Skip to content
އެސްފިޔަ

ތަޤްދީރުގެ ނިޔާ (1): މި ލޯތްބާއި ތި ވަޢުދު – 41

Listen to this story Audio · 21:13 Powered by Esfiya Voice
0:00 21:13

ބޯޑު ރޫމްގެ މޭޒުގެ އިސްކޮޅުގައި އިން ގޮނޑީގައި އިށީނދެ އިން ރަޒާން ގަމީހުގެ އަތުކުރި ރަނގަޅުކޮށްލިއެވެ. ގަޑި ހެޔޮވަރުކޮށްލުމަށްފަހު އޭނާ މޫނަށް އެއްވެސް ހަރަކާތެއް ގެނައުމެއް ނެތި ކަޅި ހިންގައިލީ ދެން ތިބި ހާޒިރީން ނަށެވެ. އޭނާގެ ކަނާތް ފަރާތުގައި އިން މިއުވާން އިނީ ފަރުވާތެރިކަމާއެކު ގަނޑެއް ކިޔާށެވެ. އޭނާގެ ވާއަތް ފަރާތުގައި އިން އުސްމާނު ފޯނުން މީހަކަށް މެސެޖު ކުރަނީއެވެ.

“މި މީޓިން ފެށުމުގެ ކުރިން…” ނަސީރުގެ އަޑާއެކު ހުރިހާ އެންމެންގެ ސަމާލުކަން ދިޔައީ އޭނާއަށެވެ. “އަޅުގަނޑު ޤަބޫލުކުރަނީ މި ހުށަހެޅިފައިވާ ޕާޓްނާޝިޕާ ގުޅޭ ގޮތުން ބޯޑަށް ތަފްސީލެއް ލިބެން ޖެހޭނެ ކަމަށް”
“ބާއްޖަވެރި ހެނދުނަކަށް އެދެން” ރަޒާންގެ ފަރާތުން ލިބުނު ރައްދަކީ ނަސީރު ހީކޮށްގެން ހުރި ޖަވާބެއް ނޫނެވެ. އެހެނަސް އޭނާ ހުއްޓާކަށް ނޫޅެއެވެ.
“މި އެއްބަސްވުމުގެ ސަބަބުން ފޮރިން އެންޓިޓީތައް އިންޓްރޮޑިއުސް ކުރެވޭ އަހަރެމެންގެ އެންމެ ސެންސިޓިވް ކޮމާޝަލް އޮޕަރޭޝަންތަކަށް. ލޮޖިސްޓިކް ތަކަށް. މިއީ ކުންފުންޏަށް ނޫނީ ޗެއާމަންގެ އަމިއްލަ ފައިދާއަށް ކުރާ ކަމެއްތޯ އަޅުގަނޑު ސުވާލު އުފެދޭ”

މިއުވާން އަތުގައި އޮތް ގަނޑު މޭޒު މަތީ ބޭއްވުމަށްފަހު ނަސީރަށް ބަލައިލިއެވެ. “ސްޓެނޯގްރަފަރ ހުރި މީޓިންއެއްގައި ތިހެން އަޑުހަރުކޮށް ބުނެލުމަކީ އިންސާނަކު ހައިރާންވާން ޖެހޭ ކަމެއް”
“ސްޓެނޯގްރަފަރ ހާޒިރުވެ އެހުރީ ވޯޓު ނެގުން އޮތީމަ ތާ.”
އެއާއެކު އެންމެން އެކަކު އަނެކަކަށް ބަލައިލިއެވެ. ނަޖުދާ ނަޒަރު ހިންގައިލީ ރަޒާނަށެވެ.
“ދެން ތި ބުނާ ޕްރޮޕޯޒަލް ހުށަހަޅާ ބަލަ” މޭޒުމަތީ ދެއަތް ބާއްވަމުން ރަޒާން ނަސީރަށް ބަލައިލިއެވެ.

“އަޅުގަނޑުގެ ޕްރޮޕޯޒަލަކީ، އިންޑިޕެންޑެންޓް ރިވިއުއެއް ހެދެން ޕާޓްނާޝިޕް މެދުކަނޑާލުމަށް. އަދި މި ޑީލް ހަދާ ދެވަނަ ފަރާތާއި ކުންފުނީގެ ޗެއާމަންގެ ދެމެދުގައި އަމިއްލަ ގުޅުމެއް އޮތުމާއެކު، ކުރިއަށް އޮތް އެންމެހައި މަޝްވަރާތަކުން ރަޒާން ސަރ އުނިކުރުމަށް”
ނަސީރުގެ ފަހު ޖުމުލަ އިވުމާއެކު ރަޒާން އެއްމިޔަކަނިން ހީލިއެވެ. އޭނާ އެއްޗެކޭ ނުބުނެ، ކައިރީގައި އޮތް ގަލަން އަތަށް ނެގިއެވެ.
“ނަސީރު، އިއްޔެ އަހަރެން މެއިލް ކުރި ފައިލް ބަލައިލިންތޯ؟”
“އާދެ”
އުސްމާނު ކުރި ސުވާލަށް ޖަވާބު ދެމުން ނަސީރު ބޯ ޖަހައިލިއެވެ.

“އެހެންވިއްޔާ ސާޅީސް ވަނަ ސަފުހާގައި އޮންނާނެ ތި ސުވާލުގެ ޖަވާބު” އުސްމާނު ނަސީރަށް ނަޒަރު ސީދާ ކުރަމުން ބުންޏެވެ.

“ނަސީރުގެ ހުށަހެޅުމާމެދު ބޯޑުން އެއްޗެއް ނިންމުމުގެ ކުރިން” ހަމަހިމޭންކަން ފޫ އަޅުވައިލީ މިއުވާނެވެ. “އަޅުގަނޑު ބޭނުން ނަސީރު އެހާ ކަންބޮޑުވެގެން އެ އުޅޭ ފަރާތް ބޯޑުގެ މެމްބަރުންނަށް ތައާރަފުކޮށްދޭން…” މިއުވާން ގޮނޑިން ތެދުވެ ހިނގައިގަތީ ދޮރާ ދިމާލަށެވެ. އަތުގައި އޮތް ފޯނުން މެސެޖެއް ފޮނުވައިލުމަށްފަހު އޭނާ އެ ދޮރު ހުޅުވައިލިއެވެ. ދެން ތިބި އެންމެން ދޮރާ ދިމާލަށް ކަނދުރާ އަނބުރައިގެން ބަލަން ހުރީ، އެ ބުނާ ފަރާތަކަކީ ކާކު ކަން ހޯދަން ވެގެންނެވެ.

