Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެންމެ ފަހު ނޭވާ ލަމުންވެސް… 4 ވަނަ ބައި

Hoody Level 310 Stories100 Comments
July 22, 2016 5 Mins Read
53 Comments

“އަހަރެންގެ ބ** އަށް ދޯ ކަލޭ ބެލީ؟ މިހާ ރީތި ބ** އެއް ދުވަހަކުވެސް ނުދެކެންތަ؟” އުނަގަނޑުގައި އަތް އަޅުވާލަމުން ނުލަފާ ގޮތަކަށް އައިނާން ހީލިއެވެ. “އަން! ބަލާ! ބަލާނެ ވަރަކަށް ބަލާ!” އެމީހާގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވަމުން އައިނާން ބުނެލިއެވެ.

“ކީއްވީ މާ ލަދެއް ތި ގަތީ! މިއޮއް ހުރިހާއިރު މަގޭ ބ** އަށް ބެލިއިރު ލަދެއް ނުގަތެންނު!” އެމީހާ ގޮނޑިއަށް ކޮށްޕާލުމަށްފަހު އައިނާން ބޮޑާ ހިނގުމެއްގައި އައިސް އޭނާ ކުރިން އިން ގޮނޑީގައި އިށީނދެއްޖެއެވެ. އެއިރު އެމީހާ އެއިން ގޮތަށް އިސްޖަހައިގެން އިނެވެ. ދިމާއަކަށް ބަލާލަންވެސް ނުކެރިފައެވެ.

“އޯ މައި ގޯޑް، ޔޫ އާރ އަ ސްޓަރ އައިން!!” އަނގަ ތަންމިނަށް ހުޅުވަމުން އީޝަލް ތުއިވެގަތެވެ.

“އައި ނޯ ރައިޓް!!” އައިނާން ބުނެލިއެވެ.

މިއާއެކު ތިން ކުދިން އެއްފަހަރާ ހީނގަތެވެ. އެއިރު އެތާ ތިބި އެންމެން ހައިރާން ވެގެން އަނގަ ހުޅުވިފައި ތިއްބެވެ.

ހުނުމުގައި ތިން ކުދިން ތިއްބާ އައިނާންގެ ފޯނަށް މެސެޖެއް އައެވެ. އޭނާ ފޯނު ނެގުމަށްފަހު މެސެޖް ހުޅުވާލިއެވެ. އެއާއެކު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

“ކީއް ތިކުރީ؟ އޭނާ މިހާރު އެއިނީ މުޅިން ކަޑަ ވެފަ!” ދެތިކި ޕީ އަކާއެކު މުފައްސިރު ފޮނުވި މި މެސެޖް ކިޔާލުމަށްފަހު އައިނާން ދިމަ ދިމާއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ދޮށުގައި އިން މުފައްސިރު އައިނާންގެ ލޮލުގައި އަޅައިގަތެވެ. އޭނާ ވެސް އިނީ ދެތިން އެކުވެރިއަކާ އެކުގައެވެ.

“ބައި ދަ ވޭ، ޔޫ ލުކް ހޮޓް!” އަނެއްކާވެސް މެސެޖެއް އައެވެ. އައިނާން ‘ތެންކްސް’ އޭ ޖަހާލުމަށްފަހު ރިޕްލައި ކޮށްލިއެވެ. އަދި ދާދި ދެންމެ އަކު ހިނގާދިޔަ ހާދިސާ މަތިން ހަނދާންކޮށްލިއެވެ. މިއާއެކު އޭނާ ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. އޭނާ އުޅުނު ގޮތް މުފައްސިރު ބަލާނެކަން ކަށަވަރެވެ. އައިނާނަން  ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.

“ހޭ ލުކް! ޝީ އިޒް ބްލަޝްޑް!” އީޝަލް ނިޝިޔާގެ އަތުގައި ކޮށްޓާލަމުން އައިނާނަށް ވެފައި އިން ގޮތް ދައްކާލިއެވެ.

