ވާނޭހެ ދުނިޔޭގާ (9)
“ޔުއާން.. ” ތަންކޮޅެއް ބާރަށް އޭނާ ގޮވާލިއެވެ. ޔުއާން ދެލޯ ހުޅުވާލުމާއެކު ކައިރީގައި ހެދުމެއްނެތް ހާލުއޮތް އިޝާލީ ފެނުމުން އޭނާ ޖެހެވުނީ ފަހަތަށެވެ. މިވަނީ ކިހިނެއް ކަމެއްވެސް ނޭނގެއެވެ. ސިޑިން އަރަމުންއައި އިޒާންއަށާއި ރުކާޔަތަށްވެސް އެއަޑު އިވިގެން ދިޔައެވެ. ދޮރުމަތީގައި ދެލޯ ބޮޑުކޮއްލައިގެން ހުރި އަވީން ފެނުމުން ޔުއާނަށް އަވަހާއި އެދިމާލަށް ދުއްވައިގަނެވިއްޖެއެވެ. ނަމަވެސް އަވީން ބަނޑާއިއެކު ދުވެފައި ސިޑިއާއި ދިމާލަށް ހިނގައްޖެއެވެ. ޔުއާންވެސް ސޯޓުކޮޅުގައި އޭރު ފަހަތުން އާދެއެވެ. އަވީންގެ ފައި ސިޑީގެ އަރިމަތީގައި ފައިއެޅުމުން އޭނާ ދިޔައީ ކައްސައިގެނެވެ.
“އަވީ…” އަވީންއާއި ދިމާލަށް އަތްދިއްކޮއްލައިގެން ހުރެ ޔުއާނަށް ހަޅޭލަވައި ގަނެވިއްޖެއެވެ.
ސިޑިން އަރިއަޅާލި އަވީނަށް ބަލަން ހުރި އިޒާން ދުވެފައި އައިސް ހިފަހައްޓާލައިފިއެވެ. ފަހަތުން ރުކަޔަތު އައިސް އިޒާންގައި ހިފަހައްޓައިލީ އިޒާންވެސް އަރި އަރިއަޅާލައިފާނެތިއެވެ. އިޒާންގެ އަތުގައި ޖެހުމާއެކު އަވިން ބިރުން ހުރި ވަރުން ފެއިންޓްވެއްޖެއެވެ. އެއްވެސް ރުލެއްނެތި އެކުއްޖާ އޮތްތަން ފެނުމުން އިޒާން އަނދައިގަތް ކަހަލައެވެ. ޔުއާން ދުވެފައި އައިސް އަވީން އަތުލައިފިއެވެ. ހެނދުން ރީތި ކުރަމުން ދޮރުން ނިކުމެގެން އަންނަ އިޝާލީ ފެނުމުން އިޒާންބޯ އަރި ކޮއްލައި އިޝާލީއަށް ބަލަން އިން ގޮތުން ހީވަނީ ބުޅާ މަސްގަނޑާއި ދިމާއަށް ބަލާހެނެވެ. އޭނާގެ ދެލޮލުން ހީވީ އަލިފާން އަނދައިގެން ދިޔަ ހެންނެވެ. ރުކާޔަތު ދިޔައީ ޔުއާންއާއި އެކުގައެވެ.
އެނދުގައި އަވީން ނިދާލާފައި އޮތްއިރު އެންމެ ހިނދު ކޮޅަކަށްވެސް ޔުއާން ދުރަކަށް ނުދއެވެ. އަވީނަށް އެހެންވީ އޭނާގެ ސަބަބނުންނެވެ. އަވީން ލޯ ހުޅުވާލާތޯ އޭނާ ހުރީ ކެއްމަދުވެފައެވެ. އެހެން އޮއްވައި އިޝާޅީވެސް އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ޔުއާން އަވީންގެ އަތުގައި ހިފާލި ވަގުތު އުނދަގޫ ގޮތަކަށް އޭނާ ލޯ ހުޅުވާލައިފިއެވެ. އުފަލުން ޔުއާނަށް ލޯ މަރާލެވުނެވެ.
