Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ (7)

layaal Level 310 Stories100 Comments
June 23, 2016 10 Mins Read
52 Comments

“ލުޔޫން އެއީ އަހަރެންގެ ދަރިއެއްނުން.” އޭނާގެ ކަންފަތް ދޮށުގައި ނާއިލް ވަރަށް މަޑުން ބުނެލިއެވެ. ކުއްލިއަކަށް ލިނާ ސިހިފައި އޭނާ އަތުން ހިފަހައްޓައިގެން ހުރި ބަތްތަށި ސިންކުތެރެއަށް ވެއްޓުނު އަޑު މުޅި ތަނުގައި ހިފާލިއެވެ.

ލީނާ ވަގުތުން ނާއިލްއާއި ހަތަރު ކަޅި ހަމަ ކުރިއިރު މޫނަމަތިން ފެނުނީ ހާސްކަމެވެ. މުޅި މިހާ މަޑުތުރުތުރެއް އަޅަމުން ދިޔައިރު ސުވާލުގެ ނަޒަރަކުން ނާއިލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “ނާ..ނާއިލް.” ލީނާގެ ވާހަކަ ނާއިލް މެދުކަނޑާލިއެވެ. “ކިހިނެތްހޭ އިނގުނީ ދޯ..” ނާއިލް މިހެން ބުނިތަނާ އާޒިމާގެ ކޮޓަރި ދޮރު ހުޅުވުނު އަޑަށް ލީނާ ކައިރިން ނާއިލް ދުރަށް ޖެހިލިއެވެ.

“ކޮން އަޑެއްއެއީ.” ނިދި މޯޅީގައި ހުރި އާޒިމާ ގޭތެރެއިން އަޑުފަށް ގަނޑެއް އިވުމުން ނިކުމެ އަހާލިއެވެ. އޭރު ލީނާ ހުރީ އެކަމަށް ޖަވާބެއް ދިނުމަށްވުރެ ބޮޑަށް ހާސްވެފައެވެ. “އެއީ އަހަރެން ސިއްސުވާލީމަ ލީނާ މޮޑެން ހުރި ބަތްތަށި ސިންކުތެރެއަށް ވެއްޓުނީ. މާ ބޮޑު ކަމެއް ނުވޭ. ދޯ ލިނާ.” ނާއިލް އެއްބުމަ އަރުވާލަމުން ބުނެލިއެވެ.

އާޒިމާ އިތުރު ސުވާލެއް ނުކޮށް ކޮޓަރިއަށް ވަދެ ދޮރު ލެއްޕުމުން ނާއިލް އަނެއްކާވެސް ލީނާ އާއި ކުރިމަތި ލިއެވެ. “ސޯ ވަޓް ވޮޒް އައި ސޭއިން. އާން.. މިޒަމާނުގައި ޑީއެންއޭ ޓެސްޓެއް ހައްދާލުމަކީ މާ އުދަނގޫ ކަމެއް ނޫނޭ.. އަހަރެންނަށް ހަމަ ޝައްކުވީ. ލީނާ ބަނޑުބޮޑު ވީކަން އިނގުނީންސުރެ އެ ޝައްކު ހިތުތެރޭގައި އޮތް. އަދި ކިރިޔާމި ޔަޤީންވީ.” ނާއިލް ގޮނޑީގައި އިށީނދެލަމުން ބުނެލިއެވެ.

“ނާއިލް އަހަރެން..” ލީނާގެ ވާހަކަ މެދު ކަނޑާލަމުން ނާއިލް ވާހަކަ ދެއްކިއެވެ. “ކޮން އަހަރެންނެއް! ލީނާއަށް ވެސް އިނގޭ އެއީ ލޫތްގެ ދަރިއެއް ނޫންކަން ދެން ކީއްވާނީ އަހަރެންނަށް އަންގާލިއްޔާ. ލޫތްގެ ދަރިއެއް ނޫންކަން އިނގުނީމަ ދޯ އެބޯޓްކުރަން އުޅުނީ ވެސް. ލައިޝާ އަހަރެންނަށް ކިޔާދިނޭ ލީނާ ބޭސްތަކެއް ކާލި ވާހަކަ. އެ ކީއްވެ؟ އެދުވަހު ލީނާ އެކަން ކުރިނަމަ މި ލޯބި ލޯބި ލޫލު ދުނިޔޭގައި ހުންނާނެތަ؟” ނައީލްގެ އަޑުގައި ވީ ރިހުން އިވި ލީނާގެ ހިތަށް ތަދުވިއެވެ.

“ސޮރީ އެކަން ފޮރުވުނީތީ.. އަހަރެން ހިއެއް ނުކުރަން..” މިފަހަރު ވެސް ނާއިލް އޭނާގެ ވާހަކަ މެދު ކަނޑާލިއެވެ. “އާން ހިއެއް ނުކުރަން ދޯ އަހަރެންނަށް އިނގިދާނެ އެކޭ. އެކަމަކު ހަނދާން ވޭތަ އެރޭ މަތިން.. އަހަރެން ދުބާއިއަށް ގޮސްލި ދެދުވަސް މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. އަހަރެން އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރަން. ވީކަމެއްވީ ލީނާގެ ވެސް ރުހުމުގައި. އެއަށްފަހު ލީނާ ބަނޑުބޮޑު ވީމަ އަހަރެންނަށް ޝައްކުނުވެ ހުންނާނެތަ؟” ނާއިލް މިހާރު ވާހަކަދައްކަމުން ގޮސް ހުރީ ލީނާގެ މޫނުގައި ޖެހޭ ނުޖެހައި ކައިރީގައެވެ.

އެވަގުތު ކޮޅު ލީނާގެ ޚިޔާލަށްއައީ އެރޭގެ ހަނދާންތެކެވެ. ނާއިލް ދެދުވަހަށް ބިޒްނަސް މީޓީންއަކަށް ދުބާއިއަށް އައިސް މަޑުކުރީ އެގޭގައެވެ. އެދުވަހު ލޫތްއާއި ދެމެދު ހިނގި ދެބަސްވުމެއްގައި އޭނާ ގެއިން ނިކުމެގެން ހޮޓެލްގައި މަޑު ކުރަން ދިއުމުން އެކަނިވެރިކަމުގައި ރޯން އިންދައި އައީ ނާއިލްއެވެ.

ވެފައި ހުރި ދެރައިންނާއި ނާއިލްގެ ހިތްހެޔޮ ބަސްތަކުންނާއި އެ ބީހިލުންތަކުން އެ ހިތް ލޫތްއަށް ބޭވަފާތެރިވީއެވެ. އެރޭ ވެހުނު ބޯ ވާރޭގެ ތެރެއަށް ދެޖިސްމު ތެމިގެން ދިޔައިރު ރޯވި އަލިފާން ނިއްވައެއް ނުލެވުނެވެ. އޭގެ ދެމަސްފަހުން ލިބުނު ޚަބަރުން ކުރަންވީ އުފާކަމެއް ނުވަތަ ހިތާމަ ކަމެއް ނޭނގުނެވެ.

