Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (24)

layaal Level 310 Stories100 Comments
August 7, 2016 8 Mins Read
55 Comments

“ނުފެނޭ މަންމާ.. ކޮބާތަ؟ ކީއްވެތަ އަނދިރީ!! މަންމާ!!” އައިފާ ރޮއެ ގަންނަމުން މިހެން ބުނިއިރު ލޫތް ކޮޓަރީގެ ދޮރުމައްޗަށް އައިސް ހުއްޓުނީއެވެ.

ވައިގައި އައިފާ އަތް ފުނާ އަޅަމުން ދިޔައިރު އޭނާ އެބުނި ބަސްތައް އިވި ލޫތްގެ އަތުގައި އޮތް ފެންފުޅި ބިންމައްޗަށް ވެއްޓުނެވެ. އޭނައަށް އެބަސްތައް ހީވީ އިއްވާލި ހޮނު ގުގުރިއެއް ހެންނެވެ. ލޮލަށް ކަރުނަ ޖަމާވިއިރު އެހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.

ބަސްހުއްޓިފައި ހުރި ލޫތްގެ ނަޒަރު ވަނީ އައިފާއަށް ހުއްޓިފައެވެ. ކުރިއަށް ފިޔަވަޅެއް އަޅާނެހައި ހިތްވަރު ނުލިބުނު އިރު ދެލޯ ކަރުނުން ފުސްވިއެވެ. އެވަގުތު އަޒުރާގެ ނަޒަރު އޭނާއާއި ބައްދަލު ވުމުން ހޭވެރިކަންވެ އެދިމާއަށް ލަސް ފިޔަވަޅު ތަކެއްގައި ދެވުނެވެ. އޭރު ވެސް އައިފާ ރޮމުން ދިޔައިރު އޭނާ ވައިގެ ތެރޭގައި އަތް ފުނާ އަޅަމުން ދިޔައެވެ.

ލޫތް އެމަޑު އަތްތިލަ ގެނެސް އެމޭގައި ޖައްސާލުމުން އައިފާގެ ހަރަކާތްތަށް ހުއްޓުނެވެ. “ލޫތް؟.. ލޫތް. ލޫތް ތަ؟” އައިފާ ގިސްލެވިފައި އިނދެ އަހާލިއެވެ. ލޫތް އިތުރު އެއްޗެކޭ ނުބުނެ އައިފާ ގެނެސް އެމޭގައި ފޮރުވާލިއެވެ. ވަގުތުން އައިފާގެ ބަޑި ފަޅައިގެން ގޮސް ރުއިމުގެ އަޑު މުޅި ކޮޓަރީގައި ހިފާލިއެވެ.

“ލޫތް.. ނުފެނޭ.. އެއްވެސް ތަނެއް ނުފެނޭ. ލޫތް..” އޭނާ ލޫތްގެ އުނގަނޑުގައި ދެއަތުން އޮޅުލައި ގަނެގެން ހުރެ ރޮމުން ދިޔައެވެ. އޭރު އަޒުރާ ރޮވިފައި ހުރެ ނަރުހަކަށް ގޮވަމުން ދުވެފައި ކަހަލަ ގޮތަކަށް އެކޮޓަރިން ނިކުތެވެ. ލޫތް ދެލޯ މަރާލީ މިއީ ހަޤީޤަތަކަށް ނުވުމަށް އެދި ދުޢާ ކުރަމުންނެވެ. ލޯ ހުޅުވާލުމުން މިކަން ހުވަފެނެކަށް ވުމަށް އެދިއެވެ.

ނަމަވެސް އައިފާގެ އަޑަށް ލޯ ހުޅުވާލުމުން ހަޤީޤަތް ބަދަލެއް ނުވިއެވެ. މިއީ ހުވަފެނެއް ނޫނެވެ. އައިފާއަށް ބަލާލިއިރު އެ ބޯ އެސްފިޔަތަކުގައި ކަރުނަ ހަރުލާފައި ވީއިރު އޭނާގެ ނަޒަރު ހުރީ ފާރަށް ހުއްޓިފައެވެ. ދެން އެ ލޮލުގެ ނަޒަރު ލޫތްއަށް ނުހުއްޓޭނެއޭ ހީވުމުން ގައިން ހީބިހި ނަގުވާލިއެވެ.

“ޝޫޝް. އައި އެމް ހިއާ..” އައިފާގެ ބޮލުގައި ބޮސްދެމުން ލޫތް ބުނެލިއެވެ. އެވަގުތު އެތެރެއަށް ވަދެގެން އައި ޑޮކްޓަރުގެ ފަހަތުގައި އަޒުރާ ހުއްޓެވެ. ލޫތް ޑޮކްޓަރަށް ތަން ދައްކަމުން ދުރަށް ޖެހެލި ތަނާ އައިފާ ބިރުން ތެޅިގަތެވެ. ލޫތްގެ އަތުން އަތް ބީވުމުން ރޮއެ ގަނެވުނެވެ. “ނޫން! ލޫތް ނުދޭ!!” އައިފާ އާދޭހާއި އެކު ބުނެލިއެވެ.

“މިހިރީއޭ.. ނުދަމޭ. އައި އެމް ރައިޓް ހިއާ..” ލޫތް ވަގުތުން ކައިރިއަށް ޖެހިލާ އައިފާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “އައިފާ އައިމް ޔުއާ ޑޮކްޓަރ.. މިތާ އޮށޯވެލާ އިނގޭ. ލޫތް އެހެރީ ކައިރީގައި. ލެޓް މި ޗެކް ޔޫ.” ޑޮކްޓަރ މަޑުމައިތިރި ކަމާއިއެކު ބުނެލިއެވެ. “ނުފެނޭ.. އަނދިރީ..” އައިފާ ގިސްލަމުން ބުނެލިއެވެ.

ޑޮކްޓަރުގެ ޗެކް އަޕް ނިމެންދެން އައިފާގެ އަތުގައި ހިފައިގެން ލޫތް ހުއްޓެވެ. އޭރު ވެސް އައިފާއަށް ރޮވެމުން ދިޔައިރު އެތަނަށް އާލިމް ވެސް އައިސްފިއެވެ. އޭނާއަށް މި މަންޒަރުފެނި ދުމެއް ޖަހާފައި އައިސް އަޒުރާ ކައިރި މަޑުކޮށްލިއެވެ.

“މަންމާ.. ކިހިނެތްވީ؟ ކީއްވެ ތި ރޮނީ؟ އައިފާ ހޭ އެރީއެއްނުން.. ކީއްވެތަ އޭނަ އެރޮނީ.. މަންމާ.. ވެގެން އުޅޭ ގޮތެއް ބުނެބަލަ.” އާލިމް ހާސްވެފައި ހުރެ އެއްފަހަރާ އެތަށް ސުވާލެއް ކޮށްލިއެވެ.

