Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާންވުމީ މިހިތުގެ އުފާ 27 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
June 17, 2016 12 Mins Read
45 Comments

“ޖަންނާ، ޖަންނަ ތީ ވަރަށް އަގުބޮޑު މީހެއް. ޖަންނައަށް އިހުސާސް ވެސް ނުކުރެވޭހާ އަގުބޮޑު. ޖަންނަ ބޭނުންނަމަ އަހަރެން ޖަންނައާއި މެރީ ކޮށްފާނަން. އަހަރެން އަބަދުވެސް ޖަންނައާ “ޖަންނާ، ޖަންނަ ތީ ވަރަށް އަގުބޮޑު މީހެއް. ޖަންނައަށް އިހުސާސް ވެސް ނުކުރެވޭހާ އަގުބޮޑު. ޖަންނަ ބޭނުންނަމަ އަހަރެން ޖަންނައާއި މެރީ ކޮށްފާނަން. އަހަރެން އަބަދުވެސް ޖަންނައާ ވަރަށް ލައިކްވޭ. އަހަރެން މިހިރީ ޖަންނައާ މެރީ ކުރަން ތައްޔާރަށް.” މާޒިދު އެހެން ބުނުމުން ޖަންނަތުއަށް މާޒިދުއާއި ދިމާލަށް ހައިރާންވެފައި ބަލައިލެ ވުނެވެ. މާޒިދު ލޯމަރާލަމުން ބޯ ޖަހާލި އެވެ.
ޒައިދާން ހުރީ ޖަންނަތު ދޭނެ ޖަވާބެއް ނޭގޭތީ ކަނުލާ އަޑުއަހާށެވެ. ޖަންނަތު މާޒިދުއާއި އިންނަން އެއްބަސް ނުވޭތޯ ހިތާހިތުން ޒައިދާއަށް ދުޢާކޮށްލެވުނެވެ.
“މާޒިދު، އަހަރެން އެކަމު މަޒިދުއާއި މެދު އެގޮތަށް ނުވިސްނަން.” ޖަންނަތުއަށް ލިބުން ހައިރާން ކަމާއެކު ޖަންނަތު ބުންޏެވެ. “އަހަރެން އެހެން ދެން މިބުނީ ހަމަ ކޮންމެ މީހަކާއަހަރެން އިންނާކަށް ނޫން.” ޖަންނަތު ބުންޏެވެ. މާޒިދު ޖަންނަތުއަށް ބަލައިލި އެވެ. އަދި ފަނޑު ހިނިތުންވުމެއް ޖަންނަތުއަށް ދިނެވެ.
“މަށަށް އިނގެޔޭ ޖަންނަ ކޮންމެހެން މީހަކާ އިންނަން ކިޔާއެއްޗެއް ނޫންކަން.” މާޒިދު ނޫން ކަމަށް ހަދާލަމުން އަވަހަށް ބުންޏެވެ. “ލޯބީގަ ތިހެން ވެސް ވާނެ… އަދި އަބީ މަންމަ ގަބޫލުވާނެ. އަދި މީހަކާ ނީނދެވިގެން އުޅޭހާ މުސްކުޅިއެއްވެސް ނުވޭނު.” މާޒިދު ސަމާސާ ރާގަކަށް ބުނެލި އެވެ. ޖަންނަތު ހިނިތުން ވެލަމުން ލެޕްޓޮޕާއި ދިމާއަށް ބަލައިލި އެވެ. މާޒިދުވެސް އެނބުރި އޭނާގެ މޭޒުކައިރިއަށް ގޮސް މަސައްކަތައިގެން އުޅެން ފެށި އެވެ.

ޒައިދާން ވިސްނާލަން ހުރެފައި ކުއްލިއަކަށް އޭނަގެ ކެބިން އިން ނުކުތެވެ. އަދި އެކަކަށް ވެސް ބަލައިލުމެއް ނެތި ޖީބަށް އެއް އަތް ޖަހާލައިގެން ހުރިގޮތަށް ނުކުމެގެން ހިގައްޖެ އެވެ. ދިޔަގޮތުން ހީވީ މާ މުހިންމު ތާކަށް ދާން ދިޔަހެނެވެ.
ޒައިދާން ސައިކަލުގައި އެދިޔަގޮތަށް ގޮސް މަޑުކޮށްލީ ގްރީން ވިލާ ދޮރުމައްޗަށެވެ. އޭރު އެގެއިން އާލިޔާ ނުކުންނަނީ އެވެ.
“އާލިޔާ، ކޮބާ މަންމަ؟” ޒައިދާން އެހި އެވެ.
“މަންމަ ނެތް ގެއަކު.” އާލިޔާ ބުންޏެވެ. އެވަގުތު އަހްޔާން ވެސް ނުކުތެވެ.
“ކީއްކުރަން މަންމަ ހޯދަނީ؟” އަހްޔާން އަހާލި އެވެ.
“އެއީ ކަމަކު.” އަހްޔާން ކައިރީ ވެސް ޒައިދާން އެވާހަކަ ބުނާކަށް ގަސްތެއް ނުކުރި އެވެ. އަހްޔާން ކައިރީ ބުނުމެކޭ އަބްޔާން ކައިރީ ބުނުމެކޭ ވާނީ އެއްވަރުކަން ޒައިދާންއަށް އިނގެ އެވެ. ޒައިދާން އަވަހަށް ސައިކަލަށް އަރައިގެން ދުއްވާލި އެވެ. ޒައިދާންއާއި ދިމާއަށް ހައިރާން ވެފައި ބަލަން ހުރެފައި އަހްޔާން ގޭތެރެއަށް ވަންނަން ދިޔަ އެވެ.
“ޔާންބޭ!” އެވަގުތު އާލިޔާ އަހްޔާންއަށް ގޮވާލި އެވެ. “ޔާންބެއަށް ގަބޫލު ނުކުރެވޭނެ ވާހަކައެއް ބުނަންތަ؟” އާލިޔާ ގަސްތު ކުރީ އަހްޔާންއަށް ހިދާޔާގެ ވާހަކަ ކިޔައިދޭށެވެ. އަބްޔާންއަށް ކިޔައިދޭނެ ހިތްވަރެއް އާލިޔާއަކަށް ނުލިބުނެވެ.
“ކޮން ވާހަކައެއް؟” އަހްޔާން އާލިޔާއާއި ދިމާއަށް އެނބުރިލަމުން އެހި އެވެ. އަހްޔާން އަކީ އާލިޔާއާއި މާވާހަކަ ދައްކާ މީހެއް ނޫނެވެ. އާލިޔާއާއި އެންމެ ގުޅުން އޮންނަނީ އަބްޔާންއާ އެވެ. އެހެންކަމުން އަހްޔާންއަށް އެވާހަކަ ކިޔައިދޭން އާލިޔާއަށް އުނދަގޫ ވިއެވެ. ނަމަވެސް ނުކިޔައިދީ ދެން ވާކަށްވެސް ނެތެވެ. “އާލިޔާ! ކޮން ވާހަކައެއްތަ؟” އާލިޔާ އަދިވެސް އެއްޗެއް ނުބުނެ ގެއްލިފައި ހުރުމުން އަހްޔާން ގޮވާލި އެވެ.
“އާމް… މީ ….!” އާލިޔާއަށް އަހްޔާން ގާތު ބުނާކަށް ނުކެރުނެވެ. އާލިޔާއަށް ތަނާ އެވާހަކަ ދެއްކުމުން އެންމެ ކުރިން ގަބޫލެއް ނުކުރެވުނެވެ. އަދި ޔާންބެ މެނަށް ގަބޫލު ކުރެވޭނީ ކިހިނެއް ހެއްޔެވެ. އާލިޔާ ހިތަށް އަރަމުން ދިޔަ އެވެ.
“އާލިޔާ، ދެން އަވަހަށް ބުނެބަލަ… އަހަރެން ދާން ވެއްޖެޔޭ.” ލަސްވެފައި ހުރި އަހްޔާން ބުންޏެވެ.
“ހޫން… ދޭބަލަ… އަހަރެން ބުނަން އުޅުން ވާހަކައެއް މިހާރު ހަދާނެއްނެތް…” އާލިޔާ ބުނެލި އެވެ. އަހްޔާން އާލިޔާއަށް ފުންކޮން ބަލައިލާފައި ބޯހޫރާލަމުން އެތެރެއަށް ވަދެގެން ދިޔަ އެވެ.
“އަހަރެން މިވާހަކަ އަބީބެ ކައިރީ ކޮންމެހެން ވެސް ބުނަން ޖެހޭނެ.” މަޑުމަޑުން އާލިޔާ ބުނެލި އެވެ. “ތަނާ އަނެއްކާ ޖަންނަ ގާތު މިވާހަކަ ބުނިބާ؟ ޖަންނަ ގާތުވެސް އަހަރެން މިވާހަކަ ބުނެލަން ވާނެ.” އާލިޔާ އެހެން ހިތަށް އެރުމާއި އެކު ހިގައި ގަތީ ފިޔާތޮށިގެއާއި ދިމާލަށެވެ.

