ވާނޭހެ ދުނިޔޭގާ (6)
އެދުވަހުގައި އެއްވެސް ގޮތަކަށް އަވީން ކޮޓަރިއަކުންނެއް ނުނިކުމެއެވެ. ހަމައެކަނި ދިޔައީ ކުލާހަށެވެ. ޔުއާން ޑިއުޓީގައި ހުރެގެންވެސް އެއްވެސް މީހަކާއި ވާހަކައެއް ނުދައްކައެވެ. އޭނާއަށް ވިސްނެމުން ދިޔައީ ރޭގައި ހިނގައި ދިޔަ ކަންތަކާއި މެދުގައެވެ. އޭނާ އުޅުނީ ދެތިން ދުވަހެއް ކޮއްލާފައި އަވީނާއި ވަކިވާށެވެ. ނަމަވެސް މިވީ ގޮތުން ދެން ހަދާނީ ކިހިނެއް ހެއްޔެވެ. ކުއްލިއަކަށް އޭނާގެ ހިތުގައި ދުވެލީ އިޝާލީގެ ހަނދާންތަކެވެ. އެޖޫސް ތަށިން ފާޑެއްގެ ރަހައެއް ލިކަން އޭނާއަށް ޔަޤީނެވެ. ކޮންމެ ގޮތަކުންވެސް އިޝާލީއާއި ބައްދަލު ކުރަން ޖެހުނީއެވެ. ނަމަވެސް އަނެއްކާވެސް އަވީނާއި ދޭތެރޭގައި ކަންތައް ކުރެވުނު ގޮތުން އޭނާ ދެރަވެއްޖެއެވެ.
ޑިއުޓީ ނިންމާލި ގޮތަށް ޔުއާން ގުޅާލީ އިޝާލީއަށެވެ. އެގޭގައި ކާން ހުރީ އެއްޗެއް އަހާލީ ކުޑަކޮށް ބަނޑުހައި ވެފައި ހުރުމުންނެވެ. އެގޭ ކައިރީގައި ސައިކަލު މަޑުކޮއްލަމުން ޔުއާން އެތެރެއަށް ހިނގައި ގަނެފިއެވެ. އިޝާލީއާއި ޔުއާން ކައިވެނި ކުރަން ނިންމައިގެން ހުރީ މިއަހަރުގައެވެ. ނަމަވެސް ޔުސްރިއްޔާ އެވަރުން އަވީނާއި ކައިވެނި ކުރަން ވަރު ދައްކާލުމުން ޔުއާނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ހިޔާލުތަކުން މިންޖު ވެވުނު އިރުގައި އިޝާލީ ހުރީ ޔުއާންގެ ކުރިމަތީގައެވެ. ވަގުތުން އައިސް ޔުއާންގެ ކޮނޑުގައި ބޯ އަޅާލައިފިއެވެ. ކާން އިންއިރުވެސް އެއްވެސް ވާހަކައެއް ޔުއާނެއް ނުދައްކައެވެ. ޔުއާންގެ އެ ހިމޭންކަން އިޝާލީއަށް އުނދަގޫ ކުރަމުން ދިޔައެވެ.
“އާނު… ކިހިނެއް ވެފައި ތި އިންނަނީ؟” އެންމެ ފަހުން ނުހުރެވިގެން އިޝާލީ އަހާލިއެވެ.
“އީޝޫ އަހަންނަށް ރޭގަ އެއްވެސް އެއްޗެއް ދިނިންތަ؟” ޔުއާންވެސް ކޮއްލީ ސުވާލެކެވެ. ޔުއާން އެހެން އަހާލމުން އިޝާލީ ދާހިއްލާ ފޯވެއްޖެއެވެ. ފައި ތަޅުވަން ފެށީ ކަންބޮޑު ވުމުންނެވެ. ޔުއާނަށް ޖަވާބު ބޭނުމެއް ނުވިއެވެ. އިޝާލީގެ މޫނުމަތިން ހުރިހާކަމެއް އެނގި ފާޅުވެއްޖެއެވެ.
“އާރ ޔު ދެޓް ޑެސްޕަރޭޓް؟؟” ދެންވެސް ޔުއާން ކޮއްލީ ސުވާލެކެވެ.
“އާނު އަހަރެން ހަމައެކަނި ބޭނުމީ އާނުގެ މީހަކަށް ވާށެ” އިޝާލީއަށް ރޮވޭ ގޮތްވިއެވެ.
