Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެންމެ ފަހު ނޭވާ ލަމުންވެސް… 6 ވަނަ ބައި

Hoody Level 310 Stories100 Comments
July 28, 2016 5 Mins Read
43 Comments

މާ ގިނައިރުތަކެއްނުވެ 8 ވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓިއްޖެއެވެ. އަދުނާނު ލަގެޖް ހިފައިގެން އޭނާގެ ގެއަށް ވަނެވެ. ފަހަތުން ކަހަލަގޮތަކަށް ރިޝްފާވެސް ވަނެވެ. ފުރަތަމަވެސް އޭނާގެ ކަންފަތުގައި ޖެހުނީ ބާރުކޮށްލާފައިވާ ފިލްމުގެ އަޑެވެ. އެއާއެކު އޭނާއަށް ބަލާލެވުނީ ސޯފާާގައި އޮތް އައިނާނަށެވެ. ކޮނޑުކެނޑި ޓީޝާޓު ބުރިއަކާއި ކުޑަކުޑަ ޓައިޓް ކޮޅެއް ލައިގެން އޮތް އައިނާނު ފެނުމާއެކު ރިޝްފާ ލަދުން މަރުނުވީ ކިރިޔާއެވެ. ފިލްމުގެ އަޑުބާރުކަމުން އަދުނާނުމެން އައި ކަމެއްވެސް އައިނާނަކަށް ނޭނގުނެވެ. އަދުނާނުގެ ހިތުގައި ފުރަތަމަ ފަހަރަށް އައިނާނާ މެދު ރުޅިވެރިކަން އުފެދުނެވެ. އޭނާ އަވަސް ހަރަކާތަކާއެކު ރިމޯޓުން ޓީވީގެ އަޑު މަޑުކޮށްލިއެވެ.

“ވަޓް ދަ ފ**!!!” އައިނާން ހަޅޭލަވައިގަތެވެ. “ވަޓްސް ރޯންގް ވިތް ޔޫ!!”

“ޝަޓަޕް!!!” އަދުނާނު އެއަށްވުރެ ބާރަށް ހަޅޭލަވައިގަތެވެ. މިއާއެކު އައިނާނުގެ އަނގަ ބަންދުވެގެން ދިޔައެވެ. ރިޝްފާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އައިނާނު އަތުގައި އޮތް ކިވީ ތަށި ޓީވީއާ ދިމާއަށް ހޫރާލުމަށްފަހު ބާރު ހިނގުމެއްގައި ގޮސް ކޮޓަރިއަށްވަދެ ބަން ކިޔާފައި ދޮރުޖެހިއެވެ. އެއިރު ބިއްލޫރި ތަށިން ޖެހި އެ ބޮޑު ޓީވީގެ ސްކްރީން ވަނީ އެއްކޮށް ތެޅިފައެވެ.

އަދުނާނު ހަޅޭލަވައިގަތް އަޑަށް އެއިރު ނާހިދާ ހުރީ ކާގެއިން ނުކުމެއެވެ. ހިނގި ހުރިހާ ހާދިސާއެއް އޭނާ ނުހަނު ގާތުން ދުއްޓެވެ. ވުމާއެކުވެސް ހިނިތުންވެލަމުން ނާހިދާ ރިޝްފާ ކައިރިއަށް ދިޔައެވެ.

“އެއީ މައްސަލައެއް ނޫން! އެއީ އައިން ގެ ގޮތް!” ނާހިދާ ރިޝްފާގެ އަތުގައި ހިފައިގެން އައިސް ސޯފާގައި ބޭނދިއެވެ. އެއިރު އަދުނާނު ގޮސް ކޮޓަރިއަށް ވަންނަނީއެވެ.

***

“އައިނާނަކީ ވަރަށް ތަފާތު މިޒާޖެއްގެ ކުއްޖެއް! ކުޑައިރު މާ ލޯބިން ގެންގުޅެފަ ހުރީމަ ކުޑަކޮށް ރުޅި ގަދަ ވަނީ!” ސައިޖޯޑުން ފޮދުވަރެއް ބޯލުމަށްފަހު އަނެއްކާވެސް ނާހިދާ ވާހަކަ ފެށިއެވެ. އެއިރު ރިޝްފާ އިނީ ސައިތައްޓަށް ސަމުސާ ލައިގެން ތަޅުވާލަ ތަޅުވާލައެވެ.