“އޭ އައިން! ކާކަށް ތި ޓެކްސްޓް ކުރަނީ! މާ ވަގެއްކޮށް ތި އުޅެނީ!!” އައިނާން އަތުގައި އޮތް ފޯނު ނިޝިޔާ ޖަހައިގަތެވެ. އަދި ސްކްރީނުން ފެންނަން ހުރި ކޮންވަޒޭޝަން ތައް ކިޔާލިއެވެ.

“އޫހް!!! މުއްފު!!” އީޝާލް އާއި ނިޝިޔާ އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން ދެލޯ ބޮޑު ކޮށްލިއެވެ.

“ހޫ އިޒް ދިސް ގާއި؟!!” އީޝަލް އަހާލިއެވެ.

“އިޒް ހީ ހޮޓް؟؟” އެއާ ވިއްދައިގެން ނިޝިޔާ އަހާލިއެވެ.

“ކަމޯން ގާލްސް! އެއީ ފްރެންޑެކޭ!” ނިޝިޔާ އަތުން ފޯނު އަތުލަމުން އައިނާން ބުނެލިއެވެ.

“އެނީ ވޭ، މިތާ މުއްފު އެބައިނެއްނު!” ދިމަދިމާ ބަލާލަމުން އީޝަލް ބުންޏެވެ. “ކޮބާ އޭނާ؟”

“ދެއަރ ހީ އިޒް!” އިނގިލިން މުފައްސިރަށް އިޝާރާތް ކުރަމުން އައިނާން ބުނެލިއެވެ. އެވަގުތު މުފައްސިރުވެސް އައިނާނާ ދިމާއަށް ބަލާލުމުން ހީލިއެވެ.

“އޯ މައި ގޯޑް ހީ އިޒް ސޯ ކިއުޓް!!” އީޝަލް އާއި ނިޝިޔާ އެއްއަޑަކުން ބުނެލިއެވެ. “ކޮންތާކުން ކަޓުވާލި ބިޓެއް! ކަމޯން ޓެލް މީ އެބައުޓް ހިމް!!”

“އެއްކަލަ ރޭ މަ ދިޔައިމެންނު ރީސޯޓަކަށް ޑީޖޭ ޕާޓީއަކަށް! ހީ ޑާންސްޑް ވިތް މީ ދެޓް ނައިޓް!!”

“އަސްލު! ވޮހޮހޯ!! ދެޓްސް އޯސަމް!!” ނިޝިޔާ ބުނެލިއެވެ.

އެވަގުތު އޯޑަރު ނެގުމަށްޓަކައި ވެއިޓަރ އެކުދިންގެ މޭޒު ކައިރިއަށް ހުއްޓިލިއެވެ. މިއާއެކު ދައްކަމުންދިޔަ ވާހަކަތަކަށް މެދުކެނޑުމެއް އައެވެ.

***

ކައި ނިންމާލުމަށްފަހު ޑައިނަމޯއިން ނުކުތުމަށްޓަކައި 3 ކުދިން ހިނގައިގަތެވެ. އެތަނުން ބޭރަށް ނުކުމެވުމާއެކު އައިނާންގެ ފޯނަށް މެސެޖެއް އައެވެ.

“ވެއިޓް ފޯ މީ” މުފައްސިރު ފޮނުވާފައިވަނީ އެހެންނެވެ. އައިނާން ހިނގުން މަޑުޖައްސާލިއެވެ.

“ކީއްވީ ތި މަޑު ކުރީ؟” ނިޝިޔާ އަހާލިއެވެ.

“މަ ދާނަން ފަހުން! ތި މީހުން ދޭ”

“ހްމްމް ހްމްމްމް!! އަވަހެއްނު އަހަރެމެން ފޮނުވާލަން އުޅުނުލެއް!” ނިޝިޔާގެ ކޮނޑުގައި ކޮށްޓާލަމުން އީޝަލް މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

“ހިނގާ ދާން އަވަހަށް! އަހަރެމެން ނޫޅެމޭ ކޮންމެހެން ކަލޭމެން ގަންނަ ގަނޑު ބަލާ ހިތަކުންނެއް!” އީޝަލް ގެ އަތުގައި ހިފުމަށްފަހު ނިޝިޔާ ދާން ހިނގައިގަތެވެ. “ގުޑް ލަކް ގާރލް!!”