އެންމެފަހުން ވަކި ދުވަހެއް ވުމުން ލީނާ އެކަނި ގޮސް ލޫތްއަށް ސިއްރުން ހެއްދި ޑީއެންއޭ ޓެސްޓުން އިނގުނީ ލީނާގެ ބަނޑުގައި އަށަގަތީ ލޫތްގެ ދަރިއެއްނޫން ކަމެވެ. ލީނާ އެދުވަހު ރުއިރުއިމާއި އެދަރިފުޅު ބޭނުން ނުވެގެން ލޫތް ކައިރި އާދެސް ކުރީ ވެސް އެ ސަބަބަށްޓަކައެވެ. ލޫތް އެހާ ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ބަހައްޓައިގެން އެހެން މީހެއްގެ ދަރިއަކަށް ލޯބި ދޭތަން ބަލަން ނުކެރޭނެތީއެވެ. ނަމަވެސް ތަޤުދީރުގެ ނިޔާއެވެ. މިއަދު އެދަރިފުޅު ލުޔޫންއަކީ ލޫތްގެ މުޅި ދުނިޔެއެވެ.

“ހައު ކުޑް ޔޫ؟ ލޫތްއަށް ކިހާ ބޮޑު ކެއްސެއް ތިދިނީ.” ނާއިލްގެ އަޑު އިވުމުން ލީނާ އޭނާގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނެވެ. “އޭނައަށް ނުވެސް އިނގޭ. އޭނަގެ ކުށަކީ ކޮބާ؟ އައި ކާންޓް ސީ ހިމް ލައިކް ދެޓް! ހީ ޑިޒާވްސް ޓޫ ނޯ.” ނާއިލް މިހެން ބުނުމުން ލީނާ ބިރުން ތެޅިގަތެވެ.

“ނޫން.. ނޫން. ނާއިލް ޕްލީޒް ލޫތްއަށް ނާންގައި.. ހީ ކާންޓް ޓޭކް އިޓް. ޕްލީޒް ތިހެން ނަހަދާ.” ނާއިލްގެ އަތުގައި ހިފައި ރޮވިފައި ލީނާ އާދޭސް ކުރަން ފެށިއެވެ. “އަހަރެން އުޅުނިން އެންމެ ފުރަތަމަ ލޫތްއަށް ހުރިހާ ކަމެއް ކިޔާދޭން.. އެކަމަކު.” ލީނާ މިހެން ބުނެފައި އިސްޖަހާލިއެވެ. އެ ބުޅި އިސްތަށިކޮޅު ކަންފަތުގައި އަޅުވާލަމުން ނޭފަތް ދަމާލިއެވެ.

“އެކަމަކު ނުބުނެވުން! ކިތަށް މީހުންގެ ދިރިއުޅުން މި ހަލާކުވަނީ ލީނާ! އަހަރެންނަށް އަމިއްލަ ދަރިފުޅަށް ބައްޕައެއްގެ ލޯބި ނުދެވުން.. އަހަރެންގެ ވެސް އޮންނަނީ ހިތެކޭ. މި ހިތުގައި ޖެއްސުނުވަރު އަދި ވެސް މަދީތަ ލީނާ! ކިހާ ވަރެއްވީމަ ތި ހިތް ފުރޭނީ!” ނާއިލް މަޑުން ވާހަކަދައްކަން މަސައްކަތް ކުރި ނަމަވެސް އެ އަޑުގައިވީ ހަރުކަށި ކަމެވެ.

ލީނާ އެއްޗެކޭ ބުމުނުގެ ކުރިން ގޭގެ ދޮރު ހުޅުވުނު އަޑަށް އޭނާ ނާއިލް އާއި ދުރަށް ޖެހިލިއެވެ. ފަސްއެނބުރި މޫނު ފޮހެލަމުން ހަމަޖެހެން މަސައްކަތް ކުރިއިރު ލައިޝާމެންގެ އަޑުއިވެއެވެ. “އަހާ ނާއިލް.. ހާދަ އަވަހަކަށް ތަރާވީސް ހަދަން ތިޔައީ.” ލައިޝާ އޭނާގެ ފައިވާން ހަރުގަނޑަށް ލަމުން ބުނެލިއެވެ.

“ނޫނޭ. މިދެން އައިސްލީ.. ކޮބާ ރޯދަ ވިއްލުން ކިހިނެތް.” ނާއިލް ވަރަށް ހަމަޖެހިފައި ހުރެ ސުވާލު ކޮށްލިއެވެ. “ބުރޯ ވަރަށް ސަޅި އިނގޭ. އަދިވާނެ ފެމެލީ އެއްކޮން ދާން. ދޯ ލީނާ.” އައިސް އަލަމާރީން ފެންފުޅިއެއް ނެގި ސައިލަމް އަހާލިއެވެ.

އޭރު ލީނާ ސިންކުތެރޭގައި ހުރި ބަތްތަށް ސާފުކުރަމުން ދިޔައެވެ. “އާން ހޫމް.” ލީނާއަށް ބުނެވުނީ ހަމައެކަނި މިހެންނެވެ. އޭނާ ހުރީ ނާއިލް ހަޤީޤަތް ލޫތްއަށް އަންގަފާނެތީ ބިރުންނެވެ. ލީނާ އެހެން ހުއްޓާ ނާއިލް ނިކުމެގެން ދިއުމުން އިތުރަށް އެހިތް ތެޅެން ފެށިއެވެ.

****

ނިދިފައި އޮތް ލޫލު އޮތީ ލޫތްގެ މޭމަތީގައެވެ. އިނގިލި ޖަހާލައިގެން އޮތްއިރު އެ ކުޑަކުޑަ އަތްވަނީ ލޫތްގެ އަތުގެ ތެރެއަށް ލެވިފައެވެ. ލޫތްވެސް އެނދުގައި އިށީނދެ އިނދެ ނިދިފައި އޮތްއިރު އެއަތް ވަނީ ލޫލު ގަޔާއި ލައި ކައިރިލޮށްލެވިފައެވެ. މި މަންޒަރު ފެންނަ ކޮންމެ މީހެއްގެ ހިތް އުފަލުން ފޮޅިލާހައި ދެބަފައިން ލޯތްބެވެ.

އެހެނަސް އެނދު ކައިރިގައި ހުއްޓިލައިގެން ހުރި ލީނާއަށް މި މަންޒަރު ވެގެން ދިޔައީ ހިތަށް ހަރާލެވުނު ވިހަގަދަ ތީރުތަކަކަށްށެވެ. ލޫތް އެހެން މީހެއްގެ ދަރިއަކަށް އެ އުނގުން ލޯބި ދޭއިރު އެކަން ނުވެސް އިނގެއެވެ. ލީނާގެ ލޮލުން ކަރުނަ ނިރާލީ ހިތުގައި ޖެހުމުންނެވެ. މަޑުމަޑުން ލޫލުގެ އިސްތަށިކޮޅުގައި ފިރުމާލަމުން ލޮލުން ވެއްޓުނު ކަރުނަތިކި ކޯތާފަތުގައި ބޮސްދެމުން ފޭބިއެވެ. އެލޯބި ދަރިފުޅު ނެތިކޮންލަން އުޅެވުނީ ތީ ލީނާ ހިތް ހަލާކުވިއެވެ.

“ލޫތް.. ލޫތް.” ކަރުނަތަށް ފޮހެލައި ލޫތްގެ ކޮނޑުގައި ކޮއްޓާލަމުން ލީނާ ގޮވާލިއެވެ. ދެފަހަރަކު ގޮވާލަމުން ލޫތް ހޭވެރިކަންވެ ނިދިފައި އޮތް ލޫލުގެ ބޮލުގައި ބޮސްދިނެވެ. “ހޫމް.. ގަޑިން ކިހާ އިރެއްވީ.” ލޫތް މޯޅިއަކަށް ދެމިލަމުން މިހެން ބުނިއިރު ނިދީގެ ސަބަބުން އެ އަޑު އިތުރަށް ބަރުވެފައި ހިތްގައިމެވެ.

