Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާމަ ނުކޮށް ލޯބި…

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
August 8, 2016 6 Mins Read
15 Comments

 

އާދައިގެ ދުވަހެވެ. އިރު އޮއްސިގެން ދަނީ ޖައްވުގައިވާ ރީތި ކުލައަށް އޮރެންޖް ކުލައެއް ގެނުވާ އަނދިރިކޮށްލަމުންނެވެ. ބޭރުގައި އުޅުނިއްޔާ އުޅުނުބައެއްގެ މިޝްރާބް ހުރީ އެމީހެއްގެ ގެއަށެވެ. އިރު އޮއްސޭއިރު ކުޑަކުދިން ގެއަށް ވައްދާ އާދަ އަދިވެސް ވަނީ ހަރުލާފައެވެ. އެހެންނަމަ މި މަގުމަތިތަށް މިހާ ހިމޭނެއްނުވާނެއެވެ. ކުޑަކުދިން ކުޅެ ދުވާ އަޑު ނޫންއަޑެއް ނީވޭނެއެވެ. އަހަރެން ގެއްލިފައި އިނީ އޮއްސެމުންދިޔަ އިރަށެވެ. މާތް ﷲ އަށް ހަމްދު ކުރާ ކަންތަކުގެ ތެރޭ އެންމެ ހަމްދު ކުރެވެނީ އަހަރެން މި މަންޒަރު ބަލާލަން އައުމުގެ ބާރު ކޮންމެ ދުވަހަކުވެސް ދެއްވާފައިވީތީއެވެ. ކޮންމެ ދުވަހެއް ނިމޭތަން ބަލާލުމުގެ ފުރުސަތު ދެއްވާތީއެވެ. އުއްމީދެއްނެތް ކަމަކު އާ ދުވަހަކަށް ލޯ ހުޅުވާލަދޭތީއެވެ. މި ރީތި މަންޒަރަކީ ގުދުރަތުގެ އެންމެ ރީތި ހަދިޔާއެވެ. އަރާ ކޮންމެ އެއްޗަކީ އޮއްސޭ އެއްޗެކެވެ. އޮއްސޭ އެއްޗަކީ އަރާނެ އެއްޗެކެވެ. ކޮންމެ އަނދިރިކަމަކީ އާ ރީތި އަލިކަމެއް ލިބޭނެކަމުގެ ފުރަތަމަ ހަރުފައެވެ. ހުސް އިބްރަތުން ފުރިފައިވާ ކަންތަކެވެ. އަހަރެން ގުދުރަތު ގެ މި ހަދިޔާތަށް ދެކެ ލޯބިވަނީ އެހެންވެއެވެ. ކޮންމެ އެއްޗެއްވެސް އޭގެ ޒާތުގައި އަހަރެމެންނަށް ކޮންމެވެސް އެއްޗެއް އަންގައިދޭނެއެވެ. ވިސްނައިނުލެވެނީ ނުވަތަ އެ މާނަ ނުނެގެނީ އަހަރެމެންނަށެވެ.

