ހަމަޖެހިބަ” ރާއިންގާތުގައި އިނދެގެން ޔާނާ ވާހަކަ ދެއްކިއެވެ. ނަމަވެސް ރާއިން އެއިން އެއްވެސް ވާހަކައަކަށް އެއްޗެކޭ ނުބުނެ އިންގޮތަށް އިނީއެވެ. “ލުކް ޝީއިޒް ކަމިންގ، ދެން ގެއަށް ގޮސްފަ ޒާ ހަމައަކަށް އަޅުވާނީ” ރާއިންގެ އަތުގައި ހިފާލަމުން ޔާނާ ބުނެލިއެވެ.
ޒާޔާގެ އެއްޗެހި ކާރަށް އެރުވުމަށްފަހު ކާރުގެ ފަހަތު ދޮރުފަތް ޒާޔާއަށް ޒަޔާން ހުޅުވާލަދިނެވެ. އޭރުވެސް ރާއިން ކުރީ ސީޓުގައި އިށިއިނދެގެން އިނެވެ. އައި އިރެކޭ އެއްގޮތަށް ދިޔައިރުގައިވެސް ކާރުތެރެއަށް ވެރިވެފައި އޮތީ ހިމޭންކަމެވެ.
*************************
“ޒަޔާންއަށް ގުޅިއްޖެތަ؟” ޔަޝްރާ ސުވާލުކުރީ ޝާންއާއެވެ.
“ކުޑައިރުކޮޅެއް ކުރިން ޔާނާ ބުނި މިއަންނަނީއޭ، ދެން ނުވާނެ އެހާގިނައިރެއް….”
“އަޅެ އެޒަޔާންވެސް އެއުޅެނީ މޮޔަވެގެންތަ؟ ގޭތެރޭގެ ހަމަޖެހުން ގެއްލޭގޮތަށް ކަންތައްތައް ކުރުމުގެ ބޭނުމަކީ ކޮބާތަ، ޒާޔާ މިކޮޅުގަ ހުރި އިރު އަދި ރާއިން މާލެ ދިޔައިރުވެސް ނުބުނޭ އޭނަ މިކޮޅުގައޭ ހުރީ، އެންމެންގާތުގައި ޒާޔާ މާލެ ދިޔައީއޭ ކިޔައިގެން ދޮގުހަދާފަ……”
“ދޮންދައްތަ ހަމަޖެހިބަ…. މިހާރު ދެން ހުރިހާ ކަމެއް ހަމަޖެހޭކަންނު އެއުޅެނީ…..” ޔަޝްރާ ހާސްވެގެން ވާހަކަ ދައްކަން ފެށުމުން އެވާހަކަ މެދުކަނޑާލީ ސަނާއެވެ.
*******************************
“މަންމާ….” ސަލްމާގެ ކޮޓަރިއަށް ވަދެފައި ރާއިން ގޮވާލިއެވެ. ޒާޔާގެ އަތުގައި ހިފާލައިގެން ހުރެ އެތެރެއަށް ހިނގައިގަތީ އެމޫނަށް އިރުއިރުކޮޅާ ބަލަމުންނެވެ. މިފަހަރު ޒާޔާވެސް ރާއިންގެ އަތްދުރުކުރާކަށް ނޫޅުނެވެ. ރާއިން އަންނަތަން ފެނިފައި ސަލްމާވެސް ތެދުވެ ހެޑްބޯޑުގައި ލެނގިލައިގެން އިށިއިދެއްޖެއެވެ. ރާއިންގެ ފަހަތުން ޔަޝްރާއާއި ޝާންއަދި ޒަޔާންވެސް އެކޮޓަރިއަށް ވަނެވެ. އެނދާއިއަރާ ހަމަވުމުން ސަލްމާ ޒާޔާއަށް އަތްދިއްކޮށްލިއެވެ. ޒާޔާއަށް ބަލާލެވުނީ ރާއިންއާ ދިމާއަށެވެ. އިށިއިންނާށޭ ބުނާފަދަ ގޮތަކަށް ބޯޖަހާލަމުން ރާއިން ޒާޔާގެ އަތުން ދޫކޮށްލިއެވެ. އިސްޖަހައިގެން ހުރެ ޒާޔާ ސަލްމާގެ މަގަތުގައި އިށިއިނެވެ.
“ދައްތައަށް މައާފް ކުރާނަންތަ؟” ޒާޔާގެ ދެއަތުގައި ހިފާލަމުން ސަލްމާ ބުނެލިއެވެ. އިސްއުފުލާ ބަލާލިއިރު ސަލްމާގެ ދެލޯ ކަރުނުން ފުރިފައިވިތަން ފެނިފައި ޒާޔާ އިތުރަށް ދެރަވިއެވެ. ދެފަރާތަށް ބޯހޫރާ ލެވުނީ އެހެން ނުބުނުމަށް އެދިއެވެ. މަޑުމަޑުން ދުލާހަމައަށް އެބަސްގެނެވުނީ ގަދަކަމުންނެވެ. ނަމަވެސް ސަލްމާ ކުރުނުކޮށް ކިޔަންފެށުމުން އެންމެފަހުން ޒާޔާއަށް ޖެހުނީ މަޢާފް ކޮށްފީމޭވެސް ބުނާށެވެ.
“ދައްތަ ބޭނުމެއް ނޫން ޒާޔާ ދެން ދުރުގަ ހުންނާކަށް، ޒާ ހުންނާނީ ދެންވެސް ދައްތަމެން ކައިރީގަ، ތިއީ ދައްތަގެ އަންހެން ދަރިފުޅު، ދައްތަބޭނުން ވަރަށް އަވަހަށް ޒާޔާއާއި ރާއިންގެ ކައިވެނި ކުރުވަން…. ދައްތައަށް އެނގޭ…..”
“މަންމާ….. ތިވާހަކަ….. ޒާބޭނުންވާގޮތެއްވެސް އަހަންޖެހޭނެއްނު….”
“ރާއިންއަކާ ނޫނެއްނު މިވާހަކަ ދައްކަނީ…… މަންމައަށް އެނގޭ ޒާޔާ ރާއިންއާ ކައިވެނި ކުރަން ބޭނުންވާކަން، މަންމައަށް އެނގޭ ރާއިންވެސް ޒާޔާދެކެ ލޯބިވާކަން، ދެން ކީއްވެގެން ރާއިން ތިހެން ތިއަހަނީ….. ޒާޔާ ގަބޫލުދޯ، މިއީ މަންމަގެ ހަމައެކަނި އެދުމަކީ، ތިދެކުދިން އެކުގައި އުފަލުގަ އުޅުން، ދައްތަގެ މިއެދުން ފުރިހަމައެއް ނުކޮށްދޭނަންތަ” ޒާޔާއަށް ބަލާލަމުން އަނެއްކާވެސް ސަލްމާ އަހާލިއެވެ. ޒާޔާ މަޑުމަޑުން ބޯޖަހާލިއެވެ. ޒާޔާގެ މިހަރަކާތުން ރާއިން ހުރީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. ނަމަވެސް ދެން އެއްޗެކޭ ނުބުނެހުރީ ޒާޔާ އެތަނުން ނުކުތުމުން ސަލްމާއާ ވާހަކަ ދައްކާށެވެ.
“ދެންދޭ އެއްޗެހިތަށް ބަހައްޓާފަ ހަމަޖެހިލަން…. މާދަމާގެ ވަގުތެއްގައި ރާއްޖެދާން ފުރާނެ” ޒާޔާގެ ބޮލުގައި ފިރުމާލަމުން ސަލްމާ ބުނެލިއެވެ. ބޯޖަހާލަމުން ޒާޔާ ތެދުވިއެވެ. ސަނާއައިސް ޒާޔާގޮވައިގެން ނުކުންނަންދިޔައެވެ.
“މަންމާ އަހަރެން ބޭނުމެއްނޫން ޒާޔާގެ ނުރުހުމުގަ ކައިވެނި ކުރާކަށް، އޭނައެއް ބޭނުމެއް ނުވެޔޭ މިހާރު އަހަންނާ ކައިވެނި ކުރާކަށް، އިތުބާރެއް ނުކުރެޔޭ މިހާރު އޭނައެއް އަހަންނަކަށް…. އެހެންވެ މިބުނަނީ….. ޒާޔާގެ ނުގަބޫލުގަ އެއްވެސް ކަމެއް ދެން ކުރުވާކަށް…” ޒާޔާ އެކޮޓަރިން ނުކުމެ އިރުކޮޅެއްވިފަހުން ރާއިން ބުނެލިއެވެ.
“ރާއިންއަށް މަންމަ އަދި މާފެއް ނުކުރަން، މަންމައަށް އެނގޭ ޒާޔާ ރާއިންއާ ކައިވެނި ކުރަން ބޭނުންވާކަން، އެކުއްޖާއަށް ޖެއްސި ހާލާބަލާފަ ރަނގަޅޭ އޭނަ ރާއިންދެކެ ރުޅިއައިސްފަ ހުންނަން، ރާއިންއަށް މަންމަ މާފްކުރާނީ ޒާޔާއާ ކައިވެނި ކުރީމަ…” ސަލްމާ އަދިވެސް ހުރީ ރާއިންދެކެ ހިތްހަމަ ނުޖެހިގެން ކަމަށް ހަދައިގެނެވެ.
“ތިހެންވީއިރު އަޅުގަނޑުގެ އެންމެފަހު ނިންމުންވެސް އަޑުއަހާ، މަންމަގެ މާފް ލިބުން އޮތީ ޒާޔާގެ ނުގަބޫލުގަ އޭނައާ ކައިވެނި ކުރުން ކަމުގަ ވިއްޔާ އަހަރެން ދެން އެކަކުގެވެސް މާފެއް ބޭނުމެއް ނޫން، މަންމަގެވެސް ބައްޕަގެވެސް، ޒާޔާގެވެސް” ރުޅިއައިސްގެން އެހެން ބުނުމަށްފަހު ރާއިން އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި ޒާޔާ ފެނިފައި ހުއްޓުން އެރީ ދެންމެ ކިޔި ހުރިހާއެއްޗެއް އޭނައަށް އަޑުއިވޭނެކަން ޔަގީންވެފައެވެ. އިސްޖަހާލުމަށްފަހު ހިނގައިގަތީ އެމޫނަށް އިތުރަށް ނުބަލަންވެގެނެވެ.
“ދައްތަ ހާސްނުވޭ، ރާއިން ހަމައަކަށް އަޅުވާނަން…. ދޯ ޔާނާ..” ޒަޔާން ޔާނާއަށް ދޯދެމުން ބުނެލިއެވެ. ޔާނާވެސް އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.
އެރޭގެ ވަގުތެކެވެ. ޒަޔާންއާއި ޒާޔާއަދި ރާއިން ތިބީ ޒާޔާގެ ކޮޓަރީގައެވެ. ޒަޔާން ހުރީ ދެމީހުންގެ މެދަކަށް ވާގޮތަކަށެވެ. ރާއިންއާއި ޒާޔާ ދުރު ބަލަހައްޓައިގެން ތިބީ އެކަކު އަނެކަކަށް ނުބަލަންވެގެން ކަހަލައެވެ.
“ދެން ތިދެމީހުން ބޭނުންވާގޮތެއް ބުނަންވެއްޖެއްނު” ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން ޒަޔާން ބުނެލިއެވެ.
“އަހަރެން ބޭނުންވާގޮތަ ބުނެފަ އޮންނަނީ”
“އަހަރެންވެސް ބޭނުންވާގޮތަ ބުނެފިން، ޒާޔާ ނުޖެހޭނެ ކޮންމެހެން މަންމަ ބުނީއޭ ކިޔާފައެއް މިކައިވެނި ކުރާކަށް، ޒާޔާ ބޭނުން ނުވާކަމެއް ކުރާކަށް އެއްވެސް މީހަކު މަޖުބޫރެއް ނުކުރާނެ މިހާރަކު،” ޒާޔާގެ ވާހަކަ މެދު ކަނޑާލަމުން ރާއިން ވާހަކަ ދެއްކިއެވެ.
