Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އާވާރާކަން (ތިންވަނަބައި)

Shaam Level 110 Stories
August 11, 2016 4 Mins Read
29 Comments

“ދެން އެކަމަކު މިއޮއް ދިމާވި ކަމެއްދޯ.. ކީކޭ މަބުނަންވީ.. ލޯންޗްގެ ކޮންތާކުން ކިހިނެތް ދިމާވީ” އޭނާގެ ފަޜާތުން އަހަންނަށް އެހީތެރިކަން ލިބެން ފެށިއެވެ. “ބުނޭ ދޯނި ތެރޭގައި އަންހެން ކުއްޖަކު އިންދާ ދޯނިން ފައިބަން އަންނާށޭ ބުނެ އަތް ދިގުކުރި ކުއްޖާއޭ.. އަދި ލޯންޗް ތެރެއިން އެ އަންހެންކުއްޖާ ފަހަތްބަލާލި އިރު ހަތަރު ކަޅިވެސް ހަމަވިއޭ” ބުނަންވީ އިބާރާތްތަށް އަހަރެން އޭނަ ބޮލަށް އަމުނާލެވޭތޯ މަސައްކަތްފެށީމެވެ. ” ހީ…ހީ ހަލާކުވެދާނެ.. އާނ އެބަ ބަލަން އެކަމަކު މަގުޅަންދެން މަޑުކުރައްޗާ މަށަށް ނުގުޅާ. ތިއީ ފާޑެއްގެ ކަމެއް ވިއްޔާ” އޭނަ މިހެން ބުނުމުން އަވަސްކުރައްޗޭ ބުނެ ފޯނު ބޭއްވީ އޭނަގެ ކޯލެއްގެ އިންތިޒާރުގައެވެ.

ލޯބި މިއީ ހަޤީޤަތުގަވެސް ފާޑެއްގެ އެއްޗެކެވެ. ފިލްމްތަކުން ވާގޮތްތައް ވާން ބޭނުންވިއަސް މިއީ އަދި އެހާ ފަސޭހަކަމެއް ނޫނެވެ. ޙާއްސަކޮށް މަފަކީރު އުޅެން މިޖެހެނީ އަދި ޙާލެއްގައެވެ.

****************

ހުރާ ޕޮލިސް ސްޓޭޝަންގެ ފެންޑާ ޖޯލީގައި އިށީދެގެން އިދެ ސަރޖަންޓް ޒުލްފާ ވިސްނަމުން ދިޔައީ ޝައްފަގެ އާދޭސްތަކަށް އޭނައަށް އެހީތެރިވާނޭ ގޮތަކާއި މެދުގައެވެ. ކުޑަކޮށް ވިސްނަން އިދެފައި އެތެރެއަށްވަދެ ޕޮލިސް ސްޓޭޝަންގެ ފޯނުގެ އަތްގަނޑު ހިއްލާލުމަށްފަހު ތުލުސްދޫ ޕޮލިސް ސްޓޭޝަނަށް ގުޅާލިއެވެ. ” އަސްލާމް ޢަލައިކުމް.. ތުލުސްދޫ ޕޮލިސް ސްޓޭޝަން” އެކޮޅުން ފޯނު ނެގީ އަންހެން ކުއްޖެކެވެ. ” މި ގުޅާލީ ހުރާ ޕޮލިސް އިން.. ކޮން ބޭފުޅެއްތޯ ވާހަކަ ދައްކަވަނީ” ޒުލްފާ ދަންނަކުއްޖަކާއި ދިމާވޭތޯ މަސައްކަތް ފެށިއެވެ. “ޒުލް ދޯ ތިއީ.. ޝާނާ އޭ މިއީ.. ކިހިނެތްވީ” ނަސީބަކުން ދިމާވީ ޒުލްފާ ދަންނަ ކުއްޖަކާއި އެވެ. އެނޫނަސް ނުދަންނަ މީހަކު ވަރަށް މަދުވާނެއެވެ. “ނަސީބެއްނު ..ތީނައާއި ދިމާވިކަން.. މިއުޅެނީ ދަރިއާ ކަމަކާ ލައްވާލައިގެން.. މި ރަށުގައި ހުރި ލައިލާއެއްގެ މަޖުނޫނު ތި ޕޮލިސް ސްޓޭޝަނުގައި ހުރެގެން އޭނަގެ މަޢުލޫމާތު ހޯދަން މަވެސް މިއިނީ މަޅިއަކަށް ފައްތާފަ” ޒުލްފާ ވާހަކަ ދައްކަމުން ދިޔައ ސަމާސާ ރާގަކަށެވެ. ” އޭނ ކީކޭ.. މިތަނުގެ ބަންދުގައި މިވަގުތު ނެތް އެއްވެސް މީހަކު” ޝާނާ ހީކުރީ ޒުލްފާ އުޅެނީ ބަންދުކޮށްފައިވާ ފަރާތެއްގެ މަޢުލޫމާތު ހޯދާށެވެ. “ސާބަސް.. މަމިއުޅެނީ ތީނަގެ.. މަ އެބަގުޅަން ތީނަގެ ފޯނަށް އިނގޭ ނަގަށްޗޭ” ޒުލްފާ ފޯނު ބޭއްވުމަށް ފަހު ފޯނު ނަގާ ޝާނާއަށް ގުޅާލިއެވެ.

