އެރޭގައި ފަހުން އުނޫޝް ނާޝްއާއި ދިމާލަށް ބަލައިވެސް ނުލައެވެ. ނާޝް ގެޔަށް ލައިދީފައި އޭނާ ދިޔައީއެވެ. ނާޝްގެ ހިތުގައި ކިތަންމެ ވަރަކަށް ޖެހުނު ނަމަވެސް ކެތްތެރިވީ ދުވަސް ކޮޅަކުން އޭނާ އެހެން މީހެއްގެ މީހަކަށް ވާނެއޭ ހިތަށް އަރުވާލަމުންނެވެ.
އެރޭގައި ނާޝް ނިދިން މަހުރޫމްވިއެވެ. އުނޫޝްގެ ހަނދާންތައް ކޮންމެ ދިމާލަކަށް ބަލައިލިޔަސް ފެންނަން ފެށިއެވެ. ނާޝްގެ ހިތުގައި ކުރު ކުރު ލަވައެއްގެ ރާގު ކޮޅެއް ކުޅެލިއެވެ.
ހިއްސުތައް ހެކި ދޭ އަސަރެއްވެޔޭ ފޮރުވިފާ
ހިތި ރަހައެއް އެކުލެވޭ ފޮނި ފޮނި އިހުސާސަކުން
ލޭކަރުނައިން ރޮއްވާލީ ދީފާ އަނިޔާ
އެހިޔާލުތަށް ބަލަން ކެތް ނުވުމުން އޭނާ ދެލޯ މަރާލައެވެ. އެހެނަސް އެހިނދުވެސް އޭނާގެ ލޮލުގެ ކުރިމަތީގައި ހުއްޓިލަނީ އުނޫޝްގެ މޫނެވެ.
ހިއްސުތައް ހެކި ދޭ އަސަރެއްވެޔޭ ފޮރުވިފާ
ހިތި ރަހައެއް އެކުލެވޭ ފޮނި ފޮނި އިހުސާސަކުން
ލޭކަރުނައިން ރޮއްވާލީ ދީފާ ތުރާ
ވާފާތެރި ކެހިވެރިޔާ ވަފާތެރި ކެހިވެރިޔާ
ވަފާތެރި ކެހިވެރިޔާ ……………….
އެމޫނު ކިތަންމެ ވަރަކަށްވެސް ހަނދާނުން ފޮހެލަން އޭނާ ބޭނުމެވެ. ނަމަވެސް އެއީ އެއަށްވުރެ މާ ޖާދުވީ މޫނެކެވެ. މިހާރު އެމޫނު އޭނާގެ ހިތުން ނުފިލައިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. ފަހުމާވެސް އޮތީ އެފަދަ ހާލެއްގައެވެ. ލާމިއު އޭނާއަށް އެހެން ހަދަނީ ކީއްވެ ހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ؟ ލާމިއުގެ ވަފާތެރިކަން ކެހިވެރިކަމަށް ބަދަލް ވީ ކީއްވެ ހެއްޔެވެ؟
ފާޅުގާ ވީ ލޯބި އަދު ކެތް ނުވާ އަނިޔާއަކަށް
ކުރި އެތައް އިތުބާރަކާ ދީ އުފާ ދިލަ ހޫނަކަށް
ދެއްކި ކުލަ ހުވަފެންތަކެއް ވީ ބަދަލް ފުން ވޭނަކަށް
ވަފާތެރި ކެހިވެރިޔާ.. ވަފާތެރި ކެހިވެރިޔާ…..
ނެތް ގަދަރް ޖަޒްބާތަކަށް ނެތް ފިކުރް އިހްސާސަކަށް
ތިފަދަ އަނިޔާވެރި ހިތެއް ވޭހެ ލިބި އިންސާނަކަށް
ގަދަ މީހަކު ދިރި ހުރުން ވާނެހޭ އިންސާފަކަށް
ނޫރް ހިތުގެ ނިއްވާލީ. ދީފާ އަނިޔާ
ވަފާތެރި ކެހިވެރިޔާ ވަފާތެރި ކެހިވެރިޔާ
ވަފާތެރި ކެހިވެރިޔާ…….
ކިތަންމެ ހިތްވަރު ކޮށްފައި ކިޔާންއަށް އޭނާގެ ދިރިއުޅުމުން ޖާގަ ދިނަސް އޭނާގެ ހިތުގެ ހަމައެކަނި ރާޖާއަކީ ލާމިއުއެވެ. އެހިތަކުން އެހެން މީހަކަށް ކުޑަ ޖާގައެއްވެސް ނުދެވޭނެއެވެ.
އެރޭގައި ފަހުން ކިޔާން ގެންގޮސް އަނެއްކާވެސް ލާމިއު ކުރިންވެސް ބަނދެފައި ބައިންދާ ތާގައި ބޭންދިއެވެ. ލާމިއު އެކަމަށް ކުޑަކޮށްވެސް ދެކޮޅެއް ނުވެއެވެ. އޭނާއަށް ފަހުމާ ގެއްލުނީއެވެ. ދެން ފަހުމާއެއް ނުލިބޭނެއެވެ. އެހެން އެއްވެސް އިންސާނެއްގެ ލޯއްބެއް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުން ވަނީ އެ ކޮޓަރި ގަނޑު ތެރޭގައި އިނދެގެން މަރުވާންށެވެ. ފަހުމާއަކީ އޭނާގެ ހަޔާތަށް އައި ހަމަ އެންމެ އިންސާނެކެވެ. ދެން ފަހުމާ ވަކިވެއްޖެނަމަ އޭނާއަށް ދިރި ހުރެވޭނެ ހެއްޔެވެ؟
****
14 ފެބްރުއަރީ 1990
” ދެން އާމިރު. ހަމަ އަހަރެމެން ދެމީހުންގެ ވާހަކަ މަންމަމެން ކައިރީގަ ނުބުނާނީތަ؟ ” ގޭގެ ފޯނުން ޖަމީލާ ވާހަކަ ދައްކަމުން ދިޔައީ އޭނާގެ 2 އަހަރުވީ ލޯބިވެރިޔާއާއިއެވެ.
” ނޫނޭ. ބުނަން ވާނެއްނު. އަހަރެންނަށް ނުދެވިގެން މިއުޅެނީ އަދި މާލެ. އެނގެއެއްނު ޖަމީލާއަށްވެސް އަހަރެން އުޅެންޖެހޭ ގޮތް.” އެކޮޅުން އާމިރުވެސް ވާހަކަ ދެއްކީ ފޯނު ބޫތެއްގެ ތެރޭގައި ހުރެއެވެ.
” ކޮން ދުވަހަކުން ބުނަންތަ ތިމަޑު ކުރަނީ؟ އަވަސް ކޮށް ބުނެބަލަ. ތިހެން މަޑުކުރަން ހުއްޓާ ހުރިހާ ކަމެއް ވާނީ ގޯހުން ގޯހަށް. މިހާރުވެސް ނޭނގެ…” ޖަމީލާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އާމިރު ވާހަކަ ދައްކަން ފެށިއެވެ.
” ހެޔޮނުވާނެ ޖަމީ. އެވާހަކަ ނުދައްކަބަލަ. އަބަދު ގޯސްކޮށް ނުވިސްނަބަލަ. ކޮންމެސް ކަމެއް ރަނގަޅަށް ވޭތޯ ދުއާ ކޮށްބަލަ. އަބަދު ގޯސް ކޮށް އަބަދު ގޯސްކޮށް.” އާމިރު ހިތްހަމަ ނުޖެހޭ ގޮތްވިއެވެ. އެއީ އޭނާ އަބަދުވެސް އެންމެ އަޑު އަހަން ބޭނުން ނުވާ ޖުމްލަތަކެވެ.
” ދެން އެވާހަކަ ނުދައްކާ ކޮން ކަމެއްތަ ކުރަންވީ؟ އެއްވެސް މީހަކަށް އަހަރެންގެ އިހްސާސްތަކެއް ދެނެއެއް ނުގަނެވޭ. އަހަރެން ހީކުރީ އެންމެ ކުޑަމިނުން އާމިރުއަށް ވިސްނޭނެކަމަށް. އެކަމް އާމިރުއަށް ވިސްނޭނީ އަހަރެން އެހެން މީހަކާ ދެވީމަ ކަންނޭނގެ. މާލޭ މީހުންނޭ މަންމަމެން އެއީ. މިޒަމާނުގަ މުއްސަންޖަކާ ނޫނީ މާލޭ މީހެއް ދެވާނެތަ؟ އާމިރު. ގަބޫލް ކޮށްބަލަ. ތީ ރާއްޖެ ތެރޭ މީހެކޭ. ބައްޕަމެން އަހަރެން އެހެން މީހަކާ ހަވާލު ނުކުރަނީސް އާދެބަލަ. އާދޭސް ކޮށްފަބުނަން އަހަރެންނަށްޓަކައި.” ޖަމީލާއަށް އިތުރަކަށް ކެތެއް ނުވިއެވެ. ކަރުނަތަށް އޭނާގެ ލޮލުން ހުއްޓުމެއް ނެތި ވެރެން ފެށިއެވެ.
” ދެން. ތިހެން ނުރޮއެ ބަލަ. އެއްވެސް ކަމެއް ގޯހެއް ނުވާނެ. އަންނަ ހޯމަ ދުވަހު އަހަރެން ފުރާނަން މާލެ ދާން. މިހާރު މިހުރީ ތައްޔާރަށް. ނުރޮއްޗޭ ދެން. އަހަރެން ދާނަމޭ ހުވާ ކޮށްފަ ބުނަން.” މިހެން ބުނެ ޖަމީލާގެ ހިތަށް ހަމަ ޖެހުމެއް ލިބުމުން އާމިރު ފޯނު ކަނޑާލިއެވެ.
ޖަމީލާއަކީ މާލޭގެ ބޮޑު ވިޔަފާރި ވެރިއެއްގެ ހުރި އެންމެ ކުއްޖެކެވެ. ނަމަވެސް އާމިރުއަކީ ރާއްޖެ ތެރޭގައި އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ޒުވާނެކެވެ. ދެމީހުންގެ އާއިލާގެ ދެމެދުގައި އުޑާއި ބިމާއި ހައި ފަރަގް ހުއްޓަސް އެކަކު އަނެކަކަށް ވަރަށް ލޯބިވެއެވެ. ދެމީހުން ދިމާވީ މީގެ 2 އަހަރު ކުރިން ޖަމީލާ ރާއްޖެ ތެރޭ ރަށަކަށް ޗުއްޓީގައި ގޮސް އުޅެނިކޮށްށެވެ. އެދުވަހުން ފެށިގެން އެދެމީހުން ދިޔައީ ސިއްރުން އެކަކު އަނެކަކާ ވާހަކަ ދައްކަމުންނެވެ. މައިންބަފައިންނަށް އެނގެއްޖިނަމަ ވާނެ ގޮތެއް އެކަކަށްވެސް ނޭނގެއެވެ. ނަމަވެސް މިހާރު އެދެމީހުން ބޭނުމީ އަވަހަށް ކައިވެނި ކުރާންށެވެ. އެކަމަށްޓަކައި އާމިރުއަށް މާލެ ނާދެވުމަކީ އެންމެ ބޮޑު އެއްހުރަހެވެ.
ޖަމީލާ ވިސްނީ މިރޭގައި ބައްޕަމެން ކައިރީގައި އާމިރުގެ ވާހަކަ ދައްކަންށެވެ. އޭރުން އާމިރު މާލެ އައުމުގައި ބައްޕަމެންވެސް އެހީ ވެދީފާނެއެވެ. ބައްޕަމެން އެހެން ކުއްޖެއް ހޯދާކަށް ވެސް ނޫޅޭނެ އެއް ނޫން ހެއްޔެވެ؟ މިހާރުވެސް އެތައް ފަހަރަކު ކައިވެންޏާ ބެހޭ ގޮތުން ބައްޕަމެން ސުވާލު ކޮށްފިއެވެ. ނަމަވެސް ޖަމީލާއަށް ޖަވާބެއް ދޭން ނޭނގެ ނީއެވެ. ހިތަށް އަރަނީއެވެ. ބައްޕަމެން ގަބޫލް ނުކޮށްފިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟
…..
އެރޭގެ ރޭގަނޑު ކެއުން ތައްޔާރު ކުރުމުގައި މަންމަ އާއިއެކު ޖަމީލާ އުޅުނީ ވަރަށްވެސް ބުރަކޮށްށެވެ. މިރޭގައި އޭނާ ބޭނުންވަނީ ހުރިހާ ހަގީގަތެއް ބައްޕަމެންގެ ކުރިމަތީގައި ހާމަ ކުރާންށެވެ. އާމިރުއާއި އޭނާގެ ދެމެދުގައި އުފެދިފައިވާ ހުރިހާ އެއްޗެއް ކިޔައިދޭންށެވެ.