އަބަދުވެސް ކަންވާހެން މިއަދުވެސް އެ އޮއްސާ އިރާއިކު އަހަރެންގެ ހިތާއި ސިކުނޑިއަށް ވެރިވެގަތީ އޭނާގެ ހިޔާލެވެ. މި ހިތުގެ ތެޅުން އިތުރު ކޮށްލާ އަހަރެންގެ ލޯބިވާ ޝެހާން ގެ ހިޔާލެވެ. ގުދުރަތުގެ މި ތަކެތި ދެކެ އަހަރެން އެންމެ ލޯބިވާ އަނެއްސަބަބަކީ ގުދުރަތުގެ ރީތިކަމުން ފުރިގެންވާ ޝެހާން އެއް ގެ ހަނދާން މިތަކެތިން އާލާވާތީއެވެ. މިހިތުގައި ވާ ލޯބި އިތުރަށް ފޫންކޮށްލާތީއެވެ. އަހަރެންގެ ރައްބުގެ އެންމެ ރީތި އުފެއްދުމަކަށް އޭނާ ވީތީއެވެ. އެއީ އަހަރެންގެ ހިތާއި ރޫހަށް އުޖާލާކަން ގެންނަ ހަމައެކަނި އިންސާނާއެވެ. އަހަރެމެންނަކީ ލޯބިވާންވީ މީހުން ހޮވާ، ހޯދާ ބައެއްނޫނެވެ. އެ ހޮވާނީ އަހަރެމެންގެ ހިތެވެ. ހޮވޭނަމަ ނުވަތަ އަމިއްލަ ބާރުގައި ލޯބިވެވޭނަމަ މި ދުނިޔޭގައި އުޅޭ ގިނަ މީހުންގެ ތުންފަތުގައި ވާނީ ހަޤީޤީ ހިނިތުންވުމެވެ. ދެއްކުންތެރި ހިނިތުންވުމެއްނޫނެވެ. ހަމަ އެހެންމެ އަހަރެންނަށްވެސް އެބާރު އޮތްނަމަ އަހަރެންވެސް ލޯބިވީހީ އަހަރެންނަށްޓަކައި ފުރާނަދޭނެ ފަދަ މީހަކަށެވެ. ދުރު ދުރުންވެސް މިބުނަނީ އެއްވާހަކައެކެވެ. ޝެހާން އަހަރެންގެ ފުރާނައަށްވުރެ ބޮޑަށް ލޯބިވާ ކުއްޖާއައް ވީ ކަމަކު އަހަރެންނަކީ އެއްވެސް މީހެއްނޫނެވެ. މި ލޯބީގެ ކުރި އަރަ އަރަ އޮއްވާ އެ ކޮށާލީ އެކުވެރިކަމުގެ ވަޅިންނެވެ. އިތުރަށް އެ ފޯދި ކުރި ނާރާނެ ވަރުކޮށްފައެވެ.

މައްސަކައެއްނެތްތާއެވެ. ކުޑަމިނުން އެ ހިތުގައި ޖާގަ ހޯދިފައި އިން “އެކުވެރިކަމުން” ވެސް އަހަރެންނަށް ފުދެއެވެ. މި ހިތަށް ހިތްހަމަޖެހުންލިބެއެވެ. އެއީ ތަޤުދީރެވެ. އަހަރެމެންގެ ބާރުގައި އޮތްކަމެއްނޫނެވެ. ކޮންމެމީހަކަށްވެސް ކޮންމެ މީހެއްވާނެއެވެ. އަހަރެންނަށްވެސް ވާނެއެވެ. ނަމަވެސް މައްސަލައަކީ އަހަރެންގެ ދިރިއުޅުމުގައި އެމީހަކު ހޯދާނެހާ ވަގުތު ނެތީމައެވެ. އަބަދުވެސް ޝެހާންއަށް އެދެވެނީ އެހެންވެއެވެ. ކުޑައިރުންފަށައިގެންވެސް މިހާހިސާބަށް އައި އޭނާއާއި އެކުގައެވެ. ހިތަށް އަރާ ކޮންމެ އެއްޗެއް އޭނާ ކުރިމަތީ އަނގައިން ނެރެލަނީ ޖެހިލުމެއްނެތިއެވެ. އެހާވެސް އަހަރެމެންގާތެވެ. އަހަރެންގެ ދިރިއުޅުމުގައި އޭނާއަށް ނޭނގި އޮތީ އެންމެ ސިއްރެކެވެ. ބުނާނެ ހިތްވަރެއްނެތެވެ. އެ ސިއްރު އެ ގޮތުގައި ބޭއްވުން ކިތަންމެހާވެސް ރަނގަޅުވާނެއެވެ. އެ ސިއްރު އިނގިގެންވެސް ޝެހާންއަށް ކުރެވޭނެކަމެއް ނޯންނާނެތާއެވެ. އޮތް ދުވަސްކޮޅު ތެރޭ އަހަރެންދެކެ ލޯތްބެއްވެސް ނުވެވޭނެތާއެވެ.