“ހަރާން ގޮތް ގޮތެއް ނޫން ހޯދާނީ.. އަހަރެން ކުރިންވެސް ބުނީމެއްނު އަހަރެން އީޝޫއާ ކައިވެނި ކުރާނަމޭ.. ދެން ކީއްވެ؟” ކައިކައި ހުރެފައި ޔުއާން ތެދުވެގެން ގޮސް އަތް ދޮވެފިއެވެ. ދެން އިތުރަށް ދައްކާނެ ވާހަކައެއް އޭނާއަކަށް ނޭނގުނެވެ. އެތަނުގައި މަޑުކޮއްފިނަމަ އިޝާލީދެކެ ހައްތަހާ ފޫހިވާނެކަން އޭނާއަށް އެނގެނީއެވެ.
ކުލާސް ނިންމާލާފައި ރުކާޔަތާއި އެކު ދިޔަ އަވީންއިނީ ވަރަށް މަޑުންނެވެ. އެހެން ދުވަސްދުވަހު އަނގަގަދަ ކަމުން ރުކާޔަތި ޖެހޭނީ އަވީނަށް ޖެއްސުން ކުރާށެވެ. ހޫނު ދުވަހެއް ކަމުން ދެމީހުންވެސް ބޭނުންވީ ލޯލީއެއް ބޯލަށް ލިކަށް ދާށެވެ. އެހެންކަމުން ދެމީހުންވެސް ހިނގަމުން ދިޔައީ ވަރަށް ބާރަށެވެ. މަގުގެ އެއްފަރާތެއްގައު ކާރުގައި މަޑުކޮއްލައިގެން ހުރި އޭނާގެ ރަހުމަތް ތެރިއެއް އަންނަން ދެނެވެ. ކުއްލިއަކަށް އިޒާންގެ ލޮލުގައި އަޅައިގަތި ފެރީ ތެރެއިން ފެނުނު އަންހެން ކުއްޖާއެވެ. އިޒާން އަވީނަށް ބަލަން ހުރިވަރުން ފަހަތުން ހިނގަމުން އައި ރުކާޔަތެއްވެސް ލޮލުގައި އަޅައެއް ނުގަތެވެ. އަވީން ފެންބޮވަނީ ކަމަށް ބުނެކައިރިގައި ހުރި ފިހާރައަކަށް ވަދެއްޖެއެވެ. މިއަށްވުރެ ރަނުގެ ފުރުސަތެއް އެކުއްޖާއާއި ވާހަކަ ދައްކާކަށް އިޒާނަކަށް ނުލިބޭނެއެވެ. ކާރުގެ ދޮރު ލައްޕާލަމުން އިޒާން އެދިމާއަށް ހިނގައިގަނެއްޖެއެވެ.
އިޒާން އޭނާއަށް ހިނގުނު އެންމެ ބާރުމިނެއްގައި ހިނގަމުން އެދިމާލަށް ދެއެވެ. ނަމަވެސް އޭނާ ސިއްސައިގެން ދިޔައީ ފިނިފިނި އަތަކުން އޭނާގެ އަތުގައި ހިފުމުންނެވެ. ސިއްސައިގެން އިޒާން އަތް ފޮޅާލައިފިއެވެ. ރުކާޔަތުގެ މޫނުމަތީގައި އިޒާންގެ އަތުން ޖެހުމުން އެކުއްޖާގެ މޫނަށް ދިލަ ތަދެއް އަރައިގެން ދިޔައެވެ. ވީތދުގެ ބޮޑުކަމުން ރުކާޔަތުގެ މޫނުވެސް ވަނީ ކުޑަކޮށް ރަތްވެފައެވެ.
“ރުކޫ!! އަޅޭ ނޭނގު ހުއްޓަ” އިޒާންއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.
“އައި ނޯ.. އަހަރެންވެސް ނުވާނެ ހަމަ ކުއްލިއަކަށް އަތުގަ ހިފާކަށް..” ރުކާޔަތުވެސް އޭނާގެ ކުށް ޤަބޫލު ކުރިއެވެ.
“މިތާ ކީއްކުރަނީ؟؟ ” އިޒާން އެކި ދިމަދިމާއަށް ބަލާލަމުން ބުނެލިއެވެ.
