Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާންވުމީ މިހިތުގެ އުފާ 24 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
June 4, 2016 13 Mins Read
25 Comments

“ހިދާއްޔާއްތަ އެއީ އެކަހަލަ މީހެއްކަމެއް އަހަންނަކަށް ނޭގޭ.” ޒައީމާ ސޯފާ މައްޗަށް ތިރިވަމުން ބުނެލި އެވެ. ޖަންނަތު ވީދެރައިން އެތާހުރެފައި ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ރޮވެން ފެށި އެވެ.

އަބްޔާންއާއި ޖަންނަތުއަށް އިނދެވޭނެ ކަމާމެދު ކުރަމުން އައި އުންމީދު ފުޑުވެގެން ދިޔަ އެވެ. އަބްޔާންގެ މަންމައާއި ދެކޮޅަށް އަބްޔާންއާއި އިނުމަކީ އެއްގޮތަކަށް ވެސް ޖަންނަތު ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ. މިހާރުވެސް ސާރާ ދެރަވެގެން އުޅޭގޮތް ޖަންނަތުއަށް ފެނެ އެވެ. ކުރިން ދުވަހުވެސް ސާރާ މުޒައްފަރު މަންމައަށް ހަދިޔާއެއް ފޮނުވުމުން އަނބުރާ ސާރާ އަތައް އެވަނީ ފޮނުވާލާފަ އެވެ. އަދި މުޒައްފަރު ކިޔާ ދަރިއަކު ނުހުންނާނެ ކަމަށް ވެސް މުޒައްފަރު މަންމަ ތަކުރާރުކޮން ބުނަމުން އެދަނީ އެވެ. އެހެން ކަމުން އަބްޔާން މަންމަ އެފަދައިން ކަންތައް ކުރާކަށް ޖަންނަތު ނޭދެ އެވެ. ދެމައިން ދޭތެރެއަށް ވަންނާކަށް އެއްގޮތަކަށް ވެސް ޖަންނަތު ބޭނުމެއް ނޫނެވެ. ޖަންނަތުއަށް ހުއްޓާނުލާ ރޮވެމުން ދިޔަ އެވެ. ޖަންނަތުއަށް ނިދުނީ ވެސް އެތައް ދަމެއްވަންދެން ނުނިދާ ރޮއެ ރޮއެ ވަރުބަލި ވެގެންނެވެ.

 

ހެދުނާ ޖަންނަތު އޮފީހަށްދާން ހޭލިއިރު ވެސް ރޭގަނޑު އެވަރަށް ރުއިމުގެ ސަބަބުން މޫނުމަތި ވަނީ ކުޑަކޮން ދުޅަވެލާފަ އެވެ. ސާރާއަށް ޖަންނަތުގެ މޫނު ފެނުމުން ކިހިނެއްވެފައިތޯ އަހަން ފެށި އެވެ. ނިދަން އޮވެވުން ގޮތަކުން ކަމަށް ބުނަމުން ޖަންނަތު އަވަހަށް ބެލީ ގެއިން ނިކުމެވޭތޯ އެވެ.

ކެބިންއަށް ވަނުމުން މާޒިދުއަށް ވެސް ޖަންނަތުގެ މޫނު ފެނުމާއި އެކު ކަމެއް ވެފައި ހުރިކަން ފާހަގަވި އެވެ.

“ޖަންނާ؟ ކިހިނެއްވެފަ ތިހިރީ؟” މާޒިދުއަށް އަހާލެވުނެވެ.

“އިއްޔެ ދަތުރުގެ ކަންތައް.” ޖަންނަތު ހިނިތުން ވެލަމުން ބުނެލި އެވެ. މާޒިދު ނިކަން ރަގަޅަށް ޖަންނަތުއަށް ބަލައިލި އެވެ. އެވަގުތު ޒައިދާން ވެސް އައިސް ވަނެވެ. ޒައިދާން ހުރީ ނިކަން އަވަސް ކޮށްލާފައި ކަމުން ޖަންނަތުއާއި ދިމާލަށް ބަލައިލާކަށް ވެސް ނުހަދަ އެވެ. އަވަސް ކޮށްލާފައި ގޮސް ކޮޓަރިއަށް ވަދެއްޖެ އެވެ.

ނިކަން ބުރަކޮން އަފީހުގައި މަސައްކަތް ކުރަމުން ދިޔަ އެވެ. އެހާ ބުރަކޮން އުޅޭ އިރުވެސް ޖަންނަތުއަށް ބައެއް ފަހަރަށް ހިޔާލަކަށް ގެއްލިފައި އިނދެވެ އެވެ. މާޒިދުއަށް އެކަން ފާހަގަ ވެގެން ޖަންނަތުއަށް ދެފަހަރަކު ގޮވާވެސް ލެވުނެވެ.

އޮފީސް ނިމުން ގަޑީގައި އަބްޔާން ސައިކަލުގައި ޖަންނަތު ބަލައި އައިސް އިނެވެ. ޖަންނަތުއަށް އަބްޔާން ފެނުމުން މީހާގެ މޫނު މުޅިން މިލައިގެން ދިޔަ އެވެ. ހިދާޔާ ރޭ ދެއްކި ވާހަކަތައް ކަންފަތުގައި ބާރަށް ގުގުމަމުން ދިޔަ އެވެ.

ޖަންނަތު ނުކުމެގެން ހިގައިގަތީ ގެއާވީ ދިމާލަށެވެ. އަބްޔާން ސައިކަލަށް ނާރާ ހިގައި ގަތުމުން އަބްޔާން ހައިރާން ވެފައި ޖަންނަތު ފަހަތުން ދުއްވާލި އެވެ.

“އޭ.. ޖަންނާ؟” އަބްޔާން ގޮވަން ފެށި އެވެ. އަބްޔާންއަށް އަޅާނުލާ ޖަންނަތު ހިނގުން ބާރު ކޮށްލި އެވެ. “ޖަންނާ… ކިހިނެއްވެގެންތަ ތިއުޅެނީ؟” އަބްޔާން އައިސް ޖަންނަތު ކުރިމައްޗަށް ސައިކަލު މަޑުކޮށްލި އެވެ. އަދި ޖަންނަތުއަށް ބަލަހައްޓައިގެން އިނެވެ. “ޖަންނާ.. ވެގެން އުޅޭގޮތެއް ބުނީމަނު އިނގޭނީ.”

“އަބީ… އަހަރެން ވަރަށް އަވަހަށް ގެއަށްދާން ވެގެން މިއުޅެނީ.” ޖަންނަތު އެއްކައިރި ވެލަމުން ބުންޏެވެ.

“ދެން ސައިކަށް އަރާބަލަ… އޭރުންނެއްނު އަވަހަށް ދެވޭނީ.”

“ޕްލީސް އަބީ… ލީވް މީ އެލޯން.” ޖަންނަތު އެހެން ބުނެފައި ދުއްވައި ގަތެވެ. އަބްޔާން ހައިރާން ވެފައި ޖަންނަތު ފަހަތުން ސައިކަލު ދުއްވާލި އެވެ. އަނެއްކާ ވެސް އަބްޔާން ޖަންނަތު ކުރިމައްޗަށް އަރާ ހުއްޓާލަމުން ސައިކަލުން ފޭބި އެވެ.

“ޖަންނާ… ކިހިނެއްވީތަ؟ އަހަރެން ރޭގަ ނުގުޅީމަތަ ތި އުޅެނީ ރުޅި އައިސްގެން.”

“އަބީ.. އަހަރެން އަބީއާ ވާހަކަދައްކާކަށް ބޭނުމެއްނޫނޭ.”

“އެއީ ކީއްވެތަ؟”

“ހަމަ ބޭނުން ނުވަނީ.” ޖަންނަތު އަނެއްކާވެސް ކުރިއަށް ހިގައި ގަތެވެ. ނަމަވެސް އަބްޔާން ޖަންނަތު އަތުގައި ހިފެހެއްޓި އެވެ.

“އަބީ.. ތިހިން ނޫޅެބަލަ.. މީހުން އެޔޮއް ބަލަނީ.”

“މައްސަލައެއްނެތޭ.. އަހަރެން ސިއްރުން ކަމެއްކުރާކަށް ނޫޅެމޭ. ޖަންނަ ބުނެބަލަ ވެގެން އުޅޭ ގޮތެއް.”

“އަބީ އަހަރެން އަތުން ދޫކޮށްލަ ބަލަ.. އަހަންނަށް އަބީއާ ވާހަކަދެއްކޭކަށް ނެތޭ.”

“އަޖައިބެއްތީ ޖަންނާ… އެއީ ކީއްވެތަ؟”

“ނޭގެ.” ޖަންނަތު ބުނެލި އެވެ.

“ހަހަހަހަ.. ޖަންނާ. ޖަންނައަށް މިހާރު ރުޅި އަންނާކަށްވެސް ނޭގެއެއްނު.” އަބްޔާން ކައިރިއަށް ހިނިއަ އެވެ. އަބްޔާންއަށް ހީވީ ޖަންނަތު އުޅެނީ އަބްޔާން ދެކެ ރުޅިއަންނަ ކަމަށް ހެދިގެން ކަމަށެވެ.

