Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ބައްތިރީސްވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
July 24, 2016 8 Mins Read
55 Comments

ޒިބާން އައިސް މަންޝާ ގާތަށް ހުއްޓުމުން މަންޝާ ގާތްވެލިއެވެ. އޭރުވެސް މަންޝާ ހުރީ އެމާހައުލަށް ބަލާށެވެ. އެވަގުތު ޒިބާން މަންޝާ އުރާލިއެވެ. ޒިބާންގެ ކަރުގައި އަތް އަޅުވާލަމުން ޒިބާނާ ދިމާލަށް މަންޝާ ބަލަން ހުރުމަށްފަހު އޭނާގެ މޫނާ ގާތް ވެލިއެވެ. ދެމީހުންގެ ތުންފަތް ބައްދަލުވެގެން ދިޔައެވެ. އެވަގުތު މަންޝާގެ ބަނޑަށް ހީލި އަރާ ކަހަލަ ގޮތެއް އިހްސާސް ވުމުން ދުރަށް ޖެހިލަމުން ލޯ ހުޅުވާލިއެވެ. ވަށައިގެން ބަލާލެވުނީ އެމީހުން ތިބި ތަނަށް ތަފާތެއް އައިސްފައިވާކަން ފާހަގަ ވުމުންނެވެ. އޭރުވެސް ޒިބާން ހުރީ މަންޝާ އުރާލައިގެންނެވެ. މަންޝާއަކަށް މިވާނުވާއެއް ނޭނގުނެވެ. ވަށައިގެން ފެންނަމުން ދިޔައީ ތަރިތަކެވެ.

ރޭގަނޑުގެ އަނދިރިކަމުން ފުރިފައިވާ އުޑުމަތީގައި ވާ ހުރިހާ ތަރިތަކެއް އެހާ ސާފުކޮށް ފެންނާތީ މަންޝާ އަޖައިބުވިއެވެ. ތިރިއަށް ފޭބުމަށް މަންޝާ ތިރިއަށް ބަލާލިއެވެ. މޭގަނޑު އަނގަޔަށް ނައީ ކިރިއާއެވެ. އެމީހުން އެތިބީ ކާށިދޫ މަތިން ވަޔާ އެއްކޮޅަށް ދަތުރުކުރަމުން ދިޔަ ވިލާ ކޮޅެއްގެ މަތީގައެވެ. ބިރުންހުރެ މަންޝާ ޒިބާންގެ ގައިގާ ބައްދާލިއެވެ. ފައިބަން އެދުމުންވެސް މަންޝާ ދެކޮޅު ހެދިއެވެ. ޒިބާނަށް އިތުބާރު ކުރުމަށް އެދުމުން މަންޝާ ޒިބާންގެ އަތްމަތިން ފޭބިއެވެ. ނަމަވެސް އަތުން ދޫ ނުކުރުމަށް ޒިބާން ގާތު މަންޝާ އެދުނެވެ. އޭރުވެސް އެވިލާކޮޅު މަޑުމަޑުން ދަތުރުކުރަމުން ދިޔައެވެ.

ވިލާކޮޅުމަތީ ހުރެ މަންޝާ ތިރިއަށް ބަލާލީ މަޑުމަޑުން ގުދުވަމުންނެވެ. އޭރުވެސް މަންޝާގެ ހަށިގަނޑަކުން ޒިބާން ދުލެއް ނުކުރެއެވެ. މަންޝާގެ ފުރަގަހުގައި ހުރި އިރު އުނަގަނޑުގައި ހިފަހައްޓައިގެން އޭނާ ހުރީ މަންޝާގެ ހަރަކާތް ހުރިގޮތުން ހިނި އައިސްފައެވެ. ކާށިދޫގެ ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތައް އުފެދޭ މަންޒަރުވެސް ވަރަށް ފުރިހަމަކޮށް ފެނުނެވެ. މަންޝާއަށް އަދިވެސް ބެލެމުން ދެވުނީ ބެރެބެދި ގަސް ހެދިފައިވާ ދިމާއަށެވެ. އެހިސާބުގައި އުޅޭ އަލިފާން ކޮކާތަކުގެ ދަޅައިން ހީވަނީ އެތަނުގައި ކުދިކުދި “ޓިންކަރ ބެލްތަކެއް” އުޅޭހެންނެވެ.

“ޒިބާން… ކިހިނެއް ވިލާކޮޅެއް މަތީގައި މިތިބެވެނީ… ވިލާމަތީ ހުރެވޭނެތަ…..” ހައިރާންވެފައިވާލެއް ބޮޑުކަމުން މަންޝާއަށް ވާހަކަ ދެއްކޭ ވަރުވީ އިރުކޮޅެއް ފަހުންނެވެ. ވަޔާ އެކު ވިހުރެމުން ދިޔަ އިސްތަށިތައް މަންޝާގެ އަނގަޔަށް ވަންނާތީ އަތުން އިސްތަށިގަނޑު އެއްފަރާތަށް ގެނެސް ހިފަހައްޓާލިއެވެ. ހަށިގަނޑަށް ފިނިވަމުން ދާތީ ފަހަތަށް ޖެހި ޒިބާންގެ ހަށިގަނޑުގައި ލައްވެލީ އެ ހަށިގަނޑުން ހޫނުކަމެއް ލިބޭތީއެވެ.

“އަހަރެމެން މިތިބީ ވިލާ މަތީގައެއް ނޫން… އަހަރެންނަށް މިހިސާބަށް އެރޭނެ.. މަންގެ ހަށިގަނޑުގައި އަހަރެން ހިފަހައްޓައިގެން ހުރިހާ ހިނދަކު މަންވެސް ބިންމައްޗަށް ނުވެއްޓި އަހަރެންނާ އެކީގަ ހުރެވޭނެ… ވިލާކޮޅުމަތީ މިހުރީ މަން ބިރުގެންފާނެތީ…. މަން… ދެލޯ މަރާލާ… މިހާރު އަހަރެމެން ދާން ވެއްޖެ…” ޒިބާންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން މަންޝާއަށް ފެނުނެވެ. ޒިބާންގެ އެދުމަށް މަންޝާ ދެލޯމަރާލީ ހިތާ ދެކޮޅައެވެ. ޒިބާންގެ އަތް ތިލައިން މަންޝާގެ ލޯމަތި ނިވާކޮށްލިއެވެ.

މާގިނަ އިރެއް ނުވެއެވެ. މަންޝާއަށް އިހްސާސްވަމުން ދިޔަ ވަޔާއި ޖައްވުގެ ފިނިކަން މުޅިންހެން ކެނޑިއްޖެއެވެ.

