Skip to content
އެސްފިޔަ

ސައިކޯ – 7

6:39
Watch this episode Video · first minute free
Watch
Listen to this story Audio · 6:35 Powered by Esfiya Voice
0:00 6:35

“މަށާ ޒިޔާދާ މިއުޅުނީ ނައިކާގެ ވަޅު ކޮންނަން… އަހަރެން މިދިޔައީ ޒިޔާދު ބަހައްޓާފަ ގާ ބަލައި.. ގޮސް އައިސް އައިސް ހު.. ހުއްޓާ.. ޒިޔާދު ހަޅޭއް ލަވައި ގަތީ. އޭރު މީނަ މުޅި މޫނު މަތީގަ ހުރީ ލޭ.. އަހަރެން ހީކުރީ އުދެލިން އޭނާގެ މޫނުގަ ޖެހުނީ ކަމަށް. އެކަމަކު އޭނަ ބުނީ.. ވަޅު ކޮންނަނިކޮށް އެއްޗެއްގަ ޖެހުނީއޭ. ދެން.. ރަނގަޅަށް މި ބަލައިލީ.. ބަލައިލީ އިރު…” ހާމިދުގެ ޖަވާބު އިވިފައި ކައިޔަން، އެޒިކިއެލް އަދި ޔައުލާންގެ ދެލޯ ބޮޑުވީ އިރު އެއްކައިރިއަށް ޖެހިލި ދާއިޔަލްއަށް ލެވުނީ ހޮޑެވެ.

(7 ވަނަ ބައި)

ކައި ނިމުމުން ޔޯގަޓު ތައްޓެއް ކެއުމަކީ ކައިރާގެ އާދައެކެވެ. އެހެން ވިޔަސް މިރޭ، ކައި ނިންމާފައި ތައްޓެއް ނަގަން ބެލި އިރު އެ ހުރީ ހުސްވެފައެވެ. އެހެން ކަމުން އޭނާ އިޝާ ނަމާދަށް ފަހު އޭނާ އެ ނިކުތީ ޔޯގަޓު ތައްޓެއް ގަންނާށެވެ.

ފިޔަވަޅުތައް ހަލުވިކޮށް ލަމުން އޭނާ ހިނގާފައި ދިޔައީ އަވަހަށް ގެއަށް ވާސިލު ވެވޭތޯއެވެ. އަވަސް ކުރަން އުޅުނިއްޔާ ފަސޭހައެއްވެސް ނުވާނެ ވިއްޔާއެވެ. އޭނާއަށް އެންމެ މީރު ވައްތަރު ޔޯގަޓު ގެއާއި ކައިރި ފިހާރައަކުން ނުވެސް ލިބުނެވެ. ޖެހުނީވެސް ދުރު ފިހާރަތަކަށް ދާށެވެ. އެހެންވެ ވެސް އޭނާ ހުރީ ކުދި ކިޔާލަ ކިޔާލައެވެ. އެހާ ކުޑަ އެއްޗެއްވެސް ފަސޭހައިން މާލެއިން ނުލިބި، އެކި ފިހާރަ ފިހާރައަށް ދާން ޖެހުމުންނެވެ. އޭނާއަށް އެ އެލިބުނީ ދިޔަ 6 ވަނަ ފިހާރައިންނެވެ.

“ކައި؟” ފަހަތުން ފިރިހެން އަޑެއް އިވުމުން ސިއްސައިގެން ގޮސްފައި ކައިރާއަށް ހަޅޭއް ލަވައިގަނެވުނެވެ. ވަގުތުން ނިޔަލް ކުރިއަށް ފިޔަވަޅެއް އަޅާލަމުން އޭނާގެ އަނގަ މަތީގައި އަތް އެޅިއެވެ.

“ޝްޝް ބޭބީ. ކަންފަތޭ” އެއްމިޔަކަނުން ހިނިތުންވެލަމުން ނިޔަލް އޭނާގެ އަތް ކައިރާގެ އަނގަމަތިން ނެގިއެވެ.

