
ތަޤްދީރުގެ ނިޔާ (1): މި ލޯތްބާއި ތި ވަޢުދު – 42

ނަސީރުގެ ބަރު އަޑު ކަންފަތުގައި ޖެހުމާއެކު ރޫޔާއަށް ރެއިލިންގައި ހިފައި ބާރުކޮށްލެވުނެވެ. ހަމަޖެހިލައިގެން އޭނާއަށް ނޭވާލާނެ އެއްވެސް ގޮތެއް ނެތީ ހެއްޔެވެ؟
“އަވަހަށް ކައިވެނި ކުރަން އުޅޭ ވާހަކަ އަޑުއެހިން. މިރޭ ދެ އާއިލާ ބައްދަލު ކުރަނީ ދޯ؟ ދެކުދިންނަށް އަހަރެންގެ ތަހުނިޔާ އަރިސްކުރަން” ނަސީރުގެ އަޑުގައި ވަނީ ހަމަޖެހުމެވެ.
“ކީއްވެ ތި ގުޅީ؟” ރޭގަނޑުގެ އަނދިރީގެ ތެރެއިން ފެންނަން އޮތް މާސިންގާ ކަނޑަށް ނަޒަރު ސީދާ ކޮށްގެން ހުރެ ރޫޔާ އެހިއެވެ.
“އެއްފަހަރާ ހުރިހާ ކަމެއް ރަނގަޅަށް ދާތީވެ، ހަމަ މަރުހަބާ ނުކިޔާ ނުހުރެވުނީ. އާންމުކޮށް ކަންތައްތައް ގޯސް ވާނީވެސް މި ކަހަލަ ދަނޑިވަޅުގައި. އެހެންނެއް ނޫންތަ؟”
ރޫޔާ އެއްޗެކޭ ނުބުނެ ދެލޯ މަރައިލިއެވެ.
“އެކަމަކު އެ އުފާވެރިކަން ދެމެހެއްޓޭނެ ގޮތް އެނގޭނީވެސް ޑޮކްޓަރ އަށް. ނޫންތަ؟ ބަލާބަލަ، އުފާ ފާޅުނުކޮށް މަޑުން ހުރީ ކިތައް މީހުން….” ނަސީރުގެ ބަހާއެކު ރޫޔާ މަޑުމަޑުން ސިޓިން ރޫމަށް މޫނު އަނބުރައިލިއެވެ. ބެލްކަނީ ދޮރު ބިއްލޫރިން، ސިޓިން ރޫމު ތެރޭ ތިބި އެންމެން އޭނާއަށް ފެނުނެވެ. އެއިން އެކަކުގެ ފަރާތުން އެއްވެސް ކަހަލަ ހިތާމަވެރިކަމެއް ފެންނާކަށް ނެތެވެ.
“އަހަރެން ޑޮކްޓަރ ގެ ޤުރުބާނީއަށް ތައުރީފުކުރަން. ކޮންމެ ކޮންމެ މީހަކަށް ފަސޭހައެއް ނުވާނެ އެހާ ބޮޑު ސިއްރެއް ހިންދިރުވައިލައިގެން ހުންނާކަށް. ޑޮކްޓަރ އެކަން ކުރީ އަހަރެން ދެކެ ބިރުން ކަމުގައިވިޔަސް، ކަންތައް ކުރީ ނުލާހިކު ރަނގަޅަށް. ތި ގޮތަށް ހަނު ހުރެ، އަމިއްލަ ދިރިއުޅުމައިގެން ކުރިއަށްދޭ… ހުރިހާ ކަމެއް ރަނގަޅުކަމަށް އަމިއްލައަށް ވިސްނައިދީ.. ޑޮކްޓަރ އެކަން ކުރިން ކުރީމެއްނު؟ ވަކި މިފަހަރު އެކަން ކުރަން އުނދަގުލެއް ނުވާނެ. އެއްގޮތަކުން އަހަރެމެން ދެމީހުންނަކީ ހަމަ އެއްކަހަލަ ދެމީހުން.” ނަސީރުގެ ބުނަން އުޅުނު އެއްޗެއް އޭނާއަށް ރަނގަޅަށް ފަހުމު ވުމާއެކު މުޅި ހަށިގަނޑު ގަނޑުވިއެވެ. ޚިޔާލަށް ވެރިވި ހަތް އަހަރުގައި އޭނާއަށް ފެނުނު މަންޒަރުތަކެވެ.
އަމިއްލަ އުފަލަށްޓަކައި އެހެން މީހުންގެ އަނިޔާތައް އިގްނޯ ކޮށްލި މީހަކަށް އުނދަގުލެއް ނުވާނެ، އޭގެ ދިމާ އިދިކޮޅަށް ކަންތައްތައް ކުރަން” ނަސީރުގެ ކޮންމެ ބަހަކާ އެކު ރޫޔާގެ ނޭވާ ކުރުވަމުން ދިޔައެވެ.
“ކަންތައް އެހެންވީ ޑޮކްޓަރގެ އުމުރުން ހަ އަހަރުގައި ވިޔަސް…” އޭނާ ކަންފަތުން ފޯނު ދުރުކޮށްލިއެވެ. ރެއިލިން މަތީ އޮތް އަތް ނަގައި މަޑުމަޑުން އޭނާގެ މޭމަތީ ފިރުމަން ފެށިއެވެ. ނަގައިލެވޭ ކޮންމެ ނޭވާއާއެކު، ހީވީ، އެ ދުވަހު އޭނާގެ ނޭފަތުގައި ޖެހުނު ލޭގެ ވަސް ދުވި ހެންނެވެ. ފެންކަޅިވެ ހުރެ އޭނާ އެއްލި ކަޅި އާއެކު ފެނުނީ ސިޓިން ރޫމު ތެރެއިން އޭނާއަށް ބަލަން ހުރި ރާޝިދެވެ. ހީވަނީ ބެލްކަނީގެ އަނދިރީގެ ތެރެއިން އޭނާއަށް ރޫޔާގެ މޫނުމައްޗަށް އަރައިފައިވާ ކުލަވަރު ފެނުނު ހެންނެވެ.
ރާޝިދު އެއްޗެކޭ ނުބުނެ ރޫޔާއަށް ބަލައިލިއެވެ. އުސްމާނު ގާތު އެއްޗެކޭ ބުނުމަށްފަހު އޭނާ އަވަސް ފިޔަވަޅުތަކެއް އަޅަމުން އެ އަނދިރިކޮށް އޮތް ބެލްކަންޏަށް ނުކުތެވެ. ބެލްކަނީ ދޮރުމަތީ މަޑުކޮށްލުމަށްފަހު އޭނާ ރޫޔާއަށް ބަލައިލިއެވެ. ދެން ނަޒަރު ހިންގައިލީ ރޫޔާގެ އަތުގައި އޮތް ފޯނަށެވެ. ނުބުންޏަސް، ރާޝިދަށް ރޫޔާ ވާހަކަ ދައްކަނީ ކާކާކަން އެނގުނެވެ. އޭނާ ނޭވާއެއް ދޫކޮށްލުމަށްފަހު ބެލްކަންޏަށް ނުކުމެ، ބެލްކަނީގެ ދޮރު ލައްޕައިލިއެވެ. އެއްޗެކޭ ބުނުމެއް ނެތި އޭނާ ރޫޔާ ކައިރީ ހުއްޓުނެވެ.