އެންމެ ފުރަތަމަ ރިޝްފާ ފެނުމާއެކުވެސް ނާހިދާގެ ހިތުގައި ރިޝްފާއާ މެދު ލޯބި އުފެދިއްޖެއެވެ. އެއީ އޭނާ އެންމެ ބޭނުންވި ފަދަ ކުއްޖެކެވެ. ދީނާ އެއްގޮތަށް ހެދުން އަޅައިގެން ހުރި ޞާލިޙް އަންހެން ކުއްޖެކެވެ. ނާހިދާގެ އެެންމެ ބޮޑު އެދުމަކީ ރިޝްފާގެ ސަބަބުން އައިނާނުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައުމެވެ. ނަމަވެސް އޭނާގެ ހިތުގައި އަދިވެސް އޮޅުން ނުފިލާ ކަމެއް އެބަވެއެވެ. އަދުނާނު ވަދެގެން އައިގޮތަށް އައިސް އައިނާނާ ދިމާއަށް ހަޅޭލަވައިގަންނަން ޖެހުނު ސަބަބަކީ ކޮބައިބާއެވެ؟ މީގެ ކުރިންވެސް އަޑުބާރުކޮށް އައިނާނު ފިލްމު ބަލައެވެ. ނަމަވެސް އަދުނާނު އެކަމަކާ އަޅައެއް ނުލައެވެ.

“ރިޝްފާގެ މަންމައަށް ކިޔަނީ ކޮން ނަމެއްތަ؟” ނާހިދާ އެހިއެވެ.

“އައިމިނަތް އަމީލިޔާ!” ރިޝްފާ މަޑުމަޑުން ޖަވާބު ދިނެވެ.

“އަމީލިޔާ!! ވަރަށް ދަންނަ ނަމެއް!” ކުޑަކޮށް ވިސްނާލަމުން ނާހިދާ ބުނެލިއެވެ. “ރިޝްގެ މަންމަ އަކީ އަދުނާނުބޭގެ ވަރަށް ގާތް އެކުވެރިޔެކޯ! ނާހިދައްތަ ކައިރިއަކު ނުވެސް ބުނޭ ރާއްޖެ ތެރޭގައި ރައްޓެއްސަކު ހުންނަ ކަމެއް!! ރިޝްގެ ބައްޕަ ކުރަނީ ކޮން މަސައްކަތެއް؟”

“…..” ރިޝްފާ ބުނަން އުޅުނު އެތި ދިރިގެން ދިޔައީއެވެ. “އަޅުގަނޑު ބައްޕަ އަޅުގަނޑު އުފަން ނުވަނީސް ނިޔާވީ!” ވަރަށް އުނދަގުލުން ރިޝްފާ ބުންޏެވެ.

“އަސްލުވެސް!!” ނާހިދާއަށް ކުޑަ ސިހުމެއް ލިބުނެވެ. ރިޝްފާއަކީ މަޔަކު އެކަނިމާއެކަނި ބަލާބޮޑުކުރި ދަރިއެއްތާއެވެ. ނަމަވެސް އަމީލިޔާގެ ތަރުބިއްޔަތުގައި އެއްވެސް ކަމެއް އުނިވެފައިވާހެންނެއް ހިޔެއް ނުވެއެވެ. ރިޝްފާގެ ކިބައިން ފެންނަމުންމިދާ ކިޔަމަންތެރިކަމާއި މަޑުމައިތިރި ކަމަކީ މިއަދުގެ މުޖުތަމަޢުގެ އަންހެން ކުދިންގެ ކިބައިން ވަރަށް މަދުން ނޫނީ ނުފެންނަ ސިފަތަކެކެވެ. “ސޮރީ! އަދުނާނުބޭ ރިޝް އާ ބެހޭގޮތުން އެއްވެސް މަޢުލޫމާތެއްވެސް ނުދޭ ވިއްޔަ! އެހެންވެ ނޭނގުނީ!!”