“ގުޑްނައިޓް….” މަންޝާގެ ކަންފަތް ދޮށުން އިވިގެން ދިޔަ އަޑާއި އެކީ މަޑުމަޑުން އޭނާގެ ލޯ ހުޅުވާލިއެވެ. މަންޝާއަށް ހުރެވުނީ އޭނާގެ ކޮޓަރީގެ ކުޑަދޮރު ކައިރީގައެވެ. ވަށައިގެން ބަލާލެވުނީ ޒިބާން ހުރިތޯއެވެ. ޒިބާން ފެންނާކަށް ނެތެވެ. ކުޑަދޮރުން ބޭރު ބަލާލި އިރު ދުރުދުރުން ފެނުނު ރަތްކުލައިގެ އަލިގުޅަ މަންޝާގެ ލޮލުގައި އަޅައިގަތެވެ. ހިނިތުން ވަމުން އެ އަލިގުޅައަށް މަންޝާ ހަނާއަޅާލީ ވައިއަޑުން “ގުޑްނައިޓް” ބުނަމުންނެވެ.

*** *** *** *** *** ***

ޒަފްރީން ނިދުމުން އެ މަންޖެ ތަންމަތީގައި ބޭއްވުމަށްފަހު ޒުހާ އެނބުރި ބަލާލީ އެނދުގައި އޮތް ޒައިކަށެވެ. ވާހަކަ ފޮތެއް ހިފައިގެން ޒައިކަށް އޮތީ ނިދިފައެވެ. އެހެންކަމުން އެސޮރު އަތުގައި އޮތް ވާހަކަ ފޮތް ނަގާ ދުރަށް ލަމުން ޒައިކް ގައިމަތީގައި ރަޖާގަނޑު އަޅާލިއެވެ. މަޑުމަޑުން ކޮޓަރި ދޮރު ލައްޕާލަމުން ސިޓިންގް ރޫމަށް ޒުހާ ނުކުތީ ފޯނުގެ ޑިސްޕްލޭގެ ލޮކް ފިލުވާލަމުންނެވެ. މަންޝާގެ ނަމްބަރަށް ގުޅާލީ މަންޝާގެ ހާލުއަހުވާލު އޮޅުން ފިލުވާށެވެ.

ފޯނު ރިންގް ވުމާއި އެކީ މަންޝާ އެފޯނަށް ޖަވާބު ދިނެވެ. “މަންޖޭ… ކިހިނެއްތަ؟… މިހާރުވެސް ހޮޑުލެވޭތަ…” ލޯބިން ފުރިގެންވާ ރާގަކުން ޒުހާ ވާހަކަ ދެއްކިއެވެ.

“ހޫން… މިހާރު ވަރަށް މަދުން ހޮޑު ލެވެނީ… އިނގޭތަ އަހަރެންނަށް މީރު ވަސްދުވާ އެއްޗެއް… ބެރެބެދިމާ… މަންމަމެންވެސް ތިބީ ހައިރާންވެފަ.. ބުނި އަސްލު އެ މަލުން ދުވާނީ ހިތި ވަހެކޯ… އެކަމު އަހަންނަށް  ވަރަށް މީރު ވަސްދުވޭ….” މަންޝާގެ ވާހަކަ އަޑު އިވިފައި ޒުހާވެސް އިނީ ހައިރާންވެފައެވެ.

“ކީކޭ… ބެރެބެދި މަލޭ… ސާބަސް މަން.. އެއީ ދެން މީރުވަސް ދުވާ އެއްޗެއްވެސް ނޫން… ދެން އެކި މީހުންނަށް މީރުވަސް ދުވާނީ އެކި އެއްޗިހިންދޯ.. އެއްބަޔަކަށް ކަރުބޮލަކުންވެސް މީރުވަސް ދުވޭ ވިއްޔަ…” މަންޝާ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ޒުހާ އަމިއްލައަށް އެ ދައްކަނީ އޭނަގެ ވާހަކައެވެ. ޒަފްރީނަށް ބަނޑުބޮޑު އިރު ޒުހާ ދުފަން ގެންގުޅޭ ފޯއް ދަޅު ތެރެއަށް ކަރުބޮލަކު ލާފައި ހުންނާތީ ވިހަ ވެދާނެޔޭ ކިޔާ މަންޝާ ވަރަށް އެއްޗެތި ކިއެވެ.

“ކޮބާތަ މީރާ… އޭނަ ކިހިނެއްތަ؟.. އަހަރެންވެސް އަދި ގުޅާ ނުލަން…” ކުއްލިއަކަށް ހަނދާން ވުމުން މީރާގެ ވާހަކަ އޮޅުން ފިލުވާލަން މަންޝާ ބޭނުންވިއެވެ.

“ހެހެހެ… އެ މަންޖެއަށް ވަރަށް ސިންޕަތީވޭ… ބޭރަށް ނުކުމެވޭ ވަރެއްވެސް ނޫން… ތަނަކުން ސިނގިރޭޓުގެ ވަސް ޖެހޭ އިރަށް އޭނަ ހޮޑުލާ ވަރުން ކިހިނެއް ބޭރަށް ނުކުންނާނީ… ވަކި އެއްޗެއް މީރުވެގެން އުޅޭ ކަމެއް ނޭނގޭ… ދެން އަބަދު ގޭގަ.. ރިޔާޒްވެސް ސިނގިރޭޓް ބުއިން ހުއްޓާލައިފި… ރިޔާޒް ކިހާ ރަނގަޅު ދޯ…” ވާހަކައިގައި ހުރެ ރިޔާޒްގެ ވާހަކަ ޒުހާއަށް ނެގުނީ މަންޝާގެ ހިތައް އަސަރު ކުރާނެކަމަށް ވިސްނާ ނުލެވުމުންނެވެ.

“ދެދުވަސް ފަހުން މާލެ ދާން މިއުޅެނީ… އޭ… ދެން ބޭއްވީ މީހަކު އެބަ ދޮރުގަ ޓަކި ޖަހާ… ބާއި.. ފަހުން ގުޅާނަން…” މަންޝާ އެހެން ބުނުމުން ޒުހާ ފޯނު ކަނޑާލިއެވެ. ކުއްލިއަކަށް ފޯނު ކަނޑާލުމުން މަންޝާ ހިތުގައި ޖެހުނީހެން ޒުހާއަށް ހީވިއެވެ. ރިޔާޒް ކަހަލަ ރަނގަޅު ފިރިއެއްގެ ވާހަކަ ދެއްކުމުން އަޒީމްގެ ބޭވަފާތެރިކަމުގެ މަތިން މަންޝާ ހަނދާންވާނެ ނޫންހެއްޔެވެ. އެ ޙިޔާލުތަކުގައި ހުރެ ޒުހާ ބަދިގެއަށް ވަދެ ރިހަތެލި ހޫނުކުރަން ޖައްސާލިއެވެ.

