Skip to content
އެސްފިޔަ

ވޭނީ އާޙް!

ލޮއެއްބައްޓަކައި އަހަރެންގެ ދަތުރުގެ އޮޑި ހުއްޓަން މިޖެހުނީ ކަނޑުގެ މެދަށެވެ. އެހެން ގޮތަކަށް ބުނާނަމަ ދުއްވަ ދުއްވާ ހުއްޓާ އޮޑި އަޑިޔަށް ދިޔައީ އެވެ. އާއެކެވެ. ލޮއެއްބައްޓަކައި އަހަރެން މިކުރާ އިންތިޒާރުގައި ނިމުމެއް ނެތެވެ. އެހެންނަމަވެސް އެކަން އެނގި ހުރެވެސް އިންތިޒާރު ކުރެވެނީ އެވެ. މިގޮތުގައި 5 އަހަރުވެ އުމުރު ހުސްވިއަސް ހެވެއެވެ.

ކަލާއެވެ. އަޑުއަހާށެވެ. އަހަރެންގެ ހިތުގެ އަޑު އަހާލަބަލާށެވެ. މީ ކަލާގެ މީހެކޭ ބުނި ގޮތައް މި ހިތުގެ އަޑު އެއްފަހަރު އަހާލަދޭށެވެ. ހެޔޮނުވާނެއެވެ. އަހަރެން މިހިތާމައިގާ ފަނާވުން އެއީ ކަލާ އެދޭ ގޮތް ހެއްޔެވެ؟ ކަލާގެ ލޮއެއްބައް އެދި އަހަރެން ސަލާން ޖަހަމެވެ. އަހަންނާ އެކު ނުވިއަސް މިވާ ލޯބި ޤަބޫލް ކުރާށެވެ. އެވެސް މިހިތައް ލިބޭ ޝިފާ އެކެވެ.
ލޯބިވާއެވެ. އެނގޭ ހެއްޔެވެ؟ ބަލާލި ކޮންމެ ދިމާއަކުން ތި މޫނު އަހަންނަށް ސިފަވެއެވެ. ތިހަނދާން އާކޮށްދެއެވެ. އެންމެ ފުރަތަމަ ބައްދަލުވުން އިއްޔެވީ ކަމެއްހެން އަދިވެސް އަހަރެން ސިކުޑިއާއި ހިތަށް ސިފައެވެ. އޭރު އަހަންނަށްޓަކައި ކަލާވީ ޤުރުބާނީ ކޮބާ ހެއްޔެވެ؟ އެ ވަޢުދުތަކާ އަޙްދުތައް ފަނާކޮށް ނުލާށެވެ. އާދޭސްކުރަމެވެ.

އަހަރެންނަކީ ފިރިހެނަކީމެވެ. އެހެނަސް ފިރިހެނަކަށް ވެސް ނުވެވުނެވެ. ކީއްވެކަން ކަލާ އިޙްސާސް ކޮށްލަބާށެވެ. މިހިތުގައި ހާދަ ވޭނެއް އަޅައެވެ. ހާދަ އަސަރެއް ކުރެއެވެ. މިލޯނޭދި އެދޭފަދަ ތި ލޯބިވާއަށްޓަކައި މި ލޮލުން ހާދަހާ ކަރުނައެއް އޮހޮއެވެ. ލޯބިވާއެވެ. ދުރަށް ނުދާށެވެ. ހާދަހާ ދެރަވެއެވެ. މި ދޮލުން އެންމެ ރެއަކުވެސް ހަމައަށް ލޮލުފިޔައެއް ނުޖެހެއެވެ. ތިޔަ ފިރުމުން ތަކަށް ހިތް އެދޭވަރުންނެވެ. ތި ނިޔަނެތި މޫނު ހިތަށް ސިފަވާތީ އެވެ. މިއުޒިކެއްފަދަ ތިޔަ ލޮބުވެތި ޖާދުވީ އަޑު އަހާހިތުން ބޭޤަރާރު ވެވޭތީއެވެ. ހެޔޮ ނުވާނެއެވެ. އަހަރެންގެ މި އެކަނިވެރިކަން ކަލާ ފިލުވަދޭށޭވެ. ދިރިމިހުންނަނީ އެކަނި ފުރާނަ ހުރީތީ އެވެ. އުފަލާއި ހިތްހަމަޖެހުމާއި ލޯބި މިއަދު އަހަރެންގެ ދިރިއުޅުމަށް “އެލާރޖިކް” އެއް ފަދައެވެ. އެހެނަސް އެހުރިހާ ކަމެއްގެ ހަމައެކަނި ހައްލަކީ ތީ އެވެ. ކަލާތީ މިހިތުގެ ދިރުމެވެ. މިހިތުގެ ލޮއެއްބެވެ. މިފުރާނައިގެ ދިރުމަކީވެސް ކަލާ ފަދައެވެ. މަގޭ ފުރާނައާ އެވެ. މިހިތުގައި ކަލާއަށްޓަކައި މިވާ ލޯބި ވަރަށްވެސް ސާފެވެ. ބިއްލޫރި ކޮޅެއްފަދައެވެ. އެހެނަސް މިއަޑު އަހާނީ ފަހެ ކާކު ހެއްޔެވެ؟

