Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެންމެ ފަހު ނޭވާ ލަމުންވެސް… 2 ވަނަ ބައި

Hoody Level 310 Stories100 Comments
July 19, 2016 6 Mins Read
34 Comments

“ނާހި ކަންބޮޑު ނުވެބަލަ! އެއީ ކުޑަކުއްޖެއް ނޫނޭ! އޭނާއަށްވެސް އެނގޭނެ އެންނު އުޅެންވީ ގޮތް! އެހެން ނޫނަސް އެއީ މަޖާ ކުރަންވީ އުމުރޭ! އެވަރު ކުދިން ގޭގައި ތާށިވެގެން ތިބެން ވީމަ ނިކަން ފޫހި ވާނެ!” އަދުނާނު ކެއުމައިގެން މަސްޢޫލުވި ވަގުތު އޭނާގެ ފޯން ވައިބްރޭޓް ވާން ފެށިއެވެ. ފޯނުގެ ސްކްރީން ފެނުމާއެކު އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ މަންޒަރު ނުހަނު ގާތުން ނާހިދާ ދުއްޓެވެ.

“އެބަ އަންނަން!” ފޯނު ހިފައިގެން އަދުނާނު ނުކުތީ ބެލްކަންޏަށެވެ. އަދުނާނުގެ އެ ފޯނު ކޯލުގެ މުހިންމުކަން ނާހިދާއަށް ވިސްނުނެވެ. އަދުނާނު އެ ދައްކަނީ ކޮން ވާހަކައެއްތޯ ބަލާލަންވެސް ނާހިދާ ބޭނުންވިއެވެ. ނަމަވެސް އެއީ އަށްވުރެ މާ ވިސްނޭ އަތްނބެކެވެ. އަދުނާނަށް ފާރަލާ ޝައްކު ކުރުމަކީ ނާހިދާ ދުވަހަކުވެސް ކުރާނެ ކަމެއް ނޫނެވެ.

ފޯން ކޯލް ނިންމާލުމަށްފަހު އަދުނާން އަލުން އައިސް ގޮނޑީގައި އިށީންއިރު އޭނާގެ މޫޑު ވަނީ މުޅިން ބަދަލުވެފައެވެ. ގުޅީ ކާކުތޯ ސުވާލު ކުރަން އުޅެފައިވެސް ނާހިދާ މަޑުޖެހިލީ މި ސަބަބާ ހުރެއެވެ.

“އެ ގުޅީ ވަރަށް ގާތް އެކުވެރިއެއް!” ނާހިދާ ނާހަނީސް އަދުނާން ކިޔައިދޭން ފެށިއެވެ. “އެއީ ރ އަތޮޅު މާކުރަތު މީހެއް! އޭނާގެ ދަރިފުޅު ކިޔަވަން މާލެ ގެންނަން ބޭނުންވެގެން އެހެންވެ މަށަށް އެގުޅީ!”

“އެހެންތަ؟” ނާހިދާ އަހާލިއެވެ. “ދެން ކިހިނެތް ހަދަން ތި ވިސްނަނީ؟”

“އަމްމް…. އެއީ އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއެއް ވީމަ އަހަރެން ބުނީ އެ ކުއްޖާ ގެންނާާށޭ މިގޭގަ ބަހައްޓަން!” އަދުނާން ނާހިދާގެ މޫނަށް ބަލާލިއެވެ. “އޯކޭ ދޯ؟”

“އެއީ އަދުނާނުގެ އެކުވެރިއެއްނު! އެހެންވީމަ އަހަރެންގެ އެއްވެސް މައްސަލައެއް ނެތް!” ނާހިދާ ބުންޏެވެ. “ކޮންކަހަލަ ކުއްޖެއްތަ؟”

“19 އަހަރުގެ އަންހެން ކުއްޖެއް! ނަމަކީ އައިޝަތް ރިޝްފާ!” މޭޒުމަތީ ހުރި ޖޫސްތަށިން ކޯވަރެއް ބޯލުމަށްފަހު އަދުނާން ބުންޏެވެ. “އޭނާ ރަށުން 10 އަކާ ހަމައަށް ކިޔަވާ ނިންމާލުމަށްފަހު ދުވަސްތަކެއް ވެއްޖެޔޯ ރަށުގަ ހުންނަތާ! އޭނާގެ މަންމަ ބެނުންވަނީ އޭނާއަށް މާލެއިން ކިޔަވައިދޭން!”