“ދިހައެއް ޖެހީ. ލޫލު ކޮޓަރިއަށް ލާން ދާން ވީއެއްނުން.” ލީނާ މިހެން ބުނުމުން ލޫތް ފަރުވާތެރި ކަމާއިއެކީ ލޫލު އުރާލައިގެން ކޮޓަރިން ނިކުންނަން ދިޔައެވެ. ލޫތް ލޯމަތިން ގެއްލުމުން ލީނާއަށް އެނދުމަތީގައި އިށީނދެވުނެވެ. ލޫތްއަށް ހަޤީޤަތް ހާމަ ކުރުމަކީ މުޅި އާއިލާގެ ހަމަޖެހުން ނަގާލަފާނެ ކަމަކަށް ވުމުގެ އިތުރުން ލޫތް އޭނާއަށް ކުރާނެ ނަފްރަތުން ހިތަށް އަރައި ހިތުގައިޖެހި ހިންދިރުވާލަން ވެސް އުނދަގޫވިއެވެ.

ނާއިލް އެވާހަކަ ލޫތް ކައިރީ ބުނާނެބާއޭ ވެސް ހިތަށް އަރަމުން ދިޔައެވެ. ލީނާ އެކަމާއި ވިސްނިވަރަކަށް ލޯ ކަރުނުން ފުސްވަމުން ދިޔައެވެ. ލޫތް ކޮޓަރިއަށް ވަދެގެން އައިރު އެނދުގައި ރޮވިފައި އިން ލީނާ ފެނުމުން ފިޔަވަޅުތަށް ހުއްޓުނެވެ. އެއީ ކުރީދުވަހަ ލޫތްއަށް ކަންތައް ކުރެވުނު ގޮތާއި މެދު ހިތާމަ ކުރަނީ ކަމަށް ހީކޮށް ލޫތް ދެރަވިއެވެ. އެދުވަހަށްފަހު އަދި ލީނާއާއި ހަމަޖެހިލައިގެން ވާހަކަ ވެސް  ނުދެއްކެއެވެ. މަޢާފަށް ނޭދެވުނު ތާނގައި އެންމެ ކުޑަމިނުން ލީނާގެ އަތަށް ވެފައި ހުރި ގޮތް ރަނގަޅު ވީތޯވެސް އަހާނުލެވެއެވެ.

“ހޭއި..” ލޫތް އައިސް ލީނާ ކައިރީ އިށީނދެލަމުން ބުނެލިއެވެ. އޭރު ރޮވިފައި އިން ލީނާ އިނީ ހުއްޓާލަން ނޭނގިފައެވެ. ލޫތް އޭނާ ގެނެސް އެ ތަނަވަސް މޭމަތީގައި ލީނާ ފޮރުވާލިއެވެ. ލީނާގެ ގިސްލިމުގެ އަޑު އިވެމުން ދިޔައިރު އެ ހޫނު ކަރުނަތަށް ލޫތްގެ ޓީޝާޓުގެ މޭމައްޗަށް ފޭދިގެން ދިޔައެވެ.

“ޝޫޝް.. ހުއްޓާލާ ދެން.. މިހާރު މާ ބޮޑަށް ވެސް ރޮވިއްޖެ.” ލީނާގެ ބުރަކަށީގައި ފިރުމާލަމުން ލޫތް މިހެން ބުނުމުން ގިސްލުމުގެ އަޑު މަޑުވިއެވެ. ލީނާ ރުއިން ހުއްޓާލަމަށްފަހު ވެސް ލޫތްގެ ގައިން ދޫނުކޮށް އެމޭގައި ބޯ އަޅާލައިގެން އޮތެވެ. ލޫތްގެ ގައިން ދުވަމުން ދިޔަ އަރްމާނީ ސެންޓުވަހާއި އާފްޓާ ޝޭވެ ވަހުން ހިތަށް ހިތްހަމަ ޖެހުން ގެނުވިއެވެ.

“ސޮރީ އިނގޭ އެދުވަހު އެހެން ހެދުނީމަ.. މާ ބޮޑަށް ރުޅި އާދެވުނީމަ އެހެން ހެދުނީ.. އަތަށް ތަދުވޭތަ.. ޝޯ މީ.” ލޫތް މިހެން ބުނެފައި ލީނާގެ އަތް ނަގައި ބަލާލިއެވެ. އަތުގެ ކުޑަ ހުޅުގައި ފޭދެމުން ދިޔަ ފަނޑު ރަތް ނިޝާނުގައި ބީހިލަމުން ގެނެސް ތުންފަތުގައި ޖައްސާލަމުން ބޮސްދިނެވެ.

އެކުޑަ އަމަލުން ވެސް ލީނާގެ ގައިގެ ހުރިހާ ލޯލިއެއް ކޮޅަށް ޖެހުނެވެ. އޭނާ އިސްނަގައި ލޫތްގެ ޝޭވް ކުރެވިފައިވާ އޮމާން މޫނުގައި އަތް ހާކާލަމުން އެ ކޮލުގައި ބޮސްދިނެވެ. ‘ސޮރީ ލޫތް.. ޕްލީސް.. މަޢާފްކުރޭ..’ ލީނާ އޭނާ ހިތުން ކިތަންމެ ފަހަރު ލޫތް ކައިރިން މަޢާފަށް އެދުން ނަމަވެސް ދުލާއި ހަމައަށް އެ ބަސްތަކެއް ނައެވެ.

ލީނާގެ އެ އަމަލުން ލޫތް ދެލޯ މަރާލަމުން އިތުރަށް ލީނާ ގަޔާއި ކައިރި ކޮށްލިއެވެ. އެ ބޯ އިސްފިޔަތަށް ހުޅުވާލައި ލީނާއަށް ނަޒަރު ހުއްޓާލިއިރު އޭނާގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ފެނި ލޫތް އެތަނުގައި ބޮސް ދިނެވެ.

ލޫތްގެ އިނގިލިތަކުން އެ މަޑު ކޯތާފަތުގައި ބީހިލަމުން ނުރޯން އެދުނެވެ. އަދި ލީނާ އެނދުމަތީގައި ބާއްވާލަމުން އޭނާ ލައިގެން ހުރި ގަމީހުގެ ގޮށްތަކާއި ލޫތް ކުޅެންފެށިއެވެ. ލީނާ އަތް ދަމާލައި އެނދު ކައިރީގައި ހުރި ލައިޓް ނިއްވާލުމުން މުޅި ކޮޓަރިއަށް އަނދިރިކަން ވެރިވިއިރު ކަހާލާފައި ހުރި ކުޑަދޮރުތަކުގެ ފަރުދާއިން ފަނޑު އައްޔެއް ކޮޓަރިއަށް އެޅިގެން ދިޔައެވެ. އެ ފަނޑު އަދިރި ކަމުގައި އިވެމުން ދިޔައީ އަވަސް ވެފައިވާ ނޭވާގެ އަޑެވެ.