“ސައިބޮއެ ނިންމާލައިގެން ރޫމަށްގޮސް ފްރެޝް ވެލާ އިނގޭ!!” މޭޒުކައިރިން ތެދުވަމުން ނާހިދާ ބުނެލިއެވެ. އެވަގުތު ރިޝްފާ، ސައިބުއި ޖޯޑު ހިފައިގެން ގޮސް ޖޯޑު ދޮންނަން ފެށިއެވެ. މި މަންޒަރު ބަލަން ހުރި ނާހިދާގެ ތުންފަތަށް ވެރިވެގެންދިޔައީ އުފާވެރި ހިނިތުންވުމެކެވެ.

***

“ކީކޭ ބުރޯ!!” ވައިބްރޭޓް ވަމުންދިޔަ ފޯނު އެނދުމަތިން ނެގުމަށްފަހު ކަންފަތުގައި ޖަހާލަމުން ޔޫހާން ބުނެލިއެވެ.

“ކޮބާތަ ކައެ؟ ކޮފީގަނޑަކަށް އަރާލާކަށްވެސް ނުނިކުންނަންތަ؟” މަލާމާތުގެ ރާގަކަށް އިޝާން ވާހަކަދެއްކިއެވެ. “މާލެ އައިގޮތަށް އަދި ބޭރަށް ބޯދިއްކޮށްނުލާ! ލަންޑަނުން އައިގޮތަށް ގޭ ބަނދު ކުރީތަ؟؟”

“އަދި ނެތެންނު ތިކަން ނުވެފައެއް! އަދި ހަފްތާއެއްވެސް ނުވެގެން މިއުޅެނީ!” ޔޫހާން އިޝާން އާ ވާހަކަދައްކަމުން އައިސް ބެލްކަންޏަށް ނުކުތެވެ. “މިރޭވާނެ ކޮފީގަނޑެއް ފަޅާލަން!”

“މައްސަލައެއް  ނޯންނާނެ!!” އިޝާން ބުންޏެވެ. “މަ 10 ހާއިރު ގުޅާނަން!!”

ފޯނު ކަނޑާލުމަށްފަހު ޔޫހާން ކުރިމަތިން ފެންނަހުރި އިމާރާތްތަކަށް ނަޒަރު ހުއްޓާލިއެވެ. މިއާއެކު އޭނާގެ ސަމާލުކަމަށް އައީ ޖެހިގެން ހުރި އިމާރާތުގެ 8 ވަނަ ފަންގިފިލާގެ ބެލްކަނީގައި ފޯނުން ވާހަކަދައްކަން ހުރި އަންހެން ކުއްޖާއެވެ.

އޮއްސެމުންދިޔަ އިރުގެ ރަން ދަޅައިން ގިރިޓީވެފައިވާ އޭނާގެ ފަން އިސްތަށިގަނޑު އޮތީ އެއްވެސް ހިފެހެއްޓުމެއްނެތި ފަހަތަށް ދޫކޮށްލެވިފައެވެ. އެ ކުއްޖާގެ މޫނުމަތިން ފެންނަންހުރީ ހިތްހަމަ ނުޖެހުމުގެ ކުލަވަރެވެ. ވަރަށް ހަރުކަށި ގޮތަކަށް ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުންދިޔައިރު، އޭނާ ލައިގެން ހުރި ނިވާކަން ކުޑަ ޓީޝާޓު ކޮޅާއި ޓައިޓްގެ ސަބަބުން ހަށިގަނޑުގެ ވަނާތައްވަނީ ކަޝްފުވެފައެވެ. ބައްޓަންރީތި މި ފަތްމިނި ކަމަނާގެ ފަރިކަންފެނި ޔޫހާންގެ ހިތުގައި ޝައުގުވެރިކަން އުތުރި އަރައިގަތެވެ.

***

“ބަ**އެއް!! އެ** ނުޖެހެދޯ މަށާ ދިމާއަށް ފެލޭކަށް!!” އައިނާނު ރުޅިވެރިކަމާއެކު ފޯނުން ވާހަކަދެއްކިއެވެ.

