Skip to content
އެސްފިޔަ

ވަޢުދޭ ވެވޭމީ – 20

Listen to this story Audio · 7:03 Powered by Esfiya Voice
0:00 7:03
  • ފިހާރައިން އަތު ގުޅާލައިން ނުކުތް ދެމަފިރިންނަށް ވަނީ އެންމެންގެ ނަޒަރު ހުއްޓިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ‘މެޗިން އައުޓްފިޓްސް’ގައި ދެމީހުން ތިބިއިރު ރީތިކަމާއި ފުރިހަމަކަންވެސް ހަމަ އެހާމެ ފާޅުކަން ބޮޑެވެ. އަމިއްލަ ވާހަކަތަކެއްގައި ސަކަރާތް ޖަހަމުން އައި ދެމަފިރިން ހުއްޓުނީ ރިންގުވަމުން ވިޔަ ފޯނުގެ އަޑަށެވެ.
  • “އާދެ… ނޫން އަޅުގަނޑު ރޭގަ އޭތި ސަބްމިޓް ކޮށްލިން… އެހެންތަ؟… އޯކޭ މިދަނީ…” ކަންފަތުން ފޯނު ނަގަމުން ރައުލް ބަލާލީ ކައިރީ ހުރި ނައުހާއަށެވެ. “އިޓްސް އޯކޭ ރައުލް… ދޭ އޮފީހަށް… އަހަރެން އަދި ތަނަކަށް ގޮސްލާފަ ދާނީ…” ނައުހާ ހިނިތުން ވަމުން ބުނެލިއެވެ. “އޯކޭ… އެކަމް މާ ލަސްނުކޮށް ގެޔަށް ދައްޗޭ… ލަވް ޔޫ ސޯ މަޗް ބޭބް…” ނައުހާގެ ނިތްކުރިޔަށް ބޮސްދެމުން ރައުލް ބުނެލިއެވެ. ނައުހާ ބޯ ޖަހާލީއެވެ. އެދެމީހުން ގެ ލޯބިވެތި ވަގުތުތަށް ބަލަން ނުހަނު ގާތުން ތިންވަނަ މީހެއް ހުރިކަން ނޭންގި ނައުހާއާއި ރައުލް އެމީހެއްގެ މަންޒިލަށް ދަތުރު ފެށިއެވެ. ރައުލްގެ މިސްރާބު ހުރީ އޮފީހާ ދިމާލަށެވެ. ނައުހާގެ މިސްރާބު ހުރީ ފާމަސީ އަކާ ދިމާލަށެވެ.
  • ބޭނުންވާ އެއްޗެހި ގަނެގެން ގެޔަށް ދާން ހިނގައި ގަތް އިރުވެސް އެމީހާ ނައުހާގެ ފަސްފަހަތުން ދިޔައެވެ. ނަމަވެސް ނައުހާއަށް އެކަން ރޭކާ ނުލި ކަމީ ކާކުގެ ބަދު ނަސީބު ކަމެއް ނޭންގެއެވެ.
  • އޭގެ އިރުކޮޅެއް ފަހެވެ. ފާހަނާގައި ސިންކުގައި އަތް އަޅުވާލައިން ހުރި ނައުހާގެ ހިތް ހީވަނީ ވެއްޓިދާނެ ހެންނެވެ. ފާހަނަ ތަށި މަތީ އޮތް ޓެސްޓު ކިޓަށް ވެސް ނުބަލަން އޭނާ އެކުރާ މަސައްކަތް ދެނެވޮޑިގެން ވާނީ ﷲއެވެ. އެގޮތުގައި ފަސްވަރަކަށް މިނެޓު ފާއިތުވި ފަހުން އަތްކައިރީގައި އޮތް ފޯނުން ވަގުތު ހަމަވެއްޖެކަން އިއުލާނު ކުރިއެވެ. ފުން ނޭވާއެއް ލަމުން ނައުހާ ފަހަތަށް އެނބުރުނީ ހިތް އެދޭ ގޮތަށް ނަތީޖާ ނުކުމޭތޯ ދުއާ ކުރާ ހާލުއެވެ.