ޒައީމާ ހަދީޖާއާއި ވާހަކަ ދައްކަން އެތައް އިރަކު އިނެވެ. ހަދީޖާމެންގެއާއި ހިސާބަށް ޒައީމާ އެއައީ އެތައް ދުވަހަކަށް ފަހު އެވެ. އެހެން ކަމުން ހަދީޖާގެ ވެސް ނިކަން ވާހަކަ ގިނަ އެވެ. ހަގީގަތުގައި ޒައީމާ އެހިސާބަށް އެއައީ ހިދާޔާގެ އާއި ޒާހިދާގެ ވާހަކަ އޮޅުން ފިލުވާށެވެ. ހިދާޔާއާއި ޒާހިދާއަކީ ހަދީޖާމެންގޭ ހިސާބުގައި ޅަދުވަސް ހޭދަކޮށްފައިވާ ބައެކެވެ. ހަދީޖާގެ ފަރާތުން ނިކަން ގިނަ ވާހަކަ ޒައީމާއަށް އޮޅުން ފިލި އެވެ. ޒައީމާ ގެއަށް ދިޔައީ ނިކަން ހިތްހަމަ ޖެހިފައި ހުރެ އެވެ.

ޖަންނަތު ގެއަށް އައިސް ފެންވަރާލި އެވެ. ފެން ވަރައިގެން އައިސް އެނދުގައި އިށީދެލީ ބޯހިކެން ދެނެވެ. ޖަންނަތު ފޯނުނަގާ ހުޅުވާލި އެވެ. ފުލުފުލުން އަބްޔާން ކޮށްފައިވާ މިސްކޯލު މެސެޖުތައް އަންނަން ފެށި އެވެ. އަދި އެތައް ބައިވަރު ވައިބަރ މެސެޖާއި އެސްއެމްއެސްތައް ޖަންނަތު ކިޔަން ފެށި އެވެ. އެހުރިހާ މެސެޖެއް ކިޔަމުންދާއިރު ޖަންނަތު ލޮލުން ކަރުނަ ފައިބަމުން ދިޔަ އެވެ. އަބްޔާން ދެރަވަފައި ވާވަރު މެސެޖުތަކުން ޖަންނަތުއަށް އިނގެ އެވެ. ޖަންނަތުގެ ހިތް ކުދިކުދި ވެގެން ވިރެމުން ދާހެން ޖަންނަތުއަށް ހީވި އެވެ. މީހާ މުޅިން މާޔޫސްވެ ދެރަވެއްޖެ އެވެ. ކަމެއް ކުރާހިތް ނުވެ ފައިކޮޅުން ވާގިގޮސްފައި ވާކަހަލަ އިހުސާސްއެއް ކުރެވިފައި ޖަންނަތު އިނެވެ.
“އެކޮއެ، ޖަންނާ!” ޒައީމާ އައިސް ދޮރުގައި ޓަކި ޖަހާލުމުން އަވަހަށް ލޯފޮހެލާފައި ދޮރު ކައިރިއަށް ޖަންނަތު ޖެހިލި އެވެ.
“ކީކޭ ޒައީމާއްތާ؟” ދޮރު ނުހުޅުވާ ހުރެ ޖަންނަތު ގޮވާލި އެވެ.
“ނިކުމެބަލަ ޖަންނާ… ނިކަން ބޮޑު ވާހަކައެއް ދައްކަން ވެފަ އެބައޮތް.” ޒައީމާ ގޮވާލި އެވެ.
“އާން އެބަ ނިކުންނަން.” ޖަންނަތު އެހެން ބުނެ ރީތިވާ މޭޒުކައިރިއަށް ޖެހިލި އެވެ.

ޒައިދާންއަށް ހިދާޔާ ފެނުނީ ގެއެއްގެ ބޭރުގައި ހުރި ޖޯލިފަތީގައި މީހަކާއި ވާހަކަދައްކަން އިންދަ އެވެ. ޒައިދާން ދުރުގައި ސައިކަލު ބަހައްޓާފައި ހިދާޔާ ކައިރިއަށް އަންނަން ފެށި އެވެ. ޖަންނަތުއާއި އަބްޔާން ގުޅެން ހިދާޔާ އެއްބަސް ކުރުމަށް ޒައިދާން ބޭނުންވެފައިވަނީ ނުހަނު ބޮޑަށެވެ. އެދެމީހުން ގުޅުވުމަކީ ޒައިދާން މިހާރު ކުރަން އެންމެ ބޭނުން ކަމެވެ. ހިތުގައި އޮތީ ހިދަޔާއާއި ވާހަކަ ދައްކައިގެން އެދެމީހުންގެ ގުޅުމަށް ހިދާޔާ ރުއްސުމެވެ.
“ރަސީދާ، އަހަރެން ހަމަ ހުވާކޮށްފަ މިބުނަނީ އަހަރެން ދިރިހުރިހާ ހިނދަކު އެ ފިޔާތޮށިގޭ ކުދިންނަށް އަހަރުމެންގޭ ކުއްޖަކާ އިންނާކަށް ނުކެރޭނެ. އަހަރެން އިނަކަ ނުދޭނަން.” ހިދާޔާގެ ވާހަކަ އަޑުއިވިފައި ޒައިދާންއަށް ހުއްޓުން އެރި އެވެ. އަދި ހިދާޔާ ދައްކާ ވާހަކަ އަޑުއަހަން އެހުރިތާ މަޑުކޮށްލައިގެން ހުއްޓެވެ.
“ހިދަޔާ ކީއްވެތަ އެގޭ ކުދިންދެކެ ތިހާ ރުޅިއެއް ތި އަންނަނީ؟ ގައިމު އެ ޖަންނަތުވެސް އެއީ ނުލާހިކު މުރާލި ކުއްޖެއް. މިފަދަ ޒަމާނެއްގައި އެއުމުރުގެ އެކަހަލަ ކުދިންނެއް ނޫޅޭނެ.” ރަސީދާ ބުނާއަޑު އިވުނެވެ.
“ރަސީދާއަކަށް ނޭގޭނެ… ތި ޖަންނަތުގެ ވެސް އެ ހުންނަނީ އޭނަގެ އަމާގެ ގޮތް. ބޭރުފުށުން ނިކަން ނިޔަނެތިވާނެ. އެކަމު އެތެރެ ބަލައިލާއިރު އޮންނާނީ މުޅިން އެހެން ގޮތަކަށް. ޒާހިދާގެ ހަޑި މުޑުދާރު ގޮތް ލިބިފަ ހުރި އަންހެނެއް އެއީ.” ރުންކުރުކޮން ހިދާޔާ ބުންޏެވެ.
“އެކަމަކު ޒާހިދާއަކީ ވެސް ނުލާހިކު ރަގަޅު މީހެއްނު.” ރަސީދާ އިނީ ގަބޫލު ނުކުރެވިފަ އެވެ. ޒައިދާން ވެސް ހުރީ ބުނާނެ އެއްޗެއް ނޭގި އަނގަ ހުޅުވިފަ އެވެ. ޒާހިދާ އަކީ ޒައިދާންއަށް ވެސް ނުލާހިކު ހެޔޮ މީހެކެވެ. އެކި ކަންތަކުގައި ޒައިދާންއަށް ޒާހިދާ އާއި އިބްރާހިމްމަނިކު ވަނީ އެހީ ވެފަ އެވެ.
“ރަގަޅު މީހެކޭ؟… އެއީ ތަނެއްގަ ހުރި ބުރާންތިއެއް. މީހުން ހިތާވެގެން އުޅޭ ފިރިހެނުން ހޯދަން ދުވި އަންހެނެއް އެއީ… މުޅިންވެސް ފެންނާނީ އެހެން މީހުން ލޯބިވެގެން އުޅޭ މީހެއް… ޖަންނަތު ވެސް އެހެން އެ އުޅެނީ… އަހަރުމެންގެ އަބީއާ ތަނާއާ ނުލާހިކު ގާތް ގުޅުމެއް އޮއްވާ އެދޭތެރެއަށް ޖަންނަތުވަދެ މުޅިން އެގުޅުން ވިރާނާ ކޮށްލައިފި… އެއީ ހަމަ އޭނަ މަންމަ ވެސް ހެދިގޮތަކީ…. އޭނަ މަންމަ އެނިމުނީ ރީތި ގޮތަކަށްނު… އެެހެން ޖަންނަތުވެސް ނިމިގެން ހިގައި ދާނެ. މަ ހާދަ ފޫއްސެއް ވެޔޭ…” ހިދާޔާގެ ވާހަކަ އަޑުއިވިފައި ޒައިދާންއަށް ހިދާޔާ ދެކެ ދުވަހަކު ރުޅި ނާންނަވަރަށް ރުޅި އާދެވުނެވެ. އަތް މުއްކަވާލަމުން ދަތްކުނޑި ވިކާލެވުނެވެ. ހިދާޔާގެ މޫނުމަތީ އެތިފަހަރެއް ޖަހަން ވެސް ޒައިދާން ހިތައް އެރި އެވެ. ނަމަވެސް އެއްކަމެއް ވެސް ކުރާކަށް ނުކެރުނެވެ. ދުރުގައި ބަލަން ހުރީ އެވެ. ހިދާޔާ ގާތު ޖަންނަތުގެ ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއްކަން ޒައިދާންއަށް ވިސްނުނެވެ. ޖަންނަތު އާއި ޒާހިދާ ދެކެ ހިދާޔާ އެހާ ރުޅި އަންނަ ސަބަބެއް ވިސްނާ ވިސްނާ ވެސް ޒައިދާންއަކަށް ނޭގުނެވެ. ޒައިދާން އައިކޮޅަށް އަނބުރާލައިފައި ދިޔަ އެވެ. ދިޔަ މަގުމަތީ އެތަކެއް އެއްޗެއް ހިތައް އަރާ ފައިބަމުން ދިޔަ އެވެ. އެތަކެއް ހައިޖާނެއް ސިނކުޑީގައި ވިއެވެ. އެންމެ ފަހުން ވިސްނުނު އެންމެ ރަގަޅު ގޮތަށް ކަންތައް ކުރަން ޒައިދާން ނިންމި އެވެ. އެހެން ކަމުން މިސްރާބު ޖެހީ ޒައީމާމެންގޭ ދޮށަށެވެ.