“ކާމް ޑައުން ގާލް!!” ނިޝިޔާ ޖަވާބުދިނެވެ. “ބުނީމެއްނު ފާޑެއްގެ އަންހެން ކުއްޖެއް ތި ގެއަށް އައި ވާހަކަ!! ކާކުތަ އެއީ!؟”

“ނޭނގެ!! އޭއްޗަކު ގޮވައިގެން ގެއަށް ވަންގޮތަށޭ މަށާ ދިމާއަށް ބަވައިގަތީ! ފާޑެއްގެ ޖުއްބާ ގަނޑެއް ލައިގެން ހުރި ކުނި ގޮއްޔެ ގަނޑެއް! މަންމަ އޭނަ ދެކެ ލޯބިވާނެތާ ދޯ!! މަންމަވެސް ހީވަނީ މަ ޖުއްބާ ނުލައިގެން މޮޔަވެގެން އުޅޭހެން!!” ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލަމުން އައިނާން ބުންޏެވެ.

“މަށަށް ހީވާ އެއްޗެއް ބުނަން!!” އިރުކޮޅެއްފަހުން ނިޝިޔާ ވާހަކަދައްކަން ފެށިއެވެ. “މަށަށް ހީވަނީ ޑޭޑް އައިން ދެކެ ރުޅިއައީ އެ ގޮއްޔެ ފެނުނީމަހެން! ޑޭޑް ވެސް މަންމަ ހެން ވަނީ ތޯއްޗެއް!!”

“އައްޗި! މަންމަ ކީއްކުރަން، ބައްޕަ އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް މަ އެމީހުން ބުނާގޮތެއް ނުހަދާނަން!! މީ ކޮން ޒަމާނެއްތަ، މައިން ބަފައިން ދަރިންނަށް ބާރު ފޯރުވަން! ހުވާ މިބުނީ އެ ރިޝްފާ އަށް ރަނގަޅަށް ހޭއަރުވާލާނަން!! ޝީ އިޒް ޓްރައިން ޓު ރޫން މައި ލައިފް!!”

“ޔޫ އަރ ސޯ ސްޓްރެސްޑް!! ހިނގާބަލަ ބޭރަށް ޖެހިލަން!! އޭރުން އޯކޭ ވެދާނެ!!”

“އޯކޭ! ރެޑީވެގެން މި ނުކުންނަނީ!” އައިނާން ފޯނު ބޭއްވުމަށްފަހު ގޮސް ފާހާނައަށް ވަނެވެ.

***

ވަގުތަކީ ދެނަމާދު ދޭތެރެއެވެ. މުޅި ގޭތެރޭގައި ގުގުމާލާފައިވަނީ ރިޝްފާގެ އަސަރުގަދަ އަޑުން ކީރިތި ޤުރުއާނުގެ މޫރިތިވި އާޔާތްތައް ކިޔަވަމުންދިޔަ އަޑެވެ. މި ހިތްގައިމު އަޑު ގެ ތެރެއަށް ގެއްލިފައި ސިޓިން ރޫމުގައި އިން ނާހިދާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އޭނާ ހިތަށް އަރައެވެ. އައިނާނަކީވެސް ރިޝްފާ ފަދަ ދަރިއަކަށް ވީ ނަމަ ކޮންފަދަ ހެއްޔެވެ؟ ކުޑައިރު އައިނާން ތަރުބިއްޔަތު ކުރުމަށް ކުރި ހުރިހާ މަސައްކަތެއް ފެނަށްވެގެން ދިޔައީ އަދުނާނުގެ ސަބަބުންނެވެ. އައިނާނުގެ އެ ބަދަލުވެފައިވާ މިޒާޖުގެ ޒިންމާ ނަގަންޖެހޭނެ ފަރާތަކީ އަދުނާނު ނޫން ދެވަނަ އެހެން މީހެއް ނޫނެވެ.

ދޮރު ހުޅުވާލުމަށްފަހު އެވަގުތު ގޭތެރެއަށް ވަދެގެން އައީ އަދުނާނެވެ. މޫނުމަތިން ފެންނަންހުރީ ކަމަކާ ކަންބޮޑުވެފައިވާކަމުގެ އަސަރެވެ. ސޯފާގައި އިން ނާހިދާއަށް ބަލާލުމަށްފަހު އޭނާގޮސް ވަނީ ކޮޓަރިއަށެވެ.

