ރޭގަނޑުގެ ވަގުތެވެ. ޝިކާމެންގޭ ކައިރީގައި އަހުސަން ސައިކަލު ޕާކު ކޮށްލައިގެން އޭގެ މަތީގައި އިނެވެ. އޭނާ އެއިނީ ޝިކާގެ އިންތިޒާރުގައެވެ. އޭނާ އެއިނީ ކޮންމެވެސް ކަމަކާ ވަރަށް ފިކުރު ބޮޑު ވެފައިކަން އެމޫނުމަތިން ދޭހަވެއެވެ. ބައެއް ފަހަރު އޭނާގެ އަތުން މޭގެ ވާއަތް ފަޅީގައި ދެލޯ މަރާލުމަށްފަހު ފިރުމާލައެވެ. އޭނާ މާގިނަ އިރު މަޑުކުރާކަށް ނުޖެހުނެވެ. ޝިކާ ފަރިހިނގުމެއްގައި އެގެއިން ނިކުމެގެން އެދިމާއަށް އަންނަން ފެށިއެވެ. ކުރިން އެލޯބިވެތި ސޫރަ ފެނުމުން އެހިތަށް ބުނެދެން ނޭނގޭ ކަހަލަ ހިތްހަމަޖެހުމެއް ލިބުނު ނަމަވެސް މިޔަދު އެހިތުގައި އަޅަނީ ވޭނެވެ. ޝިކާ އައިސް ސައިކަލަށް އެރުމާއެކު އޭނާ ދުއްވާލިއެވެ.
ސައިކަލުމަތީގައި އިންއިރު ޝިކާ ވިސްނަމުން ދިއައީ އޭނާގެ ކައިވެނީގެ ވާހަކަ އަހުސަން ގާތު ބުނާނެ ގޮތަކާ މެދުގައެެވެ. ނަމަވެސް އޭނާ އެވާހަކަ ބުނުމުން އަހުސަން ވާނެ ދެރަ ހިތަށް އެރުމާއެކު ވަގުތުން އޭނާގެ ޚިޔާލު ބަދަލުވިއެވެ. އޭނާ ހިތަށް އެރިއެވެ. އެވާހަކަ ބުނާނީ މިޔަދަކު ނޫނެވެ. މާދަމާއެވެ.
އަހުސަން ސައިކަލު ހުއްޓާލީ ސެންޓްރަލް ޕާކް ކުރިމައްޗަށެވެ. ޝިކާއަށް ބަލާލުމެއް ނެތި އޭނާ ހިނގަމުން ގޮސް ޕާކު ތެރޭގައި ހުރި ބެންޗެއްގައި އިށީނެވެ. އަހުސަންގެ މި ބަދަލުވެފައިވާ މިޒާޖު ޝިކާއަށް ފާހަގަވި ނަމަވެސް އިތުރު އެއްޗެކޭ ނުބުނެ އޭނާ އަހުސަންގެ ފަހަތުން ގޮސް ކައިރީގައި އިށީނެވެ. އިރުކޮޅެއް ވަންދެން އެދެމެދަށް ވެރިވެފައި ހުރީ ހަމަހިމޭންކަމެވެ.
އިރުކޮޅެއްފަހުން އަހުސަން އޭނާގެ ޖީބުން ކުޑަ ކެމެރާއެއްް ނެގިއެވެ. ކުޑަކޮށް އެއާ ކުޅެލުމަށްފަހު އޭގެއިން އޭނާ ބޭނުންވާ ފޮޓޯ ހޯދާލިއެވެ.
“ޝިކް… މިއީ ކާކުކަން ބުނެދީފާނަންތަ؟” އަހުސަން އެފޮޓޯ ޝިކާއަށް ދައްކާލަމުން އެހެން އަހާލުމާއެކު ޝިކާގެ ދެލޯ ބޮޑުވެގެން ދިއައެވެ. ތާމިންގެ އެފޮޓޯ އަހުސަން އަތުގައި އެއޮތީ ކީއްވެގެން ބާވައޭ އޭނާގެ ހިތަށް އެރިއެވެ. އަނެއްކާ އަހުސަންއަށް އޭނާއާ ތާމިންގެ ވާހަކަ އެނގުނީ ބާވައެވެ؟
“ތީ….ތީ…. އަހަރެންގެ އެކްސް… ބުނީމެއްނު ކުރިންވެސް އެކްސް އެއް ހުރެއޭ….” ޝިކާ ވަރަށް އުނދަގުލާއެކު ނަމަވެސް ހާމަކުރީ ތެދެވެ. އޭނާ އަހުސަންއަށް އޮޅުވާލާކަށް ބޭނުމެއް ނުވެއެވެ.