“ތި ކުއްޖާ އަވަހަށް ގެނެސްބަލަ! އޭރުން އަހަރެންގެ ފޫހިވެސް ފިލާފާނެ އެއްނު!” ހީލަމުން ނާހިދާ ބުނެލިއެވެ. އެވަގުތު އައިނާންވެސް އައިސް ބަދިގެއަށް ވަނެވެ.

“އަހަނ! ދަރިފުޅަށް ހޭލެވުނީދޯ!” އައިނާން ފެނުމުން އަދުނާން ހިނިތުންވެލަމުން ބުނެލިއެވެ. “އާދޭ އެއްޗެއް ކާލަން އަވަހަށް!”

އައިނާން އެ އައިގޮތަށް އައިސް މޭޒުދޮށުން ގޮނޑިއެއް ދަމާލުމަށްފަހު ދެފައި ވަށްކޮށްގެން އަރައި އިށީނދެލިއެވެ. އޭނާގެ އަމަލުތައް ހުންނަ ގޮތުން ހީވަނީ ދެތިން ހަތަރު އަހަރުގެ ކުޑަކުއްޖެއް ހެންނެވެ. އޭނާ އިން ގޮތުން، ލާފައިވާ ކުރު ސޯޓުބުރި މައްޗަށް ކެހި ފަލަމަސްގަނޑުން ބޮޑުބައެއް ހާމަވެގެން ދިޔައެވެ.

“ދަރިފުޅާ! މިހާރު ކިތައްފަހަރު  މަންމަ ބުނެފިންތަ ތިހާ ކުރު އެއްޗެހި ނުލާށޭ؟ އަންހެން ކުދިންނަކީ ވަރަށް ފޮރުވިގެން ތިބެން ޖެހޭ ބައެކޭ!” ނާހިދާ ވިސްނައިދޭ ރާގަކަށް ބުނެލިއެވެ. އެއާއެކު އަދުނާނު ދެލޯ ހަނިކޮށްލަމުން ނާހިދާއަށް ބަލާލިއެވެ.

“އެއްކަލަ މަމް!” މޭޒުމަތިން ޕާޕަރު ކޮޅެއް ނެގުމަށްފަހު އަނގައަށް ލާ ހަފާލަމުން އައިނާން ބުނެލިއެވެ. “މިތާކު ނެތެންނޫންތަ މީހުންތަކެއް! އެހެންނޫނަސް މަށަކަށް ނޫޅެވޭނެ ބޮޑެތި ޖުއްބާ ލައިގެންނެއް!”

“ނާހިދާ ދައްކާ ވާހަކަ! އެބުނާހެން ކިހިނެއްތަ މިއޮއް ހޫނުގަދައިރު ތިޔަ ބުނާކަހަލަ ހެދުން ލައިގެން އުޅޭނީ!” އަދުނާނު ‘ދޮންފުތު’ ނަޒަރަކުން އައިނާނަށް ބަލާލިއެވެ. “މަންމަ އެހެން ކިޔާ އެއްޗެއްސައް އަޅާލާނެ ކަމެއް ނެތް ދަރިފުޅާ!”

އެވަގުތު އައިނާންގެ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އޭނާ އަވަސް އަވަހަށް މެސެޖް ހުޅުވާލިއެވެ. އެއީ ނުދަންނަ އުރީދޫ ނަންބަރަކުން އައިސްފައިވާ މެސެޖެކެވެ. ހަމައެކަނި “ގުޑްމޯނިން” ޖަހާލާފައިވާ މެސެޖެކެވެ. އޭނާ ކުޑަކޮށް ވިސްނާލިއެވެ. އަދި “ހޫ؟” އޭ ޖެހުމަށްފަހު މެސެޖަށް ރިޕްލައި ކޮށްލިއެވެ. ހައެއްކަ ސިކުންތު ތެރޭ އަނެއްކާވެސް މެސެޖެއް އައިއެވެ. އައިނާން މެސެޖް ހުޅުވާލިއެވެ.

“މުއްފު!” އައިނާންއަށް ބުނެވުނެވެ.