އެތެރެއަށް ވަދެގެން އައި މިހާ ހުރީ ހަށިގަނޑަށް ހެޔޮވަރު ސޫޓެއްގައެވެ. އިސްކޮޅުން ދިގު، ކޮނޑު ފުޅާކޮށް ހުރި އެ މީހާ މޫނު މަތިން އެއްވެސް އަސަރެއް ފާޅުކުރުމެއް ނެތި، ލަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ ގޮސް ހުއްޓުނީ ރަޒާން ކައިރީގައެވެ. އެ ހުރިހާ އިރަކު އޭނާ ދެން ތިބި އެހެން މީހަކަށް ބަލައިވެސް ނުލައެވެ.
“މިސްޓަރު ޔޫނުސޯވް” ގޮނޑިން ތެދުވަމުން ރަޒާން ސަލާމް ކުރަން އަތް ނެގިއެވެ.
“މިސްޓަރ ރަޒާން” ރަޒާންގެ އަތުގައި ހިފައިލަމުން އެމީހާ ބޯ ޖަހައިލިއެވެ.
“އެވްރިވަން”.. ރަޒާން ހާޒިރީންނަށް މުޚާތަބު ކުރަންވެގެން އެ އެންމެންނަށް ބަލައިލިއެވެ.  ” މީޓް މިސްޓަރ އިލްދާރް ޔޫނުސޯވް، ރިޕްރެޒެންޓިން ދަ އިންޓަނޭޝަނަލް ގްރޫޕް އެންޓަރިން ދަ ޕްރޮޕޯޒްޑް ޕާޓްނާޝިޕް. މިސްޓަރ ޔޫނުސޯވް، މީޓް ދަ ބޯޑް މެމްބާސް އޮފް ރަންމުތް ހޯލްޑިންގް”
“ގުޑް މޯނިން” އިލްދާރު އެ އެންމެންނަށް ބޯ ޖަހައިލިއެވެ. އޭނާގެ އަޑުމަޑު ވިޔަސް، އެ އަޑުގައި ފޮރުވިފައިވާ ބާރު ދެން ތިބި އެންމެންނަށް އިހުސާސް ކުރެވުނެވެ.
ނަސީރު ނުރުހިފައި ރަޒާނަށް ބަލައިލިއެވެ. އޭނާ ގޮނޑީގައި ހަށިގަނޑު ސީދާކޮށްލަމުން އިލްދާރަށް ބަލައިލިއެވެ.
“މިސްޓަރ ޔޫނުސޯވް، ވިތް ރެސްޕެކްޓް، އައި ވޯޒް ނޮޓް އިންފޯމްޑް ދެޓް ޔޫ ވުޑް ބީ އެޓެންޑިން”
“ވާރ ޔޫ ރިކުއަޔާޑް ޓު ބީ؟” ނަސީރަށް ބަލަން ހުރެ އިލްދާރް އެހިއެވެ.
“ދިސް އިޒް އަ ބޯޑް މީޓިން..” ނަސީރު ބާރު ފޯރުވާން ވެގެން ރުންކުރުކޮށް ބުންޏެވެ. ” ވީ ހޭވް ޕްރޮޓޮކޯލްސް”
“ޔެސް، ދެޓް އައި ނޯ” ފަޓުލޫނުގެ ދެ ޖީބަށް އަތް ޖަހަމުން އިލްދާރް ބޯ ޖަހައިލިއެވެ. “ސެކްޝަން އިލަވަން، އޮބްޒާވާ ރައިޓް ފޯ ކައުންޓަ ޕާޓީސް ޓިއުރިން ނެގޯޝިއޭޝަން ފޭސް ޕްރޮވައިޑެޑް ބައި ދި ޗެއާ ކޮންސެންޓް…” އޭނާ ބޯ ކުޑަކޮށް އަރި ކޮށްލުމަށްފަހު އެއްބުމަ އަރުވައިލިއެވެ. “ޔުއަ ޗެއާ ކޮންސެންޓްސް، އައި ހޭވް ދަ ރިޓެން ކޮންސެންޓްސް އިން ދަ ފޯލްޑާ އިފް ދަ ބޯޑް ވުޑް ލައިކް ޓު ސީ އިޓް”

އިލްދާރްގެ ކައިރީގައި ހުރި ރަޒާން ހަށިގަނޑު ސީދާ ކޮށްލުމަށްފަހު ވަށްކަޅިން އެ އެންމެންނަށް ބަލައިލިއެވެ. ބޯޑުގެ ފަރާތުން ބަހެއް ނުލިބުމާއެކު އޭނާ އަނެއްކާވެސް ގޮނޑީގައި އިށީނެވެ.
“މިސްޓަރ ޔޫނުސޯވް، ޕާރހެޕްސް ޔޫ ކުޑް ޓޭކް ދަ ބޯޑް ތްރޫ ދި އެގްރީމެންޓް”

***

“ކިހިނެއް؟؟” ބަންގްލަދޭޝް އަންހެން މީހާ ކޮޓަރިން ނުކުތުމާއެކު ރޫޔާ ލައިލާއަށް ބަލައިލިއެވެ.
“ކޮމްޕެނީ އިން ދިން އޮޕަޗުނިޓީއެއް. ދެން ކަޒަކް ގައި އުޅުނު އިރު ހޮސްޕިޓަލުގައި ކުރިންވެސް ވާކް ކޮށްފަ އޮތީމަ ހޮސްޕިޓަލުންވެސް ފުރުސަތު ދިނީ” ލައިލާ ހިނިތުންވެލަމުން ބުންޏެވެ.
“އެހެން” ރޫޔާ ލައިލާގެ އަތުގައި ހިފައިލިއެވެ. “މިހާރު އަތް ކިހިނެއް؟” ލައިލާގެ އަތުގެ ލަކުނަށް ނަޒަރު ގެން ދުމަށް ފަހު ލައިލާގެ މޫނަށް ބަލައިލިއެވެ.
“ރަނގަޅު..”
“ދެމީހުން އެކީ މިއަދު މެންދުރު ކާން އުޅެންވީނު”
***

