Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާންވުމީ މިހިތުގެ އުފާ 25 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
June 8, 2016 10 Mins Read
20 Comments

“ޖަންނަ އަބަދު ވަޒީފާއަށް ދާތީ އޭނައަށް ވެސް ކިހާ ދަތިވާނެތޯ. އެހެންވެ އަޅުގަނޑު އެހެން މިބުނީ.” ހިދާޔާ ބުނެލި އެވެ. ނަސީރު ވިސްނާލަމުން ބޯޖަހާލި އެވެ.

“ތީވެސް ތެދެއް. އަހަރެން ތިަކަމާ ވިސްނާލާނަން.” ނަސީރު އެންމެ ފަހުން ބުނެލި އެވެ.

 

ހެދުނު ޖަންނަތު އޮފީހަށް ގޮސް ވަންއިރު އެކަކުވެސް ނެތެވެ. ރޭގައި ރުއިމުގެ ސަބަބުން މީހާގެ މޫނުމަތިން އެކަން ނިކަން ރީއްޗަށް އިނގެ އެވެ. ރިސެޕްޝަންގައި އެދުވަހު ލާމިޔާ އިނުމުން އެތަނުން ޖަންނަތު ސަލާމަތް ވީ އެވެ. މިހާރު އެއްގޮތަކަށް ވެސް ލާމިޔާ ޖަންނަތުއާއި ވާހަކައެއް ނުދައްކަ އެވެ. ޖަންނަތު އައިސް މޭޒު ކައިރީ އިށީނދެ ލެޕްޓޮޕުގެ އިސްކިރީނަށް ބަލަހައްޓައިގެން އިނެވެ. އިސްކިރީނަށް ބަލަން އިނަސް މުޅިމީހާގެ ސިކުނޑިވަނީ މުޅިން އެހެން ދުނިޔެއެއްގަ އެވެ. ވިސްނަމުން ދަނީ ހިދާޔާ ކީ އެއްޗިއްސާއި މެދު އެވެ. ރޭގައި ފަހުން އަބްޔާން ގުޅުމުން ޖަންނަތު ފޯނު ވެސް ނުނަގަ އެވެ. ހެދުނު މެސެޖު ކުރުމުން ވެސް އެއަށް ޖަވާބެއް ވެސް ނުދިނެވެ. ކޮންމެ ގޮތެއް ވިޔަސް އަބްޔާން އޭނައާއި ވާހަކަ ދައްކަން މަސައްކަތް ކުރާނެ އެވެ. އަބްޔާންއާއި ދުރުވާން ދައްކާނެ ބަހަނާއެއް ވެސް ޖަންނަތުއަކަށް ނޭގެ އެވެ. އެއްވެސް ކަމެއް ނުވެ އަބްޔާންއާއި ދުރުވާން ވެއްޖެއްޔާ އޮންނާނީ ދުރު ނުވެވިފަ އެވެ. އަބްޔާން އައިސް ވާހަކަދައްކާ ކައިރީ އުޅެން ފެށައިފިނަމަ ޖަންނަތުގެ ހިތް އެދިމާލަށް ދާކަށް ގިނައިރެއް ނުވާނެ އެވެ. ކޮންމެވެސް ގޮތަކުން އަބްޔާންއާއި ދުރަށް ދާން ޖަންނަތު ހިޔާލު ކުރަން ފެށި އެވެ.

 

“ޖަންނާ!” ޒައިދާން އައިސް ޖަންނަތުއަށް އެއްފަހަރު ގޮވާލި އެވެ. ޖަންނަތު ހިޔާލަށް ގެއްލިފައި އިނުމުން ޒައިދާން އައި ކަންވެސް ނޭގެ އެވެ. ޒައިދާން ނިކަން ރަގަޅަށް ޖަންނަތުއަށް ބަލައިލި އެވެ. މޫނު މުޅިން މިލާފައިވާތަން ފެނުމުން ޒައިދާން ވަރަށް ދެރަވި އެވެ. ނިކަން ވަރަކަށް ރޮއެފައި ހުރިކަން ކޮންމެމީހަކަށް ވެސް އިނގޭވަރަށް މޫނު ވަނީ ދުޅަވެފަ އެވެ. “ޖަންނާ!” ޒައިދާން ތަންކޮޅެއް ބާރަށް ގޮވާލި އެވެ. ޖަންނަތު ސިހިފައި ޒައިދާންއަށް ބަލައިލި އެވެ. “އަހަންނަށް ހީވަނީ ޖަންނަ އަބީއާ ވާހަކަ ދައްކަން ވީހެން. އަހަރެންގެ ހިތް ބުނަނީ މިކަން ހައްލުވާނީ އަބީއަށް މިކަންތައްތައް އިނގިގެން ހެން.”

“ޒައިދާން، އަޅުގަނޑު ބޭނުމެއް ނޫން އަބީއާ އަބީ މަންމައާ ދެތެރެޖެހޭ ގޮތަށް ކަމެއް ކުރާކަށް. މިހާރު އަހަރެން މިވާހަކަ އަބީ ކައިރީ ދައްކައިފިއްޔާ އަނެއްކާ ހިދާޔާއްތަ އަހަރެން ދެކެ އިތުރަށް ރުޅި އަންނާނީ.” ޖަންނަތު ބުންޏެވެ.

“ޖަންނާ، އަބީ އަކީ މަންމައާއި ދިމާލަށް އެއްޗިހި ކިޔާ ޓައިޕް މީހެއް ނޫނެއްނު.. އަބީ މަންމަދެކެ ރުޅި އައިސްގެންވެސް މަންމަ ދެރަވާގޮތައް އެއްޗިހި ކިޔާނެހެނެއް ހިޔެއް ނުވޭ… އަޅެ ޖަންނަ އަބީ ކައިރީ މިވާހަކަ ދައްކަ ބަލަ. އަދި މަންމައާއި ދިމާލަށް އެއްޗެއް ނުބުނެ ކޮންމެވެސް އެހެން ގޮތަކުން މަންމަގެ މަގުބޫލުކަން ހޯދަން އަބީ ކައިރީ ބުނެބަލަ.” ކޮންމެ ހާލެއްގައި ވެސް ޒައިދާން ބޭނުން ވަނީ ޖަންނަތުއާއި އަބްޔާން ގުޅުވާށެވެ. އެދެމީހުންގެ ލޯބި ފެށުނުގޮތާއި އެދެމީހުން ލޯބިވާވަރު އެންމެ ގާތުން ދެކުން އެކަކީ ޒައިދާން އެވެ. “އެހެން ނޫނީ އަހަރެން އަބީ ކައިރީ މިވާހަކަ ދައްކަންތަ؟”

“ނޫނޭ، ޒައިދާން ދައްކާނެ ކަމެއް ނެތް.” ޖަންނަތު އަވަހަށް ބުނެލި އެވެ. “އަޅުގަނޑު އަބީއާއި ވާހަކަ ދައްކާނަން.”