“ކާކު ތި ހޯދަނީ؟ ހާދަ ހާސްވެފައޭ..” ރުކާޔަތު ދިމާކޮއްލަމުން ބުނެލިއެވެ. އޒާން ކުއްލިއަކަށް ސީރިއަސް ވެލައިފިއެވެ. އަދި އެތެރޭގައި އަނދަމުން ދިޔަ ރުޅިގަނޑު މައިތިރި ކޮއްލިއެވެ. މިކުއްޖާއާއި ހެދި އޭނާއަށް ލިބުނު ރަނުގެ ފުރުސަތުވެސް ގެއްލުނީއެވެ.
“އަހަރެން މިއުޅެނީ ރައްޓެއްސަކާއެކު.. ރުކޫ އަހަންނަށް ގުޅާބަ އިނގޭ” އެހެން ބުނަމުން ރުކާޔަތުގައި ކޮނޑުގައި ޖަހާލަމުން އިޒާން ފިހާރައާއި ދިމާލަށް ހިނގައި ގަނެފިއެވެ. ދުވަމުން ކަހަލަ ގޮތަކަށް ގޮސް ފިހާރަ ތެރެއަށް އިޒާން ދެމި ގަނެއްޖެއެވެ. ނަމަވެސް އެފިހާރައަށް ވަންއިރުގައި އެކުއްޖާ ފެންނާކަށް ނެތެވެ. ރުޅި ގަދަވީ ވަރުން އިޒާން ފަހަތަށް ބަލާލީ ރުކާޔަތު ހުރިތޯއެވެ. އަދި އެކުއްޖާ އޭނާ އަތުން މަރުވާނެއެވެ. ސަލްޓަން ޕާކުގެ ތެރޭގައި ހުރި އަވީން ފޯނުނެގީ ރުކާޔަތު ގުޅަން ފެށުމުންނެވެ. އެތަނުގައި ހުރި ވާހަކަ ބުނުމުން ރުކާޔަތި ދެ ލޮލީ ހިފައިގެން އެދިމާލަށް ހިނގައިގަނެފިއެވެ.
ދުވަސްތައް ވޭތުވަމުން ދިޔަ ވަރަކަށް ޔުއާނާއި އަވީނާއި ދެމީހުންގެ ގުޅުންވެސް ދިޔައީ ދުރުވަމުންނެވެ. ދެމީހުން ވާހަކަ ނުދައްކާތާވެސް މަހެއްވެސް ވެދާނެއެވެ. އެންމެފަހުން އެކަން ރުކާޔަތަށްވެސް ވިސްނިއްޖެއެވެ. އިޒާންއަށް ގުޅައިގެން ކާން ދިޔަ ފަހުން އެދެމެދުގައިވާ ގުޅުންވަނީ އިތުރަށް ފުރިހަމަ ވެފައެވެ. ރުކާޔަތުވެސް މިހާރު ބޭނުންވަނީ އެގުޅުން ކުރިއަށް ގެންދާށެވެ. ޔުއާން މަސައްކަތް ކުރަމުން ގެންދިޔައީ އަވީނާއި ދުރަށް ދެވޭތޯއެވެ. ނަމަވެސް އަވީންއާއޮ ދެމީހުން ވާހަކަ ނުދެއްކުމުގެ ސަބަބުން އެކަންވެސް ވަނީ ނުވެފައެވެ.