އަވީން ގެންދިޔަ ފަހުން އިޒާން އަދިވެސް އިނީ ސިޑިމަތީގައި ކޮޅަށެވެ. ޔުއާންގެ ކޮތަރިން ނިކުމެގެން ދިޔަ އިޝާލި ފެނުނު ނަމަވެސް އިޒާނަކަށް ވާހަކައެއް ނުދެއްކުނެވެ. ދޫވަނީ ތަޅުލެވިފައި ކަހަލައެވެ. އިޝާލީގެ އެއުޅުމުން އޭނާއަށް އޭނާގެ މަންމަ ސިފަވާ ކަހަލައެވެ. އެއީވެސް ހަމަ އެފަދަ އަންހެނެކެވެ. އިޝާލީ އައިސް އިޒާންގައި ޖެހި ގަންނަމުން ސިޑިން ފައިބައިގެން ހިނގައްޖެއެވެ. ގޭގެ މައި ދޮރުން ނިކުމެގެން ދިޔަ އިޝާލީ ހުރީ ވަރަށް އުފާވެފައެވެ. އޭނާގެ ދުވަހެއް ވާންދެން ކުރަން ބޭނުން ވެގެން އުޅުން ކަންތައް ވީއެވެ. އަތުގައި އޮތް ދަބަސް ކޮނަޑުގައި އަޅުވާލަމުން އިޝާލީ ކުރިއަށް ހިނގައި ގަނެއްޖެއެވެ. ނަމަވެސް ފިނި ފިނި އަތަކުން އޭނާގެ އަތުގައި ހިފާލުުން ތެޅި ގަނެފައި ފަހަތަށް ބަލާ ލެވިއްޖެއެވެ.
“ކާކު؟؟” ފަހަތުގައި ހުރި އިޒާން ފެނުމުން މޭގައި އަތް އަޅާލަމުން އިޗާލީ ބުނެލިއެވެ.
“ނޭނގުނުތަ!! ދެންމެ އަހަރެން ގައިގަ ޖެހުފައެއްނު ތިއައީ..” އިޒާންގެ ލޮލުން އޭރު ހޯސްލާފައި ކަރުނަ ފައިބައެވެ. އޭނާގެ އަތަށް މަހާލެވިފައިވާ އަންގި ފެނުމުން އިޝާލީ ކުރިއަށް ހިނގައި ގަނެއްޖެއެވެ.
” އަހަރެން ތިކަހަލަ ކުއްޖެއް އެކަނި ދިޔަކަ ނުދޭނަން..” އަނެއްކާވެސް އިޒާން އުޅުނީ އިޝާލީ ހިފެހެއްޓޭތޯއެވެ. ނަމަވެސް އޭނާ މަޑެއް ނުޖެހުނެވެ. ގޭގެ ފާރު ކައިރީގައި އޮތް ދަނޑިބުރި ފެނުމުން އިޒާން އެނަގައިފިއެވެ. އޭތި އަތަށް ހެޔޮވަރު ކޮއްލަމުން އިޝާލީގެ ބޮލުގައި އަޅާ ވިހެލައިފިއެވެ. ޖެހުނުލެއް ބާރުކަމުން އެފަކީރުގެ އަނަގައިން ނިކުތީ ވޭނީ އާހެކެވެ. ކުޑަތަން ކޮޅެއް ކުރިއަށް ދިޔަހެންވެސް ހީވެއެވެ.
“ކަލޭ ހީކުރީ ކަލޭ އެކަނި ކަމަށްތަ ނުބައީ.. ކަލޭ ނުބައިއްޔާ އަހަރެން މީ ކަލޭގެ ބައްޕަ” ލޭތައް ފައިބަމުން ދިޔަ އިޝާލީގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެން ހުރެ އިޒާން ބުނެލިއެވެ.
“އަހަ… އަ.. އަވ” އިޝާލީއަކަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ހޭނެތިއްޖެއެވެ. އިޒާން ހުރީ އެއްވެސް ވަރަށް ބިރު ގަނެފައެއް ނޫނެވެ. މީހަކަށް ނުފެންނާނެހެން ޔުއާން މެންގޭގެ ފުރަގަހު އޮތް ގަސްތަކެއްގެ އެފަރާތަށް އެއްލާލައިފިއެވެ. ގެއިން މީހަކު ނުނިކުންނާނެކަން އެނގޭތީ އިޒާން މަސައްކަތް އެހާ އަވަސް ކުރާކަށް ނޫލެއެވެ. ކައިރީގައި ހުރި ގާތަށް އިޝާލީގެ ގައިމައްޗަށް އަޅާލުމަށްފަހު އިޒާން ހިން ދެމިލައިފިއެވެ. ރޭނގަޑެއްގައި އައިސް އިޝާލީގެ ހަށިގަނޑު އެހެން ތަނަކަށް ލާނީއެވެ. ގެއށް ވަނުމުގެ ހިޔާލު ދޫކޮއްލަމުން އިޒާން ހިނގައިގަތީ ފާރާ ދިމާލާށެވެ. ފާރު ކައިރިއަށް ގޮސްފައި ބޮލުން ޖަހައިފިއެވެ. ދެތިން ފަހަރު ބާރަށް ބޮލުން ޖެހުމުން ނިއްކުރި ފަޅައިގެން ހިނގައްޖެއެވެ. ގެއިން ބޭރަށް ނިކުމެގެން ގޮސް ކައިރި މަގެއްގެ މައްޗަށް ޖީބުގައި އޮތް ވޮލެޓްވެސް އެއްލާލައިފިއެވެ. އިޒާން ބޭނުންވި ގޮތް ވުމުން އަތުގައި އޮތް އަންގި ޖީބަށް ލަމުން ހޮސްޕިޓަލާއި ދިމާއަށް ހިނގައި ގަނެފިއެވެ.
