Skip to content
އެސްފިޔަ

ސައިކޯ – 8

7:49
Watch this episode Video · first minute free
Watch
Listen to this story Audio · 7:45 Powered by Esfiya Voice
0:00 7:45

އެހެންވިޔަސް ތަޤުދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. ކިރިޔާ 18 އަހަރުވީތަނާހެން ހުރި ހަމައެކަނި ދަރިފުޅު އަނިޔާވެރިއެއްގެ ޝިކާރައަކަށްވެ މިހާރު އެއޮތް ހާލު ފެނި އަދިވެސް އެހިތަށް ނުކުޅަދާނަ ވާވަރު ވެޔެވެ. ލޮލެއް ނޭފަތެއް ނޭނގޭ ވަރަށް އަނދާފައި ވުމުން އެ ޖާދޫވީ ރީތި ކަމެއް ފަހު ފަހަރަށްވެސް ދެކި ލާކަށް ނުލިބުނެވެ. މުޅި ހަށިގަނޑު ވަނީ އެ އަލިފާނުގެ ހޫނުން ކަޅުވެފައެވެ. މުސްތަގުބަލު އަލި ނައިކާގެ ދިރިއުޅުން ނިމުމަކަށް އެ ގެނައީ އޭނާ ކިހާ ހިތް ހަރު ވުމުން ހެއްޔެވެ؟ ނައިކާގެ ކުށަކީ ކޮބާ ހެއްޔެވެ؟

(8 ވަނަ ބައި)

ސަހަރާއަށް ދެވުމުން ކައިޔަން އަތަށް ހުދު ކުލައިގެ އަންގިއެއް ލައްވާލިއެވެ. ރަބަރު އަންގި ލައްވާލަމުން މަޑުމަޑުން އެ ހިތް ނެގިއެވެ. އަދި ހެކިތައް އަޅާ ކުޑަ ދަބަސް ތެރެއަށް ލިއެވެ. ދެން އޭނާ ބަލައިލީ ޒިޔާދު އަދި ހާމިދުގެ މޫނަށެވެ.

“އަޅުގަނޑުމެން މިކަން ބަލާނަން. މީ ކާކުގެ ހިތެއްތޯ ވެސް އަޅުގަނޑުމެން ޔަގީން ކުރާނަން. ދެން ތިކޮޅުން ކޮށްލަން ޖެހޭ މަސައްކަތްތައް ނިންމާލުން އެދެން…” އިސްޖަހައިލައިގެން ހުރެ ކައިޔަން ވާހަކަ ދެއްކިއެވެ. އޭރު އެޒިކިއެލް ތަންކޮޅެއް ދުރުގައި ހުރެ ‘ފޮރިންސިކް’ މީހުނާ ވާހަކަ ދައްކަމުން ދިޔައެވެ.

ގަބުވެފައި އިން ސަފީނާގެ މޫނަށް ބަލަން އިރުކޮޅަކު ހުރެފައި ނާޒިމް ދެލޯ ފުހެލިއެވެ. ލަސް ލަހުން ކުރިއަށް ފިޔަވަޅު އަޅައިލަމުން ސަފީނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ސަފީނާ… ވަގުތު ޖެހިއްޖެ…” ހިތްވަރާއި އެކު އެހެން ބުނަން އުޅުނު ނަމަވެސް ނާޒިމްގެ އަޑު ކުރެހުނެވެ. ފިރިހެނަކަސް އޭނާ ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ ހުރި ހަމަ އެކަނި ދަރިފުޅެވެ. އެއީ ސަފީނާއާއި އޭނާގެ ލޯބީގެ ނިޝާނެވެ.

“ނޫން… އަދި ކުޑަ ވަގުތު ކޮޅެއް… ހެޔޮނުވާނެ…” ސަފީނާ ނާޒިމްގެ މޫނަށް ބަލައިލަމުން އާދޭހުގެ ރާގަކަށް ބުނެލިއެވެ. ނާޒިމް ސަފީނާގެ ބޮލުގައި ފިރުމާލަމުން މާ ދުރު ނޫން ހިސާބެއްގައި އޮތް ނައިކާގެ މޫނު ފޮތިކޮޅު ހިފައިގެން އައެވެ.

“މި ކެހިވެރި ދުނިޔޭގައި މިހާރުވެސް ނައިކާއަށް ކިހާ ވޭނާއި ތަކުލީފެއް ލިބިއްޖެތަ؟… ވަޅު ނުލާ ދެން ނައިކާ މިހެން ބާއްވާ ކޮންމެ ސިކުންތެއްވެސް ވާނީ ނައިކާގެ ގަބުރަށް ލިބޭ އިތުރު ވޭނަކަށް.. ނައިކާއަށް އިތުރަށް އަނިޔާ ނުކުރަމާ…” މިއޮށް ހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް ނާޒިމްގެ ދެލޯ ފޫއަޅުވާލާފައި އަންނަން ފެށިއެވެ.

