Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިވެވުން އެއީ ކުށަކަށްވާނަމަ.. 9

iris Level 110 Stories
August 4, 2016 7 Mins Read
14 Comments

“ކާކުތަ ބައްޕާ؟” މިންޝާ އަށް ބުނެވުނުހާވެސް އެއްޗަކީ މީއެވެ. “އައްދެ ހާދަ އަވަސް އަރުވާލާފަ… ސާބަހޭ މިން… ދެން ތިވަރު ވާކަށް ނުވާނެ..” މިންޝާގެ ހިތުގެ ހާލު ނޭންގި ހުރެ ޒަލަފް ވެސް މިންޝާ އާއި ދިމާކޮށްލިއެވެ. އޭރުވެސް މިންޝާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. މިވީ ކިހިނެތް ހެއްޔެވެ. އޭނާ އެހާ އުންމީދާ އެކު އައުމުންވެސް ތަޤުދީރު މިކުޅޭނީ ކޮންފަދަ ސަމާސާ އެއް ހެއްޔެވެ. “އެއީ ދޯ… އެއީ ދަރިފުޅާ އެކު ކިޔަވަން އުޅުނު ދަރިފުޅުގެ ވެސް ފްރެންޑެއް…  ނާވި… ދަ ޕާރފެކްޓް ހަސްބަންޑް ފޮރ މައި ޕްރިންސަސް..”  އާދަމް މަނިކުގެ ޖުމްލަ އާއި އެކު މިންޝާ އަށް ހީވީ އޭނާގެ ހިތުގައި ހިފާ މީހަކު ވަރަށް ބާރަށް ފިތާލިހެންނެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރާލީ ނުވެސް އެނގި އިންދައެވެ.

“ވަޓް… ނޯވޭ.. ނުވާނެ ތިކަމެއް!!… އަޅުގަނޑު ލޯބިވަނީ އެހެން ކުއްޖެއް ދެކެ… ކައިލް ދެކް.. ހަމަ އެކަނި ކައިލް.. އިތުރު މީހަކާ ނީންނާނަން… ނުވާނެ ތިކަމެއް.. ބައްޕަމެން އަޅެ ކަމެއް ނިންމާ އިރު އަޅުގަނޑު ކައިރީ ވެސް އަހާލާނަމަ ދޯ… ދިރިއުޅުމަކީ ކުޅޭ ފިލްމެއް ނޫނޭ.. ބައްޕަމެން ދައްކާހާ މީހަކާ އިނދެގެން އަޅުގަނޑުގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލާކަށް… އަދި ވެސް އެއްފަހަރު މިބުނަނީ.. އަޅުގަނޑު ލޯބި ވަނީ ކައިލް ދެކެ.. އަދި އިންނާނީ ވެސް ކައިލް… ނޮޓް ނާވީ.. ނުވާނެ ތިކަމެއް!!” ކުޑަ އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު މިންޝާ އެއްފައްޗަކަށް ހިތުގައިވާ އުދާސްތައް އަމުނާލިއެވެ.  މިންޝާގެ އަޑުގައި އެކުލެގެންވީ ހަރުކަށިކަމެވެ. “ކައިލް އޭ… އެ ފަގީރު ކުއްޖާގަނޑާތަ މިންޝާ ގުޅެން ތި ވިސްނަނީ.. ނުވާނެ ތިކަމެއް… ހަމަ ހިލާ ތިކައިވެނި ވިޔަކަ ނުދޭނަން.. މިންޝާ އަށް އެބަ އެނގޭތަ ތިބުނާ ކައިލް އެއްގެ ފެންވަރު.. ރާއްޖެތެރެއިން ގްރޭޑް 10 ނިންމި ގޮތަށް މަގޭ ރައްޓެއްސެއް އެކުއްޖާ ގަނޑަށް ވަޒީފާއެއް ދޭށެ ކިޔާ އާދޭސް ކުރާ ވަރުން މަ އެވަޒީފާ ދިނީވެސް… އަނމައެއް ބަފައެއް ހުރި ކުއްޖެއް ނޫން އެއީކީ..  ކުޑައިރު މައިން ބަފައިން ނިޔާވުމުން އަހަރެންގެ ރައްޓެހި ރައްޒާގު އެސޮރު ބަލާ ބޮޑުކުރީ… މިންޝާ ގެންގުޅޭވޭނެ ފެންވަރު ވެސް ނެތް ނިކަމެތި ކުއްޖާ ގަނޑަކަށް އިންނަންތަ ތަ މިންޝާ ތިއުޅޭނީ.. ނިކަން ބަލާބަލަ ނާވީ.. ނެތީ ކޯޗެއް.. ރާއްޖޭގަ ވެސް ހުރި އެންމެ ޒުވާން މުއްސަނދި ވިޔަވާރި ވެރިޔާ.. ރަނގަޅަށް ކިޔަވައިގެން ހުރި މޮޅު ކުއްޖެއް.. މިންޝާ އަކަށް ނާވީ ނުން މީހަކާ ނީންދެވޭނެ.. މީ މަގޭ ފަހު ބަސް.. މީގެ ފަހުން ތި ކައިލް އަކާއި ވާހަކަ ދެއްކިއަސް ނިމުނީ… މަގޭ އޮފީހުން ވަޒީފާ ދިނީމަ އެވަރުން ނުފުދިގެން  އަދި މަގޭ އަންހެން ދަރީގެ ބޮލަށް އެރިގެން އެ ފިރިހެނާ އެއުޅޭނީ މަގޭ ލާރި ގަނޑާށް ފާވާންތަ؟ ”  އާދަމް މަނިކުވެސް އައި ރުޅީގައި ހަޅޭއްލަވައިގަތެވެ.