“ދަ ސްޓްރެޓަޖިކް ޕާޓްނާޝިޕް ވުޑް ޕްރޮސީޑް ޓު ދި ނެކްސްޓް ސްޓޭޖު، ސަބްޖެކްޓް ޓު ދި އިންޑިޕެންޑެންޓް ރިވިއު އެންޑް ސޭފްގާޑް އިން ދަ ރިވައިޒްޑް އެގްރީމެންޓް” މިއުވާންގެ އަޑު މުޅި މާލަމުގައި ގުގުމަމުން ދިޔައެވެ. ހާޒިރީންތައް މިއުވާން ހުށަހަޅަމުންދާ ގަރާރުތަކަށް އެއްބަސްވުމަށް ބޯ ޖަހައިލިއެވެ. އެ ދިގު މޭޒުކޮޅުގައި އިށީންދެ އިން ރަޒާން ވަށްކަޅިން ނަސީރަށް ބަލައިލިއެވެ. ކައިރީގައި އިން އިލްދާރް އެއްޗެކޭ ނުބުނެ ނަޒަރު ހުއްޓައިގެން ހުރީ، ބިއްލޫރި ފާރުން ބޭރުން ފެންނަން އިން މާ ސިންގާ ކަނޑަށެވެ.
“ސެކަންޑް، ދަ ބޯޑް ވުޑް ކޮމިޝަން އޭން އިންޑިޕެންޑެންޓް އެގްޒާމިނޭޝަން އޮފް ދަ ސާރކަމްސްޓޭންސް ސަރައުންޑިން ނަސީރުސް އޮޕޮޒިޝަން، އިންކްލޫޑިން ދަ ކޮމިޔުނިކޭޝަން ޑޮކިއުމެންޓެޑް އިން ދަ ރިޕޯޓް.” ނަސީރު އިސް އުފުލައިލުމަށްފަހު މިއުވާނަށް ބަލައިލިއެވެ. ކުރިން ހުރި ބޮޑާކަން މޫނު މަތިން އެއްކޮށް ފިލައި ގޮއްސިއެވެ.
“ތާޑް، ނަސީރް ވުޑް ނޮޓް ސިޓް އޮން ދެޓް ރިވިއު، ވުޑް ނޮޓް ރިވިއު އިޓްސް ކޮންފިޑެންޝަލް މެޓީރިއަލް އެންޑް ވުޑް އެބްޒެންޓް ހިމް ސެލްފް ފްރޮމް އެނީ ބޯޑް ޑިސްކަޝަން ކޮންސާނިން އިޓް ވައިލް ދަ ޕްރޮސެސް ވޯޒް އަންޑަވޭ”

“ސްޓޮޕް،” މިއުވާނަށް ބަލައިލުމެއް ނެތި ނަސީރު ބުންޏެވެ.
“ޔެސް؟”
“ތި ޤަރާރުގެ ހުރިހާ މާއްދާއަކަށް އަހަރެން ދެކޮޅު..” ނަސީރު ހަށިގަނޑު ސީދާކޮށްލަމުން ބުންޏެވެ. “އެންޑް އައި ވޯންޓް މައި އޮބްޖެކްޝަން ރިކޯޑެޑް” އޭނާ ސްޓެނޯގްރަފަރަށް ބަލައިލިއެވެ. “އާރ ޔޫ ރައިޓިން ދިޒް ޑައުން؟ ރައިޓް އިޓް ޑައުން”
“ޓު ދަ ފަސްޓް ރިސޮލިއުޝަން، ސަބްޖެކްޓް ޓު އޭން އިންޑިޕެންޑެންޓް ރިވިއު އިޒް މީނިންގްލެސް ވިތްއައުޓް ޓާމްސް އޮފް ރެފަރެންސް. ހޫ ޑްރާފްޓްސް ދެމް؟ ހޫ ސެލެކްޓްސް ދަ އޮޑިޓަރ؟ އިޒް އިޓް ގޮއިން ޓު ބީ ދަ ސޭމް މޭން ހޫ ބްރޯޓް ހިޒް އޯން ވިޓްނެސް އިންޓު ދިޒް ރޫމް އެންޑް ސެޓް ހިމް ބިސައިޑް ދަ ޗެއާ ލައިކް އަ ޕްރޮޕް؟ އައި ވާންޓް ދަ ޓާމްސް ޑްރާފްޓެޑް ބައި ދިޒް ބޯޑް، ނޮޓް ބައި ދަ ޗެއާމަންސް އޮފީސް”