*** *** *** *** *** ***

ދޮރުގައި މީހަކު ޖަހާލުމާއި އެކީ މަންޝާ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރީ މަދީހާއެވެ. “ދަރިފުޅާ… ރަނގަޅުތަ؟… އާދެބަލަ ބޭރަށް….” މަދީހާ ވާހަކަ ދައްކަމުން ކޮޓަރިތެރެއަށް ވަދެ ކުޑަދޮރު ލައްޕާލިއެވެ. އޭރު ބޭރު ތެރެއިން ގިނަ މީހުންތަކެއް ވާހަކަ ދައްކާ ހީ ސަމާސާ ކުރާ އަޑު އިވެއެވެ.

“މަންމާ،… ކޮން ބައެއްތަ އެ ބޭރުގަ އުޅެނީ….” ބޭރަށް ބޯ ދިއްކޮށްލަމުން ކޮޓަރި ތެރޭ ހުރި މަދީހާއާ މަންޝާ ސުވާލުކޮށްލިއެވެ.

“އަބަދު ކޮޓަރިތެރޭ އޮންނަންޏާ ގޭތެރޭގަ ކަމެއް ކުރިއަސް ނޭނގޭނެ ދޯ… މަންޝާމެން މާލެ ދާންވާއިރަށް މިއުޅެނީ ހަދިޔާ ދަޅު ހަދަން… ފުރަން ދެދުވަހަށް ވީ… ދެން އަންނަ ދަތުރުގަ މަންމަވެސް މާލެ ދާނަން… ދަރިފުޅު ވިހައިގެން ގަދަވަންދެން މަންމަ ބޭނުންވަނީ މާލޭގަ ހުންނަން…” މަދީހާ ވާހަކަ ދައްކަމުން އައިސް މަންޝާ ކައިރިއަށް ހުއްޓުނެވެ.

މަދީހާގެ މޫނަށް ބަލަންހުރުމަށްފަހު މަންޝާ ވާހަކަ ދެއްކީ އޭނާގެ ދިރިއުޅުމުގައި ޖެހިގެން އުޅޭ މައްސަލަތައް މަންމައަށް އަންގަން ބޭނުން ނުވާތީއެވެ. “މަންމާ… އޭރުން މާމަޔޯ… މާމަ އެކަނި ކިހިނެއް އުޅޭނީ… ވިހަން ކައިރިކޮށްފަ މަންމަ އަންނާނީ…”

“ސާބަސް ރަންކޮޅާ… އަމާ މިފަހަރު މާލެގޮސް މުނީރާމެން ގޭގަ މަޑުކުރާނީ… ދެން މިގެ ބަލަހައްޓަން މަޖުދީއާ ހަވާލުކޮށްފަ ދާނީ… ރަނގަޅުވާނެއްނު އެގޮތް… ދެން ހިނގާބަލަ ބޭރަށް…. ފާޒިރާމެން އެންމެން އެބައުޅޭ ބޭރުގަ….” މަދީހާ ކޮޓަރިން ނުކުންނަމުން މަންޝާގެ އަތުގައި ހިފާލިއެވެ.

މަދީހާގެ ފަހަތުން މަންޝާ ކޮޓަރިން ނުކުތެވެ. ގޯތިތެރޭގައި ޖަހާފައިވާ އަލިފާންގަނޑު ފެނި މިހާރުވެސް ބައެއް ސާމަނުތައް ތެލުލަން ތައްޔާރު ކުރަނީކަން މަންޝާއަށް ޔަގީންވިއެވެ. އަށިކައިރީ ހުރި ގޯނިން މަދީހާ ކާށިތަކެއް ނަގާ ބިންނަން ފެށިއެވެ. މަންޝާވެސް އެވަގުތު މަންމައާ ގާތްވެލަމުން ހުނިގާނަން މަންޝާއަށް ދޭށޭ ބުނެލިއެވެ.

ކާށިތައް ބިނދެފައި މަންޝާ އަތަށް މަދީހާ ދިނުމަށްފަހު އޭނާގޮސް ވަނީ ބަދިގެއަށެވެ. ހުނިގޮނޑި ހިފައިގެން މަންޝާ ދިޔައީ އަނބުގަސް ދޮށުގައި މަސައްކަތްކުރަން ތިބި އަންހެނުންތައް ކައިރިއަށެވެ. ލައިގެންހުރި ޖިންސު އަރުވާލަމުން ތިރި ހުނި ގޮނޑީގައި މަންޝާ އިށީނުމާއެކީ ފާޒިރާ ވާހަކަ ދެއްކީ އޭނާގެ ނިތްކުރިމަތީގައި ހިއްލާފައި ހުރި ދާތިކިތައް ފުހެލަމުންނެވެ. “މަންޝާ… އެކޮއެ މިހާރު ރަނގަޅުތަ… މަދީހާ ގައިމު ބުނި މަންޝާ ބޯ އަނބުރާތީއޭ އުޅެނީ…”

މަންޝާ ހިނިތުންވަމުން މިހާރު އޭނަ ރަނގަޅު ކަމަށް ބުނަމުން ދޫކޮށްލާފައިވާ އިސްތަށިގަނޑު އެއްކޮށްލަމުން ހުޅިއެއް ޖަހާލިއެވެ. ހުނި އަޅަން ގެނައި ތަށިތެރޭގައި އޮތް ހަ ކާށިކިބައިން އެއް ކިބަ ނަގާ ހުނިގޮނޑީގެ ދަތްގަނޑުގައި ޖައްސާލިއެވެ. އެއް ކާށިކިބަ ގާނާ ނިންމާލިތަނާ މަންޝާގެ ކަންފަތުގައި ޖެހުނީ އޭނާ އެމީހަކު ދެކެ އެންމެ ފޫހިވާ މީހާގެ އަޑެވެ. ހަސަނުގެ އަޑެވެ.

“އަހާ… މަންޝާވެސް މަސައްކަތު ނުކުތީތަ… މުނީރާ ކޮބާތަ އަފްނާނު؟….” ޖޯލިފަތީގައި އިށީންނަމުން ހަސަނު ވާހަކަ ދެއްކީ ޖެހިގެން އޮތް ޖޯލީގައި އޮތް މަންޝާގެ މާމަ، ހަދީޖާގެ އުނގުގައި އިން އަޑަފިގަނޑު ނަގަމުންނެވެ.

