Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ. (2)

layaal Level 310 Stories100 Comments
June 14, 2016 5 Mins Read
25 Comments

“ޑޭމް އިޓް! ބަލައިގެން އުޅެބަލަ!” ލޫތްގެ އަޑުގައި ހުރި ހަރުކަށިކަން އިވިމުން އައިފާ ސިހުނެވެ. “މިހެންނޭ ވާނީ ރާއްޖެތެރޭގެ ނުފޯރާ މީހުން މިކަހަލަ ތަންތަނަށް ގެންނަންޏާ!” ކަރުގައި އޮތް ޓައީ ނައްޓަމުން ލޫތް ބުނެލި ބަހުން އައިފާ ހައިރާންވިއެވެ. އެގޮތަށް އައިފާއާއި ދިމާކުރުމުން އޭނާ ހިތުގައިޖެހުނެވެ. ރުޅިވެސް އައެވެ. ރީތި ސިފައެއްގައި ހުރި ކަމަކު އެފަދަ އެއްޗެއް ބުނާކަށް ލަދެއް ނުގަނޭ ބާއޭ އައިފާ ހިތަށް އެރިއެވެ. އެއްޗެއް ބުނަން ހިތަށްއެރި ނަމަވެސް އެ ދުލުގައި ތަޅެއް ލެވިފައިވާފަދައެވެ.

“ކިހިނެއްވެފަ ތި ހުންނަނީ. ގެޓް އައުޓް! އައި ސެއިޑް ގެޓްއައުޓް!” ލޫތްގެ އަޑު މުޅި ކޮޓަރީގައި ގުގުމާލުމުން ކުޑަކުޑަ ލޫލު ބިރުން ރޮވެން ފެށުނެވެ. “ޑެޑީ.. ޑޭޑީ..” ލޫލުގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއި އެކީ ލޫތްގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔަ މަންޒަރު އައިފާއަށް ފެނުނެވެ. ގޮށްޖެހިފައި ވީ ދެބުމަ ދުރުވެ މޫނުމަތިން ރުޅިވެރިކަން ފިލައިގެން ދިޔައިރު އޭނާ ދެކަކޫމައްޗަށް ތިރިވެ ލޫލުގެ ގެނެސް އެ މޭގައި ފޮރުވާލިއެވެ. “ޝޫޝް.. ސޮރީ ބެބީ.. ސޮރީ.. އިޓްސް އޯކޭ..” ލޫލުގެ ބުޅި އިސްތަށި ކޮޅުގައި ފިރުމާލަމުން ލޫތް ބުނެލިއެވެ.

އޭރުވެސް އައިފާ ޖަހާފައި ހުރި ބުދެއްހެން އެތަނުގައި ހުރުމުން ލޫތް އޭނައަށް ބަލާލަމުން އެ ތޫނު ނަޒަރުން ނިކުތުމަށް އެންގިއެވެ. އައިފާ ވަގުތުން ދަބަސް ކޮނޑުގައި އަޅުވާލަމުން ދުވެފައި ކަހަލަ ގޮތަކަށް ނިކުއިން އިރު އެކޮޓަރިއަށް ލީނާ އައިސް ވަންނަނީއެވެ. “ކިހިނެތްވީ މާ އަޑުގަދަ ވެގެން މިއުޅެނީ.. ވައި އިޒް ޝީ ކްރައިން؟” ލޫލުގެ ރުއިމުގެ އަޑު އިވުމުން ލީނާ ލޫތް ކައިރިއަށް ޖެހިލަމުން ބުނެލިއެވެ.

ލީނާ ގޮސް ލޫލު އުރާލަން އުޅުމުން ރުއިމުގެ އަޑު އިތުރަށް ގަދަވިއެވެ. ލޫލު އޭނާގެ ކުޑަކުޑަ އަތުން ލޫތްގެ ކަރުގައި ބައްދާލައިގެން ހުރެ ދޫނުކުރާން ދެފައި ތަޅަންފެށިއެވެ. އެވަގުތު އާޒިމާ އެކޮޓަރިއަށް ވަދެގެން އައެވެ. “ކިހިނެތްތަ ވީ؟ ކޮންކަމަކާ އެ މަންޖެ ދުވެފައި ނިކުމެގެން އެދިޔައީ؟” ލީނާ ކައިރިއަށް ނުދާން ލޫލު އުޅޭތަން ފެނުމުން އާޒިމާ އޭނާ އުރާލަމުން އަހާލިއެވެ.