***

ވެލިގަނޑުމައްޗަށް ބީއްސަމުން ދިޔަ ހަމަހިމޭން ރާޅުތަކުގެ ތެރޭ ދެކޮޅަށް ފުރޮޅިލަ ފުރޮޅިލާ އޮތް އުންބަށް ބަލަހައްޓައިގެން އިން ރިޝްފާގެ މޫނުމަތިން ފެންނަމުންދިޔައީ ސީރިއަސް ކުލަވަރެކެވެ. ތަންކޮޅެއް ދުރުގައި މީހަކު އުކާލާފައިހުރި މަސްފަތިތައް ކެއުމުގައި އުޅުނު ދެތިން ކާޅެއްގެ ގޮވެލީގެ އަޑުން މާހައުލުގެ ހަމަހިމޭންކަން ނަގާލަމުންދިޔައެވެ. ޖެހެމުންދިޔަ ހިމޭން ވައިރޯޅިއާ އެއްވަރަށް ރިޝްފާގެ ކަޅު ބުރުގާ ވިހުރެމުންދިޔައެވެ. ރާޅުތަކުގެ ތެރޭ އޮތް އުނބުން ނަޒަރު ވަކިކޮށްލުމަށްފަހު އޭނާ ވެލިގަނޑުގެ ތެރެއަށް އަތް ބާނައި ވެލިމުށެއް ނެގިއެވެ. އަދި އެ ހިމުން ވެލިފުށްތަށް ވައިގެ ތެރެއަށް ދޫކޮށްލިއެވެ. ކުދި ކުދި ރިވެލި ކުނޑިތަކެއެްފަދައިން އެ ވެލިފުށްތަށް އެގޮތް މިގޮތަށް ވައިގެ ތެރޭ އެނބުރިގަތެވެ. އެ މަންޒަރު ބަލަން އިން ރިޝްފާގެ ބޮޑު ދެލޮލުން ކަރުނައިގެ އަސަރު ފާއްދާލިއެވެ. އެ ދިގު އެސްފިޔަތަށް ތެމިގެން ދިޔައީ އިހްތިޔާރަކާ ނުލައެވެ.

ރިޝްފާގެ ހިތަށް އަރައެވެ. ދިރިއުޅުމަކީ މިއީ ހެއްޔެވެ؟ މުޅި ހަޔާތް ނިމިގެންދާނީ މި ހަމަހިމޭންކަން މަތީ ހެއްޔެވެ؟ އޭނާގެ ހަޔާތުގައިއެއްވެސް ‘ތަފާތު’ ކަމެއް ނެތީ ކީއްވެ ހެއްޔެވެ؟ ކޮންމެ ދުވަހަކުވެސް އިރު އަރާ އޮއްސެނީއެވެ. އެނޫން އިތުރުކަމެއް ރިޝްފާއަކަށް ނުފެނެއެވެ. ހެދިބޮޑުވަމުން އަންނަ ގަހެއްގައި ރޯ ފަތެއް ނެތްނަމަަ އޭގައި ދިރުމެއް ވާކަމަށް ބަލާމީހަކަށް ފާހަގައެއް ނުކުރެވޭނެއެވެ. އެގަސް ކައިރިއަށް ރީތި ކޮކާ ތަކެއް ނާންނާނެއެވެ. ވައިރޯޅިއާއެކު ހަމަ ހިމޭން ރާގުތަކެއް އިއްވައެއް ނުދޭނެއެވެ. ބަދަލުގައި އެ ގަހުގެ ގޮފިތަކުގެ ހިމާޔަތް ހޯދާނީ އަނިޔާވެރި ބާޒު ތަކެވެ. ގޮތެއް ނެތް ކާޅުތަކެވެ.

ރިޝްފާގެ ހަޔާތަކީ އަނދިރި ހަޔާތެއް ނޫނެވެ. އަލި ހަޔާތެއްވެސް ނޫނެވެ. އޭނާ ހަޔާތަށް ވެރިވެފައިވަނީ އުއްބައްތިއެއްގެ ރަން އަލި ފަދަ ފަނޑު އަލި ކަމެކެވެ. އޭނާގެ އުއްބައްތިގެ ހުޅުކޮޅަކީ އޭނާގެ ލޯބިވާ ޝިމާލް އެވެ. ޝިމާލް ނެތް ނަމަ އޭނާ ވެސް ނެތް ފަދައެވެ. ހުޅު ކޮޅަކާ ނުލާ އުއްބައްތިއެއްގެ ބޭނުން ނެތް ފަދައިންނެވެ.