“ދޭ ވިލް ބީ، އަތީފް އިޒް ޑްރާފްޓިން ދެމް” ރަޒާން ނަސީރަށް ބަލަން ހުރެ ޖަވާބު ދިނެވެ.
“އެންޑް ޓު ދި ތާޑް…” ނަސީރު ނޭވާއެއް ނެގިއެވެ. ” “އަޅުގަނޑުގެ ސުލޫކާ ގުޅޭގޮތުން މަޝްވަރާކުރެވޭ މަޖިލީހަށް ވަނުމުގެ ފުރުސަތު އަޅުގަނޑަށް ނުދީ، އަޅުގަނޑާ މެދު ގޮތް ނިންމުމަށް ތި އުޅުއްވަނީ” ދިވެހި ބަހުން އޭނާ ބުންޏެވެ. މިކަން މިގޮތަށް ކުރުމުން އެހެން މީހުންނަށް މި މަންޒަރު  ފެންނާނީ ކޮން ސިފައެއްގައި ކަން ތިޔަބޭފުޅުންނަށް އިހުސާސް ކުރެވޭތޯ؟”
“އެނގޭ ކޮން ސިފައެއްގައި ކަން ފެންނަނީ” ރަޒާން ޖަވާބު ދިނެވެ. އޭނާ އަތުގައި އޮތް ގަލަމް މޭޒުމަތީ ބޭއްވިއެވެ. “މެމްބަރު ބޭނުންވީ ޗެއާގެ ކަންތައް ބަލަން. އެކަން އޮތީ ވެފައި، ހަމަ އެ ޤަރާރުން މެމްބަރުގެ ކަންތައްވެސް ބެލޭނެ، ނަސީރުގެ ހުށަހެޅުން އަނބުރާ ގެންދަން ބޭނުންނަމަ…” ރަޒާން މާނަވީ ގޮތަކަށް ނަސީރަށް ބަލައިލިއެވެ. ޖުމުލައިގެ ދެން އޮތް ބައި ބޭރު ނުކުރި ބައި އެއް އެންމެނަށް ވިސްނުނެވެ.
“މިއީ ރަޒާން ރާވައިގެން ކުރި ކަމެއް ދޯ؟” އަތަށް ގޮވި ކަމުގެ އިހުސާސް ކުރެވުމާއެކު ނަސީރު މޭޒު ދަށުގައި އޮތް އަތް ގޮށް މުއްކަވައިލިއެވެ. ޖަވާބުގައި ރަޒާން އެއްޗެކޭ ނުބުނެ ގޮނޑީގައި ލެނގިލިއެވެ.
***

އޮފީހުން ފިރާޝް ނުކުމެގެން ދިއުމާއެކު އިލްދާރް ކޮފީ މޭޒުމަތީ ބަހައްޓައިފައި އިން ކޮފީ ތަށި އަތަށް ނެގިއެވެ. ހަށިގަނޑު ސީދާކޮށްގެން ހުރެ އޭނާ ކޯވަރެއް ބޯލުމަށްފަހު ކުރިމަތީ އިން ރަޒާނަށް ބަލައިލިއެވެ.
“ސޯ ޔޫ ޑިސައިޑެޑް ޓު އެޓޭކް؟” ރަޒާން ބޯ ޖަހައިލުމާއެކު އިލްދާރ ބޯ ހޫރައިލިއެވެ.
“އިޓްސް ޓައިމް އައި ޝުޑް ޕްލޭ އޮފެންސް…”
“ސްޕީކިން އޮފް އޮފެންސް” އިލްދާރ ކޮފީތަށި މޭޒުމަތީ ބެހެއްޓުމަށްފަހު ސޯފާގައި ލެނގިލިއެވެ. “ޔޫ ހެޑް ހާރ ވޯކިން އިން ހިޒް ހޮސްޕިޓަލް؟”
“ޔެސް، ސޭމް ހޮސްޕިޓަލް މައި ސޫން ޓު ބީ ވައިފް އިޒް ވޯކިން..” މޭޒުމަތިން ކޮފީތަށި ނަގަމުން ރަޒާން އެއްބުމަ ހިއްލައިލިއެވެ.
އިލްދާރ ޖަވާބު ނުދީ ރަޒާނަށް ބަލަން އިނެވެ.
“ލުކް، އައި ޕްރޮމިސް، ނޯ ހާމް ވިލް ކަމް. އައި ވިލް ހޯލްޑް މައި ސައިޑް އޮފް ދަ ޑީލް.”
“ޔޫ ބެޓަރ.”
***

“ރޫ ދޮންތާ!” ކާރު މަޑު ކުރުމާއެކު ކާރުން ފައިބައިގެން އައި މާއިޝާގެ އަޑު މުޅި ފަޒާގައި ގުގުމައިލިއެވެ. ދުވެފައި ގޮސް އިމާރާތުގެ ދޮރުމަތީ މަޑުކޮށްލައިގެން ހުރި ރޫޔާގެ އުނަގަނޑުގައި އޮޅުލައިގަތެވެ.
“ދޮންތަގެ މާއްކޯ!” މާއިޝާގެ ބޮލުގައި ބޮސް ދެމުން ރޫޔާ އެކުއްޖާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ. މާއިޝާގެ ފަހަތުގައި މަޑުކޮށްގެން ހުރި މާއިޝް ފެނުމާއެކު ރޫޔާ އަތް ނަގައި މާއިޝްގެ އިސްތަށިގަނޑު ހާވައި ލިއެވެ.
“ދޮންތާ!” މާއިޝް މޫނު ހަދަމުން ރޫޔާއަށް ބަލައިލިއެވެ. ރޫޔާ ކައިރީގައި މަޑުކޮށްގެން ހުރި ފިރިހެން މީހާ އެދެކުދިންނަށް ފެނުނީ ދެނެވެ.
“ދޮންތާ..” މާއިޝާ ދުރަށް ޖެހިލަމުން ރަޒާނަށް ރަނގަޅަށް ބަލައިލިއެވެ. “މިއީ ކާކު؟”

“ދަރިފުޅާ..” ހަލީމާގެ އަޑު އިވުމާއެކު ރޫޔާ އިސްނަގައި ބަލައިލިއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ މަންމަ ގައިގައި އޮޅުލައިގަތެވެ. “މަންމާ”
“މަ ހިޔެއް ނުކުރަން ރޫޔާ އެހާ އަވަހަށް އިންނާނެ ކަމަކަށް” މަލަކު އުރައިގެން ހުރެ އަހުމަދު އެހެން ބުނުމާއެކު ރޫޔާ ހަލީމާއާ ދުރަށް ޖެހިލަމުން އަހުމަދަށް ދެލޯ އަޅައިލިއެވެ.
“ދޮންބެ ދައްކާ ވާހަކަ..ދޯ މަލަކު” މަލަކުގެ ކޮލުގައި ހިފައި ލުމަށްފަހު ރޫޔާ މަލަކުގެ ކޮލުގައި ހިފައިލިއެވެ. ކުޑަކޮށް ލޯބި ކޮށްލުމަށްފަހު އޭނާ މަލަކު ތިރިކޮށްލިއެވެ.
“ތެދެއް އަހުމަދު ދައްކާ ވާހަކަ” ކާރުގެ ޑިކީ އިން ފޮށިތައް ނަގަމުން ވާފިރު ބުންޏެވެ. ވާފިރަށް އެހީވާން ވެގެން ރަޒާން އުޅުނެވެ.
“ކޮބާތަ ދޮންތަގެ މާއިން؟” ހަތުމާ އަތުގައި އޮތް މާއިން އަތުލަމުން ރޫޔާ މާއިން ހެއްވަން ވެގެން މޫނު ހަދައިލިއެވެ.

