Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެނު ޕަރީ (13)

Nyna Level 1
May 30, 2016 3 Mins Read
14 Comments

މަޑުމަޑުން ތެދުވެ ހެދުން ރީތި ކޮށްލުމަށްފަހު އަތުގައި އޮތް ފޮޓޯ ބާލީސް ދަށަށް ލައްވާލިއެވެ. މަޑު ހިގުމެއްގައި ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އުއްމީދު ކުރިގޮތަށް ކޮޓަރީގެ ދޮރުމަތީގައި ހުރީ އޭނާގެ ބައްޕައެވެ. “ދަރިފުޅާ! ބައްޕަގެ ވާހަކަ އަޑުއަހާލިނަމަ” އައްސަދު ބުނެލިއެވެ. “އެތެރެއަށް ދުރުވޭ ބައްޕާ” ޒައިޝާ ނެތް ހިތްވަރެއް ކޮށްލުމަށްފަހު ބުނެލިއެވެ. އައްސަދު އޭނާގެ ދަރިފުޅުގެ ކިޔަމަންތެރިކަމަށް ހިތާހިތުން ޝުކުރު ކޮއްލިއެވެ. އައްސަދު ފަހތުން މަރީނާވެސް ޒައިޝާގެ ކޮޓަރިއަށް ވަނެވެ. “ބައްޕަ ދަރިފުޅަށް މަންމައެއް ހޯދައި ދިނީ އެއްގޮތަކަށްވެސް ދަރިފުޅު ދެކެ ނުވަތަ ދަރިފުޅުގެ މަންމަ ޚާލިދާ ދެކެ ލޯބި ނުވާތީ އެއްނޫން.” ދިފާއުގައި ވާހަކަ ދެއްކޭތޯ އައްސަދު ފެށިއެވެ. ” ދަރިފުޅުގެ އެކަނިވެރިކަމަށް ހައްލެއް ހޯދުމަށް. ތި ދެމައިންނަށް މި ހިތުން ދެވިފައިވާ ޖާގައާއި މަޤާމް އެހެން އެއްވެސް މީހަކަށް ނުދެވޭނެ” ޒައިޝާގެ ލޮލުން ހިފަހެއްޓުމަށްނެތި ކަރުނަ އޮހެމުންދިޔައެވެ. ކަރުނައާއި އެކު ބައްޕަގެ މޫނަށް ބަލާލިއެވެ. އަދި ކައިރީގައި ހުރި މަރީނާ ގެ މޫނަށްވެސް ބަލާލިއެވެ. ޒައިޝާއަށް އިތުރަށް ކެތްނުކުރެވުނެވެ. ބާރަށް ބައްޕަ ގައިގާ އޮޅުލައިގަތެވެ.

ޒައިޝާ ހީކުރި ގޮތާއި ހިލާފަށް މަރީނާ ވީ ހިތްހެޔޮ ރަގަޅު މީހަކަށެވެ. ގޭގައި ކޮންމެ މަސައްކަތަކަށްވެސް މީހަކު ހުންނަ އިރުވެސް އަމިއްލަ އަށް އިސްނަގައިގެން ގޭގެ މަސައްކަތް ކުރެއެވެ. މާޝާވެސް ޒައިޝާ އަށް ވުރެ ހަގު ކަމުން ޒައިޝާ އަށް ދައްތަ ކިޔަން ފެށީއެވެ. މާހީންގެ އުޅުން ހުންނަ ގޮތުން ޒައިޝާ ފޫހިވެއެވެ. އޭނާގެ ދަހިވެތި ބެލުންތަކަށް ޒައިޝާ ފޫހިވެއެވެ. ނަމަވެސް ދޮންމަންމަ އާއި މާޝާވެސް އޭނާއާއި ހިތްހެޔޮކަމާއި އެކު ވާހަކަ ދައްކާތީ ނުފެންނަ ކަމަށް ހަދާލަން މަޖުބޫރުވަނީއެވެ.

ހަފްތާއެއްފަހުން ޒައިޝާވެސް ހަޤީޤަތް ގަބޫލްކޮށް މަރީނާމެންނަކީވެސް އެ ކުޑަ އާއިލާގެ މެމްބަރުން ކަމުގައި ޤަބޫލްކޮށްފިއެވެ. ޒައިޝާގެ އުޅުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބަކީ ހަމަ މަރީނާކަން އައްސަދު ޔަޤީން ކުރިއެވެ. ޒައިޝާގެ ހަޔާތުގައި އުނިވެފައިވީ މަންމަގެ ލޯބި އެންމެ ފުރިހަމަ ގޮތުގައި މަރީނާގެ ކިބައިން ލިބެމުން ދާކަން އޭނާގެ އުޅުމުން އެގެއެވެ.