ޖަންނަތު އެއްކައިރިވެލާފައި އަބްޔާން އަތުން ޖަންނަތުގެ އަތް ފޮޅުވާލަމުން ދުއްވައިގަތެވެ. އަބްޔާން އަވަހަށް ގޮސް ސައިކަލަށް އަރައިގެން ޖަންނަތު ފަހަތުން ދުއްވާލި އެވެ. ޖަންނަތުއާއި އަބްޔާންއަށް ހަމަކުރެވުނީ ޖަންނަތު ދުވަމުން ގޮސް ގެއަށް ވަނުމުންނެވެ. އަބްޔާން ސައިކަލު ބަހައްޓާފައި އައިސް ޖަންނަތު އަތުގައި އަނެއްކާވެސް ހިފެހެއްޓި އެވެ.

“އޭ.. ޖަންނާ.”

“އަބީ ޕްލީސް…. އަހަރެން އަތުން ދޫކޮށްލަ ބަލަ.”

“ޖަންނާ.. އަހަރެން ވާހަކައެއް ބުނަން ވެގެނޭ މިއުޅެނީ.”

“ކޮން ވާހަކައެއް؟” ޖަންނަތު ސީރިއަސް ވެފައި އެހި އެވެ. އަބްޔާން ޖަންނަތުގެ ލޮލަށް ބަލައިލި އެވެ.

“އަހަރެން މިއުޅެނީ ފެކްޓްރީއަށް ދާން ވެގެން. ބައްޕަ ހެދުނު ގުޅުއްވާފަ ބުނުއްވީމަ… ބައިވަރު މަސައްކަތް އޮތީމަ… އެހެންވީމަ ޖަންނަ ދެން ފެންނާނީ ވީކެއް ފަހުން ކަންނޭގެ. ޖަންނަ މިސް ވާނެތީވެ މިއައީ އަވަހަށް ސަލާން ކޮށްލަންވެގެން.” އަބްޔާން ބުންޏެވެ.

“ކޮން އިރަކުން ފުރަނީ؟” ޖަންނަތުއަށް އަހާލެ ވުނެވެ. ހިދާޔާ ދެއްކި ވާހަކަތައް ހަދާން ނެތިގެން ދިޔަ ކަހަލަ އެވެ.

“ހަވީރު…” އަބްޔާން ޖަންނަތު ކައިރި ކޮށްލި އެވެ. ނަމަވެސް ޖަންނަތު ދުރަށް ޖެހިލީ ގޭތެރެއިން ޔަޒަންއާއި ޒައީމާ ވަހަކަ ދައްކާއަޑު އިވުމުންނެވެ. “ހިނގާބަލަ އެތެރެއަށް… ވާހަކަ ދައްކާލަން.”

އެވަގުތު ޒައީމާ ޔަޒަން ގޮވައިގެން ނިކުތީ ޤުރުއާން ކްލާހަށް ޔަޒަން ގެންދާށެވެ. ޒައީމާ ދެން އަންނާނީ ޔަޒަން ނިމުނީމަ ޔަޒަން ގޮވައިގެނެވެ. އެހެން ކަމުން ގޭގައި އަބްޔާންއާއި ޖަންނަތު އެކަނިވީ އެވެ.

އަބްޔާން އެތެރެއަށް ވަދެ ސޯފާގައި އިށީނެވެ. ޖަންނަތުވެސް އައިސް އަބްޔާން ކައިރީ އިށީނެވެ. ޖަންނަތު އިނީ ދެހިޔާލެއްގަ އެވެ. އަބްޔާންއަށް ހިދާޔާ ދެއްކި ވަހަކަތައް ކިޔައިދޭންވީ ބާއޭ ޖަންނަތު ހިތައް އަރަމުން ދިޔަ އެވެ.

“ޖަންނާ… އާދެބަލަ ކައިރިއަށް.” އަބްޔާން ޖަންނަތު އަތުގައި ހިފައި އަބްޔާން ކައިރިއަށް ދަމާލި އެވެ. “ތަނާ މިއަދު ވަރަށް ވާހަކަ ދައްކައިފި… ރޭގަ އެހާވަރު ކޮށްލާފަ އަހަރެން ހިތައްއެރީ ދެން ތަނާކައިރިން ސަލާމަތެއް ނުވެވޭނެ ކަމަށް.”

“ކޮން ވާހަކައެއް ދެއްކީ؟” ޖަންނަތު އެއްފައި ސޯފާއަށް ލަމުން އަބްޔާންއާއި ދިމާލަށް އެނބުރިލި އެވެ.

“ތަނާއަށް ވިސްނުނީޔޯ ބުނީ… ތަނާ ބުނީ އަހަންނާ ޖަންނައާ ދޭތެރެއަށް ނުވަންނާނަމޭ… އޭނައަށް އިނގިއްޖެޔޯ ދެމީހުން ލޯބިވާވަރު. ދެން ބުނީ އޭނަގެ ރައްޓިއްސެއްގެ ގޮތުގަ ހުރެދޭށޯ… އަހަރެން ދެން އެކަމަށް އެއްބަސްވެލިން. ދެން ބުނީ ޖަންނަ ކައިރިން މާފަށް އެދެންވެސް ބޭނުން ވާހަކަ… ދެން ނިކަން ވާހަކަ ދެއްކި..” އަބްޔާން ސޯފާގައި ހަމަޖެހިލި އެވެ. “އަހަރެންގެ ހިތައް މިހާރު ހަމަޖެހުމެއް ލިބިއްޖެ… މިހާރު ޖަންނައާ އަހަންނާ ދޭތެރޭ އެއްވެސް ކަހަލަ ހުރަހެއް ނެތް.” އަބްޔާން އެހެން ބުނުމުން ޖަންނަތު ސޯފާއިން ފައި ތިރިކޮށްލަމުން އިސް ޖަހާލި އެވެ. ޖަންނަތުގެ ހިތް އެދެނީ އަބްޔާންއަށް ހިދާޔާގެ ވާހަކަތައް ކިޔައިދޭށެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ. ޖަންނަތު ދެހިޔާލެއްގައި އިންދާ އަބްޔާން ޖަންނަތުގެ މޫނާ ދިމާލުން ފުއްޓަތްކެއް ޖަހާލި އެވެ. އަދި ކިހިނެއް ވެފަތޯ އިޝާރާތުން އަހާލި އެވެ. ޖަންނަތު އެއްޗެއް ނުބުނުމުން އަބްޔާން ޖަންނަތު ގައިގައި ހިފަހައްޓާލާ ކައިރި ކޮށްލި އެވެ. ޖަންނަތު އަބްޔާންގެ މޭގައި ބޯއަޅާލުމުން އަބްޔާން ޖަންނަތުގެ އިސްތަށި ގަނޑުގައި ފިރުމާލަމުން ބޮލަށް ބޮސްދިނެވެ.

“ޖަންނާ އަހަރެން އަންނާނެމޭ… އަހަރެން މިސްވާނެތީދޯ އެއްޗެއް ނުބުނެ ތިއިނީ.” އަބްޔާން ހީކުރީ ޖަންނަތު ދެރަވެފައި އިނީ އަބްޔާން ދާވާހަކަ ބުނުމުން ކަމަށެވެ.[

ދެމީހުން ވާހަކަ ދައްކާލަން ތިބެފައި އަބްޔާން ތެދުވީ އަބްޔާން ބަލައިއައި ލޯންޗުން ގުޅުމުންނެވެ. އަބްޔާން ޖަންނަތު ގައިގައި ބައްދާލަމުން ގުޅާނަން ކަމަށް ބުނެލާފައި އަވަހަށް ނުކުމެގެން ހިގައްޖެ އެވެ.

 

ދެން އައި ދުވަސްކޮޅު ދިޔައީ އާދައިގެ ގޮތަކަށެވެ. ހުސްވަގުތެއް ވާއިރަށް އަބްޔާން ޖަންނަތުއަށް ގުޅަ އެވެ. މެސެޖު ކުރެ އެވެ. ޖަންނަތު ވެސް އަބްޔާންއާއި ވާހަކަ ދައްކާ ހަދަމުން ދިޔަ އެވެ. ހިދާޔާ ދެއްކި ވާހަކަ މިހާރު ޖަންނަތު ހިތުގައި ފަނޑުވަމުން ގޮސް ވަނީ ނިވެން ކައިރި ވެފަ އެވެ.

 

ހިދާޔާ އާލިޔާ ގޮވައިގެން ސިއްހީ މަރުކަޒަށް ދިޔައީ އާލިޔާ ގައިގައި ބިހިތަކެއް ނަގައިގެން ކަހާވަރުން އާލިޔާ ރޯތީ އެވެ. ޑޮކްޓަރ ހަލަފްއަށް އާލިޔާ ފެނުމުން ހިތް އަވަސް ވެގެން ދިޔަ އެވެ. އަދި ނިކަން އަވަހަށް އާލިޔާއަށް ފަރުވާދިނުމުގެ ހިދުމަތުގައި އުޅެން ފެށި އެވެ. އާލިޔާއާއި ދިމާލަށް ޑޮކްޓަރ ހަލަފް މާވަރަކަށް ބަލާހެން އާލިޔާއަށް ވެސް ފާހަގަ ކުރެވުނެވެ.

