
ސައިކޯ – 4

7:04
“ހެހެ ޝުކުރިއްޔާ.. ކޮބާ މިހާރު ނައިކާގެ ހަށިގަނޑު..؟” ދިގު ދަތުރަކަށް ފަހު އަރާމު ކޮށްލުމުގެ ބަދަލުގައި ތިން ފުލުހުންގެ ޙިޔާލަށް ފުރަތަމަވެސް އައީ ނުހައްގުން މަރުވެ ދިޔަ ނައިކާއެވެ. “އޭޑީކޭ ހޮސްޕިޓަލްގަ.. ދުރުވޭ އަޅުގަނޑާއި އެކު.. ހަތަރު މީހުން އެކުގައި ހިނގައިގަތެވެ. ފުލުސް ކާރަށް އަރައިގެން ދިޔަ ހަތަރު މީހުންގެ މަންޒިލަކަށް ވެގެން ދިޔައީ އޭޑީކޭ ހަސްފަތާލެވެ.
(4 ވަނަ ބައި)
ބިންމައްޗައް ވެއްޓިފައި އޮތް ޒުވާން އަންހެން ކުއްޖާގެ މޫނަށް ބަލަން އޭނާ އިނީ ހެވިފައެވެ. މުޅި އެހިސާބުގައި ހެދިފައި ހުރި ލޭގެ ކޯރު ފެނިފައި އޭނާއަކަށް އެއްވެސް އަސަރެއް ކުރިހެނެއް ހިއެއް ނުވެއެވެ. އޭނާ ކޮޅަށް ތެދުވެލަމުން އޭނާގެ ދަބަސް ނެގިއެވެ. އަދި އޭގައި އޮތް ކުޑަ ކެމެރާ ނަގާ އެމަންޒަރު އޭގައި ރައްކާ ކޮށްލިއެވެ.
***
އިރު އޮއްސުމުން ދާރާއަށް އަލްވަދާއު ކިޔާފައި ކައިރާ ހިނގައިގަތީ ގެއާއި ދިމާލަށެވެ. އަނދިރި ވެފައިވުމުން އޭނާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ވިއެވެ. އޭނާއަށް އާދެވުނީ ހަނދާން ނެތި ފޯނު ވެސް ބާއްވާފައެވެ. ކުރާނީ ކީއް ހެއްޔެވެ؟ މަގަށް ނުކުމެވުނީމަ އަލިވާނެ ހިތާ ހިތުން ބުނެލަމުން ދަނިކޮށް ކުއްލިއަކަށް އޭނާ ސިއްސައިގެން ގޮސް ކޮށި އެރީ ދުމުގެ އަސަރު ނޭފަތުގައި ޖެހުމުންނެވެ.
“ނިޔަލް…؟” މޭގައި އަތް ޖައްސާލަމުން އޭނާ ބަލައިލީ ގަހެއްގައި ލެގިލައިގެން ހުރި ނިޔަލްގެ މޫނަށެވެ. ކަޅު ކުލައިގެ ހޫޑީ އަކާއި އެކު ކަޅު ބެލްސެއް ލައިގެން ހުރި ނިޔަލް ހުރީ ސިނގިރޭޓެއް ބޯން ށެވެ.
“ހޫމް. ނިޔަލް މީ” މިހެން ބުނެ ނިޔަލް އަނެއްކާވެސް ސިނގިރޭޓު ތުމުގައި ޖައްސާލިއެވެ. އަދި ދުންގަނޑު ދަމާލާފައި އަނގައަށް ވައްތަރެއް ޖައްސާލަމުން ތަފާތު ގޮތަކަށް ދުންތައް ނެރެލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުރީ ސީދާ ކައިރާގެ ދެލޮލަށެވެ.
“ނިޔަލް.. ސިނގިރޭޓުވެސް ބޮންތަ..؟” އަނގައިގައި އަތް އަޅަމުން އެ ވަސް ނުދޮވާ ވަރު ކުރެވޭތޯ މަސައްކަތް ކުރަމުން ކައިރާ އަހައިލިއެވެ.