ދެލޯ ކަރުނުން ފުރި ބާރުވީ އެހިޔާލުތަކުގައި އިންދައެވެ. އަހަރެން ސިހުނީ ފަހަތުން އައިސް މީހަކު ކޮނޑުގައި އަތްއަޅާލުމުންނެވެ. އަހަރެން ދެލޯ ފޮހެލަމުން ފަސް އެނބުރި ބަލާލިއިރު ފުޅާ ހިނިތުންވުމަކާއި އެކު ހުރި ޝެހާންއެވެ. އަހަރެން ވެސް ދިރުމެއްނުވާ ހިނިތުންވުމެއް ރައްދުކޮށްލާ އޮއްސެން ކުޑަ ތަންކޮޅެއްވެފައި އިން އިރަށް ބަލައިލީމެވެ. ކަނޑުގައި ވަނީ ވަރަށް ބޮޑަށް ރަތްކަން ފަތުރާލާފައެވެ. ޝެހާން އަހަރެން ކައިރި އިށީނދެފައި ކޮނޑަށް އަތްވައްޓާލިއެވެ. އަހަރެންނަށް ނޭވައެއް ދޫކޮށްލެވުނެވެ. “ހޭ ރޫ…. ސަޕް؟” ޝެހާން އަހާލީ އަހަރެންގެ މޫނަށް ބަލައިލަމުންނެވެ. “ހޭ ހާން… ބަލާ އޮއްސެނީ….” އަހަރެން އިނގިލި ދިއްކޮށްލީ އިރާއި ދިމާލަށެވެ. އެ އޮއްސޭތަންކޮޅު ނުފެނިދާނެތީއެވެ. ބަލަ ބަލަ ހުއްޓާ އިރު އޮއްސުނެވެ. އަނދިރިކަން ޖައްވަށް ވެރިވިއެވެ. އަހަރެން ހިތުގައި އުފެދުނު ސުވާލުން ޝެހާންއަށް ބަލައިލީމެވެ.

“ޝީ ސެއިޑް ޔެސް؟” ހިތަށް ގާބުރިއެއް ލާފައި އަހަރެން އަހާލީ ވޭނުން ފުރިގެންވާ އަޑަކުންނެވެ. އަދި އިށީނދެ އިން ވެލިގަނޑުމަތިން ތެދުވެލީމެވެ. ޝެހާން ގެ ފުޅާ ހިނިތުންވުމުންވެސް އަހަރެންނަށް ޖަވާބު ލިބުނުކަހަލައެވެ. އަހަރެން ހިންދިރުވާލީމެވެ. ޝެހާން ވެސް ތެދުވެލިއެވެ. އަދި އަހަރެންގެ އަތުގައި ހިފާލަމުން ހިނގައިގަތެވެ. “ނޫނެކޭ ބުނެ އޭނާއަށް ދެވޭނެތަ ވަކި ތާކަށް؟” ޝެހާން ބުނެލީ ހިނިގަނޑަކާއި އެކުގައެވެ. އަހަރެންވެސް ހީލީމެވެ. އަދި ޝެހާންގެ އަތަށް ބާރުކޮށްލީމެވެ. އެ ޖުމްލަ އަކީ އަހަރެންނަށް ރައްދުވާނެ ޖުމްލައަކަށް ވާނެނަމަ މި ހިތް ފުރިގެން ބަންޑުންވީސްކަންނޭނގެއެވެ. “ކޮންގްރޭޓްސް ..” އަހަރެން ބުނެލީމެވެ. ޝެހާން ރަކި ހިނިތުންވުމަކާއި އެކު އޭނާގެ ފަން އިސްތަށިގަނޑުގައި އަތް ހިންގާލިއެވެ. އަހަރެން އެސްފިޔަ ޖަހާލަންވެސް ނޭނގިފައި ހުރީ ދުވަހަކުވެސް ނުފެންނަ އެ ޝެހާންގެ ލަދުރަކި ކަން ފެނިފައެވެ. އެ އުފާވެރިކަން ފެނިފައެވެ. “ތެންކްސް ރޫ… ހުރިހާ ކަމެއްވެސް އަސްލު ވީ ރޫ އާއި ހެދި.” ޝެހާން އަހަރެންގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. ތެދެކެވެ. މިއަދު ލޯބީގެ އާ ސޮފްހާއެއް ހުޅުވުނީ އަހަރެންނާއި ހެދިއެވެ. ޝެހާންގެ ހިތުގައި އޭނާގެ ރާނީއަށް ދެވުނު މަގާމް ކަށަވަރުވީވެސް އަހަރެންނާއި ހެދިއެވެ. އަހަރެންގެ އެހީގައެވެ. މިއަދު ދެ ހިތް ގުޅުނީ އެއް ހިތް ކުދި ކުދި ކޮށްލަމުންނެވެ.