ސުފުރާ މަތީގައި ކާ އެއްޗެހި އަތުރާލުމާއިއެކު ޖަމީލާގެ ބައްޕަ ވަދެގެން އައެވެ. ބައްޕަ މުހައްމަދު ފުޅާއިއެކު އިތުރު ދެމީހަކު ހުރުމުން ޖަމީލާ އާއި އޭނާގެ މަންމަ ކުޑަކޮށް ސިހުނެވެ. މުހައްމަދު ފުޅަކީ ދުވަހަކުވެސް އޭނާގެ ރައްޓެއްސެއްވެސް ގެޔަށް ކެއުމަށް ގެންނަ މީހެއް ނޫނެވެ. އޭނާ ރައްޓެހިންނާއި ބައްދަލުވެ އުޅެނީ ހޮޓަލު ހޮޓަލު ތެރެއިންނެވެ.
” އަހަނ. ބައްޕާ. ތީ ކޮން ދެ ބޭފުޅުންނެއްތޯ؟ މިހެން މިބުނީ ކުރިން ބައްޕަ ދުވަހަކުވެސް..” އަދަބު އިހްތިރާމާއިއެކު ޖަމީލާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުވީ މުހައްމަދުފުޅު ވާހަކަ ދައްކަން ފެށުމުންނެވެ. ” އައްދެ ދަރިފުޅާ. މިއަދު މިގެނައީ އެޔަށް ވުރެ މާ ހާއްސަ ދެފަރާތޭ. ފުރަތަމަ މިއިންނެވީ ސުވޭދާ. ދެން މީނީ އޭނާގެ ފިރި ހުސެން. އަދި އެކަކު އިތުރަށް އަންނާނެ އިރުކޮޅަކުން. ” މުހައްމަދުފުޅު އެހެން ބުނެލުމާއިއެކު ޖަމީލާ އެދެމީހުންނަށް ލުއި ހިނިތުންވުމެއް ދެމުން ބަދިގެއަށް ވަނީ ފެން ޖަގު ބަލައެވެ.
” އެއީތަ މުހައްމަދު ފުޅުގެ ކުއްޖަކީ.. ހަމަ ބަރާބަރު. އަހަރެމެން ބޭނުމީ ވީހާވެސް އަވަހަކަށް މިކަން ކުރަން. އަހަރެމެންގެ ސޮރަށް ރަނގަޅުވާނެ އަހަރެމެން ބުނި ކޮންމެ ކުއްޖެއްވެސް. ދެން އޮތީ ތިކޮޅުގެ ބަހެއް.” ތައްޓަށް ރޮށި ކޮށަމުން ހުސެން ބުންޏެވެ. މުހައްމަދު ފުޅުގެ ދަތްޕިލަވެސް ސޭލު އެޅުވިގެން ދިޔައެވެ. އެމީހުންނަށް ނޭނގޭ ކަމަކީ ޖަމީލާ އެހުރިހާ ވާހަކައެއް އަޑުއަހަން ހުރި ކަމެވެ. ” އަހަރެމެންގެ ޖަމީލާޔަކީ މީހުންނާ ރައްޓެހިވެ ގޯސްކޮށް އުޅޭ ކުއްޖެއް ނޫން. އޭނާއަށްވެސް ރަނގަޅުވާނެ އަހަރެމެން ދެއްކި ކޮންމެ މީހެއް. އަވަހަށް މިކަން ނިންމަން އަހަންނަށް ފެންނަނީ.” މުހައްމަދުފުޅު ބުންޏެވެ. އެވާހަކަ މެދު ކެނޑިގެން ދިޔައީ ކާގޭތެރެއަށް ވަދެގެން އައި ޒުވާނާގެ ސަބަބުންނެވެ. އެޒުވާނާ މުޅި ތަނުގެ ހަމަ ހިމޭންކަން ނަގާލީއެވެ.
” މީ އަހަރެމެންގެ ޒާހިދަކީ. ” އެޒުވާނާ ސުވައިދާގެ ކައިރީގައި ހުއްޓިލުމުން ސުވައިދާ ކިޔައިދިނެވެ. ޒާހިދު މުހައްމަދުފަޅުގެ ދެމަފިރިންނަށް އޯގާތެރި ހިނިތުންވުމެއް ހަދިޔާ ކުރަމުން ގޮނޑިއެއްގައި އިށީނދެލިއެވެ. އޭރު ޖަމީލާގެ ހިތުގައި ބޮޑު ސުވާލު މާކެއް އުފެދިއްޖެއެވެ. އަނެއްކާ ބައްޕަމެން އެއުޅެނީ އޭނާގެ ކައިވެނި………. ނޫނެކެވެ. އެހެނެއް ނުވާނެއެވެ. ބައްޕަމެން އެދައްކަނީ ވިޔަފާރިއާއި ބެހޭ ވާހަކައެވެ. މިހެން ހިތަށް އަރުވާލައި ލޮލުން ވެއްޓެން ދިޔަ ކަރުނަ ފޮހެލަމުން ޖަމީލާ ކާގެއަށް ވަނެވެ. އަދި އިސްޖަހާލައިގެން ހުރެ މަންމަ ކައިރީގައި އިށީނދެލިއެވެ.
“ދެން ދަރިފުޅުމެން ރަނގަޅުވާނީ މަންމަމެންނާ ގިނައިން ވާހަކަ ދެއްކީމަ. އެހެންނޫނަސް ދުވަސް ކޮޅެއް ފަހުން ދަރިފުޅު އަންނަން އޮތީ މަންމަމެން ގެޔަށްށޭ.” މަންމައޭ ކިޔައި ޖަމީލާގެ ކޮނޑުގައި ފިރުމާލަމުން ސުވޭދާ ވާހަކަ ދެއްކުމުން ޖަމީލާ އިތުރަށް ހައިރާން ވިއެވެ. އޭނާ ބަލައިލީ އޭނާގެ ބައްޕަގެ މޫނަށްށެވެ. އެހިނދު ބޯ ހަލުވާލަމުން ބައްޕަ އާނއެކޭ ބުނުމުން ޖަމީލާގެ ސިކުނޑިގައި ބޮމެއް ގޮވި ކަހަލައެވެ. އެލިބުނީ ކޮންކަހަލަ ހިތި ހަބަރެއް ހެއްޔެވެ؟ މިއޮއް ހުރިހާ ދުވަހު އޭނާގެ ހިތުގައި އުފެދިފައިވާ ޝައްކު ޔަގީނަށް ބަދަލު ވީއެވެ.
ޖަމީލާއަކަށް ފަހުން ހުސެންމެންގެ ކުރިމަތީގައި ވަކި އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ ނިންމީ ހުސެންމެން ދިއުމުން މިކަމާ ބެހޭ މަޝްވަރާ ކުރާންށެވެ. އެހެން ފަހަރު ފަހަރެކޭވެސް އެއްފަދައިން މިފަހަރުވެސް ބައްޕަމެން އޭނާގެ އެދުމަށް ދެކޮޅު ނަހަދާނެ ކަމުގެ ޔަގީންކަން އޭނާގެ އޮތެވެ.
އެތައް އިރަކު ވާހަކައިގައި ތިބުމަށްފަހު އަހުމަދުފުޅުމެން ނިކުމެގެން ދިޔައީ ހުރިހާ ތައްޔާރީއެއް ވެފައެވެ. ހުރިހާ ނިންމުމެއް ނިންމާފައެވެ. އަދި ނުވިތާކަށް ދެފަރާތުން އެތައް އެއްބަސްވުމެއް ނިންމާފައެވެ. ” ބައްޕާ. އަޅުގަނޑު ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ އެބަ އޮތް.” ކާ ނިންމާލައިގެން ސިންކު ކައިރީގައި ހުރި މުހައްމަދުފުޅާއި މުހާތަބް ކޮށް ޖަމީލާ ބުންޏެވެ. މުހައްމަދުފުޅު ކޮން ވާހަކައެއްހޭ އަހާލުމުން ފުން ނޭވާއެއް ލާފައި ޖަމީލާ ބުންޏެވެ. ” ބައްޕާ. ބައްޕަޔަށް ވުރެ ކުރިން އަޅުގަނޑުގެ ހަޔާތުގެ ބައިވެރިޔާ އަޅުގަނޑު ހޯދައިފިން.”
” ކީކޭ؟ ޖަމީލާ. ދަރިފުޅު… ތިހެން އުޅޭނެ ކަމަކަށް ބައްޕަ ހިތުވެސް ނުލަން. އަނެއްކާ ކާގެ ކޮން ދަރިއެއް؟” ލިބުނު ކުއްލި ސިހުމާއިއެކު މުހައްމަދުފުޅު ބުންޏެވެ.
ޖަމީލާއަށް ހުރެވުނީއެވެ. އާމިރަކީ ކާކުކަން އެނގެއްޖިނަމަ ބައްޕަ ގަބޫލް ވާނެ ހެއްޔެވެ؟ ” ބައްޕާ. އޭނައަކީ… ރާއްޖެ ތެރޭ އާދައިގެ ކުއްޖެއް.” ވަރަށް ހިތްވަރުކޮށްފައި ޖަމީލާ ބުންޏެވެ.
” ދަރިފުޅު މޮޔަވީތަ؟ ދަރިފުޅާ ރާއްޖެ ތެރޭ ކުއްޖަކާ.. ކިހިނެއް ގަބޫލް ވެވޭނީ؟ ނުވާނެ ތިކަމެއް. އަވަހަށް ތިކުޅި ހުއްޓާލާ.” މުހައްމަދުފުޅު އިތުރަށް ރުޅި ގަދަވިއެވެ.
” ބައްޕާ އަޅުގަނޑު ވަރަށް ލޯބިވެޔޭ އޭނަ ދެކެ. ” ޖަމީލާ އާދޭސް ކުރަން ފެށިއެވެ.
” ލޯއްބޭ؟ ދަރިފުޅަށް ތިއުޅެނީ ލޯބި ނޭނގިގެން. މިހާރު މިރާއްޖޭގަ އާއްމު ވެއްޖޭ ލޯބީގެ ސިލްސިލާގަނޑު. ވާހަކައެއް ލިޔުނަސް ލޯއްބަކީ މިވަނި އެއްޗެކޭ މިވަނި އެއްޗެކޭ. ފިލްމެއް ކުޅުނަސް ލޯބި. ލޯބި. ލޯބި.. މީ ރާއްޖެ ތެރޭ މީހުން އަހަރެމެންގެ ދަރިން ހައްލަން ކުލޭ މޮޅު ގޭމެކޭ. ލޯއްބަކީ އެއީ ކޮންމެ މީހެއް ދެކެވެސް ވެވޭނެ އެއްޗެއް. ތިޔަ މީހެއްދެކެ ލޯބިވި ގޮތަށް ޒާހިދުދެކެވެސް ލޯބި ވާން ޖެހޭނީ. ދަރިފުޅަކަށް ދުވަހަކުވެސް ރާއްޖެ ތެރޭ ކުއްޖަކާ ރައްޓެހިވެގެން ނޫޅެވޭނެ. ހަމަ މިހާރު މިކުޅި ހުއްޓާލާ.” އިންޒާރެއް ދެމުން މުހައްމަދުފުޅު ބުންޏެވެ. ޖަމީލާއަށް ރޮވުނީއެވެ. އޭނާގެ ބައްޕަ މިހާ އަޅާލުން ކުޑަވާނެ ކަމަކަށް އޭނާ ހީވެސް ނުކުރެއެވެ. ހުރިހާ ކަމެއްވެސް މިވަނީ ގޯސް ކޮށްށެވެ. ޖަމީލާއަށް އަވަހަށް ގޮސް ކޮޓަރިއަށް ވަދެ ލައިން ފޯނު ނަގައި ޖަހައިލެވުނީ އާމިރުމެން ރަށުގެ ބޫތަށްށެވެ. އަދި މީހަކު ފޯނު ނެގުމުން ވަރަށް އަވަހަށް އާމިރު އަތަށް ފޯނު ދިނުމަށް އެދުނެވެ. ނަމަވެސް އެމީހާ ފޯނު ބޭއްވީ އާމިރު ރަށު ނެތޭ ބުނަމުންނެވެ. ޖަމީލާގެ ހިތުގައި އިތުރަށް ރިއްސަން ފެށިއެވެ. މިވަގުތުގައި އާމިރު އޭނަޔާއި ދުރަށް ދާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ.
2 ދުވަސް ފާއިތުވެގެން ދިޔައީ އެފަދަ ގޮތަކަށްށެވެ. ޖަމީލާ އިރު އިރު ކޮޅާ އާމިރުއާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް މީހެއް ފޯނު ނަގާފައި ބުނަނީ އާމިރު ރަށުގައި ނެތް ވާހަކައެވެ. ކަންތައް މިހާ ހިސާބަށް ދިއުމުން ޖަމީލާގެ ހިތްވަރު އެލެން ފެށުނެވެ. ބައްޕަމެން އެބުނަނީ ތެދު ކަމަށް ގަބޫލް ކުރެވެން ފެށުނެވެ. ރާއްޖެ ތެރޭ ކުދިން ނުލާހިކު މަކަރުގަދަ އެވެ. އެމީހުން ވިސްނަނީ އަމިއްލަ ފައިދާއަށްށެވެ. ޖަމީލާ ނިންމީ މަންމަމެން ބުނި ބަސް ގަބޫލްކުރާށެވެ. އޭނާއަށް ފައިދާއެއް ލިބުންވަނީ އޭރުންނެވެ.