“އާނ އަޑުއަހާ.. މިވާގޮތަކީ ވަރަށް ފަހުން ހުރައަށް އައި ދޯންޏެއް ކަނޑުގަދަވެގެން ދިޔައެއްނު ޕޮލިސް ލޯންޗް އެ ދޯނީގައި ތިބި މީހުން ސަލާމަތްކުރަން..އެކަމެއްގެ ތެރޭގައި އުޅެނިކޮށް އެ ދޯނިން ދަތުރު ކުރި ކުއްޖަކަށް ލޯންޗްއިން އައި ޕޮލިސް ސޮރެއްދެކެ ލޯބިވެގެން މޮޔަވަނީ..އެގިއްޖެތަ ދެން އެ އަންހެންކުއްޖާ އާދޭސްކުރާވަރުން މަށަށް މިޖެހުނީ އޭނައަށް ހެލްޕެއްވާން” ޒުލްފާ ކުރުތަފްސީލް ހުށަހަޅަމުންދިޔައިރު ޝާނާއަށް ހުރެވުނީ ހިނިއައިއްސައެވެ.” މިހާރު ހުރާ ޕޮލިހުން ލޯބިވެރިން ގުޅުވައިދިނުމުގެ ޚިދުމަތްވެސް ފެށީތަ” ޝާނާ ޒުލްފާއާއި ދިމާލަށް މަލާމާތުގެ ރާގަކަށް ހެމުން ބުނެލިއެވެ. ” ކީއްކުރާނީ.. އެމަންޖެ ހަމަ އާދޭސްކުރާވަރުން މަ ހިތައް އެރީ ދެން ކޮންމެވެސް ވަރެއް ކޮށްދޭނީއޭ.. ދެން ބުނެ ބަލަ އެގޭނެތަ މިބުނާ ސޮރެއް ފާހަގަކޮއްލަން” ޒުލްފާ ސުވާލުކޮއްލިއެވެ. “އެދުވަހު ދާނީ ބީ ޝިފްޓް ކުދިންދޯ.. ފަސް މީހަކު ދިޔައޭ.. މަކިހިނެތް އޭނަ ހޯދާނީ އެތަނުން.. ދޯނި ނޫނީ ލޯންޗް ތެރޭގައި ހިންގި ޖަރީމާއެއްވެސް ބުނެ ބަލަ އޭރުން އަހާލަންވެސް އެގޭނީ” ޝާނާ އޭނަގެ މަޖާ މިޒާޖުގައި ހިފަހައްޓާ ވާހަކަ ދައްކަމުން ދިޔައެވެ. “ބުނާނީ ދޯނީގައި އިން އަންހެންކުއްޖަކު ބާލަން އަތް ދިއްކޮއްލި ކުއްޖާއޭ، އަދި ދޯނި ތެރެއިން އެ އަންހެން ކުއްޖާ ފަހަތް ބަލާލި އިރު ހަތު ކަޅިވެސް ހަމަވިއޭ.. އެޝިފްޓްގައި ހުންނާނެތަ ޝާނާ އަށް ޓްރަސްޓްކުރެވޭ ކުއްޖަކު.. އަހަރެން ބޭނުމެއް ނޫން މާ ގިނަ މީހުނަކަށް އެގޭކަށް.. އޭރުން ބޭކާރު ކަމެއްގަ މަ މަޅިއަރައިދާނެ” ޒުލްފާ ހުރީ ވަޒީފާގެ ގޮތުން އެހާ ރަގަޅުކަމެއް ކަމުގައި ނުވާނެކަމަށް ދެކިގެންނެވެ. ވާނީވެސް އެހެންނެވެ. ނުބައި ވިސްނުމެއް ހުންނަ މީހަކާއި ޖެހިއްޖެއްޔާ ކިތަންމެ ގޮތަކަށްވެސް ވާހަކަ ފަތުރާލާނެއެވެ. ” ސާބަސް ހަތަރުކަޅި ހަމަވީއޭ… ހީ..ހީ.. އަޔާޒް ހުންނާނީ … ދެން އޭނަކައިރިން ކޮންމެވެސް އިރަކުން ތިވާހަކަތައް އަހާލާފަ ބުނާނަން.. ދެން މަށަށް  ނެތްތަ ތިކަހަލަ ޚިދުމަތެއް” ޝާނާ ވާހަކަ ދައްކަމުން ދިޔައީ ހެމުންނެވެ. ” ތިކަންތައް ބަލާފަ އަންގާލަދީ.. އެހެންނޫނީ އެމަންޖެ ގުޅާވަރުން ނުވެސް ނިދޭނެ ދޯ” ޒުލްފާވެސް ހެމުން ފޯނު ބޭއްވިއެވެ.