އަހަރެންގެ ކަރުނަތަށް ހިންދަމުން އަނެއްކާވެސް ހިނގައިގަތީމެވެ. “ރޫ އާއި އެކު ގެއަށް ދާނަން އިނގޭ.” ޝެހާން ބުނެލިއެވެ. “އެކީ ޖަންނަތުގެ ދޮރުކޮޅުވެސް ހުރަސްކުރަން މިހުރީ ތައްޔާރަށް… އިރާދަފުޅާއި މިންވަރު ފުޅުން މި ލޯބި ފުރިހަމަ ވާނީ ޖަންނަތުގައި…. އޭރުން އަބަދުމެ އަބަދަށް ހާންވާނީ އަހަރެންގެ މީހަކަށް… މި ދުނިޔޭގައި ފުރިހަމަ ނުކުރެވުނު ލޯބި ޖަންނަތުގައި ފުރިހަމަ ކުރާނަން އިން ޝާ ﷲ” އަހަރެން ހިތާހިތުން ކިޔާލީ ޝެހާން ގެ ރީތި މޫނަށް ބަލަންހުރެފައެވެ. އަހަރެންވެސް ޝެހާން ކައިރި ހިތުގެ ވާހަކަ ބުނެލަން ބޭނުންވެއެވެ. ނަމަވެސް މި ދިރިއުޅުމުގައި އޭނާއަށް އުޅެވޭނެ ޖާގައެއްނެތެވެ. އަހަރެންނަށްވެސް އުޅެވޭނެކަމުގެ އުއްމީދެއް ނެތެވެ. މި އުއްމީދެއް ނެތް ދިރިއުޅުމުގައި ލޯބި ހޯދައިގެން އެ އޮންނާނެކަމުގެ އުއްމީދުވަކި އޮންނާނެހެޔެވެ؟

ގެއާއި ހަމާލަށް ޝެހާން ދަންދެންވެސް ދައްކަމުން ދިޔައީ އޭނާގެ ރާނީގެ ވާހަކައެވެ. އަހަރެންގެ ޖާގަ ހޯދި އުމޭރާ ގެ ވާހަކައެވެ. ނަމަވެސް އެންމެ ފަހަރަކުވެސް މި ހިތުގެ އަޑު އެހިތަށް އިވުނަކަ ނުދެކެމެވެ. ދެމީހުން އެކީ ގެއަށް ވަދެގެން އާއި އިރު އަހަރެންގެ މަންމަ އިނީ ސިޓިންގް ރޫމްގައި އަހަރެންގެ އިންތިޒާރުގައެވެ. ޝެހާން ފެނުމުން މަންމަ ހިނިތުންވެލާފައި އަހަރެންނަށް ބަލައިލިއެވެ. “ދައްތާ.. ކޮބާ ކިހިނެއް؟” ޝެހާން މަންމަ ކައިރި އިންނަމުން ބުނެލިއެވެ. މަންމަ އަހަރެންނަށް ބަލައިލިއެވެ. އަހަރެން އަންނާނަމޭ ބުނެފައި ކޮޓަރިއަށް ވަނީމެވެ. ހިފެހެއްޓި ހުރިހާ ކަރުނަތަކެއް ފައިބައިގެން ދިޔައެވެ. އެތަށް ކަމެއް ބޮލަށް ވަންނަމުންދިޔައެވެ. އަޑުން އަޑުނަގާ ރޮއެގަނެވުނީ ކެތްނުވާވަރުގެ ވޭނެއް ހިތުގައި އަޅާފައި ވީމައެވެ.