މަންމަ ބުނެގެން ފިހާރަޔަކަށް ދާން ޖަމީލާ ނިކުތީ ގޭގައި ގެންގުޅޭ ސޮރު ބަލިވެގެން ނާންނަތާ އެއް ހަފްތާ ވުމުންނެވެ. އޭރު ގަޑިން ގާތްގަނޑަކަށް ރޭގަނޑު 10 ޖަހާފާނެއެވެ. އެއްވެސް ވަރަކަށް އެމޫނު މަތިން ހިނިތުންވުން ނުދައްކާ ޖަމީލާއަށް ފިހާރަ ހުންނަ ގޯޅި ގަނޑު ހުރަސް ނުކުރެވުނީ މީހަކު އޭނާގެ އަތުގައި ހިފާ ގަޔާއި ދިމާލަށް ދަމައިލުމުންނެވެ. ޖަމީލާ ހަޅޭއްލަވައިގަންނަން އުޅެނިކޮށް އޭނާގެ އަނގަ މަތީގައި އެމީހަކު އަތް އަޅާ ލިއެވެ. ޖަމީލާއަށް އެއީ ކާކުތޯ ބަލާލަން ހުރެވުނީއެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އޭނާގެ އާމިރެވެ. އެއީ އާމިރުކަން އެނގުނު ހިނދު އޭނާގެ އަނގަ މަތިން އަތް ނެގުމަށް ޖަމީލާ އެދުނީ އަތުގެ އިޝާރާތުންނެވެ.
” ކޮބާ ކިހިނެއް އަހަރެންގެ ހަދިޔާ؟ ބުނީމެއްނު 3 ދުވަސް ތެރޭގަ އަންނާނަމޭ. އަދި ވީ އެންމެ 2 ދުވަސް އަހަރެން މިއައީ. ” ޖަމީލާއާއި ދިމާލަށް ބުމަ އަރުވަމުން އާމިރު ބުންޏެވެ. ޖަމީލާއަށް ހީލެވުނީ އާމިރު ވޭތުވެ ދިޔަ 2 ދުވަހުގައި ކަނޑު މަތީގައި ދަތުރު ކުރަން ޖެހުމުން އޭނާއާއި ވާހަކަ ދެއްކޭ ގޮތް ނުވީ ކަން އެނގުނީމައެވެ.
” ދެން ހޭނެ ކަމެއް ނެތޭ. ހިނގާބަލަ އަވަހަށް އަހަރެންގެ ބަފައިބެ ކައިރިން ވަލީ ހޯދަން. ބަފައިބެ އެބަ އުޅޭތަ ގޭގަ؟” ޖަމީލާމެން ގެޔާއި ދިމާލަށް ހިނގައިގަންނަމުން އާމިރު މިހެން ބުނުމާއިއެކު ޖަމީލާއަށް އާމިރުގެ އަތުގައި ހިފާލެވުނީއެވެ. އަދި ބޯ ހޫރާލެވުނީ ނޫނެކޭ ބުނަމުންނެވެ. އޭރު އޭނާގެ ލޮލުގައި ފާއްދާލި ކަރުނަތަށް އާމިރުއަށް އެންމެ ސާފު ކޮށްވެސް ފެނެއްޖިއެވެ. އަދި ޖަމީލާގެ ކަރުނަތަށް ފޮހެލަމުން ވެގެން އުޅޭ ގޮތް ކިޔައި ދިނުމަށް އެދުނެވެ. ޖަމީލާ ވޭތުވެ ދިޔަ 2 ދުވަސް ތެރޭގައި ދިމާވި ހުރިހާ ކަމެއް އާމިރުއާއި ހިއްސާ ކުރިއެވެ.
” ހިނގާ އާމިރު. ހިނގާ. އަހަރެން ގޮވައިގެން ތި ރަށަށް ހިނގާ. އަހަރެން ބޭނުމެއް ނޫން މިރަށުގަ އެންމެ ހިނދު ކޮޅަކުވެސް ކެތް ކުރާކަށް. އަހަރެންނަށް އެހީވާ ލޯބި ދޭނެ އެކަކުވެސް މިހާރަކު ނެތް. ހިނގާ އަވަހަށް ދާން. އަހަރެމެން ދެމީހުންނަށް އުފަލުގަ ދިރިއުޅެވެން އޮތީ އޭރުން. ހިނގާ އަވަހަށް.” އާމިރުގެ އަތުގައި ހިފާ ދަމަމުން ޖަމީލާ އާދޭސް ކުރަން ފެށިއެވެ. އާމިރުއަށް ހުރެވުނީއެވެ. އޭނާއަށް ރަނގަޅު ގޮތާއި ނުބައި ގޮތްވެސް ދެނެ ގަންނަން އުނދަގޫވިއެވެ. އޭނާއަށް އަބަދުވެސް ފައިދާއާއި މަންފާ ލިބެނީ ޖަމީލާ ބުނި ގޮތަށް ކަންތައް ކުރުމުންނެވެ. މިފަހަރުވެސް ވާނީ ހަމަ އެހެންނެވެ.
….
1993
ހިރިގަލުން ރާނާފައިވާ ގެއެކެވެ. އެއްވެސް އަލިކަމެއް ނެތަސް ފުޅި ބައްތީގެ އަލިން ފުދެއެވެ. ކިތަންމެ ބާ ގެޔަކަސް މުޅި ގެވަނީ އުފާވެރިކަމުން ފުރާލެވިފައެވެ. ކުޑަ ކުޑަ ދެ ތުއްތު ފުރާނައިގެ ހެއުމުގެ އަޑުންނެވެ. އެދެކުދިން ކުޅެލައި މަޖާކޮށް އުޅެމުން ދިޔައެވެ. މަންޒަރު ބަލަން ހެވިފައި ޖަމީލާއާއި އާމިރުގެ ދެމަފިރިން ތިއްބެވެ. ކުރިމަތީގައި ސަކަރާތް ޖަހައި އުޅުނީ އެމީހުންގެ އެއްމާ ބަނޑު ދެކުދިން ކަމުގައިވާ ލާމިއު އާއި އީލާމްއެވެ. އިންސާނުން ދުނިޔޭގައި ހުރުމުގެ އުފަލަކީ ފައިސާއާއި މުދާ ނޫންކަން ޖަމީލާ މިއަދު ކިތަންމެ ރަނގަޅަކަށްވެސް ހާމަ ކޮށްދީފިއެވެ. ބައްޕަމެންނާއި އެމީހުންގެ ފައިސާތައް ދޫކޮށްފައި މިއަދު އޭނާ އެއުޅެނީ ކިހާ އުފަލަކު ހެއްޔެވެ؟
ހެވިފައި ހުރެ އާމިރުގެ ކޮނޑު މަތީގައި ބޯ އަޅާލި ޖަމީލާ ސިހިގެން ދިޔައީ އެގޭގެ ދޮރު ފުނޑާލަމުން އިތުރު ބައެއް ވަނުމުންނެވެ. މައުސޫމް އީލާމްއާއި ލާމިއުގެ ހެއުމުގެ އަޑު ރުއިމުގެ އަޑަށް ބަދަލް ވާން ފެށީ ނުދަންނަ ބައެއް ބަޑިތަކެއް ހިފައިގެން އައުމުންނެވެ. ލާމިއުމެންނަށް އެއީ ކޮން ބައެއް ކަން ނޭނގުނަސް ޖަމީލާއަށް ކިތަންމެ ރަނގަޅަކަށްވެސް އެއީ ކޮން ބައެއްކަން އެނގެއެވެ. އެއީ މުހައްމަދުފުޅާއި އޭނާގެ ބައި ގަނޑެވެ.
އިސާހިތަކު އީލާމް ޖަމީލާގެ ފުރަގަހަށް އަދި ލާމިއު އާމިރުގެ ފުރަގަހަށް ވަދެ ނިވާވެލިއެވެ. އާމިރާއި ޖަމީލާ އެކުދިންގެ ބޮލުގައި ފިރުމައިލާ އެއްވެސް ކަމެއް ނުވާނޭ ނުރޯށޭ ބުނެ ހިތްވަރު ދޭން ފެށިއެވެ. އަދި އޮޅުލައި ބައްދައި ހަދަން ފެށީ އެކަކުވެސް ވަކި ނުވާނެކަމުގައި އަޒުމް ކަނޑަ އަޅަމުންނެވެ. ނަމަވެސް ސުކުންތަކަށް ވުރެ ސިކުންތެއް އެމައުސޫމް ކުދިންގެ ރުއިމުގެ އަޑު ބާރުވާން ފެށިއެވެ.
“ބައްޕާ. ކޯއްޗެއް ބޭނުން ވެގެންތަ ތިއުޅެނީ؟ އަހަރެން އުފަލުގަ އުޅޭތަން ބައްޕަމެންނަށް ބަރުދާސްތު ކުރަން އުނދަގޫ ވަނީތަ؟ އަހަރެން މަރުވެސް ވެދާނަން. އެކަމް މިތިބަ ދެމައުސޫމް ކުދިންނާ އަހަރެންގެ ފިރިމީހާއާ ބެހެން ނޫޅޭ. އެމީހުން އުފަލުގަ އުޅުނަ ދީ. ކުށްވެރިޔަކީ އަހަރެން. އެހެންމާ ސަޒާވެސް ލިބެން ވާނީ އަހަރެންނަށް.” ރުޅި އައިސް ރަތްވެ ހުރެ ޖަމީލާ ބުންޏެވެ.
” ބުނަން ވާހަކައެއް. ޖަމީލާއަކަށް މަރުވާކަށް ނުޖެހޭނެ. އެމީހުން އުފަލުގަ ބައި ތިއްބަން ބޭނުމިއްޔާ އާމިރުއާ ދެކުދިން ދޫކޮށްފަ ޒާހިދުއާ ކައިވެނި ކުރަން އާދޭ.” މުހައްމަދުފުޅު ބުންޏެވެ.
” ނޫން. ބުނަން ވާހަކައެއް. ކިތަންމެ މަސައްކަތެއް ކުރިޔަސް އަހަރެންނާ އަހަރެންގެ އާއިލާ ކަލޭއަކަށް ނުރޫޅޭނެ. ބޭނުމިއްޔާ އަހަރެމެން އެންމެންގެ ގަޔަށް ބަޑި ޖަހާ މަރާލާ. ސުވަރު ގޭގަ ހަމަ ގައިމުވެސް އަހަރެމެން އުޅޭނީ.” އާމިރު މިހެން ބުނީ ޖަމީލާއާއި ދެކޮޅަށްށެވެ.
” ކަލޭމެން މާ މޮޅު ވާން ނޫޅޭ. އަދި ބުނެފިއެއްނު ސުވަރުގޭގަ ބައްދަލް ވާންށޭ. އާއިލާ ނުރޫޅާ ލެވޭނޭ. ބަލައްޗޭ އަހަރެން މިފަހަރު ހަދާ ގޮތް. ތި އާއިލާއިން ދެ މީހުން ސުވަރު ގެއަށް. އަނެއް ދެމީހުން ދުނިޔޭގަ. ” މިހެން ބުނެ މުހައްމަދުފުޅު ބަޑި ހެޔޮވަރު ކޮށްލީ ލާމިއުއާއި އާމިރުގެ ތެރެއިން ކޮންމެސް އެކަކާއި ދިމާލަށްށެވެ. ޖަމީލާއަށް ދެލޯ މަރައިލެވުނީ އެވަގުތުގައެވެ. އަދި ވަލު ދޮރާށިން ނިކުންނަން ދުއްވައިގެނެވުނީ އިލާމް އުރާލަމުންނެވެ. ކޮންމެހެނެއް ވިޔަސް ދިރިހުންނަން އޭނާ ބޭނުމެވެ. އޭނާއަށް ބާރަކަށް ދުވެފައި ދެވުނީ ބަނދަރާއި ހަމައަށްށެވެ. އެވަގުތުގައި ނައްޓާލަން ތައްޔާރުވެފައި އޮތް ދޯންޏެއް ފެނި ޖަމީލާ އީލާމް ގޮވައިގެން އެޔަށް އެރީއެވެ.
*****
” ލާމިއު. އާމިރު.. ލާމިއު.. އާމިރު..” އެތައް ދުވަހެއް ވަންދެން ނިދީގައި އޮތް ޖަމީލާއަށް ހޭލެވުނީ މިހެން ބުނަމުންނެވެ. އޭރު އޭނާގެ ގާތުގައި ހުރި ޑޮކްޓަރަށްވެސް ޖަމީލާގެ ބޮލުގައި ފިރުމާލެވުނީ “ދައްތާ” އޭ ގޮވަމުންނެވެ. ކުޑަކޮށް ދެލޯ ހަނި ކޮށްލެވުމާއިއެކު ޖަމީލާއަށް ކުރިމަތީގައި ހިނގާ ހުރިހާ މަންޒަރެއްވެސް ފެންނަން ފެށިއެވެ.
” ދައްތަ؟؟ ރަނގަޅު.. ވީ އެއްވެސް… ފަރުވާޔަކާ ނުލާ؟؟؟ މިއޮއްފަދަ ހެނދުނު އިރު އެރީ އެހެން ކޮޅަކުންތަ؟؟؟؟” ސުވާލު އުފެދިފައި ހުރެ ޑޮކްޓަރގެ ހިތަށް އެރިއެވެ.
