Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާންވުމީ މިހިތުގެ އުފާ 26 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
June 12, 2016 12 Mins Read
32 Comments

    ޖަންނަތު ހިފަހައްޓައިގެން ހުރި ކަރުނަތައް ބޭރުވާން ފެށީ ޖަންނަތު މަންމަގެ ވާހަކަ ހިދާޔާ ދައްކަން ފެށުމުންނެވެ. ޖަންނަތު މަންމައާއި ބެހޭގޮތުން ނޭދެވޭ ވާހަކައެއް ދައްކާއަޑު އެހުމަކީ ޖަންނަތުއަށް ކުޅަދާނަ ކަމެއް ނޫނެވެ.

     ޒައިދާން ގެއިން ނުކުތީ ޔަޒަން ބަލާ ދާށެވެ. ނަމަވެސް ހުއްޓުން އެރީ ހިދާޔާ ޖަންނަތުއާއި ދިމާއަށް އެއްޗިހި ކިޔާތަން ފެނުމުންނެވެ. ކިޔާ އެއްޗިހީގެ އަޑެއް ޒައިދާންއަށް ނީވުނެއް ކަމަކު ހިދާޔާ ޖަންނަތުއަށް އެއްޗިހި ކިޔާކަން ދުރުން ބަލައިލާ އިރު ވެސް އިނގެ އެވެ. ޖަންނަތުއާއި ދިމާއަށް ހިދާޔާ ނިކަން ރުޅި އައިސްފައި އަތް ހޫރުވަމުން ދާތަން ފެނެ އެވެ.

     އެހެން ހުރެފައި ޖަންނަތު ދުއްވައި ގަތެވެ. ރޮމުންނެވެ. ދުވެފައި އައިސް ޒައިދާން ފެނުމުން ޖަންނަތުއަށް ހުއްޓެވުނެވެ. އޭރު ހިފެހެއްޓުމެއް ނެތި ކަރުނަތައް ކޯތާފަތުން ފައިބަމުން ދިޔަ އެވެ.

    “ޒައިދާން..” އިރުކޮޅަކު ޒައިދާން ކުރިމަތީ ހުރުމަށް ފަހު ކަރުނަތައް ފޮހެލަމުން ކުރެހިފައި ވާ އަޑުން ޖަންނަތު ވާހަކަ ދައްކަން ފެށި އެވެ. “ޒައިދާން… ޒައިދާން ބުނީމެއްނު އަހަރެން ބުނާ ކަމެއް ކޮށްދޭނަމޭ… ޕްރޮމިސް ކުރީމެއްނު އަހަރެން ބުނާ ކޮންމެ ކަމެއް ވެސް ކޮށްދޭނަން ކަމަށް…” ޖަންނަތުގެ ލޮލުން އަނެއްކާ ވެސް ކަރުނަ ފައިބައި ގަތެވެ. “ޒައިދާން ހަދާން އެބަހުރިތަ؟” ޖަންނަތުއަށް ރޮވެން ފެށި އެވެ.

    “އާން… ޖަންނާ. އަހަރެން ހަދާން އެބަހުރި. އަހަރެން ކޮންކަމެއް ކޮށްދޭންވީ؟ ހިދާޔާއްތައާ ވާހަކަ ދައްކައި ދޭން ވީތަ؟” ކަންބޮޑުވެފައި ހުރި ޒައިދާން އެހި އެވެ. ޒައިދާން ވެސް ޖަންނަތުއަށް އެހީވާން ކިތަންމެ ހާވެސް ބޭނުމެވެ. އެހެން ކަމުން ޒައިދާން ހިތުގެ އަޑިން ހުރީ ޖަންނަތު ބުނާ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރު ވެގެންނެވެ.

    “ޒައިދާން… އަހަރެން… އަހަރެން އެދޭ ކަމެއް ކޮށްދޭނަން ދޯ!” ޖަންނަތު ރޮމުން ބުންޏެވެ.

    “އާން… ޖަންނަ ބުނާ ކޮންމެ ކަމެއްވެސް ކޮށްދޭން ތައްޔާރަށް އަހަރެން މިހިރީ… ބުނެބަލަ. އަހަރެން ކީއްތަ ކޮށްދޭންވީ؟” ޒައިދާން ހުރީ ޖަންނަތު ރޯތީ ނިކަން ދެރަވެފަ އެވެ.

    “ޒައިދާން… މެރީ މީ!” ޖަންނަތު ކޯތާފަތް މައްޗަށް އޮއްސިގެން ދިޔަ ކަރުނައާއި އެއްކޮން ޖަންނަތުގެ އަނގައިން ބޭރުވި އެ ބަސްކޮޅުން ޒައިދާންއަށް ޤަބޫލު ނުކުރެވިގެން ފަހަތައް ފިޔަވަޅެއް އަޅާލެވުނެވެ. “ޒައިދާން.. އަހަންނާ މެރީ ކޮށްފާނަންތަ؟”

    “ޖަންނަ ކީކޭ ތި ކިޔަނީ؟” ހައިރާންކަން ލިބިފައި ހުރެ ޒައިދާން އެހި އެވެ.

    “ޒައިދާން… ޒައިދާން ދެންމެ ބުނީމެއްނު އަހަރެން ބުނާ ކޮންމެ ކަމެއް ވެސް ކުރާނަމޭ.”

    “ޖަންނާ… އެކަމަކު ތިކަން ނޫން އެހެން ކަމެއް ބުނިނަމަ… އަހަރެން ކިހިނެއް؟ އަހަރެން… ” ޒައިދާންއަށް ބުނާނެ އެއްޗެއް ނޭގިފައި ހުރެވުނީ އެވެ. ހިތައް އެވަގުތު އަރަމުން ދިޔަ ތަފާތު ހިޔާލުތަކުން ޒައިދާން ކަންބޮޑުވާން ފެށި އެވެ.

    “ޒައިދާން، އަހަރެން ޒައިދާންއަށް ހުރިހާކަމެއް ކޮށްދޭނަން… ރަގަޅު އަންބެއްގެ ގޮތުގަ ހުންނާނަން.. ޕްލީސް ޒައިދާން.. އަހަރެން އަމިއްލަ ދަރިއަކު ފަދައިން ޔަޒަން ވެސް ބަލާދޭނަން… އަމިއްލަ ދަރިއަކަށް ވުރެން ވެސް ބޮޑަށް ލޯބި ދޭނަން… ޒައިދާން ޕްލީސް އަހަރެން މިކަމުން ސަލާމަތް ކޮށްދީ… އަހަންނަށް ގްރީން ވިލާގެ ހިޔަނިން ދުރުކޮށްދީ. ޕްލީސް ޒައިދާން… އަހަންނާ މެރީ ކުރޭ.” ޖަންނަތު ރޮމުން ރޮމުން ތިރިވަމުން ގޮސް ބިންމަތީ ވެލިގަނޑުގައި ކަކޫމައްޗަށް އިށީނދެވުނެވެ. ޖަންނަތު އޭރުވެސް ރޮމުން ދިޔަ އެވެ. ޒައިދާންއަށް ހުރި ފިޔަވަޅު މަތީ ހުރެވުނީ އެވެ. އެވަގުތު މަގުމަތީ ނަސީބަކުން މާގިނަ ބަޔަކު ނެތެވެ. ދުރުގައި ހުރި ޖޯލިފައްޗެއްގައި ދެ އަންހެނަކު އަނގަތަޅަން ތިއްބެވެ.

    ޒައިދާން ހިމޭނުން ހުރުމަށް ފަހު ޖަންނަތުގެ އަތުގައި ހިފާ ކޮޅަށް ނެގި އެވެ.

    “ޖަންނާ… ތިނޫން އެހެން ކަމެއް ބުނިނަމަ އަހަރެން ވަގުތުން ކޮށްދިނީމުސް… އެކަމަކު ޖަންނަ ތި އެދުނީ މުޅި ދިރިއުޅުމާއި ގުޅިފައިވާ ކަމަކު… އަހަންނަށް ތިކަން ކޮށްދެވޭނެ ގޮތެއް އަހަންނަކަށް ނުވިސްނޭ… އަދި އަމުދުން ޖަންނައާ އަހަރެން މެރީކުރުން… އަހަރެން ހިތައް ދުވަހަކު އެރިކަމެއް ނޫން ތީކީ.” ޒައިދާން ޖަންނަތުއާއި ދިމާލަށް މާޔޫސްވެހުރެ ބަލައިލަމުން ބުންޏެވެ.

