
ވައިޓް ރޯސް – 2

“އޭތް އަދި ހޭކެނޑިގެން ބިމަށް ދެމޭނެ ކަމެއް ނެތް.” އެ މީހާ އަހަރެންގެ ކޮލުގައި ހިފާ ފިއްތާލައިފިއެވެ. އެއަށްފަހު ދެއަތް މިނިވަން ކުރި ކަން އެނގުނެވެ. ހަކަތަ ނެތުމުގެ ސަބަބުން އަހަރެން އަރިއަޅާލިއެވެ. އެހެނަސް ވެއްޓެންވާއިރަށް އޭނާ އަހަރެންގެ އުނަގަނޑުގައި އަތްއަޅުވާލަމުން މޫނުގައި ހިފާލިއެވެ. ގާތުން އެ މޫނު ފެނުމުން އިތުރަށް ނުތަނަވަސްވިއެވެ. އެ ދެލޮލުގައިވަނީ ހުސްކަމެވެ. ކުރި ކަންތަކާއި މެދު ހިތްހަމަޖެހިފައި ހުރި ކަހަލައެވެ. ކޮންފަދަ ނުލަފާ ރަޙުމްކުޑަ ފުރޭތައެއް ހެއްޔެވެ؟ މިނިކާވަގާއި ސިންގާ ފަދަ ޖަނަވާރުތައް ވެސް މިހާ އަނިޔާވެރިއެއް ނުވާނެއެވެ. އަހަރެންގެ ދެލޯ މެރެމުން ދިޔަ ވަގުތު އެ ތުންފަތުގައި ކުޅެލެވިފައިވީ ވިހަ ހިނިތުންވުމުން އޭނާ ސިފަވީ ‘ސައިކޯޕެތް’ އެއްގެ ގޮތުގައެވެ.
ދެވަނަ ފަހަރަށް ހަމަހޭވެރިކަން ލިބުނު އިރު އަހަރެން އޮތީ ގަޔަށް އަރާމު މަޑު ސޯފާއެއްގައެވެ. އޮރެންޖް ކުލައިގެ ލައިޓިން ސިސްޓަމަކުން އެ ކޮޓަރި ހުޅުދާން ކޮށްލެވިފައިވާ ގޮތުން ވެސް ތަނުގެ ހައިބަތު އިތުރު ކޮށްދެއެވެ. އަހަރެންގެ މޭގަނޑު އަތަށް އައީ އަޅައިގެން ހުރި ހެދުން ބަދަލުވެފައިވުމުންނެވެ. މުށިކުލައިގެ ޓީޝާޓަކާއި ކަޅު ޓްރައުޒާއެއް ލެއްވިފައިވީ އިރު ބުރުގާއެއް އަޅުވާފަކާ ވެސް ނެތެވެ. މިއާއެކު ސްކާފެއް ކަހަލަ އެއްޗަކުން އަހަރެންގެ އަތާއި ފައި ވަރުގަދައަށް އައްސައިފައިވިއެވެ.
“ޔާ ﷲ މި އަޅާ ސަލާމަތް ކުރައްވާންދޭވެ.” ރޮވެމުން ދިޔަ ޙާލު އަހަރެންގެ ދުލުން ބޭރުވި ލަފުޒުތަކަކީ އެއީއެވެ. ހަށިގަނޑަށް ލިބިފައިވާ ޒަޚަމުތަކަށް ފަރުވާދީ ބެންޑޭޖު އޮޅީ ކާކު ބާއެވެ. ޑަކުޓަރަކަށް ވިޔަސް ފިރިހެނަކު އަހަރެން މި ޙާލަތަށް ގެނެސްފައި ވެދާނެ ކަމުގެ ޚިޔާލުން މުޅި މީހާ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ހަށީގައިވީ ވޭނަށް ވުރެ ލަދުގަންނަމުން ދިޔައީ ކޮންމެވެސް ވަރަކަށް އައުރަ ކަޝްފުވެފައި ވާތީއެވެ. އަހަރެންނަކީ މިހާ ކުރު އެއްޗެހި ލައިގެން ބޭރަށް ނުކުންނަ މީހެއް ނޫނެވެ. ބުރުގާ އަޅާ އިސްޓާކީނަށް އަރައިގެން އުޅޭ އަންހެން ކުއްޖަކީމެވެ.
“އޭތް!” ކޮމްޕިޔުޓަރެއް ކައިރީ އިން މީހާ އާއި ދިމާލަށް އަހަރެން ހަޅޭއްލަވައިގަތީމެވެ. އެއީ އަހަރެންނަށް މި އަނިޔާ ދިން ފިރހެނާކަން އެނގުނެއް ކަމަކު ބިރުގެ މައްޗަށް ރުޅީގެ އިހުސާސް ގަދަވެއްޖެއެވެ. ޚިޔާލީ ވާހަކަތަކެއް ލިޔުނު ކަމަށް ޓަކައި އަހަރެންނަށް މިވަރުގެ ދެރައެއް ދޭން ޖެހޭ ހެއްޔެވެ؟
އޭނާ އިށީނދެގެން އިން ފުރޮޅުލީ ގޮނޑި އަނބުރާލަމުން އަހަރެންނަށް ފުން ނަޒަރެއް ދިނެވެ. “ކޮބާ އަހަރެން އަޅައިގެން ހުރި ބުރުގާ؟ ލައިގެން ހުރި ހެދުން؟ އަދިވެސް ކަލޭގެ ހިތް ނުފުރޭތަ؟ އަހަރެން ދޫކޮށްލަން ވީއޭ!” ނުރުހިފައި އަހަރެން ހަރު އަޑުން ބުނެލީމެވެ. މި ކުޅެވެނީ އަލިފާނާ ކަން އެނގެއެވެ. އެހެނަސް ރުޅިއައިސްގެން ސިކުނޑި ފަޅައިގެން ދާ އަތަށް އެޅުމަށް ފަހު އަހަރެންނަކީ އެފަދަ ކަންކަމާއި މެދު ވިސްނޭ މީހެއް ނޫނެވެ.