ސަފީނާއަށް ބަލައިލެވުނީ އަނދާ ކަޅުވެފައި އޮތް ނައިކާގެ މޫނަށެވެ. އެ ތެދެކެވެ. އޭނާއަށް ނީވުނު ނަމަވެސް މިހާރުވެސް އަވަހަށް ވަޅުލުމަށް ނައިކާގެ ހަށިގަނޑު އެދި ގޮވާނެއެވެ. ހިތްވަރު ކޮށްލާފައި އޭނާ ގޮނޑިން ތެދުވިއެވެ. އަދި އަނދާފައި އޮތް ނައިކާގެ ނިތުގައި ތުން ޖައްސާލިއެވެ. “فِي أَمَانِ اللَّهِ …” ސަފީނާ ނައިކާގެ އަތުގައި އަތް ޖައްސާލިއެވެ. އަދި ހިތްވަރު ކޮށްލަމުން ނާޒިމްގެ އަތުގައި އޮތް ހުދު ފޮތިކޮޅުގެ އެއްކޮޅުގައި ހިފިއެވެ. ދެމަފިރިން އެކުގައި ނައިކާގެ މޫނު ނިވާ ކޮށްލީ ބަރު ވެފައިވީ ހިތަކާއި އެކުގައެވެ.

ކަށު ނަމާދު ކުރެވުމަށް ފަހުގައި ނައިކާގެ ހަށިގަނޑު ވަޅުލުމަށް ގެންދެވުނެވެ. ސަހަރާގެ ބޭރުގައި ހުރެ ސަފީނާ ދިޔައީ ކެތް ކުރުމަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ނާޒިމް ނައިކާގެ ފުރާނަ ނެތް މަސްގަނޑު ސަންދޯކާ އެކީގައި ހިފައިގެން ދިޔައީ ފަހު ފަހަރަށް ދަރިފުޅު އުރާ ލަމުންނެވެ. އޭރުވެސް ކުލަ ނޫން ގޮތަކަށް އޭނާއަސް ސިފަ ވަމުން ދިޔައީ ނައިކާއާއި އެކު އޭނާއަށް ހޭދަ ކުރެވުނު ކުޑަ ދިރިއުޅުމެވެ. ސަފީނާ ބަނޑުބޮޑު ޙަބަރު ލިބުނު ދުވަހެވެ. ފުރަތަމަ ސްކޭންގެ އިސްކުރީނުން އުފެދެމުން އައި ނައިކާގެ ކުޑަކުޑަ ހަށިގަނޑު ފެނުން ދުވަހެވެ. ސަފީނާގެ ބަނޑުގައި އޮވެ ނައިކާ ފުރަތަމަ ތޮޅެލި ދުވަހެވެ. ނައިކާ ފުރަތަމަ ދުނިޔެއަށް އައި ދުވަހެވެ. ނާޒިމް އުރާލުމުން، އޭނާގެ ޝަހާދަތް އިނގިލީގައި ހިފައިގެން އޮތް މަޑުމަޑުން ދޫ ނެރެލާ ނެރެލާ އޮތް ގޮތެވެ. ކޮށްލާ މަޖާ ކަންކަމެވެ. ފުރަތަމަ ކާން ދިން ދުވަހެވެ. ހިނގަން ދަސްކޮށްދިން ދުވަހެވެ. ފުރަތަމަ އެދުލުން ‘ބައްޕާ’ އޭ ބުނެލި ދުވަހެވެ. އެހެން ވިޔަސް ދެން އެރީތި އަޑުން އޭނާއަކަށް ބައްޕާއޭ ކިޔާފައި ނުގޮވާނެއެވެ. އަދިވެސް އެންމެ ފަހު ދުވަހު ކޮލެޖަށް ދަމުން ލޯބިން ބައްދާލާފައި ވަރަށް ލޯބިވެޔޭ ބުނި ހަނދާން ވަމުން ދިޔައީ ދެންމެ ދެންމެ ވީ ކަމެއްހެންނެވެ.

