“އަަހަރެން މަރުވިއްޔާ މާ ރަނގަޅުވާނެ…. އަހަރެން ދެކެ ލޯބިވާ އެކަކު ވެސް ނޫޅޭ…” ލައިލާ އެހެން ބުނުމަށްފަހު ރެއިލިންގް ގައި ހިފަހައްޓައިގެން ހުރި އޭނާގެ އަތް ދޫކޮށްލިއެވެ. އެއާއެކު އެ 8 ބުރީގެ އިމާރާތުން އޭނާގެ ހަށިގަނޑު ތިރިއަށް ވެއްޓެން ދިއައެވެ.
“ލައިލާ!” އަމީން ބާރަކަށް އެހެން ގޮވާލަމުން ލައިލާއާ ދިމާއަށް ދެއަތް ދިއްކޮއްލަމުން ދުއްވައިގަތެވެ. ރަޝީދު ޖެހި ބުދެއް ފަދައިން ހިރިލަންވެސް ނޭނގިފައި ހުރި ފިޔަވަޅު މަތީގައި ހުއްޓެވެ.
އަމީންއަށް އެ ހިސާބަށް ދެވުނު އިރު މާ ލަސްވެއްޖެއެވެ. ދުވެފައި ގޮސް ރެއިލިންގް ގައި އަތް ވިއްދާލައި ތިރި ބަލާލި ހިނދު ފެނުނީ މަގުމަތީގައި ލޭގެ ކޯރެއް ތެރޭގައި އޮތް ލައިލާއެވެ.
****
މެންދުރުގެ އަވިގަދަ ވަގުތު ޝިކާ ސާރާ އާ އެކު އުޅުނީ ގޯތިތެރޭގައި ހެދިފައި ހުރި ކުދިކުދި ވިނަތައް ނޮޅުމުގެ މަސައްކަތުގައެވެ. ސާރާ ބޭނުންވީ އެތަނުން ވިނަ ނޮޅުމަށްފަހު މާގަސް އިންދާށެވެ. އިރުކޮޅަކުން ޝިކާގެ ފޯނު ރިންގުވާންް ފެށުމުން އޭނާ ތެދުވެ ގޮސް އިސްކުރުން އަތް ދޮވެލުމަށްފަހު ޖީބުގައި އޮތް ފޯނު ނެގީ އެގުޅަނީ ކްލިނިކުން ކަމަށް ވާތީއެވެ.
“ވައަލައިކުމުއްސަލާމް…… އާދެ….. ކީކޭތޯ؟ އަމިއްލައަށް މަރުވީއޭތޯ؟” ޝިކާ ހާސްވެފައި ވާހަކަ ދައްކަމުން ދިޔުމުން ސާރާގެ ސަމާލުކަން އެދިމާއަށް ހުއްޓުނެވެ.
“ނޫން…. އަޅުގަނޑު އެބަ ދަން ހަމަ މިހާރު!” ޝިކާ އަވަސް އަރުވާލާފައި އެހެން ބުނެލަމުން ފޯނު ބޭއްވިއެވެ. އެއާއެކު ސާރާ ކިހިނެއްވީތޯ ސުވާލުކުރިއެވެ.
“އަހަރެންގެ ބެލުމުގެ ދަށުގައިވާ ޕޭޝަންޓެއް އިމާރާތަކުން ފުންމާލައިގެން އަމިއްލައަށް މަރުވީއޯ…. އަދި އެއީ ވަރަށް ގާތް ރައްޓެއްސެއްގެ އަންހެނުން….. އެބަޖެހޭ މިހާރު އެތަނަށް ދާން…” ޝިކާ ހާސްވެފައި ބުނެލިއެވެ. އެވަގުތު އޮފީސް ބްރޭކް އަށް ގެއަށް އައި ރައުލް ފެނުމުން ޝިކާ އަށް ގޮސް ރައުލްގެ އަތުގައި ހިފުނީ ކަންބޮޑުވެފައި ހުރި ވަރުންނެވެ.
“ރައުލް… ހިނގާބަ އަހަރެން ގޮވައިގެން ކްލިނިކަށް ވަރަށް އަވަހަށް….” ޝިކާ ރައުލް ގާތު އެހެން ބުނުމުން ރައުލްވެސް އިތުރު އެއްޗެކޭ ނުބުނެ ޝިކާއާ އެކު ބޭރަށް ހިނގައިގަތެވެ.
