Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އާވާރާކަން …(ހަތަރުވަނަބައި)

Shaam Level 110 Stories
August 11, 2016 4 Mins Read
18 Comments

” ނޭގޭ އަނެއްޔާ އަޔާޒްތަ ތީތަ މި ހޯދާ މީހަކީ.. ” ރޮށި ފިހަން ހުރެފަ ޝާނާ އަޔާޒް އާއި ދިމާލަށް ހިގައިގަތެވެ. ” ނޭނގޭ .. މަޑުކުރޭ މަ ޒުލްއަށް ގުޅާފަ އެބަ ބަލަން ތިކަންތައް.. މަށަކަށް ނުވާނެނު ދެން.. އާނދެން އެ ދޯނީގައި ތިބި ބައިވަރު ބިޓުން ، މަށަށް ވަރަށް ސަޅި ބިޓެއް އިނޭ އިނގޭ.. އޭނަ އިނީ އޭނަގެ މަންމަގެ ގައިގައި ބައްދާލައިގެން.. މަގޭގައިގަ ބައްދާނެ ނަމަދޯ”

އަޔާޒް ގޮޑިން ތެދުވެގެން ހިނގައިގަތެވެ. “އޭނ ދެންގޮސްލީއޭ.. ތިއީ ކާކުތޯ ހޯދާފަ ދަލޭކައަށް އަންގާލާނަން” އަޔާޒް ބޭރަށް ދާން ދިޔައީ ވަރަށްބާރަށް ހިގާފައެވެ. “އަނެއްކާވެސް ދަލޭކައޭ” ޝާނާ ބޮޑާހާކާލިއެވެ.