ލޮލަށް ޖަމާވި ކަރުނަތައް ފޮހެލުމަށްފަހު ރޫޔާ އަނެއްކާވެސް ސިޓިން ރޫމުގައި ތިބި އެންމެނަށް ބަލައިލިއެވެ. އެ އެންމެންގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަމާއި ހިތްހަމަޖެހުމުން އޭނާގެ ހިތަށް ކުޑަ ހިތްވަރެއް ލިބުނެވެ. އޭނާގެ ހަޔާތުގެ އެންމެ އަނދިރި ދުވަހު، އޭނާގެ ފަހަތުގައި ހުރީ މި އާއިލާއެވެ. އިތުރު އެހެން ބައެއް ނޫނެވެ.
އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން، ރެއިލިންގައި އަތް ބާއްވައިލިއެވެ. ރާޝިދު އެއްޗެކޭ ނުބުނެ ރޫޔާގެ އެ އަތުގައި ހިފައިލިއެވެ. ރޫޔާގެ ނަޒަރު އޭނާއަށް ސީދާ ވުމާއެކު އޭނާ ބޯ ޖަހައިލިއެވެ.
ރޫޔާއަށް އޭނާ ދެން ކަންތައް ކުރަން ވީ ގޮތް ވިސްނުނެވެ. އޭނާ އަތުގައި އޮތް ފޯނުގެ ސްކްރީނު ހުޅުވައިލިއެވެ. ނަސީރު އަދިވެސް އެ ކޯލުގައި އިން ކަން އެނގުމާއެކު އަވަހަށް ފޯނު ކަންފަތުގައި ޖަހައިލިއެވެ.
“ނަސީރު ތިބުނީ ރަނގަޅަށް” ރޫޔާގެ އަޑު ބޭރުވީ އޭނާ ހީކުރި ވަރަށް ވުރެ ސާފުކޮށެވެ. “އަހަރެން އެދުވަހު ހަނުހުރީ އަހަންނަށް ވެގެން އުޅޭ ކަންތައް ރަނގަޅަށް ނުވިސްނިގެން.” އޭނާ ރާޝިދުގެ އަތަށް ބާރުކޮށްލިއެވެ.
“އެކަމަކު ބުނަން، އަހަރެމެން ދެމީހުންނަކީ އެއްކަހަލަ ދެމީހުންނެއް ނޫން. އަހަންނަށް އަހަރެން ކުރި ކަންތައްތަކުގެ ގޯސްކަން ވިސްނުނު، އެކަމާ ދެރަވެ، ތައުބާވެ، މައާފަށް އެދެން ނުޖެހޭ މީހުންގެ ކިބައިން އަހަރެން މައާފަށް އެދުނިން.”
ރޫޔާގެ އަޑު ހަރުވިއެވެ. “މިވީ ސާޅީސް އަހަރު ދުވަހު ތެރޭ ނަސީރަށް އެކަން ކުރެވުނުތަ؟ ނޫން. އެހެންވީމާ ކޮންމެހެން އަހަރެންގެ މަޒީ ހަތިޔާރަކަށް ހަދައިގެން އަހަންނާ ދިމާލަށް އަންނަން އުޅޭނެ ކަމެއް ނެތް. އެއަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް”
“ޑރ. ރޫޔާ…”
“އަދި އެއް ވާހަކަ..” ރޫޔާ ނަސީރުގެ ބަސްތައް މެދުކަނޑައިލިއެވެ. “ނަސީރު ހީކުރީ އަހަރެން މަޑުން ހުރީ އަހަރެންގެ އާއިލާއަށްޓަކައޭ ދޯ. ނޫން. އަހަރެން ހަނުހުރީ ކަލޭގެ އާއިލާއަށްޓަކައި. ވޭތުވެ ދިޔަ ހަތަރު މަސް ދުވަހު އަހަރެން ކަލޭގެ އަނބިދަރިން ހިމާޔަތް ކުރީ ކަލޭގެ އަނިޔާވެރިކަމުން. ކަލޭގެ ހިތަށް ނުކުރާ އަސަރު އަހަންނަށް ކުރޭ.” ރޫޔާ އެހާ ހިސާބުން މަޑު ޖެހިލިއެވެ. ދެލޯ މަރައިލުމަށްފަހު ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.
“އަޑުއަހާ. މީގެ ފަހުން، އަހަންނަށް ކަލޭގެ ފަރާތުން ޔޫޝާ އާއި ޔޫޝާގެ ކޮއްކޮމެންނާއި މަންމައަށް އަނިޔާ އެއް ލިބިއްޖެކަން އެނގޭހާ އަވަހަކަށް. ޔޫޝާގެ މަންމަ އެހެން ފެސިލިޓީއަށް ބަދަލުކޮށް، ފަރުވާއަށް ބަދަލު ގެނައިކަން އަހަންނަށް އެނގިއްޖެނަމަ،” ރޫޔާގެ އިންޒާރުދޭ ރާގަކަށް ބުންޏެވެ. “އަހަންނެއް… ހަނު ކޮށް ނުހުންނާނަން. ހަމަ އެދުވަހުން އެދުވަހަށް އަހަރެންގެ އަތުގައި ހުރި މައުލޫމާތުތައް ނޫސްވެރިންނާ ހަވާލުކޮށް، ކަލޭގެ އަގާއި އިއްޒަތް ބިމާ ހަމަ ނުވަނީސް ނުހުއްޓާނަން” ރޫޔާ ދެލޯ ހަނިކޮށްލިއެވެ. “މިއީ އިންޒާރެއް ނޫން. ޝަރުތެއް. ވޭތުވެ ދިޔަ މަސްދުވަސް އަހަރެން މަޑުން ހުރީ އެއްވެސް އަގަކާ ނުލާ. އެކަމަކު މިރޭ އިން ފެށިގެން، އެ ހަނުހުރުމުގެ ބަދަލު ދޭން ނަސީރަށް މިހާރު މި އޮތީ މަޖުބޫރުވެފަ”
ހަމަ ހިމޭނަށް ފަހު ނަސީރުގެ ރައްދު އައީ ރޫޔާ ހީކުރި ގޮތާ ޚިލާފަށެވެ.
“އެންމެ ފަހުން…. ޑރ. ރޫޔާގެ އަސްލު ސޫރަ…”
ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ނަސީރުގެ އަޑު އައެވެ.