“ހެވޭ.. މުއްސަނދި ނޫނަސް ކައިލް އަކީ ރަނަގޅު އަޙުލާގެއްގެ ކުއްޖެއް… އެ ނޫން މީހަކާ ނިންނާނަން.. މިބުނީނު ނީންނާނަމޭ” މިންޝާ ވެސް ގޮތް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. ” އެހެނެތަ ހީކުރަނީ.. ތިބުނާ ކައިލް އެއް އެބަހުރި ރަނގަޅަށް މިންޝާގެ ބޮލަށް އެރިލާފަ.. ދޭ ބަލަ އޭނަ އައި އިންނަން.. އެކަމަކު ބުނަން ތިކައިލް އަކާއި އިންނަންޏާ މަށަށް ބައްޕަ ނުކިޔާތި… މަ މީ ބައްޕަ ނޫން ކަމަށް އަދި މިހިރަ ސޮފިއްޔާ މީ ކަލޭގެ މަންމަ ނޫން ކަމަށް ބަލާފަ ގޮސް ކާލޭ ތި ކައިލް އަކާއި އިނދޭ… އިނުމަށް ފަހު އަހަރެއްގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބޭނެ!” އާދަމް މަނިކުވެސް ހަރުކަށި ކަމާއި އެކު އޭނާގެ ފަހު ބަސް އިއްވާލިއެވެ. އައީ ރުޅީގައާއި ވީ ދެރައިން އިތުރު މީހަކަށް ވާހަކަ ދެއްކުމަށް ފުރުސަތެއްވެސް ނުދީ މިންޝާ ކޮޓާރިއާއި ދިމާލަށް ދުއްވައިގަތީ މޭޒުމަތީގައި ހުރި ތަށިތަށް ވެސް މުޅި ތަނަށް ބުރުވާލުމަށް ފަހުގައެވެ. އޭރު މޭޒު ދޮށުގައި އެންމެން ތިބީ ދެންމެ ވީކަންތަށް ޤަބޫލުކުރަން ދަތިވެފައެވެ. ސޮފިއްޔާވެސް ހުއްޓުން އަރާފައި އިނދެވުނީ މިންޝާއަކީ ދުވަހަކުވެސް އެގޮތަށް މައިންބަފައިން ގެ ކުރިމަތީގައި އަޑުގަދަ ކުރާ ކުއްޖަކަށް ނުވެފައި ދެންމެ އެވީ ކަންތަށް ޤަބޫލުނުކުރެވިފައެވެ. އާދަމް މަނިކަށް ލިބުނު ޝޮކު ފިލާދާން އިރުކޮޅެއް ނެގިއެވެ. “އެއީ ހަމަ މިންޝާތަ؟” ހަމަހޭވެރިކަން ވުމުން އާދަމް މަނިކަށް އަހާލެވުނުހާވެސް އެއްޗަކީ އެއީއެވެ. ހީވާގޮތުން އަދިވެސް އޭނާ އިނީ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ކިބައިން ފެނުނު މި އަމަލު ޤަބޫލުކުރަން ދަތިވެފައެވެ. “ވޯހް.. ދެޓް ވޯސް އަ ބްލާސްޓް…” ޒަލަފްއަށް ވެސް މަޑުމަޑުން ބުނެވުނީ ހަމައެކަނި މިހެންނެވެ. މާހައުލަށް ވެރިވެގެން ދިޔަ ނުތަނަވަސް ކަމުގެ ސަބަބުން އިތުރަށް އެތާ މަޑުކުރަން ނުކެރި ޒަލަފް ވެސް ބޯކަހާލުމަށް ފަހު ހިނގައިގަތީ އޭނާގެ ކޮޓަރި އާއި ދިމާލަށެވެ.