އެވަގުތު އެތަނަށް މާޒިދު އައެވެ. މާޒިދު އައިސް ވަނުމުން ޒައިދާން ވެސް އެތާނުހުރެ އަވަހަށް ގޮސް ޒައިދާންގެ ކޮޓަރިއަށް ވަނެވެ. މާޒިދު ނިކަން ރަގަޅަށް ޖަންނަތުއަށް ބަލައިލި އެވެ.

“ޖަންނާ، އަނެއްކާ ވެސް ދަތުރުގެ ކަންތައް މޫނުމަތިން ފެންނަން ތިހިރީ.” މާޒިދު ސަމާސާ ރާގަކަށް ޖަންނަތުއަށް ބަލައިލަމުން ބުނެލި އެވެ. ޖަންނަތު މާޒިދުއަށް ހިނިތުން ވެލި އެވެ. މާޒިދުވެސް ހީލަމުން މަސައްކަތާއިގެން އުޅެން ފެށި އެވެ.

 

“ހިދާ… މިހާ ބައިވަރު އެއްޗިހި ދޮންނަން ހުރި އިރު ޖަންނައަށް ނުގުޅާ ތިހިރީ ކީއްވެތަ؟” ނަސީރުއަށް ހިދާޔާ ކޮޓަރީ ހުރި ދާވަށިގަނޑު ފެނިގެން އެހި އެވެ.

“އޭނަ… އޭނަ.. މާ ބުރަކޮން އުޅޭތީ…. ބުނަން ނުކެރިގެން މިއުޅެނީ.” ހިދާޔާ ހުއްޓަ ހުއްޓާފައި ބުންޏެވެ.

“ބަލަ ހިދާ.. މިގޭ ކަންތައް ކުރަން އެމަންޖެ އަންނާނެ ކިތަންމެ ބުރަކޮން އުޅެމުން ވެސް. ހިދާ އެއްފަހަރުވެސް ގުޅިންތަ؟”

“އަޅުގަނޑަށް ގުޅަން ކެރޭނެތަ؟” ހިދާޔާއަށް އެހެން ބުނެވުނެވެ.

“ސާބަސް… މި ހުރިހާ ދުވަހު ހިދާއެއް ނޫންތަ އޭނައަށް ގުޅީ؟” ނަސީރު ފޯނު ނަގަމުން ބުނެލި އެވެ. އަދި ޖަންނަތު ނަންބަރަށް ގުޅާލި އެވެ. ހިދާޔާ ހުރީ ހަދާނެ ގޮތެއް ނޭގިފަ އެވެ. ޖަންނަތު އަނެއްކާ ނަސީރުއަށް ވާހަކަތައް ކިޔައިދީފާނެތީ ވެސް ބިރުގަތެވެ. ދެއަތުން ދެއަތުން މޮޑެލަ މޮޑެލާ ހިދާޔާ ހުރީ ނަސީރު ޖަންނަތުއާއި ވާހަކަ ދައްކާ އަޑު އަހާށެވެ.

“އެކޮއެ.. ޖަންނާ.” ނަސީރު ބުންޏެވެ. “މިއަދު އައިސްދެވޭނެތަ.. ނިކަން ގިނަ އެއްޗިހި ދޮންނަން އެބަހުރި… އަނެއްކާ ޔާން މެން ފުރަން ވާއިރަށް އޭނަގެ އެއްޗިހިވެސް ދޮވެ އިސްތިރިކޮށްލަ ދޭން އަންނަން ޖެހޭނެނު. ހިދާޔާއްތައަށް މިއަދު ޖަންނަ ކައިރީ ބުނަން ނުކެރިގެން އުޅެނީ… މިގޭ ކުއްޖަކަށް ޖަންނަ ވާން އުޅޭތީ ހިދާޔާއްތަ ލަދުގަންނަނީ ކަންނޭގެ.” ނަސީރު އެހެން ބުނުމުން ހިދާޔާ ތުން އަނބުރާލި އެވެ.

“އެހެރީނު.. ހަމަ ބުނެލާއިރަށް އެމަންޖެ އެހުންނަނީ ރެޑީގަ… އަހަރެން ހަމަ އަޖައިބު ވެއްޖައިން ހިދާ ނުގުޅީމަ.” ނަސީރު ހުރީ ހަގީގަތުގަ ވެސް ހައިރާން ވެފަ އެވެ.

 

އޮފީސް ނިމިގެން ނުކުތް އިރު އާދައިގެ މަތިން އަބްޔާން އިނީ ޖަންނަތު ބަލައި އައިހެވެ. ޖަންނަތު އައިސް އަބްޔާން ކައިރިއަށް ހުއްޓުނެވެ.

“ޖަންނާ، ކީއްވެތަ ފޯނު ނުނެގީ.. ރޭގަ މާއަވަހަށް ނިދީ ދޯ.” އަބްޔާން ހިނިތުން ވެލަމުން ޖަންނަތުއަށް ބަލައިލި އެވެ. “މިއަދު މެސެޖު ކުރީމަ ރިޕްލައިވެސް ކުރީކީ ނޫން.” އަބްޔާން ޖަންނަތު އަތުގައި ހިފާ ސައިކަލު ފަހަތައް އެރުމަށް އިޝާރާތް ކޮށްލި އެވެ. ޖަންނަތު އެއްޗެއް ނުބުނެ ސައިކަލު ފަހަތައް އެރި އެވެ. “ޖަންނައަށް އިނގޭތަ މިއަދު ބެޑްރޫމް ސެޓް ލިބިއްޖެ. މިއަދު ކޮޓަރި ހަދަން ވެސް ބަޔަކު އައިސް ބަލާފަ ދިޔައީ… ބައްޕަ އެކަމާ އެބައުޅުއްވާ.” އަބްޔާން އިނީ ވަރަށް އުފާ ވެފަ އެވެ. އެހެން ކަމުން ޖަންނަތު އިތުރަށް ދެރަވި އެވެ. އަބްޔާންގެ ހުރިހާ އުންމީދެއް ފުޑުވެގެން ދާކަށް ވެސް ޖަންނަތު ބޭނުމެއް ނޫނެވެ. އަބްޔާންއަށް ޓަކައި ޖަންނަތުއަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ.