“ކިހިނެއްވީ…؟ މި ވަސް ކަމަކު ނުދޭ..؟” އެއްބުމަ ހިއްލާލަމުން ނިޔަލް އަހައިލީ ޔަގީން ކޮށްލާށެވެ. ކައިރާ މަޑުމަޑުން ބޯ ޖަހައިލިއެވެ.
އެއްމިޔަކަނުން ހީލަމުން ނިޔަލް ސިނގިރޭޓު ބިންމައްޗަށް ވައްޓާލިއެވެ. ފައިން އަރާ އޭގެ އަލިފާން ނިވާ ލަމުން ޖީބަށް އަތް ޖަހައިލިއެވެ. އަދި އެއްއަތުން އެ ޖީބުގައި އޮތް ސިނގިރޭޓު ފޮށި ނަގާ ގެންގޮސް ޑަސްބިނަށް ލިއެވެ.
“ކީއްވެ ތި އެއްލާލީ؟ ނިޔަލް ބޮންޏާމުން ބުއީމަ ވީނުން..؟ އަހަރެން މިބުނީ އަހަރެންނަށް އުނދަގޫ ވެޔޭ.. އަހަރެންނަކަށް އެ ވަހެއް ކަމަކު ނުދެޔޭ.. ދެން-” ކައިރާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ނިޔަލް އޭނާގެ އަތުގައި ހިފާ އޭނާ ލެގިލައިގެން ހުރި ގަހާއި ނިޔަލް އާއި ދެމެދު، އެވަރުގަދަ ދެއަތުގެ ތެރޭގައި ކައިރާ ހައްޔަރު ކޮށްލިއެވެ.
ކައިރާގެ ދެލޮލަށް ބަލައިލަމުން ނިޔަލް ހިނިތުންވެލިއެވެ. ކައިރާގެ ހިތުގެ ވިންދު އަވަސް ވެލިއެވެ. މުޅި ހަޔާތުގައިވެސް ނިޔަލް ހިނިތުންވެފައި ހުއްޓާ އޭނާއަށް މިފެނުނީ އަދި އަލަށެވެ. އެހެން ނޫނީ އެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ އެއްވެސް އިހުސާސެއް ނެތް ހިނިތުންވުން ތަކެކެވެ. އެހެން ވިޔަސް މިފަހަރު ތަފާތެވެ. އެމޫނުމަތިން އޭނާއަށް އުފާވެރިކަން ފެނުނެވެ. އެ ކީއްވެބާއެވެ…؟
ކަނާތު އަތް ހިއްލާލަމުން އޭނާ އޭނާގެ ދަތް ދޮޅީގައި މަޑުމަޑުން ނިޔަލް ހިފާ ލުމާއި އެކު ކައިރާގެ މުޅި ހަށިގަނޑުގައިވި ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. ކައިރާގެ ކަނޑު ފަދަ ފުން ދެލޮލަށް ބަލަން އިރުކޮޅަކު ހުރެފައި ދެން ނިޔަލްގެ ނަޒަރު ތިރިވެލި ކައިރާގެ އަތަށެވެ. އޭނާގެ ކަނާ އަތުގައި ހިފާ އެއަތް ހިއްލާލުމުން ކައިރާގެ ލައިގެން ހުރި އަތް ފުޅާ އަބާޔާގެ އަތު ކުރި ތިރިޔަށް ސޮހިގެން ދިޔައެވެ. އެއާއި އެކު އޭނާގެ އަތު ހުޅުގައި އިންނަ ކަޅު ތިލަ ކަޝްފު ވެލިއެވެ.
އެއީ ކައިރާއާއި ކިއިޝާ ފާހަގަ ކުރަން ބޭނުން ކުރާ ތަން ކަން އޭނާއަށް އިނގެއެވެ. ކަޅު ތިލައިގައި ފިރުމާލަމުން އަނެއްކާވެސް އޭނާގެ ނަޒަރު ހުއްޓުނީ ކައިރާގެ މޫނަށެވެ. އެހެން ވިޔަސް މިފަހަރު އޭނާގެ ދެލޯ ސީދާ ވެފައި ވަނީ ފިނިފެންމަލެއްގެ ފިޔަ ފަދަ ކައިރާގެ ތުންފަތަށެވެ.