**************************

މުޅި ކޮޓަރި ތެރެއަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. މަޑުމަޑުން ގިސްލުމެއްގެ އަޑު އިވުން ނަމަވެސް މަހާއުލަށް ވެރިވެފައިވަނީ ހަމަހިމޭން ކަމެވެ. އިރުއޮއްސި އަނދިރި ވީއިރުވެސް މިންޝާ އޮތީ ހެނދުނު އައިސް އެނދަށް ވެއްޓިގަތް ގޮތަށް ތެދުވަން ވެސް ނުކެރިފައެވެ. އެހާއިރު ވީ އިރު އޭނާ އެއްޗެއް ނުވެސް ކައެވެ. ސޮފިއްޔާ އާއި ޒަލަފް ވެސް އައިސް އެތަށް ފަހަރަކު އެކޮޓަރި ދޮރުގައި ޓަކި ޖެހިއިރުވެސް މިންޝާ އަޅާވެސް ނުލާ އޮތީ ހެނދުނު ކަންތަށް ކުރެވުނު ގޮތުން އެމީހުންނާ ކުރިމަތީ ލާންވެސް ނުކެރިފައެވެ. ކައިލްވެސް މިހާރު އެތަށް ފަހަރަކު މިންޝާގެ ހަބަރެއް ނުވެގެން ގުޅައިފިއެވެ. ނަމަވެސް މިންޝާ ގެ ގަޔަކު މިބވަގުތު ކައިލް އާއި ވާހަކަ ދައްކާނެހާ ހިތްވަރެއް ވެސް ނެތެވެ. ވީ ދެރައިންނާއި މައިންބަފައިން ކުރިމަތީ އުޅެވުނު އަދަބު ކުޑަ ގޮތް ހަނދާންވުމުން އެނާ އޮތީ މިވަގުތު އެކަނި ވެލަން ބޭނުން ވެފައެވެ. އެހުރިހާ އިރު ވީއިރުވެސް އާދަމް މަނިކުގެ ހަބަރެއް ނުވުމުން މިންޝާ އިތުރަށް ދެރަވިއެވެ. އާދަމް މަނިކަކީ އެހެންޏާ މިންޝާ  ކުޑަވަގުތު ކޮޅަކަށް ނުފެނުން ނަމަވެސް އޭނާ ހޯދަން އަންނަ މީހެކެވެ.

އަނެއްކާވެސް މިންޝާގެ ފޯނު ވައިބްރޭޓް ވާން ފެށުމުން ބަލާލިއިރު ކައިލް ގުޅާނީއެވެ. އެ ކޯލް ނިމެންދެންވެސް މިންޝާ ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އޮތެވެ. އައިސް ފައިވާ މިސްޑް ކޯލް ތަކާއި މެސެޖު ތަކަށް ބަލާލިއިރު ކައިލްގެ 65 މިސްޑް ކޯލް އާއި 25 މެސެޖު އައިސްފައި އޮތެވެ. އެތަށް އިރަކު އެހެން އޮތުމަށްފަހު މިންޝާ ހިތްވަރުކޮށްފައި ތެދުވިއިރު ގައިގާ އެއްވެސް ވަރެއް ނެތެވެ. ނަމަވެސް އަވަހަށް ވުޟޫކޮށްލުމަށް ފަހު  އޭނާ މަޣްރިބު ނަމާދުކޮށްލާ  ކައިލް އަށް ގުޅާލިއެވެ. ދެފަހަރު ރަނގަޅަށް ރިންގު ނުވާނީސް ކައިލް ފޯނު ނެގިއެވެ. “ސާބަސް މިންޝާ އަށް… ފޯނު ނެގިއްޖެ ދޯ… ކިހާ ވަރަކަށްތަ ގުޅާނީ.. ވީ ކީތް ކަމެއް ނުބުނެ ތިހެން ހަބަރެއް ނުވެ ހުރީމަ މަ ހާސް ވާނެ ވަރު މިންޝާ އަށް ނޭނެގެނީތަ؟ ކިހާ ވަރަކަށް ގުޅިއްޖެތަ؟ ވާހަކަ ދައްކަން ބޭނުން ނުވާނަމަ ވެސް ބުނެލީމަ ދޯ އެނގޭނީ ނުގުޅަން.. މިންޝާ އަށް ހާދަ ފަސޭހަ އޭ ދޯ ތިހެން އުޅެން. އެނގޭތެ މިއަދު އަހަރެން އުޅުން ހާލު.. ” މިންޝާ އަށް ވާހަކަ ދައްކާނެ ފުރުޞަތެއް ވެސް ނުދީ ލިބިފައިވާ ހާސް ކާމާއި އެކު ރުޅިއައިސްފައި ކައިލް އަށް ވާހަކަ ދެއްކުނީވެސް ވަރަށް ހަރުކަށި ކަމާއި އެކުއެވެ. ކައިލްގެ ހަރުކަށި އަޑު އިވި މިންޝާ އިތުރަށް ދެރަވިއެވެ. ކައިލް ދުވަހުވެސް ވާހަކަ ދައްކާފައި ނުވާފަދަ ހަރުކަށި ގޮތަކަށް އަހަރެން ކިޔައިގެން ވާހަކަ ދެއްކުން އަނެއްކާ ވެސް މިންޝާ އަށް ރޮވުނީއެވެ. މިންޝާގެ ގިސްލުމުގެ އަޑު އިވުމުން ވަގުތުން ކައިލްގެ ރުޅިގަނޑު ދިޔަތަނެއްވެސް ނޭންގެއެވެ