ޝިމާލް އަކީ ރީތި ފިރިހެނެއް ނޫނެވެ. ބާމަތި ފުޅައެއް ނޫނެވެ. އިސްކޮޅުގައި 6 ފޫޓެއްވެސް ނުހުރެއެވެ. ހަމަ އެހެންމެ ހީލާއިރު ކޮލުގައި އަޑިކޮޅެއްވެސް ނުއުފެދެއެވެ. ލޮލުގެ ކަޅީގައި އާދަޔާ ހިލާފު އެއްވެސް ކުލައެއް ނުހުރެއެވެ. ހަމުގެ ކުލަ އަނދިރިއެވެ. ބޮލުގެ އިސްތަށިގަނޑުވެސް ބޮލެއް ނޫނެވެ. އަދި ހަމަ އެހެންމެ އޭނާ ނިސްބަތް ވަނީ މުއްސަނދި އާއިލާއަކަށްވެސް ނޫނެވެ. ނަމަވެސް ރިޝްފާ ޝިމާލް ދެކެ ލޯބިވަނީ އިންތިހާ އަށެވެ. ރިޝްފާ ދެކޭ ގޮތުގައި ޝިމާލަށް ވުރެ ރަނގަޅު އެހެން ފިރިހެނެއް އެ ރަށުގައެއް ނުހުންނާނެއެވެ. ބަލާލަން ރީތި ނޫނަސް ޝިމާލްގެ އަތުގައި ރިޝްފާގެ ހިތް ފުރިގެން ބަންޑުން ވަންދެން ދޭވޭނެ ލޯބި އެބަހުއްޓެވެ. ވީއިރު މައްސަލައަކީ ކޮބައިހެއްޔެވެ؟ ލޯތްބަކީ ހަމައެކަނީ ރިތި މީހުންނަށް ހައްގުވާ އެއްޗެއް ނޫނެވެ.

‘ބައްޕަ’ އަކީ ދުވަހަކުވެސް ރިޝްފާ ދުށް މީހެއް ނޫނެވެ. ދުނިޔެއަށް ފުރަތަމަ ނޭވާ ދޫކޮށްލި އިރުވެސް އޭނާގެ ބައްޕަ ވަނީ މި ދުނިޔެއިން ވަކިވެގެން ގޮސްފައެވެ. އެއީ އޭނާގެ މަންމަ އޭނާއަށް ބުނެދީފައިވާގޮތެވެ. ‘އިބްރާހިމް ފާއިޒް’ އަކީ އޭނާގެ އައިޑީ ކާޑް ބުނާ ގޮތުން އޭނާގެ ބައްޕައެވެ. ބައްޕަ ނިޔާވީ، މަހަށް ގޮސް އުނޅެނިކޮށް ކަނޑުވެގެންނެވެ. އެއިރު މަންމަ އިނީ ރިޝްފާއަށް ބަލިވެއެވެ.

“ދަރިފުޅާ ރިޝްފާ! މިތާނގަ ދޯ ތި އިންނަނީ؟!” ފަހަތުން އިވުނީ އޭނާގެ މަންމަ އަމީލިޔާގެ އަޑެވެ. ރިޝްފާ ސިއްރު ސިއްރުން ދެލޯ ފުހެލަމުން ފަހަތް ބަލާލިއެވެ. އަމީލިޔާ އައިސް ރިޝްފާއާ ޖެހި ފިތިގެން ކަހަލަ ގޮތަކަށް ވެލިގަނޑުމަތީ އިށީނެވެ. އޭނާގެ އަތުގައި ‘ނޮކިއާ ބައްތި’ ފޯނެއް އޮތެވެ.

“ވަރަށް އުފާވެރި ޚަބަރެއް ދެންތަ؟” ހިނިތުންވެލަމުން އަމީލިޔާ ވާހަކަ ދެއްކިއެވެ. “ދަރިފުޅު އަވަހަށް މާލެ ދާން ތައްޔާރުވޭ!”

ރިޝްފާއަށް އަމީލިޔާގެ މޫނަށް ބަލާލެވުނެވެ. މަންމަގެ މޫނުމަތީގައި އެވާ ހިނިތުންވުމަކީ ހަޤީޤަތެއް ނޫންކަން އޭނާއަށް އެނގެއެވެ. އެ ހިނިތުންވުމުގެ ފަހަތުގައިވާ ރިހުން އޭނާ ނުހަނު ރަނގަޅަށް ދެނެގަތެވެ. ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ސިއްރުކުރަން އަމީލިޔާ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އެންމެ ފަހުން ކަރުނަތިކި ދެލޯ ދޫކޮށް ވެއްޓެން އުޅޭހެން ހީވުމުން އަމީލިޔާ އެނބުރުނީ އަނެއް ފަރާތަށެވެ.