ނާހިދާގެ ސިކުނޑި ބުނަމުންދިޔައެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެއެވެ. އަދުނާނު  ކޮންމެވެސް ބޮޑު ކަމަކާ ވިސްނަމުން އެބަދެއެވެ. ނާހިދާ ސޯފާއިން ތެދުވެގެންގޮސް ކޮޓަރިއަށް ވަނެވެ. އެއިރު އަދުނާނު އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. އެއްއަތް ނިއްކުރިމަތީ ބާއްވާލެވިފައިވާއިރު އޭނާގެ ދެލޯ ހުއްޓިފައިވަނީ ސީލިންގާ ދިމާއަށެވެ.

“އަދުނާނަށް ކިހިނެއްތަ ތި ވަނީ؟” ނާހިދާ މަޑުމޮޅިކަމާއެކު އަހާލިއެވެ. މިއާއެކު އަދުނާނު ވަރަށް ފުންކޮށް ނާހިދާގެ މޫނަށް ބަލާލިއެވެ. އެ ދެލޮލުގައިވާ ހިތި އަސަރު ނުހަނު ރަނގަޅަށް ނާހިދާ ދެނެގަތެވެ. ނަމަވެސް އޭނާއަށް ނޭނގުނީ އަދުނާނަށް މިފަދަ އަސަރެއް ކުރަން ޖެހުނު ސަބަބެވެ.

އަދުނާނުގެ ހިތް ވަނީ ޝަކުވާއިން ފުރިފައެވެ. އެއީ، އެހެން މީހެއްގެ މައްޗަށް އުފެދިފައިވާ ޝަކުވާއެއްނޫނެވެ. އެއީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އުފެދިފައިވާ ޝަކުވާއެވެ. އާދެ، ޝަކުވާއެއްނޫނެވެ. ޝަކުވާތަކެކެވެ.

އައިނާނުދެކެ އަދުނާނު އިންތިހާއަށްލޯބިވިއެވެ. އޭނާއަށް ދަތި އެއްވެސް ކަމެއް ނޯންނާނެއެވެ. ބޭނުން ކޮންމެ އެއްޗެއް ބޭނުން ގަޑިއަކު އޭނާ ހޯދައިދިނެވެ. ނަމަވެސް އޭނާއަށް މިދެވުނު އިންތިހާ ލޯބީގެ ސަބަބުން މިއަދު ނުކުމެފައިވާ ނަތީޖާ ނުހަނު ހިއްޗެވެ. ލޯތްބާއި އެކު ބޮޑުވެގެން އައި އައިނާނު އެވަނީ ހަލާކުގެ ތެރެއަށް ވެއްޓިފައެވެ. މިއޮއް ހުރިހާ ދުވަހު ނާހިދާ އޭނާއަށް ވިސްނައިދޭން ބޭނުންވި ކަންތައް އޭނާއަށް މިވިސްނުނީ އަދިކިރިޔާއެވެ. ރިޝްފާއާ ބައްދަލުވުމަށްފަހުގައެވެ. ރިޝްފާއަކީވެސް ހަމަ އަދުނާނުގެ ދަރިއެކެވެ. ނަމަވެސް…………………

“އަދުނާނު ކޮންކަމަކާތަ ތިޔަ މާވަރަކަށް ވިސްނަނީ!!” އަނެއްކާވެސް ނާހިދާ ވާހަކަދެއްކިއެވެ.

“ކަމަކާ ނޫން!” ހިތުގައި އުފެދިފައިވާ އިހުސާސްތައް ނާހިދާއަށް ކިޔައިދޭހާ ހިއްވަރެއް އަދުނާނުގެ ނެތެވެ. އޭނާއަށް މި ބަދަލު މިއައީ އޭނާގެ ދަރިފުޅު ރިޝްފާގެ ފުރިހަމަ ތަރުބިއްޔަތު ފެނި، އައިނާނަށް ދެވިފައިވާ ތަރުބިއްޔަތުގެ އުނިކަން އިހުސާސްވެގެންނޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ ނާހިދާއަކަށްވެސް ރިޝްފާގެ ހަޤީޤަތެއް ނޭނގޭނެއެވެ.