“އަފްނާނު.. ދެންމެ މިތާ އުޅުނު… ފާޒިރާމެން ގޯއްޗަށް ދިޔައީ ކަމަށްވާނީ… އެގޭ ކުދިބަޔަކާ އެކީ އުޅުނީ…” ވަޅުދޮށުގައި ތެލިތައް ދޮންނަން އޮތް މުނީރާ ވާހަކަ ދެއްކީ ބުރުގާ މައްޗަށް އަރުވަން ބޯމަތީގައި އަތް ޖައްސާލަމުންނެވެ. ހަސަނުގެ ވާހަކައަށް ފަރުވާލެއް ނުބަހައްޓާ މަންޝާ އަވަސްވެގަތީ އަނެއް ކާށިކިބަ ގާނާށެވެ. އަދި ގާނަން އިތުރު ހަތަރު ކާށިކިބަ އެބައޮތެވެ. ހަސަނު އެތަނަށް އައުމުން މަންޝާ ބޭނުންވީ އަވަސްކުރާށެވެ. އަވަސް އަވަހަށް އަތް ހަރަކާތް ކުރަމުން ދިޔައިރު އިސް އުފުލާލަންވެސް މަންޝާ ބޭނުން ނުވިއެވެ. އެހެން އިން އިރު މަންޝާގެ ލޯ މައްޗަށް ސިފަވެގެން ދިޔައީ މިއަދު ހަވީރު ފެނުނު މަންޒަރެވެ.

އަނގަޔަށް ފޯއް ފޮއްޗެއް ލަމުން ހަސަނު ބަލާލީ މަންޝާއާ ދިމާއަށެވެ. ހުޅިއެއް ޖަހާ މަންޝާގެ އިސްތަށިގަނޑު ހަރުކޮށްލާފައި އިން އިރުވެސް ދެ ކަންހުޅިއާ ދިމާލުން ބައެއް ކުރު އިސްތަށިތައް ދޫވެފައި ހުއްޓެވެ. ކުޑަކޮށް ގުދުވެގެން އިނުމުން މަންޝާ ލައިގެންހުރި ޓޮޕްކޮޅުގެ ކަރުވަޅު ތެރެއަށް ހަސަނުގެ ނަޒަރު ގޮސް ހުސްވިއެވެ. ހުނިގާނަން މަންޝާގެ އަތް ހަރަކާތް ކުރަމުން ދިޔަ ދިޔަހެން މަންޝާގެ ހަށިގަނޑަށް އަންނަމުން ދިޔަ ލޮޅުމާއި އެކީ ހަސަނުގެ ސިކުނޑީގައި އެދުންވެރިކަމުގެ ޙިޔާލު އެނބުރިގަތެވެ. ވަށައިގެން އެ މާހައުލަށް ހަސަނު ބަލާލީ އޭނާގެ ހަރަކާތްތައް އެހެން މީހަކު ބަލަން ހުރިތޯއެވެ. އެވަގުތު ފުށްމޮޑެން ގުދަށް އޮތް ފާޒިރާ ފެނުމުންވެސް ހަސަނުގެ ދެލޯ އަމާޒުވީ ފާޒިރާގެ ކަރުވަޅާ ދިމާއަށެވެ. ހަސަނު ޖޯލީގައި ލެނގިލިއެވެ. ހަމަޖެހިލަމުން މަންޝާއާ ދިމާއަށް ބަލާލީ މޭގައި ފިރުމާލަމުންނެވެ.

ހަތަރު ކާށިކިބަ ގާނާ ނިންމާލުމަށްފަހު ހުނިގޮނޑި މަތިން ތެދުވެ މަންޝާ ހިންދެމިލިއެވެ. އެވަގުތު ހަސަނުގެ ނަޒަރު މަންޝާއަށް ހުއްޓިފައިވާތަން ފެނުމުން މަންޝާ މޫނު ހަދާލިއެވެ. ބަދިގެ ތެރެއިން ނުކުމެގެން އައި މަދީހާ ހުނިތަށި ނަގާ މަސްގަނޑު މޮޑެން ތިބި މީހުންނަށާ ހަވާދު ހަދަން ތިބި މީހުންނަށް ހުނިތައް ބަހާލިއެވެ.

މަންޝާ ގޭތެރެއަށް ވަންނަން ދާން ހިނގައިގަތް ވަގުތު ހަދީޖާ ގޮވާލިއެވެ. “ދަރިފުޅާ… މާމަ ނަގައިދީބަލަ…”

ހަސަނާ ގާތް ވާކަށް މަންޝާ ބޭނުމެއް ނޫނެވެ. ނަމަވެސް މާމަ ގޮވުމުން އެދިމާއަށް ކައިރިވާން މަންޝާއަށް މަޖުބޫރުވިއެވެ. މާމަގެ އަތުގައި ހިފާ މަންޝާ އެހިވާން މަސައްކަތް ކުރި ގަޑީގައި ހަސަނުވެސް ގާތްވިއެވެ.

ހިތްނުތަނަވަސް ވި ނަމަވެސް މަންޝާ ރުޅިއަންނަ ގޮތް ވިއެވެ. މަންޝާގެ ފަލަމަސްގަނޑުގައި ހަސަނު އަތް ހާކާލީ އެތަނުގައި ތިބި އެއްވެސް މީހަކަށް ނޭނގޭނެ ހެންނެވެ. މަންޝާ ހުއްޓުން އެރިއެވެ. މަދިހާއާ މުނީރާއާ ދިމާއަށް ބަލާލެވުނެވެ. ދެވަނަ ހަމަލާ އައީ މާމަ ނެގުމުގެ ތެރޭގައި ހަސަނުގެ އުޅަބޮށިންނެވެ. މަންޝާގެ މޭމަތީގައި ކާއްތާލިއެވެ. ކުއްލިއަކަށް މަންޝާއަށް ދުރަށް ޖެހިލެވުނެވެ. މާމައަށް ބެލުމެއް ނެތި މަންޝާ ގޭތެރެއަށް ވަނުމަށް އަވަސްވެގަތެވެ. އެންމެންނަށް އެދިމާއަށް ބަލާލެވުނީ ހައިރާންކަމާ އެކީގައެވެ. ހަސަނުހުރީ ހަދާނެގޮތް ހުސްވެފައެވެ. މަދީހާ އެވަގުތު ކިހިނެއްވީތޯ އަހާލީ ނިތައް ރޫ ގިނަކޮށްލަމުންނެވެ.