“ދަރިފުޅާ.. އައިފާ. އައިފާއަށް އެއްވެސް ތަނެއް ނުފެނެޔޯ.. ހޭއެރި ގޮތަށް އަނދިރީއޭ ބުނެ ރޯންފެށީ..” އަޒުރާ ރޮވިފައި ހުރެ މިހެން ބުނުމުން އާލިމް ވެސް ސިހުނެވެ. އޭރު ޑޮކްޓަރ ނަރުސް ކުއްޖާ ކައިރި އައިފާ ގަޔަށް ނިދާ އިންޖެކްޝަންއެއް ޖަހަން ބުނީ އޭނާ ރޮއެ ހާސްވެގެން އުޅޭ ތީއެވެ.

އިންޖެކްޝަން ޖެހެމުން އައިފާއަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނިދުނެވެ. އޭރު ވެސް އޭނާގެ މަޑު ގިސްލުމުގެ އަޑު އިވެމުން ދިޔައިރު ލޫތްގެ ހިތުގައި ރިއްސާލިއެވެ. “ޑޮކްޓަރ.. ކިހިނެތްތޯ ވީ؟” އާލިމް ކެތް މަދުވެފައި ހުރެ ސުވާލު ކޮށްލިއެވެ.

“ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން މިކަހަލަ ކަމެއް ވުން އެކަށީގެންވޭ.. އަޅުގަނޑަށް ހީވަނީ އޮޕްޓިކް ނާވްއަށް ގެއްލުމެއް ލިބުނީހެން.. އޮޕްޓިކް ނާވްއަކީ ލޮލުގެ ފެނުމަށް އެންމެ މުހިއްމު ނާވް” ޑޮކްޓަރ އޮޅުން ފިލުވައި ދިނެވެ.

“ކީއްވެ ކުރިން މިހެން ވެދާނެ ވާހަކަ ނުބުނީ.. ޔޫ ކެން ޓްރީޓް ދިސް ރައިޓް؟” ލޫތްގެ އަޑުގައި ކަންބޮޑުވުން އެކުލެވިގެން ވިއެވެ. “ކުރިން ވެސް ބުނިން ހޭއެރީމައޭ އިތުރު ގެއްލުމެއް ލިބިފައި ހުއްޓަސް އިނގޭނީ. އިތުރު ޓެސްޓުތަކެއް ހައްދާލީމައި އިނގޭނީ ގެއްލުން ލިބިފައި ހުރި ވަރާއި މިކަމަށް ފަރުވާދެވޭނެ ވަރެއް ވެސް. ކީޕް ޕޭޝަންސް. ހޭ އެރީމަ ދެން އިތުރަށް ހަނދާން ހުރި ވަރެއް ވެސް ބެލޭނީ. ރައިޓް ނައު ޝީ އިޒް އިން ޝޮކް.” ޑޮކްޓަރ މިހެން ބުނުމުން ލޫތް އަތުން ނިއްކުރީގައި ހިފައްޓާލިއެވެ.

“ޑޮކްޓަރ ޕްލީޒް.. އައިފާ ރަނގަޅު ކޮށްދީ..” ލޫތް އާދޭހުގެ ރާގަކަށް ބުނެލިއެވެ. އޭރު އޭނާގެ ނަޒަރު ހުއްޓުނީ ނިދިފައި އޮތް އައިފާއަށްށެވެ. އޭނާ ކައިރީގައި އަޒުރާ ހުރެ ބޮލުގައި ފިރުމަމުން ދިޔައިރު އެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. “ވީ ވިލް ޓްރައި އަވާ ބެސްޓް ލޫތް.” ޑޮކްޓަރ މިހެން ބުނެ އެތަނުން ދިޔައެވެ.

“މަންމަގެ ދޫނި.. އިރާދުކުރެއްވިއްޔާ ދަރިފުޅަށް ފެންނާނެ އަދި.” އަޒުރާ ރޮވިފައި ހުރެ ވާހަކަ ދެއްކި އިރު ކައިރީގައި އާލިމް ހުއްޓެވެ. ލޫތް އެތަނުން ނިކުމެ ލޮލަށް ޖަމާވި ކަރުނަތަށް ފޮހެލަމުން ނުރޯން ހިތްވަރު ކުރިއެވެ. ހައްތާހާ ވެސް މި ދިމާވަނީ ހިތްދަތި ކަމެވެ. އޭނާއަށް އުފަލެއް ނެތީބާއޭ އޭނާ ހިތަށް އެރިއެވެ. ލޫތް ފޯނުން ނެގުމަށްފަހު ލުތުފީއަށް ގުޅާލީ މިޚަބަރު ދޭށެވެ.

****

ސިޓިން ރޫމުގައި އިން ލުތުފީ ދިޔައީ ހޮސްޕިޓަލަށް ދާން ތައްޔާރު ވަމުންނެވެ. ހެނދުނު ސައިބޮއެ ނިންމާލައިގެން މަޑުކޮށްލީ ލައިޝާ އާލާ ގޮވައިގެން ހޮސްޕިޓަލަށް ގޮސްފައި އަންނަން ދެނެވެ. އޭރު އާޒިމާ ކާގޭގައި ކޮފީތައްޓެއް ބޯން އިންއިރު ކައިރީގައި ލައިޝާ އިނެވެ. “އައިފާ ހެއެއް ނާރާތަ؟” ލުތުފީ ބޫޓަށް އަރަމުން އަހާލިއެވެ.

“އާނ.” ލައިޝާ ދިނީ ކުރު ޖަވާބެކެވެ. ޚިޔާލަކަށް ގެއްލިފައި އިން އާޒިމާ ކަރުކެހިލަމުން ވާހަކަދެއްކިއެވެ. “ދެން އެމީހުން ކައިވެންޏެއް ނުކުރެވޭނުން މިވީ ގޮތުން” އާޒިމާ މިހެން ބުނުމުން ލުތުފީ ސޯފާއިން ތެދުވެ އެދިމާއަށް ނަޒަރު ހުއްޓާލިއެވެ.

“ސާބަސް އެކަމުވާ.. އެފަކީރު އެހާލުގައި އޮތް އިރު އާޒިމާ ތި ވިސްނަނީ ކައިވެނި ނުކުރެވޭނެ ކަމާއި މެދު. އަހަރެން ހަމަ ހައިރާން ވެއްޖޭން.” ލުތުފީ މިހިސާބަށް ބުނި ތަނާ އޭނާގެ ފޯނު ރިންގުވިއެވެ.