    “ޒައިދާންއަށް ތީ ވާވަރު… ކޮންމެ މީހަކަށް ވަޢުދުވާން ނިކަން ފަސޭހަ ވާނެ… އެކަމަކު ކަމެއް ކުރާކަށް ނުއެއް ކެރޭނެ.” އެހެން ބުނެ ޖަންނަތު ގެއާއި ދިމާލަށް ދުއްވައިގަތެވެ. ޖަންނަތު ދުވަމުން ދިޔަ ދިމާލަށް ބަލަހައްޓައިގެން ޒައިދާން ހުއްޓެވެ.

     ޖަންނަތު ގޮސް ގެއަށް ވަން ވަގުތު ސާރާ އާއި ދިމާވި އެވެ. ސާރާއަށް ޖަންނަތުގެ ހާލަތު ފެނި އެއްޗެއް ބުނަން އަނގަހުޅުވާލި އެވެ. ނަމަވެސް ޖަންނަތު އެދިޔަ ބާރުމިނުގައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލެއްޕި އެވެ. ސާރާ ކަންބޮޑުވެފައި އައިސް ދޮރުގައި ޓަކިޖާލި އެވެ.

     “ޖަންނާ! ޖަންނާ!” ސާރާ ޖަންނަތުއަށް ގޮވަމުން ދޮރުގެ ތަޅުގައި ހިފާލި އެވެ. ދޮރުހުރީ ތަޅުލާފައި ކަމުން އަނެއްކާވެސް ސާރާ ދޮރުގައި ޓަކި ޖަހާލި އެވެ. “ޖަންނާ، ޖަންނާ! ދޮރުހުޅުވަ ބަލަ.”

     އެވަގުތު ޔަޒަން ގޮވައިގެން ކޮޓަރިން ނުކުތް ޒައީމާއަށް ސާރާ ހާސްވެފައި ވާތަން ފެނުމުން ކަންބޮޑުވެފައި އަހާލި އެވެ.

     “ސާރާ، ދަރިފުޅާ، ކިހިނެއްވީ؟”

     “މަންމާ، ޖަންނަ ބޭރުން ރޮމުން ރޮމުން އައިސް ކޮޓަރިއަށް ވަދެ ތަޅުލައިފި…” ކަންބޮޑުވެފައި ހުރި ސާރާ ބުންޏެވެ.

     “ގްރީން ވިލާއިން އެއައީ… ޔަގީން ހިދާޔާ އެއްޗެއް ބުނީކަން.” ޔަގީން ކަމާއެކު ޒައީމާ ބުންޏެވެ. އެވަގުތު ޔަޒަން ބަލައި ޒައިދާން އައިސް ވަނެވެ.

    “ޔަޒަން، ދަރިފުޅާ… ހިނގާ ދާން.” ޓީވީ އާއި ދިމާލަށް ގެއްލިފައި އިން ޔަޒަންއާއި ދިމާލަށް ޒައިދާން ބުންޏެވެ.

    “ޒައިދާންބޭ… ޖަންނަ ރޮމުން ރޮމުން އައިސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިފި… އަހަރުމެން މިތިބީ އެކަމާ ކަންބޮޑުވެފަ.” ސާރާ ޒައިދާން ކައިރީ ބުންޏެވެ. ޒައިދާންއަށް އެކަމާ ބުނާނެ އެއްޗެއް ނޭގުނެވެ. ޒައިދާން ހުރިގޮތައް ހުރީ އެވެ. އެވަގުތު އަބްޔާން އައިސް އެގެއަށް ވަނެވެ. އަބްޔާންގެ މޫނުމަތިން ފެންނަން ހުރީ ނުތަނަވަސް ކަމެވެ.

    “ކޮބާ ޖަންނަ؟” ނިކަން ހާސްވެފައި އަބްޔާން އެހި އެވެ.

    “ރޮމުން އައިސް ކޮޓަރިއަށް ވަދެ ތަޅުލައިފި.” ސާރާ ބުންޏެވެ.

    “އަނެއްކާ ކަމެއް ގޯސްވީތަ؟” ޒައީމާ އަހާލި އެވެ.

    “އެއީ އަހަންނާ ހެދިގެން.” އަބްޔާން މަޑުމަޑުން ބުނެލި އެވެ. ޒައިދާން ހައިރާން ވެފައި އަބްޔާންއަށް ބަލައިލި އެވެ. “ތަނާ އާ ހެދި… އަހަރެން ކޮޓަރީ ހުއްޓާ ކުއްލިއަކަށް ތަނާ އައިސް ކުރިކަމަކުން ޖަންނައަށް ފެނުނީ… ޖަންނައަށް ހީވީ އަހަރެން އަދިވެސް ތަނާއާ އެކު އުޅެނީ ކަމަށް.” އަބްޔާންއަށް ސީދާ ތަފްސީލުކޮން ކިޔައިދޭން ނުކެރުނީ އެތާ ޒައީމާ ހުރުމުންނެވެ.

    “އެހެންވެތަ؟” ޒައިދާންއަށް ލިބުނު ހައިރާން ކަމާއެކު އަހާލެވުނެވެ. އަބްޔާން ބޯޖަހާލި އެވެ. ޒައިދާން އަވަހަށް ޔަޒަން ގޮވައިގެން އެގެއިން ނުކުތެވެ. އަބްޔާން ޖަންނަތުގެ ކޮޓަރީ ޓަކިޖަހަމުން ޖަންނަތުއަށް ގޮވަން ފެށި އެވެ.

    “ޖަންނާ، ޕްލީސް ދޮރު ހުޅުވަބަލަ… ޖަންނާ… އެއީ ހަގީގަތެއް ނޫނޭ ޖަންނާ… ޕްލީސް ޖަންނާ. އަހަންނަށް މަފުކުރޭ ޖަންނާ… ޖަންނާ ޕްލީސް.” އަބްޔާން ޓަކި ޖަހަމުން ގޮވާ ގޮވާ ވެސް ޖަންނަތުގެ ހިލަމެއް ވެސް ނުވި އެވެ. އެތައް އިރަކު އަބްޔާން އެގޭގައި މަޑުކޮށްގެން އިނެވެ. ސާރާއާއި ޒައީމާ ވެސް އަބްޔާންއާއި އެކު ތިބެފައި ނިދަން ކޮޓަރިއަށް ދިޔަ އިރުވެސް ޖަންނަތު ދޮރެއް ނުހުޅުވި އެވެ. އެންމެ ފަހުން އަބްޔާން ވެސް މާޔޫސްވެގެން ގެއަށް ދިޔައީ މާ ދަންވާތީ އެވެ.

   ޒައިދާން ބެލްކަނީގައި ހުރެ ސިނގިރެޓް ބޮމުން ދިޔަ އެވެ. ވިސްނަމުން ދިޔައީ ޖަންނަތު މިއަދު ދެއްކި ވާހަކައާއި މެދު އެވެ. ޖަންނަތު އެދޭގޮތަށް ޒައިދާން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ. އަބްޔާންއަކީ އެހާ ގާތް މީހެކެވެ. ޖަންނަތު ބުނާގޮތަށް ކަންތައް ކުރުމުން އަބްޔާން ހީކުރާނީ ކީކޭ ހެއްޔެވެ. ޒައިދާންއަށް އެކަން ކުރެވޭނެ ހެއްޔެވެ. ޖަންނަތު ކަހަލަ ކުއްޖެއް އަންބަކަށް ލިބުމަކި މީހަކަށް ލިބޭނެ ނަސީބެއްކަން ޒައިދާންއަށް އިނގެ އެވެ. ނަމަވެސް އަންބެއްގެ ގޮތުގައި ޖަންނަތު ދެކޭނީ ކިހިނެއް ހެއްޔެވެ. އަމުދުން އަބްޔާންގެ ލޯބިވެރިއަކަށް ހުރި މީހަކާ ޒައިދާން އިނުމުން އަބްޔާންއަށް ވާނީ ކިހިނެއް ހެއްޔެވެ. ޒައިދާންގެ ބޯތެރޭ ހިޔާލުތައް ގިނަވެގެން ބޮލުގައި ރިހުމެއް އުފައްދާލި އެވެ.