އޭނާގެ ފަރާތުން ފެނުނީ އަޅާލުން ކުޑަ ކަމެވެ. ޒާތަކަށް ހީނލައިގެން އިނީ އަހަރެން ސޯފާގައި އޮވެ ސަލާމަތްވާން ތެޅިފޮޅޭ މަންޒަރު ބަލާށެވެ. “ކަލޭ ތިއީ ކާކުތަ؟ އަހަރެންގެ ޒާތީ މައުލޫމާތު ކަލެއަށް އެނގެންވީ ކީއްވެގެންތަ؟ މިތަނުގައި އަހަރެން ގަނަތަޅުވައިގެން ކަލެއަށް ލިބެނީ ކޮން މޮޅެއްތަ؟ އަހަރެންގެ ވާހަކަތައް ކިޔަންޏާ މިއީ ކިހާ ބޮޑު ކުށެއްކަން، ކިހާ ބޮޑު ފާފައެއްކަން ކަލެއަށް އެނގެން ޖެހޭނެ. ކޮންމެވެސް ގޮތަކުން ކަލޭ ބޭޒާރުވާނެ.” މި ވަގުތު އަހަރެންނަށް ލިބިގެން އުޅެނީ ކޮން ކަހަލަ ހިތްވަރެއް ކަމެއް ނޭނގެއެވެ. ފާޑަކަށް އަމިއްލަ ނަފްސާއި މެދު ޖެހިލުންވާ ގޮތްވިއެވެ. ރުޅި އައިސްގެން މުޅި ހަށިގަނޑު ރޫރޫ އަޅަމުން ދިޔައިރު އަހަރެންގެ ހަށީގައި ލޭ ދައުރު ވަމުން ދިޔައީ ނުރައްކާތެރި ހަލުވި މިނެއްގައެވެ. އެ ކިޔާ އެޑްރިނާލިން ރަޝް އަކީ މިއީ ބާއެވެ.
“އަހަރެން! ބޭޒާރުވުން! ސްވީޓްހާރޓް ޔޫ އާރ ރޯންގް. އަހަރެން މިއީ އެހާ ވިސްނުން ކޮށި މީހެއް ނޫން. ވައިޓް ރޯސް އަހަރެންގެ އަތް ދަށަށް ގެނައީ ކުރަން ޖެހޭ ވަރަށް ދިރާސާކޮށްފަ.” އޭނާ ލަސްލަހުން ހިނގައިފައި އައިސް އަހަރެން އޮތް ސޯފާ އަނެއް ފަރާތަށް އަނބުރާލައިފިއެވެ. ދެން ފެނިގެން ދިޔައީ އަދި މާ ބިރުވެރި މަންޒަރެކެވެ.
އެ ފާރު ފުރާފައި ވަނީ އަހަރެންގެ މައުލޫމާތުންނެވެ. ބޭރުގައްޔާއި ކޮލެޖު ތެރެއިން ވެސް އަހަރެންގެ ފޮޓޯ ނަގާ، އެ ތަނުގައި ހަރުކޮށްފައިވެއެވެ. އަހަރެން ދުވަސްތައް ހޭދަ ކުރާ ގޮތާއި، އާއިލާ މެންބަރުންނާއި އެކުވެރިންގެ ތަފްސީލު ވެސް ލިޔެފައިވިއެވެ. އަހަރެންނަށް ކަމުދާ އެއްޗެއްސާއި ކަމުނުދާ އެއްޗެހި ނޯޓްކޮށްފައި ވިއެވެ. އަހަރެން ވާހަކަ ދައްކާ ގޮތާއި އެކި މީސްމީހުންގެ މެސެޖުތަކަށް ރިޕްލައި ދިނުމުގެ ވައްޓަފާޅިއަށް ދަންދެން ޑިސްޕްލޭކޮށްފައިވިއެވެ. މި ނޫނަސް އަހަރެން ވާހަކަ ލިޔުމުގައި ބޭނުން ކުރާ އުސޫލުތަކާއި ކޮންމެ ވާހަކައެއްގައި ހިނގައިފައިވާ މުހިންމު ކަންކަން ނޯޓް ކޮށްފައިވެއެވެެ.
“އަހަރެން މަހްރީން ދިރާސާ ކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ. ޔުއަރ ޕުއަރ އެޓެންޝަން ޓު ސަރައުންޑިން އެންވާރަމެންޓް އިޒް އަންބިލީވަބަލް. އެއް ހޯލެއްގައި ކްލާސްތައް ނަގަމުން ދިޔަ އިރު ވެސް ކަލެއަށް އަހަރެންނަކީ ކާކުކަން ނޭނގުނު. އައި ކަމް ފްރޮމް އަ ރިޗް ޕަވަރފުލް ފެމެލީ. އަހަރެންނާއި ދެކޮޅަށް ‘އިންސާފު’ ހޯދަން ނުކުތަސް ވައިޓް ރޯސް ކާމިޔާބެއް ނުވާނެ. ދައްކާނެ އެއްވެސް ހެއްކެއް ނޯންނާނެ.” އޭނާގެ އަޑުގައި ވަނީ ނުރައްކާތެރި ފިނިކަމެކެވެ.
އެ ކަނޑަނީ ޙަޤީޤަތެއް ނެތް ސަޅި ބައިސާއެއް ނޫން ކަން ދެނެގަނެވުމުން އަހަރެންނަށް ހިމޭންވެވުނެވެ. “ރާފިލް! އަހަރެންގެ ނަމަކީ ރާފިލް.” އޭނާ އަހަރެން ނަގާ ތެދުކުރަމުން ބުނެލިއެވެ. އޭނާ ދެން އައީ ބަތް ޕާރުސަލެއް ހިފައިގެންނެވެ.
“އަނގަހުޅުވާ!” ބަތް ސުވާއެއް ނަގާ އަހަރެންގެ އަނގަޔާއި ދިމާކޮށްލަމުން ރާފިލް އަމުރުކޮށްލިއެވެ. އަހަރެން އަނެއް ފަރާތަށް މޫނު އަނބުރާލީއެވެ. މީނާ އެއްޗެއް ދިނަސް ދޭނީ ޒަހަރު އަޅައިފައި ނޫން ކަމެއް ނޭނގެއެވެ. އިތުރު ކެކުޅުމަކާއި ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތެވެ.