މިކަންތައް ވީ ޝާނާ އަށް ވަރަށް މަޖާކަމަކަށެވެ. އޭނަ ވަގުތުން މިކަން ހޯދަން މަސައްކަތްފެށިއެވެ. ޑިއުޓީ ޝެޑިއުލް ނަގައިގެން އަޔާޒް ގެ ޑިއުޓީ އޮތް އިރެ ބަލާލިއެވެ. ޑިއުޓީ އޮތީ އަނެއް ދުވަހު ހެނދުނުއެވެ.

**************

އެނދުމަތީގައި އަހަރެން އޮތީ އެ ޕޮލިސް ކުއްޖާގެ ފޯނުގެ އިންތިޒާރީގައެވެ. އެނދުގެ ބެޑްޝީޓްގައިވާ ބޮޑު ރަތްމަލުގެ ކުރެހުމުގައި އަހަރެން އަތުން ފިރުމަމުން ދިޔައިރު ހިތުގައިވަނީ އެންމެ ހިޔާލެކެވެ. އެންމެ އެދުމެކެވެ. މުޅި ދުނިޔެ މަތިން ހަނދާން ނެތި ފައިވަނީ، މިހިތައް އެންމެ މީހެއްގެ ލޯބި އެދިއެދިއެވެ. އެކަމަކު އެކަން ނާކާމިޔާބު ވެއްޖިއްޔާ ހާދަ ދެރައެއް ވާނެތާއެވެ. އަހަރެންގެ ހިތް އޭނަ އަށް ދެވުނީ ހަޤީޤަތުގަވެސް އޭނަދެކެ ލޯބި ވެވުނީމައެވެ. ދެން އަހަންނަކަށް އެ ލޯބިވާޔާ ނުލާ ނޫޅެވޭނެއެވެ. ބޭނުންވަނީ އަބަދުވެސް އޭނަގެކައިރީގައި ވުމަށެވެ. މިހިތްމިވަނީ އެ ލޯބީގައި ބެދިފައެވެ. އިޚްތިޔާރުން މިހިތް ބޭރުވެގެން މިއުޅެނީ އެހެންވެ ތާއެވެ. ހިތުގައި ރޯވެ އަނދަމުންމިދަނީ އިޝްޤީ ތޫފާނެކެވެ. މި ހިޔާލެއްގައި ފުރޮޅި ފުރޮޅި އޮއްވާ ނިދިއައިސް އަހަރެން ޖަހައިގަނެގެން ގެންގޮސްފިއެވެ.