“އެކަމަކު އަހަރެން ގާތު ނުބުނަމެއްނު އެއީ ގްރީން ބަބުލް ގެ އޯނާރ އެކޭ؟” އަހުސަން އެ ކެމެރާ ނިވާލުމަށްފަހު ޖީބަށް ލަމުން ބުނެލިއެވެ.
“އެ..އެއީ ގްރީން ބަބުލްގެ އޯނަރ ތަ؟” ޝިކާއަށް އެހެން އަހާލެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އޭނާ ދަންނަ ތާމިން އަކީ ކިޔެވުމަށް އެހާ މޮޅު ކުއްޖެއް ނޫންވިއްޔާއެވެ. އެހާ ކާމިޔާބު މީހަކަަށް އޭނާ ވީ ކިހިނެއްބާވައޭ ޝިކާގެ ހިތަށް އަރަމުން ދިއައެވެ. އަހުސަން އެމޫނަށް އަރާ ފައިބަމުން ދިޔަ ކުލަ ވަރަށް ރަނގަޅަށް ބަލަން ހުއްޓެވެ.
“ޝިކް…. ވާހަކައެއް އަހާލަންތަ؟ ތެދަށް ޖަވާބު ދެއްޗޭ… ޝިކް އޭނަ ދެކެ އަދިވެސް ލޯބިވޭ ދޯ؟” އަހުސަން ކުރި ކުއްލި ސުވާލުން ޝިކާއަށް ލިބުނީ ޝޮކެކެވެ. ވަގުތުން އޭނާ ހާސްވާގޮތް ވިއެވެ. އެމޫނުމަތީގައި ދާތިކިތަށް ވިދަން ފެށިއެވެ. އޭނާގެ އަތްފައި ފިނިވާންފެށިއެވެ. ދެލޯ ވެސް ފެންކަޅިވާން ފެށީ އޭނާ ހާސްވިލެއް ބޮޑުކަމުންނެވެ.
“ކީއްވެ ތިހެން ތި އަހަނީ؟ އަހަރެން ލޯބި ވަނީ އަހޫ ދެކެ އެއްނު؟” ޝިކާ ބުނެލިއެވެ.
“ކީއްވެ އަހަރެން ގާތު ތި އަހަނީ؟ އަހޫ ދެކެ އެއްނު އޭ ތި އަހަނީ ކީއްވެ؟ ޔަޤީނެއްނޫން ދޯ އަހަރެން ދެކެ ލޯބިވާކަމެއް؟” އަހުސަން ދުރު ބަލަހައްޓައިގެން އިނދެ އަހާލިއެވެ.
“ނޫން އަހޫ…” ޝިކާ ހާސްވެ ހުރެ އަހުސަންގެ އަތުގައި ހިފެހެއްޓިއެވެ.
“ޝިކް..” އަހުސަން ޝިކާގެ މޫނަށް ވަރަށް ރީތިކޮށް ބަލާލިއެވެ. އެވަގުތު ޝިކާ އިނީ އިސްޖަހައިގެންނެވެ. އެމޫނުމަތިން ހާސްކަމުގެ އަސަރުތަށް ފާޅުވޭވޭ ހުއްޓެވެ. “ޝިކް ގެ މުޅި މޫނުގައި ތިއޮތީ ލިޔެފަ ޝިކް ލޯބިވަނީ ތާމިން ދެކެއޭ…” އެވަގުތު ޝިކާ ދެއަތަށް ބޯހޫރުވާލިއެވެ. ނޫނެކެވެ. އޭނާ ތާމިން ދެކެ ލޯބިވާކަށް ބޭނުމެއް ނޫނެވެ.
“ނޫން.. އެއީ ބޮޑު ކެހިވެރިއެއް….” ޝިކާ ދެއަތަށް ބޯހޫރަމުން ބުނެލިއެވެ. އޭރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.