“ހޮޑުލަވައިގަތީހެން ހީވަނީ… ހުނިގާނަން އެވަރަށް ތެޅުނީމަ ބޯ އެނބުރީ ކަމަށް ވާނީ…” ހަސަނުގެ ޖަވާބު ވަރަށް މޮޅެވެ. ހަދީޖާ ގޮވައިގެން ދާން ހިނގައިގަންނަމުން ހަސަނު ފެންފުޅިއެއް ނެގީ މަންޝާއަށް ފެންފޮދެއް ގެންގޮސްދޭށެވެ. އޭރު މަދީހާއާ މުނީރާގެ އަތް ހަޑިކޮށްހުރުމުން މަންޝާ ގާތަށް ހަސަނު މިދަނީއޭ ބުނެ އޭނާ ގޭތެރެއަށް އަވަސްވެގަތެވެ.

މަންޝާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ފަލަމަސްގަނޑުގައި އަދިވެސް ހަސަނުގެ އަތް ބީހޭހެން އޭނާއަށް ހީވިއެވެ. ފަލަމަސްގަނޑު މަތީގައި އަތުން ތަޅަމުން އެ ދިމާ ފޮޅާލިއެވެ. ސިހިފައި ދޮރާ ދިމާއަށް ބަލާލެވުނީ ޓަކި ޖަހާލި އަޑަށެވެ. އެއްޗެކޭ ނުބުނެ މަންޝާ މަޑުކޮށްލީ އެކޮޅުން މީހަކު ވާހަކަ ދައްކާތޯއެވެ.

“މަންޝާ.. އަން މިއޮތީ ފެންފުޅި…” ހަސަނު ގެ އަޑު ޖެހުމުން މަންޝާގެ ތުންގަނޑު އޫކޮށްލަމުން ދޮރާ ދިމާލަށް ވައްތަރު ޖެއްސިއެވެ. ދޮރު ހުޅުވާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން މަންޝާ ގާތްވެލީ ކުޑަދޮރު ކައިރިއަށެވެ. ކުޑަދޮރު ހުޅުވާލި އިރު ދޮރުކައިރީ ހުރި ޒިބާންގެ ރުޅިވެރި މޫނު ފެނުމުން މަންޝާ އޭނަ ގާތު ދެންމެ ހިނގި ކަންތައް ކިޔައިދިނެވެ.

ހަސަނު މިހާރު ދޮރު ކައިރީގައި ނެތް ވާހަކަ ބުނުމުން މަންޝާ ކޮޓަރީގެ ދޮރު ހުޅުވާ ބޭރުބަލާލިއެވެ. ތެދެކެވެ. ހަސަންބެއެއް ނެތެވެ. ހަސަންބެ ގެނައި ފެންފުޅި ދޮރު ކައިރީ ބަހައްޓާފަ އިނެވެ. މަންޝާ އެ ފެންފުޅި ނަގާ އެތެރެއަށް ވަނެވެ.

“އާނ ހަސަންބެއެއް ނެތް…” މަންޝާ ވާހަކަ ދެއްކީ ޒިބާނާއެވެ. ނަމަވެސް އޭރު ޒިބާންވެސް ކޮޓަރި ތެރެއަކު ނެތެވެ. ކުޑަދޮރުން ބޭރު ބަލާލީ ބޭރުގައި ހުރިތޯއެވެ. ބޭރަކުވެސް ނެތެވެ.

*** *** *** *** *** ***

ޖޯލީގައި ހަސަނު ހަމަޖެހިލައިގެން އޮތީ ކައިރިން ފެންނަމުން ދާ ހީވަގީ އަންހެންވެރިންގެ މަސައްކަތްތަކަށް ބަލާށެވެ. ކުއްލިއަކަށް ހަސަނުގެ ލޮލުގައި އަޅައިގަތީ ފެންޑާއިން ބޭރަށް ނުކުތް މަންޝާއެވެ. ކަޅުކުލައިގެ ކުރުހެދުމެއް ލައިގެން ހުރި އިރު އެ ހެދުމުގެ ފަހަތުފަސްބައި އޮތީ ފުންނާބާ ހަމައަށް ދިގުކޮށެވެ. ލޮލުގައި އަނދުންއަޅާ ގަދަ މޭކަޕެއް ކޮށްފައިވާ އިރު ތުންފަތުގައި ޖައްސާފައިވަނީ މަޑު މުށިކުލައެކެވެ. އިސްތަށިގަނޑު ހާވާލާފާ އޮތް އިރު ހީވަނީ ދެންމެ ފެންވަރާލައިގެން ނުކުތްހެންނެވެ. މަޑު ހިނގުމެއްގައި ގެއިން ބޭރަށް މަންޝާ ނުކުތީ ވަށްކަޅިން ހަސަނާ ދިމާއަށް ބަލަމުންނެވެ.

ދޮރުން ބޭރަށް ނުކުމެ ޖެހިގެން ހުރި ގޯޅިއަށް މަންޝާ ލަނބާލުމުން ހަސަނު ބަލާލީ މަސައްކަތުގައި އަވަދިނެތި އުޅެމުންދިޔަ މުނީރާއަށާ މަދީހާއަށެވެ. އެމީހުންނަށް މަންޝާ ނުކުތްކަން ނޭނގޭކަން ޔަގީނެވެ. ހަސަނު އަވަހަށް ގެއިން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ. މުނީރާއަށް ފެނިދާނެތީ ފިޔަވަޅު އަވަސްކޮށްލިއެވެ. ގެއިން ނުކުމެ ޖެހިގެން އޮތް މަގަށް އަޅާލި އިރުވެސް މުނީރާގެ އަޑެއް ބަޑެއް ނީވުމުން މުނީރާއަށް ނުފެންނަކަން ޔަގީން ވިއެވެ. އެ މަގު ކޮޅުން މަންޝާ ހިނގާފައި ދާތަން ފެނުނެވެ. މަގުގެ ދެފަރާތަށް ބަލާލަމުން ކުރިއަށް ހަސަނު ހިނގައިގަތީ ދުރުދުރުގައި ބޮޑު ފިޔަވަޅު އަޅަމުންނެވެ.