“ކީއްވެތަ ވާހަކަ ނުދައްކަ ތީނީ؟” އަބްޔާން ސައިކަލު އިސްޓާޓު ކޮށްލަމުން އެހި އެވެ.

“އަބީ… އަހަރެން ތިގެއަށް ލައިދީ…”

“އަހަރުން ގެއަށޭ؟ އެއީ ކީއްކުރަން؟”

“އަހަރެން އާންމުކޮން ތިގެއަށް ދަނީ ކީއްކުރަންތަ؟” ޖަންނަތުވެސް ކޮށްލީ ސުވާލެކެވެ.

“އޯހް… ދޮވެ އިސްތިރި ކުރަން ދޯ… ޖަންނަ ދެން އަހަރުންގެއަށް އެއްކޮން އައިމަ ވަރަށް އީޒީ ވާނެތާ ދޯ.” އަބްޔާން ހީލަމުން ބުންޏެވެ.

 

ގްރީން ވިލާ ދޮރުމައްޗަށް ސައިކަލު ހުއްޓާލުމުން ޖަންނަތު އަވަހަށް އޭގެން ފައިބައިގެން އައިސް އެގެއަށް ވަނެވެ. އޭރު ހިދާޔާއާއި ތަނާއާއި ދެމީހުން ފެންޑާގައި ހުރި ސޯފާގައި ވާހަކަ ދައްކަން ތިއްބެވެ. ޖަންނަތު ފެނުމުން ހިދާޔާ ބަލައިލާފައި ތުން އަނބުރާލި އެވެ. ތަނާވެސް ޖަންނަތަުއަށް ބަލައިލީ މުޅިން އެހެން ފާޑާކަށެވެ. އެވަގުތު ކޮޓަރިން ނަސީރު ވެސް ނިކުތެވެ.

“އާން މިއޮއް އައީނު ޖަންނަ… ހިދާ، އަވަހަށް އެމަންޖެއަށް ދައްކާ ދޮންނަން ވީ އެއްޗިހި.” ނަސީރު ބުނެލި އެވެ. އެވަގުތު އަބްޔާން ވެސް ގޭތެރެއަށް ވަންތަން ފެނުނެވެ.

“އެހެންޏާވެސް އޭނަ އަމިއްލައަށް ގޮސް އެއްޗިހި ދޮވެ ހަދަނީ… މިހާރު ވަކި އަހަރެން ދައްކަން ޖެހޭނެތަ؟” ހިދާޔާއަށް އަބްޔާން ފެނުމުން ރުޅިއައިސްފައި ހުއްޓެއްކަމަކު ވާހަކަ ދެއްކި ރާގު ބަދަލުވެގެން ދިޔަ އެވެ. އަބްޔާން ހިނިތުން ވެލަމުން ގޮސް ކޮޓަރިއަށް ވަނެވެ. ޖަންނަތު ހައިރާން ވެފައި ހިދާޔާއަށް ބަލަހައްޓައިގެން ހުއްޓެވެ. މިހާރު އަނެއްކާ ހިދާޔާ ގަބޫލުވީ ބާއޭ ވެސް ޖަންނަތު ހިތައް އަރަމުން ދިޔަ އެވެ.

“ދެން ތި ކުރަން އައިކަމެއް ކޮށްފަ ދެވޭތޯ ބަލާބަލަ.” ނަސީރު ކޮޓަރިއަށް ވަނުމުން ހިދާޔާ ރުންކުރުކޮން ޖަންނަތުއަށް ބުނެލި އެވެ. އަދި ތުން އަނބުރާލައިފައި ބަދިގެ ފަރާތައް ދިޔަ އެވެ. ޖަންނަތު ވިސްނާލަން ހުރެފައި ގޮސް އަބްޔާން ކޮޓަރިއަށް ވަނެވެ.

ޖަންނަތު އަބްޔާން ކޮޓަރިއަށް ވަން އިރު އަބްޔާން އިނީ ފޯނުން ކޮންމެސް މީހަކާ ވާހަކަ ދައްކަން، އެދުގެ އަރިމަތީ އިށީނދެގެންނެވެ.

ޖަންނަތުއައިސް ދާވަށިގަނޑު ހިފައިގެން ނިކުންނަން ދިޔަ އެވެ.

“ޖަންނާ،” އަބްޔާން ހިނިތުން ވެލަމުން ފޯނު ޖީބަށްލާފައި ޖަންނަތު ކައިރިއަށް އައެވެ. “އަހަރުމެންގެ މިކޮޓަރި ބޮޑުކޮށްލަން މިއުޅެނީ… އޭރުން މިތާ ހުންނާނީ އަލަމާރި ދެން މިކޮޅުގަ ބޮޑު އެނދު ރީތިކޮން ބެހެއްޓޭނެ. އޭރުން ހަމަ ޖާގަ މިތާ ބޮޑުކޮން އޮންނާނެ.. ސަޅި ވާނެނު.” އަބްޔާން ކޮޓަރީގެ އެކިދިމާ ދައްކަމުން ނިކަން އުންމީދާއި އެކު ޖަންނަތުއާއި ވާހަކަ ދައްކަމުން ދިޔަ އެވެ. ޖަންނަތުގެ ލޮލުން ކަރުނަ ނިރާލި އެވެ. އަބްޔާންގެ އުންމީދު ފުރިހަމަ ވާނެކަމާއި މެދު މިހާރު ޔަގީންކަމެއް ނެތެވެ. އެހެން ކަމުން ޖަންނަތު ދެރަވީ އެވެ. ޖަންނަތު މަޑުމަޑުން ލޯ ފޮހެލި އެވެ.

“ޖަންނަ ރޮނީތަ؟” އަބްޔާން ޖަންނަތުގެ އަތުގައި ހިފާލަމުން ކައިރިކޮށްލި އެވެ.

“ނުރޮން… އެކަމު އަބީ އުފަލުން ހުރީމަ އުފާވީ.” ޖަންނަތު އަވަސް އަވަހަށް ބުނެލި އެވެ. އަބްޔާން ޖަންނަތު ގައިގައި ބައްދާލި އެވެ.