****

އާދުވަހަކަށް ދުނިޔެމަތި އަލިކޮށްލި އިރު ބެލްކަނީގައި ދެކޮޅަށް ދުވެދުވެފައި އުޅުނު ލޫލުއަށް ނަޒަރު ހުއްޓާލައިގެން ނާއިލް ދޮރުކަނީގައި ލެނގިލައިގެން ހުއްޓެވެ. ލީނާ ބޭރަށް ދިޔަ ވަގުތު ބަލައި ނާއިލް އައީ ލޫލު ދެކިލާށެވެ. ލޫލުއަކީ އޭނާގެ ދަރިއެއްކަން އިނގުނު ފަހުން މިހާރު ރޭނގަޑުގެ ނިންޖާއި އަރާމު ފިލާފިއެވެ. އަބަދުމެ ބޭނުންވަނީ އެ ދަރިފުޅު ދެކިލާށެވެ.

“ނާލް ބޭބެ.. ބޯލް ކެޗް.” ލޫލު އޭނާގެ އަތުގައި އޮތް ބޯޅަ އެއްލަމުން ބުނެލިއެވެ. ދިގު ޓައިޓަކާއި އަތް ކެނޑި ޓީޝާޓެއްގައި ހުރިއިރު ލޫލުގެ އެބުޅި އިސްތަށި ކޮޅުވަނީ މައްޗަށް ނަގައި އައްސާލެވިފައެވެ. ދުވުމުގެ ސަބަބުން އިސްތަށިތަކުގެ ބުޑުން ދާތިކިތަށް ފާޅުވާން ހުރިއިރު އެ ކުޑަ މޫނު ވައްތަރީ ހަމަ ލީނާއާއި އެވެ. އެ ބުޅި އިސްތަށި ކޮޅާއި އެ ދޮންކަމާއި އެ ކަޅުކަންގަދަ ލޮލުގެ އިތުރުން ޖަންބު ކުލަ އަރާފައިވާ އެ ކުޑަ ތުންފަތަކީ ހަމަ ލީނާގެ ނަކަލެކެވެ.

ނާއިލްއަށް މިކަން އިހުސާސްވުމުން ހިތުގައި ރިހުމެއް އުފެދުނެވެ. އޭނާ ބޯޅަ ނަގައިގެން ގޮސް ލޫލުއާއި އެކީ ކުޅެން ފެށިއެވެ. އެތަށް އިރަކު ކުޅުމަށްފަހު ލޫލު ވަރުބަލިވެގެން ބިންމަތީގައި އޮށޯތުމުން ނާއިލް އޭނާ އުރާލިއެވެ. “ބިންމަތި އައްޗި ވާނެއޭ ދޫނި.. ހިނގާ ސޮފާއަށް.” ލޫލު ގެންގޮސް ކުޑަ ސޯފާގައި ބައިންދަމުން ބުނެލިއެވެ.

“ނާލް ބޭބެއަށް އިނގޭތަ ޑޭޑީ ކުޅޭއިރު އަބަދު ޗީޓް ކުރާނީ.. ބަޓް ނާލް ބޭބެ އިޒް ބެސްޓް. ނޯ ޗީޓިން.” ލޫލު ސޯފާގައި ދެމިލައިގެން އޮވެ ބުނެލިއެވެ. ނާއިލް އޭގެ ޖަވާބުގައި ހިނިގަނޑެއް ޖަހާލިއެވެ. އެހެން އިނދެފައި ބިންމައްޗަށް ވެއްޓިފައި އޮތް ބޯގަންވިލާ މަލެއް ނަގައި ލޫލުގެ ބޮލުގައި ނާއިލް ޖަހާދިނުމުން ލޫލު އުފަލުން ތެދުވިއެވެ. އޭނާ އަވަހަށް ބިންމައްޗަށް ވެއްޓިފައި ހުރި މާތަށް ނަގައި ނާއިލް އަތަށް ދެމުން ބޮލުގައި ޖަހާ ދިނުމަށް އެދުނެވެ.

ނާއިލް އުފަލުން އިނދެ ލޫލުގެ ބޮލުގައި މާތަށް ޖަހާދެމުން ދިޔައިރު އެހިތް އުފާކުރިއެވެ. އެންމެފަހުން ލޫލު ބޭނުންވީ ނާއިލްގެ ބޮލުގައި ވެސް މާ ޖަހާދިނުމަށްށެވެ. ނާއިލް ކަންފަތް ކައިރިއަށް ދެތިން މާ ޖަހާދިނުމަށްފަހު އަނގަމަތީގައި އަތް އަޅާލަމުން ހޭންފެށިއެވެ.

“ލެޓްސް ޓެކް ފޮޓޯ.. ކޮބާ ނާލް ބޭބެ ފޯނު.” ލޫލު މިހެން ބުނުމުން ނާއިލް ފޯނުނަގައި ދެމީހުން އެއްކޮން ނަފްސީ ނަގަމުން ދިޔައިރު ލޫލު އެކި ގޮތްގޮތް ހަދަމުން ދިޔައެވެ. ފޯޓޯ ނަގައި ނިމިގެން އެއަށް ބަލަން އިން ލޫލު ހެމުން ދިޔައިރު ނާއިލް ވެސް އިނީ ހެވިފައެވެ.

“ޔޫ ލުކް ސޯ ފަނީ..” ފޮޓޯއަށް އިޝާރާތް ކުރަމުން ލޫލު މިހެން ބުނުމުން ނާއިލް ވެސް ހިނިތުން ވެލިއެވެ. އެ ފޮޓޯތަށް ފޯނުގައި ފޮރުވާލުމުން އެހިތަށް ލިބުނީ ބަޔާން ކޮށްދެން ދަތި އުފާވެރިކަމެކެވެ. ލޫލުއާއި އެކީ ހޭދަކޮށްލެވުނު އެ ވަގުތު ކޮޅު ދުވަހަކުވެސް ހަނދާނަކުން ނުފިލާނެއެވެ. އޭނާ ހުރީ މިހާރު ލޫތްއަށް ހަޤީޤާތް ހާމަ ކުރަން ކެތްމަދުވެފައެވެ. ރަނގަޅު ވަގުތަކަށް އިންތިޒާރު ކުރަމުން ދިޔަ ނާއިލް އިތުރަށް ލޫތް އެ އަނދިރިކަމުގައި ބަހައްޓާކަށް ނޭދެއެވެ.

****

ރިސެޕްޝަން ކައިރީގައި މަޑުކޮށްލައިގެން އައިފާ ހުރީ އެތަނުންގައި ހުރި ފިރިހެނަކާއި ވާހަކަދައްކާށެވެ. ހީހީފައި ވާހަކަދައްކަމުން ދިޔައިރު އެ ރީތި މޫނު އުޖާލާ ވާލެއް އަދި މާ ފުރިހަމައެވެ. ސިޑިން ފައިބައިގެން އައި ލޫތްއަށް އައިފާ އެހެން ފިރިހެނަކާއި ހީ ސަމާސާ ކުރަމުން ދިޔަ މަންޒަރުފެނުމުން ހިތުގައި ނަފަރަތު އުފެދުނެވެ. މި ދެދުވަހު ފެނިވެސް ނުލައި ހުރެފައި ފެނުނުއިރު އެހެރީ އެހެން މީހަކާއި އެކީ ހިނިތުންވާށެވެ.