” ދައްތާ. ދައްތަ ރަނގަޅު ވިއްޔޭ. އީލާމް ކިހާ އުފާވާނެ ދައްތަ ރަނގަޅުވި ހަބަރު ލިބިއްޖިއްޔާ. ” އުފާވެފައި ހުރެ ޑޮކްޓަރ ބުންޏެވެ. ޖަމީލާއަށް ވަރަށް އުނދަގުލުން ހީ ލެވުނެވެ.
” ކޮބްބަބާ އަހަރެންގެ އިއީލާމް؟” ހަމަ އެހައި އުނދަގުލުން ޖަމީލާ އަހައިލީ އީލާމް ފެންނަން ނެތުމުންނެވެ. ޑޮކްޓަރަށް ބަސް ހުއްޓިފައި ހުރެވުނީއެވެ. އޭނާ އީލާމް ކުރަމުން އެދާ ގޯސް އަމަލުތަކުގެ ވާހަކަ ޖަމީލާ ކައިރީ ބުނެފިނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟
” ކޮބާ އީލާމް؟ ” އަނެއްކާވެސް ޖަމީލާ ތަކުރާރު ކޮށްލިއެވެ.
****
” ބަލަ. މިއޮތީ ލާރި ބޮނޑި ބޮނޑި. އެކަމް މިލިބޭނީ މިއަދު މަށާ ފަހުމާގެ ރަން ކިއުމަށް ފަހުގަ. އަދި ކަލޭ ތިހެން ހުރެގެނެއް ލާރިއެއް ނުވެސް ލިބޭނެޔޭ އިނގޭ. ކަލޭ ޖެހޭނީ މި ހޯދުމަށްޓަކާ މިއަދުގަ ލާމިއުގެ ހިތަށް ލިބެމުންދާ އަނިޔާގެ ނިޝާން ދައްކަން.” ފޮއްޓެއްގެ ތެރޭގައި ރައްކާކުރެވިފައިވާ އެތައް ފައިސާއެއް ދައްކަމުން ކިޔާން ބުނަމުން ދިޔައެވެ.
” ނިޝާން ދައްކަންށޭ؟ ތިބުނީ؟ ” އަޑު އިވޭ އެއްޗެހި ނޭނގޭ ހާލު އީލާމް ސުވާލު ކޮށްލިއެވެ. ” މިބުނީ ކަލޭ ޖެހޭނެޔޭ ލާމިއުއަށް އަނިޔާ ކުރަން؟ އޭނާގެ ގައިގަ ލަކުނު ލައްވަން. އޭނާގެ ހިތުގެ ޒަހަމްތައް ހަށިގަނޑުގަވެސް ހިއްޕަން.” ކިޔާން ކިޔައި ދިނެވެ.
” ވަޓް؟ ސީ. އަހަރެން ކަލޭއަށްޓަކައި ވަރަށް ގިނަ ކަންތައްތައް ކޮށްދިނިން. ބަޓް މީހުންނަށް އަނިޔާ ދިނުމަކީ އަހަރެންނަށް ވަރަށް އުނދަގޫ ކަމެއް. އެއީ އަހަރެންގެ މަންމަ އަހަންނަށް ދިން ތަރުބިއްޔަތެއް ނޫން. ” އީލާމް ފާޅުގައި އިންކާރު ކުރިއެވެ.
” އޯ މަމާސް ބޯއީ. އަހަރެން ނޫޅެން ކަލޭގެ ހާސަރު ގަނޑު އަހާކަށް. ކަލޭ ލާރި ބޭނުމިއްޔާ ބުނޭ. ” ކިޔާން ގާތަށް ރުޅި އައެވެ. އީލާމް އޯކޭޔޭ ބުނެ ލާމިއު އައްސާފައިވާ ގެޔަށް ވަނީ ހިތާއި ދެކޮޅަށްށެވެ. މިހުރިހާ ކަމެއް ކުރަން ހަގީގަތުގައިވެސް އޭނާ ބޭނުމެއް ނޫނެވެ.
****
” ކީކޭ؟ އީލާމްއާ އެއް ސިފައެއްގަ ހުންނަ ކުއްޖެކޭ؟ އެކުއްޖާގެ ދިރިއުޅުމަށް އީލާމް ވަނިއްޔޭ؟ އަނެއްކާ ލާމިއު…” ކުއްލިއަކަށް ޖަމީލާއަށް އަހައިލެވުނެވެ. ” އާން ދައްތާ. އޭނަޔަށް ކިޔަނީ ލާމިއު.” ޑޮކްޓަރ ބުނި އެއްޗަކުން ޖަމީލާގެ ހިތް ކުޑަ ހިނދު ކޮޅަކަށް ހުއްޓުނު ކަހަލައެވެ.
” ހިނގާބަލަ އަހަރެން ގޮވައިގެން އަވަހަށް ދާން އެތަނަކަށް.” ހިތް އަވަސްވެފައި ހުރެ ޖަމީލާ ޑޮކްޓަރ ކުރެން އެހިއެވެ. ޑޮކްޓަރަށް ” މިހާރު؟” ހޭ އަހާލެވުނެވެ.
” އާން. ހަމަ އެންމެ ސުކުންތެއްވެސް މަޑު ނުކޮށް. އަހަރެން ބޭނުމެއް ނޫން އަހަރެންގެ ކުދިންތައް ނޭނގުމެއްގެ ތެރޭގައި ބައިތިއްބާކަށް.” ޖަމީލާ ބުނި އެއްޗެއް މާ ބޮޑަކަށް ނުވިސްނުނަސް ކޮންމެސް ކަމެއް ގޯސް ވެއްޖެކަން އެނގެ ހުރެ ޑޮކްޓަރ ފޯނު ނަގާ ނަމްބަރަކަށް ޑައިލް ކޮށްލިއެވެ.
*****
” ނޮންނޫ. ތެދުވެބަލަ. 10 ގަ ފަހޫ ތިއްތަޔާ ނަޝާ ދޮންތަގެ ކޮންމެސް ރަނަކަށް އަންނާށޯ ކިޔާފަ މަންމަ އެދިޔައީ. ނޮންނުގެ ރަންވެސް އޮވެޔޯ މަންމަ ބުނީ ޓުޑޭ 4 ގަ.” އީނާޝްއަށް ހޭލެވުނީ އާޔަން މިހެން ކިޔައި ގޮވައިލުމުންނެވެ. އާޔަން ބުނި ގޮތުން ކުޑަކޮށް ހިނި އައެއް ކަމަކު މިއަދަކީ ކޮން ދުވަހެއް ކަން އެނގުމުން އެދޮން މޫނު މިލައި މޯޅިވިއެވެ. ނަމަވެސް މިއީ މާޒީ ހަނދާން ނައްތާލާފައި ދިރިއުޅުމާއިގެން ކުރިއަށް ދާންވީ ވަގުތުކަން ވިސްނުމުން އަވަހަށް ތެދުވެލީއެވެ.
އީނާޝްއަށް ތެދުވެލުމާއިއެކު އަނެއްކާވެސް އޮށޯއްވެލެވުނީ އުނޫޝްއާއި ނަޝާޔާ އެކީގައި އުޅޭ މަންޒަރު ބަލަން އޭނާއަށް ހުރެވޭނެތޯ ސުވާލު އުފެދިފައި ހުރެއެވެ.
” ޔާން. މަންމި ގާތު ބުނޭ ނޮންނު ވަރަށް ނިދި އައިއްސަޔޭ އޮތީ. އިރުކޮޅަކުންނޭ ދެވޭނީ.” އީނާޝް ކުޑަ ބަހަނާއެއް ދައްކާލަމުން އަނެއްކާވެސް އޮށޯއްވެލީ ނިދި އައިސް ގެނެއް ނޫނެވެ. ނަޝަޔާއާއި އުނޫޝް އެކުގައި އުޅޭ މަންޒަރު ބަލަން ނުކުޅަދާނަ ވީމައެވެ.
****
” ކަލޯ. މިއަދު ރަނގަޅަށް ނިޝާން ލައްވަ ދޭނަން އިނގޭ.” ބައި ގަޑި އިރު ފަހުން ހިކި ފަންވަތް ކޮޅެއް ހިފައިގެން އައިސް ލާމިއުއާއި ދިމާލަށް ބަލައިލަމުން އީލާމް ބުންޏެވެ. އީލާމް އިޝާރާތުން ކިހިނެއްވީހޭ އަހައިލިއެވެ. ” ތިޔެއް އެނގޭނީ ހަމަ ކަލޭއަށް. ކަލޭ ކުށް ނުކުރިޔަސް މިހާރު އަދަބު ހައްގީ ކަލޭއަށް.” އީލާމް ބުންޏެވެ. އަދި ވަރަށް މަސައްކަތުން ލާމިއު އާއި ދިމާލަށް ޖަހައިލުމުގެ ނިޔަތުގައި ފަންވަތް ދިއްކޮއްލިއެވެ. ނަމަވެސް މަޑުޖެހިލެވުނީ އޭނާއަށް މިކުރެވެނީ ހަމަ ރަނގަޅު ކަމެއް ބާއޭ ހިތަށް އެރުމުންނެވެ.
ނޫނެކެވެ. އޭނާއެއް ގޯސްކަމެއް ނުކުރެއެވެ. އޭނާ އެކުރާ ކަމެއް އެކުރަނީ މަންމަގެ ހައްގުގައެވެ. މަންމައަށްޓަކައި ކުރާ ކަންތައްތައް ފާފައަކަށް ނުވާނެއެވެ. މީހަކަށް ކިތަންމެ އަނިޔާއެއް ދެވުނަސް އެއީ ކުށެއް ނޫނެވެ. އީލާމްގެ ހިތް ބުންޏެވެ. އަދި ލާމިއުގެ ގައިގާ އިލޮށިން ތަޅަން ފެށިއެވެ. ލާމިއުއަށް ކިތަންމެ ތަދެއް ވިޔަސް ކެތްތެރިވީއެވެ. އޭނާއަކީ ފިރިހެނެއް ކަން ހަނދުމަ ކުރާ ހާލުގައެވެ. އަދި މިއޮއް ހުރިހާ ދުވަހު ގެއެއްގެ ތެރޭގައި ބަންދުވެގެން އޭނާ ހުރި ގޮތަށް މިއަނިޔާތަކަށްވެސް ކެތްކުރަން އަޒުމް ކަނޑައަޅައިގެންނެވެ. ލާމިއުގެ ގައިގާ އިލޮށިން ތަޅަމުން ދިޔައިރު އީލާމްގެ ހިތަށް ފިނިކަން ލިބޭހެން ހީވެއެވެ. މިއޮއް ހުރިހާ ދުވަހު މަންމައަށްޓަކައި ކުރެވުނު ކަންތައްތައް އެސިކުނޑިގައި ހަރުލަން ފެށުމުންނެވެ. އެއިން އޭނާގެ ހިތަށް ފިނިކަން ގެނެސް ދެއެވެ. ލާމިއު ކިތަންމެ ކެތެއް ކުރި ނަމަވެސް ވަމުން ދިޔަ ތަދަށް އިތުރަސް ކެތްކުރަން އޭނާއަށް ނުކުޅަދާނަ ވީއެވެ. އޭނާއަށް އެއްވެސް އަޑެއް ބޭރު ނުކޮށް ރޮވެން ފެށުނެވެ.
” އީލާމް.” އީލާމްއަށް މަޑު ޖެހިލެވުނީ ދޮރުން ވަދެގެން އައި މީހެއް އޭނާގެ ނަމުން ގޮވައިލުމުންނެވެ. އެއަޑުންވެސް އެއީ ކާކުކަން އީލާމްއަށް ދޭހަވިއެވެ. ލާމިއުއަށްވެސް އެއަޑުން އެހެން ކަހަލަ ގޮތެއް ފާހަގަ ކުރެވެން ފެށިއެވެ. ކީއްވެކަން ދެނެވޮޑިގެންވަނީ ހަމަ އެކަނި ﷲއެވެ. އެއީ ޖަމީލާގެ އަޑެވެ.