“މަންމާ، ބައްޕާ”
“މަލަކޫ” ރަހާގެ ފަހަތުން ދުވެފައި އެތަނަށް އައި ލަމްޔާ އަވަހަށް މަލަކު ގައިގައި އޮޅުލައިގަތެވެ.
“ލަމްޔާ” މަލަކު ހޭ އަޑު އިވިފައި ރޫޔާގެ ހިނިތުންވުން ފުންވިއެވެ.
“ހިނގާ އެތެރެއަށް. މިތާ މައިދޮރު މަތީ ތޮއްޖެހިގެން ހުރީމަ އެހެން މީހުންނަށް އުނދަގޫ ވާނެ” ވާފިރުގެ އަތުން ފޮށި އަތުލަމުން ސާޖިދު ބުންޏެވެ.

“މަންމައާއި ބައްޕަ އުޅެނީ ދޮންތަގެ އެޕާޓްމެންޓްގައި، ދޮންބެގެ ދެމަފިރިން އަހަރެންގެ ބައިގައި” ރަހާ ލިފްޓަށް އަރަމުން ބުންޏެވެ.
“މަލަކު ނިދާނީ ލަމްގެ ކޮޓަރީގައި ދޯ” ރަހާއަށް އިސްނަގައިގެން ހުރި ލަމްޔާ އެހިއެވެ. ރަހާ ބޯ ޖެހުމާއެކު ލަމްޔާ އަނެއްކާވެސް މަލަކުގެ އަތުގައި ހިފައިގެން ސަމާސާކުރަމުން ދިޔައެވެ.
“މާއިޝް ނިދާނީ އިސްމާޢިލް ބޭބެއާއެކު.. އޯކޭތަ؟” މާއިޝްގެ ބޮލުގައި ފިރުމަމުން ރޫޔާ އެހިއެވެ. ރައްދުގައި މާއިޝް ބޯ ޖަހައިލިއެވެ.

ވާފިރު މެންނަށް ކޮޓަރި ދެއްކުމަށްފަހު ރޫޔާ ވަދެގަތީ ބަދިގެއަށެވެ. އޭރު މައިރާ އުޅުނީ ސައިބޯން ތައްޔާރުކޮށްފައި ހުރި ހެދިކާތައް ތަށްޓަށް އެޅުމުގައެވެ
“މާދަން ރޭ އޮންނާނެ ވަރަށް ފޯރި” ލާނެއް ގޮތަކަށް އެއްބުމަ އަރުވައިލަމުން މައިރާ ބުނި ގޮތުން ރޫޔާ ބޯ ހޫރައިލިއެވެ. “ދެ ޢާއިލާ ބައްދަލުވަނީ… ދެން އޭގެ އަނެއް ދުވަހު ވެޑިން ޑްރެސް ފިޓު ކުރަން…” އޭނާ ނޭވާއެއް ދޫކޮށްލިއެވެ. ކުރިން ހުރި ސަމާސާކަން މޫނު މަތިން އެކީ ފިލައި ގޮސް ސީރިއަސް ވިއެވެ.
“ރޫ…”
“މައި.. އަހަރެން އެވާހަކަ އެގޮތަށް ދޫކޮށްލައިފިން. އަހަރެން ބޭނުމެއްނޫން ނަސީރުގެ ނަން ގެނެސް އަހަރެމެންގެ މި ކުޑަ އުފާވެރިކަން ގެއްލޭކަށް.” ކުރިމަތިން ކުއްޖަކު ހޭ އަޑު އިވިފައި ރޫޔާ އިސްނަގައި ބަލައިލިއެވެ. ސިޓިން ރޫމުގައި މާއިން އުރައިގެން ސަމާސާކުރަން ހުރި ރަޒާން ފެނިފައި އޭނާއަށް ހުރެވުނީ ބަލަންށެވެ.
“އަހަރެން ލޯބިވާ މީހުންނަށް އަހަރެންގެ ފަރާތުން ކުޑަވެސް އުފާވެރިކަމެއް ލިބެން އޮތީ މި ގޮތް ކަމުގައި ވާނަމަ” ލޮލުގައި ފާއްދައިލި ކަރުނަތައް ފޮހެލަމުން ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ. “އަހަރެން އެކަން ކުރަން މިހުރީ ތައްޔާރަށް” ރޫޔާ އިސްދަށަށް ޖަހައިލުމަށްފަހު ބަދިގެއިން ނުކުމެ ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ. ފަހަތުން މަޑުމަޑުން ދޮރު ލައްޕައިލުމަށްފަހު އޭނާ ލަސްލަހުން ނޭވާތައް ނަގައި ދޫކުރަން ފެށިއެވެ.

“ލޯބީ” ފަހަތުން ދޮރު ހުޅުވިގެން ދިޔަ އަޑު އިވިފައި ރޫޔާ އަވަހަށް ކަރުނަތައް ފޮހެލިއެވެ. ރަޒާން އެކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ. އަވަސް ފިޔަވަޅުތަކެއް އަޅަމުން އޭނާ ރޫޔާ އާ އަރައި ހަމަކުރިއެވެ. އޭނާއަށް ފަސް ދީގެން ހުރި ރޫޔާގެ ކޮނޑުގައި ހިފައި އޭނާއާ ވާގޮތަށް މޫނު ސީދާކޮށްލިއެވެ.

ރަތްވެފައިވާ ދެލޮލުން ރޫޔާ ރަޒާންގެ މޫނަށް ބަލައިލިއެވެ. އޭނާގެ ކޮނޑުމަތީ އޮތް ރަޒާންގެ ދެއަތް ނަގައި އެ ދެއަތުގައި އޭނާ ހިފައިލިއެވެ.
“ރޫޔާ.. ކިހިނެއްވީ؟” ރޫޔާގެ އަތުން އަތް ނަގަމުން އޭނާ ރޫޔާގެ ކޯ މަތީ ހުރި ކަރުނަ ރޮނގުތައް ފޮހެލިއެވެ. ރޫޔާގެ ލޮލަށް ބަލައިލީ އޭނާގެ އެސުވާލަށް ޖަވާބު ހޯދަން ވެގެންނެވެ.