“ޒާޔާ..” ރާއިންއަށް ބަލާލަމުން ޒާޔާ އޭނަގެ ނަންކިޔާލީ ރާއިން އެހެން ކިޔުމުންނެވެ. ޒާޔާ އޭނައާ ދުރުކޮށްފިކަން އިހުސާސްވިކަން އަންގަދޭން ވެގެނެވެ. ރާއިންއަށްވެސް އެކަން އިހުސާސްވިއެވެ. ނަމަވެސް އެހެން ކިޔުނީ އަދިވެސް ހިތްހަމަ ނުޖެހިފަ ހުރީމައެވެ.
“ރާއިންގެ މަންމައާއި ބައްޕަ ބުނާ ކޮންމެ ކަމެއްވެސް އަހަރެން ކޮށްދޭނަން، އަހަންނަށް ވެދިން އިހުސާންތެރިކަމުގެ ބަދަލު ނުދެވޭނެކަން އެނގޭތީ، ދައްތަގެ އެދުން ފުރިހަމަ ކޮށްދޭން ރާއިން އަހަންނަށް ފުރުސަތު ދޭންބޭނުންވަންޏާދީ، ނުދެންޏާ ރާއިން މަންމަ ގާތު ބުނޭ ތިމަންނަ ޒާޔާއާ ކައިވެނި ކުރާކަށް އެއްވެސް އިންޓްރެސްޓް އެއްނެތޭ….”
“އިންޓްރެސްޓް ނެތިގެންތަ ނީންނަން މިއުޅެނީ….” ރާއިންއަށް އެހެން ބުނެވުނީ އިޙުތިޔާރަކު ނޫނެވެ. ރާއިންގެ މޫނު ސަކަރާތްވިތަން ފެނިފައި ޒަޔާންގެ ތުންފަތް މައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. ޒާޔާއަށްވެސް ބަލަން އިނދެވުނީއެވެ.
“ސޯ ޒާ ކައިވެނި ކުރަން ތައްޔާރު، ރާއިން ކީކޭ ބުނަނީ…” ހަށަމްބަނދެލަމުން ލާނެއްފާޑަކަށް ހެވިފަހުރެ ޒަޔާން ބުނެލިއެވެ.
“ޒާ ބޭނުންގޮތެއް…” ކޮޓަރިން ނުކުންނަން ދަމުން ރާއިން އިއްވާލިއެވެ.
“ވަޓް އިޒް ޔުއަރ ޕްލޭން” ރާއިން ނުކުތުމުން ޒާޔާއަށް ބަލާލަމުން ޒަޔާން ސުވާލުކުރިއެވެ.
“އައިހޭވް ނޯ ޕްލޭން….” އެނދުގައި އިށިއިންނަމުން ޒާޔާ ބުނީ މަޑުމަޑުންނެވެ
“ދެން..” ޒަޔާން ހުރީ ވާނުވާ ނޭނގޭތީއެވެ. ޒާޔާވެސް ހަމައެހެން ތަކުރާރުކޮށްލިއެވެ
“އަހަރެން ހީކުރީ ޒާ ތިއުޅެނީ ރާއިން ތަޅުވާލަންކަމަށް، ހީކުރީ އެހެންވެގެންކަމަށް މާނޫންވެފަ ތިއުޅެނީ”
“ނޫން، ބޭނުން ރާއިންއާ ކައިވެނި ކުރަންވެސް، ލޯބިވެސްވޭ، އެކަމް އިތުބާރުކުރަން ޖެހިލުންވަނީ، ހިތަށް އަރަނީ ދެންވެސް ދައްތަ ހިތްހަމަނުޖެހޭ ކަމެއްވެގެން ވެސް ނޫނީ އެހެންގޮތަކުންވެސް، ރާއިންއަށް އެހާ އުނދަގޫ ކަމަކަށް ނުވާނެއޭ އަހަރެން ދޫކޮށްފަ ދާކަށް، ރާއިންއަށް އަހަރެން މިއީ އެހާ މުހިންމު މީހެއް ނޫނޭ، އެހެންވެ މަޢާފް ކުރަން ބޭނުން ނުވަނީ، ޓްރަސްޓް ކުރަން ފަސްޖެހެނީ” ޒާޔާވާހަކަ ދެއްކީ އިސްޖެހިފަ އިނދެއެވެ. އެއަޑުގައިވި މޮޅިވެރިކަމުންވެސް އެހިތުގައި އުފެދިފައިވި ބިރު ޒަޔާންއަށް އިހުސާސްވިއެވެ. އިތުބާރު ގެއްލުނީ ރާއިން ކަންތައް ކުރިގޮތުންނެވެ. ނަމަވެސް މިފަހަރު ރާއިން ޒާޔާ ދޫކޮށްފަ ނުދާނެކަމުގެ އިތުބާރު އޭނައަށް ކުރެވެއެވެ. އެކަމަކު އެއިތުބާރު ޒާޔާއަށް ޖެހޭނީ ރާއިންގެ މަސައްކަތުން އަނބުރާ ހޯދަދޭށެވެ.
އިރުކޮޅަކުން އެކޮޓަރިއަށް ވަދެގެން އައީ ނޫރާއާއި އާޔަން އަދި ނާޔާއެވެ. އެމީހުންފަހަތުން ސަނާއާއި ޔާނާވެސް ވަނެވެ. ނޫރާ އައިގޮތަށް ފަހަރީއޭ ކިޔައިފަ ޒާޔާ ގައިގައި ބައްދާލިއެވެ. އެއާއެކު އެންމެންގެ ހުނުމުގެ އަޑުވެސް އިވިގެން ދިޔައެވެ. “ރެންބެ އާންޓްގާތުގަ މެރީކުރަން އޯކޭއޭ ބުނެފި، ގެސް ވަޓް، ޔޫއާ ގެޓިންގް މެރީޑް ނެކްސްޓް މަންތް، ވާއު، އަނެއްކާވެސް ވެޑިންގް ސެރެމަނީއެއް” ނޫރާ ޒާޔާއަށް އެޙަބަރުދިނީވެސް ޒާޔާގައިން ދޫނުކޮށް ހުރެއެވެ.
އެންމެން ޒާޔާގެ ކައިރިއަށް ވަށައިގެން ޖެހުމުން ޒަޔާން ޔާނާގެ އުނަގަނޑުގައި ހިފާ ކައިރިއަށް ޖެހިލިއެވެ. ސިހިފައި ޔާނާއަށް ޒަޔާންގެ މޫނަށް ބަލާލެވުނެވެ.
“ވިސްނައިފިންތަ،” ޔާނާގެ ކަންފަތްކައިރީ ސިއްރުން ޒަޔާން އަހާލިއެވެ.
“ވިސްނާވަރުގެ ކަމެއް ޒަޔާން ޖެއްސިންތަ” ޒަޔާންގެ އަތް ދުރުކޮށްލަމުން ޔާނާ ޖަވާބުދިނެވެ. ޒަޔާންއަށް ހެވުނެވެ.
“އެހާގިނަ ވަގުތެއް ނުދެވޭނެ އިނގޭ” އެއްލޯ މަރާލަމުން ޒަޔާން އެހެން ބުނުމަށްފަހު އެހެންމީހުން ގާތުގައި އެނދުގައި އިށިއިނެވެ. އެންމެންވެސް ދައްކަމުން ދިޔައީ ޒަޔާން ރާއިންއަށް ދިން ލަނޑުގެ ވާހަކައެވެ. ގޭތެރޭގައި މިއަދު އެދެމީހުންގެ މެދުގައި ހިނގި ދެބަސްވުމުގެ ވާހަކައެވެ. ނޫރާ ހީހީފައި އެވާހަކަ ކިޔައިދިނުމުން ޒާޔާއަށްވެސް ހެވުނެވެ.
“ދެން ޒަޔާން އެކަނި މިހާރު ހުރީ…” ސަނާ އެންމެ ފަހުން ޒަޔާންއަށް ބަލާލަމުން ބުނެލިއެވެ. ޒަޔާން އެއްޗެކޭ ނުބުނެ ޔާނާއަށް ސިއްރުން ބަލައިލަމުން ހިނިގަނޑަކުން ފުއްދާލިއެވެ.
“ދޮންބެދައްތަމެން ކޮންއިރަކުންތަ ފުރަނީ، ހިޔެއްނުވޭ އާންޓް ދެން އެހާގިނަ ދުވަހު މަޑުކުރަން ބޭނުންވާނެހެނެއް، އަނެއްކާ ޒާ ގެއްލެންވާއިރަށް އަވަހަށް ރެންބެއާ ޒާގެ ކައިވެނި ކުރުވަން އެއުޅެނީ.. ހެެހެހެ” ޒާޔާއާ ދިމާކުރަމުން ނޫރާ އަހާލިއެވެ.
“މާދަމާ ރޭގަނޑު ފުރަނީ، ޔާނާވެސް މާދަމާ ހަވީރު ފުރާދޯ…. ދެން ތިއެންމެން އަންނަން ޖެހޭނީ މާލެއަށް…” ސަނާގެ ވާހަކައިން ޔާނާ ފުރަން އުޅޭކަން އެނގުމުން ޒަޔާން އެހާ ހިތްހަމައެއް ނުޖެހުނެވެ. އޭނަގާތުގަ ބުނެވެސް ނުލާ ފުރަން ހަމަޖެއްސީއެވެ. ނޫނީ ޔާނާ އޭނައާ ގުޅެން ބޭނުން ނުވާތީހެއްޔެވެ؟ އެންމެން ވާހަކަ ދައްކަންތިބިއިރު ޒަޔާން އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ޔާނާއަށް ބަލާލެވުނީ ޒަޔާންއާ ދިމާއަށެވެ. އޭނަ ކުއްލިއަކަށް ނުކުމެގެން އެދިޔައީ ކީއްވެގެންބާއޭ ހިތާހިތުން ކިޔާލިއެވެ.
އެރޭ ކޮންމެމީހަކުވެސް ނިދީ ހަމަޖެހިލައިގެން ތިބެއެވެ. ނަމަވެސް ޔާނާގެ ހިތްވަނީ މާޔޫސްވެފައެވެ. ޒަޔާންގާތުގައި ފުރާވާހަކަ ދައްކަން އޭނަ ބޭނުމެވެ. އޭނަ ހުރީ މިއަދު އެވާހަކަ ބުނާށެވެ. ނަމަވެސް ކަންތައްވީގޮތުން ބުނާނެ ފުރުސަތެއް ނުލިބުނީއެވެ. ޒަޔާންއަށް އެކަން ސަނާގެފަރާތުން އެނގުމުން ހުރީ ހިތްހަމަ ނުޖެހިފައޭ އޭނަގެ ހިތްބުނަމުންދިޔައެވެ. އެންމެ ފަހުން ނޯވެވިގެން ޒަޔާންއަށް ގުޅިއެވެ. ދެފަހަރު ގުޅުމުންވެސް ފޯނު ނުނެގުމުން ފޫހިވެފައި އެނދުމައްޗަށް ފޯނު އެއްލާލިއެވެ. ނިދުނީވެސް ރުޅިމޫނުހަދައިގެން އޮވެއެވެ.
*******************
“ދެން ހަމަދަނީތަ…. އަހަރެންގެ ވެޑިންގްގައިވެސް ބައިވެރި ނުވާނަންތަ، މާލެދާންވީނުން އަހަރުންނާއެކު” ރާއިންއާއި ޔާނާތިބީ ކާމޭޒުކައިރީގައެވެ. ދެމީހުންވެސް ތިބީ ހެނދުނު ސައިގެ ކުރިން ކޮފީއެއް ބޯލުމަށެވެ. “ދެން އަބަދަކު މިހެން ނުހުރެވޭނެއްނު، ދާގޮތަށް ވެޑިންގ ނުވެސް ބޭއްވޭނެއްނު، ވެޑިންއަށް އަހަރެން ދާނަމޭ” ކޮފީފޮދެއް ބޯލަމުން ޔާނާ ބުނެލިއެވެ. ކިތަންމެ ދާން ބޭނުން ނުވިޔަސް ޔާނާގެ ބައްޕަ ގުޅާފައި އަންނަން ބުނުމުން ދާންޖެހުނީއެވެ. އޮފީހަށްދާން ރެޑީވެގެން ޒަޔާން އަންނަތަން ފެނުނީ އެވަގުތުއެވެ. ޒަޔާން ފެނުމުންވެސް އެމޫނު އުޖާލާވިއެވެ.
