Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދޭނަން ހިތާ ޖާނާ. (1)

layaal Level 310 Stories100 Comments
June 12, 2016 4 Mins Read
25 Comments

ވެހެމުންދިޔަ ބޯވާރޭ ތެރޭ އެއް އަތުން ކުޑައެއް ހިފައިގެން އައިފާ މާލޭގެ ފެންބޮޑުވެފައިވާ މަގެއް ހުރަސް ކުރަމުންދިޔައެވެ. ލައިގެން ހުރި ޖީންސް ފައިގެ ކަށިމައްޗާއި ހަމައަށް އޮޅާލެވިފައި ވާއިރު އެއްއަތުން ދަބަސް ގަޔާއި ކައިރިކޮށްލެވިފައި ވެއެވެ. ޖެހެމުންދިޔަ ބާރު ވައިރޯޅި ތަކުން ކުއްލި ކުއްލިއަށް ކުޑަ ވިއްސައިގެން ދާއިރު ދެއަތުން ބާރަށް ކުޑައިގައި ހިފަހައްޓާލައެވެ.

މިހާ ވިއްސާރަ އިރުވެސް މާލެ މަގުތަކުގައި ދުއްވާ އެއްޗެހި ގިނަކަމުން، ކައިރިން ލާފައި ދާ ސައިކަލު ތަކުން ފެންބުރައި ޖީންސްގެ ބޮޑުބައެއް ވަނީ ތެމިފައެވެ. އައިފާ އަތުގައި އޮތް އަތުކުރި ގަޑިއަށް ބަލާލަމުން ކުރިމަތީގައި ހުރި އިމާރާތުގެ ލިފްޓަށް އެރިއެވެ. އޭރު ލައިގެން ހުރި ޓީޝާޓުގެ ކޮނޑުމަތި ތެމިފައި ވީއިރު މޫނުމަތީގައި ވެސް ފެންތިކި ހަރުލާފައިވެއެވެ.

މިރޭވެސް ގަޑި ޖެހުނީއެވެ. އައިފާ އަވަހަށް ޖީންސްގެ ފައިކުރި ތިރިކޮށްލުމަށްފަހު ލިފްޓުގެ އެގާރަވަނަ ފިތަށް ފިއްތާލިއެވެ. ލިފްޓުގައި ހުރި ބޮޑު ލޯގަނޑަށް ބަލައިލަމުން ދަބަހުން ނެގި ޓިޝޫއިން މޫނު ފޮހެލުމަށްފަހު ކުޑަކޮން ހަމަޖެހިލިއެވެ. އައިފާ އަކީ މާ ދޮން ނޫނަސް އެހާ ކަޅު ކުއްޖެއް ވެސް ނޫނެވެ. އޭނާގެ ހަމުގެ ކުލައަކީ ފެންނަ ގިނަމީހުން ތަޢުރީފް ކުރާ ކަމެކެވެ. ޤުދުރަތީ ގޮތުން ލިބިފައިވާ ކަޅު އިސްތަށިގަނޑު ކަނދުރާއާއި ހަމައަށް ކޮށާލެވިފައި ވާއިރު އެ ދިގު މޫނާއި ވަރަށް ގުޅެއެވެ. މަތީ ތުންފަތް ކައިރީގައި އިންނަ ކުޑަ ކަލުތިލައިން އޭނާގެ ރީތިކަން ފުރިހަމަކޮށްދެއެވެ.