އެއްމިޔަކަނުން ހީލަމުން ނިޔަލް އޭނާގެ މޫނު ކައިރާގެ މޫނާއި ގާތް ކޮށްލިއެވެ. ވަގުތުން ކައިރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ‘ނިޔަލް މިއުޅެނީ ކީއްވެގެން ހެއްޔެވެ؟ ނިޔަލް މިކުރަނީ ކީއްހެއްޔެވެ؟’ އެކަހަލަ ސުވާލު ތަކެއް ސިކުނޑީގައި ދައުރު ވޭވޭ ހުއްޓާ ކައިރާގެ ހަށިގަނޑުގައި ކަރަންޓު ޖެހުނު ފަދަ އިހުސާސެއް ކުރެވުނީ ނިޔަލްގެ ތުންފަތް، އޭނާގެ ތުން ފަތު ކަނުގައި ޖައްސާލުމުންނެވެ.
“ހޫން.. މިޒަމާނުގެ ކުދިންނަކަށް ގަނޑު ގަންނާކަށް ވަކި ތަނެއް ނޯންނާނެ. ދެން ފޭސްބުކަށް އެރީމަ މައްސަލައަކަށް ވާނީ.. މިހުރީ މަގު މަތީގަވެސް ގަންނަ ގަނޑު. ޗީޗީ” ކުއްލިއަކަށް ނިޔަލްއަށް ދުރު ވެވުނީ މުސްކުޅި އަންހެނަކު ވާހަކަ ދައްކާ އަޑަށެވެ. އޭރު ނިޔަލްގެ ކަނާތް ފަޅީގައި، އުނަގަނޑުގައި އަތް އަޅުވާލައިގެން އަނގަ ކުނިކޮށްގެން މުސްކުޅި އަންހެނަކު ހުއްޓެވެ.
އެދައިތަ އެހުރި ދިމާލުން ފެންނަ މީހަކަށް ހީވާނީ ނިޔަލް ހުރީ ހަގީގަތުގައި ވެސް ކައިރާއަށް ބޮސް ދޭން ހެންނެވެ. އެހެން ހިތަށް އެރުމުން ގަންނާ ކުރެއްވީ ލަދުން ކައިރާ އަވަސް އަވަހަށް އެތަނުން ދުއްވައިގަތެވެ. ބޯ ހޫރުވާލަމުން ނިޔަލް ނިއްކުރީގައި އަތް ޖައްސާލިއެވެ. މި ދައިތަ ގަނޑާއި ހުރެ ހުރިހާ ކަމެއް މިވީ ފެނަށެވެ.
***
“އަހަރެން ހިތައް އަރާ މިވަރު ކަމެއް ކުރަން މި މީހަކަށް ކެރުނު ކަމޭ ވެސް.. ހާދަ ވަރެކޭ ކޮށްލާފަ އެއޮތީ.. ބޮޑު ގޮހޮރު ނޫން އެހެން ހުރިހާ ގުނަވަނެއްވެސް އެވަނީ ނަގާފަ.. ކޮބާތަ އޭގެ ބޭނުމަކީ..؟” ނިއްކުރި މަތީގައި އަތް ހާކާލަމުން ޔައުލާން ވާހަކަ ދެއްކިއެވެ.
“ނައިކާ އަކީ އެއްވެސް ބައްޔެއް ހުންނަ ކުއްޖެއްތަ..؟ ނޫނީ ވަރަށް ގޯސްކޮށް އުޅުން ކުއްޖެއްތަ..؟” އިރުކޮޅަކު ވިސްނާލަން އިނދެފައި ދާއިޔަލް އަހައިލިއެވެ.
“ނޫން.. ނައިކާ އަކީ އެއްވެސް ކަމަކާ ބޭސްކޮށް، ނުވަތަ އެއްވެސް ބައްޔެއް ހުންނަ ކުއްޖެއް ނޫން.. ނައިކާ އަކީ ގޯސް ކުއްޖެއްވެސް ނޫން. ބަރާބަރަށް ނަމާދު ކުރާ.. ކިޔަވާ ކުއްޖެއް އެއީ.. ކިޔަވަންވެސް ވަރަށް މޮޅުވާނެ.. ކޮލެޖު ނިމުނީމައިވެސް ދެން ގޮސް އިންނާނީ ކުތުބުހާނާގައި.. އެތަނުގައި އިނދެފައި ގެއަށް ދަނިކޮށް ކަމަށް ބެލެވެނީ މިކަމެއް އެމީހަކު މިކުރީ” އޭނާގެ އަތުގައި އޮތް ނައިކާގެ ރިޕޯޓުތައް ބަލައިލަމުން ކައިޔަން ބުނެލިއެވެ.