ޖެހިގެން އައި ދުވަހު އިޝާލީ ގެއަށް ނއުމުން އޭނާގެ މަންމަ އެންމެ ފުރަތަމަވެސް ގުޅީ ޔުއާނަށެވެ. ޔުއާން އެދުވަހު ކަންތައް ވޯގޮތް ކިޔައި ދިނުމަށްފަހު ފޯނު ބާއްވައިފިއެވެ. ހިތް ނުތަނަވަސް ވިނަމަވެސް އިޝާލީގެ ފާޑު އެންމެ ރަނގަޅަށް އެނގެ އެކަކީ ޔުއާނެވެ. ޔުއާންގެ ބޭނުމުގައި އިޝާލީ ކޮންމެ ކަމެއްވެސް ކޮއްފާނެއެވެ. މީހަކަށް ނޭނގެނީ އެރޭގައި އިޒާން އަނބުރައި އެގެއަށް އައިކަމެވެ. ރުކާޔަތަށް އިޒާންގެ ނިއްކުރީގައި ބޭސް އަޅާފައިވާތަން ފެނުމުން ވަރަށް ސުވާލު ކޮއްލާފައި ހުއްޓެވެ. އިޒާން ބުނި ގޮތުގައި ބަޔަކު އެނާގެ ވޮލެޓް އަތުލުމަށްފަހު ބޮލުގައި އެއްޗަކުން ޖެހީއެވެ.
ދުވަސް ކޮލަކަށް އަވީން ޔުއާންއާއި ވާހަކަ ނުދައްކައި ހުރުމަށްފަހު ކަންތައް ވީގޮތް އެނގުމުން މާފު ކޮއްފިއެވެ. އެނަމްޒަރު ބަލަން ކެއް ނުވަނީވެސް އިޒާނަށެވެ.އޭރުވެސް އިޝާލީ ފެންނަ ގޮތެއް ނުވެއެވެ. އަބަދު ރުކާޔަތު އަތުގައި އެލި ގަނެގެން އޮންނާތީ އޭނާއަށް އެއްވެސް ކަމެއް ނުވެއެވެ. އެންމެން މަޖާ ކުރަން ތިބީ ގޭގެ މަތީ ބައިގައެވެ. އހެން މީހުންނާއި ހިލާފަށް ޔަމީންގެ ނަޒަރު ސީދާވެފައި ހުރީ އިޒާނަށެވެ. އިޒާންގެ ފަރާތުން ގޯސް އެންމެ ކަމެއްވެސް ޔަމީނަކަށް ނުފެނެއެވެ. ކޮންމެ މީހެއްގެވެސް އެހެން މީހުނަށް ކަމުނުދާ ސިފައެއް ހުންނާނެއެވެ. ރުކާޔަތިގެ އަތުގައި ހިފާލައިގެން ހުރި އިޒާންގެ މޫނުގައިވަނީ މައުސޫމުކަމެވެ. އަވީންވެސް އައިސް އެތާނގައި އިށީނުމުން އެންމެން ޔުއާން އައިސް އޭނާއާއި ޖެހިގެން އިށިނދެއްޖެއެވެ.
” އަވީ ކިހިނެއް؟؟” އިޒާން ބަލަން ހުރީ ސީދާ އަވީންގެ ލޮލަށެވެ. ކުޑަކޮށް އުނދަގޫވި ނަމަވެސް އަވީން އެއްޗެކޭ ނުބުނެއެވެ.
“މިހާރު އޯ.ކޭ…” އަވީން ކައިރީގައި ހުރި ޔުއާންގެ މޫނަށް ބަލާލައިފިއެވެ.
“އެއް ދުވަހު ވާނެ ގެއަށް ދާން… ދޮންބެ ދައްތަ ވަރަށް އުފާވާނެ” އިޒާން ހިނިތުން ވެލަމުން ބުނެލިއެވެ. އެހެން އެންމެން އެތަނުން ދިއުމުން އަވީންމެން އެކަނި ވެއްޖެއެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
“އަންޖުމް ހުރިނަމަ އޭނަ ވަރަށް އުފާވާނެ..” ގަސްތުގައު އިޒާން އެހެން ބުނުމުން ޔުއާންއަށް ތެޅި ގަނެފައި އިޒާނަށް ބަލާލައިފިއެވެ.