    ޖަންނަތު ރޯލަ ރޯލާ އެނދުމަތީ ނުނިދިފައި އޮތެވެ. ދެކޮޅަށް ފުރޮޅި ފުރޮޅި އޮވެފައި ތެދުވި އެވެ. ހިދަޔާ ކީ އެއްޗިހި އިރުކޮޅަކާ ކަންފަތުގައި ގުގުމައިގެން ދެއެވެ. ޖަންނަތުގެ މަންމަގެ ވާހަކަ ތަކެވެ. ޖަންނަތު އެހެން އޮވެފައި ބާލީސް ކައިރީ އޮތް ފޯނު ބަލައިލި އެވެ. ތިރީހަށް ވުރެން ގިނަ މިސްކޯލު އަބްޔާން ކޮށްފައި އޮތެވެ. އެތަކެއް މެސެޖު އައިސްފައި އޮތެވެ. ވައިބަރ އިންނާއި އެސްއެމްއެސް ތަކެވެ. އެ ހުރިހާ އެއްޗެއް ޖަންނަތު ކިޔާލި އެވެ. އަނެއްކާވެސް ކަރުނަތައް އާވެފައި ލޮލަށް ގިނަވެ ފައިބަން ފެށި އެވެ. އެހާލެއްގައި ނުނިދިފައި އެތައް ދަމެއް ވަންދެން ޖަންނަތު އޮތެވެ.

   ހެދުނު ޖަންނަތު ކޮޓަރިން ނިކުތީ އޮފީހަށްދާން ތައްޔާރު ވެގެންނެވެ. ޒައީމާއަށް ޖަންނަތު ފެނުމުން ޖަންނަތުއަށް ރަގަޅަށް ބަލައިލި އެވެ.

   “އެކޮއެ، ޖަންނާ، މިއަދު އޮފީހަށް ނުދާންވީނު… ނިކަން ތިހިރަ މޫނެއް ދެކިބަލަ.. ލޯކައިރި މުޅިން ދުޅަވެފަނު ތިހިރީ.” ޒައީމާ ހިތްހެޔޮ ކަމާއެކު ޖަންނަތުއާއި ވާހަކަ ދެއްކި އެވެ.

   “ރަގަޅުވާނެ…” ކުރެހިފައި ވާ އަޑުން ޖަންނަތު ބުންޏެވެ. “ޒައީމާއްތާ! ރޭގަ އަބީ ގެއަށް ދިޔައީ ކިހާ އިރަކު؟” ޖަންނަތުއަށް އަބްޔާންގެ ވާހަކަ ނާހައެއް ނުހުރެ ވުނެވެ.

   “ނިކަން ގިނަ އިރު އިން. ޒައީމާއްތަ ކޮޓަރިއަށް ވަން އިރުވެސް އިން. ނިކަން ދެރަވެފަ އިނީ. ޖަންނަ އަބީއަށް މާފުކުރަން ޒައީމާއްތަ އެދެނީ.” ޒައީމާ ޖަންނަތުއަށް ބަލައިލަމުން ބުންޏެވެ.

   “ޒައީމާއްތާ، ހީވޭތަ އަހަރެން އަބީއަށް މާފު ނުކުރާނެހެން؟ އަސްލު އަހަންނަށް ވެސް އިނގޭ އަބީ ގަސްތުގަ ތަނާއާ ކައިރިއެއް ނުވާނެކަން… އަހަރެން އެކަމާ ކުޑަކޮން ނުރުންވި… އެހެންވެ އަވަހަށް ގެއަށް އަންނަން އެގެއިން ނުކުތް ވަގުތު ހިދާޔާއްތަ ކީ އެއްޗިހިން އަހަރެން އެއްކޮން ނިންމައިފިން ދެން އަބީއާ ނުގުޅެން. ޒައީމާއްތާ… އަހަންނަކަށް ނޭގެ ހިދާޔާއްތަ އެހާވަރަށް އަހަރެން މަންމަ ދެކެ އެ ރުޅި އަންނަނީ ކީއްވެ ކަމެއް. އިއްޔެ ހާދަ އެއްޗިއްސެއް ކިޔޭ.” ހިދަޔާ ކީހުރިހާ އެއްޗެއް ޒައީމާއަށް ޖަންނަތު ކިޔައި ދިނެވެ. އަދި ދެން އަބްޔާންއާއި އިނުމުގެ ހިޔާލު އެއްކޮން ދޫކޮށްލި ވާހަކަ ވެސް ހިދާޔާ ގާތު ޖަންނަތު ބުންޏެވެ.

   “އަހަރެން ވެއްޖެ ހިދާޔައްތަ ޒާހިދާއްތަ ދެކެ ރުޅިއަންނަ ސަބަބު ހޯދަން. އަހަރެންވެސް އެންމެ ހައިރާންވާ ކަންތަކަކީ ތިޔޭ… މަށަށް ހީވަނީ ދެކުނު އަވަށު އާފިޔާއަށް އިނގޭނެހެން.” ޒައީމާ ވިސްނުމެއްގައި އިނދެ ބުނެލި އެވެ. “ހިދާޔާއްތައާ ޒާހިދާއްތަ އަކީ އެއަވަށު މީހުން ވިއްޔަ…”

     ސީ ބްރީޒް ގެސްޓް ހައުސްއަށް ޖަންނަތު ގޮސް ވަނެވެ. ސީޒަން ތެރެ ކަމުން އެދުވަހު ގެސްޓުން ވަރަށް ގިނަ އެވެ. ޖަންނަތު ގޮސް ކެބިންއަށް ވަން އިރު މާޒިދު ނިކަން އަވަސްކޮށްލާފައި މަސައްކަތުގައި އުޅެ އެވެ.

    “ހާދަ ކުރިއަކުން.” ޖަންނަތު ބުނި އަޑަށް މާޒިދު ބަލައިލި އެވެ. ޖަންނަތުގެ މޫނު ފެނުމުން މާޒިދުއަށް ޖަންނަތުއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. މޫނުމަތި މިލާފައިވާއިރު ރޭގައި އެވަރަށް ރުއިމުގެ ސަބަބުން ލޯކައިރި އެއްކޮން ވަނީ ފުއްޕާލާފަ އެވެ. “މިދުވަސްކޮޅު ވަރަށް ބިޒީ ވާނެތާ ދޯ.” މާޒިދު ބަލަން ހުރުމުން ޖަންނަތު ހިނިތުން ވެލަމުން ބުންޏެވެ. މާޒިދުއަށް އިތުރު ހައިރާން ކަމެއް ލިބިގެން ދިޔަ އެވެ.

    އެވަގުތު ޒައިދާން އައިސް ވަނުމުން ދެމީހުން ޒައދިާންއަށް ހެދުނުގެ ސަލާން ކޮށްލި އެވެ. ޒައިދާންއާއި ޖަންނަތުއާއި ދެމީހުން ހަތަރުކަޅި ބައްދަލުވި ވަގުތު ޒައިދާން އަވަހަށް އިސްޖަހާލަމުން އޭނަގެ ކޮޓަރިއަށް ގޮސް ވަންނަމުން މާޒިދުގާތު އައުމަށް އިޝާރާތް ކޮށްލި އެވެ.

   “މާޒިދު، މިއަދު ވަރަށް ގިނަ މަސައްކަތް އޮންނާނެ ދޯ؟” މާޒިދު ކޮޓަރިއަށް ވަނުމުން ޒައިދާން ބުންޏެވެ.

   “ލައްބަ.”

   “މާޒިދު ކަންކަމުގައި އުޅޭއިރު ޖަންނަ ބައިވެރި ކޮށްގެން އުޅެލަ ބަލަ… އޮފީހުގައި ވަރަށް ގިނަ ކަންތައް އެބަ އެޮތެއްނު..” ޒައިދާން އެހެން ބުނުމުން މާޒިދު ހައިރާން ވެފައި ޒައިދާންއަށް ބަލަން ހުއްޓެވެ. “ޖަންނައާ އަބީއާ އުޅެނީ ބްރޭކްއަޕް ވެގެން. އެހެންވެ ޖަންނަ އަބަދު ވިސްނަން އިންނާނެތީވެ މިބުނީ… އިނގިއްޖެތަ މި ބުނި އެއްޗެއް؟”

   “ލައްބަ، އަޅުގަނޑަށް އިނގިއްޖެ.” މާޒިދުގެ ހިތުގައި ހިގައިގަން އޮއިވަރާ އެކު މާޒިދު އަވަހަށް ބުނެލި އެވެ. މާޒިދުއަށް ކުޑަކުޑަ އުންމީދެއްގެ މަގު ކޮށުނު ކަހަލަ އެވެ. ޖަންނަތުއާއި އަބްޔާންގެ ވަކިވުމުގެ ހަބަރަކީ މާޒިދުއަށް ބުނަން ނޭގޭ ހިތްހަމަ ޖެހުމެއް ލިބިގެން ދިޔަ ކަމަކަށް ވި އެވެ.