“ކެފޭ އޭޝިއާނާ މޮންގޯލިއަން ރައިސް. ވައިޓް ރޯސް އަށް އެންމެ މީރު އެއް ކެއުން މިހުރީ ގެނެސްފައި. ބަސްއަހައިގެން ކާން އުޅޭ. ނޫނީ ގަދަކަމުން ލަވަންވީތަ.” ރާފިލް އަހަރެންގެ ކޮލުގައި ހިފާ އެ ދިމާލަށް އަނބުރާލިއެވެ. އަހަރެން އަނގަ ނުހުޅުމުން އޭނާ ފެށީ ގަދަކަމުން ކާން ދޭށެވެ. ހިރުގަނޑު ތެރެއަށް ސަމްސާ ހެރި ލޭ އަންނަން ފެށުމުން އަހަރެން ގޮތް ދޫކޮށްފީމެވެ. ލަސްލަހުން ކާން ލަވައިދެމުން ދިޔަ ގޮތުން ހީވަނީ އިތުރު އަނިޔާއެއް ދޭން އަހަރެންގެ ހަށީގައި ވަރުޖައްސަން މަސައްކަތް ކުރާ ހެންނެވެ. ހިތް ރޫރޫ އަޅަމުން ދިޔައީ އެހެން ހުރެފައި ވެސް ކުއްލި އަނިޔާއެއް ދީފާނެ ކަމުގެ ބިރަށެވެ.
ކާންދީ ނިމުމުން އޭނާ އަހަރެންގެ ފައިގައި އޮޅައިފައިވީ ސްކާފް ނައްޓާލިއެވެ. ފަޔަށް ދުލެއް ލިބުމުން އަހަރެން ތެދުވެ ދުއްވައިގަތީމެވެ. “ނޮޓް ސޯ ފާސްޓް.” ރާފިލް އަހަރެން އިސްތަށިގަނޑުގައި ހިފާ ދަމައިގަތެވެ. ވީ ތަދުން އަނގައިން ލުއި އާހެއް ބޭރުކޮށްލެވުނެވެ. ރާފިލް އަހަރެން ގެންގޮސް ވެއްދީ އެންމެ ފުރަތަމަ އަނިޔާ ކުރި ކޮޓަރި ތެރެއަށެވެ. އޭނާގެ ކިބައިން ސަލާމަތްވާން އަހަރެންނަށް އެއް ކަމެއް ވެސް ނުކުރެވުނެވެ. ޖާނުން ވަރުގަދަ ފިރިހެނެއްގެ ކުރިމަތި އަހަރެން ކަހަލަ ނިކަމެތި އަންހެން ކުއްޖަކަށް ދެއްކޭނީ ކޮން ބާރެެއް ހެއްޔެވެ؟ މި ފަހަރު ގޮނޑިއެއްގައި ބަނދެފައި އޭނާ އައީ ރަބަރު މުއްގަނޑެއް ލައިފައިވާ ދަގަނޑު ގަނޑެއް ހިފައިގެންނެވެ. އެ ވަނީ އަލިފާނުން ދޮން ކުރެވިފައި ކަން އިހުސާސް ކުރެވުނީ އަހަރެންގެ ބޮޑުވައި އިނގިލީގައި ދަގަނޑު ޖެއްސުމުންނެވެ.
ހިތުގައި ރަހުމާއި ކުލުނެއް ނެތް ޖަނަވާރެއް ފަދައިން ރާފިލް ދިޔައީ ފަހަރަކު އިނގިއްޔެއް ފިއްސަމުންނެވެ. “މިއީ ފިންގަރޕްރިންޓްތައް ނައްތާލާނެ ގޮތަކީ.” އިނގިލިތައް ފިއްސާލުމަށް ފަހު އޭނާ ބުނެލީ އެއްޗެއް ދަސްކޮށްދޭ ފަދައަކުންނެވެ. ފުން ނޭވާތަކެއް ލަމުން އަހަރެން ރާފިލް އާއި ދިމާލަށް ބަލައިލީ އާދޭހުގެ ނަޒަރަކުންނެވެ. ހެޔޮނުވާނެއެވެ. މިކަން ހުއްޓާލާށެވެ. އެހެނަސް އޭނާގެ ހިލަ ހިތަށް އެއްވެސް އަސަރެއް ނުކުރާ ކަހަލައެވެ. ދެން ފެށީ އެންމެ އަވަހަށް ހޭނައްތަން ބޭނުންކުރާ އެނެސްތެޓިކް ތަކުގެ ވާހަކައެވެ. ހަމަ ހީވަނީ ޕްރެކްޓިކަލް ޓޯރޗަރ ކްލާހެއް ނަގައިދެމުން ދާހެންނެވެ. މިއީ ކޮންފަދަ އަނިޔާވެރި ކަމެއް ހެއްޔެވެ؟
އިންޖެކްޓް ކުރާ ޑްރަގުތަކުގެ ވާހަކަ ދައްކައިފައި ރާފިލް އަހަރެންނާއި ކުރިމަތިލިއެވެ. ދެން ކުރަން އެ އުޅެނީ ކޮން ކަމެއް ބާއެވެ. އެހެން ހުރެފައި އެ ތޫނު ނަޒަރު އަހަރެންގެ ބޮލުން ފެށިގެން ފަޔަށް ދަތުރުކޮށްލީ ދަހިވެތި ގޮތަކަށެވެ. އެ ޒާތުގެ ސީންތައް ވެސް އަހަރެން ލިޔެފައި ހުންނާނެއެވެ. އެ ކުރަން އުޅޭ ކަންތަކުގެ ޚިޔާލު ކުރެވިގެން ދިއުމާއި އެކު އަހަރެންނަށް ތެޅިގަނެވިއްޖެއެވެ. އަތަށް ބާރުލާ ތަޅުވަމުން އަހަރެން މަސައްކަތް ކުރީ އެ ވާގަނޑު ނެއްޓޭތޯއެވެ.