“ޒެން އާދޭ ކޮފީބޯން… ހާދައަވަހަކަށް އޮފީހަށް ތިދަނީ” ރާއިން ދައުވަތުދިނެވެ.
“ނޯތެންކްސް، އޯލްރެޑީ ގެޓިންގ ލޭޓް، ހިޔެއް ނުވޭ މިއަދު އަވަހަށްއޮފީހުން ސަލާމަތްވާނެހެނެއް، އެކަމް އާންޓްމެން ފުރަންވާއިރު އާދެވޭތޯ ބަލާނަން” ޒަޔާން ޔާނާއަށް ބަލާލަމުން ޖަވާބުދިނެވެ. ޔާނާ އިނީ ޒަޔާން އެގޮތަށް ބުނުމުން ދެރަވެފައެވެ. އޭނަ ފުރާއިރުވެސް ނާދެވޭނެއޭ ބުނުމުން ހިތްހަމަނުޖެހިފައެވެ. ނަމަވެސް އެއްޗެކޭ ބުނަން ނުކެރިފައިނީ ރާއިން އެތާގައި އިނީމައެވެ. ނޫންނަމަ ޝަކުވާ ކުރެވޭނެކަން ގައިމެވެ. ޔާނާދެރަވެފަ އިންތަން ފެނިފަވެސް، ލަސްވަނީކަމަށްބުނެ އަޅާނުލާ ޒަޔާން ނުކުތެވެ. ޒަޔާން ނުކުތުމުން ޔާނާވެސް އިތުރަށް މަޑުނުކޮށް ކޮފީތަށި ހިފައިގެން ވަނީ ކޮޓަރިއަށެވެ. ހަގީގަތުގައި ޒަޔާން އެކަކަށްވުރެވެސް ކުރިން އޮފީހަށްދިޔައީ އަވަހަށް ހުރިހާ މަސައްކަތެއް ކޮށްނިންމާފައި ޔާނާ ފުރަންދާންވާއިރު އަންނަންވެގެނެވެ. ޔާނާ ގުޅާފައި އޮތްތަން ފެނިފަވެސް ނުގުޅަ މަޑުކުރީ އައިސްފަ ވާހަކަ ދައްކަންވެގެނެވެ.
ޔާނާގެ އެއްޗެހި ޕެކްކުރުމުގައި އެހީތެރިވާން ސަނާއާއި ޒާޔާއުޅުނެވެ. ޒަޔާންގެ ހިޔާލުތަކުން ސިކުނޑިހުސްކޮށްލަން ލިބުނު ފުރުސަތަކަށް މިކަންވެގެން ދިޔައެވެ. ދޭތެރެއަކުން ޔަޝްރާވެސް އެމީހުންކައިރިއަށް އާދެއެވެ. މެންދުރުވިއިރު ޒަޔާންވެސް ގެއަށް އައިސްފިއެވެ. ޔާނާއިންތިޒާރު ކޮށްގެންހުރީ ޒަޔާންއާ ވާހަކަދެއްކޭނެ ވަގުތަކަށެވެ. ނަމަވެސް ޒަޔާންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެހެން ކަންތައްގަނޑެކެވެ. ގެއަށް އައިތަނުން ޒާޔާވެސް ޔާނާ ފުރުވަން އެއަރޕޯޓަށް ދާކަން އެނގުމުން އޭނަގެ ސިކުނޑީގައި މޮޅު ހިޔާލެއް ރާވާލިއެވެ.
އެންމެންނާއި ސަލާމްކުރުމަށްފަހު ޔާނާ ކާރަށް އެރިއެވެ. އޭނަގެ ފަހަތުން ޒާޔާވެސް އެރިއެވެ. އޭރު ޑްރައިވަރު ސީޓުގައި ޒަޔާން އިނެވެ. ރާއިން ކާރަށް އެރުމުން ޒަޔާން ކޮންމެވެސް އެއްޗެކޭ ސިއްރުން ކިޔާފައި ދެމީހުން ކާރުން ފޭބިއެވެ. ދެން ފެނުނީ ޑްރައިވިންގ ސީޓުގައި ރާއިން އިށިއިންތަނެވެ. ޔާނާ ޒަޔާންއަށް އަރާނެ އިރަކަށް ބަލަހައްޓައިގެން އިންދާ ރާއިން ކާރު ދުއްވާލިއެވެ. ޒަޔާން އޭނަ ފުރުވަންވެސް ނައުމުން ޝަކުވާތައް އިތުރުވެގެން ދިޔައެވެ.
“ސޮރީ، ރާއިންއަށް ޒާ ކޮންވިންސް ކުރަން ފުރުސަތެއް ދޭންވެގެން” ކުޑައިރުކޮޅަކުން ލިބުނީ މެސެޖެކެވެ.
“އިޓްސް އޯކޭ، އައި ނޯވ” ޝަކުވާތައް ހިތުގައި ފުނިޖެހެމުން ދިޔައިރުވެސް ޔާނާ ވިސްނީ ޒަޔާންގެ ހިތްހަމަޖެހުމާ ދޭތެރޭގައެވެ. އޭނައަށް ޝަކުވާ ކުރުމުގެ ހައްޤުއޮތްކަމަށް ގަބޫލުވެސް ނުކުރެވޭތީއެވެ.
***********************
ގެއަށް އައި މަގުމަތީގައި ރާއިން ޒާޔާއާ ކިތަންމެ ވާހަކަ ދައްކަން ބޭނުންވިކަމުގައިވިނަމަވެސް އެހިތްވަރެއް އޭނައަކަށް ނުކުރެވުނުނެވެ. ގެއަށް އަންނަންދަކަށްވެސް އޭނަ އިނީ ބޭރު ބަލަހައްޓައިގެނެވެ.
**********************
އެއްމަސްފާއިތުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. މިރޭ މިއީ ޒާޔާއާއި ރާއިންގެ ކައިވެނި ކުރެވޭ ރެއެވެ. ނަމަވެސް ފާއިތުވެދިޔަ އެއްމަސްދުވަސްތެރޭގައި ދެމީހުންކުރެ އެކަކު އަގައިންވެސް ބުނެފަ ނުވެއެވެ. ދެމީހުންވެސް މަސައްކަތް ކުރަމުން ދިޔައީ އެކަކު އަނެކަކުގެ ކުރިމައްޗަށް ނާރަވޭތޯއެވެ. ސަލްމާ ޒާޔާއާ ދޭތެރޭ ދަރިއެއްފަދައިން ކަންތައްކުރާތަންފެނިފައި ރާއިންގެ ހިތަށް ހަމަޖެހުމެއް ލިބެއެވެ. ނަމަވެސް ހިތަށް ހުސްކަމެއް އިހުސާސްވެގެންދަނީ ޒާޔާގެ ހިތުގައި ދެން އަލުން އޭނަގެ ލޯތްބަށް ފުރުސަތެއް ނުލިބޭނެއޭ ހިތާއެވެ.
ކައިވެނިކުރާ ވަގުތު ޖެހެމުން އައިވަރަކަށް ޒާޔާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. ވޭތުވެދިޔަ ހުރިހާދުވަހެއް ރާއިންއާއި ވާހަކަ ނުދައްކާ އުޅުނަސް ރާއިންއާއި ކުރިމަތިލާންވީ ވަގުތު ޖެހެމުން އަންނާތީއެވެ. ބަހަނާއެއް ދައްކާފަވެސް މިރޭ ފިލަންދާނެ ގޮތެއް ނޯންނާނެއެވެ. ރާއިން ކަންތައް ކުރާނެ ގޮތެއް ނޭގޭތީވެ އެކަމާވެސް ހުރީ ހާސްވެފައެވެ.
“ޑޯންޓްބީ ޓޫ ނާރވަސް ގާރްލް، ހެޕީވެބަ، އިޓްސް ޔުއަރ ބިގް ޑޭ” ކައިވެނީގެ ހަފްލާއަށް ޒާޔާ ތައްޔާރުކޮށްދޭތަނުގައި ހުރެފައި ނޫރާ ބުނެލިއެވެ. އެހެންމީހުން ދިމާކުރަމުން ދިޔައިރުވެސް އެއްޗެކޭ ނުބުނެ ޒާޔާއިނީއެވެ. އެތަނުގައި ޔާނާއާއި ސަނާވެސް ތިއްބެވެ.
“ޒާ ވައި އާރ ޔޫ އަޕްސެޓް،” ތައްޔާރުވެނިމުނުއިރު ޒާޔާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނުމުން ނޫރާ އަހާލިއެވެ. ނަމަވެސް ޒާޔާއަކަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އޭނަގެ ލޯފެންކަޅިވެގެން އައިތަން ފެނިފައި ނޫރާ ޔާނާއަށް ބަލާލިއެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލައިފަވެސް ޒާޔާއަށް ބުނާނެ އެއްޗެއް ނޭނގުމުން ހުއްޓާލިއެވެ.
“ޒާ ކިހިނެތްވީތަ؟، ރާއިންއާ މެރީ ކުރަން ބޭނުން ނޫނީތަ؟” ޔާނާ އޭނައަށް ވިސްނުނުގޮތަށް ބުނެލިއެވެ. ދެފަރާތަށް ބޯހޫރާލުން ފިޔަވައި އިތުރު ކަމެއް އޭނައަކަށް ނުކުރެވުނެވެ. އެންމެންވެސް ތިބީ ޒާޔާއަށް ވެގެން އުޅޭގޮތެއް ނުވިސްނިފައެވެ.
“ރާއިންގެންނަންތަ…” ސަނާ އަހާލިއެވެ. މިފަހަރުވެސް ޒާޔާ ޖަވާބުދިނީ ބޮލުގެ އިޝާރާތުންނެވެ. އިތުރަށް ކެތް ނުވުމުން އެންމެފަހުން އޭނައަށް ރޮވެން ފެށުނެވެ. ކަރުނަތައް ހިފަހައްޓަން މަސައްކަތް ކުރިނަމަވެސް އިތުރަށް އޭގެ މަގާމު ދޫވީއެވެ.
“ހޭ… ހުއްޓާލަބަ، ދިސްއިޒް ނޮޓް ޓައިމް ޓްކްރައި، މޭކްއަޕް ވެސް ހަޑިވާނީ، ވަޓް އިޒް އިޓް…” ޔާނާ ޒާޔާގެމޫނުގައި މަޑުމަޑުން ޓިޝޫ ޖައްސާލަދެމުން ނުރުއިމަށް އެދުނެވެ.
“ޕާރޓް އޮފް މީ އިޒް ހެޕީ ދެޓް ވީއާގެޓިން މެރީޑް، އެން އަނެއްކޮޅުން ވިސްނެނީ ރާއިން….، ރާއިން….، އެމް އެފްރެއިޑް ޓް ޓްރަސްޓް ހިމް، ހިތަށް އަރަނީ….”
“ތިގޮތަށް ނުވިސްނަބަ، ހީއިޒް ނޮޓް ގޮއިންގެ ޓްލީވްޔޫ،” ޔާނާ ޒާޔާއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. ނަމަވެސް ދެންވެސް ޒާޔާއަށް ކުރެވުނު ކަމަކީ ރުއިމެވެ.
***************
“ރާއިން ތިހާވަރަށް ހާސްނުވެބަ، އިޓްސް އޯލް ގޮއިންގް ޓްބީ އޯކޭ” ޒަޔާން ހުރީ ރާއިންގެ ކޮޓަރީގައެވެ.