އާލިޔާ ގޮސް ފިޔާތޮށިގެއަށް ވަންއިރު ޖަންނަތު ކޮޓަރިން ނިކުންނަނީ އެވެ. ހިދާޔާ އޭރު ސޯފާގައި އިށީދެގެން އިނީ ޖަންނަތުގެ އިންތިޒާރުގަ އެވެ.
“ޖަންނާ!” އާލިޔާއަށް ޖަންނަތު ފެނުމާއި އެކު ގޮވާލި އެވެ. “އަހަރެން މިއައީ ޖަންނަ ކައިރީ ވާހަކައެއް ދައްކަން ވެގެން… އަސްލު މިވާހަކަ އަބީބެއަށް ވެސް އިނގުން ވަރަށް މުހިންމު.”
“ކޮން ވާހަކައެއް؟” ހައިރާން ވެފައި ހުރެ ޖަންނަތު އެހި އެވެ. އޭރު ޒައީމާވެސް އެކުދިންނާއި ދިމާލަށް އެނބުރިލައިގެން އިނީ އެމީހުން ދައްކާ ވާހަކަ އަޑުއިވޭތީ އެވެ.
“އަސްލު އަބީބެއާ ޖަންނައާ ދުރުކުރަން ހުރިހާ ކަމެއް ކުރަނީ އަހަރުން މަންމަ. ޖަންނައަށް އިނގޭތަ؟ ތަނާގާތު އަބީބެ ކޮޓަރިއަށް ވަންނަން ވެސް އެދުވަހު ބުނީ މަންމައޭ. މަންމަ ޖަންނައާއި އަބީބެއާ މެރީކުރާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނުވޭ. އަހަންނަށް ފުރަތަމަ އިނގުމުން ޤަބޫލެއްވެސް ނުކުރެވުން. ޖަންނާ، މިވާހަކަ އަބީބެއަށް ވެސް އިނގެން ޖެހޭނެ. އެކަމަކު އަހަރެން މިއުޅެނީ އަބީބެ ކައިރީ މިވާހަކަ ދައްކަން ނުކެރިގެން. ޖަންނަ އަބީބެ ގާތު މިވާހަކަ ދައްކަން ވީނު.” އާލިޔާ ބުންޏެވެ.
“އާލިޔާ، ތިވާހަކަ ދައްކާނެ ކަމެއްނެތް.” ޖަންނަތު އާލިޔާއާއި ދިމާލަށް ބަލައިލަމުން ބުންޏެވެ. “ރަގަޅުވާނީ ތިވާހަކަ ތިހިސާބުގަ ބޭއްވިއްޔާ.”
“ޖަންނާ؟” އާލިޔާއަށް ލިބުނީ ހައިރާން ކަމެކެވެ. އަދި ޖަންނަތު ބުނި އެއްޗެއް މާބޮޑަށް ސާފު ނުވެފައި ހުރިކަހަލަ ގޮތަކަށް ޖަންނަތުއަށް ބަލަން ހުއްޓޭވެ. “ޖަންނަ ތި ކިޔަނީ ކީކޭ؟”
“އާލިޔާ،” ޖަންނަތު އާލިޔާގެ އަތުގައި ހިފާލި އެވެ. “އާލިޔާ ބޭނުންތަ ގޭތެރޭ ހަމަނުޖެހުމެއް ބާއްވަން؟ އާލިޔާ މަންމައާއި އަބީބެއާއި ރުޅި ކުރުވަން އާލިޔާ ބޭނުންތަ؟ އާލިޔާ ބޭނުންތަ އާލިޔާ މަންމަ ދެކެ ގޭގައި ތިބި ބާކީ މީހުން ރުޅި އަންނަން. އަބީ އާލިޔާ މަންމައާއި ގުޅުން ކަނޑާލަން އާލިޔާ ބޭނުންތަ؟ މުޒޭބެ މަންމަހެން އާލިޔާ މަންމަ އަބީއާއި ދުވަހަކު ވެސް ވާހަކަ ނުދައްކާ ހުންނަން އާލިޔާ ބޭނުންތަ؟” ޖަންނަތު އެހެން ބުނުމުން އާލިޔާ އިސްޖަހާލި އެވެ. އަދި ބޯހޫރާލި އެވެ.
“ތިހެން ކަންތައް ވާން ކާކު އެދޭނީ؟”
“ތިހެންވިއްޔާ އެވާހަކަ އެހިސާބަށް ބާއްވާ. އަބީއާއި ހިސާބަށް ގެންދާނެ ކަމެއްނެތް. އަދި އެހެން މީހެއް ގާތުވެސް ބުނާނެ ކަމެއްނެތް. ޕްލީސް އާލިޔާ.. ”
“އެކަމަކު ޖަންނާ…” އާލިޔާ ވިސްނާލަމުން ޖަންނަތުއަށް ބަލައިލި އެވެ.
“ޕްލީސް އާލިޔާ، ތި އާއިލާ މުޅިން ވިއްސި ވިހާލި ވެދާނެ. އަބީއަށް މަންމަގެ ތިފަރާތް އިނގިއްޖެއްޔާ މަންމައާ ނުގަބޫލުގަ އަހަންނާ އިންނަން ހިފާލާނެ. އޭރުން އަބީއާ އަބީ މަންމައާ ޖެހި ދެމައިން ދުރުވެދާނެ. އެގޮތަށް ވެއްޖެއްޔާ އާއިލާގެ އެންމެނަށް ވެސް އޭގެ އަސަރު ކުރާނެ.”
ޖަންނަތު ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި އާލިޔާ ވިސްނާލަން ވަގުތު ކޮޅަކު ހުއްޓެވެ. ޖަންނަތު އެދެއްކީ މުޅިއަކުން ގޯސް ވަހަކައެއް ނޫންކަން އާލިޔާ ހިތަށް އެރި އެވެ.
“އޯކޭ ޖަންނާ، އަހަރެން މިވާހަކަ ސިއްރުކުރާނަން. އަހަރެންގެ އާއިލާއަށް ޓާކައި.” އާލިޔާ އެންމެ ފަހުން ބުންޏެވެ. ޖަންނަތު އާލިޔާގެ އަތައް ބާރުކޮށްލަމުން ޝުކުރުވެރި ނަޒަރަކުން އާލިޔާއާއި ދިމާއަށް ހިނިތުން ވެލި އެވެ.
“ތޭންކްސް އާލިޔާ!” ޖަންނަތު އެހެން ބުނުމުން އާލިޔާ ވެސް ހިނިތުން ވެލި އެވެ. އަދި އެވަގުތު ދެން ދަނީކަމަށް ބުނެފައި އެގެއިން ނުކުތެވެ.