ވޭނީ އަޑަކުން މިންޝާ ގިސްލަމުން ދިއުމުގެ ސަބަބުން ކައިލް ވަރަށް ހާސް ވިއެވެ. އޭނާ އަށް އަދި ކަންތަށް މިކުރެވުނީ ރަނގަޅަށް  ނޫންކަން ވިސްނި ވަރަށް ދެރަވިއެވެ. ކަމެއް ދިމާނުވާނަމަ މިންޝާ ވެސް އެގޮތަށް ހަބަރެއް ނުވެ ނުހުންނާނެކަން ނުވިސްނުނީތީ ކައިލް އަށް އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. “މިން… ދޫނީ… އައިމް ސޮރީ ބޭބް.. ރިއަލީ ސޮރީ… ހުއްޓާލަބަލަ ޕްލީސް.. ދެން ދުވަހަކުވެސް ރުޅިއެއް ނާންނާނަން.. ބުނެބަ ކިހިނެތްތަ ވީ މިއަދު..” ލޯތްބާއެކު ކައިލް އަހާލިއެވެ. އެހާލޯބިން ކައިލް ވާހަކަ ދެއްކުމުން މިންޝާއަށް ހައްތަހާ ބޮޑާށް ރޮވުނީއެވެ.  މިންޝާ ގެ ގިސްލުމުގެ އަޑު ބާރު ވީ ވަރަކަށް ކައިލްގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. “މިންކޮ.. ދޫނީ ޕްލީސް.. ހުއްޓާލާފަ ބުނެބަ ވެގެން އުޅޭ ގޮތެއް.. ކައި ކިހާ ހާސްވާނެ ތިހެން ރުއިމަ.. ” އަދިވެސް ކައިލް ދިޔާއި މިންޝާ ކައިރިން ވީގޮތް އޮޅުން ފިލުވަމުންނެވެ.. “ކައި….. އާހްހްހހްހް…” މިންޝާ އަށް ބުނެވުނު ހާވެސް އެއްޗަކީ އެއީ އެވެ. އިތުރަށް ވާހަކަ ނުދެއްކިގެން އޭނާ ފޯނު ކަނޑާލީ ކައިލް ގޮވަ ގޮވަ އޮއްވާއެވެ.