“ކޮން އަންޖުމް އެއް؟؟” ސުވާލުން ފުރިގެންވާ ނަޒަރަކުން ޔުއާނާއި އިޒާންއަށް ބަލާލައިފިއެވެ. ޔަމީންވެސް ހަޤީޤަތް އެނގޭތީ އޭނާ ހުރީ ވަރަށް މަޑުންނެވެ.
“އެއީ އަވީގެ މަމްގެ ރައްޓެއްސެއް..” އިޒާން އަނގަ ހުޅުވާލިތަން ފެނިފައި ޔަމީން ބުނެލައިފިއެވެ. ޔަމީން އެހެން ބުނުމުން އިޒާނަށް އެއްޗެކޭ ނުބުނެއެވެ.
ރުކާޔަތު އެތަނުގައި އިނދެފައި ފޯނެއްގައި ބޭރަށް ދިއުމުން އިޒާންވެސް ފާހާނައަކަށޭ ކިޔާފައި ނިކުމެގެން ހިނގައްޖެއެވެ.
“އާނު… އަހަރެން ވާހަކައެއް ބުނަން ބޭނުން…” ތަނުގެ ހިމޭންކަން ފޫ އަޅުވާލަމުން އަވީން ބުނެފިއެވެ. އެހެން ބުނުމުން އިސްޖަހާލައިގެން އިން ޔުއާންވެސް ހޫމް އެކޭ ބުނެލައިފިއެވެ.
“ޔާން ދޮންބެ އެބުނި އަންޖުމް އެއީ ކީކުތަ؟؟ ކުރިން ބައްޕަވެސް ބުނެފަ އޮތީ އެނަން..” ދެލޯ މަރާލައިގެން ހުރެ އަވީން ބުނެލައިފިއެވެ. ހީވަނީ ކަމެއް ހަނދާން ކުރަން އުޅޭހެންނެވެ.
“ދޮންބެ އެބުނީނު އެއީ ފޮރެންޑެކޭ.. ދެން އެކުން ސުވާލު ނުކުރޭ..” ދެލޯ ބޮޑު ކޮއްލަމުން ޔުއާން އަވީންގެ ފުފެމުންދާ ކޮލުގައި ހިފާލައިފިއެވެ. އަވީން ބޯ ޖަހާލުމުން ޔުއާން ޝުކުރިއްޔާއޭ ބުނަމުން ޔުއާން ބޭރަށް ހިނަގއި ގަނެފިއެވެ. އަވޫން އެހެން ބުނުމުން ޔުއާން ހާސްވި ނަމަވެސް ތެދު ބުނުން މަންމަ އޮތީ މަނާ ކޮއްފައެވެ. ކަންތައް ވީގޮތް ނޭނގެނިސް ޔުއާން އެވާހަކަތައް ކިޔައި ދީފި ނަމަ ޖެހޭނީ ބޮޑު މައްސަލަ ގަނޑެކެވެ. އަވީން ދެލޯ މަރާލައިގެން ގޮނޑީގައި ލެގިލީ ޔުއާން ޔޫސް ތައްޓެއް ހިފައިގެން އަންނާނެ ވާހަކަ ބުނުމުންނެވެ.
# # # # #
އާމިރު ބަލި އެނދުގައި އޮންނަތަން އޭރު ދެވަރަކަށް އަހަރު ވެދާނެއެވެ. ސިޑިން ވެއްޓި މައި ބަދައަށް ލިބުނު އަނިޔާއަކަށްފަހު ނުހިގުމުގެ ސަބަބުން ވިޔަފާރީގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދެންދިޔައީ އާސިޔާއެވެ. ސުކޫލަށް ދާން ނުޖެހޭނަމަ އަބަދުހެން އަވީން އިންނާނީ އާމިރުގެ ކޮޓަރީގައެވެ. އާސިޔާ އެހާވަރުން އަވީންނާއި ނޫޅުމުން އަވީންވެސ މަންމައަށް އުނދަގޫ ކުރާކަށް ބޭނުމެއް ނުވެއެވެ. އާސިޔާ އެހެން ކަންތައް ކުރަނީ ކީއްވެކަން އެނގެނީވެސް އާމިރަށް އެކަންޏެވެ. އެހެން ދުވަސް ތަކެކޭ އެއްގޮތަށް މިއަދުވެސް އަވީން ބޭނުންވީ ބައްޕަގެ ކައިރީގައި އިންނާށެވެ. އޭރު އާމިރު ހެވިލާފައި އަވީނާއި ކޮންމެވެސް ވާހަކައެއް ދައްކައެވެ.