“ނިޔަލް މިތާގަ އެކަނި ކީއްތަ ތިކުރަނީ؟ ދެފަރާތް ބަލައިލަމުން ކައިރާ އެހިއެވެ. އިރު އޮއްސުނު އިރު އެވީ ކަމަކާއި ހުރެ އަދިވެސް އޭނާ އެހުންނަނީ ސިހިސިހިއެވެ.

“އަހަރެންގެ ދޮންބެ ދައްތަގެ ދަސްވެނިވިއަށް ދޮންބެމެން އައިސް އެއުޅުނީ. އެމީހުން ފުރުވާލާފައި މި އަންނަނީ” ޖީބަށް އަތް ޖަހައިލަމުން ނިޔަލް ބުނެލިއެވެ.

ހިނިތުންވެލަމުން ކައިރާ ހިނގައިގަތެވެ. އެހެން ވިޔަސް ނިޔަލް ހުރީ އެހާ ފަސޭހައިން ގޮތް ދޫކުރާކަށް ނޫނެވެ. ކައިރާ ފަހަތުން ހިނގައިގަތީ އެހެން ވެގެންނެވެ.

“ކައި އަދިވެސް ޔޯގަޓު ބޯން ތަ؟” ކައިރާގެ އަތުގައި އިން ކޮތަޅަށް އިޝާރާތް ކޮށްލަމުން ނިޔަލް އަހައިލިއެވެ.

“އާން… މީ… ކައި ނިމިގެން އަބަދުވެސް ބޭނުންވޭ.. ޔޯގަޓު… ބޭނުމަށް ވުރެވެސް އަސްލު… ބޯ ޖެހޭތީ ދޯ…” އަތުގައި އިން ކޮތަޅާއި ކުޅެލާ ކުޅެލާ ހުރެ ކައިރާ ވާހަކަ ދެއްކިއެވެ. އިސްދަށަށް ޖަހައިގެން ހުރެއެވެ.

“އެއީ ކީއްވެ ބޯން ޖެހެޔޭ ތިބުނީ؟” ނިޔަލް އަހައިލިއެވެ. އޭނާގެ ނަޒަރު އޭރުވެސް ހުރީ ސީދާ ކައިރާގެ މޫނަށެވެ. ތަނެއްގަ އަޅައިގަނެ ވެއްޓުނަސް ހެޔޮ ފަދައެވެ.

“ކައި ވަރަށް ހަކުރު ދަށްވާނެ…” ތުން ފިއްތާލަމުން ނިޔަލްގެ މޫނަށް ކައިރާ ބަލައިލިއެވެ.

“އަޅޭ… ސޮރީ… ކުރިން ނޭނގޭ ތިކަމެއް…” ނިޔަލްގެ ހިތުގައި ކައިރާ އަށްޓަކައި ހަމްދަރުދީ އުފެދުނެވެ. ހަކުރު ބައްޔަކީ ކިހާ ބޮޑު ވޭނެއްކަން އޭނާއަށް އޭގެ އަސަރު ނުކުރި ނަމަވެސް އޭނާއަށް ވެސް އިނގެއެވެ. އޭނާގެ މާމަ ދުނިޔޭގައި ހުރި އިރު މާމައަކީވެސް ހަކުރު ބަލި ހުރި މީހަކަށް ވާތީއެވެ.

“ކޮން ކަހަލަ ޔޯގަޓެއް އެންމެ މީރީ؟” ކައިރާގެ އަތުގައި އޮތް ކޮތަޅު އަތުލަމުން ނިޔަލް އެހިއެވެ.

“ހޫމް. އަތުލާ ބަލަންޏާ ދެން ކީއްކުރަންތަ ތި އެހީ؟” ތުންކޮޅު އޫކޮށްލަމުން ކައިރާ އަހައިލިއެވެ.