“މާލެއަށޭ؟!” ރިޝްފާ މަޑުމަޑުން އަހާލިއެވެ. “ކިހިނެއް؟”

“މާލޭގައި ހުރި މަންމަ ގެ ރައްޓެއްސެއް ބުނީ ދަރިފުޅު ބަލައި އަންނާނަމޯ!” އަޑު ހަމައަކަށް އަޅުވާލަމުން އަމީލިޔާ ބުނެލިއެވެ. “ދަރިފުޅު އުފަލެއް ނުވޭތަ؟ އެތައް ޒަމާނަކަށްފަހު ދަރިފުޅަށް ކިޔެވުމުގެ ފުރުސަތު ފަހިވާތީ ދަރިފުޅު އުފަލެއް ނުވޭތަ؟”

“މަންމަ އުފާވޭތަ؟” ދުރަށް ނަޒަރު ހުއްޓާލަމުން ރިޝްފާވެސް ކޮށްލީ ސުވާލެކެވެ. އޭނާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ނުފެނުނެވެ.

“އާނ! މަންމަ ކީއްވެތަ އުފާ ނުވާންވީ؟ ދަރިފުޅުގެ ހުރި ހަމައެކަނި މީހަކީ މި މަންމައެއްނު! ދަރިފުޅަށް މޮޅުގޮތް ލިބެންޏާ މަންމަވެސް އުފާ…….” އަމީލިޔާއަށް ބުނެވުނީ އެހާހިސާބަށެވެ. ރިޝްފާ އަމީލިޔާގެ ދަތްދޮޅިގައި އަތްލުމަށްފަހު އޭނާއާ ދިމާއަށް މޫނު އަނބުރާލިއެވެ.

“މީ ދެން ކޮން ކަރުނައެއް މަންމާ؟؟” އަމީލިޔާގެ ކޯތާފަތްމަތީ ރޮނގަކަށް ފެވިފައިވާ ކަރުނައިގެ ރޮނގުގައި އިނގިލި ހިންގާލުމަށްފަހު އަމީލިޔާއަށް އިނގިލި ދައްކާލަމުން ރިޝްފާ އަހާލިއެވެ. އަމީލިޔާ އިސްޖަހާލިއެވެ.

“އަހަރެން ބޭނުމެއް ނޫން މަންމަ އެކަނި ބަހައްޓާފައި މާލެ ދާކަށް!” ރިޝްފާ އިންކާރު ކުރިއެވެ. “އަހަރެން ދިޔައިމަ މަންމަ ކިހާ އެކަނި ވާނެ!”

“ދަރިފުޅުގެ މުސްތަޤުބަލު އުޖާލާވާނެ މަގެއް ފަހިވުމުން މަންމަ މާ އުފާވޭ! ދަރިފުޅު މި ދުނިޔެއަށް އުފަން ނުވަނީސް ދަރިފުޅުގެ ބައްޕަ ނިޔާވުމުން މި މަންމަ އެކަނި މާއެކަނި ދަރިފުޅު ބަލާ ބޮޑުކޮށްފަ ތިހުރީ ހާދަ ފޮނި އުއްމީދުތަކަކާ އެކުއޭ!” އަމީލިޔާ ރިޝްފާގެ ކޮނޑުގައި އަތް ބާއްވާލަމުން އޭނާގެ ގަޔާއި ކައިރިއަށް ޖައްސާލިއެވެ. “ބުނޭ މާލެ ދާނަމޭ! މި މަންމަ އަށްޓަކައިވެސް!” ޖަވާބުގައި ރިޝްފާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.

“އެކަމަކު…..”

“މަންމަ އެކަނިވެރިއެއް ނުވާނެ!” ރިޝްފާގެ ވާހަކަ ހުއްޓުވާލުމަށްފަހު އަމީލިޔާ ބުނެލިއެވެ. “މަންމަ ކޮންމެ ދުވަހަކު ދަރިފުޅަށް ގުޅާނަމޭ!” ރިޝްފާ އެއްވެސް އެއްޗެކޭ ނުބުންޏެވެ.

“އެހެންވީމަ އެއްބަސް ދޯ؟” އަމީލިޔާ އަހާލިއެވެ. މިފަހަރުވެސް ރިޝްފާގެ ފަރާތަކުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ހަމަހިމޭންކަމާއެކު އިރުކޮޅެއްވަންދެން އިނުމަށްފަހު ވެލިގަނޑުން ތެދުވެގެން އޭނާ ހިނގައިގަތީ އެއްގަމާ ދިމާއަށެވެ. އަތުން ކަރުނަ ފުހެމުންނެވެ.