ލިފްޓު ހުއްޓުމުން އައިފާ އަވަހަށް ދަބަސް ހިފައިގެން ނިކުމެ ކުރިމަތީގައި ހުރި ދޮރުގައި އިން ބެލްއަށް ފިއްތާލިއެވެ. އައިފާ ހުރީ ލަސްވުމުން ލޫލުގެ މާމަ ރުޅި އައިސް ދާނެތީ ހިތް އަވަސްވެފައެވެ. ލޫލުއަކީ އައިފާ މިގެއަށް ކިޔަވަދޭން އަންނަ ހަތަރު އަހަރުގެ ކުއްޖާއެވެ. ލޫލު އުފަންވީން ސުރެ އުޅުނީ ދުބާއިގައި ކަމުން ދިވެހި ބަހަށް އެހާ ފަރިތައެއް ނޫނެވެ. ލޫލުގެ އާއިލާ މާލެ ބަދަލުވީ އެގޭގެ އެންމެން އެއްކޮން އުޅުމަށްށެވެ. އެހެން ކަމުން ކޮންމެ ރެއަކު ލޫލުއަށް ދިވެހި ބަސް ދަސްކޮށްދީ ވާހަކަދެއްކުމުގައި އެހީތެރި ވެދޭން އައިފާ އާދެއެވެ.

ގޭގެގައި ކައްކަން އުޅޭ މިހާ ދޮރު ހުޅުވާލުމުން އައިފާ އަވަހަށް އެތެރެއަށް ވަނެވެ. ހިތާހިތުން ލޫލުގެ މާމައަށް ނުފެނި ދާން ހިނގައި ގަންތަނާ ކުރިމައްޗަށް އެހުއްޓުނީ އޭނާއެވެ. ވަރެއްގެ މީހެކޭ އައިފާގެ ހިތަށްއެރިއެވެ. މިގެއަށް އަންނަތާ އެއްމަސް ވީއިރުވެސް މި އަންހެނާ ހުންނަނީ އައިފާ އާޢި ޖައްސާލާފައެވެ.

“މިއަދުވެސް ލަހުން ތިއައީ. މިހާރު ހަތްގަޑި ބައި އެވީ. ދެން ލޫލުއަށް ނިދޭނީ ލަހުން.” އާޒިމާ އޭނާގެ އައިނު އިނގިލިން މައްޗަށް ޖައްސާލަމުން ބުނެލިއެވެ. އޭނާގެ ދެބުމަ ގޮށްޖެހިފައި ވީއިރު މޫނުމަތިން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. ދުފައިގެން ހުރެ އަނގަ ހަލުވަމުން ދިޔައިރު އެއްއަތުން އަޅައިގެން ހުރި ބުރުގާ ރަނގަޅު ކޮށްލަމުން ކަރު ކެހެލިއެވެ. ހިންދީ ޑްރާމާއެއްގައި އުޅޭ ނުލަފައި މައިދައިތަ އެއްގެބައި ކުޅެން މީނަ ރަނގަޅުވާނެއޭ އައިފާ ހިތަށް އެރިވަގުތު ކުޑަކޮން ހިނިއައެވެ.

“އެއީ މާ ވިއްސާރަ ވީމަ ލަސްވީ..” އައިފާ ދެއަތް ދެއަތާއި މޮޑެމުން މިހެން ބުނެލުމަށްފަހު އާޒިމާ އެއްޗެކޭ ބުނުމުގެ ކުރިން ލޫލު އައިސް އައިފާގެ ފައިގައި އޮޅުލައިގަތެވެ. “އާފަ.. ލެޓްޝް ގޯ” ލޫލު އޭނާގެ ލޯބި އަޑުން މިހެން ބުނެލުމަށްފަހު އައިފާގެ އަތުގައި ހިފައި ދަމަންފެށިއެވެ. “ދަރިފުޅާ މަޑުން.. އައިފާ ވެއްޓިދާނުން.. ކޮފީތައްޓެއް ގެންގޮސްދޭނަން އިނގޭ.. ވަރަށް ފިންޏެއްނުން މިރޭ” ސިޓިން ރޫމަށް ނިކުން ލީނާ އައިފާއަށް ހިނިތުން ވެލަމުން ބުނެލިއެވެ.