ރައުލްގެ ސައިކަލު ފަހަތުގައި އިން އިރު ވެސް ޝިކާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ގެންދިއައެވެ. ލައިލާއަށް ކަމެއް ވެއްޖިއްޔާ އަމީން ވާނެ ދެރަ އޭނާއަށް އަންދާޒާ ކޮއްލެވުނެވެ.
ކްލިނިކުގެ ތެރެއަށް ވަތް އިރު އެތަނުގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން ތޮއްޖެހިފައި އޮތެވެ. ލައިލާ ބާއްވާފައި އޮތް ތަނަށް ދެވުމާއެކު އޭނާގެ ލޮލުގައި ފުރަތަމަ ވެސް އަޅައިގަތީ އެތަނުގެ ގޮނޑިބަރިން ގޮނޑިއެއްގައި އިން އަމީންއެވެ. މުޅި މީހާ ހުއްޓުން އަރާފައި ވާއިރު އެމޫނުމަތިން ފާޅުވަނީ މާޔޫސްކަމެވެ. އަމީންއާ ޚިލާފަށް ރަޝީދު އަޑުން އަޑު ނަގައި ރޮނީއެވެ. މިމަންޒަރު ފެނުމުން ޝިކާއާ ރައުލްގެ ހިތަށް ވެސް ވަރަށް އަސަރުކުރިއެވެ. ޝިކާ އަމީން ގާތަށް ދާން އެޅި ފިޔަވަޅު ހުއްޓުން އެރީ މަޑު ހިނގުމެއްގައި އައިސް އަމީން ގާތުގައި އިށީން އަހުސަން ފެނިފައެވެ. އޭނާގެ ކައިރީގައި ކޮޅަށް ލިވާން އާއި އަހުލާވެސް ހުއްޓެވެ. ޝިކާ ވަގުތުން އަނެއްފަރާތަށް އެނބުރުނީ އަހުސަން އަށް އޭނާ ފެނިދާނެތީއެވެ. ނަމަވެސް ރައުލް ގާތު ހުރި ޝިކާ އަހުސަންއަށް އެވަގުތު ރަނގަޅަށް ވެސް ފެނިއްޖެއެވެ. ނަމަވެސް މައުހޯލުގެ ގޮތުން އޭނާއަށް ޝިކާ ގާތަށް ގޮސް ވާހަކަދައްކާކަށް ނުކެރުނެވެ.
ލައިލާ ވަޅުލުމުގެ ކަންތަށް ނިމުން އިރުވެސް އަމީން ހުންނަނީ ހުއްޓުން އަރާފައެވެ. ރަޝީދުވެސް ލައިލާ މަރުވުމުން އަމީން ދެކެ ރުޅިއެއް ނާދެއެވެ. ލައިލާ ރަނގަޅުކުރުމަށްޓަކައި އަމީން ކުރި މަސައްކަތަށް އޭނާ ޝުކުރުވެރިވިއެވެ.
****
ރޭޝަމް ސްކޫލުން ގެއަށް އައިސް ވަތް އިރު ސިޓިންގރޫމުގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނާ ގޮސް ކޮޓަރިއަށް ވަނެވެ. އަދި ޔުނީފޯމާއެކު އެނދުމައްޗަށް ވެއްޓިގަތީ ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. އެހެން އޮއްވައި އޭނާ ސިހުނީ ކުއްލިއަކަށް އެ ކޮޓަރި ދޮރު ހުޅުވާލާފައި ވަތް ރީނާ ފެނުމުންނެވެ.
“ސާބަހޭ! ހަމަ ޔުނީފޯމާއެކު އަންނަ ގޮތަށް އައިސް އޮންނަންވީ ދޯ؟ ކީއްވެގެން އުޅޭ ކުއްޖާ ގަނޑެއްތަ މީ؟؟” ރީނާ އޭނާގެ ޒީލަގަދަ އަޑުން ހަޅޭއްލަވަން ފެށިއެވެ. ރޭޝަމް ތެދުވެ އެނދުގައި އިށީނެވެ. އަދި ރީނާއާ ދިމާ ބަލާވެސް ނުލާ އިސްޖަހައިގެން އިނެވެ. ރޭޝަމް އެއްޗެކޭ ނުބުނުމުން ރީނާ ގެ ރުޅި އިންތިހާއަށް ގަދަވިއެވެ. އެއައި ގޮތަށް އައިސް ރޭޝަމްގެ އިސްތަށިގަނޑުގައި ހިފިއެވެ. ތަދުވި ނަމަވެސް ރޭޝަމް އަދިވެސް ހިޔާރު ކުރީ ހިމޭންކަމެވެ. ތަދުވެގެން ރޭޝަމްގެ ލޮލުން ފެން އަންނަން ފެށުމުންވެސް ރީނާ ދޫކުރާކަށް ނޫޅުނެވެ. ހީވާކަހަލައެވެ. ރީނާގެ ހިތް ފުރެނީ ރޭޝަމްގެ ލޮލުން ކަރުނަ އަންނަން ފެށުމުންނެވެ.