“އަހަރެން ތި ރޫޔާ އާ ބައްދަލުވާން ބޭނުންވެގެން އުޅޭތާ ކިހާ ދުވަހެއް؟ ޑރ. ރޫޔާ. ވަރަށް ވެދުން”
ނަސީރު ފޯނު ކަނޑައި ލުމާއެކު ރޫޔާ ފޯނު ތިރިކޮށްލިއެވެ. ޖީބަށް ފޯނު ލުމަށްފަހު ރެއިލިންގައި ދެއަތް އަޅުވައިލިއެވެ. ދެލޯ މަރައިގެން ހުރެ، ސިކުނޑީގެ ތެރޭގައި ދައުރުވަމުންދާ ޚިޔާލުތައް ބޭރުކޮށްލަން އުޅުނެވެ.
“ރާޝިދު ބޭ” ރާޝިދަށް މޫނު އަނބުރައިލުމަށްފަހު ރޫޔާ ގޮވައިލިއެވެ. ރާޝިދުގެ ފަރާތުން ބަހެއް ނޫނީ އިރުޝާދެއް ލިބޭނެ ކަމުގެ އުންމީދުގައެވެ.
“އަލިފާނަށް ދަރު އެޅީމަ ނު ފިހި ނުހުންނާނެ ކަމަށް ހީ ނުކުރައްޗޭ.” ރާޝިދުގެ އަޑު މަޑު ވިޔަސް، އެ އަޑުގައިވާ ހާސްކަން އިވުނު އެންމެންނަށް އިހުސާސްކުރެވޭނެއެވެ. “ނަސީރު ކޮންމެ ފަދަ ކަމެއް ކޮށްފާނެ.”
“އޭނާ ކޮންމެ ކަމެއް ކުރިޔަސް އަހަންނެއް ބިރެއް ނުގަންނާނަން ދެނެއް.” ރާޝިދުގެ އަތުގައި ހިފުމަށްފަހު ރޫޔާ ބުންޏެވެ.
“އަހަރެންނާއެކު އޭނާއާ ދެކޮޅަށް ނުކުންނާނެ ބައިވަރު މީހުން އެބަ ތިބި.” އޭނާ ރާޝިދަށް ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. “ރާޝިދު ބޭ ލައިގެން”
“ރަނގަޅަށް ތިބުނީ”
***
“އާދެބަލަ..” ސޯފާގައި އިށީންދެ އިން ރަޒާން ރޫޔާ އުނަގަނޑުގައި އަތް އަޅުވައި ލުމަށްފަހު ރޫޔާ އޭނައާ ކައިރިކޮށްލިއެވެ.
“މިހާރު ކިހިނެއްވީ؟”
ރޫޔާއަށް ޖަވާބު ދިނުމުގެ ބަދަލުގައި ރަޒާން އޭނާގެ ފޯނު ހުޅުވައިލިއެވެ. ވެބްސައިޓެއް ހުޅުވައިލުމަށްފަހު އޭނާ ރޫޔާއަށް ފޯނު ދައްކައިލިއެވެ.
“ވެޑިން ރިންގްސް؟” ރޫޔާ ނިތް އަރުވައިލިއެވެ.
“ހޫމް. އަހަރެމެން ފިހާރައަށް ދާން އޮތް ދުވަހު ދެމީހުން ބިޒީވީމަ، ދެން މި ހިތަށް އެރީ އޮންލައިން ކޮން އޯޑަރަށް ޖަހަން…”
“ދައްކަބަލަ” ރަޒާންގެ ފޯނު އަތުލަމުން ރޫޔާ އެ އަނގޮޓިތަކަށް ރަނގަޅަށް ބަލައިލިއެވެ.
“ސިލްވާ ފޯ ޔޫ، ގޯލްޑް ފޯ މީ. ސިމްޕަލް….”
“ރޫ ބޭނުން ގޮތެއް…”
“މިއައު…” ސޯފާ މައްޗަށް އެރި ބުޅާ ގޮވި އަޑަށް ދެމީހުން އެކީ މޫނު އަނބުރައިލިއެވެ. ހުސް އަތުން ރަޒާން ބުޅާ ނަގައި، އޭނާގެ އުނގުމަތީ ބޭއްވިއެވެ. މަޑުމަޑުން އޭތީގެ ބޮލުގައި ފިރުމަމުން ރޫޔާއަށް ބަލައިލިއެވެ.
“ރަޒާން… އަހަރެން ވާހަކަ އެއް ބުނަން އެބަ އޮތް” އަތުގައި އޮތް ފޯނު ތިރިކޮށްލަމުން ރޫޔާ ހަށިގަނޑު ސީދާކޮށްލިއެވެ.
“ބުނެބަލަ”
ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ.
“ހަނދާން އެބަހުރިތަ އަހަރެން ނަސީރުގެ ވާހަކަ ދެއްކި ހަނދާން؟”
ރަޒާން ބޯ ޖަހައިލި މަންޒަރު ފެނުމާއެކު ރޫޔާ ނޭވާއެއް ނަގައިލިއެވެ. “އެ ދުވަސްކޮޅު އަހަރެން ވަރަށް ސްޓްރެސްވެގެން އުޅުނިން… މާ ބޮޑަށް ފިކުރު ކުރެވުނު… އެހެން އުޅެނިކޮށް، ސާޖަރީގައި ބޮޑު މިސްޓޭކެއް ހެދުނު..” ރޫޔާ ޖެހިލުންވެ ހުރެ ރަޒާނަށް ބަލައިލިއެވެ.
“ރަޒާން. އައި އޭމް އޮފް ދަ ރޯޓާ”
ރަޒާން އެއްޗެކޭ ނުބުނެ ރޫޔާއަށް ބަލަން އިރުކޮޅެއް ވަންދެން ހުރިއެވެ. އުނގުގައި އޮތް ބުޅާ މުށިގަނޑު މައްޗަށް ދޫކޮށްލުމަށްފަހު އޭނާ ރޫޔާގެ ދެއަތުގައި ހިފައިލިއެވެ. ލަސް ލަހުން އޭނާގެ އަތުގެ ތެރެއަށް ރޫޔާ ގެނައެވެ.
“ތެންކިޔު ފޯ ޓެލިން މީ” ރޫޔާގެ އިސްތަށިގަނޑުގައި ފިރުމަމުން ބުންޏެވެ.
“ޔޫ ނޮޓް މޭޑް؟”
“ރުޅި އަންނަން ވީތަ؟”
ޖަވާބުގައި ރޫޔާ ހަނު ވިއެވެ.
“އަހަރެން ބުނިން ދޯ އަހަރެން ރޫޔާ އާއެކު ވާނެކަން. އަހަރެން ބޭނުންވަނީ ރޫޔާ އަހަންނަށް އިތުބާރު ކުރަން.. އަހަންނަށް އެނގޭ ތިކަހަލަ ބޮޑު ވާހަކައެއް ބުނަން ޓައިމް ނަގާނެކަން… އެ ޓައިމް ނަގައިފައިވެސް އަހަރެން ކައިރީ ބުނީމަ އަހަރެން ކީއްކުރަން ރުޅި އަންނަންވީ؟”
ރޫޔާ ދުރަށް ޖެހިލުމަށްފަހު ރަޒާނަށް ބަލައިލިއެވެ.