“މިއީ ވީގޮތަކީ.. ތަންކޮޅެއް ބާރަށް ވާހަކަ ދެއްކުނީމަ ލޫލު ރޯންފެށީ.. އެހާ ބިޒީކޮން އުޅެފައި ގެއަށް އަންނައިރަށް ހައްތަހާ ވެސް މިޖެހެނީ ރުޅިއަންނަ ކަހަލަ ކަންތައް.” ލޫތް އޭނާގެ ގަމީހުގައި ޖެހިފައި ހުރި ލަށްގަނޑު ދައްކާލަމުން ބުނެލިއެވެ. އޭރުވެސް ލޫތްގެ މޫނުމަތިން ނުރުހުންވުން ފާޅުވާން ހުއްޓެވެ.

“ތި ފިލާނެއޭ.. އެހެންނުން ވާނީ ފާޑުފާޑުގެ މީހުން ގެންނަންޏާ.. ދަރި ރަނގަޅަށް ބެލޭކަމަކަށް ވަނީކީއެއް ނޫން، އަދިވެސް އެހެން މީހުން ގެންނާތި..” އާޒިމާ ނުސީދާ ގޮތުން ލީނާއަށް އަމާޒުކޮށް އެވާހަކަ ބުނުމަށްފަހު ލޫލު ގޮވައިގެން އެކޮޓަރިން ނިކުތެވެ. “ކީއްވެތަ ކަމެއްވާއިރަށް މަންމަ އަހަރެންނާއި ދިމާކުރަނީ.. އަބަދުވެސް އަހަރެންގެ ގޯސް ވާހަކަ ދެއްކިފަ އޮންނާނީ.” ލީނާ ރުޅި އައިސްފައި ހުރެ ލޫތްއާއި ދިމާއަށް ބުންޏެވެ.

ލޫލުގެ އެނދުގައި އިށީނދެ ކަކުލުގައި ދެ އުޅަނބޮށި ވިއްދާލައިގެން ބޮލުގައި ހިފައްޓާލައިގެން ލޫތް އިނެވެ. އަނެއްކާވެސް ލީނާގެ ޝަކުވާތަކެވެ. ގެއަށް ވަނުން އޮންނާނީ ލަސްވެފައެވެ. އަބަދުވެސް މަންމަ ނޫނީ ލީނާގެ ހުއްޓުމެއްނެތް ވާހަކަތަކެވެ. އެ ދެމީހުންގެ ކޯޅުމެވެ. “ލޫތް މަންމައާއި ވާހަކަ ދައްކަބަލަ.. އައި އެމް ޔުއާ ވައިފް.. ކޮންމެ ވެސް ވަރެއްގެ ރެސްޕެކްޓެއް މަންމަ ވެސް ކުރަން ޖެހޭނެ.” ލީނާގެ އަޑު އިވުނު ވަރަކަށް ލޫތްގެ ބޮލުގެ ރިހުން އިތުރިވިއެވެ. އޭނާ ކުއްލިއަކަށް ތެދުވެ ލީނާއާއި ހަތަރުކަޅި ހަމަކޮށްލިއިރު އެ ދެލޮލުން އިންތިހާ ރުޅިވެރިކަން ފާޅުވާން ހުއްޓެވެ.

“ޝަޓް އަޕް! ޖަސްޓް ޝަޓް އަޕް.” ލީނާ އާއި ދިމާއަށް އިނގިލި ދިއްކޮއްލަމުން މަޑުން މިހެން ބުނި ނަމަވެސް އެ އަޑުގައި ހުރި ހަރުކަށިކަން އިވުމުން ލީނާ ވަގުތުން މައިތިރި ވިއެވެ. ލޫތްގެ މޫނުމަތިން އިންތިހާއަށް ވަރުބަލިކަން ފާޅުވާން ހުރި ނަމަވެސް އަޑުގައިވަނީ ނުރުހުމެވެ.