“ހަމަ ތެދެއް މިބުނީ …! މަށަށް ބޮޑު ބަލާއަކަށް ވެއްޖެ މި ކުއްޖާގަނޑާ ހެދި!” ރީނާ ރޭޝަމްގެ އިސްތަށިގަނޑުގައި ހިފައި އެނދުމައްޗަށް ވައްޓާލަމުން ބުންޏެވެ.
“މިކުއްޖާ އާ ހެދިއޭ މަށަށް އެއްވެސް ކަމެއް ނުވަނީ! މަގޭ ހަޔާތް ބަރުބާދުވީ ކަލެއާ ހެދި…!” ރީނާ ދަތްކުނޑި ވިކާފައި ރޭޝަމް އާ ދިމާއަށް ބުނެލިއެވެ.
“ދެން ކީއްކުރަންތަ އަހަރެން ދުނިޔެއަށް ގެނައީ؟ ނުގެނަސް މަރާލިނަމަ މާ ރަނގަޅުވީހެއްނު؟” ރޮވިފައި ހުރެ ރޭޝަމް އެހެން ބުނެލީ އެއްއަތުން އިސްތަށިގަނޑު ރަނގަޅުކޮށްލަމުންނެވެ.
“ކިތައް ފަހަރު ބުނާނީ މަށެއް ނޫނޭ ކަލޭ ދުނިޔެއަށް ގެނައީ؟ ކަލޭގެ މާމަ އާ ކާފަ އާ އޭ މަށަށް މަޖުބޫރުކުރުވީ ކަލޭ މިދުނިޔެއަށް ގެންނަން!” ރީނާ ހަޅޭއްލަވައިގަތެވެ. އެއާއެކު ވައިސޫރިއެއްހެން އެކޮޓަރިން ނިކުމެގެން ދިއައީ އެނދުމަތީގައި އޮވެ ރޮމުން ގިސްލަމުން ދިޔަ ރޭޝަމްއަށް ބަލާލުމެއް ވެސް ނެތިއެވެ. އެއީ އަބަދުވެސް ރީނާގެ އާދައެވެ. މަޔަކު ދަރިއަކާ ދިމާއަށް ނުކިޔާނެފަދަ އެއްޗެހި ރީނާ ރޭޝަމް އާ ދިމާއަށް ކިޔައެވެ.
ރީނާ އެ ކޮޓަރިން ނިކުތް ހިނދު އެރުނީ ޝިކާގެ ކުރިމައްޗަށެެވެ. އެއާއެކު ރުޅިވެރިކަމާއެކު ޝިކާއަށް ބަލާލުމަށްފަހު އޭނާ ބާރުބާރަށް ހިނގާފައި ހިނގައްޖެއެވެ. ލައިލާގެ ކަށުކަމާކެމީގެ ކަންތައް ނިމުމުން އޭނާ ގެއަށް އައި ވަގުތު ރީނާގެ ހަޅޭކުގެ އަޑު އިވެން ފެށުމުން ވެގެން އުޅެނީ ކީއްތޯ ބަލާލުމައްޓަކައި މިތަނަށް އައީއެވެ. އެ މޫނުމަތިން ދެންމެ ރީނާ އާ ރޭޝަމް ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނުކަން ހާމަވެއެވެ.
ރޭޝަމްގެ ކޮޓަރި ދޮރުހުޅުވާލުމަށްފަހު ޝިކާ މަޑުމަޑުން އެތެރެއަށް ވަނެވެ. އެނދުގައި އޮތް ރޭޝަމް ޝިކާ ފެނުމާއެކު ތެދުވެ ދެލޯ ފުހެލިއެވެ. އަދި މޫނުމައްޗަށް ރުޅިވެރިކަން ގެނައެެވެ.
“ކީއްކުރަނީ މިތާ؟ ނިކުމޭ…” ރޭޝަމް ރުޅިވެރިކަމާއެކު އެހެން ބުނެލި ނަމަވެސް ޝިކާ ގޮސް ރޭޝަމް ގެ ކައިރީގައި އިށީނެވެ.