“އުހުން!! ކޮންމެވެސް ކަމެއް ވެއްޖެ!!” ނާހިދާ މިފަހަރު ދުލެއް ނުކުރިއެވެ. “ރިޝް ގޮވައިގެން ގެއަށް އައިގޮތަށް އައިން އާ ދިމާއަށް ހަޅޭލަވައިގަނެފަ… ކިހިނެއްތަ ތި ވަނީ؟”

“ވީގޮތަކީ……” އަދުނާނުގެ ބަސް ހުއްޓުނެވެ. “ވީގޮތަކީ… ރިޝްފާ ފެނިފަ އައިނާނުގެ އުޅުމާ ދޭތެރޭ ރަނގަޅަށް ވިސްނާލެވުނީ! މިހާރު އަހަންނަށް އެނގިއްޖެ އައިނާނަށް ދެވިފަ އެހެރީ އެންމެ ރަނގަޅު ތަރުބިއްޔަތު ނޫންކަން!! އޭނާ މުޅިން ހަލާކުވެއްޖެ!!….. އަހަންނަށް އޭނާ މުޅިން ހަލާކު ކޮށްލެވިއްޖެ!!!” އަދުނާނަށް މަޑުމަޑުން ރޮވެމުންދިޔައެވެ. ނާހިދަ މަޑުމަޑުން އަދުނާނު ގެނެސް އޭނާގެ ގައިގާ ލައްކޮށްލިއެވެ.

“އަހަރެން ވަރަށް އުފާވެއްޖެ މިއަދު އަދުނާނަށް ވިސްނުނީތީ!” ނާހިދާ މަޑުމަޑުން ވާހަކަދެއްކިއެވެ. “މީގެ ކުރިންވެސް އަހަރެން ކިހާ މަސައްކަތެއްކުރިން މިކަން އަދުނާނަށް ވިސްނަދެވޭތޯ! ބަލާބަލަ ރިޝްފާއަށް! އެއީ މަޔަކު އެކަނި މާ އެކަނި ބަލާބޮޑުކޮށްފަ ހުރި ކުއްޖެއް! އޭނާ ކިހާ ރަނގަޅު! ގޭގެ ހުރިހާ މަސައްކަތެއް އޭނާ ކުރޭ! ހެދުން އެޅުންވެސް ކިހާ ސާދާ! އަމީލިޔާ ރިޝްފާ ތަރުބިއްޔަތު ކޮށްފަ އެހެރީ ވަރަށް ރަނގަޅަށް!!”

ނާހިދާ އަދުނާނު އޭނާގެ ގަޔާ ދުރުކޮށްލުމަށްފަހު ކަރުނަ ފުހެލަ ދިނެވެ. “ރިޝްފާގެ މަންމައަށް ކިޔަނީ އަމީލިޔާ ޔޯ! އަދުނާނު ކޮންތާކުންތަ އޭނާ ދަންނަނީ؟”

“ނާހިދާއަށް އޭނަ އެނގޭނެ!” އެނދުގެ ފަޑީގައި ލެނގިލަމުން އަދުނާނު ހަމަޖެހިލިއެވެ. “ހަނދާންވޭތަ، އަހަރެން ބައްޕަމެން ގެއަށް ގެނެސްގެން އުޅުނެއްނު ރާއްޖެތެރޭ އަންހެން ކުއްޖެއް ނޯކަރަކަށް!! އެއީ އެ އަމީލިޔާ!!”