“ހަފްހަފް… އަޅުގަނޑުގެ މޫނަށް އިތުރު ގޮތެއް ވެފަ ހުރީތަ؟” އާލިޔާއަށް އަހާލެވުނެވެ. ހިދާޔާ ވެސް އެތާ އިނުމާއި އެކު އެވަގުތު ޑޮކްޓަރ ހަލަފް ލަދުގަތެވެ.

“ނޫނޭ.” އަވަހަށް އިސްޖަހާލަމުން ބުންނެވެ.

“މޫނަށް ގޮތެއް ނުވިއަސް ތިހިރަ ޖައްސާފަ ހުރި ކުލަވަރު ތަކުން މީހުނަށް ހީވާނެ މޫނަށް ގޮތް ގޮތް ވެފަ ހުންނަހެންވެސް.” ހިދާޔާ ބުނެލި އެވެ. ހިދަޔާ އެހެން ބުނުމުން އާލިޔާ ހިތްހަމަ ނުޖެހިގެން އާލިޔާ ހިދާޔާއަށް ލޯއަޅާލި އެވެ.

“ނޫނޭ… އާލިޔާގެ މޭކަޕް ވަރަށް ރީތި.” ޑޮކްޓަރ ހަލަފް ބުނެލި އެވެ. “އަސްލު ރީތިވީމަ މި ބަލައިލެވުނީ ވެސް.” ނިކަން ހިތްވަރުކޮށްފައި ޑޮކްޓަރ ހަލަފް އެހެން ބުންޏެވެ. ހިދާޔާ ނިކަން ފާޑަކަށް ހަލަފްއަށް ބަލައިލި އެވެ. އަދި ހިތުގައި އެވަގުތު ހިގައިގަން ހިޔާލުން ހިނިތުން ވެލެވުނެވެ.

“އެލާރޖީއެއް ހެން ހީވަނީ… ކެވުނު އެއްޗަކުން ކަމަށް ވެސް ވެދާނެ.” ޑޮކްޓަރ ހަލަފް ބުންޏެވެ. އަދި ބޭސް ސިޓީ ހިދާޔާ އަތައް ދިނެވެ. “މިބޭސް ބޭނުން ކޮށްލާ… އުނގުޅާލާނެ ބޭހެއްވެސް ލިޔެފަ އޮންނާނީ… އާލިޔާ މިދަވަސް ކޮޅު މަސް ކެއުމާ ދުރުވެލަންވީ.” ހަލަފް ބުނެލި އެވެ. އާލިޔާ ހިނިތުން ވެލަމުން ބޯޖަހާލި އެވެ.

 

އަސްރުނަމާދުން ފައިބައިގެން ޖަންނަތު ގޯތިތެރެއަށް ނުކުތީ ހިއްކަން އަޅާފައިވާ އެއްޗިހި ނަގާށެވެ. އެވަގުތު ބޭރުން އައިސް އަބްޔާން ވަންތަން ފެނުނެވެ.

“ސަރޕްރައިސް!” އަބްޔާން އައިސް ގޮވާލުމުން ޖަންނަތު ހައިރާންވެފައި ބަލަހައްޓައިގެން ހިނިތުންވެފައި ހުއްޓެވެ. “ޖަންނައަށް ނާންގަ މިއައީ…” އަބްޔާން އައިސް ޖަންނަތު ކައިރީ ހުއްޓިލަމުން ބުނެލި އެވެ. “ކޮބާ މިގޭ މީހުންތައް؟”

“ސާރާ އަދި ނާދެ.. ޒައީމާއްތަ އެބައުޅޭ ޔަޒަންއާ އެކީ…” ޖަންނަތު ބުނެލި އެވެ.

“ތިކަންތައް ކޮށްލާފަ ހިނގާބަލަ އަހަންނާ އެއްކޮން ތާކަށް ދާން.” އަބްޔާން ބުނެލި އެވެ.

“ކޮންތާކަށް؟”

“ދެން ސުވާލު ގިނަނުކޮށް ހިނގާ ބަލަ.”

“އޯކޭ! އޯކޭ..” ޖަންނަތު ހީލަމުން ބުންޏެވެ. އަދި ރޯނުން ހުރިހާއެއްޗެއް ނަގައިގެން ގެންގޮސް ގެއަށް ލިއެވެ.

އަބްޔާން ޖަންނަތު ގޮވައިގެން ސައިކަލުގައި ވަލުމަގުން ދިޔަ އެވެ. ގޮސް އެމަގުކޮޅު އަތިރިމައްޗަށް ސައިކަލު މަޑުކޮށްލި އެވެ.

“ކީއްކުރަން މިހިސާބަށް ތިއައީ؟” ޖަންނަތު ހައިރާން ވެފައި އަހާލި އެވެ.

“ޖަންނަ ގޮވައިގެން ޕިކްނިކް މިއައީ… އަހަރުމެން ދެމީހުން އެކަނި.” އަބްޔާން ސައިކަލުގެ މަޑިދަށުން ފޮތިގަނޑަކާއި ޕްލާސްޓިކު ތަށިތަކެއް ނެގި އެވެ. އެވަގުތު އެތަނަށް ސައިކަލުގައި އަހްޔާންއާއި ނޫރު ވެސް އައެވެ.

“އަން..” ނޫރުގެ ސައިކަލު ފަހަތުން އަހްޔާން ފައިބަމުން އަހްޔާން އަތުގައި އޮތް ޕިއްޒާ އަބްޔާންއަށް ދިއްކޮށްލި އެވެ. “އަހަރުން ދާނީ ސައިކް ހިފައިގެން… ނިމުނީމަ ގުޅާ، އޭރުން އަންނާނަން ބަލާ.” އަހްޔާން ބުންޏެވެ.

ނޫރުއާއި އަހްޔާން ދިއުމުން ހައިރާން ވެފައި ހުރި ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ.

“އަބީ… މީ ކޮން ކަމެއް؟”

“މީ ވަރަށް ސްޕެޝަލް ކަމެއް،” އަބްޔާން އަތުގައި އޮތް ޕިއްޒާ ޖަންނަތު އަތައް ދީފައި، އޭނަ އަތުގައި އޮތް ފޮތިގަނޑު ވެލިގަނޑު މަތީ އަޅާލި އެވެ. “އިނގޭތަ؟ މިރޭ ބައްޕަ ދުރުވާނެ. އިރާދަކުރެއްވިއްޔާ އަހަރުމެންނަށް ވަރަށް އަވަހަށް ކައިވެނި ކުރެވޭނެ.” ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ.

“އަބީ މަންމަ ޤަބޫލުތަ؟” ޖަންނަތު ހައިރާން ވެފައި އެހި އެވެ.

“ކީއްވެ ޤަބޫލު ނުވާންވީ… ބައްޕަ ބުނުއްވީމަ މަންމައަށް ދެކޮޅު ހަދާކަށް ނުކެރޭނެނު.” އަބްޔާން ޖަންނަތު އަތުގައި އޮތް ޕިއްޒާ ފޮތިގަނޑު މަތީ ބޭއްވި އެވެ.

“އަބީ މަންމައަށް އިނގޭތަ އަހަރުމެން މެރީކުރަން އުޅޭ ވާހަކަ؟”

“ބައްޕަ މިރޭ އެވާހަކަ މަންމަ ގާތު ދައްކަވާނެ. އޭރުން ދެން ޑޭޓްއެއް ކަނޑައަޅަންވީ.”

“އަބީ އަހަރެން ވަރަށް ބިރުގަނޭ.”

“ޖަންނަ އެހާ ހާސްނުވެބަލަ… ހިނގާބަލަ ޕިކްނިކް ކޮށްލަން.” އަބްޔާން ޖަންނަތު އަތުގައި ހިފައިގެން ގެނެސް ފޮތިގަނޑު މަތީ ބޭންދި އެވެ. އަބްޔާން ޖަންނަތު ގެނެސް އަބްޔާންގެ ބާރުގަދަ އަތުގެ ތެރެއަށް ގެނެސް ވަށާލި އެވެ.

“އަބީ، ކައިވެންޏާ މެދު އަބީ މަންމަ ދެކޮޅު ހަދައިފިއްޔާޔޯ؟” ޖަންނަތު އަދިވެސް އިނީ އެހިޔާލުގަ އެވެ.

“ޖަންނާ… މަންމަ ދެކޮޅު ހަދަންވީ ކީއްވެތަ؟ މަންމައަށް ވެސް ކިހާ ފަސޭހަވާނެ ޖަންނަ އަހަރުމެންގޭގަ އުޅެން ފެށީމަ. މަންމަ އެހާ ބަލިކޮން އުޅެމުން ކަންތައް ކުރާކަށް ނުޖެހޭނެނު. އެހެން ނޫނަސް އަހަރެން ކުރަން އުޅޭ ކަމަކަށް މަންމަ ދެކޮޅެއް ނުހަދާނެ… އަދި ދުވަހަކުވެސް ނުހަދާ.”