ދެކުދިން ހިނގާފައި ދިޔަ މަންޒަރު ބަލަހައްޓައިގެން ހުރި އައިނާންގެ ތުންފަތަށް ހިނިތުންވުމެށް ވެރިވެގެން ދިޔައީ ފުރަގަހުން މީހަކު ކަރުކެހިލި އަޑު އިވުމުންނެވެ. ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު ކަންފަތް ކައިރިއަށް އެއްފަރާތްކޮށްލަމުން އައިނާން މަޑުމަޑުން ފަހަތަށް އެނބުރިލިއެވެ.

އެއިރު މުފައްސިރު ހުރީ އައިނާނުގެ ހަށިގަނޑާ ޖެހޭ ނުޖެހޭ ހިސާބުގައެވެ. ޖަހާފައިހުރި ސެންޓުގެ ވަސް މަޑުމަޑުން އައިނާނުގެ ހިއްސުތަކާ ކުޅެމުންދިޔައެވެ. ލާފައިހުރި ގަޔަށްދޫ ‘އެޒްޓެކް ޓްރައިބަލް’ ޑިޒައިންގެ އަތް ދިގު ޓީޝާޓާއި ކަކުލާ ހަމައަށް އަރާ މުށިކުލައިގެ ސޯޓުބުރިން އޭނާގެ ‘ދޯހަޅި’ ސަހުޝިއްޔަތު ނުހަނު ސާފުކޮށް ހާމަވާން ހުއްޓެވެ. މުފައްސިރު، އޭނާގެ ހަތާގަނޑެއްފަދަ ބޮޑު ބުޅި އިސްތަށިގަނޑުގެ ތެރޭ އަތް ހިނގާލަމުން ހިނިތުންވެލިއެވެ.

” ކޮބާ މިރޭ ކަމެއް އެބޮތްތަ؟”

“އުހުމް! ހަމަ ފްރީ!!” ކުޑަކޮށް ހީލުމަށްފަހު އައިނާން ރައްދުދިނެވެ.

“ރައިޑަކަށް ދާންވީނު!” އަތުގައި އޮތް ސައިކަލު ތަޅުދަނޑި ދައްކާލަމުން މުފައްސިރު އަހާލިއެވެ.

***

މުފައްސިރުގެ ‘ޖުޕިޓަރ’ ސައިކަލު ބާރުދުވެލީގައި މާލޭގެ ހަލަބޮލި މަގުތަކުގައި އެގޮތް މިގޮތަށް ދުއްވަމުންދިޔައެވެ. ސައިކަލު ފަހަތުގައި އިން އައިނާންގެ ދެއަތް ވަނީ މުފައްސިރުގެ ހަށިގަނޑުގައި ބާރަށް ބަނދެވިފައެވެ. މުފައްސިރުގެ ހަށިގަނޑުގެ ހޫނުކަން އޭނާއަށް އިހުސާސް ކުރެވެމުންދިޔައިރު، އެ އިހުސާސް އޭނާގެ އެންމެ ހިމަ ނާރުތަކަށްވެސް ދިޔައީ އަސަރު ފޯރުވަމުންނެވެ.

މިއީ އައިނާން ފިރިހެނެއްގެ ސައިކަލު ފަހަތަށް އެރި ފުރަތަމަ ފަހަރެއް ނޫނެވެ. އަދާ ޖެހެންދެންވެސް އޭނާއަކީ ގިނަ “ފިރިހެން އެކުވެރިން” ގެންގުޅުނު އަންހެން ކުއްޖެއްކެވެ. ލޯބީގެ ނަމުގައި އެތަށް ގުޅުންތަކެއް އޭނާ އެމީހުންނާއެކު ހިންގިއެވެ. ނަމަވެސް މިއަދު އޭނާއަށް ކުރެވެމުން އެދާ ފަދަ އިހުސާސެއް އެއިން އެއްވެސް މީހެއްގެ ފަރާތުން އިހުސާސް ކުރެވިފައެއް ނުވެއެވެ.