   އާލިޔާގެ ކޮޓަރިތެރޭގައި ތަނާ ދެކޮޅަށް ހިނގަ ހިނގާ ހުއްޓެވެ. އާލިޔާ އެނދުގައި އިނދެގެން ތަނާގެ އަމަލު ތަކަށް ބަލަން އިނެވެ.

   “ދެޓްސް ނޮޓް ރައިޓް…” ތަނާ ހުއްޓިފައި ބޮލުގައި އަތް ހާކާލަމުން އަމިއްލައަށް ބުނެލި އަޑު އާލިޔާއަށް އިވުނެވެ.

   “ކޮން ކަމެއް ރައިޓް ނުވަނީ..؟” ހައިރާން ވެފައި އިން އާލިޔާއަށް އަހާލެވުނެވެ.

   “އަހަންނަށް ވަރަށް ސަކަރާތް ކަމެއް ކުރެވިއްޖެ… ދެން ކިހިނެއް ހަދާނީ؟” ތަނާއައިސް އާލިޔާ ކައިރީ އެނދުމަތީ އިށީންނަމުން ބުންޏެވެ. “އާލިޔާ މަންމަ ބުނެގެން އަހަރެން ވިސްނާނުލާ ކުރި ކަމެއް އެއީ… އަހަރެން މިހާރު އެކަމާ ވަރަށް ދެރަވެއްޖެ.”

    “ކޮން ކަމެއްތަކުރެވުނީ؟” އާލިޔާ އަހާލި އެވެ.

    ތަނާ އާލިޔާއަށް ހުރިހާ ވާހަކަތަކެއް ކިޔާދިނެވެ. އާލިޔާ އަނގަ ހުޅުވުނީ ލިބުނު ހައިރާން ކަމަކުންނެވެ.

    “މަންމަ އެކަމު ކީއްވެ އެހެން ހަދަން ބުނަންވީ؟” އާލިޔާ ޤަބޫލު ނުކުރެވިފައި އެހި އެވެ.

    “މަންމަ ބުނީ ޖަންނަ ދެކެ މަންމަ ވަރަށް ފޫހިވެޔޯ.. އަބީއާ ޖަންނައާ ގުޅެން މަންމަ ނޭދެމޯ.”

    “އައި ކާންޓް ބިލީވް އިޓް ތަނާ!” އާލިޔާ އެނދުން ތެދުވި އެވެ. “މަންމަ ޖަންނައާ ނުގަބޫލު ވާންވީ ސަބަބު ކޮބާ؟ ތީ ތަނާ އަމިިއްލައަށް ހަދާލި ވާހަކައެއް ދޯ؟”

    “ނޯ ނޯ… ހަމަ ތެދެއް މިބުނީ… އަހަރެން ހުރީ އަބީއާ ޖަންނައާ ދޭތެރެއަށް ނުވަންނަން ވެގެން… އެކަމަކު މަންމަ އައިސް އަހަރެން ކައިރީ ބުނީ ޖަންނަދެކެ މަންމަ ފޫހިވެޔޯ… މަންމަ ބޭނުންވަނީ އަހަންނާ އަބީއާ ގުޅޭށޯ… އެކަން ކާމިޔާބު ކުރަން މަންމަ ހެލްޕް ވާނަމޯ.. އެހެންވެ އަހަރެންވެސް އެގޮތަށް އެއްބަސް ވީ… އަހަރެން އަބީއާ ދުރަށް ދިޔަސް އަހަރެންގެ ހިތަކުން އަބީއެއް ނުފޮހެޥެޔޭ. އެހެންވީމަ ކިރިޔާވެސް އަބީ ލިބޭނެ ކަމުގެ އުންމީދެއް އޮތިއްޔާ އަހަރެން އެކަމެއް ކުރާނެނު. އެކަމަކު އަހަރެންނާ ދިމާލަށް އަބީ ކީއެއްޗިހިން އަހަރެންނަށް އިނގޭ ދުވަހަކު ވެސް އަހަންނާ އަބީ ނުގުޅޭނެކަން. އަބީ މިހާރު އަހަންނަށް ނަފްރަތު ކުރޭ… އާލިޔާއަށް އިނގޭތަ.” ފެން ކަޅިވެފައި ހުރެ ތަނާ ކިޔައިދިނެވެ. އާލިޔާ ތަނާ ކައިރިއަށް ޖެހިލީ އަނެއްކާ ތަނާ ރޯންފަށާ ފާނެތީ އެވެ. ރޯން ފަށައިފިއްޔާ ދުވަސް ދާނެ ތީ އެވެ.

    “ތަނާ.. ނުރޮއްޗޭ މާބޮޑަށް… އަހަރެންނަށް އެކަމަކުވެސް މަންމަ ތިހެން ކަންތައް ކޮށްފާނެ ކަމަށް ގަބޫލު ނުކުރެވެނީ.” އާލިޔާ ބުންޏެވެ.

    “ތަނާ މިހާރު ވަރަށް ހިތްވަރު ގަދަ ވާނެ… އަމިއްލައަށް ވަރަށް ވިސްނައިދެން ނުރޯން.” ތަނާ ލޯފޮހެލަމުން ބުންޏެވެ. “ތަނާ ވެއްޖެ ޖަންނަ ގާތަށް ގޮސް މާފަށް އެދެން.”

    “ތީ ރަގަޅު ކަމެއް. އަބީބެ ކައިރިން ވެސް މާފަށް އެދޭތި ތިވާހަކަ އަބީބެއަށް ކިޔައިދީފަ.” އާލިޔާ ބުންޏެވެ. ތަނާ ބޯޖަހާލީ ވަރަށް އުންމީދާ އެކު އެވެ.

     މާޒިދުއާއި ޖަންނަތު އެދުވަހު އޮފީހުގައި އުޅުނީ ނިކަން ބުރަކޮނެވެ. މާޒިދު ޖަންނަތުއަށް އިތުރު މަސައްކަތް ތަކެއް ޖެއްސުމުން ޖަންނަތު ވަނީ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހިތުގައި ހިނގަމުންދާ ހައިޖާނުތަކާ ދުރަށް ދެވިފަ އެވެ. އެހެން ކަމުން މާޒިދުއާއި ވެސް ސަމާސާ ކޮށްލާ ވާހަކަ ދައްކާލާ އުޅެވުނެވެ.

     ނިމިގެން ގެއަށްދާން ނުކުތްއިރު އަބްޔާން ގެސްޓްހައުސް ދޮރުމަތީ އިނެވެ. ޖަންނަތުއަށް އަބްޔާން ފެނުމުން އަވަހަށް އަނެއްފަރާތައް އެނބުރި ހިނގުން ބާރު ކޮށްލި އެވެ.

    “ޖަންނާ! ޖަންނާ!” އަބްޔާން ސައިކަލުގައި ޖަންނަތު ފަހަތުން ދަމުން ގޮވަން ފެށި އެވެ. “މަޑުކޮށްބަލަ… ޕްލީސް ޖަންނާ. އަހަރެން ދައްކާ ވާހަކަ އެއްފަހަރުވެސް އަޑުއަހާލަ ބަލަ… ޖަންނާ.” އަބްޔާން އައިސް ޖަންނަތު ކުރިމައްޗަށް އެރުމުން ޖަންނަތުއަށް ޖެހުނީ ހުއްޓޭށޭވެ.

    “އަބްޔާންއާ ހެދި ކިހާ ބޮޑު ކަމެއްތަމީ. އަހަރެން ފަހަތުން ނޫޅެފާނަންތަ… އަހަރެން ބޭނުމެއް ނޫނޭ އަބްޔާން ކިޔާ އެއްޗެއް އަޑުއަހާކަށް… އަދި އަބްޔާންއާއި ވާހަކަ ދައްކާކަށް ވެސް އަހަރެން ބޭނުމެއް ނޫން… އަދި އަހަރުމެންގެ ގުޅުން ކުރިއަށް ގެންދާކަށްވެސް އަހަރެން ބޭނުމެއްނޫން… ” ޖަންނަތު ކައިރިފަށަށް އަރާ އަބްޔާން ކުރިމަތިން ނެއްޓި ހިގައި ގަތެވެ. އަބްޔާން ހިތުގައި ޖެހިފައި ޖަންނަތުއަށް ބަލަން އިނދެވުނީ އެވެ. މީގެ ކުރިން ދުވަހަކުވެސް އަބްޔާން އޭކިޔާ ޖަންނަތު ވާހަކައެއް ނުދައްކަ އެވެ. ދުރުކޮށްލި އިރު އެދުރުކޮށްލީ ހާދަ ބޮޑަކަށޭ އަބްޔާން ހިތަށް އެެރިއެވެ. އަދި ފެންކަޅިވަމުން ދިޔަ ލޯ ފޮހެލަމުން އަނެއްކާވެސް ޖަންނަތު ފަހަތުން ސައިކަލު ދުއްވަމުން ދިޔަ އެވެ. ޖަންނަތު ގޮސް ގެއަށް ވަނުމުން ސައިކަލު ބަހައްޓާފައި އައިސް އަބްޔާން ވެސް އެގެއަށް ވަނެވެ.

