ކަލާ އަހަރެންގެ ނަސީބުގައި ވޭބާ؟ ( ފުރަތަމަ ބައި)
ނޯޓް: މިވާހަކައިގެ ޚުލާސާގައި ” އަހަރެން ” ބޭނުން ކުރެވިފައި އެވަނީ މިހާރު މިވާހަކަ ފެށުމުގައި ބޭނުންކުރެވިފައި އެވާ ” މަލަކު ” އަށް ނިސްބަތްކޮށެވެ.
” ދަންނަހާ އެންމެނާ މާތަފާތޭ ކަލާ، ހާދަ ކުޅަދާނައޭ ލޯބި އަތުލަން ކަލާ
ގާތްވެލާގޮތް މިހިތާ މޮޅީއޭ ކަލާ، ލަންބުވާލީ މިހިތް ނޭގި ހުއްޓާ ކަލާ
މާނަ ލޯބީގެ ސިއްރުން ކިޔައިދީބަލާ، މަޑުމަޑުން ޚާއްސަ ވެއްޖޭ މިހިތުގާ ކަލާ
ލޯބިވާއޭ ތިއީ ހިތުގެ ރާޖާ މަގޭ، ލޯބިވާޔާ ނުލާ ނޫޅެވޭނޭ އިނގޭ ”
މަލަކު އޭނާގެ ޑައިރީގައި ޅެންބައިތު ލިޔެ ނިންމާލުމަށްފަހު ފުންނޭވާ އެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އޭނާގެ މޫނުމަތީގައިވީ މަޢުނަވީ ހިނިތުންވުމުން އެއީ ވަރަށް ޚާއްސަ ފަރާތަކަށްޓަކައި ލިޔެލި ޅެންބައިތެއްކަން އެމޫނަށް ބަލާލި ކޮންމެ މީހަކަށް އެނގޭނެއެވެ.
މަލަކު އަކީ ދުނިޔޭގެ ތަހުޒީބާއި ތަމައްދުނު ރޮގުން ކުރިއަރަމުން އަންނަ އުމުރުން 19 އަހަރުގެ ޒުވާން އަންހެން ކުއްޖެކެވެ. ކުރަނގި ދެލޮލާއި، ހިތިފަތެއްފަދަ ބުމަޔަކާއި، ޖަންބު ކުލައަރާ ބޮޑު ދެކޯތާފަތަކީ ޤުދުރަތީ ގޮތުން މަލަކުއަށް ލިބިފައިވާ ރީތި ހަދިޔާއެކެވެ. މިފަދަ ފުރިހަމަ ރީތިކަމެއް ލިބިފައިވީ ނަމަވެސް މިހާތަނަށް މަލަކު ރައްޓެހިވީ އެންމެ މީހަކާއިއެވެ. އެކަމަކު އެއީ ވަރަށް ކުރީގެ ކަމެކެވެ. އޭގެ ފަހުން މަލަކު އެކަކާއިވެސް ރައްޓެހި ނުވެއެވެ. ސަބަބެއއް މިހާތަނަށް އެކަކަށްވެސް ނޭގެއެވެ. ޒުވާން ފުރައިގެ ކުދިން ލޯބި ހުށަހަޅަމުން ދިޔަ ނަމަވެސް މަލަކު އަބަދުވެސް ދަނީ އެމީހުންގެ ލޯތްބަށް ބީރު ކަންފަތެއް ދެމުންނެވެ.