“އަބީ.. އަހަރެން ހާދަ ބިރެއް ގަނެޔޭ!”

“ޖަންނާ.. މަންމަ ޤަބޫލު ނުވެދާނެ ކަމަށްތަ ތިހީކުރަނީ؟ މަންމަ ޤަބޫލު ވާނެޔޭ.” އަބްޔާން ޖަންނަތުގެ މޫނާ މޫނު ކައިރިކޮށްލި އެވެ. “މަންމަ ޤަބޫލު ނޫނަސް އަހަރެން ޖަންނައާ މެރީ ކުރާނަން… ކޮންމެ މީހެއް ކޮންމެ އެއްޗެއް ކިޔަސް އަހަރެންނާ ޖަންނައާ ދުރުކުރެވޭނެ ގޮތެއް ދެން ނޯންނާނެ.” އަބްޔާން އެހެން ބުނުމުން ޖަންނަތު ވިސްނާލަން އިނެވެ. ސާރާ އުޅޭހެން އުޅޭކަށް ޖަންނަތު ބޭނުމެއް ނޫނެވެ. އަދިވެސް ފަރުޒާނާ ސާރާއާއި ވާހަކައެއް ނުދައްކައެވެ. މުޒައްފަރާއި ވެސް ވާހަކަ ނުދައްކަ އެވެ. ސާރާ އަބަދު ދެރަވެފައި ހުންނީ އެކަމާ އެވެ. މުޒައްފަރާއި އިނދެވުން މޮޔަ ހިތައް އަރާވާހަކަ ވެސް ސާރާ ކުރިން ދުވަހު ޖަންނަތު ގާތު ބުންޏެވެ. މުޒައްފަރު މަންމައާއި މުޒައްފަރުއާއި ދުރުވީ ސާރާއާއި ހެދި ކަމަށް ސާރާ ޤަބޫލު ކުރެ އެވެ. ޖަންނަތު އެހެން ވާކަށް ނޭދެ އެވެ.

ޖަންނަތު ވިސްނުމަކަށް ގެއްލިފައި އިނދާ އަބްޔާން ޖަންނަތުގެ ތުންފަތައް ބޮސްދިނެވެ. ޖަންނަތު ސިހިފައި އަބްޔާން ކޮނޑުގައި ހިފާ ކޮށްޕާލި އެވެ.

“ކޮން ކަމަކަށްތަ ގެއްލިފަ ތިނީ؟” އަބްޔާން ހިނިތުން ވެލަމުން އަހާލި އެވެ. ޖަންނަތު ބޯހޫރާލި އެވެ. “އާދެބަލަ އަހަރެން ކައިރިއަށް.” އަބްޔާން ޖަންނަތު އަތުގައި ހިފާ ދަމާލި އެވެ. އަދި އަބްޔާންގެ އަތުގެ ތެރެއަށް ލަމުން ބާރުކޮށްލި އެވެ. ޖަންނަތުވެސް އެ މަސްތީ ވަގުތުކޮޅަށް ފީނައިގަންނަމުން އަބްޔާންގެ އަތު ތެރޭ ބޮނޑިވެލި އެވެ.

ދެމީހުން އެކަކު އަނެކަކަށް ކުދި ސަމާސާ ކޮށްލާ ސަކަރާތް ޖަހާލާ ހަދަމުން ޕިއްޒާ ކަމުން ދިޔަ އެވެ. ދެމީހުންގެ މޫނުމަތިން ވެސް ފެންނަން ހުރީ އެކަކު އަނެކަކަށް ޓަކައިވާ ލޯތްބެވެ. އުފާވެރި ކަމެވެ. ހިތްހަމަ ޖެހުމެވެ. އެގޮތުގައި ދެމީހުން އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލީ ހަވީރު ފަހެއް ޖަހަންދެނެވެ. އަބްޔާން އަހްޔާންއަށް ގުޅަން ފޯނުނެގި އެވެ. ޖަންނަތު އަބްޔާން އަތުގައި ހިފާލި އެވެ.

“ހިނގާ ހިނގާލާފަ ދާން…” ޖަންނަތު ބުނެލި އެވެ.

“ތީ މާ ރަގަޅު ގޮތެއް… އޭރުން ގިނަ ވަގުތު ޖަންނަ ކައިރީ ހުރެވޭނެ.”

ދެމީހުން ތެދުވި އެވެ. ޕިއްޒާ ފޮށި ބޮނޑިކޮށްލަމުން ޕްލާސްޓިކް ތަށިތައް ވެސް އަބްޔާން އަތައް ނެގި އެވެ. އަބްޔާން އަކީ އަބަދުވެސް ތިމާވެއްޓަށް ލޯބިކުރާ މީހެއް ކަމުން އެ ހުސްފޮއްޓާއި ތަށިތައް އެތަނަށް ދޫކޮށްލާކަށް ބޭނުމެއް ނުވި އެވެ. ޖަންނަތު ފޮތިގަނޑު ފަތް ޖަހާލައިފައި އަބްޔާން އަތައް ދިއްކޮށްލި އެވެ.

އަބްޔާން ފޮތިގަނޑު ތެރެއަށްލާ ހުރިހާއެއްޗެއް އޮޅާލާފައި ގޮށްޖަހާލި އެވެ. އަދި އެއްއަތުން އޭގައި ހިފައިގެން އަނެއްއަތުން ޖަންނަތުގެ އަތުގައި ހިފާލައިގެން އެއްގަމަށް ހިގައި ގަތެވެ. ދެމީހުން ވަލުމަގުން ހިގަމުން ދިޔަ އެވެ. ހެމުން ސަކަރާތް ޖަހަމުން ދިޔަ އެވެ. ދެމީހުނަށް ވަލުތެރޭ ގަސްތަކުތެރޭ އެމީހުނާ ދިމާލަށް ބަލަން ހުރި ހިދާޔާއެއް ނުފެނެ އެވެ. ހިދާޔާ އުޅެނީ އެގޭދޮށު މީހަކާއެކީ ކާށި ހޮވަން އައިހެވެ. ހިދާޔާއަށް އެދެމީހުން އަތުގައި ހިފާލައިގެން ދާ މަންޒަރު ފެނުމުން އައި ރުޅިން ދަތްކުނޑި ވިކާލެވުނެވެ. އަދި ނިކަން ބާރަށް މަގަށް ނުކުމެ އެމީހުން ދާދިމާލަށް ބަލަން ހުއްޓެވެ.

 

އާލިޔާ އިނީ މޫސަ ފިހާރައިގެ އަށިމަތީ އެވެ. ތަނާ ވެސް އާލިޔާ ކައިރީ އިށީދެލައިގެން އިނެވެ. ދެމީހުން ތިބީ ޗޮކުލެޓެއް ކާށެވެ. އެވަގުތު ފިހާރައަށް ވަންނަން އައި ޑޮކްޓަރ ހަލަފްއަށް އާލިޔާ ފެނިގެން އެތާ މަޑުކޮށްލި އެވެ.

“އާލިޔާ! ކިހިނެއް މިހާރު؟”

“ރަގަޅު… ބޭސް އުނގުޅަން ޖެހުނީ އެންމެ ފަހަރަކު. ހަފްހަފް ވަރަށް މޮޅު…” އާލިޔާ ޑޮކްޓަރ ހަލަފްއަށް ހިނިތުން ވެލި އެވެ. “ހަފްހަފް، މީނީ އަހަރެންގެ ރައްޓެހި ތަނާ.. ތަނާ މީ ޑޮކްޓަރ ހަލަފް. އަހަރުމެން ކިޔަނީ ހަފްހަފް.”

“ހައި ތަނާ، ނައިސް ޓު މީޓް ޔޫ.” ޑޮކްޓަރ ހަފްހަފް ތަނާއާއި ސަލާން ކޮށްލި އެވެ. ތަނާ ވެސް ހިނިތުން ވެލި އެވެ.

“ވާއޮ އާލިޔާ.. ހީ ލުކްސް ސޯ ހޮޓް.” ޑޮކްޓަރ ހަލަފް ފިހާރައަށް ވަނުމުން ތަނާ ބުންޏެވެ.

“ސަޅިތަ؟ ތިހިން ވިއްޔާ ތަނާއަށް ދިނީ.” އާލިޔާ ބުނެލި އެވެ.

“އައްދޭ… ތަނާ ބޭނުމެއްނޫން… އެހެންނޫނަސް އާލިޔާއާ ބޮޑަށް ގުޅެނީ.” ތަނާ ހީލަމުން ބުންޏެވެ.

“ތަނާ، ތަނާ ވެސް ދެން އެހެން ކުއްޖެއް ހޯދަން ވިއްޔޭ. މިހާރު އެކަކަށް ޓަކައި ކިހާ ދުވަހަކު ހުރެވިއްޖެ.”

“ހޫނ… ތަނާ ވެސް ތިކަމާ އެބަ ވިސްނަމޭ… އެކަމު އަބީ މަތިން ހަދާން ނައްތާލަން ވަރަށް އުނދަގޫވާނެ.”