“ހުއްޓާލާ. އާދޭސްކޮށްފަ މި ބުނީ ތިހެން ނުހަދާ. އަހަރެން ދޫކޮށްލާ.” ރާފިލްގެ ހޫނު ނޭވާ އަހަރެންގެ ކަރުދޮށަށް އެޅިގެން ދިއުމުން ހަޅޭއްލަވައިގަނެވުނެވެ. ރާފިލް އަހަރެންގެ ކަނދުރާގައި އަތް އަޅުވާލަމުން އެ މޫނު އިތުރަށް ގާތް ކޮށްލިއެވެ. “ޝޫޝް ޕްރިންސެސް. ހަޅޭއްލަވަންޏާ ދެން ޖެހޭނީ…” އެ އިޝާރާތް ކުރަނީ ކޮން ކަމަކަށް ކަން އެނގުމުން އަހަރެންގެ ދުލުގައި ތަޅެއް އެޅުވުނު ކަހަލައެވެ. ހޯސްލައިފައި އޮހޮރިގަތް ކަރުނައިން އަހަރެންގެ ކޯތާފަތް މަތީގައި ކޯރު ހައްދާލީ ހިނދުކޮޅެއްގެ ތެރޭގައެވެ. “ޕްލީޒް.” ކުރަކިވެފައިވާ ގޮތަކަށް އަހަރެންގެ އަޑު ބޭރުވީ ގިސްލުމަކާއި އެކުގައެވެ.
“އަހަރެންނަށް އެނގޭ ވައިޓް ރޯސް މިފަދައިން ގާތް ވުމަށް ނުރުހޭވަރު. ސޯ އައި ޕްރިޕެއަރޑް އަ ވީޑިއޯ.” އަހަރެންގެ ކަންފަތް ދޮށުގައި އެހެން ބުނެލުމަށް ފަހު އޭނާ ދިޔައީ އެއްފަރާތު މޭޒު ކައިރިއަށެވެ. އެއަށްފަހު ރިމޯޓެއް ނަގާ ކުޅެލަމުން ކުރިމަތީގައި ހުރި ޑިޖިޓަލް ސްކްރީނުން އެއްޗެއް އެޅުވިއެވެ. އެއިން ޕްލޭ ވެގެން ދިޔަ ރަޙުމް ކުޑަ މަންޒަރު ފެނި އަހަރެންނަށް ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ.
“އޯޕެން ޔުއަރ އައިސް. އޮރ އެލްސް އައިލް ސްޓާރޓް ޑެމޮންސްޓްރޭޓިން.” ރާފިލްގެ އަތް އަހަރެންގެ ވަނާތަކުގައި ބީހުމުން ދެލޯ ތަންމިނަށް ހުޅުވާލެވިއްޖެއެވެ. އަހަރެން އެ ސްކްރީނަށް ނަޒަރު ހުއްޓާލީ ދެވަނަ ފަހަރު ގާތްވެދާނެ ކަމުގެ ބިރަށެވެ. އެ ހުތުރު ވީޑިއޯ ފެނި އޯކަށް ނުދެމުނެއް ކަމަކު އަހަރެން ހުރީ ބޮލަށް އެނބުރުން އަރާ ގޮތް ވެފައެވެ. އެ މަންޒަރުތައް ބަލަން ޖެހުމުގެ ކުރިން އަހަރެންގެ ދެލޮލުގެ ފެނުން ގެންދެވިނަމަ ކޮންފަދައެވެ.
ގަރުނަކަށް ދެމިގެން ދިޔަ އެ ވަގުތުކޮޅަށް ފަހު އަހަރެންނަށް އިސްޖަހާލެވުނެވެ. ވާހަކައިގެ ގޮތުގައި ބިރުވެރި، ނުރައްކާތެރި، މިސްޓަރީ ތްރިލާތައް ލިޔެވުނު މޮޔަ ހިތަށް އަރަން ފަށައިފިއެވެ. އެފަދަ ވާހަކަތައް ލިޔުމުގެ ބަދަލުގައި އާއިލާ މައްސަލަތަކުގެ މައްޗަށް ބިނާކޮށް ލޯބީގެ ސިލްސިލާތައް ލިޔެވުނު ނަމައެވެ. ނުވަތަ ރޫޙާނީ ކަންކަމުގެ މައްޗަށް ލިޔެވުނު ނަމައެވެ. އެހެންނަމަ މިފަދަ ނުރައްކާތެރި މީހެއްގެ ސަމާލުކަން އަހަރެންނަށް ނުލިބުނީހެވެ.
“ވައިޓް ރޯސް ވަޅި ބޭނުން ކުރާ ގޮތް އެބަ ރަނގަޅު ކޮށްލަން ޖެހޭ. ޖެހުނު ތާކަށް ވަޅި ހަރައިގެން ކޮން މަގުސަދެއް ޙާސިލުވާނީ؟” އަހަރެން ސިހުނީ ރާފިލް އަހަރެންގެ ކަރުދޮށުގައި މިޔަ ތޫނު ވަޅިއެއް ޖައްސާލުމުންނެވެ. އޭނާ ފުރަތަމަ ހަރާލީ މެއާއި ދިމާލު ބަނޑުމައްޗަށެވެ. އެހާ ފުންކޮށެއް ނޫނެވެ. އެހެނަސް ދުނި ޖަހައިފައި ލޭ ނުކުންނާނެ ވަރަށެވެ.
