Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯތްބޭތީ ހިތްއެދޭ.. (7)

Twitty Level 110 Stories
June 29, 2016 2 Mins Read
18 Comments

“ޑޯންޓް ވޮރީ..އައިމް ޝުއަރ އެއްވެސް ކަމެއް ގޯސްކޮށެއް ނުދާނެމިފަހަރު..” ކައިލާން ކިއާ ހިތްހަމަޖައްސައިދިނެވެ. އަދި ލޫހާން އާއި ހަމަޔަށް ދާން ހިނގައިގަތެވެ. ލޫހާން އާއި އަރާ ހަމަވުމުން ކައިލާން ސުވާލްކޮށްލިއެވެ. “ޔޫ ވޯންޓްދަ ގުޑް ނިއުސް އޯރ ދަ ގުޑްނިއުސް..” “ޓެލް..”ލޫހާން ފޫހިގޮތަކަށް އަހައިލިއެވެ.

“އިޓްސް އެބައުޓް ކިއާ..” ކައިލާން ސީރިޔަސްވެލިއެވެ. “ހްމްމް..ބުނެބާރ..”ލޫހާންގެ މޫޑު ވަގުތުން ރަނގަޅުވިއެވެ. “ކިއާ އޯލްސޯ ލައިކްސް ޔޫ ލޫހާން..” ކައިލާން ހިނިތުންވެލަމުން ބުނެލިއެވެ. ލޫހާން އަށް ހީވީ މުޅިދުނިޔެ އޭނާގެ ރަސްކަމުގެދަށަށް ނޫނީ އަތް ދަށަށް އައިހެންނެވެ. އޭނާ ކުޑަކުއްޖެއްހެން ފުންމަޖަހަމުން ކައިލާންގެ ގައިގާބައްދައިލިއެވެ. އަދި ދުއްވައިގަތީ ކިއާ އާއިހަމަޔަށެވެ. ނަމަވެސް ތަންކކޮޅަކަށް ގޮސްލާފައި އޭނާ އަނބުރާ އައެވެ. “ކިހިނެތްވީ؟..” ލޫހާން އައުމުން ކައިލާން ސުވާލުކޮއްލިއެވެ. “އައި ވޮނަ މޭކް އިޓް ސްޕެޝަލް..އެހެންވެ..” ލޫހާން ހެމުން ބުނެލިއެވެ. “އޯކޭ..ރެޑީ ކުރޭ..އައިވިލް ހެލްޕްޔޫ..” ކައިލާން ލޫހާންގެ ގައިގާ ބައްދައިލަމުން ބުނެލިއެވެ.އަދި ދާން ހިނގައިގަތެވެ.

ލޫހާން ކައިލާން އެތަނުން ގޮސް އޮބަންދެން ބަލައިގެން ހުއްޓެވެ.އަދި ވިސްނަމުން ގެންދިޔައީ ކަންތައް ކުރާނެ ގޮތަކާއިމެދު އެވެ.

ހެނދުނުގެ ސައި ތައްޔާރުކުރުމަށް އެހީތެރިވަމުން ދިޔަ ކިއާ ގެ ލޯ ދުށުމަށް އެދެނީ ހަމަ އެންމެ ސޫރައެކެވެ. ނަމަވެސް އޭނާ ކޮބާ ހެއްޔެވެ؟.. އަނެއްކާ މާލެ އަނބުރާ ދިޔައީ ހެއްޔެވެ؟.. އެތަށް ސުވާލުތަކެއް އެ ޅަ ސިކުނޑީގައި ހިނގަމުން ދިޔައެވެ. އަދި އޭނާގެ އުފަންދުވަހުގެ މަތިންވެސް ހަނދާނެއް ނެތްކަހަލައެވެ. އާދެ މިއަދަކީ ކިއާގެ އުފަންދުވަހެވެ. ނަމަވެސް އޭނާ އެ ހަނދާނެއް ނެތަކަހަލައެވެ. އެހެންއަހަރުތަކުގައި އެދުވަސް ދުވަހަކުވެސް އޭނާގެ ހަނދާނަކުން ނުދެއެވެ. ކައިލާން އަށް އެކަން ފާހަނގަވުމުން އެންމެނަށް އެކަން ސިއްރުކުރުމަށް އެންގިއެވެ. އަދި ލޫހާން އަށް އެ ޚަބަރު ދިނެވެ.