“އާން ތިހެން ވާނެ… އެކަމު ލިބޭނެ ކަމުގެ އުއްމީދެއް ނެތް މީހަކަށް އިންތިޒާރު ކުރަންވީ ކީއްކުރަން.”

“އާން.. ތަނާ ދެން ރާއްޖޭ ކުއްޖަކާ ގުޅޭކަށް ހިޔާލެއް ނުކުރަން.. އެކަމަކު ތަނާ ދެން ބަލާނީ ތަނާދެކެ ލޯބިވާ ކުއްޖެއް ލިބޭތޯ.”

“ވާއޮ ތަނާ… ހާދަ ބޮޑަކަށް ތި ވިސްނުނީ.. ” އާލިޔާ ހީލި އެވެ. ތަނާ ވެސް ހިނިތުން ވެލައިގެން އިނެވެ.

“އާލިޔާ…” ފިހާރައިން ނިކުތް ޑޮކްޓަރ ހަލަފް އާލިޔާއަށް ގޮވާލި އެވެ. އަދި އޭނަ އަތުގައި އޮތް ކޮތަޅެއް އާލިޔާއަށް ދިއްކޮށްލި އެވެ.

“މީ ކޯޗެއް؟” އާލިޔާ އޭގައި ހިފަމުން އަހާލި އެވެ.

“ޖަސްޓް އަ ގިފްޓް ފްރޮމް މީ.” ޑޮކްޓަރ ހަލަފް ބުނެލި އެވެ.

އާލިޔާ އެ ކޮތަޅު ހުޅުވާލި އެވެ. އޭގައި އޮތީ ބޮޑު ކެޑްބަރީ ޗޮކުލެޓެކެވެ.

“ހަފްހަފް؟” އާލިޔާ ހައިރާންވެފައި ގޮވަލި އެވެ. “ކީއްވެ؟”

“ބޭނުމެއް ނޫންތަ؟” ޑޮކްޓަރ ހަލަފް އަހާލި އެވެ.

“ނޫނޭ، ދެން އެހެނެއް ނޫން… މީގެ ކުރިން ގިފްޓެއް ދުވަހަކު ވެސް ނުދޭތީ.” އާލިޔާ ބުމަ އަރުވާލަމުން ތުއި ގޮތަކަށް ބުނެލި އެވެ.

“މީގެ ކުރިން ނުދެވޭތީއޭ މިހާރު މި ދިނީ… ލައިކް ނުވަންޏާ އެހެން އެއްޗެއް ވެސް ދެވިދާނެ.” ޑޮކްޓަރ ހަލަފް ބުނެލި އެވެ.

“އޯހ ނޯ ނޯ… މި ހަމަ ރަގަޅޭ.. ތެންކް ޔޫ.” އާލިޔާ ހިނިތުން ވެލި އެވެ. “އައި ލައިކް ދިސް.” އާލިޔާ ޗޮކުލެޓު އާލިޔާ ކޮލުގައި ޖައްސާލަމުން ބުނެލި އެވެ. ޑޮކްޓަރ ހަލަފް ހިނިތުން ވެލަމުން އެތަނުން ދިޔަ އެވެ.

“އޫހ ހޫ… ގިފްޓެއް ވެސް އެދިނީ މިހާރު.” ތަނާ އާލިޔާއާ ދިމާކޮށްލި އެވެ. އާލިޔާ ހިނިތުން ވެލަމުން ތަނާއަށް ބަލައިލި އެވެ.

 

ޖަންނަތު ފެންވަރައިގެން ނުކުތް އިރު ޒައިދާން ސޯފާގައި އިނެވެ. އޭރު ޒައީމާ އުޅެނީ ޔަޒަން ރީތިކުރާށެވެ. ޒައިދާން އިނީ ޔަޒަން ނިމެންދެނެވެ. އެވަގުތު ސާރާ ވެސް އައިސް ގެއަށް ވަދެ ކޮޓަރިއަށް ވަންނަން އުޅެނިކޮން ބޭރުން މީހަކު ސަލާން ގޮވާލި އަޑު އިވުނެވެ. އެންމެން ދޮރާދިމާއަށް ބަލައިލި އެވެ.

“ވައަލައިކުމް ސަލާމް.” ސާރާ ސަލާމަށް ޖަވާބު ދިނެވެ. ހިދާޔާ އައިސް ވަންތަން ފެނުމުން ޖަންނަތުގެ މުޅިގައި ފިނިވެގެން ދިޔަ އެވެ. ހިދާޔާ ފެނުމުން ސާރާ އާއި ޒައިދާން ހައިރާން ވެފައި ތިއްބެވެ. މީގެ ކުރިން ހިދާޔާ އަކީ އެގޮތަށް އެގެއަށް އަންނަ މީހެއްނޫނެވެ.

“ހިދާއްޔައްތާ.. ހާދަ ނުގަޑިއެއްގަ ތިއައީ، ހިނގާ ސައިތައްޓެއް ބޯލަން.” ސާރާ އަވަހަށް ހިދާޔާއަށް މެހެމާންދާރީ އަދާކުރަން އަވަސް ކޮށްލި އެވެ.

“އަހަރެން މިއައީ އެއްޗެއް ބޯކަށް ނޫން…” ހިދާޔާ ރުންކުރު ރާގަކަށް ބުންޏެވެ. އަދި ޖަންނަތުއާއި ދިމާއަށް ނުރުހިފައި ބަލައިލި ގޮތުން ވެސް ސާރާގެ ހިތް ބިރުގަންނަން ފެށި އެވެ. އޭރު ޖަންނަތު ހިތް ބާރަށް ތެޅެމުން ދިޔަ އެވެ. “މިހިރަފެންނަ ޖަންނަތުއަށް އިނގޭނެ އަހަރެން މިއައީ ކީއްކުރަންކަން.” ހިދާޔާ އެހެން ބުނި ރާގުން ޒައިދާންއަށް ވެސް ތެދުވެވުނެވެ.

“ހިދާއްޔާއްތާ؟ އަނެއްކާ ކިހިނެއްވީތަ؟” ހައިރާން ވެފައި ހުރި ސާރާ އަހާލި އެވެ.

“ކިހިނެއްހޭ ވީ.. ކަލޭ އުޅޭ ވައްތަރަށް މިހިރަ ޖަންނަތު އުޅޭނަމޭ ހިތާ އެއުޅެނީ… ކަލޭމެން ދެމީހުން ވެސް ތީ އަންހެނުން.. ދަރިން ވެސް ލިބޭނެ ދަރިން ބޮޑެތިވުމުން އުންމީދުތަކެއް ވެސް ކުރާނެ… މައިންގެ އެހުރިހާ އުންމީދެއް ފުޑުފުޑުވަނީ ކަލޭމެން ކަހަލަ އަންހެނުންނާ ހެދި. އާ އެހެންޏާފަހެ ދަރިންނާ މައިންނާ ދުރުކުރަން ތިވެރުގެ ބައެއް ނުތިބޭނެ.” ހިދަޔާ ހުރީ ނިކަން ރުޅި އައިސްފަ އެވެ. މިއަދު އަބްޔާންއާއި ޖަންނަތު އެއްކޮން ފެނުމުން އަދި އިތުރަށް ރުޅިގަނޑު ވަނީ ގަދަވެފަ އެވެ. “ޖަންނަތުއަށް އަޑުއިވޭނީ ކިތައް ފަހަރު ބުނީމަ ބާއޭ އަހަރެން ހިތައް އަރާ… މުޅި މިރަށުން ވެސް ޖަންނަތުއަށް ހިތާވާން ފެނުނީ އަހަރުމެންގެ އަބީ ވިއްޔާ.. މީހަކު އަޅެ ރުޅިއެއް ނާންނާނެތަ..”

“ހިދާޔާއްތާ، އަބީއާ ޖަންނައާ އެކަކު އަނެކަކު ދެކެ ނުހަނު ލޯބިވޭ. އަބީވެސް ޖަންނައާ އިންނަން ތައްޔާރަށް ހުރީ. އަނެއްކާ ޖަންނައަކީ ނުލާހިކު ރަގަޅު ކުއްޖެއް. ހިދާޔާއްތަ ރުޅި އަންނަންވީ ސަބަބެއް އަހަންނަކަށް ނުވިސްނުން.” ޒައިދާންއަށް މަޑުން ނުހުރެވިގެން ބުންޏެވެ. ޒައިދާން އެހެން ބުނުމުން ހިދާޔާ ކައިރިއަށް އަދި މާބޮޑަށް ރުޅި އައިސްފި އެވެ.

“ޒައިދާންއަކަށް މިކަމަކާ ނުބެހެވޭނެ. ޒައިދާން މިކަމުގެ ތެރެއަށް ވަންނަނީ ކީއްކުރަން؟ ކޮންމެހެން އަހަރެންގެ ދަރިއަކާ އޭނަ ތަތްކުރަން އުޅޭނެ ކަމެއްނެތް.”