ޒައިދާން އެގެއަށް ވަންއިރު ޒައީމާއާއި ޖަންނަތު މާއޮލަ ވާހަކައެއްގައި ސޯފާގައި ތިއްބެވެ. ޒައިދާން މަޑުކޮށްލައިގެން ހުރީ އެދެމީހުން ދައްކާ ވާހަކަ އަޑުއަހާށެވެ.
“އާން.. ދުވަހަކުވެސް ޤަބޫލެއް ނުވާނެ.” ޒައީމާ ބުނާއަޑު އިވުނެވެ.
“އަހަރުމެންދެކެ ހިދާޔާއްތަ އެހާ ރުޅިއަންނަންވީ ކީއްވެ ކަމެއް އަހަންނަކަށް ނޭގެ.” ޖަންނަތު ލޯފޮހެލަމުން ބުނެލި އެވެ.
“އެއީ ޖަންނަގެ ބައްޕަޔާ ހިދާޔާއްތައަށް ނީނދެވުނީމަ،” ޒައީމާ ބުންޏެވެ. ޒައީމާ އެހެން ބުނުމުން ޖަންނަތު ހައިރާން ވެފައި ޒައީމާއަށް ބަލައިލި އެވެ. ޒައިދާންއަށް ވެސް ލިބުނީ ހައިރާން ކަމެކެވެ. “އާނ… ހިދާޔާއްތަ އިބްރާހިމް މަނިކުބެއަށް ހިތް ކިޔައިގެން ހުއްޓާ އިބްރާހިމް މަނިކުބެ ޒާހިދާއްތައާ އިނީ. އެހެންވެ އެކަމާ ޒާހިދާއްތަ ދެކެ ނިކަން ރުޅިއައިސްގެން ޖެއްސުންކޮށް ހެދިޔޯ. އަދި ހިދާޔާއްތަ ނަސީރުބެއާ ވެސް އިނީ ޒާހިދާއްތައަށް އުނދަގޫކުރާށޯ… ބަހާރުގެއާ ޖެހިގެން ނަސީރުބެ ގެއެޅީމަ…” ޒައީމާ އެހެން ބުނުމުން ޖަންނަތުއަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.
“ހަމަ ތެދެއްތަ ޒައީމާއްތާ؟” ޖަންނަތުއަށް އަހާލެވުނެވެ.
“އާނ ޖަންނާ، ޖަންނަ މަންމަ ދެކެ އަންނަ ރުޅި އަދިވެސް ޖަންނަމެން ދެކެވެސް އެ އަންނަނީ،” ޒައީމާ ފުން ނޭވާއެއް ލިޔެވެ. “އަހަންނަށް ފުރަތަމަ ޤަބޫލެއްވެސް ނުކުރެވުން ހިދާއްޔާއްތަ އެހެން އުޅޭނެ ކަމަކަށް. އެކަމަކު އެކޮޅުމަތީ ހަދީޖާއާ ވާހަކަ ދެއްކީމަ ހަދީޖާ މަށަށް ކިޔައިދިނީ…” ޒައީމާ ފަހަތަށް އެނބުރުން ވަގުތު ޒައީމާއަށް ޒައިދާން ފެނުނެވެ. ޒައީމާއަށް ތެދުވެވުނީ އެހެންޏާ ނާންނަ ވަގުތަކު ޒައިދާން އައިސް ހުރުމުންނެވެ.
“ޒައިދާން؟ މިގަޑީގައި ކީއްކުރަނީ؟” ހައިރާން ވެފައި ޒައީމާ އެހި އެވެ. ޒައިދާން ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތުވެސް އޭރު އިނީ ޒައިދާންއަށް ބަލަހައްޓައިގެނެވެ. ޒައިދާން ހިންދިރުވާލި އެވެ.
“ޖަންނާ، އަހަރެން މިހިރީ ޖަންނަ އެދުނު ކަންތައް ކޮށްދޭން ތައްޔާރަށް.” ޒައިދާން އިތުރު ވާހަކައެއް ނުދައްކާ ނިކަން ހިތްވަރުކޮށްފައި ހިންދިރުވާލަމުން ބުނެލި އެވެ. ޖަންނަތުއަށް ގޮޑިން ތެދުވެ ވުނެވެ. ޤަބޫލު ނުކުރެވިފައި ޒައިދާންއާއި ދިމާއަށް ބަލަހައްޓާއިގެން ހުރެވުނީ އެވެ. ވާނުވާ ނޭގިފައި ހުރި ޒައީމާ ވެސް ދެފަހަރު ދެމީހުނަށް ބަލައިލަ ބަލައިލާ ހުއްޓެވެ.
“ޖަންނަ އަދިވެސް އެކަމަށް އެދޭނަމަ އަހަރެން ބޭނުން ވަނީ ވީހާވެސް އަވަހަކަށް އެކަން ނިންމަން.”
“އަހަރެން މިހިރީ އަދިވެސް ތިކަމަށް އެދިގެން.” ޖަންނަތު ވިސްނާލުމެއް ނެތި ބުނެލި އެވެ. ޒައީމާ ހުރީ އެދެމީހުން ދައްކާ ވާހަކަ ނޭގިފަ އެވެ.
“ތިހެން ވިއްޔާ އަހަރެން މިރޭ ރަންކިޔަން މީހުން ފޮނުވާނަން.” ޒައިދާން ރަންކިޔާ ވާހަކަ ބުނުމުން ޒައީމާއަށް ލިބިގެން ދިޔަ ހައިރާން ކަމަކުން ލޯބޮޑުކޮށްލި އެވެ.
“ރަން ކިޔާށޭ؟ ކާކު ރަން ކިޔަން؟ ކިހިނެއް މިވަނީ؟” ހައިރާން ވެފައި ހުރި ޒައީމާ އެހި އެވެ.
“ޒައީމާއްތާ، ޖަންނަގެ އެދުމަކަށް އަހަރެން މިއުޅެނީ ޖަންނައާ އިންނަން.” ޒައިދާން އެހެން ބުނުމުން ޒައީމާ ހާސްވެފައި ޖަންނަތުއަށް ބަލައިލި އެވެ. އޭރު ޖަންނަތުގެ ލޮލަށް ގިނަވަމުން ދިޔަ ކަރުނަތައް ޒައީމާއަށް ފެނުނެވެ. ބުނާނެ އެއްޗެއް ވެސް ނޭގިފައި ޒައީމާ އިރުކޮޅަކު ހުއްޓެވެ.
“ޒައީމާއްތާ، މީ އަބީއާ ދުރުވާން އަހަރެންނަށް ފެނުން އެންމެ ރަގަޅު ގޮތް.” ރޮވިފައި ހުރެ ޖަންނަތު ބުނެލި އެވެ.
“ތީ އެކަމު ހާދަ…” ޒައީމާ ހުރީ ޤަބޫލު ނުކުރެވިފަ އެވެ. ޖަންނާ، ހަމަ ވިސްނާފަ ނިންމި ނިންމުމެއްތަ އެއީ؟”
“އާން، އަހަރެން ވަރަށް ވިސްނާފަ.” އެވަގުތު ޖަންނަތުގެ ކޯތާފަތަށް ކަރުނަތައް ފައިބައި ގަތެވެ. ޒައިދާންއާއި ޒައީމާ އެކަކު އަނެކަކަށް ބަލައިލި އެވެ. “އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އަބީއާ އަބީ މަންމައާ ދެމީހުން ދޭތެރޭ ހަމަނުޖެހުން އުފެދޭކަށް. އެ ދެމީހުން ދުރުވާކަށް އަހަރެން ދުވަހަކު ވެސް ނޭދެން.” ޖަންނަތުގެ ކުރެހެމުންދާ އަޑުން ބުންޏެވެ.
“އެކަމަކު ޖަންނާ،” ޒައީމާއަށް އެވާހަކަ ހަމަ ޤަބޫލު ނުކުރެވެނީ އެވެ.
“ޒައީމާއްތާ، ފުރަތަމަ ޖަންނަ އަހަރެން ކައިރިން އިނުމަށް އެދުމުން އަހަރެން އިންކާރު ކުރީ. އަބީ އަކީ އަހަރެންގެ ރައްޓިއްސަކަށް ވާތީ، ޖަންނައާއި އަބީއާއި ދެމީހުން އެހާ ލޯބިވާކަން އަހަންނަށް އިނގޭތީ. އަހަރެންނަށް އެއީ އެންމެ ރަގަޅު ގޮތް ކަމަށް އަހަންނަށް އޭރު ނުވިސްނޭތީ… އެކަމަކު މިއަދު އަހަރެން އަބީއާއި ދޭތެރޭ ވިސްނާލުމުން އަހަރެން ހިތަށް އެރީ އަބީމެންގެ އާއިލާއަށް އެންމެ ރަގަޅުވާނީ އަހަރެން ޖަންނައާ އިނީމަ ކަމުގައި. އަދި ޖަންނައަށް ވެސް އެންމެ ރަގަޅު ވާނީ މިވަގުތު އަހަންނާ އިނިއްޔާ ހެން އަހަންނަށް ހީވަނީ. ޖަންނަ ވެސް އެދޭ ގޮތް އެއީ. އަހަރެން ހީކުރަން ޒައީމާއްތަ މިކަމަށް އެއްބާރުލުން ދޭނެ ކަމަށް.”
“އެކަމަކު ހާދަ ދެރަގޮތެކޭ ތީ.” ޒައީމާ ދެރަވެފައި ބުންޏެވެ. “އެކަކު އަނެކަކު ދެކެ ލޯބި ނުވެ ދެމީހުން އިނުން. އަދި ދެމީހުނަށް ވެސް އެބަ އިނގޭ ދެމީހުން ލޯބިވަނީ މުޅިން އެހެން ފަރާތެއް ދެކެކަންވެސް. ތިގޮތަށް ކަންތައް ކުރުމުން ދެމީހުނަށް އުފަލުގަ އުޅެވޭނެތަ؟”
“ޒައީމާއްތާ… ވަކި އެހެން ގޮތަކުން ވެސް ދެން އުފަލުގައެއް ނޫޅެވޭނެނު.. އަހަންނަށް ދެން އުފަލެއް ނެތް.” ޖަންނަތުއަށް ބޮޑަށް ރޮވެން ފެށި އެވެ. ޒައީމާ ޖަންނަތުއާއި ކައިރި ވެލަމުން ޖަންނަތު ބުރަކަށީ ފިރުމާލި އެވެ.
“ޒައީމާއްތާ، އަހަންނަށް ވެސް އިނގޭ އަހަންނަށް ޖަންނަ ދެކެ ލޯތްބެއް ނުވެވޭނެކަން. އެކަމަކު އަހަރެން މި ފިޔަވަޅު މިނެގީ ޖަންނައަށް ކަމެއް ކޮށްދޭން އަހަރެންނަށް ވަޢުދުވެވިފައި އޮތީމައާއި އެކު. ގައިމުވެސް އަހަންނަށް ޖަންނަ ދެކެ ލޯބި ނުވެވުނެއް ކަމަކު އަހަރެން ޖަންނަތުއަށް އަޅާލާނަން، ބުނި ކަމެއް ކޮށްދޭނަން، ވަފާތެރި ވާނަން، ފިރިއެއްގެ ވާޖިބު އަދާކުރާނަން، އަދި އަހަރެންގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގައި އަހަރެން ޖަންނަ ދެކޭނަން.”
“އާން، އަހަންނަށް ވެސް އިނގޭ ޒައިދާން ޖަންނަ ގެންގުޅޭނީ ރަނި ކަމަނާއެއް ހެންކަން. އެކަމަކު ތި ކައިވެނިން ދެމީހުނަށް ވާނެ އުފަލެއް ނެތެއްނު.”
“މި ކައިވެނިން ދެމީހުނަށް އުފަލެއް ނުލިބުނަސް އެހެން ބަޔަކަށް ލިބޭނެ ހިތްދަތި ކަމަކުން އެބަ ސަލާމަތް ވޭނު.” ޒައިދާން ބުންޏެވެ.
“ޒައީމާއްތާ، ޒައީމާއްތަ އަހަރުމެނަށް އެއްބާރުލުން ދޭނަންތަ؟” ޖަންނަތު އައިސް ހިދާޔާގެ ކުރިމައްޗަށް އަރަމުން ބުންޏެވެ. ހިދާޔާ ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތުގެ ލޮލުގައިވާ ވޭނާއި އެކު މޫނަށް ވެރިވެފައިވާ މާޔޫސްކަން ފެނި ޒައީމާ ދެރަވި އެވެ. ޖަންނަތުގެ ކޮލުގައި ޒައީމާ ފިރުމާލި އެވެ.
“ޖަންނަ ނިންމާ ކޮންމެ ނިންމުމަކަށް ޒައީމާއްތަގެ އެއްބާރުލުން ލިބޭނެ. ޒައީމާއްތައަށް އިނގޭ ތި ނިންމުމަކީ ޖަންނަ ވަރަށް ވިސްނާފައި ނިންމާ ނިންމުމެއްކަން.” ޒައީމާ ނިކަން ލޯބިން ބުންޏެވެ.
“އަހަރެން މިރޭ އަލިމަނިކުބެ ކައިރިއަށް މީހުން ފޮނުވާނަން.” އެހެން ބުނެފައި ޒައިދާން ދާން ހިގައި ގަތެވެ. “ކޮބާ ޔަޒަން؟” ޒައިދާން ދާން އުޅެފައި އަހާލި އެވެ.
“ސާރާއާއި މުޒޭއާ އެއްކޮން ޔަޒަން ވެއްޖެ ހިގާލަން ނުކުމެ.” ޒައީމާ ބުންޏެވެ. ޒައިދާން އެހެންހޭ ކިޔާ ބޯ ޖަހާލަމުން އެގެއިން ނުކުތެވެ.