“މީގެ ފަހުން މަންމައޭ ކިޔައިގެން އެންމެ ބަހެއް ވެސް ބުނެގެން ނުވާނެ. އެހެން ނޫނަސް މަންމަ ދޮގު ވާހަކައެއް ނޫނޭ އެދައްކަނީ ކީއެއް. ތެދެއް އެބުނީ، ލޫލު ލީނާއާއި އެހާ ދުރީ ލީނާ އަމިއްލައަށް އޭނައާއި ދުރުވީމަ. އަހަރެންވެސް ބުނިން ދޯ މީހަކު ގެންނާނެ ކަމެއް ނެތޭ. ބޭކާރު ކަމެކޭއެއީ. އެކަމަކުވެސް ގެނައީ.. ލީނާއަށް އަހަރެންގެ ބަސް އެއްވެސް އެއްޗަކަށް ނުވޭ. އައި އެމް ޔުއާ ހަޒްބަންޑް.” ލޫތް ރުޅިވެރި ކަމާއިއެކު ވާހަކަ ދެއްކިއިރު ލީނާގެ ލޮލުން ކަރުނަ ނިރާލިއެވެ.

“އެކަމަކު..” ލީނާގެ ޖުމްލަ ހުއްޓުމަކަށް އައީ ލޫތްގެ ހަރުކަށި އަޑު އިވުމުންނެވެ. “އިނަފް! އިތުރު އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން. އަހަރެން މިދަނީ ބޭރުން ކާން. މަންމަ ކައިރި ބުނާތި” މިހެން ބުނެފައި ލޫތް އެތަނުން ނިކުމެގެން ދިޔައެވެ. އޭރު ރޮވިފައި ހުރި ލީނާ މަޑުމަޑުން އެނދުގައި އިށީނދެ ފޯނުން މީހަކަށް ގުޅާލިއެވެ.

*******

ޓެކްސީގައި އިން އައިފާ ސީޓުގައި ލެނގިލައިގެން އިންއިރު ހިތުގައި ވަނީ ހައިޖާނު ގަނޑެއް އުފެދިފައެވެ. ކުޑަ ސިކުންތުކޮޅެއްގެ ތެރޭ ހިނގައިދިޔަ ކަންތަކުން އައިފާ ލޫތް ދެކެ އިންތިހާއަށް ފޫހިވިއެވެ. އަލުން ގޮސް ލޫތްއާއި ދިމާއަށް އެއްޗެއްކޭ ބުނަން ވެސް ހިތަށް އެރިއެވެ. މުއްސަނދިން ހަމަ ހިތް މޮޅީއެވެ. އެގެއަށް ދެން ނުދާން ހިތަށް އެރި ނަމަވެސް އޭނާއަކީ އެހައި ފިނޑި ކުއްޖެއް ނޫނެވެ.

ރާއްޖެތެރޭގެ މީހެކޭ ބުނުމަކުން އަދި އޭނާގެ އަގެއް ނުވައްޓާލެވޭނެއެވެ. އައިފާ އަޒުމް ކަނޑައެޅީ ލޫތްއަށް އޭނާގެ ހުރި ފެންވަރު އަންގައި ދިނުމަށްށެވެ. ދެވަނަ ފަހަރަށް އޭނާއާއި ދިމާއަށް އެފަދަ ބަހެއް ބުނަން ޖެހިލުނަވާވަރު ކޮއްލަން އައިފާ ބޭނުން ވިއެވެ. ފެންވަރު މަތިވާނީ ހަމައެކަނި ލޫތް ކަހަލަ މީހުން ނޫންކަން އޭނާ ދައްކައިދޭނެއެވެ.

ޓެކްސީއިން ފޭބި އައިފާ އަވަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ އުޅޭ ގެއަށް ވަނެވެ. ސިޓިން ރޫމަށް ވައިން އައިފާ ފެނި ކާ މޭޒުކައިރީގައި އިން އަޒުރާ ތެދުވިއެވެ. “ދަރިފުޅާ. އާދެ ކާން އަވަހަށް.. ދޮންބެ އެ ދިޔައީ ކައިގެން.. މިރޭ ކުލާސް އެބައޮތްތަ؟” ތަށްޓަށް ބަތް އަޅާދެމުން އޭނާ ވާހަކަދެއްކިއެވެ. ދަބަސް ސޯފާ މައްޗަށް އެއްލާލަމުން އައިފާ ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލުމަށްފަހު އިށީނެވެ.