ލުތުފީ ދެފަރާތަށް ބޯ ހޫރުވާލަމުން ފޯނު ނަގައި ޖަވާބު ދިނެވެ. “ދަރިފުޅާ ލޫތް.. ކިހިނެތްވީ؟” ލުތުފީ މިހެން ބުނެފައި އެކޮޅުން ދިން ޚަބަރަކުން އޭނާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވިއެވެ. “ސުބްހާނަﷲ.. ދެން ކީކޭ ޑޮކްޓަރު ބުނީ؟.” ލުތުފީ ހާސްވެފައި ހުރެ ވާހަކަދެއްކުމުން ލައިޝާގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ.

އޭރު ގޭގެ ދޮރުގައި ޓަކި ޖެހުމަށްފަހު ނާއިލް އެތެރެއަށް ވަންނަނީއެވެ. “ބައްޕަ މިދަނީ މިހާރު” ލުތުފީ އަވަސް އަވަހަށް ފޯނު ބޭއްވި އިރު އޭނާ ހުރީ ކަންބޮޑުވެފައެވެ. “ބައްޕާ.. ކިހިނެތްވީ؟” ދުރުގައި ވާނުވައި ނޭނގިފައި އިން ލައިޝާ އަހާލިއެވެ. “އައިފާ ހޭއެރީ.. އެކަމަކު އޭނަ ލޮލަކަށް ނުފެނެޔޯ..” ލުތުފީ ދިން ޚަބަރަކުން ކޮފީ ބޯން އިން އާޒިމާ ކޮށިއެރިއެވެ.

“ސަހާދެއް! ޔަޤީންތަ؟” އާޒިމާ ސިހިފައި އިނދެ ބުނެލިއެވެ. އޭރު ނާއިލްގެ މޫނުމަތިން ވެސް ކަންބޮޑުވުން ފާޅުވާން ހުއްޓެވެ. “އާނ.. ޑޮކްޓަރ އައިސް ބަލާފައި އިތުރު ޓެސްޓްތަކެއް ހައްދަން ޖެހޭނެ ކަމަށްށޯ ބުނީ.. ނާއިލް ދަރިފުޅާ ހިނގާބަލަ އަވަހަށް.” ލުތުފީ މިހެން ބުނުމުން ނާއިލް ވަގުތުން އޭނާގެ ބައްޕައާއި އެކީ ހޮސްޕިޓަލަށް ދިއުމަށް ނިކުތެވެ.

“އަޅުގަނޑު ވެސް ތައްޔާރު ވެލައިގެން ދާން ވީ..” ލައިޝާ މިހެން ބުނެ އެތަނުން ދިޔައެވެ. އޭރު އާޒިމާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. އޭނާ ތެދުވެ ކޮފީތަށި ސިންކަށް އޮއްސާލި އިރު އެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.

****

ލުތުފީ މެން ހޮސްޕިޓަލަށް ގޮސް ޑޮކްޓަރާއި ވާހަކަ ދައްކައި މަޝްވަރާ ކުރެވުނެވެ. އޭރު އައިފާ ކައިރީގައި އިން ލޫތް މަޑުމަޑުން އައިފާގެ އަތުގައި ފިރުމަމުން ދިޔައެވެ. “ބީ ސްޓްރޯންގް ލޫތް.” ލޫތްގެ ކޮނޑުގައި އަތްލަމުން ލައިޝާ ހިތްވަރު ދިނެވެ. އޭރު އަޒުރާ ލޮލުން ކަރުނަ ނުހިކި ދުރުގައި އިންއިރު އޭނާގެ ޚިޔާލުގައި ވަނީ އައިފާއެވެ.

އެވަގުތު އައިފާގެ ހޭލެވެން ފެށުމުން ލޫތް ތެދުވެ އައިފާގެ ބޮލުގައި ފިރުމާލިއެވެ. “ހޭއި.. އައި އެމް ހިއާ.” ލޫތް މިހެން ބުނުމުން އޭނާ ލޯ ހުޅުވާލަމުން ލޫތްގެ އަތުގައި ބާރަށް ހިފައްޓާލިއެވެ. “ފެން..” އައިފާ މިހެން ބުނުމުން ލައިޝާ އަވަހަށް ކައިރީގައި ހުރި ފެންފުޅިން ތައްޓަކައި ފެން އަޅައި އައިފާ ތެދުވަން އެހީތެރި ވެދިނެވެ.

އޭރު އަޒުރާ މި މަންޒަރު ބަލަން ދުރުގައި އިންއިރު ލޫތްގެ އާއިލާ މީހުން އައިފާއަށް އަޅާލާ މިންވަރު ފެނި އޭނާގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. އައިފާ ފެން ބޮއެ ނިމުމުން އެނދުގައި ލެނގިލައި ހަމަޖެހިލިއެވެ. “ކާކު ލައީތަ؟” އައިފާގެ އަޑުގައި ވީ ހިތާމައެވެ. “އާނ.. ލައީ މީ. ކިހިނެތް މިހާރު؟ ބޮލުގައި ރިއްސައި ގޮތެއް ވޭތަ؟” ލައިޝާ ހިތްހެޔޮ ކަމާއި އެކު އަހާލިއެވެ.

“ކުޑަކޮން.. އެކަމު ނުފެނޭ..” އައިފާ ހިތްވަރު ކޮށްފައި ވާހަކަ ދެއްކިއެވެ. “އަދި ރަނގަޅުވާނެ.. ވި އާ އޯލް ހިއާ ފޯ ޔޫ.” އައިފާ ބޮލުގައި ފިރުމާލަމުން ލައިޝާ ބުނެލިއެވެ.

“ލޫތް.. ލޫތް އެބަ ހުރިންތަ؟” ލޫތްގެ އަޑެއް ނީވުމުން އައިފާ އަހާލިއެވެ. “ޔެސް ބޭބީ.. މިހިރީ ހަމަ ކައިރީގައި.” ލޫތް އެއްޗެކޭ ނުބުނެ ހުރީ އޭނާއަށް އައިފާގެ ހާލުގައި ފެނި ކަރުތެރެ ބެދުމުންނެވެ. ވާހަކަ ދައްކާނެހައި ހިތްވަރު ވެސް އޭނާ ކިބައިގައި ނެތް ކަހަލައެވެ.

އެވަގުތު އެތަނަށް ޑޮކްޓަރާއި އެކީ ލުތުފީއާއި ނާއިލް އައެވެ. “މަންމާ.. ކޮބާ މަންމަ.” އައިފާ މިހެން ބުނުމުން އަޒުރާ އަވަހަށް ތެދުވެގެން އައިފާ ކައިރިއަށް ޖެހިލިއެވެ. “މަންމަ އެބަހުރިން.. ދޮންބެ ވީ ގެއަށް ގޮސް” އައިފާގެ އަތުގައި ހިފާލަމުން އަޒުރާ ވާހަކަދެއްކިއެވެ.