މަންޝާ ފަސް އެނބުރި ހަސަނާ ދިމާއަށް ބަލާލައެވެ. ބަލާލާ ކޮންމެ ފަހަރަކު ހަސަނާ ދިމާއަށް އަންނާށޭ ބުނެ އިޝާރާތެއް ކޮށްލާ ހެން ހީވެއެވެ. ހަސަނު މަގުމަތިން ފެންނަ މަދު މީހުންނަށް ސަމާލުވެގެން ހުރެ ދިޔައީ މީހަކަށް ޝައްކެއް ވެދާނެތީއެވެ. މަންޝާގެ މިސްރާބު ހުރީ ވަލާ ދިމާއަށެވެ. ވަލުތެރެއަށް ވަންނަމުން މަންޝާގެ ފިޔަވަޅު މަޑުކޮށްލިއެވެ. ދެފަރާތުން ހެދިފައި ވާގަސްތައް ދެއަތަށް ފޭވެ އެތެރެއަށް ވަންނަން މަގު ހެދުނެވެ. މަންޝާ ކުރިއަށް ފިޔަވަޅު އަޅާލި އިރު ހަސަނު ދުރުގައި ބަލަން ހުއްޓެވެ.

ހަސަނުގެ ހިތުގައި އުތުރިއަރަމުން ދިޔަ ޖަޒްބާތުން މަންޝާގެ ހަރަކާތްތަކާ ބެލުމުގަ ތަފާތުކަމެއް ހުރިކަންވެސް ހަސަނަށް ރޭކައެއް ނުލިއެވެ. ވަލުތެރެއަށް ހަސަނު ވަންނަން ހިނގައިގަތްއިރު އޭނަ މިކަމާ އުފާވެފައިވާ ވަރު އަނގަމައްޗަށް ބަލާލުމުން ވެސް އެނގޭނެއެވެ. ހަސަނު ހުރީ ދަތްޕިލަ އަވީލައިގެންނެވެ. މަންޝާ ފަހަތުން ވަލުތެރެއަށް ވަދެވޭތީ އަފްނާނަށް މިކަންތައް ސިއްރުވާނެކަން ކަށަވަރުވުމުން ހަސަނު ވަރަށް އުފާވިއެވެ. ހަސަނުވަނީ މަންޝާއާ ގާތް ނުވާނަންކަމަށް އަފްނާނަށް ވައުދުވެފައެވެ. އެކަމަކު މަންޝާއަށް އެންމެ ކުރިންސުރެ ހަސަނު ހިތްކިޔާފައި ވާތީ އެކަން ހުއްޓޭ ގޮތެއްވެސް ނުވިއެވެ.

*** *** *** *** *** ***

ފެންފުޅި ނަގައިގެން ކޮޓަރި ތެރެއަށް މަންޝާ އެނބުރިލީ ޒިބާނާ ވާހަކަ ދައްކަމުންނެވެ. ދޮރު ލައްޕާލަމުން މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ.

“ޒިބާން…. އޭއި… ދެން ޒިބާނަށް ފިލޭނެކަން އިނގެޔޭ… ސަކަރާތް ނުޖަހަބަލަ… މަން މީނީ ވަރަށް މޫޑީ ވެފައޭ…” ދޮރު ތަޅުލުމަށްފަހު މަންޝާ ގޮސް އެނދުގައި އިށީނެވެ. ފަންކާއަށް ބަލަހައްޓައިގެން މަންޝާ އޮތީ ޒިބާންގެ ހުނަރުތަކުން ޖާދުވީ މަންޒަރެއް ފެންނާނެ ކަމަށް ހީކޮށެވެ.

ސިހިފައި ބޯ ހިއްލާލަމުން ކުޑަދޮރާ ދިމާއަށް މަންޝާ ބަލާލީ ކުޑަދޮރުގެ އެއް ދޮރުފަތް ބަންލާފައި އައިސް ޖެހުމުންނެވެ. އެވަގުތު މަންޝާއަށް ހުޅުވިފައިހުރި އަނެއް ދޮރުން ބޭރުގައި ހުރި އަލިކަމެއް ފެނުމުން އެއީ ޒިބާން ކަން ޔަގީންވިއެވެ. ކޮޓަރީގައި ހުރި ހުދު ބޮކީގެ އަލި ދެބުރަކަށް ނިވިދިއްލުނެވެ. މަންޝާ ބޮތްކަށް ބަލާލި ނަމަވެސް ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ހަނދާނަށް އައީ ޒިބާނާ ފުރަތަމަ ދިމާވި ދުވަހެވެ. އައި.ޖީ.އެމް.އެޗްގެ ލިފްޓުގައި ހުރި ބޮކިތައް ނިވިދިއްލުނު ގޮތެވެ. ކުއްލިއަކަށް މުޅި ކޮޓަރިން ކަރަންޓު ހިނގައްޖެއެވެ.

“ތި އުޅެނީ އަހަންނަށް ބިރު ދައްކަންތަ؟… ދެން ފިލާ ނުހުރެ އާދޭ އެތެރެއަށް….” ތުންގަނޑު ވިކާލަމުން މަންޝާ އެހެން ބުނެލީ ކުޑަދޮރާ ދިމާލަށް ބަލަން އޮވެއެވެ.

މަންޝާ އެހެން ބުނުމާ އެކު ކުޑަދޮރުން އެތެރެއަށް އަލިގުޅައެއް ވަނެވެ. އެއަލިގުޅަ އެހެންޏާ މަންޝާއަށް ފެންނަ އަލި ގުޅައާ ހާސްބައި ތަފާތެވެ. މި އަލިގުޅަހުރީ ނޫކުލައިގައެވެ. އަލި ގުޅަ އައިސް ހުއްޓުނީ މަންޝާ ކުރިމަތީގައެވެ. އެނދުގައި އުޅަނބޮށި ވިއްދައިގެން މަންޝާ އޮތް އިރު އަނެއް އަތް އެ އަލިގުޅައާ ދިމާއަށް މަންޝާ ދިއްކޮށްލީ ހިނިތުން ވަމުންނެވެ.

އަލިގުޅަ އައިސް މަންޝާގެ އަތުތެރެއަށް ހެޔޮވަރުވެލިއެވެ. މޫނާ ކައިރިއަށް އަތް ގެނެސް އެއަލިގުޅައަށް ރަނގަޅަށް ބަލާލިއެވެ. އޭގެ ނޫކުލައިގެ ދަޅަ މަންޝާގެ މޫނަށް އެޅިފައި ހުއްޓެވެ. ހިނިތުން ވަމުން އެ އަލިގުޅައަށް ބަލަން އޮތް މަންޝާއަށް އަޖައިބު ވާކަހަލަ ކަމެއް ފާހަގަ ވުމުން ދެބުމަ ގޮށް ޖަހާލެވުނެވެ. ފާހަގަވީ އެ އަލިގުޅަ ކުޑަވަމުން ދާކަމެވެ. ހީވަނީ މަންޝާގެ އަތު ތެރެއަށް އޭގެ އަލި ހިނދެމުން ދާ ހެންނެވެ.