************

ޖެހިގެން އައި ދުވަހެވެ. ހެނދުނު އަށްގަޑި ބައިއެހާކަށް ހާއިރު ޝާނާ އަށް ހޭލެވުނީ ޒުލްފާ ގުޅާތީވެ ފޯނު ރިންގުވާ އަޑަށެވެ. ޝާނާ ފޯން ނަގާ ވާހަކަ ދައްކަން ފެށިއެވެ. “އޭނ މަމި ހޭލެވުނީ.. އެބަ ގުޅަން ބަލާލާފަ އިގޭ” ޝާނާ ފޯނު ބޭއްވުމަށް ފަހު އަޔާޒަށް ގުޅާލިއެވެ.” އަޔާ.. ވަރަށް ބޮޑު ވާހަކައެއް އެބައޮތް މީޓް ވެދާނެތަ..” އަޔާޒް އެބަދަމޭ ބުނުމުން ޝާނާ ފޯނު ބާއްވާ ފެންވަރައިގެން ނުކުމެ ވަނީ ބަދިގެޔަށް ސައި ތައްޔާރުކުރުމަށެވެ. ” ޝާން.. އާފިޔާއްތަ ކޮބާތަ މިގޭގަ އުޅޭ ދަލޭކަ..” ދަލޭކަ އެއީ ޝާނާ އަށް ޖެއްސުމައް އަޔާޒުމެން ކިޔައި އުޅޭ އެއްޗެކެވެ. ” މިހުރީ މަ.. ދެން ކިޔާނެ އެއްޗެއް ކިޔާ ބަލަ.. އާދޭ ސައިތައްޓެއް ބޯލައިގެންދާނ.. ނެތެއްނު ޑިއުޓީގަ ކަމެއް”  ޝާނާ ކާމޭޒު ދޮށުގައި ހުރި ގޮޑި ދަމާލާފައި އަޔާޒުކައިރީ އިށީނުމަށް އެދުނެވެ. “މަދޯ އެއްޗެކޭ ބުނަން މިއުޅެނީ.. ކޮން ވާހަކައެއް އޮތީ.. މަށަށް ބިޓެއް ސެޓްކޮށްދިނީތަ.. އެކަމެއް ނުވާނެ ޝާނާމެންނަކަށްދޯ.. ކިހާ ދުވަހެއް ބުނެގެން އުޅޭތާ” އަޔާޒް ދިޔައީ ޝާނާއާ ދިމާކުރުރާ ފާޑަށް ވާހަކަ ދައްކަމުންނެވެ. ” ތިހެން ދަލޭކަ އޭ ކިޔަންޏާ ނުކުރެވޭނެ ނެ ނު..މަމީ ދަލޭކަ އަދި ޝާން އެއްވެސް ނޫން.. ޝާނާ އޭ” ޝާނާ ހޭން ފެށިއެވެ. ” އޯކޭ..އޯކޭ.. ޝާނާ ވަޓްސްދި މެޓާ” އަޔާޒް ސުވާލުކޮށްލިއެވެ. ” ފުރަތަމަ މިކިޔައިދޭ ވާހަކަ ރަގަޅަށް އަޑު އަހާތި އެއަށްފަހު ދެން ޖަވާބު ދީ އަޔާޒަށް އެގޭ ވަރަކުން.. އަޔާޒް ވީމަ މި ބުނަނީވެސް އިނގޭ ޓްރަސްޓްކޮށްފަ.. ވާގޮތަކީ ހުރާއަށް އިހަކަށް ދުވަހު އައި ދޯންޏެއް ކަނޑުވެގެން އެ ސަލާމަތްކުރުމަށް ދިޔަ ޕޮލިސް ލޯންޗްގަ ހުރި އަހަރުމެންގެ ޕޮލިހެއް ދެކެ ދޯނިން ދަތުރުކުރި ކުއްޖަކު ލޯބިވެވިގެން މިއުޅެނީ.. އޭނަ ހުރީ ހުރައިގަ،.