ނައިކާގެ ހަށިގަނޑު ވަޅަށް ތިރިކޮށްލި ނާޒިމްގެ ކަކުލުގެ ބާރު ދޫވި ފަދައެވެ. ކުޑަ ކަކޫ މައްޗައް ޖެހި ގަނެވުނު އިރު ރޮއެގަނެވުނެވެ. ނައިކާ އެދިޔައީއެވެ. އޭނާ ދޫކޮށްލާފައި މުޅި އުމުރަށްވެސް އެދިޔައީއެވެ. އޭނާއާއި ސަފީނާ މުޅި ދުނިޔެއަށް ބާކީކޮށްލާފައި އެދިޔައީއެވެ…

***

ނައިކާގެ ހަށިގަނޑު ވަޅުލާ، ސްޓޭޝަނުގައި ކުދިކުދި ކަންތައްތައް ކޮށްލާފައި ކައިޔަންއަށް ގެއަށް ވާސިލު ވެވުން އިރު އެކެއް ޖަހަން އުޅެއެވެ. ކަނދުރާގައި އަތް އަޅުވާލަމުން އަނެއް އަތުން ފުލުސް ޔުނީފޯމުގެ މަތީ ދެތިން ގޮށް ނައްޓާލަމުން އޭނާ ގެއަށް ވަނެވެ. ދޮރު ހުޅުވާލުމުން އަލި ވުމާއި އެކުވެސް ކައިޔަންގެ މަންމަ ނުނި ދަނީކަން އޭނާއަށް އެނގުނެވެ.

ސޯފާގައި އިން އިޔާނާ ފެނިފައި ކައިޔަން ހިނިތުންވެލިއެވެ. އަދި ގޮސް ލޯބިވާ މަންމަގެ އުނގުގައި ބޯ އަޅައިލިއެވެ. “މަންމަ ކައިރީ ބުނީމެއް ނުން މިރޭ ލަސް ވާނޭވެސް.. ދެން ވެސް އަޅެ ނުނިދާ ވިއްޔާ ތީނީ” އިޔާނާގެ އަތުގައި ހިފާލަމުން ކައިޔަން ޝަކުވާ ކޮށްލިއެވެ.

“އަޅެ މަންމައަށް ނިދޭ ނެތަ؟ ފޫހިވެގެންވެސް ނުނިދޭނެ” އިޔާނާ ޝަކުވާ ކޮށްލިއެވެ.

“ހަހަ.. އެހެން މީހުން އުޅޭނީ ފޫހިވީމަ ވެސް ނިދި އަންނާތީ. މަންމަ ފޫހި ވީމަ ނިދި ނާންނަނީ؟” އިޔާނާގެ މޫނަށް ބަލައިލަމުން ކައިޔަން ހިނިތުންވެލިއެވެ.

“ހޫމްމް.. ހެވޭ ދެން.. މަންމަ އަސްލު ނުނިދާ މީނީ އެހެންވެއެއް ނޫނޭ. މަންމައަށް އިނގޭ ދަރިފުޅު ހުންނާނީ ނުކައިކަން އަދި. އެހެންވެ ކާންދީފަ ނިދަން ވެގެން މިހުރީ” ކައިޔަންގެ ފަން އިސްތަށިގަނޑުގައި އިޔާނާ ފިރުމާލިއެވެ.

އެ ތެދެކެވެ. ހެނދުނު ސައިބޮއެގެން ޑިއުޓީއަށް ދިޔަ ގޮތައް އޭނާ އެއުޅުނީ އެއްތާކު ދެފައި ނުޖަހާ މަސައްކަތުގައެވެ. ކައިޔަން އަކީ އަބަދުވެސް ބަރާބަރަށް ނަމާދު ކުރާ ޒުވާނެކެވެ. އެކަން އޭނާ ކުރި ވެސްމެއެވެ. އެހެން ވިޔަސް ކާން އޭނާ ހަނދާންވެސް ނެތެވެ.

“އަޅޭ ދެން. މަންމަ ނިދިޔަސް އަޅުގަނޑު ކައި ފާނެ ދޯ؟” ލައިގެން ހުރި ފުލުސް ގަމީސް ބާލަމުން ކައިޔަން ޝަކުވާ ކޮށްލިއެވެ.

“ހޫމްމް. މަންމަ ދަރިފުޅު ނުކެޔަސް ނިދާ ނަން ދަރިފުޅު މަންމައަށް އަންހެން ދަރިއެއް ގެނެސް ދޭ ހިސާބުން” ކައިޔަންގެ ނޭފަތުގައި ހިފާލަމުން އިޔާނާ ބުނެލިއެވެ.

“ދެން.. އަދި ކަމުދާ ކަހަލަ ކުއްޖަކު ނުފެންނަނީ ހަމަ. ފެނުނީމަ އުޅޭނަމޭ އެކަމާ.. މަންމަ ދެން ދުޢާ ކޮށްދީބަލަ އަޅުގަނޑަށް އަވަހަށް އިންނާނެ ކުއްޖަކު ވޭތޯ” އިޔާނާގެ ބޮލުގައި ތުން ޖައްސާލަމުން ކައިޔަން ބުނެލިއެވެ.