“ހެޔޮނުވާނެ، އަހަރެންނަށް ތިހެން ނުހަދާ މަރާލަބަލަ” ފުން ނޭވާތަކެއް ލަމުން އަހަރެން އެދުނީ އެ ވޭނަށް ކެތްނުވެގެންނެވެ. އޭރު މުޅި ހަށިގަނޑުން ރޫރޫ އަޅަމުން ދިޔައެވެ. އެހެނަސް… އެހެނަސް އަހަރެންގެ ކުރިމަތީގައި މިހުރީ ގޮތުގައި ހިފަހައްޓާ މުޖުރިމެކެވެ. ސޭޑިސްޓެކެވެ. ސައިކޯޕެތްއެކެވެ. މީނާގެ ކުރިމަތީގައި އަހަރެންގެ އިހުސާސްތަކަށް ކުނޑިފުށެއްގެ ދަރަޖަ ވެސް ނުލިބެއެވެ. ފަހަރަކު ވައިޓަލް ޕޮއިންޓަކަށް އެފަދައިން ހަމަލާ ދެމުން ދިޔައިރު ހީވަނީ އަހަރެންގެ ނޭވާ އުފުރިގެން ހިނގައިދާނެހެންނެވެ. މިހާރު އަހަރެންނަށް އިންތިޒާރު ކުރެވެނީ ފަހު ނޭވާ ދޫކޮށްލެވޭނެ ވަގުތަކަށެވެ. ފުރާނަ ވަކިވެގެން ދާނެ ކަމުގެ އުންމީދުގައި އަހަރެން މަސައްކަތް ކުރީ ޝަހާދަތުގެ ދެކަލިމަ ކިޔާށެވެ.
***
ނިދީގެ ފުންކަނޑުން ތިލަވެ ޙަޤީޤަތުގެ އައްސޭރިއަކަށް ވާސިލުވެވުމާއި އެކު އަހަރެންނަށް ދެލޯ ހުޅުވާލެވުނެވެ. ކޯތާފަތްމަތީގައި ކަރުނަ ހިކިފައި ހުރި ކަހަލަ އިޙުސާސެއް ކުރެވުނެވެ. ދެންމެ އެ ފެނުނީ ހުވަފެނެއް ހެއްޔެވެ؟ ސިކުނޑިއަށް ވެރިވެފައިވާ އޮޅުންބޮޅުންކަން ފިލުވާލުމުގެ ނިޔަތުގައި އެނދުގައި އަތް ވިއްދާލަމުން ބުރަކަށި ސީދާކޮށްލީމެވެ. އެއާއެކު މުޅި ހަށިގަނޑަށް ވެރިވެގެން ދިޔައީ ބުނެދޭން ނޭނގޭ ފަދަ ބަރުދަނަކާއި ވޭނެކެވެ. އެ ހިނގައިދިޔަ ކަންތަކަކީ ހުވަފެނެއް ނޫންކަން ޔަޤީންކުރެވިއްޖެއެވެ. ވަށައިގެންވީ މާޙައުލަށް ސަމާލުކަން ދެވުނީ ދެނެވެ.
އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އެއްފަރާތުގައި ހުރި އައިވީ ސްޓޭންޑެވެ. އޭގެ ކެނިއުލާ ގުޅިފައިވަނީ އަހަރެންގެ ކަނާތުގެ ނާރުތަކަށެވެ. ހިތް އަވަސްވެފައިވާ ހާލު އަހަރެންނަށް ހަށީގެ އެކި ދިމަދިމާލުގައި މަޑުމަޑުން އަތް ހިނގާލެވުނެވެ. ރާފިލްގެ ހަމަލާތައް އަމާޒުވި ބައެއް ތަންތަނުގައި ވަނީ ބޭސް ބެންޑޭޖު އަޅައިފައެވެ. ބެންޑޭޖު ނާޅާ އެ ހުރީ ފަރުވާދެވި ރަނގަޅު ވެފައިވާ ތަންތަން ކަން އަހަންނަށް ދެނެގަނެވުނެވެ.
އަހަރެން ވަށައިގެން އެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލީމެވެ. މިއީ އަހަރެން ފިޔަވައި އެހެން ބަލިމީހަކު އެނދުމަތި ކުރެވިފައިވާ ތަނެއް ނޫނެވެ. އެއް ފަރާތުގައި ސޯފާއަކާއި ކަބަޑެއް ހުއްޓެވެ. ކުޑަދޮރުން އަލި ނޭޅޭތީ ޤަބޫލުކުރެވުނީ މިއީ ރޭގަނޑުގެ ވަގުތު ކަމަށެވެ. މި އޮވެވުނީ އަހަރެންގެ ވާހަކަތަކުގައި ސިފަކުރާ ޒާތުގެ ޕްރައިވެޓް ރޫމެއްގައި ކަން ރެއަކާލުމުން އަހަރެންނަށް މޭގައި އަތް އަޅާލެވުނެވެ. އަހަރެންގެ މައިންބަފައިން ކިބަޔަކު މިފަދަ ސުއީޓަކަށް ގެންނާނެ ފެންވަރެއް ނެތެވެ. އަހަރެން މި ތަނަށް ގެނައި މީހަކަށް ވާނީ ރާފިލްއެވެ.
ހިތް އަވަސްވެފައިވާ ޙާލު އަހަރެން މަސައްކަތް ކުރީ އައިވީ ކެނިއުލާ ނައްޓާލާށެވެ. އެކަން ކާމިޔާބު ވުމުން އަހަރެން އެނދުން ތެދުވެ، ލޭ އަންނަމުން ދިޔަ އަތުގައި ޓިޝޫއެއް އޮޅާލީމެވެ. ދެން ލަސްލަހުން ގޮސް ދޮރުގައިވީ އެތެރެ ފެންނަ ބިތުން ބޭރު ބަލައިލީމެވެ. މާ ދުރު ނޫން ހިސާބެއްގައި ނަރުހުންގެ ޖަގަހަ ފެންނަން ހުއްޓެވެ. އެތަނުގައި ތިބި ނަރުހުން ފިޔަވައި އިތުރު ބަޔަކު ފެންނާކަށް ނެތެވެ. އަހަރެން ކޮޓަރީގެ ދޮރު ހުޅުވާލާފައި ދެކޮޅު ބަލާލަމުން ނުކުތީމެވެ. އިސް ޖަހާލައިގެން ހުރެ އަހަރެން މަސައްކަތް ކުރީ ލިފްޓެއް ނަމަވެސް ފެނޭތޯއެވެ. ކަންދިމާކުރި ގޮތުން އަހަރެންނަށް ފުރަތަމަ ފެނުނީ ސިޑި ގޮޅިއެކެވެ. އެތަނުގެ ދޮރު ހުޅުވާލާފައި ނުކުމެ އަހަރެން ސިޑި ބަރިން ތިރިއަށް ފައިބައިގެން ދާން ފެށީމެވެ. އެއް ބަރި ގިރާކޮށް ދެވަނަ ބަރިން ތިރިއަށް ދެވެން ވާއިރަށް ކޮންމެވެސް މީހަކު އަހަރެންގެ ވައަތު ކުޑަހުޅުގައި ހިފާ ފަހަތަށް ދަމައިގަތެވެ. ހީވީ މޭގަނޑު އަތަށް އައި ހެންނެވެ. އެ ބީހުމުން އެކަނި ވެސް އަހަރެންނަށް އެއީ ކާކުކަން ވަކި ކުރެވުނެވެ.