“މްމްމްމް.. ބަނާނާ އެންޑް ސްޓޯބެރީ…” ކައިރާގެ މޫނަށް ބަލައިލަމުން ނިޔަލް ބުނެލިއެވެ. އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަ ވެގެން ދިޔައެވެ. ވަގުތުން އޭނާގެ ހަނދާނަށް އައީ އޭރު އޭނާއަށް ނިޔަލް ދިން ކުޑަ ‘ހަދިޔާ’ މަތިންނެވެ. ގަންނާ ކުރެއްވީ ލަދުން ދުރު ބަލައިލީ އެހެން ވެގެންނެވެ.

“ދެން ދަނީ އިނގޭ؟” ނަސީބު ކަން ދިމާ ކުރި ގޮތުން އޭރު އޭނާއަށް ހުރެވުނީ އޭނާ ދިރިއުޅޭ އިމާރާތާއި ގާތުގައެވެ. އަވަސް އަވަހަށް ނިޔަލްގެ އަތުން ކޮތަޅު އަތުލާފައި އެތެރެއަށް ދުއްވައިގަތީ އެހެން ވެގެންނެވެ.

ކައިރާގެ ހިޔަނިވެސް ގެއްލިގެން ދާންދެން ނިޔަލް ބަލަން ހުއްޓެވެ. އުމުރުން 19 އަހަރުވީ އިރު ވެސް ދުވަހަކުވެސް ނިޔަލް ކުއްޖަކު ދެކެ ލޯބި ވެފައެއް ނުވެއެވެ. އެއީ އޭނާ ގަބޫލުވެސް ކުރި އެއްޗެއް ވެސް ނޫނެވެ. އެނާ ގަބޫލު ކުރި ގޮތުގައި ލޮތްބަކީ ބަލި ފައެކެވެ. އިޝްރާގެ ކުރިން ޒާނިލް ރައްޓެހިވީ ކުއްޖާ އޭނާއަށް ބޭވަފާތެރިވުމުން ޒާނިލް އަށްވީ ވަރު ފެނިފައި ދުވަހަކުވެސް ލޯބި ނުވާނަން ކަމަށް ނިޔަލް ހުރީ ނިންމައިގެންނެވެ. އެހެން ވިޔަސް ފުރަތަމަ ފެނިލުމުން ފެށިގެންވެސް ކައިރާ އަށްޓަކައި އޭނާގެ ހިތުގައި ހާއްސަ މަގާމެއް ވިއެވެ. ދެމީހުން ފުރަތަމަ ބައްދަލުވީ އެމީހުން ‘ސީ4’ ހަދަން ފެށި އިރު އެވެ. އޭރުން ސުރެ އޭނާގެ ހިތުގައި ކައިރާ އަށްޓަކައި ބަޔާން ނުކުރެވޭހާ ފުން ލޮތްބެއް ވެއެވެ.

***

“ކި… ކީކޭ…؟ މީހެއް… މީހެއްގެ ހިތޭ…؟” ދާއިޔަލްގެ ހާލު ބަލަން ޔައުލާން ދުއްވައިން އިރު އެޒިކިއެލްއާއި ކައިޔަން އިނީ ގަބުވެފައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިން ކައިޔަންގެ މޫނަށް ބަލައިލަމުން އެޒިކިއެލް އެހެން އަހައިލީ ވަރަށް ހިތްވަރު ކޮށްފައެވެ.

“އާން. ބޭބެމެން މީ ދެން މާ ކިޔަވައިގެން ތިބި ބައެއް ނޫނަސްވެސް އެއީ އިންސާނެއްގެ ހިތް ކަން މަށަށް މުޖައްރިބު. ނައިކާގެ ހަށިގަނޑު ވަޅުލަން ގެނައުމުގެ ކުރިން މިތަނަށް އައިސް ލަ ދިނުން އެދެން…” ހާމިދު އެދުނީ އާދޭހާއި އެކުގައެވެ.