“އައިފާ. މިއީ ޑޮކްޓާރ އިނގޭ. ބޮލުގެ ރިހުން ކިހިނެތް؟” ޑޮކްޓަރުގެ ސުވާލުތަކަށް އައިފާ މަޑުމައިތިރި ކަމާއި އެކު ޖަވާބު ދިނެވެ. އޭނާ ޒޭން ހިފެއްޓިކަން ހަނދާން ހުރި އިރު މަގުމަތިން އެއްޗެގައި ޖެހުނުކަން ވެސް ހަނދާން ހުއްޓެވެ.

“އައިފާގެ މެމޮރީއަށް އެއްވެސް ކަހަލަ އަސަރެއް ކޮށްފައެއް ނެތް. އެހެން ވީމަ ދެން ޖެހެނީ ލޮލުގެ ފެނުމަށް ވީގޮތް ބަލާލުމަށް ޓެސްޓުތައް ހައްދާލަން.. އިރުކޮޅަކުން ނަރުސް އަންނާނެ ބަލައި. ޑޯންޓް ވޮރީ.. ވީ ވިލް ސީ ވަޓް ވީ ކެން ޑޫ.” ޑޮކްޓަރު މިހެން ބުނެފައި އެތަނުން ދިޔައެވެ.

ލުތުފީ މެން އިރުކޮޅަކު އައިފާއާއި ވާހަކަ ދައްކާލުމަށްފަހު އެތަނުން ދިޔުމުން އަޒުރާ ވެސް ބޭރަށް ޖެހެލީ ލޫތްއާއި އައިފާއަށް އެކަނި ވަގުތު ކޮޅެއް ދިނުމަށްށެވެ. “އައި އެމް ސޮރީ ލޫތް.. އެދުވަހު ކާރުގައި ދެވުނު ނަމަ މިހެން ނުވީސް..” އައިފާ ދެރަވެފައި އިނދެ ބުނެލިއެވެ. “އަދި އެބައޮތް އެއް ވާހަކަ ބުނަންވެފައި..” އައިފާ ޒޭން އެރޭ ކުރި ކަންތަކުގެ ވާހަކަ ލޫތްއަށް ކިޔައިދިނީ އެއްވެސް ކަމެއް ނުފޮރުވަންށެވެ.

“މޭބީ އިޓްސް މައި ފޯލްޓް.. އަހަރެންނަށް ކަންތައް ކުރެވުނު ގޮތުން ޒޭން ރުޅިއައިސްގެން މިހެން މިވީ..” އައިފާ މިހެން ބުނުމުން ލޫތް އޭނާގެ ވާހަކަ ހުއްޓުވިއެވެ. “ނޫން.. ޑޯންޓް ބްލޭމް ޔުއާ ސެލްފް އިނގޭ. އެއީ އައިފާގެ ކުށެއް ނޫން.” ލޫތް މިހެން ބުނެފައި އައިފާގެ އަތުގައި ބޮސްދިނެވެ.

“ލޫތް.. ދެން ނުފެންނާނެތަ؟ ލޫތްގެ ތި މޫނުވެސް ނުފެންނާނެތަ؟” އައިފާ ރޮވިފައި އިނދެ މިހެން ބުނި އިރު އޭނާގެ އިނގިލިތަކުން ލޫތްގެ މޫނުގައި އަތްލުމަށް މަސައްކަތް ކުރަމުން ދިޔައެވެ. ލޫތް މަޑުމަޑުން އައިފާގެ އަތް ތިލަ ގެނެސް އޭނާގެ މޫނުގައި ޖައްސާލަމުން އަތުގައި ބޮސްދިނެވެ.

“ތިހެން ނުބުނޭ.. އަދި ފެންނާނެ.” ލޫތް ހިތުގައި ޖެހި ހިންދިރުވާލަން ވެސް އުނދަގޫ ވިއެވެ. “ލޫތް ދާނީތަ ދޫކޮށްލާފަ؟ ހައު ކެން ޔޫ ލިވް ވިތް އަ ބްލައިންޑް ޕާސަން. މެރީ ވެސް ނުކުރެވޭނެ..” އައިފާ ނަޒަރު އެކި ދިމަދިމާއަށް ހުއްޓެމުން ދިޔައިރު އެލޮލުން ފޭބި ކަރުނައިން ކޯތާފަތް ތެމުނެވެ.

“ދެން ނުބުނައްޗޭ ތިހެން. އައި ލަވް ޔޫ.. އައިފާ ކޮންމެ ގޮތަކަށް ހުއްޓަސް އަހަންނަށް ހެޔޮ.. އައި ވިލް ބީ ހިއާ.” ލޫތް މިހެން ބުނެފައި އައިފާ ގައިގައި ބައްދާލިއެވެ. ލޫތްގެ އަތުގެ ތެރޭގައި ބޮނޑުވެގެން އިން އައިފާ އިނީ ލޯ މަރައިގެންނެވެ. އޭނާއަށް ލޫތްގެ ސޫރަ ސިފަވަމުން ދިޔައިރު ދެން ހަމަ ލޮލަށް އެ ސޫރަ ނުފެންނާނެތީ ހިތް ރުއެވެ. ލޮލަށް ފެނިފައި އެ ފެނުމުން މަހުރޫމް ވުމުން ކުރާނެ އަސަރު ބަޔާ ވެސް ނުކޮށްދެވޭނެއެވެ.

****

ހަވީރުގެ ފިނިކަން މުޅި މާހައުލަށް ވެރިވި އިރު ލޫތް ހޮސްޕިޓަލްގެ ބޭރުގައި މަޑުކޮށްލައިގެން ހުރީ ބޯ ހަމަޖައްސާލުމަށްށެވެ. އައިފާ ޓެސްޓުތައް ހަދާ ނިމި މިހާރު ނިދިފައި އޮތުމުން ލޫތް އެކަނިވެލަން ބޭރަށް ނިކުމެލީއެވެ. އޭރު އާލިމް ވީ އައިފާ ކައިރީގައެވެ.

ޓެސްޓު ނަތީޖާ ތަކަށް ބަލައި ޖަވާބެއް ދެވޭނީ މިރޭ ކަމުން ލޫތް ކެތްމަދުވެފައި މިރެއަށް އިންތިޒާރު ކުރަމުން ދިޔައެވެ. ހޮސްޕިޓަލުގައި އިން ބެންޗެއްގައި އިށީނދެލައިގެން އިން އިރު އޭނާގެ ނަޒަރު ވަނީ ނޫ އުޑަށް ހުއްޓިފައެވެ.