ރައްދުގައި އޭނާ ރަޒާންގެ އުނަގަނޑުގައި ދެއަތް އަޅުވައި ލުމަށްފަހު، ރަޒާންގެ ދެއަތުގެ ހިމާޔަތުގެ ތެރެއަށް ވަދެގަތެވެ. އެ ތަނަވަސް މޭމަތީ ބޯ އަޅައިލުމަށްފަހު އޭނާ ދެލޯ މަރައިލިއެވެ.
“ޓޭކް ޔުއާ ޓައިމް… އަހަރެން ނުދާނަން އެއްވެސް ތާކަށް” ރޫޔާގެ ބުރަކަށީގައި ފިރުމަމުން އޭނާ ރޫޔާގެ އިސްތަށިގަނޑުގައި ބޮސްދިނެވެ.
“ދެރަވަނީ” ހަޤީގަތް ބޭރުކުރުމުގެ ބަދަލުގައި ރޫޔާ ބުނީ އެހެންނެވެ. ރޫޔާގެ ބަހާއެކު ރަޒާންގެ ބޮލަށް ސުވާލުގެ މާކެއް އެރިއެވެ.
“އެ ކީއްވެ؟”
“މި ހުވަފެނަކަށް ވެއްޖިއްޔާ.. ކުރީ ފަހަރުވެސް މިހާ ލޯބިކޮށް އުޅެފަ….” ރޫޔާ އިސްނަގައިގެން ހުރެ ރަޒާނަށް ބަލައިލިއެވެ.
“ރޫ.. ލޯބީ…” ރޫޔާގެ މޫނުގައި ހިފަމުން ރަޒާން އޭނާގެ ދެލޮލަށް ބަލައިލިއެވެ. ރޫޔާގެ ލޮލަށް ބަލަން ހުރެ އޭނާ ރޫޔާގެ ކޯތާފަތް މަތީ ބޮޑުވައި އިނގިލިން ފިރުމަން ފެށިއެވެ. “މިފަހަރަކު އެހެންނެއް ނުވާނެ. އަހަރެން ވަޢުދުވަން…”
“ކުރިންވެސް ވަޢުދުވި ކުރި” ދެލޯ މަރައިލަމުން ރޫޔާ ބުންޏެވެ
“މި ފަހަރު ވަޢުދު މި ވީ، ކުރިން އެ ވަޢުދު ނުފުއްދާ އޮތީމަ.” ރޫޔާގެ ނިތްކުރީގައި ނިތް ޖައްސައިލަމުން ރަޒާން ރައްދު ދިނެވެ. “ރޫޔާ އަހަންނަށް އިތުބާރުކުރަންތަ؟”
“އަމިއްލަ ނަފްސަށްވުރެ މާބޮޑަށް”
“ދެން އެހެންވީމާ އަހަރެމެންގެ މި ލޯތްބަށްވެސް އިތުބާރު ކުރޭ. ބުނަން…” ރޫޔާ ލޯ ހުޅުވުމަށްފަހު ރަޒާނާ ހަތަރު ކަޅި ހަމަކޮށްލިއެވެ. “ކޮންމެ ގޮތެއްވިޔަސް އަހަރެން ރޫޔާ އާއެކު ވާނަން”
****
ލައިގެން ހުރި ހުދާއި ކަޅު ހެދުމުގެ ފަސްބައި ރަނގަޅުކޮށްލަމުން، ލޯގަނޑު ކުރިމަތީ ހުއްޓިހުރި ރޫޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއް ގެންނަމުން އޭނާ ފަސް އެނބުރި ބަލައިލީ، އެނދު ކައިރީ މަޑުކޮށްގެން ހުރި ރަޒާނަށެވެ.
“ބިރުގަނޭ އެބަ” ރަޒާން ކައިރިއަށް ޖެހިލަމުން އޭނާ ބުންޏެވެ. ރައްދުގައި ރަޒާން ރޫޔާގެ އަތުގައި ހިފައިލިއެވެ.
“ހޫމް… އެންމެން އެ އުޅެނީ ރޫޔާ ކާލަން ވިއްޔާ” ރޫޔާގެ އަތުން ދޫ ނުކޮށްލާ އޭނާ ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. އޭނާގެ އެޕާޓްމެންޓު ބަދިގޭގެ މޭޒުމަތީ އަތުރައިފައި ހުރި ތަށިތަކާއި އެކި އެކި ކާނާތަކަށް ނަޒަރު ހިންގައިލުމަށްފަހު ރޫޔާއަށް ބަލައިލިއެވެ.
“މާއިޝަށް ޕޫލް ފެނިފަ ހުންނާނެ ފޯރި” ރަޒާންގެ އަތަށް ބާރުކޮށްލަމުން ރޫޔާ ނޭވާއެއް ދޫކޮށްލިއެވެ.
“ބުނޭ ހުކުރު ނަމާދަށްފަހު އެންމެން ޕޫލަށް އެރެން އަންނާށޭ”
“އުނދަގުލެއް ނުވާނެތަ؟” ދެބުމަ ގޮށް ޖަހައިލަމުން ރޫޔާ މޫނު ކުނި ކޮށްލިއެވެ. ރައްދުގައި ރަޒާން އޭނާގެ އުނަގަނޑުގައި އަތް އަޅުވައިލިއެވެ. ލަސްލަހުން ރޫޔާ އޭނާއާ ކައިރިކޮށްލުމަށްފަހު ރޫޔާއަށް ބުމަ އަރުވައިލިއެވެ.
“ހީކޮށްލާ މިހެން…” ރޫޔާގެ ނިތްކުރީގައި ނިތް ޖައްސައިލަމުން އޭނާ ހީލިއެވެ. “އަހަރެމެން ދެމީހުންނަށް ދަރިން ލިބުމުގެ ކުރިން ކުޑަ ޕްރެކްޓިސެއް ކަމަށް”
“ރަޒާން!” ރޫޔާ މަޑުމަޑުން ރަޒާންގެ މުލައްދަނޑީގައި ވިކައިލިއެވެ.
“އަޅޭ! ހަމަ އަސްލުވެސް” ރޫޔާ ހޭން ފެށުމާއެކު ރަޒާންގެ ހިނިތުންވުން ފުންވިއެވެ. ލާނެއް ހިނިތުންވުމަކާއެކު އޭނާ ރޫޔާގެ އުނަގަނޑުގައި ދެއަތުން ހިފުމަށްފަހު، ރޫޔާ ވައިގެ ތެރެއަށް ނެގިއެވެ. އެއާއެކު ރޫޔާގެ ހޭ އަޑު އިތުރަށް ގަދަވިއެވެ.
“މީ ކޮންކަމެއް؟” އިސްދަށަށް ޖަހައިގެން ހުރެ ރޫޔާ ބޯ ހޫރައިލިއެވެ.
“މިވެސް ޕްރެކްޓިސެއް. މުސްތަޤުބަލުގައި އަހަރެމެންގެ ބޭބީ މިގޮތަށް އުރައިލަން ޕްރެކްޓިސް މިކުރަނީ”
“ރަޒާން. އަހަރެން މިއީ ރަޒާންގެ ބޭބީއެއް ނޫނޭ”
“އެނގޭ.. ތި އަހަރެންގެ ބޭބީގެ ފިއުޗާ މަމް އެއްނު” ރޫޔާ ތިރިކުރަމުން ރަޒާން ޖަވާބު ދިނެވެ. އެއާއެކު ރޫޔާ ރަކިވިއެވެ.
“މި ދުވަސްކޮޅު ހާދަ ބޭބީގެ ވާހަކަ ދައްކަނީ ތި؟” ބަދިގެއަށް ވަންނަމުން ރޫޔާ ސުވާލުކުރިއެވެ.
“އަހަރެން ބޭނުންވަނީ ނޫރުލް ޢައިން ކަހަލަ ބޭބީއެއް. ނޫރުލް ޢައިންގެ ލޯ. ހިނިތުންވުން، އިސްތަށިގަނޑު…”
“ތިއީ އިންސާފެއް ނޫން” ރޫޔާ ލޯ އަޅަމުން ދުރަށް ޖެހިލިއެވެ. އެ ވަގުތު ދޮރުގައި ބެލް ޖެހި އަޑު އިވުމާއެކު އޭނާ ދޮރާ ދިމާލަށް ހިނގައިގަންނަމުން ރަޒާނަށް ބަލައިލިއެވެ. “އަހަރެންވެސް ބޭނުން ރަޒާން ކަހަލަ ބޭބީއެއް” އެހެން ބުނުމަށްފަހު އޭނާ އަވަހަށް ދޮރު ހުޅުވަން އުޅުނެވެ.