“އިޓްސް ނޮޓް ވަޓްޔޫތިންކް، ޒާ އަދިވެސް އަހަންނަކަށް މާފެއް ނުކުރޭ، އެން ވީއާ ގެޓިންގ މެރީޑް، އޮކްވާރޑް އެއްނޫންތަ، މިވީ ހުރިހަދުވަހު ވާހަކަވެސް ނުދައްކާ، ދެން މެރީ ކުރީމަ ވަކި މާފުކުރާނެތަ، އައި ޖަސް ކޭންޓް ޑޫއިޓް” ތައްޔާރުވެގެން އެނދުގައި އިށިއިނދެލައިގެން އިން ރާއިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ.
“ޒާ މާފުކުރާނެއޭ، ވެދާނެއްނު މިހާރުވެސް މާފުކޮށްފިކަމަށް، އެކަމް އެކަން އަނގަން ބޭނުން ނުވަނީކަމަށް”
އެމީހުންގެ ވާހަކަތަކަށް ހުއްޓުމެއް އައީ ޝާން އެކޮޓަރިއަށް އައިސް ތިރިއަށް ފައިބަން ބުނުމުންނެވެ. ޝާންގެފަހަތުން އެދެމީހުން ތިރިއަށްދާން ކޮޓަރިން ނުކުތެވެ. ކޮރިޑޯއިން ހިނގާފައިދަމުން ޒާޔާގެ ކޮޓަރިއާ ހަމައަށް އަރާފައި ރާއިން ހުއްޓުނެވެ. އޭނަބޭނުންވީ ކައިވެނީގެހެދުމުގައި ޒާޔާ އެހެންމީހުންގެ ކުރިމައްޗަށް ނުކުތުމުގެ ކުރިން ދެކިލުމަށެވެ. ޒަޔާންގާތުގައި އެހެންބުނުމުން ޝާންއާއި ދެމީހުން އެއްކޮން ހޭންފެށިއެވެ. ޒަޔާން ހެމުން އަވަސްއަވަހަށް އެކޮޓަރީގެ ދޮރު ރާއިންއަށް ހުޅުވާލަދީފައި އަތުގެ އިޝާރާތުން ވަނުމަށް އެދުނެވެ. އޭރު ޒާޔާ ރުއިމުގެ ސަބަބުން މޭކަޕް ހަޑިވެފައި ހުރުމުން ސެލޫނުން އައިސްތިބި ކުދިން ޒާޔާގެ މޭކަޕް ރަނގަޅުކުރުމަށްފަހު ބުރުގާ ރީތިކޮށްދެން ތިއްބެވެ. ރާއިން އެތަނަށްވަނުމުން އެމީހުންވެސް އަވަސްކޮށްލާފައި އެކޮޓަރިން ނުކުތެވެ. ޒާޔާގެ އިތުރުން އޭރު އެތާގައި ތިބީ ނޫރާއާއި ޔާނާއެކަންޏެވެ. މީހަކު ނުބުނިކަމުގައިވިނަމަވެސް ޒާޔާގެ މޫނަށް ބަލާލުމުން އޭނަ ހުރީ ރޮއިފަކަން ރާއިންއަށް އެނގުނެވެ. އެލޮލުގައިވި ކަރުނަތަކާއެކުވެސް އެރީތިކަމަށް ފަނޑުކަމެއް ނާދެއެވެ. ހުދުކުލައިގެ ކައިވެނީގެ ބޮޑުހެދުމުގައި ޒާޔާ ހުރިއިރު ރާއިން އޭނައަށް ތައުރީފް ކޮށްލަން ބޭނުންވިއެވެ. ތައުރީފް ކުރުމުން އެމޫނަށް ވެރިވާ ލަދުވެތިކަން ބަލައިލަން ބޭނުންވިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުކޮށް ހުރިތާ ހުރެވުނީއެވެ. ރާއިން ބަލަހައްޓައިގެން ހުރުމުން ޒާޔާ އިސްޖަހާލިއެވެ. އަދި އަވަހަށް އަނެއްފަރާތަށް އެނބުރުނެވެ.
“ބޭނުމެއްނޫން އެއްވެސް ވާހަކައެއް ދައްކާކަށް” ރާއިންއަށް ފުރަގަސްދެމުން ޒާޔާ ބުނެލިއެވެ. އެހާހިތްވަރެއް މިއަދު ލިބުނީ ކިހިނެތްބާއޭވެސް ހިތަށްއެރިއެވެ. އެދެމެދަށް ވެރިވެފައިވާ ދުރުކަން ރާއިންއަށް އިހުސާސްކުރެވުނީ ޒާޔާގެ އެއަމަލުންނެވެ.
“ޖަސް ވޯންޓެޑް ޓްސީޔޫ” އިރުކޮޅަކު ހުރުމަށްފަހު ރާއިން ބުނެލިއެވެ. “ޒާ މިކައިވެނި ކުރަން ބޭނުންނުވަންޏާ އަދިވެސް މިކައިވެނި ހުއްޓުވަން ވަގުތު އެބެއް، ޒާއަށް އެއްވެސް މަޖބޫރުކަމެއް ނެތް، އަހަރެން ބޭނުންވަނީ ޒާ ބޭނުންވެގެން ހިތްހަމަ ޖެހިގެން ކުރާ ކަމަކަށް މިކައިވެނި ވާން” އައި ކޮޅަށް ހިނގައިގަންނަމުން ރާއިން އިތުރުކޮށްލިއެވެ. ޖީބަށް އަތްޖަހަލައިގެން ހުރެ ރާއިން އެކޮޓަރިން ނުކުތީ އެންމެފަހަރަކުވެސް ޒާ ގޮވާލާނަމައޭ ހިތާހިތާ ކިޔާލަމުންނެވެ.
ކައިވެނިކޮށްދޭން ތައްޔާރުކުރެވިފައިވާ މޭޒުކައިރީގައި ރާއިން އިށިއިނދެގެން އިނެވެ. ކުޑައިރުކޮޅެއްފަހުން ޒާޔާވެސް ރާއިންއާ ޖެހިގެން އިންގޮނޑީގައި އިށިއިނެވެ. ކައިވެނީގެ މަޖްލިސް ފެށިގެން ދިއުމުން ޒާޔާގެ ހާސްކަން އިތުރުވުންނޫންކަމެއް ނުވިއެވެ.
މީހުންތަކުތެރޭގައި ހުރި ޒަޔާން ޔާނާގެ އަތުގައި ހިފާލިއެވެ. ސިހިފައި ޔާނާ ޒަޔާންއާދިމާއަށް ބަލައިލިކަމުގައިވިނަމަވެސް ޒަޔާންގެ ނަޒަރު ހުއްޓިފައިހުރީ ރާއިންއާ ދިމާއަށެވެ. ޒަޔާންގެ އަތުގެތެރެއިން އަތްދުރުކުރަން އުޅުނުކަމުގައިވިނަމަވެސް ޒަޔާން އެފުރުސަތެއް ނުދިނެވެ. ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެން އޭނަ ހުރީއެވެ. ޔާނާވެސް އެންމެފަހުން ޒަޔާންއަށް ދޫކޮށްގެން ހުރީއެވެ. ޒަޔާންގެ އެހިނިތުންވުމުން މިއަދު އޭނަގެ ހިތަށް ހަމަޖެހުމެއް ގެނެސްދީފިއެވެ.
އަނބިގަބޫލުކޮށްފީމޭ ރާއިންގެ ދުލުން ބުނި ހިނދުންފެށިގެން ޒާޔާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެފައި ވިއެވެ. ކައިވެނީގެ ޕާޓީފެށިގެން ދިޔައިރުވެސް އެހިނިތުންވުމަކަށް ބަދަލެއް ނާދެއެވެ. އެދެމަފިރިންނަށް ޙާއްސަ ކުރެވިފައިވާ ކުޑަ ސްޓޭޖުގައި ތިބިއިރު އެންމެންގެ ތައުރީފުތައް އޮހެމުންދިޔައެވެ. ފަހަރަކު މީހަކު އައިސް ތަހުނިޔާ ކިޔަމުންދިޔައިރު ޒަޔާންގެ މޫނުމަތީގައިވީ އެހެން ކުލަވަރެކެވެ. އެތުންފަތުގައި ހިނިތުންވުމެއް ވީއިރު ލޮލުގައި ކަރުނަވިއެވެ. ޔާނާ ހުރީ އެކަން ތަރުޖަމާ ނުކުރެވިފައެވެ. ޒަޔާން އެހުރީ އުފަލުން ހެއްޔެވެ؟ ނޫނީ ދެރަވެފަހެއްޔެވެ؟ ކުޑައިރުކޮޅަކު އެހެން ހުރުމަށްފަހު ޒަޔާން ޔާނާއަށް ބަލާލިއެވެ. ޔާނާގެ އަތުގައި ހިފައިގެން ރާއިންމެން ގާތަށް ހިނގައިގެތެވެ. އޭރު އެތާގައި ޔަޝްރާގެ ދެމަފރިންވެސް ތިއްބެވެ.
“ޒާ….. އައިވޯންޓް ޔޫ ޓް މީޓް ސަމްވަން” އެތަނާ އަރާހަމަވަމުން ޒަޔާން ބުނެލިއެވެ. އެއަށްފަހު އަނެއްކާވެސް ޔާނާއަށް ބަލައިލިއެވެ. ޔާނާގެ އުނަގަނޑުގައި އަތްއަޅުވާލަމުން ޒަޔާން ބުނެލިއެވެ.
“މީޓް އަހަރެންގެ ވާން އުޅޭ އަންހެނުން…. ޔާނާ” ޒަޔާންގެ މިޖުމުލައިން އެންމެންނަށް ހައިރާންކަން ލިބިގެން ދިޔައެވެ. ކައިރީގައި ހުރި ޔަޝްރާވެސް ހުރީ ދަރިފުޅުގެ ބަހަށް ޔަގީން ނުކުރެވިފައެވެ. ކަންތައް ދިމާވިގޮތުން އެކަކުވެސް އޮތީ އެވާހަކަ ނުދައްކައެވެ.
“އަހަރެން ބުނީމެއްނު ޒާއަށް ރާއިން ލިބޭނެދުވަސް އެއީ އަހަރެން ދިރިއުޅުމަކައިގެން ކުރިއަށް ދާނެ ދުވަހޭ، އައި ތިންކް މިއީކަންނޭގެ ޒާގެ ވެޑިންގ ގިފްޓެއްގެ ގޮތުގަ ދެވޭނެ އެންމެ ބޮޑު އެއްޗަކީ….”
“އެމް ސޯ ހެޕީ ފޯޔޫ……” ޔާނާއާ ސަލާމް ކޮށްލަމުން ޒާޔާ ބުނެލިއެވެ.
“ކޮންގްރެޓްސް ބްރޯ…” ރާއިންވެސް އިތުރުކޮށްލިއެވެ.
***************************************
“އަހަރެންކައިރީ ނުވެސްބުނެ އެންމެންގެ ކުރިމަތީ އެހެންބުނަންވޭތަ” ޓެރަސްއަށް އެރިގޮތަށް ޔާނާ ޝަކުވާކުރިއެވެ.
“އައި ގޭވްޔޫ އިނަފް ޓައިމް….” ރެއިލިންގް ގައި ދެއަތް އަޅުވާލަމުން ހީލާފައި ޒަޔާން ބުންޏެވެ.
“ޒަޔާން ފަހުން އެވާހަކަ ނުވެސް ދައްކާ، އަހަރެން އެނބުރި ދިޔަފަހުންވެސް އެވާހަކަ ނުދައްކާ، އަހަރެން މަޑުކުރީ ޒަޔާން އެވާހަކަ ދައްކާނެ އިރަކަށް…..” އިސް ޖަހައިގެން ހުރި ޔާނާބުނެލިއެވެ. “އޯކޭ” އޭބުނަމުން ޒަޔާން ޔާނާއާވީފަރާތަށް އެނބުރުނެވެ.