އެ ނޫ އުޑުގައި ވި ހުދު ވިލާތަށް މަޑުމަޑުން ދަތުރު ކުރަމުން ދިޔައިރު ބަލައިލަން ހިތް ގައިމެވެ. އޭނާ ލޯމަރާލުމުން ސިފަވީ އައިފާއެވެ. އެހިތްގައިމުން ލޮލުން ލޫތްއަށް ބަލަން ހުރިއިރު ތުންފަތުގައި ފަނޑުނުވައި ހިނިތުން ވުމެއްވިއެވެ. މި މަންޒަރުން ލޫތްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

ނަމަވެސް ލޯ ހުޅުވާލުމާއި އެކު ކުރިމަތިން ފެނުނު ސޫރައިން ދެބުމަ ގޮށްޖެހުނެވެ. އޭނާގެ ކުރިމަތީގައި ހިނިތުންވެފައި ހުރި ލީނާ ފެނި ލޫތް މޫނުމަތިން ކުލަވަރު ވެއްޓުނެވެ. “ލީނާ؟” ލޫތް ސުވާލުގެ ނަޒަރަކުން މިހެން ބުނެ އިން ތަނުން ތެދުވިއެވެ. “ލޫތް.. ކިހިނެތް؟” ލީނާ ހިތްހެޔޮ ކަމާއިއެކު ވާހަކަ ދެއްކިއެވެ.

“ރަނގަޅު.” ލޫތް ދިނީ ކުރު ޖަވާބެކެވެ. އެދެމެދުގައި ކޮންމެ ގޮތަކަށް ކަންތައްވި ނަމަވެސް ލޫތް މަޑުމައިތިރި ކަމާއި އެކު ވާހަކަދެއްކިއެވެ. “މިތާ ކިހިނެތްވީ؟ ބަލީތަ؟ ރައްޓެއްސަކަށް ގޮވާލަން އައިސް ލޫތް ފެނުނީމަ މިތަނަށް މަޑުކޮށްލީ.” ލީނާ ލުއި ހިނިތުންވުމެއް ރައްދު ކުރަމުން ބުނެލިއެވެ.

ލީނާގެ ބުޅި އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައި ވީއިރު ލައިގެން ހުރި ދިގު ގަމީސް ކަކުލާއި ހަމައަށް އަރައެވެ. އޭނާއަށް މާ ބޮޑު ބަދަލެއް އައިސްފައި ނެތަސް ލޫތް ހުރި ގޮތްފެނި ލީނާ ހައިރާންވިއެވެ. އޭނާގެ ކުރިން އޮތް ދިގު އިސްތަށި ކޮޅު ކޮށާލެވިފައި ވީއިރު ތުނބުޅި ވަނީ ދިގުވެފައެވެ. ކުރިން ނަމްބަރު އައިނު ނާޅަން ވަރުދެއްކި މީހާ މިހާރު އެހުރީ އޭގެ ބޮޑު އައިނެއް އަޅައިގެންނެވެ.

“ނޫނޭ. ބަލީކީ ނޫން.. އެއީ އައިފާ އެކްސިޑެންޓެއް ވެގެން.” ލޫތް މިހެން ބުނުމުން ލީނާގެ މޫނުމަތިން ހައިރާންކަން ފާޅުވިއެވެ. “އައިފާއޭ؟ އަނެއްކާ ކުރީދުވަހަކު އެކްސިޑެންޓްވީ އައިފާތަ؟ އެވާހަކަ އޮތް ޚަބަރުގައި.. އަހަރެން މާ ބޮޑަކަށް ނުކިޔަން” ލީނާ ކަންބޮޑުވެފައި ހުރެ އަހާލިއެވެ.

“ޔާ..” ލޫތް މިހެން ބުނި އިރު އެ މޫނުމަތިން ފާޅުވި ހިތާމަ ލީނާއަކަށް ނުފޮރުވުނެވެ. “އޯ ލޫތް. އައި އެމް ސޯ ސޮރީ. ކިހިނެތް މިހާރު؟” ލީނާ ހަޤީޤަތުގައި ވެސް ދެރަވެފައި ހުރެ އަހާލިއެވެ. ލޫތްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ލީނާ ފުންނޭވާއެއް ލަމުން ވާހަކަ ދެއްކިއެވެ.

“އިނގޭ ލޫތް މިގޮތަށް އަހަރެންނާއި ވާހަކަ ދައްކަން ބޭނުން ނުވާކަށް.. ވަޓްއެވާ ހެޕަންޑް ބިޓްވީން އަސް ވޮސް ސޭޑް.. އައި ރިގްރެޓް އިޓް އެވްރި ޑޭ. އެކަމަކު އަހަރެންގެ ހިތުގައި ލޫތްއާއި ދޭތެރެ އެއްވެސް ބުރަކަމެއް ނެތް.. އަހަރެންނަށް ފަހުން އުޅެވުނު ގޮތާއި ދޭތެރޭ މަޢާފަށް އެދެން. އައި ރެސްޕެކްޓް ޔޫ އެންޑް ވަޓް ވީ ހޭޑް.” ލީނާ މިހެން ބުނީ ދެރަވެފައި ހުރެއެވެ.

“އައި ނޯ. އައި ރެސްޕެކްޓް ޔޫ އޭސް ވެލް.. އޭރު އައިސްފައި ހުރި ރުޅިން އަހަރެންނަށް ވެސް ވަރަށް އެއްޗެހި ކިޔުން.. ބަޓް ވީ އާ އެޑަލްޓްސް.. އަހަރެން ނެތިން މުޅި އުމުރު ދުވަހު ލީނާއަށް ނަފްރަތު ކުރާކަށް.” ލޫތް ހިތްހެޔޮ ކަމާއި އެކު ވާހަކަދެއްކުމުން ލީނާ ހިނިތުންވެލިއެވެ.

“އައި އެމް ގްލޭޑް.. އައިފާއަށް ގޮވާލަން ދެވިދާނެތަ؟ އިފް ޔޫ ޑޯންޓް މައިންޑް.. އައި އޯ ހާ އޭން އެޕަލޮޖީ..” ލީނާ ބުނެލިއެވެ. “ޝުއާ.. އެކަމަކު މިހާރު އޮތީ ނިދިފައި.” ލޫތް ދެޖީބަށް އަތް ޖަހާލަމުން ޖަވާބު ދިނެވެ.

