Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ – 95

Listen to this story Audio · 7:34 Powered by Esfiya Voice
0:00 7:34

“އާން.. އަހަރެން ބަނޑުބޮޑު.. މާތް ﷲ އަހަރެންނަށާއި އެއްލުއަށް ނިޢުމަތެއްގެ ގޮތުގައި އެ ދެއްވީ އެއްމާބަނޑު ތިން ކުދިން.. އެކުދިން ބިކަ ވިޔަ ނުދީ… ހެޔޮނުވާނެ.. އެލާއަށް ޓަކައިވެސް އަހަރެންނަށް މިކަމުގައި އެހީވެދީ..” ކުޑަ ކަކޫ ޖަހަމުން ދެއަތް ގުޅުވާލީ އާދޭސް ކުރާ ހާލުގައެވެ.

(95 ވަނަ ބައި)

“އެންމެ ރަނގަޅު.. އަހަރެން… އެލާގެ ވޭދަނަ ތަންކޮޅެއް ހަމައަކަށް އެޅުނީމަ ތިކަން ކޮށްދޭނަން..” ޔަގީންކަން ދިނުމުގެ ގޮތުން ޔައުލާން ބުނެލިއެވެ. މިކްޔާ ހިނިތުންވެލިއެވެ.

އިތުރަށް އެއްޗެއް ބުނަން އަނގަ ހުޅުވާލި މިކްޔާގެ އަނގަ ލެއްޕުނީ މީހަކު ރޯ އަޑު އިވުމުންނެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލަމުން ނިކުން އިރު އެޒިކިއެލްއާއި އެކު ގެއަށް ވައިން ދާއިޔަލް ގިސްލަ ގިސްލާފައި ރޮނީއެވެ. އެޒިކިއެލް ހުރީ ދާއިޔަލްއަށް ހިތްވަރު ދިނުމުގެ ގޮތުންވެސް ކުރާނެ ކަމެއް، ބުނާނެ އެއްޗެއް ނޭނގިފައެވެ. މީހާ ހުރީ މުޅިން ގަބުވެފައެވެ.

“ދާއީ؟ އެއްލޫ؟؟ ކިހިނެއްވީ؟ ކޮބާ ނަތީޖާ…؟” ގަބު ވެފައިއިން އެޒިކިއެލްގެ ދުލުން އެންމެ ލަފުޒެއްވެސް ބޭރު ނުވިއެވެ. އެހާލުގައި އިން އެޒިކިއެލްއާއި ދިމާލަށް ބަލައިލަމުން ދާއިޔަލް ނޭފަތް ދަމާލިއެވެ. އަދި ހިތްވަރު ކޮށްލިއެވެ. މިވާހަކަ ހިއްސާ ކުރަން ޖެހޭނީ އޭނާއެވެ.

“މިކަމުގަ… މިކަމުގެ ކުށްވެރިންނަކީ.. އަހަރެންގެ ދޮންބެއާއި އަކިޔަލް…” ދާއިޔަލް ބުނެލި ޖުމްލައާއި އެކު މިކްޔާގެ އަނގަ ބޮޑުވީ އިރު، ޔައުލާންއަށް ބިންމައްޗަށް ޖެހި ގަނެވުނެވެ. ފައިން ވާގި ދޫވީއެވެ. ގަބޫލުވެސް ނުކުރެވުނެވެ. އެކުވެރިއެއްގެ ގޮތުގައި ދުން އަކިޔަލްގެ ނަން އެތަނަށް އައުމުން ޔައުލާންގެ ހިތުގައި ރިއްސައިގަތެވެ. އެކަހަލަ މީހަކަށް އިތުބާރު ކުރެވުނީތީ އަމިއްލަ ނަފުސަށް މަލާމާތް ކުރެވުނެވެ. ދެން އޭނާއަށް ބަލައިލެވުނީ ދާއިޔަލްއާއި ދިމާލަށެވެ. ރުހުމުން ފުރިގެންވީ ދެލޮލުންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އޭނާގެ ހިތުގައި އެވަރަށް މި ރިއްސައިގަތީ އެކުވެރިއެއް އެކަހަލަ ކެއްސެއް ދިނުމުންނެވެ. ދާއިޔަލްއަށް މިހެންމިވީ ހުދު އޭނާގެ ދޮންބެ ފަރާތުންނެވެ. އެހިތުގައި ކިހާ ވޭނެއް އަޅާނެ ހެއްޔެވެ؟