އިޒާން ހިނގަމުން ދިޔައީ އެމީހުންގެ ގެއާއި ދިމާލަށެވެ. އެއީ އޭނާ އުޅޭ ބޮޑުވި މާހައިލެވެ. އޭނާގެ ބޭބެއާއި އޭނާގެ ގެއެވެ. ބޭބެ މީހަރު ހުންނާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. ހުންނާނީ ވަރަށް މުސްކުޅި ވެފައެވެ. އިޒާންއަށް ނޭނގެނީ އޭނާގެ ބޭބެ ދުނިޔޭގައިވެސް ނެތްކަމެވެ. އާސިޔާ އެވާހަކަ އިޒާން ކައިރީގައި ނުބުނީ އޭނާ މާލެ އަތުވެދާނެ ކަމުގެ ބޮރު ހިތު ތެރޭގައި އޮތުމުންނެވެ. އޭނާގެ އަވީންއަށްޓަކައި ހިތުގައި އެއަށްވުރެ މާ ލޯބި އޮވެއެވެ. ގޭގެ އެތެރެއަށް ވަދެގެންދިޔަ އިޒާން އެކި ދިމަ ދިމާލަށް ދިޔައީ ބަލަމުންނެވެ. ކުޑަ އިރުގައި ބޭބެ އޭނާގެ ބޮލުގައި ފިރުމާލާ ހަނދާން އޭނާ އަދިވެސް އެބަހުއްޓެވެ. އާސިޔާއިނީ ބެދިގެ ފަރާތުގައި ބަތް ކައްކާށެވެ. މިއަދު ގެއަށް ބަޔަކު ކާން އަންނަން އޮތުމުން އޭނާ އުޅުނީ އަވަހަށް އެކަންތައް ނިންމާލެވޭތޯއެވެ. މިއަދު އޭނާއަށް އަވީންވެސް ފެންނާނެއެވެ. އަދި އޭނާގެ ލޯބިވާ ބޭބެއާވެސް ބައްދަލު ވާނެއެވެ. އިޒާންގެ މޫނުމަތީގައިވާ ހިނިތުންވުންފެނި ކޮންމެ މީހަކުވެސް ފިދާވާނެއެވެ.
ތެލިތައް ދޮވެ ނިންމާލުމަށްފަހު ފޭރި ފަނިތައްޓެއް ހިފައިގެން ބޭރަށް ނިކުތް އާސިޔާގެ މޭގަނޑު ހީވީ އަނގައަށް އައި ހެންނެވެ. ކުރިމަތީގައި އެހުރީ އިޒާން ނޫން ދެވަނަ މީހެއް ނޫނެވެ. ކުރިއަށްވުރެވެސް އޭނާ ރީތިވެއްޖެއެވެ. އަތުގައި އިން ޖޫސްތަށިވެސް ބިންމައްޗަށް ވެއްޓުނު ކަމެއް އާސިޔާއަށް ނޭނގުނެވެ. މޫނު ހުދުވެގެން ގޮސް ހޮޑު ލަވާ ކަހަލަގެ އިހުސާސެއްވެސް އޭނާއަށް ވެއްޖެއެވެ. އެއާއެކު ބަނޑުގައި އަތް އަޅާލީ އަންޖުމް މަތިން ހަނދާން ވުމުންނެވެ.
“ބޭބޭ.. ކޮބާ ބޭބޭ؟” އިޒާން އާސިޔާގެ މޫނާއި ދިމާއަށް އަތް ގެންދަމުން ބުނެލިއެވެ. ދެންވެސް އާސިޔާއަކަށް ވާހަކައެއް ނުދެއްކުނެވެ.
“އާސި.. ކޮބާހޭ ބޭބެ؟؟” ހީލަމުން އިޒާން ބުނެލިއެވެ.
“ބޭބެ މަރުވެއްޖެ..” ފުރަތަމަވެސް އާސިޔާގެ ދުލުން ނިކުތީ އެ ޖުމްލައެވެ. އިޒާންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ.
“އޭނ.. އަދި އެއްފަހަރު ތިބުނި އެއްޗެއް ބުނެބަލަ ނިކަން..” އިޒާން ޔަޤީން ކުރާކަހަލަގެ ގޮތަކަށް ބުނެލިއެވެ.
“އާމިރު މިހާރު ދުނިޔޭގަ އެއްނެތް.. އިޒާން ރާއްޖެއައީ ކިހިނެއް؟؟” ހަމަހޭ ވެރިކަންވާން ފެށުމުން އާސިޔާ އަހާލިއެވެ. މޫނުމަތިން ބިރު ނުގަންނަ ކަމަށް ހެދުނަސް އޭނާހުރީ ވަރަށް ބިރުންނެވެ. އިޒާންގެ ހަޤީޤަތް އޭނާއަށް ވުރެ ބޮޑަން އެނގޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ.
“އާސި.. އަހަރެން ރަނގަޅު ވެގެނޭ މިއައީ.. ތިހާ ބިރު ނުގަތަކަސް ވެދާނެ..” އާމިރުގެ މަރުގެ ހަބަރު ލިބުމުން އިޒާންއަށް އޭނާ ހީކުރި ވަރެއް ނުވިއެވެ. ދެން އިތުރަށް އާމިރޭ ކިޔާފައި އެއްޗެކޭވެސް އަހައެއް ނުލައެވެ. އާސިޔާގެ މޫނަށް ވަމުންދިޔަ ގޮތްތައް އޭނާއަށް ރަނގަޅަށް ހާމަވަމުން ދިޔައެވެ. ނޭނގެންވީ ކީއްވެ ހެއްޔެވެ؟ އޭނާވެސް އެއައީ ސައިކޮލޮޖީ ކިޔަވައިގެންނެވެ.