ލިބުނު ހާސް ކަމާއި އެކު ކައިލް އަވަހަށް ބެލީ ނާވީ އަށް ގުޅައިގެން އެގެއަށް ފޮނުވައިގެން ވީގޮތް އޮޅުން ފިލުވުމަށެވެ. މިންޝާ އަށް ރައްޓެހިވެގެން އުޅުން ނަމަވެސް އަދިވެސް އެގުޅުމަކީ ސިއްރު ކުރެވިފައިވާ ގުޅުމަކަށް ވުމުގެ ސަބަބުންނާއި ނާވީ އަކީ ދޭތެރެ ދޭތެރެއިން އެގެއަށް ގޮސް އުޅޭ މީހެއް ކަމުން އެވަގުތު ކައިލްގެ ސިކުނޑި އަށް އައި އެންމެ މޮޅު ހިޔާލަކީ ނާވީ އެގެއަށް ފޮނުވައިގެން ވީގޮތް އޮޅުންފިލުވުމެވެ. “ހަލޯ.. ނާވީ… ވަރަށް ބޮޑު ކަމެއް ކޮށް ދޭންވެއްޖެ ބްރޯ..” ހާސް ކަމާއި އެކު ނާވީ އާއި ގުޅާލުމަށް ފަހު ކައިލް ބުނެލިއެވެ. “ކީކެ ބްރޯ… ހާދަ ހާސްވެފަ.. ކިހިނެތްވީ؟” ކައިލް ގެ އަޑުގައި ހުރި ހާސްކަން ވަގުތުން ނާވީއަށް ފާހަގަކުރެވުނެވެ.  “ނާވީ… އަސްލު މަށަކަށްވެސް ނޭންގެ މިވެގެން އުޅޭ ގޮތެއް.. މިއަދު ހަތަރުދަމު މިން މަ ގުޅީމަ ފޯނެއް ނުނަގާ… ގާތްގަނޑަކަށް ފަސްދޮޅާހަކަށް ފަހަރު ގުޅީފަހުން ފޯނު ނެގީ… ދެން އެހާ ލަހުން ނެގީމަ މަށަށް ވަރަށް ރުޅި އައިސްގެން ވާހަކަ ދެއްކުނީ… ދެން އިވުނީ މިން ރޯން ފެށި އަޑު.. މަ ވަރަށް މާފަށް ވެސް އެދުނިން.. އެކަމަކު ރުއިން ވީ ހައްތަހާ ބާރު.. މިންކޮ އަށް ކޮންމެވެސް ކަމެއް ވެއްޖެ.. އަހާ އަހާ ވެސް ނުބުނެ ފޯނު ކަނޑާލީ ވެސް ރޮމުން.. އެގޭގެ ކޮންމެވެސް ކަމެއް ވެއްޖެ.. އެހެން ނޫންނަމަ އެހާވަރަށް މިން  ނުރޯނެ.. މަ އަދި އެހެން ބުނެގެން އެހާވަރަށް ރޯނެ ކުއްޖެއް ނޫން އެއިކީ.. ދޭބަލަ ޕްލީސް އެގެއަށް.. ނާވީ ވަރަށް ދަމެއްނު އެގެއަށް… މަށަށް ދާން ނުކެރިގެންނޭ.. ގޮސް އަޅެ ބަލާލަބަލަ ވީ ގޮތެއް.. ބޮރޯ ޕްލީސް..” ކައިލް އެއް ނޭވާއިން ހުރިހާ ވާހަކަ ތަކެއް ދައްކާ ނިންމާލިއެވެ. “އާން އޯކޭ.. ބްރޯ ހާސްނުވޭ.. މަ އެބަ އަންނަން އެގެއަށް ގޮސްލާފަ..” ކައިލް ގެ ވާހަކަތައް އަޑުއިވުމުން ނާވީ ވެސް ކުޑަކޮން ހާސްވާގޮތްވިއެވެ. އެހެންކަމުން ނާވީވެސް ދެފަހަރަކު މިންޝާގެ ފޯނަށް ގުޅާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުމުން  ކާރުގެ ތަޅުދަނޑި ހިފައިގެން ނާވީ މިސްރާބު ޖެހީ މިންޝާ މެން ގެއަށް ދިއުމަށެވެ.