“އެހެންތަ!! އެއީ އޭނަ؟؟؟ އެ އަމީލިޔާއަކީވެސް އެހާ މުރާލި އަންހެނެއް! މަ އަދިވެސް ހަނދާންވޭ އޭނަ ގޭތެރޭގެ ހުރިހާ މަސައްކަތެއް ކޮށްކޮށްފަ އުޅުނު ގޮތް!!” ނާހިދާ ބުންޏެވެ. “ކީއްވެގެންތަ ބައްޕަމެން އޭނާ ރަށަށް ފޮނުވާލީ؟؟”

ނާހިދާގެ އެސުވާލަކީ އަދުނާނަށް ޖަވާބު ދެވޭނެ ސުވާލެއް ނޫނެވެ. އެ ސުވާލުގެ ޖަވާބަކީ އޭނާގެ ހިތި މާޒީއެވެ. އަމީލިޔާއައި އަދުނާނުގެ ގުޅުން ނާހިދާއަކަށްވެސް ނޭނގޭނެއެވެ. އެހުރިހާކަމެއް ހިނގައި ދިޔައީ ނުހަނު ސިއްރުވެރި ގޮތަކަށެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ކުއްޅަވަށްފާ(10)

Next

ދޭނަން ހިތާ ޖާނާ (19)

Next
July 28, 2016

ދޭނަން ހިތާ ޖާނާ (19)

Previews
July 28, 2016

ކުއްޅަވަށްފާ(10)

43 Comments!

  1. Hoody says:
    July 28, 2016 at 2:08 pm

    Assalaaam Alaikum!! varah gina dhuvas fahun dhw mi bai mi upload kurevuny!! Sorry!! 🙂
    Mi baivex kamudhaane kamah ummeedhu kuran!… 🙂 😀

    1. xiya says:
      July 28, 2016 at 5:26 pm

      V v rythi

    2. lol says:
      July 28, 2016 at 10:18 pm

      Hoody kbaa nmbr dheba

  2. Meesha says:
    July 28, 2016 at 2:15 pm

    Salhi. Yeah me first.

    1. Hoody says:
      July 28, 2016 at 2:16 pm

      Hehe!! Thankx Meesha! 🙂

  3. Lalla says:
    July 28, 2016 at 2:16 pm

    Hooody…Haadha kureyy…

    1. Hoody says:
      July 28, 2016 at 2:19 pm

      Sorry Lalla! mihaaru ehaa vagutheh nuvey story liyaakah! ehnve las veeves!! ekamuvex story kiyaalaane kamah ummeedhu kuran!! 🙂 thankyou!

  4. Mizna says:
    July 28, 2016 at 2:16 pm

    Woooooowwww.. Amazing

    1. Hoody says:
      July 28, 2016 at 2:19 pm

      Thankooo mizu! 🙂

    2. Hoody says:
      July 28, 2016 at 2:22 pm

      Ekkala vaahaka nukiyaa comment kuraa manje gandu dhw!! hehe!!! thankyou anyways!! hehe ! 🙂

    3. Mizna says:
      July 28, 2016 at 2:35 pm

      Ingey reethi vaanekann… Hoods viyyaa…mihaaru kiyaifin.. Hama amazing.. Haadha kureyy ekm..

  5. xee says:
    July 28, 2016 at 2:17 pm

    Oh finally! Haadha wait kohfeemey. Ur stories r my fav?
    this part is also awesome, cant wait for the next part.

    1. Hoody says:
      July 28, 2016 at 2:20 pm

      Thank you Xee!! 🙂

  6. saarer says:
    July 28, 2016 at 2:21 pm

    me first dhw… ey hoody thanks ingey mirey up kuraanamey kiyaafa vahaka avas koh dhinyma.. ingijje dhw i.. and story varah habeys ingey.. nxt prt kn irakun

    1. saarer says:
      July 28, 2016 at 2:22 pm

      haha.. me first o.. neygeyneynu

    2. Hoody says:
      July 28, 2016 at 2:23 pm

      Yeah ekkala saarer dhw!! thankyou!! next part vex varah avahah up kohdheynan In Sha allah!!

  7. Shaai says:
    July 28, 2016 at 2:25 pm

    Thankolheh kuriy. Ekamaku story v nice. Dhen kon irakun upload kohdheyni

  8. ulvy says:
    July 28, 2016 at 2:37 pm

    Alhe hoody haadha lahunney upload thi kury..thankolheh avahah dhn kurahchey ??v reethi mi bai vx

  9. waroo says:
    July 28, 2016 at 2:40 pm

    nice story….. bt thankolheh dhigu kollaba…..