    ކޮޓަރިއާއި ދިމާއަށް ދިޔަ ޖަންނަތުގެ އަތުގައި އަބްޔާންއަށް ހިފުނީ ކިރިޔާ އެވެ.

   “ޖަންނާ… އަހަރެން މިދަނީ ބައްޕަ ބުނެގެން ފެކްޓްރީއަށް…” ފުރަގަސް ދީގެން ހުރި ޖަންނަތުއާއި ދިމާލަށް އަބްޔާން ބުންޏެވެ. “ޕްލީސް އަހަރެން އަންނަން ވާއިރަށް ވަރަށް ފިނި ހިތަކާއެކު ވިސްނާފައި އަހަންނަށް މާފުކޮށްދީ. އަހަރެން ގަސްތުގައި ކުރިކަމެއް ނޫން އެއީކީ… ތަނާގެ ގޮތް ޖަންނައަށް އިނގޭނު.. ޖަންނަ ގަބޫލު ކުރީތީވެސް އަހަރެން ހައިރާން ވޭ..” ޖަންނަތު އަބްޔާންގެ އަތް ފޮޅުވާލި އެވެ. އަދި ކޮޓަރިއަށް ވަންނަން ހިގައި ގަތެވެ. “ޖަންނާ… އެއްފަހަރު ނަމަވެސް އަހަންނާ ދިމާލަށް ބަލައިލާފައި ދޭބަލަ.” ޖަންނަތު ކޮޓަރި ދޮރުގައި ހިފާލި ތަނުން އަބްޔާން ބުންޏެވެ. ނަމަވެސް ޖަންނަތު ބަލައިވެސް ނުލާ ކޮޓަރިއަށް ވަނެވެ. އަދި ކޮޓަރި ދޮރުގައި ލެނގިލައިގެން ހުރިއިރު ޖަންނަތުގެ ކޯތާފަތަށް ކަރުނަތައް ފައިބަމުން ދިޔަ އެވެ. ޖަންނަތުއަށް މާބޮޑަށް ރޮވެނީ އެވެ. އަބްޔާން ދެރަވެފައި ހުރެ އެގެއިން ނުކުމެގެން ދިޔަ އެވެ. އަދި ސައިކަލު މަތީ އެތަކެއް އިރު ވިސްނަން އިންއިރު ލޮލަށް ކަރުނަ ޖަމާވަމުން ދިޔަ އެވެ.

    އެރޭ އާލިޔާއާއި އެކު ތަނާ ފިޔާތޮށިގެއަށް ދިޔަ އެވެ. އަދި ޖަންނަތުއާއި ބައްދަލުކޮށް ހިދާޔާގެ ރޭވުމުގެ ވާހަކަ ޖަންނަތުއަށް ކިޔައިދިނުމަށް ފަހު ޖަންނަތުގެ ކިބައިން ތަނާ މާފަށް އެދުނެވެ. ޖަންނަތު ތަނާއަށް ބަލައިވެސް ނުލާ އެތަކެއް އިރަކު އިނެވެ. ނަމަވެސް ތަނާ މާބޮޑަށް ރޯން ފެށުމުން ޖަންނަތު ތަނާއަށް މާފު ދިނެވެ.

    “ޖަންނަ އަހަންނަށް މާފު ކުރީމަ ވަރަށް އުފާ ވެއްޖެ… ހިތައް ވަރަށް ބޮޑަށް ހަމަޖެހުން ލިބިއްޖެ. ދެން އޮތީ އަބީ ގާތު ހުރިހާ ވާހަކައެއް ދެއްކުން.” ތަނާ އެހެން  ބުނުމުން ޖަންނަތުއަށް ތެޅިގަނެވުނެވެ.

    “ނޫން ތަނާ، އަބީ ގާތު ހުރިހާ ވާހަކައެއް ނުދައްކާތި… ތަނާ ކުރި ކަންތަކަށް ތަނާ މާފަށް އެދުނަސް އަބީ މަންމަގެ ވާހަކަ އަބީ ގާތު ނުދައްކާތި.. ޕްލީސް ތަނާ.” ޖަންނަތު އާދޭހުގެ ރާގަށް ތަނާ ކައިރިން އެދުނެވެ.

    “އެއީ ކީއްވެ؟” ތަނާ ހައިރާން ވެފައި އެހި އެވެ.

    “އަބީ މަންމަ ދެކެ އަބީ ރުޅިއަންނަ ކަހަލަ އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނޫން. އަދި އެހެން  މީހަކު ކުރާތަން ދެކޭކަށްވެސް އަހަރެން ބޭނުމެއްނޫން… ތަނާ، ޕްލީސް އަބީ އަށް އެކަން ސިއްރުކޮށްދީ.” ޖަންނަތު ތަނާގެ އަތުގައި ހިފާލަމުން އާދޭސް ކުރި އެވެ.

    “ޖަންނާ! އަބީ ޖަންނަ ދެކެ އެހާ ލޯބިވަނީ ކީއްވެކަން އަހަންނަށް މިއަދު ވިސްނިއްޖެ… ތަނާ ވިސްނާލަން އިނދެފައި ބުންޏެވެ. “ޖަންނަހާ ނިޔަނެތި ކުއްޖެއް އަހަރެން އަދި ނުދެކެން. އަހަރެން އަބީ މަންމަގެ އެއްވެސް ވާހަކައެއް އަބީ ގާތު ނުދައްކާނަން… އައި ޕްރޮމިސް.” ތަނާ ޔަގީން ކަމާއެކު ޖަންނަތު ގާތު ބުންޏެވެ. ޖަންނަތު ތަނާއަށް ހިނިތުން ވެލި އެވެ.

    ތަނާ ބޭރަށް ނިކުތް އިރު އާލިޔާ ޖޯލީގައި އިނީ ޒައީމާއާއި ވާހަކަ ދައްކާށެވެ. ތަނާ ފެނުމުން އާލިޔާ ތެދުވި އެވެ.

    “ޖަންނަ މާފު ކުރިތަ؟” އާލިޔާ އަހާލި އެވެ.

    “އާން.. ޖަންނަ އަކީ ވަރަށް ހިތްހެޔޮ ކުއްޖެއް… އަހަރެން ނަމަ އަހަރެން ދުވަހަކުވެސް މާފެއް ނުކުރާނެ ކަންނޭގެ.” ތަނާ ބުންޏެވެ. އާލިޔާ ހިނިތުން ވެލި އެވެ.

    “އެއީ އަހަރުމެންގެ ޖަންނައަކީ.” ޒައީމާއަށް ބުނެވުނެވެ. “އެންމެނަށް އަބަދުވެސް ހިތް ސާފުވާނެ.” ޒައީމާއާއި ދިމާލަށް ތަނާ ހިނިތުން ވެލި އެވެ.

   ތަނާއަށް އަބްޔާންއާއި ވާހަކަ ދައްކާލެވޭ ގޮތެއް ނުވި އެވެ. އެރޭ އަބްޔާން ފުރައިގެން ނަސީރުއާއި އެކު ފެކްޓަރީއަށް ދިޔައީ އެވެ.

   ޖަންނަތު އެރޭވެސް ނުނިދިފައި އޮތެވެ. އަބްޔާންގެ ހިޔާލުތައް އެހިތުގައި އެނބުރެމުން ދިޔަ އެވެ. ދެމީހުން އެއްކޮން ހޭދަކޮށްފައިވާ ވަގުތުތަކާއި ބުނެފައިވާ ފޮނި ފޮނި ބަސްތައް ޖަންނަތުގެ ހިތަށް އަރަމުން ދިޔަ އެވެ. އަބްޔާންއާއި އެކު ހަވީރު ބުރުޖަހަން ދިޔަ ދުވެހެއްގައި އަބްޔާން ދެއްކި ވާހަކަތައް ހަދާންވެ ޖަންނަތުގެ ތުންފަތަށް ހިނިތުން ވުމެއް ވެރިވި އެވެ.