“އެހެންތަ.. އެހެންވީމަ އަހަރެން އެހެން އިރަކުން އައިސްލާނަން.. އެންޑް ލޫތް ތެންކްޔޫ ފޯ އަންޑަސްޓޭޑިން. ޔޫ ޑިޒާވް އައިފާ. ޝީ އިޒް ދަ ވަން. ކީޕް ހާ ހެޕީ.” ލީނާ ހިނިތުންވެލަމުން މިހެން ބުނެ އެތަނުން ދިޔައެވެ. ލޫތް ވެސް އެތެރެއަށް ވަނީ ގަޑިއަށް ބަލާލަމުން އައިފާ ކައިރިއަށް ދިއުމަށްށެވެ.

****

ރޭގަނޑުގެ ވަގުތެވެ. އަޒުރާ ގެއިން ޕާސްތާ ހަދައިގެން ގެނައީ އެއީ އައިފާއަށް އެންމެ މީރު އެއްޗަށް ވާތީއެވެ. އަތުން ކާން ދިން އިރު އަޒުރާ އިނީ ހިތްހަމަޖެހިފައެވެ. އައިފާއަށް ކޮންމެ ގޮތެއްވީ ނަމަވެސް އަޒުރާ އޭނާއަށް އަޅާލާނެއެވެ. “މީރުތަ؟” އަޒުރާ އަހާލިއެވެ. “ހޫމަ.. ވަރަށް މީރު. މަންމަ ހަދާ ޕާސްތާ އަބަދުވެސް މީރުވާނުން.” އައިފާ ލުއި ހިނިތުވުމެއް ދެމުން ބުނެލިއެވެ.

އޭރު ލޫތް އަދި ގެއަށް ގޮސްފައި ނާދެއެވެ. “މަންމާ.. ވާހަކައެއް އަހާލަންތަ؟” އައިފާ ފާރަށް ނަޒަރު ހުއްޓިފައި އިނދެ އަހާލިއެވެ. އަޒުރާ އާނއެކޭ ބުނެ އައިފާއަށް ފެން ދިނެވެ. “އަޅުގަނޑު ބޮލުގައި އިސްތައްޓެއް ނެތް ދޯ؟” އައިފާ މިހެން ބުނެލީ ދެރަވެފައި އިނދެއެވެ. އޭނާ މިއަދު އެއްކޮން ރޮއެރޮއެ އަޑުވަނީ ކުރަކި ވެފައެވެ. ކިތަންމެ ހިތްވަރު ކުރި ނަމަވެސް ރޮވެނީއެވެ.

“އާނ ދަރިފުޅާ..” އަޒުރާ ދެރަވެފައި އިނދެ ބުނެލިއެވެ. “ބެންޑޭޖް ނެގީމަ ހުންނާނީ ތަލަކޮން ދޯ؟” އައިފާ އަނެއްކާ ވެސް ސުވާލުކޮށްލިއެވެ. “އެއީ މައްސަލައެއް ނޫނޭ.. އަނެއްކާ އިސްތަށި ފަޅާނުން.. އޭރުން އަދި ދަރިފުޅު އިސްތަށި ފަންވީމަ ހުންނާނީ ކޮޅަށްޖެހިފައި.. ހީވާނީ ސުޕައިކު ކޮށްފަ ހުންނަހެން..” އަޒުރާ މިހެން ބުނެލީ އައިފާ ހެއްވާލުމުގެ ބޭނުމުގައެވެ.

“ސުޕައިކެއް ނޫނޭ މަންމާ.. ސްޕައިކް.” އައިފާ ހެމުން މިހެން ބުނެލުމުން އަޒުރާގެ ލޮލުން ކަރުނަ ނިރާލިއެވެ. އައިފާގެ އެ ހިނިތުންވުން ފެނި އަޒުރާގެ ހިތަށް އުފާވެރިކަން ލިބުނެވެ. އޭނާ ރޯކަން ނާންގަން ހެމުން އައިފާގެ ކޮލުގައި ކުޑަކޮން ހިފާލިއެވެ. އެވަގުތު އެތަނަށް ހުއްޓެލި ލޫތް ދެމައިން ހޭތަން ފެނުމުން ބޭރުގައި މަޑުކޮށްލިއެވެ.

އައިފާގެ ހިނިތުންވުން ފެނި ލޫތް ވެސް އުފާކުރިއެވެ. އެ ހިނިތުންވުން ދެކިލަން ކެތްމަދުވެފައި ވީތާ ކޮންދުވަހެއް ހެއްޔެވެ. “އެސްކިއުޒް.. ޑޮކްޓަރ ބައްދަލުކޮށްލަން އެދެފި.” ނަރުސް ކުއްޖާ މިހެން ބުނުމުން ލޫތް އަދި އެއްފަހަރު ހެވިފައި އިން އައިފާއަށް ބަލާލުމަށްފަހު އެތަނުން ދިޔައެވެ.

ޑޮކްޓަރުގެ ކޮޓަރިއަށް ލޫތް ވައިން އިރު އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ޑޮކްޓަރު ދޭނެ ޚަބަރަކާއި މެދު ވިސްނި ވަރަކަށް އޭނާ ހިތް ބިރުގަތެވެ. “ލޫތް. ކަމް އިން..” ޑޮކްޓަރ މިހެން ބުނުމުން ލޫތް ގޮސް ކުރިމަތީގައި އިން ގޮނޑީގައި އިށީނދެލިއެވެ.

“ސޯ އައި ހެވް ރިވިއުޑް އޯލް އޮފް ހާ ރިޕޯޓްސް.. ސިކުނޑީގެ އެއްވެސް މައްސަލައެއް ފެންނާކަށް ނެތް.. އެކަމަކު އަޅުގަނޑު ކުރިން ވެސް ބުނިހެން އޮޕްޓިކް ނާވްއަށް ގެއްލުން ލިބިފައިވަނީ.” ޑޮކްޓާރ މިހެން ބުނުމުން ލޫތް ފުން ނޭވާއެއް ލިއެވެ.

“އެކަމަކު ޓްރީޓް ކުރެވޭނެ ދެއްތޯ؟” ލޫތް ތެޅިތެޅި އޮތް ހިތަކާއިއެކު އަހާލިއެވެ. “އައި އެމް އެފްރައިޑް ބަޓް ދަ ޑިމޭޖް ވޮސް ޓޫ ސިވިއާ.. އަޅުގަނޑު ހީކުރި ވަރަށް ވުރެ ބޮޑަށް އޮޕްޓިކް ނާވްއަށް ގެއްލުންވެފައި ވަނީ.” ޑޮކްޓަރ މިހެން ބުނުމުން ހިނދުކޮޅަކަށް ލޫތް ނޭވާ ހިފައްޓާލިއެވެ.