ޔާނާއަށް ހައިރާންކަން ލިބިގެންދިޔައީ ޒަޔާން، ތިރީގައި ކުޑަކަކޫ ޖަހާ އިށީއިނުމުންނެވެ. އަދި އެއަށްފަހު ޖީބުން ނެގި ކުޑަ އަނގޮޓި ދިއްކޮށްލަމުން އޭނައާ އިންނާނަންތޯ އަހާލުމުންނެވެ.
“ވިލް ޔޫ މެރީމީ ޔާން” އަނގަމަތީގައި ދެއަތްއަޅާލައިގެން ހައިރާންވެފައި ހުރި ޔާނާއަށް ދެވަނަފަހަރަށް ޒަޔާން ސުވާލު ކޮށްލިއެވެ. އެވަގުތު އެލޮލަށް ޖަމާވި ކަރުނަ ދެކެފައި ޒަޔާންގެ ހިތްފިނިވިއެވެ. ޔާނާ އެހުރިގޮތަށް ހުންނަންފެށުމުން ޒަޔާން އެންމެފަހުން ތެދުވިއެވެ. ޔާނާގެ އަނގަމަތީގައި އަޅާލެވިފައިވާ އަތް މަޑުމަޑުން ނެގުމަށްފަހު ވާއަތުގެ ކަށިއިނގިލީގައި އެއަނގޮޓި އަޅުވައިދިނެވެ. ކަރުނަތަކަށް އިތުރަށް ބާރުނުފޯރުވޭނެކަން އެނގުމުން ޔާނާ އެނބުރުނީ އަނެއްފަރާތަށެވެ. “އައި ވޯންޓް މެރީޔޫ….އަހަންނާ އިންނާނަންތަ…..” ހާމައަށް އޮތް ޔާނާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލާފައި ޔާނާގައިގައި ފަހަތުން ބައްދާލަމުން ޒަޔާން އަހާލިއެވެ. މަޑުމަޑުން ޔާނާ ބޯޖަހާލީ އަގައިން ނުބުނެވުމުންވުމުންނެވެ. ޔާނާ ރޯތަންފެނިފައި ޒަޔާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނައަށް ހަނދާންވީ ޒާޔާގާތުގައި ކައިވެންޏަށް އެދުނުދުވަހުއެވެ. އެދުވަހު ޒާޔާ ރުއީ ދެރަވަގެންނެވެ. ނަމަވެސް މިއަދު ޔާނާގެ ލޮލުން އެފައިބާ ކަރުނައަކީ އުފާވެރިކަމުގެ ކަރުނައެވެ. ޒާޔާގެ ހިޔާލުތައް އިތުރަށް ސިކުނޑިއަށް ނުގެންނަންވެގެން ޔާނާ ކުރިމައްޗަށް އެރިއެވެ. އަދި ލޯބިން އެމޫނުގައި ދެއަތުންހިފައި ކަރުނަތައް ފޮހެދިނެވެ. ނިތުގައި ބޮސްދެމުން އެހަށިގަނޑުގައި ބައްދާލިއެވެ.
*********************************
ޕާޓީ ނިމުމުން ޒާޔާ ކޮޓަރިއަށް އައީ ސަނާއާ އެކުއެވެ. ސަނާ ކޮޓަރިން ނުކުތުމުން އޭނަ ހެދުމެއް ހިފައިގެން އެންމެފުރަތަމަވެސް ވަނީ ފާހާނައަށެވެ. މޫނުގައި ހުރި މޭކަޕްތައް ސާފުކުރުމަށްފަހު ފެންވަރާލިއެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުއްޓާ އޭނައަށް ރޮވުނީ ކޮންއިރަކުކަމެއް ނޭނގުނެވެ. މިރެއަކީ އޭނަ އުމުރުން 15 އަހަރުއްސުރެ އިންތިޒާރު ކުރަމުން އައި ރެއެވެ. ރާއިންއާއި އޭނަގެ ގުޅުމުގައި ކައިވެނީގެ ގޮށްޖެހިއްޖެއެވެ. ކަރުނަތައް ފޮހެލިއިރުގައި އެތުންފަތުގައި ހިނިތުންވުމެއް ވިއެވެ. އުފަލެއް އިހުސާސް ކުރެވުނުނަމަވެސް އެއުފާވެރިކަން ރާއިންއަށް ދައްކަން ބޭނުންނުވަނީއެވެ. ހިތުގައި އަދިވެސް އުފެދޭ ޝައްކެއްގެ ސަބަބުންނެވެ. އެއުފާވެރިކަމަށް އެޝައްކުވެރިވެފައިވާލެއް ބޮޑުކަމުންނެވެ.
ކޮޓަރިއަށްވަތް ރާއިން، ޒާޔާފެނިފައި ހައިރާންވިއެވެ. ޒާޔާހުރީ ކަޅުހެދުމެއް ލައިގެން ބުރުގާވެސް އަޅައިގެނެވެ. އެހާއަވަހަށް އޭނަ އެއްޗެހި ބަދަލުކުރާނެކަމަކަށް ރާއިން ފަހަރެއްގަވެސް ހިޔެއްނުކުރެއެވެ. އަދި އެވެސް ބުރުގާ އަޅައިގެނެވެ. ރާއިން ބަލަން ފެށުމުން ޒާޔާ އަނެއްފަރާތަށް އެނބުރުނެވެ. ނުބުނިކަމުގައިވިޔަސް އޭނަވަނީ ދުވަހަކު ނުވާވަރަށް ހާސްވެފައެވެ. ރުޅިވެރިކަން މޫނުމައްޗަށް ވެރިކުރަން އުޅެ އެކަމެއްވެސް ނުވިއެވެ. ކައިރިއަށް އައުމަށްފަހު ރާއިން ޒާޔާގައިގައި މަޑުމަޑުން ބައްދާލިއެވެ. ރާއިންގެ މިހަރަކާތުން ޒާޔާގެ ނޭވާފުންވެގެން ދިޔައެވެ.
ފުރަގަހުން ޒާޔާގައިގައި ބައްދައިލައިގެން ހުރި ރާއިން ކުރިއަށްވުރެވެސް ބޮޑަށް ޒާޔާ އޭނަގެ އަތުތެރޭގައި ބޮނޑިކޮށްލިއެވެ. ނޭވާ ހިފަހައްޓައިލައިގެން ހުރި ޒާޔާ ރާއިންއަށް ގޮވާލީ ރާއިންގެ ހޫނުނޭވާތައް ކަނދުރާއަށް އިހުސާސްވުމުންނެވެ. ރާއިންއަށް އޭނަ ދުރަށް ދާން ބޭނުންވާކަން އަންގައިދިނުމުގެ ގޮތުންނެވެ.
“އަހަންނަށް މިވަރުވެސް ހައްގުނޫނީތަ؟” ރާއިންގެ ސުވާލުން ޒާޔާ ހިތުގަޖެހުނެވެ.
“ރާއިންގެ ޙައްގެއް، އަހަރެންގެ ވާޖިބެއް، އަހަންނަށް އެނގޭ އެވަރު، ރާއިން އެދެފިނަމަ އަހަރެން ދެކޮޅެއް ނުހަދާނަން، އެކަމް އޭގެ މާނައެއްނޫން އަހަރެން ރާއިންއަށް މާފުކުރީއެކޭ” ވިސްނާލަމުން ޒާޔާ ޖަވާބުދިނެވެ. ރާއިންގެ ކުރިމަތީގައި އޭނަ ދެރަވިކަން ހާމަނުކުރުމަށެވެ.
“އަހަރެން ނޫޅެން ޒާއާ ކްލޯޒްވާކަށް، ޒާ ގަބޫލުވެގެން…. ޒާ އަހަންނަށް މާފްކުރިދުވަހަކުން އެހިސާބަށް ވިސްނާނީ، ޖަސް ލެޓްމީ ހޯލްޑްޔޫ ޓްނައިޓް، ވަރަށް ވަރަށް ދުވަސްވެއްޖެ ހަގްކޮށްލަން ބޭނުންވެފަ ހުންނަތާ، މިއަދު ވެޑިންގ ޑްރެސްގަ ހުރިއިރުވެސް ބޭނުންވި، ބޭނުންވި އެވަގުތު ތައުރީފްކޮށްލަންވެސް، ބަޓް…. ދެން އަޅާ ނުލާ، ވަރަށް ލޯބި މިއަދު….”
“ކީއްވެގެން އަޅާ ނުލާންވީ، ބުނަންތިއުޅެނީ އަހަރެންގެ ސަބަބުންނޭތަ ރާއިންއަށް އެފުރުސަތު ނުލިބުނީ، އެހާ ބޭނުންވެފަ ހުރިއްޔާ ކީއްވެގެންތަ ކައިވެނި ކުރަން ދެމިނެޓަށް ވެފަހުއްޓާ ކައިވެނި ހުއްޓުވަން ފުރުސަތު އެބައޮތޭ ބުނީ، އެއީވެސް އަހަރެންދެކެ ލޯބިވާތީދޯ، ބޭނުންވީ ދޯ އެގަޑީގަވެސް އަހަރެން ދެރަކޮށްލަން، އަހަރެން ގިލްޓީ ފީލް ކުރުވަން” ހުރިގޮތަށްހުރެ ޒާޔާ ޝަކުވާ ކޮށްލިއެވެ. އެއްޗެކޭ ބުނަންއުޅެފަވެސް ރާއިން ހިމޭންކަން އިހުތިޔާރުކުރީ ޒާޔާގެ ޝަކުވާ ނުހުއްޓޭނެކަން އެނގޭތީއެވެ.
ދެވަނަފަހަރަށް ޒާޔާގެ ގައިން ދޫކޮށްލަން އެދުމުން ރާއިން އޭނަ މިނިވަންކުރިއެވެ. ޒާޔާ ދެންހިނގައިގަތީ އެނދާ ދިމާއަށެވެ. ނަމަވެސް އެނދުގައި އޮށުއޮތުމުގެ ބަދަލުގައި ބާލީހެއް ނަގައިގެން ސޯފާއާ ދިމާއަށް ދާންފެށުމުން ރާއިން ގޮވާލިއެވެ.
“ބެޑްގަ ނިދާފާނަންތަ ޕްލީޒް… އަހަރެން އޮވެދާނަމޭ ސޯފާގަ”
“އަހަރެން ބޭނުމެއްނޫން…..” ޖަވާބު އިއްވާލުމަށްފަހު ޒާޔާ ސޯފާގައި ހަމަޖެހިލިއެވެ. ދެފަރާތަށް ބޯހޫރާލަމުން ރާއިންފާޚާނައަށް ވަނީ ޒާޔާގާތުން ކުރި ނުލިބޭނެކަން އެނގޭތީއެވެ. އެއްޗެހި ބަދަލުކޮށްގެން ނުކުތްއިރު ޒާޔާހުރީ ބެލްކަންޏަށް ނުކުމެވޭ ދޮރުހުޅުވައިލައިގެންނެވެ. ރާއިން ނުކުތްއަޑުއަހާފައި ޒާޔާބަލާލިއެވެ. ރާއިން މަޑުކޮށްލީ ޒާޔާ އެއްޗެކޭ ބުނަން އުޅޭހެން ހީވެފައެވެ. ކަންވީވެސް އެހެނެވެ. ޒާޔާ ގޮވާލާފައި އޭނަ ދައްކަންބޭނުން ވާހަކަތަކެއް އެބަހުރިކަމަށް ބުނެލިއެވެ.
“އަޑުއަހަން މިހުރީ…” ރާއިން އިއްވާލިއެވެ.
