
ވާނަން އެކީގާ – 1

ކާރުން ފޭބި މާޔާ ކުރިމަތީ ހުރި އިމާރާތަށް ބަލާލާފައި އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. ނުވައެއް ޖަހަން އަދި ދިހަވަރަކަށް މިނަޓް ހުއްޓެވެ. މޫނުމަތީގައިވި ހާސްކަން ފިލުވާލާ ހިނިތުން ވެލަމުން މާޔާ އިމާރާތުގެ ތެރެއަށް ވަނެވެ. މާލޭގެ ބާރުބޮޑު މަގުތަކުން ކާރުގައި އައި އިރު ވަގުތަށް އާދެވޭނެ ކަމާމެދު މާޔާ އިނީ ޝައްކު ވެފައެވެ. ނަމަވެސް މާޔާ ކުރިޔާލާ ތައްޔާރުވެ ވަގުތު އޮއްވާ ނިކުތުމުން ގަޑިއަށް އާދެވުނީއެވެ.
އޮފީސް ތެރެއަށް ވަދެގެން ދިޔަ މާޔާގެ ނަޒަރު އެކި ދިމާއަށް ދަތުރު ކުރަމުން ދިޔައެވެ. ރިސެޕްޝަން ކައިރިއަށް ހުއްޓިފައި މާޔާ ސަލާމް ގޮވާލުމުން، އެތާ ވާހަކަ ދައްކަން ތިބި ތިން ކުދިން އެކުގައި ބަލާލިއެވެ.
“އިންޓަރންޝިޕްއަށް.. ކޮން ތާކަށްތޯ ދާންވީ؟” މާޔާ އަހާލިއެވެ.
“ލިފްޓް އިން ސެކަންޑް ފްލޯރއަށް ދޭ. މި ގުޅާލަނީ، އަރަން ވާ އިރަށް ކުއްޖަކު ހުންނާނެ، ނިޝާ” އެއް ކުއްޖަކު ހީލަމުން މާޔާއަށް ޖަވާބު ދިނެވެ.
“އަމް.. ސިޑި ހުންނަނީ ކޮން ދިމާލެއްގަ؟” ފަސްޖެހިފައިވެސް މާޔާ ސުވާލު ކުރިއެވެ.
“ލިފްޓްގެ ވައަތް ފަރާތުން ފެންނަ ދޮރު ހުޅުވާލާ އިރު ސިޑި ފެންނާނެ” ސުވާލު އުފެދިފައި އިނދެ އެ ކުއްޖާ ޖަވާބު ދިނެވ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
Masha Allah vrh reethi feshun❤️.. marsha enme fahun maafu edhemey kiyaalevihje vaahaka vrh reethi ❤️ mihaaru 3 times kiyaalevihje
Thank u Mamdhooha. Mi vaahaka ves Maaf Edhemun haa kamudhaane kamah hykuran.