މަންޝާގެ އަތްތިލައިން އުޅަނބޮއްޓާ ހަމައަށް ނަޒަރު ހިންގާލީ އަތުގެ ލޭ ނާރުތައް ފުއްޕާލުމުންނެވެ. އެ ނާރުތަކުގެ ތެރެއިން ހަލުވިމިނެއްގައި ނޫކުލައިގެ އަލި ދަތުރުކުރަމުން ދިޔައީ ފަނިތަކެއް ހެން ބަނދަ ބަނދަ ލައްވަމުންނެވެ. ބިރުން މަންޝާ ތެޅިގަތީ ދެނެވެ. ހާސްވެ ބިރުގަތް ނަމަވެސް އޭރު އެ އަލިގުޅަ އެކީހެން މަންޝާގެ ހަށިގަނޑު ތެރެއަށް ވަދެ ހުސްވެއްޖެއެވެ. އަތް ތަޅުވަމުން އެނދުން ތެދުވަން މަންޝާ އުޅުނީ މިވަނީ ރަނގަޅުކަމެއް ނޫންކަން އޭނާއަށް އިހްސާސް ވާން ފެށުމުންނެވެ.

ތެދުވެ ތެދުވެ ހުރި މަންޝާގެ ގަޔަށް އެރި ބާރަކާ ތޫނު ތަދަކާ އެކީ އެނދު މައްޗަށް އުއްޑުން ވެއްޓި ޖެހުނު އިރު ހީވީ މީހަކު އޭނަ ކޮށްޕާލި ހެންނެވެ. ހަތަރެސް ފަޔަށް ވާންވެ އަތެއް ފައެއް ގުޑުވާވެސް ނުލެވި އޮތް އިރު މަންޝާގެ އަތުގެ އިނގިލިތައް ހުރީ ވާންވެ އިނގިލިތައް ފޭވެފައެވެ. މަންޝާގެ ހަންގަނޑުންވެސް ނޫކުލައިގެ ދަޅައެއް އަރަމުން ދިޔައެވެ. ހީވަނީ ގައިން ލޭމަދުވެ ހަންގަނޑު ހުދުވެފައިވާ ހެންނެވެ. ހަރަކާތް ހުއްޓިފައި އޮތް މަންޝާގެ ދެލޯ ބޮޑުކޮށްލިއެވެ. އެވަގުތު މަންޝާގެ ދެލޮލުން ފާޅުވީ ނޫކުލައިގެ ވިދުމެކެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

ލޯތްބޭތީ ހިތްއެދޭ.. (9)

Next

އަސަރު 29

Next
July 25, 2016

އަސަރު 29

Previews
July 24, 2016

ލޯތްބޭތީ ހިތްއެދޭ.. (9)

55 Comments!

  1. saa says:
    July 24, 2016 at 10:54 pm

    Shax… stry varah salhi… adhi kithah part baakee eba oi tha?????

  2. aleesha says:
    July 24, 2016 at 10:57 pm

    Wow amazing vara reethi..valu thereyahh hasanu govaagenn vadhuny zibaan dhoo?mashahh heevany ehn???

  3. Sunny Leone says:
    July 24, 2016 at 11:04 pm

    Wow whn nxt part

  4. Dgsf says:
    July 24, 2016 at 11:17 pm

    Varugadha hassanehnu eyna ah fennanyy anhenunge karuvalhu dw muneera ah karuvalhu bodu kuran v faneyy

  5. Twinkle says:
    July 24, 2016 at 11:49 pm

    This story is jxt awesome
    Waitng for the next part…
    SHAZ plx do upload soon 🙂

  6. bad boy ? says:
    July 24, 2016 at 11:53 pm

    muneeraa nivaakoffa bahattaigen ehen meehunge karuvalhah hassanaahehehehe.
    assuves rahrashuga anhenverin hunigaanaa masakkaiy kuran thibey iru thanthan thelhey than haadha firihenun neh balan kaafaruvefa thibeyneyey dhw. shaz mee boy ehtha. ???

  7. bad boy ? says:
    July 25, 2016 at 12:07 am

    boy akaa writing vahtharee… hassanuge feelings genesdhin baithah hama habeys.
    assu varH molhu. anhenKah shaz vejiyyaa aharen hama ajaibuvaane. cox certain things girls ah neyngey kithamme kameh hunnaane dhw. boy eh liyaathy girls describe kohdheyleh furihama vaanreves. boys ge sifakurumah vureh girls ge bai emme salhi. so thy boy eh dho. pls reply shaaaaz ??????

    1. zeee says:
      July 25, 2016 at 12:21 am

      asluves writer akee boy hen heevany. cox girls kudhinnah ehaa kereynetha. ehaaa detail n salhikoh liyan. vaahaka varah niceey. even i wanna know who this writer is!?

    2. ken? says:
      July 25, 2016 at 1:23 am

      shax akee gal ekey….a married woman n her huz is frm addu dats y she knws addu bas….he n de family helps her in writing their language parts….i mean they proof read dem
      shax akee v molhu liyuntheri ei…☺

    3. Shax Lyn says:
      July 25, 2016 at 1:48 am

      am a lady……. happy to c that u liked this part as well…. thank u for commenting 🙂 ya and ken is telling the truth… :*

  8. aysha says:
    July 25, 2016 at 12:13 am

    Varah salhi mi bai ves. Hama perfect.

  9. Reen says:
    July 25, 2016 at 12:30 am

    Wow. Impressive creativity wth a good twist.

  10. Ibu says:
    July 25, 2016 at 12:34 am

    It’s an attack of the other jinn dho.

    1. anoo says:
      July 25, 2016 at 7:32 pm

      Mifaharu zibaan dn hassanu zibu thiri nukuraavaru kohlaane…Dhn hasanu noolheene kahaathee?????

  11. Ibu says:
    July 25, 2016 at 12:37 am

    Story is amazing. Pls up da next part long and soooooooon. Vvvv habeas.

  12. Mannsha says:
    July 25, 2016 at 1:01 am

    Zibaaannn.. help me 🙁 please baby

  13. Same says:
    July 25, 2016 at 6:21 am

    V nice.

  14. zibaan says:
    July 25, 2016 at 6:40 am

    I always be with u mansha dont worry i promise i will halp u..