އައިނާނުގެ ހިތަކީ ހަރު ހިލަގަނޑެއްފަދަ އެއްޗެކެވެ. މޫނުމަތިން މައުސޫމްކަން ފާޅުވިނަމަވެސް އޭނާގެ ހަޤީޤަތް ނުހަނު އަނދިރިވެފައި ކަޅެވެ. އިހްތިރާމަކީ އޭނާ ނުވެސް ދަންނަ އެއްޗެއް ކަހަލައެވެ. ހިތުގައި އުފެދޭ ކޮންމެ ޝުޢޫރެއް އެއްވެސް ޖެހިލުމެއްނެތި އޭނާ ބޭރުކޮށްލާނެއެވެ. ވަށައިގެން ތިބީ ކިތަށް މީހުންކަމެއް، ތިބީ ކޮންބައެއް ކަމެއްވެސް އޭނާ ބަލަން ބޭނުން ނުވާކަހަލައެވެ. އޭނާގެ މި “ކަށިކުނބުރު” ޝަޚްޞިއްޔަތުގެ އަނދިރިކަމުގެ ތެރެއަށް އަލިކަން ފާއްދާލެވޭނެވަރުގެ ‘ފަނާރެއް’ އޭނާގެ ހަޔާތަށް އަންނާނެބާއެވެ؟ ހަމަގައިމުވެސް ކަށަވަރުވެ ޔަޤީންވާކަމަކީ، މުފައްސިރަކީ އައިނާންގެ އެ އުޅުން އިސްލާހުކޮށްދެވޭނެ ފެންވަރުގެ މީހެއް ނޫންކަމެވެ. ބަދަލުގައި މުފައްސިރުގެ ސަބަބުން އައިނާނުގެ އަނދިރި ހަޔާތަށް އިތުރު އަނދިރިކަމެއް ވެރިވެގެންދާނީ ނޫންބާއެވެ؟

“ލޯބި” އެއީ ދެމީހެއްގެ ދެމެދުގައި އުފެދޭ ވަގުތީ ޖަޒުބާތެކެވެ. އެއީ ހަޤީޤަތެއް ނޫނެވެ. “ލޯތްބަކީ” ދެމީހެއްގެ ދެމެދުގައި އުފެދޭ “ޖިންސީ ގުޅުން” ރީތިކޮށްލުމަށްޓަކައި ކިޔާނަމެކެވެ. މިއީ އައިނާން ޤަބޫލުކުރިގޮތެކެވެ. ނަމަވެސް މިއަދު އޭނާގެ ވިސްނުން ބަދަލުވާން އުޅޭހެން ހީވެއެވެ. އޭނާއަށް ދުވަހަކުވެސް ނުކުރެވޭފަދަ އިހުސާސްތަކެއް މުފައްސިރުގެ ސަބަބުން އޭނާއަށް އެބަ ކުރެވެއެވެ. މިއީ ލޯބިހެއްޔެވެ؟ ސައިކަލު ފަހަތުގައި އިނދެގެން އައިނާން ވިސްނިއެވެ.

އޭނާގެ “ޅަ” ސިކުނޑިއަށް ހެޔޮގޮތް ވިސްނޭނެހެއްޔެވެ؟ މުފައްސިރުގެ ކިބައިން އޭނާއަށް ފެނިގެން ދިޔަ ކަމުދާ ސިފަތަކަކީ ދަޅައެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. އޭނާއަށް މުފައްސިރު ކަމުގޮސްފިއެވެ. އޭނާއަށް މުފައްސިރުދެކެ ލޯބިވެވިއްޖެއެވެ.

***

“ދަރިފުޅާ ފޮށި ތައްޔާރުކުރީތަ؟”

އަމީލިޔާގެ ސުވާލާއެކު، ހިޔާލުގެ ރާޅުތަކުގެތެރޭ ގެނބި ގެނބި އޮތް ރިޝްފާއަށް ސިހިފައި ހަމަބިމަށް ތިރިވެވުނެވެ. އިހުސާސް ނުކުރެވުނަސް އޭނާގެ ދެލޯ ހުރީ ފެންކަޅިވެގެންގޮސް “ފަޅައިގެން” ދާން ކައިރިވެފައެވެ.

“ފޮށި ތައްޔާރުކުރީހޭ މި އަހަނީ؟ ކޮން ހިޔާލަކަށް ގެއްލިފައި ތި އިންނަނީ؟” އަމީލިޔާ މަޑުމޮޅި ކަމާއެކު އަހާލިއެވެ.