އީލާމްއަށް ފުރަގަހަށް އެނބުރިލެވުނީއެވެ. އޭރު އޭނާގެ އަތުން ފަންވަތްވެސް ދޫވެއްޖެވެ. އޭނާގެ ލޮލުން ކަރުނައިގެ މުތީތައް ނިރެން ފެށިއެވެ. ” މަންމާ” އީލާމްގެ ދުލުން ބޭރުވީ ހަމަ އެންމެ ލަފްޒެކެވެ. ލާމިއުއަށް ޖަމީލާއާއި ދިމާލަށް ބެލެން ފެށުނީ އެހެން ކަހަލަ ނަޒަރަކުންނެވެ. ތަންކޮޅެއް ކުރިންވެސް އެމޫނު ދެކުނުހެން ހީވާން ފެށިއެވެ. ނަމަވެސް ކޮން ތާކުން ހެއްޔެވެ؟
އީލާމްއަށް ހުރި ތާގައި ހުރެ ދެއަތް ފުޅާ ކޮށްލެވުނީ މަންމަ އަންނާނެ ކަމުގެ އުންމީދުގައެވެ. އާނއެކެވެ. ޖަމީލާ އެދަނީ އީލާމްއާއި ދިމާއިންނެވެ. ނަމަވެސް ޖަމީލާ އީލާމް ފަހަނާ އަޅާ ގޮސް ލާމިއުގެ ކުރިމަތީގައި ހުއްޓިލުމުން އީލާމްއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. ޖަމީލާ އީލާމް ދޫކޮށްލާފައި ލާމިއު ކައިރިއަށް ދިއުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
ޖަމީލާ އަވަސް އަވަހަށް ގޮސް ލާމިއުގެ ގައިގާ އައްސާފައިވާ ވާތައް މޮހެން ފެށިއެވެ. ލާމިއުއަށް އަދިވެސް ވާނުވާއެއް ދޭހައެއް ނުވެއެވެ. ދެން ޖަމީލާ ކޮށްލީ ހަމަ އެންމެ ސުވާލެކެވެ. ” ލާމިއު؟” މިސުވާލު ކުރުމާއިއެކު ލާމިއު އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލުމާއިއެކު ޖަމީލާ ލާމިއުގެ ގައިގާ ބާރަކަށް އޮޅުލައިގަތެވެ.
ލާމިއުއަށް ހުއްޓުން އަރާފައި ހުރެވުނު ގޮތެއްވެސް ނޭނގެއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާގެ ގައިގާ އެބައްދައިގަތީ ނުވެސް ދަންނަ މީހެކެވެ. އީލާމްއަށްވެސް ހައިރާން ވެފައި ހުރެވުނީ ހެއްޔެވެ؟ އަނެއްކާ އޭނާގެ މަންމައަށް އޮޅެގެން ލާމިއުގެ ގައިގާ ބައްދާގަނެ ވުނީ ހެއްޔެވެ؟
” މަންމާ. މިހިރިއްޔޭ އީލާމް. ” އީލާމްއަށް ކެތް ނުވެގެން ބުނެވުނެވެ. ” އަނގަ މަޑުން ލައިގެން ހުރޭ. ތީ އަހަރެންގެ ކުއްޖެއް ނޫން. އަޑު އިވިއްޖެތަ؟ އަހަރެންގެ ކުއްޖާ މިހުރީ ކުރިމަތީގަ.” ލާމިއު އާއި ދުރު ވެލަމުން ޖަމީލާ ހަރުކަށި ކަމާއިއެކު ބުންޏެވެ. ލާމިއުއާއި އީލާމަށް ސިހިފައި ތިބެ ބަލަން ފެށުނީ ޖަމީލާގެ މޫނަށްށެވެ. އޭރު ބޭރުގައި އެއްވެސް އެއްޗެއް ނޭނގޭ ހާލު ޑޮކްޓަރވެސް ހުއްޓެވެ.
” މަންމާ..” އަޑު ދަމާލަމުން އީލާމްއަށް އަނެއްކާވެސް ބުނެވުނެވެ. ” ކިތައް ފަހަރުތަ ބުނާނީ މަށަށް މަންމަ ނުކިޔާށޭ. މަގޭ ކުއްޖާ މިހުރީ ކުރިމަތީގައޭ. އީއްކޮ.. އުހުން އީލާމްއަކަށް އަޑެއް ނީވޭތަ؟ ” އަނެއްކާވެސް ޖަމީލާ ބުންޏެވެ. ޖަމީލާ އައިސް ލާމިއުއަށް ޒަހަމް ލިބިފައިވާ ތަންތާގައި ފިރުމަން ފެށުނެވެ. އޭރުވެސް އެދެލޮލުން ކަރުނަ ހުއްޓުމެއް ނެތި ފައިބަމުން ދިޔައެވެ.
” ދައްތާ..” މިފަހަރު އެއްޗެއް ބުނަން މަސައްކަތް ކުރީ ލާމިއުއެވެ. ” ނޫން. ދަރިފުޅާ. މީ މަންމަ. ދައްތަ އެއް ނޫން. ” ޖަމީލާ ބުންޏެވެ. ” އެކަމް ތީ އީލާމްގެ މަންމައެއްނު. ” ސުވާލު އުފެދިފައި ހުރެ ލާމިއު މިހެން ބުނީ ވަރަށްވެސް މަޑުންނެވެ.
” ނޫން. އީލާމް އެއީ އަހަރެންގެ ކުއްޖެއް ތަންކޮޅެއް ކުރިން. އެކަމް މިހާރު ޒަމާން ބަދަލު ވެއްޖެ. ދަރިފުޅާ. ދަރިފުޅަށް ހަމަ އެއްގޮތަކަށްވެސް މަންމަ ނޭނގޭތަ؟ މަންމަ ދަރިފުޅުމެންނަށް ފުފޫ ކަނދި ބޯންދޭ ހަނދާނެއް ނުވޭތަ؟ މަންމަ ދަރިފުޅަށް ކާންދީ ނިންދައްވާ ހަނދާނެއް ނުވޭތަ؟ މަންމަ ކޮންމެ ދުވަހަކު ހަވީރު ދަރިފުޅު ގޮވައިގެން ބޭރަށް ގޮސް އުޅޭ ހަނދާނެއް ނުހުރޭތަ؟ އަދި.. ދަރިފުޅުގެ ބައްޕަ… ދަރިފުޅުގެ ބައްޕަ ދަރިފުޅު ކޮނޑަށްލާ ހަނދާނެއް ނުވޭތަ؟” ލާމިއުގެ ކޮނޑުގައި ހިފާ ތަޅުވަމުން ޖަމީލާ އަހައިލިއެވެ. ލާމިއުގެ ސިކުނޑީގައި އެތައް ފުސް ހިޔާލުތަކެއް ވެރިކުރަމުން ދިޔައެވެ. ހަމަ ޖަމީލާ އެބުނި ފަދައިން ބައެއް ފަހަރު ކަނދި ބޯނދޭ ތަނެވެ. ނިންދައްވާ ފެންވަރުވާ ކާންދީ ހަދާތަނެވެ. އުފަލުން ގޮސް ހީލާ ތަނެވެ. ނަމަވެސް އެހުރިހާ ކަންތައްތަކެއްގެ ތެރެއިން ފެނިގެން ދިޔައީ ކުރީ ދުވަހު ފެނުނު ހުވަފެން ކުލަ ވެގެން ދިޔަ ތަނެވެ. އެދުވަހުގައި އޭނާ ސަލާމަތްވި ގޮތެވެ.
” މަންމާ.” ލާމިއުއަށް ބުނެވުނެވެ. ފެންކަޅި ވެފައި ހުރެ ޖަމީލާ ބޯ ޖަހައިލީ ލާމިއުއަށް ކޮންމެސް އެއްޗެއް ހަނދާން ވިކަން ދޭހަވުމުންނެވެ. ” ދަރިފުޅާ ހަނދާން ކުރޭ. ފަހުން ދަރިފުޅަށް ކިހިނެއްވީ؟ ދަރިފުޅު ކޮންތާކަށް ދިޔައީ ؟ ކިހިނެއް އެ ނުލަފާ އިންސާނާގެ ކިބައިން ސަލާމަތް ވީ؟ ލާމިއުއަށް އިތުރު އެއްޗެއް ހަނދާން ކޮށްދިނުމުގެ ނިޔަތުގައި ޖަމީލާ ބުންޏެވެ.
” އަހަރެން…. އަހަރެން.. ބައްޕަގެ ގަޔަށް ބަޑި ޖެހި ގަޑީގަ ބައްޕަ އަހަރެން ތަންކޮޅެއް ދުރަށް ހޫރުވާލީ… ވެއްޓުނު ގޮތުން އަހަރެންގެ ބޯވެސް ފަޅައިގެން ދިޔަ.. އެކަމްވެސް ވަރަށް ހިތްވަރު ކޮށްފަ ދުއްވައިގަތީ. އެތަނުން ބޭރަށް ނިކުތް ފަހުން ދިމާވީ ހަފްޒައްތަޔާ.” ލާމިއު އޭނާގެ ސިކުނޑިގައި ސިފަވަމުން ދިޔަ ހުރިހާ މަންޒަރެއް ސިފަ ކޮށްދިނެވެ. ” މަންމާ. އެހުރިހާ ކަމެއް ދިމާވީ ކިހިނެއް؟ އެމީހުން ބައްޕަ މަރާލީ ކީއްވެ؟ ހަފްޒައްތަ އެއީ ކާކު؟” ލާމިއު އޭނާގެ ސިކުނޑިގައި އުފެދިފައިވާ ސުވާލުތައް ކޮށްލިއެވެ. އީލާމްވެސް ޖަމީލާއާއި ދިމާލަށް ބަލައިލީ އެއީ އޭނާވެސް ޖަވާބު ބޭނުންވާ ސުވާލުތައް ކަމުންނެވެ. ޖަމީލާ ކުރު ކޮށް އަދި ފޮނި ކޮށް އެސުވާލުތަކުގެ ޖަވާބު ދިނެވެ. އޭނާ ބުނި ގޮތުގައި ހަފްޒާއަކީ އާމިރުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.
” ހިނގަ ދާން ދަރިފުޅާ. މިހާރުވެސް މާ ލަސްވެއްޖެ. ދަރިފުޅު ހުރިހާ ހަގީގަތެއް މިހާރު ކިޔައިދޭންވީ ވަގުތު އައިސް ޖެހިއްޖެ. ހިނގަ ދާން.” ލާމިއުގެ އަތުގައި ހިފައި ނިކުންނަމުން ޖަމީލާ ބުންޏެވެ. ” މަންމާ. އަހަންނަށް މާފް ކުރޭ.” ޖަމީލާގެ ފިޔަވަޅު މަޑު ޖެހުނީ އީލާމް މާފަށް އެދުނީމައެވެ.
” ދަރިފުޅާ ލާމީ. އާދޭ އަވަހަށް ދާން. މިގޭގައެއް ދަރިފުޅު ފިޔަވައި މާފް ކުރުން ހައްގު އެކަކުވެސް ނެތް.” މިހެން ބުނެ އީލާމްއަށް ފުރަގަސް ދެމުން ޖަމީލާ ނިކުމެގެން ދިޔައީއެވެ.
އީލާމަށް ހުރިތާ ބިން މަތީގައި އިށީނދެލެވުނީއެވެ. އޭނާގެ ހިތަށް މިއަދު ވަރަށް އަސަރު ކޮށްފިއެވެ. އޭނާއަށް ކުރެވުނު ކުށް ގަބޫލް ކުރެވިއްޖެވެ. އޭނާ އެކުށް ކުރީ މަންމަގެ ހައްގުގައި ނަމަވެސް މިއަދު މަންމަވެސް އޭނާ އެކަނި ކޮށްލީއެވެ. ރޮއްވާލީއެވެ. އަނެއްކޮޅުން އޭނާއަށް މިއޮއް ހުރިހާ ދުވަހު އަނިޔާ ކުރެވުނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއާއިއެވެ. ތަގްދީރު އޭނާ ލައްވާ މިކުޅުނީ ކޮންފަދަ ކުޅި ވަރެއް ހެއްޔެވެ؟
******
ނަޝީދުގެ ގެ މިއަދު އެވަނީ ނުލާހިކު ފުރިހަމަ ކޮށް ތައްޔާރު ކުރެވިފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ މިއަދަކީ އޭނާގެ ދެކުދިންގެ ދިރިއުޅުން އާ ފެށުމަކުން ފެށޭ ދުވަހެވެ. އޭނާ ދެކޭ ގޮތުގައި އޭނާގެ ދެކުދިންގެ ތުންފަތް މަތިން ނުފިލާ ހިނިތުންވުމެއް ކުރެހިގެންދާ ދުވަހެވެ. ނަމަވެސް އެދެކުދިންނަށްޓަކާ މިއަދަކީ ކިހާ ބަނަ ދުވަހެއް ކަމެއް އޭނާއަކަށް ނޭނގެއެވެ.
ބޭރުގައި ހުރިހާ ކަމެއް ތައްޔާރުވުމުން ކޮޓަރީގައި ހުރި ފަހުމާ ގެނެސް ދިނުމަށް އެދި ފަހީމާ ކުރެން ނަޝީދު އެދުނެވެ.
ފަހީމާ ކޮޓަރިއަށް ވަތް އިރު ނަޝާޔާ އުޅެނީ ފަހުމާ ތައްޔާރު ކުރާންށެވެ. ފަހުމާގެ މޫނު ކިތަންމެ މޯޅި ވެފައި ވިޔަސް ނަޝާޔާ ހީވަނީ އުފަލުން ގޮސް ފޮޅިފައި އިން މަލެއް ހެންނެވެ. ނަޝާޔާ އެހުރީ ހަމަ ޔަގީނުންވެސް އެހާ އުފާވެފައި ހެއްޔެވެ؟ އެހިނިތުންވުމަކީ ފޭކެއް ހެއްޔެވެ؟ ނަޝާޔާ އުފާވާންވީ ކީއްވެ ހެއްޔެވެ؟ އޭނާއަށް އުނޫޝް ލިބޭތީ ހެއްޔެވެ؟ ސާއިމްއާއި އޭނާ އެހައި ދުރަށް ދާން އުޅޭއިރު ނަޝާޔާ ދެރައެއްވެސް ނުވޭ ހެއްޔެވެ؟
އުނޫޝްއާއިއެކު ކިޔާން އާއި ދިމާކޮށް އުޅުނު ސާއިމްގެ މޫނު މަތިން ފެންނަން ހުރީ ހިތާމައެވެ. އޭނާގެ ހިތުގެ އުދާސްތަކެވެ. ނާޝް އޭނާއަށް ލިބެން އުޅޭއިރުވެސް އޭނަ އުފާ ނުވާންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ ނާޝްއަށް އޭނާގެ ލޯބި ނުލިބޭތީވެ ސާއިމް އެހުރީ ދެރަވެފާ ހެއްޔެވެ؟ ނޫނެކެވެ. ކޮންމެސް ގޯހެއް އެބަ އުޅެއެވެ.