އަތުގައި އޮތް އުދެލިން އުވަދޯނީގައި ހުރި ސިމެންތިގަނޑު ގަށަމުންދިޔައިރު، ޝިމާލުގެ މުޅި ހަށިގަނޑު ވަނީ ދާހިއްލާ ފޯވެފައެވެ. އުދެލި ބެހެއްޓުމަށްފަހު، ނިތްކުރިމަތިން ފައިބައިގެން އައިސް ލޮލުގެ އެސްފިޔަ ތަކުގެ ހިމާޔަތް ހޯދައިގެން އިން ދާތިކި އަތުން ފުހެލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އުނަގަނޑުގައި އަތް އަޅުވާލަމުން އޭނާ މަގަށް ނަޒަރު ހިންގާލިއެވެ. އިރުގެ އަލިފާން ދޯދިތަކުން މުޅި މަގު ފިއްސަމުންދިޔައިރު، އެ ހޫނަށް ކެތް ނުވެގެން ހިޔަނިތަށްވެސް އޭގެ ވެރިފަރާތުގެ ނިވަލަށްވަދެ ފިލާފައިވާ ކަހަލައެވެ. ބިމުގެ ސަތަހައިން ބޯކޮށް އަރަމުންދިޔަ އަވާމެންދުރު، ސިފަވަމުންދިޔައީ ބޮޑު ފެންކޯރެއްގެ ސިފައިގައެވެ. އެ ދިމާއިން ދުވަމުން އަންނަ އަންހެން ކުއްޖާ ޝިމާލްގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ބޮޑަށް ދެލޯ ހަނިކޮށްލުމަށްފަހު ރަނގަޅަށް ބަލާލުމުންނެވެ. ހަމަ އެއާއެކު އެއީ ކާކުކަން އޭނާއަށް ދެނެގަނެވުނެވެ.

“ރިޝް؟؟” ޝިމާލަށް މަޑުމަޑުން ބުނެވުނެވެ. އެއިރު ރިޝްފާ ދުވަމުން ދުވަމުން އައިސް އޭނާއާ އަރާ ހަމާވަނީއެވެ.

ރިޝްފާ އެއައިގޮތަށް އައިސް ޝިމާލުގެ ކުރިމައްޗަށް ހުއްޓުނެވެ. ރިޝްފާގެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ސިއްރުކޮށް އޭގެ ހަގީގަތް ޝިމާލަށް ވަންހަނާކޮށް ދިނީ ރިޝްފާގެ މޫނުމަތިން ފައިބަމުންދިޔަ ދާ ތިކިތަކެވެ. ހިތާމައިން ފުރިގެންވީ ނަޒަރަކުން ރިޝްފާ ޝިމާލުގެ މޫނަށް ބަލާލިއެވެ.

“ރިޝް! ހާދަ ހާސްވެފަ؟” ޝިމާލް އަހާލިއެވެ. މިއާއެކު ރިޝްފާއަށް އިސްޖަހާލެވުނެވެ. އޭނާގެ ރުއިމުގެ އަޑު ޝިމާލްގެ ކަންފަތާ ހަމައަށް ފޯރީ އެވަގުތެވެ.

“ރިޝް ރޮނީތަ؟ ކިހިނެއްވީ؟” ޝިމާލް ޓީޝާޓުން އަތް ފުހެލަމުން ރިޝްފާއާ ގާތަށް ޖެހިލިއެވެ. “ބުނެބަލަ ރިޝް! މީހަކު އެއްޗެކޭ ބުނީތަ؟”

ރިޝްފާގެ ފަރާތަކުން އެއްވެސް ޖަވާބެއް ޝިމާލަކަށް ނުލިބުނެވެ. އޭނާ މަޑުމަޑުން ރިޝްފާގެ މޫނުގައި ހިފަހައްޓާލުމަށްފަހު އިސްއުފުލާލިއެވެ. ރިޝްފާގެ ފުން ދެލޯ ޝިމާލާ ދިމާއަށް އަމާޒުވެގެން ދިޔައެވެ.

“ތިހެން ރުޔަކަސް ނޭނގޭނެދޯ؟ އަވަހަށް ބުނޭ!! ކިހިނެއްވީ؟” ވަރަށް މަޑުމަޑުން ލޯބިން ޝިމާލް އަހާލިއެވެ.

“އަހަރެން…. އަހަރެން މިއުޅެނީ މާލެ ދާން!” އަނެއްކާވެސް އިސް ޖަހާލަމުން ރިޝްފާ ބުނެލިއެވެ.

“މާލެއަށޭ!! ކޮންއިރަކުން؟ ކިހިނެއް؟” ޝިމާލް އަވަސް އަވަހަށް އަހާލިއެވެ.