“ކޮލެޖުގަ ނުހުރޭތަ ސީސީ ޓީވީއެއް؟” އެޒިކިއެލް އަހައިލިއެވެ.
“ނޫން.. ސީސީ ޓީވީ ވެސް ހުރޭ.. އެކަމަކު… އޭނާ ހުރީ އެވެސް ހަލާކުކޮށްލާފަ.. ވަރަށް މަސައްކަތް ކޮށްފިން އެ ރަނގަޅު ކުރެވޭތޯވެސް.. އެކަމަކު އެކަމަކަށް އެއްވެސް އަލި ކަމެއް ނުފެނުން” ފުންނޭވާއެއް ދޫކޮށްލަމުން ކައިޔަން ބުނެލިއެވެ.
“މަށަށް ފެންނަނީ އޮޓޮޕްސީއެއް ހަދަން.. ރޭޕު ކޮށްލި ކަމުގެ ނިޝާން ނޫން އެހެން އެއްވެސް ކަމެއް މި ތާކުން ނުފެނުނެއްނުން..؟ އެތެރެ ހައްޓަށް ކޮށްފައި ހުރި އަނިޔާތައް ވެސް ރަނގަޅަށް އިނގޭނޭނުން އޭރަށް ދޯ؟” އެޒިކިއެލް އޭނާގެ ހިޔާލު ފައުޅު ކޮށްލިއެވެ.
އެއްޗެކޭ ބުނަން އަނގަ ހުޅުވާލީ ކައިޔަންގެ އަނގަ ލެއްޕުނީ ބާރު އަޑު ފައްގަނޑެއް އިވުމުންނެވެ. އޭރު އެތަނަށް ދުވަމުން ދުވަމުން ކަހަލަ ގޮތަކަށް ނަރުހަކު އަންނަމުން ދިޔައެވެ. އިވެމުން ދިޔައީ ކޮން އަޑެއްކަން ރެއަކާ ލުމުން ހަތަރު މީހުންގެ ހިތުގެ ވިންދުވެސް އަވަސްވެލިއެވެ.
(ނުނިމޭ)
ފަސްވަނަބައިގެ ތެރެއިން:
“މީތަ ޒާނިލްގެ އަންހެނުންނަކީ..؟” ޒާނިލްގެ އަތުގައި ހިފާލައިގެން ހުރި އިޝްރާގެ ބޮލުން ފެށިގެން ފަޔާއި ދިމާލަށް ބަލައިލަމުން ޝަޔަމް އެހިއެވެ. ހީވީ ސްކޭނެއް ކޮށްލި ހެންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (7)
Comments are closed.
Shihaa u’re stories MaashaAllah Vv beauty Alhamdhlillah you’re achieveing the most intensive thing I ever thought… Don’t stop until you’re proud…I’m ur big big fan ehh but school ga ulheythee ehaa time nulibey chatchat ehves scroll kohlaan… hehehe Mifaharu vx exams Decem ebaoih that’s why I’m so much busy iaa soon I’ll read ur tales…❣️👍🏻
Lysm tc
Alger why does that dhaitha gandu have to ruin that momen
Ikrrr😭😭😭
Alhey why does that dhaitha gandu have to ruin that moment😭 that part had butterflies in my stomach!
Aaaahh luved this part sm💗
Waiting for next!
Ly
Dang comment ge thankolheh nuliyevi e post v
Ikrrrr i was blushing tooo🫣🫣🫣
Next is out nowww.. you can read 🩶🫶🏻
Lyt✨️
alhey haadha curious kohlaafa ey dhw thi ninmaaly. very curious.. next part ge inthizaaru ga dhen indhelan dhw mi jeheny😞
Hehe yesss… next part out noww🫶🏻🫶🏻🩶