“ޝިކް…. އިތުރަށް ފޮރުވަން ނޫޅޭ… އަހަންނަށް އެނގޭ… ޝިކް ލޯބިވަނީ ތާމިން ދެކެ!” އަހުސަން ޝިކާގެ އަތް ފޮޅުވާލަމުން ބުނެލިއެވެ. އެވަގުތު ޝިކާ ހިތުގައި ޖެހުނެވެ. ތާމިން އެކޭ އެއްފަދައިން އަހުސަން ވެސް އެއުޅެނީ އޭނާ ދޫކޮށްފައި ދާން ހެއްޔެވެ؟ އެއީ ވެސް ހަމަ ތާމިން ފަދަ ކެހިވެރިއެއް ހެއްޔެވެ؟ ޝިކާ ހާސްވަމުން ދިޔަ ވަރަކަށް ސިކުނޑީގައި ފުނިޖެހެމުން ދިޔަ ސުވާލުތަށް އިތުރު ވެގެން ދިއައެވެ. އެއާއެކު އޭނާގެ ބޮލުގައި ރިއްސާލިއެވެ.
“އާނ! އަހަރެން ލޯބިވަނީ ތާމިން ދެކެ! އިނގެއްޖެތަ؟” ޝިކާ ކުއްލިއަކަށް އަހުސަންއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮއްލަމުން ބުނެލި ބަސްތަކުން އަހުސަންގެ މުޅި ހިތް ކުދިކުދިވެގެން ދިޔަ ކަހަލައެވެ.
“އަހަރެން ކުރިން ވެސް މިހާރުވެސް ލޯބިވަނީ ތާމިން ދެކެ! އަހަރެން އަހުސަން އާ ރައްޓެހިވީ ތާމިންގެ ހަނދާންތަކުން ދުރަށް ދާން ވެގެން….! އަހަރެން ހީކުރީ އަހުސަން އާ އެކު ރީތިކޮށް އުޅެވޭނެ ކަމަށް…! ތާމިން ކަހަލަ ކެހިވެރިއަަކަށް އަހުސަން ނުވާނެ ކަމަށް…! ދެން އަހަރެން ނެތިން އަހުސަން އާ އެކު ވެސް އަދި ތާމިން އާ އެކު ވެސް އުޅޭކަށް…! އަހަރެން މިއުޅެނީ އަންނަ ހަފްތާ އެހެން މީހަކާ ކައިވެނި ކުރަން….. އެނގެއްޖެތަ؟؟” ޝިކާ ހަރުކަށިކަމާއެކު އެއްފައްޗަކަށް އަމުނާލި ކޮންމެ ޖުމްލައަކާއެކު އަހުސަންގެ ހިތް ޒަޚަމްވަމުން ދިއައެވެ. ބޭނުންވި އެއްޗެއް ބުނުމަށްފަހު ޝިކާ ތެދުވެ ދުވަމުން ކަހަލަ ގޮތަކަށް ޕާކުން ނިކުތްއިރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަައެވެ. އޭރުވެސް އަހުސަން ޖެހި ބުދެއް ފަދައިން ބެންޗްގައި އެއިން ގޮތަށް އިނެވެ. ޝިކާ އާ ނުލާ އުޅޭނީ ކިހިނެއްބާއޭ އެ ހިތަށް އަރަމުން ގެންދިއައެވެ. އެދެލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިއައިރު އެތަނުގައި ހިނގާފައިދާ މީހުންގެ ނަޒަރު އޭނާއަށް ހުއްޓެމުން ދިއައެވެ. ނަމަވެސް އޭނާ އެކަމާ އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ.