“އަހަރެން ބޭނުން ޖޮބަށްދާން، އަހަރެން ކޮންމެހެން ބޭނުމެއްނޫން ރާއިން އަހަންނަށް ޙަރަދު ކުރާކަށް، އަހަންނަށް އުޅޭވޭނެ، ރާއިންއަށް އިތުބާރުކުރަން އަހަރެން ޓައިމް ބޭނުން، އަހަންނަކަށް ނޭނގެ އެއީ ކިހާދުވަހެއްކަމެއް” ޒާޔާ ވާހަކަ ދެއްކީ ބޭރުބަލަހައްޓައިގެން ހުރެއެވެ.
“އަހަރެން ނެތިން ޒާ ކުރަންބޭނުންވާ އެއްވެސް ކަމަކަށް ޒާބޭނުން ޓައިމްއެއް ނަގާ، އަހަރެން އިންތިޒާރުކުރާނަން، އެއީ މުޅިއުމުރު ކަމުގައިވިނަމަވެސް، ޒާއަށް މިފަހަރު އެނގޭނެ އަހަރެން ޒާ ދޫކޮށް ނުލާނެކަން، ޒާ ބުނެބަ އަހަރެން ޒާގެ ޓްރަސްޓް ހޯދަން ކުރަންވީކަމެއް، ޒާބުނި ކޮންމެ ކަމެއް ކުރަން އަހަރެން މިހުރީ، ޒާ ބުނި ކޮންމެ ގޮތަކަށް އުޅެން މިހުރީ” ދޮރުގެ އަނެއްފަޅީގައި ލެނގިލަމުން ރާއިން ބުނެލިއެވެ.
“އަހަންނަކަށް ނޭނގެ ރާއިން ކުރަންވީ ކޮންކަމެއްކަމެއް….”
“އަހަންނާ އެއްވެސް ވަރަކަށް ފިޒިކަލް ނުވެ ރާއިންއަށް އުޅެވިދާނެތަ، މިހެންމިބުނީ ރާއިން ކުރިންބުނި އެއްޗަކުން” ވިސްނަން ހުރެފައި ޒާޔާ ސުވާލު ކޮށްލިއެވެ.
“ޒާ ހީކުރީ އަހަރެން ޒާއާ މެރީ ކުރީ ހަމައެކަނި އަހަރެންގެ ބެޑް ފަޅުފިލުވަން ކަމަށްތަ؟” ރާއިން ހިތްހަމަނުޖެހުނެވެ.
“ނޫން އެނގޭ ރާއިންގެ މަންމަ ބޭނުންވެގެންކަން….” ރާއިން ހިތަހަމަ ނުޖެހުނުތަން ފެނިފައިވެސް ޒާޔާ އެހެން ބުނެލީ ގަސްތުގައެވެ. ރާއިންއަށް އޭނައާ ދިމާއަށް ރުޅިއައިސްގެން އެއްޗެއް ބުނަން ކެރޭތޯއެވެ. ނަމަވެސް ބޭރުބަލަހައްޓައިގެން ހުރީއެވެ. ޒާޔާގެ މަގުސަދު އޭނައަށް އެނގުނީ ކަންނޭގެއެވެ.
“މަޑުކޮށްބަ” ޒާޔާ އެއްޗެކޭ ނުބުނެ ގިނައިރުވާންފެށުމުން ރާއިން ހިނގައިގަތްތަނާ ޒާޔާ ގޮވާލިއެވެ.
“ހަމައެންމެ ސުވާލެއް ކުރަންތަ؟ އަހަންނަށް ތެދަށް ޖަވާބުދޭނަންތަ؟” ކުރަން ބޭނުންވި ސުވާލުކުރުމުގެ ކުރިން އިތުރު ދެސުވާލު ޒާޔާކޮށްލިއެވެ.
“އަހާބަލަ….”
“އަހަރެންގެ ފަރާތުން ރާއިންގެ މަންމަ ހިތްހަމަނުޖެހޭ ކަމެއްފެނިގެން ނޫނީ އެހެންވެސް ގޮތަކުން އަހަރެން ދޫކޮށްލަން އެދެފިނަމަ ރާއިން އަހަރެން ވަރި ކުރާނަންތަ؟”
“ވަޓް އިޒް ރޯންގް ވިތްޔޫ ޒާ…. ކީއްވެގެންތަ ތިހެން ތިވިސްނަނީ، މަންމަ މަންމަ މަންމަ….. އެނޫން އެއްޗެއް ނެތީތަ ކިޔާނެ، މަންމައަށް ހަގީގަތް އެގުމަށްފަހު އަހަރެން ހުރީ މަންމައާ އެންމެންނާ ދެކޮޅަށްވެސް ޒާ ހޯދަންދާން، ޒާ އާ މެރީކުރަން، ޒާ އަހަންނާ ދިމާއަށް މާފުނުކުރާނަމޭ ބުނީމަ އެދުވަހު އިތުރަށް އަހަން ނުކެރުނީ، އަހަރެންގެ ކުށް އަހަންނަށް އިހުސާސްވާތީ، އެހާފަސޭހައިން މާފު ހައްޤުނޫންކަން އެނގޭތީ، އެކަމް ޒާ ހީކުރީ އަހަރެން ގިވައަޕް ކުރީއޭ، ނޫން، ބޭނުންވީ އެހެންވެސް ގޮތަކުން އެދުވަހު ޒާ އެތަނުން ގެންނަން، އެއީ ނުދަންނަމީހެއްގެ ގެއެއް، އަހަރެން ބޭނުން ނުވީ އެތާގަ ފައިޓް ކުރަން، އެހެންވެގެން އިތުރަށް މާފަށް ނޭދި މަންމަގެ ވާހަކަ ބުނީ، ޒާ އަށް ކުޑަކޮށްވެސް ނުވިސްނެނީތަ، ނޫނީ ގޮތްދޫނުކުރަންތަ ތިހުންނަނީ،އެން ޔެސް އަހަރެން ބޭނުންވޭ ޒާއަށް، ނުބުންޏަސް އެނގޭ ޒާއަކަށް އަހަރެން ހުއްޓުވާކަށް ނުކެރޭނެކަން، އަހަރެން ކޮންމެ ކަމެއް ކުރިޔަސް، އައިވޯންޓ ކިސް ޔޫ ހޯލްޑް ޔޫ އެން މަޗް މޯރ ޔޫ ކާންޓް އީވެން ތިންކް އެބައުޓް، އެކަމް އަހަރެން ނެތިން އެއިން އެއްވެސް ކަމެއް ކުރާކަށް، ކައިވެނި ކުރުމުގެ ކުރިންވެސް އެނގޭ ޒާ ތިގޮތަށް އެދޭނެކަން، އެކަމް އޭރުވެސް އަހަރެންގެ ހިތުގަ އޮތް ޒާ އަހަންނަށް މާފް ކުރުމުގެ ކުރިން އެކަހަލަ އެއްވެސް ކަމަކާ ނުވިސްނާނަންކަން……. ޔޫ ނޯ ފޮގެޓް އިޓް، ޒާ އަކަށް މިހާރު އެކައްޗެއްވެސް އަންޑަސްޓޭންޑެއް ނުވާނެ، އެއަށްވުރެ ޒާ ޗޭންޖް ވެފަ ތިހުރީ، ޖަސް ފޮގެޓް އިޓް، ޒާ އާ ފައިޓް ކުރަން ބޭނުންނުވަނީ އެޗޭންޖް ގެނަ މީހަކީ އަހަރެން ކަމަށްވާތީ، އެކަން ރަނގަޅު ކުރާނެގޮތެއް އަހަންނަށް ނުވިސްނޭތީ” ބާރަށް އެއްޗެކޭ ނުބުނި ކަމުގައިވިނމަވެސް އެއަޑުގައިވި ހިތްހަމަނުޖެހުން ފާހަގަވިއެވެ. ކޮޓަރިންނުކުންނަން ހިނގައިގަތީ ކަންތައް ބޮޑުކުރަން ބޭނުން ނުވާތީއެވެ.
“އެން ވަން މޯތިންގ، އަހަރެން ދުވަހަކުވެސް ޒާ ވަރިއެއް ނުކުރާނަން، ޒާ ދިޔަކަވެސް ނުދޭނަން، އިންޝާﷲ މަރުވަންދެންވެސް ޒާ ހުންނާނީ އަހަރެންގެ އަންބެއްގެ ގޮތުގަ، ހަމައެކަނި އަހަރެންގެ ހައްގެއްގޮތުގަ…” ދޮރާހަމައަށް އަރާފައި އަނެއްކާ ރާއިން ބުނެލިއެވެ. އައިސްފަ ހުރި ރުޅީގައި ބާރަށް ދޮރުފަތް ޖެހުމަށްފަހު ރާއިން ދިޔައެވެ. އެމަންޒަރު ފެނުނީ ސަލްމާއަށެވެ. ޒާޔާއާއި ރާއިންގެ މެދުގައި ޖެހިފައިވާ މައްސަލަ އަދިވެސް ހައްލުނުވާކަން ސަލްމާއަށް އެވަގުތު އެނގިގެން ދިޔައެވެ.
ރާއިން އެގޮތަށް ދިއުމުން ޒާޔާގެ ރުޅިވެސްވީ ހައްތާވީގަދައެވެ. އެދުމަތީގައި ހުރި ބާލީސްތައް ބިންމައްޗަށް އުކާލިއެވެ. މޭޒުމަތީގައި ރާއިން ބަހައްޓާފައި ހުރި ފައިލްތަކެއް އުކާލިއެވެ. އެވަރުންވެސް ހިތްހަމައެއް ނުޖެހުނެވެ. ރާއިންގެ ތަޅުދަނޑިފަތި މޭޒުމަތީގައި އޮއްވާ ފެނިގެން ގޮސް ދޮރުތަޅުލިއެވެ. އެއަށްފަހު ސޯފާގައި އޮށުއޮތެވެ. ނަމަވެސް ނިދަން އުޅެއުޅެ ނިދުނީކީވެސް ނޫނެވެ.
ގަޑިއެއްހާއިރުވިއިރުވެސް ރާއިން ކޮޓަރިއަކަށް ނައެވެ. އަޅާނުލާން އޮތެއްކަމަކު ޒާޔާއަކަށް އެހެންނެއް ނޯވެވުނެވެ. ފޯނުނެގުމަށްފަހު ރާއިންގެ ނަންބަރަށް ގުޅާލިއެވެ.
“ދޮރުމަތީ މިހުރީ…..” ފޯނުނެގިގޮތަށް ރާއިން ބުންޏެވެ. ޒާޔާއަށް އެއްޗެކޭ ބުނާނެ ފުރުސަތުނުދީ ފޯނުކަނޑާލިއެވެ.
“ކީއްކުރީ މިހުރިހާއިރު، ދިޔަފަހުން ކިހާއިރެއް ވެއްޖެކަން އެނގޭތަ” ދޮރު ހުޅުވާލުމަށްފަހު ރާއިންއަށް ވަންނަން ތަންވެސް ނުދައްކާ ޒާޔާ ސުވާލުކުރިއެވެ.
“އަހަރެން ކީއްތަކުރަނީ ޒާ ރުޅިގަދަވެގެން ކޮޓަރި ތަޅުލީމަ، މިތާ އަހަރެން ކިހާއިރެއް ވަންދެން ކޮޅަށް ހުރިކަން ޒާޔާއަށް އެނގޭތަ، ދެންވެސް އަހަންނަށް ވަންނަން ތަންދައްކަންވީނުން ދޯ”
ރާއިން އެތެރެއަށް ވަނުމުން ޒާޔާ ދޮރު ތަޅުލުމަށްފަހު އެނބުރި ބަލައިލިއިރު ރާއިން ހުރީ ދެއުކުޅުގައި އަތްވިއްދައިގެނެވެ. ކޮޓަރިތެރެ އޮތްގޮތުންނެވެ. ޒާޔާ އަޅާވެސް ނުލާގޮސް ސޯފާގައި އޮށުއޮތެވެ. ރާއިން ދެފަރާތަށް ބޯހޫރާލަމުން އެއްޗެހިތަށް ނެގިއެވެ. އެނދުގައި އިށިއިނުމަށްފަހު ޒާޔާގެ މޫނު ފެންނަހެން އޮށުއޮވެލިއެވެ. ޒާޔާގެ ނުރުހުމުގައިވި ލޯބި ރާއިންއަށް ސިފަވަމުން ދިޔައެވެ. ނަމަވެސް ޒާޔާ ގޮތްދޫނުކުރާނެކަން ޚުދުއޭނައަށްވެސް އެނގެއެވެ. ލޯމަރާލީ ހުރިހާކަމެއް އަވަހަށް ރަނގަޅުވުމަށް އެދިދުޢާކުރަމުންނެވެ