“ނޫން.. މިރެއަކު ނެތް. މަންމާ އޯކޭތަ އަޅުގަނޑު ހޮޓެލްއަކަށް ވޯކް ކުރަން ޖޮއިން ކުރިއަސް؟” އައިފާ ބަތް ތަށްޓަށް ރިހަ އަޅަމުން އަހާލިއެވެ. “މަންމައަށް މައްސައެއް ނެތް.. އެއްކަލަ އަތް ނުދޮވެ ތިއައީ.. ދޭ.” އަޒުރާ އޭނާގެ ދަރިފުޅުގެ އަތުން ރިހަ ސަމްސާ އަތުލަމުން ބުނެލިއެވެ. އަޒުރާއަކީ އޭނާގެ ދަރިންގެ އެންމެ ކުދިކުދި ކަންތައްތައް ވެސް ހަނދާން ހުންނަ މައެކެވެ.

އަޒުރާގެ ފިރިމީހާ ނާޒިމްވަނީ އައިފާ ވަރަށް ކުޑައިރު ނިޔާވެފައެވެ. އޭރުން ސުރެ އައިފާއާއި އޭނާގެ ދޮންބެ އާލިމް ބަލާބޮޑު ކުރީ އަޒުރާގެ ބުރަ މަސައްކަތުންނެވެ. ރަށުގައި ކިޔެވުނު އެންމެ މައްޗަކަށް ކިޔަވާދިނުމަށްފަހު މާލެއައީ ވެސް އެކުދިންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައި ދިނުމަށްށެވެ. އާލިމްއަކީ މިހާރު ފަންސަވީސް އަހަރުފުރި ހަރުދަނާ ވަޒީފާއަކަށް ދާ މީހަކަށް ވާއިރު އައިފާ މިހާރު ދަނީ އޭ ލެވެލް މީގެ އަހަރެއް ކުރިން ނިއްމުމަށްފަހު މާކެޓިން އިން ޑިގްރީ ހަދަމުންނެވެ. ރަނގަޅު ވަޒީފާއެއް ލިބެންދެން ގެއަކަށް ކިޔަވެދޭން ދާންފެށީ މިދުވަސްކޮޅު ވެސް ފައިސާ ހޯދުމަށްށެވެ.

“ކީއްކުރާ ހޮޓަލެއްއެއީ؟ ކައްކާ ހޮޓަލެއްތަ؟” އައިފާ އައިސް އިށީނުމުން އޭނާގެ ކުރު އިސްތަށި ކޮޅު ވޫލް ކޮޅަކުން އައްސަދެމުން އަޒުރާ އަހާލިއެވެ. “ވަޓް؟. ނޫން.. އެއީ ގެސްޓުން ތިބޭ ކަހަލަ ހޮޓެލްއެއް.. ވޮރެން ހޮޓެލް އިން ބަލަން މިއުޅެނީ.. މަންމަވެސް ދޯ..” އައިފާ ހެމުން ބުނެލިއެވެ. “އަނހާ.. މަންމައަކަށް ނޭނގޭނެ އެއްނުން.. ދަރިފުޅު ކީއްކުރަން ބޯ ކޮށާލީ.. އެއްސެނީ ކީވެސް ނޫން.” އައިފާގެ ފަން އިސްތަށިކޮޅު ކުރުކަމުން ނުއެއްސުމުން އަޒުރާ އެކަން ހުއްޓާލުމަށްފަހު ކައިރީގައި އިށީދެލިއެވެ.

“ދެން ބޯ ފަންވެފަ ދިގުވީމަ އުނދަގޫވާތީ.. މިހާރު ކިހާ ފަސޭހަ.. މަންމަހެން ބުޅި ބޮލެއް ލިބުން ނަމައެއްނުން.” އައިފާ ޖޫސްބޮމުން ބުނެލިއެވެ. “ނޫނޭ. ދަރިފުޅުގެ ތި ހުންނަނީ ހަމަ ބައްޕަގެ އިސްތަށިކޮޅު.. ބައްޕަވެސް ނިކަން ފަން ބޮލެއް ހުންނާނީ.. ހަމަ ތިހެން.” އައިފާގެ ފަން އިސްތަށިކޮޅުގައި އަތް ހާކާލަމުން އަޒުރާ ބުނެލިއިރު އެ ލޮލުން ކަރުނަ ވިދާލިއެވެ.