****
1 ހަފްތާ ފަސް……
‘ހ.ބިލަތްގެ’ ގެ ތެރޭގައި ކުލަކުލައިގެ ބޮކޮ ފަތިތަށް ދަމާލާފައިވާރު ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. ތަފާތު މީހުން އެތަނުގެ ތެރޭގައި ހޭލަމޭލާވަމުން ދާއިރު ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ސާރާ އާއި އަލީ ވެސް ނިކަން އަވަސް އަރުވާލާފައި އެކި ކޮޅުކޮޅަށް ގޮސް އުޅެނީ ދުވެފައި ކަހަލަ ގޮތަކަށެވެ. ވާނީ ވެސް އެހެންތާއެވެ. މިރެއަކީ އެމީހުންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ކައިވެނި ކުރެވިގެންދާ ރެއެވެ. އެދެމީހުންގެ މޫނުމަތިންވެސް ފާޅުވަމުން ދަނީ ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
ގަޑިން އަށްގަޑި ފަނަރަ ހިނގި އިރު ‘ހ.ބިލަތްގެ’ ކޮޓަރިއެއްގެ ތެރޭގައި ޝިކާ އިން އިރު އެމޫނުމަތިން ފާޅުވަނީ ނުތަނަވަސް ވުމުގެ އަސަރުތަކެވެ. ހުދުކުލައިގެ ‘ބޯލް ގައުން’ ވެޑިންގ ޑްރެސްގައި އޭނާ ފެންނަލެއް ނުލާހިކު ލޯތްބެވެ. އެމޫނުމަތީގައި ލުއި މޭކަޕެއް ކުރެވިފައިވާއިރު ހުދު ކުލައިގެ ސްކާފްގެ ތެރެއިން އެމޫނު ފެންނަނީ ސާދަވިލޭރޭގެ ހަނދެއް ފަދައިންނެވެ. ނަމަވެސް ރަނގަޅަށް ބަލައިފި ކޮންމެ މީހަކަށް އެމޫނުމަތިން ފާޅުވާ ހާސްކަމުގެ އަސަރުތަށް ފާހަގަވާނެއެވެ. ދެއަތް ދެއަތާ މަޑުމަޑުން މޮޑެލަ މޮޑެލަ އޭނާ އެތަނުގައި އިނެވެ. އޭނާގެ ސިކުނޑީގައި އެވަގުތު ތޫފާނެއް އުފެދިފައިވާ ކަހަލައެވެ. އަހުސަންއާ ވަކިވެވުނު މޮޔަ އެހިތަށް އެވަގުތު އަރަމުން ދިއައެވެ. އޭނާ އަހުސަން ދެކެ ލޯބިނުވި ނަމަވެސް އަހުސަން އޭނާ ދެކެ ލޯބިވަންޏާމު އެކުގައި އުފަލުގައި އުޅެވުނީހެވެ. ނުދަންނަ މީހަކާ އިނުމަށްވުރެ ދަންނަ، ލޯބިނުވާ މީހަކާ އިނުންވެސް މާރަނގަޅުވާނެ ކަމުގައި އޭނާގެ ހިތް ބުނަމުން ދިއައެވެ. ނަމަވެސް ދެން ކުރެވޭނެ ކަމެއް ނެތެވެ. އޭނާ މިހާރު އެއިނީީ ނުދަންނަ މީހެއްގެ އަންބަކަށް ވާން ތައްޔާރުވެގެންނެވެ.
ދޮރު ހުޅުވާލާފައ އެތަނަށް ވަތް ރަނާ ޝިކާއާ ދިމާ ބަލާލަމުން ‘ވާއޮ’ އޭ ބުނެލިއެވެ. އެވަގުތު ޝިކާ ރަކިވިއެވެ. މިގޭގައި ރަނާ ހުރުމަކީ އޭނާގެ ހިތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.
“މިއައީ މަންމަ ބުނެގެން ބަލާ…” ރަނާ ހީލަމުން ޝިކާގެ އަތުގައި ހިފާލިއެވެ. އިތުރު އެއްޗެކޭ ނުބުނެ އޭނާ ރަނާގެ ފަހަތުން ހިނގައިގަތެވެ.
ކައިވެނީގެ ކަންތަށް ނިމި ޕާޓީ ފެށޭ ގަޑި ޖެހުމުން ޝިކާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ރައުލް ގެ ކައިރީ ހުއްޓި ހުރި އިރު ވެސް އޭނާއަށް ބެލެނީ ގެއަށް ވަންނަން ހުރި މައިދޮރާ ދިމާއަށެވެ. ކީއްވެކަމެއް ނޭނގެއެވެ. އެތަނަށް އަހުސަން އަތުވެދާނޭ އޭނާގެ ހިތް ބުނަމުން ގެންދިއައެވެ.
ޝިކާގެ ކައިރީ ހުއްޓި ހުރި ރައުލްގެ މޫނުމަތީގައި ވަނީ ފުޅާ ހިނިތުންވުމެކެވެ. ޝިކާ އާ ކައިވެނި ކުރެވުމަކުން އޭނާ ދެރައެއް ނުވެއެވެ. އުފަލެއް ވެސް ނުވެއެވެ. ދެރަވާންވީ އޭނާގެ ލޯބިވާ މީހަކު ހުންނަ ނަމައެއް ނޫން ހެއްޔެވެ؟ ސަލާމް ކުރަން އަންނަ ރައްޓެހިންނާއެކު އޭނާ ސަކަރާތް ޖަހާލާފައި އެއުޅޭ ގޮތުން ހީވަނީ އޭނާއަށް ބޮޑު ޖަވާހިރެއް ލިބިގެން އުޅޭހެންނެވެ. ޝިކާ ރައުލްގެ ހަރަކާތްތަކަށް މާބޮޑު ސަމާލުކަމެއް ނުދިން ނަމަވެސް ސަލާމް ކުރަން އަންނަ މީހުންނަށް ހިނިތުންވުމެއް ރައްދުކޮށްލައެވެ.