“އަހަރެން ހަމަ ދާންވީ؟؟” އަމީލިޔާގެ ގައިގާ ބައްދާލަމުން ރިޝްފާ ބުނެލިއެވެ. އެއާއެކު އޭނާގެ ދެލޮލަށް ޖަމާވެފައިހުރި ކަރުނަތަށް ހޯސްލާފައި އޮހޮރިގަތެވެ.

“ދަރިފުޅެއް ދޯ؟” ރިޝްފާ ގަޔާ ދުރުކޮށްލުމަށްފަހު ބޮލުގައި ފިރުމާލަމުން އަމީލިޔާ ހިނިތުންވެލިއެވެ. “ދަރިފުޅު ވިސްނާލަ ބަލަ! މިތާހުރެގެން ދަރިފުޅަށް ވާނެ ހަމައެއްވެސް ފައިދާއެއް ނެތް! އިތުރަށް ކިޔެވުމުގެ ފުރުސަތެއް ނެތް! ނުކިޔެވިއްޔާ ވަޒީފާއެއް ނުލިބޭނެ! ވަޒީފާއެއް ނެތިއްޔާ ލާރިއެއް ނުލިބޭނެ! ލާރި ނެތިއްޔާ…..”

“ހޫންން ދެން ހެވޭ…” އަމީލިޔާގެ ވާހަކަ މެދުކަނޑާލަމުން ރިޝްފާ ބުނެލިއެވެ.

“ދޭ އަވަހަށް ފޮށްޓަށް އެއްޗެހި އަޅަން! އަދުނާނުބޭ ދަރިފުޅު ބަލާ އަންނަންވާއިރަށް ތައްޔާރުވާން ޖެހޭނެއެއްނު!”

***

“ނާހީ! އަހަރެން މިދަނީ އެކޮޅަށް ނައްޓާލަން ދާން އިނގޭ!” ސޯފާ މަތީ އޮތް ފޯނު ނެގުމަށްފަހު ޖީބަށްލަމުން އަދުނާނު ބުންޏެވެ.

“ކިހާއިރަކު އާދެވޭނީ؟”

“އިރުއޮށްސުމުގެ ކުރިން އަންނާން!” ގެއިން ނުކުތުމަށްޓަކައި އަދުނާނު ހިނގައިގަތެވެ. “ރިޝްފާގެ ރޫމް ރެޑީ ކޮށްލާފަ ބަހައްޓަށްޗޭ!”

ހިތް ވަނީ ނުތަނަވަސް ވެފައެވެ. މޫނުމަތިން ހަމަޖެހުމުގެ ކުލަވަރު ފެނުނުނަމަވެސް އަދުނާނުގެ ހިތް ހީވަނީ މޭ ފަޅާލާފައި ނުކުމެދާނެ ހެންނެވެ. ހުރިހާކަމެއް ހިނގާދިޔަތާ މިހާރު 19 އަހަރުވީއެވެ. އަދިވެސް އެ ހަނދާންތައް އަދުނާނުގެ ހިތުގައި ވަނީ ބިންވަޅުނެގިފައެވެ. ދުވަހަކުވެސް ފުހެވިގެން ނުދާނެހާ ފުންކޮށެވެ.

ތަޤުދީރަކީވެސް ފާޑެއްގެ އެއްޗެކެވެ. ހީވެސް ނުކޮށް ހުއްޓާ ހުރިހާކަމެއް އެކޮޅުކޮޅުން ޖެހިގެން ހިނގައިދާނެއެވެ. ގޮނޑުދޮށަށް ބިންދާލާ ރާޅާއެކުވެގެން ދެކޮޅަށް ފިރުކޭ އަކިރިތައް ފަދައިންނެވެ. އަދުނާނަށް މިހާރު އެކަން އިހުސާސް ކުރެވިއްޖެއެވެ. އެކަމުގެ ހިތި ތަޖުރިބާ ކުރެވިއްޖެއެވެ. އޭނާގެ ކުރިމަށްޗަށް އަރަން އަދުނާނަށް ކެރޭނެބާއެވެ؟ އޭނާ މިހާރު ހުންނާނީ ކިހިނެއް ބާއެވެ؟ އޭނާއާ ކުރިމަތި ލާނީ ކިހިނެއް ބާއެވެ؟ މިއީ އަދުނާނުގެ ހިތުގައި މިއަދު އުފެދިފައިވާ ސުވާލުތަކެކެވެ.