ދެން ހުރީ އުނޫޝްއެވެ. އުނޫޝްގެ ހިތުގައި އޮތް އެއްޗެއް އޭނާގެ މޫނުމަތިން ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އޭނާގެ ހިތުގައި އޮތް އެއްޗެއް އެނގޭނީ ހަމަ އޭނާއަށްށެވެ. އިނގޭހާވެސް އެއްޗަކީ އޭނާ އެހުރީ ވަރަށް އުފަލުން ކަމެވެ. ކީއްވެ ހެއްޔެވެ؟ އޭނާގެ އަތުން އޭނާގެ ލޯބި ބީވެގެން މުޅި އުމުރަށްވެސް ދާތީ ހެއްޔެވެ؟ އޭނާއަށް ނަޝާޔާއި އެކު އާ ހަޔާތެއް ފަށާން ޖެހޭތީ ހެއްޔެވެ؟ ނާޝް އެހެން މީހަކާއިއެކު ހަޔާތެއް ފަށަން އުޅޭއިރު އޭނާ އެހައި އުފާވާން ވީ ކީއްވެ ހެއްޔެވެ؟
ދެން ކިޔާންގެ ގޮތް އެންމެނަށްވެސް އެނގޭނެއެވެ. އޭނާގެ ނުލަފާ މަކަރުވެރި “ޕްލޭން”އާއި އެއްގޮތަށް ހުރިހާ ކަމެއް ވާއިރު އޭނާ އުފާ ނުވެ ހުންނާނެ ހެއްޔެވެ؟ ނޫނެކެވެ. އޭނާ އުފަލެއް ނުވާނެއެވެ. އެކަހަލަ މީހުންނަކަށް އުފާވާކަށް ނުވެސް އެނގޭނެއެވެ. އޭނާއަށް އެނގޭނީ ނުލަފާ ވާންށެވެ.
*****
ފަހުމާގެ އަތުގައި ހިފައިގެން ގެންގޮސް މޭޒެއްގެ ދޮށުގައި އިން ގޮނޑިއެއްގަިއ ބައިންދަމުން ފަހީމާ ތަންކޮޅެއް ދުރުގައި މަޑު ޖެހިލިއެވެ. އޭރު ކިޔާންގެ ނަޒަރު އެންމެ ހިނދު ކޮޅަކަށްވެސް އެހެން ދިމާލަކަށް ދަތުރު ނުކުރެއެވެ. ފަހުމާގެ އެރީތިކަން އޭނާއަށް ލިބެން އުޅެނީއެވެ. ނަމަވެސް ފަހުމާގެ ހިތަށް ވާވަރު އެނގޭ މީހަކު އެތާގައި އެބަ ހުރި ހެއްޔެވެ؟
” މަޑުކުރޭ.” ހުރިހާ އެންމެންނަށް ބޭރު ދޮރާއި ދިމާލަށް ބަލައިލެވުނީ މީހެއްގެ އަޑު އިވިގެންނެވެ. އެއީ ކާކުކަން ސާއިމްމެންނަށް ނޭނގުނަސް އަމީނާމެންނާއި ފަހީމާމެންނަށް އެއީ ޖަމީލާކަން ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. ނަމަވެސް ޖަމީލާގެ ކައިރީގައި ޝާން ހުރުމުން އެމީހުންގެ މެދުގައި އިތުރަށް ސުވާލު އުފެދުނެވެ.
” ޖަމީ؟” ނަޝީދުމެންގެ ދެމަފިރިންނާއި މިފްޒަލްގެ ދެމަފިރިންނަށް އެއްފަހަރާ ބުނެވުނެވެ.” ޝާންގެ މަންމަ ދޯ.” ނަޝާޔާއަށް އެހެން ބުނެވުނީ ކައިރީގައި ލާމިއު ހުރުމުންނެވެ.” ނޫނޭ. އެހެނެއް ނުވާނެ. އެއީ ލާމިއުގެ މަންމަ.” މިފްޒަލްއަށް ބުނެވުނެވެ. މިފްޒަލް ބުނި އެއްޗަކުން ކިޔާންއަށް ހިނދިރުވާލެވުނީއެވެ. މިއަދުގައި ކަންތައްތައް ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟
” ހޫންންން.. ރަނގަޅަށް ތިބުނީ. އެކަމް ތީގެ އެކަކަށްވެސް އެނގޭތަ ޝާންއަކީ ކާކުކަން؟ ލާމީއަކީ ކާކުކަން؟” ޖަމީލާ ކޮށްލި ސުވާލަކުން އެންމެންނަށް ސުވާލު އުފެދިފައިތިބެ އެކަކު އަނެކަކަށް ބެލެން ފެށުނީއެވެ. ” އާންންން.. ކައިރީގަ ތިހުރީނު ޝާން. ދެން ޖަމީލާގެ ލާމިއުގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ. ޖަމީލާ ކޮން ތާކުން ތިއައީ؟ ކުއްލިއަކަށް ގެއްލުނު ގޮތެއްވެސް ނޭނގެ ވިއްޔަ. އަހަރެމެން މިތިބީ ޖަމީ މަރުވީ ކަމަށް.” ނަޝީދު ބުންޏެވެ.
” ޝާން ރަނގަޅުތަ؟ ” ނަޝީދު ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދީ އަނެއްކާވެސް ޖަމީލާ ކުރީ ސުވާލެކެވެ. ޖަމީލާ މިހެން ބުނުމާއިއެކު ފަހުމާ އޭނާގެ ގައިގާ ބައްދައިގަތެވެ. ލާމިއުގެ މަންމަ ދެކިލަން އޭނާ ކިތަންމެ ބޭނުމެވެ. ” މަންމާ. އެނގޭތަ؟ ލާމީ.. ލާމީ… އަހަންނަކީ ލާމީގެ އަނބި.. ކުރީގެ އަނބި މީހާ. ލާމީ. މިހާރު ވަރަށް ގޯސް. ނޭނގެ ވީ ގޮތެއްވެސް ކުއްލިއަކަށް. އެންޑް ބަލާބަ. އަހަރެން ބަނޑުބޮޑު. ލާމީގެ ބޭބީއެއް މިއޮތީ. ” ރޮވިފައި ހުރެ ފަހުމާ ބުންޏެވެ.
ޖަމީލާ މަޑުމަޑުން ލާމިއުގެ އަތަށް ފަހުމާގެ އަތް ލިއެވެ. ފަހުމާއަށް ހަިއރާންވެ ހުރެ ބަލައިލެވުނީ ޖަމީލާއާއި ލާމިއުގެ މޫނަށްށެވެ. ޝާން…ލާމިއު..؟؟؟ އަނެއްކާވެސް އޭނާގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ.
” ނޫނޭ ޖަމީލާ. އަހަރެމެންގެ ކުއްޖާޔާ ކައިވެނި ކުރެވެން އުޅޭ ކުއްޖާ މިހުރިއްޔޭ ކައިރީގަ.ތީ އޭނާގެ ރައްޓެއްސެކޭ.” ނަޝީދު ކިޔައި ދިނުމުގެ ނިޔަތުގައި ބުންޏެވެ.
“އަހަރެން ބުނީ ޝާން ގޯސްހޭ؟” އަނެއްކާވެސް އެސުވާލު ޖަމީލާ ތަކުރާރު ކޮށްލިއެވެ.
” ނޫނޭ. ޝާން ހަމަ ވަރަށް ބަރާބަރު މީހެއް އެއީ. އެކަމް ޖަމީލާ. އަހަރެމެންގެ ކުއްޖާ ކައިވެނި ކުރަން ހަމަ ޖެހިފަ ހުރީ އެހެން މީހަކާއޭ. ވަރަށް ރަނގަޅު ހިތްހެޔޮ ކުއްޖަކާ. ކިޔާން.” އަނެއްކާވެސް ވާހަކަ ދެއްކީ ނަޝީދުއެވެ.
” އެހެންތަ؟ ނަޝީދުމެން ތިހާ ހަރުދަނާ މީހުން މިކަހަލަ ބޯ ގަޅި ކަންތައް ކުރާނެ ކަމަކަށް އަހަރެން ހީވެސް ނުކުރަން. ކިޔާން؟ ރަނގަޅު ކުއްޖެއް؟ ޕިސް. ޕިސް ނަޝީދު. އަމިއްލަ ދަރި މީހަކާ ކައިވެނި ކުރުވާއިރު ކޮންކަހަލަ މީހެއްތޯ ބަލާވެސް ނުލަންތަ؟ ހަމަ ތަނަކުން ރަނގަޅުހެން ހީވާ މީހަކާ ދެވަނީ ދޯ؟” މާ ބޮޑަށް ސާފު ނުވާނެހެން ޖަމީލާ ވާހަކަ ދައްކަމުން ދިޔައެވެ.
” ދައްތަތަ.. ކިކީކެކޭ ތި ކިޔަނީ؟” އަޑުގައި ތުރުތުރު ލުމެއް އުފެދިފައިވާ ހާލު ކިޔާން ބުންޏެވެ. ” އެބުނާހެން ތިއުޅެނީ ކިހިނެއް ވެގެންތަ؟” ނަޝީދުވެސް އަހައިލިއެވެ.
” ކިހިނެއްވެގެންހޭ ކޮއްކޮތަ ތިއަހަނީ ކޮއްކޯ؟ މިހުރިހާ ކަމެއް ހިނގާ ދިޔައިރުވެސް ކިހިނެއްވީހޭ ތިއަހަނީ ކީއްވެތަ؟ މި ހުރިހާ ކަމެއްގެ ޒިންމާއަކަށްވެ ހުރެ ދައްތަ ކައިރީ ތިއަހަނީ؟ ” އަދިވެސް ޖަމީލާ ވާހަކަ ދެއްކީ މާ ބޮޑަށް ސާފު ވާ ގޮތަކަށް ނޫނެވެ.
” ޕްލީޒް. ތިބުނަން އުޅޭ އެއްޗެއް ސާފު ކޮށް ބުނެބަލަ.” ނަޝީދު އެދުނެވެ.
” މިބުނަން އުޅޭ އެއްޗަކީ ކަލޭމެންގެ މިތާގަ މިހުރި މައުސޫމް ކިޔާންގެ ފަހަތުގަ ވަނީ އެތައް މަކަރު ތަކެއް. އޭނަ އެހެރީ ފަހުމާ ހާސިލް ކުރަން ވެގެން ލާމިއު ކިޑްނެޕް ކޮށްފަ. އަހަރެންގެ ދެކުދިންގެ ދެމެދުގަ ނަފްރަތު އުފަންކޮށްފަ. ”
” ދެކުދިންނޭ؟”
” އާން. ދެކުދިން. އަހަރެންގެ ހުންނާނެ ދެ ކުދިން. އެއްމާބަނޑު. ވަރަށް ވައްތަރު ވާނެ. ތިކުދިންނަށް މިއޮއް ހުރިހާ ދުވަހު ލާމިއުގެ ސިފައިގަ އެފެނުނީ އަހަރެންގެ ދެވަނަ ކުއްޖާ. އީލާމް. ލާމިއު މިހުރީ އަހަރެންގެ ކުރިމަތީގަ. މީލާމިއުއަކީ. ޝާން އެއް ނޫން. އަހަރެންގެ އެއްމާ ބަނޑު ދެކުދިން ތިބޭތީ އެކަމުގެ ފައިދާ އެހެން މީހެއް ނެގީ. މިހިރަ ސޯލިހު ކަމަށް ހެދިގެން އުޅޭ ކިޔާން. ” ޖަމީލާ ކިޔައިދިނެވެ.
” ޖަމީލާ މޮޔަ ވީތަ؟ ތިއުޅެނީ ހުވަފެނެއް ފެނިގެންތަ؟” ނަޝީދު ގަބޫލެއް ނުކުރިއެވެ.
” މިއޮތީ ހެކި. ” ގެޔަށް ވަދެގެން އަންނަމުން އީލާމް ބުންޏެވެ. ހުރިހާ އެންމެންނަށް އެއްފަހަރާ އީލާމްއާއި ދިމާލަށް ބަލަން ފެށުނެވެ. އީލާމް އައި ގޮތަށް އައިސް ދިއްކޮށްލީ އޭނާގެ އައިޑީ ކާރޑެވެ. ކިޔާންއަށް ފުރަގަހަށް ފިޔަވަޅު އެޅެން ފެށުނީ ހުރިހާ ކަމެއް ފަޅާ އެރީކަން އެނގުނީމައެވެ. ނަމަވެސް އޭގެ ކުރިން ލާމިއު އައިސް ކިޔާންގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓާލިއެވެ. އަދި އަނެއްއަތުން ފޯނު ނަގާ ޕޮލިހަށް ފޯނު ކޮށްލިއެވެ.