އެ މަންޒަރު ބަލަން އިތުރަށް މަޑު ކުރަން ބޭނުންނެތި އަވަސް ފިޔަވަޅުތަކެއްގައި ފައިބަނިކޮން ފައި ކައްސާލިއެވެ. އޭރު އެންމެފަހު ދެ ސިޑި ބަރިކަމުން ލޫތް ގޮސް ސިޑިމަތީގައި ޖެހުމާއި އެކީ ސިޑީގެ ނިމޭ ކޮޅުގައި ހުރި މާ ޓުކުރީގައި ޖެހި އެ ވެއްޓުނެވެ.

އެއްޗެއް ވެއްޓުނު އަޑަށް އައިފާ ސިހިފައި އެދިމާއަށް ބަލާލިއިރު ލޫތް އެއްފައި މައްޗަށް އިށީނދެއިން އިރު ކައިރީގައި މާ ޓުކުރި ވެއްޓި ތަޅައިގެން ގޮސްފައި އޮތެވެ. އެވަގުތު އައިފާގެ ލޮލުގައި އަޅައިގަތީ ލޫތްގެ އަތް ކަނޑައިގެން ގޮސް ލޭ ތިކި ޖަހަމުން ދިޔަ މަންޒަރެވެ. އޭނާ ދުމެއް ޖެހާފައި ދިޔަގޮތަށް ލޫތް ކައިރިއަށް ތިރިވިއެވެ. އޭރު ތަނުގެ މުވައްޒަފުން އެތަނަށް އެއްވަމުން ދިޔައެވެ.

“އަތް ނުލައި.” އައިފާ އަތުގައި އަތް ލުމުން ލޫތް އޭނާގެ އަތް ފޮޅުވާލިއެވެ. އޭރުވެސް އައިފާ މަސައްކަތް ކުރީ ވެފައި ހުރިވަރު ދެނެގަތުމަށްށެވެ. “މިތަން ސާފުކުރަން މީހަކު ފޮނުވާ.. މޫވް!” ލޫތް ތެދުވަން މަސައްކަތް ކުރަމުން ބުނެލިއެވެ.

އޭނާ ތެދުވަން އުޅުނު ނަމަވެސް އެއްއަތް ކަނޑައިގެން ގޮސްފައި އޮތުމުން ތެދުވަން އުނދަގޫވިއެވެ. މި މަންޒަރު ފެނުމުން އައިފާ އޭނާއަށް އެހީތެރި ވެދޭން އުޅުމުން ވެސް ލޫތް ދުރަށް ޖެހުނެވެ. އޭރު ތަނުގެ އެހެން މުވައްޒަފެއް އައިސް ލޫތްއަށް ތެދުވަން އެހީތެރި ވެދެނީއެވެ.

ލޫތް ތެދުވެ އަތުގައި ހިފައްޓާލަމުން އެތަނުން އަވަސް ފިޔަވަޅުތަކެއްގައި އޮފީހާއި ދިމާއަށް ދާން މިސްރާބުޖެހިއެވެ. އައިފާ އިރުކޮޅަކު ހުރުމަށްފަހު ސާފު ކުރާ މީހާ އައުމުން ލޫތްގެ އޮފީހާއި ދިމާއަށް މިސްރާބުޖެހީ ލޫތްއަށް ވީ ކިހިނެތްތޯ ބަލާލުމަށްށެވެ. އެ ހިތުގައި ލޫތްއަށްޓަކައި އޮތް ނަފްރަތު ނުނިވުނެއް ކަމަކު އެގޮތަށް އަނިޔާ ވުމުން އޭނާ ނުތަނަސްވިއެވެ.

****

އައިފާ އޮފީސް ދޮރުގައި ޓަކި ޖަހާލަމުން އެތެރެއަށް ވައިން އިރު ބޮޑު ސޯފާގައި އިށީނދެއިން ލޫތް ކައިރީގައި ފަސްޓް އެއިޑް ފޮއްޓެއް އޮތެވެ. އޭނާ ކަފަކޮޅަކުން ކަނާތުގައި ކަނޑައިން ގޮސްފައި އިންތަނުން ލޭ ފޮހެމުން ދިޔައިރު އެކަން ކުރަން އުނދަގޫ ވެގެން އުޅޭކަން އައިފާއަށް ފާހަގަވިއެވެ.

މަޑު ހިނގުމެއްގައި ގޮސް ލޫތް ކައިރީގައި މަޑުކޮށްލުމުން އޭނާ އިސް އުފުލާ ބަލާލިއެވެ. “ކީއްކުރަން ތިއައީ؟ ނިކުމޭ.” ލޫތް ހަރުކަށި ކަމާއި އެކު މިހެން ބުނުމަކުން އައިފާ ފަހަކަށް ނުޖެހުނެވެ. ކަފަކޮޅެއް ނަގަމުން ލޫތްގެ އަތުގައި ޖައްސާލުމުން ލޫތް އަތް ފޮޅުވާލަމުން ކޮޅަށް ތެދުވިއެވެ.

“ބުނެފީމެއްނުން ނިކުންނާށޭ.. އައި ޑޯންޓް ވޯންޓް ޔުއާ ހެލްޕް.” ލޫތް މިހެން ބުނުމުން އައިފާ އަނެއްކާވެސް އެއަތުގައި ހިފިއެވެ. ނަމަވެސް ލޫތް ހަމަ ކުރިއެކޭ އެއްގޮތަށް ކުޑަކުއްޖެއްހެން އަތް ފޮޅުވާލުމުން އައިފާ ރުޅިއައެވެ. ހާދަ ގޮތް ދޫ ނުކުރާ ފިރިހެނެކޭ އައިފާ ހިތަށް އެރިއެވެ.

“މިތަނުގައި އެކަނި ބޭސް އަޅަން އުނދަގޫވާނެ.. ސާރއަށް ފަސޭހަކޮށްދޭން މިއައީ. ސޯ ޕްލީސް ލެޓް މީ.” އައިފާ ތަންކޮޅެއް ބާރަށް މިހެން ބުނެ ލޫތްގެ އަތުގައި ހިފުމުން މިފަހަރު ލޫތަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އައިފާ ފަރުވާތެރި ކަމާއިއެކީ ކަނޑައިގެން ގޮސްފައި އިންތަން ސާފު ކުރަމުން ދިޔައިރު ލޫތްގެ ނަޒަރު ހުރީ އައިފާގެ އެ މޫނަށް ހުއްޓިފައެވެ.

އައިފާގެ އެ ތުންފަތް ކައިރިން ފެނުމުން އެރޭގެ ހަނދާންތައް ހިތުގައި އާވުމުން އެ ޚިޔާލާއި ދުރުވާން މަސައްކަތް ކުރިއެވެ. އޭނާ އެކަން ހަނދާން އެބަހުއްޓެވެ. ދުވަހަކުވެސް ހަނދާނުން ނުފިލާނެ އެވަގުތު ކޮޅު ނުހިނގާކަމަށް އައިފާ ކައިރި ބުނީ ވަގުތާއި ހާލަތަށް ބަލާފައެވެ. ލޫތް އެކަމަށް އެއްބަސް ވެއްޖެނަމަ އެދެމެދުގައި އިތުރު ކަމެއް ހިނގުމަށް މެދުވެރިވެ ނުދިނުމަށްށެވެ. އޭނާ އައިފާއަށް ކުރަނީ ނަފްރަތެއް ނޫން ހެއްޔެވެ؟ ލޫތްއަށް އޭނާގެ އަމިއްލަ. ނަފްސާއި ސުވާލު ކޮށްލެވުނެވެ.
ލޫތްގެ އަތުގައި ބެންޑޭޖެއް އޮޅަމުން ދިޔަ އައިފާ ސިއްރުން ލޫތްއަށް ނަޒަރު ހިންގާލިއެވެ. އޭރު ދުރު ބަލަހައްޓައިގެން އިން ލޫތް ތުނބުޅި ބާލާފައި ހުރުމުން އެ މޫނުމަތީގެ ރީތިކަން އިތުރަށް ފާޅުވެއެވެ. ލޫތްގެ ގަމީހުން ދުވި އަރްމާނީ ސެންޓު ވަހަކީ މިހާރު އަބަދުމެ އައިފާގެ ހިތް ލެނބޭ އެއްވަހެވެ.