“ކާކު ބުނީ އަހަރެން އިޒާން ދެކެ ބިރު ގަނެއޭ… ހިނގާކާން އަހަރެން ހުންނާނެ ވަރަށް މީރުކޮށް އެއްޗެއް ތައްޔާރު ކޮއްފަ” އާސިޔާ ހީލަމުން އޭނާގެ ހިތު އަޑިން ދުއާ ކުރަމުން ދިޔައީ އިޒާން އަވަހާއި ދޭތޯއެވެ.
“ކޮބާ އަވީ؟؟ ބުނޭ ބޮޑު ބޭބެ އަތު ވެއްޖޭ.. އަހަރެން ހުންނާނެ އަވީއަށް ރަން ގެނެސްފައި” އިޒާން އެހެން ހުރެލާފއި އަވީންގެ ވާހަކަ އަހާލުމުން އާސިޔާ ދިޔައީ ސިއްސައި ގެންނެވެ.
“އަވީންވެސް މަރުވެއްޖެ.. ކުޑައިރު ބަލިވެ އުޅެފައި އެކުއްޖާގެ ދުވސްވެސް ހިނގައްޖެ..” އާސިޔާ މޫނު މައްޗަށް ދެރަވާ ކަހަލަގެ ގޮތެއް ހަދާލަމުން ބުނެލިއެވެ. އިޒާންއަށް ވަގުތުން އެއީ ދޮގު ކަން އިނގިއްޖެއެވެ.
“އެހެންތަ.. އަހަރެން އަންނާނަން އަހަރެންގެ ކޮޓަރިއަށް ވަދެލާފައި” އެހެން ބުނަމުން އިޒާން ހިނގައިގަތީ ސިޑިއާއި ދިމާލަށެވެ. އާސިޔާއަށް ފުން ނޭވާއެއް ދޫކޮއްލެވުނީ އިޒާން އޭނާ ދެއކި ވާހަކަތައް ޤަބޫލް ކުރުމުންނެވެ. އާސިޔާ އަވަހަށް އުޅެގަތީ އޭނާއަތުން ތެޅުނުތަށި ނެގޭތޯއެވެ. މިވީގޮތުން އަވީނަށް ގުޅާފައި މިގެއަށް ނާންނާށެ ބުނަންވެސް އާސިޔާއަށް ޖެހޭނެއެވެ. އަވަހާއި އެކަންތައް ކޮއއްނިންމާލާފައި އޭނާ އަވީނަށް ގުޅާނީއެވެ. މިހާރު އެކުއްޖާ ހުންނާނީ އޭނާދެކެ ރުޅިވެސް އައިސްފައެވެ. ކައިވެނި ކޮއްގެން ފޮނުވާލި ފަހުން އެންމެ ފަހަރަކުވެސް އޭނާ ގުޅައެއް ނުލައެވެ. އަވީން ގުޅިއަސް ފޯނުވެސް ނުނަގައެވެ.
މައްޗަށް އަރައިގެން ދިޔަ ފުރަތަމަވެސް ވަނީ އާސިޔާގެ ކޮޓަރިއަށެވެ. އާސިޔާ ހީކުރީ އިޒާން އޭނާ ދައްކާ ހުރިހާ ވާހަކއެއްވެސް ލޯ މަރާފައި ޤަބޫލު ކުރާނެ ކަމަށެވެ. އޭނާ ކިޔަވަން ބޭނުންވެސް މިކަހަލަ ސަބަބު ތަކައްޓަކައެވެ. ޖީބުން ނެގި ދެއަންގި އަތަށް މަހާލަމުން އިޒާން އެއްޗެހިތައް ހާވާން ފަށައިފިއެވެ. ފުރަތަމަވެސް ބާލާލީ ފާރަށެވެ. އާންމުކޮށް ތިމާ އެންމެ ލޯބިވާ މީހުންގެ ފޮޓޯތައް ފެންނަ ހިސާބުގައި ބަހައްޓާނެއެވެ. ނަމަވެސް އެކަހަލަ އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ކަބަޑުތައް ހުޅުވާލުމަށްފަހު ގައިވެސް ކޮންމެ އެއްޗެއް ނެގިޔަސް ބަހައްޓަނީ އެއެއްޗެއް ހުންނަ ގޮތަށެވެ. މީހަކު އަތްލާ ބަލާފައި ހުރިހެންވެސް ހީނުވެއެވެ. އެތަނުންވެސް އިޒާންއަށް ކުރިއެއް ނުލިބުނެވެ. ދެން އޭނާ ދިޔައީ އަލަމާރިއާއި ދިމާލަށެވެ. އަމާރިން ފެނުނު އަލްބަމް ފަހަރަކު ގަނޑެއް އުކަމުން އޭނާ ދިޔައީ ވަރަށް ފަރުވާތެރި ކަމާއެކުގައެވެ. އޭގައިވެސް އަވީން މެންގެ އުމުރުގެ އެއްވެސް ކުއްޖެއްގެ ފޮޓޯއެއް ނެތެވެ.