    • “އަލްހަމްދު ލިއްލާﷲ…” ކިޓުގައި އިން ރަތް ކުލައިގެ ދެ ރޮނގު ކޮޅު ފެނިފައި ފުރަތަމަވެސް ބުނެވުނީ އެހެންނެވެ. ކަރުނުން ފުރިފައިވި ދެލޯ ފޮހެލަމުން އޭތި ޓިޝޫއަކަށް ލާ ފޮރުވީ ފަހުން ރައުލްއަށް ސަޕްރައިޒްއެއް ދިނުމުގެ ނިޔަތުގައެވެ. އެހެންނަމަވެސް އޭނާގެ މައިންބަފައިންނަށް އެ އުފާވެރި ޚަބަރުދޭން އޭނާ ދުވެފައި ކޮޓަރިން ނުކުތެވެ.
    • “މަންމާ…” ބަދިގެއިން ނުކުތް ނާއިޝާގައިގާ ނައުހާ އޮޅުލައިގަތެވެ. މީގެ ކުރިން ނައުހާ އަކީ ނާއިޝާއާ އެގޮތަށް ގާތްވި ކުއްޖެއް ނޫން ކަމުން ނާއިޝާ ހުރީ ހުއްޓުން އަރާފައެވެ. އިރުކޮޅަކު އެހެން ހުރެފައި ނައުހާ ކައިރި ކީއްވީތޯ އަހާލިއެވެ.
    • “މަންމަ މާމަ އަކަށް ވަނީ… އެކަމް ނުބުނައްޗޭ ރައުލް ކައިރި… ސަޕްރައިޒެއް…” ނާއިޝާ ހީވީ ދުނިޔެ ރަންވި ހެންނެވެ. އަޑުގެ ނެތްތަނަށް ‘އަލްހަމްދު ލިއްލާﷲ’ އޭ ބުނެލިއެވެ. އަދި ދުވެފައި ގޮސް ކޮޓަރީގައި އޮތް ޝިޔާންއަށް ގޮވާ އެ ވާހަކަ ބުންޔެވެ. ޝިޔާންވެސް ނަލައިން ހީވީ އެހެންފަދަ ކަމެއްހެންނެވެ. ނައުހާ ތަންކޮޅެއް ދުރުގައި އެ މަންޒަރު ބަލަން ހުރި އިރު މޫނުމަތީގައި ވި ހިނިތުންވުމުން ހެކި ދެނީ އޭނާވެސް އުފާވެފައި ހުރި މިންވަރެވެ. މިއީ ހަމަ ރައުލްގެ ކެތްތެރި ކަމާއި ލޯތްބާއި ވަފާތެރިކަމުގެ ނަތީޖާއެވެ. ނައުހާ ކުރިން އުޅުނު ވިޔާ ނުދާ ގޮތްގަނޑު ދޫކޮށްލުވާ، ހެޔޮލަފާ ރަނގަޅު އަނތްބަކަށް ހެދީވެސް ހަމަ ރައުލްގެ ލޯތްބެވެ.
    • އެރެޔެވެ. ރައުލް މެސެޖް ކޮށްފައި މި އަންނަނީ އޭ ބުނި ފަހުން ނައުހާގެ ދެފާ އެއްތާކު ނުޖެހެއެވެ. ތަނަކަން އޯޑަރު ކޮށްގެން ގެނައި ‘ހެލޯ ޑެޑީ’ ޖަހާފައި އިން ކުޑަ ކޭކު އެނދުމަތީގައި ބައިންދާލަމުން ކައިރީގައި ޓިޝުލާއެއްކޮށް ކިޓުވެސް ބޭއްވިއެވެ. އެއަށްފަހު ފެންވަރާ ރީތިވެލައިން ފިޔާތޮށި ކުލައިގެ މާޖެހި ކަކުލާ ހިސާބަށް އަރާ ހެދުމެއް ލިޔެވެ. އަދި މުޅިގައިގާ ލޯޝަންލާ މީރުވަސް ދުއްވާލިއެވެ. މުޅި ކޮޓަރިއަށްވެސް ލެމަން ގްރާސްގެ މީރުވަސް ދުއްވާލިއެވެ. އެއަށްފަހު ރައުލްގެ އިންތިޒާރުގައި ރީތިވާ މޭޒު ކައިރީ އިން ގޮނޑީގައި އިށީންދުނެވެ.
