ވާލޯބި އެނގޭނަމަ….
ހާމަކަން ބޮޑު މަގުގެ މެދުން ދުވަމުން ދިޔަ އަލްޔާ އަށް ވެހެމުންދާ ބޯ ވާރޭގެ ހިލަމެއް ވެސް ނުވާކަހަލައެވެ. ރޮވެމުން ދިޔައިރު ވާރޭ އާއި ކަރުނަ އެކުވަމުން ދިޔައެވެ. ދުނިޔެ އޭނާ އަށް ކެހިދިނީއެވެ. އިތުބާރުކުރާނީ ކާކަށް ހެއްޔެވެ؟ މަގުގެ ދެފަރާތުގައި ތިބި ޝައިމް އާއި ލޫކް އަލްޔާ އަށް ގޮވަމުން ދިޔައެވެ. އެއިން އެއްވެސް މީހަކަށް ބަލާކަށް އަލްޔާ ބޭނުމެއްނުވޭއެވެ. ދެމީހުން ވެސް އަލްޔާ އަށް ދޮގުހެދީއެވެ. އެކަކު އެއީ އަމަލުތަކުން ލޯބިވާކަމަށް ދައްކައިގެން އަލްޔާގެ ފުށުން އުފާތަކެއް ހޯދި އިންސާނާއެވެ. އަނެކަކު އެއީ ކައިވެނީގެ ގޮށް ޖެހުމުގެ ކުރިން ވެސް އަދި ފަހުން ވެސް ވަރަށް ބޮޑު އޮޅުވާލުމެއްގައި އަލްޔާ ބެހެއްޓި އިންސާނާއެވެ. މިއަދު އަލްޔާ ވަނީ ފިރިހެނުން މަތިން ފޫހިވެފައެވެ. ޝައިމް އާއި ލޫކް ގެ ލޮލުން ވެސް ކަރުނަ ފައިބަނީއެވެ. ދެމީހުން ވެސް އަލްޔާ ދެކެ ލޯބިވޭއެވެ. މަގުގެ މެދުގައި ހުއްޓި އަލްޔާ އެއްފަހަރު ޝައިމް އަށް ބަލާލިއެވެ. އެލޮލުން ފެނުނީ އިންތިހާ ދަރައިޖައިގެ ވޭނާއެކު އަލްޔާ ދެކެ ވާ ލޯތްބެވެ. ރޮވިފައި ހުރި އަލްޔާ ލޫކަށް ބަލާލިއެވެ. އެލޮލުން ފެނުނީ މީގެ އެތައް ދުވަހެއް ކުރިން ވެސް އެދެލޮލުން ފެނިފައިވާ އަލްޔާއަށްޓަކައި ވީ ދެގޮތެއްނުވާ ލޯތްބެވެ. އަލްޔާ ބަލާލުމާއެކު ލޫކް ކޮށްލި އިޝާރާތަކުން ކަކޫ މައްޗަށް ތިރިވިިއެވެ. އެންމެފަހު ވަގުތުގައި ވެސް ލޫކް އެ ހާމަކޮށްދިނީ ލޯބިވާކަމެވެ. “މާތްކަލާކޯއެވެ. އަހަރެން ހިފަންވީ ކާކުގެ އަތުގައި ހެއްޔެވެ؟ އެލޯތްބަށްޓަކައި އަހަރެން ސަލާންޖެހި ދުވަހު ލޯބީގައި ކޮޅުފައިންޖެހި އިންސާނާ ގެ އަތުގައި ހެއްޔެވެ؟ ނުވަތަ މަކަރާއި ހީލަތުން ނުވަތަ އޮޅުވާލުމެއްގެ ތެރެއިން އަހަރެންގެ ހަޔާތަށް ވެރިވެގަތް އިންސާނާ ގެ އަތުގައި ހެއްޔެވެ؟” ބޯވާރޭ ތެރޭގައި އަލްޔާގެ ރުއިމުގެ އަޑު ގުގުމައިގެން ދިޔައެވެ.
އުޝާލީގެ ތިންވަނަ ވާހަކަ މީ….. ވަރަށް އަވަހަށް ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނަން. އިންޝާﷲ…
އިންތިޒާރުކޮށްލައްވާ………
21 Comments!
Comments are closed.





Woww…Ushaaa is back
I hope next part ‘ll come at sooner… kIU??
Yeyyy… ushaali iz back…???…
?????????
Yayyy Ushaali is back. .. ???
V shauquveri trailer…
v reethi
Ushaali is one of my favourit author
Wow varahh reethi vaane kannneynge
Wowww
Reethi ???
Aaachaaa
V reethi vaanehen heevanee
ushaali is bck…. yayyyy ☺☺
Finally you are back.
Hope Kuran vahaka update kuraaneykamah.
Pls kurinn faharu almaash up kuri gothah mi faharu nuhadhahche..varahh dhera vi ehaa lahunn up kuraathy ve e story..pls komme dhuvahaku nukurevenyaa hafthaaaku 3 faharu vs kohhlaathi ingeydhnn kameh vehjiyyaa vs bunelaathi ingey.mihaaru esfiya site ge varahh gina authors kuraa kameh eyii eme reewthi hisaabahh gosfa dhnn numehh liyaane ekahalameehunn dheke lee varahh foohivey
Hehe whatever leave it dhw stwry rwethi vaane kamahh ummeedhkuran
Yaa u r right ma vss foohi vey ehn hadhanya anyway storii nice vaane kamah heekurann
Whaiting
Waiting for ur story Ushaali
vvv inthizaaru kurevey…. you are my favourite author..
Ushaa…… kobaatha vaahaka? kon dhuvahakun tha up kollanee… pls pls pls avahah up kolladheebala
ushaali kobaatha vaahaka…wen u r gng to up…heekuran liye ninmaafa week aku 3 days up kohdheyne kamah ☺ ☺ ☺