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

darkangel

Level 210 Stories

Other Articles

Previous

ނުހައްޤު ލޯބި (4 ވަނަ ބައި)

Next

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 6 ވަނަ ބައި )

Next
August 15, 2016

ތެދުވެރި ހިތަކުން ލޯބިވީމެވެ. ( 6 ވަނަ ބައި )

Previews
August 15, 2016

ނުހައްޤު ލޯބި (4 ވަނަ ބައި)

88 Comments!

  1. Sham says:
    August 15, 2016 at 8:33 pm

    Pisss merge mathinn handhaawess nethijje

  2. mel says:
    August 15, 2016 at 8:55 pm

    omgggggg i waiteddd for sooooo longgggg ..thankuuuu alotttt for uploading it anywayyyy… vvvvv reethi

  3. Petite says:
    August 15, 2016 at 9:02 pm

    Alheyyy wowww mi story alun up kuraathee v ufaa vejje.. mi story ehkkn nimmaane kamah ummeedh kuran..

  4. Shara says:
    August 15, 2016 at 9:09 pm

    V v reethi vaahakaeh, v dhigu inthizaarakah fahu mi kiyaalan mi libuny , up vaaleh maa las, nxt part avahah up kohdhey thi,, pls,, ???

  5. rana says:
    August 15, 2016 at 9:29 pm

    Inthizaar hama rangalhahvx kuruvaifi

  6. shafu says:
    August 15, 2016 at 9:33 pm

    Kon irakun next part. This is my favourite story. Plz plz avahah up kohdhyyyy

  7. Sadha says:
    August 15, 2016 at 9:37 pm

    Omg omg. I’ve waited for this for so long. Neynge kithah dhuvahu kameh fashaigen alun balun kiyuny. Please dhen nimendhen huttaa nula vaahaka genesdhehche. Pls

  8. neesha says:
    August 15, 2016 at 9:54 pm

    Mi part foanuvaafa den next part upnukuraane mee story liyaa meehun abadhu kan tha kuraa goh

    1. RaM says:
      August 15, 2016 at 10:50 pm

      Aslu vx reethi vaahaka eh viyyaa vaahaka genes dhey dhuvas kolhu avahah up koffa kiyun therin kiyan foari hifaa hisaabun huttaalaane. Fennaathy yaaraa ge moon n vaaney hey Dhuniyeyga vx hama mihen v dhw

  9. m says:
    August 15, 2016 at 10:08 pm

    Vv reethi kon irakun nex p

  10. Dhdncjdb says:
    August 15, 2016 at 11:08 pm

    Haadha dhuvahaku inthizaaru kohfeeemey ?

  11. Afy says:
    August 15, 2016 at 11:22 pm

    V vv reethi next part avahah up kolladhee

  12. shau says:
    August 15, 2016 at 11:25 pm

    waited so long for this..next part avahah up kohdhehcehy

  13. Aanaa says:
    August 15, 2016 at 11:29 pm

    Koba kureege parts. Kihinei fennaanee?

    1. aiminath says:
      August 15, 2016 at 11:32 pm

      search kollyma fennaane, story name jahaafa

  14. aiminath says:
    August 15, 2016 at 11:33 pm

    Insha Allah next part on this thursday (18 aug 2016)

    1. Nishy says:
      August 18, 2016 at 8:17 pm

      Miadhu mee 18th…

  15. ??? says:
    August 15, 2016 at 11:35 pm

    Kuryge episode thah liyunnn konn writer ehh ge name ga… plxx tell sumone v kiyaa hiyy vaa story ehh bt nw handhaan nethijje v goiyy

    1. Aanaa says:
      August 16, 2016 at 7:44 am

      Darkangel

  16. ??? says:
    August 15, 2016 at 11:36 pm

    Kuryge parts liyun writer name buneba

  17. Mar Sha Marsha says:
    August 15, 2016 at 11:49 pm

    This story is totally worth its name… inthizaaruge inthizaaruga haadha inthizaareh kurevijjey… n i like the fight between the couple… it will strengthen their love… varah ufaa vejje mihaa dhuvas fahun ves vaahaka alun genesdheyn feshyma.. hykuran mi faharu huttaalaany vaahaka ninmaafa kamah.. really nice story

  18. Thu says:
    August 15, 2016 at 11:54 pm

    wow beynuh vegeh ulhunu vaahaka dhuvas gadakah fahu libihje…vaahaka ehkoh kiyalah libene kamah umeedh kurah

    1. aiminath says:
      August 16, 2016 at 12:34 am

      insha Allah will finish it and will upload on given date.

  19. Shua says:
    August 16, 2016 at 12:21 am

    Kihineh mi vaahaka fahaigen kiyaanee ?