    “ޖަންނާ، ބަލާ އެތިބަ އުޅޭ ލޯބި ލޯބި ކުދިން ކޮޅެއް.” އަތިރި މަތީ ކުޅެން އުޅޭ ތުއްތު ތިން ކުދިން ދައްކާލަމުން އަބްޔާން ބުނެލި އެވެ. އޭރު ސައިކަލު ހުއްޓައިގެން އަތިރިމަތީ ދެމީހުން ތިބީ އިރުއޮއްސޭ މަންޒަރު ބަލާށެވެ.

     “އާން، ލޯބިދޯ.” ޖަންނަތު ވެސް އެކުދިންނަށް ބަލައިލަމުން ބުންޏެވެ. “އަބީ އަހަރުމެން ކިތައް ކުދިން ހޯދާނީ؟”

     “އަހަރެން ބޭނުމީ ބައިވަރު ކުދިން… ސެވަން ނޫނީ އެއިޓް ކުދިން.”

     “ވަޓް؟” ޖަންނަތު ހައިރާން ވެފައި އެހި އެވެ. “އާރ ޔޫ ސީރިއަސް؟”      “އާން، ސީރިއަސްކޮން މި ބުނީ. އަހަރެން ބޭނުންވަނީ ބޮޑު އާއިލާއެއް. އަހަރުމެން ކުދިންނަށް ކިޔާނީ ވެސް ހުސް ޔާ އިން ފެށޭ ނަން.”

     “އެއީ ކީއްވެ ޔާ އިން؟”

     “އަހަންނަށް ވަރަށް ރީތި ޔާ. އެހެންވެ. ޔަޒަން ވެސް އެއީ އަހަރެން ބުނެދިން ނަމެއް. ކިހާ ރީތި ނަމެއް އެއީވެސް.”

     “ހެހެހެ…ސީރިއަސްލީ؟… އަބީތަ ޔަޒަންގެ ނަން ދިނީ؟” ޖަންނަތު ހެމުން ބުންޏެވެ.

     “އާން، ސީރިއަސްކޮން މިބުނީ. ޔަޒަން އެއީ އަހަރެން ބުނި ނަމެއް. ޒައިދާން ނަމެއް ނުފެނިގެން އުޅޭތީ ދިން ނަމެއް އެއީ.”

     “ހެހެހެ… އަސްލުތަ؟ ދެން ކޮން ނަމެއް ރީތީ؟” ޖަންނަތު ނިކަން ހެވިފައި އެހި އެވެ.

     “ޔަޒީދު، ޔަމަކް، ޔުއާން، ޔޫން… ހައްތަހާވެސް ރީތިނަން.” އަބްޔާން ބުނެލި އެވެ.

     “ތީ ހުސް ފިރިހެން ނަމެއްނު… ހުސް ފިރިހެން ކުދިންތަ ހޯދަނީ؟”

     “ނޫނޭ… އަންހެން ކުދިން ގިނައިން ބޭނުމީ… ޖަންނަ ކަހަލަ.”

     “ދެން އަންހެން ނަމެއް ނުހޯދަންތަ؟”

     “އަންހެން ނަންވެސް ހޯދާފަ ހުންނާނީ… ޔަލާ، ޔާނާ، ޔޫހާ، ޔަޝްރާ… ހުސް ރީތި ނަން.” އަބްޔާން ހިނިތުން ވެލަމުން ބުންޏެވެ.

     އެއިޓް ނަން ހޯދައިގެން ތި ހުންނަނީ؟” ޖަންނަތު ހިނިތުން ވެލަމުން އެހި އެވެ.

     “އާން އެހާވަރަށް ކުދިން ހޯދަން ބޭނުންވާތީ އެވަރަށް ނަން ވެސް ހޯދީ….” އަބްޔާން ޖަންނަތުގެ އަތުގައި ހިފާލި އެވެ. “އެކަމަކު އެއީ ޖަންނައަށް ވަންޏާ.” އަބްޔާން ހިނިތުން ވެލި އެވެ.

     “އަހަންނަށް ކީއްވެ ނުވާންވީ؟” ޖަންނަތު ވެސް ހިނިތުން ވެލި އެވެ.

     އެހިޔާލުން ޖަންނަތު ދުރުވި އިރު ޖަންނަތުއަށް އިނދެވުނީ ހިނިތުން ވެގެންކަން އިހުސާސް ވުމުން ޖަންނަތުއަށް ރޮވެން ފެށި އެވެ. އެދުވަސްތައް ދެނެއް ނާންނާނެ އެވެ. އަބްޔާންއާއި ޖަންނަތު ދުއް ހުވަފެންތައް ހަގީގަތަކަށް ނުވަނީސް މުޅިން އެވަނީ ފުޑުފުޑު ވެފަ އެވެ. ޖަންނަތުގެ ކޯތާފަތުން ކަރުނަތައް ފައިބަން ފެށި އެވެ.

   ދުވަސްކޮޅެއް ފާއިތު ވެގެން ދިޔަ އެވެ. ޖަންނަތުއާއި މާޒިދު އެއްކޮން މަސައްކަތް ކުރާއިރު ނިކަން ގިނަ ވާހަކަ ދެމީހުން ދޭތެރޭ ދެކެވެން ފެށި އެވެ. ގިނައިން ވާހަކަ ދައްކަނީ މާޒިދު އެވެ. މާޒިދުގެ މުޅި ދިރު އުޅުމާއި އާއިލާގެ ބައެއްމީހުން ވެސް މިހާރު ޖަންނަތުއަށް އިނގޭހާ ގިނަ ވާހަކަ މާޒިދު ޖަންނަތުއަށް ވަނީ ކިޔައި ދީފަ އެވެ.

   އެގޮތުން އެދުވަހު ވެސް ދެމީހުން އޮފީހުގައި ތިބީ މަސައްކަތުގަ އެވެ. ޖަންނަތު ފޯނަށް މެސެޖެއް އައުމުން ޖަންނަތު ފޯނު ބަލައިލި އެވެ. އެއީ އަބްޔާންގެ މެސެޖެކެވެ. ދޭތެރެއަކުން އަބްޔާން މެސެޖެއް ފޮނުވަ އެވެ. ޖަންނަތު މެސެޖު ކިޔާލާފައި އެއަށް ޖަވާބެއް ނުދެ އެވެ.

   “ޖަންނާ.. ޕްލީސް ފޮރގިވް މީ!” އަބްޔާންގެ މެސެޖުގައި ލިޔެފައި އޮތެވެ. ޖަންނަތު ފޯނު ބާއްވާފައި އަނެއްކާ ވެސް މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް އަނެއްކާ ވެސް މެސެޖެއް އައެވެ. “ޖަންނައާ ނުލާ އަހަރެން ކިހިނެއް އުޅޭނީ؟ ޖަންނާ… އަހަންނަށް ޖަންނަ ނޫން މީހެއްދެކެ ދުވަހަކު ވެސް ލޯތްބެއް ނުވެވޭނެ. ޖަންނައަށް އަހަރެން ކިހިނެއް އެކަން ޔަގީން ކޮށްދޭނީ؟ އަހަންނަށް ކަނޑައެޅިގެން ޔަގީން ޖަންނައަށް ވެސް އަހަރެން ނޫން މީހެއް ދެކެ ލޯތްބެއް ނުވެވޭނެކަން… ވީ އިރު ތިހާ ގޮތްދޫނުކޮށް ހުންނާކަށް ނުވާނެ. ޕްލީސް ޖަންނާ.. އަހަންނަށް މާފްކޮށްލަދީބަލަ.”

    ޖަންނަތު މެސެޖު ކިޔާލުމަށް ފަހު ފޯނު ނިވާލަމުން ޖަންނަތުއާއި ވީހާވެސް ދުރަކަށް ފޯނު ލިޔެވެ. ޖަންނަތުގެ ހުރިހާ ހަރަކާތައް ބަލަން އިން މާޒިދު ތެދުވެގެން އައިސް ޖަންނަތު މޭޒުކައިރީ ހުއްޓުނެވެ.

    “ބައެއް ފަހަރު ހިތަށް ހަމަ ޖެހމެއް ލިބޭނެ ހިތުތެރޭ ހުންނަ އުދާސްތައް ރައްޓިއްސަކާ ހިއްސާކޮށްލީމަ… އަހަރެންނަށް ޖަންނަ އިތުބާރު ކުރަންޏާ އަހަރެން މިހިރީ އަޑުއަހަން ތައްޔާރަށް… އައި އޭމް އަ ގުޑް ލިސްނަރ.” މާޒިދު ހީލަމުން ބުންޏެވެ. ޖަންނަތު އަނގައިން ނުބުނެ އިރުކޮޅަކު އިނެވެ. އަދި ފުންނޭވާއެއް ދުރުކޮށްލި އެވެ.