“ދަރިފުޅާ.. މިންޝާ ދޮރު ހުޅުވަބަލަ.. މަންމަ އޭ މީ.. މިވަގުތު ގޭގަ ނެތް އެކަކުވެސް.. ބައްޕަ އާއި ތިއްތިބޭ ވެސް މަޣްރިބު ނަމާދަށް ދިޔަ ގޮތަށް އަދި ނާދޭ.. ދެން އަންނާނީ އިޝާ ނަމާދު ވެސް ކޮށްގެންނެއްނު.. މަންމަ އެކަންޏޭ ގޭގަ މިހުރީ… ދޮރު ހުޅުވަބަލަ.. މިހީރީ ނޫޑްލްސް ކައްކާފަ.. މީތިކޮޅު ކާލަން ތެދުވެބަލަ.. މިއަދު ހަތަރު ދަމު ތިހުރީ ނުކައެއްނު..” އެނދުމަތީގައި ރޯން އޮތް މިންޝާއަށް އޭނާގެ މަންމަގެ އަޑު އިވުމުން ފުންމައިގެން ތެދުވެ އައިސް ދޮރު ހުޅުވާލިއެވެ. އޭރު އޭނާގެ ދެލޯ ވަނީ ރޮއިރޮއި ދުޅަވެފައެވެ. މިންޝާ ހުރި ހާލު ފެނުމުން ސޮފިއްޔާގެ ހިތަށް ވަރަށް ވަރަށް އަސަރުކުރިއެވެ. ދުވަހަކު ވެސް އެނާގެ ދަރިފުޅަށް އެހާ އަސަރު ކޮށްފައިވާތަނެއް އޭނާ ނުދެކެއެވެ. ސޮފިއްޔާ ފެނުމާއެކު މިންޝާ ސޮފިއްޔާ ގައިގައި ބައްދާލުމަށް ފަހު އަނެއްކާވެސް ރޯން ފެށިއެވެ. “މަންމާ އަޅުގަނޑު ނާވި އަކަށް ނީންނާނަން.. އަޅުގަނޑު ލޯބިވަނީ ކައިލް ދެކެ.. ” ކުރެހިފައިވާ އަޑަކުން އެވަގުތު ވެސް މިންޝާ ބެލީ އެކައިވެންޏާއި ދެކޮޅު ހެދޭ ތޯއެވެ. “ދަރިފުޅާ ދެން ނުރޮއި ހުއްޓާލަބަލަ.. އިހަށް ތިވާހަކަ ބާއްވާފަ އެއްޗެއް ކާލެވޭތޯ އުޅޭބަލަ.. މިހިރީ ސޫޕް ހަދައިގެން މަންމަ ގެނެއްސަ.. މީ އަބަދަވެސް ދަރިފުޅަށް މީރު އެއްޗެއްނު.. ” ސޮފިއްޔާ މިހެން ބުނުމާއި އެކު މިންޝާ ހިތްވަރުކޮށްފައި އޭނާގެ އެނދާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް އޭނާ އަށް ދިޔައީ ގިސްލެވެމުނެވެ. ފަހަތުން ސޮފިއްޔާ ވެސް އައިސް މިންޝާގެ އެނދުގެ މަގަތުގައި އިނދެ މިންޝާއަށް ކާން ދޭން ފެށިއެވެ. ބަހެއް ނުބުނެ މިންޝާ ސޮފިއްޔާ ލަވައިދޭ ވަރަކަށް ސޫޕް ތަށި ބޮމުން ދިޔާއީ މިއަދު ހަތަރުދަމު އެއްޗެއް ނުކައި ހުރުމުން ވެފައިވާ ހައި ކަމާވެސް އެކުގައެވެ.

ސޫޕް ތަށި އެއްކޮށް ހުސްކޮށްލުމަށް ފަހު ސޮފިއްޔާ ގެންސްދީފައި ހުރީ އައިސް މައިލޯ ތަށިވެސް އެއްކޮށް ބޮއި ނިންމާލި ތަނާ ގޭގެ މައި ދޮރުގެ ރަނގަބީލު ޖެހި އަޑަށް ސޮފިއްޔާ އާއި މިންޝާ އަށް ވެސް އެކަކު އަނެކެއްގެ މޫނަށް ހައިރާން ކަމާއި އެކު ބަލައިލެވުނެވެ. ޒަލަފް އާއި އާދަމް މަނިކުވެސް މަޣްރިބު ނަމާދަށް ފަހު ގެއަށް އަންނަނީ އިޝާ ނަމާދުވެސް ކޮށްގެންނެވެ. އެހެން ކަމުން ދެނަމާދު ދޭތެރޭގެ މިވަގުތު ގެއަށް އައި މީހަކާމެދު ދެމީހުންގެ ހިތުގައި ސުވާލު އުފެދުނެވެ. ހިތަށް އެރި އެއްޗަކުން ވަގުތުން މިންޝާގެ މޫނުމަތިން ހާސްކަން ފެނިގެން ދިޔައެވެ. “މަންމާ ބައްޕަ އައީ ކަންނޭންގެ. މަންމަ އަވަހަށް ދޭ.. ބައްޕަ ރުޅިދުރުވެލައްވާނެ މަންމަ މިތަނަށް އައިކަން އެނގުނީމަ…” ހާސް ކަމާއި އެކު މިންޝާ ބުނެލިއެވެ. އޭރުވެސް އެމީހަކު މެދު ނުކެނޑި ރަނގަބީލު އަޅަމުންދާތީ ސޮފިއްޔާ ވެސް އަވަސް ވެގަތީ ދޮރު ހުޅުވަން ދިއުމަށެވެ. “ދައްތާ ކޮބާތަ މެގީ.. ގުޅާ ގުޅާ ވެސް ފޯނު ނުނަގައިގެން ގެއަށް މިއައީ.. ވަރަކަށް ގުޅާއިފީމޭ..” ދޮރު ހުޅުވާލުމާއި އެކު ދޮރުމަތީގައި ހުރި ނާވީ  ފެނުމުން ސޮފިއްޔާ ހައިރާން ވިނަމަވެސް ނާވީ އެހެން ބުނުމުން ކުޑަކޮށް ހިނިތުންވެލުމަށް ފަހު އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ. ” މިންޝާ ވެއްޖެ މަތީ ކޮޓާރީގަ.. ކުޑަކޮށް ބަލިވެ އުޅެނީ.. އަރާމް ކޮށްލަންށޭ ކިޔާފަ އެބައޮތް” މިވަގުތު މިންޝާ ނާވީ ގެ ކުރިމައްޗަށް އަރަން ބެނުން ނުވާނެކަން އެނގުނު ނަމަވެސް ދައްކާނެ އިތުރު ބަހާނާއެއް ނޭންގުމުގެ ސަބުން ސޮފިއްޔާ ބުނެލިއެވެ.