ލޫތް އެހެން އިނދެފައި ކަރުގައި އޮތް ޓާއީ ދޫކޮށްލުމުން އޭނާގެ ކަރުކައިރިން ފާޅުވި ނިޝާން ފެނުމުން އައިފާގެ ހިތަށް އަސަރު ކުރިއެވެ. ‘ހީ އިޒް މެރީޑް. އެވަރުކަމަކާ އަހަރެން ކީއްވެ ދެރަވާންވީ.’ އައިފާގެ ހިތަށް މިހެން އެރުމުން އެތަނަށް ނުބަލާން އިސްޖެހިއެވެ.

ބެންޑޭޖްކޮށް ނިމުމުން ތެދުވެ ފޮޓަށް އެއްޗެހިތަށް ލަމުން ދިޔަ އައިފާގެ ހަރަކާތްތަށް އަވަހެވެ. އޭނާ ބޭނުންވީ މިތަނުން ނިކުންނަންށެވެ. އެހެންނުނީ އެހިތުގައި އާ އިހުސާސްތަކެއް ދައުރުވެދާނެއެވެ. އައިފާން ދާން ހެދުމުން ލޫތް އޭނާ ހުއްޓުވިއެވެ. “އައިފާ.. އަމް ތޭންސް.” ލޫތް އަލަށް އެހައި މަޑުމައިތިރިކޮން އައިފާއާއި މުހާތަބު ކުރުމުން އޭނާ ހައިރާންވިއެވެ.

“ހިތަށް އެރީމަ ދޯ ރީތިކޮން ވާހަކަދައްކަން ވެސް އިނގެނީ.. ޔޫ ޑިޑިންޓް ވޯންޓް މައި ހެލްޕް. ހީނުކުރައްޗޭ ލޫތް ސާރއާއި ދޭތެރޭ ދެކޭގޮތް ބަދަލުވީއޭ.. އައި ސްޓިލް ހޭޓް ޔޫ.” އައިފާ މިހެން ބުނެފައި ދާން ހިނގައިގަތެވެ. “އައި ހޭޓް ޔޫ ޓޫ” އައިފާ ނިކުތުމުގެ ކުރިން އޭނައަށް އަޑު އިވޭނެވަރަށް ލޫތް މިހެން ބުނެލިއެވެ. އައިފާ ނިކުމެ ދޮރުލެއްޕުމުން ލޫތް ސޯފާގައި އިށީނދެލިއެވެ. މިވަނީ ކިހިނެތްކަމެއް އޭނާއަކަށް ވެސް އޮޅުމެއް ނުފިލިއެވެ.

****

ހަވީރުގެ ވަގުތު އެސް.ޓީ.އޯއަށް ވަދެގެން އައި ލައިޝާއާއި އާލާ ދިޔައީ މޭވާތަށް ހުރި ދިމާއަށްށެވެ. އެތަނުން ފަސްވަރަކަށް މޭވާ ނަގައިގެން ދެމީހުން އެކީގައި އެތެރެއަށް ހިނގައިގެތެވެ. ބޭނުންވާ ސާމާނުތަށް ހިފައިގެން ފައިސާ ދައްކަން ދިޔައިރު ހުރިހާ ތަނެއްގައި ވެސް ދިގު ކިއުއެއް އޮތެވެ. ރޯދަ މަހުގެ ހަވީރުގަޑި ކަމުން ގިނަ މީހުން ކަންކާނެ އެއްޗެހި ގަތުމަށް އައިސް މުޅި ފިހާރަވަނީ ފުރިފައެވެ.

އެތަނުން ލައިނެއްގައި މަޑުކޮށްލި އާލާގެ ލޮލުގައި އަޅައިގަތީ ކައިރީގައި ހުރި އައިފާއެވެ. އައިފާ ލޫލުއަށް ކިޔަވަދޭން ދިޔަ ދުވަސްކޮޅު އެދެމީހުން ވަނީ ގާތް ރަހުމަތްތެރިންނަށް ވެވިފައެވެ. “ހޭއި.. ކިހިނެތް.. މިހާރު ދިޔަފަހުން ދެން ގުޅާ ވެސް ނުލައި.” އައިފާގެ އަތުގައި ކުޑަކޮން ޖަހާލަމުން އާލާ ބުނެލިއެވެ.

ކައިރީގައި ހުރި ލައިޝާ ވެސް އައިފާއަށް ހިނިތުންވެލިއެވެ. ލުތުފީވަނީ އައިފާ އެ ކޮމްޕެނީއަސް ކޮށްދިން އަގުހުރި ކަންތަކަކުގެ ވާހަކަ ކިޔާދީފައި ކަމުން އައިފާގެ ހުނަރާއި މެދު ލައިޝާ ތަޢުރީފް ކުރިއެވެ. “ހެހެހެ.. އާލާ ކިހިނެތްތަ؟ ލައީ.. ލޫލު ކިހިނެތް؟ ވަރަށް ދުވަސް ވެއްޖެ އޭނަ ނުފެންނަތާ.” އައިފާ ހިނިތުންވެލަމުން ބުނެލިއެވެ. ލައިޝާ ހިނިތުން ވެލަމުން އައިފާއާއި ސަލާމްކޮށްލިއެވެ.

“އައި އެމް ގުޑް.. ލޫލު އުޅޭނެ މިހާރު އައިފާ ނާންނާތީ ދެރަވެގެން. ރޭގަވެސް ކީ އާފާ ދެން ނާންނަނެހޯ..” އާލާ ހެމުންހެމުން ބުނެލިއެވެ. ދެމީހުން އެކިވާހަކަ ދައްކަމުން ގޮސް އާލާއަށް ޚިޔާލެއް އައެވެ. “ހޭއި މިއުޅެނީ މާދަން ފެމެލީ އެންމެން ރޯދަ ވިއްލުމަކަށް ދާން. އައިފާ ވެސް އަންނަން ވީނުން. ލޫލު ވަރަށް ހެޕީ ވާނެ.” އާލާ ހެވިފައި ހުރެ ބުނެލިއެވެ.

“އަމް.. އައި ޑޯންޓް ނޯ.” އައިފާ ދާން ނުކެރިފައި ހުރެ ބުނެލިއެވެ. އެތަނުގައި ލޫތް ހުންނާނެތީ އޭނާ ދާން ޖެހިލުންވިއެވެ. އެކަމަކު ލޫލު ވެސް ދެކިލާ ހިތްވިއެވެ.