“ބައްޕާ… އަވީ ބޭނުންވަނީ ޒާމިން ދޮންބެމެން ހުންނަ ތަނަށްދާން..” އެނދު ކައިރީގައި ހުރި ގޮނޑިއެއްގައި ލެގިލަމުން އަވީން ބުނެލައިފިއެވެ.
“މަންމަ އެއްބަސް ވިއްޔާ ހަމަ ދާންވީ..” އަވީންގެ މޫނަށް ވޯގޮތް ބަލަންހުރެފައި އާމިރު ބުނެލިއެވެ.
“ބައްޕަ ހިތައް އަރާ އަންޖުމް ހުރި ނަމައޭ… ދަރިފުޅު ހަމަ ހީވަނީ އަންޖުމް ހެން..” އާމިރު އެހެން ބުނުމުން އަވީން ދެލޯ ބޮޑު ލާފައި ބަލާލައިފިއެވެ.
“ބައްޕާއެއީ ކާކު؟؟” އަވީން ގުދުވެ އާމިރުގެ ކަންފަތް ކައިރީގައި އަހާލިއެވެ. އިންތިހާ ދަރަޖައިގެ މައުސޫމްކަމެވެ. ނަމަވެސް އޭނާއަށް އަމިއްލަ ދަރިފުޅާ މެދު ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫނެވެ. އާމިރު ދެލޯ މަރާލީ އަންޖުމްގެ މޫނު ސިފަވާން ފެށުމުންނެވެ. މާފަށް ކިތަންމެ އެދެން ބޭނުންވި ނަމަވެސް އޭނާ އަންޖުމްގެ މާފް ހޯދާނީ ކިހިނެއް ހެއްޔެވެ. ކުއްލިއަކަށް އާމިރު މޭގައި އަތް އަޅާލައިފިއެވެ. ހީވަނީ ތަދެއް އަރައިގެން ދިޔަހެނެވެ. އަވީނަށްވެސް ބައްޕައަށް ކަމެއް ވެއްޖެކަން އެނގިއްޖެއެވެ. ތެޅިގަނެފައި އަވީން އުޅުނީ އާސިޔާއަށް ގޮވަން ބޭރަށް ދާށެވެ. ނަމަވެސް އެއަށްވުރެ ކުރިން އާމިރު އަވީންގެ އަތުގައި ހިފަހައްޓާލައިފިއެވެ. އަވީން އަވަހާއި އައިސް އެނދު ކައިރީގައި ކަކޫ ޖަހާލައިފިއެވެ.
“ދަރިފުޅު ބައް ބައްޕައަށް މާފް ކުރޭ… މަންމަ ގޯހެއް ނޫނޭ ދަރިފުޅާ.. މަންމަ” އެންމެ ފަހު ވަގުތުގައިވެސް އާމިރު ބެލީ އަސިޔާގެ ދިފާއިގައި ވާހަކަ ދެއްކޭތޯއެވެ.
“މަންމާ…” ކަރު ބުޑުން އަވީން ހަޅޭލަވައި ގަތީ އޭނާގެ ބައްޕައަށް ކަމެއް ވާކަން އެނގޭތީއެވެ. އޭރު އާސިޔާ ދުވެފައި އެކޮޓަރިއާއި ދިމާލަށް އަންނަތަން ފެނެއެވެ.
# # # # # #
ދެލޯ މަރާލައިގެން ގޮނޑީގައި އިން އަވީން ލޯ ހުޅޫވާލީ ކަރަންޓް ދިއުމުންނެވެ. ތެޅިގަނެފައި އަވީން އގޮނޑިން ތެދުވެއްޖެއެވެ. މުޅި ހިސާބަށް ފެތުރިފައިވާ އަނދިރި ކަމުގެ ތެރެއިން އަވީން މީހަކު ހޯދާނީވެސް ކިހިނެއް ހެއްޔެވެ. ހަނދާން ވާން ފެށއްސުރެވެސް ކަރަންޓް ގޮސްފިނަމަ އަވީން ވަރަށް ބިރުގަނެއެވެ. އެހެންވާން ދިމާންވީ ކީއްވެ ކަމެއް އަވީނަކަށް ނޭނގެއެވެ. ނަމަވެސް މަންމަ ބުނިގޮތުން ވިއްޔާ ކުޑާއިރުގައި އޭނާއަށް ވަނީ ހާދިސާއެއް ކުރިމަތިވެފައެވެ.