ސޮފިއްޔާ އެހެން ބުނުމާއިއެކު ނާވީ މިސްރާބު ޖެހީ މިންޝާގެ ކޮޓަރިއަށް ދިއުމަށެވެ. ކޮޓަރީގެ ދޮރުގައި ހިފާ އަނބުރާލިއިރު ތަޅުނުލާ ހުރުމުގެ ސަބަބުން ވަގުތުން ހުޅުވިގެން ދިޔަ ދޮރުގެ ތެރެއިން ނާވީ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އަބަދުވެސް ތަރުތީބު ކޮށްލާފައި އޮންނަ ކޮޓާރީގެ ތެރެއަށް ފެތުރިފައިވާ ފަނޑު އަލިކަމުގެ ތެރެއިން އެނދުމަތީގައި އޮށޯ އޮވެލައިގެން އޮތް މިންޝާ ނާވީގެ ލޮލުގައި އަޅައިގަތެވެ. މިންޝާ ވެސް މާބޮޑާށް އަޅާ  ނުލާ އޮތީ ކައިފައި ހުރި ތަށިތަށް ނެގުމަށް ސޮފިއްޔާ އައިކަމަށް ހީކޮށްށެވެ. “މެގީ… ތެދެއް؟؟ ބަލީތަ؟ ގުޅިމަ ފޯނުވެސް ނުނަގަމެއްނު.. ކައިލް ފޮނުވައިގެން މިއައީ މެގި ފޯނު ނުނަގާތީ އޯ.. ވަރަށް ހާސްވެފަ ހުރީ.. ” އިވިގެން ދިޔަ އަޑައިއެކު މިންޝާ ފުންމައިގެން ތެދުވިއެވެ. ހާސްކަމާއި އެކު އޭނާ ނާވީއަށް ބަލައިލިއެވެ. ނާވީ އަކީ އެގޮތަށް އައިސް އަބަދުވެސް އެކޮޓަރިއަށް ވަދެ އުޅޭ މީހެއް ނަމަވެސް މިއަދު ނާވީ އެގޮތަށް އައިސް ވަނުމުން މިންޝާގެ ހިތަށް ވެރިވެގެން ދިޔައީ ނުތަނަވަސް ކަމެވެ. މިންޝާ އަށް ވީގޮތް ފެނި ނާވީ ހައިރާންވީ ނަމަވެސް މިންޝާ ކުއްލިއަކަށް އެގޮތަށް ފުންމައިގެން ތެދުވުމުން ނާވީ ގަތާށް ހިނިވެސް އައެވެ. “ނާވީ…” މަޑުމަޑުން މިންޝާ އަށް ގޮވާ ލެވުނެވެ. “ޔާ.. އިޓްސް މީ.. ކިހިނެތް ވީތަ މެގީ.. މާ ބޮޑަށް ހުންގަދަ ވީތަ.. މީހުން ވެސް ވަކިނުވާހާ…މި ނާވީ އޭ.. ކީއްވެތަ ތިހެން ތި ބަލަނީ.. ދެލޯ ބޮޑުކޮށްގެން..  މިތަށް ވަނީމަ މެގީ އަށް ވީގޮތް ފެނި ކޮންމެ މީހެއް ގާތަށް ވެސް ހިނި އަންނާނެ.. ހީވީ ވަގެއް ވަނީމަ ތަޅާއިގަންނަން ތެދުވިހެން ވިއްޔަ…” ހެމުން ހެމުން ނާވީ ބުނެލިއެވެ. “ކީތް ކުރަން ނާވީ ތިއާއީ؟” ހަމަޖެހިލަމުން މިންޝާ ބުނެލިއެވެ. “ސީރިއަސްލީ މެގީ.. ވަޓްސް ރޯންގް ވިތް ޔޫ ޓުޑޭ.. އަޖައިބު ހީވޭ.. ކައިލް ފޮނުވައިގެނޭ ބުނީމެއްނު.. ދެން އެހެން ނޫނަކަސް ނާވީ މީއަބަދުވެސް މިގެއަށް އަންނަ މީހެއް… މިގޮތަށް މިރޫމްއަށް ވެސް ވަންނަން.. ތިހެން ފުންމައިގެން ތެދުވެ ތި ސުވާލެއް ނުކުރޭ…”  ހައިރާން ކަމާއި އެކު ނާވީ ވެސް ބުނެލިއެވެ. މިންޝާއަކަށް ބުނާނެ އިތުރު އެއްޗެއް ނޭންގުނެވެ. ނާވީ ފެނުމާއި އެކު އާދަމް މަނިކުގެ ވާހަކަތަށް އަނެއްކާވެސް މިންޝާގެ ހަނދާނަށް އައެވެ. ވަގުތުން މިންޝާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވެގެން ދިޔައީ މިކަމުގައި ނާވީ އަތެއްވެސް ވާނެއޭ ހިތައެވެ.