ކުއްލިއަކަށް ޝިކާގެ ލޮލުގައި އަޅައިގަތީ ގޭގެ މައިދޮރުން ވަދެގެން އައި ދެމަފިރިންނެވެ. އެއީ ލިވާން އާއި އަހުލާ ކަން އެނގުމުން ޝިކާ ކުޑަކޮށް ހައިރާންވިއެވެ. ލިވާން އަހުލާއާ ގުޅުނީ ކޮންއިރަކު ހެއްޔެވެ؟ ސަލާމް ކުރަން އައި ލިވާން ރައުލް އާ ދިމާކޮށްލަމުން ޝިކާއާ ދިމާ ބަލާލިއެވެ. އެއާއެކު އޭނާއަށް ހަމަ ރަނގަޅަށް ވެސް އެއީ ޝިކާކަން އެނގުނެވެ. އަހުލާ ވެސް އެވަގުތު ހައިރާންވެފައި ޝިކާއަށް ބަލަން ހުއްޓެވެ.
“ޝިކާ…!” ސަލާމް ކޮށްލަން ޝިކާގެ އަތުގައި ހިފި ލިވާންއަށް ގޮވާލެވުނެވެ. އެއާއެކު ޝިކާ ގަދަކަމުން ހިނިތުންވެލިއެވެ. އަހުސަން އާ ބެހޭގޮތުން ލިވާން ސުވާލުކޮށްފިނަމަ އޭނާ ވަކި ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ކައިރީގައި ހުރި ރައުލް އެއްފަހަރު ޝިކާއަށް އަނެއްފަހަރު ލިވާން އަށް ބަލަމުން ގެންދިއައީ ހައިރާންވެ ހުރެއެވެ.
“ކީއްވެ މިތާ؟ ކިހިނެއް ރައުލް އާ؟ ކޮބާ އަހުސަން؟” ލިވާން ފަތިފައްޗަށް ސުވާލުތަށް އަމުނާލިއެވެ. އޭނާގެ އަތުގައި ހިފައިގެން ހުރި އަހުލާވެސް ޝިކާއަށް ބަލާލީ ސުވާލުން ފުރިގެންވާ ނަަޒަރަކުންނެވެ. ރައުލް ޝިކާ އަށް ބަލާލިއެވެ. ލިވާން އެދައްކަނީ ކޮން އަހުސަން އެއްގެ ވާހަކައެއް ބާވައެެވެ؟ ލިވާން އެހެން އެހުމުން ޝިކާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. އޭގެ ބަދަލުގައި އޭނާވެސް ކޮށްލީ ސުވާލެކެވެ.
“ލިވާން އަހުލާ އާ ގުޅުނީ ކޮންއިރަކުތަ؟” ގަދަކަމުން ހިނިތުންވެލަމުން ޝިކާ އެހެން އަހާލީ ލިވާން ގެ އެސުވާލަށް ޖަވާބު ދޭނެހާ ހިތްވަރު އޭނާގެ ކިބައިގައި ނެތީމައެވެ.
“އެއީ ވަރަށް ދިގު ވާހަކައެއް…. ފަހުން ކިޔާދޭނަން ޝިކް….” އެމީހުންގެ ފަހަތުގައި ވެސް ސަލާމް ކުރަން އައިސް ތިބި މީހުން ހުރުމުން އަހުލާ އަވަސް ޖަވާބެއް ދިނުމަށްފަހު ލިވާންއާ އެކު ހިނގައިގަތީ ކާއެއްޗެހި ހުރި ދިމާއަށެވެ.
“ވަޓް އިޒް ދިސް؟ ޝިކާ އަހުސަންއާ ވަކިވީ ކީއްވެ؟” ލިވާން އަމިއްލަ އަމިއްލައަށް ސުވާލުކޮށްލިއެވެ.
“ނޭނގެ ދޯ…. އެކަމް ލިވާ ބުނީމެއްނު އެދެމީހުން އޭރު އުޅުނީ ވަރަށް ލޯބިންނޭ؟” އަހުލާ ލިވާން ގާތު އަހާލިއެވެ.