“ޖަންނާ… އަހަރެން ހިތައް އަރާ ބައެއް ފަހަރު މެރީކޮށްގެން ޖަންނަމެންގޭގަ އުޅެން. އެކަމަކު މަންމަ އެކަނި ވާނެތީ އެހިޔާލު ދޫކޮށްލީ. އާލިޔާ ވެސް އަނެއްކާ ޔާނުއާ އެއްކޮން ދާނެ… އޭރުން މަންމަ އެކަނި އުޅޭނީ. އަހަރެން މަންމަ ދެކެ ވަރަށް ލޯބިވޭ… މަންމަ އެކަނި ކުރާކަށް އަހަރެން ބޭނުމެއްނޫން.” އަބްޔާން ޖަންނަތުގެ ނިއްކުރިއަށް ބޮސް ދިނެވެ. “އަހަރެން ޖަންނަ ދެކެވެސް ވަރަށް ލޯބިވޭ… އަހަރެން އެދެނީ ޖަންނަ އަބަދު އަހަންނަށް ފެންނަ ހިސާބުގަ ހުންނަން.”

“އަބީ، ފަހަރެއްގާ އަހަންނަށް އަބީއާ ނީނދެ ވިއްޖެއްޔާޔޯ؟”

“ދެން ތިހިނެއް ނުވާނެނު؟”

“ވެއްޖެއްޔާޔޯ؟”

“އޭރުން އަހަރެން އުމުރު ދުވަހު މީހަކާ ނީނދެ ހުންނާނީ ޖަންނައާ އިނދެވެންދެން.”

“އަބީ، ފަހަރެއްގާ އަބީ މަންމަ އަހަރުމެން އިންނަން ގަބޫލު ނުވެއްޖެއްޔާ ޔޯ؟”

“ޖަންނަ ކޮންކަހަލަ ވާހަކައެއްތަ ތި ދައްކަނީ؟ މަންމަ ގަބޫލު މިހާރުވެސް.” އަބްޔާން އެހެން ބުނުމުން ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ.

“ފަހަރެއްގައި ގަބޫލު ނުވެއްޖެއްޔާ ޔޯ؟” ހިމޭން ވަގުތު ކޮޅަކަށް ފަހު ޖަންނަތު އަނެއްކާވެސް އަހާލި އެވެ.

“އޭރުން ވެސް އަހަރެން މުޒޭ ހެދިހެން ހަމަ މަންމައާއި ދެކޮޅަށް ޖަންނައާ އިންނާނީ.” އަބްޔާން އެހެން ބުނުމުން ޖަންނަތުއަށް ދުރަށް ޖެހިލެވުނެވެ.

“ދެންމެ ބުނީމެއްނު މަންމަދެކެ ވަރަށް ލޯބިވާ ވާހަކަ.”

“ދެން، މުޒޭ މަންމަހެން އަހަރެން މަންމައެއް ނުވާނެ… އަހަރެން ބާރު އެޅީމަ ކޮންމެ ކަމަކާވެސް މަންމަ އެއްބަސް ވާނެ. މަންމަ އަހަރުމެން ދެކެ ވަރަށް ލޯބިވާނެ.” އަބްޔާން ޖަންނަތު އަތުގައި ހިފާ ކައިރިކޮށްލި އެވެ. “ދެން ތީ ކޮން ވާހަކައެއްތަ؟ މަންމަ މިކަމާ ބެހޭކަށް ނޫޅެޔޭ.. ޖަންނަ މާބޮޑަށް ނާރވަސް ވަނީޔޭ.” އަބްޔާން އެހެން ބުނުމުން ޖަންނަތު ގަދަކަމުން ހިނިތުން ވެލި އެވެ.

“އަހަރެން ދެން މިދަނީ އެއްޗިހި ދޮންނަން.” ޖަންނަތު ދާވަށިގަނޑު ހިފަމުން ބުންޏެވެ. އަބްޔާން ހިނިތުން ވެލި އެވެ. “މިއަދު އެއްޗިހި ދޮވެފަ އިސްތިރި ކުރެވޭނީ މާދަމާ.” ޖަންނަތު ބުނެލި އެވެ.

“ތީ މާރަގަޅު ގޮތެއް.. ކޮންމެ ދުވަހަކު ތި ބަހަނާގަ މިގެއަށް އަންނަން ވީނު.. ދުވާލަކު އެއްޗެއް އިސްތިރި ކުރާނީ. އަބްޔާން ޖަންނަތުއާއި ކައިރި ވެލަމުން ބުންޏެވެ.

“ވަރަށް މޮޅު.” ޖަންނަތު ހީލަމުން އަބްޔާން ބަނޑުގައި އަތްއަޅާ ކޮށްޕާލި އެވެ. އަދި ކޮޓަރިން ނިކުތެވެ. އަބްޔާން ވެސް ހެމުން ބަނޑުގައި އަތް އަޅާލީ ކޮންމެހެން ތަދުވެގެނެއް ނޫނެވެ.

 

އެރޭ އަބްޔާން ޖަންނަތުއާއި ބައްދަލު ކުރަން އެގެއަށް އައެވެ. ޖަންނަތު ކޮޓަރިން ނުނިކުމެ އޮތީ ބޮލުގައި ރިއްސާތީ އަވަހަށް ނިދަން ބޭނުން ކަމަށް ބުނެފަ އެވެ. އަބްޔާން އިރުކޮޅަކު އިނދެލާފައި އެގެއިން ނުކުތީ ޖަންނަތު ގާތު އަރާމުކޮށްލަން ބުނެފަ އެވެ.

އަބްޔާން ލީކްސް ރެސްޓޯރެންޓަށް ވަންއިރު އާލިޔާއާއި ތަނާ މޭޒެއްކައިރީ ތިއްބެވެ. އެމީހުން ކައިރީ ފިރިހެނެއް އިނުމުން އަބްޔާން އެދިމާލަށް ދިޔަ އެވެ.

“އަންހާ، ހަފްހަފް ދޯ…” ޑޮކްޓަރ ހަލަފް ފެނުމުން އަބްޔާން ހައިރާން ވިއެވެ. ނަމަވެސް ހިތްހަމަ ޖެހުނީ ހަލަފް ކަހަލަ ރަގަޅު ކުއްޖަކާއި އެކު އާލިޔާމެން ތިބީމަ އެވެ. އާލިޔާގެ ކުރީގެ ފިރިހެން ކުދިންނާ އާލިޔާ މިހާރު ވާހަކަދައްކައެއް ނޫޅެ އެވެ. “ހަފްހަފް ކިހިނެއްތަ؟”

“ވަރަށް ރަގަޅު… އަހަރުމެނާ ބައިވެރިވެލަން އަންނަން ވީނު.” ޑޮކްޓަރ ހަލަފް ބުންޏެވެ. އަބްޔާން ތަންކޮޅެއް ދުރުގައި ތިބި ނޫރުއާއި އަހްޔާންއަށް ބަލައިލި އެވެ.