“އާނޫ… ” ތުރު ތުރު އަޅަމުން ދިޔަ އަޑުން އަވީން ގވާލުމުން ބަދިގޭގައި ހުރި ޔުއާން ބަލާލީ ޖޯބުގައި ފޯނު އޮއްތޯއެވެ. މައްޗަށް ދާން ޔުއާން ފާރުގައި އަތް ޖައްސާލަމުން ކުރިއަށް ހިނގައި ގަނެއްޖެއެވެ.
“އާނު…” ދެންވެސް އިވިގެން ދިޔައީ އަވީންގެ އަޑެވެ. ތިރިއަށް ކަމަކުއައިޔަމީން އުޅުނީ ކަރަންޓް ދިޔައީ ކީއްވެ ތޯ ބަލާށެވެ. އަވީން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް އަވީންގައި ބައްދާލުމުންނެވެ. ބާރަށް ބައްދާލުމުން އަވީންނަށް ނޭވާވެސް ނުލެވުނެވެ. ޔުއާން އެފަދަ އަމަލެއް ކުރާނެ ކަމަކަށް އަވީން ހިއެއްވެސް ނުކުރެއެވެ. ފުރަތަމަ ރޭގައި ބީހިލުމަށްފަހި ޔުއާން އޭނގައި އަތްލާ މީ ދެވަނަ ފަހަރެވެ. މިހާރު ކުރިއަށްވިރެ ބާރަށް އޭނާގެ ހިތް ތެޅޭ ކަހަލައެވެ. ކުޑަ ބަނޑެއް ލާފައި ހުއްޓަސް އަވީން އަދިވެސް ހަމަ އެހައި ފުރިހަމައެވެ.
“އަވީ ގޮނޑީގަތަ؟..” ދުރުން ޔުއާންގެ އަދޫ އިވުމުން އަވީންގެ މޭގަނޑޫ ހީވީ އަނަގއަށް އައި ހެންނެވެ. އޭނާގއި ބައްދައިގެން މިހުރީ ކާކު ހެއްޔެވެ. ތޫލި އަޑެއް އަވީންގެ އަނގައިން ނިކުތުމާއިއެކު ޔުއާންގެ ފަޔަށްވެސް ޞާރު ލާފައި އެދިމާއަށް ދުއްވައި ގަނެއްޖެއެވެ. އެދިޔަ ބާރު މިނުގައި އައިސް ޔުއާނަށް ހިފުނީ އެމީހާގެ އަތުގައެވެ. ޔުއާންގ ެނިޔަފަތިތައް އެމީހަކުގެ އަތައް ވައްދާލަމުން ޔުއާން ހިފަހައްޓާލީ ވަރަށް ބާރަށެވެ. އެމީހަކު ޔުއާނަށްވުރެ މާ ހުޝިޔާރެވެ. ޔުއާނގެ އަތް ފޮޅާލާފައި ސިޑިން ތިރިއަށް ދުއްވައިގަނެއްޖެއެވެ. އޭރު އަވީން މޭގައި އަތް އަޅާލައިގެން ހުރިގޮތަށް ހުރީއެވެ. ޔުއާން އައިސް އަތް ޖަހާލުމުންވެސް އަވީނަށް ޖެހެވުނީ ފަހަތަށެވެ. ކަރަންޓް އައުމާއެކު އަވީން އައިސް ޔުއާންގެ ފުރަގަހަށް ވަދެއްޖެއެވެ.
“ކިހިނެއްވީ..؟؟ އަވީއަށް ކަމެއްވީތަ؟” ޔަމީން ދުވެފައި އައިސް އަހާލިއެވެ. އޭރި ގަމީހުގެ އަތްކުރި ތިރި ކުރަމުން އިޒާންވެސް ފާހާނައިން ނިކުމެގެން އާދެއެވެ.
“މީހަކު ގައިގަ އަތްލީ..” ރޮވިފައިވާ އަޑަކުން އަވީން ބުނެލިއެވެ/
” ވައްކަން ކުރަން ގެއަށް ވަން ބަޔަކަށް ވާނީ.. އަހަރެންގެ އަލަމާރީގައި ހުރި ރަނެއްވެސް ނެތް” ރުކާޔަރު ފޯނާ ކުޅެމުން ބުނެލިއެވެ.
“ގަސްތުގަ ކަރަންޓް ކަނޑާލާފައޭ ހުރީ.. އަހަރެން މިއައީ ރަނގަޅު ކޮއްލާފައި” ޔަމީން ވައްކަޅިން އިޒާނަށް ބަލާލަމުން ބުނެލިއެވެ. އިޒާން އޭރުވެސް ހުރީ އިސްޖަހައިގެންނެވެ. އެމީހުން ދައްކާ ވާހަކަ އަކާއި އެއްެސް ސަމާލުކަމެއް ނުދެއެވެ.