މޫނު ތައްޔާރު ކޮށްފައި އޮތް ނައިކާގެ ހަށިގަނޑު ކައިރީ އިން ސަފީނާގެ ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަތައް އަންނަމުން ދިޔައެވެ. ސަފީނާއާއި ނާޒިމް ކައިވެނިކޮށް 8 އަހަރުވީ ކުއްޖަކު ނުލިބިގެންނެވެ. ތަފާތު އެކި އެކި ކަހަލަ ބޭސް ފަރުވާ ކޮށްގެން އޭނާ ފުރަތަމަވެސް ބަލިވެ އިނީ ނައިކާ އަށެވެ. އެ ވެސް 8 އަހަރު ފަހުންނެވެ. ނައިކާ ވިހޭ ފަހުން ދެން އެހެން ކުއްޖަކު ހޯދަން އުޅެފި ނަމަ އެކުއްޖާ އަދި ސަފީނާ އަށްވެސް ގެއްލުން ވާނޭ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ. އެހެން ވިޔަސް އަޅާ ނުލާ ދެމަފިރިން އުފަލުގައި އުޅުނީ ނައިކާ ގޮވައިގެންނެވެ.

އެހެންވިޔަސް ތަޤުދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. ކިރިޔާ 18 އަހަރުވީތަނާހެން ހުރި ހަމައެކަނި ދަރިފުޅު އަނިޔާވެރިއެއްގެ ޝިކާރައަކަށްވެ މިހާރު އެއޮތް ހާލު ފެނި އަދިވެސް އެހިތަށް ނުކުޅަދާނަ ވާވަރު ވެޔެވެ. ލޮލެއް ނޭފަތެއް ނޭނގޭ ވަރަށް އަނދާފައި ވުމުން އެ ޖާދޫވީ ރީތި ކަމެއް ފަހު ފަހަރަށްވެސް ދެކި ލާކަށް ނުލިބުނެވެ. މުޅި ހަށިގަނޑު ވަނީ އެ އަލިފާނުގެ ހޫނުން ކަޅުވެފައެވެ. މުސްތަގުބަލު އަލި ނައިކާގެ ދިރިއުޅުން ނިމުމަކަށް އެ ގެނައީ އޭނާ ކިހާ ހިތް ހަރު ވުމުން ހެއްޔެވެ؟ ނައިކާގެ ކުށަކީ ކޮބާ ހެއްޔެވެ؟

(ނުނިމޭ)

އަށްވަނަބައިގެ ތެރެއިން:

“ހޫމް… މިހާރު ދެން މަށަށް ފާރަ ލަނީ ދޯ؟” ފޯނަށް އައިސްފައި އިން މެސެޖު ފެނިފައި ކައިރާގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. mariyambu

    alhey shiherr mi bai ves vrh reethi mashaalllah …kudakoh dhigu koh upload kohllacchey…….btw this is my fav eh series story mi site inn.keep it up.

    1. shihaamaa ali
      mariyambu

      Jazaakillah khair maryambu 🩶
      Yes, in sha allah will try my besttt..
      Awwwnnn wjsozkhshsjajsjhshwjshhdhwujs omggg soooo happy to know this made it to your favourite alhamdhulihllah 🥹🥹
      Jazaakillah khair soooo muchhh 🩶🫶🏻🥹

  2. White rose

    WOW IM SPEECHLESS 😍😍
    Ehen vaahaka thakaa balaafa mi vhk ithurah realistic vefa sifakurunthah furihama 🥹🥹
    Curiously waiting for the next part 😄😄

    1. shihaamaa ali
      White rose

      Jazaakillah khair white rose🥹🩶 alhamdhulihllah made me sooo happy hearing this from an amazing author like you alhamdhulihllah 😭✨️ in sha allah next episode soooonn stay tuned lovess😋

Comments are closed.