“އާސި ހާދަ މޮޅޭ” ނުލަފާ ގޮތަކަށް ހީނގަންނަމުން އިޒާން ބުނެލިއެވެ.
އަލްބަމު ލައްޕާލަން އުޅެނިކޮށް އިޒާންގެ ލޮލުގައި އަޅައިގަތީ އާމިރުގެ ފޮޓޮއެކެވެ. އެފޮޓޯގެ ދަށުގައި އަދި އެހެން ފޮޓޯއެއްވެސް އެބައިނެވެ. އިޒާން މަޑުމަޑުން އެފޮޓޯ ދަމައިގަނެއްޖެއެވެ. އޭގައި ވަނީ ކުރިން ފަހަރެއްގައި އޭނާއަށް ފެރީ ތެރެއިން ފެނުނު އަންހެން ކުއްޖާއެވެ. އެބުޅި ދިނު އިސްތަށިގަނޑުކޮނޑުމައްޗަށް ވައްޓާލާފައިވާއިރު އޭނާ އިނީ އާސިޔާގައި ބައްދާލައިގެންނެވެ. މިއީ ހަމަ އަންޖުމްއެވެ. ދެވަނަ މީހެއްވެސް ނޫނެވެ. އެދުވަހު އެކުއްޖާ ދަންނަމީހަކާއި ވައްތަރުވި ސަބަބު އަދި ކިރިޔާ އިޒާންއަށް އެނގުނީއެވެ. ވަރަށް ފުރިހަމައެވެ. އޭނާއަށް އެންމެ ފުރަތަމަވެސް ގަޔާ މިވެވުނީ އޭނާގެ އަވީނާއެވެ. އުފަލުންގިސް ފޮޅިފައި ހުރި އިޒާންއަށް މީހަކު މައްޗަށް އަންނަ އަޑި އިވިއްޖެއެވެ. އެއާއެކު އިޒާން އެބަހައްޓާފައި ވަރަށް ވަގަށް އެތަނުން ނިކުމެގެން އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ.
އަވީން ފާހާނާއިން ނިކުތްއިރު އޭނާގެ މޫނުމަތީގައިވަނީ ބިރުވެރިކަމެވެ. އަތުގައި އޮތް އެއްޗެއް ޑަސްޕިނަށް ލަމުން އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. އެހިސާބުން ޔުސްރިއްޔާ ފެނުމުން އޭނާ ހިތްހަމަ ޖެހޭ ގޮތްވިއެވެ. ނަމަވެސް މިވާހަކަ އޭނާ ހިއްސާ ކުރާނީ ކާކުއާ ހެއްޔެވެ؟ ބިރުން ހުރި ނަމަވެސް އޭނާ މިވާހަކަ އެންމެ ފުރަތަމް ހިއްސާ ކުރުން ރަނގަޅުވާނި ޔުއާންއާއެވެ. ނިދާފައި އޮވެފައި ތެދުވެގެން ޔުއާންވަނީ ފާހާނާއަށެވެ. މިއަދު އޮފް ދުވަހެއް ކަމުން އޭނާ ނިންމައިގެން ހުރީ އަވީން ގޮވައިގެން ކޮންމެވެސް ތަނަކަށް ދާށެވެ. އަދި އެދެމީހުންގެ މެދުގައި ޖެހިފައިވާ މައްސަލައަށް ހައްލެއް ގެންނާށެވެ. އޭރުން ޔުއާނަށް ފަސޭހައިން އަވީނާއި ދުރު ވެވޭނެއެވެ. ފެންވަރާލައިގެން އައިސް އަލާމަރި ހުޅުވާލިއިރު އޭގާއި އަދިވެސް އޭނާ ކުރިން ދުވަހު ގެނެސްލައިފައި ހުރި ކޮތަޅުތައް ހުއްޓެވެ.