“މިއަދަކުނޫން އިނގޭ، އެހެން ދުވަހަކުން ހަފްހަފް އަތުން ކޮފީއެއް އަތުލާނަން…” އެހެން ބުނެ އަބްޔާން ޑޮކްޓަރ ހަލަފްއާއި ސަލާން ކޮށްލުމަށް ފަހު ނޫރުއާއި އަހްޔާން ތިބި މޭޒުކައިރީ ގޮސް އިށީނެވެ.

“އާލިޔާ ބިޓެއް ނެގީތަ؟” އަބްޔާން އައިސް އެތާ އިށީނުމުން ނޫރު އަހާލި އެވެ.

“ނޭގެ ބިޓެއް ކަމެއް. އެހެން ބަލައިލާފައެއް ނޭގޭނެނު.” އަބްޔާން ބުނެލި އެވެ.

“ނޫރު ކަލޭ އަދިވެސް ބިޓެއް ނުނަގަމެއްނު.” އަބްޔާން ބުންޏެވެ.

“މަށޭ!… މަ ދޯ.” ނޫރު ވާހަކަ ދެއްކީ ތަންކޮޅެއް އަޅައަޅައި ގަންނަމުންނެވެ. “މީދަ ޔާނު ވެސް ނުނަގާނު.”

“އަހަރެންގެ ވާހަކަ ނުދައްކަބަލަ… އަހަރެންނަށް އަދި ކަމުދާ މަންޖެއެއް ނުފެނެޔޭ.”

“މަށަކަށް ވެސް ނުފެނެ.”

“ނޫރު، ކަލޭ ތިެުޅެނީ އަހަރެން ކޮޕީކުރަން ދޯ.” އަހްޔާން ސަމާސާ ރާގަކަށް ބުންޏެވެ.

“މަ ނޫޅެން މީހަކު ކޮޕީ ކުރާކަށް.”

“ތިހެން ވިއްޔާ އެކުއްޖާގެ ނަން ބުނެބަލަ.”

“އެއީ ޒި..” ނޫރުގެ އަނގައިން ނަމެއް ބުނަން އުޅެފަ ހުއްޓުން އެރި އެވެ. އަދި އަބްޔާންއާއި އަހްޔާންއަށް ބަލައިލި އެވެ. “އަހަރެންގެ ނުހުރޭ..”

“ހަހަހަހަ…” އަހްޔާންއާއި އަބްޔާން ހޭން ފެށި އެވެ. ނޫރު އެތަނުން ތެދުވެގެން ހިގައްޖެ އެވެ.

“އަބީ، މިގަޑީގަ މިތާ ކީއްވެ… ޖަންނަ ކޮބާ؟” ނޫރު ދިއުމުން އަހްޔާން އަބްޔާން ގާތު އެހި އެވެ. ޖަންނަތު ބޮލުގަ ރިއްސާތީ އުޅޭ ވާހަކަ އަހްޔާން ގާތު އަބްޔާން ބުންޏެވެ.

“ޖަންނަ މިއަދު ފާޑަކަށް އުޅުނީ… މަށަށް ހީވަނީ އޭރުވެސް ބޮލުގަ ރިއްސާތީހެން އުޅުނީ… އެކަމު އެހެނެއް އޭރަކު ނުބުނޭ.”

“ވެދާނެ. މާ ބުރަކޮން އުޅެނީ ކަންނޭގެ. ވަޒީފާއަށް ދަމުން ގޭގަ ވެސް އެހާ ކަންތައް ކުރާނެނު… އަނެއްކާ އަހަރުން ގެއަށް އައިސް ވެސް އެކުރަނީ.. އެހެންވީމަ ވަރުބަލިވީ ކަންނޭގެ.”

“އާން، ތިހެން ކަންނޭގެ ތިވީ… އަހަރެން މިއައީ ރެސްޓް ކުރާށޭ ކިޔާފަ.” އަހްޔާންއާއި އަބްޔާން އަމިއްލަ ވާހަކަ ދައްކަން ތިއްބާ އެތަނަށް މުޒައްފަރު އައެވެ.

“އޭ، ވަރަށް އުފާވެރި ހަބަރެއް އެބައޮތް.” މުޒައްފަރު އިނީ ވަރަށް އުފާ ވެފަ އެވެ.

“ކިހިނެއްވީ؟ އަނެއްކާ ޕްރޮމޯޝަންއެއް ލިބުނީތަ؟” އަބްޔާން އަހާލި އެވެ.

“ނޫނޭ! އެއަށް ވުރެންވެސް އުފާވެރި ކަމެއް.” މުޒައްފަރު ދަތްތައް ފެންނަވަރަށް ހީލައިގެން އިނދެ ބުންޏެވެ. “އަހަރެން ބައްޕައަކަށް ވާން އުޅެނީ.”

“ހަމަ ތެދެއްތަ،” އަބްޔާންއަށް ބުނެ ވުނެވެ.

“ތީ ވަރަށް އުފާވެރި ހަބަރެއް.” އަހްޔާން ވެސް ބުނެލި އެވެ. އަހްޔާންއާއި އަބްޔާން މުޒައްފަރަށް ޓަކައި ތިބީ ވަރަށް އުފާ ވެފަ އެވެ.

“އާން، އެކަމު އަދި މަންމަމެން ގާތު ނުބުނަން. އަދި ހަމަ ސާރާއާއި މަށަށް އިނގޭނީ. މާދަމާ ސިއްހީމަރުކަޒުން ޓެސްޓް ހަދާ ޔަގީން ކޮށްފަ މަންމަމެން ގާތު ބުނާނީ.”

“އާން ތީ ރަގަޅު ގޮތެއް.” އަހްޔާން ބުނެލި އެވެ.

“މުޒޭ މަންމަ ގާތުވެސް ބުނަން ވާނެނު. ފަހަރެއްގައި ތިހަބަރު އިވިފައި މުޒޭ މަންމަ ހިތްހެޔޮ ވެދާނެ.” އަބްޔާން ބުންޏެވެ.

“އާން.. ތިަކަމަށް އަހަރެންވެސް ހޯޕް ކޮށްގެން މިހުންނަނީ. މަންމަ ވާހަކަ ނުދައްކާތީ އަސްލު ވަރަށް ދެރަވޭ. ބައެއް ފަހަރު ހިތައް އަރާ ސާރާއާއި ނީދެވުން ނަމައޭވެސް.” މުޒައްފަރު ދެރަވެލާފައި ބުންޏެވެ. އަބްޔާން އިސްޖަހާލި އެވެ. މިއަދު ޖަންނަތުއާއި އެކު ދެއްކި ވާހަކަތައް އަބްޔާންގެ ހިޔާލަށް އައެވެ.