“ކޮން އިރަކު ދެން ތިއޭޓަރަށް ރިޓާން ވަނީ؟” ރަޒާން ރޫޔާގެ ނޭފަތުގައި ހިފައިލިއެވެ.
“ދެން އަންނަ ހަފްތާ ތެރޭ. މައިނަރ ސާޖަރީ އަށް ފަހު ބުރާސްފަތި ދުވަހު ސާޖަރީގައި ޑރ. ރާޝިދު ސުޕަވައިޒް ކުރާ ގޮތަށް”
“ސްޕީކިން އޮފް ރާޝިދު…”
“ހޫމް..”
“އަހަރެމެންގެ ޑްރެސް ފިޓް ކުރާ ދުވަހު ރާޝިދުބޭ އާއި އަޒުރާއްތަ އަންނާނެ.. އަހަރެމެންނަކީ އެދެމީހުންގެ އުފަން ދަރިން ކަމުގައި ނުވިޔަސް، އެ ދެމީހުން ދެކެނީ އަހަރެމެންނަކީ އެދެމީހުންގެ ދަރިން ކަމަށް”
“ރަޒާން އުޅޭ ރާޝިދުބޭ އާއެކު، ދެން ރަޒާންގެ ސޫޓު ފިޓް ކޮށް ނިންމާފަ އާދޭ އަހަރެމެން ކައިރިއަށް…” ރޫޔާ ހީލަމުން ބުންޏެވެ.
“ނޫރުލް ޢައިން… އަހަރެމެންވެސް އުމުރުން ދުވަސްވީމަ އެހެން ދޯ އުޅޭނީ.. އަމިއްލަ ގެއެއްގައި، ގަސް އިންދަމުން.. ހިތްހަމަ ޖެހިލައިގެން…” އަތުގެ ތެރެއަށް ރޫޔާ ގެންނަމުން ރަޒާން ބުނި ބަހާއެކު ރޫޔާއަށް ހެވުނެވެ.
“ދެން އަހަރެމެންގެ ދަރިންނަށް ކިހިނެއް ހަދަން ތި އުޅެނީ؟”
“ދަރިން ބޮޑުވީމަ ހީވޭތަ އަހަރެމެން ކައިރީގައި އުޅޭނެ ހެން؟ ދަރިން ބޮޑުވީމަ، އަހަރެމެން ދެމީހުން ރޫޔާގެ ރަށަށް ބަދަލުވާނީ، ރަށުން ބިމެއް ހޯދައިގެން، ރަނގަޅު ގެއެއް އަޅައިގެން އުޅޭނީ، ދެމީހުން މުސްކުޅި ވަންދެން” ރަޒާންގެ ޚިޔާލުތައް ފާޅުކުރަމުން ދިޔައެވެ.
“ހަމަ އެހާ ދުރަށް ވިސްނައިގެން ތިއުޅެނީ؟”
“ހޫމް. މައްސަލައެއްތަ؟ އަހަރެން މިހާރުވެސް ވިސްނަން އަހަރެމެންގެ މެރީޑް ލައިފް؟”
“ބުނެބަލަ…”
“ދެމީހުން އެކީ ހެނދުނު ހޭލާނީ. އަހަރެން ދާނީ މިސްކިތަށް ފަތިސް ނަމާދުކުރަން. ރޫޔާ ގޭގައި. ދެން އަހަރެން ގެއަށް އައިމާ، ދެމީހުން އެކީ ހެނދުނު ސައި ބޮއެގެން، މެންދުރަށް ކައްކާނީ. ދެން ދެމީހުން އެކީ ރީތިވެގެން، ޑިއުޓީއަށް ދާނީ.. އަހަރެން ރޫ ޑްރޮޕް އޮފް ކުރާ ގޮތަށް. ބްރޭކަށްވެސް ގެއަށް ދެމީހުން އެކީ އަންނަ ގޮތަށް. ދެން ޑިއުޓީ ނިންމައިފައި ދެމީހުން ގެއަށް އައިސް އެކީ ގޭތެރޭގެ ކަންތައް ކުރާ ގޮތަށް”
“އަހަރެން ހަވީރު ޑިއުޓީ އޮންނަ ދުވަސްތަކުގައި ކިހިނެއް ހަދާނީ؟” ޤަބޫލުކުރަން ނޭނގި ހުރެ ރޫޔާ ދެކޮޅަށް ބޯ ހޫރައިލިއެވެ.
“އަހަރެން ބްރޭކަށް އަންނާނީ ޑިއުޓީ އަށް ދާން އޮތް ގަޑީގެ އެއްގަޑިއިރު ކުރިން. ދެމީހުން އެކުގައި ކައިގެން ކަންތައް ކޮށްފަ، ރޫޔާ ޑްރޮޕް އޮފް ކޮށްލާފަ އޮފީހަށް ދާނީ. ދެން އަހަރެން އަމިއްލައަށްވެސް ރޭގަނޑު ކެއްކޭ ނެތަ؟”
“ސާބަސް… އެކަމަކުވާ”
“ކީއްވި؟”
“ބަލާނަމޭ ތިހެން ކަންތައް ކުރޭތޯ؟ ދޯ ތާރާ؟”
“ތާރާ ސަޕޯޓް ކުރަނީ އަހަންނަށް”
ރައްދުގައި ތާރާ ގޮސް ރޫޔާގެ އުނގުމަތީ އޮށޯތެވެ.
“ބޭވަފާތެރިޔާ….” ރަޒާން ބުނި ގޮތުން ރޫޔާއަށް ހެވުނެވެ.
****
ކާރުން ނުކުތް މައިރާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ވަދެގަތީ، ކުރިމަތީ ހުރި ފެންވަރު ރަނގަޅު ބޮޓީކުގެ ތެރެއަށެވެ. އަތުގައި އޮތް ފޯނުން ކޯލަށް އަރައިގެން ތިބި ޝަފަޤާއި ޝެހެނާގެ އަޑަށް ސަމާލުކަން ދިނުމެއް ނެތި އޭނާ ގޮސް ހުއްޓުނީ ސޯފާގައި އިށީންދެ އިން ހަލީމާއާއި ވާފިރު ކައިރީގައެވެ.
“ކޮބާ ރޫ؟” މާ ނެވާ ލަމުން މައިރާ އެހިއެވެ.
“މައިރާ މާތް ކަލާކޯ!” ދުވެފައި ތި އައީ؟” މޭޒުމަތީ އިން ފެން ފުޅި ނަގައި ދިއްކޮށްލަމުން ހަލީމާ ސުވާލު ކުރިއެވެ.
“ނޫން. ބްރޭކް ލިބުނުހާ އަވަހަކަށް މިއައީ”
“އެ މަންޖެ ވީ އެތެރޭގައި ހަތުމާއާއި ރަހާ އާއެކު…” ޖަވާބު ލިބުނީ އިސްމާޢިލްގެ ފަރާތުންނެވެ.