“ފާހާނަ ވަރަށް އަނދިރި ދޯ..” އިޒާންގެ މޫނަށް އަރާ ކުލަ ބަލާލަން ޔަމީން އަހައިލިއެވެ.
“މި ކީއްކުރާ އެއްޗެއް…” އަތުގައި އޮތް ފޯނުން ލައިޓް އަޅުވާލަމުން އިޒާން އެއްކޮލުން ހީލައިފިއެވެ.
“އަހަރެން މިދަނީ ރުކޫ.. މިހާރު ފުދޭ ވަރަކަށް ދަން ވެއްޖެ އެއްނު..” އިޒާން ސިޑީއާއި ދިމާލަށް ހިގައި ގަތުމުން ރުކާޔަތުވެސް ފަހަތުން ހިނގައި ގަނެއްޖެއެވެ.
ތިރިއަށް ފައިބައިގެން ދިޔައިރު އިޒާންހުރީ ވަރަށް އަވަސް އަރުވާލާފައެވެ. އަބަދުހެން ހަމަޖެހިފައި ހުންނަ މީހާ މިރޭގައި ތަފާތިވެހް ރުކާޔަތަށް ހީވިއެވެ. އިޒާން ދޮރުން ނިކުމގެން ދިޔުމުގެ ކުރިން ރުކާޔަތު އޭނާގެ އަތުގައި ހިފަހައްޓައިފިއެވެ. ތެޅިގަނެފައި އިޒާން ފަހަތަށް އެނބުރުނުއިރު އޭނާވަނީ ދާހިއްލާ ފޯވެފައެވެ.
“ޒާން ކަމަކާ ހިތްހަމަ ނުޖެހިފަތް..؟؟ ” ތުން ފިއްތާލަމުން ރުކާޔަތު ބުނެލިއެވެ.
“ނޫން… ކިހިނެއްވީ؟” މޫނުން ދާތައް ފުހެލަމުން އިޒާން ފޯނަށް ބަލާލައިފިއެވެ. ރުކާޔަތު އަތަށް ފިނިވާހެން ހީވުމުން އިޒާންގެ އަތުން ދޫކޮއްލައިފިއެވެ. އޭރު ރުކާޔަތު ހިފަހައްޓައިގެން ހުރި ދިމާލުން ލޭ އަންނަނީއެވެ. އެތަން ފެނުމުން ރުކާޔަތު އަވަސް ވެގަތީ ގަމީހުގެ އަތުކުރި މައްޗަސް އަރުވާ ލެވޭތޯއެވެ.
“އެއީ ކަރަންޓް ދިޔަ ގަޑީގައި ފާހާނާގައި އިން އެއްޗެއްގަ ޖެހުނީ” ރުކާޔަތުގެ އަތުގައި ހިފާލަމުން އިޒާން ބުންޏެވެ.
“ހިނގާ އެތެރެއަށް ބޭސް އަޅާލައިގެންނު ދާންވާނީ.. ޕްލީޒް އިޒާން” ރުކާޔަތު އެހެން ބުނުމުންވެސް އިޒާން މަޑު ނުކޮށް ދިޔައީއެވެ. ދެރަވި ނަމަވެސް ރުކާޔަތު އެއްޗެކޭއެއް ނުބުނެއެވެ. އޭޏާ އެތެރެއަށް ވަނުމުގެ ކުރިން އަތް ދޮވެލީ ފޯނާއި ކުލެން ބޭނުން ވުމުންނެވެ.
އިޒާން ގެއަށް ވަދެގެން ދިޔައިރު އާސިޔާއެއް ފެންނާކަށް ނެތެވެ. ދެން އޭނާ އުޅޭނީ އެގޭގައެވެ. މިރޭގައި އޭނާ ބޭނުންވާ އެއް ކަންތައް ވެއްޖެއެވެ. އަވީންގެ ރީތި ހަށިގަނޑުގައި އޭނާއަށް ބީހިލެވިއްޖެއެވެ. ފާޑަކަށް ހީގަންނަމުން އެނބުރިލިއިރު ކުރިމަތީގައި ހުރީ އާސިޔާއެވެ. އާސިޔާގެ މޫނުމަތިން ފެންނަން ހުރި ސީރިއަސް ކަމުން އާސިޔާ އޭނާދެކެ ބިރު ނުގަންނަކަން އިޒާންއަށް ފެނުނެވެ. އޭޏާގެ އަތުގައި އޮތް ފޮޓޯއެއް އިޒާނަށް ދިއްކޮއްލުމުން އިޒާން އޭގައި ހިފާފައި ބަލާލިއެވެ. އެރި ރުޅިން އޭޏާ އެވީދާ ކުދިކުދި ކޮއްލައިފިއެވެ. އޭގައިވަނީ އޭނާއާއި އޭނާގެ މަންމައެވެ. އެއީ އިޒާންގެ އުމުރުން އެންމެ 5 އަހަރުގައި ނަގާފައިވާ ފޮޓޮއެކެވެ. މިވީހާ ދުވަހު އާސިޔާ އިޒާންއާއި ކުރިމައި ނުލައި ހުރީ މިހެންވެ ބާއެވެ.