އަހަރެން ގެ ބޮލަށް އެނބުރުން އަރައިގަތެވެ. އިށީނދެ އިންތަނުން ތެދުވެލީ ބޮލުގައި ހިފަހައްޓާލަމުންނެވެ. އިނގިލިތަކުން ހިފަހައްޓާލެވިފައިވާ އަހަރެންގެ ބުޅި ދިގު އިސްތަށިގަނޑަށް ބާރުކޮށްލެވުނެވެ. ނޭފަތުން އެއްޗެއް ފައިބައިގެން ދިޔަ އިހްސާސްއަހަންނަށް ވިއެވެ. ދުވަސް އައިސް ޖެހުނީއޭ ހިތަށް އެރިއިރު ތުންފަތް މައްޗަށް ރީތި ހިނިތުންވުމެއް ވެރވިއެވެ. ޝެހާންގެ އާ ދިރިއުޅުން ފެށުނުއިރު އޭނާގެ އުފާ އަހަރެންނާ ހިއްސާކުރެވުމުންނެވެ އެ އުފަލުގައި ބައިވެރިވެވުމުންނެވެ. އަހަރެން އުނދަގުލަކުން ދޮރާއި ހަމާލަށް ގޮސް ދޮރު ހުޅުވާލީމެވެ. މަންމައަށް ގޮވަން އަނގަ ހުޅުވާލި ގަޑި ވެގެން ދިޔައީ އަހަރެންގެ ދެލޯ މެރި ހުރިތަނަށް ވެއްޓުނު ވަގުތެވެ.

……

އަހަރެންނަށް ހޭލެވުނުއިރު އޮތީ ހޮސްޕިޓަލުގައެވެ. ދެފަހަރު ލޯ ތަޅުވާލީ ފުސްކަން ފިލުވާލަންށެވެ. އަހަރެން ދެކޮޅަށް ބޯ ހަރަކާތްކޮށްލިވަގުތު ފެނުނީ ގޮނޑިއެއްގައި މޫނު ފޮރުވާލައިގެން ރޯން އިން މަންމައެވެ. އަހަރެން މަންމައަށް ގޮވާލީމެވެ. އެ އަޑު ނިކުތީވެސް އުނދަގުލަކުންނެވެ. އަޑުގައިވަނީ ކުރަކި ކަމެކެވެ. މަންމަ މޫނުމަތިން އަތް ނަގާފައި އަހަރެންނަށް ބަލައިލީ އަވަސް ހަރަކާތެއްގައެވެ. އެ ދެލޮލުގައި ވާ ކަރުނައިން މި ހިތް ކަތިލިއެވެ. އެންމެ ފަހުވަގުތުވެސް އެ މަންމަގެ، މިހާހިސާބަށް އަހަރެންގެ ހަޔާތުގެ ކޮންމެ ކަމެއްގައި ބައިވެރިވި މަންމަގެ މޫނުމަތިން ރީތި ހިނިތުންވުމެއް ފެންނާށެވެ. އަތުގެ އިޝާރާތުން އަހަރެން މަންމައަށް ކައިރި ވުމަށް އެދުނީމެވެ. ނޭފަތަށް ގުޅާލެވިފައި ވާ ދެ ހޮޅިން އަހަރެންނަށް އުނދަގޫވިއެވެ. ނަމަވެސް އެ ނައްޓުވާލާކަށް ނޭދެމެވެ. އަތުގައި ގުޅާލެވިފައި އޮތީ އައިވީއެކެވެ. ކައިރި މެޝިންތަކުން އަޑު ލައްވާލަ ލައްވާލަ ހުއްޓެވެ.