“އަބަދުވެސް.. މަންމަ އަބަދުވެސް ދުޢާ ކުރަން” އިޔާނާ ވަރަށް ލޯބިން ބުނެލިއެވެ. “ދެން ހިނގާ ދޯ ކާން ދަމާ؟”

***

ދަން ވަރުވީ އިރު ވެސް ކައިރާ އޮތީ ހޭލައެވެ. އޭނާއަށް ވިސްނެމުން ދިޔައީ މިއަދު ނިޔަލް އާއި އެކު ހޭދަ ކުރެވުނު ވަގުތުތަކާއި މެދުގައެވެ. ކުރިން އޭނާ ނިޔަލް ދެކުނީ ‘އީމޯ’ އެއްވެސް އިހުސާސެއް ނެތް މީހެއްގެ ގޮތުގައެވެ. އެހެން ވިޔަސް މިއަދު އޭނާއަށް މިފެނުނީ ނިޔަލްގެ މުޅިން އައު ސިފައެކެވެ.

ޙިޔާލު ތަކުގައި ގެނބިފައި އޮތް ކައިރާއަށް ހަމަ ބިމަށް އާދެވުނީ ފޯނަށް މެސެޖެއް އައުމުންނެވެ. އެޔޮށް ދަންވަރު އޭނާއަށް އެ މެސެޖު ކުރަނީ ކާކު ބާއެވެ؟ މިހާރު އެޔޮށް 15 1 ވީއެވެ. ކޮންމެއަކަސް ފޯނު ނަގާ އެއީ ކާކުތޯ އޭނާ ބަލައިލިއެވެ. މެސެޖު އައިސްފައި އިނީ އިންސްޓަގުރާމު ންނެވެ. ‘އިބްރާހިމް ނިޔަލް ޒާމިލް’ ޖަހާފައި އިނުމުން އެއީ ނިޔަލްކަން އޭނާއަށް ޔަގީން ވިއެވެ.

“ހޫމް… މިހާރު ދެން މަށަށް ފާރަ ލަނީ ދޯ؟” ފޯނަށް އައިސްފައި އިން މެސެޖު ފެނިފައި ކައިރާގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. ކައިރާ ހަމަ މެސެޖު ކޮށްލުމާއި އެކު ނިޔަލް ‘ޓައިޕް’ ކުރާ ކަމަށް އަރަން ފެށިއެވެ. އެމެސެޖުގެ އިންތިޒާރުގައި އޭނާ ކެތްމަދުވެފައިވާ ފަދައެވެ.

(ނުނިމޭ)

ނުވަވަނަބައިގެ ތެރެއިން:

“ހޫމްމް.. މިއަދު ކޮންމެވެސް މީހެއްގެ ހިތަށް ލޯބީގެ ތީރު ޖެހިއްޖެ ކަންނޭނގެ. އުނަގަނޑުގައި އަތް އަޅުވާލަމުން ޒެނީޝާ ދިމާ ކުރާ ކަހަލަ ރާގެއްގައި ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. Exxo

    Heyyyyy Shihaaaa
    Mi prt ves vrh vrh kamudheyy 👍
    Niyal n Kairaa???
    there’s one thing I reallyyy love abt ur storys………… the names of the characters…….They are AWESOMEEEEEEEEE!!!!!!!!!!!!!!!😍😍
    btw take care Shihaa
    Really appriciate ur hard work ❤️❤️

    1. shihaamaa ali
      Exxo

      Heyyyyyyy Exxoooo
      Jazaakillah khair🥹
      Niyal n Kyra dhooo🫣 things seem to be happening bahahahahahahaha
      DHWWW OMG INLOVW THE NAMES I CHOSE THIS TIME.. ME MYSELF EVEN AAHHHH..
      You take care too, Jazaakillah khair 🥹✨️

  2. Maria

    wow mi bai ves varah reethi, as always
    ur story brings me joy and happiness, it lights up my day, I’m overjoyed to see ur talented work, Allah thibaage masakkathugai barakaaiy lavvaashi.

    1. shihaamaa ali
      Maria

      Jazaakillah khair Maria 🥹
      Alheyyy dhn this means soo muchh🥺🫀
      Jazaakillah khair sooo much Maira, may allah bless you too🩶

  3. Your fav bab

    Luved this part sm✨
    A heart?? Laaaa🙊 js keeps getting interesting and suspenseful!
    Keep it up shierr!
    Waiting for next
    Lysm

    1. shihaamaa ali
      Your fav bab

      Jazaakillah khair your fav bab 🥹
      Yeaa😬😬
      Hehe yeah dhww…
      Jazaakillah khair dear.. in sha allah next soon.. ilysm🩶🩶

  4. devil_heart

    Vrh reethi… Wanna read next part…

    1. shihaamaa ali
      devil_heart

      in sha allah next soon, jazaakillah khair🥹🩶

Comments are closed.