“އަވީ… އަވީ” ދެފަހަރަކަށް އަވީނަށް ޔުއާން ގޮވާލީ އެކޮތަޅުތައް ނެގުމަށް ބުނާށެވެ. ނަމަވެސް އަވީންގެ ހަބަރެއް ނުވުމުން އޭނާ އަޑު ފޯރާ ހިސާނުގައި ނެތްކަން ޔުއާނަށް އެނގުނެވެ. އަމިއްލައަށް ކޮއްލާނަމޭ ހިތައް އެރުމުން ޔުއާން އެތަން ސާފުކޮށް ޑަސްޕިނާއި ދިމާލަށް ހިނގައިގަނެފިއެވެ. ފައިން ޑަސްޕިން މަތި ހިއްލާލިގަޑި އޭގެމަތީގައި އޮތް އެއްޗެއް ފެނުމުން ޔުއާންގެ ހިތުގެ ހިނގުން އަވަސް ވެގެން ދިޔައެވެ. ޕްރެގްނެންސީ ކިޓެއް ޑަސްޕިން ތެރޭގައި ހަމަގައިމުވެސް އޮންނާނީ އަވީންގެ އެއްޗަކަށް ވާތީއެވެ. އަތުގައި ހުރި އެއްޗެހި ކޯތަރީގެ ތެރެއަށް އަޅާލަމުން ޔުއާން އެނަގައިފިއެވެ. އަވަހާއި އެ އަނެއްފުށަށް އަނބުރާލިއިރު އަރާފައިވާ ރަތް ކުލައިގެ ދެރޮނގު ފެނުމުން ޔުއާނަށް އެނދުގައި އިށީނދެވުނިޢެވެ.
“އަވީން… އަވީން..” ސިޑިން ތިރިއަށް ފައިބައިގެންއައި ޔުއާންހުރި އުފާވެފައި ކަމެއް ނޫނީ ރުޅިއައިސްފައި ކަމެއް ނޭނގެއެވެ. ބަދިގެ ފަރާތަށް އައިސް މަޑުޖެހެލީ ތިން އަންހެންވެރިން ވެގެން ވާހަކަ ދައްކާ އަޑު އިވުމުންނެވެ.
“ދައްތައަށް ހީވޭ އަވީ ފަލަ ވެއްޖެހެން..” ޔުސްރިއްޔާ ދިމާ ކޮއްލަމުން ބުނެލިއެވެ.
“ނޫން.. އެއީ ހީވާގޮތް..” ހީލަމުން އަވީން ބުނެލިއެވެ. އެމީހުން ތިބީ ރޯ އަލަނާސިއެއް ކޮށާށެވެ. އަވީން އޭގެން އެތިކޮޅެއް އަނގައަށްލާން އުޅޭތަން ފެނުމުން ޔުއާން ދުވެފައި އައިސް އެ އެއްލާލައިފިއެވެ. އަވީން ބިރުން ހަޅޭއްލަވައި ގަތްއިރު ދެންތިބި މީހުންތިބީ މިވަނީ ކީއްކަމެއް ނޭނގިފައެވެ.
“އާނު. ކިހިނެއް ވެގެން ތިއުޅެނީ؟ ބަލަ ތީ މީހުން އުޅޭ ގޮތްތަ؟” ހިތްހަމަ ނުޖެހިފައި ޔުސްރިއްޔާ ބުނެލިއެވެ.
“އާނު..” ރުކާޔަތުވެސް ރޮވެމުންދިޔަ އަވީނަށް ބަލާލަމުން ބުނެލިއެވެ.
“އަވީއަށް ނޭނގެނީތަ ތިކަހަލަ އެއްޗެހި ކާކަށް ނުވާނެކަމެއް” ޔުއާން ރުޅި އައިސް ރަތްވެފައި ބުނެލިއެވެ.