    “އަހަރެން އަބީ ދެކެ ވަރަށް ލޯބިވޭ،” ޖަންނަތު ވާހަކަ ދައްކަން ފެށުމުން މާޒިދު ގޮސް އޭނާގެ ގޮނޑީގައި އިށީނދެ ޖަންނަތު މޭޒާއި ކައިރި ކޮށްލި އެވެ. “އަހަރެން ހިތަކަށް ވެސް ނާރާ އަހަރެން އަބީއާ ދުވަހަކު ވެސް ރައްޓެހި ވާނެ ކަމަކަށް… އެހެންނު ވާނީ.. އަބީ އަކީ ކިހިނެއް އުޅުން މީހެއް… ” ޖަންނަތު ހިޔާލީ ދުނިޔެއިން އެތައް އަހަރެން ކުރިއަށް ހިޔާލުތައް ދަތުރުކުރަން ފެށި އެވެ.

    “ހިދާޔާއްތަ އަކީ އެއްވެސް އިރަކު އަހަރުމެނާ އެހާ ލޯބިން ވާހަކަ ދައްކާ އުޅޭ މީހެއް ނޫން.. އެހެން ނަމަވެސް ހިދާޔާއްތަ އަހަރުމެން ފަރާތުން ކަމެއް ބޭނުން ވެފަ ހުރީ ވިއްޔާ އެކޮއެ ކިޔައިގެން ނިކަން ގުޅާލައިގެން ވާހަކަ ދައްކާނެ. އަބީއާ ޔާނުއާ އާލިޔާ ވެސް އުޅެ ބޮޑުވީ އަހަރެން މަންމައާ އެކު އަހަރެން މަންމަ ކައިރީ. ހިދާޔާއްތަ ގިނަ ދުވަސް ތަކުގަ އެގޭގަ ނުވެސް ކައްކާނެ. އެހެންނު ވާނީ ހުރިހާ ކުދިން އުޅޭނީ އަހަރުމެންގޭގަ. އެއީ އަހަރުމެން ބަހާރުގޭގަ އުޅުން އިރު. އެގެއާ ޖެހިގެން އެހެރީ ގްރީން ވިލާ. އޭރު ޒައިދާން އެއުޅޭ މުރަކަގޭގަ އުޅޭނީ ޒައީމާއްތަ މެންވެސް. ޒައިދާން ރަށަށް އައިސް ހުރީ އެގޭގަ. ވަރުދާއާ ރައްޓެހިވީވެސް އެގޭގަ އުޅުން އިރު. އަހަރުމެން ފިޔާތޮށިގެއަށް ބަދަލުވީ ޒައިދާންމެން މެރީ ކުރަން އުޅެނި ކޮން. އޭރު ޒައިމާއްތަ ވެސް އެގެއަށް ބަދަލު ވެއްޖެ. އަހަރުމެން އެންމެން ދުރުވާން ފެށީ ފިޔާތޮށިގެއަށް ބަދަލުވީ ފަހުން. އެކަމަކު އަބީ އަބަދުވެސް އަހަރުމެން ގެއަށް އަންނާނެ. ނޭގެ ކީއްވެ ކަމެއް. އަހަރުމެނަށް ވަރަށް އެހީވާނެ. އަދި އެހާ އުނދަގޫވެސް ކުރާނެ. އަހަންނަށް އަބީ ދެކެ ލޯބިވެވުނީ ކޮން އިރަކު ކިހިނެއް ކަމެއްވެސް ނޭގެ. އަބީ އޭރު ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން އަބީ ދެކެ ލޯބިވިން. ފަހަރަކު އަންހެން ކުއްޖެއް ގޮވައިގެން އުޅުނެއް ކަމަކު އަބީއަކީ މީހުނަށް އެހީވާ ނިކަން ހިތްހެޔޮ މީހެއް. އެހެންވެ ކަންނޭގެ އަހަންނަށް އޭނަ ދެކެ ލޯބި ވެވުނީ. އެކަމަކު ހިދާޔާއްތަ އަހަރުމެން ދެކެ އެހާ ރުޅި އަންނަކަން އިނގުން ނަމަ އަހަރެން އަބީއާއި ނުގުޅުނީމުސް. އަހަރެން ކިތަންމެ ލޯބިވިޔަސް އަހަރެން އަބީއާއި ރައްޓިއްސެއް ނުވީމުސް. މިހާރު އަހަންނަށް އަބީއާ ނުލާ އުޅެންވެސް އުނދަގޫ. އަބީގެ ހިޔާލު އަބަދު ކުރެވެނީ. އަހަރެން އޭނައާއި ދުރުވާން ކިތަންމެ މަސައްކަތެއް ކުރިޔަސް ލޯބި އިތުރުވާހެން ހީވަނީ.” ޖަންނަތު ވާހަކަ ދައްކަމުން ދިޔަ އިރު ލޮލުން ކަރުނަ ފައިބަމުން ދިޔަ އެވެ. މާޒިދު އަސަރާއި އެކު ޖަންނަތުގެ ވާހަކަތައް އަޑުއަހަން މަޑުމަޑުން ހުއްޓެވެ. ޒައިދާން ވެސް ކޮޓަރިން ނުކުންނަން އުޅެފައި ދޮރުކައިރީ ހުއްޓުނީ ޖަންނަތު ރޮމުން ވާހަކަ ދައްކާ އަޑު އިވޭތީ އެވެ.

     “މާޒިދު، އަހަރެން އަބީއާ ދުރުވާނެ ގޮތެއް ބުނެ ބަލަ. އަހަރެން ބޭނުމެއްނޫން އަބީ މަންމަ ރުޅިއަންނައިރު އަބީއާ ގުޅޭކަށް. އަބީ މަންމައާއި އަބީ ދުރުވާކަށް އަހަރެން ނޭދެން. އަދި އަމުދުން އަހަރެންގެ ސަބަބުން އަހަރެން އެގޮތަށް އެއްގޮތަކަށް ވެސް ނޭދެން.”

     ޖަންނާ، އަހަރެން ކީކޭ ބުނާނީ؟” މާޒިދު ދެރަވެފައި އިނދެ ބުންޏެވެ. “ޖަންނައަށް ފެންނަނީ ކިހިނެއް؟”

     “އަހަރެން ހިތައް އަރަނީ އަހަރެން އަވަހަށް ކޮންމެސް މީހަކާ އިންނަން ވީޔޭ. ހަމަ ގައިމުވެސް އޭރުން އަބީ އަހަންނާ ދުރުވާނެ. އަހަރެން މީހެއްގެ އަންބެއްގެ ގޮތުގައި ހުރެއްޖެ ނަމަ އަބީ އަހަންނާ ވާހަކަ ދެއްކުން ދުރުވާނެ. އޭރުން އަހަންނަށް ވެސް އަބީގެ ހިޔާލު ތަކުން ދުރަށް ދާން ފަސޭހަ ވާނެ،” ޖަންނަތު މޫނު ފޮހެލަމުން ބުންޏެވެ. މާޒިދު ވެސް ޖަންނަތުއާއި ދިމާއަށް ބަލައިލާފައި ވިސްނާލަން އިނެވެ.

     “ކާކާ އިންނަން ޖަންނަ ގަސްތު ކުރަނީ؟” ހަމަ ހިމޭން ވަގުތު ކޮޅަކަށް ފަހު މާޒިދު އަހާލި އެވެ.

     “ކާކު އަހަންނާ އިންނާނީ؟ އަހަންނާ އިންނާނެ މީހެއް ނެތް.” ޒައިދާން މަތިން ހިތައް އަރުވާލަމުން ޖަންނަތު ބުނެލި އެވެ.

     “ޖަންނަ ކަހަލަ ކުއްޖަކާ ނީންނާނީ ކާކު. ޖަންނަ ކަހަލަ ކުއްޖެއް ލިބުމަކީ މީހަކަށް ލިބޭނެ ނަސީބު.” މާޒިދު ފުންކޮން ޖަންނަތުއަށް ބަލައިލަމުން ބުންޏެވެ.