ޒިޔާން އާއި ޒައިޝާ ތިބީ ޑައިނަމޯރ ސެންޓަރަލް ރެސްޓޯރަންޓްގައެވެ. ޒިޔާންގެ މޫނު އެންމެ ހިދުކޮޅަކަށްވެސް ޒައިޝާގެ މޫނުން ވަކި ނުވެއެވެ. ޒައިޝާއަށް އެކަމުން އުދަގޫތަކެއް ވަމުން ދިޔައެވެ. ޒިޔާން މިއަދު ޒައިޝާއަށް މިތަނަށް ދަޢްވަތު ދިނީވެސް ހިތުގައި ވާ ޝުޢޫރުތައް ޒައިޝާއަށް ހާމަކޮށް ދިނުމުގެ ގޮތުންނެވެ. ކުރަން ކިތަންމެ އުދަގޫ ކަމަކަށް ވީ ނަމަވެސް އެކަން ކުރުމަށް ޒިޔާން ނިންމީ ހިތުގައި ޖަހަމުންދާ ލޯބީގެ ވިންދު އިތުރު ކުރުމަށެވެ. ވާހަކަ ފަށާނެ ގޮތެއް ނޭގި ޒިޔާން ހާސްވާން ފެށީ ޒައިޝާގެ ހިތް އޮތްގޮތް އޭނާ އަށް ނޭގޭތީއެވެ. ނޫނެކޭ ބުނެފިނަމަ ހިތަށް ވާނެގޮތަކާއި މެދުވެސް ވިސްނާލަންޖެހޭކަން ޒިޔާން ދަނެއެވެ.

“ޒައި! ވަރަށްގިނަ ދުވަސް ވެއްޖެ މިވާހަކަ ބުނަން އުޅޭތާ. އެކަމްވެސް ރެސްޕޮންޑް އަންނާނެ ގޮތެއް ނޭގޭތީ އަސްލު ނުބުނެވި މިހާ ގިނަ ދުވަސް ވެސް ވީ” ޒިޔާން ދުރު ދުރުން ވާހަކަ ފެށިއެވެ. ޒައިޝާ އިސްއުފުލައިލައި ޒިޔާންގެ މޫނަށް ބަލައިލިއެވެ. ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށް ޒިޔާންއަށް ޒައިޝާ އިޝާރާތްކޮށްލިއެވެ. “އަހަރެން ޒައި ދެކެ ވަރަށް ލޯބިވޭ” ޒިޔާން ބުނެލިއެވެ. ޒައިޝާގެ މޫނަށް އެރި ޖަންބު ކުލަ އާއި ތުންފަތަށް ވެރިވި ދީވާނާ ކުރުވާ ފަދަ ރީތި ހިނިތުންވުމުން އެކަމަށް އޭނާ އިންތިޒާރު ކުރާތާ ގިނަ ދުވަސްވެއްޖެ ކަމަށް ހެކިދެއެވެ. ޒިޔާން އަށް ބޭއިހްތިޔާރުގައި ފުން ނޭވާއެއް ލެވުނެވެ. އަދި މަޑުމަޑުން މޭޒު މަތީގައި އޮތް ޒައިޝާގެ އަތުގައި ހިފައިލިއެވެ. އެ އަތް މަޑުކަމުން ކަފަކޮޅެއްހާ މަޑެވެ. އަދި ފިނިކަމުން ގަނޑުފެންކޮޅެއްހާ ފިންޏެވެ. ޒައިޝާ މަޑުމަޑުން އިސްއުފުލާ ޒިޔާންއަށް ބަލައިލިއެވެ. އަދި އެ ތޫނު ދެލޮލުން ދޭން ބޭނުންވާ މެސެޖް ޒިޔާން އާއި ހަމައަށް ފޯރުކޮށްދެވޭތޯ މަސައްކަތް ކުރިއެވެ.

ޒިޔާން އާއި ޒައިޝާ އަމިއްލަ ދުނިޔޭގައި ތިބި އިރު އެ ދެމީހުންގެ ހަރަކާތްތަކަށް މީހަކު ފާރަލަމުން ދާކަމެއް އެގޮތަކަށް ވެސް ރޭކާ ނުލައެވެ. މާހީންގެ ދެލޮލުން އަލިފާން ކަނި ބުރާހެންވެސް ހީވެއެވެ. އަތް މުއްކަވާފައިވާއިރު  ލޯވަނީ ރަތްވެފައެވެ.