ތެދެކެވެ. މި ލޯބީގެ އަގު އެކަކަށް ނޭނގުނަސް މުޅި އުމުރަށް ވެސް އިންތިޒާރު ކުރެވޭނެ އެވެ. އެއީ އަހަރެންނަށް ހަމަ އެކަނި ލޯބި ވެވުނީ ކަލާދެކެ ކަމުގައި ވީތީ އެވެ. ދިރިއުޅުމަކަށް އެދެވުނީ އެކަނި ކަލާގެ ފުށުންނޭވެ. އެހެނަސް…. މިއަދު އަހަރެންގެ އަތުން ކަލާ ބީވެއްޖެއެވެ. ހުވަފެންތަކަކާއި އުއްމީދުތަކެއް ދީފައެވެ. އެއްވެސް ކުލައެއް ނެތެވެ. ކަޅު އަނދިރި ގަނޑެއްފަދަ ވިލާ ގަނޑެއްގެ ތެރެއަށް އަހަރެންގެ ދިރިއުޅުމުގެ އޮޑި ފައްތާލާފަ އެވެ. އެކަމަކުވެސް އަދިވެސް އަހަރެން ކަލާ ދެކެ އިންތިހާއަށް ލޯބި ވަމެވެ. ނޫނެކެވެ. ލޯބިވާން ބޭނުން ނޫނަސް ލޯބި ވެވެނީ އެވެ. އަހަރެންގެ ހިތުގެ “ރިމޯޓް” ކަލާ އަތުގައި ވާ ފަދައިންނެވެ.

ލޯބިވާއެވެ. ކަލާ އެހެން ދިރިއުޅުމެއް ހޯދާފީމު އެވެ. އުފަލުގައެވެ. ވަރަށް އުފަލުގައެވެ. އެތަން ފެނުމުން އަހަރެންގެ ލޮލަށް ފިނިކަން ގެނެސް ދެއެވެ. އެއީ ހަމައެކަނި ކަލާގެ އުފަލަށް ވީތީ އެވެ. އެހެނަސް އެނގޭ ހެއްޔެވެ؟ މަގޭ މިހިތް ފުނޑު ފުނޑު ވާކަން ކަލާ ދަންނަން ހެއްޔެވެ؟ މި ނިކަމެތި އަޅާގެ ކެކުޅުން ކަލާ އަށް ހަމަ އިޙްސާސް ވެސް ނުވަނީ ހެއްޔެވެ؟ އެކަމު ކީއްވެ ހެއްޔެވެ؟ އަހަރެން ވީ ލޯބީގެ އަގު މިހާ ދަށްވީ ހެއްޔެވެ؟ ހެޔޮނުވާނެ އެވެ. އަހަރެންވެސް މީ އިންސާނަކީމެވެ. ކަލާގެ އޮންނަ ފަދަ ހިތެއްވެސް ވެއެވެ. ވިންދު ހުރިހާ ހިދަނކު ތަދުވެސް ވެއެވެ. ވަރަށް ބޮޑަށެވެ.