4 ގަޑިއިރުގެ އަމާން ދިގު ދަތުރަކަށްފަހު ރ އަތޮޅު މާކުރަތުގެ ފަޅުތެރެއަށް ލޯންޗް ގާތްކޮށްލިއެވެ. މެންދުރު ކުރީގެ ވަގުތަށްވުމާއެކު ރަށުތެރެއަށް ވެރިވެފައިވަނީ “ހަނަފަސް” ކަމެވެ. ދިރިހުރި އެއްވެސް މަހުލޫޤަކު ލޮލުގެކޮޅަށްވެސް ފެންނަން ނެތެވެ. ޖެޓީއަށް ފޭބުމަށްފަހު އަދުނާނު ހަށިފުރާ ނޭވާއެއް ލިއެވެ. އަދި ދެލޯ ހަނިކޮށްލުމަށްފަހު ރަށުގެ ހުރަސްމަގަށް ނަރަޒު ހިންގާލިއެވެ. ޒަމާންގަނޑެއް ކުރިން އޭނާގެ ސިކުނޑީގައި ރައްކާކުރެވިފައިވާ ހަނދާންތަކެއް ކުއްލިއަކަށް ހީވީ އަރައިގެންހެންނެވެ. އާނއެކެވެ. މިއީ ހަމަ އެރަށެވެ. އަދުނާނު ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. އިމާރާތްތަކަށް ކުދި ކުދި ބަދަލުތަށް އައިސްފައި ވީނަމަވެސް އޭނާގެ މަންޒިލާ ހަމައަށް ދިއުމަށްޓަކައި މަގުތައް އިހްތިޔާރު ކުރުމުގައި އެއްވެސް ދަތިކަމެއް ކުރިމަށްޗެއް ނުވިއެވެ. ފަރިތަ ކަމާއެކު ގޯޅިތަށް އަޅަމުންގޮސް “ޖަވާހިރު” ގޭގެ ކުރިމަށްޗަށް އޭނާ ހުއްޓިއްޖެއެވެ. އެއީ ހަމަ އެގެއެވެ. ކުރިއަށްވުރެ ވީރާނާވެފައި ވީނަމަވެސް އެއީ ހަމައެގެއެވެ. އަދުނާނަށް މޭގައި ފިރުމާލެވުނެވެ. ހިތުގެ ތެޅުން ބާރުވެފައިވާ މިންވަރު އޭނާއަށް އިހުސާސްކުރެވުނީ އެވަގުތެވެ.

“އައް… އައްސަލާމް އަލައިކުމް” ތުރުތުރު އަޅާ އަޅާ އޮތް އަޑުން އަދުނާން ސަލާން ގޮވާލިއެވެ. އެއާއެކު ބަދިގެތެރޭހުރި އަމީލިޔާގެ ހަރަކާތްތައް ގަނޑުވިކަހަލައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

މަންޝާ (އެއްތިރީސްވަނަ ބައި)

Next

ދޫކޮށްފައި ދަނީތަ؟

Next
July 22, 2016

ދޫކޮށްފައި ދަނީތަ؟

Previews
July 21, 2016

މަންޝާ (އެއްތިރީސްވަނަ ބައި)

53 Comments!

  1. Hoody says:
    July 22, 2016 at 5:43 am

    Assalaam Alaikum! Here is the fourth one!! Ummeedhu kuran kamudhaane kamah!!!

    1. lol says:
      July 23, 2016 at 3:33 am

      Hooody foyy thakuga ves vaahaka liyann dhw

    2. Hoody says:
      July 23, 2016 at 8:05 am

      Nooney lol… Adhi nuliyan… ?

    3. bad girl?? says:
      July 23, 2016 at 3:41 pm

      I’m sorry but ahannah heevany havaathif eyii hoody ge stwry eh henn AM I RIGHT??