ކައިވެނީގެ ކަންތައް އެ ހަފްތާގައި ކުރުމަށް ޒައިދާން ރާވަމުން ދިޔަ އެވެ. ޖަންނަތުގެ އެދުމަށް ކައިވެނީގެ ވާހަކަ މާގިނަ މީހުން ގާތު އެކަކުވެސް ނުދައްކަ އެވެ. ޒީނަތުއަށް ވެސް ކައިވެނި ކުރާވާހަކަ އިނގުނީ ނިކަން ފަހުންނެވެ. އެކަމާ ޒީނަތު ކައިރިއަށް ރުޅި ވެސް އައެވެ. ނަމަވެސް ފަހުން ޒީނަތުއަށް ކަންތައްތައް އިނގުމުން ޒީނަތުގެ ރުޅިފިލާ ޖަންނަތުއަށް ހަމްދަރުދީ ވެވުނެވެ.

އެރޭ އަބްޔާންއަށް އުޅެ އުޅެ ނިދޭގޮތެއް ނުވި އެވެ. ނޭގޭ ބިރުވެރިކަމެއް އެހިތައް ވަދެފައި ވެއެވެ. އަތިރިމަތީ ހުރި ކުޑަ ދޮށުގައި ކޮފީ ބޯލަ ބޯލާ އަބްޔާން އިނެވެ. އިރުކޮޅަކާ ފޯނަށް ބަލައިލަ އެވެ. ޖަންނަތުއަށް އެހާ ގިނަ މެސެޖު ފޮނުވާ އިރުވެސް ޖަވާބު ނުދޭތީ އަބްޔާން އިނީ ދެރަވެފަ އެވެ. އެހާ ވަރަށް ގުޅަން ވެސް ގުޅައިފި އެވެ. މިހާރު ގިނަ ފަހަރަށް ޖަންނަތު އޮންނަނީ ފޯނުވެސް ނިވާލާފަ އެވެ. ފޯނު ނިވާލާފައި އޮތް އިރުވެސް އަބްޔާން ދިޔައީ މާފަށް އެދި އެތަކެއް މެސެޖު ޖަންނަތުއަށް ފޮނުވަމުންނެވެ.
“ދަރިފުޅާ، މިތާ ދޯ ތީނީ… ބައްޕަ މިހާރު ވަރަށް ހޯދައިފީމޭ،” ނަސީރު އެތަނަށް އައިސް އަބްޔާން ކައިރީ އިށީންނަމުން ބުންޏެވެ. “މާދަމާ އެ ހުރިހާ ޝިޕްމެންޓްތައް ފޮނުވާލަން ވާނެ. އޭރުން ދެން އަވަހަށް މިމަހަށް ތަންކޮޅެއް ލުއިވާނެ.”
“ލައްބަ ބައްޕާ، އަޅުގަނޑު ހުންނާނީ ހުރިހާ ޑޮކިއުމެންޓްސް ތަކެއް ރެޑީ ކޮށްފަ. ދެން ހަމަ ކޮންޓެއިނަރ ތަކަށް ލޯޑް ކުރުން އޮންނާނީ ބޮޑު ކަމަކަށް.”
“އާން.. ކުރިއަށް އޮތް ދެދުވަސް ވަރަށް ބުރަ ވާނެ.” ނަސީރު ބުންޏެވެ. “ދަރިފުޅު ވަރުބަލި ވެފަތަ ތީނީ؟” ނަސީރު އަބްޔާންގެ މޫނަށް ބަލައިލަމުން އެހި އެވެ.
“ބައްޕާ، އަދިވެސް ޖަންނަ މާފެއް ނުކުރެ.” ނިކަން ދެރަވެފައި އަބްޔާން ނަސީރު ގާތު ބުންޏެވެ. “ބައްޕައަށް އަޅުގަނޑު މިހާރު ވީގޮތް ދަންނަފައިފިން. އެއީ ވަރަށް ބޮޑު މިސްއަންޑަސްޓޭންޑެއް ކަން އަހަރެން އެތަކެއް ފަހަރު ޖަންނަ ކައިރީ ވެސް ބުނެފިން. އެކަމަކު ޖަންނަ ޤަބޫލެއް ނުކުރި.” އަބްޔާންގެ ލޯ ފެންކަޅިވެފައި ވާތަން ނަސީރުއަށް ފެނުނެވެ. ނަސީރުއަށް އަބްޔާންގެ ހާލަތު އިނގުނެވެ.
“އަދި ޖަންނަ މާފު ކުރާނެ… ޖަންނައަށް ވަގުތު ކޮޅެއް ދީ.” ނަސީރު އަބްޔާންގެ ބުރަކަށީ ފިރުމާލަމުން ބުނެލި އެވެ. އަބްޔާން ފުން ނޭވާއެއް ލިޔެވެ.