“ރޭޝަމް.. ވާއޮ… މީ ރޭޝަމް ކުރަހާފަތަ؟” ޝިކާގެ ލޮލުގައި އެނދުމަތީގައި އޮތް ކުރެހުމެއް އަޅައިގަތުމާއެކީ އެ ނަގާފައި އަހާލިއެވެ. އެކުރެހުމުގައި ފުރިހަމަކަމާއެކު ސިފަކޮށްދީފައިވާ ދެއަސްވެއެވެ. އޭގެ ފަހަތުން ފެންނަމުން ދިޔަ ގަސްތަކާ ދޫނިސޫފާސޫފި ވެސް ވަރަށް ރީއްޗަށް ކުރަހާލާފައިވެއެވެ.
ޝިކާ އެހެން އެހުމުން ރޭޝަމް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ހަމަ އެއިން ގޮތަށް އިނީއެވެ.
“ރޭޝަމް….” ޝިކާ ލޯތްބާއެކު ރޭޝަމްގެ ބޮލުގައި ފިރުމާލިއެވެ. އެސްފިޔަޖެހުން ފިޔަވައި އެހެން އެއްވެސް ހަރަކާތެއް ރޭޝަމް ނުކުރިއެވެ.
“ރޭޝަމް… ދައްތަ ގާތުވެސް ބުނެލެވޭނެ އިނގޭ ކަމެއް ގޯސްކޮށް ދަންޏާ….” ޝިކާ ލޯތްބާއެކު ރޭޝަމްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ހަމައެއާއެކު ރޭޝަމްގެ މޫނަށް އަނެއްކާވެސް ރުޅިވެރިކަން އަރައިގެން ދިއައެވެ. ނަޖިހެއް ފަދައިން ޝިކާގެ އަތް ފޮޅުވާލިއެވެ.
“މާރަނގަޅު މީހަކަށް ވެގެން އުޅޭނެ ކަމެއް ނެތް… ތީ ހަމަ މާމަމެންނެކޭ އެއްފަދަ ބައެއް….ކީއްކުރަންތަ މާމަމެން އަަހަރެން މި ދުނިޔެއަށް އުފަންވިޔަ ދިނީ؟” ރޭޝަމް އެހެން ބުނީ ރުޅިވެރިކަމާއެކު ނަމަވެސް އެއަޑުގައިވީ ރިހުން ޝިކާއަށް ފާހަގަ ކުރެވުނެވެ.
“ބޭރަށްދޭ!” ރޭޝަމް ބާރަކަށް އެހެން ބުނެލިއެވެ. ނަމަވެސް ޝިކާ ބޭރަށް ނިކުންނާކަށް ނޫޅުނެވެ. “ނުނިކުންނާނަން ދޯ؟ އެހެންވިއްޔާ މަ މި ދަނީ…” ރޭޝަމް މަޑުމަޑުން އެހެން ބުނުމަށްފަހު އެނދުމަތީގައި އޮތް އޭނާގެ ދަބަސް ހިފައިގެން ބާރުބާރަށް ގޮސް ގެއިން ބޭރަށް ނިކުތީ ލައިގެން ހުރި ޔުނީފޯމް ވެސް ބަދަލުކުރުމެއް ނެތިއެވެ. ޝިކާ ރޭޝަމް އަށް ބަލާލަމުން ދެފަރާތަށް ބޯހޫރާލިއެވެ. ރޭޝަމް ސާރާމެން ދެކެ ވެސް ރުޅި އަންނަނީ ރީނާ ކަންތައްކުރާ ގޮތުންކަން އޭނާއަށް ވިސްނުނެވެ. އަދި އެވަގުތު ރޭޝަމްގެ މޫނުމަތީގައި އަމީންއާ ވައްތަރު ގޮތެއް ހުރިކަން އޭނާއަށް ފާހަގަވިއެވެ.