“އެކަމް ދޯ… އައި ނީޑް ޓު ނޯ….” އަހުސަން ކުއްލިއަކަށް ފޯނު ނަގައި ނަންބަރަކަށް ޑައިލްކުރަން ފެށިއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން އަހުލާ ހުއްޓެވެ.
“ހަލޯ… ލިވާން ހާދަ ދުވަހެއް ކޮށްލާފައޭ ތި ހަބަރެއްވީ؟” އެކޮޅުން އަމީން ވާހަކަ ދެއްކިއެވެ.
“ހަލޯ… އަމީން… އެބޮތްތަ އަހުސަންގެ ނަންބަރު؟”ލިވާން އަވަސް އަރުވާލާފައި އަހާލިއެވެ.
“އާ… ކިހިނެއްވީ؟” އަމީން އަހާލިއެވެ.
“ފޮނުވާދީބަ ވަރަށް އަވަހަށް..” ލިވާން އަވަސް އަވަހަށް ބުނެލީ އަމީން ގެ ސުވާލަށް ޖަވާބު ދިނުމަކާ ނުލައެވެ. އަމީން އާއެކޭ ހަމަ ބުނުމާއެކީ ލިވާން ފޯނު ކަނޑާލާފިއެވެ.
އަމީން ފޯނާ ދިމާއަށް ބަލާލިއެވެ. އަދި ކުދި ކިޔަމުން އަހުސަންގެ ނަންބަރު ހޯދަން ފެށިއެވެ. އެއީ ކުރިން ދުވަހު ލައިލާ ގޮވައިގެން ޝިކާ އުޅޭ ކްލިނިކަށް ގޮސްފައި ޝިކާގެ އަތުން އޭނާ ހޯދި ނަންބަރެވެ. ލިވާން އެހާ ގިނަ ދުވަސްކޮށްފައި ގުޅާފައި ވެސް އެއެހީ އަހުސަންގެ ނަންބަރު އެބޮތް ހެއްޔޭ ވިއްޔާއެވެ. އަމީން ވެސް އުޅެން ޖެހޭލެއް ބިޒީކަމުން ކުރީގެ ރައްޓެއްސަކާ ގުޅާލާނެ ވަގުތެއް ނުވެއެވެ. އަހުސަންގެ ނަންބަރު ފެނުމާއެކު އޭނާ ލިވާން އަށް އެނަންބަރު ފޮނުވާލިއެވެ.
***
‘ރަސްފަންނު’ ބީޗްގައި ހުރި ބެންޗެއްގައި އިށީންދެގެން އަހުސަން އިން އިރު އެމޫނުމަތިން ފާޅުވަނީ ވޭނާއި ހިތާމައިގެ އަސަރުތަކެވެ. ހުރިދިމާ ސީދަލަށް ބަލަހައްޓައިގެން އޭނާ އިން އިރު އެދެލޮލުގައިވާ ރިހުން ފާހަގަވެއެވެ. މިހެން އިންދައި އޭނާ ސިހުނީ އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ޖީބުން ނަގައި ބަލާލިއިރު ނުދަންނަ ނަމްބަރެކެވެ. އެހެން ކަމުން އޭނާ އެކެމަށް މާބޮޑު ސަމާލުކަމެއް ނުދީ އެއިން ގޮތަށް އިނީއެވެ. ފަނަރަ މިނެޓް ފާއިތުވެގެން ދިއައިރުވެސް އެ ފޯނުގެ ރިންގުވުމަކަށް ބަދަލެއް ނައެވެ. އެންމެފަހުން ބޮލަށް އުނދަގޫވާވަރު ވުމުން އޭނާ ފޯނުނަގައި ހަލޯ އޭ ބުނެލީ ވަރުބަލި ގޮތަކަށެވެ.
“އަހުސަން…! މީ ލިވާން އޭ… ކޮންތާކު ތި ހުރީ؟” ލިވާން އަވަސްއަރުވާލާފައި އެހެން އަހާލުމުން އަހުސަންއަށް ކުޑަ ހައިރާންކަމެއް ލިބުނު ނަމަވެސް އޭނާ އެއިނީ ރަސްފަންނުގައޭ ބުނެލިއެވެ. ހަމަ އެހިނދު ލިވާން ފޯނު ކަނޑާލާފިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އަހުސަން އަނެއްކާވެސް ފޯނު ޖީބަށްލާ ހަމަޖެހިލިއެވެ.