“ވަޓް އާ ޔޫ ޓްރައިން ޓު ސޭ!” ލޫތްގެ އަޑުގައި ހަރުކަށިކަން އެކުލެވިގެން ވިއެވެ. “ޓްރީޓް ކޮށްގެން ވެސް އައި ސައިޓް ފުލީ ރިކަވާ ވެދާނެ ކަމުގެ އުއްމީދެއް ނެތް.. ކުޑަކޮން ވެސް ފެނުން އެއީ ހަމަ ނެކްސްޓް ޓު އަ މިރަކަލް. އައި އެމް ސޮރީ ލޫތް. ދެއަ އިޒް ނަތިން ވީ ކެން ޑޫ.” ޑޮކްޓާރ މާޔޫސްވެފައި އިންދެ މިހެން ބުނިއިރު ލޫތް ގަބުވެފައި އިނީއެވެ.

ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތަށް ފޭބިއިރު އެހިތުގައި މިހާރު އެއްވެސް ދިރުމެއް ނެތް ކަހަލައެވެ. “ނޫން.. ނޫން ޑޯންޓް ސޭ ދެޓް.. ޑޯންޓް ސޭ ދެޓް.” ލޫތްއަށް ހުއްޓުމެއް ނެތި މިހެން ކިޔެމުން ދިޔައިރު ވަށައިގެންވީ މާހައުލުގައި ވާ އެއްވެސް ކަމެއް އޭނާއަކަށް ނަގައެއް ނުގަނެވުނެވެ. ޑޮކްޓަރު ވާހަކަ އަޑުއިވެމުން ދިޔައިރު ވެސް އެކިޔަނީ ކީކޭ ކަމެއް ޜޭކާއެއް ނުލައެވެ. ދެލޯ ކަރުނުން ފުސްވެފައި ވިއިރު ޚިޔާލުގައި ވީ އައިފާގެ އެ ހިތްގައިމު ހިނިތުންވުމާއި އެ ބެލުމެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ހުރީވެވިފާ ބާކީ… (3)

Next

އަހަރެންގެ ވާހަކަ (ފަންސަތިރީސްވަނަ ބައި)

Next
August 8, 2016

އަހަރެންގެ ވާހަކަ (ފަންސަތިރީސްވަނަ ބައި)

Previews
August 7, 2016

ހުރީވެވިފާ ބާކީ… (3)

55 Comments!

  1. layaal says:
    August 7, 2016 at 4:43 pm

    Enjoy.. let me know how it is.. next part on Tuesday in sha allah.
    Love

  2. Petite says:
    August 7, 2016 at 4:57 pm

    Wowwww nice.. waiting for the next part ??

  3. Petite says:
    August 7, 2016 at 4:59 pm

    Wowwwwlovely story..and interesting. waiting for the next part ??

    1. layaal says:
      August 8, 2016 at 1:32 pm

      thanks

  4. Shaa xee says:
    August 7, 2016 at 5:00 pm

    Wow v nice mi part vx. Ekamu v dhera vehje aifaa ah v gothun. Aifaa ah dhera gotheh nahadhahcey eyrun looth heart broken vaane. Waiting for next part.? avahah up koh dhehchey next part please. Dhen vaa goi balaanan beynumee…..

    1. layaal says:
      August 8, 2016 at 1:32 pm

      Thanks ?

  5. Petite says:
    August 7, 2016 at 5:00 pm

    Oh yeah.. and i am the first.. hihihi ?

  6. Princess? says:
    August 7, 2016 at 5:12 pm

    Plx aifaa ge eye sight ah ehen nuhadhaa
    Plx layaal
    Story hama perfect ????????
    And I am first

    1. Princess? says:
      August 7, 2016 at 5:14 pm

      Sorry I am not first

    2. layaal says:
      August 8, 2016 at 1:33 pm

      thanks ?

  7. Saajidh says:
    August 7, 2016 at 5:33 pm

    WOW… V v v reethi… V asarugadha… V dhera dhen Aifaa ah evy gothun… ekam Looth ah abadhu dhera goiy vaathy maa dheravey… adhi ehaa dhuvas kohfa Leenaage baeh aima v interesting… Leenaa ekkoh ran’galhu vejjeyyaa v reethi vaane… Angaara dhuvahah mi inthizaaru kureveny…

    1. layaal says:
      August 8, 2016 at 1:34 pm

      Thanks dear ?

  8. Ary says:
    August 7, 2016 at 5:36 pm

    alheyy.. loabivaa aifaa. haadha touching ey. e leena ai dhw. haadhs nice hen heeveye mihaaru. ragalhu emanje solihu viyaa. btw vvvvvv salhi hama. sifa kurun hama obi. LOVE you ❤️❤️❤️❤️

    1. layaal says:
      August 8, 2016 at 1:34 pm

      Thanks ?

  9. ink says:
    August 7, 2016 at 5:49 pm

    obinessss hama! dhen vvvv dheravejje..

    1. layaal says:
      August 8, 2016 at 1:34 pm

      thanks you

  10. baburu says:
    August 7, 2016 at 6:22 pm

    Dhn leenaa ethanan nuvahdhaa mahsala jahsan leenaa fandhithA hadhaanyy

  11. Faathee says:
    August 7, 2016 at 6:23 pm

    Alhey hama goosebumps nagaa Kiyamun dhiya iru. Story Kiyamun dhiya iru ma hitha eri mi vaahaka ah filmeh hadhaafiyaa haadha reethi vaane. I can image Kiyamun dhiya iru.. Thanks mihaa dhigu koh mi part gensdhineema. Masha alllah.. Ur the best layaal… Dhen looth aifaa govaan raahje in beyrah dhw dhaani doc ah dhakan. And kobaa zeyn mihaaru. Haadha foohsey eyna ulhey goi. Khonme gothe viyas looth n aifaa dhuru nukurahchey. Ehen vehje aa story ehkoh foohi vaane.

    1. layaal says:
      August 8, 2016 at 1:35 pm

      Thank you ❤️

  12. Faathee says:
    August 7, 2016 at 6:23 pm

    Alhey hama goosebumps nagaa Kiyamun dhiya iru. Story Kiyamun dhiya iru ma hitha eri mi vaahaka ah filmeh hadhaafiyaa haadha reethi vaane. I can image hurihaa kameh Kiyamun dhiya iru.. Thanks mihaa dhigu koh mi part gensdhineema. Masha alllah.. Ur the best layaal… Dhen looth aifaa govaan raahje in beyrah dhw dhaani doc ah dhakan. And kobaa zeyn mihaaru. Haadha foohsey eyna ulhey goi. Khonme gothe viyas looth n aifaa dhuru nukurahchey. Ehen vehje aa story ehkoh foohi vaane.