“ނޭނގެ ކޮންއިރަކުން ކަމެއް! މަންމަގެ ރައްޓެއްސެއް އަހަރެން ބަލާ އަންނާނެޔޯ! މަންމަ ބޭނުންވަނީ އަހަރެން މާލެއަށް ކިޔަވަން ފޮނުވާލަން” ރިޝްފާ މަޑު މަޑުން ޝިމާލްގެ ގައިގާ ލައްވެލިއެވެ. “އަހަރެން ބޭނުމެއް ނޫން ޝިމާލް އާ ދުރަށް ދާކަށް! ދުވަހަކުވެސް…..!”

“ޗީ ޗީ!! ބަލާބަލަ މަ ހުރިގޮތް! މި ހުރީ ބޮޑު ދާ ބޮނޑިއެއްހެން!!” ރިޝްފާ ދުރަށް ޖައްސާލަމުން ޝިމާލް ބުނެލިއެވެ. އެއަށްފަހު ރިޝްފާގެ އަތުގައި ހިފުމަށްފަހު އޭނާގެ އިނގިލިތަކާ ކުޅެލަމުން ރިޝްފާގެ މޫނަށް ބަލާލިއެވެ. “އެވަރު ކަމަކާތަ ތި ރޮނީ؟ އެނގޭތަ! އަހަރެންވެސް މިއުޅެނީ މާލެ ދާށޭ ވަރަށް އަވަހަށް!!”

ޝިމާލް މިހެން ބުނުމާއެކު ރިޝްފާ އޭނާގެ އަތް ޝިމާލްގެ އަތުތެރެއިން ދަމައިގަތެވެ.

“ބަލާބަލަ އެއޮށް ނޭފަތް ދިގުވަނީ؟” ޝިމާލުގެ ނޭފަތުގައި ހިފަމުން ރިޝްފާ ބުނެލިއެވެ. “ތި ހަދަނީ ހުސް ދޮގު! ޝިމާލުވެސް ތިއުޅެނީ އަހަރެން މާލެ ފޮނުވާލަން ވެގެން!”

“މަމީ ޕިނޯކިޔޯތަ ދޮގެއް ހަދާލާއިރަށް ނޭފަތް ދިގުވާން؟”

“މަޖައެއް ނޫނޭ!!” އަތުން ކަރުނަ ފުހެލަމުން ރިޝްފާ ހީލިއެވެ. “ތިއުޅެނީ ހަމަ އަހަރެން މާލެ ފޮނުވާލަން ވެގެން! ވަރަށް ފޫހި ވޭ! އަހަރެންގެ ސަބަބުން އެހެން މީހުންނަށް އުނދަގޫ ވަންޏާ މަ ހިނގައިދާނަމޭ! ނޫޅެން ކޮންމެހެން މިތާކު އުޅޭހިތަކުންނެއް!!!” ޝިމާލަށް ފަސްދިނުމަށްފަހު ރިޝްފާ އެތަނުން ދިއުމަށްޓަކައި ހިނގައިގަތެވެ.

ނުނިމޭ

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ކަޅި (ހަތަރުވަނަ ބައި)

Next

ކުއްޅަވަށްފާ(9)

Next
July 21, 2016

ކުއްޅަވަށްފާ(9)

Previews
July 18, 2016

ކަޅި (ހަތަރުވަނަ ބައި)

34 Comments!

  1. Hoody says:
    July 19, 2016 at 6:08 am

    hey everyone! 2nd part vex upload kurevijje!!! ummeedhu kuran kamudhaane kamah!! 🙂
    BTW, alhugandakah neyngeyne ingey ehaa romentic scenes genesdheykah!! but varah try kuran eba!! kiyuntherin kudakoh help vedhechey!! :p 😀

  2. Saajii says:
    July 19, 2016 at 6:58 am

    Very nice?

  3. Sun says:
    July 19, 2016 at 7:26 am

    Ooh
    New story of your
    Finally biruveri vaahakaeh noon

  4. Saajidh says:
    July 19, 2016 at 7:28 am

    V reethi mibaives… Mivaru ok ey… konmehen romantic vegen iruirukolhaa kiss kohfa ehen kanthah kuraane kameh neiy…

  5. Aphy says:
    July 19, 2016 at 7:32 am

    hehe….adhi engeyne ekahala scene thah ves gennan…v nice story…

  6. Same says:
    July 19, 2016 at 9:11 am

    v nice, keep it up!