“އެރޭ.. އަހަރެން ބުނީމޭ ނުން.. ކުޑަ އިރުގެ ފޮޓޯ ދުށީމޭ.. ޓެސްޓު ހެދުމުގެ ކުރިންވެސް.. އެދުވަހުވެސް މަށަށް ޔަގީންވި.. އަލައި އެއީ ދޮންބެގެ ދަރިއެއް.. ދޮންބެ ކުޑަ އިރާއި ހަމަ އެއްވެސް ތަފާތެއް ނެތް.. އެކަމަކު އަހަރެން ބޭނުންވީ ޔަގީން ކުރަން.. ގެއަށް ގޮސް ވަރަށް ވިސްނިން.. މިކަމުގައި އުޅުނީ ދޮންބެ އެކަންޏެއް ނޫނޭ ހިތް ބުނީ.. އަހަރެން ބޭނުންވީ އެވެސް ޔަގީން ކުރަން.. ވިސްނާލުމުން އަހަރެންގެ ޙިޔާލަށް އައީ އަކިޔަލް.. ފުރަތަމަ ހިތަށް އެރި އަކިޔަލްއަކަށް ނުވާނެ.. އެއީ ފުލުހެކޭ.. އެކަމަކު ދެން ހިތަށް އެރީ، އެންމެ ޅަ އިރުން ސުރެ އެއީ ގާތް ރަހުމަތްތެރީންނޭ. މިކަމުގައި ދޮންބެ އިތުބާރު ކުރާނީ އަކިޔަލްއަށް އެކަންޏޭ.. އެހެންވެ އެރޭ ދަންވަރު އަހަރެން، ދޮންބެ ކޮޓަރިއަށްވަދެ ދޮންބެ ބޮލުން އިސްތަށިކޮޅެއް ނަގާ ސާމްޕަލް ދަބަހަށް ލީން.. ދެން އަހަރެން ދިޔައީ އަކިޔަލްގެ ގެއަށް.. އަހަރެންނަށް ޝައްކު ކުރެވުނުގޮތާއި އެއްގޮތަށް އަކިޔަލްގެ ދެ ފޯނު އޮވޭ.. ދެވަނަ ފޯނުގައި އިނީ އެންމެ ނަންބަރެއް.. ‘ބޮސް’ ގެ ނަމުން ސޭވް ކޮށްފައި އިން ނަންބަރެއް.. އެއީ ދޮންބެގެ ނަންބަރު.. އެހިސާބުން އަހަރެން ހިތަށް އެރި.. އެއީ މަށަށް ހީވި ހީވުމަކަށް ނުވެއްޖެ ނަމަ އަލައިގެ ބައްޕައަކީ އަކިޔަލް އޭ.. އެހެންވެ އެއްވެސް ވަރެއްގެ ކުން ހީއެއް ނެތްވަރަށް ޔަގީން ކުރަން އަހަރެން ބޭނުންވީ.. އެހެންވެސް އަކިޔަލްގެ ވެސް ޓެސްޓު ހެދިން.. އެކަމަކު އަކިޔަލްއަކާއި އަލައިއާއި ގުޅުމެއް ނެތް.. އަލައި އެއީ ދޮންބެގެ ދަރިއެއް…” ހިތްވަރު ކޮށްލާފައި ދާއިޔަލް ހުރިހާ ވާހަކައެއް އަލި ފުން ޔާއަށް ކިޔައިދިނެވެ.

ހެނދުނު ސައިބޯން އިން ދިޔާންގެ ކުރިމަތީގައި ހޫނު އާވި އަރައަރާ ހުރި ކޮފީ ތައްޓެއް ހުއްޓެވެ. ކައިރީގައި ހުރި ކުދި ބިސްކޯދު ތަށި ހުރިގޮތަށް ހުއްޓެވެ. ކިރު ކޮފީއާއި، ކުދި ބިސްކޯދަކީ ދިޔާންއަށް ވަރަށް ކަމުދާ ކެއުމެކެވެ. އެހެން ވިޔަސް މިއަދު އޭނާގެ އަރުން އެންމެ އެތިކޮޅެއްވެސް ނުދިރެއެވެ. ކަމެއް ވާނެ އުޅެނީއޭ ހީވަނީއެވެ. ހިތް ބިރުގަންނަނީއެވެ.