މިއަދަކީވެސް އޭގެ ތެރެއިން ދުވަހެކެވެ. މަލަކުއާއި އޭނާގެ އެކުވެރި ޝާހީން އިނީ މަލަކުމެންގެ ގޭގެ ބޭރުގައި ބަހައްޓާފައިވާ ޖޯލިފަތީގައެވެ. އެޖޯލިފައްޗަކީ މަގުމައްޗާއި ދިމާލަށް ބަހައްޓާފައިވާ ޖޯލިފައްޗެއް ކަމުން މަގުމަތީގައި ހިނގާ މީހުންނަށް އެމީހުން ރީއްޗަށް ފެންނާނެއެވެ. ދެއެކުވެރިން އެކި ސަކަރާތުގައި ތިއްބާ އެމަގުން ސައިކަލުގައި އޮފީސް ނިންމާލާފައި ދިޔަ ޝަފީޢުގެ ލޮލުގައި މަލަކު އަޅައިގަތެވެ. ޝަފީޢުއަކީ ސުކޫލު ދައުރުއްސުރެ މަލަކުއަށް ހިތްކިޔާ ކުއްޖެކެވެ. މިއަދާއި ހަމައަށް އެކަން ސިއްރިކޮށްގެން އުޅެނީ މަލަކު އެއްބަސް ނުވެދާނެތީއެވެ. ނަމަވެސް މިއަދު އެވާހަކަ މަލަކުއަށް ހުށަހަޅަން ޝަފީޢު ނިންމިއެވެ. ޝަފީޢު މަލަކުމެން ތިބި ޖޯލިފައްޗާއި އަރާ ހަމަކުރުމަށްފަހު ސައިކަލު މަގުގެ އެއްފަރާތެއްގައި ޕާކު ކޮށްލިއެވެ.
” މަލަކް…. އަމމމމމމް އަހަރެން….. އަހަރެން ވަރަށް ގިނަދުވަސް ވެއްޖެ ވާހަކައެއް ބުނަން އުޅޭތާ…..” ނުހަނު ޖެހިލުންވެ ހުރެ ޝަފީޢު ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
” ކޮން ވާހަކައެއް؟ ” ފުރިހަމަ ހިނިތުންވުމަކާއި އެކު މަލަކު ބުނެލީ ޝަފީޢުއަކީ އޭނާއާއި އެއްކުލާހެއްގައި ކިޔެވި ރައްޓެއްސަކަށް ވީތީއެވެ. ޝަފީޢު ބުނަން އަނގަ ހުޅުވާފަވެސް ފަސްޖެހުނެވެ. ނަމަވެސް އަނެއްކާވެސް ވާހަކަދައްކަން ފެށީ ލަދަކާ ހުރެ ތަދެއް ނުފިލާނެކަން އެނގޭތީއެވެ.
” އަމމމް…. އަހަރެން ބުނަން ބޭނުމީ އަހަރެން މަލަކު ދެކެ ވަރަށް ލޯބިވެއޭ، އަހަރެންގެ މީހަކަށް ވާނަންހޭ؟…” ޝަފީޢު އެއް ނޭވާއިން ބުނެލުމަށްފަހު މަލަކުގެ ޖަވާބެއް ލިބޭތޯ މަޑު ކޮށްލިއެވެ.
” ޝަފީޢު… އަހަންނަށް މާފްކުރޭ…. އަހަރެން ދެކެނީ ޝަފީޢުތީ އަހަރެންގެ ފްރެންޑެއްގެ ގޮތުގަ… އެހެންނޫނަސް އަހަރެން އަދި މީހަކާ ގުޅޭކަށް ނުވިސްނަން…” ޝަފީޢު ދެރަވާނޭކަން އެނގި ހުރެވެސް މަލަކު ޖަވާބު ދިނީ ޝަފީޢު އޮޅުވާލުމެއްގެ ތެރޭގައި ބަހައްޓަން ބޭނުން ނުވާތީއެވެ.