އެވަގުތު، ކުރިމަތިން ފަރުދާ ތަކުގެ ތެރެއިން ނުކުމެގެން ރަހާ އައެވެ. “ދޮންތަގެ ފުރަތަމަ އޮޕްޝަން ދެކިލަން ރެޑީތަ؟”
އެއަޑު ކޯލުގައި ތިބި ޝެހެނާއާއި ޝަފަޤަށް އިވުނެވެ.
“މައިރާ، ރެއާ ކެމެރާ ޖައްސަބަލަ”
“ތެދެއް އަވަސް”
***
“މި ސޫޓު ކިހިނެއް ވަނީ؟” ލޯގަނޑު ކައިރިން ދުރަށް ޖެހިލަމުން ރަޒާން ސޯފާގައި އިށީންދެ ތިބި ރަހުމާ މެން ގާތު އެހިއެވެ.
“ދޮންބެއަކަށް ބޯ ޓައި ނުގުޅޭ” ރާއިފް މޫނު ކުނި ކޮށްލަމުން ބުންޏެވެ.
“ތެދެއް. އާދައިގެ ޓައި އެއް އަޅަން ވީނު” އުސްމާނު ކައިރީގައި އިން ރާޝިދުގެ ޚިޔާލު ހުށަހެޅިއެވެ.
“ޓައިގެ ވާހަކަ ނުދައްކާ ސޫޓުގެ ރަނގަޅުތޯ ނޫނީ ނޫން ތޯ ބުނެބަލަ”
“މާ އަވަސް އެއްޗެކޭ ބުނަން. އަދި ދެތިން ސޫޓު ޗެކު ކޮށްލަން ވީނު” އުސްމާނު ބުންޏެވެ.
ދެވަނަ ސޫޓު ލުމަށްފަހު ރަޒާން ރަނާގެ އަތުގައި އޮތް ދިގު ޓައި ނަގައި، ހިނގައިގަތީ ކައިރީގައި އިން ލޯގަނޑާ ދިމާލަށެވެ. އޭނާ ފަރުވާ ތެރިކަމާއެކު ޓައި ގެ ގޮށް އެޅުމަށްފަހު އެންމެނާ ދިމާލަށް އެނބުރުނެވެ.
“މިހާރު ދޮންބެއަށް ދޮންބެ ވައްތަރު ޖަހާ” ރާއިފް އެހެން ބުނުމާއެކު އުސްމާނު އެއްބަސްވުމަށް ހޫން އަޅުވައިލިއެވެ.
“މަންމާ… އެއްޗެކޭ ބުނެބަލަ” ރާއިފްގެ އަޑަށް ކަޅި ޖަހަން ނޭނގިފައި އިން ރަހުމާ ތެޅިގަތެވެ. އަވަހަށް ލޮލަށް ޖަމާވެފައި ހުރި ކަރުނަތައް ފޮހެލުމަށްފަހު އޭނާ ރަޒާނަށް ހީލިއެވެ.
“ވަރަށް.. ރީތި..”
“އައްދޭ… މަންމަ ރޮނީތަ؟” ރަނާ ހާސްވެ ހުރެ އަވަހަށް ރަހުމާ ގާތު އިށީނެވެ. ރަހުމާގެ އަތުގައި ހިފައި ލުމަށްފަހު އޭނާ ރަހުމާގެ ކަރުނަތައް ފޮހެލިއެވެ.
“ނޫން… ދެން” ރަހުމާ ނޭވާއެއް ދޫކޮށްލިއެވެ. “ދަރިފުޅު ވަރަށް ފުރިހަމަ، އެހާ އަވަހަށް މަންމަގެ ރަޒާން ބޮޑުވީ، ދޯ އުސްމާން؟”
“މަންމަ ތިހެން ބުނާއިރު ހީވަނީ އަހަރެމެން އަދިވެސް މިއީ ކުޑަކުދިން ހެން” ރަނާ ތުން ދަމަމުން ބުނި ޖުމުލައާއެކު އަޒުރާ ހޭން ފެށިއެވެ. ރަނާގެ ކޮލުގައި ހިފައި ލުމަށްފަހު އޭނާ ރަޒާނަށް ބަލައިލިއެވެ. ކައިރީގައި އިން ފޯނު ނެގުމަށްފަހު އޭނާ ރާޝިދަށް ބަލައިލިއެވެ. “ދޭބަލަ ގޮސް ރަޒާން ކައިރީ ހުއްޓި ބަލަ، ފޮޓޯ އެއް ނަގަން ވެގެން”
“އުހޫން. އަޒުރާއްތަ ވަކި ގޮނޑީގައި އިންނާނެ ކަމެއް ނެތް. ގޮސް ދޮންބެގެ އަނެއް ފަރާތުގައި މަޑުކުރޭ. އަހަރެން ފޮޓޯ ނަގާނަން. ރާޝިދުބެ އާއެކު ފޮޓޯ ނަގާ ނިމުނީމަ، މަންމަ އުޅޭ ދޮންބެއާއެކު ފޮޓޯ ނަގަން”
***
“މާޝާﷲ” ރޫޔާ ފޮރުވައިފައި އިން ފަރުދާ ދެ ފަރާތަށް ކެހި ލުމާއެކު، ހަލީމާއަށް ބުނެވުނީ އެހެންނެވެ. ދަރިފުޅުގެ ރީތިކަމާއި މައުސޫމު ކަމަށް ހިތާހިތުން ތަޢުރީފު ކުރަމުން އޭނާ ގޮނޑިން ތެދުވިއެވެ.
“އެކޮއެ.. ތި ހެދުން ނަގަން އުޅޭ.. އަސްލުވެސް ވަރަށް ރީތި” ވާފިރުގެ އަނގައިން ފެންނަން ނެތް އެއްވެސް ދަތެއް ނެތެވެ. ދެ މިޔަކަނުން ހެވި ލައިގެން ހުރެ އޭނާ އަތުގައި އޮތް ފޯނުން ރޫޔާގެ ފޮޓޯ ނަގަމުން ދިޔައެވެ.
“ތެދެއް ދޮންތާ. ހީވަނީ އެމްޕްރެސް އެއް ހެން… ކުއިން އެލިޒަބެތްގެ ފޮޓޯވެސް ލަދު ގަންނާނެ ދޮންތަ ތި ހެދުމުގައި ހުއްޓާ ފެނިއްޖިއްޔާ” ރަހާ އެހެން ބުނުމާއެކު ކައިރީގައި އިން ހަތުމާ ރަހާގެ އަތުގައި ވިކައިލިއެވެ.
“ސާބަސް” ރޫޔާ ރަކިވެ ހުރެ ދެކޮޅަށް ބޯ ހޫރައިލިއެވެ. “ބައްޕާ. ކީކޭ ބައްޕަ ބުނާނީ މި ހެދުމާ ދޭތެރޭ؟” ރޫޔާ ނަޒަރު ހިންގައިލީ ބަސް ހުއްޓިފައި ހުރި އިސްމާއީލަށެވެ.