“ހިނގާބަ އައިފާ.. ބައްޕަ ވެސް ވަރަށް އުފާވާނެ އައިފާ އައީމަ. މިހާރު ވެސް އެންމެންނަށް އިނގޭން ހައު ޔޫ ސޭވްޑް ދަ ކޮމްޕެނީ.. ހެހެ. އިޓް ވިލް ބީ ފަން.. ޕްލީސް ޖޮއިން އަސް” ލައިޝާ ހިނިތުންވެލަމުން މިހެން ބުނުމުން އައިފާއަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. އޭނާ ދާން އެއްބަސްވީ ލޫތް ހުއްޓަސް ހެޔޮކަމަށް ނިންމައިގެންނެވެ.

****

ރޭގަނޑުގެ މެންދަމު ވަގުތު ޓީ.ވީއިން ދައްކަމުން ދިޔަ ޔޫރޯ މެޗެއް ބަލަން ޒޭންއާއި ލޫތްގެ އިތުރުން ސައިލަމް އިނެވެ. ގޭގެ ހުރިހާ އަންހެންވެރިން ނިދުމުން ހަމަޖެހިލައިގެން މެޗް ބަލާލަން ލިބުނީތީ ލޫތް ހިތްހަމަޖެހުނެވެ. “ކޮބާތަ ނާއިލް؟” ލޫތް މިހެން ބުނިތަނާ ގޭގެ ދޮރުގައި ޓަކި ޖެހި އަޑުއިވުނެވެ.

ދޮރު ހުޅުވާލުމުން އެތެރެއަށް ވައިން ނާއިލް ސޯފާގައި ޖައްސާލިއެވެ. “އޮން ޓައިމް އިނގޭ ހަމަ. މިދައްކައްނީ ވެސް ނާއިލް ނާންނަ ވާހަކަ.” ކޯކް ބޯން އިން ސައިލަމް ބުނެލިއެވެ. މެޗްގެ މެދާއި ހިސާބަށް ދިޔައިރު ޒޭންއަށް އޮތީ ނިދިފައެވެ. އޭރު ނާއިލް އިނީ ލޫތްއާއި އެކަނި ވާހަކަދައްކާ ލެވޭނެ ފުރުސަތަކަށް ބަލަބަލައެވެ.

އިރުކޮޅަކުން ސައިލަމްއަށް ފޯނެއް އައުމުން އޭނާ ބެލްކަންޏަށް ނިކުތުމުން ލޫތް ތެދުވެ ކާގެއަށް ވަންނަން ދިޔައެވެ. “ނާއިލް ބޭނުންތަ ޕިއްޒާ ކޮޅެއް.. މިއަދު ރޯދަ ވިއްލަން ހެދި ޕިއްޒާ އަދިވެސް ހުހެއް ނުވޭ ވިއްޔަ.” އައިސް އަލަމާރި ހުޅުވާލަމުން ލޫތް ބުނެލިއެވެ. ނާއިލް ތެދުވެގޮސް ކާގޭގެ ކައުންޓަރ ކައިރި މަޑުކޮށްލިއިރު ލޫތް ޕިއްޒާ ހޫނުކޮށްލުމަށް އަވަން ތެރެއަށް ލަނީއެވެ.

ނާއިލް ވިސްނާލިއެވެ. ބުނަންވީބާއެވެ. މިފަހަރު ނުބުނެ ވުނިއްޔާ ދެން މި ހިތްވަރު ލިބޭނެ ކަމެއް ވެސް ނޭނގެއޭ އެހިތަށް އެރިއެވެ. “ލޫތް.. އަހަރެން ވެއްޖެ ވަރަށް މުހިއްމު ވާހަކައެއް ދައްކަން.” ނާއިލް ކޮންމެ ގޮތެއް ވިޔަސް ހެޔޮކަމަށް ނިންމައި ވާހަކަފެށިއެވެ. “ޝުއާ މޭން. ބިޓެއް ލިބުނީތަ؟” ލޫތް އެއްލޯ މަރާލަމުން މިހެން ބުނުމުން ނައިލް ހިނިގަނޑެއް ޖަހާލިއެވެ. ލޫތް އަބަދުވެސް ހުންނާނީ އެކަހަލަ ކަމަކާއި ދިމާ ނުކުރެވިފައެވެ.

“ތިކަހަލަ ކަމެއް ނޫން.. އެކަމަކު ވަރަށް ސީރިއަސް ކަމެއް. ލޫތް ޖެހޭނެ މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހަން. އިނގޭ މިހެން ބުނާ އިރުވެސް ލޫތްއަށް ވަރަށް އަސަރު ކުރާނެކަން.. ބަޓް ޔޫ ނީޑް ޓު ނޯ ދަ ޓްރުތް.” ނާއިލް އެހައި ސީރިއަސްވެފައި ވާހަކަދެއްކުމުން ލޫތް ވެސް އޭނާގެ ސަކަ މިޒާޖު ދޫކޮށްލިއެވެ. ކައުންޓަރުގައި އަތް އަޅުވާލަމުން ލޫތް ހުރީ ނާއިލް ދައްކަން މި އުޅެނީ ކޮން ވާހަކައެއްކަން ނޭނގިފައެވެ.

“ވަޓް ޓްރުތް.. އަހަރެނަށް ކޮންކަމެއް ސިއްރުވީ؟” ލޫތް މިހެން ބުނިއިރު އެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. އެހެންނޫނީ ދުވަހަކުވެސް ނާއިލް މިހާ ސީރިއެސްވަފައި ލޫތްއާއި ވާހަކަދައްކާފައެއް ނުވެއެވެ. އޭނާ ސަކަރާތްޖަހަނީ ނޫންކަން އިނގުނީ އެ އަޑާއި ރާގުންނެވެ. “ލޫތް.” ނާއިލް ވާހަކަ ދައްކަން އުޅުން ނަމަވެސް އެވާހަކަ ބުނަން އުނދަގޫވިއެވެ. ދޫ އޮޅޭހެން ވެސް ހީވިއެވެ. “ޑޭމް އިޓް ނާއިލް ޓެލް މީ!” ނާއިލް އުޅޭގޮތުން ލޫތްގެ ކެއްތެރިކަން ކޮޅުން ލިއެވެ. އޭރު އެހިތް ނެގި ނެގިފައި ޖެހެމުންދިޔައެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ލޯތްބޭތީ ހިތްއެދޭ.. (6)

Next

ވިސްނުނީ މާ ފަހުންނެވެ. 2 ވަނަ ބައި

Next
June 24, 2016

ވިސްނުނީ މާ ފަހުންނެވެ. 2 ވަނަ ބައި

Previews
June 23, 2016

ލޯތްބޭތީ ހިތްއެދޭ.. (6)

52 Comments!

  1. layaal says:
    June 23, 2016 at 9:01 pm

    hey all. sorry for the delay. but here it is finally. next part in sha allah on Saturday. enjoy. let me know what you think.
    Love <3

  2. Thukko says:
    June 23, 2016 at 9:11 pm

    Yeah me first nice story

  3. Shaa xee says:
    June 23, 2016 at 9:30 pm

    V nice story dhaa goi…. waiting for next part.? avahah next part up koh dhehchey please please please….

    1. layaal says:
      June 24, 2016 at 1:41 am

      thanks ?

  4. anash says:
    June 23, 2016 at 9:37 pm

    Nice

  5. Faathun says:
    June 23, 2016 at 9:42 pm

    Alhe pls looth ah angaba nail ge dhariyehkan looloo akee..