ސައިކަލަށް އެރުމަށްފަހު އަޔާޒް ދުއްވާލީ ވަރަށް ބާރަށެވެ. ދިޔަ ގޮތަށް ގޮސް ޕޮލިސް ސްޓޭޝަނަށް ވަދެ އެތަނުން އެހެން ފުލުހަކާއި އެކު ބޭރަށް ދިޔައެވެ. އަދި އަތިރިމަތީގައި ހުރި ދިއްގާ ގަހެއްގެ ދަށަށްގޮސް ހުއްޓިއްޖެއެވެ. ” ހިގާ މިތަނުގައި ރެސްޓްކޮށްލަން..” އަޔާޒް އޭނައާއި އެކު އެތަނަށްއައި ޝަމީމާއި ދިމާލަށް ބުނެލިއެވެ. ޝަމީމް ގަސް ދަށުގައި ހުރި ޖޯއްޔެއްގައި ޖައްސާލި އިރު އަޔާޒް ދިޔައީ މޫދާ ދިމާލަށް ބަލަހައްޓަައިގެ ހުރެ ޝާނާ ދެއްކި ވާހަކަތަކާއި ދޭތެރޭ ވިސްނަމުންނެވެ. “އަޔާ.. ކަލޯ ކޮންކަމަކީ ތިވިސްނަނީ.. ކަލޭ ތިހެން ކަމަކާ ކަންބޮޑުވެގެން އުޅެނިކޮށް ކުރިއަކުން ނުދެކެން” އަޔާޒް ދިމާލަކަށް ގެއްލިފައި ހުރުމުން ޝަމީމް އޭނާގެ ކަންބޮޑުވުން ފާޅުކޮށްލިއެވެ. “އާ..ޝަމިއްޓޭ.. މީނު ކަމަކީ … މަޑުކުރައްޗޭ” އަޔާޒް ފޯނު ނަގާ ޒުލްފާ އަށް ޑައިލްކޮއްލިއެވެ. ދެތިން ފަހަރަކުން ރިންގްވިފަހުން ޒުލްފާ ފޯނަށް ޖަވާބުދިނެވެ. “އޭ.. ޒުލް މިއީ އަޔާޒް އޭ.. އެގިއްޖެތަ” އަޔާޒް ހުރީ ވަރަށް ސީރިއަސް ވެފައެވެ. އަބަދުވެސް ސަކަމިޒާޖެއްގެ އަޔާޒްގެ މިޒާޖުވަނީ ހިނދުކޮޅަކަށް ނަމަވެސް ބަދަލްވެފައެވެ. “އާނ.. ޝާނާ ވަރަށް އެހެންކަހަލަ ހިންޓެއްވެސް ދީފި.. އަނެއްކާ ރަގަޅަށްތަ ހީކުރެވިގެން މިއުޅެނީ” އަޔާޒް ގުޅުމުގެ ކުރިން ޝާނާވަނީ ޒުލްފާއަށް ގުޅާ މަޢުލޫމާތު ހާމަކޮށްފައެވެ. “އޭނ ޒުލް ..ކޮބާތަ އޭނަ.. ކިހިނެތްތަ އޭނަގެ ޙާލު” އަޔާޒްގެ ހިތުގެ ތެރޭގައިވެސް ވަނީ ކަންތައްގަނޑެއް އުފެދިފައެވެ. “ސާބަސް އަޔާއަށް.. ޝައްފައަށްވުރެ އަދި ޙާލު ބޮޑު ދޯ.. މަހީކުރީ އެއްކޮޅުން އަތްތަޅާތީހެން އަޑެއްނީވިގެން މިއުޅެނީ.. އަދި ކިރިޔާ މި އެގުނީ އަނެއްކޮޅުންވެސް މިހުންނަނީ ހަމަ ކިރިޔަކިރިޔާކަން އެހެންނުވާނީ ..އަބަދުވެސް ޖޯކަކުން ވާހަކަ ފަށާ މީހާ ތިހިރީ މައްޔިތަކަށް ވެފަ ވިއްޔާ” ޒުލްފާ ދިޔައީ މަލާމާތުގެ ރާގަކަށް އަޔާޒް އާއި ވާހަކަ ދައްކަމުންނެވެ. ” ޝައްފަ އޭ.. ނަންވެސް ދޯ.. އޭ ވާހަކަ ގިނަ ނުކޮށް އޭނަގެ ޚަބަރެއް ދީބަލަ” އަޔާޒް ހުރީ ޝައްފަގެ ޚަބަރަކަށް ބޭނުންވެފައެވެ. “މިއަދުވެސް މަށަށް އައްފަަހަރު ގުޅައިފި.. ދެން މިހާރު މަށަށް ހީވަނީ ދެކޮޅުންވެސް ގުޅާނީހެން މަށަށް.. އެކަމް ތިހާ ފަސޭހައިން ތިދެމީހުން ނުގުޅުވާނަން .. ކޮން ދުވަހެއް އޮފްވަނީ .. އޭރުން މިރަށަށް ޖައްސާލަން” ޒުލްފާ ބޭނުންވޭ ކުލަގަދަކޮށްލާށެވެ. “ދެން ތިކަމަށް ވިއްޔާ މިހާރުވެސް އޮފް” އަޔާޒް ހުރީ ކެތްމަދުވެފައެވެ.  “ކޮބާ ހީވޭ.. މިއަދު ތިއީ ހެނދުނު ޑިއުޓީ ދޯ .. އެހެންވީއިރު މާދަން ނޫން އަނެއް ދުވަހު އޮފްވާނެ ނު އާދޭ.. އަހަރެން މިކޮޅުން ވާންޖެހޭ ތައްޔާރީތައް ވާނަން.. މިއޮތީ ދެން ބަލަދު އަރާފައެއްނު” ޒުލްފާވެސް އަސްލު ހުރީ އެދެމީހުންގެ ގުޅުން ފެށިގެންދާ ދިއުން ބެލުމަށް ކެތް މަދުވެފައެެވެ. ” ތައްޔާރީއޭ.. މަށަށް އަނެއްކާ ލަނޑެއް ނުދެއްޗޭ” އަޔާޒް ބުނެލިއެވެ. ” މިބުނީ މިކޮޅުން ލައިލާ ތައްޔާރުކޮށްގެން ގެންދާނަމޭ.. މަޖުނޫނު އަންނާށޭ ލޯބި ހުށަހަޅަން ތައްޔާރުވެގެން…” ޒުލްފާ އިތުރަށް ތަފްސީލް ކޮށްދިނީ ހެމުންނެވެ.