މުއްސަނދި ވީކަމަކު އައިފާ ހީކުރިހާ ލީނާމެން ފޮންޏެއް ނޫނެވެ. ކުޑަގޮތެއް ހުރި ނަމަވެސް މާ ދެއްކުންތެރިއެއް ނެތެވެ. ލީނާގެ ބުޅި އިސްތަށި ގަނޑު މައްޗަށް އައްސާލެވިފައި ވީއިރު އެ ދޮންކަރު ވަނީ ހާމައަށްށެވެ. ލައިގެން ހުރި ބާރު ޓީޝާޓާއި ޓައިޓުން ހަށިގަނޑުގެ ވަނާތަށް ފުރިހަމަ ކަމަށް ދައްކައެވެ. ލިބިފައިވައި ބޮޑުދެލޮލާއި ރަތް ފިނިމެންމަލެއް ފަދަ ތުންފަތުން އެމޫނުމަތި އިތުރަށް ރީތިކުރުވައެވެ. ބައެއްފަހަރު އައިފާއަށް ވެސް އެފަދަ ރީތިކަމެއް ލިބޭނެ ނަމައޭ ހިތަށް އަރައެވެ.

“އޭތް.. ފައިފޮހެގެން ދޭ.. އެހެން ނޫނީ ހަޑިވާނެ..” ސިޓިން ރޫމުގައި ހުރި ބޮޑު ސޯފާގައި އިށީނދެ ދެފައި ދަމާލަމުން އާޒިމާ ބުނެލިއެވެ. އައިފާ އިތުރަށް އެއްޗެކޭ ނުބުނެ ފައި ފޮހެލުމަށްފަހު ލޫލުއާއި އެކީ ދާން ހިނގައިގަތެވެ. މި މުޅި އިމާރާތަކީ މިއާއިލާގެ އިމާރާތަކަށް ވާއިރު އިމާރާތުގެ އެގާރަވަނަ ބަޔާއި ބާރަވަނަ ބައިގައި އުޅެނީ ހުސް އާއިލާ މީހުންނެވެ. ދެން ހުރި ބައިތަށް ވަނީ ކުއްޔަށް ދީފައެވެ.

އާޒިމާގެ އެއްފިރިހެން ދަރިއަކާއި ދެ އަންހެން ދަރިން ތިބޭ އިރު އޭނާގެ ފިރިމީހާ ލުތުފީގެ ދެވަނަ އަނބީގެ ތިބެނީ ދެ ފިރިހެން ދަރިންނެވެ. ބާރަވަނަ ބުރީގައި އެއުޅެނީ ދެވަނަ އަނބި ޒުލޭހާއާއި އޭނާގެ ދަރިންނެވެ. މިއާއިލާ އޮންނަ ގޮތުން އައިފާ ބައެއް ފަހަރަށް ހައިރާވެއެވެ. ދެ އަނބިންނާއި ދަރިން އެއް ފުރާޅެއްގެ ދަށުގައި ގެންގުޅެން ލުތުފީ ކުޅަދާނައޭ އައިފާ ހިތަށް އަރައެވެ.

ލޫލުގެ ކޮޓަރި ވަނީ ހުސް ފިޔާތޮށި ކުލައިން ޒީނަތްތެރި ކުރެވިފައެވެ. ފާރުގެ ކުލައިން ފެށިގެން ފަންކާއަށް ވަނީ ފިޔާތޮށި ކުރެވިފައެވެ. އެއްފާރުގައި އިނގިރޭސިން ބޮޑުކޮން ‘ލުޔޫން’ ލިޔެފައިވާއިރު ކައިރީގައި އެކި ވައްތަރުގެ ކުރެހުން ހުއްޓެވެ. ކޮޓަރީގެ ބޮޑު ކުޑަދޮރު ހުޅުވާލެވިފައި ހުރުމުން ވާރޭގެ ފިނިކަމާއި ޖެހެމުން ދިޔަ ވައިރޯޅިތަކުން ކޮޓަރިއަށް ވަނީ ފިނިކަން ގެނުވާފެއެވެ.