     “ތީ ހީވާގޮތް. މާޒިދުވެސް ތިހެން ތި ބުނަނީ. އަހަންނާ އިންނާނެ މީހެއް ނުވާނެ. އަހަންނަށް ހެޔޮއެދޭ މީހުން ތިހެން ބުނާނެ ނިކަން ފަސޭހައިން. އެކަމަކު އެގޮތަށް ކަންތަކެއް ނުވި.”

     “ޖަންނަ މިހާރު މީހެއް ކައިރީ އިންނަން އެހީތަ؟” މާޒިދުއަށް އަހާލެވުނެވެ. ޖަންނަތު އެއްޗެއް ނުބުނެ އިނެވެ. މާޒިދުއަށް ޖަވާބު ލިބުން ކަހަލަ އެވެ. “ޖަންނަ އިންނަން އެހި މީހަކު ޖަންނައާއި އިންނަން އެއްބަސް ނުވީތަ؟” އަނެއްކާވެސް މާޒިދު އެހި އެވެ. މިފަހަރުވެސް ޖަންނަތު އެއްޗެއް ނުބުނެ އެވެ. އިސްޖަހާލައިގެން އިނީ އެވެ. ކޮޓަރީގައި ހުރިހާ ވާހަކައެއް އަޑުއަހަން ހުރި ޒައިދާންއަށް އޭރު ބުނަން ނޭގޭ އިހުސާސްތަކެއް ކުރެވެމުން ދިޔަ އެވެ.

     “ޖަންނާ.. ތި މީހަކީ އެހެންވިއްޔާ ބޮޑު މޮޔައެއް. އަތަށް އަރާފައި ވާ ޖަވާހިރެއް އެއްލާލުން ކަހަލަ ކަމެއް އެމީހަކު އެކުރީ.” މާޒިދު ބުންޏެވެ.

     “ސާބަސް މާޒިދުއަށް. އަހަރެން މީ ތި ހީކުރާހާ އަގުބޮޑު މީހެއް ނޫން.”

     “ޖަންނާ، ޖަންނަ ތީ ވަރަށް އަގުބޮޑު މީހެއް. ޖަންނައަށް އިހުސާސް ވެސް ނުކުރެވޭހާ އަގުބޮޑު. ޖަންނަ ބޭނުންނަމަ އަހަރެން ޖަންނައާއި މެރީ ކޮށްފާނަން. އަހަރެން އަބަދުވެސް ޖަންނައާ ވަރަށް ލައިކްވޭ. އަހަރެން މިހިރީ ޖަންނައާ މެރީ ކުރަން ތައްޔާރަށް.” މާޒިދު އެހެން ބުނުމުން ޖަންނަތުއަށް މާޒިދުއާއި ދިމާލަށް ހައިރާންވެފައި ބަލައިލެ ވުނެވެ. މާޒިދު ލޯމަރާލަމުން ބޯ ޖަހާލި އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ފިނިހިތް (ހަތަރު ވަނަ ބައި 2/2)

Next

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ

Next
June 12, 2016

ލޯބީގެ ނަޒަރުން ކަލާއޭ ދެކޭނީ

Previews
June 12, 2016

ފިނިހިތް (ހަތަރު ވަނަ ބައި 2/2)

32 Comments!

  1. aff says:
    June 12, 2016 at 6:42 pm

    Habeys…iTs Awesom Aasi.. ☺☺

  2. aff says:
    June 12, 2016 at 6:43 pm

    Me First Yayyy..☺

  3. Same says:
    June 12, 2016 at 6:57 pm

    nooo not mazidh. zaidhaan aa janna marry kuruvaany.

  4. Same says:
    June 12, 2016 at 6:58 pm

    thanks dhigukoh genesdhinyma

  5. Naana says:
    June 12, 2016 at 7:00 pm

    Awesome….alhey janna aa maazid aa gulhen tha e ulheny btw stry v nice
    Waiting 4 the next part

  6. Ellie says:
    June 12, 2016 at 7:01 pm

    Vvvvvvvv reethi

  7. Marii says:
    June 12, 2016 at 7:29 pm

    Eyy Dhn noon janna n abee gulhuvaathi

  8. Appi says:
    June 12, 2016 at 8:00 pm

    Noon
    Abee libejjeheynee Janna. Abee ge ehves kusheh nei

  9. ny says:
    June 12, 2016 at 8:05 pm

    V v v reethi v vsalhi habeys. ……………ginadhuvahun upviyas mihaafurihamareethi story e genesdeythi v v v boda thnx aasy…….. v v inthixaaru kureyeyne nxt part aaa????????????????????????

  10. Nasfee says:
    June 12, 2016 at 8:06 pm

    Aaliya dhn abee ah hurihaa vaahaka eh kiyai dheeba… mi part varah salhi.. next part thankolheh avahah upload kohdhehchey… ?

  11. Phy says:
    June 12, 2016 at 8:06 pm

    Alhey haadha reethikoh genesdhey vaahakaekey mee…nxt part ah hama kiyaa hithun kehmadhuvefa…aasi ge mivaahaka hama obi…

  12. Appy says:
    June 12, 2016 at 8:29 pm

    What? ???????????no not maxidh. ..plxx aby n janna

  13. meesha says:
    June 12, 2016 at 8:43 pm

    NIOO…. AASI NOO… plxx janna n abee dhuru nukuraahi… I just lv this… v

  14. lidhoo says:
    June 12, 2016 at 8:46 pm

    Varah reethi Janna libenjeheynee Zayan nah

  15. Shaai says:
    June 12, 2016 at 9:58 pm

    Noon Janna libeyne aby ah.

  16. Faathun says:
    June 12, 2016 at 10:34 pm

    Nooooo.. janna and abee gulhuwaathi heyo nuwaane aasi. Janna and zaidhaan gulhuwiyyaa varah hadi waane..

  17. nishy says:
    June 12, 2016 at 11:52 pm

    No not maazidh janna n aby

  18. Shehey says:
    June 13, 2016 at 12:22 am

    Janna n Aby gulhuvahchey plx ????????????????

  19. Anonymous says:
    June 13, 2016 at 12:23 am

    Jann aa Aby aa gulhuvaathi ingey????????

  20. fathun says:
    June 13, 2016 at 12:30 am

    nooooooooooooooooo. dhn abi nd janna pleae
    abi ah hageegai angabala. dhn zaidhaan aa marry nukuruvathi please vvv.hadi vaane. dhn mirey nuves nidheyne. please aasi, abi nd janna gul;huvaa

  21. shooty says:
    June 13, 2016 at 2:02 am

    aasi kyhve kiuntheringe comment ah reply nukurany?

  22. thuthy says:
    June 13, 2016 at 5:42 am

    Asluwex dhw janna n aby gulhu v ma reethy. But mi story ge name in i’ngey loabi gurubaan kuraanykan :’-( :’-(hama rangalah vex rovihje v reethi.awahah up koh dhyba plxxxxcxxxx

  23. Ainyyy says:
    June 13, 2016 at 6:10 am

    Zaidhaan aa janna aa gulhuvaa plxx

  24. Thaany says:
    June 13, 2016 at 11:18 am

    Alhe dhn r c ge hurihaa storry ehga vx ehkala gotheh mihadhanee dheloabi verrin duru kuruwaafa abadu muskulhiwa fahun libeny e ee dhera kamakee plx mi storryga 20 22 aharu dhemeehun dimaa nukuruwaa nubahataathi hadi eh nun dw v nice bt hurihaa storry eh ga ehkaha gothakah dhimaa vaathy kamunudhany plx plx ehn nuhadhaathi….

    1. Appy says:
      June 13, 2016 at 2:42 pm

      U r ryt thaany

  25. Ana says:
    June 13, 2016 at 10:13 pm

    Story ge namah visnaaliyas aby n janna gulhu v ma reeche nuvaane………..janna n zaidhan ok vaany

  26. Aysh says:
    June 14, 2016 at 5:41 am

    Varah reethi soo sad. Mi vaahaka gai adhi kithah page kuri ah eba in baa.

  27. han says:
    June 14, 2016 at 11:19 am

    plxxxx plxxx janna and aby gulhuvaba aasi.. abee ge ehves kusheh nethennu.. plxx aasi

  28. mary says:
    June 14, 2016 at 9:57 pm

    please new vaahk koabaa please

  29. mary says:
    June 15, 2016 at 11:54 am

    koabaa vaahka

  30. mary says:
    June 15, 2016 at 6:12 pm

    please koabaa. new……

    vaahaka

  31. y says:
    June 17, 2016 at 1:44 am

    vaahka.not

Comments are closed.

Next Episodeޤުރުބާންވުމީ މިހިތުގެ އުފާ 27 ވަނަ ބައި←


All Right Reserved!