 

ހެދުނާ ޖަންނަތު ހޭލައިގެން ވަޒީފާއަށް ދިޔަ އެވެ. އެދުވަހު ޒައިދާން ޖަންނަތުއާއި ވަރަށް ވާހަކަ ދެއްކި އެވެ. ޖަންނަތުގެ މޫނު މިލާފައިވާތަން ފެނި ޒައިދާން ދެރަވި އެވެ. ހިދާޔާ އަދި ގަބޫލު ވާނެކަމަށް ޒައިދާން ބުންޏެވެ. ޖަންނަތު ކަހަލަ ކުއްޖަކާ އިންނަން މީހަކު ނުގަބޫލު ނުވެއެއް ނުދާނެ ކަމަށް ވެސް ޒައިދާން ބުންޏެވެ. ޒައިދާން ދެއްކި އެއްވެސް ވާހަކައަކުން ޖަންނަތުގެ ޒަހަމްވެފައި ވާހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ.

އަވަހަށް ގެސްޓް ހައުސް އިން ޖަންނަތު ނުކުތީ އެދުވަހު ގްރީން ވިލާއަށް އިސްތިރިކުރަން ދާން ޖެހޭތީ އެވެ. ޖަންނަތު ގެއަށް ގޮސް ނަމާދުކޮށްލާ ހަދާލައިގެން ނުކުތް އިރު ޒައީމާއާއި ސާރާ އުޅެނީ ކޮންމެވެސް ކަމަކާ މާ އުފާވެގެނެވެ.

“ޖަންނާ… މިއަދުމީ ވަރަށް އުފާވެރި ދުވަހެއް.” ސާރާ އަށް ޖަންނަތު ފެނުމުން ދުވެފައި ކަހަލަ ގޮތަކަށް ޖަންނަތު ކައިރިއަށް އައެވެ.

“އަނެއްކާ ކިހިނެއްވީ؟” ހައިރާން ވެފައި ހުރި ޖަންނަތު އެހި އެވެ.

“އައި އޭމް ޕްރެގްނެންޓް.” ސާރާ ޖަންނަތުގެ އަތުގައި ހިފާލާފައި ބުންޏެވެ. “ކިހާ އުފާވެރި ދޯ.”

“އަސްލުވެސް… ވަރަށް އުފާވެރި ހަބަރެއްތީ… ބޮޑުބެ ދައްތައަށް ތިވާހަކަ އަންގަންވީނު. ފަހަރެއްގައި ސާރާއާއި ރުހިދާނެ.” ޖަންނަތުގެ ސިކުނޑިއަށް އެންމެ ފުރަތަމަވެސް އައި ހިޔާލަކީ އެއީ އެވެ.

“ތެދެއް ސާރާ… ތި ޙަބަރު އަލިމަނިކާއި ފަރުޒާނާއަށް ދޭން ވާނީ އެގެއަށް ގޮސް.” ޒައީމާ ވެސް ބުންޏެވެ. ޒައީމާގެ މޫނުމަތިން އާދަޔާ ހިލާފު އުޖާލާކަމެއް ފެންނަން ހުއްޓެވެ. ޒައީމާ މާމައަކަށް ވާތީ ޒައީމާ ހުރީ ނުހަނު އުފާ ވެފަ އެވެ.

“ކިހިނެއްވީ ސާރާ؟” ސާރާ ހިމޭން ވެފައި ހުރިތަން ފެނި ޖަންނަތު އަހާލި އެވެ.

“ސިއްހީ މަރުކަޒުން އަންނަމުން މުޒޭއާ އަހަންނާ އެގެއަށް ވަދެފަ މިއައީ… މުޒޭ މަންމަ ގާތު މިވާހަކަ ބުނުމުން އިތުރަށް ރުޅި އައީ.. މުޒޭ ބައްޕަ ހުރީ ވަރަށް އުފާވެފަ… އެކަމަކު މުޒޭ މަންމަގެ ރުޅިގަނޑު ގަދަވާން ފެށުމުން އަހަންނާ މުޒޭއާ އަވަހަށް ނިކުމެގެން މިއައީ.” ސާރާ ދެރަވެފައި އެވާހަކަ ބުނުމުން ޖަންނަތު ވިސްނާލި އެވެ.

“އަޅާ ނުލާ… ސާރާ ވިހައިގެން ބޭބީ ފެނުނީމަ ފަރުޒާނާ ހަމައަކަށް އެޅިދާނެ.” ޒައީމާ ބުނެލި އެވެ.

 

ޖަންނަތު ގްރީން ވިލާއަށް ވަންތަނުން އަބްޔާން ޖަންނަތުއަށް ގުޅި އެވެ.

“ޖަންނާ، ކޮންތާކު؟” އަބްޔާން އެހި އެވެ.

“ތިގޭގަ.”

“އަހަރެން މީނީ ގެސްޓް ހައުސް ބުޑުގަ ޖަންނަ ބަލައި އައިސް. ކީއްވެ ނުބުނީ؟” އަބްޔާން އިނީ ހިތްހަމަ ނުޖެހިފަ އެވެ.

“އަވަސް އަރުވާލީމަ ހަދާން ނެތުނީ އަބީ ކައިރީ ބުނަން.” ޖަންނަތު ބުނެލި އެވެ. ހަގީގަތުގައި ޖަންނަތު ގަސްތުގައި އަބްޔާން ގާތު ނުބުނީ އެވެ.     “އޯކޭ.. އިރުކޮޅަކުން ގެއަށް ދާނަން.” އަބްޔާން ބުންޏެވެ. ޖަންނަތު ފޯނު ކަނޑާލާފައި ގޭތެރެއަށް ވަނެވެ. ހިދާޔާއާއި ތަނާ ކޮންމެވެސް ވާހަކައެއް ދައްކަން ތިބެފައި ޖަންނަތު ފެންނަ އިރަށް ހުއްޓާލި އެވެ. އަދި ހިދާޔާ އަވަހަށް އެތަނުން ތެދުވެގެން ކޮޓަރިއަށް ދިޔަ އެވެ. ތަނާ އިން ގޮތަށް އެތާ އިނެވެ.

ޖަންނަތު އައިސް މަސައްކަތް ފެށި އެވެ. އަހްޔާންއާއި އަބްޔާން އަދި ނަސީރުގެ އެއްޗިހި އިސްތިރި ކުރަމުން ދިޔަ އެވެ. ކައިރީ ހުރި ހަރުގަނޑުގައި އިސްތިރި ކޮށްނިމިގެން ކޮނޑު އަޅުވަމުން ދިޔަ އެވެ.