“މަންމާ.. ދެން ނުރޯނެ. ބޭނުންތަ ހަގްއެއް.” އައިފާ ނިކަން ލޯބިކޮން އެއްއަތުން އަޒުރާގެ ކަރުގައި ބައްދާލަމުން ބުނެލިއެވެ. އަޒުރާއަށް އުފަލުން ރޮވުނެވެ. މިހާ ހިތްހެޔޮ ލޯބިވާ ދަރިން ދެއްވީތީ މާތްﷲ އަށް ޝުކުރުކުރިއެވެ. މިކުދިންނަކީ އޭނާގެ ދިރިހުރުމުގެ މަޤްސަދެވެ. މިއިން ދަރިއަކަށް ކަމެއް ވެއްޖެއްޔާ އޭނާގެ އެ މައިލަނގޮޑިއަށް ކެތެއް ނުވާނެއެވެ.

******

ގަޑިން މެންދަމު ބާރަޖެހިއިރު އަދިވެސް ތުނިތުނި ކޮން ވާރޭ ކަނިތައް ޖަހަމުންދެއެވެ. ކާރުން ނިކުއިން ލޫތް މަޑު ހިނގުމެއްގައި ގެއާއި ދިމާއަށް މިސްރާބުޖެހި އިރު ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުން ގައިގެ ލޯލިތަށް ކޮޅަށްޖެހެއެވެ. މަގުގެ އެއްކޮޅުން އަނެއްކޮޅަށް ފެންގަނޑު ހެދިފައި އޮތުމުން ލޫތް ކުޑަކޮން ފައިކުރި އޮޅާލުމަށްފަހު މަގު ހުރަސް ކުރިއެވެ.

ލިފްޓައަރައި މީހާ ހަމަޖެހިލަމުން ލޫތް ލޯ މަރާލިއެވެ. އޭރު ލިފްޓް އޭގެ މަންޒިލަށް މައްޗަށް އަރަމުން ދިޔައެވެ. ދުވާލު ހަތަރުދަމު އެއްތަނުން އަނެއްތަނަށް ބައްދަލުވުން ތަކަށް ގޮސް ގައިގެ ރިއްސަމުން ދިޔައެވެ. ބޮލުގައި ހަރުލާފައި ހުރި ފެންތިކިތަށް ފޮޅާލަމުން އޭނާ ލިފްޓުން ނިކުމެގެން ގޭތެރެއަށް ވެނެވެ.

ގޭގެ އެންމެން ނިދާފާއި ވުމުން ލޫތް މަޑުމަޑުން ގޮސް ލޫލުގެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގައި ހުރި އެނބުރޭ ނިދާ ބޮކީގެ ފަނޑު އަލި ކޮޓަރިތެރެއަށް ވެރިވެފައި ވީއިރު އެއިން އިވެމުންދިޔަ މަޑު ހިތްގައިމު އަޑުން ފަޅުކަން ފިލުވާލައެވެ. ލޫތް އެނދުކައިރީގައި ހުއްޓެލަމުން ނިދިފައި އޮތް ލޫލުއަށް ނަޒަރު ހުއްޓާލިއެވެ.

މަޑުމަޑުން އެނދުގައި އިށީނދެ ލޫލުގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށި ކޮޅު ދުރުކޮށްލަމުން އެ ކޯތާފަތުގައި ފިރުމާލިއެވެ. އޭރު ލޫލު ގެންގުޅޭ ބެއާ އޭނާގެ ގަޔާއި ލައި ބައްދާލައިގެން އޮއްއިރު ބޮނޑުވައި އިނގިލި އަނގައަށް ޖަހައިގެން ނިދިފައި އޮތެވެ. “މައި ޕްރިންސެސް. ސޮރީ އިގޭ. ގުޑް ނައިޓް.. ލަވް ޔޫ ސޯ މަޗް.” ލޫތް މަޑުމަޑުން މިހެން ބުނެލުމަށްފަހު ލޫލުގެ ނިއްކުރީގައި ބޮސްދިނެވެ. ލޫލުއަކީ އޭނާގެ މުޅި ދުނިޔެއެވެ. ހުރި ހަމައެކަނި ފުރާނައެވެ. އިރުކޮޅަކު ލޫލުގެ މައުސޫމް މޫނަށް ބަލަން އިނުމަށްފަހު ތެދުވެ ކޮޓަރިން ނިކުންނަށް ލޫތް ހިނގައިގަތެވެ.