މަންމަ އިށީނދެ އިން ގޮނޑި ކައިރިކޮށްލާ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އަހަރެން މަންމަގެ އެ އަތުގައި ހިފައިފާ ބާރުކޮށްލިއެވެ. “މަންމާ!! މަންމަ ދެރަނުވަންޗޭ…. މަންމަ ދެރަވެގެން ރޯނެ ކޮންމެ ފަހަރަކީ އަހަރެން ނެތަސް މިހިތުގައި ވޭން އަޅާނެ ކަމެއްކަން ހަނދާންކުރާތި… މި ފުރާނައަށް އުނދަގޫވާނެ. ހާއްސަކޮށް ލޯބިވާ މަންމަ އަހަރެންގެ ސަބަބުން ރޯކަން އިނގިއްޖެއްޔާ… މަންމާ…. އިރާދަކުރެއްވިއްޔާ އަދި ބައްދަލުވާނެ…. މަންމައަކާއި ދަރިފުޅެއް ވެރި ރައްބު ގުޅުއްވާނެ.. އެކަލާނގެއަކީ ހުރިހާ ކަމަކަށް ކުޅަދުންވަތަ އިލާހް…” އަހަރެން ބުނެލިއިރު ދެލޮލުން ކަރުނަތަށް އައީ ފެން ކޯރަކުން ފެން ފައިބާ އުސޫލުންނެވެ. އިރު އިރުކޮޅާ އަހަރެން މަންމަގެ އަތަށް ބާރުކޮށްލަމެވެ. މަޑުން އިނދެ މަންމަ ދިޔައީ ރޮމުންނެވެ. އިރު އިރުކޮޅާ ނޭފަތް ދަމާލައިފައި ހުއްޓުމެއްނުވާ އެ ކަރުނަތަށް ފޮހެލައެވެ. “މަންމާ…! އަހަރެން ބޭނުމީ.. ތި ކަރުނަތަށް ދެކޭކަށެއްނޫނޭ….” އަހަރެން ބުނެލީމެވެ. ފަހުވަގުތުގައިވެސް އެދުނީ މަންމައަށް ހިތްވަރުލައިދޭށެވެ. އެ މަންމަގެ އަހަރެންފިޔަވައި ހުރީވެސް ދެން ކާކުހެއްޔެވެ؟ ބައްޕަ އެއް ނެތެވެ. އޭގެފަހުން މަންމަ ކައިވެންޏެއް ނުކޮށް އަހަރެންގެ ހިމާޔަތުގައި ބައްޕައެއްގެ ވެސް ރޯލް އަދާކުރަމުންދިޔައީ ހިތްވަރުއެލުވާލުމެއްނެތި އުފަލާއި އެކުގައެވެ.

މަންމަ ހިތްވަރުކުރަން މަސައްކަތްކުރަމުންދިޔައެވެ. ނަމަވެސް އެ ކަރުނަތަށް އެ ހިތަށް ބާރުފޯރުވާކަހަލައެވެ. “މަންމާ!! މާތް ﷲ ފުރާނައެއް އެ ކަލާނގެ ހަޟްރަތަށް ގެންދާއިރު ކަމެއް ފުރިހަމަވެފައި ނުވާނަމަ ޖަންނަތުގައި ފުރިހަމަކޮށްދެއްވާނެ… މަންމަ ބަލަންޗޭ ހީ ވިލް ނެވަރ އަޕްސެޓް އަސް…. އެއްދުވަހުން ދިމާވާނެ… ތި ކަރުނަތަކާއި އެކުއެއްނޫން ހިނިތުންވުމާއި އެކު…. އިރާދަކުރެއްވިއްޔާ…. މާތް ﷲ ދެނެވޮޑިގެންވާނެ ހުރިހާ ކަމެއްވެސް.. އިތުބާރުކުރެ…” އަހަރެން ދެލޯ މަރާލަމުން ބުނެލީމެވެ. ލޮލުކުރިމައްޗަށް ސިފަވަމުން ދިޔަ ކަމަކުން އަހަރެންނަށް ލޯ ހުޅުވާލެވުނީ ކުއްލިއަކަށެވެ. ވަގުތު ކައިރިވަނީއެވެ. ވަގުތު ޖެހެނީއެވެ.

“މަންމާ.. މަންމާ ޝެހާން…” އަހަރެން ބުނެލީ އަވަސް ނޭވާއާއި އެކުގައެވެ. ފަހުވަގުތު ޖެހުމުގެ ކުރިން އެ ސޫރަ ދެކިލަން އެދެވުނެވެ. މަންމަ ބޯ ޖަހާލާފައި ތެދުވެލިއެވެ. އަހަރެން މަންމަގެ އަތް ނެއްޓުމުގެ ކުރިން ހިފާލީމެވެ. “މަންމާ ނުބުނަންޗޭ… މި ލޯބި އަހަރެން ފޮރުވިހެން މަންމަވެސް ޖެހޭނެ ފޮރުވައިދެން.. މީ އަހަރެމެން ދެމީހުން ފިޔަވައި އެކަކަށްވެސް އިނގިގެން ނުވާނެ ސިއްރެއް.. މި ހިތުގެ ރާޖާއަށް މިލޯބި ފޯރިޔަ ނުދޭތި ” އަހަރެން ބުނެލީމެވެ. މަންމަ ބޯ ޖަހާލުމަށްފަހު ހިނގައިގަތީމެވެ. ކޮންމެ މިނަޓަކާއިވެސް އަހަރެން ދިޔައީ ހަނގުރާމަކުރަމުންނެވެ. ދެންމެ ދެންމެ ލޯމެރިދާނެފަދަ އިހްސާސްއެއް ކުރެވެމުން ދިޔައެވެ. މޫނުމަތީ ދާތިކިތަށް ފާޅުވާންފެށިއެވެ. ލަމުންދިޔަ ނޭވާ ފުންވަމުން ލަސްވަމުން ދިޔައެވެ.