“ޖަންނާ، ހަމަ ޒައިދާންއާ އިންނަނީތަ؟” ޒީނަތުއަށް އެހެން އެހުން އަދަދެއްވެސް ނޭގެ އެވެ. ޖަންނަތުގެ މާޔޫސް ވެފައިވާ މޫނު ފެނި ޒީނަތުއަށް އިރުކޮޅަކާ އެހެން އެހެނީ އެވެ. ބޭރަށް ކިތަންމެ ވަރަކަށް ހެވިފައި ހުރިތަން ދެއްކިއަސް ގާތް މީހުނަށް ޖަންނަތުގެ ހިތާމަ ފެނެ އެވެ.
“ދޮންތާ… ދެން އަބަދު އަބަދު ތިހެން ނާހަ ބަލަ. ޒައިދާންއަކީ ރަގަޅު މީހެކޭ.” ޖަންނަތު އިނީ ލޯގަނޑު ކައިރީ އެވެ. ޝިޔާމާ ލައްވާ ޖަންނަތުއަށް ހާއްސަކޮން ޒައީމާ ފަހައިދިން ކައިވެނީގެ އެ ހެދުމުގައި އިންނައިރު ޖަންނަތު ވަރަށް ވެސް ރީއްޗެވެ. ނަމަވެސް ދިރުން ގެއްލިފައިވާ އެމޫނު ފެނުމުން ކޮންމެ މީހަކުވެސް މާޔޫސް ވާނެ އެވެ.
“ޖަންނާ، ދޮންތަ ނުބުނަމެއްނު ޒައިދާން ގޯހެކޭ.. ދޮންތަ ހިތައް އަރަނީ ޖަންނައަށް ޒައިދާންއާ އެކު އުޅެވޭނެ ބާއޭ.” ޒީނަތު ބުންޏެވެ. “ޖަންނަވެސް ޒައިދާންވެސް އެކަކު އަނެކަކު ދެކެ ލޯބިވަނީއެއް ނޫންވިއްޔަ.”
“ދޮންތާ، ކައިވެނި ދެމިގެން ދަނީ ހަމައެކަނި ލޯތްބަކުން ނޫން.. އެކުވެރިކަމާ ހިތްހެޔޮކަމާ އެކަކު އަނެކަކަށް އަޅާލުމާ ވަފާތެރިކަމުން ކައިވެނި ދެމި ހުންނަނީ.. އަހަންނަށް ޔަގީން އެހުރިހާ ސިފައެއް ޒައިދާންގެ ހުންނަކަން. އެހެން ނޫނަސް އެންމެނަކަށް އެމީހެއްގެ ހަގީގީ ލޯތްބެއް ނުލިބޭނެނު. އަހަންނަކީ އެހާ ނަސީބު ވެރިއެއް ނޫން.” ޖަންނަތު މާޔޫސް ވެފައި އިނދެ ބުންޏެވެ.
“ކޮބާ، ދެން ބޭރަށް ނިކުންނަން ވީނު.. އިރުކޮޅަކުން ޣާޒީ ވެސް ދުރުވާނެ.” ޒައީމާ ކޮޓަރިއަށް ވަންނަމުން ބުންޏެވެ. ޒައީމާ ވެސް ނިކަން ހެލިފެލިވެ ހެދިކާ ހަދާ ކައިވެނީގެ ކުޑަކުޑަ ސައި ތައްޔާރުކުރަން އުޅުނެއް ކަމަކު ޖަންނަތުއާއި މެދު ވިސްނާލާފައި ހިތްދަތިކަން އިހުސާސް ކުރެވެ އެވެ.
ތެދެއް ޖަންނާ.. ޒައިދާންބޭ ވެސް މިހާރު އައިސް އިންނަތާ އިރުކޮޅެއް ވެއްޖެ.” ސާރާ ވެސް ކޮޓަރިއަށް ވަންނަމުން ބުންޏެވެ.
ޖަންނަތު ތެދުވި އެވެ. ޒީނަތު ވަނީ ޖަންނަތުގެ ލުއި މޭކަޕެއް ކޮށްފަ އެވެ. މޭކަޕް ކޮށްފައި ވާއިރު ލޯކައިރީ އަނދުން ނާޅާ ނުފަވާ ހުރީ ޖަންނަތު ރޯނެކަން އިނގޭތީ އެވެ. އެވަގުތު ވެސް ލޯވަނީ ފެންކަޅި ވެފަ އެވެ. ރީތިވާ މޭޒުމަތީ އޮތް ފޯނު ޖަންނަތު ނެގި އެވެ. އަދި ފޯނު ހުޅުވާލި އެވެ. ބަރިބަރިއަށް މިސްކޯލް މެސެޖު އައިސްފައި ވެއެވެ. އަދި ވައިބަރ އިން ވެސް އެތައް ބައިވަރު މެސެޖެއް ފުނި ޖެހިފައި ހުއްޓެވެ.
“ތިމީހުން ނުކުމޭ، އަހަރެން އެބަ ނުކުންނަން.” ޖަންނަތު މަޑުކޮށްލަމުން އެހެން ބުނުމުން އެންމެން ކޮޓަރިން ނުކުތެވެ. ޖަންނަތު އަބްޔާންއަށް ގުޅާލި އެވެ. ވަރަށް ހިތްވަރު ކޮށްފައި ގުޅީ އެންމެ ފަހު ފަހަރަށް އަބްޔާންއާއި ވާހަކަ ދައްކާ ލާށެވެ.