****
ރަސްފަންނު ބީޗް ހުންނަނީ އެގެއާ މާދުރުނޫން ހިސާބެއްގައި ކަމުން ރޭޝަމްގެ މިސްރާބު ހުރީ އެދިމާއަށެވެ. ބޯހަމަޖައްސާ ހަދާލުމައްޓަކައި އޭނާ ވަރަށް ގިނައިން އެތަނަށް ގޮސް އުޅެއެވެ. އޭރު އޭނާގެ ދެލޯ ފެންކަޅިވާން ފަށައިފިއެވެ. އައިސްފައިވާ ރުޅި އާއި ވެފައިވާ ދެރައެއްގެ ބޮޑުކަމުންނެވެ. ރީނާ އޭނާ ދެކެ އެހާ ރުޅި އަންނަނީ އޭނާ އަކީ ނަހަލާލަށް ލިބުނު ކުއްޖަކަށް ވުމުންނެވެ. ނަމަވެސް އެކަމުގައި އޭނާގެ ކުށަކީ ކޮބާހެއްޔެވެ؟ ކުށްކުރީ އޭނާގެ މަންމައެއް ނޫންހެއްޔެވެ؟ ރީނާ ކުރި ކުށުގެ ސަޒާ އޭނާއަށް ލިބެންވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ބައްޕައަކީ ކާކުކަންވެސް މަންމައަށް ބުނެދޭން ނޭނގުނު ވާހަކަ ސާރާމެން ކިޔާތީ އަޑުއިވުނެވެ. އޭނާ ދުނިޔެއަށް އައި ދެމީހަކު ކުރި ގޯސް އަމަލަކުންނެވެ. އެކަމުގައި އޭނާގެ ކުށަކީ ކޮބާހެއްޔެވެ؟ އޭނާ ދުނިޔެއަށް ނާންނަނީސް ދުވަސްދުއްވާލިނަމަ ވެސް މިއަށް ވުރެ މާ ހިތަށް ފަސޭހަވީހެވެ. ސާރާމެންވެސް އޭނާ ގެންގުޅެން ބޭނުންވަނީ އެހެން މީހުންނާ ދުރުދުރުންނެވެ. އޭނާ ފެނުމުން މީހުންގެ ސުވާލު އެމީހުންނަށް އަމާޒުވާނެތީއެވެ. ސާރާގެ ކިބައިގައި އެއީ ރީނާ ރަށް މެދަަށް ވިހެއި ދަރިއެކޭ ބުނާނެ ހިތްވަރު ނުހުންނަނީއޯލައެވެ. ދެން ރީނާ އޭނާ ދުނިޔެއަށް އައުމުގެ ކުރިން ނައްތާލަން އުޅުމުން އެމީހުން އެކަން މަނާާ ކުރަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާ ސާރާމެން ދެކެ ރުޅި އަންނަނީ އެހެންވެއެވެ. އޭނާ ދުނިޔެއަށް ނޭވާ ލެވުނީ ސާރާއާ ހެދި ކަމަށް އޭނާ ޤަބޫލުކުރެއެވެ. ބީޗް ގައި ހުރި ފާރުކޮޅު މަތީގައި އޭނާ އިނީ ބިންމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނާ ކިހާ ނަސީބުދެރަ ހެއްޔެެވެ؟ އޭނާގެ ބައްޕައަކީ ކާކުކަން ޚުދު އޭނާއަށް ވެސް ނޭނގެއެވެ. މަންމައަށް ވެސް އޭނާ ދުނިޔޭގައި އުޅޭތީ އުނދަގޫވެއެވެ. އިސާހިތަކު އެދެލޮލުން އޮހިގަންނަން ތައްޔާރަށް ހުރި ކަރުނަތަށް އެއްވެސް ހިފެހެއްޓުމެއް ނެތި ދެކޯތާފަތް މައްޗަށް ފައިބައިގަތެވެ.
ރައްޓެއްސަަކާ އެކު ބީޗްގައި ހިނގާލަން ދިޔަ ޝިނާންގެ ލޮލުގައި ފާރުބުރި މަތީގައި އެކަނި މާއެކަނި އިން ރޭޝަމް ފެނުމުން އޭނާގެ ނަޒަރު މުޅިން އެދިމާއަށް ހުއްޓުނެވެ. ރޭޝަމް މިގަޑީގައި އެތަނުގައި ކީއްކުރަނީބާއޭ އޭނާގެ ހިތަށް އެރިއެވެ. ރައްޓެހި ކުއްޖާ އާ ވަކިވެގެން އޭނާ ހިނގައިގަތީ ރޭޝަމް އިން ދިމާއަށެވެ.
“ރޭޝް….! މިތާ ކީއްކުރަނީ؟ އޭރު ކާރުގައި ދިޔައީ ގެއަކަށް ނޫންތަ؟” ޝިނާން ރޭޝަމް ގާތު ހުއްޓިފައި އެހެން އަހާލުމުން ރޭޝަމް ސިހިފައި އެދިމާ ބަލާލިއެވެ. އެދެލޮލުގައިވާ ކަރުނަތަށް ޝިނާންއަށް ރީތިކޮށްވެސް ފެނުނެވެ. ނަމަވެސް ރޭޝަމް އަވަސް އަރުވާލާފައި ކަރުނަތަށް ފޮހެލިއެވެ.