އިރުކޮޅެއްފަހުން މީހަކު އައިސް އޭނާއާ ދާދި ގާތުގައި އިށީނުމުން އަހުސަން ސިހިފައި އެމީހާއަށް ބަލާލިއެވެ. ގިނަ ދުވަސްކޮށްފައި ފެންނި ނަމަވެސް އޭނާއަށް އެއީ ލިވާންކަން ފާހަގަކުރަން އެނގުނެވެ.
“ލިވާން…؟” އަހުސަން ލިވާން އަށް ގޮވާލިއެވެ. ލިވާން އަހުސަން އަށް ބަލާލިއެވެ. ގިނަ ދުވަސްތަކެއް ވެފައި ބައްދަލުވުމުން ދައްކާނެ ބައިވަރު ވާހަކަ ހުރި ނަމަވެސް އޭނާ ފުރަތަމަވެސް ބޭނުންވީ ޝިކާ އާ އަހުސަން އާ ދެމެދު ވީ ކިހިނެއްތޯ ބަލާށެވެ.
“އަހުސަން…. ޝިކާ އާ ދެމީހުން ކިހިނެއްތަ ވީ؟” ލިވާން ކެއްތެރިކަން ކުޑަވެފައި އަހާލިއެވެ.
“ޝިކާ އަހަރެން ދޫކޮށް ގޮސްފި މީގެ ހަފްތާއެއްހާ ކުރިން…” އަހުސަން ދުރު ބަލަހައްޓައިގެން އިނދެ މަޑުމަޑުން ބުނެލިއެވެ.
“ކީއްވެ؟ ވައި ޑިޑް ޔޫ ލެޓް ހާރ ގޯ؟” ލިވާން އަހާލިއެވެ.
“އޭނަ ބުނީ އޭނަ އުޅެނީ އެހެން މީހަކާ އިންނާށޯ…” ފަރުވާކުޑަ ގޮތަކަށް އަހުސަން ބުނެލިއެވެ.
“އޭނަ އިންނަން އުޅެނީ ކާކާކަން އިނގޭތަ؟ އޭނަ އިންނަން އުޅެނީ ކީއްވެކަން އިނގޭތަ؟” ލިވާން އަހާލިއެވެ.
“އޭނަ ދެކެ އަހަންނަށް ވުރެ މާ ލޯބިވާ މީހަކާއެއްނު އިންނާނީ…. އޭނަ އަހަރެން ދެކެ ލޯތްބެއް ނުވޭ… އޭނަ އަދިވެސް ލޯބިވަނީ އޭނަގެ އެކްސް ދެކެ އޯ….” އަހުސަން މަޑުމަޑުން އެހެން ބުނެލިއިރު އެއަޑުގައި މަޑު ތުރުތުރެއް އުފެދިފައި ހުއްޓެވެ.
“އެކަމު އޭނަ އަހުސަން ދެކެ ލޯބި ނުވިޔަސް އަހަރެން ހީކުރީ އަހުސަން އޭނަ ދެކެ ލޯބިވާކަމަށް… އޭނަ ދެކެ ލޯބިވާނަމަ އަހުސަން ކީއްވެ އޭނަ ނުވެސް ދަންނަ މީހަކާ ކައިވެނިކުރަން ތި ދޫކޮށްލީ؟” ލިވާންގެ އަޑުގައި މިފަހަރު ވަނީ ހަރުކަށިކަމެެވެ.
“ކީކޭ؟ ނުވެސް ދަންނަ މީހެކޭ؟ ނުވިސްނުނު ތިކިޔާ އެއްޗެއް…” އަހުސަން ދެފަރާތަށް ބޯހޫރާލަމުން ބުނެލިއެވެ.
“އާނ…. ޝިކާ އިންނަން އުޅުނީ ނުވެސް ދަންނަ މީހަކާ…. އެއީ އަހަރެންނާ އެއް އޮފީހެއްގައި ވަރަށް ގާތްކޮށް އުޅުނު މީހެއް….. ރީނާ އާ ރަނާގެ ދޮންބެ އެއީ…..ރައުލް ކިޔަނީ…. ރައުލް އަހަރެން ގާތު އޭރު ބުނީ ނުވެސް ދަންނަ އަންހެންކުއްޖަކާއޯ އޭނާ ގެ މަންމަމެން ކައިވެނި ހަމަޖައްސާފައި އޮތީ… އަހަންނަކަށް ކުރިންނެއް ނޭނގެ އެއީ ޝިކާ ކަމެއް…. މިޔަދު ޕާޓީއަށް ދިޔައީމަ އެނގުނީ.. ޝިކާ ހުރީ އުފާވެފައެއް ނޫން…. އަހަންނަށް ޔަޤީން އެއީ އޭނާ ބޭނުންވެގެން ކުރި ކައިވެންޏެއް ނޫންކަން….” ލިވާން އެހެން ބުނުމާއެކު އަހުސަންއަށް ކޮޅަށް ތެދުވެވުނެވެ.