ލޫތް އޭނާގެ ނިދާ ކޮޓަރިއަށް ވައިން އިރު މުޅި ކޮޓަރިއަށް ވަނީ ރަތް ނިދާބޮކީގެ ފަނޑުއަލި ފެތުރިފައެވެ. އޭސީގެ ފިނިކަމުން ގައިން ހީބިހި ނަގައިގެން ދިޔައިރު އޭނާ މަޑުހިނގުމެއްގައި ގޮސް ކޮޓަރީގެ މެދުގައި ހުރި ބޮޑު އެނދުކައިރީގައި މަޑުކޮއްލިއެވެ. ރަޖާވެސް ނާޅާ ކުރު ނިދާ ހެދުމެއްގައި ނިދިފައި އޮތް ލީނާ ފެނި ލޫތްގެ ހިއްސުތަށް ހޭލިއެވެ. ކިތަންމެ ވަރަކަށް ތޮޅުނަސް ރުޅިއައިސްގެން ނިކުމެގެން ދިޔަޔަސް އެންމެފަހުން އެނބުރި އަންނަން ޖެހޭނީ ހަމަ މިތަނަށްށެވެ.

ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު ޓައިލްސްތަކު މައްޗަށް ވައްޓާލަމުން ލޫތް އެނދަށްއެރިއެވެ. އޭރު އެ ކަސްރަތީ ހަށިގަނޑު ރަތް ފަނޑުއަލީގައި މާ ރީތިކަމަށް ދައްކައެވެ. އޭނާ މިކައިވެނި ކުރީ ބައްޕަގެ އެދުމަށް ކަމަށް ވިއަސް އެހިތުގައި ލީނާއަށްޓަކައި ލޯބިވިއެވެ. ހަމަ ގައިމު ވެސް ލޫތް ހިތުން އެއީ ލޯތްބެވެ. ލޫލުގެ މަންމައަށް ވުމުން އެހިތުގައި ލީނާއަށްޓަކައި ދެވިފައިއޮތް މަޤާމް ބަދަލުނުވާނެ ކަމުގައި ވިޔަސް ބައެއް ފަހަރަށް މިއީ ލޯބި ބާއޭ ލޫތަށް އަމިއްލަ ނަފްސާއި ސުވާލު ކުރެވެއެވެ.

ރަޖާގަނޑުން ލީނާގެ ހަށިގަނޑައީއެކު އޭނާ ވެސް ފޮރުވާލަމުން އިތުރަށް ލީނާއާއި ކައިރިވެލިއެވެ. “ސޮރީ.. ޕްލީސް.” ލޫތް މަޑުމަޑުން ލީނާގެ ކަންފަތް ދޮށުގައި މިހެން ބުނިއިރު އޭނާ އޮތީ ނުނިދާކަން ލޫތްއަށް ހަމަ ރަނގަޅަށް އިނގެއެވެ. “ޕްލީސް ބޭބީ..” ލޫތްގެ ކުދިކުދި ގޯނާތައް އިތުރުވުމުން ލީނާއަށް ކެތްނުވެގެން ލޫތްއާއި ހަތަރު ކަޅި ހަމަކުރިއެވެ. އެލޮލުގައި ކުރިން ހުރި ރުޅިވެރިކަން ފިލާގޮސް މިހާރު ފެންނަމުން ދިޔައި މަސްތީކަމެވެ.