    4. Hoody says:
      July 23, 2016 at 5:12 pm

      Yes bad girl! havaathif eiy Hoodyge story eh! 🙂

  2. bad girl?? says:
    July 22, 2016 at 5:52 am

    alhey haadha reethi ey mi vaahaka..pls avahahh up kohh dheeba next part kon dhuvahakunn

    1. Hoody says:
      July 22, 2016 at 6:00 am

      Thankx bad girl! kruiah oi 2 days thereyga 5th episode vex genesdheveythoa balaanan In Sha Allah! 😀

  3. Saajidh says:
    July 22, 2016 at 7:25 am

    V reethi…

  4. Kiyaa Meehaa says:
    July 22, 2016 at 8:02 am

    Hoody vaahaka liyaa iru eba faahaga kurevey massala eh. Baeh lafzuthakuga shaviyani sukun jahaafa eba hurey alif suksun jahan jehey thaakah. misaalakah “maguthah” mihen liyaa iru innan jeheyny alif sukuneh. sababaky e lafzu kiyaa iru maguthakey mihen kiyaany. maguthashey nukiyaa. dhen misaalakah “mashah” mihen kiyaairu kiyaany “mashashey”. “mashakey” nukiyaa, ehenve “mashah” liyaa iru innaanee shaviyani sukun.

    1. Hoody says:
      July 22, 2016 at 7:50 pm

      Oww thank you so much… Thikahala comments aslu beynun vany… Kuriah huri bai thakuga thikan rangalhu kuraanan.. Insha allah… ??

  5. Rish says:
    July 22, 2016 at 8:19 am

    aslu ves v v v v nice…. waiting 4 nxt prt….

  6. Hoody says:
    July 22, 2016 at 8:26 am

    Thankx saajidh and rish!

  7. Hoody says:
    July 22, 2016 at 8:28 am

    hurih kudhin vex story kiyaalumahfahu comment eh kollaathi ingey… eyrun rangalhu kollanvee kanthah thahvex ingeynee dhw… 🙂

  8. iffa pink says:
    July 22, 2016 at 8:35 am

    Hey i know adhunaan aky rishfa ge dad…… :p nice story

  9. Aishu says:
    July 22, 2016 at 8:42 am

    Risfa aee adnaanuge dhari eh dhw?? V curious vey eba…, waiting waiting for next part????

  10. Shaai says:
    July 22, 2016 at 9:09 am

    Haadha kurey. Story hama v habeys. Avahah up kohdheynan dhw.

    1. Hoody says:
      July 22, 2016 at 9:19 am

      Shaai! Story mihaaaruvex genesdheefa eynee aslu innanveevarahvureves dhigukoh! Site thakuga Story ge episode ehge dhiguminaky 5 pages (font size 15) Kiyuntheringe edhilevvuma evarah dhigukodheefa eynee!! Thankx for the comment!

  11. Same says:
    July 22, 2016 at 9:24 am

    v nice….

  12. Axu says:
    July 22, 2016 at 9:53 am

    Very nice story
    Next part avahah up kohdheh chey

  13. Mona says:
    July 22, 2016 at 9:54 am

    its awesome hoody…u r the best…
    Waitng for the next part…luv

  14. Raaa says:
    July 22, 2016 at 9:57 am

    Font size kuda kihlaa neyngeyy kamah hadhaafa lol

  15. Appy says:
    July 22, 2016 at 10:03 am

    V rythi n interesting. …rishfa ah miulhey ainaanehge undhagoo fisaari boduvaanehen hyvey ekuhja fulhu ladhun myhunge thereah nukunnan nukerey varu kuraane kanneynge hrhe dhw hooodh??

  16. Hoody says:
    July 22, 2016 at 10:06 am

    Thankx all!! Yea Appy!! Lets see dhw vaagotheh!! 🙂

  17. ifaa says:
    July 22, 2016 at 10:25 am

    vvv reethi igey hoooody nxt part avahah up kurahchey

  18. Ameesha❤ says:
    July 22, 2016 at 10:50 am

    Varah nice mi vaahaka… And thanks avahah up kohdheythee ve… Waiting for next episode

  19. saa says:
    July 22, 2016 at 10:50 am

    vaahaka v v reethi…. miah vure adhi dhigu kohlaadhehchey…. plxx… plxxx…. plxxxx

  20. Marsh says:
    July 22, 2016 at 11:02 am

    Vvvv cute waiting 4 nxt prt……..