“ބައްޕާ” އެއްޗެކޭ ނުބުނެ އިސްމާޢިލް އިން ގޮތުން ރޫޔާ ހާސްވިއެވެ.
“ދޮން ކަނބުލޮ ނުލާހިކު ރީތި ތި ހެދުމުގައި.” ކަރުނަތައް ފޮހެލަމުން އިސްމާއިލް ޖަވާބު ދިނެވެ.
“ބޭބެ، ބައްޕާ، މަންމާ.. ގޮސް ދޮންތަ ކައިރީ ހުއްޓި ބަލަ.. ފޮޓޯ ނަގަން.” ހަތުމާގެ އައިފޯނު އަތުލަމުން ރަހާ ބުންޏެވެ.
“ކީއްކުރަން… ކައިވެނި ކުރާ ދުވަހުވެސް ފޮޓޯ ނެގޭނެ އެއްނު” ހަލީމާ ދެކޮޅު ހެދިއެވެ.
“މަންމާ.. މެމޮރީސް. ދޯ” ހަތުމާ ކައިރީގައި އިން އަހުމަދު ޖަވާބު ދިނެވެ. އެ ދެމީހުން ކިޔާވަރުން ނުހުރެވިގެން އެންމެފަހު ހަލީމާއާއި ވާފިރު ގޮސް ހުއްޓުނީ ރޫޔާގެ ކަނާއަތް ފަޅީގައެވެ. ރޫޔާގެ ވާއަތް ފަޅީގައި އިސްމާއިލް މަޑުކޮށްލިއެވެ.
“އޯކޭ. އެކެއް ދޭއް، ތިނެއް”
“ދެން ދޭބަލަ ރަހާއާއި އަހުމަދުވެސް ނަގަން.”
މައިރާ ރަހާގެ އަތުން ފޯނު އަތުލަމުން ބުންޏެވެ.
އެހެން ފޮޓޯ ނަގަން އުޅުމުގެ ތެރޭގައި އުޅެނިކޮށް އެކޮޓަރިއަށް ރާޝިދުގެ ކުޑަ އާއިލާ ވަދުނެވެ. މައިރާއަށް ރާޝިދު ފެނުމާއެކު ރާޝިދާއި ރޫޔާގެ ފޮޓޯ ނެގުމުގައި އުޅުނެވެ.
“ރާޝިދުބޭ، އިސްމާއިލްބެ، ވާފިރުބެ. ތިން މީހުން އެކީ ރޫ އާ އެއްކޮށް ފޮޓޯ ނަގަން މަޑުކުރޭ” އަމުރުވެރި ރާގަކަށް މައިރާ އެހެން ބުނުމާއެކު ވާފިރު މައިރާއަށް ދެލޯ ހަނިކޮށްލިއެވެ.
“ހަމަ ހަދިއްޔަގެ އަނގަ.”
“އަޅުގަނޑު މިއީ މަންމަގެ ދަރިއެކޭ” ފޮނި ގޮތަކަށް މައިރާ އެހެން ބުނުމަށްފަހު ފޯނު ސީދާކޮށްލިއެވެ.
“އެކެއް. ދޭއް.”
“މި ކޮންކަމެއް؟؟” ދޮރުމަތިން ރަޒާންގެ އަޑު އިވިފައި ހުރިހާ އެންމެން އެކީ ބޯ އެދިމާލަށް އެނބުރުނެވެ.
“ރަޒާން. ރަނގަޅު ގަޑިއެއް. ގޮސް ރޫޔާ ކައިރީއަށް ދޭ.. އަވަސް”
ރަޒާން ދެބުމަ ގޮށް ޖަހައިގެން ހުރެ ގޮސް ރޫޔާ ކައިރީ ހުއްޓުނެވެ. އެ ވަގުތަކީ ރަޒާނަށް ރޫޔާ ރަނގަޅަށް ފެނުނު ވަގުތެވެ. އެ ރީތިކަމަށް އެއްޗެކޭ ބުނަން އުޅެފައި ހުއްޓުން އެރީ ރޫޔާ ކައިރީގައި ހުރި ތިން ފިރިހެނުން ފެނިފައެވެ.
“ރަޒާން…” ރޫޔާ އަތް ދިއްކޮށްލީ ރަޒާންގެ އަތުގައި ހިފަން ށެވެ. ރަޒާން އެ އަތުގައި ހިފައި ލުމަށްފަހު ރޫޔާގެ ފަހަތުގައި މަޑުކޮށްލިއެވެ.
“އޯކޭ.. އެންމެން ކެމެރާއަށް ބަލައި.. އެކެއް ދޭއް…” ނަމްބަރު ތިނަކާ އެކު އެ ފޮޓޯ ނެގުނެވެ.
***
“ރެޑީތަ؟” ސްކްރަބް ރޫމްގެ ސިންކު ކައިރީގައި ހުއްޓި ހުރި ރޫޔާގެ ފަހަތުން އަޑެއް އިވުމާއެކު ފަސް އެނބުރި ބަލައިލިއެވެ. ސާޖިކަލް ސްކްރަބް ލައިގެން ހުރި ރާޝިދު ފެނިފައި އޭނާ ނިތް އަރުވައިލިއެވެ.
“ރެޑީ ހޫމް” އޭނާ ފުންނޭވާއެއް ދޫ ކޮށްލިއެވެ. މީގެ ހަފްތާތަކުގެ ކުރިން ވީ ކަންތައް ތަކުގެ މަންޒަރު އެއް ކައިރިކޮށްލުމަށްފަހު، އަތުގައި ސައިބޯނި ލާން ފެށިއެވެ.
“ބިރުގަނެ، ނުތަނަވަސް ވުމަކީ މައްސަލައެއްނޫން.. ޢާއިޝާ ތިއޭޓަރަށް ވަންނަން ތިއުޅެނީ ދުވަސްކޮށްފަ…”
“ޑރ. ރާޝިދު” އަތް ރަނގަޅަށް ދޮވެ ނިންމުމަށްފަހު ރޫޔާ ރާޝިދާ ދިމާލަށް އެނބުރުނެވެ. “އަޅުގަނޑަށް އެނގޭ މިކަމުގެ ސީރިއަސްކަން. ހާސްނުވޭ. އިންޝާﷲ މި އޮޕަރޭޝަން ނިމޭނީ ކާމިޔާބާއެކު”
“އެހެންވީމާ އަހަރެމެން ދެމީހުން ޖެހޭނެ ތި ކާމިޔާބީ ރަނގަޅަށް ފާހަގަ ކުރަން”
___
“ޑރ. ޔަމީން، ރިޓްރެކްޓަރ، ޑރ. އަޕެކްޝާ، ސަކްޝަން” ކަފައި ލެވިފައި އޮތް ބަނޑުގެ މަސްގަނޑުތަކަށް ސަމާލުކަން ދީގެން ހުރި ރޫޔާގެ އަޑު އައީ ސާފުކޮށެވެ. ރޫޔާގެ ފަހަތުގައި ރާޝިދު މަޑުކޮށްގެން ހުރެ އެ މަންޒަރު ބަލަން ހުއްޓެވެ.