“ހިދާޔާއްތާ.. އަހަރެން ތަތްކޮށްގެނެއްނޫނޭ އެދެމީހުން ރައްޓެހިވީ. އެދެމީހުން މާކުރިން ވެސް އެކަކު އަނެކަކު ދެކެ ލޯބިވޭ. އަހަންނަކަށް ނޭގެ ހިދާޔައްތަ ޖަންނަ ދެކެ ތިހާ ރުޅިއެއް ތިއަންނަނީ ކީއްވެ ކަމެއް.” ޒައިދާން ބުންޏެވެ.

“އަހަރެން އޭނަ ދެކެ ރުޅި އަންނަން ބޮޑު ލިސްޓެއް އެބައޮތް.. ކަލެއަށް އެ ކިޔާދެންޏާ މިރޭ ދަންވަރު ވެގެން ދާއިރުވެސް ނުނިމޭނެ. ހިތުން މާހިތް ހެޔޮ ރަގަޅު މީހަކަށް ވެގެން އުޅުނަސް އޭނަގެ އެތެރެފުށް ކަލެއަކަށް ނުފެނޭނު.”

“ހިދާޔާއްތައަށް އެކަނި ތިކަމެއް ތި ފެނިގެން ތި އުޅެނީ.. އަހަންނަށް ފެންނަ ގޮތުގަ ޖަންނަހާ ރަގަޅު ތެދުވެރި މަސައްކަތްތެރި އަންހެން ކުއްޖެއް މިރަށަކުން ނުފެންނާނެ.” ޒައިދާން ވެސް ހިތްހަމަ ނުޖެހިފައި ބުންޏެވެ.

“ކަލެއަށް ޖަންނަތު ތިހާ ކަމުދަންޏާ ކަލޭ އޭނަޔާ އިންނަން ވީނު.” ހިދާޔާ ނިކަން ބާރަށް ޒައިދާންއާއި ދިމާލަށް ހަޅޭއްލަވައި ގަތެވެ. ޒައިދާންއަށް ބުނާނެ އެއްޗެއް ނޭގިފައި ހިދާޔާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ވުނީ އެވެ. ދެން ޒައިދާން ޖަންނަތުއާއި ދިމާލަށް ވެސް ބަލައިލެވުނެވެ. އޭރު ޖަންނަތު އިސް ޖަހައިގެން ހުއްޓެވެ. ލޮލުން ފޭބި ކަރުނަ ތިއްކެއް ބިންމައްޗަށް ވެއްޓުންތަން ފެނުނެވެ. އަދި ޖަންނަތު ލޯ ފޮހެލި މަންޒަރުވެސް ފެނުނެވެ. ޒައިދާންއަށް ބަލަހައްޓައިގެން ހުރެވުނީ އެވެ. “އަހަރެން ނޫޅެން ކޮންމެހެން ޒައިދާންއާ ޒުވާބު ކުރާކަށް… އަހަރެން މިގެއަށް މިއައީކީ ޒުވާބު ކުރާކަށް ނޫން. މިހިރަ ފެންނަ އަންހެނާއަށް އޭނަގެ ހައިސިއްޔަތު ނޭގިގެން އުޅޭތީ އެކަން އަންގާލަން…” ހިދާޔާ ޖަންނަތުއާއި ދިމާލަށް އެނބުރިލަމުން ޖަންނަތުއާއި ކައިރި ވެލި އެވެ. “އަހަރެންގެ އަބްޔާން އާއި އަހަންނާ ދުރުކުރަން ކަލޭ ހިތުން ތި ކުޅެލަނީ ރަގަޅު ކުޅި ވަރެއް. ބުނަން.. އަހަރެން މިގެއަށް އައި ވާހަކަ ވެސް ކަލޭ އަބްޔާން ގާތު ދައްކައިފި ނަމަ ކަލޭ ތިކުޅޭ ކުޅިވަރުން ކަލެއަށް ކުރި ލިބޭނެ ކަމަށް ހީނުކުރައްޗޭ. އަހަރެންގެ އަބްޔާންއާ ކަލޭ އިނދެފިއްޔާ އަހަރެންނާ އަބްޔާންއާ އެއްވެސް ގުޅުމެއް އަހަރެން ނުބާއްވާނަން. އަދި އެކަން އެހެން އެގޮތަށް އެވަނީ ހަމަ އެކަނި ކަލެއާ ހެދި. މިހިރަ ފެންނަ ސާރާ ހެން ކަލޭވެސް އަހަރެން ކައިރިއަށް އައިސް އާދޭސް ކުރިއަސް އަހަރެން އަނގައިނެއް ނުބުނާނަން.” ހިދާޔާ ޖަންނަތުއާއި ދިމާލަށް ލޯ އަޅާލަމުން އެހެން ބުނެފައި އެގެއިން ނުކުންނަން ހިގައި ގަތެވެ. ނަމަވެސް ދޮރާއި ހަމައަށް އަރާފައި އަނެއްކާ ވެސް ފަހަތައް އނބުރުނެވެ. “ޖަންނަތު، ހަދާން ކުރާތި.. މީގެ ފަހުން އަބްޔާންއާ ވާހަކަ ދައްކާ ތަން ފެނުނަސް ނިމުނީ.” ހިދާޔާ ޝަހާދަތް އިނގިލި ޖަންނަތުއާއި ދިމާލަށް ދިއްކޮށްލަމުން ބުނެލި އެވެ. އަދި ނިކުމެގެން ހިގައްޖެ އެވެ. ޒައިދާން ހުރިގޮތައް ހުރެފައި ސޯފާ މައްޗަށް ތިރިވި އެވެ.

“ހިދާޔާއްތަ އެފަދަ ގޮތަކަށް އެއްޗިހި ކިޔާފާނެ ކަމަކަށް އަހަރެން ހިތައް ވެސް ނާރާ.” ސާރާ ވެސް ބޯ ހޫރާލަމުން ވިސްނުމަކަށް ގެއްލިފައި ހުރެ ބުންޏެވެ.

“ޒައިދާން މިހިރީ ޔަޒަން.” ކޮޓަރިން ޔަޒަން ގޮވައިގެން ނުކުތް ޒައީމާ ބުންޏެވެ. އެވަގުތު ޒައިދާން އަވަހަށް ތެދުވި އެވެ. ޒައިދާން ބޭނުންވީ ޔަޒަން ގޮވައިގެން އަވަހަށް އެގެއިން ނިކުންނާށެވެ.

“މަންމާ، މަންމައަށް އިނގޭތަ؟..” ސާރާ ވާހަކަ ދައްކަން ފެށިތަނުން ޒައީމާ ހުއްޓުވީ އަތުގެ އިޝާރާތުންނެވެ.

“މަންމައަށް އަޑުއިވުނޭ.” ޒައީމާ ބުންޏެވެ. އަދި ޖަންނަތުއަށް ބަލައިލާފައި އަވަހަށް ކޮޓަރިއަށް ވަންނަން ދިޔަ އެވެ.

“ޒައީމާއްތާ!” ކުރެހިފައިވާ އަޑަކުން ޖަންނަތު ގޮވާލި އެވެ. ޒައީމާ ހުއްޓިފައި ޖަންނަތުއަށް ބަލައިލި އެވެ. “އަހަރެންނާ ހެދި ކިހާ ބޮޑު ލަދެއް ޒައީމާއްތަމެނަށް މި ދެވެނީ.” ޖަންނަތު ނޭފަތް ދަމާލަމުން ޒައީމާއާއި ވާހަކަ ދައްކަން ފެށި އެވެ.

“ޖަންނައާ ހެދި ކޮން ލަދެއް އަހަރުންނަށް ލިބުނީ؟” ޒައީމާ ހައިރާން ވެފައި ހުރެ ޖަންނަތު ކައިރިއަށް އައެވެ. “ހިދާޔާއްތަ މިގެއަށް އައިސް އެއްޗިހި ކީމަތަ ތިހެން ތިބުނީ… ބަލަ މިހިރަ ސާރާ އިންނަން އުޅުން އިރު ފަރުޒާނާ އައިސް ކީއެއްޗިހި މާ ސަޅިވެފަ ރީއްޗެއްނު… ހިދާޔާއްތައަށް އަދި އެވަރު ނުކުރެވޭނު… ޖަންނައާ ހެދި އަހަރުމެން ލަދެއް ނުގަނޭ. ޖަންނަ ތިގޮތައް ވިސްނީތީ ވެސް ޒައީމާއްތަ ދެރަވެއްޖެ.”