” މަލަކޫ،ހާދަ ސީރިއަސްތިވީ… އެއީ އަހަރެން މަލަކު ކިޔާއެއްޗެއް ބަލާލީ… އަހަރެން ނޫޅެން މަލަކު ނުލިބިގެން.. ހެހެހެހެ…” ޝަފީޢު ކުދިކުދި ވެފައިވާ ހިތަކާއި އެކުވެސް މޮޅު ދޮގެއް ހަދާލިއެވެ. އެއީ ފިރިހެނުންގެ އާދައެވެ. ތިމާ ލޯބިވާ އަންހެންކުއްޖަކު ނުލިބުމުން ލޯބި ނުވާކަމަށް ބުނެ ވަރަށް ފަސޭހައިން އޮޅުވާލާނެއެވެ. މިހެން ހެދުމުން ގިނަ އަންހެން ކުދިން އެއީ މަޖަލެއް ކަމަށް ޤަބޫލުވެސް ކޮށްލައެވެ. މަލަކުއަށްވެސް ވީމިވަރެވެ. އޭނާވެސް އެކަހަލަ ސަމާސާ ނުކުރާށޭ ބުނެ ވާހަކަ ހިންދާލީއެވެ. ނަމަވެސް ދެމީހުންގެ ވާހަކަތައް ކަނުލާ އަޑުއަހަން ހުރި ޝާހީންއަށް ޝަފީޢުގެ ހިތުގެ ހާލު ކިތަންމެ ރަގަޅަކަށްވެސް އެނގުނެވެ. މިހެންކަމުން ޝަފީޢު ދިއުމުން އޭނާ މަލަކުއާއި އެވާހަކަ ހިއްސާކޮށްލިއެވެ.
” މަލަކް…. އަހަރެން ނުބުނާނަން މަލަކް ޝަފީޢުއާއި ރައްޓެހިވާށޭ… އެއީ މަލަކުގެ އަމިއްލަ ކަމެއް.. އެކަމަކު، ޝަފީޢުއަކީ ގޮސް ކުއްޖެއް ނޫންކަން އެނގޭނީ އެންމެ ބޮޑަށް އަހަންނާއި މަލަކްއަށް….. އެއީ އަހަރުމެން 3 މީހުންމީ އެއްކުލާހެއްގައި ކިޔެވި ތިންމީހުން… އަދި ޝަފީޢުގެ މޫނުމަތިން މަތިން އެނގޭ ޝަފީޢު އެވާހަކަ ދެއްކީ ސަމާސާއަކަށް ނޫންކަން…” މަލަކުއަށް އެއްޗެއް ވިސްނައިދޭފަދަ ރާގަކަށް ޝާހީން ބުންޏެވެ.
” ޝާހީން… އަހަންނަށް އެނގޭ އޭނަ އަހަރެން ދެކެ ލޯބިވާކަން.. އެކަމަކު އަހަރެން ގަސްތުގަ އެހެން ހެދީ..” މަލަކު ބުނެލިއެވެ.
” އެކަމަކު ކީއްވެ މަލަކު؟ ކޮބާ މައްސަލައަކީ؟” ޝާހީން އަހާލިއެވެ. މަލަކު ޖަވާބެއް ނުދީ ވިސްނާލިއެވެ. ޝާހިން އަށް ހުރިހާ އެއްޗެއް ކިޔައިދޭންވީ ބާވައެވެ. ހިތުގެ ހާލަތު އަންގާލަ ދޭންވީބާވައެވެ.
( ނުނިމޭ ) 🙂
11 Comments!
Comments are closed.

Haadha kurey!! Ekm v salhi…
Dhn faharakun dhigu kohllaanan In Sha Allah… thanks ?
Mi vaahaka upload vaanee hafthaaku 3 dhuvahu Sunday, Tuesday, and Thursday…
So see ya on Sunday In Sha Allah.. ☺
Keep on commenting.. will try to correct it according to audiences comments.. May Allah bless yu all..
Aameen.. tvgc…
V salhi ekamaku v short
Owhh… m sorry avahah kuran vegen upload kuree.. dhn faharakunn e ah vure dhigu kureveytho masahkkai kuraanan In Sha Allah… btw thanks dear ☺
Mivx vaahaka liyaagoiytha? Thiyah vuren maaragalhuvaane lava ehkon liyefa adhi nunimey jahaalinsma
Thankew dear for comment…
Next time In Sha Allah dhigu kohllaanan…
Keep on commenting..
Thibeyfulhunge comment akee alhugandah libey kuri erumeh….
And BTW its a “Lhen” not “Lava”
May Allah grant his blessings upon yuh
Tvgc.. ☺?☺?
v nice story
thankew… 🙂 🙂
ok dhen thivaru ves salhi vaanekamah ummeedhu kuran
V nice…waiting 4 prt???
Next**