    • އެވަގުތު ނައުހާގެ ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖެއް އައެވެ. މެސެޖުގައި މާ ބޮޑު އެއްޗެއް ނެތެވެ. ހަމައެކަނި އަހާފައި އިނީ ‘ކިހިނެއްތޯ’އެވެ. އެހެންވެ މާ ބޮޑު ކަމަކަށް ނުހަދާ ފޯނު އަލުން ބޭއްވިއެވެ. އާދައިގެ ކަމަކަށް ހަދާފައި އަޅާނުލެވުނީތީވެ އެކަމާ ފަހުން ހިތާމަ ކުރަން ޖެހޭނެއެކޭ ހިތަކަށް ނާރައެވެ.
    • ހަމައެވަގުތު ރައުލް އައިސް ކޮޓަރިއަށް ވަނެވެ. އެންމެ ފުރަތަމަވެސް ރައުލްގެ ލޮލުގައި އަޅައިގަތީ ދެންމެ ފަރިވެ ފޮޅުނު މަލެއްފަދައިން އިން އޭނާގެ ލޯބިވާ އަންހެނުންނެވެ. “ހެއި ލަވް…” ހިނިތުން ވެލަމުން ރައުލް ގޮވާލިއެވެ. އެއިރުވެސް އަދި އެނދުމަތީގައި އިން ކޭކެއް ނުފެނެއެވެ. އެންމެފަހުން ނައުހާ އިން ތަނުން ތެދުވެގެން އައިސް އެ ކޭކު ނަގާ ރައުލްގެ އަތަށް ލައިދިނެވެ.
    • “ހެލޯ ޑެޑީ… ޑެޑީ؟… ނައޫ… އިޒް ދިސް ޓްރޫ؟…” ދެލޯ ބޮޑުވެ އަތަށް ވެއްޓޭ ހާލު ރައުލް ސުވާލު ކުރީ ހެވިފައި ހުރި ނައުހާއަށެވެ. ނައުހާވެސް އުފާވެލަމުން ބޯ ޖަހާލިއެވެ. ރައުލް ވަގުތުން ކޭކު އެނދުމަތީގައި ބައިންދާފައި ނައުހާ އުރާލިއެވެ. އެއާކު މުޅި ކޮޓަރީގައި ގުގުމާލީ ނައުހާގެ ހަޅޭކުގެ އަޑާއި ރައުލްގެ ހުނުމުގެ އަޑެވެ. މުޅި ކޮޓަރީގައި ވަނީ އުފާވެރިކަމެވެ. ލޯތްބެވެ. ހިތްހަމަ ޖެހުމެވެ. އަލަށް މައިންބަފައިންނަށް ވާން އުޅޭތީވެ ދެމީހުނަށްވެސް ކުރެވެމުން ދަނީ ހުސްވެސް އާ އިހުސާސް ތަކެކެވެ.
    • “މަންމަ މެންނަށް އިނގޭތަ؟…” ނައުހާ ތިރިކޮށްލަމުން ރައުލް އަހާލިއެވެ. ނައުހާ ދެންވެސް ބޯޖަހާލީއެވެ. ރައުލް ހީލަމުން ނައުހާގެ އަތުގައި ހިފައި ދަމައިގަތެވެ. އެއާއެކު ނައުހާ ވެއްޓުނީ ރައުލްގެ އުނގުމައްޗަށެވެ.
    • “ނައު… އައި ނޯ އަހަރެމެން ދެމީހުން ކައިވެނި ފެށުނީ ނައު ހިތްހަމަ ޖެހޭ ކަހަލަ ގޮތަކަށް ނޫންކަން… އަދި އަހަރެން މީ އޭރު ނައު މެރީ ކުރަން ބޭނުންވި މީހާ ނޫންކަންވެސް… އެއިރު ނައު އަހަރެންދެކެ އެއްވެސް ވަރަކަށް ލޯބި ނުވާކަންވެސް އިނގޭ… ހިތުގައި ޝަކުވާވެސް އުފެދޭ… އެކަމަކު މިހާރު މިދުނިޔޭގައި އަހަރެންހާ އުފާވެރި މީހެއް ނުހުންނާނެ… އިނގޭތަ ކީއްވެގެން ކަން؟