“އަހަރެން އަބީއާ ގުޅެންތަ ޒައީމާއްތަމެން އެދެނީ؟”

“ޖަންނާ.. ޖަންނަ ނިންމާ ކޮންމެ ނިންމުމެއް ޒައީމައްތަ ގަބޫލުކުރާނަން. މީ ޖަންނަގެ ހަޔާން. ޖަންނަގެ ދިރިއުޅުން. ޒައީމާ އައިސް ޖަންނަތު ބުރަކަށީ ފިރުމާލި އެވެ. “އަހަރެން ސާރާގެ ދިރިއުޅުމަކާ ވެސް ނުބެހެން. ސާރާވެސް ބޭނުން މީހަކާ އިންނަން އަހަރެން ގަބޫލުވެގެން ހުރީ އެއީ ސާރާގެ ދިރިއުޅުމަށް އަހަރެން ވަންނަން ނޭދޭތީ. ޒައީމާއްތައަށް ޖަންނައެކޭ ސާރާ އެކޭ ތަފާތެއްނެތް. އެހެން ވީމަ ޖަންނަވެސް އަމިއްލައަށް ގޮތެއް ނިންމާ… ޖަންނަ ނިންމާ ކޮންމެ ގޮތަކަށް ޒައީމާއްތަ ތާއީދު ކުރާނަން.” ޒައީމާ ނިކަން އޯގާތެރިކަމާއެކު ޖަންނަތުގެ ބުރަކަށީ ފިރުމާލި އެވެ. ޖަންނަތުއަށް ކެތް ނުކުރެވިގެން ޒައީމާ ގައިގައި އޮޅުލައި ގަތެވެ. އަދި ބާރަށް ރޯން ފެށުނެވެ.

 

ޒައިދާން ބެލްކަނީގައި ހުރެގެން ސިނގިރޭޓު ބޮމުން ދިޔަ އެވެ. ވިސްނަމުން ދިޔައީ އަބްޔާންއާއި ޖަންނަތުއާއި ދޭތެރޭ އެވެ. ހިދާޔާ މިއަދު އައިސް ޖަންނަތުއާއި ދިމާލަށް ކީ އެއްޗިއްސާ ދޭތެރޭ އެވެ. އަބްޔާންއަށް ހިދާޔާގެ ވާހަކަ ކިޔައިދޭން ޒައިދާން ހިތައް އެރި އެވެ. އަދި އަބްޔާންއަށް ގުޅަން ފެށި އެވެ. އަބްޔާން ފޯނު ނުނެގުމުން އަނެއްކާވެސް ގުޅަން އުޅެނިކޮން ޒައިދާންއަށް މެސެޖެއް އައެވެ. ޒައިދާން މެސެޖު ހުޅުވާލި އެވެ.

“ޒައިދާން.. ހިދާޔާއްތަ މިގެއަށް އައިސް އެއްޗިހިކީވާހަކަ އަބީ ކައިރީ ނުބުނައްޗޭ. ޕްލީސް ޒައިދާން. އަހަރެން ބޭނުމެއްނޫން ހިދާޔާއްތަ ދެކެ އަބީ ރުޅި އަންނާކަށް. އެދެމީހުން ދޭތެރެ ޖެހޭ ފަދަ އެއްވެސް ވާހަކައެއް އަބީ ކައިރީ ނުދައްކައްޗޭ. ޕްލީސް ޒައިދާން.” ޖަންނަތުގެ މެސެޖު ޒައިދާން ދެފަހަރަށް ކިޔާލި އެވެ. އަދި ފުންނޭވާއެއް ލަމުން ބޭރު ބަލަން ހުއްޓެވެ. އެވަގުތު އަބްޔާން ޒައިދާންއަށް ގުޅަން ފެށި އެވެ. ފޯނު ނުނަގަން ހުރެފައި ވެސް ޒައިދާން ފޯނަށް ޖަވާބު ދިނެވެ.

“ހެލޯ އަބީ!”

“ކީއްކުރަން ގުޅީ؟”

“ކޮންތާކުތޯ ބަލައިލަން ވެގެން.”

“އަތިރިމަތީ މިހިރީ. ބައްޕަ ދުރުވާތީ މަޑުކޮށްލައިގެން މިހިރީ.”

“މިރޭ ނަސީރުބޭ އަންނަނީތަ؟”

“އާން… އެއްކަލަ ބެޑްރޫމް ސެޓް ވެސް ލިބިއްޖެ. މާދަމާ ރަށަށް އަންނާނެ ކަމަށް ވަނީ.”

“އެހެންތަ. ދެން ކައިވެނި ކުރަން ތި އުޅެނީ ކިހާތާކު؟”

“އަދި ނޭގެ. ކޮޓަރީގެ ކަންތައް ނިންމާލާފަ ދެން އިނގޭނީ.”

“އަބީ މަންމަ ޤަބޫލުތަ؟” ޒައިދާން ދުރު ދުރުން ވާހަކަ ގެންދެވޭތޯ ބެލި އެވެ.

“މަންމަ ނުގަބޫލު ވާންވީ ކީއްވެ؟ ޒައިދާން ތިހިން ތި އެހީ ކީއްވެ؟”

“ހަމަ ދެން އަހާލީ.. ހިދާޔާއްތަ ފާޑާކަށް ހުންނާތީ.”

“ހެހެހެ.. ޒައިދާންއަށް ހީވާގޮތް ތީ… މަންމަ ނުގަބޫލު ވާންވީ ކީއްވެ؟ މަންމައަށް ވެސް އީޒީވާނީ އަހަރެން ޖަންނައާ މެރީކޮށްފިއްޔާ… ދެން ނުގަބޫލު ވާންވީ ސަބަބެއް ނެތެއްނު.”

“އާން ދޯ… އޯކޭ ސީޔޫ. ބާއި.” ޒައިދާން ފޯނު ކަނޑާލި އެވެ. އަދި ވިސްނާލަން ބެލްކަނީގެ ރެއިލިންގައި އެއްއަތުން ހިފަހައްޓާލައިގެން ހުއްޓެވެ.

 

ނަސީރު އައިސް ކޮޓަރިއަށް ވަނުމުން ނަސީރު ފަހަތުން ހިދާޔާ އައިސް ކޮޓަރިއަށް ވަނެވެ. ހިދާޔާ ބޭނުންވީ ޖަންނަތުއާއި އަބްޔާންގެ ވާހަކަ ނަސީރުއަށް ކިޔައި ދޭށެވެ. ހިދާޔާ ހިތުން އެއީ ނަސީރުއަށް ނޭނގޭ އާވާހަކަ އެކެވެ.

“ވާހަކައެއް ބުނަންތަ؟” ނަސީރުއާއި ހިދާޔާއާއި ދެމީހުނަށް އެއްފަހަރާ ބުނެ ވުނެވެ. ދެމީހުން ގާތަށް ހިނި އައެވެ.

“ހިދާ ކުރިން ބުނޭ.” ނަސީރު އެދުނެވެ.

“ނޫނޭ.. ނަސީރު ބުނުއްވީމަ އަޅުގަނޑު ބުނާނަން.” ހިދާޔާ ބުންޏެވެ.

“އެންމެ ރަގަޅު. އަހަރެން ބުނަން މިއުޅެނީ އަބީގެ ކައިވެނީގެ ވާހަކަ. އަބީ ކައިވެނި ކުރަން އުޅޭތީ އަބީގެ ކޮޓަރި ބޮޑުކުރަން ވެގެން ބަޔަކު މާދަމާ މިގެއަށް އަންނާނެ. އެކޮޓަރި ބަލައިލާ ހަދާފަ އަގާ އެއްޗިހި ހަމަ ޖައްސަން. ދެން މާދަމާ އަބީ އޯޑަރު ދިން ބެޑްރޫމް ސެޓް ވެސް އަންނާނެ. އެވެސް އެތާ ބޭރުގޭތެރޭ ބަހައްޓާލާނެ ޖާގައެއް ހަދާލަން ވާނެ.” ނަސީރު ނިކަން އަވަސް އަވަހަށް ވާހަކަ ދައްކަމުން ދިޔަ އެވެ.

“ނަސީރު، މިހާރު އަބީ މީހަކާ އިންނަން ހުރިހާ ކަމެއް ހަމަޖެއްސެވީތޯ؟” ހައިރާވެފައި ހިދާޔާ އަހާލި އެވެ.

“ހިދާ.. ހިދާއަށް ނޭގި އޮތްކަމެއް ނޫންކަންނޭގެ މީ… ޖަންނައާ އަބީއާ ދެކުދިން ބޭނުން ވަނީ އަވަހަށް ކައިވެނި ކުރަން. އެކަމާ އަހަރެން ވެސް ނުލާހިކު ގަބޫލު.”

“އެކަމަކު ވެސް އަހަންނާ މަޝްވަރާކޮށްލި ނަމަނު.”

“މިކަމުގަ ހިދާޔާ މަޝްވަރާ ކުރަން އޮތީ ކޮންކަމެއް؟ ހިދާތަ މީހަކާ އިންނަނީ؟ ހެހެހެ” ނަސީރު ސަމާސާ ރާގަކަށް ބުނަމުން ހިނިގަޑެއް ޖަހާލި އެވެ. “އަބީ ނުލާހިކު އުފަލުން އެހުންނަނީ. މި ކައިވެނި ކުރެވުނީމަ މިގޭތެރެ އުޖާލާ ވެގެން ދާނެ. ޖަންނަ ކަހަލަ ހީވާގި ކުއްޖެއް ގޭގައި އުޅެންޏާ ހިދާއަށް ފަސޭހަވާނީ ވެސް.”

“އަކަމު އަޅުގަނޑު ގަބޫލެއް ނޫން.” ހިދާޔާ ރުންކުރުކޮން ބުނެލި އެވެ. ނަސީރު ހައިރާން ވެފައި ހިދާޔާއަށް ބަލައިލި އެވެ.