“ދުކުރޭ!” އަހަރެން ނެތް ހިތްވަރު ލައިގެން މަސައްކަތް ކުރީ އޭނާގެ އަތް ނައްޓުވާށެވެ. އެހެނަސް ރާފިލް އިވުނު ކަމަށް ވެސް ނުހަދާ އަހަރެން ނަގާ ކޮނޑު މައްޗަށް ލަމުން ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އޭނާ އަހަރެން ބާއްވާފައި އޮތް ޕްރައިވެޓް ރޫމަށް ވަދެ އެނދުމައްޗަށް ވައްޓާލިއެވެ. “އަދިވެސް… އަދިވެސް ކަލޭގެ ހިތް ނުފުރެނީތަ؟” ޝަކުވާގެ ނަޒަރެއް އަހަރެން އަމާޒުކޮށްލީމެވެ.
“ނޫނޭ. އަހަރެންގެ ބޭނުން ހާސިލު ވެއްޖެ. މި ތަޖުރިބާއަށްފަހު ވައިޓް ރޯސްގެ ވާހަކަތައް އިހުނަށް ވުރެ ފުރިހަމަވެ އަސަރުގަދަ ވާނެކަން މުޖައްރިބު. ކިޔުންތެރިން ރޮއްވާ، އަލިކަމެއް ނެތް ހިތްދަތިކަމުގެ އަނދަވަޅަކަށް ވައްޓާލުމުގެ ކުޅަދާނަކަން ވައިޓް ރޯސްގެ ހުންނާނެ. އެކަމަކު ރަނގަޅު ނުވަނީސް ފޮނުވާލާކަށް ނޫޅެން. އައިމް މެޓިކިއުލަސް. ވައިޓް ރޯސް އަށް އަހަރެންނާއި ދެކޮޅަށް ދެއްކެން ހުރި ހުރިހާ ހެއްކެއް ނައްތާލާފަ ނޫނީ ދުލެއް ނުކޮށްލާނަން. ޑޯންޓް ބްލޭމް މީ. އައި ލާންޑް ޓު ސްޕޮޓް ލޫޕްހޯލްސް ފްރޮމް ޔޫ. ދިސް އިޒް ވައި އައި ލައިކް ޔޫ. އެހާ ވެސް ވިސްނުން ތޫނު. ކުޅަދާނަ. ދެން އިންތިޒާރު ކުރެވެނީ ވައިޓް ރޯސް ނެރޭނެ އިތުރު ސިލްސިލާއަކަށް. އައި ބެޓް އިޓްސް ގޮނަ ބީ ދަ ބެސްޓް ދިވެހި ތްރިލާ ޕީޕަލް ވިލް ސީ އިން ދަ އަޕްކަމިންގ އިޔާރސް.” އެނދުގައި އަތް އަޅުވާލަމުން ރާފިލް ބުނެލިއެވެ. އަހަރެން ހީކުރި ވަރަށްވުރެ މީނާ ވިސްނުން ތޫނެވެ. އިންސާފުގެ ރޮދިފަށަކާއި ހަމައަށް ވެސް ވާސިލުނުވެވޭނެ ކަން ޔަގީންކުރަން އެ ހުރީ އަތުކުރި އޮޅާލައިގެންނެވެ. އަހަރެންގެ ބަލިކަށިކަން ހިތަށް އަރާ ފުރަތަމަ ފަހަރަށް އަމިއްލަ ނަފްސަށް މަލާމާތް ކޮށްލެވުނެވެ. މީނާ އާއި ޖަދަލު ކުރަން ނުހަދާ މަޑުން އޮތީ އިތުރު އަނިޔާއެއް ލިބެން ބޭނުން ނުވާތީއެވެ. އެހާ ވެސް ނުރައްކާތެރި ‘އޮބްސެސްޑް’ ފޭން އެކެވެ.
އަހަރެން ދެފައި ދަމާލަމުން އެނދުގައި ހަމަޖެހިލީމެވެ. އެ ވަގުތު ރާފިލް އަހަރެން ރަހީނުކުރި ދުވަހު އެޅުވި ދަބަސް ދިއްކޮށްލިއެވެ. އަހަރެން ފާޑަކަށް ބަލައިލަމުން އޭގައި ހިފީމެވެ. އެންމެ ފުރަތަމަ ވެސް އަހަރެން ހޯދާލީ ފޯނެވެ. އެއިން ތާރީޚު ފެނިފައި ދެލޯ މުދުނަށް އެރީ އަހަރެން ރަހީނުކުރި ފަހުން ދެ ހަފްތާ ފާއިތުވެފައި ވާތީއެވެ. އަޅެ ފަހެ މީހާ ދުވަސް ވާއިރު ވެސް މީހަކު އަހަރެން ހޯދަން މަސައްކަތް ނުކުރަނީ ހެއްޔެވެ؟ ގުޅުމަށް ވުރެ މެސެޖް ކުރަން ލޯބިކުރާ މީހަކަށް ވާތީ އަހަރެން އެންމެ ފުރަތަމަ ވެސް ވަދެލީ އިންސްޓަގްރާމަށެވެ. ޗެޓް އިންބޮކްސް ތަކަށް ވަތް އިރު ނުބަލާ އައު އެއްވެސް މެސެޖެއް ނެތެވެ. ހައިރާންވެފައި ހުރެ އަހަރެން ވަކި ވަކިން އެކި މީހުންގެ ޗެޓް ތަކަށް ވަދެލީމެވެ.