“ނޭނގެ ދެން މަށަކަށް.. ހީވަނީ ހަމަ ކަމެއް ވާން އުޅެނީއޭ…” ދިޔާން މެސެޖު ކޮށްލީ އަކިޔަލްއަށެވެ.

“ދިޔާން.. ހަމަ ޖެހިބަލަ.. ތިހާ ބޯ ގޮވަންޏާ ދެން އަލައިރާ ވެސް މަރާލަން ވީނުން؟ އޭރުން މަންމަވެސް، ދަރިވެސް ދިޔައީ.. އެއްވެސް ހެއްކެއް ނޯންނާނެ.. އޭރުން ފުލުހުންވެސް މި މައްސަލަ ނިންމާނެ. އަދިވެސް މިކަމެއް ނުވެގެން މިއުޅެނީ އެ އަލައިރާ ދުނިޔޭގައި އޮތީމަތާ” އަކިޔަލް ދިން ޙިޔާލު ދިޔާންއަށް ކަމުދިޔައެވެ.

“އާން. ރަނގަޅު ވާހަކައެއް. އެކަމަކު އެ ޔައުލާން އޭ ކިޔާ އެތި މިހާރު އުޅެނީވެސް އެގޭގަ. ކާން ދާންވެސް އެކުއްޖާ އެކަނި ނުބާއްވާނެ ކަންނޭނގެ ކޮޓަރިއަކު” ދިޔާން އެ މެސެޖު ކޮށްލީ މެސެޖު ބެލިތާ 7 ވަރަކަށް މިނިޓް ފަހުންނެވެ. ވަރަށް ވިސްނާފައެވެ. އަދި އެކަން ކުރަން ޙިޔާލަކީ ކޮބާތޯ އަހަން މެސެޖު ކޮށްލަން އުޅެނިކޮށް އޭނާ ސިއްސައިގެން ދިޔައީ މޫނު މައްޗައް ފިނި ފެން ޖެހުމުންނެވެ.

“ކީއްކުރަންތަ މަށާ އެކީ ސައިބޯން އަންނާށޭ ބުނީ ދިޔާން ދެން ފޯނަށް ގެއްލިފަ އިންނަންޏާ؟ ޔޫއާލް ވެސް މިހާރު މިތާ އިނދެގެން ދިޔާންއަށް ގޮވާތާ ކޮން އިރެއް ވެއްޖެތަ؟” ދިޔާންގެ މޫނު މައްޗައް ޖެހި ފެންތަށި ބާރަކަށް މޭޒު މަތީގައި ޖަހަމުން ޔޫޒާ އެހިއެވެ. އޭރު އޭނާ ހުރީ ވަރަށް ރުޅި އައިސްފައެވެ.

މޫނުމަތީގައި ހުރި ފެންތައް، މޭޒުގައި އިން ޓިޝޫ ފޮށިން ޓިޝޫއެއް ނަގަމުން ދިޔާން ފުހެލިއެވެ. ޔޫއާލް އެތަނުގައި އިން ކަމެއްވެސް ހަގީގަތުގައި އޭނާއަކަށް ނުވެސް އިނގެއެވެ.

ފުލުސް ކާރު އައިސް އެ މަޑުކޮށްލީ އޭނާގެ އެންމެ ލޯބިވާ އެލާރާގެ ދިރިއުޅުން ހަލާކުކޮށްލި އަނިޔާވެރިޔާގެ ގޭ ކުރިމަތީގައެވެ. އާއެކެވެ. ދިޔާންގެ ގޭ ކުރިމަތީގައެވެ. މިއަދު މީ ބޮޑު ދުވަހެކެވެ. އެލާރާއަށް ލިބޭނެ ދުވަސްކަން މުޖައްރިބެވެ.

ކާރު ދުއްވަން އިން އެޒިކިއެލްއާއި ކުރީ ސީޓުގައި އިން ޔައުލާން އިނީ ގަބުވެފައެވެ. ފަހަތު ސީޓުގައި އިނީ ރުޒައިކްއާއި ދެންމެ ހައްޔަރު ކޮށްގެން ގެނައި އަކިޔަލްއެވެ. “މަވާ ހަމަ ހައިރާން ވެއްޖެ. އަކިޔަލް ކަލޭ ވާ ލަދު ހަޔާތް ކުޑައޭ ދޯ؟ ފުލުހަކަށް ވެހުރެ އެހުރީ ކޮށްލި ކަންތައް. ޗީޗީ” ކާރު ތެރޭގައިވީ ހަމަ ހިމޭންކަން ފިލާ ދިޔައީ ރުޒައިކް ވާހަކަ ދައްކަން ފެށުމުންނެވެ. މާލޭގައި ހުރެފައި ރުޒައިކް ރަށަށް އައުމާއި އެކު މި ލިބުން ހަބަރުން އަދިވެސް އޭނާ އެހުރީ ކޮސް ވެފައެވެ.