    1. aiminath says:
      August 16, 2016 at 12:36 am

      search for author name “darkangle” you will get inthizar previous parts there

  20. Shua says:
    August 16, 2016 at 12:23 am

    Nan jahaafa search kuriyakas nufeney
    Main baige link ale baindha dheeba comment box a jahaafa

    1. mel says:
      August 16, 2016 at 5:51 am

      shua esfiyaage liyun theringe therey innaane “darkangle”…

    2. Mar Sha Marsha says:
      August 16, 2016 at 9:38 am

      http://www.esfiya.com/author/darkangle/

    3. mishk says:
      August 16, 2016 at 12:11 pm

      kithanme dheraviyas kudhinnah eheevaan vaane ennu dhw…
      shua..nikan vaahakaige pic ge thiriyah e inna author ge name ah click kohlaba…eyrah fennaane…

  21. mel says:
    August 16, 2016 at 5:57 am

    https://www.esfiya.com/author/darkangle/

  22. ⓜⓞⓓⓔ says:
    August 16, 2016 at 8:13 am

    އިންތިޒާރު ނަމުގައި މި ވާހަކަ ގެނެސްދެނިކޮށް ހަމަ މި ނަމުގައި އެހެން ވާހަކައެއްވެސް ގެނެސް ނިންމި.ކޮންމެއަކަސް މި ވާހަކައާއި ނަން ހުރިހާ ގޮތަކުންވެސް ގުޅޭ.

  23. Shy says:
    August 16, 2016 at 9:52 am

    Dhn kitah bai innaani

  24. sumone ;) says:
    August 16, 2016 at 11:41 am

    omggggggggggggggggggg .. haadha thigu inthixaarakah fahu ey mi stry mi up vyyy .. i’m so happyyyyy.. asluvess v ufaa vehje .. nxt prt avahaha uplwd kohdhehchey .. n yah mi vaahaka nimen dhn genesdheyne kamah unmydhu kuran .. gud luck . kyp it up ..vvvvvvvvvvvvvvv rythi mibai

  25. sabeeha says:
    August 16, 2016 at 11:46 am

    v reethi..??

  26. Anonymous says:
    August 16, 2016 at 11:57 am

    ==Tinkerbell==
    V nice mi prt vs…waitin 4 the nxt prt….

  27. mishk says:
    August 16, 2016 at 12:09 pm

    mivaahaka kuriyah nugosgen rulhi araigen aharun mihury inthizaaru kiyaa evves nukiyan kamah…adhi mivaahaka ves ithurah nukiyaanamey bunin kokko kairy…asluves nukiyaanan…inthizaaru kiyaa ehen vaahakaeh ves vaahakaige namuge evves thankolhehga inthizaaraa gulhey ehcheh inas nukiyanshey hury..haadha nettiyeyy ma ingeytha aminathu ahh…meehunge hithuga egothah jassan vaanetha..alhe buneba…vaanetha jassan…ingeytha aharen rui varu..nukiyaanan..heyo..nukiyaanan dheneh…

    1. darkangel says:
      August 16, 2016 at 3:38 pm

      its okay mshka i knw u have every reason to ignore it. thank you for the comment. i too hate the word “inthizar”. had some personal reason and had to stop writing. just had to finish what i started. so m writing again. but you should read other story by this name in this site. its pretty nice.

  28. darkangel says:
    August 16, 2016 at 3:46 pm

    https;//www.esfiya.com/author/darkangel-2/
    link for previous eps

    1. mishk says:
      August 18, 2016 at 11:21 pm

      ekamves kiyaifeemey mibai…its awsme…dhen huri stories kiyan jehuny thii…
      ?????

  29. xoya says:
    August 16, 2016 at 3:57 pm

    mihaaru inthixaaru koh koh koh mi vaahakaaga vaa goi vx handhaan nethijje. ekam vx rythi v ma kiyaane dhw. september 4 ga up kuran madu kolli nam. eyrun year eh hama vaane dhe episode ge dheytherey. dhen oi bai 2017 ga tha???? dhen vx kiyun therin mi varah inthixaaru nukuruvaa mi vaahaka nimmadhybal. heyo nuvaane thihen hadhaakah

  30. hasee says:
    August 16, 2016 at 5:05 pm

    hama kiriyaa ahareh nuvee dho

  31. suray says:
    August 16, 2016 at 6:09 pm

    Next episode kihaaduvaheh vaane back up vaan

  32. suray says:
    August 16, 2016 at 6:11 pm

    Next part up vaan kihaaduvaheh vaane baa

  33. Pinky says:
    August 16, 2016 at 6:51 pm

    Inthixaaruves kureven jeheyne…but i think this is too much..by the i love this story..nd plx dhn maa inthixaaru kuran nujassahchey…

  34. mari says:
    August 16, 2016 at 7:54 pm

    V reethi ?

  35. RIF says:
    August 17, 2016 at 6:18 am

    After so many years thanks darkangle…vvv salhi

  36. SAMAA says:
    August 17, 2016 at 7:16 am

    Waiting 4 the next part…

  37. Arushee says:
    August 17, 2016 at 10:17 am

    darkangel konthaaku thiulhenee haadha dhuvass kohllaafa thi update v pls next part thankolheh avahah geness dheythi……….

  38. RY says:
    August 17, 2016 at 5:13 pm

    Mi story ah ‘inthizaaru’ kiyaathy tha mihaa dhigu inthizaareh kuran mijehuny mi story kiyan?? Btw this story is very nice. Bt now I dnt have remember what exactly happened in the previous parts of this story.. N plz do update the up coming episodes regularly. Readers mihaa dhigu inthizaareh kury thy inthizaaruge nimun mifaharu vrh fonivaane kamah unmydhu kuran… 😀

  39. lol says:
    August 18, 2016 at 11:40 am

    Mivaahaka dhen up vaanee 1 month fahun, mashah eyruves iguney miadhu nukuraane kan,?

  40. lol says:
    August 18, 2016 at 11:42 am

    Ma nuves kiyaanan dhen mi stry eh, varah foohivey

  41. Afoo says:
    August 18, 2016 at 1:09 pm

    Kobaatha aneh part.. Miadhu up koh dheynamey buneemeh nu

  42. she says:
    August 18, 2016 at 1:45 pm

    Avas

  43. Aaf says:
    August 18, 2016 at 2:19 pm

    Konirakun nxt part up kohdhyny

  44. Hawwoo says:
    August 18, 2016 at 2:53 pm

    Ma hama kiyaanan mi vaahaka.. btw nice story. When nxt part?? Avahah up kohdhee

  45. shafu says:
    August 18, 2016 at 5:53 pm

    Koba adhives up nuvey…plz avas

  46. flower says:
    August 18, 2016 at 7:02 pm

    dhn mifaharu ehaa inthaaru nukuruvaba…..mihaaru vx kehvany eh nooney………plzzzzzzzz avahah up kohdhyba……

  47. raani says:
    August 18, 2016 at 8:18 pm

    Avas up kodhee

  48. neesha says:
    August 18, 2016 at 10:02 pm

    Kobaa story up kuraa dhuvahaka up nukurevey story nuliye huttan v ehnun

  49. Aaf says:
    August 18, 2016 at 10:16 pm

    Inthizaaruga inthizaaruga inthizaaruga mihiry

  50. nysh says:
    August 18, 2016 at 10:28 pm

    inthizaaruge gitaaa hithu thereygaa .. thin hatharu raagu kulheyey ekygaa .. still waitinggggggggggggg .. plx upload fast darkangle bunymehnu miadu up kohdheynameyyyyy ..

  51. Shif says:
    August 18, 2016 at 10:38 pm

    Kon irakun upload kurany next part. Waiting for the next part

  52. shafu says:
    August 18, 2016 at 11:49 pm

    Darkangel plz dnt disappoint your readers. If u cannot upload on time plz let us knw.

  53. Mimmi says:
    August 19, 2016 at 12:48 am

    Koba nuvi ehnu.. given date passed.. u’re really impossible darkangle..

  54. SAMAA says:
    August 19, 2016 at 7:23 am

    Alhe kobaa tha vaahaka???

    1. Eesha says:
      August 19, 2016 at 6:56 pm

      Miothy jeebuga

  55. sasha says:
    August 19, 2016 at 8:16 am

    oh god again. maybe after one year she will upload the next part

  56. Petite says:
    August 19, 2016 at 8:45 am

    Alheyy kobaaa next part ?

  57. shafu says:
    August 19, 2016 at 12:13 pm

    V fuhi vehje

  58. Aaf says:
    August 19, 2016 at 12:47 pm

    Alhy v gothehvs angaalhaanamaenu kiyuntherinvs ufaavaany ????

  59. Xoya says:
    August 19, 2016 at 2:41 pm

    Kobaath aneh part.. iyye up kohdheynamey kiyaafa.. vee gotheh ves buneema dhw ingeynee inthizaaru kuran ves..

  60. sinaa says:
    August 19, 2016 at 5:02 pm

    18agust2017dhw next prt???????????????????????????

    1. Yaeesh says:
      August 19, 2016 at 6:54 pm

      Not 18 its 19

    2. Naa says:
      August 20, 2016 at 1:04 am

      It’s 20 now

    3. Shee says:
      August 20, 2016 at 4:47 pm

      Pis pis maadhann eyii 21 ajaibu hairaan

  61. Afu says:
    August 19, 2016 at 6:43 pm

    Haadha vaey thigothah kanthah kuranya. Kiyuntherin kihaa foohi vaane tha. Neynge kithah meehunneh kameh reyga iny vaahaka up veythoa eh. Bunaa bahuge ehves ithubaareh neh. ???

  62. Yaeesh says:
    August 19, 2016 at 6:53 pm

    Guys eyna buny friday ga yey dhw so wait adhi vaguthu hama ehh nuvey right..mirey 12 v ma dhn kiyaa ehcheh kiyaa

    1. minnie says:
      August 20, 2016 at 5:41 pm

      eyna buny 18th August 2016 ey.. friday eh nun

  63. SAMAA says:
    August 19, 2016 at 7:42 pm

    Plx avahah dhn oih bai upkohdheebala…

  64. mari says:
    August 19, 2016 at 8:09 pm

    Kobaa next part… Pls avahah up kohdheeba…

  65. Aaf says:
    August 19, 2016 at 10:12 pm

    Waiting

  66. Sifoo says:
    August 20, 2016 at 9:31 am

    Alhe koba story

  67. Petite says:
    August 20, 2016 at 1:29 pm

    Waiting waiting waiting

    1. Shee says:
      August 20, 2016 at 4:46 pm

      Dhnn nukuraanan wait ehh e ulheny thalhuvann vegen foohi meehen aiminathu gandu

  68. she says:
    August 20, 2016 at 6:49 pm

    ?????????????????????????????????????????

  69. shafu says:
    August 20, 2016 at 6:58 pm

    V rude author eh

  70. Ken says:
    August 20, 2016 at 10:06 pm

    Next part next year August ga upload kohdheynamo. What a disappointment. Mi varun dhen vaahaka nuliyey. Dhogu hadhaa writers in dheke i hate so much. Fukeh bodu varu dho. Part eh upload mukurevenee aharaku 1 faharu.

  71. Afu says:
    August 20, 2016 at 10:34 pm

    Varah foohi meeheh mi vaahaka liyany. Atleast vee gothehves angaalaanama kn fadha. Kiyunthetin ithurah rulhi eruvun noon kameh nukurey. ?

Comments are closed.

Next Episodeއިންތިޒާރު 47←


All Right Reserved!