“ވީ އާ ގޮއިން ޓު މޯބަލައިޒް ދަ ސިގްމޮއިޑް ފަސްޜް، އައި ވާންޓް ޓު ސީ ދަ ޔުރެޓަ ބިފޯ އައި ޓަޗް އެނީތިން، އަޕޭކްޝާ، ވަޓް އޭމް އައި ލުކިން އެޓް؟”
ޔަމީން ކައިރީގައި އެހީވާން ހުރި އަޕެކްޝާ ސްކްރީނަށް ނަޒަރު ހިންގައިލިއެވެ. “ދަ ލެފްޓް ޔުރެޓަރ، ޑރ. ރެޓްރޯ ޕެރިޓޯނިއަލް. އޯވަ ދަ ސޯއަސް”
“ކަރެކްޓް، ވައި ޑަޒް ދެޓް މެޓަ؟” ރާޝިދު ސުވާލު ކުރީ ކޮންމެހެން ނޭނގިގެންނެއް ނޫނެވެ. އަޕެކްޝާއަށް އެނގޭވަރު ޗެކު ކުރަންވެގެންނެވެ.
އަޕެކްޝާ އިސްއުފުލައި ލުމަށްފަހު ބަލައިލީ ސާރޖިކަލް ސްޓެރައިލް ޒޯނުން ބޭރުގައި މަޑުކޮށްގެން ހުރި ރާޝިދަށެވެ.
“ބިކޯޒް އިފް ވީ ޑޯންޓް އައިޑެންޓިފައި އިޓް ބިފޯ ވީ ޑިވައިޑް ދަ މެސެންޓެރީ، ވީ ޑިވައިޑް އިޓް އިންސް ޓެޑް.”
“ގުޑް ޖޮބް” ރާޝިދުގެ ތަޢުރީފުގެ އަޑު އިވިފައި އަޕެކްޝާ މާސްކުގެ ދަށުން ހީލިއެވެ.
“އިޓްސް ޓޫ އާލީ ޓު ސެލެބްރޭޓް، އަޕެކްޝާ، ފޯކަސް އޮން ދަ ޓާސްކް” ރޫޔާ އަޕެކްޝާއަށް ނުބަލައި ހުރެ ބުންޏެވެ.
“ނެވަ މައިންޑް ހާރ.” ރާޝިދަށް ރޫޔާގެ ބަސްތައް އިވުމާއެކު ބޯ ހޫރައިލިއެވެ. ކައިރީގައި އިން ގޮނޑީގައި އިށީނުމަށްފަހު އޭނާ ރޫޔާއަށް ބަލައިލިއެވެ. “އޭޒް މަޗް އޭޒް އައި ލައިކް ޑރ. ރޫޔާ، އައި ހޯޕް ޔޫ ވޯންޓް އެންޑް އަޕް ލައިކް ހަރ…ލައިކް އޯލް ސީރިއަސް އެންޑް ސްކޭރީ”
“އައި ވިލް ކީޕް ދެޓް އިން މައިންޑް ސާރ” އަޕެކްޝާގެ ޖަވާބު އިވިފައި ރާޝިދު ހޭން ފެށިއެވެ. ރޫޔާ އެއްޗެކޭ ބުނުމާއެކު އަޕެކްޝާވެސް ކުރަން އުޅޭ ކަންތައްތަކަށް ސަމާލުކަން ދިނެވެ. އެހެނަސް އެ ސަމާލުކަން އެހާ ގިނައިރު ދިގުލައިގެނެއް ނުދިޔައެވެ.
ބަރު އެއްޗެއް ވެއްޓުނު އަޑުއިވިފައި ހުރިހާ އެންމެން އިސްނަގައި އެކަކު އަނެކަކަށް ބަލައިލިއެވެ. އަޑު އައި ދިމާލަށް މޫނު އަނބުރައިލީ ފަހަރެއްގައިވެސް ފެންނަން އުޅޭ މަންޒަރު އަންދާޒާ ނުކޮށްލެވޭ ހާލުގައެވެ.
“ޑރ. ރާޝިދު؟” މުށިގަނޑު މައްޗަށް ވެއްޓިފައި އޮތް ރާޝިދު ފެނުމާއެކު ރޫޔާ މަޑުމަޑުން ގޮވައިލެވުނެވެ.
“ޑރ. ރާޝިދު!” ނާރސް ޖެނީ އަތުގައި އޮތް ތަބަށް މޭޒުމަތީ ބެހެއްޓުމަށްފަހު ރާޝިދު އޮތް ތަނަށް ދުއްވައިގަތެވެ. ތަޅުންގަނޑު މަތީ އިށީނދެ، އޭނާ ރާޝިދުގެ ވިންދާއި ނޭވާ ޗެކު ކޮށްލިއެވެ.
“ކޯޑް… ސަމްވަން ކޯލް އަ ކޯޑް” ހޮނު ގުގުރިއެއް ފަދައިން ރޫޔާގެ ކަންފަތުގައި އެ ބަސްތައް ގުގުމަން ފެށިއެވެ. ފުސްވެފައިވާ ދެލޮލާއެކު އޭނާ ރާޝިދަށް ފުރަގަސް ދިނެވެ. އެލާމްގެ އަޑާއެކު ރޫޔާ ހަނދާނަށް އައީ ޚުދު ރާޝިދުގެ ބަސްތަކެވެ.
“އަހަންނަށް އެނގޭ ރޫޔާއަކީ މޮޅު ސާރޖަނެއްކަން. އެކަމަކު އިންސާނަކަށް ވުމާއި ސާރޖަނަކަށް ވުމަކީ ދެކަމެއް. ބައެއް ދަނޑިވަޅުގައި އެ ދެ ޒިންމާ އެއްފަހަރާ ނުނެގޭނެ. އެއްބައި ހާލަތުގައި ސާރޖަނަކަށް ވާންވީ. އިހުސާސްތަކާއި ވިސްނުންތައް ހުއްޓައިލައިފައި ކުރަން ޖެހޭ އެންމެ މުހިންމު ކަންތައް ކުރަންވީ.”
ބޮލުގައި ގުގުމަމުން ދިޔަ ބަސްތަކާއެކު، ކަޅި ޖަހައި ލުމެއް ނެތި ރޫޔާ ނަޒަރު ހިންގައިލީ، ބަލިމީހާގެ ލޭ ހޭކިފައި ހުރި އޭނާގެ އަންގި ލައްވައިފައި އިން އަތަށެވެ. އަނެއް އަތުގައި އޮތީ ކަތުރެވެ. އޭނާ ނަޒަރު ދެން ގެންދިޔައީ، ހޭ ނައްތައި ފައި އޮތް ބަލިމީހާގެ ބަނޑަށެވެ.