އެކަމް އޭނަ ޒުލް ކައިރީ ވަރަށް އާދޭސްކުރޭ އެބަ އެ ޕޮލިސް ކުއްޖާގެ މަޢުލޫމާތު ހޯދަން.. އަޔާ ތިއީ ލޯންޗްގަ ދިޔަ އެކަކު އެހެންވެ މިއެހީ.. ” އަޔާޒް އިނީ ހިނި އައިއްސަ އިންގޮތަށް ޝާނާގެ މޫނަށް ބަލަހައްޓައިގެންނެވެ. “ހޫނ އެއްޗެކޭ ބުނެބަލަ..” ޝާނާ އަޔާޒްގެ ކޮނޑުގައި އަތް އަޅާ ކޮއްޕާލިއެވެ. “ބުނީ އަޑު އަހާށޭ އެހެންވެ މިއިނީ އަޑު އަހަން.. ވާހަކަ ދައްކާކަށް ހުއްދައެއް ނެތްވިއްޔާ” އަޔާޒް އަނެއްކާވެސް މަޖާކޮށްލިއެވެ. ” ދެން ބުނެބަލަ އަޔާ..މަވެސް ވަރަށް އިންޓްރެސްޓްވެއްޖެ މި ލަވް ސްޓޯރީއަށް..” ޝާނާ ބުނެލިއެވެ. ” ހެއްވާ މީހެއްނު.. ލޯންޗުން ދިޔަ އަހަރެމެންގެ މީހަކު ދެކެ ދޯނީގައި އިން ކުއްޖަކު ލޯބި ވީއޭ.. އަހަރެން މިޖެހެނީ އޭނަގެ ހިތް ރީޑްކޮށްފަ ބުނަންތަ” އަޔާޒް ރިހާކުރާ ރޮއްޓާކަމުން ވާހަކަ ދައްކަމުން ދިޔައެވެ. ” ނޫނޭ.. އެއަންހެން ކުއްޖާ ދޯނީގައި އިންދާ ލޯންޗައް އަރަން އަތްވެސް ދިގުކުރިއްޔޯ.. އަދި ލޯންޗް ތެރެއިން އަންހެންކުއްޖާ ފަހަތް ބަލާލި އިރު ހަތަރު ކަޅިވެސް ހަމަވިއޯ..” ޝާނާ މިހާތަނަށް ދިޔަ ތަނާ އަޔާޒް ވާހަކަ ދައްކަން ފެށިއެވެ. ” މަޑުކޮށްބަލަ،..މަޑުކޮށްބަލަ،..އެއީ ޕިންކް ބުރުގާއެއް އަޅައިގެން އިން ކުއްޖެއްތަ” އަޔާޒް ޝާނާއާއި ސުވާކޮށްލިއެވެ. ” ނޭގޭ އަނެއްޔާ އަޔާޒްތަ ތީތަ މި ހޯދާ މީހަކީ.. ” ރޮށި ފިހަން ހުރެފަ ޝާނާ އަޔާޒް އާއި ދިމާލަށް ހިގައިގަތެވެ. ” ނޭނގޭ .. މަޑުކުރޭ މަ ޒުލްއަށް ގުޅާފަ އެބަ ބަލަން ތިކަންތައް.. މަށަކަށް ނުވާނެނު ދެން.. އާނދެން އެ ދޯނީގައި ތިބި ބައިވަރު ބިޓުން ، މަށަށް ވަރަށް ސަޅި ބިޓެއް އިނޭ އިނގޭ.. އޭނަ އިނީ އޭނަގެ މަންމަގެ ގައިގައި ބައްދާލައިގެން.. މަގޭގައިގަ ބައްދާލާނެ ނަމަދޯ” (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaam

Level 110 Stories

Other Articles

Previous

ނޭނގޭހެ ހާދަ ލޯބިވޭ 2

Next

ނުހައްޤު ލޯބި (1 ވަނަ ބައި)

Next
August 11, 2016

ނުހައްޤު ލޯބި (1 ވަނަ ބައި)

Previews
August 11, 2016

ނޭނގޭހެ ހާދަ ލޯބިވޭ 2

29 Comments!

  1. Rifa says:
    August 11, 2016 at 12:20 pm

    Lol ayaa ah like vevuny for sure shaffa dheke ??

    1. Bad boy?? says:
      August 11, 2016 at 3:12 pm

      I agree with u rifa

  2. Rish says:
    August 11, 2016 at 12:28 pm

    Lol

  3. virushaan says:
    August 11, 2016 at 12:29 pm

    buri

  4. naj says:
    August 11, 2016 at 12:40 pm

    fooohi

  5. Marsh says:
    August 11, 2016 at 12:42 pm

    Hadi ehchehi nukiyaa virushaan…meee thagey geyeh nooneyy.. esfiya site bala…

    1. Bad boy?? says:
      August 11, 2016 at 3:11 pm

      Virushn haaadha ahlaag dhashey….aharemn firihn kudhn nah huthuruvsny thikahala myhnge sababn ney…????????

    2. Rifaa says:
      August 11, 2016 at 3:26 pm

      Birey saabas….dhw marsh n rish….ingihje dhw mii kaakukan…virey dhenn thi konkameh???

    3. Rifaa says:
      August 11, 2016 at 3:27 pm

      V*

    4. Bad boy?? says:
      August 11, 2016 at 6:04 pm

      Who is bireyyyy.. ??????????

    5. Anonymous says:
      August 11, 2016 at 6:07 pm

      ?????????mioh kameh…..

    6. RIF says:
      August 11, 2016 at 8:33 pm

      Can’t u see the cmt below bad boy. (V*)is there. …bad viyas thee dhenn bodu varu?????

    7. Anonymous says:
      August 12, 2016 at 2:15 pm

      Hehe????????

  6. Rora says:
    August 11, 2016 at 12:58 pm

    Lol.. v aslu mi story.. n that girl is mad.. waitin fr the next part

  7. Shaai says:
    August 11, 2016 at 1:34 pm

    Wow nice

  8. anonymous ❤ says:
    August 11, 2016 at 2:16 pm

    Hmm.. Interesting ?

  9. RIF says:
    August 11, 2016 at 2:58 pm

    Stry is really v interesting. ?…ekam flower hedhigothah baraabarah up kohkohfa sham vx nugehleyne kamah ummeedhukuran ?…nuzzi also did the same…mi site ga nrreehutihaa reethivaahaka ehvx vakihisaabakunn medhukan daalanii….darkanglege inthizaaruga vx nuliyaathaa garuneh mi vanee…?sham I reallyhope u won’t do that

    1. RIF says:
      August 11, 2016 at 3:00 pm

      Hurihaa*

  10. shaam says:
    August 11, 2016 at 3:04 pm

    Yes, iraadhakurehviyyaa thikan kohdheynan

    1. RIF says:
      August 11, 2016 at 3:30 pm

      Well that’s so sweet of u thanks shaam

  11. shaam says:
    August 11, 2016 at 3:04 pm

    Also thanx to all for the lovely comments

  12. Bad boy?? says:
    August 11, 2016 at 3:10 pm

    Mi vaaahaka vvvvv habeys…..whn nxt prt……avahah up kohdhrhchey??????????

  13. Anonymous says:
    August 11, 2016 at 3:13 pm

    Vaahaka vvvvv reethi…thnk u marshuuu??????

  14. Love says:
    August 11, 2016 at 4:04 pm

    Interesting eba vey ??

  15. Mexxo says:
    August 11, 2016 at 4:18 pm

    v v v reethi

  16. Anonymous says:
    August 11, 2016 at 6:05 pm

    I am vvvv big fan of u marrrshuuu…want meet u….????

  17. mash says:
    August 11, 2016 at 7:13 pm

    V v interesting n v nice??

  18. sabeeha says:
    August 11, 2016 at 7:41 pm

    nice story…?

  19. Papaya says:
    August 11, 2016 at 8:38 pm

    When’s next prt

Comments are closed.

Next Episodeއާވާރާކަން …(ހަތަރުވަނަބައި)←


All Right Reserved!