ކުޑަ ޕްރިންސެސް އެނދު ކައިރީގައި ކުޅޭ އެއްޗެހިތަށް ބައިވަރު ހުރިއިރު ލޫލު އޭނާ އަބަދުވެސް ގެންގުޅޭ ކުޑަ ބެއާ އެއްއަތުން ހިފައިގެން ގޮސް މޭޒުކައިރީގައި އިށީނެވެ. ލައިގެން އިން ފެހި ކުލައިގެ އެއްކޮން އިންނަ ޕިޖާމާގައި އިންއިރު އިނގިލި ބޮމުން އައިފާއަށް އިށީންނަށް އިޝާރާތް ކޮށްލިއެވެ.

ލޫލުއަކީ ލޯބިކަމުން ގޮސް ފެންނަ ކޮންމެ މީހެއްގެ ހިތް އަތުލާފަދަ ކުއްޖެކެވެ. އެ އޮމާން ދޮން ކޯ ބޮޑުވެފައި ހުރުމުން ތުންކޮޅު ވެސް އިންނަނީ ލޯބިކޮން ނިކުމެފައެވެ. މުށި ކުލައިގެ ބުޅި އިސްތަށިކޮޅު ކަނދުރާއާއި ހަމައަށް އަރާއިރު ކަރުގައި ރަންކުލައިގެ ފަށެއްވެއެވެ. ފިނިކަމުން އެކުޑަކުޑަ ނޭފަތް ރަތްވެފައި އިނުވުމުން މިރޭ އަދި މާ ލޯބިކަމަށް ދައްކައެވެ.

އައިފާ ގޮނޑި ދަމާލާފައި އިށީން ނަމުން ލޫލުގެ ނޭފަތުގައި ކުޑަކޮން ހިފާލިއެވެ. “ލޫލު ކިހިނެތް؟” އައިފާ އަހާލިއެވެ. “ރަނ..ގަޅު.” އައިފާ ދަސްކޮށްދިން ގޮތަށް ރީތިކޮން ލޫލު ވާހަކަދެއްކިއެވެ. “ހާދަ މޮޅޭ.” އައިފާ ދަބަހުން ފޮތެއް ނަގާފައި ލޫލު ކައިރީ އޭގައި ވާގޮތަށް އަކުރު އަޅަން ދަސްކޮށް ދޭންފެށިއެވެ. އިރުކޮޅަކުން ނޯކަރަކު އައިފާއާށް ކޮފީ ގެނެސް ދިނެވެ. އެއްގަޑި އިރުވަންދެން ހީ ސަމާސާކޮށް ލޫލުއަށް ކިޔަވާދިނުމަށްފަހު ދާގަޑި ޖެހުމުން އައިފާ ފޮތްތަށް ނަގަންފެށިއެވެ.

“ލޫލުގެ ޑޭޑީ އިސް ހިއާ.. އޫޕްސް.. ޑެޑީ އެބަ އުޅޭ.” ލޫލުއަށް އިނގިރޭސިން ބުނެވުމުން އަމިއްލައަށް ރަނގަޅުކޮށްލިއެވެ. މިގެއަށް އަންނަތާ އެއްމަސް ވީއިރު ވެސް އަދި ލޫލުގެ ބައްޕައެއް އައިފާއަކަށް ނުފެނެއެވެ. ލޫލުގެ ބައްޕައަކީ އާޒިމާގެ ހުރި ހަމައެކިނި ފިރިހެން ދަރިއެވެ. ލޫތްއެވެ.

މަޝްހޫރު ވޮރެން ހޮޓެލްގެ ވެރިޔާ ލޫތް އަޙްމަދް ލުތުފީއެވެ. ދުބާއީގައި ހިންގަމުން އައި ވޮރެން ހޮޓެލް ކަހަލަ ހޮޓަލެއް ވަރަށް ފަހުން މާލޭގައި ހުޅުވުމުން އޭނާ ވަނީ އެންމެންގެ މަޤުބޫލުކަން ހޯދާފައެވެ. ދެތިން ފަހަރަކު ޓީވީއިން ފެނުނުއިރު ވެސް އެ ހިތްގައިމު މޫނަށް ހިތް ނުކިޔާނެ މީހަކު ނުވާނެކަން އައިފާއަށް ޔަޤީނެވެ.