މާޔޫސް ވެފައި އިން އަބްޔާންއަށް ބަލަހައްޓައިގެން ނަސީރު އިނެވެ. ދެބަފައިން ކުރެ އެކަކު ވެސް އަނގައިން ނުބުނެ ގޮނޑީގައި އިށީނދެގެން ތިއްބެވެ. އެވަގުތު އަބްޔާންގެ ފޯނު ރިންގުވާން ފެށި އެވެ. ފޯނަށް އަރާފައި އިން ޖަންނަގެ ނަމުން އަބްޔާންއަށް ހިނިތުން ވެވުނެވެ. ލިބުނު އުފާވެރި ކަމުން ލޯ ދިޔައީ ފެންކަޅި ވެގެންނެވެ.
“ޖަންނަ ގުޅަނީ ބައްޕާ،” އަބްޔާންއަށް ބުނެވުނެވެ. އަދި އަވަހަށް ފޯނު ނަގާ ހެލޯ އޭ ބުނެލި އެވެ.
“އަބީ،” ކުރެހިފައިވާ އަޑުން ޖަންނަތު ގޮވާލި އެވެ. އެއަޑު އަހާލާ ހިތުން ކެތް މަދުވެފައި އިން އަބްޔާންގެ ހިތައް ހިތްހަމަ ޖެހުން ލިބިގެން ދިޔަ އެވެ. އެއަޑު ނީވޭތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ. “އަބީ، އަހަރެން އަބީއަށް މާފް ކޮށްފިން.” ޖަންނަތު ކުރެހިފައި ވާ އަޑުން އެހެން ބުނުމުން އަބްޔާންއަށް އުފަލުން ހިނިތުން ވެލެވުނެވެ. ކައިރީ އިން ނަސީރުވެސް އުފާވީ އޭނަގެ ދަރިފުޅުގެ މޫނަށް އުފާވެރިކަން ވެރިވިތަން ފެނުމުން ނެވެ.
“އޯހް، ޖަންނާ، މަށަށް އިނގުނޭ ޖަންނަ އަހަންނަށް މާފު ކުރާނެކަން. އެކަމު ހާދަ ދިގު އިންތިޒާރަކަށް ފަހުޔޭ ތި މާފު ކުރީ.” އަބްޔާން ނިކަން އުފާވެފައި ވާހަކަ ދައްކަމުން ދިޔަ އެވެ.
“އަބީ، އަހަރެން ބުނީމެއްނު އަހަރެން އަބަދުވެސް އަބީއަށް މާފު ކުރާނަމޭ.”
“އާން، އެހެން ބުނި.. އެކަމު މާ ލަހީނު.”
“އަބީ، އަހަރެން މާފު ކުރިއަސް ދެން އަހަންނަށް އަބީއާ ގުޅެވޭކަށް ނެތް. އަހަރެންނަށް އަބީގެ މީހަކަށް ވެވޭކަށް ނެތް.” ޖަންނަތު އެހެން ބުނުމުން އަބްޔާން ފޯނު އަނެއް ކަންފަތުގައި ޖައްސާލި އެވެ.
“ކީކޭ ތި ކިޔަނީ؟” ގަބޫލު ނުކުރެވިފައި ހުރެ އަބްޔާން ބުނެލި އެވެ.
“އަބީ، އަހަންނަށް އަބީއާ މެރީއެއް ނުކުރެވޭނެޔޭ މިކިޔަނީ.”
“އެކަމު ކީއްވެ؟” އަބްޔާން ތެދުވެ ނަސީރުއަށް ބަލައިލި އެވެ. ހާސްވެފައިވާ މޫނުމަތި ފެނުމުން ނަސީރުއަށް ވެސް ތެދުވެވުނެވެ.
“އަބީ، އަބީ އަހަރެން ދެކެ ލޯބިވަންޏާ، ޕްލީސް އަބީ އަހަންނަށް ދެން ނުގުޅާތި.. އަހަންނާ ދުރުގަ ހުންނަން އަހަރެން އެދެނީ. ޕްލީސް އަބީ… އަހަރެން ދެކެ ލޯބިވަންޏާ އަހަންނާ ދުރުގަ ހުރޭ.” ޖަންނަތު ރޮމުން އާދޭސް ކުރަން ފެށި އެވެ. އަބްޔާންއަށް ވާނުވާ ނެގިފައި ހުރެވުނީ އެވެ. ޖަންނަތު ކިޔާ އެއްޗެއް ގަބޫލު ނުކުރެވިފައި އަބްޔާން ހުއްޓެވެ.
“އެކަމު ރީސަންއަކީ ކޮބައިތަ؟ ޖަންނާ… ޓެލް މީ ދަ ރީސަން.” އަޑަށް ބާރުލާފައި އަބްޔާން ބުންޏެވެ.
“އަބީ އަހަންނާ ދުރުގަ ހުރެދީ… ޕްލީސް.” ޖަންނަތު އެހެން ބުނެ ފޯނު ކަނޑާލި އެވެ. އަބްޔާން ފޯނަށް ބަލަން ހުރެފައި ޖަންނަތުއަށް ގުޅަން ފެށި އެވެ. ނަމަވެސް ފޯނު އޮތީ ނިވާލާފަ އެވެ. އަބްޔާން އައި ރުޅިން ފޯނު ހޫރާލި އެވެ. ފޯނު ގޮސް ވެއްޓުނީ ހުދު ދޮންވެލިގަނޑު މައްޗަށެވެ. ނަސީރު އަބްޔާންއަށް ބަލަން އިނދެފައި އަިއިސް އަބްޔާން ކައިރިއަށް ހުއްޓުނެވެ. އަބްޔާންގެ ކޮނޑުގައި ނަސީރު ހިފަހައްޓާލި އެވެ.
“ޖަންނަ އެއުޅޭ ގޮތެއް އަހަންނަކަށް ނޭގުން.. ވިސްނާ ވިސްނާ ބޯހަލާކުވާވަރު ވެއްޖެ.” އަބްޔާން ބުންޏެވެ.
“ދަރިފުޅާ، ކެތްތެރިވޭ… ޖަންނައާ ދިމާވެގެން ރީތިކޮން ވާހަކަ ދައްކާލީމަ ރަގަޅުވާނެ.” ނަސީރު ނަސޭހަތް ތެރި ވެލި އެވެ.

ޖަންނަތު ކޮޓަރިން ނުކުތް ވަގުތު އަލިމަނިކާއި އެކު ކައިވެނި ކުރާ މީހުން އައިސް ވަނެވެ. ކައިވެނީގެ ވަގުތު ޖަންނަތު އިސް ޖަހައިގެން އިނެވެ. އަލަތު ކައިވެނި މިގޮތަށް ކުރެވޭނެޔޭ ޖަންނަތު ހިތަށް އަރާފައި ވެސް ނުވެ އެވެ. ކޯތާފަތުން ކަރުނަ ފައިބަމުން ދިޔަ އެވެ. ޖަންނަތު އިރުކޮޅަކާ ކަރުނަ ފޮހެލަ އެވެ.
ޒައިދާން ޖަންނަތުއަށް ބަލައިލި އެވެ. ޖަންނަތު ވާނެ ދެރަ ކިތަންމެ ރަގަޅަކަށް ވެސް ޒައިދާންއަށް ވިސްނެ އެވެ. ޒައިދާން ވަރުދާ މަތިން އެވަގުތު ހަދާން ވި އެވެ. ޒައިދާންގެ ފުރަތަމަ ކައިވެނީގެ މަތިން ހަދާންވި އެވެ. ވަރުދާ ހިނިތުން ވެލާފައި އިންތަނެވެ. އެންމެންގެ މޫނުމަތިން އެދުވަހު ފެންނަން ހުރި އުފާވެރި ކަމެވެ. އަނބި ޤަބޫލް އޭ ޒައިދާންއަށް ބުނެވުނީ ވެސް އެ ހިޔާލުގައި އިނދެގެނެވެ. އެންމެން އަތްޖަހަން ފެށި އަޑަށް ޒައިދާން އެންމެނަށް ބަލައިލި އެވެ. އެ ކައިވެނި އެކުރެވުނީ ވަރުދާއާ ނޫންކަން އިހުސާސްވީ އެވަގުތު އެވެ. ޒައިދާން އަވަހަށް ތެދުވެ. އެންމެނާ ސަލާން ކުރަން ފެށި އެވެ. ޖަންނަތުގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔަ އެވެ. ޒައީމާ އައިސް ޖަންނަތު އެތަނުން ނަގައިގެން ގެންގޮސް ކޮޓަރިއަށް ވެއްދި އެވެ.
“ޖަންނާ، ތިހާވަރުން ކިހިނެއް މިކަމުގަ އުޅޭނީ؟ ކައިވެނި މިހާރު މިއޮތީ ކުރެވިފަ. އެއީވެސް ޖަންނަގެ ގަބޫލުގަ. ދެން ޖެހޭނީ ކައިވެނި ދަމަހައްޓަން. ހިތްވަރު ކުރަންވާނެނު… ތިހާވަރަށް ރޮންޏާ ކިހިނެއް ސާބިތުވެ ހުންނާނީ؟” ޒައީމާ ބުންޏެވެ. ޖަންނަތު ލޯފޮހެލި އެވެ. އަދި ލޯގަނޑުން މޫނު ބަލައިލަމުން ކުޑަކޮން މޫނުމަތި ރީތިކޮށްލާ ފުށްކޮޅެއް ޖަހާލި އެވެ.
“ޒައީމާއްތާ، ނުރޯން ހުއްޓާވެސް ރޮވުނީޔޭ.” ޖަންނަތު ހިނިތުން ވެލަމުން ބުންޏެވެ.
ޒައީމާ ޖަންނަތު ގޮވައިގެން ބޭރަށް ނިކުތް ވަގުތު ނޫރު އައިސް އެގެއަށް ވަނެވެ.
“ނޫރު، އާދޭ ސައިފޮދެއް ބޯލަން.” ޒައީމާއަށް ނޫރު ފެނުމުން ގޮވާލި އެވެ. ނޫރު ވެސް ނިކަން ހެވިފައި ވަނީ ކުޑަކޮން ވެސް އެއީ ޖަންނަތުއާއި ޒައިދާންގެ ކައިވެނީގެ ސައިކަން އިނގިގެނެއް ނޫނެވެ.
“ހޭ ގައިސް، މީ ކޮންކަމެއް؟” ނޫރުގެ ފަހަތުން ވަން ކުއްޖާ އެހެން ގޮވާލުމުން އެންމެނަށް އެދިމާލަށް ބަލައިލެވުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ..( 21 ވަނަ ބައި)

Next

ބާކީވުމުން ހިތް…

Next
June 17, 2016

ބާކީވުމުން ހިތް…

Previews
June 16, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..( 21 ވަނަ ބައި)

ބޭވަފާތެރި ނުވަމޭ ޔާރާއޭ

45 Comments!

  1. Shaai says:
    June 17, 2016 at 4:04 pm

    Alhe haadha reychey

  2. schamma says:
    June 17, 2016 at 4:04 pm

    wow varah reethi

  3. Havvu says:
    June 17, 2016 at 4:13 pm

    Wow v nice thankolhen avahan up kohlan dhee bala

  4. ... says:
    June 17, 2016 at 4:19 pm

    Now this is becoming more like a typical hindhi drama..