“ރުޒައިކް… ޕްލީޒް…” ޔައުލާން މަޑުމަޑުން ބުނެލިއެވެ. އަދި ޖީބުގައި އޮތް ބިޑި ހިފައިގެން ކާރުން ނިކުތެވެ. ޔައުލާންއާއި އެކު އެޒިކިއެލްވެސް ކާރުން ފޭބިއެވެ. އޭރު އެމީހުންގެ އިންތިޒާރުގައި ދާއިޔަލް ބޭރުގައި ހުއްޓެވެ. ތިން މީހުން އެކުގައި ގެއަށް ވަނެވެ.

“ސޮރީ.. ސޮރީ ދަރިފުޅޫ.. ބައްޕި.. ކުޑަކޮށް ބިޒީކޮށް މިއުޅުނީ.. އަކިޔަލްބެއާއި ވާހަކައެއް ދައްކާލީ” ޔޫއާލްގެ އަތުގައި ހިފާލަމުން ދިޔާން ބުނެލިއެވެ.

“ނޫޅެން. ވަރަށް ފޫހިވޭ.. ބައްޕި މިހާރު ވަރަށް ގޯސް.. އަބަދު ބިޒީ.. ކޮއްކޮއާއި އެކު ނުވެސް ކުޅޭ. ސުކޫލު ކައިރިއަށް ބަލާވެސް ނާދޭ.. ވަރަށް ފޫހިވޭ ބައްޕިދެކެ” ކަޅި އަޅައިލަމުން ދުވަމުން ކަހަލަ ގޮތަކަށް ކާގެއިން ނިކުން ޔޫއާލް ޖެހުނީ ޔައުލާންގެ މޭގައެވެ. ފުލުސް ޔުނީފޯމުގައި ތިބި ޔައުލާންއާއި އެޒިކިއެލް ފެނިފައި ދިޔާންއަށް ކޮޅަށް ތެދުވެވުނެވެ.

(ނުނިމޭ)

ނުވަދިހަހަވަނަބައިގެ ތެރެއިން:

“ކަލޭމެންނަށް ހައްޔަރު ކުރަން އެނގުނީ މަށާ ދިޔާންއާއި އެކަނިތަ؟؟ ކަލޭމެނަށް ހީވަނީތަ މިކަމުގައި ތިބި ހަމައެކަނި ކުށްވެރިންނަކީ އަހަރެމެންނޭ؟ ކޮބާ ތިންވަނަ މީހާ؟” އަކިޔަލް ކުރިއަށް ފިޔަވަޅު އަޅާލަމުން އެހިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (8)

  1. eeks

    No wayyy ….are they gonna blame dhaaiyal or something 😭? Anyways this part is also awesome 🥹

    1. shihaamaa ali
      eeks

      wellll😭😭 the third person is actually someone who was behind all this.. you will know who it is in the next episode.. dhemme mifonuvaaly review ah.. in sha allah vrh avahah kiyaaleveyne🥹
      jazaakillah khair eeks🩶🩶🥹

  2. Anonymous

    Mi bai vx vrh furi hama Masha Allah 🥰

    1. shihaamaa ali
      Anonymous

      jazaakillah khair anonymous🩶🩶🥹

  3. Your fav bab

    Vrh reethi mi part vx MA✨
    Dhiyaan ge dharieh dhw hama😭 alhe who else is involved in this jareemaa gandu??
    Waiting for next!!
    Lysm💗

    1. shihaamaa ali
      Your fav bab

      jazaakillah khair Your fav bab🩶🩶🥹
      yesss Alai ge bappi aky Dhiyaan😭
      teeheee lets see dhww? hopefully next episode will be out berryyyy sooonn.. stay tuned, ilyt🩶

  4. Anonymous

    omg another one in vovled🫣
    so curous to know who it is🤔

    1. shihaamaa ali
      Anonymous

      teeheee lets see dhww? nxt epga ingeyne eii kaaku kannn🫣

Comments are closed.