“ލޫލު ޑޭޑީ ކައިރީ.. ބު.. ބުނިން އާފާ ވާހަކަ.. ޑޭޑީ ބުނީ އާފާއަށް ޑިސްޓާބް ނުކުރައްޗޯ.. އައި އެމް އަ ގުޑް ގާލް ދޯ.” ލޫލު އޭނާގެ ބެއާ ގެނެސް ބޭގައި ޖައްސާލަމުން ނިކަން ލޯބިކޮން ބުނެލިއެވެ. “ޔެސް. ތީ ހަމަ ބެސްޓް.” ލޫލުގެ ކޮލުގައި ކުޑަކޮން ހިފާލަމުން އައިފާ ބުނެލިއެވެ. އައިފާ ތެދުވެ ކޮފީ ޖޯޑު ހިފައިގެން އެނބުރުނު ތަނާ ކުއްލިއަކަށް މީހެއްގެ މޭމަތީގައި ޖެހި ތަށީގައި ބާކީހުރި ކޮފީކޮޅު އެމީހާގެ ގަޔަށް އެޅުނެވެ.

އައިފާ ސިހިފައި ދެފިޔަވަޅު ފަހަތަށް އެޅި ކުރިމަތީގައި ހުރި މީހާއަށް ނަޒަރު ހުއްޓާލިއެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅުޓައީ އެއް އަޅައިގެން ހުރިއިރު އެ ދޮން މޫނުމަތިން ރުޅިވެރިކަން ހާމަވެއެވެ. ލައިގެން ހުރި ގަމީސް ގައިގައި ހިފާލާފައި ވާއިރު އޭނާގެ ބައިމަތި ފުޅާކަމަށް ދައްކައެވެ. އަތްކުރި އޮޅާލާފައި ވުމުން އެމުލަށްދަނޑީގެ ބާރުގަދަކަން ހާމަވާން ހުރިއިރު އިސްތަށި ކޮޅުވަނީ ކަންފަތާއި ހަމައަށް އަރާވަރަށް ކުޑަކޮން ދިގުކޮށްލެވިފައެވެ. ކަޅުކަން ގަދަ ތުނބުޅިން އެ މޫނުމަތި އިތުރަށް ފުރިހަމަ ކޮށްދޭއިރު އެ ލޮލުގެ ތޫނުކަން ވަނީ އައިފާއަށް އަމާޒުވެފައެވެ. އާދެ ލޫތް އަޙްމަދް ލުތުފީއެވެ.

“ވާއޮ” ބޭއިޚްތިޔާރުގައި އައިފާއަށް މިހެން ބުނެވުނީ ތަންކޮޅެއް ބާރަށްށެވެ. “އެސްކިއުޒްމީ!؟” ލޫތުގެ ބަރު ފިރިހެންވަންތަ އަޑު އިވުމުން އައިފާ ސިހިފައި އަނގަމަތީގައި އަތް އެޅުނެވެ. އޭރު ލޫތްގެ ހުދު ގަމީހުގެ މެދުގައި ކޮފީގެ ބޮޑު ލަށްގަނޑެއް ހުއްޓެވެ. “އޫޕްސް..” ކުޑަކުޑަ ލޫލު ދެލޯ ބޮޑުކޮއްލުމަށްފަހި އައިފާ ހެދިހެން އަނގަމަތީގައި އަތް އަޅަމުން ބުނެލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ

Next

އަހަރެންގެ ވާހަކަ (ބާވީސްވަނަ ބައި)

Next
June 12, 2016

އަހަރެންގެ ވާހަކަ (ބާވީސްވަނަ ބައި)

Previews
June 12, 2016

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ

25 Comments!

  1. layaal says:
    June 12, 2016 at 7:57 pm

    hi readers. this story will be published every Sunday,Tuesday and Thursday In Sha Allah. hope you guys will like it. enjoy 🙂

  2. Naana says:
    June 12, 2016 at 8:09 pm

    Vvvvvvvv reethi waiting 4 the next part….