********

އަޔާޒް އަކީ ރަށުގައި ޤަދަރުވެރި މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިއެވެ. އަޔާޒްވެސް ފުލުހުންގެ ދާއިރާއާއި ގުޅުނުތާ މާގިނަ އަހަރުތަކެއް ނުވެއެވެ. އުމުރުން 23 އަހަރެވެ. އަޔާޒްގެ ޒަވާޖީ ޙަޔާތާ ބެހޭގޮތުން ޢާއިލާތެރޭގައި ވާހަކަ ދެކެވުނު ނަމަވެސް އަޔާޒް އެކަންކަމަށް އިންކާރުކުރުމުގެ ސަބަބުން އެކަން އޮތީ ހުއްޓިފައެވެ. އަޔާޒްގެ ޢާއިލާއަކީ ކިތަންމެ ފައިސާވެރި ޢާއިލާއެއްނަމަވެސް އަޔާޒް އަކީ އަބަދުވެސް އަމިއްލަ މަސައްކަތުން ދިރިއުޅުން ބިނާކުރުމަށް ލޯބި ކުރި މީހެކެވެ. ގާތް ތިމާގެ މީހުންވެސް އެކި ވިޔަފާރިތަކުގައި މަސައްކަތް ކުރަމުންދާއިރު އަޔާޒް އެއިން މަގެއް އިޙްތިޔާރުކުރާކަށް ބޭނުމެއް ނޫނެވެ. މަތީ ތަޢުލީމަށް ފުރުސަތު ލިބުނު ނަމަވެސް އަޔާޒް އެކަންވެސް ދޫކޮށްލީ ޢާއިލާތެރެއިން ވަކިދާއިރާއެއް އިޚްތިޔާރުކުރުމަށް އައި މަޖުބޫރީތަކާއި ހެދިއެވެ.

ކޮންމެ އަކަސް މިއަދު އަޔާޒްއަކީ އޭނައަށް ލިބޭ މުސާރައިން ދިރިއުޅުމުގެ ބޭނުންތައް ފުއްދައިގެން އުޅޭމީހެކެވެ. މަންމައާއި ބައްޕަ ރަށުގައި އުޅުނު ނަމަވެސް އަޔާޒް ދިރިއުޅެނީ އޭނަގެ އެއްބަނޑު އެއްބަފާ ދައްތައެއްގެ ގޭގައެވެ. އެއީ އޭނަގެ ޢާއިލާގެ ފަރާތުން ޙާއްސަކޮށް އޭނަގެ ބައްޕަގެ ފަރާތުން އަންނަ ޕްރެޝަރުތަކާއި ކުރިމަތި ނުލާންވެގެންނެވެ.

އެކަހަލަ ސަބަބުތަކާއި ހެދި އަޔާޒް މިހާތަނަށް ކުއްޖަކާއި އެކު ލޯބީގެ ގުޅުމެއް ބާއްވާފައި ނުވެއެވެ. ދެ ކުއްޖަކާއި ވާހަކަ ދެކެވުނު ނަމަވެސް ރަށުތެރޭގައި ވާހަކަ ފެތުރެޭލެއް އަވަސްކަމުން އެކަން ގުޅުމަކަށް ނުވެ އޮތީ އަޔާޒްގެ ބައްޕަގެ ސަބަބުންނެވެ. އަޔާޒްގެ ބައްޕައަކީ އެކަހަލަ މަޢުލޫމާތެއް ލިބޭއިރަށް އެގެއަކަށް ގޮސް ތިމަންނަގެ ދަރި ވަގަށް ގެންދަނީއޭ ކިޔާ އެއްޗިހި ގޮވާމީހެކެވެ. އަދި އޭގެ ދެގުނަ އަޔާޒް ގެ ދައްތައަށް އަރުވާލައެވެ. މިހެންވެ އަޔާޒް އެކަހަލަ ކަމެއް ރަށުގައި ހިންގާކަށް ބޭނުމެއްވެސް ނުވެއެވެ.