އެސްފިޔަ ޖަހައިލުމަށްފަހު އޭނާ އިސްނަގައި ބަލައިލީ، ލިބިފައި ހުރި ޝޮކާއެކު ހުއްޓުން އަރައިފައި ހުރި ޔަމީނާއި އަޕެކްޝާއަށެވެ. އެވަގުތު ޔަމީން އެ މޭޒުން ދުރަށް ޖެހިލިއެވެ. ކުރަން އެ އުޅެނީ ކީއްކަން ރޫޔާއަށް ވިސްނުނެވެ.
“ނޯ.” ރޫޔާގެ ރާގުގައި ވަނީ އަމުރު ވެރިކަމެވެ. “ޑޯންޓް މޫވް. ބެކް ޓު ދި ޓޭބަލް”
ރޫޔާގެ ބަހާއެކު އެދެމީހުން ހުއްޓުން އެރިއެވެ.
“ޑރ. ރޫޔާ”
“ޔަމީން. ބެކް. ޓު. ދި. ޓޭބަލް” ރޫޔާގެ އަޑު ހަރެވެ. “ވީ ސްޓޮޕް ނައު، އެންޑް ވީ ވިލް ހޭވް ޓޫ ބޮޑީސް އިން ދިޒް ރޫމް” އެ ޖުމުލައާއެކު ޔަމީންއާއި އަޕެކްޝާ ހުއްޓުން އެރިއެވެ.
“ދަ ކޯޑް ޓީމް ވިލް ރަން ދަ އަރެސްޓް. ދެޓްސް ދެއަރ ޖޮބް. ވީ ވިލް ޑޫ އަވަރސް. ސޯ ފޯ ދަ ނެކްސްޓް ޓުވެންޓީ މިނެޓްސް، ޔޫ އަރ ނޮޓް ހިޒް ސްޓޫޓެންޓްސް އޯ ކޮލީގްސް، ޔޫ އާ ސާރޖަންސް. ރައިޓް ނައު، ދަ މޯސްޓް އިމްޕޯޓެންޓް ތިންގް އިން ދިޒް ރޫމް އިޒް ދަ ޕޭޝަންޓް އޮން ދިޒް ޓޭބަލް”
އަޕެކްޝާގެ އަރު ތެރެއިން ގިސްލުމުގެ އަޑު ބޭރުވިއެވެ.
“އަޕެކްޝާ.. ލުކް އެޓް މީ” އަޕެކްޝާ އިސް އުފުލައިލުމަށްފަހު ރޫޔާގެ ދެލޮލަށް ބަލައިލިއެވެ.
“ސަކްޝަން”
އޮޕަރޭޝަން ތިއޭޓަރުގެ ދޮރު ހުޅުވުމާއެކު ވަދެގެން އައީ ކޯޑު ޓީމެވެ. އެ މީހުން ރާޝިދު ތަޅުންގަނޑު މަތީ ރަނގަޅަށް ބޭއްވުމަށްފަހު ސީޕީއަރ ދޭން ފެށިއެވެ. ފަސް ވަރަކަށް މީޓަރު ދުރުގައި، ރޫޔާ ޔަމީނަށް އަމުރެއް ދިނެވެ.
“ޑރ. ރޫޔާ، ދިޒް އިޒް ދި އޮބްޒަވޭޝަން ޑެކް” އިންޓަރކޮމްއިން އިވުނު އަޑު މުޅި ތިއޭޓާރުގެ ތެރޭ ގުގުމައިލިއެވެ. “ދިޒް އިޒް ޑރ. ލަތީފް. ވަޓް އިޒް ހެޕަނިން ޑައުން ދެއަރ؟”
ރޫޔާ އިސް އުފުލައި ލުމެއް ނެތި ޖަވާބު ދިނެވެ. “ކާރޑިއަކް އެރެސްޓް. ޑރ. ރާޝިދު، ކޮލާޕްސް އެޕްރޮޒިމޭޓްލީ ޓެން ޓުވެންޓީ ފައިވް، ކޯޑް ބްލޫ ކޯލްޑް. ކޮމްޕްރެޝަން އަންޑަރ ވޭ. ތިއެޓަރ ޓީމް އިޒް ކޮންޓިނިއުއިން ދަ ސާރޖަރީ، އައި ވިލް އަޕްޑޭޓް ވެން އައި ހޭވް އެނީތިން”
“ޝުޑް ވީ؟”
“ނޯ، ގެޓް ދި އައިސީޔޫ އެޓެންޑިން ޓު ޓޭކް އޯވާރ ދަ ޕޯސްޓް-އެރެސްޓް ކެއަރ. އެންޑް ކޯލް ޑރ. ރާޝީދްސް ވައިފް. ޓެލް ހާރ ޓު ކަމް ޓު ހޮސްޕިޓަލް ނައު، ޑޯންޓް ޓެލް ހާރ ވައި އޮން ދަ ފޯން.”
“އަންޑަރސްޓޫޑް”
އޭނާގެ ފަހަތުގައި، ޑީފިބްރިލޭޓަރު ޗާޖު ވާން ފެށިއެވެ
“އެވްރިވަން ކްލިއަރ”
“ޝޮކް” ޝޮކުގެ އަޑާއެކު ރޫޔާ ކުޑަކޮށް ތެޅިގަނެވުނެވެ. އެ އަޑާއެކު ރާޝިދުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމައިލިއެވެ.
“އެހެންވީމާ އަހަރެމެން ދެމީހުން ޖެހޭނެ ތި ކާމިޔާބީ ރަނގަޅަށް ފާހަގަ ކުރަން”
“ރެސިއުމް ކޮމްޕްރެޝަން”
“ސަކްޝަން” ރޫޔާ ބުންޏެވެ. “ޔަމީން، ދެޓް ރެޓްރެކްޓަރ، ޑޮންޓް މޫވް އިޓް”
“ޝޮކް”
“އަހަރެންނާއެކު އޭނާއާ ދެކޮޅަށް ނުކުންނާނެ ބައިވަރު މީހުން އެބަ ތިބި. ރާޝިދުބޭ ލައިގެން”
“ނޯ އައުޓްޕުޓް އެޓް އެނީ ޕޮއިންޓް، ފައިވް އޮފް އެޑްރެނަލިން.. އެސިސްޓޯލް ތްރޫ އައުޓް”
“ދުވަހަކުވެސް އަހަރެން އާޝޯހު ނުކޮށްލާ ނުދާތި. ޢާއިޝަތު ރޫޔާ އިސްމާޢިލް!”
މުޅި ތިއޭޓަރު ހަމަ ހިމޭންވީ ކުއްލިއަކަށެވެ.
“ޓައިމް އޮފް ޓެތް، ޓެން ފިފްޓީ ޓޫ”
Comments (2)
Comments are closed.
Alheyyyyyyyyy 💔🥀💔🥀💔
Mi bai ves vrh reethi 🤩🤩
When’s next
Thank you
In’sha allah by friday or Saturday