އެކި ކުޅިވަރުތައް ކުޅުމުގައި ދުވަސް ހޭދަ ކުރަމުން ދިޔަ ކިއާ އަށް އެމީހުން ރާވަމުން ދިޔަ ކަންތަކާމެދު އެއްވެސް ގޮތަކަށް އެނގިފައެއް ނެތެވެ.އެހެންކަމުން އުފަލާއި މަޖަލުގައި ދުވަސް ހޭދަކުރަމުން ދިޔައެވެ. ނަމަވެސް ލޫހާންގެ އެއްވެސް ޚަބަރެއް ނުވުމުން ދެރަވެއެވެ. “ތިއްތާ.. މި ޑްރެސް ވެއަރ ކޮއްބާ ދެން އޮތް ފަންގްޝަން އަށް ދާން އެންމެން ރީތިވާއިރު..” ލިއާ އެމީހުންގެ ރޭވުމާއި އެއްގޮތަށް ކަންތައް ކުރަމުން ދިޔައެވެ. “ލިއާ..ކޮބާ ކުޑަދޮންބެ؟..” ކިއާ ވަރަށް ނޫންވެފައި އަހައިލިއެވެ. “ނޭނގެ.. ނުފެނޭ ދޯ.. ވެދާނެ މާލެ ދިޔައީކަމަށް..” ލިއާ ހިނިތުންވެލަމުން ބުނެލިއެވެ. ކިއާގެ ކަރު އެލުނެވެ. ފޫހި ވިއެވެ. ލޫހާން ގެ ސޫރަ ނުފެނުމުން ކަންނޭނގެ އެވެ.

“ކިއާ.. ކޮބާ ތައްޔާރު ނުވަންތަ؟.. އެންމެން މި ނިމެނީ އެއް ނު..” ލައިޝާ ކިއާގެ ގާތަށް ޖެހިލިއެވެ. “ޕިސް..ލައިއްތާ.. މޫޑް އެއް ނެތް..” ކިއާ ތުން އަރުވައިލަމުން ބުނެލިއެވެ. “ޕިސް ކިއާ..އަޅޭ..ތީތި ކަޑައޭ..” ދާނިޝް ބުނެލިއެވެ. “ބަޓް ސްޓިލް..” ކިއާއަށް އޭނާ ބުނަން އުޅުނު އެތިނުބުނެވެނީސް ކައިލާން ކިއާގެ ބަސް މެދުކެނޑިއެވެ. “ކިއާ ދާން އެންޑް ދެޓް އިޒް ފައިނަލް.. ނޯ ބަޓްސް..” ކައިލާން ކިއާ ތައްޔާރުވުމަށް ފޮނުވައިލަމުން ބުނެލިއެވެ.

“މި ގުރު ނަގާ މީހުންގެ ތެރެއިން ދިމާވާ މީހަކު ބްލައިންޑް ފޯލްޑް ކޮއްގެން ގެންދެވޭނީ.. ނޯ ބަޓްސް.. އޯކޭ..ގުރު ނަގާނީ އަހަރުމެންގެ ގިއްސާއްތަ.. ” ކިއާ ތައްޔާރުވެގެން އައުމުން ހުމާމް ބުނެލިއެވެ. ގިއްސާނެގި ގަނޑުކޮޅުގައި އޮތީ ‘ކިއާ’ މިހެންނެވެ. ކިއާ ގެ ނަން އިއުލާނުވުމުން ކިއާ އަށް މަޖުބޫރުވީ އެމީހުން ބުނި ގޮތަކަށް ހެދުމަށެވެ.ކިއާ އަށް ނޭނގުނީ އެ ގަނޑުކޮޅުތަކުގައި ތިބީ ހުސް އޭނާގެ ނަން ކަމެވެ.

*******

ކިއާގެ އަތުގައި ހިފީ ފިނި އަތަކުންނެވެ. އެ މީރުވަސް ދުވާ ބޮޑީސްޕްރޭ އެވެ. އެ އާފްޓާރ ޝޭވް ކްރީމްގެ ވަހެވެ. އާދެ އެއީހަމަ އޭނަގެ ލޫހާން ގެ އަތެވެ. ޝައްކެއް ވަސްވާހެއް ނެތެވެ. ކިއާ ހިނިތުންވެލިއެވެ. އަދި މަޑުމަޑުން ހިނގަމުން ދިޔައީ ލޫހާން އަށް އޭނާގެ ފުރިހަމަ އިތބާރު ދެމުންނެވެ.