އާސިޔާ ހީގަންނަމުން ކޮޓަރިން ބޭރަށް ދާން ހިނގައި ގަނެއްޖެއެވެ. އޭރުވެސް އިޒާން ވީދާލެއިވާ ފޮޓޯއިން އޭނާގެ މަންމައަށް ބަލަން ހުއްޓެވެ. ބިރުން ތުރު ތުރު އަޅާހާލު އިޒާން އެފޮޓޯ ކޮޅުތައް ހޮވާލައިގެން ގެންގޮސް ޑަސްޕިނަށް އަޅާލައިފިއެވެ. އޭރު އޭނާގެ އަތް ތުރުތުރު އަޅާއެވެ. ދުރުން އެމަންޒަރު ބަލަންހުރި އާސިޔާ ހަމްދަރުދީވާންވެސް އުޅުނެވެ. ނަމަވެސް އޭނާ މަޑު ޖެހިލީ އިޒާން އުޅޭ ގޮތް ބަލާށެވެ. މިހާ ދުވަހު އާސިޔާ އިޒާންގެ ކުރިމައްޗަށް ނައިސް ހުރީ އިޒާންގެ ހަޤީޤަތް ހީދާށެވެ. އާސިޔާ އަނެއްކާވެސް އިޒާން ކައިރިއަށް އައިސް ހުއްޓިއްޖެއެވެ.
“އަހަރެން ހީކުރީ އިޒާން އެއްވެސް މީހަކު ދެކެ ބިރު ނުގަންނަ ކަމަށް..” މަލާމާތު ރާގަކާށް އާސިޔާ އެހެން ބުނުމުން އިޒާން އޭނާގެ ކޮޓަރީގެ ދޮރު ލައްޕާލައިފިއެވެ.
އެރޭގައި އެއް ގޮތަކަށްވެސް އިޒާނަށް ނިދޭގޮތެއް ނުވިއެވެ. ފިނިވެ މުޅިމީހަ ތުރު ތުރު އަޅާވަރުން އޭނާ އިނީ އެނދުގައި އިށީނދެގެންނެވެ. ގައިގައި ރަޖާ އޮޅާލައިގެން ހުރިއިރު ދޭތެރެއަކުން ފާހަނައަށްވަދެ ހޮޑުލައެވެ. އިޒާންގެ ކަންފަތް ބުޑުގައިވަނީ އޭނާގެ މަންމަގެ ބަސްތަކެވެ. އެ އަމުރު ތަކެވެ.
“މީނަވެސް އުޅޭނީ މީނަ ބައްޕަ އުޅޭހެން..” އިޒާން ކޯތާފައް މަތީގައި އަތް އަޅާލީ ތަދު އިހުސާސް ކުރެވުމުންނެވެ. އޭރުގައި އޭނާގެ މަންމަ އަބަދު އެހެން ކިޔައި އޭޏާގެ ކޮލުގައި ޖަހާ ހަދައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.


guys so sorry las veema dhen delay eh nuvaane.. kuda kameh jehunyma las v ves.. 🙂
Again so sorry
Vvv nice
Awesome…
v nice ❤???
V reethi. Ehaa las nu kurahchey. Keep up the good work ☺️
Don’t let izaan come close to avyn pls…. waiting for next part.. ?
vaanuvaaehneygu vaahakaeh
Vara reethi mibai vas. I love the story
Vara nice
Mi story hama v habeys nuzzi.. Gud luck! nxt part avas kurahchey nuzzi 🙂
v reethi..bt haadha lahee up kureveelei
V reethi avahah up kurahchey
❤❤❤❤❤❤??????
Vvvvv nice
Vvv lobi mibaivas
Vvvv cute this part
Beautiful part
Vvvv reethi den than kola dhigu kolalacha
V reethi
Nice
Reethi
Den than kola dhigu kolacha
Vvvv reethi
Dhen reethi vani anu lobiva vahaka aveen kairi bunima
Vara lobi
Vvvv reethi
L love aanu
Hama habas
Plx avahah up kohdhyba! Izaan rangalhu islaahu myhakah hadhaaba dhn eyrun nice vaane
Hadha laha pls avaskolaba