  3. aal says:
    June 12, 2016 at 8:26 pm

    nice waiting

  4. riu says:
    June 12, 2016 at 8:38 pm

    sifakurun varah furihama. luv it. waiting for the next part

  5. Shaa xee says:
    June 12, 2016 at 9:19 pm

    Feshun v habeys ? waiting for the next part. Next part avahah up koh dhehchey please……….

  6. naju says:
    June 12, 2016 at 9:46 pm

    NIce medu nukedhi genes dehnaa ragalu

  7. axu says:
    June 12, 2016 at 10:43 pm

    varah reethi feshun. waiting for next part. ??

  8. Sara says:
    June 12, 2016 at 10:47 pm

    Nice

  9. naathi says:
    June 12, 2016 at 11:21 pm

    luyoon varah nice name eh. varah reethi adhi. hope ehkon story genes dheyne kama. don’t leave medhu therein like sone writers here. waiting for next part

  10. ny says:
    June 12, 2016 at 11:38 pm

    Reethi….imeyjtha thankolheginaee

  11. Sama says:
    June 12, 2016 at 11:49 pm

    Varah reethi vaanehen heevey waiting for the next part

  12. Shaai says:
    June 13, 2016 at 2:38 am

    V rythi. N v interest story ey.

  13. Arw says:
    June 13, 2016 at 5:26 am

    V nyc feshumeh avahah up kohdhehchey ??

  14. ihusaana says:
    June 13, 2016 at 9:08 am

    Reethi feshumeh…. Aadhaige vaahaka akah vure molhu vaahaka akah inthizaaru kurevenee…. ummeedhu kuranee kiyun therin ufaavaa varuge molhu vaahaka akah vaane kamah…

    1. layaal says:
      June 13, 2016 at 2:34 pm

      i will try my best to make this a nice story. thanks ?

  15. amaan says:
    June 13, 2016 at 9:57 am

    nice feshumeh. lets see how this goes.

  16. shahu says:
    June 13, 2016 at 10:42 am

    Nice.waiting 4 next part

  17. lulu says:
    June 13, 2016 at 11:05 am

    yayy. new story. varah reethi story akah vaane kama ummedh kuran

  18. layaal says:
    June 13, 2016 at 11:08 am

    thank you guys for your support. and i will upload this story till the end in sha allah. ❤️❤️

  19. mooni says:
    June 13, 2016 at 2:22 pm

    interesting. plx don’t use ehaa kiyan udhagoo olhey kahala names. mi site liyuntherin ge stories ga ginain hiunaani eh vahtharu olhey names. i’m not gonna give examples. readers ah ves igeyne kiyaairu olhey stories that. but no such names here. its easy not unsual names like some ppl write hehe. waiting igey next part ah. ❤️

  20. layaal says:
    June 13, 2016 at 2:32 pm

    hehe. ehentha. mi story ga ehaa olhey names eh nuhunaane. ?

  21. yala says:
    June 13, 2016 at 2:38 pm

    finally i new story. can’t wait to read it. feshun adhi varah kamudhey. dhen huri parts tha ves mihaa nice vaane kama umeedh kuran.

  22. Ary says:
    June 13, 2016 at 3:49 pm

    nice. waiting igey hama

  23. Bulbul says:
    June 13, 2016 at 5:14 pm

    I wonder.. kalhu , fala kudhin thibe story eh kiyan libeyny kon irakun baa ey…mi vahaka v reethi.. unmydh kuran las nukoh up kurane kamah…

  24. aimin mau says:
    June 14, 2016 at 12:13 am

    Mavxx inthizaaru kuraanan mi vaahakaige dhn inna pbayah anywxx nice story n plss up the next part soon……..??????

Comments are closed.

Next Episodeދޭނަން ހިތާ ޖާނާ. (2)←


All Right Reserved!