“ކީއްވެ؟” ނަސީރުއަށް އަހާލެވުނެވެ.

“އެއީ އަޅުގަނޑަށް އަބީ އަދި ބޮޑުނުވާތީ.” ހިދާޔާ ބުނަން ބޭނުންވި އެއްޗެއް ބުނާކަށް ނުކެރުނެވެ. ޖަންނަތުއާއި އިންނަން ގަބޫލު ނޫން ވާހަކަ ބުނެފިނަމަ ނަސީރު ރުޅިއަންނާނެކަން ހިދާޔާއަށް އިނގެ އެވެ. އަދި ހިދާޔާ ނުގަބޫލު ވިޔަސް އެކަން ކޮންމެ ހާލެއްގައި ވެސް ނަސީރު ކުރާނެ އެވެ.

“ހެހެހެ.. ހިދާ.” ނަސީރު ހިނިގަޑެއް ޖަހާލަމުން ހިދާޔާގެ އަތުގައި ހިފާލި އެވެ. “އަހަރުމެން މައިންބަފައިންނަކަށް ދަރިންނެއް ދުވަހަކު ވެސް ބޮޑެއް ނުވާނެ. އެކަމަކު އެކުދިންނަށް އެކުދިން ބޮޑުވެއްޖެކަން ކަށަވަރުވީމަ އަހަރުމެން އެކަން ގަބޫލުކޮށް ޖެހޭނީ އެކަމަށް އެއްބާރުލުން ދޭން.” ނަސީރު ބުންޏެވެ. “ކޮބައިތަ ހިދާ ބުނަން އުޅުން ވަހަކަ؟” ހިދާޔާއަށް އިތުރަށް އެއްޗެއް ބުނަން ނުކެރިފައި ހުއްޓާ ނަސީރު އަހާލި އެވެ.

“އަޅުގަނޑު… އަޅުގަނޑު ބުނަން އުޅުނީ..” ހިދަޔާ ބުނާނެ އެއްޗަކާއި މެދު ވިސްނާލި އެވެ. “އާން… އަޅުގަނޑު ބުނަން އުޅުނީ މިގެއަށް ގެންގުޅޭ މީހެއް ހޯދަން ވީނޫންހޭ… ކޮންމެ ފަހަރަކު އިސްތިރިކޮށް ދޮވެ ހަދަން ޖަންނައަށް ގުޅަން ޖެހޭތީ.” ހިދާޔާ އަވަހަށް ހިތައް އައި ވާހަކައެއް ވިސްނާ ނުލާ ބުނެލި އެވެ.

“ޖަންނަ އެއްޗެއް ބުނީތަ؟ ޖަންނަ ގާތު ބުނެލާ އިރަށް އާދޭނު. އަނެއްކާ އެހެން ނޫނަސް އަބީ ޖަންނައާ އިނީމަ ދެން ކީއްކުރަން މީހެއް ހޯދަނީ… ހުރިހާކަމެއް އެމަންޖެ ބަލަހައްޓާނެ. ނުލާހިކު މުރާލި ހީވާގި ކުއްޖެއް އެއީ… ހިދާއަށް އެއްކަމެއްވެސް ކުރާކަށް ނުޖެހޭނެ.” ނަސީރު ބުނެލި އެވެ. ހިދާޔާ ގާތަށް އިތުރަށް ރުޅި އައެވެ. އައި ރުޅިން ހިދާޔާ އިސްޖަހާލައިގެން ހުރީ ނަސީރުއަށް ރުޅި ނުދައްކާށެވެ.

“ހިދާ ކީކޭ ބުނަނީ؟ އަޅެ ހިދާއަކަށް ފަސޭހައެއް ނުވާނެތަ؟” ނަސީރު ހިދާޔާއާއި ދިމާއަށް ބަލައިލަމުން ބުންޏެވެ. ހިދާޔާ އަވަހަށް އަނެއް ފަރާތައް އެނބުރުނެވެ.

“ޖަންނަ އަބަދު ވަޒީފާއަށް ދާތީ އޭނައަށް ވެސް ކިހާ ދަތިވާނެތޯ. އެހެންވެ އަޅުގަނޑު އެހެން މިބުނީ.” ހިދާޔާ ބުނެލި އެވެ. ނަސީރު ވިސްނާލަމުން ބޯޖަހާލި އެވެ.

“ތީވެސް ތެދެއް. އަހަރެން ތިަކަމާ ވިސްނާލާނަން.” ނަސީރު އެންމެ ފަހުން ބުނެލި އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ވާނޭހެ ދުނިޔޭގާ (8)

Next

އިންތިޒާރުގައި ހުރިން 8

Next
June 4, 2016

އިންތިޒާރުގައި ހުރިން 8

Previews
June 4, 2016

ވާނޭހެ ދުނިޔޭގާ (8)

25 Comments!

  1. amy says:
    June 4, 2016 at 8:52 pm

    v.nice mi story 🙂

  2. shema says:
    June 4, 2016 at 9:00 pm

    Kommeves gothakun aby ah angadhybala, abyge mom janna aa dhurukuruvan ulhey kan,pls, pls

  3. Aimsithu says:
    June 4, 2016 at 9:12 pm

    Aaachhahahha. .. mireyge part varah reethi… hidhaayaa rulhiyas varihama…. mifaharu vaane kaiveni kuran…

  4. Appy says:
    June 4, 2016 at 9:29 pm

    Alhe aby n janna dhuru vanytha???

  5. aff says:
    June 4, 2016 at 9:37 pm

    oh e thana vex sixah thiriveedhw..naseebennu.. tnx aasi kurin upkohdhinythee.. story hama varah habbu.. keep it up.. Ramadan Mubarak Aasi.. ☺☺

  6. Ellie says:
    June 4, 2016 at 9:46 pm

    Hidhaayaa men gey kanthah kuran v ma janna ok. Innan kamunudhani. Eyru vx eiy fiyaathoshi gey zaahira ge dhari eh

  7. Pinkish says:
    June 4, 2016 at 10:00 pm

    V habeys…. zaidhaan ah janna libihjiyaa vx salhi vaane… ??

  8. Same says:
    June 4, 2016 at 10:02 pm

    intrestnig…..

  9. Raaki says:
    June 4, 2016 at 10:03 pm

    Aimsithu thibuni v rangalhu vaahKaeh. Mifaharu vaane abey n janna mery kuruvan dhw. Adhi abey ge mom ah ves fahun visneyne. Vvvvvvvv rythi mibaives.

  10. Ainyyy says:
    June 4, 2016 at 10:54 pm

    Zaidhan aa janna aa gulhuvaa

  11. neel says:
    June 4, 2016 at 11:35 pm

    Aby n janna gulhuva

  12. ny says:
    June 5, 2016 at 12:21 am

    V v v reethi zaidaan a Jana hamajasan ulhey eyrun v v salhivaane

  13. shiu says:
    June 5, 2016 at 1:34 am

    Mihaaruge kudhinnaa vara thafaathu kuhje Janna akee. Nulaahiku muraali, hiynheyo, gevehi. Konkamakaatha hidhayaa rulhi annanvi. :p

  14. Marry says:
    June 5, 2016 at 8:27 am

    V v v v salhi mi part ves. V kiyahive. Kuria oi bai avasss…

  15. narash says:
    June 5, 2016 at 9:03 am

    alhe zaidhaan akah noon janna dheynee. abee ah plis

  16. Phy says:
    June 5, 2016 at 9:18 am

    knirakun nxt part??? V reethi vaahaka…keehvetha rply eh naananee…

  17. Reena says:
    June 5, 2016 at 3:24 pm

    Abee and Janna gulhuvaa pls pls

  18. waiting says:
    June 5, 2016 at 6:34 pm

    janna emme gulheny zaidhaan aa. aslu aby ah janna deserve eh ves nuvey. aby ah rangalhu vaany thanaa kahala kujjeh.

  19. RY says:
    June 5, 2016 at 7:51 pm

    Plz janna n aby.. Story was awesome 😀

  20. A says:
    June 5, 2016 at 11:08 pm

    Janna aa Aby gulhuvaafa, Thanaage loabi gurubaan kureema story nice vaany

  21. Anonymous says:
    June 5, 2016 at 11:10 pm

    Janna n Aby gulhuvahchey plx

  22. :) says:
    June 5, 2016 at 11:12 pm

    Janna aa Aby aa gulhuveema Vaahaka reethivaanee

  23. thooo says:
    June 5, 2016 at 11:29 pm

    Zaidhan ah Janna libunyma storage twist annany … I mean eyrun v interesting vaane loabi nuvaa dhrmyhun mery kohgen fahun dhen loabi vaany…

  24. Anonymous says:
    June 5, 2016 at 11:36 pm

    Jann n Aby v gulhey, nice couple

  25. Aimi says:
    September 11, 2024 at 11:51 pm

    Koba next part vvvr banun a part Kiya plx plx

Comments are closed.

Next Episodeޤުރުބާންވުމީ މިހިތުގެ އުފާ 25 ވަނަ ބައި←


All Right Reserved!