މިއީ އަބަދުވެސް އާދައެވެ. ދުވާލުގެ އަރާރުންވުން ނިމޭނީ މިހެންނެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް ދެޖިސްމު ވިރިގެން ދާއިރު ހަޤީޤީ ލޯތްބާއި އިޝްކަކީ ކޮން އެއްޗެއްކަން ލޫތަށް އަދިވެސް އިހުސާސެއް ނުވެއެވެ. މިއީ ހަމައެކަނި މައްސަލަތައް ހައްލުވާނެ ގޮތް ނޫންކަން އިނގުނު ނަމަވެސް އެކަމަށް ލޫތް ބީރު ކަންފަތެއް ދިނެވެ. އެހިތަށް ލޯބި ދަސްނުވީތީ މިއަދު އޭނައަކީ އެހެން ހިތަކަށް ލޯބި ދޭން އިނގޭ މީހެއްނޫނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Previous

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(20 ވަަނަ ބައި)

Next

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ

Next
June 14, 2016

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ

Previews
June 14, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ..(20 ވަަނަ ބައި)

ބޭވަފާތެރި ނުވަމޭ ޔާރާއޭ

25 Comments!

  1. layaal says:
    June 14, 2016 at 2:20 pm

    enjoy guys. nect part on Thursday in sha allah. ? and ramazaan mubaarik to all ?

  2. aal says:
    June 14, 2016 at 2:21 pm

    V nice

  3. Shaai says:
    June 14, 2016 at 2:23 pm

    Vvvvvvvvvv rythi…. sifa u can. Looth vaane saizah gennansho dhw. Hehehe

  4. Riu says:
    June 14, 2016 at 2:45 pm

    varah reethi. leena haadha fonye. but i like looth moms attitude varah zeelagadha! hehe keep it up. waiting for next part ❤️

  5. inaa says:
    June 14, 2016 at 3:06 pm

    interesting. varah nice adhi.

  6. Mini*** says:
    June 14, 2016 at 3:34 pm

    Vvvv nice.. Next part miahvure dhigu koh dhehchey

  7. Youme says:
    June 14, 2016 at 4:35 pm

    Vvv reeeeeethiiiiiiii

  8. Twinkle Star says:
    June 14, 2016 at 5:07 pm

    Wow.. this is really nice .. waiting 4 next part …

  9. maan says:
    June 14, 2016 at 6:42 pm

    reethi

  10. axx says:
    June 14, 2016 at 6:53 pm

    Abadhuwes konmes ekaku muhsandi waane.. anrh myhaa fageeru waane. Hate those kinda stories..

    1. Riu says:
      June 14, 2016 at 7:25 pm

      hate vanya nukiya. keekuran kiyani ekahala story eh kan igey iru. lol ?

  11. aifaa says:
    June 14, 2016 at 7:44 pm

    V Nice

  12. Xima says:
    June 14, 2016 at 9:36 pm

    Woww v nice waiting 4 the next part.

  13. Ano says:
    June 14, 2016 at 10:18 pm

    Vvvvvvvvvv nice sifakurun. best hama.

  14. aimin mau says:
    June 14, 2016 at 11:45 pm

    Thi vary vaahaka eh adhi nukiyan ummeedhu kuranyy next part vxx vr rythi vaane kamah best of luck

    1. layaal says:
      June 15, 2016 at 11:50 am

      thanks ❤️

  15. Aan says:
    June 15, 2016 at 10:04 am

    nice. waiting waiting

  16. ihusaana says:
    June 15, 2016 at 12:30 pm

    Vaahakai ge sifa kurun varah rangalhu kan faahaga kurevey… kuriah huri baithah ves hama mi gothah kuriah gendhaane kamah unmeedhu kuran…..

    1. layaal says:
      June 15, 2016 at 2:25 pm

      thank you. in sha allah i will try to do my best ❤️

  17. Sama says:
    June 15, 2016 at 3:50 pm

    varah kamudhey adhi. waiting for next part.

  18. U says:
    June 15, 2016 at 8:07 pm

    Varah shalhi

  19. Aish says:
    June 15, 2016 at 8:08 pm

    Varah shalhi

  20. Mary says:
    June 16, 2016 at 4:42 pm

    Adhi v salhi, nimun salhivunakee vaahaka reethi varakee

  21. thorufiudhulhi says:
    June 25, 2016 at 12:11 pm

    Gohehnoon adhi rangalhu fahunn vaane gotheh nenge ….

  22. virushaan says:
    August 4, 2016 at 12:24 pm

    very nice

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ. (3)←


All Right Reserved!