“ކީކޭތި ކިޔަނީ؟؟” ރުކާޔަތު ލޯއަޅާލަމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އޭރު ހަމަ ރަނގަޅަށްވެސް އަވީނަށް ރޮވިއްޖެއެވެ/
“މީގެ ވާހަކަ މިދައްކަނީ.. ބަނޑުބޮޑު ޟީހުން އެހާ ތޫނު މޭވާއެއް ކާކަށް ނުވާނެ މިބުނަނީ” ޔުއާންގެ އަތުގައި އޮތް ކިޓް މޭޒުމަތީގައި ބާއްވަމުން އޭނާ ބުނެލިއެވެ.
އެއާއެކު ޔުސްރިއްޔާއާއި ރުކާޔަތު އުފަލުން ހަޅޭއްލަވައި ގަނެއްޖެއެވެ. އަވީން ރޮވިފައި ހުރެވެސް ހީލައިފިއެވެ. މުޅިގެއަށް އުފާވެރިކަން ފެތުރިގެން ދިޔަކަހަލައެވެ. އެމީހުނަށް ނޭނގެނީ އެއުފާވެރިކަން ނައްތާލަން މީހަކު އައިސް ހުރިކަމެވެ. ޔުސްރިއްޔާއާއި ރުކާޔަތި އަވީނާއި ޔުއާން ބަހައްޓާފައި އެތަނުން ނިކުމެގެން ހިނަގއްޖެއެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ.
“އަވީން ދޭބަލަ ތައްޔާރުވާން.. އަހަރެންނާއެކު ކާން ދާންވީނު..” ޔުއާން ހީވެސް ނުލައިހުރެ އެހެން ބުނެލިއެވެ. ބަނޑުބޮޑުވީ ކަމުގައިވިޔަސް އޭނާގެ ނިންމުމެއް ބަދަލެއް ނުވާނެއެވެ. އޭނާ އެއަށްވުރެ ބޮޑަށް އިޝާލީދެކެ ލޯބިވެއެވެ. އަދި އިޝާލީ މާފަށް އެދި ރޮއެއާދޭސް ކުރިވަރުން ޔުއާން ހުންނަނީ މާބޮޑަށް އިޝާޅީގެ ކޮޅަށް ޖެހިފައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.


story v.reeethi
keep up the gud work nuzzi
Vrh salhi.???.ekam thankolheh kuru..kiyaahithun huhta nimije
wow… v reethi mibai vews… waiting for the next part… dhn ekam vx ezan kiyavaigen ais ehn ulhekah nuvaaane ehnnnu,…. v fooohivey ezan dheke…
yeah he is crazy :)…
Varah SALHI storyeh❤❤❤❤??
I love this story nuzzi v molhu ngey n tnx mikaha story eh miha kiya hihva gothah genesdhethy.. ?? ??
reethi..☺
Story vv salhi kiyaa hithun mi huree avahah next part up kohdhechey plx
Alhey aveen n uaan gulhuvaba plz
Alhe aveen ah dhera gotheh nahadhahchey
nicee… nuzzi vv molhu… ekam kuryyy
izaan ah avee nudhehchey…… Yuan ves avee preg v ma ehen hadhaakah nuvaane dhw…. varah foohi vejje yuan dheke
Mi cocept varah salhi. Hama vrh obi. Hyvagothun divorce vyma avee jeheyny izaan aiy marry kuran. Yooange babyves varuvaany kahneyge rape kohlynun avee. And after all he will feel guilty. Real lyfga mihen dhima vehje nama B gaimuves eyhves meehakae dheneh nugulheynan 😛
badu bodu meehun ‘valhi fadha thoonu hathiyaaru’ kaakah nuvaanekan neygenytha?
Valhi ge vaahaka eh nun..pineapple kaakah nuvaaney bunefa innaani.. bandu boduvaa furathama dhuvas kolhu ekahala meyvaa kaakah nuaane..
Hope you are out of confusion
Hi Nuzzi, i need to contact you regarding something. please give me a call or sms me on 7997991. Thanks -admin-
Thank you esfiya for the cool tip ☺?☺☺
Izan accident konlla aveen fenumuge kurin
Don’t let any and aanu het separate ingey.. and let izaan to be successful in everything he do…
VARA LOBI MIBAIVAS
IZAN MARALANVI
Vara reethi
dhan avi and aanu pls sty maranulathi erun vara hadivana