ނުނިމޭ

 

 

 

 

 

 

 

Share Article

Follow Me Written By

iris

Level 110 Stories

Other Articles

Previous

މަންޝާ (ސައުރަތިރީސްވަނަ ބައި)

Next

އަސަރު 33 (ފަހުބައި)

Next
August 4, 2016

އަސަރު 33 (ފަހުބައި)

Previews
August 4, 2016

މަންޝާ (ސައުރަތިރީސްވަނަ ބައި)

14 Comments!

  1. iris says:
    August 4, 2016 at 10:00 am

    hello guys… vvvvvv bodah sorry las vi kamah takaaa… here is the 9th episode of my story.. huriha kudhing comments ah vx welcome engey,… iris ah engey miadhu v kudhin kudhin angry vegen comment kuraane kan vx… ehaa vx story las vejje dw.. ekan hama iris ufalaa eku balaigannan enegey.. love u all :* once again sorry for the late update..

  2. Shaai says:
    August 4, 2016 at 10:38 am

    Wow nice. Kehvetha rulhi annaany? ?? Story kiyaafa ves rulhiaes huri miyheh vihyya rulhi gandu finivaane. Ehaaves furihama story. Dhen konirakun upload vaany.☺

    1. iris says:
      August 4, 2016 at 12:37 pm

      heheh really shaai.. iris heekuree las v ma angry vaane kamaah.. anyways thanks shaai.. :* in sha allah next week tuesday haathaa up kohdheynan..

  3. Saashaa says:
    August 4, 2016 at 12:02 pm

    dhen kon dhuvahaku up vaany? lasvi reason ves bunelan vaane dhw.

    1. iris says:
      August 4, 2016 at 12:39 pm

      in sha allah tuesday… las v eid and independence day kankamuka ulhemun ehaa bodah story ah time nudhevunee..

  4. lynum says:
    August 4, 2016 at 12:03 pm

    Storyeh las mi v alakah noonehnun iris… ehn noonas miahvure lahunvx up kuraa story hurey dhww… So, rulhi aumuge maanaeh neiyy.. Anyways,, story ix nice.. Whn nxt prt?????

    1. iris says:
      August 4, 2016 at 12:40 pm

      iris athun alashey mihaa las v lynum… iris me weekly koh up kuraa kuhjekey… ehnve ehn hithah eree.. thanks lynum :* in sha allah tuesday ga upkohdheynan

  5. Elena says:
    August 4, 2016 at 4:40 pm

    Vvvvvvv reeethiiii….???I nxt luv this prt toooo….nd can’t wait 4. Nxt prt…..

  6. Elena says:
    August 4, 2016 at 4:41 pm

    Vvvvvvv reeethiiii….???I jxt luv this prt toooo….nd can’t wait 4. Nxt prt…..

  7. ais says:
    August 4, 2016 at 5:51 pm

    Rulhi eh naadheye. Up kuryma ufaley v. V
    arah reethi.

  8. Thooba says:
    August 4, 2016 at 9:11 pm

    Shalhi akam maalahee… ahanve Varah foohi….

  9. Aimsithu says:
    August 5, 2016 at 8:28 am

    Happy. …
    Nice and v touching

  10. Ushaa says:
    September 14, 2016 at 11:32 am

    Kbr stwrii Iris??? Plx up kohdheebala.. Um waitin..

  11. Usaima says:
    November 6, 2018 at 10:12 pm

    Iris ur a brilliant writer.

Comments are closed.



All Right Reserved!