“ރޭޝް؟ ރޮނީތަ؟” ޝިނާން ރޭޝަމް ގާތު އިށީންނަމުން އަހާލިއެވެ. ޝިނާން އެހާ އޯގާތެރިކަމާއެކު އެހެން އަހާލުމުން ރޭޝަމްއަށް އަނެއްކާވެސް ރޮވުނެވެ. މިފަހަރު ވަރަށް ބޮޑަށެވެ. ގިސްލަގިސްލާފައި ރޭޝަމް ރޮމުން ދިޔަ މަންޒަރު ފެނުމުން ޝިނާންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އޭނާ ރޭޝަމްގެ ހަށިގަނޑު އޭނާގެ ކޮނޑުގައި ލައްކޮށްލިއެވެ. އެއާއެކު ރޭޝަމް ބާރަކަށް އޭނާގެ ހަށިގަނޑުގައި ބައްދާލިއެވެ. ރޮމުން ގެންދިއައިރު އެހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިފައި ވިއެވެ.
“ޝިނާން…. އަހަރެން….. ޝިނާން އަށް އުނދަގޫވޭތަ އަހަރެން ދުނިޔޭގައި އުޅޭތީ؟” ރޭޝަމް ރޮމުން އަހާލިއެވެ. ރޭޝަމް މިކުރި ސުވާލާއެކު ޝިނާން ކުޑަކޮށް ހައިރާންވި ނަމަވެސް ލޯތްބާއެކު ޖަވާބުދިނެވެ.
“ނޫން… ކީއްވެ އުނދަގޫވާންވީ؟ ރޭޝް އެވަރަށް އަަހަރެން ރިޖެކްޓް ކުރާއިރުވެސް އަހަރެން ނުބުނަމެއްނު އުނގަދޫވެއެކޭ…” ޝިނާން ރޭޝަމްގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ. ރޭޝަމް ވިސްނާލިއެވެ. ޝިނާން އެބުނީ ތެދެކެވެ. ޝިނާންގެ ލޯބީގައި އޭނާ ކިތައް ފަހަރު ކޮޅުފައިން ޖަހައިފިހެއްޔެވެ؟ ނަމަވެސް ޝިނާން ނުރުހިފައި އޭނާއާ ދިމާއަށް އެންމެ ބަހެއް ވެސް ނުބުނެއެވެ. މަންމައަށް ވުރެ ޝިނާންވެސް މާ ރަނގަޅެވެ.
“އަހަރެންގެ މަންމައަށް އުނދަގުވޭ އަހަރެން ދުނިޔޭގައި އުޅޭތީވެސް….” ރޭޝަމް ގިސްލަމުން ބުނެލިއެވެ. އެއަޑުގައިވާ ރިހުން ޝިނާންއަށް ވަގުތުން ދެނެގަނެވުނެވެ.
“ކީއްވެ؟ ކިހިނެއްވީތަ ރޭޝް؟ ކިޔައިދީބަ…” ޝިނާން ލޯތްބާއެކު އެހެން ބުނުމުން ރޭޝަމް އޭނާގެ ހިތުގައިވާ ހުރިހާ އެއްޗެއް ކިޔައިދިނެވެ. އޭނާގެ މަންމަ އޭނާއާ މެދު ކަންތައް ކުރާ ގޮތުގެ ވާހަކައެވެ. ސާރާމެން އޭނާއާ މެދު ކަންތައްކުރަ ގޮތުގެ ވާހަކައެވެ. އޭނާގެ ބައްޕަ އަކީ ކާކުކަން ނޭނގޭ ވާހަކައެވެ. އެހުރިހާ ވާހަކައެއް ކިޔައިދީ ނިމުން އިރު ރޭޝަމްގެ ދެލޯ ރޮއިރޮއި ދުޅަވެއްޖެއެވެ. ރޭޝަމްގެ ހާލު އަޑުއިވުމުން ޝިނާންގެ ހިތުގައިވެސް ޖެހުނެވެ. އޭނާ މި ކުއްޖާއަށް އެހީވާން ބޭނުމެވެ. މިކުއްޖާއަށް ނިމުމެއް ނެތް ލޯބި ދީގެން ގެންގުޅެން ބޭނުމެވެ.