*******

“އޭނ އަޔާ ކީކޭ ޒުލްފާ ކައިރީގައި ތި ކީ… ކިހިނެތް ވެގެންތަ ތިއުޅެނީ..” ޝަމީމް ހުރީ ވާނުވާ ބަލަން ބޭނުންވެފައެވެ.  “ޝަމިއްޓޭ.. މިވާގޮތަކީ އަހަންނަށް ކުއްޖަކު ދެކެ ލޯބި ވެވިގެން މިއުޅެނީ” އަޔާޒް ދުރަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. “އޭނ ކީކޭ،، އެންމެ ފަހުން ނަގިލި ވައްޓާލަން ޖެހިއްޖެ.. ދޯ.. މާލަސްވެސްވެއްޖެ އަޔާ.. އަޔާގެ ބައްޕަމެންނަށް ބަލާނެ ކަމެއްނެތް.. އަޔާ އަށް އިގޭނީ އަޔާގެ ދިރިއުޅުން ބައްޓަން ކުރަންވީ ގޮތް.. ކޮބާ ކާކުދެކެޔޯ ދި ލޯބިވީ.. މަވެސް ހެލްޕްވާން މިހިރީ ކަމެއް އޮތިއްޔާ އަންގާ.. ” ޝަމީމް ހުރީ އަޔާޒް ކުއްޖަކާއި ރައްޓެހިވެގެން އުޅޭ މަންޒަރު ބަލަން ކެތް މަދުވެފައެވެ. ” އެއްކަލަ ފަހަރު ހުރާއަށް އައި ދޯންޏެއް ދިޔަވެގެން ދިޔައީމެއްނު އެ ދޯނީގައި އިންކުއްޖެއް.. ކާކު ކަމެއްވެސް ނޭނގޭ.. ލޯންޗްތެރެއިން އޭނަ ބަލާލުމުންވެސް އަހަރެން ހިތް ކިޔާލި އިނގޭ.، އެކަމް ހިފަހައްޓާލީ.. ދެން މިހާރު ވެގެން މިއުޅޭ އެއްޗަކީ އޭނަވެސް މައެބަ ހޯދާ ހުރާގަ ހުރެގެން.. މަމިއުޅެނީ އޮފް ގަ ހުރައަށްދާން.. ކޮބާ ކައޭގެ އައިޑިއާ އަކީ” އަޔާޒް ޝަމީމަށް ތަފްސީލް ކޮށްދިނެވެ. “އަވަހަށް ދާންވީ.. މަވެސްދާނަން..ކޮންގަނޑިއެއްގައި ދާނީ..” ޝަމީމް ދަތުރައް ތައްޔާރުވާން ފެށިކަހަލައެވެ. “އެމަންޖެއަށް ގުޅިގެނެއްނު.. ޒުލްފާވެސް އެމަންޖެއަށް ގުޅާކަށް ނަމްބަރެއް ނުދިން ބުނީ ތިމަންނަ ލައިލާ ތައްޔާރު ކުރާނަމޯ މަޖުނޫނު އަންނާށޯ، މަ މިފަހަރު ހަލާކުކޮށްލާނެކަންނޭގެ.. އަދި ލޯބިވެސް ހުށަހަޅަން ތައްޔާރުވެގެން އަންނާށޭ ބުނީ ހީނ.ހީނ” އަޔާޒް ހިނިތުންވެފަ ހުރެގެން އޭނަގެ އުފާވެރިކަން ޝަމީމާއި ޙިއްސާކުރަމުން ދިޔައެވެ. “އާނ ރަގަޅު .. އެހެންވީމާ ވާންޖެހޭ ތައްޔާރީތައް ބައިވަރު ހުންނާނެ ދޯ، ދެން ހިނގާ އިހަށް ގޮސްލަން.. ޒުލްއަށް ގުޅައިގެން ގަޑިއެއް ބަލާނީ” ޝަމީމް އަޔާޒްގެ ކޮނޑުގައި އަތް އަޅާ ދިއުމަށް އެދުނެވެ.