ނިމިދިޔަ ދެހަފްތާ ތެރޭ ރާފިލް ވަނީ އަހަރެންނަށް ވެގެން ދަންނަހާ ބަޔަކާ މުއާމަލާތުކޮށްފައެވެ. އަހަރެންގެ ވާހަކަދެއްކުމުގެ އުސޫލު ނަކަލުކޮށްފައިވާލެއް ފުރިހަމަ ކަމުން އެއިން އެކަކަށް ވެސް އެއީ އަހަރެން ނޫން ކަން ނޭނގެނީއެވެ. އަހަރެން ނޭވާ ހާސްވާ ގޮތްވީ ރާފިލް އަހަރެންގެ ޒާތީ ހުރިހާ ދެނެގަނެފައިވާ މިންވަރު އެ ދެކެވުނު ވާހަކަތަކުން ފާޅުވާން ހުރުމުންނެވެ. އޭނާ އަހަރެންގެ ފަހަތުން ކިތައް ފަހަރު މުގޯލި އަޅާފައި ވާނެ ހެއްޔެވެ؟ ކިތައް ފަހަރު އަހަރެންގެ ފޯނު ހެކްކޮށް މައުލޫމާތު ނަގައިފައި ވާނެ ހެއްޔެވެ؟ މީގެ ކުރިން އަހަރެންނަށް ކަމެއް ގޯހުން ގޯހަށް ދާކަން ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ އެހާ ވެސް ވަށައިގެންވާ މާހައުލަށް އަހަރެން ދޭ ސަމާލުކަން ކުޑައީ ހެއްޔެވެ؟
މެސެޖުތައް ކިޔާލުމަށް ފަހު އަހަރެން ވަދެލީ އެސްފިޔަ ވެބްސައިޓަށެވެ. ދެހަފްތާ ކުރިން އަޕްލޯޑުވެފައި އޮތް ފަހު އެޕިސޯޑަށް ފުދޭވަރަކަށް ގިނަ ކޮމެންޓް ލިބިފައި ހުއްޓެވެ. އެއްބަޔަކު އެ ހިތި ނިމުން ބަލައިގަތެވެ. އަނެއް ބަޔަކު ހިތްހަމަނުޖެހުނެއް ކަމަކު ވާހަކަ ގެނެސްދީފައިވާލެއް އަސަރުގަދަކަމަށް ތައުރީފުކޮށްފައި ވެއެވެ. އެ ކޮމެންޓްތައް ފެނި އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ހިނދުކޮޅަކަށް އަމިއްލަ ޙާލު މަތިން ހަނދާން ނެތޭ ގޮތްވިއެވެ.
އަހަރެންނަށް ވާނެ ވަރަކީ މިއެވެ. ޙަޤީޤީ ދުނިޔެއިން ވަކިވެ ވާހަކައިގެ ދުނިޔެއަށް ނަފްސު ބެހިގެން ދާން ދޫކޮށްލެވެނީ ހަޔާތުގެ ގިލަންވެރި ކުލަތަކުން ދުރަށް ދާން ބޭނުންވާތީއެވެ. ވާހަކަ ތަކުގައި ލޯތްބާއި އާއިލީ މައްސަލަ ތަކަށް ވުރެ ފައިސާ އަށް އޮންނަ ދަހިވެތިކަމާއި ތަޅާފޮޅުންތަކާއި އަނިޔާވެރިކަން ގެންނަން ފަސޭހައީ އުޅެބޮޑުވި މާޙައުލުގެ ގޮތުން ކުރިމަތިވި ކަންތައްތަކެއްގެ ސަބަބުންނެވެ. ވާހަކަތަކަަށް އުފާވެރި ނިމުން ގެންނަނީ ކޮންމެވެސް ދުވަހަކުން އަހަރެންނަށް ވެސް އެފަދަ ހަމަޖެހުމެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ.
ރާފިލް އަހަރެންގެ އަމިއްލަ ދިރިއުޅުމައިގެން ކުރިއަށް ދާން ދޫކޮށްލީ ހުރިހާ ޒަޚަމެއް ފަސޭހަވެ ލަކުނަށްވީ ފަހުންނެވެ. އެ ދުވަސްތަކުގައި ގެއްލުނުހާ ފިލާވަޅެއް ފޮނުވީ އޭނާއެވެ. ކޮލެޖަށް ނުދެވުނު ދުވަސްތަކުގެ އެޓެންޑެންސް ވެސް އޭނާ ކޮންމެވެސް ގޮތަކުން ހޯދިއެވެ. އަނބުރާ ދިރިއުޅުމުގެ ޒިންމާތައް އަދާކުރަމުން ދިޔައިރު އެއްވެސް މީހަކަށް އަހަރެންގެ ފަރާތުން ތަފާތެއް ފާހަގައެއް ނުކުރެވުނެވެ. ފުރާވަރުގެ ދުވަސްތައް ގުނަން ފެށީއްސުރެ މިޒާޖުގެ ގޮތުން މަޑުމައިތިރި މީހަކަށް ވުމުން، ކަމެއް ވިޔަސް އެހެން މީހަކަށް ފާހަގައެއް ނުވެއެވެ. މިއީ އަބަދުވެސް ޙާލަތެވެ. އެހެން މީހުންނަށް ނުފެންނަ އެތައް ކަމެއް ކޮނޑުއަޅައި ނަފްސު އަވަދިވާނެ ވަރަކަށް އަވަދިވެއްޖެއެވެ. ރާފިލްގެ ފަރާތުން ލިބުނު ހިތި ތަޖުރިބާ ވެގެން ދިޔައީ އަހަރެންގެ ކަޅާއި ހުދުގެ އަނދިރި ސަފުހާތަކަށް އިތުރުވި ބޮޅަކަށެވެ. މި އިހުސާސްތައް ފާޅުކުރާނެ ހިތްވަރެއް ލިބޭނެ ދުވަހެއް އަދި ނާދެއެވެ. އެ އިހުސާސްތައް ދަންނަ މީހަކު މި އުޑުހިޔާ ދަށުގައި ވާނެހެން ހީނުވެއެވެ.