“ރޭޝް…. ދެން ހުއްޓާލާ…. ތި ވަރަށް ރޮންޏާ އަހަންނަށް ވެސް ރޮވިދާނެ…” ޝިނާން ދެރަވެފައި ރޭޝަމް ގަތު ބުނެލިއެވެ. ރޭޝަމް ހަމައަކަށް އެޅުނީ އިރުކޮޅެއްވީ ފަހުންނެވެ. އެއާއކު އޭނާ ޝިނާންގެ ގައިން ދޫކޮއްލާ ދުރައްޖެހެލިއެވެ. އޭރު އެމޫނަށް ޖަންބު ކުލަ އަރައިފިއެވެ. ދެންމެ އުޅެވުނު ގޮތުން ލަދުގަތީއެވެ.
“ރޭޝް ހިނގާ ގެއަށް ލައިދޭނަން…” ޝިނާން ބުނެލިއެވެ. އޭނާ ރޭޝަމްގެ ކުޑަކޮށް ހޭވިފައި ހުރި އިސްތަށިގަނޑާ ދިމާއަށް ބަލާލިއެވެ. އަދި މަޑުމަޑުން ބޮލުގައި ފިރުމާލިއެވެ. މިފަހަރު ޝިނާން ގެ އެދުމަކާ ރޭޝަމް ދެކޮޅެއް ނުހަދައެވެ. ރަކިވެފައި އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީއެވެ.
ގެއަށް ދިޔަ މަގުމަތީގައި ޝިނާން އާ ރޭޝަމް އާ ދެމެދު މާ ގިނަ ވާހަކައެއް ނުދެކެވެއެވެ. ބައެއް ފަހަރު ޝިނާން ކޮއްލާ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ރޭޝަމް ބޯ ޖަހާލައެވެ. ނަމަވެސް އޭނާ އިސްއުފުލާ ބަލާ ވެސް ނުލައެވެ. އޭނާގެ އިހުސާސްތަށް ޝިނާންގެ ކުރިމަތީގައި މާ ފާޅުކަން ބޮޑު ގޮތެއްގައި ހާމަކުރެވުމުން އޭނާ ހުރީ ވަރަށް ވެސް ލަދުގަނެފައެވެ.
‘ހ.ބިލަތްގެ’ އާ ހަމައަށް ދެވުމުން ރޭޝަމް ހުއްޓިލިއެވެ. އަދި އެއީ އޭނާ އުޅޭ ގެ ކަމުގައި ޝިނާންއަށް ބުނެދިނެވެ. އެއާއެކު ޝިނާން އެއްފަަހަރު ރޭޝަމްއަށް އަނެއްފަހަރު އެގޭ ދޮރަށް ބަލާލިއެވެ. މިއީ އޭނާގެ ދޮންތަބެ ގެ ވެސް ގެއެވެ. އޭނާ ދެފަހަރަކު މިގެއަށް ދޮންތައާ އެކު އައި ނަމަވެސް އޭނާ ރޭޝަމް އެއް ނުދެކެއެވެ.
“މީތަ ރޭޝްގެ ގެ؟” ޝިނާން ޤަބޫލުކުރަން ދަތިވެފައި އަހާލިއެވެ. އެއާއެކު ރޭޝަމް ބޯ ޖަހާލިއެވެ.
“ރައުލް އެއީ ރޭޝްގެ ބޭބެއެއްދޯ؟ ރައުލް ބޭބެ އާ މެރީ ކޮއްގެން އުޅެއެއްނު ދޯ ޝިކާ؟ އެއީ އަހަރެންގެ ދޮންތަ…” ޝިނާން އެހެން ބުނުމުން ރޭޝަމް ޝިނާން އަށް ބަލާލިއެވެ. އަދި ރަކި ހިނިތުންވުމެއް ޝިނާންއަށް ދެމުން އޭނާ ދޮރުހުޅުވާލުމަށްފަހު އެތެރެއަށް ދުއްވައިގަތެވެ. ޝިނާން ހެވިފައި މިމަންޒަރު ބަލަން ހުއްޓެވެ.
****
ފަސްދުވަސް ފަސް….
ކްލިނިކުގެ މަސައްކަތްތައް ނިމުމާއެކު ޝިކާ އަވަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިއައެވެ. އޭނާ ދަބަހުން ފޯނު ނެގުމަށްފަހު ރައުލްގެ ނަންބަރަށް ގުޅާލުމަށްފަހު މިޔަދު ނިމެނީ ތަންކޮޅެއް ލަހުން ކަމާއި ބަލާ އަންނަންވީމަ ގުޅާނެ ކަމަށް ބުނެލަމުން ފޯނު ބޭއްވިއެވެ. އަދި ފިޔަވަޅުތަކަށް ބާރު ލަމުން އޭނާގެ ހިނގުން އަވަސްކޮށްލިއެވެ. އޭނާ ކުރަން އެއުޅޭ ކަންތައް އެއްގޮތަކަށްވެސް ރައުލްއަށް އަންގާކަށް އޭނާ ބޭނުމެއް ނުވެއެވެ.