ކިއާ ގޮސް ބޭންދީ ހިތުގެ ބައްޓަމަށް ހެދިފައިވާ މަލުގެ ގުލްދަސްތާއެއްގެ މެދުގައެވެ. ލޫހާން ކިއާގެ ލޮލުގައި އެޅިފައިވާ ފޮތިކޮޅުނެގިއެވެ. ކިއާ އަށް ހުރެވުނުތަނުން ހިރިލާންވެސް ނުކެރިފައި އިނެވެ. ހާދަ ހިތަގައިމެވެ. ހިތުގެ ބައްޓަމުގެވަށައިގެން އުއްބައްތި ރޯ ކުރެވިފައިވެއެވެ. ‘އަދި ހެޕީ ބަރތްޑޭ އެންޑް އައި ލަވްޔޫ ‘ މިހެން ލިޔެވިފައިވާ ބެނައެއް އިނެވެ. ކިއާ އަށް އޭނާގެ އަނގާގައި އަތްއެޅުނެވެ. އަދި ފަހަތް ބެލިއެވެ. ނަމަވެސް ލޫހާން ފެންނާކަށެއް ނެތެވެ. ކުއްލިއަކަށް ކިއާ އަށް ރަތް ފިނިފެންމާ ބޮނޑިއެވެ ދިއްކޮއްލެވުނެވެ. އަދި ލޫހާން ތިރިވެ ކިއާ އަށް އޭނާގެ ލޯބި އިޒުހާރު ކުރިއެވެ.

“ކިއާ.. އައިލަވްޔޫ..”ލޫހާން ބުނެލިއެވެ. “އައިލަވްޔޫ ޓޫ..” ކިއާ އަވަސް އަވަހަށް ބުނެލިއެވެ. ފެންކަޅިވެފައިވާ ދެލޮލަކާ އެކުގައެވެ. އޭނާ މިއަދު ހުރީ ވަރަށް އުފާވެފައެވެ. “ދިސް އިޒް ދަ ބެސްޓް ބާރތްޑޭ ގިފްޓް އެވާރ..” ކިއާ ލޫހާން ގެ ގައިގާ ބައްދާލިއެވެ. ދުވަހަކުވެސް ދޫ ނުކުރާނެމޭ ބުނާފަދަގޮތަކަށެވެ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Twitty

Level 110 Stories

Other Articles

Previous

Asurumaa

Next

ދޭނަން ހިތާ ޖާނާ (11)

Next
June 30, 2016

ދޭނަން ހިތާ ޖާނާ (11)

Previews
June 29, 2016

Asurumaa

18 Comments!

  1. Twitty says:
    June 29, 2016 at 10:57 pm

    Heii Guys.. The other part is here.. sorry ingeyy late vyyma i was sick mi duvas kolhuga ehnve.. but hope u like it.. Feel free and leave ur comment’s here.. i will be waiting.. 😀 🙂 😀

  2. Rish says:
    June 29, 2016 at 11:15 pm

    Too short dhw ekams story nice

    1. Twitty says:
      June 30, 2016 at 2:57 pm

      ThnQs Rish.. 😀

  3. rau says:
    June 29, 2016 at 11:16 pm

    vv reethi ekam haadha kurey.. nxt part digu kohlaathi plx

    1. Twitty says:
      June 30, 2016 at 2:59 pm

      ThnQs rau.. 😀

  4. Shaal says:
    June 29, 2016 at 11:38 pm

    Haadha kureyyy ?bt vvv reethi??

    1. Twitty says:
      June 30, 2016 at 3:00 pm

      ThnQs Shaal.. 😀

  5. Purplish says:
    June 30, 2016 at 12:13 am

    It’s nice. ……. but too short

    1. Twitty says:
      June 30, 2016 at 3:00 pm

      ThnQs Purplish.. 😀

  6. Nishy says:
    June 30, 2016 at 4:05 am

    What. Noo. They once saw each other as siblings. That’s lame ?

  7. vishaa says:
    June 30, 2016 at 9:41 am

    v v reethi …. ekam vara kuru ….next part vara avaha up kolachey

    1. Twitty says:
      June 30, 2016 at 3:01 pm

      Yeah will try.. N thnQs visha… 😀

  8. nasrulla says:
    June 30, 2016 at 9:43 am

    nice.

    1. Twitty says:
      June 30, 2016 at 3:02 pm

      Thank you Nasru.. 😀 😀 😀

  9. Nonnx says:
    June 30, 2016 at 8:18 pm

    ?love it everyone…ummmah

  10. Blue Lady says:
    June 30, 2016 at 8:34 pm

    Awesome. Kudakoh kuru. Èkam hama best.when next haadhahaa vaa reechea

  11. rau says:
    July 5, 2016 at 1:48 pm

    kn irakun tha new part??? thihen hadhaathi ey foohi vany.. avahah up kohbala!! ??

  12. vishaa says:
    July 11, 2016 at 11:02 am

    next pert konirakuntha

Comments are closed.

Next Episodeލޯތްބޭތީ ހިތްއެދޭ.. (8)←


All Right Reserved!