  10. # says:
    July 28, 2016 at 2:45 pm

    Hoody is best…. can i call u koky because u look like my cousin brother if u don’t mind…

    1. Hoody says:
      July 28, 2016 at 2:48 pm

      Thankyou #
      hehe yeah No problem! 🙂

  11. Hoody says:
    July 28, 2016 at 2:46 pm

    Thankyou Shaai, Ulvy and waroo!!
    Mihaaru ehaa vaguthu nuvaathy dhigukoh nuliyeveny!! But next part dhigukureveythoa balaanan!! In Sha Allah!! 🙂

  12. Saajidh says:
    July 28, 2016 at 2:53 pm

    WOW… V v v reethi… V furihama… Dhen vaane gotheh balaalan keiymadhuvejje… Next part ah eba v inthizaaru kurevey… Next part avas kollahchey…

  13. Ajoo says:
    July 28, 2016 at 3:08 pm

    haadha slow ey up kuraale. kada!

  14. Xeee says:
    July 28, 2016 at 3:24 pm

    Nice story ☺

  15. Liaa says:
    July 28, 2016 at 3:25 pm

    V v reethi mi story 🙂

  16. aik says:
    July 28, 2016 at 3:28 pm

    Vrh reethi

  17. Hoody says:
    July 28, 2016 at 3:45 pm

    Thanks all!

  18. Hooo says:
    July 28, 2016 at 4:56 pm

    Varah salhi.

  19. Hichkii says:
    July 28, 2016 at 5:52 pm

    Vvvv rreethi stryyy…hooody ur dha bst..

    1. Hichki says:
      July 30, 2016 at 9:07 am

      Mihaarumi nan vx kudhinkudhin nah reethi v dhw.☆☆???

  20. Sijaa says:
    July 28, 2016 at 6:28 pm

    V v v reethi ekam thankolheh kuru next part thankolheh dhigu kon up kohdheythi

  21. Marsh says:
    July 28, 2016 at 6:38 pm

    Vvvv cute

  22. Lee says:
    July 28, 2016 at 7:21 pm

    ??????what a language

  23. theen says:
    July 28, 2016 at 7:37 pm

    loabii storyy ehh ekam haadha ginadhu vs kohfa eyy up kuryy nxt part ah wait kuranyy plxx thahkohlheh dhigu kohlahchyy eh part:-)

  24. Ushaa says:
    July 28, 2016 at 8:03 pm

    Vrh vvvvvvv rythiii mi stwrii.. i luv dis.. Gdjob Hoody..

  25. Hoody says:
    July 28, 2016 at 8:21 pm

    Thankx all!!

  26. Faathee says:
    July 28, 2016 at 11:09 pm

    Hey hoody haadha inthizaareh koh feemay.. up nuve maa las vanyaa kiyun therin foohi vaa goi vaane. Ehaa Las nukoh alhe up kohla dhecehy. Anyway story v reethi but kuda koh beykaaru baatha dhigu vefa huri hen heevanee. Yuhaan ah ishaan ge phn call aisgen e ai diloge tha e noon gothaka nooni e ah vure kuru koh gensdheefa, yuhaan Landon ga ulhefa aa kan ehen gothakah bune dhin nama aslu boda story furihama vees kan neynge..

  27. ifaa says:
    July 29, 2016 at 9:09 am

    hoody haadha dhuvaheh kohlaafa….anyways stry vvvvvvvvvv nice…dhen kn irakun nxt part up koh dheynee???

  28. Ainaan says:
    July 29, 2016 at 7:05 pm

    V reethi… haadha lahey up vaa leh..

  29. kiyaa meehaa says:
    July 29, 2016 at 8:26 pm

    anhenun laany jilbaab. firihenun laa ehchah kiyany jubba

  30. roomy says:
    July 29, 2016 at 9:22 pm

    varah salhi vaahaka eh up kohbaavahah

  31. rish says:
    August 11, 2016 at 7:52 pm

    V v loabi this story…

Comments are closed.

Next Episodeއެންމެ ފަހު ނޭވާ ލަމުންވެސް… 7 ވަނަ ބައި←


All Right Reserved!