މަންމަ ޝެހާން ގޮވައިގެން އައެވެ. ޝެހާންގެ ދެލޮލުން އަހަރެންނަށް ފެނުނީ ޝަކުވާއެވެ. ކަރުނައެވެ. އެކުވެރިއާގެ ހާލަށް ހަމްދަރުދީވާ ވަރެވެ. ޝެހާން އަހަރެންގެ އެނދާއި ކައިރިވެލިއެވެ. އަހަރެންގެ ބޮޑު ދެލޮލުން އޭނާއަށް ބަލަމުންދިޔައިރު އަހަރެންގެ ނޭވާ ކުރުވާންފެށިއެވެ. “ކީއްވެ ރޫ… ދުވަހަކުވެސް ހިތަކަށް ނާރާތަ ބުނެލަން؟ ކީއްވެ ފޮރުވީ؟ ކީއްވެ؟” ޝެހާންގެ ދެލޮލުން ކަރުނަތަށް ފައިބައިގެންދިޔައެވެ. އަހަރެންނަށް އެއްޗެއް ނުބުނެވުނެވެ. ކައިރި ހުރި ޝެހާންގެ އަތާއި ދިމާލަށް އަހަރެން އަތްދިއްކޮށްލުމުން ޝެހާން އަހަރެންގެ އަތުގައި ހިފަހައްޓާލިއެވެ. ދެންމެ ދެންމެ ލޯބި ބޭޒާރު ވެދާނޭ އަހަރެން ހިތަށް އެރިއެވެ. “ބައެއް….ބައެއް ވާހަކަތަށް ފާޅުކުރުމަށްވުރެ…. އާހް!! ފާޅުކުރުމަށްވުރެ ނުކުރުން ބުއްދިވެރި…ވާނެ..” އުނދަގުލަކުން އަހަރެން އެހެން ބުނެލީމެވެ. އެއަށްފަހު ފަހަތުގައި ހުރި މަންމައަށް އަތް ދިއްކޮށްލީމެވެ. ހިތުން ވަގުތު ޖެހުނީއޭ ކިޔާ ހާލު މަންމަ ގެ އަތަށް އަހަރެން ބާރުކޮށްލީމެވެ.

“މި ރޫހީގެ ހަނދާނުގައި ކަރުނަ….. ކަރުނަ އަޅާ ނުރޯތި… ވަރަށް…. ވަރަށް ހިތްހަމަޖެހިގެން… މި ދަނީ… އެއްވެސް ޝަކުވާއެއް… ނުކުރަން…. މަންމާ…. ޝެހާން…. ސްމައިލް އެން ސޭ…. ބައި..” އަހަރެންގެ ނޭވާ ކުރުވަމުން ގޮސް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. ފަހުފަހަރަށް ދެކެން އެދުނު ހިނިތުންވުން ފެނޭތޯ އެދެމީހުންގެ މޫނަށް ބަލައިލިއެވެ. މަންމަ ގެ ވޭނުން ފުރިފައިވާ ހިނިތުންވުމެއް އަހަރެންނަށް ދިނެވެ. ހީވާގޮތުން މަންމަ ވެސް އަހަރެންނަށް އެ އަލްވަދާއު ކިޔަނީ ކޮންމެވެސް ދުވަހަކުން ދިމާވާނެކަން އިނގޭތިއެވެ. އަހަރެން ޝެހާންއަށް ބަލައިލީމެވެ.