ޒައިޔާ މެން ނިކުމެގެން ދިޔުމުން ފަހަތުން މާހީންވެސް ނިކުމެގެން ދިޔައެވެ. ބާރަށް ގެއަށް ގޮސް ކޮޓަރިއަށް ވަނެވެ. ދިޔަ ބާރު މިނުގައިގޮސް ފާޚަނާއަށް ވަދެ ފެން މާގަނޑުދަށަށް ވަނެވެ. ލޯމަރާލުމުންވެސް ފެންނަމުން ދިޔައީ ޒިޔާން އާއި ޒައިޝާއެވެ. ކަންފަތުގައި ހަރުލާފައިވީ ޒިޔާން ދެއްކި ވާހަކައެވެ.

ބޭރަށް ނިކުމެ މާހީން ބާރަށް އޭނާގެ މަންމަ އަށް ގޮވާލިއެވެ. “މަންމާ” މަރީނާ ބަދިގެއިން ނިކުމެގެން އަންނަމުން ބުނެލިއެވެ. “ކިހިނެތްވީތަ ދަރިފުޅާ؟ މާ ބާރަކަށް ތިގޮވަނީ” “މަންމަ އަށް އެގޭތަ ޒައިޝާ އުޅޭގޮތެއް؟ އޭނާ ދާ ތަންތަނާއި ކުރާ ކަންތައް ބެލުމަކީ މިހާރު ހަމަ މަންމަގެ ވެސް ޒިންމާއެއް ނޫންތަ؟” މާހީން ހިންހަމަ ނުޖެހިފަ ހުރެ ބުނެލިއެވެ. އެވަގުތަކީ ޒައިޝާވެސް ގެއަށް އައިސް ވަން ވަގުތު ކަމުން މާހީންގެ ވާހަކަ ސާފުކޮށް އަޑު އިވުނެވެ. ޒައިޝާ ސިހުންވެގެން ދިޔައީ މާހީން ބުނި އެއްޗަކުން ދޭހަވަނީ ކޮން މާނައެއްކަން އޭނާ އަށް އެގޭތީއެވެ. “އަހަރެން ގޯސް ކޮށެއް ނޫޅެން. އަހަރެންނަށް ތަރުބިއްޔަތު ލިބިފައިވަނީ ހެޔޮ ނުބައި ވަކި ކުރަން އެގޭވަރަށް” ޒައިޝާ އޭނާގެ ރުޅިގަނޑު ކޮންޓްރޯލް ކުރުމަށްފަހު ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. މަރީނާ އަށް ކުރެވޭ ގަދަރަކުން މާހީންގެ ވާހަކަ ތަކަށް ބީރުކަންފަތް ދިނުން ނޫން ގޮތެއް ޒައިޝާއަކަށް ނެތެވެ. “ދަރިފުޅާ މާހީން. ޒައިޝާ އަކީ ކުޑަކުއްޖެއް ނޫނެއްނު. އޭނަ ނޫޅޭނެ ގޯސްކޮށެއް” މަރީނާ ބުނލިއެވެ. މާހީން އަގައިން ނުބުނެ ނިކުމެގެން ދިޔައެވެ.

ޒައިޝާ ކޮޓަރިއަށް ވަދެ އެދުގައި އޮށޯވެލިއެވެ. އެ ކުޑަކުޑަ ދޮން މޫނަށް ބަލައިލުމުންވެސް ހިންހަމަ ނުޖެހިފައވާ ވަރު ހާމަވެގެން ދެއެވެ. “ވަރަށް ފުހިވޭ!” ތުން އަބުރާލުމަށް ފަހު އަމިއްލަ އަށް ޒައިޝާ ބުނެލިއެވެ. ފޯނު އަށް މެސެޖްއަށް އައުމުން ޒައިޝާ ފޯނު ބަލާލިއެވެ. “ލޯބިވޭ އިންގޭ” ހަމައެކަނި އެހެން ލިޔެފަ އޮތް ކުރުކުރު މެސެޖެކެވެ. އެކަމަކު ނުދަންނަ ނަމްބަރެއް ކަމުން ޒައިޝާ ހައިރާން ވިއެވެ. “ހޫ އިޒް ދިސް” ޒައިޝާ އެ ނަމްބަރަށް ފޮނުވާލިއެވެ. ޖަވާބެއް ނައުމުން ޒައިޝާ ނިންމީ އޮޅުމަކުން އައި މެސެޖެއް ކަމަށެވެ.