****
ގަޑިން 1 ޖަހައިފިއެވެ. ނާޝް ތެދުވަން ހިތަށްވެސް އެރީ ދެނެވެ. މިހާރު ވަރަށް ލަސް ވެއްޖެއެވެ. އަދިވެސް މަންމަމެން ނާދެއެވެ. އަނެއްކާ ހުރިހާ ކަމެއް ރަނގަޅު ހެއްޔެވެ؟ މަންމަމެން އެހާ ލަސްވީ ކީއްވެ ހެއްޔެވެ؟ ނާޝްއަކަށް އިތުރަކަށް ކެތެއް ނުކެރެވުނެވެ.މިއަދު މަންމަމެން ކޮބާ ތޯ އޭނާ ހޯދާނެއެވެ.
ރީތި ވެލައި ބޮލަށް ބުރުގާ މަހައިލަމުން ނާޝް ނިކުތީ ފަހުމާމެން ގެއަށް ދާން ށެވެ. އޭނާއާއި ސާއިމްގެ ރަން ކިޔުން 4 ޖަހާއިރު އޮންނައިރު އެހައި ލަސްވާތީ ކޮންމެސް ކަމެއް ގޯސްކަން އޭނާއަށް އެނގެއެވެ.
އެގޭގެ ކުރިމަތީގައި ހުއްޓިލުމާއިއެކު ނާޝް ހައިރާންވިއެވެ. ރަން ކިޔާތީއޭ ކިޔާފައި އެގޭގައި އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ. ނުވިތާކަށް ބޭރު މަގު މަތިން މީހަކުވެސް ފެންނަން ނެތެވެ. މިއީ އަޖައިބެކެވެ. އީނާޝް އެގޭގެ ދޮރު މަތީގައި ހުއްޓިލުމަށްފަހު ބެލް ޖަހައިލިއެވެ. އެތެރެއިން މީހަކު ހުޅުވައިލީ ނަޝާޔާއެވެ. ނަޝާޔާގެ އަތުގައި ހިފާލައިގެން ސާއިމް ހުރުމުން ނާޝްގެ ހިތުގައި އިތުރަށް ޖެހުނެވެ. ކުރިން އުނޫޝް އޭނަ ދޫ ކޮށްފަ ދިޔައީއެވެ. މިފަހަރު ސާއިމް… ހެއްޔެވެ؟ އޭނާއަށް މިވަނީ ކީއް ހެއްޔެވެ؟
ނާޝް އެއްވެސް އެއްޗެކޭ ނުބުނެ އެތެރެއަށް ދެމި ގަތީއެވެ. އޭރު ސޯފާގައި އިށީނދެލައިގެން އުނޫޝް އިނެވެ. އިތުރު މީހަކު ފެންނަ ހިސާބުވެސް ނެތެވެ. ” ކޮބާ އެހެން މީހުން؟” އިސްޖަހައިގެން ހުރެ ނާޝް މިހެން އަހައިލީ ނަޝާޔާ ކުރެންނެވެ. ” ނޭނގެ.” ނަޝާޔާގެ ފިނި ޖަވާބުން ނާޝްއަށް ބުމަ އަރުވާލެވުނީއެވެ.
ނާޝް މުޅި މާހައުލަށް ނަޒަރު ހިނގަމުން ދިޔައީ އިތުރު މީހަކު ނެތީހޭ ހިތަށް އަރައިގެންނެވެ. މިއަދުގައި މިވަނީ ކޮންކަހަލަ ކަންތައްތަކެއް ހެއްޔެވެ؟ ހުރިހާ ކަމެއް ހާދަ ތަފާތެވެ. ނާޝް ސިހިގެން ދިޔައީ ފުރަގަހުން އައިސް މީހަކު އޭނާގެ އަތުގައި ހިފާލުމުންނެވެ. ފުރަގަހަށް އެނބުރެލި ބަލައިލިއިރު އުނޫޝް ހުރިތަން ފެނިފައި ނާޝްއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. އެއީ ހަމަ އުނޫޝް ހެއްޔެވެ؟ ކުރިން އޭނާ ފެންނަ އިރަށް މޫނު އަނބުރާލާ އުނޫޝް މިއަދު އެހުރީ ހިނިތުން ވެގެންނެވެ. ހީވާ ކަހަލައެވެ. މީގެ 8 އަހަރު ކުރީގެ އުނޫޝް އަނބުރާ އައީއެވެ. މިއީ ހުވަފެނެއް ހެއްޔެވެ؟
” ނާޝް.” އުނޫޝްގެ ދުލުން ބޭރުވީ އޭނަ އެންމެ އަޑު އަހަން ބޭނުންވި ބަހެވެ. ” އުނޫތަ ހަމަ؟” ނާޝްއަށްވެސް ސުވާލު ކުރެވުނީ ގަބޫލް ކުރަން ދަތިވީމައެވެ. ” ނާޝް. އަމް ސޮރީ. އަހަންނަށް ނާޝްގެ އެއްވެސް ވާހަކައެއް އަޑު ނޭހުނީމަ.” އަނެއްކާވެސް އުނޫޝް ވާހަކަ ދެއްކިއެވެ. އުނޫޝްއަށް މިހައި ބޮޑު ބަދަލެއް އެއައީ ކިހިނެއް ހެއްޔެވެ؟ އުނޫޝް އެދައްކަނީ ކޮން ކަހަލަ ވާހަކައެއް ހެއްޔެވެ؟
” ކީކޭތަ ތިކިޔަނީ؟ ކިހިނެއްތަ މިވަނީ؟ އުނޫ. ބުނެދީބަ ޕްލީޒް. ” ނާޝް އާދޭސް ކުރަން ފެށިއެވެ. ” މިވާ ގޮތް ކިޔައި ދޭންވީ ދޯ. އާދޭ.” ނާޝްގެ އަތުގައި ހިފާ ސޯފާ ކައިރީގައި ހުއްޓިލަމުން އުނޫޝް ބުންޏެވެ. އަދި ނާޝް ސޯފާއެއްގައި ބައިންދާ ނާޝްގެ ކައިރީގައި ބިންމަތީގައި އިށީނެވެ.
“ވީ ގޮތަކީ އިއްޔަ ރޭގަ ނާޝް ގެޔަށް ލާފަ….
****
ނާޝް ގެޔަށް ލާފައި އުނޫޝް އޭނާގެ އަމިއްލަ ގެޔަށް ދާހިތެއް ނުވިއެވެ. ދިޔަޔަސް އަބަދު އިވޭނީ ހަޅޭއްލަވާ އަޑެވެ. އޭނާ ނަޝާޔާއާއި ރައްޓެހިވިފަހުން އަބަދުގެ އާދައަކި އެއީއެވެ. އުނޫޝް ނަޝާޔާމެންގެޔަށް ވަތް އިރު ދޮރު ހުރީ ހުޅުވާފައެވެ. އެހެންކަމުން އެއްވެސް ހުއްދަޔަކާއި ނުލާ އޭނާއަށް އެތެރެއަށް ވަދެވުނެވެ. އުނޫޝް އެތެރެއަށް ވަތް ވަގުތު އެގޭގެ ގެސްޓް ކޮޓަރިން ކޮންމެސް ބައެއް ވާހަކަ ދައްކާ އަޑު އިވެއެވެ. އޭނާ އެއީ ކޮން ބައެއްތޯ ބަލައިލަން ޝައުގުވެރިވެ ހުރެ ކުޑަކޮށް ހުޅުވިފައިވާ ދޮރުން އެތެރެ ބަލަން ފެށިއެވެ.
” ޕްލީޒް. ސާމް. ނުދޭބަ. އަހަރެންނަށް މާފް ކޮށްދީބަލަ.” ސާއިމްގެ އަތުގައި ހިފާ އާދޭސް ކުރަމުން ނަޝާޔާ ދިޔައެވެ. ” ނަޝާޔާ އަހަރެންވެސް ބުނާނީ ހަމަ ޕްލީޒް އޭ. އަހަރެން ދޫކޮށްލާށޭ. މީހަކަށް ފެނެއްޖިއްޔާޔޯ. ތީ ރަނގަޅު ގޮތެއް ނޫން. އަހަރެން މާދަން އެހެން މީހަކަށް ރަން ކިޔަމޭ.” ސާއިމް ބުނަމުން ދިޔައެވެ. އޭނާ ބޭރަށް ދާން ވަރަށްމަސައްކަތް ކުރިއެވެ. ނަމަވެސް ނުދެވިގެން އެއުޅެނީ އޭނާގެ އަތުގައި ނަޝާޔާ ހިފަހައްޓައިގެން ހުރީމައެވެ. ގަދަކަމުން އަތް ނައްޓުވަން ހަދައިގެން ނަޝާޔާއަށް އަނިޔާއެއް ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އަންހެން ކުދިންނަށް ގަދަރު ކުރަން އޭނާ ދަނެއެވެ.
” ސާމް. އަހަރެން ދެކެ ލޯބި ނުވަންޏާ ކީއްކުރަން މިގެޔަށް ތިއައީ؟ އަޅެ ސާމް ޕްލީޒް. ” ނަޝާޔާގެ އަޑުގައި ވަނީ އެތައް އާދޭހެކެވެ. ” ބުނަންތަ ނަޝާޔާ އަހަރެން ވާހަކައެއް. އަހަރެން ލޯބިވަނީ ހަމަ އެކަނި އީނޫދެކެ. މާދަމާ ރަން ކިޔައޭ. ދެން އަނެއްކޮޅުން ތިހެން ކަންތައް ކުރީމަ ހާދަ ގިނަ ބައެއްގެ ދިރިއުޅުމެކޭ ހަރާބުވަނީ.” ސާއިމް ބެލީ ނަޝާޔާއަށް ވިސްނައިދެވޭތޯއެވެ.
” އެހެންތަ؟ އަހަރެން ބުނާ ގޮތަށް ކަންތައް ކުރީމަތަ ދިރިއުޅުން ހަރާބުވާނީ. ނޫނީ ސާމް ބުނި ގޮތަށް ހެދީމަތަ؟ ސާމް. އައި ނޯ އަހަންނަށް ދިރިއުޅުމުގަ ވަރަށް ބައިވަރު ކުށް ކުރެވިއްޖެ. އީނޫއަށް އޭނާގެ ލޯބި ނުލިބުނީ އަހަންނާ ހެދި. އަހަރެން އީނޫ ކައިރީ ދޮގު ވާހަކަ ދެއްކީ. ޕްލަސް އައި ނޯ އީނޫގެ ލައިފްގަ ވަރަށް ގިނަ ކަންތައްތައް ހިނގި. އެކަމް އެއި އެޒަމާން. އެއީ ކުށް ކުރެވުނު ޒަމާން. ދެން ސާމް ތިދައްކަނީ މިހާރު އަހަރެން މިނިންމުމުގެ ސަބަބުން ދިރިއުޅުން ހަރާބު ވާ ވާހަކަ. އެ ކިހިނެއް؟ ސާމްއަށް އެނގޭނެ އީނޫ(ނާޝް) އުނޫދެކެ ލޯބިވާވަރު. އެންޑް އަހަންނަށް އެނގޭ އުނޫ އޭނާގެ ނާޝްދެކެ ލޯބިވާވަރު. އަދި އަހަރެންވެސް ސާމް ދެކެ… އުހުން ލީވް ދެޓް. އަހަންނާ ދޭތެރެ ނުވިސްނާ. ވިސްނަބަލަ އީނޫމެން ދެމީހުންނާ މެދު. އަހަންނަށް އެނގޭ ސާމް އީނޫއަސް ވައުދު ވިކަން އޭނާގެ ލޯބީ ހޯދައިދޭނެ ކަމަށް. ދެން ކީއްވެތަ އިންކާރު ތިކުރަނީ؟” މިފަހަރު ނަޝާޔާ އެބުނި އެއްޗަކާއިމެދު ވިސްނަން ސާއިމްއަށް މަޖްބޫރު ވެއްޖެއެވެ. ތެދެކެވެ. އޭނާ ނަޝާޔާއާއި ގުޅެއްޖިނަމަ ނާޝްއަށް އޭނާގެ ލޯބި ލިބޭނެއެވެ. ސާއިމް އެދޭގޮތަކީ އެއީއެވެ. ނާޝް އުފަލުގަ ހުރިއްޔާ އޭނަވެސް ހުންނާނީ އުފަލުގައެވެ.
” ކޮން ހަގީގަތެއް؟ ކޯއްޗެއް ނަޝާ އަހަންނަށް އޮޅުވާލީ؟ ކޮން ދޮގެއް؟ ނާޝް..” ސާއިމްއާއި ނަޝާޔާއަށް އެއްފަހަރާ ބަލައިލެވުނީ އުނޫޝްގެ އަޑަށްށެވެ. އަދި ހުރިހާ ވާހަކައެއް ކިޔަދިނިއިރު ނަޝާޔާ ހުރީ އިސްޖަހައިލައިގެންނެވެ.