  13. hasee says:
    August 7, 2016 at 6:49 pm

    leena aa looth mamma dhen mikamuge advantage nagaane dho. aifa emotionaly black mail kuraane dho looth dhookoffa dhaan

  14. Ayshaa says:
    August 7, 2016 at 7:00 pm

    Wow so cute story layaa dhen ekm doc kuda unmeedheh ves loooth ah dhinnama mihaaru vvv dheravehjje

    1. layaal says:
      August 8, 2016 at 1:35 pm

      Thanks

  15. Marsh says:
    August 7, 2016 at 7:07 pm

    V cute… alhe avahah aifaa ge lolah fenebala..i am waitin 4 nxt prt…

    1. layaal says:
      August 8, 2016 at 1:35 pm

      thanks

  16. axu says:
    August 7, 2016 at 7:40 pm

    hasee don’t think negative.. aifaa dhookohfa looth nudhaane.. gosfihyaa mi stry v hadi vaane.. layaal plxxx aifaa ah avahah fenna goii hadhaba.. looth ah abadhuvex dhera goii vanii.. atleast he deserve to be happy dhw with aifaa.. mi stry mihaa dhigukoh genesdheefa in iru vex hyvani v kuda thankolheh kiyaa levunuhen ehaa vex interesting.. kiyamun dhiya iru hama hyvani manzaruthah fenna hen. sifakurun hama habeyysss… waiting for the next part.. luv u layaaal ur the best 🙂 🙂 <3 <3 <3

    1. layaal says:
      August 8, 2016 at 1:36 pm

      Thanks dear ❤️

  17. AY says:
    August 7, 2016 at 7:58 pm

    layaal plx aifa loa rangalhukurachey. looth dhera vaane dho. AY ah ves hama rovijje. plz looth vrh mussandhi eh nun dho. So e nerve rangalhu kurevey ne goi hadhaa dhechey plx plx plx plx plx plx plx plx plx plx plx plx plx plx plxxxxxxxxxxxxx

  18. Musli says:
    August 7, 2016 at 8:15 pm

    Vaahaka v v reethi.. aneh part ge inthizaaruga

  19. Naju?? says:
    August 7, 2016 at 8:46 pm

    Looth mom and leena dhn advantage nagaanee balahche

  20. Mutha/ S.Hithadhoo says:
    August 7, 2016 at 10:27 pm

    Varah reethi vaahakaeh mi, vaahakaige hurihaa baeh/hushahelhun ves varah furihama, kuriah huri baithakah inthizaaru kuran, you’re very talented, and always keep writing ?? ☺

    1. layaal says:
      August 8, 2016 at 1:37 pm

      Thank you Mutha ??

  21. azooo says:
    August 7, 2016 at 11:41 pm

    V dheravesvi. But story very nice. Waiting for the next part

  22. Aimsithu says:
    August 8, 2016 at 5:45 am

    Alhey… dhen aifa beyrah gengos gen rangalhu kuran. Ennu… plzzzz

  23. hudhaa says:
    August 8, 2016 at 7:07 am

    wowwwwww stryyy v v v v v v v v v v v reeethii……….waiting for nxt part!!!!!!!!!!!!! 🙂

    1. layaal says:
      August 8, 2016 at 1:37 pm

      Thanks ?

  24. lyyyy says:
    August 8, 2016 at 7:09 am

    alheyyyy aifa ah dhera gotheh nahadhahchey 🙁 cant wait for nxt part

  25. vishaa says:
    August 8, 2016 at 9:22 am

    vara reethi ur the best……ekm haadha dheraey abdhu looth a ehenvanee keeve.

    1. layaal says:
      August 8, 2016 at 1:37 pm

      thanks ?

  26. Mona says:
    August 8, 2016 at 11:56 am

    Koba saturday ge part…

  27. maiha says:
    August 8, 2016 at 12:13 pm

    v interesting layaa… ekm aifage lolah fenna goiy hadhaabala..plx plx pls

    1. layaal says:
      August 8, 2016 at 1:38 pm

      Thanks ??

  28. Ur fan says:
    August 8, 2016 at 1:39 pm

    Heart touching story.. ur da best?. this is my first comment.. but comment nukuriyas vaahaka kiyan ?
    Waiting 4da nxt part

  29. sabeeha says:
    August 8, 2016 at 3:30 pm

    nice story…

    1. sabeeha says:
      August 8, 2016 at 3:30 pm

      :-* :-*

  30. Zaaa says:
    August 8, 2016 at 3:37 pm

    V nice maalahey up kohdheyle so sad

    1. Miroo says:
      August 8, 2016 at 5:12 pm

      don’t say that. Layaa always updates ragularly. Nuviya ves bunaane. She is the only writer who regularly updates dhen konme dhuvahaku up nu vedhaane. she updates every other day. so appreciate it. atleast she sticks to her words and is close to readers. ?

    2. maiha says:
      August 8, 2016 at 11:49 pm

      yes…u r ryt mirooo…☺

  31. Aishlay says:
    August 8, 2016 at 4:06 pm

    Layaa
    V nice

  32. sama says:
    August 8, 2016 at 6:03 pm

    V salhi

  33. Wafa says:
    August 8, 2016 at 7:03 pm

    i have never commented. but this is one of the best story i have read so far. It keeps getting on interesting. varah salhi eki issues the creat kuraale. and what happend to aifa was totally not expected. you suprise us all the time with these twists. love the story. keep it up layaa ❤️

  34. hater says:
    August 9, 2016 at 11:48 am

    mivaahaka mihaaru foohi vejje. aifa blind veema. so boring. i hate it -__-

    1. liu says:
      August 9, 2016 at 11:52 am

      you are right hater. varah foari aa ehkoh mivaahaka kiyan feshee. ekam mihaaru vaagothun varah foohi. dhn leena ves aissi. theethi hama mulhin fanivamun dhaane balahchey. hate such typical things. urgh! dhn abadhuves rangalhu meehunnah dhera goiyy. fani hadhaa meehaa ah kuri erun. ranaglhu meeehaa barubaadhu vandhen. dhuvahaku ves loabi nulibeyne. dhn dont know. kurin mivaahaka varah varah reethi. my fav it was. ekam now NO. not anymore :/

    2. Ary says:
      August 9, 2016 at 1:44 pm

      dhen nukiyaa ehen viyaa. lol ?. layaa koba story avas darling ❤️

  35. Ayshaa says:
    August 9, 2016 at 1:09 pm

    Layaal kobaatha vaahaka Tuesday v ma hama balabala meene knirakuntho UP kuranee Ava’s kurahchey

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ (25)←


All Right Reserved!