އަބްޔާން އައިސް ވަން އިރުވެސް ތަނާ ސޯފާގައި އިނެވެ. އަބްޔާން އައިސް ޖަންނަތުއަށް ހިނިތުން ވެލަމުން ކޮޓަރިއާއި ދިމާލަށް ދިޔަ އެވެ. ޖަންނަތު އިސް ތިރިކޮށްނިމިގެން އެއްޗިހިތައް އެކި ކޮޓަރިއަށް ލުމަށް ބައި އަޅާލި އެވެ. ޖަންނަތުއާއި ދިމާއަށް ތަނާ ބަލަން އިނެވެ. ޖަންނަތުގެ ހަރަކާތް ތަކަށް ފާރަވެރި ވެގެން އިން ކަހަލަ އެވެ.

“ނަސީރު އޮތީ ނިދާފަ. ނަސީރުގެ އެއްޗިހި ގެނޭ އަހަރެން އަތައް.” އެވަގުތު ހިދާޔާ ކޮޓަރިން ނިކުމެގެން އައިސް ނަސީރުގެ އިސްތިރި ކުރި ތަކެތި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ޖަންނަތު ވެސް އަހްޔާންގެ އެއްޗިހި ހިފައިގެން ގޮސް އެކޮޓަރިއަށް ލާފައި އައި އިރު ތަނާ ފެންނާކަށް ނެތެވެ. އޭރު ހިދާޔާ ވެސް ގެއިން ބޭރަށް ނިކުންނަނީ އެވެ. އަބްޔާންގެ ތަކެތި ހިފައިގެން ޖަންނަތު އެކޮޓަރިއަށް ގޮސް ކުއްލި އަކަށް ވަނެވެ.

އެވަގުތު ޖަންނަތުއަށް ފެނުން މަންޒަރުން ޖަންނަތުގެ ލޯބޮޑުވި އެވެ. ޖަންނަތު ކޮޓަރިއަށް ވަންގަޑިއާއި ދިމާކުރަން ތަނާ ފާރައަށް އިންނަތާ އިރުގަޑެއް ވިއެވެ. އަދި އެކަން އޭނަ ކާމިޔާބު ވެސް ކުރި އެވެ. އަބްޔާންގެ ތުންފަތައް ބޮސްދީގެން ހުރި ތަނާ ގައިގަިއ ހިފާ އަބްޔާން ދުރުކޮށްލީ ނިކަން ރުޅިއައިސްފައި ހުރެ އެވެ. ނަމަވެސް ޖަންނަތުއަށް އެކަން ފާހަގައެއް ނުވި އެވެ. އަބްޔާންގެ އެއްޗިހިތައް އަބްޔާންގެ އެނދުމައްޗަށް އުކާލުމަށް ފަހު ކޮޓަރިން ނިކުމެގެން ދުއްވައި ގަތްތަނުން ނަސީރުގެ ގައިގައި ޖަންނަތު ޖެހުނެވެ. ޖަންނަތު ބަލައި ވެސް ނުލާ ދިޔަ ގޮތައް ދިޔައީ އެވެ.

“ޖަންނާ!” ޖަންނަތު ފަހަތުން ތުވާލި އަނދެގެން ހުރި އަބްޔާން ނުކުތީ ޖަންނަތުއަށް ގޮވަމުންނެވެ. ނަސީރު ހައިރާން ވެފައި ބަލަން ހުރީ ވާނުވާ ނޭގިފަ އެވެ. ނަމަވެސް އަބްޔާން ކޮޓަރިން ދެން ނުކުތް ތަނާ ފެނުމުން ނަސީރުއަށް ކަމެއް ފަހުމް ވިއެވެ. ނަސީރު އަބްޔާން ދެކެ ވަރަށް ނުރުހުން ވި އެވެ. ތަނާ ގޮސް އަވަހަށް އާލިޔާ ކޮޓަރިއަށް ވަނެވެ.

“އަބީ، އަބީ އަދިވެސް ތިއުޅެނީ ތިހެންތަ؟ ޖަންނަ ހާ ރަގަޅު ކުއްޖެއް ލިބުނީމަވެސް އުޅޭކަށް ދަހެއް ނުވި ދޯ. ކައިވެނި ކުރަން މިހާ ގާތްވެފައި އޮއްވާ އެކުއްޖާގެ ހިތުގައި ޖެއްސީނު ތި.” ނަސީރު ރުޅިއައިސްގެން އަބްޔާންއަށް އަޑުލާން ފެށި އެވެ.

“ބައްޕާ، ތިޔަ ހީކުރައްވާ ގޮތަކަށް ނޫނޭ ކަންތައް ވީކީ.” އަބްޔާން ބަލަމުން ދިޔައީ ނަސީރުއަށް ވިސްނައިދޭށެވެ. ނަމަވެސް އަބްޔާން ދައްކާ ވާހަކައެއް ނަސީރު އަޑެއް ނާހަ އެވެ.

“އަހަންނަށް ހެޔޮ އަބީ އެމަންޖެއާ ނީނަކަސް… އެމަންޖެއަށް އެހާ ބޮޑު ދެރައެއް ދޭކަށް އިންނާނެ ކަމެއްވެސް ނެތް.” ނަސީރު އަބްޔާންއާއި ދިމާލަށް އެއްޗިހި ކިޔަމުން ދިޔަ އެވެ.

އަނެއްކޮޅުން ޖަންނަތު ދުވެފައި ގޮސް ގްރީން ވިލާއިން ނުކުމެވުނީ ހިދާޔާގެ ކުރިމައްޗަށެވެ. ރުޅިވެރި ގޮތަކަށް ހިދާޔާ ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެން ހުރެފައި ހިތައް އައިހައި އެއްޗެއް ޖަންނަތުއާއި ދިމާލަށް ކިޔަން ފެށި އެވެ.