  7. pinkish says:
    July 19, 2016 at 9:21 am

    Hoody, v reethi mibaives,

  8. MIzna says:
    July 19, 2016 at 9:28 am

    Wowww.. Awsmm

  9. aff says:
    July 19, 2016 at 9:47 am

    reethi….☺

  10. Purplish says:
    July 19, 2016 at 9:48 am

    It’s fabulous

  11. Shin says:
    July 19, 2016 at 11:21 am

    V Reethi

  12. Shaai says:
    July 19, 2016 at 11:26 am

    V rythi. N v interest. Avahah up kohdheynan dhw

  13. # says:
    July 19, 2016 at 12:18 pm

    HOODY kihineh tha… hoody thy my favourite writer. I am big fan of u… Friend vevidhaanetha koky……

  14. Hooo says:
    July 19, 2016 at 12:51 pm

    Adie mihaathanah story genna goy varah salhi. Adie use kohfa hunaa basthah ves.
    Den varah ufaa vejje avahaa upkurie ma.
    Hope kuran thigothah upkuraaney kamah.
    All the best

  15. NAAZ says:
    July 19, 2016 at 1:12 pm

    vvvvvv reethi…..haadha hevey rishfa mom dhogu hadhaahen..rish ge dad aky adhunaan dhw…..hihihihi

  16. Neex says:
    July 19, 2016 at 1:23 pm

    Hoodh keep it up!
    v reethi hama.

  17. Aish says:
    July 19, 2016 at 2:06 pm

    Hahahaha hoody vs kiyaa vaahaka ??.. Vrh reethi mi part vs. Ekam adhives part dhigu kohlaa , Eyrun Hama 1. Vrh reethi vrh furihama mi part vs ?☺️

  18. ifaa says:
    July 19, 2016 at 3:00 pm

    nice mi part vx

  19. ifaa says:
    July 19, 2016 at 3:02 pm

    hoody nei tha majaa vaahaka eh like SANAM

  20. The Arrow says:
    July 19, 2016 at 3:12 pm

    Vvv salhi..keep it up..

  21. rosy says:
    July 19, 2016 at 4:38 pm

    VVVV reethi mibaivas

  22. Marsh says:
    July 19, 2016 at 5:42 pm

    V cute.. I love it hooody…. waiting 4 nxt part

  23. Someone says:
    July 19, 2016 at 6:51 pm

    Bunedhy dhaanan romantic gothakah gennan. First hatharu kalhi badhaluvun. Dhen kiss. Dhen ……..

  24. Mini says:
    July 19, 2016 at 6:52 pm

    Yuck. What a thinking of u someone

  25. aff says:
    July 19, 2016 at 7:20 pm

    oh hoody ..hoody ge ehen story thakah haadha kudhin hureyay dhw comnt kohlaafa!!!! Baeh faharu commnt kiyaairu varah heweyy??.. kiyaa kiyaa hus nuvey commnt thah… ☺☺

  26. Appy says:
    July 19, 2016 at 7:43 pm

    Haha ….ekam hiyehh nuvey neyngi hunnaane henneh ……v rythi kn ibaaraai kohfa hurey ….v rythi mi story

  27. Faathee says:
    July 19, 2016 at 8:16 pm

    V reethi. Rishfaa eii adhunaan ge dhari eh hen haadha heeve ey.. hehe salhi vaane Rishfaa male ais ainaan aa eh room eh ga ulhen jehihjeyaa.. kuriyah huri baathaka v eba inthizaaru kurevey

  28. rish says:
    July 20, 2016 at 10:28 am

    veyhaa ves avahakah nxt prt up koh dheythi plx…

  29. vily says:
    July 20, 2016 at 4:06 pm

    Love to read………

  30. baekii says:
    July 20, 2016 at 4:30 pm

    So glad to see you again?
    Love your stories?hwaiting

  31. Lusha says:
    July 20, 2016 at 9:54 pm

    I love it hoody….u are the best igey….waiting 4 the next prt.:)

  32. . says:
    July 20, 2016 at 11:03 pm

    Thank his mivaahakaiga ves ebaulhey rangalhu kuhjheh. Ekahala Anhen kuhjakaa nula kihineh story complete vaani. Goas meehun bahatta gos meehun ge gothugai. Plus varah reethi vaane gos firihen kuhjaaya rangalhu Anhen kuhja gulhuva nama. Because firihenun goas viyas ei massala a noon.

  33. Hoody says:
    July 21, 2016 at 6:46 am

    Hurihaa beyfulhunge hiyaalu thakahvex shukuriyya!! 🙂

  34. Thaany says:
    July 21, 2016 at 8:49 am

    Nice storry

Comments are closed.

Next Episodeއެންމެ ފަހު ނޭވާ ލަމުންވެސް… 3 ވަނަ ބައި←


All Right Reserved!