ރޫޔާގެ ޖަވާބު އިވިފައި ރަޒާން އެއްޗެކޭ ބުނަން ނޭނގި ހުރެވުނެވެ. ރޫޔާގެ ޢަމަލުގައި ހުރި ލޯބިކަމަށް ހިތުން ތައުރީފުކުރަމުން އޭނާ އަނގަމަތީ އަތް އަޅަމުން ބޯ ހޫރައިލިއެވެ. ދޮރުމަތިން ރާޝިދާއި އަޒުރާގެ އަޑު އިވިފައި އޭނާ އަވަހަށް ހަމަޖެހިލިއެވެ.

“ދެކުދިން ހަމަ އޯކޭތަ އަހަރެމެން ދެމީހުން މި ކެއުމަށް އަންނަން؟ މިއީ ދެކުދިންގެ އާއިލީ ކަމެއްނު” ރޫޔާގެ އަތަށް ކޮތަޅެއް ދެމުން އަޒުރާ އެހިއެވެ. އެ ކެއުމަކީ ރަޒާންގެ ޢާއިލާއާއި ރޫޔާގެ އާއިލާ އެކީ ފުރަތަމަ ފަހަރަށް އެއް ސުފުރާ މަތިން ކާ ފަހަރެވެ. އެ ދެ ޢާއިލާ ބައްދަލުވާން މިއުޅެނީ އަދި އަލަށެވެ.

“ދައްތަ ދައްކާ ވާހަކަ؟” ކޮތަޅުން ޕުޑިން ޓްރޭ ނަގަމުން ރޫޔާ އަޒުރާއަށް ބަލައިލިއެވެ. “ތި ދެމީހުންނަކީ ހަމަ އަޅުގަނޑުގެ މަންމައާއި ބައްޕަ ފަދަ ދެމީހުން. މަންމައާއި ބައްޕަ ނެތް ދަނޑިވަޅުތަކުގައި އެ މަޤާމް ފުރި ދެމީހުން.”
“ތެދެއް. ރާޝިދު ބޭގެ އާއިލާއާ ނުލާ އަހަރެންގެ އާއިލާއެއް ފުރިހަމައެއް ނުވާނެ” ރާޝިދަށް ބޯ ޖަހަމުން ރަޒާން ރޫޔާ އާ އެއްބައިވެލިއެވެ.

“ކައިވެނި ކުރަން އުޅޭ ދެކުދިން ބޭނުން ގޮތެއް…” ރަޒާންގެ ބުރަކަށީގައި ފިރުމަމުން ރާޝިދު ޖަވާބު ދިނެވެ. “އަހަރެމެންނަށް އަވަހަށް ދޯ މި އާދެވުނީ..”
“ރޫޔާ.. އެހީއެއް ބޭނުންތަ؟”
“ނޫން. އަޒުރާއްތަ ގޮސް ސޯފާގައި ހަމަޖެހިލާ..”