“އަހަރެން ކިތަންމެ ވަރަކަށް ބުންޏަސް ކަލެއަކަށް އަޑެއްނީވެދޯ، އަޑު އިވޭނީވެސް ކިހިނެއް ތިމާވަރުގެ މީހެއް ނެތިގެން އުޅޭހެން މާރަގަޅު މީހެކޯ މީ… ބަލަ ކަލެއަށް އިނގޭތަ ކަލޭއަކީ ފިސާރި ދަހި ކަންނެތް މީހެއްކަން. ނަސީރުއާ އަބްޔާން ބުރަކޮން މަސައްކަތް ކުރީމަ ހުރިހާ ފައިދާއެއް ލިބެނީ ފިޔާތޮށިގޭ އާލާތުންނަށް. ހަފޮޅުން އެތެރެ ވެއްޖިއްޔާ ބައެއް އޮންނާނޭ ބުނޭނު… އެހެން ކަލޭމެން ތި ހަދަނީ. ކިހާ ފަސޭހަ ދޯ. މަސައްކަތެއް ވެސް ނުކޮށް މުއްސަދިންނަށް ވެނިމިފަ ތިބި ބައެއް. އެވެސް ކަލޭމެން ނެތްނަމަ އަހަރުމެންގެ ހައްޤެކޭ. ކަލޭމެން ހީކުރާގޮތް ދޯ…” ޖަންނަތު އިސްޖަހާލައިގެން އަޑުއަހަން ހުއްޓެވެ. ޖަންނަތުގެ ހިތް ރޮމުން ދިޔަ އެވެ. އެތެރެއިން ވިރެމުން ދިޔަ އެވެ. “ތި ޒާހިދާގެ ކުދިން ވީމަ އުޅޭ ވައްތަރު… ޒާހިދާ އަކީ ވެސް ތިހެން އުޅުން މީހެއް. މަތިފުށް އޮމާންކޮށްގެން. އަހަރެންނަށް އޭނަގެ ގޮތް އިނގޭތީ މިބުނަނީ… ހިތާވާނެ މީހަކު ނޭގިގެން މަޑިއަށް ޖެހިގެން އުޅުން އަންހެނެއް އެއީ… އެންމެ ފަހުން ހިތާވާންވެސް އިނގުނީ އިބްރާހިމް މަނިކާނު… އެވެސް އަމިއްލައަށް މަތިންބައިން އުޅެގެން ވީވަރު… ކަލޭވެސް ތި އުޅެނީ ހަމަ އެހެން… އަބްޔާންއާ އަޅައިގަނެގެން މަތިން ބައިން ނުނެއްޓިގެން… ބަލަ ކަލޭ ހިތައް އަރާހާ ގޮތެއް ނުވާނެޔޭ.”

ޖަންނަތު ހިފަހައްޓައިގެން ހުރި ކަރުތައް ބޭރުވާން ފެށީ ޖަންނަތު މަންމަގެ ވާހަކަ ހިދާޔާ ދައްކަން ފެށުމުންނެވެ. ޖަންނަތު މަންމައާއި ބެހޭގޮތުން ނޭދެވޭ ވާހަކައެއް ދައްކާއަޑު އެހުމަކީ ޖަންނަތުއަށް ކުޅަދާނަ ކަމެއް ނޫނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

އަހަރެންގެ ވާހަކަ (އެކާވީސްވަނަ ބައި)

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 53

Next
June 8, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 53

Previews
June 7, 2016

އަހަރެންގެ ވާހަކަ (އެކާވީސްވަނަ ބައި)

20 Comments!

  1. meesha says:
    June 8, 2016 at 10:26 am

    wow aasi! varah reethi… waiting fo da nxt prt… 🙂

  2. ny says:
    June 8, 2016 at 10:34 am

    Haadareechey v v v boda thnks. ………i love this story very much. ………….??????????????

  3. aff says:
    June 8, 2016 at 11:03 am

    fiyaathoshi gey kudhin dheke hidhaaya haadha rulhi eh aadheyey dhw ..hehe .. hidhaaya a thana aa knmex kameh raavaaigen thwhche e ulheny ..e ee dhe villain dhw.. BTW Story hama habeys ☺

  4. Lai says:
    June 8, 2016 at 11:13 am

    Vvv reethi mi part and mi story thanks asi

  5. waiting says:
    June 8, 2016 at 11:50 am

    aslu lidhaaya loabivy ibrahim manik dheke kanneyge dhoa. ehenve janna mamma ah rulhi annany. dhen emme rangalhu vaany janna aa zaidhaan gulhuvyma. gaimu zaidhaan janna ah dhera gotheh nahadhaane.

  6. Ninni says:
    June 8, 2016 at 12:00 pm

    Abee n janna gulhu v mr salhivrnee

  7. BOOOOOOO says:
    June 8, 2016 at 12:12 pm

    Asi. alhe plz next part avas kohdheythi. kehtherikan kudavefa mihunnanee aneh bai kiyaahithun.

  8. Faathun says:
    June 8, 2016 at 1:17 pm

    Alhe janna and abee gulhuwahchey pls..

  9. rinzy says:
    June 8, 2016 at 1:39 pm

    ???

  10. Zaee says:
    June 8, 2016 at 3:20 pm

    V reethi Avahan up kohladhey thi..??????

  11. Manje says:
    June 8, 2016 at 3:33 pm

    Alhe mashah miadhu miulheny miah vadhegen evves ehcheh nuki igen hunnanee husgolhi thakeh araafa kihineh tha mikan ragalhukuraanee plz konmes kujjaku help vedheebala, ehendhuvas is dhuvahu kiyan, alhe plz asi ge mi part kiyaahithun ma moyavanee

  12. MarSha says:
    June 8, 2016 at 3:43 pm

    Nukiyey evves story eh.. hus golhi thakeh hunnany… kihineh dhen hadhaany…. helppppp.. esfiya plz helppppp

    1. Abyjan ? says:
      June 8, 2016 at 3:55 pm

      Me too ???

  13. Phy says:
    June 8, 2016 at 5:57 pm

    V inthizaaru kurevey vaahakaeh mee…vvvv reethi…

  14. Mal says:
    June 8, 2016 at 6:31 pm

    Awesome………..

  15. Lalla says:
    June 8, 2016 at 8:13 pm

    Alheyy…Huvaa ma hithah araa mi hidhayaa n thanaa akah hey aruvaalaafaanameyy…Foni myheh dhww mi hidhaayaa akyy..Abadhu fiyaathoshi gey kudhinnaa jassaalaafa…Janna bappa nulibign kanneynge dhw…

  16. App says:
    June 8, 2016 at 9:48 pm

    Waiting. …

  17. Nasfee says:
    June 9, 2016 at 12:07 am

    Alhey varah reethi mi baii.. waiting for the next part.. kudee kon irakunn tha dhen anehbaii upload kohdheynee..

  18. Eye says:
    June 12, 2016 at 12:26 pm

    Next part up vaanee kon irakun baa?? Inthizaaru varah kurevey

  19. mary says:
    June 12, 2016 at 2:13 pm

    koabaa new vaahak

Comments are closed.

Next Episodeޤުރުބާންވުމީ މިހިތުގެ އުފާ 26 ވަނަ ބައި←


All Right Reserved!