*******

އަހަރެން މިވަނީ އެނދުހުރަސްބަލީގެ ޝިކާރަކަށް ވެފައެވެ. މިއަދުވެސް އެ ފުލުސް އަންހެން ކުއްޖާއަށް ވަރަށް ގުޅިއްޖެއެވެ. އަދިވެސް ގުޅާލަންވީ ދޯއެވެ.

“ހަލޯ ޝައްފަ.. އުފާވެރި ޚަބަރެއް ދޯ ދޭންވީ.. އެއީ ކާކު ކަން ހޯދިއްޖެ” އެއަންހެން މީހާގެ ޖަވާބުން އަހަރެންގެ ލޯ ކަރުނުން ތެންމާލިއެވެ. މޫނު އުޖާލާވެގެން ދިޔައެވެ. ” އޭނ ކާކުތަ އެއީ. ކޮބާތަ އޭނަ.. އަޅެ ގުޅޭނެ ނަމްބަރ ކޮބާ” އަހަރެން ހުރީ ވަރަށްވެސް އުފާވެފައެވެ. “އާނ ދޭނަމޭ.. އެކަމަކު ފަހުން މިހާރު ތައްޔާރުވާންވީ މާދަން ނޫން އަނެއް ދުވަހު އޮންނަ ރަސްމިއްޔާތަކަށް” އެއަންހެންމީހާގެ ޖަވާބުން އަހަރެން ހައިރާން ވިއެވެ. “ކީކޭ… ކޮން ރަސްމިއްޔާތެއް” އަހަރެން ސާފުކޮށްލަން ބޭނުންވިއެވެ. ” އަޔާޒް އެ އަންނަނީ ޝައްފަ އަށް ލޯބި ހުށަހަޅަން .. އަހަރުމެން އެންމެން ބޭނުން އެ ހަފްލާ ވަރަށް ކުލަގަދަކުރަން.. އެކަމް ވާހަކައެއް އަހަންތަ.. ޝައްފަގެ ފެމިލީ މިކަމަށް އޯކޭތަ.. މިއިން ފެމިލީ ތެރޭގައި މައްސަލައެއް ނުޖެހޭނެތަ” އޭނަ ވާހަކައިގެ ރާގު ބަދަލްކޮށްލިއެވެ.” އާނ ހިއެއްނުވޭ އަދިދެން ނުވެސް ބުނަން.. ކުރިން ބުނި ކަމަށް ރެޑީވާން މަ ކީއްކުރަންވީ.. ” އަހަރެންވެސް ކެތް މަދުވާން ފެށިއެވެ. “އެއްވެސް ކަމެއް ކުރާނެ ކަމެއް ނެތް .. ޝައްފަ ގެ ފްރެންޑެއްގެ ގޮތުގައި މަ ދާނަން ތިގެޔަށް ގޮސް ކިޔައިދޭނަން ތައްޔާރު ވާންވީ ގޮތް.. އެކަމް ލޮކޭޝަން އެންމެ ފަހު ވަގުތު އިނގޭނީ” އޭނަ އަހަންނަށް އެހީތެރިވަމުން ދިޔައީ ވަރަށްވެސް ޝުކުރު ޙައްޤުވާ މިންވަރަކަށެވެ. ” އޭނ ގެއަށޭ.،. އަހަންނަށް އަދި ތީނަ އެގުނަސް ނަމެއްވެސް ނޭގޭ.. މަންމަމެން ކައިރީ ކީކޭ ބުނާނީ.. ކިހިނެތް ދިމާވި ރައްޓެއްސެކޭ” އަހަރެން އޭނަގެ މަޢުލޫމާތު ހޯދަން ބޭނުންވިއެވެ. ” މަށަށް ކިޔަނީ ޒުލްފާ.. ދެން މަ އަނެއްބައި ތިގެއަށް ދާވަގުތު ހަމަޖައްސާލާނަން ޝައްފަ ހުންނާނި މަބުނާ އެއްޗިއްސަށް އާއެކޭ ބުނަން.. އޯކޭ” އޭނަ ފޯނު ބާއްވަމުން ހިނިގަނޑެއް ޖަހާލިއެވެ. ތެދެކެވެ. ރަގަޅަށްވެސް އޭނަ ވަނީ އަހަރެންގެ ރައްޓެއްސަކަށް ވެފައެވެ.(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