… އެއީ މިހާރު އަހަރެންނަށް ނައުގެ ލޯބި ލިބޭތީ… ތީ ކުރީގެ ނައުހާ އެއް ނޫން… ތީ މުޅިން ތަފާތު އެހެން ނައުހާއެއް… އަހަރެންގެ ލޯބިވާ އަންހެނުން ތީ… ނައު… މިގޮތުގަ އަހަރެންނާ އެކީ ހުރެދެއްޗޭ… ވަރަށް ލޯބިވޭ…” ރައުލް މަޑުމަޑުން ބުނެލިއެވެ. އެއާއެކު އިސްޖެހިފައި އިން ނައުހާވެސް އިސްއުފުލާލާ ރައުލްއަށް ބަލާލިއެވެ.
    • “ރައުލް… އަހަރެންނަށްވެސް އިނގޭ އަހަރެން ކުރިން އުޅުނީ ރަނގަޅަކަށް ނޫންކަން… އެކަން އަހަރެން ފޮރުވާކަށްވެސް ނެތިން… މީހަކާ އިނދެގެން އުޅެން ނުޖެހޭ ހުރިހާ ގޮތަކަށް އަހަރެންނަށް ވަނީ އުޅެވިފަ… އެކަމް އެއީ މިހާރު އަހަރެންގެ މާޒީ… އެއިރު އުޅެވުނުގޮތުން އަހަރެންނަށް މިހާރު ފިލާވަޅެއްވެސް ދަސްވެއްޖެ… ރައުލް… އަހަރެންނަށް މަޢާފުކުރޭ… މީގެ ކުރިން އަހަރެން ރައުލްއަށް ލޯބި ނުދިނަސް… އިންޝާﷲ މީގެ ފަހުން އަހަރެންގެ ފަރާތުން ރައުލް އަށް ލޯބި ލިބޭނެ… ހަމައެކަނި ރައުލްއަކަށް ނޫން… އަހަރެމެންނަށް ލިބެން މިއުޅޭ ކުޑަކުޑަ ދަރިފުޅަށްވެސް… ވަރަށް ލޯބިވޭ ރައުލް…” ނައުހާގެ އަޑު ކުރެހިގެން ދިޔައީ ހިތުގައި ޖެހުނު ވަރުންނެވެ. ހަޤީގަތުގައިވެސް އޭނާގެ ދިރިއުޅުން ބަދަލުވެފައި ވަނީ ހާދަހާ ބޮޑަކަށެވެ. ހާދަހާ ހެޔޮ ގޮތަކަށެވެ. ހައްތާވެސް ރައުލްގެ ކެތްތެރިކަމާއި ހެޔޮކަމުގެ ނަތީޖާއެވެ.
    • =ނުނިމޭ=

Comments (2)

  1. Shaba_17

    Mi part ves vrh Reethi MA 💗💯
    Kaaku baa nauu ah msg kury e. So curious 😳 goas kmh vaan ulhey I ge Havana hihssu bunefi 😭😅… Alhamdhulillah Congrats nauu & Raul… Alhey ehves dhera gotheh nuhadhahcheyy kihaa lwbi couple eh tha eii Masha Allah 😍
    Curiously waiting for the next part When’s next?
    Lost of love 💗

    1. Eesh
      Shaba_17

      Thankyouu Shaba_17🫶🤍 balamaa dhw kaakutho ei.. dhn enmenakah reehchakah noolheveyne thaa… just kidding okay let’s see dhw dhn vaa gotheh vx😭.. insha allah Sunday ga🤍

Comments are closed.