ދެ ފަރާތުގެ އާއިލާ އެ އެޕާޓްމެންޓަށް އަންނަން މާ ގިނަ ވަގުތެއް ނުނެގިއެވެ. ފަހަރަކު މީހަކުން މީހެއް އެގޭގެ މައިދޮރު ކަޑަތު ކުރަމުން ދިޔައެވެ. ރަޒާންގެ ސަޕޯޓަށް މިއުވާންވެސް އައެވެ. އެހެނަސް ކޯޓު ކޭހެއްގެ ސަބަބުން މައިރާއަށް އެ ކުޑަ ބައްދަލުވުމުގައި ބައިވެރިވާނެ ފުރުސަތެއް ނުލިބުނެވެ.

ރޫޔާ ހީކުރި ގޮތާ ޚިލާފަށް، އޭނާގެ އާއިލާއާއި ރަޒާންގެ އާއިލާ ބަދަހިވީ އެއްވެސް އުނދަގުލެއް ނެތިއެވެ. ރަހުމާއާއި ހަލީމާއާއި އަޒުރާ ތިން މީހުން ރަޒާނާއި ރޫޔާގެ ކައިވެނީގެ ވާހަކަ ދައްކަމުން ގޮސް އަމިއްލަ ވާހަކަ ދައްކަން ފަށަން މާގިނަ ވަގުތެއް ނުނެގިއެވެ. ހަމަ އެފަދައިން، ފިރިހެން ވެރިންވެސް އެކި ވާހަކަ ދައްކަމުން ދިޔައެވެ. މާއިން އުނގަށްލައިގެން އިން ރަޒާންވެސް އުޅުނީ މާއިޝް ކުރަމުން ދިޔަ ސުވާލުތަކަށް ޖަވާބު ދެމުންނެވެ. މާއިޝާއާއި ލަމްޔާ ދެމީހުންވެގެން އުޅުނީ ރަނާ އާއެކުއެވެ. ރާއިފް އުޅުނީ މަލަކު އާއެކު އެވެ.

އެންމެންނަށް ކާން ގޮވުމުގެ ކުރިން ބަދިގެ ތެރޭ ހަމައަކަށް އެޅުމުގައި ރޫޔާ އާއި ރަހާ އުޅުނެވެ. ދެމީހުންވެސް އެކި އެކި ވާހަކަ ދައްކަމުން، ކާ މޭޒުމަތީ ހުރި ތަށިތައް ރަނގަޅުކޮށް ލުމަށްފަހު އޭނާ ނޭވާއެއް ދޫކޮށްލިއެވެ. އެންމެންނަށް ކާން ގޮވުމަށްފަހު އޭނާ އުޅުނީ ރަޒާންގެ އަތުން މާއިން އަތުލަން ވެގެންނެވެ. އެހެނަސް ރަޒާން ނުދިނެވެ.
“މިވެސް ޕްރެކްޓިސް” ހަމައެކަނި ރޫޔާއަށް އަޑުއިވޭ ވަރަށް ބުނެލުމަށްފަހު އޭނާ ގޮސް ގޮނޑީގައި އިށީނެވެ. އުނގުމަތީގައި މާއިން ރަނގަޅަށް ބޭންދުމަށްފަހު އޭނާގެ ކާ ތަށްޓަށް ބަތް އަޅަން އުޅުނެވެ.

އެންމެން އެކި ވާހަކަ ދައްކަމުން ކަމުން ދިޔަ ވަގުތު ރޫޔާ ކައި ނިންމައިލިއެވެ. އަވަހަށް ގޮނޑިން ތެދުވެ، ކާ ތަށި ހިފައިގެން ސިންކު ކައިރީ މަޑުކޮށްލުމަށްފަހު އެ ތަށި ދޮވެލިއެވެ. ކާން ތިބި މީހުންނަށް އަތް ގާތް ކޮށްދެން ވެގެން ހިނގައިގަންނަން އުޅުނު ވަގުތު އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. އަތުގައި ހުރި ފެން ފޮދު ފޮޅައިލުމަށްފަހު އަވަހަށް ލައިގެން ހުރި ހެދުމުގެ ޖީބުން ފޯނު ނެގިއެވެ. އަރައިފައި އިން ނަން ފެނިފައި އޭނާގެ ހިނިތުންވުން ފަނޑުވިއެވެ. އަތުގައި އޮތް ފޯނަށް ބާރުކޮށްލެވުނީ ބޭ އިޚްތިޔާރުގައެވެ.
“މި އަންނަނީ” އޭނާ އެހެން ބުނީ ވަކި މީހަކަށް ނިސްބަތް ކޮށްގެންނެއް ނޫނެވެ. ރަޒާންގެ ނަޒަރު އޭނާއަށް އަމާޒު ވުމާއެކު އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލިއެވެ.
“ހޮސްޕިޓަލުން. ޕޭޝަންޓް ކޭސްއެއް” ރަޒާނަށް އަޑު އިވޭވަރަށް ބުނުމަށްފަހު އޭނާ އަވަސް ފިޔަވަޅުތަކެއް އަޅަމުން ގޮސް ނުކުތީ ބެލްކަންޏަށެވެ. ހުސް އަތް ނަގައި ރެއިލިންގައި ހިފައިލިއެވެ. ފޯނު އޮތް އަތުން، އެ ކޯލު ޤަބޫލުކޮށް ލުމަށްފަހު ކަންފަތުގައި ފޯނު ޖައްސައިލިއެވެ. ކުރިން ހުރި އުފާވެރިކަން މުޅި މޫނުމަތިން ފިލައިގޮސް، އޭގެ ބަދަލުގައި ފެންނަމުން ދިޔައީ ރުޅިވެރިކަމެވެ.
“ޑރ. ރޫޔާ؟”
“ނަސީރު”

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (3)

  1. Thea reminisces

    Hi my dearests.
    Apologies for taking so long to upload these days. Lot’s of things happened in life that had me away from writing for a while. Don’t worry, I am back. With that being said, next episode on Wednesday/Thursday or before that if my schedule gives me time, in’sha allah.
    In the meantime, happy reading, do let me know your predictions

  2. White rose

    Ouh my, don’t tell me that devil naseer is gonna crash the wedding 😭🙏
    This part is crazy good like always, impatiently waiting for the next ep 😄😄

    1. Thea reminisces
      White rose

      Next part is up.
      We’ll see what happens

Comments are closed.