އަވަ

Next

އުމުރަށް ތިޔަނަމުގައި……….(2ވަނަ ބައި)

Next
August 11, 2016

އުމުރަށް ތިޔަނަމުގައި……….(2ވަނަ ބައި)

Previews
August 11, 2016

އަވަ

18 Comments!

  1. Ssss says:
    August 11, 2016 at 9:19 pm

    Varah fakka story eh

  2. lynum says:
    August 11, 2016 at 9:22 pm

    Wow wow wowwww.. whn nxtt prtt??? Plxxxx upload ASAP…..

  3. sabeeha says:
    August 11, 2016 at 9:34 pm

    v nice…

  4. zoooo says:
    August 11, 2016 at 9:41 pm

    Vvvvv nice

  5. Zuhu says:
    August 11, 2016 at 9:42 pm

    V salhi hura himeneythee bodah kiyaahihvanee ?

  6. Afy says:
    August 11, 2016 at 9:45 pm

    V salhi v majaa hevvaa lobi ge vaahakaeh

  7. ulvy says:
    August 11, 2016 at 9:56 pm

    Alhe mashaa vx thikahala gothakah dhimaavi polihakaa..v reethi stry eh

  8. Marsh says:
    August 11, 2016 at 10:06 pm

    Vvv fahkaa love story eh….ekm mahsala akee story eh veeema…alhe riyal life ga mikahala scene balaalan libihjihyaa v majaa vaane…

    1. RIF says:
      August 12, 2016 at 8:36 am

      I agree with u

    2. Anonymous says:
      August 12, 2016 at 2:17 pm

      ??????

    3. Anonymous says:
      August 12, 2016 at 2:17 pm

      Marsh…..

  9. shaam says:
    August 11, 2016 at 10:08 pm

    Thanx all for the lovely comments..

  10. mash says:
    August 12, 2016 at 6:43 am

    Wow v nice waiting for the next part

  11. Ree says:
    August 12, 2016 at 11:52 am

    Varah reethi. Can’t wait to read next part.?

  12. j says:
    August 12, 2016 at 12:43 pm

    Hama ayaa dhekeba loabivevigen miulheny??? :p v rythi Vaahaka

  13. RIF says:
    August 12, 2016 at 1:32 pm

    When nxt prt….alhe v salhi

  14. Liu says:
    August 12, 2016 at 2:18 pm

    Vaaahaka vvvvv salhi….

  15. Angle grl says:
    August 12, 2016 at 2:19 pm

    Mivaaahaka vvv reethi…ehfaharaa alhe kiaalevey nama…????

Comments are closed.

Next Episodeއާވާރާކަން….. (ފަސްވަނަ ބައި)←


All Right Reserved!