“ވަޓް؟ އެކަމު ޝިކްއެއް ނުބުނެ…. އަހަރެން ހީކުރީ ޝިކްވެސް ބޭނުންވެގެން ކަމަށް އެކައިވެނި ކުރަނީ….” އަހުސަން އެހެން ބުނުމަށްފަހު ބާރުބާރަށް އޭނާގެ ސައިކަލާ ދިމާއަށް ހިނގައިގަތެވެ. ފަހަތުން ލިވާން ވެސް ދާން ފެށިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
31 Comments!
Comments are closed.







Hii… Miothy 29th part 🙂
Heekuran kamudhaane kamah…..
Feel free to leave ur comments
Alhey next part avahah up koh dhehcheyy… Vvvvv rythi mi part
accident koh nulachey
Shikaa akah Thaamin adhi Ahusan ves nulibeynetha? Haadha dheraey
Shikhaa ah ahsan nulibehjaamun vaahaka hadivaane
Thedhe thi buny
Awesome..
….. avahah up kohdhyyyba… plx plx plx..???????
Nern eba kehmadhuvey..
Mi stry v avaha up koh dhecheyy curiouse to know wat ll happen next…v v reethi ♡
Varah varah varah reethi Maa bodahves kuree
Mi story eba real life thakuga vaa gothah vanya varra salhi… aslu huriha story eh ga vs loabi furathama vaa meeha aa nimey iru vs gulhenee.. ekm real life ga vanee ehenneh noon… ehen v ma mi story vs reethi vaanee real life ga vaa gothah viyya mee shuhy ge visnun.. vaahakah mihaaru huri hisaabun varra reeethi
Admin. Now hama ehgothakah Wes comment eh nukurewey… warah sakarai ehenwe… ?
im checking on it.
huvaakofa mibuny v v v reethi
Varah reethi mi bai ves. Shikaage first love libuneema mi vaahaka varah salhi vaane.
Mee kihine vaa vaahaka e foohi vejje.sikaa ehen meehakaa ineema.
Alhey kihineh e vy shik ah thaam eh vx nulibunu …next ep avaskohlahchey plx …
Alhey kihineh mi v shik ehn meehakaa merry kuru v thi haadha faseyhain dhn kihineh baa wAny v nice…
What khineh mivey v kada raul aa marry kureyma oh dhen vaany khineh baa avahah up koahbaa nice story
Ahchee.. dhen shikaa ge kaiweni raul ah wanyaa hadi..
Vvv reethi but thankolheh kury
Ahoo avahah ardhey shik balaa… dhn raul gandu shik vari kurey
Thaamin n Shik will make a great couple 2gthr. After he sacrificed a lot for the girl.. hehe dhn lets see..
Wow nice stry dhaakah i like the twists ☺
މިވީ ކިހިނެއް؟؟ ޝިކާ އާ ރައުލް މެރީ ކުރީ؟؟؟؟ އަޅޭ އަހުސަން ހާދަ ދެރަވާނޭ ދޯ ދެން ކިހިނެއްބާ ވާނީ؟؟؟
Stoary hama v vvvvv habeys !! <3 kobaatha xprincess mihaaru??? nuves feney comment kuraa thaneh….?
Varah foohi sheek eyynaya merry kururyyma
Please avahah next bai fonuvabala dheeba vvvvvvvvvvvv salhi ??????????
Ahsan ah shika liben vaanee…
Eyrun stry reethi vaanee…ehaa gina dhuvahu ge inthizaaru hithi nukurey…ahsan ah shika libuna dhee ..pls….
Varah reethi
Adhi vaane majaa kanthakeh raul aa shikaa aa dhemedhu…aslam thaamin akah ves ahusan akah ves shikaa dheyni kameh nei…thaamin akee varah findi meeheh…kuriah shikaa ah gulhaafa buni nama ehaa gina years eh waste eh nuvaane….dhen ahusan ves maa foni bodeee….maithiri vegen shikaa aa ekyga huri nama vee henning. …????????