ޝެހާން ގަދަކަމުން ހިނިތުންވެފައި ދެކޮޅަށް ބޯހަރަކާތްކޮށްލިއެވެ. އަހަރެން ކައިރި ނުދާށޭ ބުނާފަދަ ގޮތަކަށެވެ. ނަމަވެސް މީ އަހަރެންގެ ނިންމުމެއްނޫނެވެ. މީ މާތް ﷲ ގެ ނިންމުމެވެ. އަހަރެން ޝަކުވާއެއްނުކުރާނަމެވެ. އެކަލާނގެ ކޮންކަމެއްވެސް ނިންމާނީ އެންމެ ރަނގަޅަށެވެ. ވަކި ދުނިޔޭގައި އުޅެގެން އަހަރެންނަށް ލިބޭނެ އުފަލެއް ނެތެވެ. އަހަރެން ހިނިތުންވެލީމެވެ. އަދި ލޯ މަރާލެވުނީ ޝަހާދަތުގެ ދެކަލިމަ ފަސޭހަކަމާއި އެކު ދުލުން ބޭރުކޮށްލުމަށްފަހުގައެވެ.. އަބަދުގެ އަބަދަށް އަހަރެން މި ދުނިޔެއަށް އަލްވަދާއު ކީއެވެ. ހިތުގައި ފޮރުވިފައި އޮތް ލޯބި ހާމަނުކޮށެވެ. އެ ލޯބި ފުރިހަމަ ކުރެވޭނެ އުއްމީދާއި އެކު ވެރި ރައްބުކައިރިއަށެވެ.

 

 

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އެދުނީމޭ ލޯތްބާއި އުފާ 4

Next

މަންޝާ (ފަންސަތިރީސްވަނަ ބައި)

Next
August 8, 2016

މަންޝާ (ފަންސަތިރީސްވަނަ ބައި)

Previews
August 8, 2016

އެދުނީމޭ ލޯތްބާއި އުފާ 4

15 Comments!

  1. Ryn says:
    August 8, 2016 at 7:11 pm

    hey guys.. hope mi story rythi vaane kamah i have one more short story in sha Allah i wil upload tomorrow 😉 thnkx for reading enjoy 😉

  2. sabeeha says:
    August 8, 2016 at 7:30 pm

    v nice story…:-)

  3. Ishu says:
    August 8, 2016 at 7:39 pm

    Ryn ge stories r the best abadhuvs…. waiting for ur next story… btw ru ah kon bayyeh tha jehuni?

  4. xenn says:
    August 8, 2016 at 7:54 pm

    Kn vahaka eh nubuni vahaka tha shehaan a buny…n rooo ah v kyhkameh vx neyngunu..

    1. blackangel says:
      August 29, 2016 at 3:19 pm

      ru ge condition ge vaahaka.

  5. lynum says:
    August 8, 2016 at 8:40 pm

    Hama rangalhahvx rovijje.. This ix so touching….. hp to c anothr story lyk dis…

  6. Appy says:
    August 8, 2016 at 8:54 pm

    Nice story

  7. maain says:
    August 8, 2016 at 9:15 pm

    mi vaahaka eh nimuny tha?

  8. meesha says:
    August 8, 2016 at 10:07 pm

    aslu eh thankolhu….. mi sry mi othee furathama meehaage nazarun liyefa… so mi stry ga mi ulhey roohy “aharen mi dhunniyeah alvadaau keeeve.” meege badalah ‘aharen miduniyeah alvadaau ‘KIYANEE’eve innama it would b better… but frankly…. this ix awsom… waiting fo ur nxt sort stry…

  9. vaanuvaa says:
    August 9, 2016 at 9:47 am

    wats so touching about thi story?? m not criticizng in a bad way.. but its so coufusig.. enethough i dont comment i read all thesse stories.. but dis story i dont know…

    1. ken? says:
      August 10, 2016 at 2:40 am

      mee too…aslu roo ah v kihinei kamei neyngunu…

    2. roassy says:
      August 18, 2016 at 11:58 am

      u guys r rite

  10. munko says:
    August 9, 2016 at 9:56 am

    heart touching…

  11. Shara says:
    August 9, 2016 at 3:49 pm

    woww. v.v.v.v.v.v.v.v.v.v. rythi

  12. Rixoo says:
    August 20, 2016 at 11:47 pm

    maashaa allah. vrh vrh reethi story… bt roo ah kihineitha eh vee.roo maru vaan jehunii kihvve?

Comments are closed.



All Right Reserved!