  5. ammmday says:
    June 17, 2016 at 4:43 pm

    v v v v salhi

  6. aff says:
    June 17, 2016 at 4:44 pm

    alhey e aee abee dhw.. esoru fakeeru haadha dherawaaney..alhey abee…. fahun xaidhan and janna loabivaany thwhche..habeys..☺☺

  7. Same says:
    June 17, 2016 at 4:55 pm

    wow vvvvv nice. i lov this story….

  8. Aysha says:
    June 17, 2016 at 5:32 pm

    Varah reethi.

  9. fathun says:
    June 17, 2016 at 5:32 pm

    dhn mi roadha mahu hadhan egunu gothe. alhe abee kiha dheravaane. fahun hidahaya ah visneyne kama abi nd janna marry kurinama

  10. niha says:
    June 17, 2016 at 5:50 pm

    VVVV Reethi
    dhan abee a jana nuli buniya reethivani hadahava foohivaya abee ulavatharun

  11. paige says:
    June 17, 2016 at 5:59 pm

    Woww.. V salhi .avahah up kohdhehchey.plxx ?

  12. Purplish says:
    June 17, 2016 at 6:09 pm

    So sad. …………. aasi kihineh thihedhee. …. alhe aby haadha dheravaaney

  13. Faathun says:
    June 17, 2016 at 6:11 pm

    Just like a typical hindi drama.. ewww..

  14. princesz says:
    June 17, 2016 at 6:55 pm

    Zaidhaan n janna ge close relation eh nubaahvahche.. adhi fahun janna and abee gulhuvahche… mi part varah reethi.. waiting for the next part..

  15. ken? says:
    June 17, 2016 at 6:56 pm

    kn typical hindi drama ei tha…every story has a drama…so wats de big deal…de story is gng perfect…its not a must to get de loved ones…even it happns in real life too…so life is de biggest drama…grt job aasy..?

  16. lidhoo says:
    June 17, 2016 at 7:38 pm

    Varah varah varah varah varah reethi ekamaku up kuraaleh Maa bodahves lahee

  17. Anonymous says:
    June 17, 2016 at 7:47 pm

    Kada Aby ah Janna nulibunyma

  18. ny says:
    June 17, 2016 at 8:01 pm

    Wow v v v v reethi . haadasalhiey mi story v v furihama v v interesting. ……,I love this story

  19. Aimsithu says:
    June 17, 2016 at 8:11 pm

    Varah vaii dhen mi vee goii….

  20. Rsy says:
    June 17, 2016 at 8:18 pm

    Dhen jana zaidhan a guluvala

    1. zoya says:
      June 17, 2016 at 8:24 pm

      ya dhan abee jana a nuguluvathi

    2. liu says:
      June 17, 2016 at 8:27 pm

      Vvvv lobi mibaivas
      pls jana aa zaidhan aa duru nukuracha Aasi pls

  21. bell says:
    June 17, 2016 at 8:35 pm

    Wow……. jana aa zaidhan inni how nice

  22. Lai says:
    June 17, 2016 at 8:44 pm

    Vvv reethi Mi part ves

  23. Yaan says:
    June 17, 2016 at 9:17 pm

    Nice

  24. ... says:
    June 17, 2016 at 10:22 pm

    Typical means there is no unique plot , its literally the same story like in those hindhi 4000 episode series who dont want to end their series( gopi bahu ,)

  25. my says:
    June 17, 2016 at 11:32 pm

    vara cute
    hope jana and izaan get a good life too will look good wow……

    1. my says:
      June 17, 2016 at 11:34 pm

      not izaan i mean to say zaidhan sry

  26. jeena says:
    June 17, 2016 at 11:46 pm

    Mi story nimunyma printed copy eh beynun libeyne tha??? Aashy

  27. thuthy says:
    June 17, 2016 at 11:56 pm

    Rowihje…aby ah vaane varu ihusaas vefa n janna tooo v v dheravehje mi bai kiyaafa..awesome story …

  28. ainth says:
    June 18, 2016 at 12:45 am

    wow wow… mi story v v v salhi… zaidhaan nd jana vaki nukurahchey…

  29. Ainyyy says:
    June 18, 2016 at 2:31 am

    Wow…. but… update it soon..
    Waiting waiting

  30. Hi says:
    June 18, 2016 at 5:14 am

    v salhi. best matching couples emme fahun marry kury dhoa. Janna aa zaidhaan fahun lwbi vaane kanneyge dhoa?.. its so sweet!!!

  31. Appy says:
    June 18, 2016 at 8:56 am

    Zaidhan janna dheke lwbi vehjehyya hadi vaane ingey story ge namun dhn mikahala gotheh vedhaane kan ekam vx hama fahun aby ah libuniyya rythi vaany …mihaaru vx e othy gurubaan vevifa ehnu dhn ekam fahun hageegaii ingi janna n aby gulhuvyma mi story rythi vaany …n dhn hama hindi drama series thakuga hen ekaku vx hageegaii nubune maa ginadhuvahu thibeny…..hope aby n janna gulhuvaanekamah ..

  32. aaliyaa says:
    June 18, 2016 at 10:20 am

    nujehey knmehen aby n janna gulhuvaakah…life is like this…loabivaa meehaku libumakee knme knme meeheige naseebuga hunnaane kanthakei noon…so janna n aby happy koh ulhunyma enimuny…even they both r separated…

  33. zaba says:
    June 18, 2016 at 10:35 am

    so cute jana and zaidhan vaki nukurachay erun hadivana idafa varikofa

  34. Phy says:
    June 18, 2016 at 6:01 pm

    Mi site ge story thakun mee hama no. 1

  35. Nahu says:
    June 19, 2016 at 9:07 am

    mee fake marriageh. Valee hoadhee nubai meehaku kairin

  36. Shaa says:
    June 19, 2016 at 3:07 pm

    Me dhn r c storry thakuga vaagothakee abadu vx libeynee 10 12 aharu fahun adhi libeyne ekm dhemeehun nah waanuwaa neygiffa thibeffa muskulhi v ma libeynee v foohi ehn hurihaa storryga vx……aslu eh gothakah haadhisaa gennanee r c????

  37. mary says:
    June 19, 2016 at 8:09 pm

    ekeenvetha hurihaakudinves abi abdekefoohivanyabi is a real hero of this story so nimeyiruga jannalibeyny abiyah vvvvv salhi avaskondinun edeh

  38. mary says:
    June 20, 2016 at 1:39 am

    koabaa vaahk.please.vaahka Beaune. new vaahk varah reth

  39. mary says:
    June 20, 2016 at 1:40 am

    koabaa vaahk.please.vaahka Beaune. new vaahk varah reeth

  40. RY says:
    June 20, 2016 at 11:12 pm

    Alheyy nooon… Aasi kihineh thi hedhy?? ;-(
    Plz story nimey iru janna n aby gulhuvahcheyy.. Eyrah story aslu rythi vaany..

  41. story man says:
    June 25, 2016 at 3:32 am

    Konmme vaahakaeh vakihisaabakun ninmaalaathee mihaaru foohi vaan fashaifi

  42. nill says:
    June 25, 2016 at 11:22 am

    Vvv cute emafahun jana and zaidhan marry kurido so nice ???

Comments are closed.

Next Episodeޤުރުބާންވުމީ މިހިތުގެ އުފާ 28 ވަނަ ބައި←


All Right Reserved!