  21. Shin says:
    July 22, 2016 at 11:06 am

    V salhi…

  22. Ivy says:
    July 22, 2016 at 11:10 am

    Story varah reethi ainaan and rishfaa mee sisters dw alhe hoody eio ainaan eh ladhuge kanfulheh ves netheetha ey na ge huvaai ???

  23. Hoody says:
    July 22, 2016 at 11:40 am

    Thanks all 😀

  24. Naxy says:
    July 22, 2016 at 12:00 pm

    V reethi mi story. ???

  25. theen says:
    July 22, 2016 at 12:03 pm

    beautiful storyy

  26. Mizna says:
    July 22, 2016 at 12:06 pm

    Habeyssu story

  27. Eshoo says:
    July 22, 2016 at 12:10 pm

    Varah reethi story eh. Waiting for next part..

  28. Lim says:
    July 22, 2016 at 12:11 pm

    Wow.. stry s awsem….
    Ainaan e ee Ameer baap kee biglhee huee beytee..dhaw..??
    Laobin halaaku koffa huri dhari aai loabin mahroom koffa huri dharee ge thafaath fennan e ulhenee adhnaan ah

  29. baekii says:
    July 22, 2016 at 12:20 pm

    Hoody story v v v reethi ingey?
    Btw rishfa eiy adhnaan ge daughter eh dw

  30. shimaa says:
    July 22, 2016 at 12:39 pm

    Hoody wahaka hama habeys… mi kithah episode ge wahaka eh Tha?

  31. shimaa says:
    July 22, 2016 at 12:40 pm

    Hoody warah molhu igay… btw kithah episode ge wahaka eh Tha mee…

    1. Hoody says:
      July 23, 2016 at 9:24 am

      Shimaa! neynge ehn bunaakah kithah epidsode kameh! thankx 🙂

  32. naathu says:
    July 22, 2016 at 1:12 pm

    Vrh vrh vrh reethiii…next part ah keh’theri kameh nethii inthixaaru kurevenyyy… ???

  33. lubu buluuu says:
    July 22, 2016 at 1:39 pm

    wowww…this is outstandin..um a big fan of u hoody☺

  34. Thaany says:
    July 22, 2016 at 2:39 pm

    Reethi reethi waahaka eh heevany rishfage sababun hn ainaan ragalhu waanyy..

  35. ulvy says:
    July 22, 2016 at 2:45 pm

    Its just wow.❤❤❤❤
    Amazing…dhn vaanee khinehbaa..nice hoody.keep it up ?

    .

  36. Rafa says:
    July 22, 2016 at 5:06 pm

    Wow..varah salhi igey..I love this story??

  37. Hoody says:
    July 22, 2016 at 5:37 pm

    Thank you all!! 😀

  38. Faru says:
    July 22, 2016 at 6:03 pm

    Nice

  39. Hooo says:
    July 22, 2016 at 6:15 pm

    Varah reethie mie vaahaka.
    Update kohdeychey avahah ????

  40. Rifa says:
    July 22, 2016 at 7:26 pm

    Vvvvv salhi mi story…..hoody….just waiting 4nxt prt………

  41. Faathee says:
    July 22, 2016 at 8:36 pm

    Masha Allah… adhi kiriyaa ingey story ge furihamakan annan feshee. V reethi. Keep going hoody.

  42. Hoody says:
    July 23, 2016 at 8:07 am

    Thankiyu all… ?

  43. riffu says:
    July 23, 2016 at 2:23 pm

    Awesome ❤ next part thankolheh dhigu kohlahche?

  44. ifaa says:
    July 23, 2016 at 5:17 pm

    hoody…..birth day kon dhuvaheh thrrr????

    1. Hoody says:
      July 23, 2016 at 5:26 pm

      3rd July!!

Comments are closed.

Next Episodeއެންމެ ފަހު ނޭވާ ލަމުންވެސް… 5 ވަނަ ބައި←


All Right Reserved!