އަހަރެންގެ ލަފުޒު ތަކުން ދިރުން ލިބިފައިވާ ސައިކޯޕެތް އެއް މިނިވަންކަމާއި އެކު މި މުޖުތަމަޢު ތެރޭ އުޅޭ ކަމުގެ ޚިޔާލުން އުނދަގޫ ނުވަނީކީ ނޫނެވެ. މިހާރު ވެސް ބޭރު ތެރޭ އުޅޭ އިރު ހުރެވެނީ ބިރުން ސިހިސިހިއެވެ. ދޭތެރެއަކުން ދެކޮޅު ބަލާލެވެނީ އޭނާ ބަލަން ހުރެދާނެ ހެން ހީވާތީއެވެ. މަޖުބޫރުވެގެން މެނުވީ ރޭގަނޑު އެކަނި ބޭރަށް ނުކުތުމުން މަނާވެގަތީމެވެ. މިކަމާ ހުރެ ކުރިން އަދާކުރި ވަޒީފާ ދޫކޮށް އެހެން ތަނަކަށް ދާން ފެށީމެވެ.
މިހާ ހިސާބުން އަހަރެން ވާހަކަ ލިޔުން ހުއްޓާލީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެންގެ މަތިއެޅި ބަންދުވެފައިވާ އިހުސާސްތަކަށް މިނިވަންކަމުގެ ނޭވާއެއް ލިބޭނެ ހަމައެކަނި މަގަކީ އެއީއެވެ. ބައެއް ރޭތަކުގައި އެ ޚިޔާލީ ދުނިޔޭގެ އިހުސާސްގައި ބެހި ދެވޭ ގޮތަކުން ޙަޔާތުގެ ހިތި ހަނދާންތައް އާވެ، ޕެނިކް އެޓޭކްތައް ޖެހުނަސް ވެހެވެ. އެ ފަދަ ޙާލަތުގައި ލިޔެވޭ ސީންތައް ނުހަނު އަސަރުގަދަ ވެފައި ޙަޤީޤީ އިހުސާސްތަކާއި ވައްތަރުވެއެވެ. ރާފިލް ބުނިހެން ‘އެ’ ތަޖުރިބާ އަށް ފަހު އަހަރެންގެ ވާހަކަތަކަށް ވަނީ ފާހަގަކޮށްލެވޭ ފަދަ ބޮޑު ކުރިއެރުމެއް ލިބިފައެވެ.
– ނިމުނީ –
Comments (20)
Comments are closed.
OMYGAWD I GOT GOOSEBUMPS GIRLLL…. THIS FEELS SO REAL😭 ANYWAYS I REALLY LOVED THIS ONE OKAY CAN’T WAIT FOR ANOTHER ONE🤩
I’M SUPER DELIGHTED TO HEAR THAT 🥰🥰
Shukran Human being ✨✨
Wow, he really stopped humaning and started psychopathing 🙄
I wonder if Rafil would play the games in ur position if u were a gamer to cover up 🤣
Yum yum.. I love cafe asiana mongolian rice too 😋
This is story is Ma sha Allah Allahumma Barik the most realistic one even I got goosebumps 😱
Ngl this story activated my panaroidness 😳😅
Thanks gurl, can’t wait for a new story from u 😃
Sending luv n hugs 🤍🫂
Yup, Rafil is a REAL psychopath 💀💀
Frr, its a tasty meal 😄😄
Ahah, vrh bodah birugannavaalevijje dhw 😬😬 I ves paranoid vefa mi iny ☠️☠️
I’m ecstatic to hear this 🥰🥰
Shukran Berrycake ✨✨
Lots of love from here 🫰🏻🫰🏻
oh my god bro now im scared to do anything bad to my characters😭😭
this is so good masha allah, love this so much alhey.. probably by favourite mystery thriller one! waiting for another amazing work from you💗💗
Alheyy I’m sorry, maa bodah dhw mi birugannavaalevuny 😬😬
Aww, I’m so HAPPY to hear that 🥰🥰
Shukran Nayaa ✨✨
Brooooo same 😭😭😭
😔😔😔
Omgg… I got goosebumps all over me after this.. It feels so real girl… Are u sure this is not real???? I can’t believe that this is a fictional story..
Yes, its a fictional story, hope this never happens irl 😭😭
I’m so happy to hear that 🥰🥰
Shukran Futtaki ✨✨
Why is it so hard for me to believe this is fictional😬😭
I’ve got goosebumps after reading this!
Gurl this such a creative masterpiece I luv it way too much✨
Waiting for another story from u!I
Ly
Maa bodah realistic ee dhw 😬😬 hama my own fiction eh ingey mi 😄😄
Aww, super glad to hear that 🥰🥰
Shukran Your fav bab ✨✨
Lyt darl 🫰🏻🫰🏻
Vrh reethi mi story maasha allah.. vrh dhuvaskohlaafa esfiya ah mi vadhely just woww I’m mind blowned💜
I’m delighted to hear that 🥰🥰
Shukran Maash ✨✨
New story eh when?
Adhi neynge seedhaa koh bunaakah 😔😔
I THOUGHT THIS WAS REAL!! GOOSEBUMPS😭 HOPE UR DOING WELL❤️. LOTS OF LOVE ❤️ 😍
I’m delighted to hear that 🥰🥰
I’m well, hope you are too 😄😄
Shukran Zyv ✨✨
Lyt darl 🫰🏻🫰🏻
Maashaa Allah this one id on FIREEEEEEEEE!!!!!!!!!!!!
n btw is that ur real name mentioned in the storyyyy
can’t wait for another story by u. ur sooooo TALENTED, Maashaa Allah, May Allah bless u
take care White rose
I’m more than happy to hear that 🥰🥰
No not my real name 😅😅
Shukran Exxo ✨✨
Take care 🥹🥹