މީ އަހަރެންގެ ހިތުގެ އަޑެވެ. ދުލުން ބަޔާން ކުރަން ނުކުޅެދިފައިވާ، ޒަޙަމްވެ ހަލާކުވެފައިވާ ހިތެއްގެ އަޑެވެ. އަހަރެންގެ އިޙްސާސެވެ. އެކަކަށްވެސް ނޭނގޭނެ އިޙްސާސެކެވެ. މި އަޑު އިވޭނީވެސް އެކަނި އަހަރެންގެ ހިތަށެވެ. އެއީވެސް ކަލާއަށްޓަކައެވެ. ކަލާގެ ދިރިއުޅުމަށް އިތުރަށް އުދަނގޫ ނުކުރުމަށް އަހަރެން ނިންމާފައިވާތީ އެވެ. ވީއިރު އަހަރެން ހިނިތުން ވެލައިގެން ހިތުގެ އުދާސްތައް އޮއްބައިލައިގެން ދިރިމިހުންނަނީ ހަމައެކަނި ކަލާގެ ޙައްޤުގައޭ ނުބުނެވޭނެ ހެއްޔެވެ؟ މީ ވޭނީ އާޙެކެވެ. (ނިމުނީ)

Comments (28)

  1. Shaai

    Suparb

    1. HaNiM
      Shaai

      Thanks 🙂

  2. Youme

    ???

    1. HaNiM
      Youme

      🙂 :).:)

  3. Purplish

    Ahcheedi. …. hadi. …….. heevany aa lhemeh hen

    1. HaNiM
      Purplish

      Thank you for commenting.. dhen faharun ithurah reethi liyumeh genesdheyn try kuranan. 🙂

    2. sweet angle .
      Purplish

      THIVAAHAKA THIAHVURE REEHCHAHVES BUNEVIDHAANE DHW…..FURATHAMA MEEHUNNA REETHI BAHUN VAAHAKA DHAKKAN DHASKOHBALA..EHEN MEEHUNGE KUHTHAH NUBALAA…FURATHAMA THIMAA ISLAAHU VEY,,,,LEARN TO RESPECT OTHERS….SO DHENVES LADHEGGA BEDHUMUGE KURIN VISNALAA ….

  4. lai

    ?? v habeys

    1. HaNiM
      lai

      Thanks 🙂

  5. Ayya

    Wow v salhi.. sifa kurun hama v salhi

    1. HaNiM
      Ayya

      Thanks 🙂

  6. PrinceSs

    nice story heevani aslu hen

    1. HaNiM
      PrinceSs

      Thanks 🙂

  7. xinxy

    Hama aslu ehchehtha meee….. wow…

    1. HaNiM
      xinxy

      Xinxy thank you.. 🙂

  8. me

    varah reethi. Hivani hageegathehen.
    bt liyumuge baeh mahsalatha hurikan faahagavi.
    ☺

    1. HaNiM
      me

      Thank you.. yeah i ll try to reduce mistakes.. 🙂 🙂

  9. ahuu

    salhi

  10. Lyn

    Is this real???

  11. Samee

    V nyc.. samee kurin vx buneemeh nuh mi samee ge lyf aa v gulhey vaahaka ekey.. Super story…

  12. Shaz

    Wow nice story

  13. Ushaa

    Wow.. Hama heevany ushaage hithuga oi hurihaa ehcheh liyelaafa oi hen… Asluvx … Vrh salhi.. Whn up kuran feshanyy…

  14. Blueish

    V. Salhi

  15. Rishoo

    Wooooow, v v v v reethi… Heevanee hama real story eh hen…

  16. rosy

    vvvvv reethi

  17. ainth

    delolun karuna faabany..hamathedhetha

  18. faathimaa

    varah salhi.. i just loved it.

  19. jenzy

    hadi

Comments are closed.