” ވަޓް؟ މިހުރިހާ ކަމެއްވީއިރުވެސް އަހަންނަށް އެނގިވެސް ނުލާ؟ ކީއްވެތަ އަހަރެން ކައިރީ ނުބުނީ؟ ކީއްވެތަ އެކަކަށްވެސް އަހަރެން ކައިރީ ނުބުނީ؟ އަހަރެން ބޭނުން ހަމަ މިހާރު ނާޝް ކައިރިއަށް ދާން. ދެން ނޭނގެ ނާޝް ގަބޫލް ކުރާނެ ކަމެއްވެސް.. އޯ ޝިޓް. ކީއްވެތަ އަހަންނަށް ނާޝްގެ ވާހަތައް އަޑު ނޭހުނީ..” އުނޫޝް ހާސްވާން ފެށިއެވެ. ދެން ނާޝް އޭނާގެ ވާހަކަތައް ގަބޫލް ނުކުރާނެއޭ ހިތަށް އެރުމުންނެވެ.
” ނޫނޭ އުނޫ. އޭނަ ވަރަށް ލޯބިވޭ އުނޫދެކެ. ކޮންމެ ދުވަހަކު އުނޫ އަޔަސް އޭނަ ހުންނާނީ ހަމަ ތައްޔާރަށް.” ސާއިމް ބުންޏެވެ. ” އެކަމް ދެން ކިހިނެއް ނާޝް ބައްޕަމެން އޯކޭ ކުރާނީ. މާދަން ރަން ކިއުން.” އުނޫޝްއަށް އަނެއްކާވެސް އަހައިލެވުނެވެ. ” ތިކަމާ ނުވިސްނާ. ތިދެމީހުންގެ ކައިވެނި ނުކުރެވެނީސް އަހަރެން ބަލި ގަބޫލެއް ނުކުރާނަން.” ސާއިމް ޔަގީންކަން ދިނެވެ.
******
އުނޫޝް ނާޝްއަށް އެރޭގެ ކަންތައް ކިޔައިދިނެވެ. އަދި ލާމިއުގެ ހަގީގަތާއި އެ ހަގީގަތަށް ފަހު ވީ ކަންތައްވެސް ކިޔައިދިނެވެ. ” އެނގޭތަ؟ ލާމީގެ ސީކްރެޓް އެނގޫނީމަ ކިޔާން ޖަލަށް ލުމަށްފަހުގަ ސާއިމް ކިޔައިދިނީ ހުރިހާ އެންމެންގެ ކުރިމަތީގަ އަހަރެމެން ދެމީހުންގެ ވާހަކަ. އޭނަ ހުރިހާ ކަމެއްވެސް ކޮށްދިނީ.” އުނޫޝް މިހާ ހިސާބަށް ކިޔައިދިން އިރު މަތީ ކޮޓަރިން ނިކުމެގެން ހުރިހާ އެންމެން އާދެއެވެ. ހުރިހާ އެންމެންވެސް ތިބީ ހިނިތުން ވެލައިގެންނެވެ. ނާޝް ކުޑަކޮށް ލަދު ގަތެއް ކަމަކު ހަމަ އެހާ އުފާވެސް ވިއެވެ. އުނޫޝްއަށް ނާޝްގެ އެކުޑަކުޑަ ހަރަކާތްވެސް ވަރަށް ކަމުދިޔައެވެ.
” ވިލް ޔޫ މެރީ މީ؟” ހުރިހާ އެންމެންގެ ތެރެއިން އުނޫޝް ބުނެލި އެއްޗަކުން ނާޝް އިތުރަށް ލަދު ގަތެވެ. އޭނާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ބެލެން ފެށީ ހުރިހާ އެންމެންގެ ނަޒަރު އޭނާއަށް ހުއްޓިފައި ވާތީއެވެ. ” ދެން އޯކޭޔޭ މިހާރު ނުބުންޏަސް. ބައްޕާ.. އައި މީން ވާން އުޅޭ ބައްޕާ. އޯކޭތަ އަހަރެން ނާޝް ގޮވައިގެން އަތުގަ ހިފާލައިގެން ބޭރަށް ދިޔަޔަސް.” މިފްޒަލް ކުރެން އުނޫޝް އަހައިލިއެވެ. މިފްޒަލް ބޯ ޖަހައިލަމުން ދާށޭ ބުނީ ނާޝް ވެފައިވާ އުފާ އިހްސާސް ކޮސްލެވުމުންނެވެ. އުނޫޝް ނާޝްގެ މަޑުމަޑު އަތުގައި ހިފާލައިގެން ހިނގައިގަތީ ފުރަތަމަ ފަހަރަށް ނާޝްއާއިއެކު މިކަހަލަ ގޮތަކަށް ދާތީ ނާޝް ހުރީ ލަދުން ކަން ދެނެ ހުރެއެވެ.
ގޭގެ ދޮރާއި ހަމައަށް އަރާފައި ނާޝްގެ ހިޔާލަށް އައީ ސާއިމްއެވެ. ސާއިމް ހުރީ އުފަލުން ހެއްޔެވެ؟ ނާޝް ފަހަތަށް އެނބުރެލާ ސާއިމްއާއި ދިމާލަށް ބަލައިލުމުގެ ނިޔަތުގައެވެ. އެވަގުތު ސާއިމް ނަޝާޔާގެ އަތުގައި ހިފާލައި ނާޝްއަށް ދައްކާލީ ގަދަކަމުން ހިނިތުންވަމުންނެވެ. މިއަދު އޭނާ ރޯންވީ ކަމެއް ނުވަތަ ހޭންވީ ކަމެއް އޭނާއަކަށްވެސް ނޭނގެއެވެ. ނާޝްއަށް ސާއިމް ހުރީ އުފަލުގައި ކަން އެނގުމުން އަނެއް ފުށަށް އެނބުރުނެވެ. އެވަގުތު ސާއިމްގެ ލޮލުން ވެއްޓުނު ކަރުނަ ތިއްކެއް އޭނާއަކަށް ނެފެނެއެވެ. އެކަރުނަ ތިކި ވެއްޓުނީ ސާއިމްގެ އަތުގައި ހިފާލައިގެން ހުރި ނަޝާޔާގެ އަތަށްށެވެ. ހީވީ އެކަރުނަ ތިކި ދެމީހުންނަށް އެއްވަރަކަށް ބަހާލީހެންނެވެ.
އަނެއްކާވެސް އުނޫޝްއާއި ދިމާލަށް ބަލައިލަމުން ނާޝްއަށް ހިނިތުން ވެވުނީއެވެ. ދެން އެޖާދުވީ ލޮލަށް ކިތަންމެ ފަހަރަކު އޭނާއަށް ބެލޭނެއެވެ. އޭނާގެ ކޮންމެ ވިންދަކީ އުނޫޝްއެވެ. އޭނާގެ ހިތުގެ ވެރިޔާއަކީ އެއީއެވެ. އޭނާގެ ކުދިކުދި ވެފައިވާ ހިތް ގުޅުނީއެވެ. އޭނާގެ ލޯބި އޭނާއަށް ލިބުނީއެވެ. ނާޝްއަށް ހިތާހިތުން ވައުދު ވެވުނެވެ.” ބޭވަފާތެރިއެއް ދުވަހަކުވެސް ނުވަން އަދި ދުވަހަކުވެސް ނުވެސް ވާނަން..”
ނިމުނީ
33 Comments!
Comments are closed.




Assalam alaikum.. Alhamdhulillah.. Finally my 1st stwrii nimunyy… Swrii las v ma.. I myn itx vvv lat at nyt dw… Bt aslu kulli wakah ushaa bxy v.. U guyx knw tht ushaayakyyy kiyavaa kujjakah v ma bxy vedhaane hama knme vaguthakuvx… BTW hwp u enjoyed thix whole stwrii… C yahh with a nw 1.. Enjoy readin..
Nd EID MUBAARAK hurihaa kudhinnahvx..
heiii burunee kujjaaaa…lol… awesomeee??? stwri nimunyma frdakah dheravi??????? alheyy saaim dhw.. ekm saaim vx kudakh nashaayaa r lyk ve ehnu… btw stwri hama varaaaaaaaaaaah salhi… neynge bunrne ehchh vx.. hama vrh rythi.. keep it up ushaa.. u r da bst hama????? ushaa ge ithuru stwries fennrne kamah hykuran.. all da bst?????tvgc
yayyy me 1st…??hehe eid mubarak???
Heheheh.. Thnkxxx a lot Burunee kujja… Dnt b sad In sha allah vrh avahah nxt stwrii eh.. Ya.. DhnSaaim nd Nashaavx gwheh noon.. Aslu ushaa liyan handhaan nethunyy he lyks ey… ill c yuhh with nw 1… Tvvvvvgc… Nd haan. Congrats.. Ur 1st.. EID MUBAARAK nd Thnkyw ones mr…
Alheyy…..vvvvv reethi nimmun wes….egkm saaim dww…but he will be happy dhww hereafter….. ge new story eh dhen kiyeynyy kohdhuhukunbaa???……vvv umeedhukuran new story eh kiyaalan libeyne ??????
Thnkxxx a lot.. Ya.. Saaim ill b happuly dw cox he got sumone luv him vvvvv much.. Ushaage new stwrii ehvx vrh avahah in sha allah.. C yahh with a nw stwrii..
Kyve tha comment nukureveny ……v salhi enme beynun vi gothah couples thah e libuny
Ya appy login nuve vrh undhagoo vaane cmmnt kuran.. BT login v ma ushaayah heevanyy vrh faseyhain cmmnt kureveyhen.. Btw thankxx a lot..
its awesome ushaa! finally the end dhw. a happily ever after
Thnkxx a lot.. Ya happy endin eh..
Woww….stry varah reethi…at last unoosh and naash gulhuny dhw…and happy ending eh dhww…stry hama habeys…ushee ia the best…dhe kon dhuvahakun usheege vaahaka eh kiyaaleveyny..cant wait to read ur stories…??????❤??❤???
Thnkx a lot.. Ya.. at Lst edhemyyhunvx gulhunyy.. with a happy ending. .Insha allah vrh avahah nxt stwrii ehvx libeyne..
Wowwwww ushaaaaaa ths stry is fab. Varaaaaaaaaaaaah nyc each n evry prt of ths stry..itx jst lyk a ff hehe…. 😉 hwp adhi usha ge stry eh kiyrln libeyne kmh..
Thnkxx a lot.. Ushaage new stwrii ehvx vrh avahah insha allah.. C yahh with a nw stwrii.. thnkx ina..
Hey USHAA buneemennu eenash n unoosh ,mi name thah eggoi vumuge sirreh innaaney..noontha?then wats the secret behind that’???btw vv nice story
Ya maash.. E sirrakyy match name groupey… Thnkxx alot..
Wow
Speechless
Waiting for the next story of the lovely ushee
Ummmmmmmmwah
Thnkxx a lot..
Kyp waitin 4 lovely ushaa..
Mulhi story ga ves imla kushaai ibaaraih kurumuge kuhtah v gina. Story ge idea reethi. ..but you need to work very hard to improve.
Ya sur.. Ushaave 1st stwrii v ma it ill happen sumtyms.. Bt i ill wrk vvvv hrd nd try 2 reduce them in nxt stwrii. Thankkxx a lot..
ushee i missed yu sorry midhuvas kolhu comment nukurevuneema .but hama baraabarah kiyan . waiting for yur next story ingey. avahah start kurahchey .heekuran mustagubal gai ushee akee ves mashaamen laaramen kahala molhu writer akah vaane kamah ingey.mihaaruves varah molhu.adives thi gothuga kuri ah dhey. maldhau aai maashy ge heyo dua abadhuves ushee aai eku vaane
Alhe maddy aa maashyy kon thaaku thr thi ulhenyy.. Ushee hrdhr miss veyey 2 kudhin dhekevx.. Miss yuh so so much.. Nd ya.. In sha allah i ill b a great writr 1day.. If u guyx a givin me dis much hwp it ixnt impossible.. Vvvvv bodah thankxxxx Maddy nd Maashy.. C yah with a nw stwrii soon..
haha ushee i will always be there for yu ingey. keep the gud work up gurl dheyanah story ah gud luck. tc. have a gud day
Hehehe.. Ya insha allah Maddy.. thnkxx 4 de luk nd ur supprt.. tvvvvgc.. hav a nyc day..
miss MADDY ☺ .. ushee story hama fab ingey.. Awesome.. ???
EID MUBARIK AFF
Thnkxx a lot aff nd Maddy..Eid mubaarak 2 both of yuh..
salhi different idea eh!<3 <3
Alhey.. Fahoo thrr?? Wish yuh a happily lyf 4evr.. Thnkxxx a lot mi stwrii kiyaalyyma..
Ushaa! Hama varah reethi mi story 🙂 Busy kamun nukiyuny kurin… Loved it <3 Heekuran varah avahah ehen story eh liyan fashaane kamah .. Wish yw all the best !!
Ya i knw tht nd same here. Ushaavx miulhenyy kuda suspendegga jehigen.. Ehnve evvx stwri eh nukiyenyy bt ill ryd vvvvv soon insha allah.. Thankxxx a lot..
yaaaa