ފެންވަރައިގެން ނިކުމެ ޒައިޝާ އިށީނީ ރީތިވާ މޭޒް ކުރިމަތީގައެވެ. މޫނުގައި މޮއިސްޗަރައިޒިން ކްރީމް އުގުޅާލުމުން މޫނު އޮމާންކަމުން ވިދަމުން ދިޔައެވެ. ތުންފަތުގައި ލިޕްގްލޮސް އެކަނި އުގުޅާލުމުންވެސް ރީތި ކަމުން ބަލާ މީހަކަށް ތައުރީފް ނުކޮށް ނުދެވޭނެއެވެ. ލާން ނަގާފައިވާ ފިނިފެންމާ ކުލައިގެ ޓޮޕާއި ހުދު ކުލައިގެ ޖިންސް ހިފައިގެން ފާޚަނާ އާއި ދިމާއަށް ހިގައިގަތެވެ. އޭނާ ތައްޔާރު ވަމުން ދިޔައީ ޒިޔާން އާއި ބައްދަލުކުރުމަށް ދިޔުމަށެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nyna

Level 1

Other Articles

Previous

ލޯއްބޭތީ ހިތްއެދޭ.. (2)

Next

ލޯބި ވެވުން އެއީ ކުށަކަށް ވާނަމަ 2

Next
May 30, 2016

ލޯބި ވެވުން އެއީ ކުށަކަށް ވާނަމަ 2

Previews
May 29, 2016

ލޯއްބޭތީ ހިތްއެދޭ.. (2)

14 Comments!

  1. Nyna says:
    May 30, 2016 at 10:25 am

    varah gina dhuvas fahun genes dhevunee thee maafah edhen.

  2. Zaanaa says:
    May 30, 2016 at 10:34 am

    Haada kuray a haa gena duvas khohfa genasdhin eru story v nice

    1. Nyna says:
      May 30, 2016 at 11:23 am

      Zaana. will try ingey dhigu kuran and thanks.

  3. Milen says:
    May 30, 2016 at 10:51 am

    Heekuree dhen stry kiyan libeynee 2020 ga kamah ?

    1. Nyna says:
      May 30, 2016 at 11:24 am

      Milen. konme meehakaaves kameh dhimaavaanee bunefakaa nun. i told dhw v goi. any ways sorry

    2. Koo says:
      May 30, 2016 at 11:40 am

      chiii !!!!milen thee bodu varu dhw ,!!hama kameh dhimaa vedhaane dhw… 2020 annandhen madu kuri nama ennu tha milen ….huhh ..????

  4. aish says:
    May 30, 2016 at 11:18 am

    Nyna hw r u? Thanks stry up kodhin kama takaaa. Kome dhuvahaku ves balan nyna ge comente hurey tho.
    Stry v nice. Vvv boda thanks adhives. Ane part ah inthixar kuran

    1. Nyna says:
      May 30, 2016 at 11:27 am

      Aish thanks a lot for understanding the situation. I am fyn. really its a hard day for me and my family. in shaa allah varah avahah up koh dheynan ingey.

  5. aff says:
    May 30, 2016 at 11:29 am

    Nyna… haadha dhuvaheh fahunney story kiyaalan mi libuny…… next prt thah avahah kiyaalan libeyne kamah ummeed kuraann… thankolheh kury… story reethi..keep going… all the bxxt☺☺

    1. Nyna says:
      May 31, 2016 at 12:50 pm

      thanks a lot aff. kuru dhw. aslu nyna ahves kuru. ekam. tyme libey varakun dhigu kuraanan ingey.

  6. aish says:
    May 30, 2016 at 11:34 am

    Aish ge maama niyaavi thaa adhi monthe nuvey eyhen v ma nyna ge situation v boda ihsaas vey. But hivarkofa life aagen kuri ah dheveytho balaa komekama ka ves keytheri vaan jeheyne so keep going foreward

    1. Nyna says:
      May 31, 2016 at 12:51 pm

      thanks aish.

  7. Raasiyaa says:
    May 30, 2016 at 11:47 am

    v inthixaaru kurin mi story ah. finally got it.. v nyc mi prt vx.. kyp it up nynaa. tym vy varakun avahah up kohdheychey.. n i undstnd ur situation..

    1. Nyna says:
      May 31, 2016 at 12:52 pm

      Raasiyaa thanks darling. 😀

Comments are closed.

Next Episodeފެނު ޕަރީ (14)←


All Right Reserved!