  6. Faathee says:
    June 23, 2016 at 9:54 pm

    Hey layaa…. v v v v v salhi ingey mi story.. v touching hama sifa kurevey

  7. Nauher says:
    June 23, 2016 at 10:00 pm

    Alheyy naail lavva haggegai kiyaadheythi plxxx…..ehves meehaku eh dheythere ah nuvahdhaathi ingeyy…..stry varah reethi….loved it….?????????

    1. layaal says:
      June 24, 2016 at 1:37 am

      thank you ❤️

  8. nice says:
    June 23, 2016 at 10:07 pm

    Woaaaaaaaaahhhhhh….haaadhaa reehhhcheyy….me hama besttest storyyyy..il afaa and looth ????✌??????

    1. layaal says:
      June 24, 2016 at 1:40 am

      thank you ❤️

  9. tinker says:
    June 23, 2016 at 10:12 pm

    alhe yagyn knmx myhaku annaane.. btw story v salhi.. waiting 4 da nxt part… ?

  10. Blue Lady says:
    June 23, 2016 at 10:20 pm

    Wowww.. awesome.
    Hih thalhuvaalaafa thi ninmaaly Layaa. Haadha molhey aslu. Waiting….

  11. Mar Sha Marsha says:
    June 23, 2016 at 11:06 pm

    Mikahala hiy thalhuvaa hisaabun ninmaakah nuvaanenu…. story is awsummm… vvv rythi… like this to max… waiting for the next ep… keiytheti kameh nethi… naail bunaanebaa.. bunyma looth ah vaany kihinehbaa… n they r brothers… omg… sat ga up kohdheynan dho… u r a grt writer layaal…

    1. layaal says:
      June 24, 2016 at 1:27 am

      thank you so much Marsha

  12. aimin mau says:
    June 23, 2016 at 11:13 pm

    Oh!!! Naail looth kairyga bunaane baa…….. Oh!!!!! Waiting 4 next part plss avahah up kohlahchey…….??????????????

    1. layaal says:
      June 24, 2016 at 1:33 am

      ???

  13. Amee says:
    June 23, 2016 at 11:13 pm

    Wow…. V nice… Naail eh nubunaane… Ehaa hihvareh neii naail gayaku…poor naail…waiting for next part

    1. layaal says:
      June 24, 2016 at 1:36 am

      thank you ?

  14. shiuny says:
    June 23, 2016 at 11:22 pm

    Wow love it ?????
    Mivaruge vaahakeii adhi nukiye..
    Keep it up layaa..

    1. layaal says:
      June 24, 2016 at 1:29 am

      thanks ??

  15. hibaa says:
    June 24, 2016 at 12:13 am

    naail bunun ranagalhee.. looth ah ves rangalhu vaanee leenaaya dhurah dhiyun.life ga ekaku anekaku dheke loabi vumakee v muhinmmu kameh. vaahaka v habeys. waitin..

    1. layaal says:
      June 24, 2016 at 1:29 am

      thank you ?

  16. Ellie says:
    June 24, 2016 at 12:23 am

    It’s 7 in the morning where I live and enme furathamaves heylaafa new update intho mi belee. I’ve never looked forward to a story this much. ? Varah varah reethi nge mi part ves.

    1. layaal says:
      June 24, 2016 at 1:28 am

      allhey thats so sweet of you. thank you so much darling ❤️

  17. Army says:
    June 24, 2016 at 12:49 am

    Naail avahah loothu gaathuga thivaahaka dhakkaa ehennoony loothu hunnaany olhun gan’dhehge thereyga,,, plx next part avahah upkohdhy,,,story vvvvvvvv reethi

    1. layaal says:
      June 24, 2016 at 1:30 am

      thanks you ❤️

  18. Naail says:
    June 24, 2016 at 1:50 am

    Looth, lool akee magey dharieh 😛

    1. Shaw says:
      June 24, 2016 at 4:55 am

      E bunyynu dw naail.. Hehehe..

  19. nasy says:
    June 24, 2016 at 2:08 am

    Wow layaal .v v v vvvvvvvvvv salhi .waiting 4 next part .just like series.kihineh vaanee .iru iru kolhaa check kohlan up vothoa balan.waiting. buts its better to take little time to expose laanaa with a potential twist.not hurry it will be nice .

    1. layaal says:
      June 24, 2016 at 11:19 pm

      thank you ?

  20. azooo says:
    June 24, 2016 at 2:28 am

    V reethi kuriahuri part v kiyahithunmihureee

  21. shaai says:
    June 24, 2016 at 4:22 am

    naail u can….. avahah looth ah huriha ehcheh kiyaidhiy….
    mihaaru aifa n looth ge bai enme interestiyyyyyy…

  22. mj.mary says:
    June 24, 2016 at 4:57 am

    Hama habeys?????

    1. layaal says:
      June 24, 2016 at 11:34 pm

      thank you ❤️

  23. Ahmed Ammu says:
    June 24, 2016 at 7:33 am

    V salhi.
    Keep it up Layaal

    1. layaal says:
      June 24, 2016 at 11:26 pm

      oh thanks Ammu as always ?

  24. Narash says:
    June 24, 2016 at 11:53 am

    Mi site ga in emme reethi story. Wow ❤️

  25. niha says:
    June 24, 2016 at 12:48 pm

    Vvv reethi
    yagina naail bunu mugakurin konmas mihakuana v reethi vana dhen lootha haqiqay igunima

  26. niha says:
    June 24, 2016 at 12:50 pm

    Dhen hagiqa looth a agalaba
    vv reethi

  27. Zee says:
    June 24, 2016 at 3:02 pm

    Looth gabulu kuranaba nail kiyadinima……. omg
    wating for next part
    l love the story ????

    1. layaal says:
      June 24, 2016 at 11:25 pm

      thank you Zee?

  28. Mizz says:
    June 24, 2016 at 4:21 pm

    Vv nice story… I’m new to esfiya site n this is the first story I read.. love it… tbh one of the best stories I’ve ever read

    1. layaal says:
      June 24, 2016 at 11:20 pm

      aww. thank you so much ❤️

  29. Appy says:
    June 24, 2016 at 5:30 pm

    Alhe konkahala hisaabakun thinimmaaly. ..avas kohdhehchey btw story is awesome

  30. saai says:
    June 24, 2016 at 6:02 pm

    Warah salhi mi waahaka plx avahah aneh part

  31. Jiyaa says:
    June 24, 2016 at 9:16 pm

    Wow vvv reethi mi part ves…. Next part up kuranee konirakun tha????? Kiyaahithun nuves nidhey….

  32. Jiyaa says:
    June 24, 2016 at 9:18 pm

    Wow vvv reethi mi part ves…. Next part up kuranee konirakun tha????? Kiyaahithun nuves nidhey…. Pls avahah up kohdhee

    1. layaal says:
      June 24, 2016 at 11:23 pm

      tomorrow in sha allah ?

  33. azooo says:
    June 24, 2016 at 11:01 pm

    Alhe miadhu new part genesnudheneetha….

    1. layaal says:
      June 24, 2016 at 11:23 pm

      as usual next part tomorrow. its updated on every Sunday, Tuesday, Thursday and Saturday.

  34. Sweetie says:
    July 13, 2016 at 1:20 pm

    Aslu leena looth aa marry kuran jehunu sababaky koba tha.?

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ (8)←


All Right Reserved!