ޝިކާ ގޮސް ހުއްޓުނީ އަށް ބުރީގެ އިމާރާތެއް ކައިރީގައެވެ. އަވަސް ފިޔަވަޅުތަކާއެކު އޭނާ ސިޑިތައް ގިރާކުރަމުން ދާން ބޭނުންވި ފްލޯއަށް އަރަން ފެށިއެވެ. އޭރު އޭނާގެ ހިތުގައި ތަފާތު ސުވާލުތަށް ފުނިޖެހެމުން ދިއައެވެ. އޭނާ ކުރަން މިއުޅޭ ކަންތައް ކާމިޔާބު ވާނެ ބާވައެވެ؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
42 Comments!
Comments are closed.







Hii.. Let me knw ingey how u think about this part .. 🙂
ASARU is now almost ending…. Kuriyah oiy 4 varakah part ge thereyga nimeyne hen heevey… Dhen lets see dhw 🙂
wow ……v salhi me first dhw
…….hehehehe
Hmm dhw don 🙂 Ur first …hehe
Thankyw ^_^
Wow V salhi
Thankss fasy 🙂
Wow perfect
Thankyw Fatima 🙂
Salhi
Thankyw 🙂
Next episode kiyaalaa hithun keh Madhu vefa
Mihaaru vaahaka dhaa gothun kemadhu vefaaaaa
Mihaaru vaahaka dhaa gothun kemadhu vefaaaaa. … kiyaalaakah hithun
Up kuraa iru kurukoh thikurany. But story is perfect.
Aakko .. Yea mi bai thankolhe kuru dhw
Thanks 🙂
H. Hedhibelaige aai rasfannu keeh ve kairi vaanvee ?
Aslu Liaa ah ves ingey kudhin thi point faahaga kuraane kan… Bt kurin H.bilayge jehunyma dhen ekam ves jehy …. Story ehnu dhw.. dhen heekollaa kairiyey…. 🙂
Varah varah varah varah salhi
Wow. Varah salhi.
Thanks @Hooo @lidhoo
Rasfnnaa dhuru noon geyakah henveyruga huri geyeh vemaa varah majaa.
hey liyaa! maaholu eh noon. maahaulu. hope dhen rangalhah liaanekamah. Story is
very intrersting.
Yeah ethankolhu hama nujeheykan ingey 🙂 Heekollaa dhen eiy maa dhuru noon hisaabehga huri geyekey 😀
Yess .. Dhen liyaany MAAHAULU… 🙂
Thankyw 🙂
And LIYAA is not my name … Its LIAA 🙂 hehe
V nice mi partvx…ehaa avahah ninmaanulaaa ?
Alhe RAFA… Nw ves maa dhigu vejje ehnu… Dhiguveema baeh kudhin foohi vaaney 🙂
Nice?
Thankss aik 🙂
Vrh salhi ingey…liaa u r d best…waiting waiting….?
Thanks minty 🙂 Keep waiting 🙂 I ll update soon iraadha kurevviyaa
Liaa alhe ameen ge dhariyeh dhw reysham. Omg dhen reena n ameen dhw. Wow. Ameen reysham ah bappaehge loabi dheyne dhw. Wow superb. V furihama. Keep it up. Dhen upload vaani konirakun.
Shaai 🙂 Thankyw
Veehaaves avahah up kureveythw mi balany 🙂
Vvvv reethi
Thanks Reem:)
Varah reethi. Meegen emme faahaga kureveykamaky vaahaka feshunuiru e ulhunu noony nan aduivifa huri kommemeehakeeves varah muhimmu meeheh kan. Axoo ahves “mauhoalu” liyevifainyma varah faahaga kurevunu.
Yeha liaa ah ves neynguny … MAAHAULU 🙂
Thankyw
V salhi bt v kuru
Haadha reechey avas up kohlahchey
Vvv reethi
THanks @Xaan @Immu @Youme 🙂
Nice. LAYAA can’t wait plx up fast. Mihaaru miulheny saturday ah iru naaraigen
Sorry Liaa. Nubai story akah kamah mi comment kuevuny.
Dhn liaa haadha hihthalhuvaey dhw ….kykurantha mihaaru eulheny …..v v v inthixaaru kurevey dhen oi bayahh
hehe Appy ves dhw 🙂 inthixaar kollaa dhen … Veehaaves avahah up kuraanan <3