  15. iffa pink says:
    July 25, 2016 at 6:46 am

    Hey. haadha kurea mi part. Shax plx next part up kohdhy .. Avaha.. And bad boy haadha. Laanethea dhow. Ehenvyma ingeny bad boy v balaakan. Anhen kudhin veema reecha story liyan neageanetha. Konkahala visnumetha mi emmen genhulheny.. Shax is the best and she is a girl.. . ?… Hehe stupid bad boy…

  16. Siha says:
    July 25, 2016 at 7:53 am

    Asluves v v molhu shaz ge sifakurun thah… v kiyaahithun indhaa hiy thalhuvaalaafa thi nimmaalee.. next episode ge inthizaaruga keh madhuvefa….

  17. Hi says:
    July 25, 2016 at 8:39 am

    Admin… kobaatha kulhlhavaffa story? Reyga in. Mihaaraku neiyy.

    1. Admin says:
      July 25, 2016 at 3:28 pm

      that story ge user told mistake akun up kurevunee yo. ekkon adhi episode nuliyeveyo. she will upload it soon.

  18. mash says:
    July 25, 2016 at 9:02 am

    Wow v nice waiting for the next part

  19. Twinkle says:
    July 25, 2016 at 10:00 am

    Shaz.. Ur an amazing writer
    Appreciate all your efforts writng a story
    Am a big fan of u 🙂

  20. ajjahila says:
    July 25, 2016 at 10:45 am

    v reethi mi part ves …

  21. naaz says:
    July 25, 2016 at 11:03 am

    vvvv.nice

  22. Aish says:
    July 25, 2016 at 11:37 am

    Its a v nice story. yh have great writing skills. well maintained. But i really hate the idiotic full of lust Hassan. That’s awful. Didn’t even spare his daughter. Love this story. Curiously waiting for the next part. N yaeh from Addu too… hehe

  23. Aish says:
    July 25, 2016 at 11:40 am

    *** N yeah M from (Mistake correction)

  24. ajjahila says:
    July 25, 2016 at 11:48 am

    i really wanna know who u r…???? the way u describe the whole story is amazing… i really wanna meet the person wrote this story… Reply me ASAP when u get this N i’ll give u my number.

    1. mary says:
      July 25, 2016 at 1:51 pm

      she has a fb page “Shaz ge vaahaka” we contact n talk to her from there… i think shes very busy these days…. she told me so……

    2. lol says:
      July 25, 2016 at 2:05 pm

      k… i will contact u shaz.. i wanna talk too… ur a great writer

  25. bella says:
    July 25, 2016 at 1:38 pm

    hassanbe anhene fenna irah ehera vaa gotheii dhoww… hurihaa anhen verin ge medhuga mibegandu bahattan v.. karuvalhu balann ?.. wots goin on with mansha.. zebaan.. plx balaaba mansha ya konmmes gothei vey kaneynge eba… shax next part avaha upp kohlabala kiyaa hithunnn keii madhu vefa.. haadha molhey mi writter… ❤

  26. Niyuan says:
    July 25, 2016 at 1:47 pm

    Varah salhi ????

  27. lol says:
    July 25, 2016 at 2:04 pm

    mansha ah vaa goiy emme salhee… i mean i can see it when im reading… it… n hassanah vaa e goiy hithah aranee… better ziban leave him. and come home. cox mansha maraalan thoacheh e ulhenee…

  28. Twinkle says:
    July 25, 2016 at 6:51 pm

    Omg.. Zibaan plx save Mansha 🙁

  29. ba c says:
    July 25, 2016 at 7:46 pm

    vv salhi mibai ves…. knmeves gothakun ulhebala hassanu maithiri kuran….

  30. Pink says:
    July 26, 2016 at 4:53 pm

    Omg ??alhe shaz mansaa gain e jini nerei

  31. maasha says:
    July 26, 2016 at 6:50 pm

    Shaax woow. V reethi story. Shaax ge vaahaka thah v reethi. Kandufen vx. Mi dhevana vaahaka kiyaa… Up the next part as aoon as possible. Kehnumavaa kiyaa hithun..

  32. Twinkle says:
    July 26, 2016 at 7:02 pm

    Shaz.. plx upload soon
    Jxt cant wait

  33. Anonymous says:
    July 27, 2016 at 12:28 am

    Zeeban hassanah adhabu dheyn dhiyaima zeyba ais mansha ah adhabu dheny dho

    1. she says:
      July 27, 2016 at 6:54 am

      Kurin zibaan fonuvi jinni hen hyvany mansha gaathah aee

  34. fai says:
    July 27, 2016 at 10:39 am

    den abadu hasanu ulhey goiyy liyefa hunna varun foohi,,, islaamy jilbaabun nivaa nuvaa nama hiley firihenunnah furusathu deveny e, so ethan kolhuves himanaalun muhimmu,

  35. Twinkle says:
    July 28, 2016 at 9:48 am

    Whrere is the next part..

    Plx upload soon

  36. Faixaan says:
    July 28, 2016 at 1:14 pm

    Aslu vaahaka update lasvaathi varah dhera vey……

  37. Maasha says:
    July 28, 2016 at 10:35 pm

    V avahah upkohdheyne kamah unmeedhu kuran

  38. Twinkle says:
    July 28, 2016 at 11:31 pm

    Haada laheyy

    Avas kohdheebaaa…

  39. Maalhu? says:
    July 29, 2016 at 9:03 am

    Shaxxx pleax avas koh dheeba pleaz☺️☺️???aharen varah ketheri nuvaane hehee❤️

  40. Same says:
    July 29, 2016 at 3:16 pm

    Next part?????

  41. Twinkle says:
    July 29, 2016 at 3:31 pm

    Haada laheyyy……

  42. story teller says:
    July 29, 2016 at 8:49 pm

    mansha update waaleh haadha lahey……:(

  43. Twinkle says:
    July 29, 2016 at 11:21 pm

    Week aku 2 parts upload kuraa vaahaka indheyy

    But 1 part kiriyaa vanee..

  44. Hi says:
    July 30, 2016 at 5:45 pm

    Next part konirakun?

  45. naby says:
    July 30, 2016 at 7:21 pm

    zeebaa dhww man ge hashiganda ey vany a ee ves jinni ey dhww ..btw next part haadha lasvany cant waite plss uploude sooooon … keep it up 🙂 tc

  46. mary says:
    July 30, 2016 at 10:27 pm

    ok… shaz is too busy hen heevanee… she said she is moving house so very busy these days oo… she will upload as soon as shes free… even im waiting… hope to see the next episode soon…

    1. bad boy ? says:
      July 31, 2016 at 1:37 am

      am waiting toooo. shaz help eh beynuntha. i can help packin. n moving stuffs… ???

Comments are closed.

Next Episodeމަންޝާ (ތެއްތިރީސް ވަނަ ބައި)←


All Right Reserved!